Surah Ya-Sin in Dhivehi: translation and audio
Surah 36 · يس · Ya Sin · 83 verses
Surah Ya-Sin verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Ya-Sin word by word in English.
Verse 1
يسٓ
Transliteration ya-seen
Dhivehi يس = މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ބައެއްބޭކަލުން " އޭއިންސާނާއޭ" މިހެން ترجمة ކުރެއްވިއެވެ. އަދި ބައެއްބޭކަލުން އޭ محمد އޭ މިފަދައިން ترجمة ކުރެއްވިއެވެ. والله أعلم.
Verse 2
وَٱلْقُرْءَانِ ٱلْحَكِيمِ
Transliteration wal-qur'āni l-ḥakīmi
Dhivehi حكمة ގެވަރި އަދި حكم ގަދަވެގެންވާ قُرْآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.
Verse 3
إِنَّكَ لَمِنَ ٱلْمُرْسَلِينَ
Transliteration innaka lamina l-mur'salīna
Dhivehi އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންވަނީ ފޮނުއްވިގެންވާ ރަސޫބޭކަލުންގެ ތެރެއިންނެވެ. (އެބަހީ ކަލޭގެފާނީ ﷲ ފޮނުއްވި ރަސޫލުބޭކަލުންގެތެރެއިންވާ ރަސޫލުބޭކަލެކެވެ.)
Verse 4
عَلَىٰ صِرَٰطٍ مُّسْتَقِيمٍ
Transliteration ʿalā ṣirāṭin mus'taqīmin
Dhivehi އަދި ކަލޭގެފާނު ފޮނުއްވިގެންވަނީ ސީދާވެގެންވާ ތެދުމަގާއިގެންނެވެ. އެކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ.
Verse 5
تَنزِيلَ ٱلْعَزِيزِ ٱلرَّحِيمِ
Transliteration tanzīla l-ʿazīzi l-raḥīmi
Dhivehi އަދި މި قُرْآن އަކީ عِزَّة ވަންތަ رَحِيْم ވަންތަ ކަލާނގެ حَضْرَة ން ބާވާތްލައްވާ ބާވާތްލެއްވުމެކެވެ.
Verse 6
لِتُنذِرَ قَوْمًا مَّآ أُنذِرَ ءَابَآؤُهُمْ فَهُمْ غَـٰفِلُونَ
Transliteration litundhira qawman mā undhira ābāuhum fahum ghāfilūna
Dhivehi އަދި މިފޮތް ބާވާތްލެއްވުނީ ބަޔަކުމީހުންނަށް ކަލޭގެފާނު އިންޒާރު ކުރެއްވުމަށެވެ. އެބައިމީހުންނަށް އަތުވެދާނޭ ޢަޒާބެއްގެވާހަކައިން ބިރުގެންނެވުމަށެވެ. އެމީހުންނަކީ އެމީހުންގެ ކާބައިންނަށް އިންޒާރު ކުރެވިފައި ނުވާބައެކެވެ. އަދި އެމީހުންވަނީ غَافِلُ ވެގެންނެވެ. * ދަންނައެވެ. މިއާޔަތުން މިސިފަކުރައްވާބަޔަކީ މައްކާގެމީހުން ކަމުގައިވިއެވެ. ދެންވެސްތިބި އެހެނިހެން ޢަރަބީންނެވެ. مُحَمَّد صَلَى الله عَلَيْه وَسَلّم ގެކުރިން އެމީހުންގާތަސް ރަސޫލުބޭކަލަކު ވަޑައިނުގަންނަވައެވެ.
Verse 7
لَقَدْ حَقَّ ٱلْقَوْلُ عَلَىٰٓ أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ
Transliteration laqad ḥaqqa l-qawlu ʿalā aktharihim fahum lā yu'minūna
Dhivehi ހަމަކަށަވަރުން އެމީހުންގެ ގިނަމީހުންގެ މައްޗަށް. (ޢަޒާބުގެ) ބަސްފުޅު ޙައްޤު ވެގެންވެއެވެ. ފަހެ އެމީހުން إيمان އެއްނުވާނެއެވެ.
Verse 8
إِنَّا جَعَلْنَا فِىٓ أَعْنَـٰقِهِمْ أَغْلَـٰلًا فَهِىَ إِلَى ٱلْأَذْقَانِ فَهُم مُّقْمَحُونَ
Transliteration innā jaʿalnā fī aʿnāqihim aghlālan fahiya ilā l-adhqāni fahum muq'maḥūna
Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ކަނދުރާތަކުގައި ކަސްތަޅުތަކެއް. އެޅުވީމެވެ. އެތަކެތިވާނީ ދަތްދޮޅިތަކުގެ ދަށަށެވެ. އެމީހުން ވާނީ ލޯތަށްމެރި (މޫނުތައް) މައްޗަށް އުފުލިގެންނެވެ.
Verse 9
وَجَعَلْنَا مِنۢ بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَـٰهُمْ فَهُمْ لَا يُبْصِرُونَ
Transliteration wajaʿalnā min bayni aydīhim saddan wamin khalfihim saddan fa-aghshaynāhum fahum lā yub'ṣirūna
Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންގެ ކުރިމަތީގައްޔާއި އަދި އެމީހުންގެ ފުރަގަހުގައި ހުރަހެއް ލެއްވީމެވެ. ފަހެ އެމީހުންނަކަށް ނުފެންނާނެއެވެ.
Verse 10
وَسَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ
Transliteration wasawāon ʿalayhim a-andhartahum am lam tundhir'hum lā yu'minūna
Dhivehi އަދި ކަލޭގެފާނު އެމީހުންނަށް އިންޒާރު ކުރެއްވުމެކޭ ނުވަތަ ކަލޭގެފާނު އެމީހުންނަށް އިންޒާރު ނުކުރެއްވުމެކޭ އެމީހުންގެ މައްޗަށް ހަމަހަމަ ވެގެންވެއެވެ. އެމީހުން އީމާނެއް ނުވާނެއެވެ.
Verse 11
إِنَّمَا تُنذِرُ مَنِ ٱتَّبَعَ ٱلذِّكْرَ وَخَشِىَ ٱلرَّحْمَـٰنَ بِٱلْغَيْبِ ۖ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ
Transliteration innamā tundhiru mani ittabaʿa l-dhik'ra wakhashiya l-raḥmāna bil-ghaybi fabashir'hu bimaghfiratin wa-ajrin karīmin
Dhivehi ކަލޭގެފާނު އިންޒާރު ކުރައްވާނެކަން ކަށަވަރީ (އިންޒާރު ކުރެއްވުމުން ފައިދާކުރާނެކަންނަށަވަރީ) ذِكْرُ އާއި ތަބަޢަވީމީހަކަށެވެ. (قُرْآن އާއި ތަބަޢަވާމީހަކަށެވެ.) އަދި رَحْمَن ވަންތަ ﷲ އަށް ސިއްރުގައި ނުވަތަ غَيْبُ ގައި ބިރުވެތިވާ މީހުންނަށެވެ. އެފަދަމީހުންނަށް ފާފަ ފުއްސެވުމާއި އަދި ދީލަތިވެގެންވާ ދަރުމަހުރިކަމަށް ކަލޭގެފާނު އުފާވެރި ޚަބަރުދެއްވާށެވެ.
Verse 12
إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَـٰرَهُمْ ۚ وَكُلَّ شَىْءٍ أَحْصَيْنَـٰهُ فِىٓ إِمَامٍ مُّبِينٍ
Transliteration innā naḥnu nuḥ'yī l-mawtā wanaktubu mā qaddamū waāthārahum wakulla shayin aḥṣaynāhu fī imāmin mubīnin
Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ މަރުވެފައިވާތަކެތި ދިރުއްވަމެވެ. (މަރުވިމީސްތަކުން ދިރުއްވައި مَحْشَرُ ކުރައްވާ ހުށީމެވެ.) އަދިއެމީހުން ކުރިކަންތައްތަކާއި (ދުނިޔޭގައި ކުރިޢަމަލުތައް) އަދި އެމީހުންގެ އަސަރުތަކާއި (ހެވާއި ނުބައިގެގޮތުން މަރުވުމަށްފަހުދެންހިގައިފާނެ ކަންކަމާއި) މިހުރިހާކަމެއް ބަޔާންވެގެންވާ ފޮތުގައި (لَوْحُ المَحْفُوظُ ގައި ނުވަތަ ޢަމަލުގެ ފަތުގައި) ތިމަންރަސްކަލާނގެ ލިއުއްވާ ހުށީމެވެ.
