MyDugsiStart learning

Surah Al-Mursalat in Dhivehi: translation and audio

Surah 77 · المرسلات · The Emissaries · 50 verses

Surah Al-Mursalat verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Mursalat word by word in English.

Verse 1

وَٱلْمُرْسَلَـٰتِ عُرْفًا

Transliteration wal-mur'salāti ʿur'fan

Dhivehi ހޭއަރުވައިލުމެއްދަންނައެވެ. މިސޫރަތުގެ ކުރީކޮޅުގެ ހައާޔަތުގެ ތަފުސީރާއިމެދު ތަފުސީރު ޢިލްމުވެރިންގެ މެދުގައި ބަސްތަފާތު ވެފައިވެއެވެ. އޭގެތެރެއިންބައެއްބޭކަލުން ވިދާޅުވަނީ - وَالْمُرْسَلات - وَالْعَصِفَات - وَالنَّاشِرَات - فَالْفَارِقَات - فَالْمُاالقِيَات - މި ލަފުޒުތަކުގެ މާނައަކީ ވައިގެ އެކިވައްތަރުކަމަށެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ މަލާއިކަތްބޭކަލުން ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވާގޮތުގައި ފުރަތަމަ ތިން ލަފުޒު އެއީ ވަޔަށް ކިޔާ ތިންނަންކަމަށެވެ. އަނެއްދެ ލަފުޒު އެއީ މަލާއިކަތްބޭކަލުންނަށް ކިޔާ ދެނަންކަމަށެވެ.\nދެންފަހެ މިބޭކަލުންގެ މިހުރިހާ ވާހަކައެއްގެ ޚުލާސާއެއްގެގޮތުން އެންމެ مُعْتبر تَفْسِير ފޮތުގެ مُؤَلِّف إبْن جَرِير الطبري ވިދާޅުވީ އެތަނުން ވަކިމާނައެއް އިސްކުރެވޭނެ ދަލީލެއްނެތެވެ. ދެމާނަވެސް ދޭހަވެއެވެ. ވީމާ އެތަނުން ކޮންމެ މާނައެއްވެސް ރަނގަޅެވެ. وَالله أَعْلَم. މިފޮތުގައި ލިޔެފައިމިވަނީ މީގެތެރެއިން އެއްގޮތެވެ. ވިދިވިދިގެން ޖެހޭ ރަނގަޅުވައި ގަންދެއްވައި ﷲ ހުވައިވަޙީ ކުރައްވައެވެ.

Verse 2

فَٱلْعَـٰصِفَـٰتِ عَصْفًا

Transliteration fal-ʿāṣifāti ʿaṣfan

Dhivehi އަދި ތަކެތި ހަލާކުވާފަދަ ގަދަވައި ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ.

Verse 3

وَٱلنَّـٰشِرَٰتِ نَشْرًا

Transliteration wal-nāshirāti nashran

Dhivehi އަދި ވާރޭވިލާތައް (ފެންވެހޭ ވިލާތައް) އުޑުގައި ފަތުރާލާ ވިލާތައް ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ.

Verse 4

فَٱلْفَـٰرِقَـٰتِ فَرْقًا

Transliteration fal-fāriqāti farqan

Dhivehi ފަހެ ކަނޑައެޅިގެން ޙައްޤުއާއި ބާޠިލު އަދި ޙަލާލާއި ޙަރާމް ފަރަޤުކުރައްވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ.

Verse 5

فَٱلْمُلْقِيَـٰتِ ذِكْرًا

Transliteration fal-mul'qiyāti dhik'ran

Dhivehi އަދި ވަޢުޡާއި ނަޞޭހަތް އަދި އިންޒާރާއިގެން ވަޑައިގަންނަވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

Verse 6

عُذْرًا أَوْ نُذْرًا

Transliteration ʿudh'ran aw nudh'ran

Dhivehi އަދި އެބޭބޭކަލުން އެވަޑައިގަންނަވަނީ ﷲ ގެ ޙަޟްރަތުން ޢުޒުރާއި އަދި އިންޒާރު ގެ ގޮތުންނެވެ. މިހުރިހާ އެއްޗެއް ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވަނީ ބޮޑުކަމެއްގެ މައްޗަށެވެ. އެކަމަކީ

