Surah Al-Muddaththir in Dhivehi: translation and audio
Surah 74 · المدثر · The Cloaked One · 56 verses
Surah Al-Muddaththir verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Muddaththir word by word in English.
Verse 1
يَـٰٓأَيُّهَا ٱلْمُدَّثِّرُ
Transliteration yāayyuhā l-mudathiru
Dhivehi އޭ ފޮތި ތަކުން ނިވައިވެގެންވާ ކަލޭގެފާނެވެ. (އޭ محمد ގެފާނެވެ.)
Verse 2
قُمْ فَأَنذِرْ
Transliteration qum fa-andhir
Dhivehi ތެދުވެވަޑައިގެން إنذار ކުރައްވާށެވެ. (مكة ގެ މީހުން إسلام ނުވިނަމަ ހުރި عذاب ގެ ވާހަކައިން އެމީހުން ބިރުގަންނަވައި އިންޒާރުކުރައްވާށެވެ.)
Verse 3
وَرَبَّكَ فَكَبِّرْ
Transliteration warabbaka fakabbir
Dhivehi އަދި ކަލޭގެފާނުންގެ ربّ ގެ މާތްކަމާއި كِبْرِيَا ވަންތަކަމާއި ހައިބަވަންތަކަން ދެނެވަޑައިގެން އެކަލާނގެ މާތްކުރައްވާ شرك ން طاهر ވެ ވޮޑިގެންވާކަން ބަޔާންކުރައްވާށެވެ.
Verse 4
وَثِيَابَكَ فَطَهِّرْ
Transliteration wathiyābaka faṭahhir
Dhivehi އަދި ކަލޭގެފާނުންގެ ފޭރާންކޮޅު ރަނގަޅަށް طاهر ކުރައްވާށެވެ.
Verse 5
وَٱلرُّجْزَ فَٱهْجُرْ
Transliteration wal-ruj'za fa-uh'jur
Dhivehi އަދި ބުދަށް އަޅުކަން ކުރެއްވުމުން ދުރުވެވަޑައިގަންނަވާށެވެ. ބުދުތަކާ ގާތްވެވަޑައިނުގަންނަވާށެވެ. ނުވަތަ ފާފަތަކާއި މުޅިން ދުރުވެވަޑައިގަންނަވާށެވެ.
Verse 6
وَلَا تَمْنُن تَسْتَكْثِرُ
Transliteration walā tamnun tastakthiru
Dhivehi އަދި ކަލޭގެފާނުގެ ربّ އަށް ކުރެވޭ އަޅުކަމާއި ކިޔަމަންތެރިކަން އެއްގޮތަކަށްވެސް ގިނަކަމުގައި ދެކެވަޑައި ނުގަންނަވާށެވެ
Verse 7
وَلِرَبِّكَ فَٱصْبِرْ
Transliteration walirabbika fa-iṣ'bir
Dhivehi އަދި ކަލޭގެފާނުންގެ ربّ އަށްޓަކައި، އަދި އެކަލާނގެ حضرة ގައިވާ ثوابއާއި ދަރުމައަށްޓަކައި ކެތްތެރިވެވަޑައިގަންނަވާށެވެ.
Verse 8
فَإِذَا نُقِرَ فِى ٱلنَّاقُورِ
Transliteration fa-idhā nuqira fī l-nāqūri
Dhivehi ދެންފަހެ ތާޅަފިލި ފުމެލެވިއްޖެއްޔާ (ދެންވާގޮތް ބައްލަވާށެވެ.)
Verse 9
فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ
Transliteration fadhālika yawma-idhin yawmun ʿasīrun
Dhivehi ފަހެ އެދުވަހަކީ ދަތި އަދި އުދަގޫވެގެންވާ ދުވަހެކެވެ.
Verse 10
عَلَى ٱلْكَـٰفِرِينَ غَيْرُ يَسِيرٍ
Transliteration ʿalā l-kāfirīna ghayru yasīrin
Dhivehi ކާފަރުވެއްޖެ މީސްތަކުންނަށް ފަސޭހަނޫން ދުވަހެކެވެ.
