MyDugsiStart learning

Surah An-Naba in Dhivehi: translation and audio

Surah 78 · النبإ · The Tidings · 40 verses

Surah An-Naba verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah An-Naba word by word in English.

Verse 1

عَمَّ يَتَسَآءَلُونَ

Transliteration ʿamma yatasāalūna

Dhivehi • ދަންނައެވެ! مُحَمَّدٌ صلّى الله عَلَيْهِ وَسَلَّمَ ނަބީކަމާއިގެން ފޮނުއްވައި އެކަލޭގެފާނު ﷲ ގެ އެއްކައުވަންތަ ކަމާއި ޤިޔާމަތް ދުވަހުގެ ވާހަކައާއި ޤުރްއާން ކިޔަވައި ވިދާޅުވުމާއި ގުޅިގެން އޭރު ތިބި މައްކާގެ މުޝްރިކުން އެއްބަޔަކު އަނެއްބަޔަކާ ސުވާލު ކުރަން ފެށިއެވެ. އެމީހުން ބުނެއެވެ. مُحَمَّد ގެ ފާނަށްވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު އެ ގެންންނެވީ ކޮންއެއްޗެއް ހެއްޔެވެ؟ އެ ދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މިބާވަތުގެ ސުވާލު ތަކުގެ ޖަވާބަކަށް މިސޫރަތް ބާވައި ލެއްވިކަމަށް މުފައްސިރުން ވިދާޅު ވިއެވެ. وَ الله أَعْلَم = ذبدة التفسير =\n އެމީހުން އެބަހީ (މުޝްރިކުން) އެއްބަޔަކު އަނެއް ބަޔަކާ ސުވާލުކޮށް އެހަދަނީ ކޮންކަމެއްގެ ވާހަކައިން ހެއްޔެވެ؟

Verse 2

عَنِ ٱلنَّبَإِ ٱلْعَظِيمِ

Transliteration ʿani l-naba-i l-ʿaẓīmi

Dhivehi ،(3) (ﷲ އެ ސުވާލަށް ޖަވާބު ދެއްވަނީއެވެ.) އެއީއެމީހުން އެކަމަކާއިގެން ދެބަސްވޭވޭ އެތިބޭ ބޮޑު خَبَر ގެ ވާހަކައިންނެވެ. (އެ خَبَر އަކީ قِيَامَة ދުވަހުގެ خَبَر ކަމާއި އަދި قُرْآن ގެخَبَرކަމާއި މިކަންކަމާއިމެދު مُفَسِّرُ ންގެބަސް ތަފާތެވެ. އާޔަތުގެ سِيَاقُ އަށްބަލާއިރު ބޮޑަށްގާތީ قِيَامَة ދުވަހުގެވާކަ ކަމަށެވެ. وَاللهُ أعْلَم.

Verse 3

ٱلَّذِى هُمْ فِيهِ مُخْتَلِفُونَ

Transliteration alladhī hum fīhi mukh'talifūna

Dhivehi ،(3) (ﷲ އެ ސުވާލަށް ޖަވާބު ދެއްވަނީއެވެ.) އެއީއެމީހުން އެކަމަކާއިގެން ދެބަސްވޭވޭ އެތިބޭ ބޮޑު خَبَر ގެ ވާހަކައިންނެވެ. (އެ خَبَر އަކީ قِيَامَة ދުވަހުގެ خَبَر ކަމާއި އަދި قُرْآن ގެخَبَرކަމާއި މިކަންކަމާއިމެދު مُفَسِّرُ ންގެބަސް ތަފާތެވެ. އާޔަތުގެ سِيَاقُ އަށްބަލާއިރު ބޮޑަށްގާތީ قِيَامَة ދުވަހުގެވާކަ ކަމަށެވެ. وَاللهُ أعْلَم.

Verse 4

كَلَّا سَيَعْلَمُونَ

Transliteration kallā sayaʿlamūna

Dhivehi އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. (ނޭނގިނުހުންނާނެއެވެ.) ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ.

