Surah At-Takwir in Dhivehi: translation and audio
Surah 81 · التكوير · The Overthrowing · 29 verses
Surah At-Takwir verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah At-Takwir word by word in English.
Verse 1
إِذَا ٱلشَّمْسُ كُوِّرَتْ
Transliteration idhā l-shamsu kuwwirat
Dhivehi ބޮލުގައި ފަގުޑި އޮޅާލާފަދައިން އިރު އޮޅާލެވިއްޖެއްޔާއި ނުވަތަ އޮޅާފައި އެއްލާލެވިއްޖެއެއްޔާއި
Verse 2
وَإِذَا ٱلنُّجُومُ ٱنكَدَرَتْ
Transliteration wa-idhā l-nujūmu inkadarat
Dhivehi އަދި ތަރިތަކުގެ އަލިކަން ހިނގައްޖެއްޔާ / ނުވަތަ ވެރިއްޖެއްޔާ
Verse 3
وَإِذَا ٱلْجِبَالُ سُيِّرَتْ
Transliteration wa-idhā l-jibālu suyyirat
Dhivehi އަދި ފަރުބަދަ ހުރިތަނުން ލުހި ވަޔަށް ބުރައިގެން ހިނގައްޖެއްޔާ
Verse 4
وَإِذَا ٱلْعِشَارُ عُطِّلَتْ
Transliteration wa-idhā l-ʿishāru ʿuṭṭilat
Dhivehi އަދި މާބަނޑު ޖަމަލު ބަލާނެ މީހަކު ނެތި ދޫކޮށް ލެވިއްޖެއްޔާ
Verse 5
وَإِذَا ٱلْوُحُوشُ حُشِرَتْ
Transliteration wa-idhā l-wuḥūshu ḥushirat
Dhivehi އަދި ވަޙްޝީ ޖަނަވާރުތައް އެއްކުރެވިއްޖެއްޔާ
Verse 6
وَإِذَا ٱلْبِحَارُ سُجِّرَتْ
Transliteration wa-idhā l-biḥāru sujjirat
Dhivehi އަދި ކަނޑުގައި ގަދަޔަށް އަލިފާން ރޯ ވެއްޖެއްޔާ
Verse 7
وَإِذَا ٱلنُّفُوسُ زُوِّجَتْ
Transliteration wa-idhā l-nufūsu zuwwijat
Dhivehi އަދި (މުއްމިނުންގެ) ނަފްސުތައް (حُوْرَالْعِيْنُ ނާއި) ކައިވެނި ކުރެވިއްޖެއްޔާ (ނުވަތަ ނަފުސުތައް ފުރާނަތަކާއި ކައިރި ކުރެވިއްޖެއްޔާ)
Verse 8
وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ
Transliteration wa-idhā l-mawūdatu su-ilat
Dhivehi އަދި ދިރިހުއްޓާ ވަޅުލެވުނު ކުޑަ އަންހެން ކުއްޖާޔާއި ސުވާލުކުރެވިއްޖެއްޔާ
Verse 9
بِأَىِّ ذَنۢبٍ قُتِلَتْ
Transliteration bi-ayyi dhanbin qutilat
Dhivehi އޭނާ މަރައިލެވުނީ ކޮންފާފައެއްގެ ސަބަބުންތޯ
Verse 10
وَإِذَا ٱلصُّحُفُ نُشِرَتْ
Transliteration wa-idhā l-ṣuḥufu nushirat
Dhivehi އަދި (ޢަމަލުގެ) ފަތްތައް ފަތުރައި ލެވިއްޖެއްޔާ
Verse 11
وَإِذَا ٱلسَّمَآءُ كُشِطَتْ
Transliteration wa-idhā l-samāu kushiṭat
Dhivehi އަދި އުޑު އެއޮތްތަނުން ނިގުޅައި ގަނެވިކުދިކުދި ވެއްޖެއްޔާ
Verse 12
وَإِذَا ٱلْجَحِيمُ سُعِّرَتْ
Transliteration wa-idhā l-jaḥīmu suʿʿirat
Dhivehi އަދި ނަރަކައިގާ އަޑު ކިޔާވަރަށް އަލިފާން ރޯވެއްޖެއްޔާ
Verse 13
وَإِذَا ٱلْجَنَّةُ أُزْلِفَتْ
Transliteration wa-idhā l-janatu uz'lifat
Dhivehi އަދި ސުވަރުގެ އޭގެ އަހުލުވެރިންނަށް ގާތް ކުރެވިއްޖެއްޔާ ދަންނައެވެ. މިތޭރަ شَرْطُ ގެ ޖަވާބު އެވަނީ ސާދަވަނަ އާޔަތުގައެވެ.
