Surah 'Abasa in Dhivehi: translation and audio
Surah 80 · عبس · He Frowned · 42 verses
Surah 'Abasa verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah 'Abasa word by word in English.
Verse 1
عَبَسَ وَتَوَلَّىٰٓ
Transliteration ʿabasa watawallā
Dhivehi (رسول الله ﷺ) މޫނުފުޅު ހުތުރު ކުރަށްވައި ރުހި ވަޑައި ނުގެން އެނބުރި ވަޑައިގެންފިއެވެ.
Verse 2
أَن جَآءَهُ ٱلْأَعْمَىٰ
Transliteration an jāahu l-aʿmā
Dhivehi އެއީ އެކަލޭގެ ފާނުންގެ އަރިހަށް އަނދިރި މީހަކު އައިހިނދުންނެވެ. (އެއީ އޭނާއަށްވުރެ ބޮޑެތި ބަޔަކަށް އިސްލާމްދީނަށް ގޮވައި ލައްވައި އެމީހުން އިސްލާމްވުގެ ޝައުޤު ގައި އިންނެވި ވަގުތެއްގައެވެ.) އެކަމާމެދު ﷲ تَعَالى عِتَابُ ގެ ބަސްފުޅު އިއްވަވަނީއެވެ.
Verse 3
وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ
Transliteration wamā yud'rīka laʿallahu yazzakkā
Dhivehi (އޭ رسول الله އެވެ!) އެމީހާ އީމާން ނުވާނެކަމެއް ކަލޭގެފާނަށް އަންގަވައި ދެއްވީ ކޮންއެއްޗެއް ތޯއެވެ؟ އަދި ކިއެއްހެއްޔެވެ؟ އޭނާ އީމާންވެ طَاهِرُ ވެގަތުން އުއްމީދު ކުރެވެއެވެ.
Verse 4
أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ
Transliteration aw yadhakkaru fatanfaʿahu l-dhik'rā
Dhivehi ނުވަތަ އޭނާ وَعْظُ نَصِيْحَة ކަލޭގެފާނުންގެ އަރިއަރިއަހުން ލިބިގެންފާނެއެވެ. ދެން އެ وَعْظُ نَصِيْحَة ން އޭނާއަށް މަންފާ ކޮށްފާނެއެވެ. (އިސްލާމްވެ މާތް މީހަކަށް ވެދާނެއެވެ.)
Verse 5
أَمَّا مَنِ ٱسْتَغْنَىٰ
Transliteration ammā mani is'taghnā
Dhivehi އެކަމަކު ކަލޭގެފާނުންގެ وَعْظُ نَصِيْحَة ނުއަހައި އެއިންފުދިގެންފި މީހާ ދަންނައެވެ. (ބުނެވެނީ އެއީ أَبُو جَهُلُ އާއި އެބާވަތުގެ ދެތިން މީހަކު ކަމަށެވެ.)
Verse 6
فَأَنتَ لَهُۥ تَصَدَّىٰ
Transliteration fa-anta lahu taṣaddā
Dhivehi ކަލޭގެފާނުން އޭނާޔާ ކުރިމަތިފުޅުލައްވައި ވާހަކަފުޅު ދައްކަވަނީ އެވެ.
Verse 7
وَمَا عَلَيْكَ أَلَّا يَزَّكَّىٰ
Transliteration wamā ʿalayka allā yazzakkā
Dhivehi އަދި އޭނާ އީމާންވެ ފާފައިން طَاهِرُ ވެ ނުގަތުމުން ކަލޭގެފާނަށް އޮތީ ކޮން ގެއްލުމެއް ތޯއެވެ؟ (ހަމަކަށަވަރުން ކަލޭގެފާނު އޭނާއަށް ރަސޫލުކަން އިއްވައި އަމާނާތް އަދާ ކުރައްވައިފީމުއެވެ.)
Verse 8
وَأَمَّا مَن جَآءَكَ يَسْعَىٰ
Transliteration wa-ammā man jāaka yasʿā
Dhivehi އަދި ކަލޭގެފާނުންގެ އަރިހަށް އަވަސްވެގެންވާޙާލް އަވަސް އަވަހަށްއައިމީހާ ދަންނައެވެ.
Verse 9
وَهُوَ يَخْشَىٰ
Transliteration wahuwa yakhshā
Dhivehi އޭނާ އައީ ބިރުވެތިވެގެންވާ ޙާލުގައެވެ. (އެއީ عَبد الله بن أم مكتوم އެވެ.)
Verse 10
فَأَنتَ عَنْهُ تَلَهَّىٰ
Transliteration fa-anta ʿanhu talahhā
Dhivehi ދެން ފަހެ ކަލޭގެފާނު އޭނާގެ ކިބައިން غَافِلُ ވެ ވަޑައިގެން ދުރުވެވަޑައިގަންނަވަނީއެވެ.)