Verse 7

إِنَّمَا تُوعَدُونَ لَوَٰقِعٌ

Transliteration innamā tūʿadūna lawāqiʿun

Dhivehi ހަމަކަށަވަރުން ތިޔަބައިމީހުންނަށް ވަޢުދު ވެވިގެންވާ ކަންތައްތައް ހަމަކަށަވަރުން ވާޤިޢު ވާނެއެވެ. ދިމާވާނެކަން ކަށަވަރެވެ. އެއީ ޤިޔާމަތް ދުވަހުން ހެޔޮކަމާއި ނުބައިކަން ބެލިވި އެއަށް ޖަޒާލިބުމެވެ. އެއީ ނުވެ ނުދާނެކަމެކެވެ.

Verse 8

فَإِذَا ٱلنُّجُومُ طُمِسَتْ

Transliteration fa-idhā l-nujūmu ṭumisat

Dhivehi (އެފަދަ ކަންތައް ހިނގާނީ؛) ތަރިތަކުގެ ނޫރު ފިލައިގޮސް އަނދިރިވެއްޖެއްޔާއެވެ.

Verse 9

وَإِذَا ٱلسَّمَآءُ فُرِجَتْ

Transliteration wa-idhā l-samāu furijat

Dhivehi އަދި އުޑުފަޅައިގެންގޮސް ދުރުވެ ފޭވެއްޖެއްޔާއެވެ.

Verse 10

وَإِذَا ٱلْجِبَالُ نُسِفَتْ

Transliteration wa-idhā l-jibālu nusifat

Dhivehi އަދި ފަރުބަދަތައް އޭގެ މަކާނުން ލުހެވި ކުދިކުދިވެ ބުރަބުރައިގެން ހިނގައްޖެއްޔާއެވެ.

Verse 11

وَإِذَا ٱلرُّسُلُ أُقِّتَتْ

Transliteration wa-idhā l-rusulu uqqitat

Dhivehi އަދި ރަސޫލު ބޭކަލުންނަށް (އެބޭކަލުންނާއި އެބޭކަލުންގެ އުންމަތްތަކާދެމެދު فَيْصِلَة ކުރުމަށް) ވަގުތު ކަނޑައެޅިއްޖެއްޔާއެވެ.

Verse 12

لِأَىِّ يَوْمٍ أُجِّلَتْ

Transliteration li-ayyi yawmin ujjilat

Dhivehi އެބޭބޭކަލުން ފަސްކުރެވުނީ ކޮންދުވަހަކަށްޓަކައިހެއްޔެވެ؟

Verse 13

لِيَوْمِ ٱلْفَصْلِ

Transliteration liyawmi l-faṣli

Dhivehi އެބޭބޭކަލުން ފަސްކުރެވުނީ (އެބަހީ ދުނިޔޭގައި އެބޭކަލުންނާއި އުންމަތްތަކާއިމެދު فَيْصِلَة ނުކުރެވި ލަސްކުރެވުނީ) ކަންތައްތަކަކަށް فَيْصِلَة ކުރައްވައި ހިސާބުބައްލަވާ ދުވަހަކަށެވެ.

Verse 14

وَمَآ أَدْرَىٰكَ مَا يَوْمُ ٱلْفَصْلِ

Transliteration wamā adrāka mā yawmu l-faṣli

Dhivehi އަދި އެފަދަ فَيْصِلَة ކުރައްވާ ދުވަހަކީ ކޮން ދުވަހެއްކަން ކަލޭގެފާނަށް އަންގަވައިދެއްވަނީ ކޮންކަމެއްތޯއެވެ؟ (ފަހެ މިފަދަ ސުވާލަކީ އެކަމުގެ މުހިންމުކަމާއި ސީރިއަސްކަން ހާމަކުރެއްވުމަށް ހުންނަ ސުވާލެވެ.)

Verse 15

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Transliteration waylun yawma-idhin lil'mukadhibīna

Dhivehi އަދި ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (وَيْلُ އަކީ ގަދަ ޢަޒާބެވެ. ނުވަތަ ނަރަކައިގެ ވަކި وَادِي އެކެވެ.) ނުވަތަ وَيْلُ އަކީ ހަލާކަށްކިޔާ ނަމެކެވެ. އެބަހީ ދޮގުވެރިންނަށް އެދުވަހުން ހަލާކު ހުއްޓެވެ. މިއެވެ.

