MyDugsiStart learning

Surah An-Nazi'at in Dhivehi: translation and audio

Surah 79 · النازعات · Those who drag forth · 46 verses

Surah An-Nazi'at verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah An-Nazi'at word by word in English.

Verse 1

وَٱلنَّـٰزِعَـٰتِ غَرْقًا

Transliteration wal-nāziʿāti gharqan

Dhivehi ކާފަރުންނާއި ނުބައި ނުލަފާމީހުންގެ ފުރާނަތައް އެމީހުން މަރުވާ ވަގުތު ގަދަފަދަ ކަމާއިއެކު އެމީހުންގެ ހަށިތަކުން ދަމައިގަންނަވާ މަލާއިކަތްބޭކަލުން ގަންދެއްވަވައިﷲ ހުވައި وَحِي ކުރައްވައެވެ.

Verse 2

وَٱلنَّـٰشِطَـٰتِ نَشْطًا

Transliteration wal-nāshiṭāti nashṭan

Dhivehi އަދި ހީވަގިކަމާއި އޯގާވެރިކަމާއި އެކު މުއުމިނުންގެ ފުރާނަތައްއެހަށިތަކުން ވަކި ކުރައްވާ މަލާއިކަތް ބޭކަލުން ގަންދެއްވަވައިﷲ ހުވައި وَحِي ކުރައްވައެވެ.

Verse 3

وَٱلسَّـٰبِحَـٰتِ سَبْحًا

Transliteration wal-sābiḥāti sabḥan

Dhivehi އަދި ﷲގެ އަމުރުފުޅާއިގެން އުޑުން އަވަސްއަވަހަށް ފައިބާވަޑައިގަންނަވާ މަލާއިކަތްބޭކަލުން ގަންދެއްވަވައި ﷲ ހުވައި وحي ކުރައްވައެވެ.

Verse 4

فَٱلسَّـٰبِقَـٰتِ سَبْقًا

Transliteration fal-sābiqāti sabqan

Dhivehi ފަހެ مؤمن ންގެ ފުރާނަތަކާއިގެން ސުވަރުގެޔަށް އަވަސްވެވަޑައިގަންންނަވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وَحِي ކުރައްވައެވެ.

Verse 5

فَٱلْمُدَبِّرَٰتِ أَمْرًا

Transliteration fal-mudabirāti amran

Dhivehi ދުނިޔޭގެ ކަންތައް ތަދުބީރު ކުރެއްވުމާއިގެން ﷲ ގެ حَضْرَة ން ފައިބާ ވަޑައިގަންންނަވާ މަލާއިކަތް ބޭކަލުން ގަނދެއްވައި ﷲ وَحِي ކުރައްވައެވެ. ދަންނައެވެ. މިމުހިއްމު ފަސްފަރާތް ގަންދެއްވައި ﷲ ހުވައި وَحِي ކުރައްވަނީ ހަމަކަށަވަރުން ކަލޭމެން މަރުވުމަށްފަހު އަލުންދިރުއްވައި مَحْشَر ކުރައްވައި ދުނިޔޭގައި ކޮށްފައިވާ ޢަމަލުތަކުގެ ޚަބަރު އަންގަވައި އެއަށްފުރިހަމަ ޖަޒާދެއްވާނެ ކަމަށެވެ. އެއީ ނުވެނުދާނޭކަމެކެވެ. މިއީ އެހުވައިތަކުގެ ޖަވާބެވެ. ވީމާ އެކަންކަން އެގޮތަށް ހިންގަވާނެއެވެ.

Verse 6

يَوْمَ تَرْجُفُ ٱلرَّاجِفَةُ

Transliteration yawma tarjufu l-rājifatu

Dhivehi އެއީ ފުރަތަމަ ތާޅަފިލި ފުމެލެއްވޭދުވަހެވެ. (އެދުވަހުން ގަދަވެގެންވާ ބިންހެލުމެއްއައިސް އެންމެހާތަކެތި މަރުވެ ފަނާވެގެން ހިގައިދާނެއެވެ.)