Verse 11
كَلَّآ إِنَّهَا تَذْكِرَةٌ
Transliteration kallā innahā tadhkiratun
Dhivehi އެއްގޮތަކަށްވެސް އެއީ އެކަށީގެންވާ ގޮތެއްނޫނެވެ. ހަމަކަށަވަރުން މިއާޔަތްތަކަކީ ނުވަތަ މިސޫރަތަކީ ނުވަތަ މުޅިقُرْآن އަކީ وَعْظُ نَصِيْحَة އެވެ.
Verse 12
فَمَن شَآءَ ذَكَرَهُۥ
Transliteration faman shāa dhakarahu
Dhivehi ފަހެއެދޭމީހަކު އެއިން وَعْظُ نَصِيْحَة ލިބިގަންނާށެވެ.
Verse 13
فِى صُحُفٍ مُّكَرَّمَةٍ
Transliteration fī ṣuḥufin mukarramatin
Dhivehi އެއީ މާތްވެގެންވާ ފަތްފުށްތަކެއްގައި ލިޔެވިގެންވާ އާޔަތްތަކެކެވެ. އެބަހީ އެއާޔަތްތައްބާވާތްލެއްވި އިރުވަނީ لَوحُ المَحْفُوظُ ގައެވެ.
Verse 14
مَّرْفُوعَةٍ مُّطَهَّرَةٍۭ
Transliteration marfūʿatin muṭahharatin
Dhivehi އެއީ ﷲ ގެ حَضْرَةُ ގައިމިންވަރު އުފުލިގެންވާ މާތްފޮތެކެވެ. އެންމެހައި އުނިކަމަކާއި عَيْبُ އަކުން ސަލާމަތްވެގެންވާފޮތެކެވެ. شَيْطَان ންނާއި ކާފަރުންގެ ބީހުމެއްނުވާ طَاهِرُ އާޔަތްތަކެކެވެ.
Verse 15
بِأَيْدِى سَفَرَةٍ
Transliteration bi-aydī safaratin
Dhivehi އެއާޔަތްތައް ގެންނަވާފައިވަނީ ﷲ ގެ حَضْرَةُ ން ރަސޫލުބޭކަލުންގެއަރިހަށް ވަޑައިގަންނަވާ މަލާއިކަތްބޭކަލުންގެ އަތްޕުޅުތަކުންނެވެ.
Verse 16
كِرَامٍۭ بَرَرَةٍ
Transliteration kirāmin bararatin
Dhivehi އެބޭކަލުންނަކީ އެބޭކަލުންގެ رَبُّ އަށް ކިޔަމަންތެރިވެވަޑައިގެންވާ تَقْوَىވެރިމާތްބޭކަލުންނެވެ.
Verse 17
قُتِلَ ٱلْإِنسَـٰنُ مَآ أَكْفَرَهُۥ
Transliteration qutila l-insānu mā akfarahu
Dhivehi ކާފަރު އިންސާނާއަށް لَعْنَة ލެވިއްޖެއެވެ. الله އޭނާއަށް لَعْنَة ލައްވައިފިއެވެ. އޭނާގެހުރި ކާފަރުކަމުގެ ބޮޑުކަމާއެވެ. (އޭނާހެއްދެވުނުގޮތާއިމެދު އޭނާވިސްނުންހުއްޓެވެ)
Verse 18
مِنْ أَىِّ شَىْءٍ خَلَقَهُۥ
Transliteration min ayyi shayin khalaqahu
Dhivehi الله އެނާހެއްދެވީ ކޮންފަދަ ދެރައެއްޗަކުން ހެއްޔެވެ؟
Verse 19
مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ
Transliteration min nuṭ'fatin khalaqahu faqaddarahu
Dhivehi އެކަލާނގެ އޭނާ ހެއްދެވީ މަނިފޮދުވަރަކުންނެވެ. ދެންފަހެ الله އޭނާ ފުރިހަމަކުރައްވައި ބަރާބަރުކުރެއްވިއެވެ. (އެނާގެ ގުނަވަންތަކާއި އިސްކޮޅާއި ގައިގެކުލަޔާއި އަދިވެސް އެންމެހައިކަމެއް އެކަލާނގެ ފުރިހަމަކޮށްދެއްވިއެވެ.)