Verse 16

أَلَمْ نُهْلِكِ ٱلْأَوَّلِينَ

Transliteration alam nuh'liki l-awalīna

Dhivehi އިސްވެދިޔަ މީސްތަކުން ތިމަންރަސްކަލާނގެ ހަލާކު ނުކުރަންހެއްޔެވެ؟ (އިސްވެދިޔަ މީހުންނެވެ އެންގެވި ބަސްފުޅުގެ މުރާދަކީ آدَم ގެފާނުއްސުރެ مُحَمَّدُ صَلَّي الله عَلَيه وَسَلَّم އާއި ހަމައަށް އައި އުންމަތުގައި އުޅުނު ރަސޫލު ބޭކަލުން ދޮގުކުރި މީހުންނެވެ. އެމީހުން ހަލާކު ކުރައްވައި މެރުއްވިއެވެ.)

Verse 17

ثُمَّ نُتْبِعُهُمُ ٱلْـَٔاخِرِينَ

Transliteration thumma nut'biʿuhumu l-ākhirīna

Dhivehi ދެންފަހުގެމީހުން އެމީހުންނާއި تَبَعَ ކުރައްވާ ހުށީމެވެ. (އެބަހީ ފަހުގެމީހުންވެސް ރަސޫލާ ދޮގުކޮށްފިއްޔާ އެމީހުންނެކޭ އެއްގޮތަށް ހަލާކު ކުރައްވާހުރީމެވެ. ފަހުގެމީހުންނޭ އެންގެވި ބަސްފުޅުގެމުރާދަކީ مُحمَّد صَلّى الله علَيْه وَسلم ރަސޫކަމާއިގެން ފޮނުއްވިފަހުން ދެންއަންނާނެހާބައެކެވެ. އެމީހުންކުރެ ރަސޫލުދޮގުކުރި މީހުންނެވެ. އޭގެ އެންމެފުރަތަމަބަޔަކީ މައްކާގެ މުޝްރިކުންނެވެ. ދެންވެސް އެފަދަމީހުންނެވެ.)

Verse 18

كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ

Transliteration kadhālika nafʿalu bil-muj'rimīna

Dhivehi މުޖްރިމުންނާއިމެދު ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ.

Verse 19

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Transliteration waylun yawma-idhin lil'mukadhibīna

Dhivehi ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

Verse 20

أَلَمْ نَخْلُقكُّم مِّن مَّآءٍ مَّهِينٍ

Transliteration alam nakhluqkkum min māin mahīnin

Dhivehi އަދި ނިކަމެތިވެގެންވާ ދެރަފެންފޮދަކުން އެބަހީ نُطْفَة އަކުން ތިމަންރަސްކަލާނގެ ކަލޭމެން ނުހައްދަވަމުހެއްޔެވެ؟ އެބަހީ ކަލޭމެންހެއްދެވީ ދެރަފެންފޮދަކުންނެވެ.

Verse 21

فَجَعَلْنَـٰهُ فِى قَرَارٍ مَّكِينٍ

Transliteration fajaʿalnāhu fī qarārin makīnin

Dhivehi ދެން އެ نُطْفَة قرار ވެގެން ރައްކާތެރި ތަނަކަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. (އެއީ އަންހެންމީހާ رَحِم‘ ގެތެރެއަށެވެ.)

Verse 22

إِلَىٰ قَدَرٍ مَّعْلُومٍ

Transliteration ilā qadarin maʿlūmin

Dhivehi އެއީ ކަނޑައެޅި عَين ވެގެންވާ مدت އަކަށެވެ. (އެއީބަލިވެއިނދެ ދުވަސް ފުރެންދެނެވެ.)

Verse 23

فَقَدَرْنَا فَنِعْمَ ٱلْقَـٰدِرُونَ

Transliteration faqadarnā faniʿ'ma l-qādirūna

Dhivehi ދެން ތިމަންރަސްކަލާނގެ އެ نُطْفَة މިންވަރުކުރެއްވީމެވެ. (އެބަހީ ގުނަވަންތަކާއި ސިފަތަށް ބަރާބަރުކޮށް ފުރިހަމަ އިންސާނަކަށް މިންވަރުކުރެއްވީމެވެ.) ތިމަންރަސްކަލާނގެއީ މޮޅަށް މިންވަރުކުރަށްވާ ރަސްކަލާނގެއެވެ.

