MyDugsiStart learning

Surah Al-Waqi'ah in Dhivehi: translation and audio

Surah 56 · الواقعة · The Inevitable · 96 verses

Surah Al-Waqi'ah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Waqi'ah word by word in English.

Verse 1

إِذَا وَقَعَتِ ٱلْوَاقِعَةُ

Transliteration idhā waqaʿati l-wāqiʿatu

Dhivehi قِيَامَة ޤާއިމު ވެއްޖެއްޔާ.

Verse 2

لَيْسَ لِوَقْعَتِهَا كَاذِبَةٌ

Transliteration laysa liwaqʿatihā kādhibatun

Dhivehi (ދެންއޭރުން) އެ قِيَامَة ޤާއިމުވުން ދޮގުކުރާނެ އެއްވެސް ނަފުސެއް ނުވެއެވެ.

Verse 3

خَافِضَةٌ رَّافِعَةٌ

Transliteration khāfiḍatun rāfiʿatun

Dhivehi އެދުވަހުން އެއްބަޔަކު ދެރަވެ ނިމެތިވެގެންވެއެވެ. އަދި އަނެއްބަޔަކު މޮޅުވެ މަތިވެރިވެގެންވެއެވެ. މާތްالله އެދުވަހުން (ނުބައި ނުލަފާމީހުން (ނަރަކަވަންތަވެރިން) ދެރަކުރައްވައި ނިމެތި ކުރައްވާހުއްޓެވެ. އަދި ހެޔޮލަފާ މާތްމީހުން މާތް މާތް الله އެދުވަހުން މާތްކުރައްވައި މަތިވެރިކުރައްވާހުއްޓެވެ.

Verse 4

إِذَا رُجَّتِ ٱلْأَرْضُ رَجًّا

Transliteration idhā rujjati l-arḍu rajjan

Dhivehi އެދުވަސް އައުމަށްޓަކައި ބިންގަނޑު ގަދަތެޅިގަތުމަކުން ތެޅިގަންނަ ހުއްޓެވެ.

Verse 5

وَبُسَّتِ ٱلْجِبَالُ بَسًّا

Transliteration wabussati l-jibālu bassan

Dhivehi އަދި ފަރުބަދަތައް ކުދިކުދިވެ ބުރަބުރައިގެން ހިގައިދާހުއްޓެވެ.

Verse 6

فَكَانَتْ هَبَآءً مُّنۢبَثًّا

Transliteration fakānat habāan munbathan

Dhivehi އަދިއެފަރުބަދަތަކުގެހިލަތައް ބުރައިގެންދާ ހިރަފުސްތަކަކަށް ވެދާނެއެވެ.

Verse 7

وَكُنتُمْ أَزْوَٰجًا ثَلَـٰثَةً

Transliteration wakuntum azwājan thalāthatan

Dhivehi އަދި އެދުވަހުން ކަލޭމެންތިބޭނީ ތިންބާވަތަކަށެވެ.

Verse 8

فَأَصْحَـٰبُ ٱلْمَيْمَنَةِ مَآ أَصْحَـٰبُ ٱلْمَيْمَنَةِ

Transliteration fa-aṣḥābu l-maymanati mā aṣḥābu l-maymanati

Dhivehi (ފުރަތަމަ ބަޔަކީ) ކަނައަތްފަރާތުގެ އެކުވެރިންނެވެ. އެއީ އެބައިމީހުންގެ ޢަމަލުގެފަތް ކަނައަތަށްލިބޭމީހުންނެވެ. ފަހެ ކަނައަތަށް ފަތްލިބޭމީހުންނަކީ ކޮންފަދަ މާތްބައެއްހެއްޔެވެ؟

Verse 9

وَأَصْحَـٰبُ ٱلْمَشْـَٔمَةِ مَآ أَصْحَـٰبُ ٱلْمَشْـَٔمَةِ

Transliteration wa-aṣḥābu l-mashamati mā aṣḥābu l-mashamati

Dhivehi (ދެވަނަބަޔަކީ) ވައަތްފަރާތުގެ އެކުވެރިންނެވެ. އެއީ އެބައިމީހުންގެ ޢަމަލުގެފަތް ވައަތަށް ލިބޭމީހުންނެވެ. އަދި ފުރަގަހުން ފަތްލިބޭމީހުންވެސްވަނީ މިބައިގެތެރޭގައެވެ. އަދި ވައަތްފަރާތުގެ އެކުވެރިންނަކީ ކޮންފަދަ ނުބައި ބަދުނަސީބު ބައެއްހެއްޔެވެ؟

Verse 10

وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ

Transliteration wal-sābiqūna l-sābiqūna

Dhivehi (ތިންވަނަބަޔަކީ) ހެޔޮކަންތަކުގައި އިސްވެގަތްމީހުންނެވެ. އެއީ އެއްވަނަ ދަރަގައިގެ މީހުންނެވެ. އެއީ އިސްލާމު ކަމުގައި އެންމެ އިސްވެގަތް މީހުންނެވެ. އެއީ ކޮންފަދަމާތްބައެއް ހެއްޔެވެ؟

Verse 11

أُو۟لَـٰٓئِكَ ٱلْمُقَرَّبُونَ

Transliteration ulāika l-muqarabūna

Dhivehi އެމީހުންނަކީ ﷲ ގެ حَضْرَة އާއި އެންމެ ކުއްތަންވެގެންވާމީހުންނެވެ.

