MyDugsiStart learning

Surah Az-Zumar in Dhivehi: translation and audio

Surah 39 · الزمر · The Troops · 75 verses

Surah Az-Zumar verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Az-Zumar word by word in English.

Verse 1

تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ

Transliteration tanzīlu l-kitābi mina l-lahi l-ʿazīzi l-ḥakīmi

Dhivehi މި قُرْآن ބާވާތްލެއްވުންވަނީ ގަދަކީރިތިވަންތަ حِكْمَة ވަންތަ ﷲ ގެ حَضْرَةُ ންނެވެ. (މިއީ އެކަލާނގެ ބާވައިލެއްވުމެކެވެ.)

Verse 2

إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ فَٱعْبُدِ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ

Transliteration innā anzalnā ilayka l-kitāba bil-ḥaqi fa-uʿ'budi l-laha mukh'liṣan lahu l-dīna

Dhivehi (އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް މި ފޮތް ބާވައިލެއްވީ ހަމަ ޙައްޤު ތެދު ގޮތުގައެވެ. އަދި އެފޮތުގައިވަނީ ހައްތަހާވެސް ޙައްޤު ތެދެވެ. ފަހެ ﷲ އަށް އަޅުކަން ޚާލިސްކޮށްގެންވާ ޙާލު (އެންމެހައި شِرْك އާއި ބިދުޢައިން ހުސްވެގެންވާ ޙާލު) ﷲ އަށް އަޅުކަން ކުރައްވާށެވެ.

Verse 3

أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَـٰذِبٌ كَفَّارٌ

Transliteration alā lillahi l-dīnu l-khāliṣu wa-alladhīna ittakhadhū min dūnihi awliyāa mā naʿbuduhum illā liyuqarribūnā ilā l-lahi zul'fā inna l-laha yaḥkumu baynahum fī mā hum fīhi yakhtalifūna inna l-laha lā yahdī man huwa kādhibun kaffārun

Dhivehi އަދި ދަންނާށެވެ. އިޚްލާސްތެރިވެގެންވާ އަޅުކަން ޚާއްސަ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ﷲ ފިޔަވައި وَلِيُّ ންތައް ހިފައި އިޚްތިޔާރުކުރާ މީހުން- އެބަހީ ބުދުތަކަށް އަޅުކަންކުރާމީހުން ބުނެއެވެ. "ﷲ އަށް ކުއްތަންވުމަށް މެނުވީ އަހުރެމެން މިތަކެއްޗަށް އަޅުކަންނުކުރަމެވެ. (އެތަކެތި އަހުރެމެންނަށް شَفَاعَة ތެރިވާނެއެވެ.) " އަދި އެބައިމީހުންގެ މެދުގައި إِخْتِلاف ވެ ދެބަސްވާ ކަންކަމާއިމެދު قِيَامَة ދުވަހުން ﷲ ޙުކުމްކުރައްވާނެއެވެ. (އެހެނީ ކޮންމެ ދީނެއްގެ ބަޔަކުވެސް ބުނަނީ އެބަޔަކު އެތިބީ ޙައްޤުގައި ކަމަށެވެ. އަދި ދޮގުހަދާ އަދި ކާފަރުވާމީހަކަށް ﷲ ތެދުމަގު ނުދައްކަވާނެކަންކަށަވަރެވެ. (ބުދުތައް ﷲ އަށް ކުއްތަން ކޮށްދޭނެކަމަށް ހީކޮށްގެން ބުދުއެއީ إله ންކަމުގައި ބަލައިފި މީހަކަށް ތެދުމަގުނުދައްކަވާނެއެވެ.

Verse 4

لَّوْ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدًا لَّٱصْطَفَىٰ مِمَّا يَخْلُقُ مَا يَشَآءُ ۚ سُبْحَـٰنَهُۥ ۖ هُوَ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ

Transliteration law arāda l-lahu an yattakhidha waladan la-iṣ'ṭafā mimmā yakhluqu mā yashāu sub'ḥānahu huwa l-lahu l-wāḥidu l-qahāru

Dhivehi ދަރިކަލަކު ހިއްޕެވުމަށް ﷲ އެދިވޮޑިގެންނެވިނަމަ އެކަލާނގެ ހައްދަވާ مَخْلُوق ންގެ ތެރެއި އެދިވޮޑިގަންނަވާ مَخْلُوق އަކު ހިއްޕަވައިފީހެވެ. އެކަލާނގެ ހުސް طَاهِرُ ވަންތައެވެ. އެއްގޮތަކަށްވެސް (އެކަލާނގެ ދަރިކަލަކަށް ބޭނުންވެވޮޑިގެންނުވެއެވެ. ﷲ ފިޔަވައި مَخْلُوق އަކުމެނުވީ މައުޖޫދުވެގެންވުމަކީ އެކަށީގެންވާކަމެއްނޫނެވެ. އަދި مَخْلُوق އަކު خَالِقُ ވަންތަ ﷲ ގެދަރިކަލަކަށްވުން صَحَّ ވެގެން ނުވެއެވެ.) އެކަލާނގެއީ އަޅުތަކުންގެމައްޗަށް ގަދަފަދަވަންތަވެ ވޮޑިގެންވާ ﷲ އެވެ.

Verse 5

خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ يُكَوِّرُ ٱلَّيْلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيْلِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۗ أَلَا هُوَ ٱلْعَزِيزُ ٱلْغَفَّـٰرُ

Transliteration khalaqa l-samāwāti wal-arḍa bil-ḥaqi yukawwiru al-layla ʿalā l-nahāri wayukawwiru l-nahāra ʿalā al-layli wasakhara l-shamsa wal-qamara kullun yajrī li-ajalin musamman alā huwa l-ʿazīzu l-ghafāru

Dhivehi އުޑުތަކާއިބިން حَقُّ ގޮތުގައި ހެއްދެވީ އެކަލާނގެއެވެ. އަދި ދުވާލުގެ މައްޗަށް ރޭގަޑުވައްދަވައި އަދިރިކުރައްވައި އަދި ރޭގަޑުގެމައްޗަށް ދުވާލު ވައްދަވައި އަލިކުރައްވަނީ ވެސް ހަމައެކަލާނގެއެވެ. އަދި އިރާއި ހަނދު ކިޔަމަންކުރެއްވީވެސް ހަމައެކަލާނގެއެވެ. އެއިންކޮންމެ އެއްޗެއްވެސް އެއަށްކަނޑައެޅިފައިވާ ފަލަކުގައި ކަނޑައެޅި عَيَّن ވެގެންވާ މުއްދަތަކަށް ދައުރުކޮށްކޮށްހުރެއެވެ. (އެއީ ދުނިޔެނިމޭދެނެވެ.) ކަލޭމެންދަންނާށެވެ. عِزَّة ވަންތަވެވޮޑިގެންވާ ގިނަގިނައިން ފާފަ ފުއްސަވާ ކަލަކީ ހަމަ އެއީއެވެ.

Verse 6

خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُم مِّنَ ٱلْأَنْعَـٰمِ ثَمَـٰنِيَةَ أَزْوَٰجٍ ۚ يَخْلُقُكُمْ فِى بُطُونِ أُمَّهَـٰتِكُمْ خَلْقًا مِّنۢ بَعْدِ خَلْقٍ فِى ظُلُمَـٰتٍ ثَلَـٰثٍ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُصْرَفُونَ

Transliteration khalaqakum min nafsin wāḥidatin thumma jaʿala min'hā zawjahā wa-anzala lakum mina l-anʿāmi thamāniyata azwājin yakhluqukum fī buṭūni ummahātikum khalqan min baʿdi khalqin fī ẓulumātin thalāthin dhālikumu l-lahu rabbukum lahu l-mul'ku lā ilāha illā huwa fa-annā tuṣ'rafūna

Dhivehi އެންމެނަފުސަކުން އެކަލާނގެ ކަލޭމެން ހެއްދެވިއެވެ. (އެއީ އާދަމުގެފާނުންގެ ނަފުސުފުޅުންނެވެ.) ދެން އެނަފުސުގެ އަނބިކަނބަލުންވެސް (حَوَّى ގެފާނުވެސް) އެކަލާނގެ އެނަފުސުން ހެއްދެވިއެވެ. އަދި އެކަލާނގެ ކަލޭމެނަށްޓަކައި نَعَمُ ސޫފީގެތެރެއިން އަށްޖޯޑުހެއްދެވިއެވެ. (އެއީ ޖަމަލުގެ ދެއެތި ގެރީގެދެއެތި ضَأْنُ ބަކަރީގެ ދެއެތި مَعْزُ ބަކަރީގެ ދެއެތި) މީގެވާހަކަ أَنْعَامُ ސޫރަތުގައި ބަޔާންވެގެންވާނެއެވެ. އަދި ކަލޭމެންގެ މައިންގެ ބަނޑުތަކުގައި އެއްހެއްދެވުމަކަށްފަހު އަނެއްހެއްދެވުމަކުން އެކަލާނގެ ކަލޭމެން ހައްދަވައެވެ. (އެއީ ފުރަތަމަ މަނިތިއްކަކުންނެވެ. ދެންގަޑުލެއިކޮޅަކުން ދެން މަސްކޮޅަކުން ދެންކަށިކޮޅަކުން ދެން.....) ތިން އަދިރިކަމެއްގައި އެކަލާނގެ ކަލޭމެން ހައްދަވައެވެ. (އެއީ ބަނޑުގެ އަދިރިކަމާއި رَحِمُ ގެއަދިރިކަމާއި އަދި މަހުގެ އަދިރިކަމެވެ.) މިކަންތައްތައް މިގޮތަށް ހައްދަވަމުންމިގެންދަވަނީ ކަލޭމެންގެ رَبُّ ކަމުގައިވާ ﷲ އެވެ. އަދި (ދުނިޔެއާއި آخِرَةُ ގައިވެސް) އެންމެހައިތަކެތި މިލްކުވެ خَاصَّ ވެގެންވަނީ ހަމައެކަލާނގެއަށެވެ. އެކަލާނގެ މެނުވީ އެހެން އެއްވެސް (حَقُّ) އިލާހަކުނުވެއެވެ. ކަލޭމެން (އެކަލާނގެ ފިޔަވައި) އެނބުރިދަނީ ކޮންފަދައަކުން ހެއްޔެވެ؟ އެބަހީ އެކަލާނގެ ނޫންފަރާތަކަށް އަޅުކަންކުރުން ކަލޭމެންނަށް حَقُّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ ކޮންދަލީލެއްގެމައްޗަށްހެއްޔެވެ؟ އެއްވެސްދަލީލެއްނެތެވެ.

