Surah Al-Qiyamah in Dhivehi: translation and audio
Surah 75 · القيامة · The Resurrection · 40 verses
Surah Al-Qiyamah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Qiyamah word by word in English.
Verse 1
لَآ أُقْسِمُ بِيَوْمِ ٱلْقِيَـٰمَةِ
Transliteration lā uq'simu biyawmi l-qiyāmati
Dhivehi قِيَامة ދުވަސް ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި ވަޙީ ކުރައްވައެވެ.
Verse 2
وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ
Transliteration walā uq'simu bil-nafsi l-lawāmati
Dhivehi އަދި މަލާމާތްކުރާ (ނުވަތަ މަލާމާތް ލިބިގެންވާ) ނަފްސު ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި ވަޙީ ކުރައްވަމެވެ.
Verse 3
أَيَحْسَبُ ٱلْإِنسَـٰنُ أَلَّن نَّجْمَعَ عِظَامَهُۥ
Transliteration ayaḥsabu l-insānu allan najmaʿa ʿiẓāmahu
Dhivehi އިންސާނާގެ ކަށިތަށް ތިމަންރަސްކަލާނގެ (ޤިޔާމަތް ދުވަހުން) ޖަމަޢަ ނުކުރައްވާނޭކަމަށް އޭނާ ހީކުރަނީ ހެއްޔެވެ؟ (ނުވަތަ އެކަށިތަށް ޖަމަޢަ ކުރަން ތިމަންރަސްކަލާނގެއަށް ކުޅަދާނަ ވެގެން ނުވާނޭ ކަމަށް އޭނާ ހީކުރަނީ ހެއްޔެވެ؟)
Verse 4
بَلَىٰ قَـٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ
Transliteration balā qādirīna ʿalā an nusawwiya banānahu
Dhivehi އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އަދި ކިޔެއްހެއްޔެވެ؟ އޭނާގެ އިނގިލިތައް ޖަމަލާއި ޙިމާރުގެ މޮށްގަނޑު ފަދައިން އިނގިލިތައް ވަކިނުވާގޮތަށް އެކަތިގަނޑަކަށް ހައްދަވައިލުމަށްވެސް ތިމަންރަސްކަލާނގެއަށް ކުޅަދާނަވެގެންވެއެވެ. (އަދި އެހެން ހެއްދެވިނަމަ އިނގިލިތަކުން ކުރާ ކުދިކަވިމަސައްކަތްތައް ނުކުރެވުނީހެވެ.) އަދިކިއެއްތޯއެވެ؟ އޭނާގެ އިނގިލިތަކުގެ ކޮޅުތައްވެސް ބަރާބަރުކޮށް ހަމަހަމަކޮށްލުމަށްވެސް ކުޅަދުންވަންތަވެވޮޑިގެންވަމެވެ. ފަހެ އިސްވެދިޔައެއްވެސް މިސާލަކާއިނުލައި އެހާފުރިހަމަކޮށް އެހާރީތިކޮށް އިނގިލިތައްވެސް ހެއްދެވި ﷲ އަށް ދެވަނަފަހަރު އެކަށިކޮޅުތައް އަނބުރާ އިޢާދަ ކުރެއްވުން ދަތި ނުވާނޭކަން ސަލާމަތުންހުރި ކޮންމެ ބުއްދިއަކަށް އެނގޭނެއެވެ.
Verse 5
بَلْ يُرِيدُ ٱلْإِنسَـٰنُ لِيَفْجُرَ أَمَامَهُۥ
Transliteration bal yurīdu l-insānu liyafjura amāmahu
Dhivehi އަދިކިއެއްތޯއެވެ؟ އިންސާނާއެދެނީ އޭނާގެ ޢުމުރުގައި ބާކީއޮތްތާގައިވެސް ފާފަކުރުމަށެވެ. ތައުބާވުން ލަސްކުރުމަށެވެ.
Verse 6
يَسْـَٔلُ أَيَّانَ يَوْمُ ٱلْقِيَـٰمَةِ
Transliteration yasalu ayyāna yawmu l-qiyāmati
Dhivehi އަދިމަލާމާތުގެގޮތުން އޭނާއަހައި ސުވާލުކުރެއެވެ. ޤިޔާމަތްދުވަސްދެން އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ (މިސުވާލުގެ ޖަވާބު އެކަލާނގެ ދެއްވަނީ މިފަދައިންނެވެ.)