Verse 12

فِى جَنَّـٰتِ ٱلنَّعِيمِ

Transliteration fī jannāti l-naʿīmi

Dhivehi އެމީހުންތިބޭނީ ދާއިމީ ނިޢުމަތުގެވެރި މާތް ސުވަރުގެތަކުގައެވެ.

Verse 13

ثُلَّةٌ مِّنَ ٱلْأَوَّلِينَ

Transliteration thullatun mina l-awalīna

Dhivehi އިސްލާމުކަމާއި ހެޔޮކަމުގައި އިސްވެގަތްމީހުންނަކީ އިސްވެދިޔަމީސްތަކުންގެތެރެއިން ބައެކެވެ. (އެއީ ސަލާމު ލެއްވި އާދަމުގެފާނުންފެށިގެން އަހުރެމެންގެ ކައު مُحمد ﷺ ރަސޫލުކަމާއިގެންފޮނުއްވުމާއި ދެމެދު އައިސްފައިވާ އުއްމަތްތަކުން ބަޔަކުމީހުންނެވެ.

Verse 14

وَقَلِيلٌ مِّنَ ٱلْـَٔاخِرِينَ

Transliteration waqalīlun mina l-ākhirīna

Dhivehi އަދި އަނެއްބައިމީހުންގެތެރެއިން މަދުބައެކެވެ. އެބަހީ مُحمد ﷺ ގެ އުއްމަތުން މަދުބައެކެވެ.\nދަންނައެވެ. މިއުއްމަތުން މަދުބަޔަކުކަމުގައިބެލެވެނީ އިސްވެދިޔަ ހުރިހާއުއްމަތަކާއި އަޅާބަލާއިރުއެވެ. އިސްދިޔަ އެންމެހައި އުއްމަތްތަކުގެ އިސްވެގަތް އެންމެން އެއްކޮށްލީމާ އެކަނި މިއުއްމަތަށްވުރެ ގިނައީއެވެ. ކޮންމެ އެއް އުއްމަތަކުން އިސްވެގަތް މީހުންނަށްވުރެ މިއުއްމަތް މަދީއަކީއެއްނޫނެވެ. އެއް އުއްމަތަކާއި އަޅާބަލާއިރު އިސްވެގަތްމީހުންވެސް މިއުއްމަތުގައި މާގިނަކަމުގައިވެއެވެ.

Verse 15

عَلَىٰ سُرُرٍ مَّوْضُونَةٍ

Transliteration ʿalā sururin mawḍūnatin

Dhivehi ދެންފަހެ މިއިސްވެގަތްމީހުން ސުވަރުގޭގައިތިބޭނީ ރަނުންނާއި ރަންމުތުން އަދި يَاقُوت ން ހެދިފައިވާ އެދުދާންކޮޅުތަކުގައެވެ.

Verse 16

مُّتَّكِـِٔينَ عَلَيْهَا مُتَقَـٰبِلِينَ

Transliteration muttakiīna ʿalayhā mutaqābilīna

Dhivehi އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލައި ލެގިލައިގެންވާ ޙާލުގައެވެ. (އެއްބަޔަކުވެސް އަނެއްބަޔަކަށް ފުރަގަސް ނުދޭނެއެވެ.)

Verse 17

يَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ

Transliteration yaṭūfu ʿalayhim wil'dānun mukhalladūna

Dhivehi އެގޮތަށް އެމީހުން ތިބޭއިރު ރަންމުތްތަކެއްފަދަ ޒުވާން ކުދިން އެމީހުންގެ خِدمَة ގައި އެމީހުންގެ ކައިރިން ދައުރުކުރައްވާނެއެވެ.

Verse 18

بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ

Transliteration bi-akwābin wa-abārīqa wakasin min maʿīnin

Dhivehi ރާތަށިތަކާއި ކުރައިތައްހިފައިގެން ޒުވާން ކުދިން އެމީހުންގެ خِدمَة ގައި ދައުރުކުރައްވާނެއެވެ.

Verse 19

لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ

Transliteration lā yuṣaddaʿūna ʿanhā walā yunzifūna

Dhivehi އެރާ ބުއިމަކުން (ދުނިޔޭގައި މިހުންނަބަނގުރާ ބުއިމުންވާގޮތަށް) ބޮލުގައިރިހި ހޮޑުލެވި އަދި މަސްތުވާގޮތެއް ނުވާނެއެވެ.

Verse 20

وَفَـٰكِهَةٍ مِّمَّا يَتَخَيَّرُونَ

Transliteration wafākihatin mimmā yatakhayyarūna

Dhivehi އަދި އެމީހަކު إخْتِيَارُ ކުރާނެ ވައްތަރެއްގެ މޭވާތަކާއިގެންވެސް އެ ޒުވާން ކުދިން އެމީހުންގެ خِدمَة ގައި ދައުރުކުރައްވާނެއެވެ.