Verse 20
ثُمَّ ٱلسَّبِيلَ يَسَّرَهُۥ
Transliteration thumma l-sabīla yassarahu
Dhivehi ދެން އޭނާ އެނާގެ މަންމަގެ ބަނޑުން ނުކުންނާނެގޮތްވެސްފަސޭހަކޮށް ދެއްވީ ހަމައެކަލާނގެއެވެ. އަދި ދުނިޔޭގައި އޭނާއުޅޭނެ މިންވަރަކާއި ހެޔޮނުބައި ވަކިވާނެގޮތްދެއްކެވީވެސް ހަމައެކަލާނގެއެވެ.
Verse 21
ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ
Transliteration thumma amātahu fa-aqbarahu
Dhivehi ދެންއޭނާއަށް ކަނޑައެޅިފައިވާ ޢުމުރުހަމަވުމުން އޭނާމަރުގަންނަވައި ކަށްވަޅުގައި އޮންނާނެގޮތްވެސްހެއްދެވީ ހަމައެކަލާނގެއެވެ.
Verse 22
ثُمَّ إِذَا شَآءَ أَنشَرَهُۥ
Transliteration thumma idhā shāa ansharahu
Dhivehi ދެން އެކަލާނގެ އެދިވޮޑިގެންނެވި ހިދަކުން އަލުންއޭނާދިރުއްވައި مَحْشَرُ އަށް ފޮނުއްވާނީވެސް ހަމައެކަލާނގެއެވެ. (ފަހެމިފަދައިން އިންސާނާ ހައްދަވައި އޭނާގެކަންތައް ފުރިހަމަ نِظَامُ އެއްގެމަތިން ގެންދަވާ މަތިވެރިމާތް الله އަށް އެއިންސާނާ ބޮޑާވެގަތުން ޙައްގުވާނީކޮންފަދައަކުން ހެއްޔެވެ؟)
Verse 23
كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ
Transliteration kallā lammā yaqḍi mā amarahu
Dhivehi އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެމީހުން އެހީކުރާގޮތަކަށް ނުވާނެއެވެ. الله އެމީހުންނަށް އަމުރުކުރެއްވިކަންތައް އަދިމިހާތަނަކަށް އެމީހުން ނުކުރެއެވެ.
Verse 24
فَلْيَنظُرِ ٱلْإِنسَـٰنُ إِلَىٰ طَعَامِهِۦٓ
Transliteration falyanẓuri l-insānu ilā ṭaʿāmihi
Dhivehi ފަހެ އިންސާނާ އެނާގެ ކާބޯތަކެއްޗަށް ވިސްނާފިކުރު ކުރުން ހުއްޓެވެ.
Verse 25
أَنَّا صَبَبْنَا ٱلْمَآءَ صَبًّا
Transliteration annā ṣababnā l-māa ṣabban
Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިމަށް ވާރޭވެއްސެވީ ކޮންފަދައަކުންހެއްޔެވެ؟ އަދިއެފެން ބިމުގައި ޚަޒާނާކުރެއްވީމެވެ.
Verse 26
ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا
Transliteration thumma shaqaqnā l-arḍa shaqqan
Dhivehi އަދި ގަސްގަހާގެހިފެޅުމަށްޓަކައި ބިމުގެ ވެލިގަޑުފެޅުއްވީމެވެ.
Verse 27
فَأَنۢبَتْنَا فِيهَا حَبًّا
Transliteration fa-anbatnā fīhā ḥabban
Dhivehi ދެން އެބިމުން ތިމަންރަސްކަލާނގެ އެކިބާވަތްބާވަތުގެ ގަސްގަހާގެހި ފަޅުއްވައި އެކިބާވަތުގެ އޮށްޓަރު ނެރުއްވީމެވެ.
Verse 28
وَعِنَبًا وَقَضْبًا
Transliteration waʿinaban waqaḍban
Dhivehi އަދި މޭބިސްކަދުރުގެ ވައްތަރުތަކާއި ވިނައިގެ ބާވަތްތައް ފެޅުއްވީމެވެ.
Verse 29
وَزَيْتُونًا وَنَخْلًا
Transliteration wazaytūnan wanakhlan
Dhivehi އަދި ޒަތޫނި ގަސްތަކާއި ކަދުރު ރުއްތައްވެސް ނެރުއްވީމެވެ.
Verse 30
وَحَدَآئِقَ غُلْبًا
Transliteration waḥadāiqa ghul'ban
Dhivehi އަދި ބުޑުފަލަކޮށް ހުންނަ މޮޅުކަދުރު ރުކުގެ ބަގީޗާތަކާއި ގަސްތައްފެޅުއްވީމެވެ.
Verse 31
وَفَـٰكِهَةً وَأَبًّا
Transliteration wafākihatan wa-abban
Dhivehi އަދި ޒާތްޒާތުގެ މޭވާގެ ގަސްތަކާއި ޖަނަވާރުކެއުމަށް ބާވަތްބާވަތުގެ ވިނަޔާއި ހުއި ގަސްތައްވެސް ފެޅުއްވީމެވެ.