Verse 13
وَٱضْرِبْ لَهُم مَّثَلًا أَصْحَـٰبَ ٱلْقَرْيَةِ إِذْ جَآءَهَا ٱلْمُرْسَلُونَ
Transliteration wa-iḍ'rib lahum mathalan aṣḥāba l-qaryati idh jāahā l-mur'salūna
Dhivehi (އޭ رَسُولُ الله އެވެ!) އަދިކަލޭގެފާނުން އެމީހުންނަށް ރަށުގެ އެކުވެރިންގެ މިސާލެއްޖައްސަވައި ދެއްވާށެވެ! مُفَسِّرُ ން ވިދާޅުވާގޮތުގައި އެރަށަކީ (إنْطَاكِيَة) އެވެ. އެއީ އެރަށަށް (عِيْسَى عَلَيْه السلام) ފޮނުއްވިބޭކަލުން ވަޑައިގެންނެވި ހިނދުންނެވެ.
Verse 14
إِذْ أَرْسَلْنَآ إِلَيْهِمُ ٱثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوٓا۟ إِنَّآ إِلَيْكُم مُّرْسَلُونَ
Transliteration idh arsalnā ilayhimu ith'nayni fakadhabūhumā faʿazzaznā bithālithin faqālū innā ilaykum mur'salūna
Dhivehi އެއީ ދީނަށް ގޮވައިލެއްވުމަށް ތިމަންރަސްކަލާނގެ އެމީހުންގެގާތަށް ދެބޭކަލުން ފޮނުއްވިހިނދުންނެވެ އަދި އެމީހުން އެދެބޭކަލުން ދޮގުކޮށްފިއެވެ. ދެން ފަހެ ތިމަންރަސްކަލާނގެ އެދެބޭކަލުންގެ ކަންތައް ގަދަކޮށް އެބޭކަލުންގެ ބަސްތެދުކުރުމަށް ތިންވަނަބޭކަލަކުވެސް ފޮނުއްވައި ދެއްވީމެވެ. ފަހެ އެތިންބޭކަލުން އެރަށުގެ އަހުލުވެރިންނަށް ވިދާޅުވީ ހަމަކަށަވަރުން ތިމަންބޭކަލުންނަކީ ކަލޭމެންގެގާތާށް ފޮނުއްވިގެންވާބޭކަލުންނީމުއެވެ. (ކަލޭމެންނަށް ދީނަށް ގޮވައިލެއްވުމަށެވެ.)
Verse 15
قَالُوا۟ مَآ أَنتُمْ إِلَّا بَشَرٌ مِّثْلُنَا وَمَآ أَنزَلَ ٱلرَّحْمَـٰنُ مِن شَىْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ
Transliteration qālū mā antum illā basharun mith'lunā wamā anzala l-raḥmānu min shayin in antum illā takdhibūna
Dhivehi އެމީހުން އެބޭކަލުންނަށް ދެންނެވިއެވެ. ކަލޭމެންނަކީވެސް ހަމަ އަހުރެމެންކަހަލަ އާދަމުގެދަރިން ކަމުގައިމެނުވީ ނުވެއެވެ. (ﷲ ރަސޫލުބޭކަލަކު ފޮނުއްވަންޏާ ފޮނުއްވާނީ މަލާއިކަތްބޭކަލެކެވެ.) އަދި رَحْمن ވަންތަކަލާނގެ އެއްވެސް އެއްޗެއް ބާވާތްނުލައްވައެވެ. އަދި ހަމަ ދޮގުވެރި ބަޔަކު ކަމުގައި މެނުވީ ތިބޭކަލުން ނުވެއެވެ.
Verse 16
قَالُوا۟ رَبُّنَا يَعْلَمُ إِنَّآ إِلَيْكُمْ لَمُرْسَلُونَ
Transliteration qālū rabbunā yaʿlamu innā ilaykum lamur'salūna
Dhivehi އެބޭކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެމެންނީ ކަނޑައެޅިގެން ކަލޭމެންގެގާތަށް ފޮނުވިގެންވާ ބަޔަކުކަން އަހުރެމެންގެ رَبُّ ދެނެވޮޑިގެންވެއެވެ.
Verse 17
وَمَا عَلَيْنَآ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ
Transliteration wamā ʿalaynā illā l-balāghu l-mubīnu
Dhivehi އަދި ބަޔާންވެ ފައުޅުވެގެންވާ ފަދައަކުން އިއްވައިދިނުން މެނުވީ އަހުރެމެންގެ މައްޗަކަށް ވާޖިބުވެގެން ނުވެއެވެ. އަހައި ކިޔަމަންތެރިވުމަކީ ކަލޭމެންގެ ވާޖިބެކެވެ.
Verse 18
قَالُوٓا۟ إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا۟ لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ
Transliteration qālū innā taṭayyarnā bikum la-in lam tantahū lanarjumannakum walayamassannakum minnā ʿadhābun alīmun
Dhivehi އެރަށުގެމީހުން އެބޭކަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭމެންގެ ސަބަބުން އަހުރެމެންނަށް ސުންޕާކަން ޖެހިއްޖެއެވެ. އަދި ކަލޭމެން (ތިޔަވާހަކަދެއްކުން) ހުއްޓައިނުލިއްޔާ ހަކަށަވަރުން އަހުރެމެން ކަލޭމެން ރަޖަމުކުރާ ހުށީމެވެ. އަދި ހަކަށަވަރުން އަހުރެމެންގެފަރާތުން ކަލޭމެނަށް ވޭންދެނިވި عَذَابُ އެއް ޖައްސައިފާހުށީމެވެ.
Verse 19
قَالُوا۟ طَـٰٓئِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ
Transliteration qālū ṭāirukum maʿakum a-in dhukkir'tum bal antum qawmun mus'rifūna
Dhivehi އެބޭކަލުން ވިދާޅުވިއެވެ. ކަލޭމެންނަށް ސުންޕާކަމެއް ޖެހުނިއްޔާ އެޖެހުނު ސުންޕާކަމަކީ ކަލޭމެންގެ ނަފުސުތަކުގެފަރާތުން ކަލޭމެންނަށް ޖެހުނު ކަމެކެވެ. (އަހުރެމެން ކަލޭމެންނަށް وَعْظُ نَصِيْحَة ދިނުން ސުންޕާކަމެއްކަމުގައި ބަލަނީ ހެއްޔެވެ؟ އެހެންނަކުންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ ނުބައިކަމުގައި ހައްދު ފަހަނައަޅައިފާ ބަޔަކީއެވެ.
Verse 20
وَجَآءَ مِنْ أَقْصَا ٱلْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَـٰقَوْمِ ٱتَّبِعُوا۟ ٱلْمُرْسَلِينَ
Transliteration wajāa min aqṣā l-madīnati rajulun yasʿā qāla yāqawmi ittabiʿū l-mur'salīna
Dhivehi އަދި ރަށުގެ އެންމެދުރުކޮޅުން ބާރުހިގުމުގައި ހަރުގަންނަވާފައި އައިމީހަކު އަތުވެއްޖެއެވެ. އެމީހަކީ (حَبِيْبُ بنُ مُوسَى النَّجَّار ކިޔާމީހަކު ކަމުގައިވިއެވެ.) އަދި އެމީހާބުންޏެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ. ކަލޭމެން މިފޮނުއްވިގެންވާ ބޭކަލުންނާއި تَبَعَ ވާށެވެ! (އެބޭކަލުންނަކީ صَادِقُ އާއި صَدُوقُ އާއި އަދި شَلُوم އެވެ.)\n* قَتَادَةُ ކިޔާބޭކަލަކު ވިދާޅުވިއެވެ. ދަންނައެވެ. މި حَبِيْبُ بنُ مُوسَى النَّجَّار އަކީ ފަރުބަދައެއްގެ ހޮހޮޅުގައި ﷲއަށް އަޅުކަންކުރާމީހެކެވެ. އަދި އެބޭކަލުންވަޑައިގެން ދީނަށް ގޮވައިލައްވާ އަޑުއިވިގެން ހަރުގަންނަވާފައި އައީއެވެ. = زُبْدَةُ التفسِيْر =
Verse 21
ٱتَّبِعُوا۟ مَن لَّا يَسْـَٔلُكُمْ أَجْرًا وَهُم مُّهْتَدُونَ
Transliteration ittabiʿū man lā yasalukum ajran wahum muh'tadūna
Dhivehi (އަދި އޭނާ އޭނާގެ ޤައުމުގެމީހުންނަށް ބުންޏެވެ.) ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދޭ ބަޔަކާއި އަދި އެބޭކަލުންނަށް ތެދުމަގު ލިބިވަޑައިގެންވާ ބަޔަކާއި ކަލޭމެން ތަބާވާށެވެ!