Verse 21

وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ

Transliteration walaḥmi ṭayrin mimmā yashtahūna

Dhivehi އަދި އެމީހުން ކާހިތްވާޒާތުގެ ދޫނިމަހާއި ވެސް މެއެވެ.

Verse 22

وَحُورٌ عِينٌ

Transliteration waḥūrun ʿīnun

Dhivehi އަދި އެމީހުން އެހާ އަރާމުގައި މީރު އެއްޗެތިކައިބޮއި ހެދުމާއިއެކު އެމީހުން މަޖާކުރުމަށްޓަކައި އެމީހުންނަށް މާތްވެގެންވާ حُورَ العِينُ އަންހެންކުދިން އެމީހުންގެ އަނބީންގެގޮތުގައި ދެއްވާފައިވާނެއެވެ. އެކުދިންނަކީ ހުރިހާގޮތަކުން ރީތިހުސްކޮށްފައިވާ ބިކުރުވެރި ލޯބިވެތި މާތް އަންހެންކުދިންނެވެ.

Verse 23

كَأَمْثَـٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ

Transliteration ka-amthāli l-lu'lu-i l-maknūni

Dhivehi އެކުދިންހީވާނީ ރައްކާ ކުރެވިފައިތިބި ރަންމުތްތަކެއްހެންނެވެ.

Verse 24

جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ

Transliteration jazāan bimā kānū yaʿmalūna

Dhivehi މިހުރިހާ ނިޢުމަތަކީ އެމީހުން ދުނިޔޭގައި ތިބިއިރު ކޮށްފައިވާ ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުން އެއްވޭ ދެއްވުންތަކެވެ.

Verse 25

لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا

Transliteration lā yasmaʿūna fīhā laghwan walā tathīman

Dhivehi އެމީހުން އެތާގައި އެއްވެސް بَاطِلُ ވާހަކައެއްވިޔަސް އަދި ފާފަވެރިވެވޭ އަޑެއްވިޔަސް ނުއަހާނެއެވެ.

Verse 26

إِلَّا قِيلًا سَلَـٰمًا سَلَـٰمًا

Transliteration illā qīlan salāman salāman

Dhivehi ހަމައެކަނި އެކަކު އަނެކަކަށް ސަލާމު ކުރާ އަޑުމެނުވީއެވެ.

Verse 27

وَأَصْحَـٰبُ ٱلْيَمِينِ مَآ أَصْحَـٰبُ ٱلْيَمِينِ

Transliteration wa-aṣḥābu l-yamīni mā aṣḥābu l-yamīni

Dhivehi ކަނާތް ފަރާތުމީހުންނަކީ ކޮންފަދަ މާތްބައެއްހެއްޔެވެ؟ (ކަނައަތްފަރާތުމީހުންނޭ އޮތްބަސްފުޅުގެ މުރާދަކީ އެމީހުންގެ ޢަމަލުގެފަތް ކަނާތްފަރާތުން ލިބޭމީހުންނެވެ.)

Verse 28

فِى سِدْرٍ مَّخْضُودٍ

Transliteration fī sid'rin makhḍūdin

Dhivehi އެމީހުންވަނީ ސުވަރުގޭގެ ފުރިހަމަ ނިޢުމަތުގައެވެ. ކަށިނެތް ކުންނާރު ގަހުގެ މީރުކުންނާރު ލިބުމުގެ ނިޢުމަތުގައެވެ.

Verse 29

وَطَلْحٍ مَّنضُودٍ

Transliteration waṭalḥin manḍūdin

Dhivehi އަދި ތިރިންފަށައިގެން ގޮފިތަކާއިހަމައަށް މޭވާއަޅާ ބަރާވެފައިވާ طلح ގަސްގަހުގެ نِعْمَةُ ގައެވެ. (طلح ގަހަކީ ގިނަ މުފައްސިރުން ވިދާޅުވާގޮތުގައި ދޮންކޭލުގެ ބާވަތެކެވެ.)

Verse 30

وَظِلٍّ مَّمْدُودٍ

Transliteration waẓillin mamdūdin

Dhivehi އަދި އެމީހުންވަނީ ދެމިގެންވާ ހިޔަލުގައެވެ.

Verse 31

وَمَآءٍ مَّسْكُوبٍ

Transliteration wamāin maskūbin

Dhivehi އަދިއެމީހުންވަނީ އެމީހުންނަށްޓަކައި އަބަދާ އަބަދު އޮހިއޮހި ހުންނަމީރުފެނުގެ نِعْمَةُ ގައެވެ

Verse 32

وَفَـٰكِهَةٍ كَثِيرَةٍ

Transliteration wafākihatin kathīratin

Dhivehi އަދި ގިނަވެގެންވާ މީރުމޭވާތަކުގެ نِعْمَةُ ގައެވެ.

Verse 33

لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ

Transliteration lā maqṭūʿatin walā mamnūʿatin

Dhivehi އެމޭވާއަށް ކެނޑިދިއުމެއްނުވެއެވެ. އަދި مَنَعَ ވުމެއްނުވެއެވެ. (އެބަހީ ދުނިޔޭގެމޭވާއަށްވަގޮތަށް ވަކިމޫސުމަކަށް ލިބިފައި އަނެއްބައިމޫސުމަށް ނުލިބޭގޮތެއްނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ ދާއިމީގޮތެއްގައި ލިބޭގޮތަށެވެ.) އަދި މަނާކުރާނެމީހަކު ނުވެއެވެ.

