Surah Al-Balad in Dhivehi: translation and audio
Surah 90 · البلد · The City · 20 verses
Surah Al-Balad verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Balad word by word in English.
Verse 1
لَآ أُقْسِمُ بِهَـٰذَا ٱلْبَلَدِ
Transliteration lā uq'simu bihādhā l-baladi
Dhivehi މި މައްކާ ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރަށްވަމެވެ.
Verse 2
وَأَنتَ حِلٌّۢ بِهَـٰذَا ٱلْبَلَدِ
Transliteration wa-anta ḥillun bihādhā l-baladi
Dhivehi (އޭ رَسُولُ الله!) ކަލޭގެ ފާނަށް އެރަށް ޙަލާލު ވެގެންވެއެވެ. (އެބަހީ الله ހުއްދަ ކޮށްދެއްވި ކުޑަވަގުތު ކޮޅެއްގައި ހަނގުރާމަކޮށް ޤަތުލުކުރުން ކަލޭގެފާނަށް ޙަލާލު ވެގެންވެއެވެ. އެއީ މައްކާ ފަތަޙަ ކުރެއްވިދުވަހު ހުއްދަވި ކުޑަވަގުތު ކޮޅެއްކަމުގައި ވާރިދުވެގެން އައިސްފައިވެއެވެ. ދެން އޭގެފަހުގައި އަލުންވެސް ކުރިން އޮތްފަދައިން حُرْمَة ތެރި ރަށެއްކަމުގައި އެރަށް ވެއްޖެއެވެ. وَالله أعلم)
Verse 3
وَوَالِدٍ وَمَا وَلَدَ
Transliteration wawālidin wamā walada
Dhivehi އަދި އާދަމްގެ ދަރިންކުރެ ކޮންމެ ބައްޕަޔަކާއި އަދި އޭނާޔަށް ލިބުނު ދަރިން ގަންދެއްވައި ހުވައި وحي ކުރަށްވަމެވެ. މި ދެހުވައިގެ ޖަވާބަކީ
Verse 4
لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِى كَبَدٍ
Transliteration laqad khalaqnā l-insāna fī kabadin
Dhivehi ހަމަކަށަވަރުން އިންސާނާ ތިމަންރަސްކަލާނގެ ހެއްދެވީ އުނދަގުލާއި ބުރަ އުފުލާ މީހެއްގެ ގޮތުގައެވެ.
Verse 5
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ
Transliteration ayaḥsabu an lan yaqdira ʿalayhi aḥadun
Dhivehi އަދި އެއްވެސް މީހަކު އޭނާގެ މައްޗަށް ކުޅަދާނަ ނުވާނެކަމަށް އެއިންސާނާ ހީކުރަނީހެއްޔެވެ؟ (އެބަހީ އޭނާ ކިތަންމެ ފާފައެއް ކޮށް އުޅޭނެގޮތަކަށް އުޅުނަސް އޭނާޔަށް ޢަޒާބެއްދީ ބަދަލު ހިފޭނެމީހަކު ނެތްކަމަށް އޭނާ ހީކުރަނީހެއްޔެވެ؟)
Verse 6
يَقُولُ أَهْلَكْتُ مَالًا لُّبَدًا
Transliteration yaqūlu ahlaktu mālan lubadan
Dhivehi އަދި އޭނާ ބުނެއެވެ. (އިސްލާމްދީނާއި رسول ﷺ އާއި ޢަދާވާތް ތެރި ވުމުގައި) އަހުރެން އެތައްބައިވަރު ގިނަ ޢަދަދެއްގެ މުދާ ހޭދަކޮށް ހަލާކު ކޮށްފީމެވެ.
Verse 7
أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ
Transliteration ayaḥsabu an lam yarahu aḥadun
Dhivehi އަޅެފަހެ އޭނާޔާއި އޭނާ ކުރާ ކަންތައް އެކަކުވެސް ނުދެކޭނެކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ (އެހެންނުވާނެއެވެ. ﷲ އޭނާގެ ހުރިހާކަމެއް ދެނެވޮޑިގެންވެއެވެ.)
Verse 8
أَلَمْ نَجْعَل لَّهُۥ عَيْنَيْنِ
Transliteration alam najʿal lahu ʿaynayni
Dhivehi ފަހެ އޭނާޔަށް ތިމަންރަސްކަލާނގެ ދެލޯ ނުދެއްވަންހެއްޔެވެ؟ (އެބަހީ ދެއްވީމެވެ.)
Verse 9
وَلِسَانًا وَشَفَتَيْنِ
Transliteration walisānan washafatayni
Dhivehi އަދި ދުލަކާއި ދެ ތުންފަތްވެސް ނުދެއްވަންހެއްޔެވެ؟ (އެބަހީ ދެއްވީމެވެ.)