Verse 7

إِن تَكْفُرُوا۟ فَإِنَّ ٱللَّهَ غَنِىٌّ عَنكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ ٱلْكُفْرَ ۖ وَإِن تَشْكُرُوا۟ يَرْضَهُ لَكُمْ ۗ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ

Transliteration in takfurū fa-inna l-laha ghaniyyun ʿankum walā yarḍā liʿibādihi l-kuf'ra wa-in tashkurū yarḍahu lakum walā taziru wāziratun wiz'ra ukh'rā thumma ilā rabbikum marjiʿukum fayunabbi-ukum bimā kuntum taʿmalūna innahu ʿalīmun bidhāti l-ṣudūri

Dhivehi ކަލޭމެން ކާފަރުވިޔަސް (އޭގެ އެއްވެސް ގެއްލުމެއް ﷲ އަކަށް ނުލިބޭނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ. ކަލޭމެންގެ ފަރާތުން އެއްވެސް ކަމެއް ބޭނުންވެވޮޑިގެންނުވެއެވެ. އަދި އެކަމަކު އެކަލާނގެ އަޅުތަކުންނަށްޓަކައި ކާފަރުކަމެއް އެކަލާނގެ ރުހިވޮޑިގެންނުވެއެވެ. އަދި ޝުކުރު ކުރަންޏާ އެކަލާނގެ ކަލޭމެންނަށް ރުހިވޮޑިގެންވެއެވެ. (އެއީ އެކަމުގައި ކަލޭމެންގެ ބާއްޖަވެރިކަންވާތީއެވެ.) އަދި ފާފައިގެބަރު އުފުލާ އެއްވެސް މީހަކު އަނެއްމީހެއްގެ ފާފައިގެބަރު ނުއުފުލާނެއެވެ. (ކޮންމެ މީހަކަށްވެސް އޮންނާނީ އެމީހެއްގެ ބަރެވެ.) ދެންކަލޭމެން މަރުވުމަށްފަހު ކަލޭމެން ރުޖޫޢަވުންވަނީ ﷲ ގެ حضرة އަށެވެ. އެއީ ކަލޭމެންގެ ربّ އެވެ. އަދި ކަލޭމެން ދުނިޔޭގައިތިބެގެން ކުރަމުން ދިޔަކަމުގައި ވީ އެންމެހައި ކަންކަމުގެ ޚަބަރު އެކަލާނގެ ކަލޭމެންނަށް ދެއްވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގެ އަޑީގައިވާ ކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 8

۞ وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا لِّيُضِلَّ عَن سَبِيلِهِۦ ۚ قُلْ تَمَتَّعْ بِكُفْرِكَ قَلِيلًا ۖ إِنَّكَ مِنْ أَصْحَـٰبِ ٱلنَّارِ

Transliteration wa-idhā massa l-insāna ḍurrun daʿā rabbahu munīban ilayhi thumma idhā khawwalahu niʿ'matan min'hu nasiya mā kāna yadʿū ilayhi min qablu wajaʿala lillahi andādan liyuḍilla ʿan sabīlihi qul tamattaʿ bikuf'rika qalīlan innaka min aṣḥābi l-nāri

Dhivehi އަދި އިންސާނާއަށް (ބަލިކަމުން - ނުވަތަ ފަޤީރުކަމުން - ނުވަތަ ބިރުވެރިކަމުން - އަދި ނުވަތަ އެއްވެސް ގޮތަކުން) އުނދަލެއް، ގެއްލުމެއްދިމާވެއްޖެއްޔާއި އެކަލާނގެ حضرة އަށް تَوْبَة ވެ رُجُوْع ވާ ޙާލު އެކަލާނގެއަށް ދުޢާކޮށް އެކަމެއްފިއްލަވައިތޯ ދަންނަވާނެއެވެ. ދެންފަހެ އެކަލާނގެ حضرة އަށް އޭނާއަށް ނިޢުމަތެއްދެއްވައި ހެވެއް މިލްކު ވެއްޖެއްޔާ އެކަމަކަށްޓަކައި އެކަލާނގެއަށް ދުޢާކޮށް އާދޭސް ކުރިކަންތައް ހަނދާން ނެތިދެއެވެ. އަދި އެކިބާވަތުގެ شَرِيك ންތައް ﷲ އާއި އެއްވަރުކޮށް ހަދާނެއެވެ. އެއީ ﷲ ގެ މަގުން މީސްތަކުން އަނބުރާލައި تَوْحِيد ން އެއްކިބާކޮށް މަގުފުރެއްދުމައްޓަކައެވެ. (އޭ رسول الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭގެކާފަރުކަމުގައި ކުޑަދުވަސްކޮޅެއްވާދެން އަރާމުކޮށްލާށެވެ. ހަމަކަށަވަރުން ކަލެއަކީ ނަރަކައިގެ އެކުވެރިއެކެވެ. (އެބަހީ އެފަދަ ކަންތައްކުރާ މީހުންނަކީ توبة ނުވެ މަރުވެއްޖެނަމަ ނަރަކަވަންތަ ވެރިންނެވެ.)

Verse 9

أَمَّنْ هُوَ قَـٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ ٱلْـَٔاخِرَةَ وَيَرْجُوا۟ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَـٰبِ

Transliteration amman huwa qānitun ānāa al-layli sājidan waqāiman yaḥdharu l-ākhirata wayarjū raḥmata rabbihi qul hal yastawī alladhīna yaʿlamūna wa-alladhīna lā yaʿlamūna innamā yatadhakkaru ulū l-albābi

Dhivehi (އިސްވެދިޔަފަދަ ކާފަރުމީހާއާއި) ރޭގަޑުގެ ވަގުތު ތަކުގައި آخرة އަށް ބިރުންނާއި އަދި އޭނާ ހައްދަވައި ބޮޑުކުރެއްވި ربّ رحمة އަށް އެދިގެންނާއިއެކު ނަމާދުކޮށް سجدة ކޮށް قيام ގައި ހުންނަމީހާއާއި ދެމީހުން އެއްވަރުވާނޭހެއްޔެވެ؟ ރަނގަޅީ ފަހެ ކާކު ހެއްޔެވެ؟ ދަންނަ މިހުންނާއި އަދި ނުދަންނަމީހުން (عالم ންނާއި جاهلން) އެއްވަރުވާނޭހެއްޔެވެ؟ (ނުވާނެއެވެ.) نصيحة އާއި وعظ ލިބިގަންނަކަން ކަށަވަރީ ބުއްދިވެރި ވިސްނުންތެރިންނެވެ.

Verse 10

قُلْ يَـٰعِبَادِ ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا۟ فِى هَـٰذِهِ ٱلدُّنْيَا حَسَنَةٌ ۗ وَأَرْضُ ٱللَّهِ وَٰسِعَةٌ ۗ إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ

Transliteration qul yāʿibādi alladhīna āmanū ittaqū rabbakum lilladhīna aḥsanū fī hādhihi l-dun'yā ḥasanatun wa-arḍu l-lahi wāsiʿatun innamā yuwaffā l-ṣābirūna ajrahum bighayri ḥisābin

Dhivehi (އޭ رسول الله އެވެ!) އީމާންވީ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! "ކަލޭމެން ކަލޭމެންގެ ربّ އަށް تقوى ވެރިވެ ބިރުވެތިވާށެވެ. (އަދި ތިމަންރަސްކަލާގެ މިއެންގެވުންވެސް އެމީހުންނަށް އަންގަވާށެވެ.) މިދުނިޔޭގައި އަޅުކަމުގައި إحسان ތެރިވެ ރަނގަޅަށް ކިޔަމަންވެގެން އުޅުނު އަޅުންނަށް قيامة ދުވަހުން ހުރީ ސުވަރުގެއެވެ. އަދި ﷲ ގެ ބިންގަނޑު ނުހަނު ތަނަވަހެވެ. (مشرك ންގެ އުދަގުލާހެދި ﷲ އަށް އަޅުކަން ނުކުރެވެންޏާ - إخلاص ތެރިކަމާއިއެކު ﷲ އަށް އަޅުކަން ކުރެވޭތާކަށް ދާހުށިކަމެވެ.) އަދި ހަމަކަށަވަރުން އެއްވެސް حساب އެއްނެތި ކެތްތެރީންނަށް އެކަމުގެ އުޖޫރަޔާއި ދަރުމަ ދެއްވޭ ހުއްޓެވެ."

Verse 11

قُلْ إِنِّىٓ أُمِرْتُ أَنْ أَعْبُدَ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ

Transliteration qul innī umir'tu an aʿbuda l-laha mukh'liṣan lahu l-dīna

Dhivehi (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! "ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ (شِرْك އާއި بِدْعَ ނުލައި) ހަމަ إِخْلاَص ތެރިކަމާއިއެކު ﷲ އަށް އަޅުކަންކުރުމަށެވެ. އެކަލާނގެއަށް އަޅުކަން خَلاَص ކޮށްގެންނެވެ.

Verse 12

وَأُمِرْتُ لِأَنْ أَكُونَ أَوَّلَ ٱلْمُسْلِمِينَ

Transliteration wa-umir'tu li-an akūna awwala l-mus'limīna

Dhivehi އަދި ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ (މިއުންމަތުގެ) އެންމެ ފުރަތަމަ مُسْلِم އަކު ކަމުގައި ވުމަށެވެ. (އެއީ ފުރަތަމަ مُسْلِم އެވެ.) "

Verse 13

قُلْ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ

Transliteration qul innī akhāfu in ʿaṣaytu rabbī ʿadhāba yawmin ʿaẓīmin

Dhivehi (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އަހުރެން ބިރުގަންނަނީ އަހުރެންގެ رَبُّ އަށް އުރެދެވިއްޖެއްޔާ ބޮޑުވެގެންވާ عَذاب އަކަށެވެ. އެއީ قِيَامَة ދުވަހެވެ.

Verse 14

قُلِ ٱللَّهَ أَعْبُدُ مُخْلِصًا لَّهُۥ دِينِى

Transliteration quli l-laha aʿbudu mukh'liṣan lahu dīnī

Dhivehi (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "އަހުރެން އަޅުކަންކުރާނީ ހަމަ ﷲ އަށެވެ. އެއީ އަހުރެންގެ އަޅުކަން އެކަލާނގެއަށް خَلاَص ކޮށްގެންވާ ޙާލުގައެވެ. އެއްވެސް شِرْك އެއް رِبَا އެއްނުލައެވެ.) "

Verse 15

فَٱعْبُدُوا۟ مَا شِئْتُم مِّن دُونِهِۦ ۗ قُلْ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَا ذَٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ

Transliteration fa-uʿ'budū mā shi'tum min dūnihi qul inna l-khāsirīna alladhīna khasirū anfusahum wa-ahlīhim yawma l-qiyāmati alā dhālika huwa l-khus'rānu l-mubīnu

Dhivehi (އޭ كَافِر ންނާއި مُشْرِك ންނޭވެ!) ﷲ ފިޔަވައި ކަލޭމެން އެކައްޗަކަށް އަޅުކަންކުރަންބޭނުމިއްޔާ ކަލޭމެން އެދޭއެއްޗަކަށް އަޅުކަންކޮށްބަލާށެވެ. (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "އެންމެ ބޮޑަށް ގެއްލުމާއި ހަލާކު ވާމީހުންނަކީ قِيَامَة ދުވަހުން ތިމާމެންގެ އަމިއްލަ ނަފުސުތަށް ނަގައިލައި ގެއްލުންކޮށް އަދި ތިމާގެ އަހުލު ވެރިންވެސް ގެއްލުވާ ނަގައިލާ މީހުންނެވެ. ދަންނާށެވެ. ބޮޑުވެގެންވާ ގެއްލި ހަލާކުވުމަކީ އެއީއެވެ."

Verse 16

لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ ٱلنَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥ ۚ يَـٰعِبَادِ فَٱتَّقُونِ

Transliteration lahum min fawqihim ẓulalun mina l-nāri wamin taḥtihim ẓulalun dhālika yukhawwifu l-lahu bihi ʿibādahu yāʿibādi fa-ittaqūni

Dhivehi އެމީހުންނަށް قِيَامَة ދުވަހުން ހުރީ އެމީހުންގެ ބޯމަތިން ނަރަކައިގެ އަނދިރި ގަނޑެކެވެ. (އެއީ ނަރަކައިގެ މަތީ ފަންގިފިލައިގެ ހިޔަންޏެވެ.) އަދި އެމީހުންގެ ދަށުންވެސް ވަނީ އަނދިރިގަނޑެކެވެ. އެއީ ދަށުގެ ފަންގިފިލާއެކެވެ. (ހައްތަހާވެސް ހޫނާ عَذاب އެވެ.) އެއަނދިރިޔާއި އެ عَذاب އަކީ ﷲ އެކަލާނގެ މުއުމިނު އަޅުތަކުން އެއިން ބިރުގަންނުވާއެއްޗެކެވެ. (އެއީ އެމީހުންގެ ކިޔަމަންތެރިކަމާއި އަޅުކަން ގަދަކުރެއްވުމަށެވެ.) އޭ މުއުމިނު އަޅުތަކުންނޭވެ. ކަލޭމެން ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ.

Verse 17

وَٱلَّذِينَ ٱجْتَنَبُوا۟ ٱلطَّـٰغُوتَ أَن يَعْبُدُوهَا وَأَنَابُوٓا۟ إِلَى ٱللَّهِ لَهُمُ ٱلْبُشْرَىٰ ۚ فَبَشِّرْ عِبَادِ

Transliteration wa-alladhīna ij'tanabū l-ṭāghūta an yaʿbudūhā wa-anābū ilā l-lahi lahumu l-bush'rā fabashir ʿibādi

Dhivehi އަދި طَاغُوْت އަށް އަޅުކަންކުރުމުން ދުރުވެގަނެ (އެބަހީ ބުދުތަކާއި ދެންވެސް ﷲ ފިޔަވައި އަޅުކަން ވެވޭ ތަކެއްޗަށް އަޅުކަންކުރުމުން ދުރުވެގަނެ) އަދި ﷲގެ حَضْرَةُ އަށް رُجُوعَ ވެތައުބާވެ إِخْلآص ތެރިކަމާއި އެކު އެކަލާނގެއަށް އަޅުކަންކުރިމީހުންދަންނައެވެ. އުފާވެރިކަންހުރީ އެމީހުންނަށެވެ. އޭ رَسُولُ الله އެވެ! އެފަދަމުއުމިނުންނަށް އުފާވެރިކަންހުރިކަމުގެ ޚަބަރު ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!