Verse 11
ذَرْنِى وَمَنْ خَلَقْتُ وَحِيدًا
Transliteration dharnī waman khalaqtu waḥīdan
Dhivehi (އެއްވެސް މުދަލެއް ދަރިއެއް އަދި އެކެއްޗެއްވެސް ނުވާހާލު) ހަމަ އެކަނި فَرْد އެއް ކަމުގައިވާ حال ތިމަން ރަސްކަލާނގެ އެހެއްދެވި މީހާ ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ. (ކަލޭގެފާނުންގެ ފަރާތުން އޭނާގެ ކަންތައް ތިމަންރަސްކަލާނގެ ނިންމާ ހުށީމެވެ.)
Verse 12
وَجَعَلْتُ لَهُۥ مَالًا مَّمْدُودًا
Transliteration wajaʿaltu lahu mālan mamdūdan
Dhivehi (އަދި އޭނާ ހަމަ އެކަނިމާއެކަނި حال ގައި ހެއްދެވުމަށްފަހު) ދެން ތިމަންރަސްކަލާނގެ އޭނާއަށް ކެޑިގެން ނުދާނެ ގިނަ މުދާ ލެއްވީމެވެ.
Verse 13
وَبَنِينَ شُهُودًا
Transliteration wabanīna shuhūdan
Dhivehi އަދި ކައިރީގައި حَاضِرُ ވެތިބޭނޭދަރިންތަކެއްވެސް ދެއްވީމެވެ.
Verse 14
وَمَهَّدتُّ لَهُۥ تَمْهِيدًا
Transliteration wamahhadttu lahu tamhīdan
Dhivehi އަދި ތިމަންރަސްކަލާނގެ އެނާއަށް ތަނަވަސް ދިރިއުޅުމާއި ރިޔާސަތު ފަހިކޮށްދެއްވީމެވެ.
Verse 15
ثُمَّ يَطْمَعُ أَنْ أَزِيدَ
Transliteration thumma yaṭmaʿu an azīda
Dhivehi ދެން އަދިވެސް އޭނާ އެ ދަހިވެތިވަނީ އެތަކެތި އިތުރުކޮށް ދެއްވުމަށެވެ. ދަންނައެވެ. މިއާޔަތްތަކުގައި މިބަޔާންކުރައްވަނީ އޭރު މައްކާގައި ނަގާކިޔަންއުޅޭ ބޮޑެތިމީހުންގެތެރެއިން އެކަކު ކަމުގައިވާ الوَلِيْدُ بنُ المُغِيرَة ކަމުގައި ވިއެވެ. والله أعلم.
Verse 16
كَلَّآ ۖ إِنَّهُۥ كَانَ لِـَٔايَـٰتِنَا عَنِيدًا
Transliteration kallā innahu kāna liāyātinā ʿanīdan
Dhivehi އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. (އޭނާއަށް ތިމަންރަސްކަލާނގެ އިތުރުނުކޮށްދޭހުރީމެވެ.) ހަމަކަށަވަރުން އެނާވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް ދިމާ އިދިކޮޅު މީހަކުކަމުގައެވެ.
Verse 17
سَأُرْهِقُهُۥ صَعُودًا
Transliteration sa-ur'hiquhu ṣaʿūdan
Dhivehi ނިކަންހުރެ ތިމަންރަސްކަލާނގެ އެނާއަށްބުރަޢަޒާބެއް ޖައްސަވާހުރީމެވެ. އެއީ ނަރަކައިގާވާ އޮމާންފަރުބަދައަކަށް އެރުމުގެޢަޒާބެވެ.
Verse 18
إِنَّهُۥ فَكَّرَ وَقَدَّرَ
Transliteration innahu fakkara waqaddara
Dhivehi ހަމަކަށަވަރުން رَسُولُ الله ﷺ އާއީ އެކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާއިމެދު އައިބުކިޔާ ފާޑުކިއުމަށް އެނާ ވިސްނިއެވެ. އަދިބުނާނެ އެއްޗަކާއިމެދު ރާވައި ހެދިއެވެ.