Verse 24

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Transliteration waylun yawma-idhin lil'mukadhibīna

Dhivehi ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

Verse 25

أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا

Transliteration alam najʿali l-arḍa kifātan

Dhivehi ،(26)،(27) ދިރޭތަކެއްޗާއި މަރުވާތަކެތި ޖަމާކޮށް އެއްކުރާތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ނުލައްވަންހެއްޔެވެ؟ (އެބަހީ އެދެވައްތަރު ޖަމާކޮށް އެއްކުރާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ލެއްވީމެވެ. އެއީ ދިރޭ އެންމެހާ ތަކެތި ބިންގަނޑުމަތީގައި އަދި މަރުވާތަކެތި ބިމުގެ ބަނޑުގައި (ބިމުގެ ތެރޭގައި) ޖަމާކުރެއްވީމެވެ.) އަދި އެބިމުގައި އުސް ފަރުބަދަތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި މީރުފެން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބޯންދެއްވަމެވެ.

Verse 26

أَحْيَآءً وَأَمْوَٰتًا

Transliteration aḥyāan wa-amwātan

Dhivehi ،(26)،(27) ދިރޭތަކެއްޗާއި މަރުވާތަކެތި ޖަމާކޮށް އެއްކުރާތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ނުލައްވަންހެއްޔެވެ؟ (އެބަހީ އެދެވައްތަރު ޖަމާކޮށް އެއްކުރާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ލެއްވީމެވެ. އެއީ ދިރޭ އެންމެހާ ތަކެތި ބިންގަނޑުމަތީގައި އަދި މަރުވާތަކެތި ބިމުގެ ބަނޑުގައި (ބިމުގެ ތެރޭގައި) ޖަމާކުރެއްވީމެވެ.) އަދި އެބިމުގައި އުސް ފަރުބަދަތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި މީރުފެން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބޯންދެއްވަމެވެ.

Verse 27

وَجَعَلْنَا فِيهَا رَوَٰسِىَ شَـٰمِخَـٰتٍ وَأَسْقَيْنَـٰكُم مَّآءً فُرَاتًا

Transliteration wajaʿalnā fīhā rawāsiya shāmikhātin wa-asqaynākum māan furātan

Dhivehi ،(26)،(27) ދިރޭތަކެއްޗާއި މަރުވާތަކެތި ޖަމާކޮށް އެއްކުރާތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ނުލައްވަންހެއްޔެވެ؟ (އެބަހީ އެދެވައްތަރު ޖަމާކޮށް އެއްކުރާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ލެއްވީމެވެ. އެއީ ދިރޭ އެންމެހާ ތަކެތި ބިންގަނޑުމަތީގައި އަދި މަރުވާތަކެތި ބިމުގެ ބަނޑުގައި (ބިމުގެ ތެރޭގައި) ޖަމާކުރެއްވީމެވެ.) އަދި އެބިމުގައި އުސް ފަރުބަދަތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި މީރުފެން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބޯންދެއްވަމެވެ.

Verse 28

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Transliteration waylun yawma-idhin lil'mukadhibīna

Dhivehi ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

Verse 29

ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ

Transliteration inṭaliqū ilā mā kuntum bihi tukadhibūna

Dhivehi (مَحْشَر ގެ މައިދާނުގައި قِيَامة ދުވަހާއި ނަރަކަ ދޮގުކުރި މީހުންނަށް އެންގޭނެއެވެ.) ތިޔަބައިމީހުން (ދުނިޔޭގައި ތިބިއިރު) އެއެއްޗެއް ދޮގުކުރި އެއްޗާއި ދިމާއަށް ތިޔަބައިމީހުން ދާށެވެ.

Verse 30

ٱنطَلِقُوٓا۟ إِلَىٰ ظِلٍّ ذِى ثَلَـٰثِ شُعَبٍ

Transliteration inṭaliqū ilā ẓillin dhī thalāthi shuʿabin

Dhivehi ނަރަކައިގެ ތިންބަޔަކަށް ބެހިފައިވާ ދުންގަނޑުގެ ހިޔަލަށް ކަލޭމެންދާށެވެ.