Verse 18

ٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَتَّبِعُونَ أَحْسَنَهُۥٓ ۚ أُو۟لَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ وَأُو۟لَـٰٓئِكَ هُمْ أُو۟لُوا۟ ٱلْأَلْبَـٰبِ

Transliteration alladhīna yastamiʿūna l-qawla fayattabiʿūna aḥsanahu ulāika alladhīna hadāhumu l-lahu wa-ulāika hum ulū l-albābi

Dhivehi އެމީހުންނަކީ ބުނުންތަކާއި ބަސްތައްއަހައި އޭގެތެރެއިން ރަނގަޅު حَقُّ ބަސް ޤަބޫލުކޮށް އެޔާއި تَبَعَ ވާމީހުންނެވެ. އަދިއެމީހުންނަކީ އެމީހުންނަށް ﷲ ތެދުމަގުދެއްކެވިމީހުންނެވެ. އަދި ބުއްދިވެރި ވިސްނުންތެރިންނަކީ އެއީއެވެ.

Verse 19

أَفَمَنْ حَقَّ عَلَيْهِ كَلِمَةُ ٱلْعَذَابِ أَفَأَنتَ تُنقِذُ مَن فِى ٱلنَّارِ

Transliteration afaman ḥaqqa ʿalayhi kalimatu l-ʿadhābi afa-anta tunqidhu man fī l-nāri

Dhivehi ﷲ ގެ قَضَا قَدَرُ ގައި އެމީހުންގެމައްޗަށް عَذَابُ ގެ ބަސްފުޅު ކަނޑައެޅިގެންވީމީހަކު ކަލޭގެފާނަށް އެމީހަކު ނަރަކައިން ސަލާމަތްކުރެވޭނެތޯއެވެ؟ (ނުކުރެވޭނެއެވެ.)

Verse 20

لَـٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ غُرَفٌ مِّن فَوْقِهَا غُرَفٌ مَّبْنِيَّةٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ ٱلْمِيعَادَ

Transliteration lākini alladhīna ittaqaw rabbahum lahum ghurafun min fawqihā ghurafun mabniyyatun tajrī min taḥtihā l-anhāru waʿda l-lahi lā yukh'lifu l-lahu l-mīʿāda

Dhivehi އެހެންނަމަވެސް އެމީހަކު އެމީހެއްގެ رَبُّ އަށް تَقْوَى ވެރިވެ ބިރުވެތިވެއްޖެ މީހާއަށް ޤިޔާމަތްދުވަހުން ހުރީ ސުވަރުގޭގެ ކޮޓަރިތަކެވެ. އަދި އޭގެމަތީގައިވެސްވަނީ ބިނާވެގެންވާކޮޓަރިތަކެވެ. އަދި އެތަންތާގެދަށުން އާރުތައް ހިގަހިގައެވެ. އެއީ ﷲގެ وَعْدُ ފުޅެވެ. އަދި الله تَعَالَى އެކަލާނގެ وَعْدُ ފުޅާއި خِلآفُ ވެވޮޑިނުގަންނަވާނެއެވެ.

Verse 21

أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَلَكَهُۥ يَنَـٰبِيعَ فِى ٱلْأَرْضِ ثُمَّ يُخْرِجُ بِهِۦ زَرْعًا مُّخْتَلِفًا أَلْوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّا ثُمَّ يَجْعَلُهُۥ حُطَـٰمًا ۚ إِنَّ فِى ذَٰلِكَ لَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ

Transliteration alam tara anna l-laha anzala mina l-samāi māan fasalakahu yanābīʿa fī l-arḍi thumma yukh'riju bihi zarʿan mukh'talifan alwānuhu thumma yahīju fatarāhu muṣ'farran thumma yajʿaluhu ḥuṭāman inna fī dhālika ladhik'rā li-ulī l-albābi

Dhivehi ހަމަކަށަވަރުން ﷲ تَعَالَي އުޑުން ފެން ބާވައި ލައްވާކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަންތޯއެވެ. އެކަމަށް ވިސްނާ ވަޑައިނުގަންނަވަންތޯއެވެ. ދެން ފަހެ އެފެން ބިމުގެ އަޑިޔަށް ވަދެގެންގޮސް ފެންފެންގަނޑަށްވެގެން ބިމުގެ އަޑީގައި ދުވެއެވެ. ދެން އެފެނުގެސަބަބުން އެކިއެކިކުލަކުލައިގެ ގަސްތަކާއި ދަނޑުތައްނުކުމެއެވެ. ދެން (ދުވަސްކޮޅަކުން) އެގަސްތައްހިކި ދޮންވެއެވެ. ދެން ކުދިކުދިވެ ހަލާކުވެފައިވާ އެއްޗެހިތަކަކަށް އެކަލާނގެ އެގަސްތަށް ލައްވައެވެ. ހަމަކަށަވަރުން އެކަންކަމުގައި ބުއްދިވެރި ވިސްނުންތެރިންނަށް وَعْظ نَصِيْحَة ވެއެވެ.

Verse 22

أَفَمَن شَرَحَ ٱللَّهُ صَدْرَهُۥ لِلْإِسْلَـٰمِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِۦ ۚ فَوَيْلٌ لِّلْقَـٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍ مُّبِينٍ

Transliteration afaman sharaḥa l-lahu ṣadrahu lil'is'lāmi fahuwa ʿalā nūrin min rabbihi fawaylun lil'qāsiyati qulūbuhum min dhik'ri l-lahi ulāika fī ḍalālin mubīnin

Dhivehi އިސްލާމް ދީނަށް ﷲ އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އަދި އެމީހާ އެމީހާގެ رَبُّ ގެ حَضْرَة ންވާ ނޫރެއްގެ މަތީގައިވާ މީހާއާއި އެމީހާގެ ހިތް ހަރުކަށިވެ ޖާހިލުކަމާއި މަގުފުރެދުމުގެ އަނދިރީގައި ވާމީހާއާއި ދެމީހުން ފަހެ އެއްވަރުވާނޭހެއްޔެވެ. (އެއްވަރުނުވާނެކަން ކަށަވަރެވެ.) ފަހެ ﷲ ގެ ذِكْر ން މީހާގެ ހިތް ހުސްވެ ހިތްގަދަވެ ގާވެފައިވާ މީހުންދަންނައެވެ. އެމީހުން އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގެތެރޭގައެވެ.

Verse 23

ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَـٰبًا مُّتَشَـٰبِهًا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ ۚ ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ

Transliteration al-lahu nazzala aḥsana l-ḥadīthi kitāban mutashābihan mathāniya taqshaʿirru min'hu julūdu alladhīna yakhshawna rabbahum thumma talīnu julūduhum waqulūbuhum ilā dhik'ri l-lahi dhālika hudā l-lahi yahdī bihi man yashāu waman yuḍ'lili l-lahu famā lahu min hādin

Dhivehi ﷲ އެންމެ ރަނގަޅު ވާހަކަ ބާވައިލެއްވިއެވެ. އެބަހީ އެންމެ ރަނގަޅު ފޮތް ކީރިތި قرآن ބާވައިލެއްވިއެވެ. އެފޮތުގެ އެއްބައި އަނެއްބަޔާއި އެއްވައްތަރު އަދި އެއްވާހަކައެއް ތަކުރާރު ކުރައްވައި ނުވަތަ އިދިކޮޅު ދެމާނަ ދޭގޮތަށް ބާވައިލެއްވިއެވެ. އަދި އެމީހުންގެ ربّ އަށް ބިރުވެތިވާ މީހުންގެ ހަން އެފޮތް އަހާފައި ތުރުތުރުއަޅުވައިލައި ނުވަތަ ހަމުން ހީބިހި ނަގައިގަނެއެވެ. ދެން އެމީހުންގެ ހަންތަކާއި ހިތްތައް ﷲ ގެ ذكر އަށް މައިތިރިވެމަޑުވެދެއެވެ. އެއީ ﷲ ގެ ތެދުމަގެވެ. އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެއިން ތެދުމަގު ދައްކަވައެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގު ދައްކާނެ އެކަކުވެސް ނުހުންނާނެއެވެ.

Verse 24

أَفَمَن يَتَّقِى بِوَجْهِهِۦ سُوٓءَ ٱلْعَذَابِ يَوْمَ ٱلْقِيَـٰمَةِ ۚ وَقِيلَ لِلظَّـٰلِمِينَ ذُوقُوا۟ مَا كُنتُمْ تَكْسِبُونَ

Transliteration afaman yattaqī biwajhihi sūa l-ʿadhābi yawma l-qiyāmati waqīla lilẓẓālimīna dhūqū mā kuntum taksibūna

Dhivehi އަޅެފަހެ އެމީހާގެ މޫނާއިގެން عَذاب ގެ ނުބައި ކަމުން ރައްކާތެރިވެ ސަލާމަތްވެގެންފިމީހާ (ނުބައި ނުލަފާ އަދި މަގުފުރެދިފައިވާ މީހާއާއި) އެއްވަރުވާނެ ހެއްޔެވެ؟ (އެއްވަރުނުވާނެއެވެ.) އަދި އަނިޔާވެރިންނަށް ބުނެވޭނެއެވެ. "ކަލޭމެން ދުނިޔޭގައި ކުރަމުންދާ ކަމުގައި ވީކަންތަކުގެ ސަބަބުން ކަލޭމެން عَذاب ގެ ރަހަ ލިބިގަންނާށެވެ."

Verse 25

كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ

Transliteration kadhaba alladhīna min qablihim fa-atāhumu l-ʿadhābu min ḥaythu lā yashʿurūna

Dhivehi އަދި މި (قريش ންގެ ކުރީގައި ތިބި) މީހުންވެސް އެމީހުންގެ ގާތަށް ވަޑައިގެންނެވި نبي ންނާއި رسول ންގެ ބަސްދޮގުކުރިއެވެ. ދެންފަހެ އޭގެ ސަބަބުން އެމީހުންނަށް إحساس ވެސް ނުވެތިއްބާ އެމީހުންގެ މައްޗަށް عَذاب އައެވެ.

Verse 26

فَأَذَاقَهُمُ ٱللَّهُ ٱلْخِزْىَ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ

Transliteration fa-adhāqahumu l-lahu l-khiz'ya fī l-ḥayati l-dun'yā walaʿadhābu l-ākhirati akbaru law kānū yaʿlamūna

Dhivehi އަދި ދުނިޔޭގެ حياة ގައި ﷲ تعالى އެމީހުންނަށް ދެރަކަމާއި ނިކަމެތިކަމުގެ ރަހަ ދެއްކެވިއެވެ. (މި قُرَيْش ގެމީހުންވެސް ކާފަރުކަންމަތީ ދެމިތިބެއްޖެއްޔާ އެމީހުންނަށްވެސް އައިފަދަ عَذاب އަތުވެދާނެއެވެ. އަދި آخِرَة ދުވަހުގެ عَذاب މާގަދަވެފައި އަސަރުކުރުން ބޮޑުވާނެއެވެ.

Verse 27

وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ لَّعَلَّهُمْ يَتَذَكَّرُونَ

Transliteration walaqad ḍarabnā lilnnāsi fī hādhā l-qur'āni min kulli mathalin laʿallahum yatadhakkarūna

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ މީސްތަކުންނަށްޓަކައި މި قُرْآنُ ގައި ހުރިހާވައްތަރެއްގެ މިސާލު ޖައްސަވައިދެއްވީމެވެ. އެއީ އެމީހުން وَعْظُ نَصِيْحَة ލިބި عِبْرَة حَاصِلُ ކުރޭތޯއެވެ.

