Surah Ash-Shu'ara in Dhivehi: translation and audio
Surah 26 · الشعراء · The Poets · 227 verses
Surah Ash-Shu'ara verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Ash-Shu'ara word by word in English.
Verse 1
طسٓمٓ
Transliteration tta-seen-meem
Dhivehi طسم މިއަކުރުތަކަކީ މިބާވަތުގެ އެހެނިހެން އަކުރުތަކެކޭ އެއްފަދައިން އޭގެ މާނަ އަދި އެއިން އެދެވޭ مُرَاد އެއް ހަމައެކަނި ﷲ ގެ ދެނެވޮޑިގަތުމަށްخَاصَّ ވެގެންވާ އަކުރުތަކެކެވެ.
Verse 2
تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ
Transliteration til'ka āyātu l-kitābi l-mubīni
Dhivehi މިއީ بيَان ކުރައްވާ ފޮތުގެ އާޔަތްތަކެވެ. (އެބަހީ: އެފޮތަށް ވިސްނާ فكر ކޮށް تَدْبِير ކޮށްފި މީހަކަށް މިފޮތަކީ ގަދަކީރިތިވަންތަ ﷲ ގެ حضرة ން ބާވައިލައްވާފައިވާ ފޮތެއްކަން بيان ކޮށްދޭ ފޮތެކެވެ. محمّد ﷺ އަމިއްލަފުޅަށް ގެންނެވި އެއްޗެއް ނޫންކަން އަންގައިދޭ ފޮތެކެވެ.)
Verse 3
لَعَلَّكَ بَـٰخِعٌ نَّفْسَكَ أَلَّا يَكُونُوا۟ مُؤْمِنِينَ
Transliteration laʿallaka bākhiʿun nafsaka allā yakūnū mu'minīna
Dhivehi (އޭ رسول ﷲ އެވެ.) އެ مشرك ންގެމީހުން إيمان ނުވުމުގެ ސަބަބުން އެކަމާމެދު ދެރަފުޅުވެގެން ކަލޭގެފާނުންގެ نفس ފުޅު ހަލާކުކުރައްވާކަހަލައެވެ. (އެކަމާ ދެރަފުޅުނުވާށެވެ. ކަލޭގެފާނުންގެ واجب އަކީ އިއްވައިދެއްވުމެވެ.)
Verse 4
إِن نَّشَأْ نُنَزِّلْ عَلَيْهِم مِّنَ ٱلسَّمَآءِ ءَايَةً فَظَلَّتْ أَعْنَـٰقُهُمْ لَهَا خَـٰضِعِينَ
Transliteration in nasha nunazzil ʿalayhim mina l-samāi āyatan faẓallat aʿnāquhum lahā khāḍiʿīna
Dhivehi ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އުޑުން معجزة އެއް ބާވައިލެއްވިނަމަ އެމީހުންގެ ކަނދުރާތައް އެއަށް ކިޔަމަންވެ ނިކަމެތިވެއްޖައީހެވެ. ނުވަތަ އެމީހުންކުރެ ބޮޑެތި މީހުން އެ معجزة އަށް ނިކަމެތިވެ ދެރަވެއްޖައީހެވެ. މިބަސްފުޅުގެ މުރާދަކީ ނުރުހިތިބެވެސް އެމީހުން އެ معجزة އަށް ކިޔަމަންވީހެވެ. (ނަމަވެސް އެހެންނުހެއްދެވީ ފައިދާކުރާނެ އީމާންކަމަކީ غَيْبُ ގެކަންކަމަށް إخْتِيَارُ ގައިވާއީމާންކަމަކަށްވާތީއެވެ.)
Verse 5
وَمَا يَأْتِيهِم مِّن ذِكْرٍ مِّنَ ٱلرَّحْمَـٰنِ مُحْدَثٍ إِلَّا كَانُوا۟ عَنْهُ مُعْرِضِينَ
Transliteration wamā yatīhim min dhik'rin mina l-raḥmāni muḥ'dathin illā kānū ʿanhu muʿ'riḍīna
Dhivehi އަދި رحمن ވަންތަ ﷲ ގެ حضرة ން ބާވައިލައްވައިގެން އެއްވެސް نصيحة އެއް - އަދި تَنْبِيْه އެއް އަތުވެއްޖެއްޔާ އެމީހުން އެއަށް ފުރަގަސްދީގެންވާބަޔަކު ކަމުގައިވާ މެނުވީ އެމީހުންގާތަށް ނާދެއެވެ. އެބަހީ: ކޮންމެ نصيحة އެއް ކޮންމެ وعظ އެއް އެމީހުންގާތަށް އައިނަމަވެސް އެމީހުން އެއަށް ފުރަގަސްދެއެވެ.
Verse 6
فَقَدْ كَذَّبُوا۟ فَسَيَأْتِيهِمْ أَنۢبَـٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Transliteration faqad kadhabū fasayatīhim anbāu mā kānū bihi yastahziūna
Dhivehi ފަހެ ހަމަކަށަވަރުން އެމީހުން - އެބަހީ: مشرك ންގެމީހުން - (ﷲ ގެ حضرة ން އެމީހުންގާތަށް އައި ذِكر އާއި نصيحة) އެމީހުން ދޮގުކޮށްފިއެވެ. ދެންފަހެ ނިކަންހުރެ އެމީހުން އެކަމަކާމެދު މަލާމާތްކޮށް ފުރައްސާރަކުރާ ކަމުގައިވި ކަންތަކުގެ (ﷲ ގެ عذاب ގެ) خبر ތައް އެމީހުންގާތަށް އަންނަހުއްޓެވެ.
Verse 7
أَوَلَمْ يَرَوْا۟ إِلَى ٱلْأَرْضِ كَمْ أَنۢبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ
Transliteration awalam yaraw ilā l-arḍi kam anbatnā fīhā min kulli zawjin karīmin
Dhivehi އަދި (آخرة އާއި محشر އަށް ފޮނުއްވުން ދޮގުކުރާ) އެމީހުން ފަހެ ބިންގަނޑު ނުދެކެނީބާވައެވެ؟ ބިމަށްނުބަލަނީބާވައެވެ؟ މާތްވެގެންވާ ގަސްގަހުގެ ކިތައްކިތައް ޖޯޑު ތިމަންރަސްކަލާނގެ އެބިމުގައި ފެޅުއްވީންހެއްޔެވެ؟ އެބަހީ: ވަރަށްގިނަ ގަސް ފެޅުއްވީމެވެ.
Verse 8
إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Transliteration inna fī dhālika laāyatan wamā kāna aktharuhum mu'minīna
Dhivehi ހަމަކަށަވަރުން އެކަންތަކުގައި ކަނޑައެޅި ބަޔާންވެގެންވާ دليل ވެއެވެ. (އެބަހީ: މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި محشرއަށް ފޮނުއްވުމަށް ފުދޭވަރުގެ دليل ވެއެވެ. އެހެނީ މަރުވެފައިވާ ބިމަށް ވާރޭ ވެއްސަވައިގެން ދިރުއްވާ ގަސް ފެޅުއްވި ފަރާތަކަށް މަރުވެފައިވާ މީސްތަކުން ދިރުއްވުމަށް އެއްވެސް އުނދަގުލެއް ނުވާނޭކަން ސަލާމަތް ބުއްދިޔަކަށްވިއްޔާ އެނގޭނެއެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.
Verse 9
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Transliteration wa-inna rabbaka lahuwa l-ʿazīzu l-raḥīmu
Dhivehi އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުންބޮޑުވެގެންވާ ކަލާނގެއެވެ.
Verse 10
وَإِذْ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئْتِ ٱلْقَوْمَ ٱلظَّـٰلِمِينَ
Transliteration wa-idh nādā rabbuka mūsā ani i'ti l-qawma l-ẓālimīna
Dhivehi އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ موسى عليه السّلام އަށް ނިދާއިއްވެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެއީ އަނިޔާވެރި قوم އަށް (رسول ކަމާއިގެން) ވަޑައިގެންނެވުމަށެވެ.
Verse 11
قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ
Transliteration qawma fir'ʿawna alā yattaqūna
Dhivehi އެއީ فرعون ގެ قوم އެވެ. އެމީހުން تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟
Verse 12
قَالَ رَبِّ إِنِّىٓ أَخَافُ أَن يُكَذِّبُونِ
Transliteration qāla rabbi innī akhāfu an yukadhibūni
Dhivehi އެކަލޭގެފާނު يعني: موسى عليه السّلام - ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! އެމީހުން މިއަޅާ ދޮގުކޮށްފާނެތީ މިއަޅާ ބިރުގަންނަމެވެ.
Verse 13
وَيَضِيقُ صَدْرِى وَلَا يَنطَلِقُ لِسَانِى فَأَرْسِلْ إِلَىٰ هَـٰرُونَ
Transliteration wayaḍīqu ṣadrī walā yanṭaliqu lisānī fa-arsil ilā hārūna
Dhivehi (އެމީހުން މިއަޅާ ދޮގުކޮށްފިއްޔާ) މިއަޅާގެ ހިތްދަތިވާނެއެވެ. (އަދި ހިތްދަތިވެއްޖެއްޔާ) މިއަޅާގެ ދޫ ނުހިނގާނެއެވެ. ފަހެ އެހެންވެ މިއަޅާގެ أخ هارون މިއަޅާއާއިއެކު رسول ކަމާއިގެން ފޮނުއްވައިދެއްވާދޭނވެ!
Verse 14
وَلَهُمْ عَلَىَّ ذَنۢبٌ فَأَخَافُ أَن يَقْتُلُونِ
Transliteration walahum ʿalayya dhanbun fa-akhāfu an yaqtulūni
Dhivehi އަދި އެމީހުންގެ نسبة ގައި މިއަޅާގެމައްޗަށްވާ ފާފައެއްވެއެވެ. (އެއީ މިއަޅާ އެމީހުންގެ މީހަކު މަރާފައިވުމެވެ.)
Verse 15
قَالَ كَلَّا ۖ فَٱذْهَبَا بِـَٔايَـٰتِنَآ ۖ إِنَّا مَعَكُم مُّسْتَمِعُونَ
Transliteration qāla kallā fa-idh'habā biāyātinā innā maʿakum mus'tamiʿūna
Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. (فرعون قوم ގެމީހުންނަކަށް ކަލޭގެފާނު ނުމެރޭނެއެވެ.) އަދި ތިމަންރަސްކަލާނގެ دليل ތަކާއި حجّة ތަކާއިގެން ތިޔަދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވަނީ ތިޔަބޭކަލުންނާއިއެކު އައްސަވާވޮޑިގެންވާ ކަލަކުކަމުގައެވެ.
Verse 16
فَأْتِيَا فِرْعَوْنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلْعَـٰلَمِينَ
Transliteration fatiyā fir'ʿawna faqūlā innā rasūlu rabbi l-ʿālamīna
Dhivehi ފަހެ ތިޔައިގެ ދެކަލުން فرعون ކައިރިޔަށް ވަޑައިގަންނަވާށެވެ! އަދި އޭނާގެ ގާތު ތިމަންނާމެންނީ عالم ތަކުގެ ވެރި ربّ ފޮނުއްވި رسول ންނީމުއެވެ. ވިދާޅުވާށެވެ!
Verse 17
أَنْ أَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ
Transliteration an arsil maʿanā banī is'rāīla
Dhivehi އަދި ބަނީއިސްރާއީލުން އަހުރެމެންނާއެކު ފޮނުއްވައިދެއްވާށެވެ!
Verse 18
قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ
Transliteration qāla alam nurabbika fīnā walīdan walabith'ta fīnā min ʿumurika sinīna
Dhivehi އޭނާ يعني: فرعون ވިދާޅުވިއެވެ. (އޭ موسى އެވެ!) ކަލޭ ކުޑަކުއްޖެއްކަމުގައިވީ حال ކަލޭ އަހުރެމެންގެ ތެރޭގައިހުރެ އަހުރެން ކަލޭ تربيّة ނުކުރަންހެއްޔެވެ؟ (ކަލޭ ބަލާބޮޑުކުރީ އަހުރެންނޫންހެއްޔެވެ؟) އަދި ކަލޭގެ عمر ން ދުވަސްތަކެއްވާންދެން އެތައް އަހަރެއްވާންދެން އަހުރެމެންގެތެރޭގައި ކަލޭ ހުރީމުނޫންހެއްޔެވެ؟
Verse 19
وَفَعَلْتَ فَعْلَتَكَ ٱلَّتِى فَعَلْتَ وَأَنتَ مِنَ ٱلْكَـٰفِرِينَ
Transliteration wafaʿalta faʿlataka allatī faʿalta wa-anta mina l-kāfirīna
Dhivehi ދެން ކަލޭ އެކުރިކަންތައް ކަލޭ ކުރީއެވެ. (އެބަހީ: އަހުރެމެންގެ ތެރެއިން މީހަކުމެރީމެއްނޫންހެއްޔެވެ؟ އަދި ކަލޭވަނީ (نعمة އަށް) ކާފަރުވާމީހުންގެތެރެއިންނެވެ.
Verse 20
قَالَ فَعَلْتُهَآ إِذًا وَأَنَا۠ مِنَ ٱلضَّآلِّينَ
Transliteration qāla faʿaltuhā idhan wa-anā mina l-ḍālīna
Dhivehi އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. ތިޔަބުނާ ކަންތައް އަހުރެންކުރީމެވެ. އޭރު އަހުރެންވަނީ جاهل ންގެތެރެއިންނެވެ. (ނޭނގޭމީހުންގެތެރެއިންނެވެ. މަގުފުރެދިގެންވާމީހުންގެ ތެރެއިންނެވެ. މީހުން މެރުމަކީ حرام ކަމެއްކަންވެސް ނޭނގެއެވެ.)
Verse 21
فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِى رَبِّى حُكْمًا وَجَعَلَنِى مِنَ ٱلْمُرْسَلِينَ
Transliteration fafarartu minkum lammā khif'tukum fawahaba lī rabbī ḥuk'man wajaʿalanī mina l-mur'salīna
Dhivehi ދެން އަހުރެން މަނިކުފާނުމެންގެ ފަރާތުން ބިރުވެތިވުމުން ފިލައިގެން ދިޔައީއެވެ. ދެން އެޔަށްފަހު އަހުރެންގެ ربّ އަހުރެންނަށް نبي ކަން އަދި علم އާއި ހެޔޮވިސްނުން ދެއްވައިފިއެވެ. އަދި އަހުރެން رسول ބޭކަލުންގެތެރެއިން ލައްވައިފިއެވެ.