Verse 7
فَإِذَا بَرِقَ ٱلْبَصَرُ
Transliteration fa-idhā bariqa l-baṣaru
Dhivehi އެއީ ސިހިގެންގޮސް ކަންބޮޑުވެ ލޯތައް ޙައިރާން ވެއްޖެއްޔާއެވެ.
Verse 8
وَخَسَفَ ٱلْقَمَرُ
Transliteration wakhasafa l-qamaru
Dhivehi އަދި ހަނދުގެ އަލިކަންގޮސް ކޭތަހިފައިފިއްޔާއެވެ.
Verse 9
وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ
Transliteration wajumiʿa l-shamsu wal-qamaru
Dhivehi އަދި އިރާއި ހަނދު އެއްވެ ޖަމާވެއްޖެއްޔާއެވެ.
Verse 10
يَقُولُ ٱلْإِنسَـٰنُ يَوْمَئِذٍ أَيْنَ ٱلْمَفَرُّ
Transliteration yaqūlu l-insānu yawma-idhin ayna l-mafaru
Dhivehi އަދި އިންސާނާ އެދުވަހުންބުނާނެއެވެ. ސަލާމަތްވާން ފިލަންދާނެ ތަނަކީ ކޮބައިބާވައެވެ؟ (ދަންނައެވެ. މިއީ ހައްތާވެސް ޤިޔާމަތްވާވަޤުތު ހާމަވާނެ އެކިއެކި ކަންކަމެވެ.)
Verse 11
كَلَّا لَا وَزَرَ
Transliteration kallā lā wazara
Dhivehi އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެދުވަހުން އޭނާ ސަލާމަތްވާންދާނެ އެއްވެސްއެހެންތަނެއްނުވާވާނެއެވެ.
Verse 12
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمُسْتَقَرُّ
Transliteration ilā rabbika yawma-idhin l-mus'taqaru
Dhivehi ހަމައެކަނި ޤަރާރުވެ ހަމަޖެހޭނެތަނަކީ ކަލޭގެފާނުންގެ رَبُّ ގެ حَضْرَة އެވެ. އެހެންތަނެއް އެދުވަހަކުންނުވެއެވެ.
Verse 13
يُنَبَّؤُا۟ ٱلْإِنسَـٰنُ يَوْمَئِذٍۭ بِمَا قَدَّمَ وَأَخَّرَ
Transliteration yunabba-u l-insānu yawma-idhin bimā qaddama wa-akhara
Dhivehi އަދި އެދުވަހުން އެއިންސާނާއަށް އޭނާ އިސްކުރި ކަމަކާއި ފަސްކުރި ކަމެއްގެ خبر އެންގޭނެއެވެ. އޭނާ ކުރި ހެޔޮ ކަމަކާއި އަދި ކުރި ނުބައި ކަމެއް ސާފުކޮށް އެންގެވޭނެއެވެ.
Verse 14
بَلِ ٱلْإِنسَـٰنُ عَلَىٰ نَفْسِهِۦ بَصِيرَةٌ
Transliteration bali l-insānu ʿalā nafsihi baṣīratun
Dhivehi އަދި ކިއެއްހެއްޔެވެ؟ خُود އިންސާނާއީ އޭނާގެ نفس ގެމައްޗަށްވާ ދަލީލެކެވެ. ހެކިދޭނޭހެކިވެރިއެކެވެ. (އެބަހީ އިންސާނާގެ ހަށިގަނޑުގެ ގުނަވަންތައް އެދުވަހުން އޭނާ إقرار ވިޔަސް އަދި ނުވަތަ ނުވިޔަސް ހުރިހާ ކަމަކަށް ސާފުކޮށް ހެކިދޭނެއެވެ.)
