Surah Al-A'la in Dhivehi: translation and audio
Surah 87 · الأعلى · The Most High · 19 verses
Surah Al-A'la verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-A'la word by word in English.
Verse 1
سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى
Transliteration sabbiḥi is'ma rabbika l-aʿlā
Dhivehi (އޭ رَسُول الله އެވެ!) ކަލޭގެފާނު ހައްދަވާ ބޮޑުކުރައްވާ އަދި މަތިވެރިވެގެންވާ ކަލާނގެ ނަންފުޅު (އެކަލާނގެ ޒާތުފުޅު) އެކަލާނގެ ޒާތުފުޅާ އެކަށީގެންނުވާ އެންމެހާ ޢައިބާއި އުނިކަމަކުން طَاهر ކުރައްވައި تقديس ކުރަށްވާށެވެ. (އެބަހީ سبحَان ربِّىَ الأَعْلى) މިފައިން ކިޔާށެވެ. ނުވަތަ އެކަލާނގެ ނަންފުޅު ޛިކުރުކޮށް ހަނދާންކުރާއިރު މަޑުމޮޅިވެ خُشُوع ވާށެވެ. އެނަންފުޅަށް އިޙްތިރާމް ކުރާށެވެ.\n• ދަންނައެވެ. މިއާޔަތް ބާވައިލެއްވުމުން رسول الله ﷺ حديث ކުރެއްވިއެވެ. އެތަން ތިޔަބައިމީހުންގެ ސަޖިދައަށް ލާށެވެ. އެބަހީ ސަޖިދައިގައި سبحَان ربِّىَ الأَعْلى މިހެން ކިޔާށެވެ. = فتح القدير =
Verse 2
ٱلَّذِى خَلَقَ فَسَوَّىٰ
Transliteration alladhī khalaqa fasawwā
Dhivehi އެކަލާނގެއީ އިންސާނާ ފުރިހަމަކޮށް ސީދާކޮށްހައްދަވައި އޭނާގެވިސްނުންވެސް ބަރާބަރު ކުރެއްވި ކަލާނގެއެވެ. އަދި ޚަލްޤުތަކުން ހައްދަވައި ބަރާބަރު ކުރެއްވި ކަލާނގެއެވެ.
Verse 3
وَٱلَّذِى قَدَّرَ فَهَدَىٰ
Transliteration wa-alladhī qaddara fahadā
Dhivehi އަދި އެކަލާނގެއީ އެންމެހައިތަކެތީގެ ޖިންސްތަކާއި ސިފަތަކާއި ވައްތަރުތަކާއި ކަންތައްތަކާއި ބަސްތަކާއި އަދި އެންމެހައި ތަކެތީގެ އަޖަލުވެސް މިންވަރު ކުރަށްވައި އަދި އެންމެހައި ތަކެއްޗަށް އެތަކެތީގެ އަމިއްލަ ބޭނުންތައް ފުއްދުމުގެ މަގުވެސް ދައްކަވައިދެއްވި ކަލާނގެއެވެ.
Verse 4
وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ
Transliteration wa-alladhī akhraja l-marʿā
Dhivehi އަދި އެކަލާނގެއީ ބިމުން ތަރޯ ތާޒާ ރޯ ވިނަ ނެރުއްވި ކަލާނގެއެވެ.
Verse 5
فَجَعَلَهُۥ غُثَآءً أَحْوَىٰ
Transliteration fajaʿalahu ghuthāan aḥwā
Dhivehi ދެން އަދި އެވިނަ ވަޔަށްބުރައިގެންދާފަދަ ލުއިލުއި ކަޅުއެއްޗަކަށް އެކަލާނގެ ލެއްވިއެވެ. އެވިނަ ގިނަދުވަސްވެ ހިކި ކަޅުވެ ވަޔަށް ބުރައިގެންދާފަދައަކުންވެސް ހެއްދެވިއެވެ.
Verse 6
سَنُقْرِئُكَ فَلَا تَنسَىٰٓ
Transliteration sanuq'ri-uka falā tansā
Dhivehi އޭ (رَسُول الله އެވެ!) ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ކިޔަވިދެއްވާ ހުށީމެވެ. އެބަހީ ޤުރްއާން ހަދުމަފުޅު ނުނެތޭނެގޮތް ހައްދަވައި ދެއްވާ ހުށީމެވެ. އޭރުން ދެން ހަނދުމަފުޅު ނުނެތޭނެއެވެ.
Verse 7
إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ
Transliteration illā mā shāa l-lahu innahu yaʿlamu l-jahra wamā yakhfā
Dhivehi އެކަމަކު ހަނދުމަފުޅު ނެތޭނީ ހަނދުމަފުޅުނެތުމަށް އެކަލާނގެ އިރާދަކުރެއްވި އެއްޗެކެވެ. ހަމަކަށަވަރުން ބޭރު ފުށަށް ފާޅުވާ ތަކެއްޗާއި އަދި ވަންހަނާގައި ވާ ތަކެތިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.
Verse 8
وَنُيَسِّرُكَ لِلْيُسْرَىٰ
Transliteration wanuyassiruka lil'yus'rā
Dhivehi އަދި ތިމަންރަސްކަލާނގެ ކަލޭގެފާނު ސުވަރުގެއަށް ފަސޭހަކޮށްދެއްވައި ހުށީމެވެ.