Verse 7

تَتْبَعُهَا ٱلرَّادِفَةُ

Transliteration tatbaʿuhā l-rādifatu

Dhivehi ދެންއެޔާ ވިދިގެން ދެވަނަ ތާޅަފިލި ފުންމަވައި ލައްވާނެއެވެ. އެދެމެދުގައި ސާޅީސް އަހަރުވާނެކަމަށްحَدِيْث ގައި صَحَّ ކޮށްއައިސްފައިވެއެވެ.

Verse 8

قُلُوبٌ يَوْمَئِذٍ وَاجِفَةٌ

Transliteration qulūbun yawma-idhin wājifatun

Dhivehi އެދުވަހުން ބައެއްމީހުންގެ ހިތްތައްބިރުވެރިކަން ބޮޑުވެ ހާސްވެގެންވާނެއެވެ. އެއީނުބައި ނުލަފާމީހުންގެ ހިތްތަކެވެ.

Verse 9

أَبْصَـٰرُهَا خَـٰشِعَةٌ

Transliteration abṣāruhā khāshiʿatun

Dhivehi އަދި އެމީހުންގެ ލޯތައްހުންނާނީ ޖެހެންހުރި މުސީބާތުގެ ބޮޑުކަމުން ދެރަވެ ފެންކަޅިވެ ހިތާމަވެރިވެފައެވެ.

Verse 10

يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ

Transliteration yaqūlūna a-innā lamardūdūna fī l-ḥāfirati

Dhivehi އެފަދަމީހުން ދުނިޔޭގައި އުޅުނުއިރު ރަސޫލުބޭކަލުންވަޑައިގެން ދީނަށްގޮވައިލައްވާ އަދި قياَمة އަށް ފޮނުއްވާ ވާހަކަ ވިދާޅުވީމާ އެމީހުން ބުނަނީ އަހުރެމެން ދެންދިރިގެން ދެވަނަފަހަރަށްވެސް އަންނާނޭ ހެއެއްޔެވެ؟ އެއީ މަލާމާތަށް ބުނާބުނުމެކެވެ. އަދި ބުނެއެވެ. އެއީ އެއްގޮތަކަށްވެސް ވާނޭކަމެއްނޫނެވެ.

Verse 11

أَءِذَا كُنَّا عِظَـٰمًا نَّخِرَةً

Transliteration a-idhā kunnā ʿiẓāman nakhiratan

Dhivehi އަހުރެމެން މަރުވެގޮސް ކަށިތައްފީވެ އަޅިއަށްވީމާ އަލުން ދިރިގެން ދެވަނަފަހަރަށްمَحْشَرކުރެވޭނެހެއްޔެ؟

Verse 12

قَالُوا۟ تِلْكَ إِذًا كَرَّةٌ خَاسِرَةٌ

Transliteration qālū til'ka idhan karratun khāsiratun

Dhivehi އެހެންކަމަށްވަންޏާ އެއީ ވަރަށްވެސް ގެއްލުން ބޮޑުވެގެންވާ އެއްކުރެއްވުމެކެވެ. (އެމީހުން އެހެން އެބުނަނީ މަލާމާތްކުރުމުގެ ގޮތުންނާއި އިންކާރު ކުރުމުގެ ގޮތުންނެވެ.) އޭގެ ޖަވާބުގައި ﷲ އެ وَحِي ކުރައްވަނީ އަންނަނިވި ފަދައިންނެވެ.

Verse 13

فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ

Transliteration fa-innamā hiya zajratun wāḥidatun

Dhivehi އެކަން ކަންވާނެކަން ކަށަވަރީ އެންމެފަހަރަކު ތާޅަފިލި ފުންމަވާލެއްވުމެއްކަމުގައެވެ. އެބަހީ މީސްތަކުންދިރިގެންތެދުވުންވާނީ އެންމެ ފަހަރަކު ތާޅަފިލި ފުންމަވާލެއްވުމުންނެވެ. އެއީ ދެވަނަތާޅަފިއްޔެވެ.

