Surah Al-'Alaq in Dhivehi: translation and audio
Surah 96 · العلق · The Clot · 19 verses
Surah Al-'Alaq verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-'Alaq word by word in English.
Verse 1
ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ
Transliteration iq'ra bi-is'mi rabbika alladhī khalaqa
Dhivehi އޭ (محمد ގެފާނެވެ.) ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި رب ގެ ނަންފުޅުން ކިޔަވާވިދާޅުވާށެވެ! އެކަލާނގެއީ ހެއްދެވި ކަލާނގެއެވެ. (ހުރިހާ ތަކެއްޗެއް ހެއްދެވި ކަލާނގެއެވެ.)
Verse 2
خَلَقَ ٱلْإِنسَـٰنَ مِنْ عَلَقٍ
Transliteration khalaqa l-insāna min ʿalaqin
Dhivehi އެކަލާނގެ އިންސާނާ ހެއްދެވީ ގަނޑު ލޭކޮޅަކުންނެވެ. (އިންސާނާގެ ޖިންސު ހެއްދެވީ ގަނޑު ލޭ ކޮޅަކުންނެވެ.)
Verse 3
ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ
Transliteration iq'ra warabbuka l-akramu
Dhivehi އޭ (محمد ގެފާނެވެ!) ކިޔަވާ ވިދާޅުވާށެވެ! އަދި ކަލޭގެ ފާނުގެ رب އެއީ މާތް މަތިވެރި ކަލާނގެއެވެ. ދީލަތިވަންތަ ކަލާނގެއެވެ. (ކަލޭގެފާނީ أمِّىّ ބޭކަލަކު ނަމަވެސް ކަލޭގެފާނަށް ކިޔަވާ ވިދަޅުވާނެގޮތް ދަސްކޮށް ދެއްވުމަކީ އެކަލާނގެ ދީލަތިވަންތަކަމުގެ ތެރެއިންވާ ކާމެކެވެ.
Verse 4
ٱلَّذِى عَلَّمَ بِٱلْقَلَمِ
Transliteration alladhī ʿallama bil-qalami
Dhivehi އެކަލާނގެއީ قلم ގެ ذريعة އިން ލިޔެ ކިޔުން އުނގަންނަވައިދެއްވި ކަލާނގެއެވެ.
Verse 5
عَلَّمَ ٱلْإِنسَـٰنَ مَا لَمْ يَعْلَمْ
Transliteration ʿallama l-insāna mā lam yaʿlam
Dhivehi އެކަލާނގެއީ (قلم ގެ واسط އިން) އިންސާނާއަށް ނޭގޭ ކަންތައްތައް އޭނާއަށް އުނގަންނަވައި ދެއްވި ކަލާނގެއެވެ. قلم އަކީ ﷲ ގެ نعمة ތަކުގެ ތެރެއިން ބޮޑުވެގެންވާ نعمة އެކެވެ. (އެއީ الله އެންމެފުރަތަމަ ހެއްދެވި مخلوق އެވެ.)
Verse 6
كَلَّآ إِنَّ ٱلْإِنسَـٰنَ لَيَطْغَىٰٓ
Transliteration kallā inna l-insāna layaṭghā
Dhivehi އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ﷲ ގެ نعمة އަށް ކާފަރުވާ މީހާއަށް ބިރުވެރިކަން ހުއްޓެވެ. ހަމަކަށަވަރުން ކާފަރު އިންސާނާ (އެއީ أبوجهلކަމުގައި ބުނެވުނެވެ.) ނުކިޔަމަންތެރިކަމުގައި ހައްދުފަހަނައަޅައި ބޮޑާވެގަންނަނީ
Verse 7
أَن رَّءَاهُ ٱسْتَغْنَىٰٓ
Transliteration an raāhu is'taghnā
Dhivehi އެއީ އޭނާގެ މުދަލާއި ބާރުން އޭނާއަށް ފުދިގެންވާކަމަށް އަދި ފުދޭނެކަމަށް އޭނާއަށް ފެނިގެންނެވެ.
Verse 8
إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ
Transliteration inna ilā rabbika l-ruj'ʿā
Dhivehi (ހަމަކަކަށަވަރުން އޭނާވެސް މަރުވުމަށްފަހު) رجوع ވުން ވަނީ ކަލޭގެފާނުންގެ رب ގެ حَضْرَةُ އަށެވެ.
Verse 9
أَرَءَيْتَ ٱلَّذِى يَنْهَىٰ
Transliteration ara-ayta alladhī yanhā
Dhivehi ،(10) އަޅަކު އެބަހީ محمد ﷺ ނަމާދުކުރެއްވުމުން މަނާކޮށް ނަހީކުރާ މީހާއާއިމެދު (އެއީ أبوجهلކަމުގައި ބުނެވުނެވެ.) - ކަލޭމެންނިކަން ޚަބަރު ދީ ބަލާށެވެ! (އޭނާގެހުރި ނުބައިކަން ނިކަންދެކޭށެވެ!)