Verse 9
فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ
Transliteration fadhakkir in nafaʿati l-dhik'rā
Dhivehi (އޭ رَسُول الله އެވެ!) وَعظ އާއި ނަސޭޙަތުން މަންފާ ކުރާނެކަމަށް ވަންޏާ ކަލޭގެފާނު މީސްތަކުންނަށް وَعظ އާއި ނަސޭޙަތް ދެއްވާށެވެ.
Verse 10
سَيَذَّكَّرُ مَن يَخْشَىٰ
Transliteration sayadhakkaru man yakhshā
Dhivehi (އޭ رَسُول الله އެވެ!) ﷲ އަށް ބިރުވެތިވާމީހަކުވިއްޔާ ކަލޭގެފާނުންގެ وَعظ އާއި ނަސޭޙަތް ލިބިގަންނާނެއެވެ. އަދިއެއިން އޭނާއަށް މަންފާކުރާނެއެވެ.
Verse 11
وَيَتَجَنَّبُهَا ٱلْأَشْقَى
Transliteration wayatajannabuhā l-ashqā
Dhivehi އަދި ކަލޭގެފާނުންގެ وَعظ އާއި ނަސޭޙަތުން ދުރުވެގަންނާނީ އަބާއްޖަވެރިއެކެވެ.
Verse 12
ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ
Transliteration alladhī yaṣlā l-nāra l-kub'rā
Dhivehi އެމީހާ ޤިޔާމަތްދުވަހުން ބޮޑުވެގެންވާ އަލިފާނަށް ވަންނާނެއެވެ. އެތާއަދާނެއެވެ.
Verse 13
ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ
Transliteration thumma lā yamūtu fīhā walā yaḥyā
Dhivehi ދެން އަދިއެއަލިފާނުގައި އަދާއިރު އޭނާމަރުވެސްނުވާނެއެވެ. އަދި ނުދިރޭނެއެވެ. އެބަހީ ދިރިހުރުމުން ކުރާ އެއްވެސްފައިދާއެއްނުކުރާނެއެވެ. ޢަޒާބުގައި ތެޅިފޮޅޭނީއެވެ.
Verse 14
قَدْ أَفْلَحَ مَن تَزَكَّىٰ
Transliteration qad aflaḥa man tazakkā
Dhivehi ،(15) ހަމަކަށަވަރުން ޝިރުކުން طَاهِرُ ވެ الله އަށް އީމާންވެ صَالِحُ عَمَلُ ކޮށް އަދިޒަކާތްދީ އެކަލާނގެ ނަންފުޅުހަދާންކޮށް އެކަލާނގެއަށްޒިކުރުކޮށް އަދި ނަމާދުޤާއިމުކޮށްފި މީހާ ކާމިޔާބުވެއްޖެއެވެ. (މިދެއާޔަތްމިވަނީ މާނައެކުގައެވެ.)
Verse 15
وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ
Transliteration wadhakara is'ma rabbihi faṣallā
Dhivehi ،(15) ހަމަކަށަވަރުން ޝިރުކުން طَاهِرُ ވެ الله އަށް އީމާންވެ صَالِحُ عَمَلُ ކޮށް އަދިޒަކާތްދީ އެކަލާނގެ ނަންފުޅުހަދާންކޮށް އެކަލާނގެއަށްޒިކުރުކޮށް އަދި ނަމާދުޤާއިމުކޮށްފި މީހާ ކާމިޔާބުވެއްޖެއެވެ. (މިދެއާޔަތްމިވަނީ މާނައެކުގައެވެ.)
Verse 16
بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا
Transliteration bal tu'thirūna l-ḥayata l-dun'yā
Dhivehi މިހެން މިކަންކަން ހުރިއިރުވެސް ކަލޭމެން މިކަންކަން ނުކުރެއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ދުނިޔޭގެ ޙަޔާތުގެކަންތައްތައްآخِرَةُ ގެކަންތަކުގެމައްޗަށް އިސްކުރަނީއެވެ. (އެއީ ކޮށްގެންވާނެކަމެއްނޫނެވެ.
Verse 17
وَٱلْـَٔاخِرَةُ خَيْرٌ وَأَبْقَىٰٓ
Transliteration wal-ākhiratu khayrun wa-abqā
Dhivehi އެކަމަކު آخِرَةُ މާހެޔޮވެފައި ދެމިހުރުންބޮޑެވެ.
Verse 18
إِنَّ هَـٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ
Transliteration inna hādhā lafī l-ṣuḥufi l-ūlā
Dhivehi ހަމަކަށަވަރުން މިވާހަކަތަކަކީ (އެބަހީ ޝިރުކުން ސަލާމަތްވެ ހެޔޮޢަމަލުކޮށް الله އަށް ޒިކުރުކޮށް ނަމާދުޤާއިމުކޮށް ހަދާމީހާ ކަމިޔާބުވީވާހަކަ) އެއީ އިސްވެދިޔަ ފަތްފުއްތަކުގައިވެސްވާ ވާހަކަތަކެކެވެ.
Verse 19
صُحُفِ إِبْرَٰهِيمَ وَمُوسَىٰ
Transliteration ṣuḥufi ib'rāhīma wamūsā
Dhivehi އެއީ ސަލާމުލެއްވި إِبْرَاهِيْم ގެފާނަށް ބާވައިލެއްވި ފަތްފުޢްތަކުގައްޔާ އަދި ސަލާމުލެއްވި مُوسى ގެފާނަށްބާވައިލެއްވި ފަތްފުއްތަކުގައިވެސް މިވާހަތައްވާނެއެވެ.
Read Surah Al-A'la in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.