Verse 22
وَتِلْكَ نِعْمَةٌ تَمُنُّهَا عَلَىَّ أَنْ عَبَّدتَّ بَنِىٓ إِسْرَٰٓءِيلَ
Transliteration watil'ka niʿ'matun tamunnuhā ʿalayya an ʿabbadtta banī is'rāīla
Dhivehi އަދި މަނިކުފާނު އަހުރެންގެމައްޗަށް ތިޔަކުރިކަމަށް ވިދާޅުވާ خدمة އެއީ بَنُو اسرائيل އަޅުވެތިކުރުމަށް މަނިކުފާނު ކުރެއްވިކަމެއްތޯއެވެ؟
Verse 23
قَالَ فِرْعَوْنُ وَمَا رَبُّ ٱلْعَـٰلَمِينَ
Transliteration qāla fir'ʿawnu wamā rabbu l-ʿālamīna
Dhivehi فرعون ވިދާޅުވިއެވެ. عَالَم ތަކުގެ ވެރި ربّ (ނުވަތަ رَبّ العالمين) އަކީ ކާކުހެއްޔެވެ؟
Verse 24
قَالَ رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ
Transliteration qāla rabbu l-samāwāti wal-arḍi wamā baynahumā in kuntum mūqinīna
Dhivehi އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާ ތަކެތި ހައްދަވާބޮޑުކުރައްވާ އަދި ބަލަހައްޓަވާ އެތަކެތީގެ ވެރި ربّ އެވެ. ކަލާނގެއެވެ. ކަލޭމެންނަކީ يقين ކުރާ ބަޔަކު ކަމުގައި ވަންޏާއެވެ. (އެބަހީ: يقين ކުރާބަޔަކުކަމުގައި ވަންޏާ އެގޮތް އެނގޭނެއެވެ.)
Verse 25
قَالَ لِمَنْ حَوْلَهُۥٓ أَلَا تَسْتَمِعُونَ
Transliteration qāla liman ḥawlahu alā tastamiʿūna
Dhivehi فرعون އޭނާގެ ވަށައިގެންވާ މީހުންނަށް ބުންޏެވެ. ކަލޭމެން ފަހެ އޭނާ އެދައްކާ ވާހަކައެއް ނާހަމުހެއްޔެވެ؟ (މިހެން އޭނާ އެބުނަނީ عجائب ވާފަދަގޮތަކަށް މަލާމާތު ރާގަކަށެވެ.)
Verse 26
قَالَ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ
Transliteration qāla rabbukum warabbu ābāikumu l-awalīna
Dhivehi އެކަލޭގެފާނު އެބަހީ: موسى عليه السّلام - ވިދާޅުވިއެވެ. އެއީ ކަލޭމެންނާއި އަދި ކަލޭމެންގެ އިސްވެދިޔަ ކާބަފައިންގެވެސް ربّ އެވެ.
Verse 27
قَالَ إِنَّ رَسُولَكُمُ ٱلَّذِىٓ أُرْسِلَ إِلَيْكُمْ لَمَجْنُونٌ
Transliteration qāla inna rasūlakumu alladhī ur'sila ilaykum lamajnūnun
Dhivehi އޭނާ އެބަހީ: فرعون ބުންޏެވެ. (އޭ މީސްތަކުންނޭވެ!) ކަލޭމެންގެގާތަށް ފޮނުއްވިގެން ތިޔަވާ رسول އަކީ ހަމަކަށަވަރުންވެސް މޮޔައެކެވެ. مَجْنُون އެކެވެ.
Verse 28
قَالَ رَبُّ ٱلْمَشْرِقِ وَٱلْمَغْرِبِ وَمَا بَيْنَهُمَآ ۖ إِن كُنتُمْ تَعْقِلُونَ
Transliteration qāla rabbu l-mashriqi wal-maghribi wamā baynahumā in kuntum taʿqilūna
Dhivehi އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެކަލާނގެއީ مشرق އާއި مَغْرب އާއި އަދި އެދެމެދުގައިވާހާތަކެތީގެވެސް ربّ އެވެ. ކަލޭމެންނަކީ އެއްޗެއްވިސްނޭ ބަޔަކު ނަމަ ރަނގަޅަށް އެނގޭނެއެވެ.
Verse 29
قَالَ لَئِنِ ٱتَّخَذْتَ إِلَـٰهًا غَيْرِى لَأَجْعَلَنَّكَ مِنَ ٱلْمَسْجُونِينَ
Transliteration qāla la-ini ittakhadhta ilāhan ghayrī la-ajʿalannaka mina l-masjūnīna
Dhivehi އޭނާ ބުންޏެވެ. އެބަހީ: فرعون ބުންޏެވެ. (އޭ موسى އެވެ!) ކަލޭ އަހުރެންނޫން އެހެންއެއްވެސް ފަރާތެއް -އެހެން އެއްވެސް މީހެއް إله އަކުކަމުގައި إختيار ކުރަންޏާ ހަމަކަށަވަރުން ޖަލަށްލެވިފައިވާ މީހުންގެތެރެއިން އަހުރެން ކަލޭލާހުށީމެވެ. އެބަހީ: ޖަލަށްލައި ހައްޔަރުކުރާނަމެވެ.
Verse 30
قَالَ أَوَلَوْ جِئْتُكَ بِشَىْءٍ مُّبِينٍ
Transliteration qāla awalaw ji'tuka bishayin mubīnin
Dhivehi އެކަލޭގެފާނު އެބަހީ: موسى عليه السّلام ވިދާޅުވިއެވެ. (އަހުރެން މިބުނާ އެއްޗެއްގެ ތެދުކަން) ބަޔާންކޮށްދޭނޭ އެއްޗަކާއިގެން އަހުރެން ކަލޭގެގާތަށް އައިނަމަވެސް ހެޔޮހެއްޔެވެ؟ އެބަހީ: ހައްޔަރުކުރާނަން ހެއްޔެވެ؟
Verse 31
قَالَ فَأْتِ بِهِۦٓ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Transliteration qāla fati bihi in kunta mina l-ṣādiqīna
Dhivehi އޭނާ يعني: فرعون ބުންޏެވެ. ފަހެ ތިޔައެއްޗެއް ގެނަސްބަލާށެވެ! ކަލެޔަކީ ތެދުވެރިންގެތެރެއިންވާ މީހަކުކަމުގައި ވަންޏާއެވެ.
Verse 32
فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌ مُّبِينٌ
Transliteration fa-alqā ʿaṣāhu fa-idhā hiya thuʿ'bānun mubīnun
Dhivehi ފަހެ އެކަލޭގެފާނު يعني: موسى عليه السّلام އެކަލޭގެފާނުންގެ އަސާކޮޅު އެއްލަވާލައްވައިފިއެވެ. އެހައިރުން އޭތި بيان ވެގެންވާ ހަރުފައަކަށް ވެއްޖެއެވެ.
Verse 33
وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّـٰظِرِينَ
Transliteration wanazaʿa yadahu fa-idhā hiya bayḍāu lilnnāẓirīna
Dhivehi އަދި އެކަލޭގެފާނުންގެ އަތްޕުޅު (ޖީބުތެރެއިން) ނެރުއްވައިފިއެވެ. އެހައިރުން އޭތި ބަލާމީހުންނަށް ހުދުއެއްޗަކަށްވެއްޖެއެވެ.
Verse 34
قَالَ لِلْمَلَإِ حَوْلَهُۥٓ إِنَّ هَـٰذَا لَسَـٰحِرٌ عَلِيمٌ
Transliteration qāla lil'mala-i ḥawlahu inna hādhā lasāḥirun ʿalīmun
Dhivehi އޭނާ އެބަހީ: فرعون އޭނާގެ ވަށައިގެންވާ މާތްބޮޑުންނަށް ބުންޏެވެ. ހަމަކަށަވަރުން މިއީ سحر ގެ عمل ރަނގަޅަށް ދަންނަ سحر ވެރިއެއްކަން يقين އެވެ.
Verse 35
يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِۦ فَمَاذَا تَأْمُرُونَ
Transliteration yurīdu an yukh'rijakum min arḍikum bisiḥ'rihi famādhā tamurūna
Dhivehi އޭނާ އެއެދެނީ އޭނާގެ سحر ގެ ބާރުން ކަލޭމެން ކަލޭމެންގެރަށުން ނެރެލާށެވެ. ފަހެ އެހެންވެ (އޭނާޔާ ބެހޭގޮތުން) ކަލޭމެން އަހުރެންނަށް ދޭނޭ مشورة އަކީ ކޮބައިހެއްޔެވެ؟
Verse 36
قَالُوٓا۟ أَرْجِهْ وَأَخَاهُ وَٱبْعَثْ فِى ٱلْمَدَآئِنِ حَـٰشِرِينَ
Transliteration qālū arjih wa-akhāhu wa-ib'ʿath fī l-madāini ḥāshirīna
Dhivehi އެމީހުން އޭނާއަށް ދެންނެވިއެވެ. އޭނާޔާއި އޭނާގެ أخ ގެ (އެބަހީ: موسى عليه السّلام އާއި އެކަލޭގެފާނުންގެ أخ هارون عليه السّلام އާއި ދެކަލުންގެ) ކަންތައް އިހަށް ފަސްކޮށްލައްވާށެވެ! سحر ވެރިން އެއްކުރުމަށް މަނިކުފާނު ރަށްތަކަށް މީހުން ފޮނުއްވާށެވެ! އަދި سحر ވެރިން އެއްކުރައްވާށެވެ!
Verse 37
يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ
Transliteration yatūka bikulli saḥḥārin ʿalīmin
Dhivehi سحر ދަންނަ - سحر އަށް ކުޅަދާނަ ކޮންމެ މީހަކާއިގެން އެމީހުން މަނިކުފާނުންގެގާތަށް އަތުވެދާނެއެވެ.
Verse 38
فَجُمِعَ ٱلسَّحَرَةُ لِمِيقَـٰتِ يَوْمٍ مَّعْلُومٍ
Transliteration fajumiʿa l-saḥaratu limīqāti yawmin maʿlūmin
Dhivehi ފަހެ ކަނޑައެޅި عيّن ވެގެންވާ ދުވަހެއްގެ ކަނޑައެޅި އެނގިގެންވާ ތަނަކަށް سحر ވެރިންތައް ޖަމާކުރެވިއްޖެއެވެ.
Verse 39
وَقِيلَ لِلنَّاسِ هَلْ أَنتُم مُّجْتَمِعُونَ
Transliteration waqīla lilnnāsi hal antum muj'tamiʿūna
Dhivehi އަދި މީސްތަކުންނަށް އެންގެވުނެވެ. ކަލޭމެން جمع ނުވާނޭހެއްޔެވެ؟ (ކަލޭމެން އެތަނަށް އެއްނުވާނެހެއްޔެވެ؟)
Verse 40
لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُوا۟ هُمُ ٱلْغَـٰلِبِينَ
Transliteration laʿallanā nattabiʿu l-saḥarata in kānū humu l-ghālibīna
Dhivehi އެއީ سحر ވެރިން މޮޅުވެއްޖެނަމަ އަހަރެމެން سحر ވެރިންނާއި تبع ވުމަށްޓަކައެވެ.
Verse 41
فَلَمَّا جَآءَ ٱلسَّحَرَةُ قَالُوا۟ لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَـٰلِبِينَ
Transliteration falammā jāa l-saḥaratu qālū lifir'ʿawna a-inna lanā la-ajran in kunnā naḥnu l-ghālibīna
Dhivehi ދެންފަހެ سحر ވެރިން فرعون ގެގާތަށް އައިހިނދުން އެމީހުން فرعون އަށް ދެންނެވިއެވެ. ކަނޑައެޅިގެން އަހުރެމެން މިކަމުގައި ގަދަވެ މޮޅުވެއްޖެނަމަ އަހުރެމެންނަށް އެއްވެސް އުޖޫރައެއް އޮންނާނޭހެއްޔެވެ؟
Verse 42
قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ ٱلْمُقَرَّبِينَ
Transliteration qāla naʿam wa-innakum idhan lamina l-muqarabīna
Dhivehi فرعون ބުންޏެވެ. އާނއެކެވެ. އޭރުން ކަލޭމެންވާނީ އަހުރެންގެ އެންމެ އަރިސް އެންމެ ކުއްތަންވެގެންވާ މީހުންގެތެރެއިންނެވެ.
Verse 43
قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ
Transliteration qāla lahum mūsā alqū mā antum mul'qūna
Dhivehi ދެންފަހެ موسى عليه السّلام އެ سحر ވެރިންނަށް ވިދާޅުވިއެވެ. ކަލޭމެން އެއްލާނެ އެއްޗެއް އެއްލާށެވެ. އުކާނެ އެއްޗެއް އުކާށެވެ. އޭރު ميدان އޮތީ މީހުންނާއިގެން ތޮއްޖެހިފައެވެ.
Verse 44
فَأَلْقَوْا۟ حِبَالَهُمْ وَعِصِيَّهُمْ وَقَالُوا۟ بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ ٱلْغَـٰلِبُونَ
Transliteration fa-alqaw ḥibālahum waʿiṣiyyahum waqālū biʿizzati fir'ʿawna innā lanaḥnu l-ghālibūna
Dhivehi ދެންފަހެ އެމީހުން އެމީހުންގެ ވާބުރިތަކާއި އަސާތައް ميدان އަށް އުކާލައިފިއެވެ. (އެއީ سحر ހަދާފައެވެ.) އަދި فرعون ގެ عزّة ތެރިކަމާއި ބާރު ގަންދީހުވާކޮށްފައި އެމީހުން ބުންޏެވެ. ހަމަކަށަވަރުން އަހުރެމެންނީ ގަދަވާނެ މީހުންނެވެ. މޮޅުވާނެ މީހުންނެވެ.
Verse 45
فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ
Transliteration fa-alqā mūsā ʿaṣāhu fa-idhā hiya talqafu mā yafikūna
Dhivehi ފަހެ موسى عليه السّلام އެކަލޭގެފާނުންގެ عَصَا ކޮޅު (އެ ميدان އަށް) އެއްލަވާލައްވައިފިއެވެ. އެހައިރުން އޭތި (ހަރުފަޔަކަށްވެ އެމީހުން ހެދި سحر ން ميدان ގައި حركاة ކުރަމުންދިޔަ އެންމެހައި ހަރުފަޔާއި ދިރޭތަކެތި) އެމީހުން ދޮގުހަދާ ކަމުގައިވި އެންމެހައިތަކެތި އެއަސާކޮޅުގެ ހަރުފަ ކައި ދިރުވައިފިއެވެ.