Verse 28

قُرْءَانًا عَرَبِيًّا غَيْرَ ذِى عِوَجٍ لَّعَلَّهُمْ يَتَّقُونَ

Transliteration qur'ānan ʿarabiyyan ghayra dhī ʿiwajin laʿallahum yattaqūna

Dhivehi އަދިއެ قُرْآنُ އަކީ އެއްވެސް ގުދުކަމެއްނުވާ އަދި ސީދާ ޢަރަބި ބަހުންވާ ފޮތެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއީ އެމީހުން ތަޤްވާވެރިވެ ބިރުވެތިވޭތޯއެވެ.

Verse 29

ضَرَبَ ٱللَّهُ مَثَلًا رَّجُلًا فِيهِ شُرَكَآءُ مُتَشَـٰكِسُونَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

Transliteration ḍaraba l-lahu mathalan rajulan fīhi shurakāu mutashākisūna warajulan salaman lirajulin hal yastawiyāni mathalan l-ḥamdu lillahi bal aktharuhum lā yaʿlamūna

Dhivehi ﷲ تعالى މިސާލެއްޖެއްސެވިއެވެ. އެއީ އަޅުމީހެއްގެމިސާލެވެ. އެމީހަކީ އެތަކެއް أَخْلآقُ އާއި ތަފާތު އެތައް خِيَال އެއްގެ ބަޔަކު ބައިވެރިވާ އެތައްބައެއްގެ އަޅެކެވެ. (އެއަޅުމީހާގާތު އޭނާގެ ސާހިބުންކުރެ އެކަކު "ކަލޭ ތެދުވާށޭބުނީމާ" އޭނާގެ އަނެއްސާހިބުމީހާ އެވަގުތުއޭނައަށްބުނީ "ކަލޭ އިށީންނާށެވެ". ދެންހުރިސާހިބުމީހާ އެއަޅުމީހާގާތުބުނީ "ކަލޭދާށޭ އަދި ދެންހުރިސާހިބުމީހާ ހަމައެގުތު އޭނާއަށްބުނީ ކަލޭ ހުއްޓޭށެވެ". ދެންމިހުރިހާ އަމުރެއް އެއްފަހަރާ އެކަކަށް ކުރިތިވީމާ ދެންއޭނާހަދާނީކިހިނަކުންހެއްޔެވެ؟ މިމީހާއާއި ސަލާމަތުންވާ އެންމެސާހިބެއްވާ އަޅަކާއިދެމީހުން އެއްވަރުވާނެހެއްޔެވެ؟ (އެއަޅުމީހާއަށް އަމުރުކުރާނޭ ދެވަނަސާހިބަކު ނުވެއެވެ.) އޭނާގެ ސާހިބުމީހާބުނިގޮތަކަށް އެއަޅުމީހައަށް ކަންތައްކުރެވިދާނެއެވެ. ހަމަމިގޮތަށް މިއެންމެހައި އަޅުތަކުންނަށް ކިތައްމެ އިލާހުންނެއްވާނަމަ އެއްއިލާހަކު އެއްއަމުރު އަނެއްއިލާހަކު އޭގެއިދިކޮޅު އަނެއްއަމުރެއް އަދި ދެންހުރިއިލާހަކު ކުރީގެދެއިލާހުންނާއި މުޅިންތަފާތު އަމުރެއް އެއްފަހަރާ އަޅުތަކުންނަށްކޮށްފިނަމަ ދެން އަޅުތަކުން ހަދާނީކިހިނަކުންބާވައެވެ؟ ދުނިޔޭގެ މިއޮއްބޮޑު ކާއިނާތުގައި ﷲ ފިޔަވައި ގިނަ އިލާހުންތަކެއްވާނަމަ ދުނިޔޭގެ نِظَام މުޅިން ފަސާދަވެ އެގޮތްމިގޮތްވެގެން ހިގައިދާނެ އެވެ. ވީމާ މިމިސާލުންވެސް ވަރަށްފުރިހަމަކޮށް އެނގެނީ ﷲ ނޫން އެހެން އިލާހުއަކު ނުވާކަމެވެ. އެންމެހައި حَمْدُ އާއި تِعْرِيْفُ އެއްހުރީ ހަމަﷲ އަށެވެ. ނަމަވެސް މީސްތަކުންކުރެ ގިނަމީހުންނަކަށްނޭގެއެވެ.

Verse 30

إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ

Transliteration innaka mayyitun wa-innahum mayyitūna

Dhivehi (އޭ رَسُولُ الله އެވެ!). ހަމަކަށަވަރުން ކަލޭގެފާނަކީ އަވަހާރަވާނޭ ބޭކަލެކެވެ. އަދިއެމީހުނވެސް މަރުވާނެއެވެ.

Verse 31

ثُمَّ إِنَّكُمْ يَوْمَ ٱلْقِيَـٰمَةِ عِندَ رَبِّكُمْ تَخْتَصِمُونَ

Transliteration thumma innakum yawma l-qiyāmati ʿinda rabbikum takhtaṣimūna

Dhivehi ދެން ޤިޔާމަތްދުވަހުން ކަލޭމެންގެ رَبُّ ގެ حِضْرَةُ ގައި އަރައިރުންތައްވެ ކަލޭމެން ދެބަސްވާނެއެވެ. دَعْوَى ތައްކުރާނެއެވެ.

Verse 32

۞ فَمَنْ أَظْلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدْقِ إِذْ جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْكَـٰفِرِينَ

Transliteration faman aẓlamu mimman kadhaba ʿalā l-lahi wakadhaba bil-ṣid'qi idh jāahu alaysa fī jahannama mathwan lil'kāfirīna

Dhivehi (ﷲ އަށް ޝަރީކަކު ވެޔޭ ކިޔައިގެން) ﷲ ގެ މައްޗަށް ބޮޑު ދޮގެއްހެދި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ (އެބަހީ އެއަށްވުރެ ބޮޑު އަނިޔާވެރިޔަކު ނުވެއެވެ.) އަދި އޭނާގެ ގާތަށް ތެދުއައިހިނދު އެތެދު ދޮގުކޮށް (އެބަހީ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ ގެންނެވި ޚަބަރުތަށް ދޮގުކޮށް) ހެދި މީހަކަށްވުރެން ވަކި ބޮޑު އަނިޔާވެރިޔަކީ ކާކު ހެއްޔެވެ؟ އޭނާ (ބެލެވޭނީ ކާފަރެއްކަމުގައެވެ.) އަދި ޤިޔާމަތަ ދުވަހުން ކާފަރުންނަށް ޖާގައެއްކަމުގައި ނަރަކަ ނުފުދޭހެއްޔެވެ؟ (އެބަހީ ފުދޭވަރު ވާނެއެވެ.)

Verse 33

وَٱلَّذِى جَآءَ بِٱلصِّدْقِ وَصَدَّقَ بِهِۦٓ ۙ أُو۟لَـٰٓئِكَ هُمُ ٱلْمُتَّقُونَ

Transliteration wa-alladhī jāa bil-ṣid'qi waṣaddaqa bihi ulāika humu l-mutaqūna

Dhivehi އަދި ތެދާއިގެން ވަޑައިގެންނެވި ކަލޭގެފާނާއި އަދި އެތެދު ތެދުކުރެއްވި ކަލޭގެފާނާއި މިދެބޭކަލުން ދަންނައެވެ. އެއީ ހަމަކަށަވަރުންވެސް تَقْوَى ވެރިންނެވެ. • ދަންނައެވެ. ތެދާއިގެން ވަޑައިގެންނެވީ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ އެވެ. އަދި އެތެދު ތެދުކުރެއްވީ أَبُوْبَكُرُ الصِدِّيق رَضِيَ الله عَنْه އެވެ. ނުވަތަ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ ގެންނެވި އެންމެހައި ޚަބަރުތައް ތެދުކުރި ކޮންމެ މީހެކެވެ. އެކަލޭގެފާނަށް تَبَعَ ވި ކޮންމެ މީހެކެވެ. وَالله أَعْلَم. = ذبدة التفير =

Verse 34

لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ جَزَآءُ ٱلْمُحْسِنِينَ

Transliteration lahum mā yashāūna ʿinda rabbihim dhālika jazāu l-muḥ'sinīna

Dhivehi އެބައިމީހުން އެދޭހާކަމެއް އެބައިމީހުންގެ رَبُّ ގެ ޙަޟްރަތުގައި އެމީހުންނަށްވެއެވެ. އަދި إِحْسَان ތެރިންގެ ޖަޒާއަކީ އެއީއެވެ.

Verse 35

لِيُكَفِّرَ ٱللَّهُ عَنْهُمْ أَسْوَأَ ٱلَّذِى عَمِلُوا۟ وَيَجْزِيَهُمْ أَجْرَهُم بِأَحْسَنِ ٱلَّذِى كَانُوا۟ يَعْمَلُونَ

Transliteration liyukaffira l-lahu ʿanhum aswa-a alladhī ʿamilū wayajziyahum ajrahum bi-aḥsani alladhī kānū yaʿmalūna

Dhivehi (ތެދުމަގަށާއި إِحْسَان ތެރިކަމަށް އެމީހުންނަށް މަގުދައްކަވައި ފަސޭހަކޮށްދެއްވީ) އެމީހުންކުރި ނުބައި ޢަމަލުތަށް އެމީހުންގެ ކިބައިން އެކަލާނގެ ފުއްސަވައި عَفُوء ކުރެއްވުމަށެވެ. އަދި އެމީހުން ދުނިޔޭގައި ތިބެގެން ކުރިކަމުގައިވީ ޢަމަލުތަކަށް އެއަށްވުރެ މާހެޔޮ ދަރުމައާއި جَزَاء ދެއްވުމައަށްޓަކައެވެ.

Verse 36

أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ ۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ

Transliteration alaysa l-lahu bikāfin ʿabdahu wayukhawwifūnaka bi-alladhīna min dūnihi waman yuḍ'lili l-lahu famā lahu min hādin

Dhivehi އަދި ﷲ ގެ އަޅާ (رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ) އަށް ފުއްދަވައިދެއްވާ ކަލަކު ކަމުގައި ﷲ ނުފުދޭހެއްޔެވެ؟ (އެބަހީ އެކަލޭގެފާނުންގެ ކަންތައްތަށް ބެއްލެވުމަށް ﷲ ފުދިވޮޑިގެންވެއެވެ. (އޭ رَسُوْلُ الله އެވެ!) އެމީހުން އެބަހީ އެކާފަރުންގެ މީހުން އެމީހުންﷲ ފިޔަވައި އެފަރާތްތަކަށް އެއަޅުކަން ކުރާތަކެތިން (ޔަޢުނީ ބުދުތަކާއިދެންވެސް އެބާވަތުގެ ތަކެތިން) އެމީހުން ކަލޭގެފާނު ބިރުގަންނަވަނީއެވެ. (އެކަމާ ބިރުފުޅުގެންވަޑައިގަންނަވާށެވެ!) ﷲ ތަޢާލާ ކަލޭގެފާނު ހީމާޔަތް ކުރައްވާނެއެވެ. އަދި ބުދުތަކަށް ވެވޭނެ އެއްވެސް ކަމެއްނޯންނާނެއެވެ. އަދި ﷲ މަގުފުރައްދަވައިފި މީހަކު ދަންނަވައެވެ. އޭނާއަށް ތެދުމަގުދައްކާނެ ހަމައެކަކުވެސް ނުވެއެވެ.

Verse 37

وَمَن يَهْدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّ ۗ أَلَيْسَ ٱللَّهُ بِعَزِيزٍ ذِى ٱنتِقَامٍ

Transliteration waman yahdi l-lahu famā lahu min muḍillin alaysa l-lahu biʿazīzin dhī intiqāmin

Dhivehi އަދި އެމީހަކަށް ﷲ ތެދުމަގު ދައްކަވައިފި މީހަކު މަގުފުރައްދަވައިލެވޭނެ މީހަކުވެސް ނުވެއެވެ. އަދި ކޮންމެ ކަމެއްގެމައްޗަށް އަދި ކޮންއެއްޗެއްގެ މައްޗަށް ގަދަވެވޮޑިގެންވާ ކަލަކުކަމުގައި ﷲ ނުވޭހެއްޔެވެ؟ (އަދި ނުކިޔަމަންތެރި އަނިޔާވެރިންގެ ކިބައިން) ބަދަލު ހިއްޕެވެމުގެ ވެރިކަލަކުކަމުގައި އެކަލާނގެ ނުވޭހެއްޔެވެ؟ އެބަހީ ވެއެވެ.