Verse 22
وَمَا لِىَ لَآ أَعْبُدُ ٱلَّذِى فَطَرَنِى وَإِلَيْهِ تُرْجَعُونَ
Transliteration wamā liya lā aʿbudu alladhī faṭaranī wa-ilayhi tur'jaʿūna
Dhivehi އަދި އަހުރެން ނެތުމުގެ ތެރެއިން އަހުރެން ހެއްދެވި ފަރާތަށް އަޅުކަން ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އަދި ކަލޭމެން ހުރިހާމީހުން އެނބުރިދިއުންވަނީ ވެސް ހަމަ ކަލާނގެ حَضْرَةُ އަށެވެ.
Verse 23
ءَأَتَّخِذُ مِن دُونِهِۦٓ ءَالِهَةً إِن يُرِدْنِ ٱلرَّحْمَـٰنُ بِضُرٍّ لَّا تُغْنِ عَنِّى شَفَـٰعَتُهُمْ شَيْـًٔا وَلَا يُنقِذُونِ
Transliteration a-attakhidhu min dūnihi ālihatan in yurid'ni l-raḥmānu biḍurrin lā tugh'ni ʿannī shafāʿatuhum shayan walā yunqidhūni
Dhivehi އަޅެފަހެ އެކަލާނގެ ފިޔަވައި އެހެން އިލާހުންތަކެއް އަހުރެން ހިފާނޭ ހެއްޔެވެ؟ / إخْتِيَارُ ކުރާނޭހެއްޔެވެ؟\nرَحْمَانُ ވަންތަ ކަލާނގެ އަހުރެންނާއިމެދު = އެއްވެސް ދަތި އުދަގުލެއް އިރާދަކުރައްވަންޏާވެސް އެމީހުންގެ އެއިލާހުންތައް (شَفِاعَة ތެރިންތައް) އެއްވެސްކަމެއް އަހުރެންނަށް ފުއްދައެއްނުދޭނެއެވެ. އަދި އަހުރެން ސަލާމަތްވެސް ނުކޮށްދޭނެއެވެ.
Verse 24
إِنِّىٓ إِذًا لَّفِى ضَلَـٰلٍ مُّبِينٍ
Transliteration innī idhan lafī ḍalālin mubīnin
Dhivehi ދެންއޭރުން އަހުރެން ވާހުށީ (އެބަހީ!ﷲ ފިޔަވައި އިލާހުންތަކެއް إخْتِيَارُ ކޮށްފިއްޔާ) ހަމަކަށަވަރުން އަހުރެންވާހުށީ ގެއްލި ހަލާކުވެ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ.
Verse 25
إِنِّىٓ ءَامَنتُ بِرَبِّكُمْ فَٱسْمَعُونِ
Transliteration innī āmantu birabbikum fa-is'maʿūni
Dhivehi ހަމަކަށަވަރުން ކަލޭމެންގެ رَبُّ އަށް އަހުރެން އީމާންވެއްޖައީމެވެ. ފަހެ ކަލޭމެން އަހުރެންގެ ބަސް އަހާށެވެ. * ދަންނައެވެ. މި حَبِيْبُ النَّجَّار އޭނާ އޭނާގެ އިސްލާމުކަން ފައުޅުކޮށް އެކަމަށް މީސްތަކުންނަށް ގޮވައިލެއްވުމުން އެ قَومُ ގެމީހުން އޭނާދެކެ ރުޅިއަރައިގަނެ އޭނާބިމަށް ވައްޓައިލާ މީސްތަކުންގެ ފައިތަކުން އެނާގެ ގަޔަށް އަރާފިތައި ބަނޑުގައި އޮތްގޮހޮރުވެސް ނެރެ ޗިސްކޮށްލީކަމުގައިވިއެވެ. އަދި އެހެންރިވާޔަތެއްގައިވަނީ އޭނާ އަންދައިލިކަމަށެވެ. އަދިއަނެއްބައި ރިވާޔަތުގައިވަނީ އޭނާގެ ގައިގާ ބޮޑުކީސްއަޅައި ކީހައިލީކަމަށެވެ. އެވަގުތު ސުވަރުގެވަނުމަށް އޭނާއަށް އެންގެވުނެވެ. އެވާހަކައާއި ދެންއެޔާގުޅިގެން އޭނާބުނިވާހަކަތައް މިހާރުމިގެންނަނީއެވެ.
Verse 26
قِيلَ ٱدْخُلِ ٱلْجَنَّةَ ۖ قَالَ يَـٰلَيْتَ قَوْمِى يَعْلَمُونَ
Transliteration qīla ud'khuli l-janata qāla yālayta qawmī yaʿlamūna
Dhivehi އޭނާ އެބަހީ حَبِيْبُ النَّجَّار شَهِيْدُ ވުމުން ސުވަރުގެއަށް ވަނުމަށް އޭނާއަށް އެންގުނެވެ. ދެން އޭނާ ސުވަރުގެއަށްވަދެ އެތާގެ نِعْمَة އާއި!ﷲ އޭނާއަށް ދެއްވި ކަރާމާތް ފެނުމުން އެނާ ބުނެއެވެ.
Verse 27
بِمَا غَفَرَ لِى رَبِّى وَجَعَلَنِى مِنَ ٱلْمُكْرَمِينَ
Transliteration bimā ghafara lī rabbī wajaʿalanī mina l-muk'ramīna
Dhivehi އަހުރެންގެ رَبُّ އަހުރެންނަށް ފުއްސަވައި މާތްމިހުންގެތެރެއަށް އަހުރެންލެއްވިގޮތް އަހުރެންގެ قَومُ ގެމީހުންނަށް އެނގޭނޭނަމަ ކިހާރަނގަޅު ހެއްޔެވެ؟ (އެއީ تَوْحِيْد އާއި إيْمَان ކަމެވެ.) އޭރުން އެމީހުންވެސް އީމާންވެ ރަނގަޅުބަޔަކު ކަމުގައިވުން އުއްމީދު ކުރެވެއެވެ.
Verse 28
۞ وَمَآ أَنزَلْنَا عَلَىٰ قَوْمِهِۦ مِنۢ بَعْدِهِۦ مِن جُندٍ مِّنَ ٱلسَّمَآءِ وَمَا كُنَّا مُنزِلِينَ
Transliteration wamā anzalnā ʿalā qawmihi min baʿdihi min jundin mina l-samāi wamā kunnā munzilīna
Dhivehi އަދި އޭނާގެ قَومُ އަށް އޭނާއަށްފަހު (حَبِيْبُ النَّجَّار ގެ قَومُ އަށް އޭނާ މަރުވުމަށްފަހު) އެޤައުމު ހަލާކު ކުރެއްވުމަށް އުޑުން އެއްވެސް މަލާއިކަތްބޭކަލަކު ނުފޮނުއްވަމެވެ.
Verse 29
إِن كَانَتْ إِلَّا صَيْحَةً وَٰحِدَةً فَإِذَا هُمْ خَـٰمِدُونَ
Transliteration in kānat illā ṣayḥatan wāḥidatan fa-idhā hum khāmidūna
Dhivehi ހަމައެކަނި އެންމެ އަޑުފަށެއް އައުންކަމުގައި މެނުވީ އެ ޤައުމު ހަލާކުވުން ނުވިއެވެ. (އެއީ جِبْرِيْل عَلَيْهِ السَلآم ގެއަޑުފުޅެވެ.) އެއަޑުފަށް އައުމުން (އެއަޑުފަށްގަދަކަމުން ޙިއްސުތަކަށް ކެއްނުކުރެވިގެން) މަރުވެ ދަނޑިވެފައިވާ ބަޔަކު ކަމުގައި އެމީހުން ވެއްޖެއެވެ.
Verse 30
يَـٰحَسْرَةً عَلَى ٱلْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Transliteration yāḥasratan ʿalā l-ʿibādi mā yatīhim min rasūlin illā kānū bihi yastahziūna
Dhivehi އޭއަޅުތަކުންގެމައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެމީހުން މަލާމަތްކޮށް ފުރައްސާރަ ކުރާކަމުގައިނުވާ އެއްވެސް ރަސޫލުބޭކަލަކު އެމީހުންގެގާތަށް ވަޑައިނުގަންނަވައެވެ.
Verse 31
أَلَمْ يَرَوْا۟ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ
Transliteration alam yaraw kam ahlaknā qablahum mina l-qurūni annahum ilayhim lā yarjiʿūna
Dhivehi އެމީހުންގެކުރިން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީ ކިހާވަރެއްކަން ކިތައްކިތައް އުއްމަތްކަން އެމީހުން ނުދެކެނީބާވައެވެ؟ / އެމީހުންނަކަށް ނޭނގޭބާވައެވެ؟ (އެބަހީ މައްކާގެ އަހުލުވެރިންނަށް ނޭނގޭބާވައެވެ؟) އަދި އެއިން އެއްވެސް އުއްމަތެއް މިމީހުންގެގާތަކަށް ދެންނާންނާނެއެވެ.