Verse 31

لَّا ظَلِيلٍ وَلَا يُغْنِى مِنَ ٱللَّهَبِ

Transliteration lā ẓalīlin walā yugh'nī mina l-lahabi

Dhivehi އެހިޔަލުގައި އެއްވެސް ފިނިކަމެއް އަދި ނަރަކައިން އަރާ ހޫނު އަލިފާންގަޑުން ލުއިކަމެއް ފުއްދައިދިނުމެއްނުވެއެވެ.

Verse 32

إِنَّهَا تَرْمِى بِشَرَرٍ كَٱلْقَصْرِ

Transliteration innahā tarmī bishararin kal-qaṣri

Dhivehi ހަމަކަށަވަރުން އެނަރަކަ ބޮޑެތި ބިލްޑިންގުވަރުގެ ކަނި (ހުޅުގަނޑު) އުކާނެއެވެ.

Verse 33

كَأَنَّهُۥ جِمَـٰلَتٌ صُفْرٌ

Transliteration ka-annahu jimālatun ṣuf'run

Dhivehi އެވައްތަރުވާނީ ކަޅު ނުވަތަ ކަޅުކުލައިގެ ޖަމަލުތަކަކާއެވެ.

Verse 34

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Transliteration waylun yawma-idhin lil'mukadhibīna

Dhivehi ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.) ދަންނައެވެ. ތެއްތިރީސްވަނަ އާޔަތުގައިވާ جِمَا لَتٌ صُفْرٌމިދެކަލިމައިން ކުރެ صُفْرٌ މިކަލިމަޔާމެދު ތަފްސީރު ޢިލްމުވެރިންގެ މެދުގައި ބަސްތަފާތުވެފައިވެއެވެ. އެއީ ކަޅުކުލަޔާ ދޮންކުލަޔާމެދުގައެވެ. ބައެއްބޭކަލުން ވިދާޅުވަނީ އެއީ ކަޅުކުލަ ކަމަށެވެ. އަނެއްބައިބޭކަލުން ވިދާޅުވަނީ އެއި ދޮން ކުލަ ކަމަށެވެ. ވީމާ މި ބަޙުޘް ހިނގާފައިވާވާހަކަ ހަނދާންކޮށްލަމެވެ.

Verse 35

هَـٰذَا يَوْمُ لَا يَنطِقُونَ

Transliteration hādhā yawmu lā yanṭiqūna

Dhivehi މިއަދު މިޤިޔާމަތްދުވަހަކީ އެމީހުން އެބަހީ ނަރަކަވަންތަވެރިން ވާހަކަނުދައްކާނެދުވަހެވެ. ބަސްނުބުނާނެއެވެ. އެމީހުން ވާހަކަދައްކާކަށް ކުޅަދާނަނުވާނެއެވެ. އަގަތަކުގައިވާނީ ސިއްކަޖެހެވި ބަންދުކުރެވިފައެވެ. އަދި އޭރު ހިސާބު ބައްލަވާނިމިގެން ނަރަކައަށްވައްދަވަނީއެވެ.

Verse 36

وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ

Transliteration walā yu'dhanu lahum fayaʿtadhirūna

Dhivehi އަދި އެމީހުން ބަހަނާދައްކާ ޢުޒުރުވެރިވާކަށް އިޒުނަ ނުލިބޭނެއެވެ. ޢުޒުރުވެރިވެވޭނީވެސް އެހެންނަމަތާއެވެ.

Verse 37

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Transliteration waylun yawma-idhin lil'mukadhibīna

Dhivehi ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

Verse 38

هَـٰذَا يَوْمُ ٱلْفَصْلِ ۖ جَمَعْنَـٰكُمْ وَٱلْأَوَّلِينَ

Transliteration hādhā yawmu l-faṣli jamaʿnākum wal-awalīna

Dhivehi (އެދުވަހު ނަރަކަވަންތަވެރި ދޮގުވެރިންނަށް އެންގޭނެއެވެ.) މިއަދަކީ މިއީ فَيْصِلَة ކުރާ ދުވަހެވެ. ކަލޭމެންނާއި އެބަހީ مُحَمد صَل الله عَلَيه وَسَلمَ އުއްމަތުގެ މީހުންނާއި އަދި އިސްވެދިޔަ أمة ތަކުގައިވެސް ތިބިއެންމެހާ ދޮގުވެރިން ތިމަންރަސްކަލާނގެ ޖަމާކުރައްވާދުވަހެވެ.