Verse 19
فَقُتِلَ كَيْفَ قَدَّرَ
Transliteration faqutila kayfa qaddara
Dhivehi ދެންފަހެ އޭނާއަށް لَعْنَة ލެއްވިއްޖެއެވެ. އޭނާ މިންވަރުކޮށް ރާވާހަދަނީ ކޮންފަދައަކުން ހެއްޔެވެ.
Verse 20
ثُمَّ قُتِلَ كَيْفَ قَدَّرَ
Transliteration thumma qutila kayfa qaddara
Dhivehi ދެންވެސް އޭނާއަށް لَعْنَة ލެއްވިއްޖެއެވެ. އޭނާ މިންވަރުކޮށް ރާވާހަދަނީ ކޮންފަދައަކުން ހެއްޔެވެ؟
Verse 21
ثُمَّ نَظَرَ
Transliteration thumma naẓara
Dhivehi ދެންއޭނާ قُرَآنُ ގެ އިދިކޮޅުގައި ބުނާނެއެއްޗަކާއިމެދު ވިސްނާ ފިކުރުކޮށް ހެދިއެވެ.
Verse 22
ثُمَّ عَبَسَ وَبَسَرَ
Transliteration thumma ʿabasa wabasara
Dhivehi އަދި އެނާމޫނު ހުތުރުކޮށް މޫނަށްރޫއަރުވައި މޫނު ހަޑިކޮށްހެދިއެވެ. (އެއީ قُرَآنُ އާއިމެދު ބުނާނެއެއްޗެއް ނުވިސްނުނީމާ އެކަމާ ރުޅިއައިސްގެންނެވެ.)
Verse 23
ثُمَّ أَدْبَرَ وَٱسْتَكْبَرَ
Transliteration thumma adbara wa-is'takbara
Dhivehi ދެން އޭނާ حَقُّ އަށްފުރަގަސްދީ ބޮޑާވެގަތެވެ. އަދި އޭނާ އޭނާގެ އަންހެނުންގާތަށް ބޮޑާވެގެން ދިޔައެވެ.
Verse 24
فَقَالَ إِنْ هَـٰذَآ إِلَّا سِحْرٌ يُؤْثَرُ
Transliteration faqāla in hādhā illā siḥ'run yu'tharu
Dhivehi ދެން އޭނާބުނީ މި قُرَآنُ އަކީ އިހުގެމީހުންގެ ފަރާތުން ނަޤުލުވެގެން އައިސްފައިވާ ސިޙުރެއްކަމުގައެވެ.
Verse 25
إِنْ هَـٰذَآ إِلَّا قَوْلُ ٱلْبَشَرِ
Transliteration in hādhā illā qawlu l-bashari
Dhivehi އަދި އޭނާބުނީ މި قُرَآنُ އަކީ އާދަމުގެދަރިއެއްގެ ބަސްކަމުގައިމެނުވީ ނުވެއެވެ. އަދި މިއީ ﷲ ބާވާތްލެއްވި އެއްޗެއްކަމުގައި ނުވެއެވެ.
Verse 26
سَأُصْلِيهِ سَقَرَ
Transliteration sa-uṣ'līhi saqara
Dhivehi ﷲ އެއަންގަވަނީ، ނިކަންހުރެ سَقَرُ އެވެ ކިއުނުނަރަކައަށް ތިމަންރަސްކަލާނގެ އޭނާ ވައްދާހުރީމެވެ.
Verse 27
وَمَآ أَدْرَىٰكَ مَا سَقَرُ
Transliteration wamā adrāka mā saqaru
Dhivehi އަދި سَقَرُ އެވެ ކިއުނުނަރަކަ އަކީ ކޮންފަދަބިރުހުރި ތަނެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
Verse 28
لَا تُبْقِى وَلَا تَذَرُ
Transliteration lā tub'qī walā tadharu
Dhivehi އެއީ ހަށިގަޑުގެއެންމެހައި ހަމާއި މަހާއި އަދި ކަށިވެސްދޫނުކޮށް އަންދާ ހަލާކުކޮށްލާ ނަރަކައެވެ.