Verse 14

فَإِذَا هُم بِٱلسَّاهِرَةِ

Transliteration fa-idhā hum bil-sāhirati

Dhivehi އެހައިރުން އެންމެހައި މީސްތަކުން ތިބޭނީ ބިމުގެތެރެއިން ނުކުމެ ބިމުގެ މަތީގައެވެ. ލޯތައްހުޅުވައިގެން ބަލަބަލައެވެ. ނުނިދާނެއެވެ. އެބިމަށްކިޔަނީ سَاهِرة އެވެ. އެބިމަށްއެނަންކިއުނީވެސް މީސްތަކުން އެގޮތަށް ނުނިދައި ތިބޭތީކަމުގައެވެ. އަދި އެއީ ރިހިކުލައިގެ ބިމެއްކަމުގައި ބުނެވުނެވެ. وَاللهُ أعْلَم • ދަންނައެވެ. މިސޫރަތް ފެށުނުތާގައިވާ وَالنَّازِعَاتِ - وَالنَّاشِطَاتِ - وَالسَّابِحَاتِ - فَالسَّابِقَاتِ - فَالْمُدَبِّرَاتِ މިފަސްކަލިމައާއިމެދު مُفَسِّرُ ންގެ ބަސްތަފާތުވެގެންވެއެވެ. ތަފާތުގޮތްގޮތަށް ބުނެވިފައި ވެއެވެ. އަޅުގަޑު ލިޔެފައި މިވަނީ ގިނަބޭކަލުން ވިދާޅުވިގޮތެވެ. ނަމަވެސް...\n• ބައެއްބޭކަލުން ވިދާޅުވެފައިވަނީ އެއީ އިންސާނާގެ ނަފުސުގެ ފަސްޙާލަތުކަމުގައެވެ. • އަނެއްބައިބޭކަލުންވިދާޅުވަނީ އެއީ މަރުކަމުގައެވެ. • އަނެއްބައިބޭކަލުންވިދާޅުވަނީއެއީ ތަރިތަރިކަމުގައެވެ. އަދިމިނޫން ގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. އަދި އެއިންކޮންމެ ބަހަކަށްވެސް تَوْجِيْه އެއްވެއެވެ. އެވާހަކަތައް އެހެންވަގުތަކުން ދަންނަވާނީއެވެ. • ކޮންމެއަކަސް ދެވަނަފަހަރަށް ދިރިގެން مَحْشر އަށް ފޮނުއްވެމުގެ މައްސަލަ ދޮގުކުރި މީހުން އަދި ދޮގުކުރަމުންދާމީހުން ވަރަށް ގިނައެވެ. އިސްވެދިޔަ أمة ތަކުގައިވެސް رَسُول ބޭކަލުން ދޮގުކުރުމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއީ އެވެ. قِيامة ދޮގުކުރުމެވެ. އެހެންނަމަވެސް އެއީ ދުވާލުގެ އިރަށްވުރެ އަލިގަދަ ދަލީލު ހުރިކަމެކެވެ. عَقلى ދަލީލާއި نَقلى ދަލީލެވެ. ދުނިޔޭގެ މިއޮއްބޮޑު ކާރުޚާނާގައިވެސް ނަތީޖާއެއް އޮންނަންވާނެއެވެ. ކުދިކުދި ކާރުޚާނާތަކުގައިވެސް ގަޑިޔަށް ފަރުވާބަހައްޓާމީހުންނާ ބަރާބަރަށް މަސައްކަތް ކުރާމީހުންނަށް ބޮޑު އުޖޫރަ ދެއްވުން އޮވެއެވެ. އެއީ އެންމެން ދަންނަކަމެކެވެ. އެހެންވީއިރު މި ކާރުޚާނާގައިވެސް ރަނގަޅަށް މަސައްކަތްކުރި މީހުންނާއި ފަރުވާބެހެއްޓި މީހުންނަށް މަތީ ދަރަޖަ ހުންނާނެކަމީ ޝައްކެއް ހުރި ކަމެއްނޫނެވެ. ފަރުވާކުޑަކޮށް ގަޑިޔަށާއި މަސައްކަތަށް މަކަރު ހެދި މީހުންނަށް މުސާރައިން ކެނޑެންޖެހޭނެއެވެ. އެކަން އޮންނާނީ އަހަރީ ރިޕޯޓް އިއްވާ ދުވަހުންނެވެ. އެއީ قِيامة ދުވަހެވެ. ވަނަވަނައަށް އިނާމާއި ކުށްވެރިންނަށް އަދަބު އޮންނަންޖެހޭނެކަން ސަލާމަތް ބުއްދިއަކަށް ވިއްޔާ ޤަބޫލު ކުރެވޭނެއެވެ. މިއި عَقلى ދަލީލެވެ. نَقلى ދަލީ އަދިއެހާގިނައެވެ.