Verse 10
وَهَدَيْنَـٰهُ ٱلنَّجْدَيْنِ
Transliteration wahadaynāhu l-najdayni
Dhivehi އަދި ތިމަންރަސްކަލާނގެ އޭނައަށް ދެމަގު ދެއްކެވީމެވެ. އެއީ ހެޔޮމަގާއި ނުބައި މަގެވެ. އޭނާ ބޭނުންމަގެއް އިޚްތިޔަރު ކުރާށެވެ.\nދަންނައެވެ. މިތާ މި ސިފަވެގެންދާ މީހަކީ أَبُو الأَشدين ކިޔާ ކާފަރެއް ކަމުގައި ވެއެވެ. އެއީ އިސްލާމްދީނަށާއި رسول ﷺ އަށް ވަރަށް ޢަދާވަތްތެރި މީހެއްކަމުގައި ވިއެވެ. އެ ޢަދާވަތްތެރި ކަން ގަދަކުރުމަށް ގިނަ މުދާތައްވެސް އޭނާ ހޭދަކުރި ކަމުގައި ވެއެވެ. تفسير (أيسر التفاسير)
Verse 11
فَلَا ٱقْتَحَمَ ٱلْعَقَبَةَ
Transliteration falā iq'taḥama l-ʿaqabata
Dhivehi ފަހެ އޭނާ عَقَبة ފަހަނައަޅައި ނުދެއެވެ. ނުވަތަ އެނާ عقبة ފަހަނައަޅައިދާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ. (އެބަހީ އޭނާގެ އެ ގިނަ މުދަލުން ހޭދަކޮށްގެން عقبة ފަހަނައަޅައި ދިޔަނަމަ ކިހާ ރަނގަޅުހެއްޔެވެ؟ އެ أبو الأَشدين އެހުރިހާ މުދާ عقبة ފަހަނައަޅައި ދިއުމަށް ބޭނުންކުރިނަމަ ކިހާ ރަނގަޅު ހެއްޔެވެ؟
Verse 12
وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ
Transliteration wamā adrāka mā l-ʿaqabatu
Dhivehi އަދި عقبة އެއީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއް ހެއްޔެވެ؟
Verse 13
فَكُّ رَقَبَةٍ
Transliteration fakku raqabatin
Dhivehi އެއީ އަޅުން މިނިވަންކުރުމެވެ.
Verse 14
أَوْ إِطْعَـٰمٌ فِى يَوْمٍ ذِى مَسْغَبَةٍ
Transliteration aw iṭ'ʿāmun fī yawmin dhī masghabatin
Dhivehi ނުވަތަ ބަނޑުހައި ހޫނުކަމުގައި ވާމީހާއަށް ކާއެތިކޮޅު ފޯރުކޮށްދިނުމެވެ. ކާން ދިނުމެވެ.
Verse 15
يَتِيمًا ذَا مَقْرَبَةٍ
Transliteration yatīman dhā maqrabatin
Dhivehi އެބަހީ ގާތްތިމާގެ ޔަތީމްއަށް (ކާއެތިކޮޅު ދިނުމެވެ.)
Verse 16
أَوْ مِسْكِينًا ذَا مَتْرَبَةٍ
Transliteration aw mis'kīnan dhā matrabatin
Dhivehi ނުވަތަ ވެލީގެވެރި މިސްކީނަކަށް ކާއެތިކޮޅު ދިނުމެވެ. (އެބަހީ ފަޤީރުކަމުން ވެލިނޫން އެހެންއެއްޗެއްނެތް ނުވަތަ ބިންމަތީ އޮށޯވެ އޮތުމުގެ ސަބަބުން ވެލި ހޭކިފައިވާ ގެއެއްދޮރެއް ކާއެތިކޮޅެއް ފޭރާމެއް ނެތް މިސްކީނަކަށް ކާއެތިކޮޅު ދިނުމެވެ.) (عَقبة އަކީ މިކަންކަމެވެ.)
Verse 17
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ
Transliteration thumma kāna mina alladhīna āmanū watawāṣaw bil-ṣabri watawāṣaw bil-marḥamati
Dhivehi އަދި އެފަދަ ހެޔޮކަންތައްކުރާމީހާ އީމާންވެގެންވާ މީހުންގެތެރެއިން ވުމާއެކު ކެއްތެރި ވުމުގެ މައްޗަށް އެކަކު އަނެކަކަށް ވަޞިތްޔަ ކޮށް ހެދި މީހަކު ކަމުގައި ވެއެވެ. އަދި އެކަކު އަނެކަކުގެ މައްޗަށް ރަޙްމަތް ބެހެއްޓުމަށްވެސް ވަޞިތްޔަތް ކުރާމީހަކު ކަމުގައި އޭނާވެއެވެ.
Verse 18
أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْمَيْمَنَةِ
Transliteration ulāika aṣḥābu l-maymanati
Dhivehi އެފަދަ އެފަދަ މީހުން ދަންނައެވެ. އެމީހުންނަކީ ކަނާތްފަރާތުގެ އެކުވެރިންނެވެ. ނުވަތަ އެމީހުންނީ ޤިޔާމަތް ދުވަހުން އެމީހުންގެ ޢަމަލުގެ ފަތް ކަނާތައްލިބޭނެ ރަނގަޅު މީހުންނެވެ.
Verse 19
وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا هُمْ أَصْحَـٰبُ ٱلْمَشْـَٔمَةِ
Transliteration wa-alladhīna kafarū biāyātinā hum aṣḥābu l-mashamati
Dhivehi އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން ދަންނައެވެ. އެމީހުންނަކީ ވައަތްފަރާތުގެ އެކުވެރިންނެވެ. ނުވަތަ އެމީހުންނީ ޤިޔާމަތް ދުވަހުން އެމީހުންގެ ޢަމަލުގެ ފަތް ވައަތްފަރާތުން ލިބޭނެ މީހުންވެ.
Verse 20
عَلَيْهِمْ نَارٌ مُّؤْصَدَةٌۢ
Transliteration ʿalayhim nārun mu'ṣadatun
Dhivehi އެމީހުންނަށް ހުންނަހުށީ ބަންދުވެ ތަޅުލެވިގެންވާ ޢަޒާބެވެ. (އެފަދަ ކޮންމެ މީހަކު ޖަހަންނަމައިގެ ވަކިތާކަށްލެވި ވަކިން ބަންދު ކުރެވޭނެކަމުގައި ރިވާވެގެން ވެއެވެ.
Read Surah Al-Balad in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.