Surah Al-Mutaffifin in Dhivehi: translation and audio
Surah 83 · المطففين · The Defrauding · 36 verses
Surah Al-Mutaffifin verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Mutaffifin word by word in English.
Verse 1
وَيْلٌ لِّلْمُطَفِّفِينَ
Transliteration waylun lil'muṭaffifīna
Dhivehi މިނެކިރުމުގައި އުނިކޮށްމަދުކުރާމީހުންނަށް وَيْلُ ހުއްޓެވެ. (وَيْلُ އަކީ ގަދަ عَذَابُ އެވެ. ނުވަތަނަރަކައިގެ ވަކިވާދީ އެކެވެ. އެއީ ނަރަކަވަންތަވެރިންގެ ގައިން ފައިބާ ކުނިދިޔައިގެ ވާދިއެއްކަމަށް ބުނެވެއެވެ.) والله أعلم.
Verse 2
ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ
Transliteration alladhīna idhā ik'tālū ʿalā l-nāsi yastawfūna
Dhivehi އެމީހުންނަކީ އެބަހީ އުނިކުރާމީހުންނަކީ އެމީހުން އެހެންމީހުންގެ އަތުން މިނެގެން ނުވަތަ ކިރައިގެން ގެންނަންޏާ ބަރާބަރަށް ހަމަކުރަން އެދޭމީހުންނެވެ. ހަމަކުރާމީހުންނެވެ.
Verse 3
وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ
Transliteration wa-idhā kālūhum aw wazanūhum yukh'sirūna
Dhivehi އަދި އެމީހުން އެހެންމިހުންނަށް މިނެދީ ކިރައިދީ ހަދަންޏާ އުނިކޮށް އަދި މަދުކުރެއެވެ. އެހެންމީހުންގެ حَقُّ މަދުކުރާމީހުންނެވެ.
Verse 4
أَلَا يَظُنُّ أُو۟لَـٰٓئِكَ أَنَّهُم مَّبْعُوثُونَ
Transliteration alā yaẓunnu ulāika annahum mabʿūthūna
Dhivehi އެމީހުން ފަހެ (މަރުވުމަށްފަހު އަލުންދިރުއްވައި مَحْشَرُ ކުރައްވައި ހިސާބު ބައްލަވައި ޖަޒާދެއްވުމަށް ފޮނުއްވާނޭކަމަށް ހީނުކުރަނީ ބާވައެވެ؟
Verse 5
لِيَوْمٍ عَظِيمٍ
Transliteration liyawmin ʿaẓīmin
Dhivehi އެދުވަހަކީ އެދުވަހުގެ އުދަނގޫތަކާއި މައްސަލަތައް ކުށްވެރިންނަށް ބޮޑުވެގެންވާނެ ދުވަހެވެ.
Verse 6
يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَـٰلَمِينَ
Transliteration yawma yaqūmu l-nāsu lirabbi l-ʿālamīna
Dhivehi އެއީ މީސްތަކުން އެމީހުންގެ ކަށްވަޅުތަކުން ނުކުމެގެން عَالَم ތަކުގެވެރި رَبُّ ގެ حَضْرَةُ ގައި قَائِم ވާނޭދުވަހެވެ.
Verse 7
كَلَّآ إِنَّ كِتَـٰبَ ٱلْفُجَّارِ لَفِى سِجِّينٍ
Transliteration kallā inna kitāba l-fujāri lafī sijjīnin
Dhivehi އެއްގޮތަކަށްވެސް އެމީހުން އެހީކުރާގޮތަކަށް ނުވާނެއެވެ. އެބަހީ މިނެކިރުމުގައި މީސްތަކުންނަށް މަދުކޮށް އުނިކުރާމީހުން އެހީކުރާގޮތަކަށް ނުވާނެއެވެ. އެމީހުންނަކީ ނުބައިނުލަފާ މުޖްރިމުންނެވެ. ހަމަކަށަވަރުން ނުބައިނުލަފާ މުޖްރިމުންގެ ޢަމަލުގެފަތްވާނީ سِجِّيْنُ އެވެކިޔާތާގައެވެ. (سِجِّيْنُ އަކީ ނަރަކަވަންތަވެރިންގެލިސްޓެވެ.)