Verse 34

وَفُرُشٍ مَّرْفُوعَةٍ

Transliteration wafurushin marfūʿatin

Dhivehi އަދިއެމީހުންވަނީ އުފުލިގެންވާ ދާންމަތިކޮޅުތަކުގައި ރިވެތިވެގެންވާ މާތް އަންހެނުންނާއި އެކުގައެވެ.

Verse 35

إِنَّآ أَنشَأْنَـٰهُنَّ إِنشَآءً

Transliteration innā anshanāhunna inshāan

Dhivehi އަދި ހަމަކަށަވަރުން އެކަނބަލުން ތިމަންރަސްކަލާނގެ ހައްދަވާފައިވާނީ އާހެއްދެވުމަކުންނެވެ. (މިތާމިސިފަވާ އަންހެނުންނަކީ ދުނިޔޭގައި އުޅުނު އަންހެނުންކުރެ ސުވަރުގެ ވަނުމުގެ ނަސީބުލިބުނު މީހުންކަމުގައި ބުނެވުނެވެ.)

Verse 36

فَجَعَلْنَـٰهُنَّ أَبْكَارًا

Transliteration fajaʿalnāhunna abkāran

Dhivehi އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށްޓަކައި އެކަނބަލުން ބިކުރުވެރިންކަމުގައި ލެއްވީމެވެ.

Verse 37

عُرُبًا أَتْرَابًا

Transliteration ʿuruban atrāban

Dhivehi އަދި ފިރިންދެކެ ލޯބިވާގޮތަށް އަދި ފިރިންވެސް އެކަނބަލުންދެކެ ލޯބިވާގޮތަށް އެއް ޢުމުރެއްގެ ނުވަތަ އެއް أخْلآقُ އެއްގެ ބަޔަކު ކަމުގައި ލެއްވީމެވެ. (ބައެއް مُفَسِّرُ ން ވިދާޅުވެއެވެ. އެމީހުންގެ ޢުމުރަކީ 33އަހަރެވެ. = ابْن كَثِير

Verse 38

لِّأَصْحَـٰبِ ٱلْيَمِينِ

Transliteration li-aṣḥābi l-yamīni

Dhivehi އިސްވެދިޔަ ގިނަ نِعْمِة ތަކަކީ ކަނާތްފަރާތުގެ އެކުވެރިންނަށްޓަކައި ހުރި نِعْمِة ތަކެކެވެ.

Verse 39

ثُلَّةٌ مِّنَ ٱلْأَوَّلِينَ

Transliteration thullatun mina l-awalīna

Dhivehi އެއީ އިސްވެދިޔަ އުއްމަތްތަކުގެތެރެއިން ބައެކެވެ.

Verse 40

وَثُلَّةٌ مِّنَ ٱلْـَٔاخِرِينَ

Transliteration wathullatun mina l-ākhirīna

Dhivehi އަދި ފަހުގެ އުއްމަތުގެތެރެއިންބައެކެވެ.

Verse 41

وَأَصْحَـٰبُ ٱلشِّمَالِ مَآ أَصْحَـٰبُ ٱلشِّمَالِ

Transliteration wa-aṣḥābu l-shimāli mā aṣḥābu l-shimāli

Dhivehi އަދި ވައަތްފަރާތުގެ އެކުވެރިން (ދަންނައެވެ.) ވައަތްފަރާތުގެ އެކުވެރިންނަކީ ކޮންފަދަ ނުބައި ބައެއްހެއްޔެވެ؟

Verse 42

فِى سَمُومٍ وَحَمِيمٍ

Transliteration fī samūmin waḥamīmin

Dhivehi އެމީހުންވަނީ ނަރަކައިގެ ހޫނުގަދަ ވިހަދުމާއި އެންމެގަދަ ހޫނުފެނުގެ عَذَابُ ގެ ރަހަލިބި ލިބިއެވެ

Verse 43

وَظِلٍّ مِّن يَحْمُومٍ

Transliteration waẓillin min yaḥmūmin

Dhivehi އަދި ނަރަކައިގެ ހޫނުގަދަ އަދި ފިނިކަމެއްނެތް ދުމުގެ ހިޔަލުގައެވެ.

Verse 44

لَّا بَارِدٍ وَلَا كَرِيمٍ

Transliteration lā bāridin walā karīmin

Dhivehi އޭގައި އެއްވެސް ފިނިކަމެއްނެތް އަދި އެއްވެސް އަރާމެއްވިޔަސްނުވާ ނެއެވެ.

Verse 45

إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُتْرَفِينَ

Transliteration innahum kānū qabla dhālika mut'rafīna

Dhivehi ހަމަކަށަވަރުން އެމީހުން ވީ އޭގެކުރިން (އެބަހީ ދުނިޔޭގައި އުޅުނުއިރު) = حَلآلُ ނޫންތަކެތީން މަޖާކޮށް ހަދާކަމުގައެވެ.