Verse 32
مَّتَـٰعًا لَّكُمْ وَلِأَنْعَـٰمِكُمْ
Transliteration matāʿan lakum wali-anʿāmikum
Dhivehi މިހުރިހާތަކެއްޗަކީ ކަލޭމެންނާއި ކަލޭމެންގެ ޖަނަވާރު ތަކުގެ މަންފާއަށްޓަކައި ލައްވާފައިވާތަކެއްޗެވެ. (ފަހެ މިހުރިހައިކަމެއް މިހާ ފުރިހަމަކޮށް ހެއްދެވިފަރާތަކަށް ތިޔަބައިމީހުން މަރުވުމަށްފަހު އަލުން ދިރުވައި مَحْشَر ކުރެއްވުން އުނދަގޫވާނީ ކޮނންފަދައަކުން ހެއްޔެވެ؟)
Verse 33
فَإِذَا جَآءَتِ ٱلصَّآخَّةُ
Transliteration fa-idhā jāati l-ṣākhatu
Dhivehi ދެންފަހެ ތާޅަފިލީގެ އަޑު އައިސް قِيَامة ޤާއިމު ވެއްޖެއްޔާ (ދަންނައެވެ.)
Verse 34
يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ
Transliteration yawma yafirru l-maru min akhīhi
Dhivehi އެދުވަހަކީ މީހާ އޭނާގެ أَخْ އާގެ ކިބައިން ފިލާދުވަހެވެ.
Verse 35
وَأُمِّهِۦ وَأَبِيهِ
Transliteration wa-ummihi wa-abīhi
Dhivehi އަދި އޭނާ (ލޯބިވާ) މަންމަ އާއި ބައްޕަގެ ކިބައިން (ފިލާނޭދުވަހެވެ.)
Verse 36
وَصَـٰحِبَتِهِۦ وَبَنِيهِ
Transliteration waṣāḥibatihi wabanīhi
Dhivehi އަދި އޭނާ ލޯބިވާ އަނބިމީހާޔާއި ދަރިންގެ ކިބައިންވެސް ފިލާ ރައްކައުވާނޭދުވަހެވެ. (އެއީ އެއިން މީހަކަށް ތިމާގެފަރާތުން އެހީއެއް ވާންޖެހިދާނެތީއެވެ. ނުވަތަ އެމީހުންނަށް ޖެހިފައިވާ ޙާލު ފެނިދާނެތީއެވެ.)
Verse 37
لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ
Transliteration likulli im'ri-in min'hum yawma-idhin shanun yugh'nīhi
Dhivehi ކޮންމެ މީހަކުވެސް އެދުވަހުން مَشْغُوْلُ ވެގެންވާނީ ތިމާގެ އަމިއްލަ ނަފްސުގެ ކަންތަކާއި އެވެ. ޖާނު ސަލާމަތް ވޭތޯއެވެ.
Verse 38
وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ
Transliteration wujūhun yawma-idhin mus'firatun
Dhivehi އެދުވަހުން يَعْنِي قِيَامة ދުވަހުން މޫނު ތަކެއް އަލިވެ އުޖާލާވެގެންވާ ހުއްޓެވެ. އެއީ މުއްމިނުންގެ މޫނުތަކެވެ. މޫނުތަކުގެ މުރާދަކީ މޫނުތަކުގެ ވެރިންނެވެ.
Verse 39
ضَاحِكَةٌ مُّسْتَبْشِرَةٌ
Transliteration ḍāḥikatun mus'tabshiratun
Dhivehi އެބައި މީހުން އެދުވަހުން ތިބޭނީ އުފާވެރިވެ ހީހީއެވެ. އުފަލުން ފޮޅިގެންނެވެ.
Verse 40
وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ
Transliteration wawujūhun yawma-idhin ʿalayhā ghabaratun
Dhivehi އަދި އަނެއްބައި މޫނުތަކަށް ވާނީ އަނދިރިކަމާއި ބަނަކަން ވެރި ވެފައެވެ.
Verse 41
تَرْهَقُهَا قَتَرَةٌ
Transliteration tarhaquhā qataratun
Dhivehi އެ މޫނުތަކުގެ މަތީގައި އެޅިފައިވާނީ ކަޅުކަމާއި ނިކަމެތި ކަމުގެފަރުދާއެކެވެ.
Verse 42
أُو۟لَـٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ
Transliteration ulāika humu l-kafaratu l-fajaratu
Dhivehi އެއީ ހަމަސީދާ ނުބައި ނުލަފާ އޮރިޖިނަލް ކާފަރުންނެވެ.
Read Surah 'Abasa in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.