Verse 15

هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ

Transliteration hal atāka ḥadīthu mūsā

Dhivehi އޭ (رَسُول اللهއެވެ!) ހަމަކަށަވަރުން عِمْرَانُ ގެދަރިކަލުން مُوسَى عَلَيْهِ السَّلآم ގެ خَبَرُ ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ. ނުވަތަ އެވާހަކަ ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެތޯއެވެ؟ (މިދެގޮތަށްވެސް މާނަކުރައްވާފައިވެއެވެ.)

Verse 16

إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى

Transliteration idh nādāhu rabbuhu bil-wādi l-muqadasi ṭuwan

Dhivehi އެއީ އެކަލޭގެފާނުންގެ رَبُّ طُوَى އެވެކިޔޭ مُقَدَّس ބަރަކާތްތެރި ވާދީގައި އެކަލޭގެފާނަށް ނިދާ އިއްވެވިހިދުގައެވެ.

Verse 17

ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ

Transliteration idh'hab ilā fir'ʿawna innahu ṭaghā

Dhivehi އޭ مُوسَى عَلَيْهِ السَّلآم އެވެ. ކަލޭގެފާނު فرعون ގެ ގާތަށް ރަސޫލުކަމާއިގެން ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އޭނާ ވަނީ ބޮޑާވެ ނުކިޔަމަންތެރި ވެގެންނެވެ.

Verse 18

فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ

Transliteration faqul hal laka ilā an tazakkā

Dhivehi އަދިކަލޭގެފާނުން އޭނާގެ ގާތަށްވަޑައިގެން ވިދާޅުވާށެވެ. (އޭ فِرْعَونُ އެވެ.) މަނިކުފާނު ފަހެ ޝިރުކުކުރެއްވުން ދޫކޮށްލައްވައި އަދި ނުބައި ކަންތައްތައްދޫކޮށް ލައްވައި طَاهِر ވެވަޑައިނުގަންނަވާނުތޯއެވެ؟ (الله تَعَالَى مُوسَى عَلَيْه السَّلآم އަށް އަންގަވާފައިވަނީ މައިތިރިބަހުން އެނާއާއިމެދު ވިދާޅުވުމަށެވެ.)

Verse 19

وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ

Transliteration wa-ahdiyaka ilā rabbika fatakhshā

Dhivehi (مُوسَى عَلَيْه السَّلآم فِرْعَونُ އަށް ވިދާޅުވިއެވެ. އަހުރެން މަނިކުފާނުންގެ رَبُّ ގެފަރާތަށް މަނިކުފާނަށް މަގުދައްކަވާހުށީމެވެ. އޭރުން އެކަލާނގެއަށް ބިރުވެތިވަޑައިގަތުން އެކަށީގެންވެއެވެ.

Verse 20

فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ

Transliteration fa-arāhu l-āyata l-kub'rā

Dhivehi ފަހެ مُوسَى عَلَيْه السَّلآم އޭނާއަށް ބޮޑުވެގެންވާ مُعْجِزَة ދެއްކެވިއެވެ. އެއީ އެކަލޭގެފާނުންގެ އަސާކޮޅު ކަމުގައި އަދި އަތްޕުޅުކަމުގައި ބުނެވުނެވެ.