Verse 5

ثُمَّ كَلَّا سَيَعْلَمُونَ

Transliteration thumma kallā sayaʿlamūna

Dhivehi ދެން އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. ނިކަންހުރެ އެމީހުންނަށްއެކަން އެނގިދާނެއެވެ.

Verse 6

أَلَمْ نَجْعَلِ ٱلْأَرْضَ مِهَـٰدًا

Transliteration alam najʿali l-arḍa mihādan

Dhivehi ތިމަންރަސްކަލާނގެ ބިންގަނޑު ތަންމައްޗެއްކަމުގައި ނުލައްވަންހެއްޔެވެ؟ އެބަހީ ލެއްވީމެވެ. (އެއީ خَلْقُ ތަކުންއޭގެމަތީ އުޅެވޭތަނެއްގެ ގޮތުގައި ލެއްވި ވާހަކައެވެ.)

Verse 7

وَٱلْجِبَالَ أَوْتَادًا

Transliteration wal-jibāla awtādan

Dhivehi (އަދި ދުނިޔެ ހެލިޙަރަކާތް ނުކުރެވޭނޭގޮތުން) ފަރުބަދަތައް ހަރުނުކުރައްވަންހެއްޔެވެ؟ އެބަހީ ހަރުކުރެއްވީމެވެ.

Verse 8

وَخَلَقْنَـٰكُمْ أَزْوَٰجًا

Transliteration wakhalaqnākum azwājan

Dhivehi އަދި ތިމަންރަސްކަލާނގެ ކަލޭމެން ޖޯޑު ޖޯޑަށް ހެއްދެވީމެވެ.

Verse 9

وَجَعَلْنَا نَوْمَكُمْ سُبَاتًا

Transliteration wajaʿalnā nawmakum subātan

Dhivehi އަދި ކަލޭމެންނަށް އަރާމެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭމެންނަށް ނިދިލެއްވީމެވެ.

Verse 10

وَجَعَلْنَا ٱلَّيْلَ لِبَاسًا

Transliteration wajaʿalnā al-layla libāsan

Dhivehi އަދި ކަލޭމެން ފޭރާމުން ނިވައިވާފަދައިން ނިވައިވާ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ރޭގަޑު ލެއްވީމެވެ.

Verse 11

وَجَعَلْنَا ٱلنَّهَارَ مَعَاشًا

Transliteration wajaʿalnā l-nahāra maʿāshan

Dhivehi އަދި ދުވާލަކީ ދިރިއުޅުމުގެ މަސައްކަތްކުރާ ވަގުތެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.

Verse 12

وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا

Transliteration wabanaynā fawqakum sabʿan shidādan

Dhivehi އަދި ކަލޭމެންގެމަތީގައި ގަދަފަދަވެގެންވާ ހަތްއުޑު ތިމަންރަސްކަލާނގެ ހެއްދެވީމެވެ.

Verse 13

وَجَعَلْنَا سِرَاجًا وَهَّاجًا

Transliteration wajaʿalnā sirājan wahhājan

Dhivehi އަދި މުޅިދުނިޔޭގެ نِظَاَم ފުރިހަމައަށްދެމިހުންނާނޭގޮތުން އަލިކޮށް ހޫނުކޮށްދޭ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ އިރުލެއްވީމެވެ. • ދަންނައެވެ. މިފަދަ ކަންތައްތައް މިހާމޮޅަށް ހައްދަވައި ތަރުތީބުކުރައްވައި މިފުރިހަމަ نِظَاَم ގެމަތިން ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި مَحْشَرُ ކުރައްވައި ޢަމަލުތަކަށް ޖަޒާދެއްވުން އުދަގޫވެ ވޮޑިގަންނަވާނެހެއްޔެވެ؟ އުދަގޫވެ ވޮޑިނުގަންނަވާނެކަން ކަށަވަރެވެ.

Verse 14

وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءً ثَجَّاجًا

Transliteration wa-anzalnā mina l-muʿ'ṣirāti māan thajjājan

Dhivehi އަދި ފެންތައްފެލައިލާ ވިލާގަޑުން ބޯކޮށްވެހިގަންނަ ވާރޭފެން ތިމަން ރަސްކަލާނގެ ވެއްސެވީމެވެ.