Verse 38

وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ قُلْ أَفَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ إِنْ أَرَادَنِىَ ٱللَّهُ بِضُرٍّ هَلْ هُنَّ كَـٰشِفَـٰتُ ضُرِّهِۦٓ أَوْ أَرَادَنِى بِرَحْمَةٍ هَلْ هُنَّ مُمْسِكَـٰتُ رَحْمَتِهِۦ ۚ قُلْ حَسْبِىَ ٱللَّهُ ۖ عَلَيْهِ يَتَوَكَّلُ ٱلْمُتَوَكِّلُونَ

Transliteration wala-in sa-altahum man khalaqa l-samāwāti wal-arḍa layaqūlunna l-lahu qul afara-aytum mā tadʿūna min dūni l-lahi in arādaniya l-lahu biḍurrin hal hunna kāshifātu ḍurrihi aw arādanī biraḥmatin hal hunna mum'sikātu raḥmatihi qul ḥasbiya l-lahu ʿalayhi yatawakkalu l-mutawakilūna

Dhivehi (އޭ رَسُوْلُ الله އެވެ!) އުޑުތަކާއި ބިން ހެއްދެވީ ކާކުތޯ ކަލޭގެފާނު އެމީހުންކުރެ އައްސަވައިފިއްޔާ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީﷲ އެވެ. އަދި ކަލޭގެފާނު އެމީހުންނަށްވިދާޅުވެ ބައްލަވާށެވެ! ﷲފިޔަވައި ކަލޭމެން ތިޔަ دعاء ކޮށް އަޅުކަން ކުރާ ބުދުތަކާއިމެދު ކަލޭމެން ނިކަން ތިމަންކަލޭގެފާނަށް خبر ދީބަލާށެވެ! އަޅެފަހެ ﷲ ތިމަންކަލޭގެފާނަށް ދައްޗެއް ނުވަތަ އުނދަގުލެއް ޖައްސައިފިއްޔާ އެބުދުތަކަށް އެއުނދަގޫ ފިލުވައިލެވިދާނެހެއްޔެވެ؟ ނުވަތަ ތިމަންކަލޭގެފާނަށް އެކަލާނގެ رحمة އެއް ނުވަތަ ހެވެއް އިރާދަކުރައްވައިފިއްޔާ އެ رحمة އެއް އަދިއެހެވެއް ތިމަންކަލޭގެފާނަށް އަޔަނުދީ އެބުދުތަކަށް ހިފެހެއްޓިދާނެހެއްޔެވެ؟ ނުވެސް ހިފެހެއްޓޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނަށް ﷲ ފުދެއެވެ. އަދި وكيل ކޮށްއިތުބާރު ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކޮށްއިތުބާރު ކުރާހުށިކަމެވެ!

Verse 39

قُلْ يَـٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَـٰمِلٌ ۖ فَسَوْفَ تَعْلَمُونَ

Transliteration qul yāqawmi iʿ'malū ʿalā makānatikum innī ʿāmilun fasawfa taʿlamūna

Dhivehi (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ!އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ތިޔަ ތިބިގޮތްމަތީގައި (شرك ކުރާ حال) ކަލޭމެން عمل ކުރަމުން ގެންގޮސް ބަލާށެވެ! އަދި އަހުރެންވެސް އަހުރެންގެ ގޮތުގައި عمل ކުރަމުން ގެންދާހުށީމެވެ.

Verse 40

مَن يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ

Transliteration man yatīhi ʿadhābun yukh'zīhi wayaḥillu ʿalayhi ʿadhābun muqīmun

Dhivehi ފަހެ އެމީހެއްގެ މައްޗަށް ދުނިޔޭގައި ނިކަމެތި އަދި އިހާނެތި عذاب އަންނާނީ ކާކަށްކަން ނިކަންހުރެ ކަލޭމެންނަށް އެގިދާނެއެވެ. އަދި آخرة ގައި މެދުކެޑުމެއް ނެތް ދާއިމީ عذاب އެއް އަންނާނީ ކާކަށްކަންވެސް ކަލޭމެންނަށް އެގިދާނެއެވެ.

Verse 41

إِنَّآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ لِلنَّاسِ بِٱلْحَقِّ ۖ فَمَنِ ٱهْتَدَىٰ فَلِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍ

Transliteration innā anzalnā ʿalayka l-kitāba lilnnāsi bil-ḥaqi famani ih'tadā falinafsihi waman ḍalla fa-innamā yaḍillu ʿalayhā wamā anta ʿalayhim biwakīlin

Dhivehi ހަމަކަށަވަރުން މީސްތަކުންގެ ތެދުމަގަށްޓަކައި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ކީރިތި قرآن މިބާވައިލައްވަނީ ހަމަ حق ތެދު ގޮތުގައެވެ. ފަހެ ތެދުމަގު ލިބިގެންފިމީހާ އެތެދުމަގު ލިބިގަންނަނީ އޭނާގެ نفس އަށެވެ. އެބަހީ އެކަމުގެ ފައިދާއާއި ލާބަހުންނާނީ ހަމަ އެމީހަކަށެވެ. އަދި މަގުފުރެދުނު މީހާވެސް ދަންނައެވެ. އޭނާގެ އެމަގުފުރެދުން އޮންނާނީ އޭނާގެ نفس ގެ މައްޗަށެވެ. އެބަހީ އެކަމުގެ ގެއްލުމާއި ހަލާކު ހުންނާނީ ހަމަ އޭނާގެ نفس ގެ މައްޗަށެވެ. އަދި ކަލޭގެފާނު އެމީހުންނަށް ތެދުމަގު ފޯރުކޮށްދިނުމަށް مسئول ވެގެންނުވެއެވެ.

Verse 42

ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا وَٱلَّتِى لَمْ تَمُتْ فِى مَنَامِهَا ۖ فَيُمْسِكُ ٱلَّتِى قَضَىٰ عَلَيْهَا ٱلْمَوْتَ وَيُرْسِلُ ٱلْأُخْرَىٰٓ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ

Transliteration al-lahu yatawaffā l-anfusa ḥīna mawtihā wa-allatī lam tamut fī manāmihā fayum'siku allatī qaḍā ʿalayhā l-mawta wayur'silu l-ukh'rā ilā ajalin musamman inna fī dhālika laāyātin liqawmin yatafakkarūna

Dhivehi މަރުވާހިނދު ﷲ އެކަލާނގެ އަޅުތަކުންގެ ނަފުސުތަށް ނުވަތަ ފުރާނަތަށް ހިފަހައްޓަވައެވެ. (އޭގެ ވެރިއަކަށް ނުދޫކުރައްވައެވެ.) އަދި މަރުގެ އަޖަލު ކަނޑައެޅިގެންނުވާ ފުރާނަތަށްވެސް ނިދާވަގުތު ހިފަހައްޓަވައެވެ. އަދި ނިދީގެ ތެރޭގައި މަރުވުމަށް ކަނޑައެޅިފައިވާ ފުރާނަތަށް އެކަލާނގެ ދެން ދޫނުކުރައްވައި ހިފަހައްޓަވައެވެ. (އެމީހަކު އޮންނާނީ ނިދީގެތެރޭ މަރުވެފައެވެ.) ދެން އަނެއްބައި ފުރާނަތަށް (މަރުވުމަށް ކަނޑަނޭޅޭ ފުރާނަތަށް އެކަލާނގެ އޭގެ ވެރިންނަށް ދޫކުރައްވައެވެ. (އޭރުން ދެން އޭނާ ނިދިހަމެވެގެން ހޭލާނެއެވެ.) އެއީ އޭނާގެ އަޖަލު ހަމަވާންދެނެވެ. ހަމަކަށަވަރުން އެކަންކަމުގައި (ﷲގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެ) ދަލީލުތަށްވާކަންކަށަވަރެވެ. ނަމަވެސް އެއީ ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.

Verse 43

أَمِ ٱتَّخَذُوا۟ مِن دُونِ ٱللَّهِ شُفَعَآءَ ۚ قُلْ أَوَلَوْ كَانُوا۟ لَا يَمْلِكُونَ شَيْـًٔا وَلَا يَعْقِلُونَ

Transliteration ami ittakhadhū min dūni l-lahi shufaʿāa qul awalaw kānū lā yamlikūna shayan walā yaʿqilūna

Dhivehi އަދިކިޔެއް ހެއްޔެވެ؟ އެމީހުން އެބަހީ މުޝްރިކުން ﷲ ފިޔަވައި ޝަރީކުންތަކެއް ހިފައި އިޚްތިޔާރުކުރީއެވެ. (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެތަކެއްޗަށް އެއްވެސް އެއްޗެއް މިލްކުވެގެންނުވިޔަސް އަދި އެއްވެސް އެއްޗެއް ވިސްނާ ފިކުރު ކުރުމެއްނެތަސް (އެމީހުން އެތަކެތި އިލާހުންކަމުގައި ހިފައި އިޚްތިޔާރުކުރަންވީ ހެއްޔެވެ؟)

Verse 44

قُل لِّلَّهِ ٱلشَّفَـٰعَةُ جَمِيعًا ۖ لَّهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ

Transliteration qul lillahi l-shafāʿatu jamīʿan lahu mul'ku l-samāwāti wal-arḍi thumma ilayhi tur'jaʿūna

Dhivehi (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ!އެންމެހައި شَفَاعَة އެއް خَاصَّ ވެ މިލްކުވެގެންވަނީ ހަމަ الله އަށެވެ. އަދި އުޑުތަކާއި ބިމުގައިވާހާތަކެތި މިލްކުވެގެންވަނީ ހަމައެކަލާނގެއަށެވެ. ދެން އަދިކަލޭމެން މަރުވުމަށްފަހު އެނބުރި ރުޖޫޢަވާނީވެސް ހަމައެކަލާނގެ حَضْرَة އަށެވެ.

Verse 45

وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ

Transliteration wa-idhā dhukira l-lahu waḥdahu ish'ma-azzat qulūbu alladhīna lā yu'minūna bil-ākhirati wa-idhā dhukira alladhīna min dūnihi idhā hum yastabshirūna

Dhivehi އަދި آخِرَةُ އަށް އީމާން ނުވާމީހުންގެ ގާތުގައި الله ޒިކުރު ކުރެވިއްޖެއްޔާ އެކަލާނގެ ހަނދާންކުރެވިޖެއްޔާ އެމީހުންގެ ހިތްތައްބޮޑާވެ ނުރުހިދެއެވެ. ނަފުރަތުވެއެވެ. އަދި އެކަލާނގެ ނޫންތަކެތި (لاَتَ عُزَّى ފަދަބުދު) ޡިކުރު ކުރެވިއްޖެއްޔާ / ނަންގަނެވިއްޖެއްޔާ ދެންއެމީހުން އުފާވެ މަޖާވެއެވެ.

Verse 46

قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ عَـٰلِمَ ٱلْغَيْبِ وَٱلشَّهَـٰدَةِ أَنتَ تَحْكُمُ بَيْنَ عِبَادِكَ فِى مَا كَانُوا۟ فِيهِ يَخْتَلِفُونَ

Transliteration quli l-lahuma fāṭira l-samāwāti wal-arḍi ʿālima l-ghaybi wal-shahādati anta taḥkumu bayna ʿibādika fī mā kānū fīhi yakhtalifūna

Dhivehi އޭ رَسُوْلُ الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އޭ މަތިވެރި ﷲ އެވެ! އޭ އުޑުތަކާއި ބިން ނެތުމުގެތެރެއިން ހެއްދެވިކަލާކޮ. އަދި ޣައިބުގައި ފޮރުވެގެންވާ ތަކެއްޗާއި އަދި ފާޅުވެ ހާމަވެގެންވާ ތަކެތިވެސް ދެނެވޮޑިގެންވާ ކަލާކޮ. އިބަރަސްކަލާނގެ އިބަރަސްކަލާނގެ އަޅުތަކުންގެމެދު އިޚްތިލާފުވެ ދެބަސްވަމުންދާ ކަންކަމުގައި އެމީހުންގެ މެދުގައި ޙުކުމު ކުރައްވަމުއެވެ.