Verse 46
فَأُلْقِىَ ٱلسَّحَرَةُ سَـٰجِدِينَ
Transliteration fa-ul'qiya l-saḥaratu sājidīna
Dhivehi (އެހިނދު موسى عليه السّلام އެގެންނެވިކަމަކީ سحر ނޫން ކަމުގައި سحر ވެރިންނަށް ރަނގަޅަށް އެނގި بَيَان ވެ إيمان ވެއްޖެއެވެ.) ފަހެ އެހުރިހާ سحر ވެރިން سَجِدَة އަށް ތިރިވެއްޖެއެވެ.
Verse 47
قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَـٰلَمِينَ
Transliteration qālū āmannā birabbi l-ʿālamīna
Dhivehi އަދި އެމީހުން ބުންޏެވެ. عالم ތަކުގެވެރި ربّ އަށް އަހުރެމެން إيمان ވެއްޖައީމެވެ.
Verse 48
رَبِّ مُوسَىٰ وَهَـٰرُونَ
Transliteration rabbi mūsā wahārūna
Dhivehi އެއީ موسى އާއި هارون ގެ ربّ އެވެ.
Verse 49
قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ فَلَسَوْفَ تَعْلَمُونَ ۚ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ
Transliteration qāla āmantum lahu qabla an ādhana lakum innahu lakabīrukumu alladhī ʿallamakumu l-siḥ'ra falasawfa taʿlamūna la-uqaṭṭiʿanna aydiyakum wa-arjulakum min khilāfin wala-uṣallibannakum ajmaʿīna
Dhivehi އޭނާ އެބަހީ: فرعون ބުންޏެވެ. އަހުރެން ކަލޭމެނަށް ހުއްދަ ނުދެނީސް އިޒުނަ ނުދެނީސް ކަލޭމެން އޭނާއަށް إيمان ވީހެއްޔެވެ؟ ހަމަކަށަވަރުން އޭނާއަކީ يعني: موسى އަކީ - ކަލޭމެނަށް سحر އުގަންނައިދިން ކަލޭމެންގެ ބޮޑުމީހާއެވެ. ފަހެ ނިކަންހުރެ (އަހުރެންގެފަރާތުން ކަލޭމެންނަށް ހުރި عقوبة) ކަލޭމެންނަށް އެނގިދާނެއެވެ. ހަމަކަށަވަރުން يقين ންވެސް އަހުރެން ކަލޭމެންގެ އަތްތަކާއި އަދި ފައިތައް ކަންކުއްޗަށް (އެބަހީ: ކަނާތާއި ވައަތުފައި) ކަނޑާހުށީމެވެ! އަދި ކަލޭމެން އެންމެން ސޮލީބަށް އަރުވާހުށީމެވެ!
Verse 50
قَالُوا۟ لَا ضَيْرَ ۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ
Transliteration qālū lā ḍayra innā ilā rabbinā munqalibūna
Dhivehi އެމީހުން އެބަހީ: سحر ވެރިން ބުންޏެވެ. އަހުރެމެންނަށް އެއްވެސް ގެއްލުމެއްނެތެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އަހުރެމެންގެ ربّ ގެ حضرة އަށް އެނބުރިދާނެ ބަޔަކީމެވެ.
Verse 51
إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَـٰيَـٰنَآ أَن كُنَّآ أَوَّلَ ٱلْمُؤْمِنِينَ
Transliteration innā naṭmaʿu an yaghfira lanā rabbunā khaṭāyānā an kunnā awwala l-mu'minīna
Dhivehi ހަމަކަށަވަރުން އަހުރެމެން ދަހިވެތިކަމާއިއެކު އެދެނީ އަހުރެމެންގެ ربّ އަހުރެމެންގެ ކުށްތަކާއި ފާފަތައް ފުއްސަވައިދެއްވުމެވެ. އެއީ އަހުރެމެން (މި أمّة ން) އެންމެ ފުރަތަމަ مؤمن ންކަމުގައި ވުމުންނެވެ.
Verse 52
۞ وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِىٓ إِنَّكُم مُّتَّبَعُونَ
Transliteration wa-awḥaynā ilā mūsā an asri biʿibādī innakum muttabaʿūna
Dhivehi އަދި ތިމަންރަސްކަލާނގެ موسى عليه السّلام އަށް وحي ކުރެއްވީމެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުތަކުންނާއިގެން އެބަހީ: بَنِي إسْرَائيل ންނާއިގެން (ރޭގަނޑުގެ ވަގުތެއްގައި) ހިންގަވާފައި ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންނަކީ تبع ވެވިގެންވާ ބައެކެވެ. (އެބަހީ: فرعون އާއި އޭނާގެ މީހުން ކަލޭމެންގެ ފަހަތުން އަޅުވައިލާނެއެވެ. ފަހަތުން އަންނާނެއެވެ.)
Verse 53
فَأَرْسَلَ فِرْعَوْنُ فِى ٱلْمَدَآئِنِ حَـٰشِرِينَ
Transliteration fa-arsala fir'ʿawnu fī l-madāini ḥāshirīna
Dhivehi ފަހެ فرعون، ރަށްތަކުން لشكر އެއްކުރުމަށް ފޮނުވައިފިއެވެ.
Verse 54
إِنَّ هَـٰٓؤُلَآءِ لَشِرْذِمَةٌ قَلِيلُونَ
Transliteration inna hāulāi lashir'dhimatun qalīlūna
Dhivehi (އަދި އޭނާ އެމީހުންނަށް ބުންޏެވެ.) މިމީހުންނަކީ ދާދި މަދުމީސްކޮޅެކެވެ. އެބަހީ: بَنُو اسْرائيل އަކީ މަދުބައެކެވެ.)
Verse 55
وَإِنَّهُمْ لَنَا لَغَآئِظُونَ
Transliteration wa-innahum lanā laghāiẓūna
Dhivehi އަދި ހަމަކަށަވަރުން އެމީހުންނަކީ އަހުރެމެން ރުޅިއަރުވާ ބައެކެވެ.
Verse 56
وَإِنَّا لَجَمِيعٌ حَـٰذِرُونَ
Transliteration wa-innā lajamīʿun ḥādhirūna
Dhivehi އަދި ހަމަކަށަވަރުން އަހުރެމެން މިވަނީ ހަތިޔާރާއެކު އެންމެން ތައްޔާރުވެގެންނެވެ.
Verse 57
فَأَخْرَجْنَـٰهُم مِّن جَنَّـٰتٍ وَعُيُونٍ
Transliteration fa-akhrajnāhum min jannātin waʿuyūnin
Dhivehi ،(58) ފަހެ ބަގީޗާތަކުންނާއި ކޯރުތަކުންނާއި އަދި އެކިބާވަތުގެ خَزَانَة ތަކުންނާއި އަދި މާތްވެގެންވާ ތަންތަނުން ތިމަންރަސްކަލާނގެ އެމީހުން ނެރުއްވީމެވެ.
Verse 58
وَكُنُوزٍ وَمَقَامٍ كَرِيمٍ
Transliteration wakunūzin wamaqāmin karīmin
Dhivehi ،(58) ފަހެ ބަގީޗާތަކުންނާއި ކޯރުތަކުންނާއި އަދި އެކިބާވަތުގެ خَزَانَة ތަކުންނާއި އަދި މާތްވެގެންވާ ތަންތަނުން ތިމަންރަސްކަލާނގެ އެމީހުން ނެރުއްވީމެވެ.
Verse 59
كَذَٰلِكَ وَأَوْرَثْنَـٰهَا بَنِىٓ إِسْرَٰٓءِيلَ
Transliteration kadhālika wa-awrathnāhā banī is'rāīla
Dhivehi ތިމަންރަސްކަލާނގެ އެމީހުން އެތަންތަނުން ނެރުނީ އެފަދައިންނެވެ. އަދި އެތަންތަން ތިމަންރަސްކަލާނގެ بَنِي اسْرائيل ންނަށް ވާރުތަކޮށްދިނީމެވެ.
Verse 60
فَأَتْبَعُوهُم مُّشْرِقِينَ
Transliteration fa-atbaʿūhum mush'riqīna
Dhivehi ދެންފަހެ މިމީހުން އެމީހުންނާއި އިރުއަރާ ވަގުތު تبع ކުރިއެވެ. ގާތްކުރިއެވެ. (އެބަހީ: فرعون އާއި އޭނާގެ لشكر موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިވާ މީހުންނާއި ގާތްކުރިއެވެ.
Verse 61
فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَـٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَ
Transliteration falammā tarāā l-jamʿāni qāla aṣḥābu mūsā innā lamud'rakūna
Dhivehi ދެންފަހެ ދެ لشكر އެއްބަޔަކު އަނެއްބަޔަކަށް ފެންނަފަށަށް އައިހިނދުން موسى عليه السّلام ގެ އަރިހުގައި ތިބި އެކަލޭގެފާނުންގެ أصحاب ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އަތުލައި ގަނެވިފައިވާ ބައެކެވެ. (އެބަހީ: فرعون އާއި އޭނާގެ لشكر އަހުރެމެން އަތުލާނެއެވެ. މިއީ موسى عليه السّلام އަށް އީމާންވެގެން ތިބިމީހުންގެ ބިރުވެރިކަން ހުރިވަރެވެ.)
Verse 62
قَالَ كَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ
Transliteration qāla kallā inna maʿiya rabbī sayahdīni
Dhivehi އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެއްގޮތަކަށްވެސް ތިޔަހެން ނުވާނެއެވެ. އަހުރެންގެ ربّ އަހުރެންނާއެކު ވެއެވެ. އެކަލާނގެ އަހުރެންނަށް މަގުދައްކަވާނެއެވެ.\n(އޭ މީސްތަކުންނޭވެ! موسى عليه السّلام ގެ ހުރި إيمان ކަމާއި ސާބިތުކަމާއި ﷲ އަށް وكيل ކުރެއްވުންހުރި ފެންވަރު ނިކަން ދެކިބަލާށެވެ. އެކަލޭގެފާނުންގެ އަރިހު އީމާންވެގެންތިބިމީހުންވެސް އެތިބީ ޝައްކުވެފައެވެ. ނަމަވެސް موسى عليه السّلام ގެ ހުރި إيمان ކަމާއި ސާބިތުކަމަށް އެއްވެސް ބުރުލެއްނާރައެވެ. އެއީ ﷲ އަށް وكيل ކޮށް އީމާންވާންވީ ފެންވަރެވެ. އަހުރެމެންގައި މިހުރީ ކޮންކަހަލަ إيمان ކަމެއް ބާވައެވެ؟؟؟
Verse 63
فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ
Transliteration fa-awḥaynā ilā mūsā ani iḍ'rib biʿaṣāka l-baḥra fa-infalaqa fakāna kullu fir'qin kal-ṭawdi l-ʿaẓīmi
Dhivehi ފަހެ موسى - عليه السّلام - އަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ކަލޭގެފާނު ކަލޭގެފާނުންގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ. (ދެން އެކަލޭގެފާނު އަސާކޮޅުން ކަނޑުގައި ޖެއްސެވީއެވެ. އަދި ޖެއްސެވުމުން) ފަހެ އެކަނޑު ފަޅަފަޅައިގެން ހިނގައްޖެއެވެ. ބާރަބަޔަށް ކަނޑުބައިވެގޮސް ބާރަމަގު ހެދި ކޮންމެ ދެމަގެއްދެމެދު ފެންގަނޑު ހިފެހެއްޓި މައްޗަށްއަރާފައިވިއެވެ. އެއިން ކޮންމެ ބައެއް ބޮޑުފަރުބަދައެއްފަދައިން ވެއްޖެއެވެ.
Verse 64
وَأَزْلَفْنَا ثَمَّ ٱلْـَٔاخَرِينَ
Transliteration wa-azlafnā thamma l-ākharīna
Dhivehi އަދި އެތަނަށް ތިމަންރަސްކަލާނގެ އަނެއްބައިމީހުން ގެންނަވާ ގާތްކުރެއްވީމެވެ. (އެބަހީ: އެތަނަށް فرعون އާއި އޭނާގެ لشكر ގެންނެވީމެވެ. ދެންފަހެ موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިވާ މީހުން ކަނޑުގެ އެމަގުތަކުން ދަތުރުކޮށްފައިގޮސް ކަނޑުގެ އަނެއްފަރާތު އެއްގަމަށް އެރިއިރު فرعون އާއި އޭނާގެ لشكر ވަނީ އެމަގުތަކުގެތެރޭގައެވެ. އެވަގުތު ﷲ تعالى ކަނޑު ކުރީގޮތަށް ހައްދަވައިލައްވާ އެކަނޑުތެރޭގައި فرعون އާއި އޭނާގެ لشكر غرق ކުރެއްވީއެވެ. އެވާހަކަ އަންނަނިވި އާޔަތުގައި އެވަނީއެވެ.)
Verse 65
وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ
Transliteration wa-anjaynā mūsā waman maʿahu ajmaʿīna
Dhivehi އަދި ތިމަންރަސްކަލާނގެ موسى عليه السّلام އާއި އެކަލޭގެފާނާއި އެކުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ.
Verse 66
ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ
Transliteration thumma aghraqnā l-ākharīna
Dhivehi އަދި ތިމަންރަސްކަލާނގެ އަނެއްބައިމީހުން އެބަހީ: فرعون އާއި އޭނާގެ لشكر غرق ކުރެއްވީމެވެ.
Verse 67
إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Transliteration inna fī dhālika laāyatan wamā kāna aktharuhum mu'minīna
Dhivehi ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: موسى عليه السّلام ސަލާމަތްކުރެއްވުމާއި ސަލާމަތްކުރައްވަން ދިމާވި ސަބަބާއި އަދި فرعون غرق ކުރެއްވުމާއި އަދި އޭނާ غرق ވާން ދިމާވި ސަބަބާއި މިމިކަންތަކުގައި) ކަނޑައެޅި بيان ވެގެންވާ دليل ވެއެވެ. (އެއީ ތިމަންރަސްކަލާނގެ ކަންތައް ހިންގަވާގޮތުގެ އަދި ހިންގަވާނެގޮތުގެ دليل އެވެ. عبرة އާއި ފިލާވަޅެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.
Verse 68
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Transliteration wa-inna rabbaka lahuwa l-ʿazīzu l-raḥīmu
Dhivehi އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 69
وَٱتْلُ عَلَيْهِمْ نَبَأَ إِبْرَٰهِيمَ
Transliteration wa-ut'lu ʿalayhim naba-a ib'rāhīma
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް إبراهيم عليه السّلام ގެ خبر ތައް ވިދާޅުވެދެވާށެވެ!