Verse 15
وَلَوْ أَلْقَىٰ مَعَاذِيرَهُۥ
Transliteration walaw alqā maʿādhīrahu
Dhivehi އަދި (އެކަމާމެދު) އޭނާ ކިތައްމެ عذر ދެއްކިނަމަވެސްމެއެވެ. (އެބަހީ އެއިންސާނާ ކިތައްމެ ވަރަކަށް އިންކާރުކޮށް عذر ތައްދެއްކި ނަމަވެސް އޭނާގެ ހަށިގަނޑުގެ ގުނަވަންތައް އޭނާ ކުރި عمل ތަކަށް ހެކިދޭނެއެވެ.)
Verse 16
لَا تُحَرِّكْ بِهِۦ لِسَانَكَ لِتَعْجَلَ بِهِۦٓ
Transliteration lā tuḥarrik bihi lisānaka litaʿjala bihi
Dhivehi (އޭ رسول الله އެވެ!) ވަޙީ ބާވާތް ލެއްވޭވަޤުތު ހަނދުމަފުޅު ނެތިދާނެކަމަށް (އަވަސް އަވަހަށް ދަސްފުޅުކުރެއްވުމަށް) ކަލޭގެފާނުންގެ ދޫފުޅު ޙަރަކާތް ނުކުރައްވާށެވެ!
Verse 17
إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ
Transliteration inna ʿalaynā jamʿahu waqur'ānahu
Dhivehi ހަމަކަށަވަރުން ކަލޭގެފާނުންގެ ހިތްޕުޅުގައި އެ قُرْآن ޖަމާކޮށްދެއްވުމާއި އަދިކަލޭގެފާނުންގެ ހިތްޕުޅުގައި قُرْآن ސާބިތު ކޮށްދެއްވުމަކީ ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.
Verse 18
فَإِذَا قَرَأْنَـٰهُ فَٱتَّبِعْ قُرْءَانَهُۥ
Transliteration fa-idhā qaranāhu fa-ittabiʿ qur'ānahu
Dhivehi ފަހެ جِبْرِيْل عليه السلام ގެދޫފުޅުން ތިމަންރަސްކަލާނގެ قُرْآن ގެބަސްފުޅު ބާވައިލައްވައިފިއްޔާ ފަހެ އެ قُرْآن އާއި ތަބަޢަ ވެވަޑައިގަންނަވާށެވެ. (އެގޮތަށް ކިޔަވާ ވިދާޅުވާށެވެ.)
Verse 19
ثُمَّ إِنَّ عَلَيْنَا بَيَانَهُۥ
Transliteration thumma inna ʿalaynā bayānahu
Dhivehi ދެން އެ قُرْآن شَرَح ކޮށްދެއްވައި تَفْسِيْرُ ކޮށްދެއްވުމަކީ ހަމަ ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.
Verse 20
كَلَّا بَلْ تُحِبُّونَ ٱلْعَاجِلَةَ
Transliteration kallā bal tuḥibbūna l-ʿājilata
Dhivehi ކަންތައްހުރީ ކަލޭމެން ތިޔަހީކުރާގޮތަކަށްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން މިއަވަސްވެގެންވާ ދުނިޔެއަށް ލޯބިކުރަނީއެވެ.
Verse 21
وَتَذَرُونَ ٱلْـَٔاخِرَةَ
Transliteration watadharūna l-ākhirata
Dhivehi އަދި ކަލޭމެން آخِرَة ދޫކުރަނީއެވެ.
Verse 22
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
Transliteration wujūhun yawma-idhin nāḍiratun
Dhivehi އަދި އެދުވަހުން ބައެއް މޫނުވާހުށީ އަލިވެ އުޖާލާވެ ތާޒާވެގެންނެވެ. (އެއީ މުއުމިނުންގެ މޫނުތަކެވެ.)
Verse 23
إِلَىٰ رَبِّهَا نَاظِرَةٌ
Transliteration ilā rabbihā nāẓiratun
Dhivehi އަދި އެމޫނުތަކުގެވެރިން ތިބޭނީ އެބައިމީހުންގެ رَبُّ ގެމާތް وَجْهُ ފުޅަށް ބަލަބަލައެވެ.
Verse 24
وَوُجُوهٌ يَوْمَئِذٍۭ بَاسِرَةٌ
Transliteration wawujūhun yawma-idhin bāsiratun
Dhivehi އަދި އެދުވަހުން ބައެއްމޫނުތައް ވާހުށީ ހަޑިވެ ހުތުރުވެގެންނެވެ.
