MyDugsiStart learning

Surah At-Tin in Dhivehi: translation and audio

Surah 95 · التين · The Fig · 8 verses

Surah At-Tin verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah At-Tin word by word in English.

Verse 1

وَٱلتِّينِ وَٱلزَّيْتُونِ

Transliteration wal-tīni wal-zaytūni

Dhivehi ވައްތީނި އާއި ޒައިތޫނި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ. (މިދެއެއްޗަކީ އިންސާނުންނަށް ނުހަނު ފައިދާހުރި ދެއެއްޗެވެ. ވަރަށްގިނަ حَكِيْمُ ންބުނާގޮތުގައި ތީނަކީ ހަށިގަޑަށް އެންމެ ފައިދާކުރާމޭވޭއެވެ. އަދި ޒައިތޫންޏަކީ ވަރަށްގިނަބައެއްގެ ކެއުމަށްބޭނުންކުރާ ބަރަކާތްތެރި އެކައްޗެވެ. އަދި އޭގެތެލަކީ އެންމެ ފައިދާބޮޑު ތެލެވެ.)

Verse 2

وَطُورِ سِينِينَ

Transliteration waṭūri sīnīna

Dhivehi އަދި طُوْرُ ފަރުބަދަ ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

Verse 3

وَهَـٰذَا ٱلْبَلَدِ ٱلْأَمِينِ

Transliteration wahādhā l-baladi l-amīni

Dhivehi އަދި އަމާންވެގެންވާ މިރަށް (އެބަހީ މައްކާ) ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

Verse 4

لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍ

Transliteration laqad khalaqnā l-insāna fī aḥsani taqwīmin

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީ އެންމެރީތި ސޫރައިގައެވެ. އެންމެރީތި ތައްގަޑަށެވެ. ގުނަވަންތައް މުނާސިބުކޮށް ރަނގަޅަށް ކޮޅަށް ހުރެވޭ ގޮތަށެވެ.

Verse 5

ثُمَّ رَدَدْنَـٰهُ أَسْفَلَ سَـٰفِلِينَ

Transliteration thumma radadnāhu asfala sāfilīna

Dhivehi ދެން އަދި އެންމެ ދަށުދަރަޖައަށް ތިމަންރަސްކަލާނގެ އެނާފޮނުވީމެވެ. (أرْزَلُ العُمْر) އަށް އޭނާ ފޮނުވީމެވެ. އެބަހީ މުސްކުޅިވެވާނުވާނޭގޭ ދަރަޖައަށްއޭނާ ފޮނުވަމެވެ. ނުވަތަ އެނާނުކިޔަމަންތެރިވެއްޖެއްޔާ އޭނާ ނަރަކައަށްފޮނުވަމެވެ. މިދެތަރުޖަމާވެއެވެ.

Verse 6

إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ

Transliteration illā alladhīna āmanū waʿamilū l-ṣāliḥāti falahum ajrun ghayru mamnūnin

Dhivehi މީގެތެރެއިން އީމާންވެގެން صَالِحُ عَمِلُ ކުރިމީހުން މެނެވީ އެވެ. ފަހެ އެމީހުންނަށް ޤިޔާމަތްދުވަހުން މެދުކެޑުމެއްނުވާ ދަރުމަޔާއި ސަވާބު ހުންނަ ހުއްޓެވެ.

Verse 7

فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ

Transliteration famā yukadhibuka baʿdu bil-dīni

Dhivehi (އޭ ނުކިޔަމަންތެރި އިންސާނާއެވެ.) މިހުރިހާ ޙަޤީޤަތަކަށްފަހު ދެވަނަފަހަރަށް ދިރުއްވައި ހިސާބު ބެއްލެވުމަށާއި ޖަޒާދެއްވުމަށް ފޮނުއްވުން ކަލޭދޮގުކުރަނީ ކޮންގޮތަކުން ހެއްޔެވެ؟

Verse 8

أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَـٰكِمِينَ

Transliteration alaysa l-lahu bi-aḥkami l-ḥākimīna

Dhivehi އަޅެފަހެ އެންމެ عَدْلُ ވެރިކޮށް حُكُمْ ކުރައްވާ ފަރާތެއްކަމުގައި الله ނުވޭހެއްޔެވެ؟ ޝައްކެއްނެތެވެ. އެކަލާނގެއީ އެނމެ عَدْلُ ވެރިކޮށް حُكُمْ ކުރައްވާ ކަލާނގެއެވެ. ދެވަނަފަހަރު ދިރުއްވައި ޢަމަލުތަކުގެ ހިސާބު ބައްލަވައި ފުރިހަމަ ޖަޒާދެއްވުމަކީ އެކަލާނގެ عَدْلُ ވެރިކަމުގެތެރެއިންވާކަމެކެވެ.\nދަންނައެވެ. الله ހުވައި وَحِي ކުރައްވާފައިމިވާ މުހިއްމުތިންއެއްޗަކީ ތިންރަސޫލުބޭކަލުންގެ ރަސޫލުކަމަށް ކުރައްވާފައިވާ އިޝާރާތްކަމަށްވެސް މުފައްސިރުންގެ ބައެއްބޭކަލުން ވިދާޅުވެއެވެ. ތީނާއި ޒައިތޫނިގެ މަޙައްލަކީ بَيْتُ المَقْدِ س އެވެ. އެއިން އިޝާރާތްވަނީعِيْسَى عَلَيْه السلام ގެ ރަސޫލުކަމަށެވެ. އެކަލޭގެފާނުފޮނުއްވުނީ އެހިސާބަށެވެ. طُورسِيْنَا އިންދަލީލުކުރަނި مُوسَى عَلَيْه السلام ގެރަސޫލުކަމަށެވެ. އެއީ އެކަލޭގެފާނު އެތާހުންނަވަނިކޮށް وَحِي ބާވާތްލެއްވުނު ފަރުބަދައެވެ. މައްކާއެއީ مُحَمد صَلَى الله عَلَيْه وسَلم އަށް وَحِي ބާވާތްލެއްވެން ފެއްޓެވުނުތަނެވެ. = ابْنُ كَثِيْر =

Read Surah At-Tin in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.