Verse 47

وَلَوْ أَنَّ لِلَّذِينَ ظَلَمُوا۟ مَا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦ مِن سُوٓءِ ٱلْعَذَابِ يَوْمَ ٱلْقِيَـٰمَةِ ۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمْ يَكُونُوا۟ يَحْتَسِبُونَ

Transliteration walaw anna lilladhīna ẓalamū mā fī l-arḍi jamīʿan wamith'lahu maʿahu la-if'tadaw bihi min sūi l-ʿadhābi yawma l-qiyāmati wabadā lahum mina l-lahi mā lam yakūnū yaḥtasibūna

Dhivehi އަދި އަނިޔާވެރިވި މީސްތަކުންނަށް ދުނިޔޭގައިވާ އެންމެހާ ތަކެއްޗާއި އަދި އެޔާއެކު އަދި އެހާތަކެތި އިތުރަށް އެމީހުން عَذَاب ގެ ނުބައިކަމުން ސަލާމަތްވުމަށްޓަކައި ޤިޔާމަތް ދުވަހުން فِدْيَة ދޭން އެމީހުންނަށް ދިންނަމަވެސް (އެމީހުން އެކަމުން ސަލާމަތްނުވާނެއެވެ.) އެމީހުންނަށް ﷲ ގެ ޙަޟްރަތުން ފައުޅުވާނީ (ﷲ ގެ ކޯފާއާއި عَذَاب ގެ ތެރެއިން) އެމީހުން ހީވެސްނުކުރާ ކަންކަމެވެ.

Verse 48

وَبَدَا لَهُمْ سَيِّـَٔاتُ مَا كَسَبُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

Transliteration wabadā lahum sayyiātu mā kasabū waḥāqa bihim mā kānū bihi yastahziūna

Dhivehi އެމީހުންނަށް ފާޅުވާނީ އެމީހުން ކުރި ޢަމަލުތަކުގެ ނުބައިކަމެވެ. އަދި އެކަމާއިމެދު (ދުނިޔޭގައި) މަލާމާތްކޮށް ފުރައްސާރަކުރާކަމުގައި ވީކަންތައް އެމީހުން ވަށައިލާނެއެވެ. (އެއީ ނަރަކައިގެ عَذَاب އެވެ.)

Verse 49

فَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَانَا ثُمَّ إِذَا خَوَّلْنَـٰهُ نِعْمَةً مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍۭ ۚ بَلْ هِىَ فِتْنَةٌ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

Transliteration fa-idhā massa l-insāna ḍurrun daʿānā thumma idhā khawwalnāhu niʿ'matan minnā qāla innamā ūtītuhu ʿalā ʿil'min bal hiya fit'natun walākinna aktharahum lā yaʿlamūna

Dhivehi ފަހެ އިންސާނާއަށް އުނދަގުލެއް - ނުވަތަ ފަޤީރުކަމެއް - ނުވަތަ ދެންވެސް އެބާވަތުގެ ކަމެއްދިމާވެއްޖެއްޔާ އޭނާ ތިމަންރަސްކަލާނގެއަށް ގޮވާ ދުޢާ ކޮށް ހަދައެވެ. ދެން ތިމަންރަސްކަލާނގެ ޙަޟްރަތުން އޭނާއަށް ކޮންމެވެސް ނިޢުމަތެއް ދެއްވައިފިއްޔާ އޭނާ ބުނާނެއެވެ. މިއީ އަހުރެން މިކަންދަންނަކަމުގެ ސަބަބުން ލިބުނު މުދަލެވެ. ނުވަތަ އަހަރެންގައިވާ ހެޔޮކަމަށްޓަކައި ލިބުނުމުދަލެވެ. (ﷲ އެޔަށް ޖަވާބު އެދެއްވަނީ) އެހެންނަކުންނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެއީ فِتْنَة އެކެވެ. އިމްތިހާނެކެވެ. (އޭނާ އެ ނިޢުމަތަށް ޝުކުރު ކުރޭތޯ ނުވަތަ ނިޢުމަތަކަށް ކާފަރުވޭތޯއެވެ.) އެކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ.

Verse 50

قَدْ قَالَهَا ٱلَّذِينَ مِن قَبْلِهِمْ فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ

Transliteration qad qālahā alladhīna min qablihim famā aghnā ʿanhum mā kānū yaksibūna

Dhivehi އެމީހުންގެ ކުރީމީހުން އެބަހީ އިސްވެދިޔަ އުންމަތްތަކުގައި އުޅުނު މީހުންވެސް އެފަދަ ބަސްބުންޏެވެ. އެކަމަކު ދުނިޔޭގައިއެމީހުން އެހޯދި އެކެއްޗަކުންވެސް އެމީހުންނަކަށް އެއްވެސް ކަމެއް ފުއްދައެއްނުދިނެވެ.

Verse 51

فَأَصَابَهُمْ سَيِّـَٔاتُ مَا كَسَبُوا۟ ۚ وَٱلَّذِينَ ظَلَمُوا۟ مِنْ هَـٰٓؤُلَآءِ سَيُصِيبُهُمْ سَيِّـَٔاتُ مَا كَسَبُوا۟ وَمَا هُم بِمُعْجِزِينَ

Transliteration fa-aṣābahum sayyiātu mā kasabū wa-alladhīna ẓalamū min hāulāi sayuṣībuhum sayyiātu mā kasabū wamā hum bimuʿ'jizīna

Dhivehi ފަހެ އެމީހުން ކުރި ކަންތަކުގެ ނުބައިކަން އެމީހުންނަށް ޖެހުނެވެ. (ބަނޑުހައިހޫނު ކަމާއި- ހައްޔަރުވުމާއި- ބަލިވެގެން ހައްޔަރުވުމާއި) މިބާވަތުގެ ކަންކަން ދިމާވިއެވެ. އަދި މިމީހުންގެ ތެރެއިންވެސް- އެބަހީ مكة ގެ مشرك ގެ ތެރެއިންވެސް އަނިޔާވެރިންނަށް ނިކަންހުރެ އެމީހުން ކުރާ ކަންތަކުގެ ނުބައިކަން ދިމާވާނެއެވެ. އެއީ ކާފަރު ކަންމަތީ ދެމިތިބިއްޔާއެވެ. އަދި ﷲ ނުކުޅައްދަވައިލެވޭނެ ބަޔަކު ކަމުގައި އެމީހުން ނުވެއެވެ. (ﷲ ބޭނުންވެވޮޑިގަންނަވާ ގޮތަކަށް އެމީހުންނާމެދު عمل ކުރައްވާނެއެވެ.)

Verse 52

أَوَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ

Transliteration awalam yaʿlamū anna l-laha yabsuṭu l-riz'qa liman yashāu wayaqdiru inna fī dhālika laāyātin liqawmin yu'minūna

Dhivehi ހަމަކަށަވަރުން ﷲ އެދިވޮޑިގަންނަވާ އަޅަކަށް ރިޒްގު ތަނަވަސް ކުރައްވައި އަދި އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ދަތިކުރައްވާކަން އެމީހުންނަށް ފަހެ ނޭގޭބާވައެވެ؟ އަދި ހަމަކަށަވަރުން އެކަންކަމުގައި ﷲ ގެ ގުދުރަތްތެރިކަމާއި އެއްކައުވަންތަކަމަށް ދަލީލުކުރާ دليل ތަކާއި ހެކިތައް ﷲ އަށް إيمان ވާ ބަޔަކަށްވެއެވެ.

Verse 53

۞ قُلْ يَـٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ

Transliteration qul yāʿibādiya alladhīna asrafū ʿalā anfusihim lā taqnaṭū min raḥmati l-lahi inna l-laha yaghfiru l-dhunūba jamīʿan innahu huwa l-ghafūru l-raḥīmu

Dhivehi (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ! (ﷲ تَعَالى وَحِي ކުރެއްވިއެވެ.) އޭ ތިމަންރަސްކަލާނގެ އަޅުތަކުންކުރެ ފާފަކުރުމާއި އުރެދުންތެރިކަމުގައި އިސްރާފުކޮށްފައިވާ އަޅުންނޭވެ. ﷲ ގެ ރަޙުމަތުން ކަލޭމެން އުންމީދުކަނޑައިނުލާށެވެ. އެހެނީ ހަމަކަށަރުން ﷲ تَعَالى އެންމެހައި ފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތް ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 54

وَأَنِيبُوٓا۟ إِلَىٰ رَبِّكُمْ وَأَسْلِمُوا۟ لَهُۥ مِن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ ثُمَّ لَا تُنصَرُونَ

Transliteration wa-anībū ilā rabbikum wa-aslimū lahu min qabli an yatiyakumu l-ʿadhābu thumma lā tunṣarūna

Dhivehi އަދި ކަލޭމެން ކަލޭމެންގެ رَبُّ އަށް ތައުބާވެ ރުޖޫޢަވާށެވެ. (އެއީ ގިނަހެޔޮކަންތަށްކޮށްގެންނާއި ނަޙީތަކުން ދުރުވެގެންނާއި އެކަލާނގެ ޙުކުމުފުޅަށް ބޯލަނބައިގެންނެވެ.) އަދި އެކަލާނގެއަށް ކަލޭމެން ބޯލަނބައި ކިޔަމަންތެރިވާށެވެ. އެއީ ކަލޭމެންގެ މައްޗަށް ޢަޛާބު އައުމުގެ ކުރިންނެވެ. (ތައުބާ ނުވެތިއްބާ ޢަޛާބު އަތުވެއްޖެއްޔާ) ދެން ކަލޭމެންނަށް نَصْر ނުލިބެވޭނެއެވެ. نَصْر ދޭނެމީހަކު ނުވާނެއެވެ.

Verse 55

وَٱتَّبِعُوٓا۟ أَحْسَنَ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُم مِّن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ بَغْتَةً وَأَنتُمْ لَا تَشْعُرُونَ

Transliteration wa-ittabiʿū aḥsana mā unzila ilaykum min rabbikum min qabli an yatiyakumu l-ʿadhābu baghtatan wa-antum lā tashʿurūna

Dhivehi އަދި ހަމަ ކުއްލިއަކަށް ކަލޭމެންނަށް އިހްސާސްވެސް ނުވާގޮތަކަށް عَذَاب އައުމުގެ ކުރިން ކަލޭމެންގެ رَبُّ ގެ ޙަޟްރަތުން ކަލޭމެންނަށް ބާވައިލައްވާފައިވާ ރަނގަޅުތަކެއްޗާއި ކަލޭމެން ތަބަޢަވާށެވެ! އެބަހީ ކީރިތި قُرْآن އާއި ތަބަޢަވާށެވެ!

Verse 56

أَن تَقُولَ نَفْسٌ يَـٰحَسْرَتَىٰ عَلَىٰ مَا فَرَّطتُ فِى جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّـٰخِرِينَ

Transliteration an taqūla nafsun yāḥasratā ʿalā mā farraṭtu fī janbi l-lahi wa-in kuntu lamina l-sākhirīna

Dhivehi އަދި އެއްވެސް ނަފްސެއް ތިމާ ﷲ އާއި މެދު - ﷲ ގެ ކިޔަމަންތެރިކަމާއިމެދު ފަރުވާ ކުޑަކުރިކަމައްޓަކައި އޭ އަހުރެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! އަދި އަހުރެންވީ މަލާމާތްކޮށް ފުރައްސާރަކުރި މީހުންގެ ތެރެއިންކަން ކަށަވަރެވެ. މިފަދަބަސްތައް ބުނަންދިމާވުމުގެ ކުރިންނެވެ.

Verse 57

أَوْ تَقُولَ لَوْ أَنَّ ٱللَّهَ هَدَىٰنِى لَكُنتُ مِنَ ٱلْمُتَّقِينَ

Transliteration aw taqūla law anna l-laha hadānī lakuntu mina l-mutaqīna

Dhivehi ނުވަތަ ﷲ އަހުރެންނަށް ތެދުމަގު ދެއްކެވިނަމަ އަހުރެންވީހީ ތަޤުވާވެރިންގެ ތެރެއިންނެވެ. މިހެން އެއްވެސް ނަފްސެއް ބުނުމުގެ ކުރިންނެވެ.