Verse 32
وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ
Transliteration wa-in kullun lammā jamīʿun ladaynā muḥ'ḍarūna
Dhivehi އަދި އެހުރިހައި މީހުން ހިސާބު ބައްލަވާ ޖަޒާދެއްވުމަށްޓަކައި ތިމަންރަސްކަލާނގެ حَضْرَةُ އަށް حَاضِرُ ނުވެނުދާނެއެވެ. އެބަހީ އެންމެންވެސް ތިމަންރަސްކަލާނގެ حَضْرَةُ އަށް حَاضِرُ ވާނެއެވެ.
Verse 33
وَءَايَةٌ لَّهُمُ ٱلْأَرْضُ ٱلْمَيْتَةُ أَحْيَيْنَـٰهَا وَأَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُونَ
Transliteration waāyatun lahumu l-arḍu l-maytatu aḥyaynāhā wa-akhrajnā min'hā ḥabban famin'hu yakulūna
Dhivehi (مَحْشَرُ އަށް ފޮނުއްވާނެ ކަމުގެ عَقْلِى ދަލީލެއްކަމުގައި) ވާރޭނުވެހުމުގެ ސަބަބުން ހަނަފަސްވެފައިވާ ބިންގަނޑު އެއީ އެމީހުންނަށްވާ ދަލީލެކެވެ. އެބިންގަޑަށް (ވާރޭވެއްސަވައިގެން) ތިމަންރަސްކަލާނގެ އެބިންގަނޑު ދިރުއްވީމެވެ. އެއިން އެމީހުން ކައިހަދާނެ އޮށްޓަރު އެބިމުން ތިމަންރަސްކަލާނގެ ނެރުއްވީމެވެ.
Verse 34
وَجَعَلْنَا فِيهَا جَنَّـٰتٍ مِّن نَّخِيلٍ وَأَعْنَـٰبٍ وَفَجَّرْنَا فِيهَا مِنَ ٱلْعُيُونِ
Transliteration wajaʿalnā fīhā jannātin min nakhīlin wa-aʿnābin wafajjarnā fīhā mina l-ʿuyūni
Dhivehi އަދި ތިމަންރަސްކަލާނގެ އެބިމުގައި ކަދުރާއި މޭބިސްކަދުރުގެ ބަގީޗާތައް ލެއްވީމެވެ. (ކަދުރާއި މޭބިސްކަދުރު ވަކިން ޒިކުރު ކުރައްވާފައިވަނީ އެދެއެތީގެ މުހިއްމު ކަމަށްޓަކައެވެ. އެދެވައްތަރުފިޔަވައި ދެންހުރި ބަގީޗާތަކާއި ގަސްތައް ހެއްދެވީވެސް ހަމައެކަލާނގެއެވެ. އެބިންގަނޑުން ގަސްތައްފަޅައިގެން ނުކުންނަގޮތަށް مَحْشَرُ އަށް ދިއުމަށްޓަކައި ކަށްވަޅުތަކުން މީސްތަކުން ނުކުންނާނެއެވެ.) އަދި ތިމަންރަސްކަލާނގެ އެބިންގަނޑުން ކޯރުތަކާއި ފެންގަނޑުތައް ނެރުއްވީމެވެ.
Verse 35
لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ
Transliteration liyakulū min thamarihi wamā ʿamilathu aydīhim afalā yashkurūna
Dhivehi އެއީ އެތާގެމޭވާއިން އެމީހުން ކެއުމަށްޓަކައެވެ. އަދި އެމީހުންގެ އަތްތަކުން އެތަކެތި ނުހަދައެވެވެ. އެތަކެތި ހެއްދެވީ ހަމަﷲ އެވެ. އެމީހުންފަހެ އެކަލާނގެއަށް ޝުކުރު ނުކުރާނެ ހެއްޔެވެ؟
Verse 36
سُبْحَـٰنَ ٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ
Transliteration sub'ḥāna alladhī khalaqa l-azwāja kullahā mimmā tunbitu l-arḍu wamin anfusihim wamimmā lā yaʿlamūna
Dhivehi އަދި ބިމުންފަޅާ ގަސްގަހާ ގެއްސާއި އަދި ތިމާމެންގެ ނަފުސުތަކުން އުފެދޭ ދަރިފަސްކޮޅުތަކުގައިވެސް ޖޯޑުޖޯޑު ލެއްވި ކަލާނގެ ހުސް طَاهِرُ ވަންތައެވެ. އަދިމީސްތަކުންނަށް ނޭނގޭތަކެތީގައިވެސް އެކަލާނގެ ޖޯޑުޖޯޑު ލެއްވިއެވެ. އަދި ހުރިހާތަކެތި ޖޯޑުޖޯޑުކޮށް ހެއްދެވިކަލާނގެ ހުސް طَاهِرُ ވަންތަކަމާއެވެ!
Verse 37
وَءَايَةٌ لَّهُمُ ٱلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ
Transliteration waāyatun lahumu al-laylu naslakhu min'hu l-nahāra fa-idhā hum muẓ'limūna
Dhivehi އަދި ރޭނގަޑު އެއީ އެމީހުންނަށްވާ ދަލީލެކެވެ. (ﷲގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަ ކަމުގެ ފުރިހަމަ ދަލީލެކެވެ،) އޭގެތެރެއިން (ރޭނގަޑުގެތެރެއިން) ތިމަންރަސްކަލާނގެ ދުވާލުނެރެ ދަމައިގަންނަމެވެ. ފަހެ އެހައިރުން އެމީހުން އަދިރިވެވިގެންވެއެވެ. (އެމީހުންނަށް އަނދިރިވެގެންވެއެވެ.)
Verse 38
وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
Transliteration wal-shamsu tajrī limus'taqarrin lahā dhālika taqdīru l-ʿazīzi l-ʿalīmi
Dhivehi އަދި އިރު އެއަށްކަނޑައެޅިފައިވާ މަންޒިލުތަކުގައި ދުވެއެވެ. (އިރުދައުރުކުރެއެވެ.) އެއީ ގަދަކީރިތިވަންތަ އަދި ދެނެވޮޑިގެންވާ ކަލާނގެ މިންވަރުކުރެއްވި ކުރެއްވުމެވެ.
Verse 39
وَٱلْقَمَرَ قَدَّرْنَـٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ
Transliteration wal-qamara qaddarnāhu manāzila ḥattā ʿāda kal-ʿur'jūni l-qadīmi
Dhivehi އަދި ހަނދު އެއީވެސް އެމީހުންނަށްވާ ދަލީލެކެވެ. ތިމަންރަސްކަލާނގެ އެހަނދު މަންޒިލުތަކެއްގައި މިންވަރުކުރެއްވީމެވެ. އެއީ ކަދުރު ރުކުގެ ދުވަސްވީ އިހާގޮޑިއެއްފަދައިން އެހަނދު އެނބުރި ރުޖޫޢަވެއްޖައުމަށް ދާނދެނެވެ.
Verse 40
لَا ٱلشَّمْسُ يَنۢبَغِى لَهَآ أَن تُدْرِكَ ٱلْقَمَرَ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِ ۚ وَكُلٌّ فِى فَلَكٍ يَسْبَحُونَ
Transliteration lā l-shamsu yanbaghī lahā an tud'rika l-qamara walā al-laylu sābiqu l-nahāri wakullun fī falakin yasbaḥūna
Dhivehi އިރު އެއީ ހަނދު އަތުލައިގަތުމަށް އެކަށީގެންވާ އެއްޗެއް ކަމުގައި ނުވެއެވެ. އަދިރޭނގަޑުވެސް ދުވާލުގެ ކުރިއަރައި ދެވޭނެ އެއްޗެއްކަމުގައި ނުވެއެވެ. އަދި ކޮންމެއެއްޗެއް ވަކި ފަލަކެއްގައި / ވަކިލައިނެއްގައި ފަތައެވެ. / ދަތުރުކުރެއެވެ.
Verse 41
وَءَايَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِى ٱلْفُلْكِ ٱلْمَشْحُونِ
Transliteration waāyatun lahum annā ḥamalnā dhurriyyatahum fī l-ful'ki l-mashḥūni
Dhivehi އަދި އެމީހުންގެ ދަރިފަސްކޮޅު (އާދަމުގެފާނުގެ ދަރިފަސްކޮޅު) ފުރިބާރުވެފައިވާ ނަވުގައި (نُوحُ عَلَيْهِ السّلآم ގެ މަޝްހޫރުނައުކޮޅުގައި) ތިމަންރަސްކަލާނގެ އުފުއްލެވުން އެއީ އެމީހުންނަށްވާފުރިހަމަދަލީލެކެވެ. (ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަ ކަމުގެ ފުރިހަމަ ދަލީލެކެވެ،)
Verse 42
وَخَلَقْنَا لَهُم مِّن مِّثْلِهِۦ مَا يَرْكَبُونَ
Transliteration wakhalaqnā lahum min mith'lihi mā yarkabūna
Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންނަށްޓަކައި ދަތުރުފަތުރު ކުރެވޭނެތަކެތީގެ ތެރެއިން އެމީހުން ސަވާރުވާނޭ އެފަދަ ތަކެތި ހެއްދެވީމެވެ.