Verse 15

لِّنُخْرِجَ بِهِۦ حَبًّا وَنَبَاتًا

Transliteration linukh'rija bihi ḥabban wanabātan

Dhivehi އެއީ އެފެނުގެ ސަބަބުން އޮށްޓަރާއި ފަތްޕިލާވެލި ތިމަންރަސްކަލާނގެ ނެރުއްވުމައްޓަކައެވެ. (އެއީ އިންސާނުންނާއި ޖަނަވާރުންގެ ކާނާއެއްގެ ގޮތުންނެވެ.)

Verse 16

وَجَنَّـٰتٍ أَلْفَافًا

Transliteration wajannātin alfāfan

Dhivehi އަދި ގޮތްގޮތަށް ގެތިފައިވާ ފަތްތައްބޯ ބަގީޗާތައް ތިމަންރަސްކަލާނގެ ނެރުއްވުމަށްޓަކައެވެ. (މިފަދަހުރިހާކަމެއް މިހާފުރިހަމަކޮށް ހިންގަވާފަރާތަކަށް ދެވަނަ ފަހަރަށް خَلْقُ ތަކުން ދިރުއްވައި مَحْشَرُ ކުރެއްވުން އުދަގޫވާނީ ކޮންފަދައަކުންތޯއެވެ؟ ނުވާނެކަން ކަށަވަރެވެ.)

Verse 17

إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَـٰتًا

Transliteration inna yawma l-faṣli kāna mīqātan

Dhivehi ހަމަކަށަވަރުން خَلْقُ ތަކުންގެ މެދުގައި ހިސާބުބައްލަވާ فَيْصِلَة ކުރައްވާދުވަސް ވަނީ ވަގުތު ކަނޑައެޅިގެންވާ ދުވަހެއްކަމުގައެވެ. (އެވަގުތުޖެހުމުން އިސްފަސްނުވެ އެކަންކަން ހިގާނެއެވެ.)

Verse 18

يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًا

Transliteration yawma yunfakhu fī l-ṣūri fatatūna afwājan

Dhivehi އެދުވަހަކީ ތާޅަފިލި ފުމެލެވޭދުވަހެވެ. އެދުވަހުން مَحْشَرُ ގެ މައިދާނަށް ބައިބަޔަށް އަދި ޖަމާޢަތް ޖަމާޢަތަށް ކަލޭމެން އެއްވެ ޖަމާވާހުއްޓެވެ.

Verse 19

وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًا

Transliteration wafutiḥati l-samāu fakānat abwāban

Dhivehi އަދި އެދުވަހުން މަލާއިކަތްބޭކަލުން ފައިބާވަޑައިގަތުމަށް އުޑުހުޅުވި އެ އުޑު ދޮރުތަކަކަށް ވެދާނެއެވެ.

Verse 20

وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا

Transliteration wasuyyirati l-jibālu fakānat sarāban

Dhivehi އަދި ފަރުބަދަތައް ހުރިތަނުންލުހެވި ކުދިކުދިވެ ވަޔަށް ބުރައިގެން ހިނގައިދާނެއެވެ. އަދި އެތަކެތި ކުރީއްސުރެ އެތާނެތްފަދައިންވެ މުޅިން އަވާމެންދުރެއްފަދައިން ވެދާނެއެވެ.

Verse 21

إِنَّ جَهَنَّمَ كَانَتْ مِرْصَادًا

Transliteration inna jahannama kānat mir'ṣādan

Dhivehi ހަމަކަށަވަރުން އެދުވަހުން ނަރަކަ އޮންނާނީ އިންތިޒާރުކޮށްކޮށް ބަލަބަލައެވެ.

Verse 22

لِّلطَّـٰغِينَ مَـَٔابًا

Transliteration lilṭṭāghīna maāban

Dhivehi އެއީ ނުބަކަމުގައި ހައްދުފަހަނައަޅައިގެން ދިޔަމީހުންގެ ޖާގައެއްގެގޮތުން ބަލަބަލައެވެ.