Verse 8
وَمَآ أَدْرَىٰكَ مَا سِجِّينٌ
Transliteration wamā adrāka mā sijjīnun
Dhivehi އަދި سِجِّيْنُ އަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
Verse 9
كِتَـٰبٌ مَّرْقُومٌ
Transliteration kitābun marqūmun
Dhivehi އެއީ ލިޔެވި ރަޖިސްޓްރީވެގެންވާފޮތެކެވެ.
Verse 10
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Transliteration waylun yawma-idhin lil'mukadhibīna
Dhivehi އެދުވަހުން އެބަހީ قِيَامة ދުވަހުން ދޮގުކުރިމީހުންނަށް ގަދަ عَذَابُ ހުއްޓެވެ. (سِجِّيْنُ އަކީ الله އާއި އެކަލާނގެ އާޔަތްތަކާއި قِيَامة ދުވަހާއި އެދުވަހާއި ގުޅިފައިވާ ހިސާބާއި ޖަޒާ ދޮގުކުރާމީހުންނަށް ނަރަކައިގެ ވައިލެވެކިޔާ ގަދަޢަޒާބުދެއްވާނެކަމަށް ލިޔެވިފައިވާ ފޮތެވެ.) والله أعلم.
Verse 11
ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ
Transliteration alladhīna yukadhibūna biyawmi l-dīni
Dhivehi މިބުނާދޮގުކުރިމީހުން ދަންނައެވެ. އެމީހުންނަކީ ހިސާބުބައްލަވާ އަދިޖަޒާދެއްވާ قِيَامَة ދުވަސް ދޮގުކުރާމީހުންނެވެ.
Verse 12
وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ
Transliteration wamā yukadhibu bihi illā kullu muʿ'tadin athīmin
Dhivehi އަދި ގިނައިން ފާފަކުރާ ކޮންމެ އަނިޔާވެރިއަކުމެނުވީ އެދުވަސް ދޮގުނުކުރާނެއެވެ.
Verse 13
إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ
Transliteration idhā tut'lā ʿalayhi āyātunā qāla asāṭīru l-awalīna
Dhivehi އެފަދަމީހާގެ މައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާވެސް އެމީހާބުނާނީ ތިޔައީ އިސްވެދިމީސްތަކުން ދައްކާފައިވާ بَاطِلُ އަދި ދޮގު ވާހަކަތަކެއްކަމުގައެވެ. (އޭގެޖަވާބުގައި الله އެއަންގަވަނީ)
Verse 14
كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ
Transliteration kallā bal rāna ʿalā qulūbihim mā kānū yaksibūna
Dhivehi އެއްގޮތަކަށްވެސް އެހެންނޫނެވެ. އެއީ ދޮގުއަދި بَاطِلُ ވާހަކައެއްނޫނެވެ. އަދިކިއެއްހެއްޔެވެ؟ އެމީހުންގެ ހިތްތަކުގެމަތީގައި އެވަނީ ފާފަތައްކުރުމުގެސަބަބުން رَانَ އެޅިފައެވެ. އެއީ ގިނައިން ފާފަކުރުމުގެ ސަބަބުން ހިތުގެމަތީގައި އެޅޭ ކަޅު ހުރަހެކެވެ. ދަބަރެވެ. އެހެންވެއްޖެއްޔާދެން ތެދުމަގު ގަބޫލުކުރުން އުނދަގޫވާނެއެވެ. އެފަދަމީހުންނަށް طَبَعَ اللهُ عَلَى قُلُوبِهِمْ މިފަދަ ޢިބާރާތް ގެންނަވައެވެ. ދެން އެއަށްވުރެމައްޗަށްދިޔައީމާ ތަޅުލައްވައެވެ. (أَمْ عَلَى قُلُوْبٍ أَقْفَالُهَا) މިފަދައިން އަންގަވައެވެ.
