Surah Al-Layl in Dhivehi: translation and audio
Surah 92 · الليل · The Night · 21 verses
Surah Al-Layl verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Layl word by word in English.
Verse 1
وَٱلَّيْلِ إِذَا يَغْشَىٰ
Transliteration wa-al-layli idhā yaghshā
Dhivehi ރޭގަނޑު އަނދިރިވެއްޖެއްޔާ ރޭގަނޑު ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.
Verse 2
وَٱلنَّهَارِ إِذَا تَجَلَّىٰ
Transliteration wal-nahāri idhā tajallā
Dhivehi ދުވާލު އަލިވެ އުޖާލާ ވެއްޖެއްޔާ ދުވާލުގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.
Verse 3
وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ
Transliteration wamā khalaqa l-dhakara wal-unthā
Dhivehi އަދި ފިރިހެން އަންހެން ދެޖިންސު ހެއްދެވި ޛާތުފުޅު އެބަހީ ﷲ ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ. ނުވަ އަންހެން ފިރިހެން ދެޖިންސު ގަންދެއްވައިﷲ ހުވައި ވަޙީ ކުރައްވައެވެ. އެހުވައިގެ ޖަވާބަކީ:-
Verse 4
إِنَّ سَعْيَكُمْ لَشَتَّىٰ
Transliteration inna saʿyakum lashattā
Dhivehi ހަމަކަށަވަރުން ތިޔަބައިމީހުންގެ ޢަމަލުތައް ތަފާތުވެގެންވެއެވެ. ސުވަރުގެ ވަންތަވެރި ޢަމަލާއި ނަރަކަވަންތަވެރިކަމުގެ ޢަމަލާއެވެ.
Verse 5
فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ
Transliteration fa-ammā man aʿṭā wa-ittaqā
Dhivehi ފަހެ ތިމާގެ މުދާ ހެޔޮގޮތުގައި ހޭދަކޮށް ޞަދަޤާތް ކޮށް އަދި އެޔާއެކު އޭނާ تَقْوَى ވެރިވެ.
Verse 6
وَصَدَّقَ بِٱلْحُسْنَىٰ
Transliteration waṣaddaqa bil-ḥus'nā
Dhivehi އަދި އޭނާއެހޭދަކުރި މުދަލުގެ ސަވާބު الله ދެއްވާނެކަމަށް ތެދުކޮށް ޔަޤީން ކޮށް ނުވަތަ لاإلَه إلاَّ الله ތެދުކޮށް ނުވަތަ ސުވަރުގެ ދެއްވާނެކަމުގައި ތެދުކޮށް ހެދިމީހާ ދަންނައެވެ،
Verse 7
فَسَنُيَسِّرُهُۥ لِلْيُسْرَىٰ
Transliteration fasanuyassiruhu lil'yus'rā
Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާ އަށް އިސްލާމުދީންނަށް އުޅުން ފަސޭހަކޮށްދެއްވާހުށީމެވެ. ނުވަތަ ސުވަރުގެއަށް ދެވޭނެގޮތް ފަސޭކޮށްދެއްވާހުށީމެވެ.
Verse 8
وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ
Transliteration wa-ammā man bakhila wa-is'taghnā
Dhivehi އަދި ތިމާ މުދަލަށް ދަހިވެތިވެ ހެޔޮގޮތުގައި މުދާހޭދަނުކޮށް بَخِيْلُ ވެ އަދި آخِرَة ގެ ދަރުމަޔާއި ސަވާބު ފިޔަވައި ދުނިޔޭގެ އަރާމާއި މަޖަލަށް ފުދިގެންފިމީހާ
Verse 9
وَكَذَّبَ بِٱلْحُسْنَىٰ
Transliteration wakadhaba bil-ḥus'nā
Dhivehi އަދިއޭނާގެމުދާ ހެޔޮގޮތުގައި ހޭދަކުރީމާ އޭގެދަރުމަޔާއި ސަވާބުދެއްވާނެކަމަށް ތެދުނުކޮށް އެކަންދޮގުކޮށް ނުވަތަ لاإلَه إلاَّ الله ތެދުނުކޮށް ނުވަތަ ސުވަރުގެ ދެއްވާނެކަމުގައި ތެދުކޮށް ނުހެދިމީހާ ދަންނައެވެ،
Verse 10
فَسَنُيَسِّرُهُۥ لِلْعُسْرَىٰ
Transliteration fasanuyassiruhu lil'ʿus'rā
Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާއަށް ހެޔޮކަންތައްކުރުމުގެ މަގުދަތިކޮށް އުދަގޫކޮށްލާ ހުށީމެވެ.
Verse 11
وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ
Transliteration wamā yugh'nī ʿanhu māluhu idhā taraddā
Dhivehi އަދި އެފަދަ ނުލަފާމީހުން ހަލާކުގެތެރެއަށް ވެއްޓިއްޖެއްޔާ އެބަހީ އޭނާ ނަރަކައަށް ލެވިއްޖެއްޔާ އެނާގެމުދާ އޭނާއަށް އެއްވެސްކަމެއް ފުއްދައެއްނުދޭނެއެވެ. އޭނާގެ މުދަލުގެ އެއްވެސް ފައިދާއެއް އޭނާއަކަށް ނުކުރާނެއެވެ.