Verse 58

أَوْ تَقُولَ حِينَ تَرَى ٱلْعَذَابَ لَوْ أَنَّ لِى كَرَّةً فَأَكُونَ مِنَ ٱلْمُحْسِنِينَ

Transliteration aw taqūla ḥīna tarā l-ʿadhāba law anna lī karratan fa-akūna mina l-muḥ'sinīna

Dhivehi ނުވަތަ عَذَاب ފެންނަހިނދު އަހުރެން އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވާނެނަމައެވެ. އޭރުން އިޙްސާންތެރިންގެ ތެރެއިން އަހުރެންވާހުށީމެވެ. މިހެން އެއްވެސް ނަފްސެއްބުނުމުގެ ކުރިންނެވެ. (އޭގެ ކުރިން ތައުބާވެ އެކަލާނގެ ޙަޟްރަތުއަށް ރުޖޫޢަވާށެވެ!)

Verse 59

بَلَىٰ قَدْ جَآءَتْكَ ءَايَـٰتِى فَكَذَّبْتَ بِهَا وَٱسْتَكْبَرْتَ وَكُنتَ مِنَ ٱلْكَـٰفِرِينَ

Transliteration balā qad jāatka āyātī fakadhabta bihā wa-is'takbarta wakunta mina l-kāfirīna

Dhivehi އެހެން އެއްގޮތަކަށްވެސް ނުވާނެއެވެ. (އެބަހީ ދެވަނަފަހަރަށް ފޮނުއްވުމެއްނުވެއެވެ.) އަދި ޤިޔާމަތްދުވަހުން އޭނާއަށް އެންގޭނެއެވެ. ހަމަކަށަވަރުން ކަލޭގެގާތަށް ތިމަންރަސްކަލާނގެ އާޔަތްތަށް އައެވެ. ދެންކަލޭ އެއާޔަތްތަށް ދޮގުކޮށް އަދި ބޮޑާވެ ކިބުރުވެރިވިގަތީއެވެ. އަދި ކަލޭވީ ކާފަރުންގެ ތެރެއިންނެވެ. (މިފަދަ މިފަދަ ނަމަތަށް ކިއުމުގެ ކުރިން ކަލޭމެން ﷲ ބާވައިލެއްވި ކީރިތި قُرْآن އާއި ތަބަޢަވެ އެކަލާނގެއަށް ކިޔަމަންތެރިވާށެވެ.)\n* ދަންނައެވެ. މި آ ية: (قل يا عبادى الّذين أسرفو على أنفسهم.) މިއާޔަތަކީ ކީރިތި قُرْآن ގައި އަޅުތަކުންނަށްޓަކައިވާ އެންމެ އުފާވެރި بشارة ކަމުގައިވާނެއެވެ. ﷲ ގެ އަޅުތަކުންގެ މައްޗަށް އެކަލާނގެ حضرة ންވާ އޯގާވަންތަކަމާއި رحمة އަކީ ފުންމިން ނޭގޭ ކަނޑެކެވެ. * އެންމެ ފުރަތަމަ އެކަލާނގެ ރަސްކަންފުޅާއި އަޅުތަކުން ނިސްބަތްކުރައްވާ ގުޅުވާފައިވުމަކީ އަޅުތަކުންނަށްވާ މާތްކަމާއި شرف އެކެވެ. އަދި އުފާވެރިކަމުގެ ދަލީލެކެވެ. * ދެވަނައަށް އެވަނީ އެބައިމީހުން ފާފަޔާއި އުރެދުމުގައި ގިނަކޮށް إسراف ކުރިކަން بيان ކުރައްވާފައެވެ. * ތިންވަނައަށް އެޔާވިދިގެން އެއަންގަވަނީ އެފަދަ ގިނަ ފާފައިގެ އަޅުންވެސް އެކަލާނގެ رحمة ން أميد ކަނޑައިނުލެއްވުމަށެވެ. އެފަދަ ގިނަ ފާފައިގެ އަޅުންނަށް رحمة ން أميد ކަނޑައިނުލުމަށް އެންގެވީމާ އެތަނުގެ مفهوم ން ސާބިތުވަނީ މަދު ފާފައިގެ أهل ވެރިންނަށް އެކަލާނގެ ފުއްސެވުން މާ أولى ވެގެންވާކަމެވެ. * ދެން އެޔާއެކު ހުރިހާ ޝައްކުން ފިލާވަރު ބަސްފުޅު އެވަނީއެވެ. (إنّ الله يغفر الذ نوب جميعا) يعني ހަމަކަށަވަރުން ﷲ އެންމެހައި ފާފައެއްފުއްސަވައެވެ. މިފަދަ ބަސްފުޅުތަކުން އަޅުތަކުންނަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ! ﷲ ގެ رحمة ގެ ބޮޑުކަމާއެވެ! ނަމަވެސް އެޔާވިދިގެންވާ އާޔަތުގައި އެއަންގަވަނީ އެކަލާނގެއަށް توبة ވެ رجوع ވެ އެކަލާނގެއަށް ކިޔަމަންވުމަށެވެ. މިއިން މިއެނގެނީ އެފަދަ ބޮޑު رحمة އާއި އޯގާވަންތަކަން ﷲ ގެ حضرة ގައިވާއިރު އަޅުތަކުން އެކަމަށް އެދި އެކަލާނގެ حضرة އަށް رجوع ވެ توبة ވުން އަވަސްކުރަންވީކަމެވެ. والله أعلم.

Verse 60

وَيَوْمَ ٱلْقِيَـٰمَةِ تَرَى ٱلَّذِينَ كَذَبُوا۟ عَلَى ٱللَّهِ وُجُوهُهُم مُّسْوَدَّةٌ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْمُتَكَبِّرِينَ

Transliteration wayawma l-qiyāmati tarā alladhīna kadhabū ʿalā l-lahi wujūhuhum mus'waddatun alaysa fī jahannama mathwan lil'mutakabbirīna

Dhivehi އަދި ﷲ އަށް ދޮގުތަކެއްހެދި މީހުންގެ މޫނުތައް ޤިޔާމަތްދުވަހުން ކަޅުވެގެންވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ކިބުރުވެރި ބޮޑާވިމީހުންގެ ޖާގައެއްކަމުގައި ނަރަކަ ނުވޭހެއްޔެވެ؟ (އެބަހީ އެމީހުންގެ ޖާގައެއްކަމުގައި ނަރަކަފުދޭނެއެވެ.)

Verse 61

وَيُنَجِّى ٱللَّهُ ٱلَّذِينَ ٱتَّقَوْا۟ بِمَفَازَتِهِمْ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمْ يَحْزَنُونَ

Transliteration wayunajjī l-lahu alladhīna ittaqaw bimafāzatihim lā yamassuhumu l-sūu walā hum yaḥzanūna

Dhivehi އަދި ތަޤުވާވެރިވި މީސްތަކުން އެބައިމީހުންގެ ނަސީބާއި ކާމިޔާބުގެ ސަބަބުން ﷲ އެމީހުން (އެދުވަހުގެ ނުރައްކަލުން) ސަލާމަތްކުރައްވާނެއެވެ. އެމީހުންގައި އެއްވެސް ނުބައެއްނުބީހޭނެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި ކަމުގައިވެސްއެމީހުންނުވެއެވެ.

Verse 62

ٱللَّهُ خَـٰلِقُ كُلِّ شَىْءٍ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ

Transliteration al-lahu khāliqu kulli shayin wahuwa ʿalā kulli shayin wakīlun

Dhivehi ﷲ އެއީ އެންމެހައިތަކެތި ހައްދަވާ ކަލާނގެއެވެ. އަދި ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި ބެލެހެއްޓުމުގައި އެކަލާނގެ ޤާއިމުވެވޮޑިގެންވެއެވެ.

Verse 63

لَّهُۥ مَقَالِيدُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ

Transliteration lahu maqālīdu l-samāwāti wal-arḍi wa-alladhīna kafarū biāyāti l-lahi ulāika humu l-khāsirūna

Dhivehi އަދި އުޑުތަކާއި ބިމުގެ مَقَالِيد ވަނީ އެކަލާނގެއަށް އެކަނި ހާއްސަވެގެންނެވެ. (مَقَالِيد އެވެ ބުނިބަހުން މުރާދުކުރެވެނީ އެދެތާނގެ ކަންތަކާމެދު ތަދުބީރުކުރެއްވުމާއި ބޭނުންވެވޮޑިގެންވާގޮތަކަށް އެތަންތާނގެ ކަންތައްތަށް ހިންގެވުމެވެ.) އަދި ﷲގެ އާޔަތްތަކަށް ކާފަރުވާ މީސްތަކުން ދަންނައެވެ. ގެއްލިހަލާކުވެގެންވާ މީހުންނަކީ ހަމައެއީއެވެ.

Verse 64

قُلْ أَفَغَيْرَ ٱللَّهِ تَأْمُرُوٓنِّىٓ أَعْبُدُ أَيُّهَا ٱلْجَـٰهِلُونَ

Transliteration qul afaghayra l-lahi tamurūnnī aʿbudu ayyuhā l-jāhilūna

Dhivehi (އޭ رَسُوْل الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭމިތިބަ ޖާހިލުންނޭވެ. ކަލޭމެން އަހުރެންނަށް ތިޔަ އަމުރުކުރަނީ ﷲ ނޫން ފަރާތަކަށް އަހަރެން އަޅުކަންކުރަން ހެއްޔެވެ؟

Verse 65

وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَـٰسِرِينَ

Transliteration walaqad ūḥiya ilayka wa-ilā alladhīna min qablika la-in ashrakta layaḥbaṭanna ʿamaluka walatakūnanna mina l-khāsirīna

Dhivehi (الله وحي ކުރެއްވިއެވެ.) އަދި ހަމަކަށަވަރުން ކަލޭގެފާނަށް وحي ކުރެއްވިގެންވަނީ އަދި ކަލޭގެފާނުންގެ ކުރީގެ رَسُوْل ބޭކަލުންނަށްވެސް وحي އިއްވެވިގެން ވާނީ (އެބޭކަލުންވެސް) އަދި ކަލޭގެފާނުވެސް شرك ކޮށްފިއްޔާ ހަމަކަށަވަރުން ކަލޭގެފާނު ކުރެއްވި އެންމެހައި ހެޔޮ عمل باطل ކުރައްވާނެކަމަށެވެ. އަދި ހަމަކަށަވަރުން އޭރުން ކަލޭގެފާނުވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.

Verse 66

بَلِ ٱللَّهَ فَٱعْبُدْ وَكُن مِّنَ ٱلشَّـٰكِرِينَ

Transliteration bali l-laha fa-uʿ'bud wakun mina l-shākirīna

Dhivehi އަދި ކިޔެއްހެއްޔެވެ؟ ހަމައެކަނި ﷲ އަށް އަޅުކަން ކުރައްވާށެވެ. އަދި شرك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ. މިއެވެ.

Verse 67

وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦ وَٱلْأَرْضُ جَمِيعًا قَبْضَتُهُۥ يَوْمَ ٱلْقِيَـٰمَةِ وَٱلسَّمَـٰوَٰتُ مَطْوِيَّـٰتٌۢ بِيَمِينِهِۦ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ

Transliteration wamā qadarū l-laha ḥaqqa qadrihi wal-arḍu jamīʿan qabḍatuhu yawma l-qiyāmati wal-samāwātu maṭwiyyātun biyamīnihi sub'ḥānahu wataʿālā ʿammā yush'rikūna

Dhivehi އަދި ހަމަކަށަވަރުން އެމީހުން - އެބަހީ مشرك ން -ﷲ އަށް قدرކޮށް إحترام ކުރުން حق ވެގެންވާވަރަކަށް އެމީހުން އެކަލާނގެއަށް قدر ކޮށް إحترام ކޮށްނުހަދައެވެ. قيامة ދުވަހުން މުޅި ބިނަގަޑުވާނީ އެކަލާނގެ މުށްޕުޅުގައެވެ. އަދި އުޑުތައް ފަށްފަށް ޖައްސަވާލައްވާފައިވާނީ އެކަލާނގެ ކަނައަތްޕުޅުގައެވެ. އަދި އެބައިމީހުން އެ شرك ކުރާ ކަންތަކުން އެކަލާނގެ ހުސް طاهر ވަންތަވެ މަތިވެރިވެ ވޮޑިގެންވެއެވެ.