Verse 15
كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
Transliteration kallā innahum ʿan rabbihim yawma-idhin lamaḥjūbūna
Dhivehi އެއްގޮތަކަށްވެސް އެފަދަމީހުންނަށް اللهُ ނުފެނުމީ حَقّ އެކެވެ. ހަމަކަށަވަރުން އެދުވަހުން އެމީހުންނާއި އެމީހުންގެ رَبُّ އާއިދެމެދު ފަރުދާކުރެވި ނިވައިވެގެންވެއެވެ. އެމީހުންނަށް އެކަލާނގެ ނުފެންނާނެއެވެ.
Verse 16
ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ
Transliteration thumma innahum laṣālū l-jaḥīmi
Dhivehi ދެން ހަމަކަށަވަރުން އެމީހުން ނަރަކައަށްވަންނާނެއެވެ. (އެތާގެ ގަދަ ޢަޒާބާއި ހޫނުގެރަހަ ލިބިގަންނާނެއެވެ.)
Verse 17
ثُمَّ يُقَالُ هَـٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ
Transliteration thumma yuqālu hādhā alladhī kuntum bihi tukadhibūna
Dhivehi ދެންއެމީހުންނަށް އެންގޭނެއެވެ. މިޢަޒާބަކީ ކަލޭމެން ދުނިޔޭގައި އުޅުނުއިރު އެއެއްޗެއްކަލޭމެން ދޮގުކުރި ނަރަކައެވެ. އޭގެ ޢަޒާބެވެ. (އޭގެރަހަލިބިގަންނާށެވެ.)
Verse 18
كَلَّآ إِنَّ كِتَـٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ
Transliteration kallā inna kitāba l-abrāri lafī ʿilliyyīna
Dhivehi އެއްގޮތަކަށްވެސް އެކާފަރުން އެހީކުރާ ގޮތަކަށް ނުވާނެއެވެ. ހަމަކަށަވަރުން ކިޔަމަންތެރި މާތްމީހުންގެ ޢަމަލުގެ ފަތްވާނީ عِلِّيُّونُ ގައެވެ.
Verse 19
وَمَآ أَدْرَىٰكَ مَا عِلِّيُّونَ
Transliteration wamā adrāka mā ʿilliyyūna
Dhivehi އަދި عِلِّيُّونُ އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
Verse 20
كِتَـٰبٌ مَّرْقُومٌ
Transliteration kitābun marqūmun
Dhivehi އެއީ މާތްމީހުންގެ ނަންތައްލިޔެވި ރަޖިސްޓަރީވެގެންވާފަތެވެ. (ފައިލެވެ.)
Verse 21
يَشْهَدُهُ ٱلْمُقَرَّبُونَ
Transliteration yashhaduhu l-muqarabūna
Dhivehi މާތްވެގެންވާ މަލާއިކަތްބޭކަލުން حَاضِرُ ވެވަޑައިގެން އެފަތަށް ހެކިދެއްވާނެއެވެ. ދަންނައެވެ. عِلِّيُّونُ އަކީ ސުވަރުގެއެވެ. ނުވަތަ ސުވަރުގޭގައިވާ ވަކިތަނެކެވެ. ނުވަތައެއީ ހަތްވަނައުޑުގައިވާ خَاصَّ ތަނެކެވެ. ނުވަތައެއީ سِدْرَةُ المُنْتَهَى އެވެ. އެއީ ހެޔޮ عَمَلُ ތައްލިޔެވޭ ދީވާނެވެ. އަދި މިނޫން ގޮތް ގޮތަށްވެސް ކިޔައިފާ ވެއެވެ. والله أعلم.