Verse 29
لَوَّاحَةٌ لِّلْبَشَرِ
Transliteration lawwāḥatun lil'bashari
Dhivehi އަދިމުޅި ހަށިގަޑު އަންދާކަޅުކޮ تَغَيَّرُ ކޮށްލާތަނެކެވެ. އަދި ޢަޒާބު އިތުރު ކުރެއްވުމަށްޓަކައި އަލުންވެސް ހަމާއިމަހާ ކައްޓާލެވި އަލުންވެސް އަންދައިލައެވެ. މިހެންވަމުންދާތަނެކެވެ. ޢަޒާބުގެ ކޮޅެއްނެތެވެ. މަރުވުމެއްނެތެވެ. ﷲ އަޅަމެން ނަރަކައިން ސަލާމަތްކުރައްވާށިއެވެ. އާމީން.....
Verse 30
عَلَيْهَا تِسْعَةَ عَشَرَ
Transliteration ʿalayhā tis'ʿata ʿashara
Dhivehi އެތަން ބަލަހައްޓަވަން ގަދަފަދަމަލާއިކަތްބޭކަލުންގެ އޮނަވިހިބޭކަލުން ލައްވާފައިވެއެވެ.
Verse 31
وَمَا جَعَلْنَآ أَصْحَـٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا۟ لِيَسْتَيْقِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوٓا۟ إِيمَـٰنًا ۙ وَلَا يَرْتَابَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْمُؤْمِنُونَ ۙ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْكَـٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِىَ إِلَّا ذِكْرَىٰ لِلْبَشَرِ
Transliteration wamā jaʿalnā aṣḥāba l-nāri illā malāikatan wamā jaʿalnā ʿiddatahum illā fit'natan lilladhīna kafarū liyastayqina alladhīna ūtū l-kitāba wayazdāda alladhīna āmanū īmānan walā yartāba alladhīna ūtū l-kitāba wal-mu'minūna waliyaqūla alladhīna fī qulūbihim maraḍun wal-kāfirūna mādhā arāda l-lahu bihādhā mathalan kadhālika yuḍillu l-lahu man yashāu wayahdī man yashāu wamā yaʿlamu junūda rabbika illā huwa wamā hiya illā dhik'rā lil'bashari
Dhivehi އަދިނަރަކަ ބަލަހައްޓަވާ ބޭކަލުންނަކީ މަލާއިކަތުންކަމުގައި މެނުވީ ތިމަންރަސްކަލާނގެ ނުލައްވަމެވެ. (އެބަހީ އެތަންބަލަހައްޓަވާ އަދި މީސްތަކުންނަށް ޢަޒާބުދެއްވުމަށް ތިމަންރަސްކަލާނގެ ހަމަޖެއްސެވީ މަލާއިކަތްބޭކަލުންނެވެ.) އަދި އެބޭކަލުންގެ ޢަދަދު އެއީ ވަކި ޢަދަދެއްކަމުގައި ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިއެވަނީ ކާފަރުވީ މީސްތަކުންނަށް ފިތުނައެއްކަމުގައި ނުވަތަ މަގުފުރެދުމެއްކަމުގައި ނުވަތަ ޢަޒާބެއްކަމުގައްޔާއި އަދިއެއީ يَهُودِي އިންނާއި نَصَارَى އިން (مُحَمَّد ގެފާނުންގެ ނަބީކަން ތެދުކަމާއިމެދު ޔަޤީންކުމަށްޓަކައެވެ. މިހެނީ މަލާއިކަތްބޭކަލުންގެ ޢަދަދު އެމީހުންގެފޮތުގައިވެސްވަނީ ހަމަ قُرَآنُ ގައިވާ ވަރަށެވެ. އަދި އީމާންވީމީހުންގެ އީމާންކަން އިތުރުވުމަށްޓަކައެވެ. މިހެނީ އެބޭކަލުންގެ ޢަދަދު އެމީހުންގެފޮތާއި قُرَآنُ އާއި އެއްގޮތްވުމުން އީމާންވާމީހުންގެ އީމާންކަން އިތުރުވާނެއެވެ. އަދިއެގޮތަށް އެކަންލެއްވީ يَهُودِي އިންނާއި نَصَارَى އިންނާއި އަދިމުއުމިނުން އެކަމާއިމެދު ޝައްކު ނުކުރުމަށްޓަކައެވެ. އަދިއެއީ ކާފަރުންނާއި އަދި އެމީހުންގެ ހިތްތަކުގައި ޝައްކާ ނިފާޤު ކަމުގެ ބަލިހުރިމީހުން މިފަދައިން ބުނުމަށްޓަކައެވެ. " މިޢަދަދުން ނުވަތަ މިވާހަކައިން ﷲ އެދިވޮޑިގަންނަވަނީ ދެން ކޮންކަމެއްބާވައެވެ. ކޮން މުރާދެއްބާވައެވެ؟ " މިފަދައިން އެމީހުން ބުނުމަށްޓަކައެވެ. ދަންނައެވެ. ﷲ އެމީހަކު މަގުފުރެއްދެވުމަށް އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ އެއަޅަކު މަގުފުރައްދަވައެވެ. އަދި ތެދުމަގުދެއްކެވުމަށް އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ ތެދުމަގު ދައްކަވަނީއެފަދައިންނެވެ. (އޭ رَسُولُ الله އެވެ!) ކަލޭގެފާނުންގެ رَبُّ ގެސިފައިންގެ ޢަދަދު ނުވަތަ އެކަލާނގެ ޚަލްޤުތަކުންގެ ޢަދަދު ނުވަތަ ނަރަކައިގެ ކަންތަކާއި ޙަވާލުކުރައްވާފައިވާބޭކަލުންގެ ޢަދަދު ހަމައެކަނި އެކަލާނގެއަށްމެނުވީ އެގިގެންނުވެއެވެ. އަދި އެނަރަކައިގެވާހަކަ އަކީ އާދަމުގެދަރިންނަށްވާ نَصِيْحَةއާއި وَعْظُ އެއްގެ ގޮތުންކަމުގައި މެނުވީނުވެއެވެ. އެއީ އެއިން އެމީހުން عِبْرَة حَاصِلُ ކުރުމަށްޓަކައެވެ.
Verse 32
كَلَّا وَٱلْقَمَرِ
Transliteration kallā wal-qamari
Dhivehi އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. ހަނދު ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.
Verse 33
وَٱلَّيْلِ إِذْ أَدْبَرَ
Transliteration wa-al-layli idh adbara
Dhivehi އަދި ފުރަގަސްދޭ ރޭގަޑު ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.
Verse 34
وَٱلصُّبْحِ إِذَآ أَسْفَرَ
Transliteration wal-ṣub'ḥi idhā asfara
Dhivehi އަދިފަތިސް އަލިވެ ސާފުވެއްޖެއްޔާ ފަތިސްގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.
Verse 35
إِنَّهَا لَإِحْدَى ٱلْكُبَرِ
Transliteration innahā la-iḥ'dā l-kubari
Dhivehi ހަމަކަށަވަރުން ސަޤަރު އެވެކިއުނު ނަރަކައަކީ ބޮޑުވެގެންވާ ބަލާ مُصِيْبَة ގެތެރެއިންވާބޮޑު ބަލާ مُصِيْبَة އެކެވެ. (ކާފަރުން އެހީކުރާފަދައަކުން ނުވެއެވެ.)
Verse 36
نَذِيرًا لِّلْبَشَرِ
Transliteration nadhīran lil'bashari
Dhivehi އެނަރަކައިގެ عَذَابُ އަކީ އާދަމުގެދަރިންނަށްވާބޮޑުބިރުވެރިކަމެކެވެ.
Verse 37
لِمَن شَآءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ
Transliteration liman shāa minkum an yataqaddama aw yata-akhara
Dhivehi އެއީ ކަލޭމެންގެތެރެއިން ކިޔަމަންތެރިކަމުގައި ކުރިއަރައިދާންއެދޭމީހާ ކުރިއަރައި ދިއުމަށާއި އަދި ނުވަތަ ކާފަރުވެގެން ކިޔަމަންތެރިކަމުގައި ފަސްޖެހެން ޚިޔާލުކުރާމީހަކު ފަސްޖެހުމަށެވެ.