Verse 46

وَكَانُوا۟ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ

Transliteration wakānū yuṣirrūna ʿalā l-ḥinthi l-ʿaẓīmi

Dhivehi އަދި އެމީހުންވީ އެންމެބޮޑުފާފަކުރުންމަތީ އެބަހީ (ޝިރުކު ކުންމަތީ) ދެމިތިބޭބަޔަކު ކަމުގަ އެވެ.

Verse 47

وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ

Transliteration wakānū yaqūlūna a-idhā mit'nā wakunnā turāban waʿiẓāman a-innā lamabʿūthūna

Dhivehi އަދި އެމީހުން ބުނާކަމުގައި ވީ އަހުރެމެން މަރުވެއްޖެއްޔާ އަދި އަހުރެމެން ވެއްޔަށްވެ އަދި ކަށިތައްވެސް ފީވެ ވެއްޔަށްވުމަށްފަހު އަހުރެމެން ދިރިގެ ފޮނުވޭނޭހެއްޔެވެ؟

Verse 48

أَوَءَابَآؤُنَا ٱلْأَوَّلُونَ

Transliteration awaābāunā l-awalūna

Dhivehi އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންވެސް ފޮނުވޭނޭހެއްޔެވެ؟

Verse 49

قُلْ إِنَّ ٱلْأَوَّلِينَ وَٱلْـَٔاخِرِينَ

Transliteration qul inna l-awalīna wal-ākhirīna

Dhivehi (އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަނމަކަށަވަރުން އިސްވެދިޔަހާބަޔަކު އަދި ފަހުންއައިހާބަޔަކުވެސްމެއެވެ.

Verse 50

لَمَجْمُوعُونَ إِلَىٰ مِيقَـٰتِ يَوْمٍ مَّعْلُومٍ

Transliteration lamajmūʿūna ilā mīqāti yawmin maʿlūmin

Dhivehi ކަނޑައެޅި އެގިގެންވާ ވަކިދުވަހެއްގެ ވަކިވަގުތަކަށް ކަށަވަރުންވެސް އެއްކުރެވޭހުއްޓެވެ. އެއީ ޤިޔާމަތް ދުވަހެވެ.

Verse 51

ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ

Transliteration thumma innakum ayyuhā l-ḍālūna l-mukadhibūna

Dhivehi ދެންހަމަކަށަވަރުން ކަލޭމެން އޭމިތިބަ ދޮގުވެރި މަދުފުރެދުނު މީހުންނޭވެ!

Verse 52

لَـَٔاكِلُونَ مِن شَجَرٍ مِّن زَقُّومٍ

Transliteration laākilūna min shajarin min zaqqūmin

Dhivehi ހަމަކަށަވަރުން ކަލޭމެން زَقُّوم ގަހަކުން ކާނެއެވެ. (އެއީ ނަރަކައިގައެވެ.)

Verse 53

فَمَالِـُٔونَ مِنْهَا ٱلْبُطُونَ

Transliteration famāliūna min'hā l-buṭūna

Dhivehi އަދި އެއިންކަލޭމެން ކަލޭމެންގެ ބަނޑުތައް ފުރާނެއެވެ.

Verse 54

فَشَـٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ

Transliteration fashāribūna ʿalayhi mina l-ḥamīmi

Dhivehi އަދި އެމީހުން އޭގެމައްޗަށް އެންމެގަދަހޫނު ފެން ބޯނެއެވެ.

Verse 55

فَشَـٰرِبُونَ شُرْبَ ٱلْهِيمِ

Transliteration fashāribūna shur'ba l-hīmi

Dhivehi ފެންބޮވާ ބަލިޖެހިފައިވާ ޖަމަލުބޯވަރަށް އެމީހުން އޭތިބޯނެއެވެ.

Verse 56

هَـٰذَا نُزُلُهُمْ يَوْمَ ٱلدِّينِ

Transliteration hādhā nuzuluhum yawma l-dīni

Dhivehi މިއީ ހިސާބު ބައްލަވާދުވަހުން އެމީހުންނަށްވާ މެހުމާންދާރީއެވެ.

Verse 57

نَحْنُ خَلَقْنَـٰكُمْ فَلَوْلَا تُصَدِّقُونَ

Transliteration naḥnu khalaqnākum falawlā tuṣaddiqūna

Dhivehi ކަލޭމެން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ކަލޭމެން އެކަން ތެދުކުރާނެނަމައެވެ. ކަލޭމެން އެކަން ތެދުނުކުރަނީ ކީތްވެހެއްޔެވެ؟

Verse 58

أَفَرَءَيْتُم مَّا تُمْنُونَ

Transliteration afara-aytum mā tum'nūna

Dhivehi ކަލޭމެން ތިޔަބޭރުކުރާ މަންޏާއި ބެހޭގޮތުން ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)

Verse 59

ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَـٰلِقُونَ

Transliteration a-antum takhluqūnahu am naḥnu l-khāliqūna

Dhivehi އެއިން (مَخْلُوقُ އަކު) ހައްދަވަނީ ކަލޭމެންހެއްޔެވެ؟ ނުވަތަ އެހައްދަވާ ކަލަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

Verse 60

نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ

Transliteration naḥnu qaddarnā baynakumu l-mawta wamā naḥnu bimasbūqīna

Dhivehi ،(61) ތިމަންރަސްކަލާނގެ ކަލޭމެންގެމެދުގައި މަރު (މަރުވުން) މިންވަރުކުރެއްވީމެވެ. އަދި ކަލޭމެންގެ ސޫރަތައް ބަދަލުކުރައްވައި އަދި ކަލޭމެނަށް ނޭގޭ ސޫރަތަކަކަށް ތިމަންރަސްކަލާނގެ ކަލޭމެން އުފެއްދެވުމަށް ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.