Verse 21

فَكَذَّبَ وَعَصَىٰ

Transliteration fakadhaba waʿaṣā

Dhivehi ފަހެ އޭނާ مُوسَى عَلَيْه السَّلآم ގެރަސޫލުކަން ދޮގުކޮށް الله އަށް އުރެދިއްޖެއެވެ.

Verse 22

ثُمَّ أَدْبَرَ يَسْعَىٰ

Transliteration thumma adbara yasʿā

Dhivehi ދެން އޭނާ އީމާންކަމަށް ފުރަގަސްދީފިއެވެ. އަދި مُوسَى عَلَيْه السَّلآم އާއި އިދިކޮޅަށް މަސައްކަތްކުރަންފަށައިފިއެވެ.

Verse 23

فَحَشَرَ فَنَادَىٰ

Transliteration faḥashara fanādā

Dhivehi ،(24) ދެންފަހެ އޭނާމީސްތަކުން އެއްކޮށް ޖަމާކުރިއެވެ. އަދި މީސްތަކުންނަށް އޭނާގޮވައިލީ " އަހުރެންނަކީ ކަލޭމެންގެ އެންމެ މަތީ رَبُّ އެވެ. " މިފަދައިންނެވެ.

Verse 24

فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ

Transliteration faqāla anā rabbukumu l-aʿlā

Dhivehi ،(24) ދެންފަހެ އޭނާމީސްތަކުން އެއްކޮށް ޖަމާކުރިއެވެ. އަދި މީސްތަކުންނަށް އޭނާގޮވައިލީ " އަހުރެންނަކީ ކަލޭމެންގެ އެންމެ މަތީ رَبُّ އެވެ. " މިފަދައިންނެވެ.

Verse 25

فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ

Transliteration fa-akhadhahu l-lahu nakāla l-ākhirati wal-ūlā

Dhivehi ފަހެ الله تَعَالَى އޭނާ ހިތްޕަވައިފިއެވެ. ހަލާކު ކުރައްވައިފިއެވެ. (ކަނޑުގައި غَرَقُ ކުރައްވައިގެންނެވެ.) އެއީ އޭނާބުނިދެބަހެއްގެ ސަބަބުންނެވެ. (مَاعَلِمْتُ لَكُمْ مِنْ إلَهٍ غَيْرِى މިބަހާއި أَنَا رَبُّكُمُ الْأَعْلَىٰ މިބަހެވެ.

Verse 26

إِنَّ فِى ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰٓ

Transliteration inna fī dhālika laʿib'ratan liman yakhshā

Dhivehi ހަމަކަށަވަރުން އެކަންކަމުގައި އެބަހީ فِرْعَونُ ގެ حَا دِثَة ގައި الله އަށްބިރުވެތިވާ ބަޔަކަށް عِبْرَة އާއި وَعْظُ نَصِيْحَة ވެއެވެ.

Verse 27

ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا

Transliteration a-antum ashaddu khalqan ami l-samāu banāhā

Dhivehi (قياَمة ދުވަސްދޮގުކޮށް އެކަމަށް އިންކާރުކުރާ އެންމެންނޭވެ.) އުދަގޫވެފައި ބުރަކަމަކަށްވާނީ ދެވަނަފަހަރަށް ކަލޭމެން ހައްދަވައި مَحْشَرُ ކުރެއްވުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްދެވުންހެއްޔެވެ؟ (އެއްވެސްމިސާލެއްނެތި އިންސާނާހައްދަވައި އޭނާގެ ކަންތައް ބަރާބަރު ކުރެއްވި ކަލަކަށް އޭނާމަރުވުމަށްފަހު ދެވަނަފަހަރަށް ހައްދަވައި مَحْشَرُ ކުރެއްވުން މާފަސޭހަވާނެކަން ކޮންމެ ސަލާމަތް ބުއްދިއަކަ ރަނގަޅަށްއެނގޭނެއެވެ. މިހެނީ މިއޮއްބޮޑެތި އުޑުތައްމިހާފުރިހަކޮށް ބަދަހިކޮށް ހެއްދެވުން އިންސާނާ ހެއްދެވުމަށްވުރެ މާއުދަގޫވެފައި ބަރުވާނެއެވެ. އަދި މިއިން އެއްވެސްކަމަކީ الله تَعَالَى އަށްދަތިކަމެއްނޫނެވެ.