Verse 12
إِنَّ عَلَيْنَا لَلْهُدَىٰ
Transliteration inna ʿalaynā lalhudā
Dhivehi ހަމަކަށަވަރުން ތެދުމަގު ބަޔާންކޮށްދެއްވުމަކީ ތިމަންރަސްކަލާންގެއަށް އޮތްކަމެކެވެ. (އެބަހީ ހެޔޮމަގާއި ނުބައިމަގު ބަޔާންކޮށްދިނުމަކީ ތިމަންރަސްކަލާނގެ ކަމެކެވެ.
Verse 13
وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ
Transliteration wa-inna lanā lalākhirata wal-ūlā
Dhivehi އަދި ހަމަކަށަވަރުން ދުނިޔެއާއި آخِرَة خَاصَّ ވެގެންވަނީ ތިމަންރަސްކަލާނގެއަށެވެ. އެދެތާގައިވެސް ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް ކަންތައްގެއްދަވަމެވެ.
Verse 14
فَأَنذَرْتُكُمْ نَارًا تَلَظَّىٰ
Transliteration fa-andhartukum nāran talaẓẓā
Dhivehi ފަހެ قِيَامَة ދުވަހުން އަދަނއަދާނުރި ގަދަ އަލިފާނެއް ހުރިކަމުގެ ބިރުވެރި خَبَرُ ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެމެވެ.
Verse 15
لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى
Transliteration lā yaṣlāhā illā l-ashqā
Dhivehi އަބާއްޖަވެރިއަކުމެނުވީ އެއަލިފާނަށް ނުވަންނަހުއްޓެވެ.
Verse 16
ٱلَّذِى كَذَّبَ وَتَوَلَّىٰ
Transliteration alladhī kadhaba watawallā
Dhivehi އެމީހުންނީ ޙައްޤު ދޮގުކޮށް އީމާންކަމާއި ކިޔަމަންތެރިކަމަށް ފުރަގަސްދިންމީހުންނެވެ.
Verse 17
وَسَيُجَنَّبُهَا ٱلْأَتْقَى
Transliteration wasayujannabuhā l-atqā
Dhivehi އަދި تَقْوَى ވެރިމާތް މީހުން އެއަލިފާނާއި ދުރުކުރެވޭނެއެވެ. އެފަދަމީހުން އެއަލިފާނާއި ގާތްނުވާނެއެވެ.
Verse 18
ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ
Transliteration alladhī yu'tī mālahu yatazakkā
Dhivehi އެ تَقْوَى ވެރިމާތް މީހަކީ ތިމާގެމުދާ ހެޔޮގޮތުގައި الله މަގުގައި ހޭދަކޮށް އަދި ޝިރުކާއި އެހެނިހެންވެސް ފާފައިން طَاهِرُ ވެގެންވާ މީހެކެވެ.
Verse 19
وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍ تُجْزَىٰٓ
Transliteration wamā li-aḥadin ʿindahu min niʿ'matin tuj'zā
Dhivehi އަދި އެއްވެސްމީހަކަށް އެމީހާކޮށްދޭ ހޭދަޔާއި صَدَقَة ގެ مُقَابِلُ ގައި އެއްވެސް ބަދަލަކަށް ނުއެދޭމީހެކެވެ.
Verse 20
إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ
Transliteration illā ib'tighāa wajhi rabbihi l-aʿlā
Dhivehi ހަމައެކަނި صَدَقَة ގެ مُقَابِلُ ގައި އެމީހާ އެދޭހާވެސްކަމަކީ އެމީހާ ހައްދަވާ ބޮޑުކުރައްވާ މަތިވެރިމާތް رَبُّ ގެ وَجْهُ ފުޅެވެ. އެކަލާނގެ ރުހިވޮޑިގަތުމެވެ.
Verse 21
وَلَسَوْفَ يَرْضَىٰ
Transliteration walasawfa yarḍā
Dhivehi ދެންފަހެ އެމީހާގެ މަތިވެރިވެގެންވާ رَبُّ ގެ وَجْهُ ފުޅު އެދިގެން صَدَقَة ކުރިމީހާ އޭނާ ރުހޭވަރުގެ ސަވާބާއި ކަރާމާތް ނިކަންހުރެ އޭނާދެކޭނެއެވެ.\nނޯޓު: މިއާޔަތް ތަކުންސިފަވެގެންމިދާ تَقْوَى ވެރިމާތް މީހަކީ أبُو بَكْر الصِّدِّيْقُ رَضِيَ الله عَنْهُ ކަމުގައި ގިނަމުފައްސިރުން ވިދާޅުވެއެވެ. ފަހެ އެކަލޭގެފާނުންގެ މުދަލުން އެތަކެއް އަޅުންމިނިވަން ކުރައްވައި ﷲ ގެ وَجْهُ ފުޅައްޓަކައި ދޫކުރެއްވިއެވެ. ދުންޔަވީ އެއްވެސް ބޭނުންފުޅެއް އޮވެގެންނެއްނޫނެވެ. އަދި އިސްލާމީ ތާރީޚުގައި އެކަލޭގެފާނުންގެ އެބާވަތުގެ ޚިދްމަތްތަކަކީ މަޝްހޫރު އެއްޗެކެވެ. رَضِيَ الله عَنْهُ.
Read Surah Al-Layl in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.