Verse 68

وَنُفِخَ فِى ٱلصُّورِ فَصَعِقَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ

Transliteration wanufikha fī l-ṣūri faṣaʿiqa man fī l-samāwāti waman fī l-arḍi illā man shāa l-lahu thumma nufikha fīhi ukh'rā fa-idhā hum qiyāmun yanẓurūna

Dhivehi ފަހެ (ފުރަތަމަ ފަހަރަށް) ތާޅަފިލި ފުންމަވައިލެވިއްޖެއްޔާ ﷲ އިރާދަކުރެއްވި ފަރާތެއް މެނުވީ އުޑުތަކާއި ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންގޮސް މަރުވެދެއެވެ. ދެން ދެވަނަ ފަހަރަށް އަލުންވެސް ތާޅަފިލި ފުންމަވައިލެއްވޭނެއެވެ. ދެން އޭރުން މީސްތަކުން (ކަށްވަޅުތަކުން ނުކުމެގެން) ތެދުވެ ބަލަން ތިބޭނެއެވެ.

Verse 69

وَأَشْرَقَتِ ٱلْأَرْضُ بِنُورِ رَبِّهَا وَوُضِعَ ٱلْكِتَـٰبُ وَجِا۟ىٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِىَ بَيْنَهُم بِٱلْحَقِّ وَهُمْ لَا يُظْلَمُونَ

Transliteration wa-ashraqati l-arḍu binūri rabbihā wawuḍiʿa l-kitābu wajīa bil-nabiyīna wal-shuhadāi waquḍiya baynahum bil-ḥaqi wahum lā yuẓ'lamūna

Dhivehi އަދި ބިންގަނޑު އެބިންގަނޑުގެ ވެރި رب ގެ نور ން މުޅިން އަލިވެ އުޖާލާވެދެއެވެ. ދެން މީސްތަކުން ދުނިޔޭގައި ކުރި عمل ތަކުގެ ފަތްތައް حساب ބެއްލެވުމަށްޓަކައި ގެނަސްބެހެއްޓިދާނެއެވެ. އަދި نبي ބޭކަލުންނާއި ހެކިވެރިން ގެންނަވައި އެމީހުންގެ މެދުގައި ސީދާ حق ގޮތުގައި ނިޔާ ކަނޑައެޅިދާނެއެވެ. އަދި އެއްވެސް އަނިޔާއެއް އެދުވަހުން އެމީހުންނަށް ނުވެވޭނެއެވެ.\n* ދަންނައެވެ. އެކިއެކި أمة ތަކުގެ رسول ބޭކަލުން އެބޭކަލުންގެ أمة އަށް رسول ކަން އިއްވަވައިދެއްވި ކަމަށް ހެކި ދެއްވުމަށް ގެނެވޭ ހެކިވެރިންނަކީ محمد ﷺ ގެ أمة ގެ މީހުންނެވެ. އެވާހަކަ بقرة ސޫރަތުގައި بيان ވެގެން އެވަނީއެވެ. (وَكذَالِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُوْنُوْا شُهَدَاء عَلَى النَّاسِ وَيَكُون الرسول عليكم شهيدًا....) މާނައީ ތިމަންރަސްކަލާނގެ ކަލޭމެން خاص ވެގެންވާ عدل ވެރި أمة އެއްކަމުގައި ލެއްވީ އެފަދައިންނެވެ. އެއީ މީސްތަކުންގެ މައްޗަށް ހެކިދޭ ހެކިވެރިން ކަމުގައި ކަލޭމެންވުމަށްޓަކައެވެ. އަދި ކަލޭމެން މައްޗަށް ހެކިދެއްވާ ބޭކަލަކުކަމުގައި رسول އާ ވުމަށްޓަކައެވެ....) މިއެވެ.

Verse 70

وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ

Transliteration wawuffiyat kullu nafsin mā ʿamilat wahuwa aʿlamu bimā yafʿalūna

Dhivehi ދެންފަހެ (قيامة ދުވަހުން) ކޮންމެ نفس އަކަށްމެ އެ نفس އެއް ކޮށްފައިވާ عمل ގެ ޖަޒާ ބަރާބަރަށް ލިބޭނެއެވެ. (ހެޔޮ عمل ވިއްޔާ ހެޔޮ ޖަޒާއެވެ. ނުބައި عمل ވިއްޔާ ނުބައި ޖަޒާއެވެ.) އަދި އެ عمل ތައް ކުރަމުން ދިޔައިރު އެހުރިހާކަމެއް ﷲ ދެނެވޮޑިގެންވެއެވެ. (ނަމަވެސް މަލާއިކަތްބޭކަލުން ލިޔުއްވި ފަތާއި ހެކިވެރިންނާއި ގުނަވަންތައް އެހެކިދެނީ އެއްވެސް ކަހަލަ حجة އެއް އަދި عذر އެއް ނުއޮތުމަށްޓަކައެވެ.)

Verse 71

وَسِيقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ ءَايَـٰتِ رَبِّكُمْ وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَـٰذَا ۚ قَالُوا۟ بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ ٱلْعَذَابِ عَلَى ٱلْكَـٰفِرِينَ

Transliteration wasīqa alladhīna kafarū ilā jahannama zumaran ḥattā idhā jāūhā futiḥat abwābuhā waqāla lahum khazanatuhā alam yatikum rusulun minkum yatlūna ʿalaykum āyāti rabbikum wayundhirūnakum liqāa yawmikum hādhā qālū balā walākin ḥaqqat kalimatu l-ʿadhābi ʿalā l-kāfirīna

Dhivehi އަދި ކާފަރުވީ މީސްތަކުން ދަމާފައި ނަރަކައަށް ގެނެވޭނެއެވެ. އެއީ جماعة جماعة އަށެވެ. ބައިބަޔަށެވެ. (ކޮންމެ ބާވަތެއްގެ ކުށްވެރިންގެ ތެރެއިންވެސް އިސްމީހުން ކުރިއަށެވެ.) ދެން އެމީހުން ނަރަކައާއި ހަމައަށް ގެންދެވިއްޖެއްޔާ ނަރަކައިގެ ދޮރުތައް ހުޅުވިދާނެއެވެ. އަދި އެތަން ބެލެހެއްޓެވުމަށް ލައްވާފައިވާ މަލާއިކަތްބޭކަލުން އެމީހުންނާއި ސުވާލުކުރައްވާނެއެވެ. ވިދާޅުވާނެއެވެ. ކަލޭމެންގެ رَبُّ އާޔަތްތައް ކިޔަވައިދެއްވައި އަދި މިދުވަހާއި ކަލޭމެން ބައްދަލުވާންޖެހިދާނެކަމުގެ އިންޒާރުދެއްވައި ބިރުގެންނެވުމަށް ކަލޭމެންގާތަށްފަހެ ރަސޫލުބޭކަލުން ވަޑައިނުގަންނަވައިހެއްޔެވެ؟ އެމީހުންދަންނަވާނެއެވެ. ނޫނެކެވެ. ވަޑައިގެންނެވިއެވެ. އަދި ތިޔައިންޒާރުވެސް ކުރެއްވިއެވެ. ނަމަވެސް عَذَابُ ގެ ކަލިމަފުޅު ކާފަރުންގެމައްޗަށް حَقُّ ވީއެވެ.

Verse 72

قِيلَ ٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ

Transliteration qīla ud'khulū abwāba jahannama khālidīna fīhā fabi'sa mathwā l-mutakabirīna

Dhivehi ދެން އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ. އެތާދެމިތިބޭ ގޮތަށެވެ. ފަހެ ބޮޑާވެ ކިބުރުވެރިވިމީހުންގެ ޖާގައެއްކަމުގައި قِيَامَة ދުވަހުން ހަމަޖެހިފައިވާތަން ނުބައިވެގެންވެއެވެ. އެއީ ނަރަކައެވެ.

Verse 73

وَسِيقَ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ إِلَى ٱلْجَنَّةِ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَا سَلَـٰمٌ عَلَيْكُمْ طِبْتُمْ فَٱدْخُلُوهَا خَـٰلِدِينَ

Transliteration wasīqa alladhīna ittaqaw rabbahum ilā l-janati zumaran ḥattā idhā jāūhā wafutiḥat abwābuhā waqāla lahum khazanatuhā salāmun ʿalaykum ṭib'tum fa-ud'khulūhā khālidīna

Dhivehi އަދި އެބައިމީހުން އެބައިމީހުންގެ رَبُّ އަށް تَقْوَى ވެރިވީމީހުން جماعة جماعة އަށް ސުވަރުގެއަށް ގެންދެވޭނެއެވެ. އަދި އެމީހުންނަށް އެތަނަށް ދެވިއްޖެއްޔާ އެތާގެ ދޮރުތައް ހުޅުވިދާނެއެވެ. އަދި އެތަންބަލަހައްޓަވަން ތިއްބަވާ މަލާއިކަތްބޭކަލުން ވިދާޅުވާނެއެވެ. ކަލޭމެންގެ މައްޗަށް ސަލާމު ހުއްޓެވެ. ކަލޭމެންގެ ކަންތައް ރަނގަޅުވެގެންވެއެވެ. (ކަލޭމެން ދުނިޔޭގައި ކުރިޢަމަލުން ފުރާނަތައް ރަނގަޅުވެ ފައްކާވެގެންވެއެވެ.) އަދިކަލޭމެން ތިބުމަށް ރަނގަޅުތަންވެއެވެ. ފަހެ ކަލޭމެން ދެމިތިބޭގޮތަށް ކަލޭމެން ސުވަރުގެއަށް ވަންނާށެވެ.

Verse 74

وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى صَدَقَنَا وَعْدَهُۥ وَأَوْرَثَنَا ٱلْأَرْضَ نَتَبَوَّأُ مِنَ ٱلْجَنَّةِ حَيْثُ نَشَآءُ ۖ فَنِعْمَ أَجْرُ ٱلْعَـٰمِلِينَ

Transliteration waqālū l-ḥamdu lillahi alladhī ṣadaqanā waʿdahu wa-awrathanā l-arḍa natabawwa-u mina l-janati ḥaythu nashāu faniʿ'ma ajru l-ʿāmilīna

Dhivehi އަދި އެމީހުން ދަންނަވާނެއެވެ. އެންމެހައި ތާރީފާއި ސަނާއެއްހުރީ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ އަޅަމެންނާއިމެދު ކުރައްވާފައިވާ وَعْدُ ފުޅު ތެދުކުރެއްވި ކަލާނގެއެވެ. ސުވަރުގޭގެ ބިން އެކަލާނގެ އަޅަމެންނަށް ވާރުތަކޮށް ދެއްވިއެވެ. (އެއީ އަހުރެމެންގެ ބައްޕައާއި މަންމަ ފުރަތަމައުޅުއްވި ތަނެވެ.) ސުވަރުގޭގައި އަހުރެމެން ބޭނުންގޮތަކަށް އުޅޭނީއެވެ. ފަހެ ދުނިޔޭގައި ހެޔޮ ޢަމަލު ކުރިމީހުންގެ ދަރުމަ މާތްވެގެންވެއެވެ.

Verse 75

وَتَرَى ٱلْمَلَـٰٓئِكَةَ حَآفِّينَ مِنْ حَوْلِ ٱلْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ ۖ وَقُضِىَ بَيْنَهُم بِٱلْحَقِّ وَقِيلَ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ

Transliteration watarā l-malāikata ḥāffīna min ḥawli l-ʿarshi yusabbiḥūna biḥamdi rabbihim waquḍiya baynahum bil-ḥaqi waqīla l-ḥamdu lillahi rabbi l-ʿālamīna

Dhivehi އަދި މަލާއިކަތްބޭކަލުން ﷲ ގެ عَرْشِ ފުޅު ވަށައިގެންވާތީ ކަލޭގެފާނު ދެކެވަޑައި ގަންނަވާނެއެވެ. އަދި އެބޭކަލުން އެބޭކަލުންގެ رَبُّ ގެ حَضْرَة އަށް حَمْد ކުރައްވައި تَسْبِيْح ވިދާޅުވާނެއެވެ. އަދި އެންމެހައި خَلْقُ ތަކުންގެމެދުގައި حَقُّ އަށް ނިޔާކުރެވިނިމޭނެއެވެ. އަދިބުނެވޭނެއެވެ. އެންމެހައި حَمْد އާއި تَعْرِيْفُ އެއްހުރީ ޢާލަމުތައް ހައްދަވާބޮޑުކުރެއްވި އެތަކެތީގެވެރި رَبُّ އަށެވެ. (މިއީ މުއުމިނުންގެ ބަހެވެ.)

Read Surah Az-Zumar in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.