Verse 38
كُلُّ نَفْسٍۭ بِمَا كَسَبَتْ رَهِينَةٌ
Transliteration kullu nafsin bimā kasabat rahīnatun
Dhivehi ކޮންމެނަފުސެއްވެސް قِيَامَة ދުވަހުންވާނީ އެނަފުސެއްކުރި ޢަމަލަކާއި އެކުގައެވެ. އެޢަމަލަކުން އެމީހަކު ހިފެވިގެންނެވެ.
Verse 39
إِلَّآ أَصْحَـٰبَ ٱلْيَمِينِ
Transliteration illā aṣḥāba l-yamīni
Dhivehi ކަނާއަތް ފަރާތުގެ އެކުވެރިން މެނުވީއެވެ. (އެމީހުންކުރި ހެޔޮ ޢަމަލުގެ ސަބަބުން ވާނީ ދޫކޮށްލެވިފައެވެ.)
Verse 40
فِى جَنَّـٰتٍ يَتَسَآءَلُونَ
Transliteration fī jannātin yatasāalūna
Dhivehi އެމީހުން ސުވަރުގޭގައި ތިބެގެން ސުވާލުކުރާނެއެވެ.
Verse 41
عَنِ ٱلْمُجْرِمِينَ
Transliteration ʿani l-muj'rimīna
Dhivehi އެމީހުން ސުވަރުގޭގައި ތިބެގެން مُجْرِم ންނާ މެދު ސުވާލުކުރާނެއެވެ. އެމީހުންނާ މުޚާތަބުކޮށް އަހާނެއެވެ.
Verse 42
مَا سَلَكَكُمْ فِى سَقَرَ
Transliteration mā salakakum fī saqara
Dhivehi ކަލޭމެން ނަރަކައަށް ވަންނަންޖެހުނީ ކޮންކަމަކާ ހުރެހެއްޔެވެ؟
Verse 43
قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ
Transliteration qālū lam naku mina l-muṣalīna
Dhivehi އެމީހުން ބުނާނެއެވެ. އަހުރެމެން ނަމާދު ކުރި މީހުންގެ ތެރެއިން ނުވީމުއެވެ.
Verse 44
وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ
Transliteration walam naku nuṭ'ʿimu l-mis'kīna
Dhivehi އަދި މިސްކީނުންނަށް ކާންދިންމީހުންގެ ތެރެއިންވެސް އަހުރެމެން ނުވީމުއެވެ. އެބަހީ زَكَاة ދީ صَدَقَاة ދީ ހެދި މީހުންގެ ތެރެއިން ނުވީމުއެވެ.
Verse 45
وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ
Transliteration wakunnā nakhūḍu maʿa l-khāiḍīna
Dhivehi އަދި އަހުރެމެން އުޅުނީ بَاطِل ކަންތައްތަށް ކުރާމީހުންގެ ތެރެއަށް ވަދެ އެމީހުންނާ އެކުގައެވެ.
Verse 46
وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ
Transliteration wakunnā nukadhibu biyawmi l-dīni
Dhivehi އަދި އަހުރެންވީ މި ޙިސާބު ބައްލަވާ ޖަޒާދެއްވާ މި ޤިޔާމަތްދުވަސް ދޮގުކުރާމީހުން ކަމުގައެވެ.
Verse 47
حَتَّىٰٓ أَتَىٰنَا ٱلْيَقِينُ
Transliteration ḥattā atānā l-yaqīnu
Dhivehi އަހުރެމެން މަރުވެއްޖެއުމަށް ދާންދެންވެސް އުޅެވުނުކަމުގައިވީ އެގޮތަށެވެ.
Verse 48
فَمَا تَنفَعُهُمْ شَفَـٰعَةُ ٱلشَّـٰفِعِينَ
Transliteration famā tanfaʿuhum shafāʿatu l-shāfiʿīna
Dhivehi شَفَاعَة ތެރިވާމީހުންގެ شَفَاعَة އަކުން އެމީހުންނަކަށް އެއްވެސް منفع އެއް ނުކުރާނެއެވެ. (އެމީހުންނަކީ އެކަމުގެ أهل ވެރިންކަމުގައިނުވެއެވެ.)