Verse 43
وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ
Transliteration wa-in nasha nugh'riq'hum falā ṣarīkha lahum walā hum yunqadhūna
Dhivehi އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިއްޔާ ތިމަންރަސްކަލާނގެ އެމީހުން غَرَقُ ކުރައްވައިފީހެވެ. ދެންއޭރުން އެމީހުންސަލާމަތް ކޮށްދޭނެ މީހަކު ނުވާނެއެވެ. އަދި ސަލާމަތްވާނޭ ބަޔަކުކަމުގައި އެމީހުންނުވާނެއެވެ.
Verse 44
إِلَّا رَحْمَةً مِّنَّا وَمَتَـٰعًا إِلَىٰ حِينٍ
Transliteration illā raḥmatan minnā wamatāʿan ilā ḥīnin
Dhivehi ހަމައެކަނި ތިމަންރަސްކަލާނގެ حَضْرَةُ ންވާ رَحْمَةُ އެއްމެނުވީ އެވެ. އަދި މުއްދަތަކަށް އަރާމު ކޮށްލުމަކާއި މެނުވީއެވެ.
Verse 45
وَإِذَا قِيلَ لَهُمُ ٱتَّقُوا۟ مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ
Transliteration wa-idhā qīla lahumu ittaqū mā bayna aydīkum wamā khalfakum laʿallakum tur'ḥamūna
Dhivehi އަދި "ކަލޭމެންގެ ކުރިމަތީގައިވާތަނަށް (ކުރިމަތީގައިވާ މުސީބަތްތަކަށާއި އަތުވެދާނޭ عَذَابُ އަކަށާއި އަދި ކަލޭމެންގެ ފަހަތުން އަތުވެދާނޭ عَذَابُ އަކަށް (އެއީ އާޚިރަތުގެ عَذَابُއެވެ.) ކަލޭމެން ބިރުވެތިވާށެވެ. އެއީ ކަލޭމެންނަށް رَحْمَةُ ލައްވައިތޯއެވެ." މިފަދައިން އެމީހުންނަށް ބުނެވިއްޖެއްޔާ (އެމީހުން އެނބުރި ފުރަގަސްދެއެވެ.)
Verse 46
وَمَا تَأْتِيهِم مِّنْ ءَايَةٍ مِّنْ ءَايَـٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ
Transliteration wamā tatīhim min āyatin min āyāti rabbihim illā kānū ʿanhā muʿ'riḍīna
Dhivehi އަދި އެމީހުންގެ رَبُّ ގެ ދަލީލުތަކުގެތެރެއިންދަލީލެއް ނުވަތަ އާޔަތްތަކުގެ ތެރެއިން އާޔަތެއް އެމީހުން ގާތަށް އަތުވެއްޖެ ކޮންމެހިނދެއްގައިވެސް އެމީހުން އެދަލީލަކަށް ނުވަތަ އެއާޔަތަކަށް ފުރަގަސްދީގެންވާބަޔަކު ކަމުގައިމެނުވީ ނުވެއެވެ.
Verse 47
وَإِذَا قِيلَ لَهُمْ أَنفِقُوا۟ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَنُطْعِمُ مَن لَّوْ يَشَآءُ ٱللَّهُ أَطْعَمَهُۥٓ إِنْ أَنتُمْ إِلَّا فِى ضَلَـٰلٍ مُّبِينٍ
Transliteration wa-idhā qīla lahum anfiqū mimmā razaqakumu l-lahu qāla alladhīna kafarū lilladhīna āmanū anuṭ'ʿimu man law yashāu l-lahu aṭʿamahu in antum illā fī ḍalālin mubīnin
Dhivehi އަދި "الله ކަލޭމެނައްދެއްވި ރިޒުޤުން ކަލޭމެން ހޭދަކުރާށެވެ. (ފަޤީރުންނަށް ދީހަދާށެވެ.) " އެމީހުންނަށް ބުނެވިއްޖެއްޔާ ކާފަރުވީމީސްތަކުން (މަލާމާތަށް) އީމާންވީމީސްތަކުންނަށް ބުނާނެއެވެ. "الله އިރާދަކުރައްވައިފިއްޔާ އެކަލާނގެ އެމީހަކަށް ކާންދެއްވައިފާނެ މީހަކަށް އަހުރެމެން ކާންދޭންވީ ހެއްޔެވެ"؟ (އެމީހުންނާއިމެދު الله އެއަންގަވަނީ) ބަޔާންވެގެންވާ މަގުފުރެދުމެއްގައިމެނުވީ ކަލޭމެން ނުވެއެވެ.
Verse 48
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ
Transliteration wayaqūlūna matā hādhā l-waʿdu in kuntum ṣādiqīna
Dhivehi އަދި އެމީހުން ބުނަނީއެވެ. (އެކާފަރުން ބުނަނީއެވެ.) "ކަލޭމެންތިޔަ وَعْدُ ކުރާ ކަމެއްދެންވާނީ ކޮންއިރަކުން ހެއްޔެވެ؟ ކަލޭމެން ތިޔަބުނަނީ ތެދެއްކަމުގައި ވަންޏާ (ނިކަންބުނެބެލާށެވެ.) "
Verse 49
مَا يَنظُرُونَ إِلَّا صَيْحَةً وَٰحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ
Transliteration mā yanẓurūna illā ṣayḥatan wāḥidatan takhudhuhum wahum yakhiṣṣimūna
Dhivehi އެމީހުން އެއަޑުފަށެއް އަހާނޭ އެންމެ އަޑުފަށަކަށްމެނުވީ އެމީހުން އިންތިޒާރު ނުކުރެއެވެ. (އެއީ އިސްރާފީލުގެފާނު ތާޅަފިލި ފުންމަވާލައްވާ އަޑެވެ.) އެމީހުން އެއަޑު އަހާނީ (ދުނިޔޭގެ ކަންކަމުގައި) އެމީހުން އެކަކު އަނެކަކާއި އަރައިރުން ވޭވޭތިއްބައެވެ.
Verse 50
فَلَا يَسْتَطِيعُونَ تَوْصِيَةً وَلَآ إِلَىٰٓ أَهْلِهِمْ يَرْجِعُونَ
Transliteration falā yastaṭīʿūna tawṣiyatan walā ilā ahlihim yarjiʿūna
Dhivehi (ދެން އޭރުން އެބަހީ އެތާޅަފިލީގެ އަޑުއިވުމުން) وَصِيَّةُ އެއްކޮށްލުމަށްވެސް އަދި އެމީހުން އެމީހުންގެ އަހުލުވެރިންގާތަށް އެނބުރިދާކަށްވެސް. އެމީހުންނަށް ކުޅަދާނަ ނުވާނެއެވެ. (އެހާވަގުތުކޮޅެއްވެސް ނުލިބޭނެއެވެ. އެމީހަކު އެހުރިތާކަށް ހުރިޙާލަތެއްގައި\nމަރުވެގެން ތިރިވާނީއެވެ. ކާންއިންމީހާ ނަގާސުވާވެސް އަގަޔާހަމައަށްނުފޯރައި އެގޮތަށްއިދެމަރުވެގެން ތިރިވާނީއެވެ.)
Verse 51
وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ
Transliteration wanufikha fī l-ṣūri fa-idhā hum mina l-ajdāthi ilā rabbihim yansilūna
Dhivehi އަދި (ދެވަނަފަހަރަށް) ތާޅަފިލި ފުމެލެވޭނެއެވެ. (އެއީ އިސްރާފީލުގެފާނުން ދެވަނަފަހަރަށް ތާޅަފިލި ފުމެލެއްވުމެވެ.) ފަހެ އެހައިރުންއެމީހުން (އެންމެހައި މީސްތަކުން) ކަށްވަޅުތަކުން (ނުކުމެގެން) އެމީހުންގެ رَبُّ ގެ حَضْرَةُ އަށް އަވަސްއަވަހަށް ދެމިގަންނާނެއެވެ.