Verse 61

عَلَىٰٓ أَن نُّبَدِّلَ أَمْثَـٰلَكُمْ وَنُنشِئَكُمْ فِى مَا لَا تَعْلَمُونَ

Transliteration ʿalā an nubaddila amthālakum wanunshi-akum fī mā lā taʿlamūna

Dhivehi ،(61) ތިމަންރަސްކަލާނގެ ކަލޭމެންގެމެދުގައި މަރު (މަރުވުން) މިންވަރުކުރެއްވީމެވެ. އަދި ކަލޭމެންގެ ސޫރަތައް ބަދަލުކުރައްވައި އަދި ކަލޭމެނަށް ނޭގޭ ސޫރަތަކަކަށް ތިމަންރަސްކަލާނގެ ކަލޭމެން އުފެއްދެވުމަށް ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.

Verse 62

وَلَقَدْ عَلِمْتُمُ ٱلنَّشْأَةَ ٱلْأُولَىٰ فَلَوْلَا تَذَكَّرُونَ

Transliteration walaqad ʿalim'tumu l-nashata l-ūlā falawlā tadhakkarūna

Dhivehi އަދި ހަމަކަށަވަރުން ކަލޭމެންގެ ފުރަތަމަ ހެއްދެވުން ކަލޭމެންނަށް އެނގޭނެއެވެ. ފަހެ ކަލޭމެން عِبْرَة ލިބި ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟

Verse 63

أَفَرَءَيْتُم مَّا تَحْرُثُونَ

Transliteration afara-aytum mā taḥruthūna

Dhivehi ކަލޭމެން (އޮށް އިންދައިގެން) ތިޔަކުރާ ދަޑުވެރިކަމާއިމެދު ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ކަލޭމެންނިކަން ދެކިބަލާށެވެ.)

Verse 64

ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ

Transliteration a-antum tazraʿūnahu am naḥnu l-zāriʿūna

Dhivehi އެއޮށް ފަޅުވާހައްދަވަނީ ކަލޭމެން ހެއްޔެވެ؟ ނުވަތަ އެއޮށް ފަޅުވާ ގަސްހައްދަވަނީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

Verse 65

لَوْ نَشَآءُ لَجَعَلْنَـٰهُ حُطَـٰمًا فَظَلْتُمْ تَفَكَّهُونَ

Transliteration law nashāu lajaʿalnāhu ḥuṭāman faẓaltum tafakkahūna

Dhivehi ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ ހަމަކަށަވަރުން ހަލާކުވެ ކުދިކުދިވެ ބޭނުން ނުކުރެވޭ ކުނޑިތަކަކަށް ތިމަންރަސްކަލާނގެ އެހައްދަވާފައިހުށީމެވެ. ދެން އޭރުން ކަލޭމެން عَجَائِبُ ވެގެން ބުނާނެއެވެ.

Verse 66

إِنَّا لَمُغْرَمُونَ

Transliteration innā lamugh'ramūna

Dhivehi ހަމަކަށަވަރުން އެއްވެސް އެއްޗެއް ނުލިބި އަހުރެމެންނަށް ގެއްލުންވީއެވެ.

Verse 67

بَلْ نَحْنُ مَحْرُومُونَ

Transliteration bal naḥnu maḥrūmūna

Dhivehi އަދި ކިއެއްހެއްޔެވެ. އަހުރެމެންމިވަނީ (އެދަޑުގެ ބަރަކާތުން) مَحْرُومُ ވެގެންނެވެ.

Verse 68

أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ

Transliteration afara-aytumu l-māa alladhī tashrabūna

Dhivehi ކަލޭމެން ތިޔަބޯފެނާއިމެދު ކަލޭމެން ނިކަން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)

Verse 69

ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ

Transliteration a-antum anzaltumūhu mina l-muz'ni am naḥnu l-munzilūna

Dhivehi ވިލާގަޑުން އެފެން ވެއްސަވަނީ ކަލޭމެން ހެއްޔެވެ. ނުވަތަ އެވެއްސާކަލަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

Verse 70

لَوْ نَشَآءُ جَعَلْنَـٰهُ أُجَاجًا فَلَوْلَا تَشْكُرُونَ

Transliteration law nashāu jaʿalnāhu ujājan falawlā tashkurūna

Dhivehi ތިމަންރަސްކަލާނގެ އެދިވޮޑި ގަންނަވާނަމަ ގަދަލޮނު ފެނެއްކަމުގައި އެފެން ތިމަންރަސްކަލާނގެ ލައްވައިފީހެވެ. ކަލޭމެނަ ފަހެ ޝުކުރު ނުކުރާނެހެއްޔެވެ؟