Verse 49
فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ
Transliteration famā lahum ʿani l-tadhkirati muʿ'riḍīna
Dhivehi އަދި އެމީހުން قرآنގެ (وعظ އާއި نصيحةން) އެނބުރި އެއަށް ފުރަގަސް ދޭންވީ ކީއްވެގެނެހެއްޔެވެ؟
Verse 50
كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ
Transliteration ka-annahum ḥumurun mus'tanfiratun
Dhivehi އެމީހުން ކޮންފަދަ ހެއްޔެވެ؟ ސިހިގެން ފިލައިގެންދާ وحشى حمار ތަކެއް ފަދައެވެ. (قرآن ގެ އަޑު އިވުނީމާ އެމީހުން އެއަށްނުރުހި ރުޅިއަރައިގަނެގެން ފުރަގަސް ދެނީއެފަދައިންނެވެ.
Verse 51
فَرَّتْ مِن قَسْوَرَةٍۭ
Transliteration farrat min qaswaratin
Dhivehi ފުރަގަސް ދީފައި ދާއިރު وحشى حمار ތަކެއް ދުނިޖަހާ މީހަކު ދެކެފައި ނުވަތަ ސިންގާއެއް ފެނުނީމާ ބިރުންދާ ފަދައިން ދުވެ ރައްކާވެދެއެފަދައިންނެވެ.
Verse 52
بَلْ يُرِيدُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُؤْتَىٰ صُحُفًا مُّنَشَّرَةً
Transliteration bal yurīdu kullu im'ri-in min'hum an yu'tā ṣuḥufan munasharatan
Dhivehi އަދި ކިއެއްހެއްޔެވެ؟ އެމީހުންކުރެ ކޮންމެ މީހަކުވެސް އެދެނީ ހުޅުވާލެވި ފެތުރިފައިވާ ފަތްފުށްތަކެއް އެއިން ކޮންމެ މީހަކަށް ވެސްދެވުމަށެވެ. (رَسُولُ الله ﷺ އެއިން ކޮންމީހަކަށް ﷲ ގެ حَضْرَة ން ވަކިފޮތެއް ގެނަސްދެއްވުމަށެވެ.)
Verse 53
كَلَّا ۖ بَل لَّا يَخَافُونَ ٱلْـَٔاخِرَةَ
Transliteration kallā bal lā yakhāfūna l-ākhirata
Dhivehi އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އާޚިރަތްދުވަހަށް ބިރުވެތި ނުވަނީއެވެ.
Verse 54
كَلَّآ إِنَّهُۥ تَذْكِرَةٌ
Transliteration kallā innahu tadhkiratun
Dhivehi އެ قرآن އެއީ އެއްގޮތަކަށްވެސް އެމީހުން އެހީކުރާކަހަލަ ސިޙުރެއް - ފުލޯކުވާހަކައެއް - ޅެމެއް - ކަހީނުންގެ ވާހަކައެއް - އަދި ދޮގެއްވެސް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ އެއީ وعظ އާއި نصيحة އެކެވެ. އިރުޝާދާއި ތެދުމަގެވެ.
Verse 55
فَمَن شَآءَ ذَكَرَهُۥ
Transliteration faman shāa dhakarahu
Dhivehi ފަހެ އެދޭ މީހަކު އެ قرآن ން وعظ އާއި نصيحة އާއި އިރުޝާދާއި ތެދުމަގު ލިބިގަންނާށެވެ.
Verse 56
وَمَا يَذْكُرُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ هُوَ أَهْلُ ٱلتَّقْوَىٰ وَأَهْلُ ٱلْمَغْفِرَةِ
Transliteration wamā yadhkurūna illā an yashāa l-lahu huwa ahlu l-taqwā wa-ahlu l-maghfirati
Dhivehi އަދި الله އިރާދަކުރެއްވިއްޔާމެނުވީ އެ قرآن ން وعظ އާއި نصيحة އާއި އިރުޝާދާއި ތެދުމަގު ލިބިނުގަންނާނެއެވެ. އެކަލާނގެއީ އެފަރާތަށް تَقْوَى ވެރިވާންވީ ފަރާތެވެ. އެކަމުގެ އަހުލުވެރި ފަރާތެވެ. އަދި ފާފަފުއްސަވައިދެއްވުމުގެވެސް އަހުލުވެރާފަރާތެވެ.
Read Surah Al-Muddaththir in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.