Verse 23

لَّـٰبِثِينَ فِيهَآ أَحْقَابًا

Transliteration lābithīna fīhā aḥqāban

Dhivehi އެމީހުން އެނަރަކައިގާ އެތައްޒަމާންތަކަކުތިބޭނެއެވެ. މަރެއްވެސްނުވާނެއެވެ.

Verse 24

لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا

Transliteration lā yadhūqūna fīhā bardan walā sharāban

Dhivehi އެމީހުންނަށް އެތާއެއްވެސް އަރާމެއް އަދިފިނިކަމެއް ނުވާނެއެވެ. އަދިއެއްވެސްބާވަތެއްގެ ބުއިމެއްވެސް ނުލިބޭނެއެވެ.

Verse 25

إِلَّا حَمِيمًا وَغَسَّاقًا

Transliteration illā ḥamīman waghassāqan

Dhivehi ލިބޭނެބުއިމަކީ އޭގެހޫނުކަން ނިހާޔަތަށްގޮސްފައިވާ حَمِيْمُ ކިޔާހޫނުފެނާއި غَسَّاقُ އެވެކިޔާ ދިއެކެވެ. އެއީ ނަރަކަވަންތަވެރިންގެ ގައިންއޮހިގެންއަންނަ ދިޔަވަރުބޮނޑިއެވެ.

Verse 26

جَزَآءً وِفَاقًا

Transliteration jazāan wifāqan

Dhivehi އެއީ އެމީހުން (ދުނިޔޭގައި ތިބެގެންކުރި ނުބައިޢަމަލު ތަކުގެ) ފުރިހަމަޖަޒާއެއްގެ ގޮތުންނެވެ.

Verse 27

إِنَّهُمْ كَانُوا۟ لَا يَرْجُونَ حِسَابًا

Transliteration innahum kānū lā yarjūna ḥisāban

Dhivehi ހަމަކަށަވަރުން އެމީހުންވީ ދުނިޔޭގައި އުޅުނުއިރު قيامة ދުވަހުން ހިސާބު ބެއްލެވުމާއިމެދު ބިރުނުގަންނަބަޔަކު ކަމުގައެވެ. އެކަމަށްނޭދޭ ބަޔަކުކަމުގައެވެ.

Verse 28

وَكَذَّبُوا۟ بِـَٔايَـٰتِنَا كِذَّابًا

Transliteration wakadhabū biāyātinā kidhāban

Dhivehi އަދިއެމީހުންވީ ތިމަންރަސްކަލާނގެ އާޔަތްތައް ކަނޑައެޅިގެން ދޮގުކުރިބަޔަކު ކަމުގައެވެ.

Verse 29

وَكُلَّ شَىْءٍ أَحْصَيْنَـٰهُ كِتَـٰبًا

Transliteration wakulla shayin aḥṣaynāhu kitāban

Dhivehi އަދި ކޮންމެކަމެއް އަދި ކޮންމެއެއްޗެއް ތިމަންރަސްކަލާނގެ އެއެއްޗެއް ލިއުއްވައިހިމަނުއްވަމެވެ. (އެއީ އެކަލާނގެ އަޒަލުގެ ދެނެވޮޑިގަތުމުގައިވާގޮތަށެވެ.)

Verse 30

فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا

Transliteration fadhūqū falan nazīdakum illā ʿadhāban

Dhivehi އަދި ނަރަކަވަންތަވެރިންނަށް قيامة ދުވަނުހް ނަރަކައިގެ عذاب ލިބެމުންދާހިދު އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން عذاب ގެރަހަލިބިގަންނާށެވެ. عذاب ގެމައްޗަށް عذاب މެނުވީ ކަލޭމެނަށް ތިމަންރަސްކަލާނގެ އިތުރު ނުކުރައްވާހުށީމެވެ.

Verse 31

إِنَّ لِلْمُتَّقِينَ مَفَازًا

Transliteration inna lil'muttaqīna mafāzan

Dhivehi ހަމަކަށަވަރުން تَقوَى ވެރިންނަށް އެދެވޭ ނަސީބާއި ކާމިޔާބު ވެއެވެ.