Verse 25
تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ
Transliteration taẓunnu an yuf'ʿala bihā fāqiratun
Dhivehi އަދި އެމޫނުތަކުގެ ވެރިންނަށް ތިމާމެން ނަރަކައަށް ދާންޖެހޭނެކަން ޔަޤީންވާނެއެވެ. އަދި ބުރިކަށިތައް ބިދޭވަރުގެ ބުރަ އެބަހީ ކެތްނުކުރެވޭފަދަ ކެކުޅުމާ ކުރިމަތިލާންޖެހޭނެކަން އެނގޭނެއެވެ.
Verse 26
كَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ
Transliteration kallā idhā balaghati l-tarāqiya
Dhivehi އެއްގޮތަކަށްވެސް އެކާފަރު އިންސާނާ ހީކުރާގޮތަކަށް ނުވާނެއެވެ. މަރުވުމަށްފަހު مَحْشَرُ އަށްފޮނުވޭނެއެވެ. ޙިސާބު ބެއްލެވޭނެއެވެ. ފުރިހަމަ ޖަޒާދެއްވޭނެއެވެ. ފުރާނަ ނުވަތަ ނަފުސު ލަގޮނޑިވަޅުގެ ކަށިގަނޑާއި ހަމައަށް އަރައްޖެއްޔާއި އެބަހީ މަރަށްތައްޔާރުވެ ފުރާނަ ނުކުންނަން ގާތްވެއްޖެއްޔާ ދެންބުނެވޭނެއެވެ.
Verse 27
وَقِيلَ مَنْ ۜ رَاقٍ
Transliteration waqīla man rāqin
Dhivehi އެވަގުތު މަރަށް حَاضِرُ ވިމީހާގެ ކައިރީގައި ތިބިމީހުންކުރެ މީހަކުބުނާނެއެވެ. ފަންޑިތައެއްހަދާނީ ކާކުބާވައެވެ؟
Verse 28
وَظَنَّ أَنَّهُ ٱلْفِرَاقُ
Transliteration waẓanna annahu l-firāqu
Dhivehi އަދި އެވަގުތު މަރަށް حَاضِرُ ވިމީހާއަށް ތިމާދެން ދުނިޔެއިން ވަކިވަނީކަން ޔަޤީންވާނެއެވެ.
Verse 29
وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ
Transliteration wal-tafati l-sāqu bil-sāqi
Dhivehi އަދި އޭނާގެ އެއްކަށިމަތި އަނެއްކަށިމަތީ ގައި ކާތާނެއެވެ. ނުވަތަ ދުނިޔޭގެ ޙަޔާތާއި ވަކިވެ آخِرَةُ ގެ އުދަގޫތަކާއި ކުރިމަތި ލައިފާނެއެވެ. ނޯޓު: މިއާޔަތްތަކުގެ މާނަތައް އެތައް ގޮތްގޮތްކަށް ލިޔެވިގެންވެއެވެ. އަޅުގަޑު ލިޔެފައިމިވަނީ އޭގެތެރެއިން އެއްގޮތެވެ.
Verse 30
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ
Transliteration ilā rabbika yawma-idhin l-masāqu
Dhivehi (އޭ رَسُولُ الله އެވެ!) قِيَامَة ދުވަހުން ފުރާނަތައް ގެންދެވުންވަނީ ކަލޭގެފާނުންގެ رَبُّ ގެ حَضْرَةُ އަށެވެ.
Verse 31
فَلَا صَدَّقَ وَلَا صَلَّىٰ
Transliteration falā ṣaddaqa walā ṣallā
Dhivehi ފަހެ އޭނާ އެބަހީ -ކާފަރު އިންސާނާ- އީމާނެއްނުވެއެވެ. އަދި އޭނާ ނަމާދެއްނުކުރެއެވެ.
Verse 32
وَلَـٰكِن كَذَّبَ وَتَوَلَّىٰ
Transliteration walākin kadhaba watawallā
Dhivehi އަދި ކިއެއްހެއްޔެވެ؟ އޭނާ قُرْآن ދޮގުކުރީއެވެ. އަދި އެނާ އީމާންކަމަށް ފުރަގަސް ދިނީއެވެ.