Verse 70
إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا تَعْبُدُونَ
Transliteration idh qāla li-abīhi waqawmihi mā taʿbudūna
Dhivehi އެއީ އެކަލޭގެފާނުންގެ ބައްޕައަށާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދުގައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހެއްޔެވެ؟
Verse 71
قَالُوا۟ نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَـٰكِفِينَ
Transliteration qālū naʿbudu aṣnāman fanaẓallu lahā ʿākifīna
Dhivehi އެމީހުން ދެންނެވިއެވެ. އަހުރެމެން މިއަޅުކަންކުރަނީ ބުދުތަކަށެވެ. އަދި އަހުރެމެން އެއަށް އަޅުކަންކުރުމުގައި ނުވަތަ އެއަށް خدمة ކުރުމުގައި قائم ވެތިބެނީއެވެ.
Verse 72
قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ
Transliteration qāla hal yasmaʿūnakum idh tadʿūna
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން އެތަކެއްޗަށް ގޮވާއިރު އެތަކެތި ކަލޭމެންގެ އަޑުއަހައިހެއްޔެވެ؟
Verse 73
أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ
Transliteration aw yanfaʿūnakum aw yaḍurrūna
Dhivehi ނުވަތަ އެތަކެތި ކަލޭމެނަށް منفع އެއްކޮށްދޭހެއްޔެވެ؟ ނުވަތަ ގެއްލުމެއްދޭހެއްޔެވެ؟
Verse 74
قَالُوا۟ بَلْ وَجَدْنَآ ءَابَآءَنَا كَذَٰلِكَ يَفْعَلُونَ
Transliteration qālū bal wajadnā ābāanā kadhālika yafʿalūna
Dhivehi އެމީހުން ދެންނެވިއެވެ. އެހެންނަކުން ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެން ދުށީ އަހުރެމެންގެ ކާބަފައިން އެފަދައިން ކަންތައް ކުރާތަނެވެ. (އަހަރެމެންވެސް އެގޮތަށް ކަންތައް ކުރަނީއެވެ.)
Verse 75
قَالَ أَفَرَءَيْتُم مَّا كُنتُمْ تَعْبُدُونَ
Transliteration qāla afara-aytum mā kuntum taʿbudūna
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ތިޔައަޅުކަންކުރާތަކެތި ކަލޭމެން ނިކަން ދެކިބަލާށެވެ.
Verse 76
أَنتُمْ وَءَابَآؤُكُمُ ٱلْأَقْدَمُونَ
Transliteration antum waābāukumu l-aqdamūna
Dhivehi ކަލޭމެންނާއި ކަލޭމެންގެ އިސްވެދިޔަ އިހުގެ ކާބަފައިން އަޅުކަން އެކުރި ތަކެތި ނިކަން ދެކެބަލާށެވެ.
Verse 77
فَإِنَّهُمْ عَدُوٌّ لِّىٓ إِلَّا رَبَّ ٱلْعَـٰلَمِينَ
Transliteration fa-innahum ʿaduwwun lī illā rabba l-ʿālamīna
Dhivehi ފަހެ ހަމަކަށަވަރުން عَالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތި ބަލަހައްޓަވާ އެތަކެތީގެ رَبُّ ފިޔަވައި ދެން އެއީ ހައްތާވެސް އަހުރެންގެ عَدُوّ ންނެވެ.
Verse 78
ٱلَّذِى خَلَقَنِى فَهُوَ يَهْدِينِ
Transliteration alladhī khalaqanī fahuwa yahdīni
Dhivehi އެކަލާނގެއީ އަހުރެން ހެއްދެވި ކަލާނގެއެވެ. ފަހެ އަހުރެންނަށް ތެދުމަގު ދައްކަވާނީ ހަމަ އެކަލާނގެއެވެ.
Verse 79
وَٱلَّذِى هُوَ يُطْعِمُنِى وَيَسْقِينِ
Transliteration wa-alladhī huwa yuṭ'ʿimunī wayasqīni
Dhivehi އަދި އަހުރެންނަށް ކާންދެއްވައި އަހުރެންނަށް ބޯންދެއްވަނީވެސް ހަމަ އެކަލާނގެއެވެ.
Verse 80
وَإِذَا مَرِضْتُ فَهُوَ يَشْفِينِ
Transliteration wa-idhā mariḍ'tu fahuwa yashfīni
Dhivehi އަދި އަހުރެން ބަލިވެއްޖެއްޔާ އަހުރެންނަށް شِفَاء ދެއްވާނީވެސް ހަމަ އެކަލާނގެއެވެ.
Verse 81
وَٱلَّذِى يُمِيتُنِى ثُمَّ يُحْيِينِ
Transliteration wa-alladhī yumītunī thumma yuḥ'yīni
Dhivehi އަދި އަހުރެން މަރުއްވާނީ އެކަލާނގެއެވެ. ދެން އަހުރެން ދިރުއްވާނީވެސް ހަމަ އެކަލާނގެއެވެ.
Verse 82
وَٱلَّذِىٓ أَطْمَعُ أَن يَغْفِرَ لِى خَطِيٓـَٔتِى يَوْمَ ٱلدِّينِ
Transliteration wa-alladhī aṭmaʿu an yaghfira lī khaṭīatī yawma l-dīni
Dhivehi އަދި قيامة ދުވަހުން އަހުރެންގެ ކުށްފާފަތައް ފުއްސަވައިދެއްވުން އެދި އެކަމަށް ދަހިވެތިވަނީވެސް ހަމަ އެކަލާނގެ حضرة ގައެވެ.
Verse 83
رَبِّ هَبْ لِى حُكْمًا وَأَلْحِقْنِى بِٱلصَّـٰلِحِينَ
Transliteration rabbi hab lī ḥuk'man wa-alḥiq'nī bil-ṣāliḥīna
Dhivehi އޭއަޅުގެ ربّ އެވެ. މިއަޅާއަށް حكم އެއްދެއްވައި - (އެބަހީ: نبي ކަންދެއްވައި) މާތްވެގެންވާ صالح ންނާއި މިއަޅާ ގުޅުއްވާނދޭވެ! (އެބަހީ: رسول ބޭކަލުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!)
Verse 84
وَٱجْعَل لِّى لِسَانَ صِدْقٍ فِى ٱلْـَٔاخِرِينَ
Transliteration wa-ij'ʿal lī lisāna ṣid'qin fī l-ākhirīna
Dhivehi އަދި އެހެނިހެން މީސްތަކުންގެ ތެރޭގައި ރިވެތިވެގެންވާ ثناء އާއި تعريف މިއަޅާއަށް ލައްވާނދޭވެ!
Verse 85
وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ
Transliteration wa-ij'ʿalnī min warathati jannati l-naʿīmi
Dhivehi އަދި جَنَّةُ النَّعِيم އެވެ ކިޔާ ސުވަރުގޭގެ ވާރުތަވެރިންގެތެރެއިން މިއަޅާ ލައްވާނދޭވެ!
Verse 86
وَٱغْفِرْ لِأَبِىٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ
Transliteration wa-igh'fir li-abī innahu kāna mina l-ḍālīna
Dhivehi އަދި މިއަޅާގެ ބައްޕައަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން އޭނާ ވަނީ ތެދުމަގުގެއްލި މަގުފުރެދިގެންވާ މީހުންގެތެރެއިންނެވެ.
Verse 87
وَلَا تُخْزِنِى يَوْمَ يُبْعَثُونَ
Transliteration walā tukh'zinī yawma yub'ʿathūna
Dhivehi އަދި މީސްތަކުން محشر އަށް ފޮނުއްވާދުވަހު މިއަޅާ ގެއްލެނި ނުކުރައްވާނދޭވެ! ދެރަނުކުރައްވާނދޭވެ!
Verse 88
يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ
Transliteration yawma lā yanfaʿu mālun walā banūna
Dhivehi އެދުވަހަކީ މުދަލަކުންވިޔަސް އަދި ދަރިއަކުގެ ފަރާތަކުންވިޔަސް منفع އެއް ނުކުރާނޭދުވަހެވެ.
Verse 89
إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ
Transliteration illā man atā l-laha biqalbin salīmin
Dhivehi ހަމައެކަނި ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ حضرة އަށްދެވުނު މީހަކު މެނުވީއެވެ. (އެބަހީ: ﷲ ގެ އެއްކައުވަންތަކަމާމެދު އެއްވެސް ޝައްކެއްނެތި ޝައްކުތަކުން ސަލާމަތްވެގެންވާ ހިތަކާއިގެން ދެވުނު މީހެކެވެ.)
Verse 90
وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ
Transliteration wa-uz'lifati l-janatu lil'muttaqīna
Dhivehi އަދި (قيامة ދުވަހުން) تقوى ވެރިންނަށް ސުވަރުގެ ގާތް ކުރެވޭނެއެވެ.
Verse 91
وَبُرِّزَتِ ٱلْجَحِيمُ لِلْغَاوِينَ
Transliteration waburrizati l-jaḥīmu lil'ghāwīna
Dhivehi އަދި ތެދުމަގު ގެއްލި މަގުފުރެދުނު މީހުންނަށް ނުވަތަ شيطان ންނަށް ނަރަކަ ފައުޅުކުރެވޭނެއެވެ.
Verse 92
وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ
Transliteration waqīla lahum ayna mā kuntum taʿbudūna
Dhivehi އަދި އެމީހުންނަށް ބުނެވޭނެއެވެ. ކަލޭމެން އަޅުކަންކުރާކަމުގައިވީ ތަކެތި ކޮބައިހެއްޔެވެ؟
Verse 93
مِن دُونِ ٱللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ
Transliteration min dūni l-lahi hal yanṣurūnakum aw yantaṣirūna
Dhivehi އެއީ ﷲ ފިޔަވައި ކަލޭމެން އަޅުކަންކުރި ތަކެއްޗެވެ. އެތަކެތި ކަލޭމެނަށް نصر ދޭހެއްޔެވެ؟ (ﷲ ގެ عذاب ން ކަލޭމެން ސަލާމަތްކޮށްދޭހެއްޔެވެ؟) ނުވަތަ އެތަކެތީގެ އަމިއްލަ نفس އަށް نصر ލިބޭހެއްޔެވެ؟
Verse 94
فَكُبْكِبُوا۟ فِيهَا هُمْ وَٱلْغَاوُۥنَ
Transliteration fakub'kibū fīhā hum wal-ghāwūna
Dhivehi އެތަކެތި އެތަނަށް (އެބަހީ: ﷲ ފިޔަވައި އަޅުކަން ވެވުނުތަކެތި ނުވަތަ مشرك ން އެނަރަކައަށް) މޫނުވަތަށް އަޅާލެވޭނެއެވެ. އަދި شيطان ން ވެސް އެތަނަށް އަޅައިލެވޭނެއެވެ.
Verse 95
وَجُنُودُ إِبْلِيسَ أَجْمَعُونَ
Transliteration wajunūdu ib'līsa ajmaʿūna
Dhivehi އަދި إبْليس ގެ އެންމެހައި ސިފައިންނާއި މިއެންމެންވެސް އެތަނަށް އަޅައިލެވޭނެއެވެ.
Verse 96
قَالُوا۟ وَهُمْ فِيهَا يَخْتَصِمُونَ
Transliteration qālū wahum fīhā yakhtaṣimūna
Dhivehi އަދި އެމީހުން (އެބަހީ: شيطان ންނާއި ބުދުތަކާއި އަދި إبليس ގެ ސިފައިންނާއި) މިހުރިހާ މީހުން ނަރަކައިގައިތިބެ އަރައިރުންވާ حال ބުނާނެއެވެ.
Verse 97
تَٱللَّهِ إِن كُنَّا لَفِى ضَلَـٰلٍ مُّبِينٍ
Transliteration tal-lahi in kunnā lafī ḍalālin mubīnin
Dhivehi ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހުރެމެން މިވީ ކަނޑައެޅި بيان ވެގެންވާ މަގުފުރެއްދުމެއްގައެވެ.
Verse 98
إِذْ نُسَوِّيكُم بِرَبِّ ٱلْعَـٰلَمِينَ
Transliteration idh nusawwīkum birabbi l-ʿālamīna
Dhivehi އެއީ عَالم ތަކުގެ ވެރި ربّ އާއި އަހުރެމެން ކަލޭމެން ހަމަކުރިހިނދުންނެވެ.
Verse 99
وَمَآ أَضَلَّنَآ إِلَّا ٱلْمُجْرِمُونَ
Transliteration wamā aḍallanā illā l-muj'rimūna
Dhivehi އަދި مجرم ން މެނުވީ އަހުރެމެން މަގުނުފުރައްދައެވެ. (އެބަހީ: އަހުރެމެން މަގުފުރެއްދި ބަޔަކީ ނުބައި ނުލަފާ ބައެކެވެ.)
Verse 100
فَمَا لَنَا مِن شَـٰفِعِينَ
Transliteration famā lanā min shāfiʿīna
Dhivehi ފަހެ އަހުރެމެންނަކަށް އެއްވެސް شَفَاعة ތެރިއަކު ނުވެއެވެ.
Verse 101
وَلَا صَدِيقٍ حَمِيمٍ
Transliteration walā ṣadīqin ḥamīmin
Dhivehi އަދި އެއްވެސް ގާތް އެކުވެރިއަކުވެސް ނުވެއެވެ.
Verse 102
فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ ٱلْمُؤْمِنِينَ
Transliteration falaw anna lanā karratan fanakūna mina l-mu'minīna
Dhivehi ފަހެ އަހުރެމެންނަށް އެނބުރި ދުނިޔެއަށް رجوع ވުމެއް ވާނެނަމަ އަހުރެމެން مؤمن ންކަމުގައިވާހުށީމެވެ.
Verse 103
إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Transliteration inna fī dhālika laāyatan wamā kāna aktharuhum mu'minīna
Dhivehi ހަމަކަށަވަރުން އެކަންތަކުގައި ކަނޑައެޅި بيان ވެގެންވާ دليل ވެއެވެ. (އެބަހީ: إبراهيم عليه السّلام އެކަލޭގެފާނުންގެ قوم ގެ މައްޗަށް އެ قائم ކުރެއްވި حجّة ތަކާއި قوم ގެމީހުންގެ ފަރާތުން ލިބުނު جواب އާއި މިކަންކަމުގައި ވިސްނާ ބަޔަކަށް ހުރި عبرة އާއި ރަނގަޅު دليل ވެއެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރި މީހުންކަމުގައި ނުވިއެވެ.