Verse 32

حَدَآئِقَ وَأَعْنَـٰبًا

Transliteration ḥadāiqa wa-aʿnāban

Dhivehi އެއީ ބަގީޗާ ތަކާއި އަދި މޭބިސް ކަދުރެވެ. (ސުވަރުގެ ތަކާއި އެތަންތާގެ ޢަދަދު ނުކުރެވޭ ނިޢްމަތެވެ.)

Verse 33

وَكَوَاعِبَ أَتْرَابًا

Transliteration wakawāʿiba atrāban

Dhivehi އަދި ރީތި ވަރަށް އުރަމަތި އުފުލިފައިވާ އެއް ޢުމުރެއްގެ ރީތި އަންހެން ކުދިންނެވެ.

Verse 34

وَكَأْسًا دِهَاقًا

Transliteration wakasan dihāqan

Dhivehi އަދި ފުރިފައިވާ ރަލުގެ ތަށިތަކެވެ. (ނުވަތަ ވިދިވިދިގެން އަންނަ ރާތަށިތަކެވެ.)

Verse 35

لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا

Transliteration lā yasmaʿūna fīhā laghwan walā kidhāban

Dhivehi އެމީހުން އެސުވަރުގޭގައި ތިބޭއިރު އެވެސް بَاطِل ވާހަކައެއް ނާހާނެއެވެ. އަދިއެއްވެސް ދޮގެއްވިޔަސް ނުއަހާނެއެވެ.

Verse 36

جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا

Transliteration jazāan min rabbika ʿaṭāan ḥisāban

Dhivehi (އޭ رَسُول الله އެވެ!) އެއީ ކަލޭގެ ފާނުންގެ رَبُّ ގެ حَضْرَةُ ން އެމީހުންނަށް ދެއްވާ ދަރުމައެއްގެ ގޮތުން ދެއްވާ ދެއްވުމެކެވެ. ފުދޭވަރު ހަދިޔާއެއްގެ ގޮތުން ދެއްވާ ޢިނާމެކެވެ.

Verse 37

رَّبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَـٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا

Transliteration rabbi l-samāwāti wal-arḍi wamā baynahumā l-raḥmāni lā yamlikūna min'hu khiṭāban

Dhivehi އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތީގެ رَبُّ އެވެ. އެއީ އެންމެހައި ޚަލްޤު ތަކުންނަށް އެކަލާނގެ ރަޙްމަތް ޢާއްމުވެގެންވާ رَحْمَن ވަންތަ ކަލާނގެއެވެ. (އެކަލާނގެ އިޒުނަފުޅު ނެތިސް) އެކަލާނގެއަށް ބަސްފުޅެއް ދަންނަވައި ވާހަކައެއް ދެއްކެވުމުގެ ހުއްދައެއް ހަމަ އެކަކަށްވެސް އެދުވަހުން މިލްކުވެގެން ނުވެއެވެ.

Verse 38

يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَـٰٓئِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَقَالَ صَوَابًا

Transliteration yawma yaqūmu l-rūḥu wal-malāikatu ṣaffan lā yatakallamūna illā man adhina lahu l-raḥmānu waqāla ṣawāban