Verse 14
عَلِمَتْ نَفْسٌ مَّآ أَحْضَرَتْ
Transliteration ʿalimat nafsun mā aḥḍarat
Dhivehi ކޮންމެ ނަފްސަކަށް އެ ނަފްސެއް (ދުނިޔޭގައި) ކުރި ހުރިހާ ކަމެއް އެނގޭނެއެވެ. އަދި އިސްވެއެދިޔަ އެންމެހައި ކަންކަމަކީ قِيَامَة ވުމާއި ގުޅިފައިހުރި ކަންކަމެވެ.
Verse 15
فَلَآ أُقْسِمُ بِٱلْخُنَّسِ
Transliteration falā uq'simu bil-khunasi
Dhivehi އަދި خُنَّس އެވެ ކިޔާ ތަރިތައްގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ. (އެތަރިތަކަކީ شَمْسُ - زُهْرَة - عَطَارِدُ -قَمَرُ - زُحَلُ -مِرِّيْخُ - مُشْتَرِى) މިއެވެ.
Verse 16
ٱلْجَوَارِ ٱلْكُنَّسِ
Transliteration al-jawāri l-kunasi
Dhivehi އެތަރިތައްދަތުރުކުރާ އަދި ދުވާލު ނިވައިވެފައި ރޭގަޑު ފައުޅުވެއެވެ.
Verse 17
وَٱلَّيْلِ إِذَا عَسْعَسَ
Transliteration wa-al-layli idhā ʿasʿasa
Dhivehi ،(18) އަދި ރޭގަޑު އޭގެ އަދިރިކަމާއިގެން ކުރިމަތިލައި އަތުވެއްޖެއްޔާ އަދި އަލިކަމާއިގެން ފަތިސްކުރިމަތިލައި އަތުވެއްޖެއްޔާއި މިކަންކަން ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.
Verse 18
وَٱلصُّبْحِ إِذَا تَنَفَّسَ
Transliteration wal-ṣub'ḥi idhā tanaffasa
Dhivehi ،(18) އަދި ރޭގަޑު އޭގެ އަދިރިކަމާއިގެން ކުރިމަތިލައި އަތުވެއްޖެއްޔާ އަދި އަލިކަމާއިގެން ފަތިސްކުރިމަތިލައި އަތުވެއްޖެއްޔާއި މިކަންކަން ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.
Verse 19
إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ
Transliteration innahu laqawlu rasūlin karīmin
Dhivehi ހަމަކަށަވަރުން އެ قُرْآن އަކީ މާތްވެގެންވާ جِبْرِيْلُ عَلَيْهِ السَّلآم الله حَضْرَةُ ންގެންނެވި ބަސްފުޅެކެވެ.
Verse 20
ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍ
Transliteration dhī quwwatin ʿinda dhī l-ʿarshi makīnin
Dhivehi جِبْرِيْلُ عَلَيْهِ السَّلآم އަކީ عَرْشِ ގެވެރިކަލާނގެ حَضْرَةُ ގައި އެބަހީ ﷲ ގެ حَضْرَةُ ގައި ދަރަޖަފުޅު އުފުލިގެންވާ މަތީ ދަރަޖައެއްގެ ވެރި މާތްބޭކަލެކެވެ.
Verse 21
مُّطَاعٍ ثَمَّ أَمِينٍ
Transliteration muṭāʿin thamma amīnin
Dhivehi އަދިއެކަލޭގެފާނަކީ އުޑުގެމަލާއިކަތްބޭކަލުން އެކަލޭގެފާނަށް ކިޔަމަންތެރިވެވަޑައި ގަންނަވާމާތް އަދި عِزَّة ތެރިބޭކަލެކެވެ. އެންމެހައިމަލާއިކަތްބޭކަލުން އެކަލޭގެފާނަށް ކިޔަމަންތެރިވެވަޑައިގަންނަވާ އަމާނާތްތެރި ބޭކަލެކެވެ.