Verse 28

رَفَعَ سَمْكَهَا فَسَوَّىٰهَا

Transliteration rafaʿa samkahā fasawwāhā

Dhivehi އެކަލާނގެ އުޑު އުސްކުރައްވައި ބިމުގެ ފުރާޅެއްފަދައިން ލެއްވިއެވެ. އަދިއެއުޑުގެ ހުރިހާކަމެއްބަރާބަރު ކުރެއްވިއެވެ.

Verse 29

وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا

Transliteration wa-aghṭasha laylahā wa-akhraja ḍuḥāhā

Dhivehi އަދިއެއުޑުގެ ރޭގަޑު އަދިރިކުރައްވައި އަދި ދުވާލު އަލިކޮށް ފާޅުކޮށްނެރުއްވިއެވެ.

Verse 30

وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ

Transliteration wal-arḍa baʿda dhālika daḥāhā

Dhivehi އުޑުހެއްދެވުމަށްފަހު ދެން އެކަލާނގެ ބިންފެތުރުއްވެވިއެވެ.

Verse 31

أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا

Transliteration akhraja min'hā māahā wamarʿāhā

Dhivehi އަދި ބިންގަނޑުގެތެރެއިން ފެންނުކުންނާނޭގޮތް ހައްދަވައި އަދި ފަތްޕިލާވެލި އެތާފެޅުއްވިއެވެ.

Verse 32

وَٱلْجِبَالَ أَرْسَىٰهَا

Transliteration wal-jibāla arsāhā

Dhivehi އަދި ބިންގަނޑު ނުގުޑޭނޭގޮތުން އެބިމުގައި އެކަލާނގެ ފަރުބަދަތައް ޖެއްސެވިއެވެ.

Verse 33

مَتَـٰعًا لَّكُمْ وَلِأَنْعَـٰمِكُمْ

Transliteration matāʿan lakum wali-anʿāmikum

Dhivehi (އޭއިންސާނުންނޭވެ.) މިހުރިހާކަމަކީވެސް ކަލޭމެންނާއި ކަލޭމެންގެ نَعَم ސޫފިތަކުގެ މަންފާއެއްގެ ގޮތުންވާ ކަންކަމެވެ.

Verse 34

فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ

Transliteration fa-idhā jāati l-ṭāmatu l-kub'rā

Dhivehi ދެންފަހެ ތާޅަފިލި ފުންމަވައި ލައްވައިފިއްޔާ (އެއީ ދެވަނަތާޅަފިއްޔެވެ.)

Verse 35

يَوْمَ يَتَذَكَّرُ ٱلْإِنسَـٰنُ مَا سَعَىٰ

Transliteration yawma yatadhakkaru l-insānu mā saʿā

Dhivehi އެދުވަހުން އިންސާނާ ކަށްވަޅުން ނުކުމެ އޭނާދުނިޔޭގައި ކުރިހާކަމެއް ހަދާންކުރާނެއެވެ. އަދި މީސްތަކުންގެ ޢަމަލުތައްހުންނާނީ ލިޔެވި އެމީހުންގެ ކުރިމަތީހާމަވެގެންނެވެ.

Verse 36

وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ

Transliteration waburrizati l-jaḥīmu liman yarā

Dhivehi އަދި ދެކޭމީހަކު ދުށުމަށް ނަރަކަ ފާޅުކުރެވޭނެއެވެ. (ފަހެ މުއުމިނުމީހާ އެނަރަކަފެނުމުން الله އޭނާއަށް ދެއްވާފައިވާ ގިނަގުނަ نِعْمَة ހަދާންކޮށް އެނަރަކައިން ސަލާމަތްވީކަމުގެ އުފާކުރާނެއެވެ. އަދި ކާފަރުމީހާ އެނާގެ ހިތާމައިގެމައްޗަށް ހިތާމައިތުރުވާނެއެވެ.)