Verse 33
ثُمَّ ذَهَبَ إِلَىٰٓ أَهْلِهِۦ يَتَمَطَّىٰٓ
Transliteration thumma dhahaba ilā ahlihi yatamaṭṭā
Dhivehi ދެން އަދި އޭނާ އޭނަގެ އަހުލުވެރިންގެގާތަށް ދިޔައީ ބޮޑާވެ ކިބުރުވެރިވެގެންނެވެ. فَخْرُ ވެރިވެ މަތިހަށިނަގައިގެންވާ ޙާލުގައެވެ. (އޭނާއަށް ބުނެވޭނެއެވެ.)
Verse 34
أَوْلَىٰ لَكَ فَأَوْلَىٰ
Transliteration awlā laka fa-awlā
Dhivehi ކަލެއަށް ހަލާކު ހުއްޓެވެ. ފަހެ ހަލާކު ހުއްޓެވެ.
Verse 35
ثُمَّ أَوْلَىٰ لَكَ فَأَوْلَىٰٓ
Transliteration thumma awlā laka fa-awlā
Dhivehi ދެންވެސް ކަލެއަށް ހަލާކު ހުއްޓެވެ. ފަހެ ހަލާކު ހުއްޓެވެ.
Verse 36
أَيَحْسَبُ ٱلْإِنسَـٰنُ أَن يُتْرَكَ سُدًى
Transliteration ayaḥsabu l-insānu an yut'raka sudan
Dhivehi އަދިއެއިންސާނާ ހީކުރަނީ (އޭނާއަށް އެއްވެސް އަމުރެއްނުވެވި ނަހީއެއްނުވެވި ހިސާބެއްނުބެލެވި އަދި ޖަޒާއެއްވެސް ނުދެވި) ހަމަސޮކަށް އޭނާ ދޫކޮށްލެވިފައިވަނީ ކަމަށް ހެއްޔެވެ؟ (އެހެންނުވާނެއެވެ. ހިސާބުބެއްލެވޭނެއެވެ. ޖަޒާވެސް ދެއްވޭނެއެވެ.) ދަންނައެވެ. މިއާޔަތްތަކުގައި ސިފަވެގެންމިދާމީހަކީ أَبُو جَهْل ކަމުގައި تَفْسِيْرُ عِلم ގެ أَهْلُ ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެފައިވެއެވެ. ނުވަތައެއީ އެބާވަތުގެ ކޮންމެމީހެކެވެ.
Verse 37
أَلَمْ يَكُ نُطْفَةً مِّن مَّنِىٍّ يُمْنَىٰ
Transliteration alam yaku nuṭ'fatan min maniyyin yum'nā
Dhivehi އޭނާ އެއީ އޮހިގެންއައި نُطْفَة އެއްކަމުގައި ނުވޭހެއްޔެވެ؟
Verse 38
ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ
Transliteration thumma kāna ʿalaqatan fakhalaqa fasawwā
Dhivehi ދެން އޭނާވީ ގަނޑުލެއިކޮޅެއްކަމުގައެވެ. ދެން އެކަލާނގެ އޭނާ ހައްދަވައި ފުރިހަމަކުރެއްވިއެވެ.
Verse 39
فَجَعَلَ مِنْهُ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰٓ
Transliteration fajaʿala min'hu l-zawjayni l-dhakara wal-unthā
Dhivehi އަދި އެއިންސާނާގެ ކިބައިން ފިރިހެން އަންހެންޖޯޑު އެކަލާނގެ ލެއްވިއެވެ.
Verse 40
أَلَيْسَ ذَٰلِكَ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ
Transliteration alaysa dhālika biqādirin ʿalā an yuḥ'yiya l-mawtā
Dhivehi މިއެންމެހައި ކަންތައްތައްމިހާފުރިހަމަކޮށް ހައްދަވާ މަތިވެރި ﷲ އަށް މީސްތަކުންނާއި އަދި މަރުވެގޮސްފައިވާތަކެތި އަލުންހެއްދެވުމަށް ކުޅަދުންވަންތަވެވޮޑިގެންވާކަލަކު ކަމުގައި ނުވާނޭހެއްޔެވެ؟؟؟ (ވާނެކަން ކަށަވަރެވެ.)
Read Surah Al-Qiyamah in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.