MyDugsiStart learning

Surah Al-Humazah in Dhivehi: translation and audio

Surah 104 · الهمزة · The Traducer · 9 verses

Surah Al-Humazah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Humazah word by word in English.

Verse 1

وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ

Transliteration waylun likulli humazatin lumazatin

Dhivehi މީހުނގެ މޫނުމަތީގައްޔާއި ކުރިމަތީގައްޔާ އަދި ފުރަގަހުން މީހުންނަށް غِيْبَ ކިޔާ ކޮންމެމީހަކަށް وَيْلُ ހުއްޓެވެ. އެއީގަދަވެގެންވާ ޢަޒާބެވެ. ނަރަކައިގެ ވަކިވާދީއެކެވެ.

Verse 2

ٱلَّذِى جَمَعَ مَالًا وَعَدَّدَهُۥ

Transliteration alladhī jamaʿa mālan waʿaddadahu

Dhivehi އެމީހާމުދާ ޖަމާކޮށް ޢަދަދުކޮށް ހަދައެވެ.

Verse 3

يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ

Transliteration yaḥsabu anna mālahu akhladahu

Dhivehi އަދިއޭނާ ހީކުރަނީ އެމުދާ އޭނަމަރުވިޔަނުދީ ދުނިޔޭގައި ދާއިމީގޮތެއްގައި ބަހައްޓާނެކަމަށެވެ. (އެފަދަމީހުން މީހުންނަށް މަލާމާތްކޮށް غِيْبَ ކިޔައި ހަދަނީ މުދާގިކަމުން އެކަމުގެ فَخْرُ ގައެވެ. އޭނާހީކުރަނީ މުދާ އެނާ ހިފަހައްޓާނެކަމަށެވެ. މިއީ މިބާވަތުގެ ކޮމެމީހެއްގެ ލަފައެވެ.)

Verse 4

كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ

Transliteration kallā layunbadhanna fī l-ḥuṭamati

Dhivehi އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ޤިޔާމަތްދުވަހުން އެފަދަމީހުން حُطَمةَ އެވެކިޔޭ ނަރަކައަށް އެއްލައިލެވޭނެއެވެ. (حُطَمةَ އަކީ އެތާގެހޫނުގަދަކަމުން އެއަށްލެވޭކޮންމެއެއްޗެއް ހަލާކުކޮށް ކުދިކުދި ކޮށްލާތަނެކެވެ)

Verse 5

وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ

Transliteration wamā adrāka mā l-ḥuṭamatu

Dhivehi އަދި حُطَمةَ އެއީ ކޮންއެއްޗެއްކަން ކަލޭގެފާށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ އެއީ ކޮންފަދަ ނުރައްކާ ތަނެއްހެއްޔެވެ؟

Verse 6

نَارُ ٱللَّهِ ٱلْمُوقَدَةُ

Transliteration nāru l-lahi l-mūqadatu

Dhivehi އެއީ ﷲ ގެ އަލިފާނެވެ. - (ﷲ އަށް އެއަލިފާން ނިސްބަތްކުރުމަކީ އޭގައިހޫނުގަދަވާނެކަމުގެ ދަލީލެވެ.)

Verse 7

ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ

Transliteration allatī taṭṭaliʿu ʿalā l-afidati

Dhivehi އެއަލިފާން ހިތްތަކަށްފޯރާނެއެވެ. (އޭރުން އޭގެވޭނާއި ކެކުޅުން ޙިޔާލުވެސް ނުކުރެވޭހާ ގަދަވާނެއެވެ.)

Verse 8

إِنَّهَا عَلَيْهِم مُّؤْصَدَةٌ

Transliteration innahā ʿalayhim mu'ṣadatun

Dhivehi އެމީހުން އެތަނުން ނުނުކުމެވޭގޮތަށް އެތަން ބަންދު ކުރެވިގެންވެއެވެ.

Verse 9

فِى عَمَدٍ مُّمَدَّدَةٍۭ

Transliteration fī ʿamadin mumaddadatin

Dhivehi ދެމިގެންވާ ތަނބުތަކެއްގައި ވަރުގަދައަކަށް އެމީހުން ބަނދެވިގެންވާނެއެވެ.

Read Surah Al-Humazah in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.