Verse 52
قَالُوا۟ يَـٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَـٰذَا مَا وَعَدَ ٱلرَّحْمَـٰنُ وَصَدَقَ ٱلْمُرْسَلُونَ
Transliteration qālū yāwaylanā man baʿathanā min marqadinā hādhā mā waʿada l-raḥmānu waṣadaqa l-mur'salūna
Dhivehi އެމީހުންބުނާނެއެވެ. (ކާފަރުން ބުނާނެއެވެ.) "އޭއަހުރެމެންގެމައްޗަށް ހުރިހަލާކެއްގެ ބޮޑުކަމާއެވެ!! އަހުރެމެން އޮށޯވެތިބި ތަންމަތިތަކުން އަހުރެމެން (ދިރުއްވައި) ފޮނުއްވީކާކުހެއްޔެވެ؟" (އެވަގުތު މުއުމިނުން އެމީހުންނަށް ބުނާނެއެވެ.) "މިއީ رَحْمنُ ވަންތަކަލާނގެ ކުރެއްވި وَعْدُ ފުޅެވެ. އަދި ރަސޫލުބޭކަލުން ތެދުވިދާޅުވި ކަންތަކެވެ. (ފަހެ މަރުވުމަށްފަހު ހިސާބު ބައްލަވައި ފުރިހަމަ ޖަޒާދެއްވުމަށް مَحْشَرُ ކުރައްވަނީއެވެ.")
Verse 53
إِن كَانَتْ إِلَّا صَيْحَةً وَٰحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ
Transliteration in kānat illā ṣayḥatan wāḥidatan fa-idhā hum jamīʿun ladaynā muḥ'ḍarūna
Dhivehi (އެއީ އިސްރާފީލުގެފާނުން ތާޅަފިލީގައި) ފުމެލައްވާ އެއްމެ ފުމެލެއްވުމެއްކަމުގައިމެނުވީ އެކަންނުވެއެވެ. (مَحْشَرُ ކުރެއްވުން ނުވެއެވެ.) އެހައިރުން އެއެންމެން ތިމަން ރަސްކަލާނގެ حَضْرَةُއަށް حَاضِرُ ވާހުއްޓެވެ.
Verse 54
فَٱلْيَوْمَ لَا تُظْلَمُ نَفْسٌ شَيْـًٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ
Transliteration fal-yawma lā tuẓ'lamu nafsun shayan walā tuj'zawna illā mā kuntum taʿmalūna
Dhivehi (އަދި الله تَعَالَ އަންގަވާނެއެވެ.) މިއަދު އެއްވެސް ނަފުސަކަށް އެއްވެސްކަމަކުން އަނިޔާނުވެވޭނެއެވެ. އަދިކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީ ކަންތަކަށްމެނުވީ ކަލޭމެނަށް ޖަޒާނުދެވޭނެއެވެ.
Verse 55
إِنَّ أَصْحَـٰبَ ٱلْجَنَّةِ ٱلْيَوْمَ فِى شُغُلٍ فَـٰكِهُونَ
Transliteration inna aṣḥāba l-janati l-yawma fī shughulin fākihūna
Dhivehi ހަމަކަށަވަރުން ސުވަރުގޭގެ އެކުވެރިން މިއަދު (މިޤިޔާމަތްދުވަހު) نِعْمَة ތައްލިބިގަތުމުގައި مَشْغُولُ ވެގެންވާނެއެވެ.
Verse 56
هُمْ وَأَزْوَٰجُهُمْ فِى ظِلَـٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ
Transliteration hum wa-azwājuhum fī ẓilālin ʿalā l-arāiki muttakiūna
Dhivehi އެމީހުންނާއި އެމިހުންގެ އަނބީން ތިބޭނީ ހިޔަލުގައެވެ. (ނުވަތަ ފަރުދާގެ ނިވަލުގައެވެ.) ސޯފާތަކުގައި ލެގިލައިގެންނެވެ.
Verse 57
لَهُمْ فِيهَا فَـٰكِهَةٌ وَلَهُم مَّا يَدَّعُونَ
Transliteration lahum fīhā fākihatun walahum mā yaddaʿūna
Dhivehi އެމީހުންނަށް އެތާގައި މޭވާތައްވެއެވެ. އަދިއެތާ އެމީހުން އެދުނުހާއެއްޗެއް އެމީހުންނަށްވެއެވެ.
Verse 58
سَلَـٰمٌ قَوْلًا مِّن رَّبٍّ رَّحِيمٍ
Transliteration salāmun qawlan min rabbin raḥīmin
Dhivehi އެމީހުން އެބޮޑު نِعْمَة ގައި ތިބޭއިރު އެމީހުންނަށް އިވޭނީ رَحِيْم ވަންތަ رَبُّ ގެ حَضْرَةُ ން (ބަސްފުޅެއްގެ ގޮތުން) ސަލާމުގެ ބަސްފުޅުވެއެވެ.
Verse 59
وَٱمْتَـٰزُوا۟ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ
Transliteration wa-im'tāzū l-yawma ayyuhā l-muj'rimūna
Dhivehi (އަދި އެދުވަހުން ނުބައި މުޖްރިމުން ނަށް އެނގޭނެއެވެ.) "އޭ ނުބައި މުޖްރިމުންނޭވެ! މިއަދު ޞާލިޙް މާތް މީހުންނާއި ވަކިވާށެވެ. (ނުވަތަ ހުރިހާ މުޖްރިމުން އެއްބަޔަކު އަނެއެއްބަޔަކަށް ވަކިވާށެވެ. ޔަހޫދީން ވަކިތާކު، ނަޞާރާއިން ވަކިތާކު މަޖޫސީން ވަކިތާކު ޞާބިއީން ވަކިތާކު ބުދުތަކަށް އަޅުކަން ކުރިމީހުން ވަކި ތާކު މިގޮތަށް ބައިބައި ވާށެވެ.")
Verse 60
۞ أَلَمْ أَعْهَدْ إِلَيْكُمْ يَـٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَـٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
Transliteration alam aʿhad ilaykum yābanī ādama an lā taʿbudū l-shayṭāna innahu lakum ʿaduwwun mubīnun
Dhivehi އޭ އާދަމުގެ ދަރިންނޭވެ! ކަލޭމެން ޝައިތާނާއަށް އަޅުކަން ނުކުޅައުމަށް ތިމަންރަސްކަލާނގެ ކަލޭމެންގެ ކިބައިން ޢަހްދު ކަށަވަރު ނުހިއްޕަވަންހެއްޔެވެ؟ (އެބަހީ ޢަހްދު ކަށަވަރު ހިއްޕެވީމެވެ. އެއީ ރަސޫލު ބޭކަލުން ފޮނުއްވައި އެބޭކަލުންގެ ދޫފުޅު މަތީންނެވެ.) އަދި ޝައިތާނާއީ ކަލޭމެންނަށް ބަޔާންވެގެންވާ ޢަދުއްވެއްކަން ހަމަކަށަވަރުން އެންގެވީމެވެ.
Verse 61
وَأَنِ ٱعْبُدُونِى ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ
Transliteration wa-ani uʿ'budūnī hādhā ṣirāṭun mus'taqīmun
Dhivehi އަދި ހަމައެކަނި ތިމަންރަސްކަލާނގެ އަށް އެކަނި އަޅުކަން ކުރަންވެސް ތިޔަބައި މީހުންނަށް ޢަހްދު ކުރެއްވީމެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީކަން އެންގެވީމެވެ.
Verse 62
وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ
Transliteration walaqad aḍalla minkum jibillan kathīran afalam takūnū taʿqilūna
Dhivehi އަދި ހަމަކަށަވަރުން އެޝައިތާނާ ކަލޭމެންގެތެރެއިން އެތައްގިނަ ޚަލްޤްތަކެއް އެ ޝައިތާނާ މަގުފުރައްދައިފިއެވެ. އަޅެފަހެ ކަލޭމެން ބުއްދިކޮށް ނަހަދަމުހެއްޔެވެ؟ ބުއްދިކޮށް ފިކުރުކުރާ ބަޔަކު ކަމުގައި ކަލޭމެންނުވާނެ ހެއްޔެވެ؟
Verse 63
هَـٰذِهِۦ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ
Transliteration hādhihi jahannamu allatī kuntum tūʿadūna
Dhivehi މިއަދު މިއޮތީ ނަރަކައެވެ. ޖަހަންނަމައެވެ. ކަލޭމެންނަށް ވަޢްދު ކުރެއްވުނު ނަރަކައެވެ. (ނުކިޔަމަންތެރީންނަށް ހުންނާނެކަމަށް ރަސޫލު ބޭކަލުންގެ ދޫފުޅު މަތީން އެންގެވުނު ނަރަކައެވެ.)
Verse 64
ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ
Transliteration iṣ'lawhā l-yawma bimā kuntum takfurūna
Dhivehi ކަލޭމެން (ﷲ އަށް) ކާފަރުވުމުގެ ސަބަބުން މިއަދު އެ ނަރަކައަށް ވަންނާށެވެ. (އެތާ ތިބެގެން އަނދާށެވެ.)