Verse 22
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ
Transliteration inna l-abrāra lafī naʿīmin
Dhivehi ހަމަކަށަވަރުން މާތްވެގެންވާ ކިޔަމަންތެރިން ވަނީ ކަނޑައެޅިގެން ސުވަރު ގެޔާއެތާގެ نِعْمَةُ ގައެވެ.
Verse 23
عَلَى ٱلْأَرَآئِكِ يَنظُرُونَ
Transliteration ʿalā l-arāiki yanẓurūna
Dhivehi މާތްވެގެންވާ ސޯފާތަކުގައި އެމީހުންބަލަބަލައި ތިބޭނެއެވެ. (الله އަށާއި އެކަލާނގެ އެމީހުންނަށްދެއްވިގިނަގުނަ نِعْمَةُ ތަކަށް އެމީހުން ބަލަބަލައި ތިބޭނެއެވެ.)
Verse 24
تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ
Transliteration taʿrifu fī wujūhihim naḍrata l-naʿīmi
Dhivehi އެމީހުންގެ މޫނުމަތީން نِعْمَةُ ގެބޮޑުކަމުން އުފާވެރިކަމާއި ތާޒާކަން ވިދަވިދައި ހުންނާނެއެވެ.
Verse 25
يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ
Transliteration yus'qawna min raḥīqin makhtūmin
Dhivehi އަދި އެމީހުންނަށް رَحِيْقُ އެވެ ކިޔާމީރު طَاهِرُ ރަލެއްބޯންދެވޭނެއެވެ. އޭގެ ކަންވާރު ހުންނާނީ ސިއްކަގެހިފައެވެ. އޭ ގެ حَقُّ ވެރިއަކުނޫނީ އޭގެ ސިލް ކަނޑައިނުލާނެއެވެ. އަދިއެރާހުންނާނީ ބޮއިނިމޭއިރު ގޮމަކަސްތޫރީގެމީރުރަހައަށް ނިމޭގޮތަށެވެ.
Verse 26
خِتَـٰمُهُۥ مِسْكٌ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَـٰفِسُونَ
Transliteration khitāmuhu mis'kun wafī dhālika falyatanāfasi l-mutanāfisūna
Dhivehi ފަހެ އެފަދަ އެފަދަ نِعْمَةُ ހޯދައިގަތުމަށް ވާދަކުރާމީހުން ވާދަކޮށް ކުރިއަރައިދާހުށިކަމެވެ. (އެކަން ހޯދައިގަނެވޭނީ ދުނިޔޭގައިތިބެ ހެޔޮ عَمَلُ ކޮށްގެންނެވެ.)
Verse 27
وَمِزَاجُهُۥ مِن تَسْنِيمٍ
Transliteration wamizājuhu min tasnīmin
Dhivehi އަދިމިބުނި ރަލާއި އެކުވެފައިވަނީ تَسْنِيْم ކިޔާއެއްޗެކެވެ. އެއީ ސުވަރުގޭގެ އަހުލުވެރިންނަށް ދެވޭ އެންމެ މާތްބުއިމެވެ. އެމީހުންނަށް އެ تَسْنِيْم އޮހޭނީ އެމީހުންގެ މަތީންނެވެ.
Verse 28
عَيْنًا يَشْرَبُ بِهَا ٱلْمُقَرَّبُونَ
Transliteration ʿaynan yashrabu bihā l-muqarabūna
Dhivehi އެ تَسْنِيْم އަކީ ﷲ ގެ އެންމެމާތް އަޅުންނަށް ބޯންދެއްވާ އާރެކެވެ.
Verse 29
إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ
Transliteration inna alladhīna ajramū kānū mina alladhīna āmanū yaḍḥakūna
Dhivehi ހަމަކަށަވަރުން ނުލަފާކަންތައްތައްކުރާ ބޮޑެތިފާފަވެރިން خَاصّ ކޮށް (رَسُولُ الله صَلّى الله عَلَيه وَسَلم ގެޒަމާނުގައި އަދި عَامُّ ކޮށް ހުރިހާޒަމާނެއްގައިވެސް އީމާންވެގެންވާ މީސްތަކުންނަށް މަލާމާތްކޮށް ހީ ހަދާކަމުގައި ވެއެވެ.
