Surah At-Tariq in Dhivehi: translation and audio
Surah 86 · الطارق · The Nightcommer · 17 verses
Surah At-Tariq verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah At-Tariq word by word in English.
Verse 1
وَٱلسَّمَآءِ وَٱلطَّارِقِ
Transliteration wal-samāi wal-ṭāriqi
Dhivehi އުޑާއި އަދި طَارِقُ ގަންދެއްވައި الله [ހުވައި وَحِي ކުރައްވައެވެ.]
Verse 2
وَمَآ أَدْرَىٰكَ مَا ٱلطَّارِقُ
Transliteration wamā adrāka mā l-ṭāriqu
Dhivehi އަދި طَارِقُ އެއީ ކޮންއެޗެއްކަން ކަލޭގެ ފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
Verse 3
ٱلنَّجْمُ ٱلثَّاقِبُ
Transliteration al-najmu l-thāqibu
Dhivehi އެއީ އަލިކުރާތަރިއެވެ. ނުވަތަ شَيْطَان ންނާއިދިމާއަށް އެއްލީމާ އެސޮރުމެންގެ ގައިގާ ލޯވަޅު އަޅާފޫވައްޓައިލާ ތަރިއެވެ. އެތަކެތި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.
Verse 4
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ
Transliteration in kullu nafsin lammā ʿalayhā ḥāfiẓun
Dhivehi އެއްވެސް ނަފުސެއް އެނަފުސެއް ރައްކާތެރިކުރައްވާނޭ މަލާއިކަތްބޭކަލުން ނުލައްވާ އެއްވެސް ނަފުސެއްނުވެއެވެ. (އެބަހީ ކޮންމެ ނަފުސަކަށް ވެސް އެނަފުސެއްކުރާކަންތަކާ ދައްކާވާހަކަ އަދި އެނޫންވެސް އެނަފުސަކާބެހޭ އެންމެހައިކަމެއް ލިއުއްވާ ބަލަހައްޓަވާނޭ ބޭކަލުން ލައްވާފައިވެއެވެ.)
Verse 5
فَلْيَنظُرِ ٱلْإِنسَـٰنُ مِمَّ خُلِقَ
Transliteration falyanẓuri l-insānu mimma khuliqa
Dhivehi ފަހެ އިންސާނާ އެނާ ހެއްދެވިފައިވާ އެއްޗަކާއިމެދު ވިސްނާ ފިކުރު ކުރާހުށިކަމެވެ.
Verse 6
خُلِقَ مِن مَّآءٍ دَافِقٍ
Transliteration khuliqa min māin dāfiqin
Dhivehi އޭނާ ހެއްދެވިފައިވަނީ ފޮދު ފޮދު ވަރަށް އަންނަފެންފޮދަކުންނެވެ. (މަނިފޮދަކުންނެވެ.)
Verse 7
يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ
Transliteration yakhruju min bayni l-ṣul'bi wal-tarāibi
Dhivehi އެފެންފޮދު އުފެދިގެން އަންނަނީ ފިރިހެނާގެ ބުރަކަށީގެ ކަށިތަކުގެ ތެރެއިންނާއި އަންހެނާގެ މޭކަށިގަޑައި ދެމެދުންނެވެ. ދަރި އުފެދެނީ އެދެފެން އެކުވެގެންނެވެ.
Verse 8
إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌ
Transliteration innahu ʿalā rajʿihi laqādirun
Dhivehi އަދި ހަމަކަށަވަރުން އެކަލާނގެއީ އެއިންސާނާ މަރުވުމަށްފަހު އަލުން ދެވެވަނަފަހަރަށްވެސް ދިރުއްވައި مَحْشَرُ ކުރެއްވުމަށްވެސް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ. ނުވަތަ އެމަނިފޮދުއަޔަނުދީ އަބުނރާ ރައްދުކުރެއްވުމަށްވެސް ކުޅަދުންވަންތަ ކަލާނގެއެވެ.