Verse 37

فَأَمَّا مَن طَغَىٰ

Transliteration fa-ammā man ṭaghā

Dhivehi ފަހެ ކާފަރުކަމާއި އުރެދުމުގައި ހައްދުފަހަނައަޅައިފިމީހާދަންނައެވެ.

Verse 38

وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا

Transliteration waāthara l-ḥayata l-dun'yā

Dhivehi އަދިއެނާގެ آخِرَةُ ގެކަންތަކަށްވުރެ ދުނިޔޭގެކަންތައް އިސްކުރިމީހާ

Verse 39

فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ

Transliteration fa-inna l-jaḥīma hiya l-mawā

Dhivehi ހަމަކަށަވަރުން އެނާގޮސް އޮންނާނެތަނަކީ ނަރަކައެވެ.

Verse 40

وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ

Transliteration wa-ammā man khāfa maqāma rabbihi wanahā l-nafsa ʿani l-hawā

Dhivehi އަދި ތިމާ ހައްދަވާބޮޑުކުރެއްވި رَبُّ ގެ حَضْرَةُ ގައި قِيَامَة ދުވަހުން ހުންނަންޖެހޭނެ މަގާމަކާއިމެދު ބިރުވެތިވެ އަދި ތިމާގެ ނަފުސު އެންމެހައި އުރެދުންތަކުން ދުރުކޮށް މަނާކޮށްފިމީހާ ދަންނައެވެ.

Verse 41

فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ

Transliteration fa-inna l-janata hiya l-mawā

Dhivehi ފަހެ އޭނާ قِيَامَة ދުވަހުން ހަމަޖެހި ހުންނާނެތަނަކީ ސުވަރުގެއެވެ. އަދިއެތާގެ نِعْمَة ތަކެވެ.

Verse 42

يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا

Transliteration yasalūnaka ʿani l-sāʿati ayyāna mur'sāhā

Dhivehi (އޭ رَسُولُ الله އެވެ.) قِيَامَة ވާނެ ވަގުތަކާއިމެދު އެމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ.

Verse 43

فِيمَ أَنتَ مِن ذِكْرَىٰهَآ

Transliteration fīma anta min dhik'rāhā

Dhivehi އެހެންނަމަވެސް އެވާހަކަ ކަލޭގެފާނާދެއްކުމުގެ ދެންއޮތީކޮން ކަމެއްހެއްޔެވެ؟

Verse 44

إِلَىٰ رَبِّكَ مُنتَهَىٰهَآ

Transliteration ilā rabbika muntahāhā

Dhivehi އެކަމުގެ އެންމެހައި އެގުމެއްވަނީ ހަމަކަށަވަރުން ކަލޭގެފާނުންގެ رَبُّ ގެ حَضْرَةُ ގައެވެ. އެހެން އެއްވެސް ފަރާތަކަށް އެކަންނޭގޭނެއެވެ.

Verse 45

إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا

Transliteration innamā anta mundhiru man yakhshāhā

Dhivehi ކަލޭގެފާނުންވާކަން ކަށަވަރީ އެދުވަހަށްބިރުވެތިވާމީކަށް އެދުވަހުގެ ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައެވެ.

Verse 46

كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا

Transliteration ka-annahum yawma yarawnahā lam yalbathū illā ʿashiyyatan aw ḍuḥāhā

Dhivehi އެ قِيَامَة ދުވަހުގެ ބިރުވެރިކަން ފެންނަހިދު އެމީހުން ކޮންފަދަ ހެއްޔެވެ. އެމީހުންނަށް ހީވާނީ އެމީހުން ދުނިޔޭގައި އުޅުނީ ދުވާލެއްގެ ހަވީރުގެވަގުތުކޮޅެއްގައިހެންނެވެ. ނުވަތަ ދުވާލެއްގެ ހެދުނުގެ ވަގުތުކޮޅެއްގައިހެންނެވެ.

Read Surah An-Nazi'at in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.