MyDugsiStart learning

Surah Al-Qari'ah in Dhivehi: translation and audio

Surah 101 · القارعة · The Calamity · 11 verses

Surah Al-Qari'ah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Qari'ah word by word in English.

Verse 1

ٱلْقَارِعَةُ

Transliteration al-qāriʿatu

Dhivehi قَارِعة (يَعْنى ހިތްތައް ބިރުން ތެޅޭފަދަ ޤިޔާމަތް ދުވަސް ދަންނައެވެ.)

Verse 2

مَا ٱلْقَارِعَةُ

Transliteration mā l-qāriʿatu

Dhivehi قَارِعة އެވެ ކިޔުނު ޤިޔާމަތްދުވަސް އެއީ ކޮންފަދަ ދުވަހެއްތޯއެވެ؟

Verse 3

وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ

Transliteration wamā adrāka mā l-qāriʿatu

Dhivehi އަދި قَارِعة އެވެ ކިޔުނު ޤިޔާމަތްދުވަސް އެއީ ކޮންފަދަ އެއްޗެއްކަން ކޮންފަދަ ދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

Verse 4

يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ

Transliteration yawma yakūnu l-nāsu kal-farāshi l-mabthūthi

Dhivehi އެއީ ވަކިވަކިވެ ފެތުރިގެންވާ ކޮކާ ތަކެއް ފަދައިން (އުދުހޭ އެބާވަތުގެ އެއްޗެހިތަކެއްފަދައިން މީސްތަންވާނޭ ދުވަހެވެ، މީސްތަކުން ކައްވަޅުތަކުން ނުކުމެގެން ބިރުވެރިކަން ބޮޑުކަމުން ދާނެވަކިތަނެއްނޭގި މުޅިތަނަށް ފެތުފައި ތިބޭނެއެވެ. އެފަދަޙާލުގައިވަނިކޮށް مَحْشَرُ ގެމައިދާނަށް އެއްކުރެވޭނެއެވެ. وَالله أعْلَم

Verse 5

وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ

Transliteration watakūnu l-jibālu kal-ʿih'ni l-manfūshi

Dhivehi އަދި އެދުވަހުން ފަރުބަދަތައް ކުދިކުދިވެ ފިނދާ ކުލަޖައްސާފައިވާ ކެހެރިތަކެއްފަދައިން ނުވަތަ ކަފަތަކެއްފަދައިން ވަޔަށްބުރައިގެން ހިގައިދާނެއެވެ.

Verse 6

فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ

Transliteration fa-ammā man thaqulat mawāzīnuhu

Dhivehi ދެންފަހެ ހިސާބު ބައްލަވާއިރު އެމީހެއްގެ ހެޔޮ ޢަމަލު މީޒާން ބަރުވެއްޖެމީހާ ދަންނައެވެ.

Verse 7

فَهُوَ فِى عِيشَةٍ رَّاضِيَةٍ

Transliteration fahuwa fī ʿīshatin rāḍiyatin

Dhivehi އެމީހާވާނީ ޤިޔާމަތްދުވަހުން ރުހެވިގެންވާ ވަރަށްމަޖާ ދިރިއުޅުމެއްގައެވެ. ސުވަރުގެޔާ އެތާގެ ނިޢްމަތުގައެވެ.

Verse 8

وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ

Transliteration wa-ammā man khaffat mawāzīnuhu

Dhivehi އަދި އެމީހެއްގެ ހެޔޮކަމުގެމީޒާން ލުއިވެއްޖެމީހާ ދަންނައެވެ.

Verse 9

فَأُمُّهُۥ هَاوِيَةٌ

Transliteration fa-ummuhu hāwiyatun

Dhivehi ފަހެ އެމީހާގެ ޖާގައަކީ ޤިޔާމަތްދުވަހުން هَاوِيَة އެވެކިއުނު ނަރަކައެވެ. ކުޑަކުއްޖަކު މަންގެ އުގުގައި އޮންނަފަދައިން އޭނާ އެނަރަކައިގާ އޮންނާނެއެވެ. އެތަނަށް هَاوِيَة އެވެކިއުނީ އެތަން ފުންކަމާއި އެކުވެސް އަލިފާންގަޑުގެތެރެއަށް އޭނާ ވެއްޓި ވެއްޓި އޮންނާނެތީކަމުގައިވެއެވެ.

Verse 10

وَمَآ أَدْرَىٰكَ مَا هِيَهْ

Transliteration wamā adrāka mā hiyah

Dhivehi އަދިއެ هَاوِيَة އެވެކިއުނު ނަރަކައެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

Verse 11

نَارٌ حَامِيَةٌۢ

Transliteration nārun ḥāmiyatun

Dhivehi އެއީ އެތާގެ ހޫނު ނިހާޔަތަށް ގަދަވެގެންވާހޫނު އަލިފާނެވެ.

Read Surah Al-Qari'ah in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.