Verse 9
يَوْمَ تُبْلَى ٱلسَّرَآئِرُ
Transliteration yawma tub'lā l-sarāiru
Dhivehi އެއިންސާނާ އަލުންދިރުއްވައި ފޮނުއްވާނީ ހިތުގެ އެންމެހައި ސިއްރުތައް -އެބަހީ -އެންމެހައި عَقِيْدَة ތަކާއި ނިޔަތްތަކެއް އިމްތިޙާނު ކުރައްވައި خَبَرُ ބައްލަވާދުވަހުންނެވެ.
Verse 10
فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ
Transliteration famā lahu min quwwatin walā nāṣirin
Dhivehi އެދުވަހުން އޭނާއަށް ގަދަދެއްކޭނޭ އެއްވެސްބާރެއް އަދި ނަސްރުދޭނެ ނަސްރުވެރިއަކު ނުވާނެއެވެ. ހަމައެކަނި އެދުވަހުގެ ވެރިއަކީ الله އެވެ.
Verse 11
وَٱلسَّمَآءِ ذَاتِ ٱلرَّجْعِ
Transliteration wal-samāi dhāti l-rajʿi
Dhivehi ވާރޭވިލާގަޑުގެވެރި އުޑު ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.
Verse 12
وَٱلْأَرْضِ ذَاتِ ٱلصَّدْعِ
Transliteration wal-arḍi dhāti l-ṣadʿi
Dhivehi (ގަސްނުކުތުމަށްޓަކައި) ފަޅަފަޅައިގެންދާ / ނުވަތަ ގަސްގަހާގެހީގެވެރި ބިން ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.
Verse 13
إِنَّهُۥ لَقَوْلٌ فَصْلٌ
Transliteration innahu laqawlun faṣlun
Dhivehi ހަމަކަށަވަރުން އެއީ އެބަހީ އެ قُرْآن އެއީ ކަނޑައެޅިގެން ޙައްޤުއާއި بَاطِلُ ވަކިކޮށްދޭ ބަހެވެ. ފޮތެވެ.
Verse 14
وَمَا هُوَ بِٱلْهَزْلِ
Transliteration wamā huwa bil-hazli
Dhivehi އަދިއެއީ ބޭކާރު އަދި ކުޅިވަރު އެއްޗެއްކަމުގައިނުވެއެވެ.
Verse 15
إِنَّهُمْ يَكِيدُونَ كَيْدًا
Transliteration innahum yakīdūna kaydan
Dhivehi ހަމަކަށަވަރުން އެކާފަރުންގެމީހުން قُرْآن بَاطِلُ ކޮށް رَسُولُ الله ﷺ ގެންނެވި حَقُّ دِيْن ނެތިކޮށްލެވޭތޯ ޒާތްޒާތުގެ މަކަރުހަދާ ރޭވުންތައް ރާވަނީއެވެ.
Verse 16
وَأَكِيدُ كَيْدًا
Transliteration wa-akīdu kaydan
Dhivehi އަދި ތިމަންރަސްކަލާނގެވެސް އެމީހުންނަށް ނޭގޭނެގޮތުން އެމީހުންނާއި އިދިކޮޅަށް ރޭވުންތައް ރާވަމެވެ.
Verse 17
فَمَهِّلِ ٱلْكَـٰفِرِينَ أَمْهِلْهُمْ رُوَيْدًۢا
Transliteration famahhili l-kāfirīna amhil'hum ruwaydan
Dhivehi (އޭ رَسُولُ الله އެވެ.) ކާފަރުންތައް ހަލާކު ކުރެއްވުމަށް އެދިވަޑައިގަތުން އަވަސްނުކުރައްވާށެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންނަށް މުހުލަތުދެއްވާށެވެ. ތަންވަޅުދެއްވައި ލަސްކުރައްވާށެވެ.
Read Surah At-Tariq in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.