Dhivehi އެދުވަހަކީ- އެބަހީ قياَمة ދުވަހަކީ رُوح އާއި މަލާއިކަތް ބޭކަލުން ސަފަކަށް ތެދުވެވަޑައިގަންނަވާނެ ދުވަހެވެ. އެދުވަހުން އެމީހަކު ވާހަކަދެއްކުމަށް، ބަހެއްދެންނެވުމަށް، (އެބަހީ (شَفَاعَة ތެރިވެވަޑައިގަތުމަށް) رَحمن ވަންތަ ކަލާނގެ އިޒުނަ ދެއްވި މީހަކު މެނުވީ އެކަކުވެސް ބަހެއް ބުނެ ވާހަކަދައްކާ ނުހަދާނެއެވެ. އަދި އެ އިޒުނަ ދެއްވޭމީހަކީ އެމީހާ ދުނިޔޭގައި އުޅުނުއިރު ސީދާ ބަސްބުނިމީހަކުކަމުގައިވާނެއެވެ. އެބަހީ تَوحيد އަށް ހެކިވިމީހަކު ކަމުގައި ވާނެއެވެ. (އެނޫން މީހަކަށް شَفَاعَة ތެރިވެވަޑައިގަތުމުގެ އިޒުނަ އެދުވަހުންނޯންނާނެއެވެ.)\nދަންނައެވެ. މިއާޔަތުގައި ބަޔާންވެގެންމިވާ رُوح އަކާއިމެދު مُفَسِّر ންގެ ބަސް ތަފާތުވެގެންވެއެވެ. އެއީ ހައިބަބޮޑު މަލާއިކަތް ބޭކަލަކުކަމުގައި ބުނެވެއެވެ. އަދި އެއީ جِبريل ކަމުގައި ބުނެވެއެވެ. އަދި އެއީ آدم ގެ ދަރިންގެ ފުރާނަތަށް ކަމުގައި ބުނެވެއެވެ. ވީމާ މިވާހަކަ ހަނދާންކޮށްދިނީއެވެ.

Verse 39

ذَٰلِكَ ٱلْيَوْمُ ٱلْحَقُّ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا

Transliteration dhālika l-yawmu l-ḥaqu faman shāa ittakhadha ilā rabbihi maāban

Dhivehi އެދުވަހަކީ ޙައްޤު ވެގެންވާ ދުވަހެވެ. ދެންފަހެ އެމީހާގެ رَبُّ ގެ حَضْرَة އަށް ދިއުމަށް އަދި އެކަލާނގެ حَضْرَة ން ރަނގަޅު ޖާގައެއް ހޯދަންއެދޭމީހާ (صالح عمل ކޮށްގެން) އެ މަޤާމު ހޯދާ ހުށިކަމެވެ.

Verse 40

إِنَّآ أَنذَرْنَـٰكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَـٰلَيْتَنِى كُنتُ تُرَٰبًۢا

Transliteration innā andharnākum ʿadhāban qarīban yawma yanẓuru l-maru mā qaddamat yadāhu wayaqūlu l-kāfiru yālaytanī kuntu turāban

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް اِنذار ކޮށް މިބިރުގަންނަވަނީ ދާދިގާތުގައިވާ عذاب އެއްގެ ވާހަކައިންނެވެ. (އެ عذاب ގައި ނުޖެހުމަށްޓަކައެވެ. ކޮންމެ މީހަކުވެސް މަރުވުމުން އެކަން ފެށުނީއެވެ. އެހެންޏާ عذاب އެވެ. އެހެންޏާ އަރާމެވެ.) ފަހެ އެ قياَمة ދުވަހަކީ ކޮންމެ އިންސާނަކަށްވެސް އެމީހާ ދެއަތް އިސްކުރިކަމެއް (އެބަހީ އެމީހާ ކޮށްފައިވާ عملއެއް ހެވަސް ނުބަޔަސް) އެމީހާގެ ކުރިމަށްޗަށް އަންނާނޭދުވަހެވެ. އެ عمل ތަކަށް އޭނާ ބަލާނެއެވެ. އަދި ކާފަރުމީހާ އޭނާއަށް ހުރި عذاب އާއި ނުރައްކާ ބޮޑުކަމުން އޭނާ ބުނާނެއެވެ. އަހުރެން ވެއްޔަށް ވީނަމަ ކިހާރަނގަޅު ހެއްޔެވެ. އަހުރެން ވެއްޔަށް ވާނެނަމައެވެ.\nދަންނައެވެ. قياَمة ދުވަހުން ﷲ تَعالى އެންމެހާ ޖަނަވާރު ތަކެއްގެ މެދުގައިވެސް عدل އަށް ނިޔާކުރައްވައި އެސޮރުމެން ވެއްޔަށް ހައްދަވާނެކަމުގައި ވެއެވެ. އެތަންދެކެފައި ކާފަރު މީހާވެސް ވެއްޔަށް ވާން އެދޭނެކަމުގައި ވެއެވެ. وَاللهُ أعْلَم.

Read Surah An-Naba in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.