Verse 30
وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ
Transliteration wa-idhā marrū bihim yataghāmazūna
Dhivehi އަދި މުއުމިނުންގެމީހުން އެކާފަރުންގެ ގާތުން ދަންޏާ އެކާފަރުން މުއުމިނުންނާއި ދިމާލަށް ލޮލުންނާއި ބުމައިން ވައްތަރުޖައްސާ އިޝާރާތްކޮށް ހަދައެވެ.
Verse 31
وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ
Transliteration wa-idhā inqalabū ilā ahlihimu inqalabū fakihīna
Dhivehi އަދިއެކާފަރުންގެމީހުން އެމީހުންގެ އަހުލުވެރިންގެ ގާތަށް (އެމީހުން ކަހަލަ އެހެންކާފަރުންގާތަށް) ހިނގައްޖެއްޔާ އެމީހުންނަށް ލިބިފައިވާ نِعْمَةُގެ ގިނަކަމުގެސަބަބުން މަޖާނެގުމާއިއެކު މުއުމިނުންނަށް މަލާމާތްކޮށް ހަދައެވެ.
Verse 32
وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَـٰٓؤُلَآءِ لَضَآلُّونَ
Transliteration wa-idhā ra-awhum qālū inna hāulāi laḍāllūna
Dhivehi އަދިއެކާފަރުންގެމީހުންނަށް މުއުމިނުން ފެނިއްޖެއްޔާބުނެއެވެ. ހަމަކަށަވަރުން މިބައިމީހުންނަކީ މަގުފުރެދިގެންވާ ބައެކެވެ. (މިބަހުގެ ޖަވާބުގައި އަންގަވައެވެ.
Verse 33
وَمَآ أُرْسِلُوا۟ عَلَيْهِمْ حَـٰفِظِينَ
Transliteration wamā ur'silū ʿalayhim ḥāfiẓīna
Dhivehi މުއުމިނުންކުރާ ކަންތަކުން އެމީހުންވަނީ މަގުފުރެދިފައިތޯ ނުވަތަނޫންތޯ ބަލާކަށް އެކާފަރުން ފޮނުވިގެންނުވެއެވެ.
Verse 34
فَٱلْيَوْمَ ٱلَّذِينَ ءَامَنُوا۟ مِنَ ٱلْكُفَّارِ يَضْحَكُونَ
Transliteration fal-yawma alladhīna āmanū mina l-kufāri yaḍḥakūna
Dhivehi ފަހެ މިއަދު އެބަހީ قِيَامَة ދުވަހު އީމާންވެގެންވާ މީސްތަކުން ކާފަރުންނާއިމެދު މަލާމާތްކޮށް ހީހަދާނެއެވެ.
Verse 35
عَلَى ٱلْأَرَآئِكِ يَنظُرُونَ
Transliteration ʿalā l-arāiki yanẓurūna
Dhivehi ކާފަރުންނަށް ނަރަކައިގެ عَذَابُ ލިބޭތަން ދެކެން ރީތިސޯފާ އެދުތައްމަތީ عِزَّة ތެރިކަމާއެކު މުއުމިނުން ތިބޭނެއެވެ.
Verse 36
هَلْ ثُوِّبَ ٱلْكُفَّارُ مَا كَانُوا۟ يَفْعَلُونَ
Transliteration hal thuwwiba l-kufāru mā kānū yafʿalūna
Dhivehi ހަމަކަށަވަރުން ކާފަރުން ދުނިޔޭގައި ތިބެގެން ކުރާކަމުގައިވީ ނުބައިކަންތައްތަކުގެ ސަބަބުން މެނުވީ އެމީހުންނަށް ޖަޒާދެއްވޭ ކަމުގައިނުވެއެވެ.
Read Surah Al-Mutaffifin in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.