Verse 104
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Transliteration wa-inna rabbaka lahuwa l-ʿazīzu l-raḥīmu
Dhivehi އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 105
كَذَّبَتْ قَوْمُ نُوحٍ ٱلْمُرْسَلِينَ
Transliteration kadhabat qawmu nūḥin l-mur'salīna
Dhivehi އަދި نوح عليه السّلام ގެ قوم ގެ މީހުން ފޮނުވުނު رسول ބޭކަލުން ދޮގުކުރިއެވެ.
Verse 106
إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ
Transliteration idh qāla lahum akhūhum nūḥun alā tattaqūna
Dhivehi އެއީ އެމީހުންގެ أخ نوح عليه السّلام އެމީހުންނަށް ވިދާޅުވިހިނދުގައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ.
Verse 107
إِنِّى لَكُمْ رَسُولٌ أَمِينٌ
Transliteration innī lakum rasūlun amīnun
Dhivehi ތިމަންކަލޭގެފާނީ ހަމަކަށަވަރުން ކަލޭމެންނަށްވާ أمانة ތެރި رسول އަކީމެވެ.
Verse 108
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Transliteration fa-ittaqū l-laha wa-aṭīʿūni
Dhivehi ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ. އަދި ތިމަންކަލޭގެފާނަށް ކަލޭމެން ކިޔަމަންތެރިވާށެވެ.
Verse 109
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ
Transliteration wamā asalukum ʿalayhi min ajrin in ajriya illā ʿalā rabbi l-ʿālamīna
Dhivehi އަދި އެކަންތަކުގެމައްޗަށް (އެބަހީ: އަހުރެން رسول ކަން ކަލޭމެންނަށް އިއްވަވާ تَبْلِيْغُ ކުރެއްވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ފަރާތުން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. ޓެކްހަކަށް ނޭދެމެވެ. އަހުރެންގެ ދަރުމަ ހަމައެކަނި عَالم ތަކުގެ ވެރި ربّ ގެ حضرة ން މެނުވީ ނުވެއެވެ. (އެބަހީ: އަހުރެންނަށް ދަރުމަދެއްވާނީ އެކަލާނގެއެވެ.)
Verse 110
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Transliteration fa-ittaqū l-laha wa-aṭīʿūni
Dhivehi ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
Verse 111
۞ قَالُوٓا۟ أَنُؤْمِنُ لَكَ وَٱتَّبَعَكَ ٱلْأَرْذَلُونَ
Transliteration qālū anu'minu laka wa-ittabaʿaka l-ardhalūna
Dhivehi އެމީހުން ދެންނެވިއެވެ. (އެބަހީ: قوم ގެ ބޮޑެތި ކަމުވޮށިވެގެންވާ މީހުން ދެންނެވިއެވެ.) އަހުރެމެން ކަލޭގެފާނަށް تبع ވާންވީހެއްޔެވެ؟ ކަލޭގެފާނަށް تبع ވަމުންތިޔަ ދަނީ ރަށުގައިތިބި ދެރަނިކަމެތިންނެވެ. (އެބަހީ: ދެރަނިކަމެތިންނާ އަހުރެމެންނާ އެއްވަރު ނުވެވޭނެއެވެ.)
Verse 112
قَالَ وَمَا عِلْمِى بِمَا كَانُوا۟ يَعْمَلُونَ
Transliteration qāla wamā ʿil'mī bimā kānū yaʿmalūna
Dhivehi އެކަލޭގެފާނު يعني: نُوح عليه السّلام ވިދާޅުވިއެވެ. އެމީހުން ކުރަމުންދާކަމެއް އަހުރެންނަކަށް އެނގިގެން ނުވެއެވެ. އެމީހުން ކުރަނީ ﷲ قبول ކުރައްވާ عمل އެއްކަމެއް ނުވަތަ ނޫންކަމެއް އަހުރެންނަކަށް ނޭނގެއެވެ.
Verse 113
إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّى ۖ لَوْ تَشْعُرُونَ
Transliteration in ḥisābuhum illā ʿalā rabbī law tashʿurūna
Dhivehi އެމީހުންގެ حِسَاب އަހުރެންގެ ربّ ގެ حضرة ގައި މެނުވީ ނުވެއެވެ. (އެބަހީ: އެމީހުން ކުރާ عمل ތަކަށް حساب ކުރައްވައި އޭގެ ޖަޒާދެއްވާނީ ހަމަ އެކަލާނގެއެވެ.) ކަލޭމެންނަށް އެކަން އެނގޭނެ ނަމައެވެ.
Verse 114
وَمَآ أَنَا۠ بِطَارِدِ ٱلْمُؤْمِنِينَ
Transliteration wamā anā biṭāridi l-mu'minīna
Dhivehi އަދި إيمان ވެގެންވާމީހުން ފައްސާލައި ދުރަށްލާނެ މީހަކުކަމުގައި އަހުރެން ނުވެއެވެ.
Verse 115
إِنْ أَنَا۠ إِلَّا نَذِيرٌ مُّبِينٌ
Transliteration in anā illā nadhīrun mubīnun
Dhivehi ބަޔާންވެގެންވާ نَذِيْر އަކު ކަމުގައި މެނުވީ އަހުރެން ނުވެއެވެ. (އެބަހީ: އަހުރެންނަކީ އަތުވެދާނޭ عذاب އަކަށް ބިރުގަންނަވާ إنْذَار ކުރައްވާ ބޭކަލެކެވެ.)
Verse 116
قَالُوا۟ لَئِن لَّمْ تَنتَهِ يَـٰنُوحُ لَتَكُونَنَّ مِنَ ٱلْمَرْجُومِينَ
Transliteration qālū la-in lam tantahi yānūḥu latakūnanna mina l-marjūmīna
Dhivehi އެމީހުން يعني: ކާފަރުންގެމީހުން ދެންނެވިއެވެ. އޭ نوح އެވެ. ކަލޭގެފާނު ތިޔަވިދާޅުވާ ވާހަކަ ހުއްޓަވައިނުލިއްޔާ ހަމަކަށަވަރުން ކަލޭގެފާނަކީ رَجم ވެވިގެންވާ މީހުންގެ ތެރެއިންވާ މީހަކުކަމުގައި ލާހުށީމެވެ. އެބަހީ: ކަލޭގެފާނު رَجَم ކޮށް މަރައިފާނަމެވެ.
Verse 117
قَالَ رَبِّ إِنَّ قَوْمِى كَذَّبُونِ
Transliteration qāla rabbi inna qawmī kadhabūni
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ قوم ގެ މީހުން މިއަޅާ ދޮގުކޮށްފިއެވެ.
Verse 118
فَٱفْتَحْ بَيْنِى وَبَيْنَهُمْ فَتْحًا وَنَجِّنِى وَمَن مَّعِىَ مِنَ ٱلْمُؤْمِنِينَ
Transliteration fa-if'taḥ baynī wabaynahum fatḥan wanajjinī waman maʿiya mina l-mu'minīna
Dhivehi ފަހެ މިއަޅާއާއި އެމީހުންނާދެމެދު حكم އެއްކުރައްވައި ނިޔާއެއްކުރައްވާނދޭވެ! އަދި މިއަޅާއާއި މިއަޅާއާއިއެކުގައިވާ مؤمن ން ސަލާމަތްކުރައްވާނދޭވެ!
Verse 119
فَأَنجَيْنَـٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ ٱلْمَشْحُونِ
Transliteration fa-anjaynāhu waman maʿahu fī l-ful'ki l-mashḥūni
Dhivehi ދެންފަހެ އެކަލޭގެފާނާއި އަދި އެކަލޭގެފާނާއި އެކުގައިވާ މީހުން ފުރިބާރުވެފައިވާ ނަވުގައި ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ.
Verse 120
ثُمَّ أَغْرَقْنَا بَعْدُ ٱلْبَاقِينَ
Transliteration thumma aghraqnā baʿdu l-bāqīna
Dhivehi ދެން އޭގެފަހުގައި ބާކީތިބި މީހުން ތިމަންރަސްކަލާނގެ غَرَق ކުރެއްވީމެވެ. ހަލާކު ކުރެއްވީމެވެ.
Verse 121
إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Transliteration inna fī dhālika laāyatan wamā kāna aktharuhum mu'minīna
Dhivehi ހަމަކަށަވަރުން އެކަންކަމުގައި (އެބަހީ: نوح عليه السّلام އާ އެކަލޭގެފާނާއި އެކުގައިވާ مؤمن ން ނަވުގައި ސަލާމަތްކުރެއްވުމާއި ކާފަރުން غرق ކުރައްވައި އެހިންގެވި ކަންކަމުގައި) بيان ވެގެންވާ دليل އާއި عبرة ވެއެވެ. އަދި އޭގެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.
Verse 122
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Transliteration wa-inna rabbaka lahuwa l-ʿazīzu l-raḥīmu
Dhivehi އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 123
كَذَّبَتْ عَادٌ ٱلْمُرْسَلِينَ
Transliteration kadhabat ʿādun l-mur'salīna
Dhivehi عَاد ބާގައިގެމީހުން އެމީހުންގާތަށް ފޮނުއްވެވުނު رسول ދޮގުކުރިއެވެ. އެއީ هُوْدُ عليه السّلام އެވެ.
Verse 124
إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ
Transliteration idh qāla lahum akhūhum hūdun alā tattaqūna
Dhivehi އެމީހުންގެ أخ هود عليه السّلام އެމީހުންނަށް ވިދާޅުވިއެވެ. ކަލޭމެން ފަހެ تقوى ވެރި ނުވާނޭހެއްޔެވެ؟ (ﷲ އަށް ބިރުވެތިނުވާނޭހެއްޔެވެ؟)
Verse 125
إِنِّى لَكُمْ رَسُولٌ أَمِينٌ
Transliteration innī lakum rasūlun amīnun
Dhivehi ހަމަކަށަވަރުން އަހުރެންނަކީ ކަލޭމެންނަށްވާ أمانة ތެރި رسول އަކީމެއެވެ.
Verse 126
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Transliteration fa-ittaqū l-laha wa-aṭīʿūni
Dhivehi ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!
Verse 127
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ
Transliteration wamā asalukum ʿalayhi min ajrin in ajriya illā ʿalā rabbi l-ʿālamīna
Dhivehi އަދި އެކަންތަކުގެމައްޗަށް (އެބަހީ: رسول ކަން އިއްވަވައި ކަލޭމެންނަށް نصيحة ތެރިވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. އަހުރެންގެ ދަރުމަ ހަމައެކަނި عالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތީގެ ވެރި ربّ ގެ حضرة ންމެނުވީ ނުވެއެވެ.
Verse 128
أَتَبْنُونَ بِكُلِّ رِيعٍ ءَايَةً تَعْبَثُونَ
Transliteration atabnūna bikulli rīʿin āyatan taʿbathūna
Dhivehi (ރަށުގެ) އުސް ކޮންމެތަނެއްގައި ނުވަތަ ކޮންމެ މަގެއްގައި ކަލޭމެން ކުޅެ ވިޔާނުދާ ކަންތައްކުރުމަށް އުސްބިނާއެއް ހަދަނީހެއްޔެވެ؟ ހަދަނީއެވެ.
Verse 129
وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ
Transliteration watattakhidhūna maṣāniʿa laʿallakum takhludūna
Dhivehi އަދި ކަލޭމެން (ދުނިޔޭގައި މަރުނުވެ) ދެމިތިބުމަށްޓަކައި ނުވަތަ ތިބޭނޭކަމަށް - ބޮޑެތި ކިއްލާތަކާއި ފެކްޓަރީތަކާއި ގަނޑުވަރުތައް ހަދަނީއެވެ. ބިނާކުރަނީއެވެ.
Verse 130
وَإِذَا بَطَشْتُم بَطَشْتُمْ جَبَّارِينَ
Transliteration wa-idhā baṭashtum baṭashtum jabbārīna
Dhivehi އަދި ކަލޭމެން މީހަކަށް އަދަބެއްދީ عقوبة އެއްދެންޏާ ކަލޭމެން އެކަންކުރަނީ ނުބައި جبّار ން ކުރިގޮތަށް ނު حقّ ންނެވެ. އަނިޔާވެރިގޮތުގައެވެ.
Verse 131
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Transliteration fa-ittaqū l-laha wa-aṭīʿūni
Dhivehi ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ތިމަންކަލޭގެފާނަށް ކަލޭމެން ކިޔަމަންވާށެވެ!
Verse 132
وَٱتَّقُوا۟ ٱلَّذِىٓ أَمَدَّكُم بِمَا تَعْلَمُونَ
Transliteration wa-ittaqū alladhī amaddakum bimā taʿlamūna
Dhivehi އަދި ކަލޭމެން ދަންނަ ކަލޭމެންނަށް އެނގޭތަކެތިން ކަލޭމެންނަށް މަދަދުކުރެއްވި ކަލާނގެއަށް ކަލޭމެން ބިރުވެތިވާށެވެ! تقوى ވެރިވާށެވެ!
Verse 133
أَمَدَّكُم بِأَنْعَـٰمٍ وَبَنِينَ
Transliteration amaddakum bi-anʿāmin wabanīna
Dhivehi އަދި ކަލޭމެން ދަންނަ ކަލޭމެންނަށް އެނގޭތަކެތިން ކަލޭމެންނަށް މަދަދުކުރެއްވި ކަލާނގެއަށް ކަލޭމެން ބިރުވެތިވާށެވެ! تقوى ވެރިވާށެވެ!
Verse 134
وَجَنَّـٰتٍ وَعُيُونٍ
Transliteration wajannātin waʿuyūnin
Dhivehi އަދި ބަގީޗާތަކާއި އާރުތަކުން ކޯރުތަކުން އެކަލާނގެ ކަލޭމެނަށް މަދަދުކޮށްދެއްވިއެވެ.
Verse 135
إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ
Transliteration innī akhāfu ʿalaykum ʿadhāba yawmin ʿaẓīmin
Dhivehi ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެންގެމައްޗަށް އަދުވެދާނެކަމަށް އަހުރެން ބިރުގަންނަމެވެ.
Verse 136
قَالُوا۟ سَوَآءٌ عَلَيْنَآ أَوَعَظْتَ أَمْ لَمْ تَكُن مِّنَ ٱلْوَٰعِظِينَ
Transliteration qālū sawāon ʿalaynā awaʿaẓta am lam takun mina l-wāʿiẓīna
Dhivehi އެމީހުން يعني: އެ قوم ގެ ކާފަރުން އެކަލޭގެފާނަށް ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ މައްޗަށް وعظ އާއި نصيحة ދެއްވުމެކޭ ނުވަތަ ކަލޭގެފާނު وعظ އާއި نصيحة ނުދެއްވުމެކޭ) ހަމަހަމައެވެ. (އަހުރެމެން إيمان ނުވާހުށީމެވެ.)