Verse 10
عَبْدًا إِذَا صَلَّىٰٓ
Transliteration ʿabdan idhā ṣallā
Dhivehi ،(10) އަޅަކު އެބަހީ محمد ﷺ ނަމާދުކުރެއްވުމުން މަނާކޮށް ނަހީކުރާ މީހާއާއިމެދު (އެއީ أبوجهلކަމުގައި ބުނެވުނެވެ.) - ކަލޭމެންނިކަން ޚަބަރު ދީ ބަލާށެވެ! (އޭނާގެހުރި ނުބައިކަން ނިކަންދެކޭށެވެ!)
Verse 11
أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ
Transliteration ara-ayta in kāna ʿalā l-hudā
Dhivehi އަދި އެ އަޅާ އެބަހީ محمد ﷺ ތެދުމަގުގައިވިޔަސް ހެޔޮހެއްޔެވެ؟ (އެހެން ހަދަންވީ ހެއްޔެވެ؟).
Verse 12
أَوْ أَمَرَ بِٱلتَّقْوَىٰٓ
Transliteration aw amara bil-taqwā
Dhivehi ނުވަތަ އެކަލޭގެފާނު تقوى ވެރި ވުމަށް އަމުރު ކުރެއްވި ނަމަވެސް (ހަމައެހެން މަނާ ކުރަންވީހެއްޔެވެ؟؟)
Verse 13
أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ
Transliteration ara-ayta in kadhaba watawallā
Dhivehi އަދި އެނުބައި ނުލަފާކަލޭގެ (އެއީ أبوجهلކަމުގައި ބުނެވުނެވެ.) محمد ﷺ ގެންނެވި ކަންތައް ދޮގުކޮށް އަދި އީމާންކަމަށްފުރަގަސްދިންކަމުގައި ވަންޏާ ދެން އޭނާޔާމެދު ނިކަން ޚަބަރުދީބަލާށެވެ.
Verse 14
أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ
Transliteration alam yaʿlam bi-anna l-laha yarā
Dhivehi ހަމަކަށަވަރުން އޭނާކުރާހުރިހާކަމެއް ﷲ ދެކެވޮޑިގެންވާކަން އޭނާއަށް ފަހެނޭގެނީބާވައެވެ؟
Verse 15
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ
Transliteration kallā la-in lam yantahi lanasfaʿan bil-nāṣiyati
Dhivehi އެއްގޮތަކަށްވެސް އެހެންނޫނެވެ. ﷲ ގަންދީ ހުވައިކުރައްވައެވެ. އޭނާއެކުރާ ކަންތަކުން އެނާހުއްޓައިނުލީވިއްޔާ ތިމަންރަސްކަލާނގެ އޭނާގެ ނިތްކުރިމަތީގައިވާ އިސްތަށިގަޑުގައި ހިއްޕަވައި އޭނާގެނަސް ނަރަކައަށް ވައްދާހުށީމެވެ. (އޭނާއެކުރާ ނުބައިކަންތަކުގެ ތެރޭގައި محمد ﷺ ގެފުޅުކައިރީގައި ނަމާދުފުޅު ކުރެއްވުން މަނާކުރުން އޭގެއެންމެ އިސްކަމަކަށްވެއެވެ.)
Verse 16
نَاصِيَةٍ كَـٰذِبَةٍ خَاطِئَةٍ
Transliteration nāṣiyatin kādhibatin khāṭi-atin
Dhivehi ދެންފަހެ އޭނައަކީ ދޮގުވެރި އަދި ގިނަގިނައިން ފާފަކުރާ ކުށްވެރިއެކެވެ.
Verse 17
فَلْيَدْعُ نَادِيَهُۥ
Transliteration falyadʿu nādiyahu
Dhivehi ދެން އެނާޔާއެހީވާން އޭނާގެ ނާދީގެމީހުންނަށް އޭނާގޮވައިބަލާށެވެ.
Verse 18
سَنَدْعُ ٱلزَّبَانِيَةَ
Transliteration sanadʿu l-zabāniyata
Dhivehi ތިމަންރަސްކަލާނގެ ގެންނަވާނީ ނަރަކައިގެ ޒަބާނިއްޔަ ބޭކަލުންނެވެ.
Verse 19
كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب ۩
Transliteration kallā lā tuṭiʿ'hu wa-us'jud wa-iq'tarib
Dhivehi އެއްގޮތަކަށްވެސް އޭނާއެހީކުރާ ގޮތެއް ނުވާނެއެވެ. (އޭ ރަސޫލު ﷲ އެވެ!) އެއްގޮތަކަށްވެސް އޭނާޔަށް ކިޔަމަންވެވަޑައި ނުގަންނަވާށެވެ! އަދި ﷲ އަށް ސަޖިދަ ކުރައްވައި ނަމާދުފުޅު ކުރަށްވައި އަޅުކަން ކުރަށްވާށެވެ. އަދި އެކަލާނގެއާއި ކުއްތަންވެވަޑައި ގަންނަވާށެވެ!
Read Surah Al-'Alaq in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.