Verse 22
وَمَا صَاحِبُكُم بِمَجْنُونٍ
Transliteration wamā ṣāḥibukum bimajnūnin
Dhivehi އޭ (އޭ قُرَيْشންނޭވެ) ކަލޭމެންގެ އެކުވެރިޔާ مُحَمَّد ﷺ އަކީ މޮޔަވެފައިވާ ބޭކަލަކު ކަމުގައި ނުވެއެވެ.
Verse 23
وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ
Transliteration walaqad raāhu bil-ufuqi l-mubīni
Dhivehi އަދި ހަމަކަށަވަރުން ބަޔާވެގެންވާ އުދަރެހުގައި جِبْرِيْلُ عَلَيْهِ السَّلآم ވަނިކޮށް مُحَمَّد ﷺ ދެކެވަޑައިގެންނެވިއެވެ. އެއީ މައްކާގެ (جِيَادُ) ކިޔާފަރާތުންނެވެ. އިރު މަތިފަރާތެވެ. އަދިއެއީ ނަބީކަމުގެ ކުރީކޮޅެވެ. އެދުވަހު އެކަލޭގެފާނު ދެކެވަޑައިގެންނެވީ އެކަލޭގެފާނުންގެ އަސްލު ސޫރަފުޅުގައި ވަނިކޮށެވެ. އެފަރާތުގެ މުޅި އުދަރެސްވީ ފުރާލައިފައެވެ. އެކަލޭގެފާނަށް ހަތްސަތޭކަ ފިޔަފުޅުވެއެވެ. އެއިން ކޮންމެފިޔަފުޅެއް مَشْرِقُ އާއި مَغْرِبُ އާއި ދެމެދުގެ ރާސްތާވާކަމުގައި ވިއެވެ.
Verse 24
وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍ
Transliteration wamā huwa ʿalā l-ghaybi biḍanīnin
Dhivehi އަދި مُحَمَّد ﷺ އަކީ غَيْبُ ގެ خَبَرُ އާއިމެދު އެބަހީ އުޑުގެ خَبَرُ އާއިމެދު ޝައްކު ކުރައްވާބޭކަލަކު ނޫނެވެ.
Verse 25
وَمَا هُوَ بِقَوْلِ شَيْطَـٰنٍ رَّجِيمٍ
Transliteration wamā huwa biqawli shayṭānin rajīmin
Dhivehi އަދިއެ قُرْآن އެއީ އެހުމުން ވައްކަންކުރާ شَيْطَانُ އެއްގެ ބަސްކަމުގައިނުވެއެވެ. އެއީ عَالَم ތަކުގެވެރި رَبُّ ގެބާވާތްލެއްވުމެކެވެ.
Verse 26
فَأَيْنَ تَذْهَبُونَ
Transliteration fa-ayna tadhhabūna
Dhivehi قُرْآن އަށް ފުރަގަސްދީފައި ދެންކަލޭމެން ދާނީ ކޮންތާކަށް ހެއްޔެވެ؟ އަދި ނުވަތަ ކަލޭމެނަށް އޮތީ އެއަށްވުރެ ރަނގަޅު ކޮންމަގެއްހެއްޔެވެ؟
Verse 27
إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ
Transliteration in huwa illā dhik'run lil'ʿālamīna
Dhivehi އަދި އެ قُرْآن އެއީ عَالَم ތަކުގެވެރި رَبُّ ގެ حَضْرَةُ ން ބާވާތްލައްވާފައިވާ ذِكْرُ އެއްކަމުގައި މެނުވީ ނުވެއެވެ.
Verse 28
لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ
Transliteration liman shāa minkum an yastaqīma
Dhivehi ކަލޭމެންކުރެން އެދޭމީހަކަށް އީމާންކަމާއި ޙައްޤުމަގަށް ކިޔަމަންތެރިވުމުގެ ސީދާމަގުވެއެވެ.
Verse 29
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ
Transliteration wamā tashāūna illā an yashāa l-lahu rabbu l-ʿālamīna
Dhivehi އަދި الله އިރާދަކުރެއްވިއްޔާމެނުވީ ކަލޭމެނަށް ކަމެއްކުރުމަށް ގަސްދުވެސްނުކުރެވޭނެއެވެ. އެކަލާނގެ އެއީ عَالَم ތަކުގެވެރި رَبُّ އެވެ.
Read Surah At-Takwir in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.