Surah Al-Ma'un in Dhivehi: translation and audio
Surah 107 · الماعون · The Small kindnesses · 7 verses
Surah Al-Ma'un verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Ma'un word by word in English.
Verse 1
أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ
Transliteration ara-ayta alladhī yukadhibu bil-dīni
Dhivehi (އޭމަތްވެގެންވާ ރަސޫލާއެވެ!) ހިސާބު ބެއްލެވުމާއި ޖަޒާދެއްވުން ދޮގުކުރާމީހާއަށް ކަލޭގެފާނު ބެއްލެވީމުތޯއެވެ؟ އެމީހާގެ ޚަބަރު ނިކަން ދެއްވައި ބައްލަވާށެވެ. (އެމީހަކީ العَاصُ بْنُ وَائِلُ السّهمى ކަމުގައި ބުނެވުނެވެ. އަދިއެއީ الوَلِيْد بْنُ المُغِيْرَة ކަމުގައި ބުނެވުނެވެ. ނުވަތަ މުނާފިޤުން ކުރެކޮންމެވެސް މީހަކު ކަމުގައި ބުނެވުނެވެ. والله أعلم.
Verse 2
فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ
Transliteration fadhālika alladhī yaduʿʿu l-yatīma
Dhivehi ފަހެ އެމީހާއަކީ ޔަތީމު ކުދިންނަށް އެކުދިންގެ حَقُّނުދީ ދުރުކުރާމީހާއެވެ. އެކުދިންނަށް އަނިޔާކުރާމީހާއެވެ.
Verse 3
وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ
Transliteration walā yaḥuḍḍu ʿalā ṭaʿāmi l-mis'kīni
Dhivehi އަދި މިސްކީނުންނަށް ތިމާއަމިއްލައަށްވެސް ކާއެތިކޮޅު ނުދީ އަދި އެކަމަށް އެހެންމީހުންނަށްވެސް ހިތްވަރު ނުދޭމީހެކެވެ.
Verse 4
فَوَيْلٌ لِّلْمُصَلِّينَ
Transliteration fawaylun lil'muṣallīna
Dhivehi ފަހެ ނަމާދުކުރާމީހުންނަށް ނަރަކައިގެ ގަދަ ޢަޒާބު ހުންނަހުއްޓެވެ.
Verse 5
ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ
Transliteration alladhīna hum ʿan ṣalātihim sāhūna
Dhivehi އެމީހުންނަކީ ނަމާދުގެމަތީން ހަދާންނެތި އަދި غَافِلُ ވެގެންތިބެފައި ގޮސް ނަމާދުކުރާމީހުންނެވެ. (އެއީ شَرْعِى ޢުޒުރެއްނެތި ވަގުތު ލަސްކޮށްފައިގޮސް ނަމާދު ކުރާމީހުން ކަމުގައި ބެލެވެއެވެ.) ނުވަތަ އެއީ މުނާފިޤުން ކުރާގޮތަށް ނަމާދުކުރާމީހުންނެވެ. އެއީ މީހުން ބަލަންތިބިއްޔާ ގޮސް ނަމާދު ކޮށްފައި މީހުން ބަލަންނެތިއްޔާ ނަމާދު ނުކުރާމީހުން ކަމުގައި ބުނެވުނެވެ.
Verse 6
ٱلَّذِينَ هُمْ يُرَآءُونَ
Transliteration alladhīna hum yurāūna
Dhivehi އެމީހުންނަކީ ދެއްކުމަށް (އަޅުކަން) ކުރާމީހުންނެވެ.
Verse 7
وَيَمْنَعُونَ ٱلْمَاعُونَ
Transliteration wayamnaʿūna l-māʿūna
Dhivehi އަދިއެމީހުންނަކީ الْمَاعُونَ މަނާކުރާމީހުންނެވެ. (އެއީ ވަޅި ފުރޯ އުދަލި ފަދަ އަދިމިނޫންވެސް ގެވެހިކަންވާރެވެ. އެއީ ވަގުތީގޮތަށް ބޭނުންކޮލާފައި ގެނައުމަށް ގެންދެވޭ ތަކެއްޗެވެ.) އެފަދަތަކެތި އެގޮތުގެމަތީންދިނުމަކީ އެދެވޭކަމެކެވެ.
Read Surah Al-Ma'un in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.