Verse 65
ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ
Transliteration al-yawma nakhtimu ʿalā afwāhihim watukallimunā aydīhim watashhadu arjuluhum bimā kānū yaksibūna
Dhivehi އަދި މިއަދު ތިމަންރަސްކަލާނގެ އެމީހުންގެ އަނގަތަކުގެ މަތީގައި ވާހަކަ ނުދެއްކޭނެ ގޮތުން ސިއްކަ ޖައްސަވައި ބަންދުކުރައްވާ ހުށީމެވެ. އަދި އެމީހުންގެ އަތްތަށް ތިމަންރަސްކަލާނގެއާއި ވާހަކަ ދައްކާ ހުއްޓެވެ. (އެތަކެއްޗަށް އެ ބާރު ދެއްވާ ހުށީމެވެ.) އަދި އެބައިމީހުން ކުރި ކަންތަކުގެ ހުރިހާ ކަމަކަށް އެމީހުންގެ ފައިތައް ހެކި ދޭނެއެވެ.
Verse 66
وَلَوْ نَشَآءُ لَطَمَسْنَا عَلَىٰٓ أَعْيُنِهِمْ فَٱسْتَبَقُوا۟ ٱلصِّرَٰطَ فَأَنَّىٰ يُبْصِرُونَ
Transliteration walaw nashāu laṭamasnā ʿalā aʿyunihim fa-is'tabaqū l-ṣirāṭa fa-annā yub'ṣirūna
Dhivehi އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ އެމީހުންގެ ލޯތައް އަނދިރި ކުރައްވައި ލޯ ހުރިތަން މުޅިން ނޭގޭ ގޮތަށް ހައްދަވައިފީހެވެ. ދެން އޭރުން އަވަސް އަވަހަށް މަގުހޯދަން އަވަސްވެ ގަތީހެވެ. އެކަމަކުދެން އޭރުން އެމީހުންނަށް މަގުފެންނާނީ ކޮންފަދަ އަކުންތޯއެވެ.
Verse 67
وَلَوْ نَشَآءُ لَمَسَخْنَـٰهُمْ عَلَىٰ مَكَانَتِهِمْ فَمَا ٱسْتَطَـٰعُوا۟ مُضِيًّا وَلَا يَرْجِعُونَ
Transliteration walaw nashāu lamasakhnāhum ʿalā makānatihim famā is'taṭāʿū muḍiyyan walā yarjiʿūna
Dhivehi އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާމަ އެމީހުން އެ ނުބައި ކަންތައްތައް ކުރަން ތިބި ތާގައި ތިއްބައި އެމީހުންގެ ހެއްދެވުން މުޅިން ބަދަލު ކޮއްލައިފީހެވެ. (ޙަރަކާތެއްވެސް ނުކުރެވޭގޮތަކަށް ހައްދަވައިފީހެވެ.) އޭރުން ދެން ކުރިއައްޖެހިލާކަށްވެސް އަދި ފަހަތައް އެބުރި އައުމަކަށްވެސް ކުޅަދާނަ ނުވާނެއެވެ.
Verse 68
وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ
Transliteration waman nuʿammir'hu nunakkis'hu fī l-khalqi afalā yaʿqilūna
Dhivehi އަދި ތިމަން ރަސްކަލާނގެ އެމީހެއްގެ ޢުމުރު ދިގު ކުރައްވާ މީހަކު (ދަންނައެވެ.) އެމީހެއްގެ ހެއްދެވުން ތިމަންރަސްކަލާނގެ އިދިކޮޅު ކުރަށްވަމެވެ. (އެއީ ޒުވާންކަމަށްފަހު މުސްކުޅި ކަމަށް، ބާރު ގަދަކޮށް ހުރުމަށްފަހު ބަލިކަށިކަމަށް ދެން މިހެންގޮސް.. މިފަދަކަންކަމަށް އެމީހުން ބުއްދިކޮށް ނުބަލަނީ ކީއްވެގެންހެއްޔެވެ؟
Verse 69
وَمَا عَلَّمْنَـٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ ۚ إِنْ هُوَ إِلَّا ذِكْرٌ وَقُرْءَانٌ مُّبِينٌ
Transliteration wamā ʿallamnāhu l-shiʿ'ra wamā yanbaghī lahu in huwa illā dhik'run waqur'ānun mubīnun
Dhivehi އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ޅެން ދަސްނުކޮށްދެއްވަމެވެ. އަދި އެއީ އެކަލޭގެފާނަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެ ޤުރްއާން އެއީ وَعْظ އާއި نصيحة އެއް ކަމުގައި މެނުވީ ނުވެއެވެ. އަދި އެއީ ބަޔާންވެގެންވާ ޤުރްއާން އެކެވެ. ސަމާވީ ފޮތްތަކުގެ ތެއިން ފޮތެކެވެ. (ޅެމެއް ފްލޯކެއް ނޫނެވެ.)
Verse 70
لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَـٰفِرِينَ
Transliteration liyundhira man kāna ḥayyan wayaḥiqqa l-qawlu ʿalā l-kāfirīna
Dhivehi އެފޮތް ބާވައި ލައްވާފައިވަނީ ހިތުގައި ދިރުންހުރި މީހަކަށް އިންޒާރެއްގެ ގޮތުންނެވެ. (އެފަދަ މީހުންނަށް އެއިން ފައިދާ ކުރާނެއެވެ.) އަދި (ޢަޒާބު ގެ) ބަސްފުޅު ކާފަރުންގެ މައްޗަށް ޙައްޤު ވެއްޖެއެވެ.
Verse 71
أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَـٰمًا فَهُمْ لَهَا مَـٰلِكُونَ
Transliteration awalam yaraw annā khalaqnā lahum mimmā ʿamilat aydīnā anʿāman fahum lahā mālikūna
Dhivehi ތިމަންރަސްކަލާނގެ (ޤުދުރަތް ތެރިކަމުގެ (އަތްޕުޅުން) ހައްދަވާ ތަކެތީގެ ތެރޭގައި އެމީހުންނަށް ޓަކައި ނަޢަމު ސޫފިތައް ހައްދަވާފައިވާކަން ފަހެ އެމީހުން ވިސްނާ ފިކުރު ނުކުރަނީ ބާވައެވެ. ނުބަލަނީ ހެއްޔެވެ؟ އެމީހުން އެތަކެތި މިލްކު ކޮއްގެން އެތަކެތީގެ މައްޗަށް ގަދަވެގަނެއެވެ.
Verse 72
وَذَلَّلْنَـٰهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ
Transliteration wadhallalnāhā lahum famin'hā rakūbuhum wamin'hā yakulūna
Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންނަށްޓަކައި އެތަކެތި ކިޔަމަން ކުރެއްވީމެވެ. ފަހެ އޭގެތެރޭގައި އެމީހުން އެއަށް ސަވާރުވާ ތަކެތި ވެއެވެ. ޖަމަލުފަދަ ގެރިފަދަ ތަކެތި ވެއެވެ. އަދި އެމީހުން އެތަކެތީން މަސް ކައި ހަދައެވެ.
Verse 73
وَلَهُمْ فِيهَا مَنَـٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ
Transliteration walahum fīhā manāfiʿu wamashāribu afalā yashkurūna
Dhivehi އަދި ހިމަނައި ނުގަނެވޭހާ ގިނަ ފައިދާ އެތަކެތީގައި އެމީހުންނަށް ވެއެވެ. (އޭގެ ހަމާއި ކެހެރިޔާއި ސަރުބީޔާ ދަޅާއި އަދި ކަށިތައް ބޭނުން ކުރެވެއެވެ. އަދި ބަރު އުފުލުމަށާއި ދަނޑުގެ މަސައްކަތުގައިވެސް ބޭނުންކޮށް ހަދައެވެ. އަދި އޭގެ ކިރު ގިނަ ގޮތްގޮތަށް ހަދައިގެން ބޮއިހަދައެވެ. މިކަންކަމަށް ފަހެ އެމީހުން ޝުކުރު ނުކުރާނެހެއްޔެވެ؟ (މިމި ކަންކަމަކީ ޝުކުރުކުރުން ޙައްޤުވާ ކަންކަމެވެ.)
Verse 74
وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لَّعَلَّهُمْ يُنصَرُونَ
Transliteration wa-ittakhadhū min dūni l-lahi ālihatan laʿallahum yunṣarūna
Dhivehi އަދި އެމީހުން ﷲ ފިޔަވައި އެހެން އިލާހުންތަކެއް އިޚްތިޔާރުކޮށް އެތަކެއްޗަށް އަޅުކަންކުރީއެވެ. އެއީ އެތަކެތީގެ ފަރާތުން އެމީހުން ނަޞްރާއި މަދަދު އެދިގެންނެވެ. ޝަފާޢަތް ތެރިވާނެކަމުގެ އުއްމީދުގައެވެ.