Verse 39

فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ

Transliteration fa-in kāna lakum kaydun fakīdūni

Dhivehi ދެން ފަހެ ތިމަންރަސްކަލާނގެ އަތްދަށުން މިއަދު عَذابُ އާއި ހަލާކުން ކަލޭމެން ފިލައިގެންދިއުމަށް ކަލޭމެން ހަދާނެމަކަރެއް އަދި ހީލަތެއްއޮތިއްޔާ ނިކަންހަދައިބަލާށެވެ. (އެއްވެސް މަކަރެއް ހީލަތެއް ނުހެދޭނެއެވެ.)

Verse 40

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Transliteration waylun yawma-idhin lil'mukadhibīna

Dhivehi ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

Verse 41

إِنَّ ٱلْمُتَّقِينَ فِى ظِلَـٰلٍ وَعُيُونٍ

Transliteration inna l-mutaqīna fī ẓilālin waʿuyūnin

Dhivehi ހަމަކަށަވަރުން تَقْوَى ވެރިން އެދުވަހުން ތިބޭނީ ބޮޑެތިގަސްގަހާއި ގަޑުވަރުތަކުގައި ހިޔަލުގައެވެ، އެކިޒާތް ޒާތުގެ މީރު ބުއިމުގެ އާރުތަކުން ބުއިމާ މަޖާނެގުމުގައެވެ.

Verse 42

وَفَوَٰكِهَ مِمَّا يَشْتَهُونَ

Transliteration wafawākiha mimmā yashtahūna

Dhivehi އެމީހުން ހިތްއެދޭވައްތަރެއްގެ ކެއުމާއި އުފާކުރުމުގައެވެ.

Verse 43

كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ

Transliteration kulū wa-ish'rabū hanīan bimā kuntum taʿmalūna

Dhivehi (އެދުވަހުން އެމީހުންނަށް ނިދާއިއްވެވޭނެއެވެ.) ކަލޭމެން ދުނިޔޭގައިކުރި ހެޔޮޢަމަލުގެ ސަބަބުން މިއަދު ހިތްފަސެހަކަމާއިއެކު ކައިބޮއިހަދާށެވެ.

Verse 44

إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Transliteration innā kadhālika najzī l-muḥ'sinīna

Dhivehi ހަމަކަށަވަރުން އިޙްސާން ތެރިން ނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.

Verse 45

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Transliteration waylun yawma-idhin lil'mukadhibīna

Dhivehi ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

Verse 46

كُلُوا۟ وَتَمَتَّعُوا۟ قَلِيلًا إِنَّكُم مُّجْرِمُونَ

Transliteration kulū watamattaʿū qalīlan innakum muj'rimūna

Dhivehi (އެ މުޝްރިކުންނަށް މިދުނިޔޭގައި އެންގޭނެއެވެ.) ކަލޭމެން ކުޑަކޮށް ކައިބޮއިހަދާ އަރާމުކޮށް ހަދާށެވެ. ހަމަކަށަވަރުން ކަލޭމެންނަކީ ކުށްވެރިންނެވެ. (އިސްވެދިޔަ عِبَارة އަކީ އަމުރެއް ގޮތަށް އޮތް عِبَارة އެއްނަމަވެސް އެއިން މުރާދު ކުރެވެނީ ބިރުވެރިކަމާ އިންޒާރެވެ.)

Verse 47

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Transliteration waylun yawma-idhin lil'mukadhibīna

Dhivehi ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

Verse 48

وَإِذَا قِيلَ لَهُمُ ٱرْكَعُوا۟ لَا يَرْكَعُونَ

Transliteration wa-idhā qīla lahumu ir'kaʿū lā yarkaʿūna

Dhivehi ކަލޭމެން رُكُوعُ ކުރާށޭ - އެބަހީ ނަމާދުކުރާށޭ - އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ނަމާދުކުރާނެއެވެ. رُكُوعُ ނުކުރާނެއެވެ.

Verse 49

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Transliteration waylun yawma-idhin lil'mukadhibīna

Dhivehi ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

Verse 50

فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ

Transliteration fabi-ayyi ḥadīthin baʿdahu yu'minūna

Dhivehi ފަހެ އެމީހުން މި قُرْآن ތެދުނުކޮށްފާ ދެން ތެދުކުރާނީ ކޮންވާހަކައެއް ބާވައެވެ؟

Read Surah Al-Mursalat in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.