Verse 137
إِنْ هَـٰذَآ إِلَّا خُلُقُ ٱلْأَوَّلِينَ
Transliteration in hādhā illā khuluqu l-awalīna
Dhivehi ތިޔަވާހަކަތަކަކީ ހަމަ އިސްވެދިޔަ މީހުންގެ ދޮގުވާހަކަތައް ކަމުގައި މެނުވީނުވެއެވެ.
Verse 138
وَمَا نَحْنُ بِمُعَذَّبِينَ
Transliteration wamā naḥnu bimuʿadhabīna
Dhivehi އަދި އަހުރެމެންނަކީ عذاب ލިބެވޭނޭ ބަޔަކުކަމުގައި ނުވެއެވެ.
Verse 139
فَكَذَّبُوهُ فَأَهْلَكْنَـٰهُمْ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Transliteration fakadhabūhu fa-ahlaknāhum inna fī dhālika laāyatan wamā kāna aktharuhum mu'minīna
Dhivehi ފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި (އެބަހީ: هود ގެފާނުންގެ قوم ގެމީހުން އެމީހުންގެ رسول ދޮގުކުރުމުގެ ސަބަބުން އެމީހުން ހަލާކުކުރެއްވުމުގައި ކަލޭގެފާނުންގެ قوم ގެމީހުންނަށްވާ) ދަލީލެއްވެއެވެ. عبرة އެއްވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރި މީހުންކަމުގައި ނުވިއެވެ.
Verse 140
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Transliteration wa-inna rabbaka lahuwa l-ʿazīzu l-raḥīmu
Dhivehi އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުކަލާނގެއެވެ.
Verse 141
كَذَّبَتْ ثَمُودُ ٱلْمُرْسَلِينَ
Transliteration kadhabat thamūdu l-mur'salīna
Dhivehi އަދި ثَمود ބާގައިގެމީހުން ފޮނުއްވުނު ر سول ން ދޮގުކުރިއެވެ.
Verse 142
إِذْ قَالَ لَهُمْ أَخُوهُمْ صَـٰلِحٌ أَلَا تَتَّقُونَ
Transliteration idh qāla lahum akhūhum ṣāliḥun alā tattaqūna
Dhivehi އެއީ އެމީހުންގެ أخ (صَالح ގެފާނު) صالح عليه السّلام - ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން تقوى ވެރިނުވާނޭ ހެއްޔެވެ؟ ބިރުވެތި ނުވާނޭހެއްޔެވެ؟
Verse 143
إِنِّى لَكُمْ رَسُولٌ أَمِينٌ
Transliteration innī lakum rasūlun amīnun
Dhivehi ހަމަކަށަވަރުން އަހުރެންނަކީ ކަލޭމެންނަށްވާ އަމާނާތްތެރި رسول އަކީމެވެ.
Verse 144
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Transliteration fa-ittaqū l-laha wa-aṭīʿūni
Dhivehi ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!
Verse 145
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ
Transliteration wamā asalukum ʿalayhi min ajrin in ajriya illā ʿalā rabbi l-ʿālamīna
Dhivehi އަދި އެކަމުގެމައްޗަށް (އެބަހީ: رسول ކަން އިއްވަވައި ކަލޭމެންނަށް نصيحة ތެރިވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. އަދި އަހުރެންގެ ދަރުމަ عَالم ތަކުގެ ވެރި ربّ ގެ حضرة ގައި މެނުވީ ނުވެއެވެ.
Verse 146
أَتُتْرَكُونَ فِى مَا هَـٰهُنَآ ءَامِنِينَ
Transliteration atut'rakūna fī mā hāhunā āminīna
Dhivehi މިތާ މިދުނިޔޭގައިވާ ތަކެތީގެ ތެރެއަށް އަމާންކަމާއިއެކު އުޅުމަށް ކަލޭމެން ދޫކުރެވޭނޭހެއްޔެވެ؟
Verse 147
فِى جَنَّـٰتٍ وَعُيُونٍ
Transliteration fī jannātin waʿuyūnin
Dhivehi ،(148) އެތާވާ ބަގީޗާތަކާއި ކޯރުތަކާއި ދަނޑުތަކާއި އަދި އޭގެ އިހާގަނޑު ދޮންވެ ފައްކާވެފައިވާ ކަދުރު ރުއްތަކުގެ ތެރޭގައި (މަޖާނަގަން ދޫކޮށްފައިތިބެވޭނެ ހެއްޔެވެ؟)
Verse 148
وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ
Transliteration wazurūʿin wanakhlin ṭalʿuhā haḍīmun
Dhivehi ،(148) އެތާވާ ބަގީޗާތަކާއި ކޯރުތަކާއި ދަނޑުތަކާއި އަދި އޭގެ އިހާގަނޑު ދޮންވެ ފައްކާވެފައިވާ ކަދުރު ރުއްތަކުގެ ތެރޭގައި (މަޖާނަގަން ދޫކޮށްފައިތިބެވޭނެ ހެއްޔެވެ؟)
Verse 149
وَتَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًا فَـٰرِهِينَ
Transliteration watanḥitūna mina l-jibāli buyūtan fārihīna
Dhivehi އަދި ކަލޭމެން ފަރުބަދަތައް ކޮށައި ފޮފަނަގައިގެން ރަނގަޅު މޮޅުގެތައް ހަދަނީއެވެ.
Verse 150
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Transliteration fa-ittaqū l-laha wa-aṭīʿūni
Dhivehi ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ. އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
Verse 151
وَلَا تُطِيعُوٓا۟ أَمْرَ ٱلْمُسْرِفِينَ
Transliteration walā tuṭīʿū amra l-mus'rifīna
Dhivehi އަދި ނުބައިކަންތަކުގައި ދެމިތިބޭ مُسْرِف ންގެ أمر އަށް ކަލޭމެން ކިޔަމަންތެރިނުވާށެވެ!
Verse 152
ٱلَّذِينَ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ
Transliteration alladhīna yuf'sidūna fī l-arḍi walā yuṣ'liḥūna
Dhivehi މިބުނާ مُسْرِف ންނަކީ ބިމުގައި ފަސާދަކުރާ މީހުންނެވެ. އަދި إصلاح ނުކުރާ މީހުންނެވެ.
Verse 153
قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ
Transliteration qālū innamā anta mina l-musaḥarīna
Dhivehi އެމީހުން - އެބަހީ: ثمود ބާގައިގެ ކާފަރުން ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ مخلوق ންގެ ތެރެއިންވާ ބޭކަލެކެވެ. ކަލޭގެފާނަކީ سِحْرُ ޖެހިފައިވާ މީހުންގެތެރެއިންވާ ބޭކަލެކެވެ.
Verse 154
مَآ أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Transliteration mā anta illā basharun mith'lunā fati biāyatin in kunta mina l-ṣādiqīna
Dhivehi އަހުރެމެންކަހަލަ آدم ގެދަރިއަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ. ކަލޭގެފާނަކީ (ތިޔަދައްކަވާ ވާހަކަފުޅުގައި) ތެދުވެރިބޭކަލަކު ކަމުގައި ވަންޏާ ފަހެ ކަލޭގެފާނު ނިކަން مُعْجِزَة އެއް ގެނަސްބަލާށެވެ. رسول އަކުކަމުގައި ބެލެވޭނީ އޭރުންނެވެ.
Verse 155
قَالَ هَـٰذِهِۦ نَاقَةٌ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ
Transliteration qāla hādhihi nāqatun lahā shir'bun walakum shir'bu yawmin maʿlūmin
Dhivehi އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. މިއޮތީ ޖަމަލެކެވެ. (ﷲ ގެ جمل ފުޅެވެ.) (ރަށުގެ) ފެން އެއްދުވަހު އެޖަމަލަށެވެ. (އެދުވަހު ކަލޭމެން ފެންބޭނުން ނުކުރާށެވެ!) އަދި ކަނޑައެޅި އެނގިގެންވާ އަނެއްދުވަހުގެ ފެން ކަލޭމެނަށެވެ. (އެދުވަހު އެޖަމަލު ފެން ނުބޯނެއެވެ.)
Verse 156
وَلَا تَمَسُّوهَا بِسُوٓءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ
Transliteration walā tamassūhā bisūin fayakhudhakum ʿadhābu yawmin ʿaẓīmin
Dhivehi އަދި ނުބައެއް ހެދުމުގެ ގޮތުން ކަލޭމެން އެޖަމަލުގައި ނުބީހޭށެވެ! (ކޮންމެސްކޮންމެސް ގޯނާއެއް ނުކުރާށެވެ. އޭތި އުޅޭގޮތަކަށް އޭތިއުޅޭން ދޫކޮށްލާށެވެ!) އެފަދަ ގޯނާއެއް އެއަށް ކޮށްފިނަމަ ކަލޭމެނަށް ބޮޑުވެގެންވާ ދުވަހެއްގެ عذاب އަތުވެދާނެއެވެ.
Verse 157
فَعَقَرُوهَا فَأَصْبَحُوا۟ نَـٰدِمِينَ
Transliteration faʿaqarūhā fa-aṣbaḥū nādimīna
Dhivehi ފަހެ އެމީހުން އެއެތި މަރައިފިއެވެ. އެހެންވެ އެމީހުން ހިތާމަކުރާ حال ފަތިސްކޮށްފިއެވެ. އެމީހުންނީ ހިތާމަކުރާ ބަޔަކުކަމުގައި ވެއްޖެއެވެ.
Verse 158
فَأَخَذَهُمُ ٱلْعَذَابُ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Transliteration fa-akhadhahumu l-ʿadhābu inna fī dhālika laāyatan wamā kāna aktharuhum mu'minīna
Dhivehi ފަހެ އެމީހުންނަށް عذاب އަތުވެއްޖެއެވެ. (އެއީ ގަދައަޑުފަށަކާއިއެކު زَلْزَلَة އެކެވެ.) ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: ثمود ބާގައިގެމީހުން އެމީހުންގެ رسول އާ صالح عليه السّلام ދޮގުކުރުމުގެ ސަބަބުން އެމީހުން ހަލާކު ކުރެއްވުމުގައި ކަލޭގެފާނުންގެ أمّة ގެމީހުންނަށްވާ) عِبْرة އާއި نصيحة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރިމީހުންކަމުގައި ނުވިއެވެ.
Verse 159
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Transliteration wa-inna rabbaka lahuwa l-ʿazīzu l-raḥīmu
Dhivehi އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 160
كَذَّبَتْ قَوْمُ لُوطٍ ٱلْمُرْسَلِينَ
Transliteration kadhabat qawmu lūṭin l-mur'salīna
Dhivehi އަދި لُوط قوم ގެ މީހުން ފޮނުއްވުނު رَسُول ބޭކަލުން ދޮގުކުރިއެވެ.
Verse 161
إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ
Transliteration idh qāla lahum akhūhum lūṭun alā tattaqūna
Dhivehi އެއީ އެމީހުންގެ أَخ لُوط عليه السّلام ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން تقوى ވެރި ނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟
Verse 162
إِنِّى لَكُمْ رَسُولٌ أَمِينٌ
Transliteration innī lakum rasūlun amīnun
Dhivehi ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ކަލޭމެންނަށްވާ އަމާނާތްތެރި رسول އަކީމެވެ.
Verse 163
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Transliteration fa-ittaqū l-laha wa-aṭīʿūni
Dhivehi ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!
Verse 164
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ
Transliteration wamā asalukum ʿalayhi min ajrin in ajriya illā ʿalā rabbi l-ʿālamīna
Dhivehi އަދި އެކަމުގެ މައްޗަށް - އެބަހީ: رسول ކަން އިއްވެވުމުގެމައްޗަށް) ކަލޭމެންގެ ކިބައިން ތިމަންކަލޭގެފާނު އެއްވެސް އުޖޫރައަކަށް ނޭދެމެވެ. އަދި ތިމަންކަލޭގެފާނުންގެ އުޖޫރަ عَالم ތަކުގެ ވެރި ﷲ ގެ حضرة ގައި މެނުވީ ނުވެއެވެ.
Verse 165
أَتَأْتُونَ ٱلذُّكْرَانَ مِنَ ٱلْعَـٰلَمِينَ
Transliteration atatūna l-dhuk'rāna mina l-ʿālamīna
Dhivehi އަދި މީސްތަކުންކުރެ ފިރިހެނުން ކަލޭމެން ގެނަސްގަންނަނީހެއްޔެވެ؟ (އެބަހީ: އަންހެނުންގެ ބަދަލުގައި ކަލޭމެން ފިރިހެނުންނާ جماع ވަނީއެވެ. ފިރިހެނުންނާ އެޅެނީއެވެ.)
Verse 166
وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَٰجِكُم ۚ بَلْ أَنتُمْ قَوْمٌ عَادُونَ
Transliteration watadharūna mā khalaqa lakum rabbukum min azwājikum bal antum qawmun ʿādūna
Dhivehi އަދި ކަލޭމެންގެ رَبُّ ކަލޭމެނަށްޓަކައި ހައްދަވާފައިވާ އަންހެނުންތައް ކަލޭމެން ދޫކުރަނީއެވެ. ބޭނުން ނުކުރަނީއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ - ފާފަކުރުމާއި ނުބައިކަންތަކުގައި ހައްދުފަހަނަޅާފައިވާ ބައެކެވެ.
Verse 167
قَالُوا۟ لَئِن لَّمْ تَنتَهِ يَـٰلُوطُ لَتَكُونَنَّ مِنَ ٱلْمُخْرَجِينَ
Transliteration qālū la-in lam tantahi yālūṭu latakūnanna mina l-mukh'rajīna
Dhivehi އެމީހުން ދެންނެވިއެވެ. އޭ لوط އެވެ. ކަލޭގެފާނު ތިޔަދައްކަވާ ވާހަކަ ހުއްޓަވައި ނުލެއްވިއްޔާ ކަލޭގެފާނުވާހުށީ (ރަށުން) ނެރެވިގެންވާ މީހުންގެތެރެއިންނެވެ. (އެބަހީ: ރަށުން ނެރެލާހުށީމެވެ.)
Verse 168
قَالَ إِنِّى لِعَمَلِكُم مِّنَ ٱلْقَالِينَ
Transliteration qāla innī liʿamalikum mina l-qālīna
Dhivehi އެކަލޭގެފާނުން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު މިވަނީ ކަލޭމެންގެ ތިޔަ عمل ތަކަށް ރުޅިއަރާ މީހުންގެތެރެއިންނެވެ.