Verse 75
لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مُّحْضَرُونَ
Transliteration lā yastaṭīʿūna naṣrahum wahum lahum jundun muḥ'ḍarūna
Dhivehi އެމީހުންނަށް އެއްވެސް ނަޞްރެއްދީ ޝަފާޢަތް ވުމަކީ އެތަކެއްޗަށް ކުޅަދާނަކަމެއް ނޫނެވެ. އަދި އެބުދުތަކުގެ ނިސްބަތުގައި އެމީހުންނަކީ އެބުދުތައް ބަލަހައްޓާން ޙާޟިރު ވެގެންވާ ސިފައިންނެވެ. (އެކަމަކު ބުދުތަކުގެ ފަރާތުން އެމީހުންނަށް އެއްވެސް އެހީއެއް ނުލިބޭނެއެވެ.)
Verse 76
فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ
Transliteration falā yaḥzunka qawluhum innā naʿlamu mā yusirrūna wamā yuʿ'linūna
Dhivehi އޭ ރަސޫލުﷲ އެވެ! އެމީހުންގެ ބަސްތަކުންނާއި ވާހަކަތަކުން ކަލޭގެފާނަށް ހިތާމަވެރިކަމެއް އަޔަނުދެއްވާށެވެ! ހަމަކަށަވަރުން އެމީހުން ސިއްރުކުރާ ކަންތަކާއި އަދި އެމީހުން ފައުޅުގައި ކުރާ ކަންތައްވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ.
Verse 77
أَوَلَمْ يَرَ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ
Transliteration awalam yara l-insānu annā khalaqnāhu min nuṭ'fatin fa-idhā huwa khaṣīmun mubīnun
Dhivehi ތިމަންރަސްކަލާނގެ އެއިންސާނާ ހައްދަވާފައިވަނީ ކޮންގޮތަކައް ކޮން އެއްޗަކުންކަން އޭނާ ފަހެ ނުބަލަނީ ބާވައެވެ. އެކަމާއި ފިކުރު ނުކުރަނީ ބާވައެވެ؟ ތިމަންރަސްކަލާނގެ އޭނާ ހައްދަވާފައިވަނީ نطفة އަކުންނެވެ. (ދެރަދެރަ) މަނި ފޮދުވަރަކުންނެވެ. ދެންފަހެ އެހައިރުން އޭނާ އެވަނީ ތިމަންރަސްކަލާނގެއާއި އިދިކޮޅު خصم އަކަށެވެ. ދެކޮޅުވެރިއަކަށެވެ. ބަޔާންވެގެންވާ ޢަދާވާތް ތެރިއަކަށެވެ.
Verse 78
وَضَرَبَ لَنَا مَثَلًا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَـٰمَ وَهِىَ رَمِيمٌ
Transliteration waḍaraba lanā mathalan wanasiya khalqahu qāla man yuḥ'yī l-ʿiẓāma wahiya ramīmun
Dhivehi އަދި ޤިޔާމަތް ޤަބޫލް ނުކުރާ އެމީހާ ތިމަން ރަސްކަލާނގެއަށް ޖެހީ މިސާލެކެވެ. (އެކަށިކޮޅު ދިރުއްވުމާމެދު އިންކާރު ކުރުމެވެ.) އެކަމަކު އޭނާގެ ފުރަތަމަ ހެއްދެވުން އޭނާ ހަނދާންނެތިއްޖެއެވެ. އަދި އޭނާ ބުންޏެވެ. "ދުވަސްވެ ފީވެގެންވާ ޙާލު މިކަށި ދިރުވާނީ ކާކު ހެއްޔެވެ"؟ (އާދަމުގެ ދަރިންނަށް އެފަދަ ކަންތައް ނުވާނެތީ އޭނާ އެ ޤިޔާސް ކުރަނީ ﷲ އަށްވެސް އެކަން ނުވާނެ ކަމަށެވެ.)
Verse 79
قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ
Transliteration qul yuḥ'yīhā alladhī ansha-ahā awwala marratin wahuwa bikulli khalqin ʿalīmun
Dhivehi (އޭ ރަސޫލުﷲއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! "އެކަށި ދިރުއްވާނީ އެންމެފުރަތަމަ ނެތުމުގެތެރެއިން އެތަކެހެއްދެވި ކަލާނގެއެވެ. ﷲ އެވެ. އަދި އެކަލާނގެ ހުރިހާ އެއްޗެއް ދެނެވޮޑިގެންވެއެވެ".
Verse 80
ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًا فَإِذَآ أَنتُم مِّنْهُ تُوقِدُونَ
Transliteration alladhī jaʿala lakum mina l-shajari l-akhḍari nāran fa-idhā antum min'hu tūqidūna
Dhivehi އެކަލާނގެއީ ފެހި ރޯގަހުން ކަލޭމެންނަށްޓަކައި އަލިފާން ލެއްވިކަލާނގެއެވެ. އޭރުން ދެން ކަލޭމެން އެ އަލިފާން ރޯކުރެއެވެ. ދަންނައެވެ. މަރުވިމީސްތަކުން މަޙްޝަރަށް ފޮނުވޭނެ ކަމުގެ ދަލީލެއްގެ ގޮތުން ފެހިކޮށް ރޯކޮށް ހުންނަގަހުން އަލިފާން ނުކުންނަ މިސާލު ލައްވާފައި އެވަނީ އެކަމާމެދު ވިސްނާ ފިކުރުކުރުމަށްޓަކައެވެ. ފަހެ އެފަދަ ގަހުގައި އަލިފާންލެއްވި ކަލަކަށް މީސްތަކުން މަރުވުމަށްފަހު ދެވަނަފަހަރަށް ދިރުއްވުންވާނީ ކޮން އުނދަގުލަކަށްހެއްޔެވެ؟ مرخ ކިޔާ ގަހަކާއި العفِّار އެވެ ކިޔާ ގަހަކާއި ދެގަހުންކުރެ ކޮންމެ ގަހަކުން ދަނޑިއެއްކަނޑައި އެ ޅަކޮއް އޮއްވައި އެކަތި އަނެކެތީގައި ޖެއްސީމާ އަލީފާން ރޯވާކަމުގައި ވެއެވެ. އަދި އާދައިގެ ގަސްގަހުންވެސް ފޮއިގޮނޑި އެޅީމާ އަލިފާން ނުކުންނަކަމަކީ ޝައްކެއްނެތި އެނގޭ ކަމެކެވެ.
Verse 81
أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِقَـٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّـٰقُ ٱلْعَلِيمُ
Transliteration awalaysa alladhī khalaqa l-samāwāti wal-arḍa biqādirin ʿalā an yakhluqa mith'lahum balā wahuwa l-khalāqu l-ʿalīmu
Dhivehi ނެތުމުގެތެރެއިން އުޑުތަކާއި ބިން އެހާ ފުރިހަމަކޮށް ހެއްދެވިފަރާތަކަށް އާދަމުގެ ދަރިން ދެވަނަފަހަރަށް އެފަދަ ގޮތަށް ހެއްދެވުން ކުޅަދާނަވެގެން ފަހެ ނުވާނެ ހެއްޔެވެ؟ ޖަވާބަކަށް ވާނީ އެގޮތަކަށްވެސް އެހެން ނުވާނެއެވެ. ކުޅަދާނަވާނެއެވެ. އެކަލާނގެއީ ހުރިހާތަކެތިހައްދަވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 82
إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ
Transliteration innamā amruhu idhā arāda shayan an yaqūla lahu kun fayakūnu
Dhivehi އެކަލާނގެ ކަމެއް ކުރެއްވުމަށް އިރާދަ ކުރައްވަންޏާ އެކަލާނގެ އަމުރުފުޅު ވާކަން ކަށަވަރީ އެކަމަކަށް އެކަލާނގެ އަންގަވާނީ "ވާށޭ" އެހައިރުން އެކަމެއް އެވަނީ އެވެ.
Verse 83
فَسُبْحَـٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَإِلَيْهِ تُرْجَعُونَ
Transliteration fasub'ḥāna alladhī biyadihi malakūtu kulli shayin wa-ilayhi tur'jaʿūna
Dhivehi ފަހެ އެކަލާނގެ ޤުދްރަތުގެ އަތްޕުޅުގައި ހުރިހާއެއްޗެއްގެ މިލްކު ވާކަލާނގެ ހުސް طَاهِرُ ވަންތައެވެ. ކަލޭމެން އެނބުރިރުޖޫޢަވުން ވަނީ ހަމަ އެކަލާނގެ ޙަޟްރަތަށެވެ.
Read Surah Ya-Sin in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.