Verse 71

أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ

Transliteration afara-aytumu l-nāra allatī tūrūna

Dhivehi ކަލޭމެން ރޯކޮށްގެން ތިޔައަންދާ އަލިފާނާއިމެދު ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)

Verse 72

ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ

Transliteration a-antum anshatum shajaratahā am naḥnu l-munshiūna

Dhivehi އެގަސްއުފެއްދެވީ ކަލޭމެން ހެއްޔެވެ؟ ނުވަތަ އެގަސް ހައްދަވަނީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

Verse 73

نَحْنُ جَعَلْنَـٰهَا تَذْكِرَةً وَمَتَـٰعًا لِّلْمُقْوِينَ

Transliteration naḥnu jaʿalnāhā tadhkiratan wamatāʿan lil'muq'wīna

Dhivehi (ނަރަކައިގެ އަލިފާނުގެ) ހަނދާނަކަށާއި އަދި ދަތުރުވެރިންނަށާއި ދުރުހިސާބުގައި\nއުޅޭމީހުންނަށް ވެސް ބޭނުންކޮށްލެވޭ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ.

Verse 74

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ

Transliteration fasabbiḥ bi-is'mi rabbika l-ʿaẓīmi

Dhivehi ފަހެ ކަލޭގެފާނުންގެ ބޮޑުވެގެންވާ رَبُّ ނަންފުޅުން. ކަލޭގެފާނު تَسْبِيْح ވިދާޅުވާށެވެ!

Verse 75

۞ فَلَآ أُقْسِمُ بِمَوَٰقِعِ ٱلنُّجُومِ

Transliteration falā uq'simu bimawāqiʿi l-nujūmi

Dhivehi ފަހެ ތަރިތައް އޮއްސޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

Verse 76

وَإِنَّهُۥ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ

Transliteration wa-innahu laqasamun law taʿlamūna ʿaẓīmun

Dhivehi އަދި ހަމަކަށަވަރުންއެއީ ކަލޭމެންނަށް އެނގޭނަމައެއީ ކަނޑައެޅިގެން ބޮޑުވެގެންވާ ހުވައެކެވެ.

Verse 77

إِنَّهُۥ لَقُرْءَانٌ كَرِيمٌ

Transliteration innahu laqur'ānun karīmun

Dhivehi ހަމަކަށަވަރުން އެއީ މާތްވެގެންވާ قُرْآن އެއްކަން ކަށަވަރެވެ.

Verse 78

فِى كِتَـٰبٍ مَّكْنُونٍ

Transliteration fī kitābin maknūnin

Dhivehi ރައްކާތެރިވެގެންވާ ފޮތެއްގައިވާ (لَوْحُ المَحْفُوظ ގައިވާ)

Verse 79

لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ

Transliteration lā yamassuhu illā l-muṭaharūna

Dhivehi طَاهِرُ ވެގެންވާ ބޭކަލަކު މެނުވީ (މަލާއިކަތް ބޭކަލަކުމެނުވީ) އެފޮތުގައި ނުބީހެއެވެ.

Verse 80

تَنزِيلٌ مِّن رَّبِّ ٱلْعَـٰلَمِينَ

Transliteration tanzīlun min rabbi l-ʿālamīna

Dhivehi އެއީ عَالَمُ ތަކުގެވެރި رَبُّ ގެ حَضْرَةُ ން ބާވާތްލައްވާ ބާވާތްލެއްވުމެކެވެ.

Verse 81

أَفَبِهَـٰذَا ٱلْحَدِيثِ أَنتُم مُّدْهِنُونَ

Transliteration afabihādhā l-ḥadīthi antum mud'hinūna

Dhivehi ކަލޭމެން އާދައިގެ އެއްޗެއްކަމުގައި ބަލައި ދޮގުކުރަނީ މިވާހަކަ ހެއްޔެވެ؟ (މި قُرْآن ހެއްޔެވެ؟)

Verse 82

وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ

Transliteration watajʿalūna riz'qakum annakum tukadhibūna

Dhivehi އަދި ކަލޭމެން ކަލޭމެންގެ ރިޒުޤުގެ ޝުކުރުކުރު ން ހަމަކަށަވަރުން ކަލޭމެން ދޮގުކުރުމެއް ކަމުގައި ލަނީ ހެއްޔެވެ؟ الله ބާވާތްލެއްވި ވާރޭފެން ތަރިއަށް ނިސްބަތްކުރަނީއެވެ.

Verse 83

فَلَوْلَآ إِذَا بَلَغَتِ ٱلْحُلْقُومَ

Transliteration falawlā idhā balaghati l-ḥul'qūma

Dhivehi (މަރުވާމީހާ) ލަގޮޑިވަޅާއި ހަމައަށް ފުރާނަ އަރައްޖެއްޔާ

Verse 84

وَأَنتُمْ حِينَئِذٍ تَنظُرُونَ

Transliteration wa-antum ḥīna-idhin tanẓurūna

Dhivehi އަދިކަލޭމެން އެހިނދުން އޭނާއަށް ބަލަހައްޓައިގެން ތިބޭނެއެވެ.