Verse 169
رَبِّ نَجِّنِى وَأَهْلِى مِمَّا يَعْمَلُونَ
Transliteration rabbi najjinī wa-ahlī mimmā yaʿmalūna
Dhivehi އޭއަޅުގެ ربّ އެވެ. މިއަޅާއާއި މިއަޅާގެ أهل ވެރިން އެމީހުން އެކުރާ ކަންތަކުން ސަލާމަތްކުރައްވާނދޭވެ!
Verse 170
فَنَجَّيْنَـٰهُ وَأَهْلَهُۥٓ أَجْمَعِينَ
Transliteration fanajjaynāhu wa-ahlahu ajmaʿīna
Dhivehi ފަހެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ އެންމެހައި أهل ވެރިން ތިމަންރަސްކަލާނގެ ސަލާމަތްކުރައްވައި ނަޖާކުރެއްވީމެވެ.
Verse 171
إِلَّا عَجُوزًا فِى ٱلْغَـٰبِرِينَ
Transliteration illā ʿajūzan fī l-ghābirīna
Dhivehi ބާކީވެތިބި މީހުންގެތެރޭގައި ވި އެންމެ عَجُوز އަކު މެނުވީއެވެ. (މުސްކުޅި އެންމެ އަންހެނަކު މެނުވީއެވެ. އެއީ لُوط عليه السّلام ގެ އަނބިކަނބަލުން ކަމުގައިވިއެވެ. އެކަމަނާވީ ހަލާކުވީ މީހުންގެތެރެއިންނެވެ.)
Verse 172
ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ
Transliteration thumma dammarnā l-ākharīna
Dhivehi ދެންތިބި އަނެއް މީސްތަކުން (އެބަހީ: لُوط عليه السّلام އާއި އެކަލޭގެފާނުންގެ أهل ވެރިން ފިޔަވައި) ދެންތިބިމީހުން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.
Verse 173
وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ
Transliteration wa-amṭarnā ʿalayhim maṭaran fasāa maṭaru l-mundharīna
Dhivehi އަދި އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ إنْذَار ކުރެވުނުމީހުންނަށް ވެހެވުނު ވާރޭ ނުބައިވެގެންވެއެވެ.
Verse 174
إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Transliteration inna fī dhālika laāyatan wamā kāna aktharuhum mu'minīna
Dhivehi ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: لُوط عليه السّلام ގެ قوم ގެ މީހުން އެމީހުންގެ رسول ދޮގުކުރުމުގެ ސަބަބުން އެމީހުން ހަލާކު ކުރެއްވުމުގައި) ކަލޭގެފާނުންގެ قوم ގެ މީހުންނަށްވާ دليل އާއި عبرة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.
Verse 175
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Transliteration wa-inna rabbaka lahuwa l-ʿazīzu l-raḥīmu
Dhivehi އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 176
كَذَّبَ أَصْحَـٰبُ لْـَٔيْكَةِ ٱلْمُرْسَلِينَ
Transliteration kadhaba aṣḥābu al'aykati l-mur'salīna
Dhivehi أَيْكَةُ ގެ އެކުވެރިން - އެރަށުގެ أهل ވެރިން - އެމީހުންގާތަށް ފޮނުއްވެވުނު رسول ބޭކަލުން ދޮގުކުރިއެވެ.\n• ދަންނައެވެ. أَيْكَةُ އަކީ أصل ގައި ބޮނޑިބޮނޑިވެފައިވާ ބޯގަސްތަކެވެ. އެއީ އެރަށުގެ ނަމެވެ. އެހެންވީމާ شُعَيْبُ عليه السّلام ފޮނުއްވާފައި މިވަނީ ދެރަށަކަށެވެ. އެއީ مَدْيَنُ އާއި أَيْكَة އެވެ. قُرُطبى ގެ تفسير ގައި އެވާހަކަ އެގޮތަށްވެއެވެ. والله أعلم.
Verse 177
إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ
Transliteration idh qāla lahum shuʿaybun alā tattaqūna
Dhivehi އެއީ شُعَيْبُ عليه السّلام ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު އެމީހުނަށް ވިދާޅުވިއެވެ. ކަލޭމެން تقوى ވެރި ނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟
Verse 178
إِنِّى لَكُمْ رَسُولٌ أَمِينٌ
Transliteration innī lakum rasūlun amīnun
Dhivehi ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެނަށްވާ އަމާނާތްތެރި رسول އަކީމެވެ.
Verse 179
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Transliteration fa-ittaqū l-laha wa-aṭīʿūni
Dhivehi ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!
Verse 180
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ
Transliteration wamā asalukum ʿalayhi min ajrin in ajriya illā ʿalā rabbi l-ʿālamīna
Dhivehi އަދި އެކަމުގެ މައްޗަށް (އެބަހީ: رسول ކަން އިއްވެވުމުގެމައްޗަށް) ކަލޭމެންގެ ކިބައިން އެއްވެސް أُجُور އަކަށް ތިމަންކަލޭގެފާނު އެދިވަޑައިނުގަންނަމެވެ. ތިމަންކަލޭގެފާނުންގެ أجور ހަމައެކަނި عَالم ތަކުގެ ވެރި ربّ ގެ حضرة ގައި މެނުވީ ނުވެއެވެ.
Verse 181
۞ أَوْفُوا۟ ٱلْكَيْلَ وَلَا تَكُونُوا۟ مِنَ ٱلْمُخْسِرِينَ
Transliteration awfū l-kayla walā takūnū mina l-mukh'sirīna
Dhivehi ކަލޭމެން މިނުން ހަމަހަމަކުރާށެވެ! ފުރިހަމަކުރާށެވެ. އަދި އުނިކުރާ މީހުންގެތެރެއިން ކަލޭމެން ނުވާށެވެ!
Verse 182
وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ
Transliteration wazinū bil-qis'ṭāsi l-mus'taqīmi
Dhivehi އަދި ސީދާވެގެންވާ ތިލަފަތުން (مِيْزَان ން) ކަލޭމެން ވަޒަންކުރާށެވެ!
Verse 183
وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ
Transliteration walā tabkhasū l-nāsa ashyāahum walā taʿthaw fī l-arḍi muf'sidīna
Dhivehi އަދި މީސްތަކުންނަށް އެމީހުންގެ ތަކެތި މަދުނުކުރާށެވެ! އުނި ނުކުރާށެވެ! އަދި ބިމުގައި ފަސާދަކުރާ حال ބަރުބާދުކޮށް ނުބައިކޮށް ފަސާދަކުރާ މީހުންކަމުގައި ނުވާށެވެ!
Verse 184
وَٱتَّقُوا۟ ٱلَّذِى خَلَقَكُمْ وَٱلْجِبِلَّةَ ٱلْأَوَّلِينَ
Transliteration wa-ittaqū alladhī khalaqakum wal-jibilata l-awalīna
Dhivehi އަދި ކަލޭމެންނާއި އަދި އިސްވެދިޔަ خَلْق ތަކުން ހެއްދެވި ކަލާނގެއަށް، (ﷲ އަށް) ބިރުވެތިވާށެވެ!
Verse 185
قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ
Transliteration qālū innamā anta mina l-musaḥarīna
Dhivehi އެމީހުން ދެންނެވިއެވެ. ކަލޭގެފާނު ވާކަން ކަށަވަރީ سحر ޖެހިފައިވާ މީހުންގެތެރެއިންނެވެ.
Verse 186
وَمَآ أَنتَ إِلَّا بَشَرٌ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ ٱلْكَـٰذِبِينَ
Transliteration wamā anta illā basharun mith'lunā wa-in naẓunnuka lamina l-kādhibīna
Dhivehi އަދި ހަމަ އަހުރެމެންފަދަ آدم ގެދަރިއަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ. އަދި އަހުރެމެންނަށް ހީވާގޮތުގައި ކަލޭގެފާނު ވަނީ ދޮގުވެރިންގެތެރެއިންނެވެ.
Verse 187
فَأَسْقِطْ عَلَيْنَا كِسَفًا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Transliteration fa-asqiṭ ʿalaynā kisafan mina l-samāi in kunta mina l-ṣādiqīna
Dhivehi ފަހެ ކަލޭގެފާނަކީ ތެދުވެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައިވަންޏާ އަހުރެމެންގެ މައްޗަށް އުޑުން އެތިއެތިގަނޑު ނިކަން ވަރައިބަލާށެވެ!
Verse 188
قَالَ رَبِّىٓ أَعْلَمُ بِمَا تَعْمَلُونَ
Transliteration qāla rabbī aʿlamu bimā taʿmalūna
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ތިޔަކުރަމުންދާ ކަންތައްތައް ތިމަންކަލޭގެފާނުންގެ ربّ ދެނެވޮޑިގެންވެއެވެ. (އެކަލާނގެ އެކަންކަމަށް ޖަޒާދެއްވާހުއްޓެވެ.)
Verse 189
فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ ٱلظُّلَّةِ ۚ إِنَّهُۥ كَانَ عَذَابَ يَوْمٍ عَظِيمٍ
Transliteration fakadhabūhu fa-akhadhahum ʿadhābu yawmi l-ẓulati innahu kāna ʿadhāba yawmin ʿaẓīmin
Dhivehi ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން ހިޔާގަނޑުގެ ދުވަހުގެ عذاب އެމީހުންނަށް ޖެހިއްޖެއެވެ. ހަމަކަށަވަރުން އެ عذاب ވީ ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަމުގައެވެ. • ދަންނައެވެ. ހިޔާގަނޑުގެ ދުވަހަކީ އެމީހުންނަށް عذاب އައި ދުވަހެވެ. އެކަންވީގޮތެއްކަމަށް އެތައް ބޭކަލެއްގެ އަރިހުން ރިވާކުރައްވައި تفسير الطبري އާއި އެހެނިހެން نفسير ތަކުގައިވެއެވެ. އެރަށުގެމީހުންގެ މައްޗަށް ﷲ تعالى ބޮޑުވިލާގަނޑެއް ފޮނުއްވިއެވެ. ދެން އެރަށުގެ މީސްތަކުން ފިނިކުރުމަށްޓަކައި އެވިލާގަނޑުގެ ހިޔަލަށް ޖަމާވީއެވެ. އެންމެން އެއްވެ جمع ވުމުން އެއްރިވާޔަތެއްގައިވާގޮތުން އެމީހުންގެމައްޗަށް އަލިފާނުގެ ވާރޭއެއް ވެއްސަވައި ހަލާކުކުރެއްވީއެވެ. އަދި އަނެއް ރިވާޔަތެއްގައިވާގޮތުން އެމީހުންނަށް ގަދައަޑުފަށަކާއި ބިންހެލުމެއް އައިސް މީސްތަކުން މަރުވީއެވެ. والله أعلم - = تفسير الطبري =
Verse 190
إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Transliteration inna fī dhālika laāyatan wamā kāna aktharuhum mu'minīna
Dhivehi ހަމަކަށަވަރުން އެކަންކަމުގައި ކަނޑައެޅި بَيَان ވެގެންވާ دليل އާއި عبرة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރާ މީހުންކަމުގައި ނުވިއެވެ.
Verse 191
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Transliteration wa-inna rabbaka lahuwa l-ʿazīzu l-raḥīmu
Dhivehi އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 192
وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَـٰلَمِينَ
Transliteration wa-innahu latanzīlu rabbi l-ʿālamīna
Dhivehi ހަމަކަށަވަރުން މި قرآن އަކީ عَالم ތައް ހައްދަވާ ބޮޑުކުރައްވާ ربّ ގެ ބާވައިލެއްވުމެކެވެ.
Verse 193
نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ
Transliteration nazala bihi l-rūḥu l-amīnu
Dhivehi އެ قرآن އާއިގެން (ﷲ ގެ حضرة ން) ފައިބާވަޑައިގެންނެވީ މާތްވެގެންވާ جِبْريل الأمين އެވެ.
Verse 194
عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ
Transliteration ʿalā qalbika litakūna mina l-mundhirīna
Dhivehi ކަލޭގެފާނުންގެ ހިތްޕުޅަށް އެފޮތް ގެންނެވީ إنذار ކުރައްވާ ބޭކަލުންގެތެރެއިން ކަލޭގެފާނު ވުމަށްޓަކައެވެ.
Verse 195
بِلِسَانٍ عَرَبِىٍّ مُّبِينٍ
Transliteration bilisānin ʿarabiyyin mubīnin
Dhivehi އެއީ بيان ވެ ސާފުވެގެންވާ عرب ބަހުންނެވެ.
Verse 196
وَإِنَّهُۥ لَفِى زُبُرِ ٱلْأَوَّلِينَ
Transliteration wa-innahu lafī zuburi l-awalīna
Dhivehi އަދި ހަމަކަށަވަރުން އިސްވެދިޔަ ބައެއް سَمَاوِي ފޮތްތަކުގައި އެ قرآن ގެ خبر ތައްވެއެވެ.
Verse 197
أَوَلَمْ يَكُن لَّهُمْ ءَايَةً أَن يَعْلَمَهُۥ عُلَمَـٰٓؤُا۟ بَنِىٓ إِسْرَٰٓءِيلَ
Transliteration awalam yakun lahum āyatan an yaʿlamahu ʿulamāu banī is'rāīla
Dhivehi އަޅެފަހެ بَنِي إسرائيلން ގެ عَالِم ންނަށް އެފޮތުގެ خبر ތައް އެނގޭކަން އެއީ އެމީހުންނަށް يعني: قرآن އަށް إنكار ކުރާ މީހުންނަށްވާ دليل އަކަށް ނުފުދޭބާވައެވެ؟ (އެބަހީ: قرآن ބާވައިލެއްވުމުގެ މާކުރީ ދުނިޔޭގައި އުޅޭ عالم ންނަށް އެފޮތުގެ خبر ތައް އެނގޭކަމީ އެފޮތް ތެދުކަމުގެ دليل އެކެވެ.)
Verse 198
وَلَوْ نَزَّلْنَـٰهُ عَلَىٰ بَعْضِ ٱلْأَعْجَمِينَ
Transliteration walaw nazzalnāhu ʿalā baʿḍi l-aʿjamīna
Dhivehi ،(199) އަދި ތިމަންރަސްކަލާނގެ އެފޮތް عرب ބަހުން ވާހަކަނުދެއްކޭ މީހެއްގެމައްޗަށް ބާވައިލައްވައި ދެން އެމީހާ އެމީހުންގެ މައްޗަށް (މައްކާގެމީހުންގެ މައްޗަށް) އެފޮތް ކިޔައިދިންނަމަ އެމީހުން އެފޮތަށް إيمان ނުވީހެވެ.
Verse 199
فَقَرَأَهُۥ عَلَيْهِم مَّا كَانُوا۟ بِهِۦ مُؤْمِنِينَ
Transliteration faqara-ahu ʿalayhim mā kānū bihi mu'minīna
Dhivehi ،(199) އަދި ތިމަންރަސްކަލާނގެ އެފޮތް عرب ބަހުން ވާހަކަނުދެއްކޭ މީހެއްގެމައްޗަށް ބާވައިލައްވައި ދެން އެމީހާ އެމީހުންގެ މައްޗަށް (މައްކާގެމީހުންގެ މައްޗަށް) އެފޮތް ކިޔައިދިންނަމަ އެމީހުން އެފޮތަށް إيمان ނުވީހެވެ.
Verse 200
كَذَٰلِكَ سَلَكْنَـٰهُ فِى قُلُوبِ ٱلْمُجْرِمِينَ
Transliteration kadhālika salaknāhu fī qulūbi l-muj'rimīna
Dhivehi ނުބައިވެގެންވާ مجرم ންގެ ހިތްތަކުގައި ތިމަންރަސްކަލާނގެ (إيمان ނުވުން) ވައްދަވައި ހަރުކުރެއްވީ އެފަދައިންނެވެ.
Verse 201
لَا يُؤْمِنُونَ بِهِۦ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ
Transliteration lā yu'minūna bihi ḥattā yarawū l-ʿadhāba l-alīma
Dhivehi އެމީހުންނަށް ވޭންދެނިވި عذاب ފެންނަންދެން އެމީހުން އެފޮތަށް إيمان ނުވާނެއެވެ.
Verse 202
فَيَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ
Transliteration fayatiyahum baghtatan wahum lā yashʿurūna
Dhivehi އެމީހުންނަށް އެ عذاب އަންނާނީ ހަމަކުއްލިއަކަށެވެ. އެމީހުންނަށް إحساس ވެސްވުމަކާއި ނުލައެވެ.
Verse 203
فَيَقُولُوا۟ هَلْ نَحْنُ مُنظَرُونَ
Transliteration fayaqūlū hal naḥnu munẓarūna
Dhivehi ފަހެ އެމީހުން ބުނާނެއެވެ. އެބަހީ: قرآن އަށް إنكار ކުރާމީހުން ބުނާނެއެވެ. އަހުރެމެން ފަސްކުރެވޭނެ ހެއްޔެވެ؟ މުހުލަތު ދެވޭނޭހެއްޔެވެ. (އެބަހީ: އަލުން ދުނިޔެއަށްގޮސް ހެޔޮ عمل ކުރުމަށް ތަންވަޅުދެވޭނޭހެއްޔެވެ؟)
Verse 204
أَفَبِعَذَابِنَا يَسْتَعْجِلُونَ
Transliteration afabiʿadhābinā yastaʿjilūna
Dhivehi އެމީހުން ފަހެ ތިމަންރަސްކަލާނގެ عذاب އަވަސްވުމަށް އެދެނީހެއްޔެވެ؟ (އެމީހުން އެފަދަ ބަސްތައް ބުނެހެއްޖެވެ.)
Verse 205
أَفَرَءَيْتَ إِن مَّتَّعْنَـٰهُمْ سِنِينَ
Transliteration afara-ayta in mattaʿnāhum sinīna
Dhivehi ކަލޭގެފާނު ނިކަން خبر ދެއްވައިބައްލަވާށެވެ. ތިމަންރަސްކަލާނގެ އެމީހުންނަށް އެތައްއަހަރުތަކެއްގެ އަރާމާއި މުހުލަތު ދިންނަމަވެސް
Verse 206
ثُمَّ جَآءَهُم مَّا كَانُوا۟ يُوعَدُونَ
Transliteration thumma jāahum mā kānū yūʿadūna
Dhivehi ދެން އޭގެފަހުގައި އެމީހުންނަށް وَعْدُ ވެގެންވާ عذاب އެމީހުންނަށް އައިނަމަވެސް
Verse 207
مَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يُمَتَّعُونَ
Transliteration mā aghnā ʿanhum mā kānū yumattaʿūna
Dhivehi އެދިން މުހުލަތާއި ތިބިތިބުމުން އެއްވެސްކަމެއް އެމީހުންނަށް ނުފުދޭނެއެވެ. (އެމީހުންގެ شرك ން ދުރުވެ توبة ނުވާނެއެވެ.) އެހެންވެ އެމީހުންގެ عذاب ވެސް ލުއިނުކުރެވޭނެއެވެ.
Verse 208
وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا لَهَا مُنذِرُونَ
Transliteration wamā ahlaknā min qaryatin illā lahā mundhirūna
Dhivehi އަދި ތިމަންރަސްކަލާނގެ އެއްވެސް ރަށަކަށް إنذار ކުރައްވާނޭ رسول ބޭކަލުން ފޮނުއްވާފައިމެނުވީ އެރަށެއް ހަލާކު ނުކުރައްވަމެވެ. (އެބަހީ: ކޮންމެރަށެއްވެސް ތިމަންރަސްކަލާނގެ ހަލާކުކުރައްވަނީ އެރަށަކަށް رسول ބޭކަލަކު ފޮނުއްވައި އެމީހުންނަށް إنذار ކުރެއްވުމަށްފަހު އެމީހުން إيمان ނުވީމައެވެ.
Verse 209
ذِكْرَىٰ وَمَا كُنَّا ظَـٰلِمِينَ
Transliteration dhik'rā wamā kunnā ẓālimīna
Dhivehi އެއީ އެމީހުންނަށްވާ ހަނދާންކޮށްދެއްވުމެކެވެ. އަދި ތިމަންރަސްކަލާނގެއީ އަނިޔާވެރިވެވޮޑިގަންނަވާ ކަލަކުކަމުގައި ނުވެއެވެ.
Verse 210
وَمَا تَنَزَّلَتْ بِهِ ٱلشَّيَـٰطِينُ
Transliteration wamā tanazzalat bihi l-shayāṭīnu
Dhivehi އަދި އެ قرآن އާއިގެން (އުޑުން ބިމަށް) ފޭބީ ޝައިތާނުންނެއް ނޫނެވެ.
Verse 211
وَمَا يَنۢبَغِى لَهُمْ وَمَا يَسْتَطِيعُونَ
Transliteration wamā yanbaghī lahum wamā yastaṭīʿūna
Dhivehi އަދި އެއީ އެސޮރުމެނަށް އެކަށީގެންވާކަމެއް ނޫނެވެ. އަދި އެއީ އެސޮރުމެނަށް ކުޅަދާނަވެގެންވާކަމެއްވެސް ނޫނެވެ.
Verse 212
إِنَّهُمْ عَنِ ٱلسَّمْعِ لَمَعْزُولُونَ
Transliteration innahum ʿani l-samʿi lamaʿzūlūna
Dhivehi ހަމަކަށަވަރުން އެސޮރުމެންވަނީ (އުޑުގެ خبر ތައް އެހުމުން) މުޅިން ދުރުކުރެވިގެންނެވެ. (އެހެންވީއިރު އެ قرآن އާއިގެން އެސޮރުމެން ފައިބާނީ ކޮންފަދައަކުންހެއްޔެވެ؟)
Verse 213
فَلَا تَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتَكُونَ مِنَ ٱلْمُعَذَّبِينَ
Transliteration falā tadʿu maʿa l-lahi ilāhan ākhara fatakūna mina l-muʿadhabīna
Dhivehi ފަހެ ކަލޭގެފާނު ﷲ އާއިއެކު އެހެން إله އަކަށް ގޮވާ دعاء ކުރައްވާ ނުހައްދަވާށެވެ! އެހެން ހައްދަވައިފިނަމަ عذاب ލިބިގެންވާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގެންފާނެއެވެ.
Verse 214
وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ
Transliteration wa-andhir ʿashīrataka l-aqrabīna
Dhivehi އަދި ކަލޭގެފާނުންގެ ގާތްތިމާގެ މީހުންނަށް إنذار ކުރައްވާށެވެ!
Verse 215
وَٱخْفِضْ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ
Transliteration wa-ikh'fiḍ janāḥaka limani ittabaʿaka mina l-mu'minīna
Dhivehi އަދި مؤمن ންކުރެ ކަލޭގެފާނަށް تبع ވާ މީހަކަށްވިއްޔާ އޯގާވެރިވެވަޑައިގަންނަވާށެވެ!
Verse 216
فَإِنْ عَصَوْكَ فَقُلْ إِنِّى بَرِىٓءٌ مِّمَّا تَعْمَلُونَ
Transliteration fa-in ʿaṣawka faqul innī barīon mimmā taʿmalūna
Dhivehi ފަހެ އެމީހުން ކަލޭގެފާނަށް އުރެދިއްޖެއްޔާ އެމީހުނަށް ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު މިވަނީ ކަލޭމެންކުރާ ކަންތަކުން މުޅިން ބަރީއަވެގެންނެވެ.
Verse 217
وَتَوَكَّلْ عَلَى ٱلْعَزِيزِ ٱلرَّحِيمِ
Transliteration watawakkal ʿalā l-ʿazīzi l-raḥīmi
Dhivehi އަދި عزّة ވަންތަ ގިނަގިނައިން رحمة ލައްވާ ކަލާނގެ حضرة އަށް ކަލޭގެފާނު وكيل ކުރައްވާށެވެ! (އެފަރާތަށް އިތުބާރު ކުރައްވައި ކަންތައްތައް އެފަރާތާއި حوال ކުރައްވާށެވެ!)
Verse 218
ٱلَّذِى يَرَىٰكَ حِينَ تَقُومُ
Transliteration alladhī yarāka ḥīna taqūmu
Dhivehi އެކަލާނގެއީ ކަލޭގެފާނު (ނަމާދުފުޅަށް) ތެދުވެވަޑައިގަންނަވާހިނދު ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 219
وَتَقَلُّبَكَ فِى ٱلسَّـٰجِدِينَ
Transliteration wataqallubaka fī l-sājidīna
Dhivehi އަދި ކަލޭގެފާނު رُكُوع ކުރައްވާ سجدة ކުރައްވާއިރުވެސް އެކަލާނގެ ދެކެވޮޑިގެންވެއެވެ.
Verse 220
إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ
Transliteration innahu huwa l-samīʿu l-ʿalīmu
Dhivehi ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 221
هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَـٰطِينُ
Transliteration hal unabbi-ukum ʿalā man tanazzalu l-shayāṭīnu
Dhivehi އެމީހެއްގެ މައްޗަށް شيطان ން ފައިބާ މީހެއްގެ خبر ތިމަންރަސްކަލާނގެ ކަލޭމެނަށް ދެއްވަންހެއްޔެވެ؟
Verse 222
تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ
Transliteration tanazzalu ʿalā kulli affākin athīmin
Dhivehi އެސޮރުމެން ފައިބަނީ ގިނަގިނައިން ދޮގުހަދާ އަދި ފާފަކުރުންގިނަ މީހުންގެ މައްޗަށެވެ.
Verse 223
يُلْقُونَ ٱلسَّمْعَ وَأَكْثَرُهُمْ كَـٰذِبُونَ
Transliteration yul'qūna l-samʿa wa-aktharuhum kādhibūna
Dhivehi އެސޮރުމެން (އުޑުންއަހާ خبر ތައް) ކަހީނުންނަށް ބުނެދެއެވެ. އަދި އެމީހުންކުރެ ގިނަމީހުންނަކީ يعني: ކަހީނުންކުރެ ގިނަމީހުންނަކީ ދޮގުވެރިންނެވެ. އެމީހުންގެ ގިނަވާހަކައަކީ ދޮގެވެ.
Verse 224
وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلْغَاوُۥنَ
Transliteration wal-shuʿarāu yattabiʿuhumu l-ghāwūna
Dhivehi އަދި شاعر ން އެބަހީ: ޅެންވެރިން ދަންނައެވެ. އެމީހުންނާއި غَاوِى އިން تبع ވެއެވެ. (غَاوى އަކީ شيطان އެވެ. ނުވަތަ މަގުފުރައްދާ ކޮންމެ މީހެކެވެ. آدم ގެދަރިޔަކަސް ޖިންނިޔަކަސް ހަމަހަމައެވެ.)
Verse 225
أَلَمْ تَرَ أَنَّهُمْ فِى كُلِّ وَادٍ يَهِيمُونَ
Transliteration alam tara annahum fī kulli wādin yahīmūna
Dhivehi އަދި އެމީހުން ކޮންމެ وادى އެއްގައިވެސް ހިނގާ އަދި ފީނާހަދާތަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ. (އެބަހީ: އެމީހުން ކޮންމެ ފަންނެއްގައިވެސް ޅެންތައް ކިޔައެވެ.)
Verse 226
وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ
Transliteration wa-annahum yaqūlūna mā lā yafʿalūna
Dhivehi އަދި އެމީހުން ނުކުރާ ކަންތަކުގެ ވާހަކަ އެމީހުން ބުނާނެއެވެ.
Verse 227
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَذَكَرُوا۟ ٱللَّهَ كَثِيرًا وَٱنتَصَرُوا۟ مِنۢ بَعْدِ مَا ظُلِمُوا۟ ۗ وَسَيَعْلَمُ ٱلَّذِينَ ظَلَمُوٓا۟ أَىَّ مُنقَلَبٍ يَنقَلِبُونَ
Transliteration illā alladhīna āmanū waʿamilū l-ṣāliḥāti wadhakarū l-laha kathīran wa-intaṣarū min baʿdi mā ẓulimū wasayaʿlamu alladhīna ẓalamū ayya munqalabin yanqalibūna
Dhivehi އެމީހުންގެތެރެއިން އީމާންވެގެން صالح ކޮށް އަދި ގިނަގިނައިން ﷲ އަށް ذِكر ކޮށް ﷲ ހަނދާންކުރާމީހުން މެނުވީއެވެ. އަދި އެމީހުންނަށް އަނިޔާލިބެވުމަށްފަހު نصر ލިބުނު މީހުން މެނުވީއެވެ. (އެއީ: مؤمن ންގެ ތެރޭގައި ތިބި ޅެންވެރިންނެވެ. حَسَّان بن ثابت ކަހަލަ ބޭކަލުންނެވެ. އެފަދަމީހުންނަކީ ޅެމުން ކާފަރުންގެ މައްޗަށް نصر ލިބުނުމީހުންނެވެ.) އަދި އަނިޔާވެރިވީ މީސްތަކުންނަށް ނުވަތަ مشرك ންނަށް ތިމާމެން ފުރޮޅިގެންދާނޭ ތަނަކީ ކޮންތަނެއްކަން ނިކަންހުރެ އެނގިދާނެއެވެ. (އެތަނަކީ އެއީ ނަރަކައެވެ. والله أعلم)
Read Surah Ash-Shu'ara in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.