Verse 85

وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَـٰكِن لَّا تُبْصِرُونَ

Transliteration wanaḥnu aqrabu ilayhi minkum walākin lā tub'ṣirūna

Dhivehi އަދި ތިމަންރަސްކަލާނގެ އޭނާއާއި ގާތްކަން ބޮޑެވެ. އަދި އެހެނެއްކަމަކު ކަލޭމެންނަކަށް ނުފެނެއެވެ.

Verse 86

فَلَوْلَآ إِن كُنتُمْ غَيْرَ مَدِينِينَ

Transliteration falawlā in kuntum ghayra madīnīna

Dhivehi ،(87) ފަހެ ކަލޭމެން މަރުވުމަށްފަހު ހިސާބުބައްލަވާނެކަމަށް އެއްބަސްނުވަންޏާ ކަލޭމެން އެފުރާނަ އަނބުރާ ރައްދުކުރާހުށި ކަމެވެ. ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާއެވެ.

Verse 87

تَرْجِعُونَهَآ إِن كُنتُمْ صَـٰدِقِينَ

Transliteration tarjiʿūnahā in kuntum ṣādiqīna

Dhivehi ،(87) ފަހެ ކަލޭމެން މަރުވުމަށްފަހު ހިސާބުބައްލަވާނެކަމަށް އެއްބަސްނުވަންޏާ ކަލޭމެން އެފުރާނަ އަނބުރާ ރައްދުކުރާހުށި ކަމެވެ. ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާއެވެ.

Verse 88

فَأَمَّآ إِن كَانَ مِنَ ٱلْمُقَرَّبِينَ

Transliteration fa-ammā in kāna mina l-muqarabīna

Dhivehi ފަހެ އޭނާ އެބަހީ (މަރަށް حاضِر ވީ މީހާ) ކުއްތަންވެގެންވާ މީހުންގެތެރެއިން ވަންޏާ.

Verse 89

فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ

Transliteration farawḥun warayḥānun wajannatu naʿīmin

Dhivehi ފަހެ އޭނާއަށް ހުރީ ދުނިޔޭގެ އުދަގުލުން އަރާމު ލިބިގަތުމާއި އަދި ސުވަރުގޭގެ ރިޒުޤެވެ. (ނުވަތަމީރުވަސްދުވާ މާމެލާމެއްޔެވެ.) އަދި نِعْمة ތަކުގެވެރި ސުވަރުގެއެވެ.

Verse 90

وَأَمَّآ إِن كَانَ مِنْ أَصْحَـٰبِ ٱلْيَمِينِ

Transliteration wa-ammā in kāna min aṣḥābi l-yamīni

Dhivehi އަދި އޭނާކަނާތްފަރާތުގެ އެކުވެރިންގެތެރެއިން ވަންޏާ (މަރަށް حاضِر ވީ މީހާ ކަނާތްފަރާތުގެ އެކުވެރިންގެ ތެރެއިންވަންޏާ އޭނާއަށް ބުނެވޭނެއެވެ.)

Verse 91

فَسَلَـٰمٌ لَّكَ مِنْ أَصْحَـٰبِ ٱلْيَمِينِ

Transliteration fasalāmun laka min aṣḥābi l-yamīni

Dhivehi ކަނާތްފަރާތުގެ އެކުވެރިންގެފަރާތުން. ފަހެކަލެއަށް ސަލާމު ހުއްޓެވެ. (އޭނާއަށް އެންގޭނެއެވެ.)

Verse 92

وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ

Transliteration wa-ammā in kāna mina l-mukadhibīna l-ḍālīna

Dhivehi އަދި އެމީހާ ދޮގުވެރި މަގުފުރެދުނުމީހުންގެތެރެއިން ވަންޏާ ދަންނައެވެ.

Verse 93

فَنُزُلٌ مِّنْ حَمِيمٍ

Transliteration fanuzulun min ḥamīmin

Dhivehi ފަހެ އޭނާހައަށްހުންނަހުށީ އެންމެ ހޫނުފެނުގެ މެހުމާންދާރީ ކަމެވެ.

Verse 94

وَتَصْلِيَةُ جَحِيمٍ

Transliteration wataṣliyatu jaḥīmin

Dhivehi އަދި ނަރަކައިގެ އަލިފާނުގައި އެނދުމެވެ.

Verse 95

إِنَّ هَـٰذَا لَهُوَ حَقُّ ٱلْيَقِينِ

Transliteration inna hādhā lahuwa ḥaqqu l-yaqīni

Dhivehi ހަމަކަށަވަރުން މިއީ ކަނޑައެޅިގެން ޔަޤީނުންވެސް حَقُّ އެވެ.

Verse 96

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ

Transliteration fasabbiḥ bi-is'mi rabbika l-ʿaẓīmi

Dhivehi ފަހެ ހައިބަ ބޮޑުވެގެންވާ ކަލޭގެފާނުންގެ رَبُّ ނަންފުޅުން ކަލޭގެފާނު تَسْبِيْح ވިދާޅުވާށެވެ!

Read Surah Al-Waqi'ah in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.