Surah Az-Zukhruf in Dhivehi: translation and audio
Surah 43 · الزخرف · The Ornaments of Gold · 89 verses
Surah Az-Zukhruf verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Az-Zukhruf word by word in English.
Verse 1
حمٓ
Transliteration hha-meem
Dhivehi حم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
Verse 2
وَٱلْكِتَـٰبِ ٱلْمُبِينِ
Transliteration wal-kitābi l-mubīni
Dhivehi ބަޔާންވެގެންވާ ކީރިތި قرآن ގަންދެއްވައި ﷲ تعالى ހުވައި وحي ކުރައްވައެވެ. (މި ހުވައިގެ جواب އަކީ ހަމަކަށަވަރުން قرآن އަކީ هداية އެކެވެ. މީސްތަކުންނަށް ވާ ތެދުމަގެކެވެ.)
Verse 3
إِنَّا جَعَلْنَـٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ
Transliteration innā jaʿalnāhu qur'ānan ʿarabiyyan laʿallakum taʿqilūna
Dhivehi ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ قرآن ބާވައިލެއްވީ عرب ބަހުންނެވެ. عرب قرآن އެއް ކަމުގައި އެ قرآن ލެއްވީމެވެ. އެއީ ތިޔަބައިމީހުން ވިސްނައި، فكر ކުރުމަށް ޓަކައެވެ.
Verse 4
وَإِنَّهُۥ فِىٓ أُمِّ ٱلْكِتَـٰبِ لَدَيْنَا لَعَلِىٌّ حَكِيمٌ
Transliteration wa-innahu fī ummi l-kitābi ladaynā laʿaliyyun ḥakīmun
Dhivehi އަދި ހަމަކަށަވަރުން އެ ފޮތް ވަނީ أصل ފޮތުގައި ލިޔެވިގެންނެވެ. އެބަހީ لوح المحفوظ ގައި ތިމަން ރަސްކަލާނގެ حضرة ގައެވެ. އެ ފޮތަކީ އެ ފޮތުގެ قدر އާއި، މިންވަރު މަތިވެރިވެ އުފުލިގެންވާ، އަދި އެ ފޮތުގެ حكم ތައް ގަދަވެގެންވާ ސީދާ ފޮތެވެ.
Verse 5
أَفَنَضْرِبُ عَنكُمُ ٱلذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ
Transliteration afanaḍribu ʿankumu l-dhik'ra ṣafḥan an kuntum qawman mus'rifīna
Dhivehi (އެންމެހައި ކާފަރުންނާއި، مشرك ންނޭވެ!) ތިޔަބައިމީހުންނީ ނުބައި ކަންތަކުގައި ހައްދު ފަހަނަޅައިގެން ގޮސްފައިވާ ބަޔަކު ކަމުގައި ވީހިނދުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އުޅޭނޭ ގޮތަކަށް އުޅުމަށް، މި قرآن ވެސް ބާވައި ނުލައްވައި ހަމަ ބޭކާރުކޮށް ދޫކޮށްލާންވީ ހެއްޔެވެ؟\nދަންނައެވެ. މި އާޔަތުގެ ترجمة އަދި تفسير އެތައް ގޮތަކަށް ލިޔެވިގެން ވެއެވެ. މިތާ ލިޔެފައި މިވަނީ އޭގެ ތެރެއިން އެއް ގޮތެވެ. والله أعلم.
Verse 6
وَكَمْ أَرْسَلْنَا مِن نَّبِىٍّ فِى ٱلْأَوَّلِينَ
Transliteration wakam arsalnā min nabiyyin fī l-awalīna
Dhivehi އަދި އިސްވެދިޔަ أمّة ތަކަށް ތިމަން ރަސްކަލާނގެ ކިތައްކިތައް نبي ބޭކަލުން ފޮނުވިން ހެއްޔެވެ؟ އެބަހީ ވަރަށް ގިނަ ބޭކަލުން ފޮނުއްވީމެވެ.
Verse 7
وَمَا يَأْتِيهِم مِّن نَّبِىٍّ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Transliteration wamā yatīhim min nabiyyin illā kānū bihi yastahziūna
Dhivehi އަދި އެ މީސްމީހުންގެ ގާތަށް - އެ أمّة ތަކަށް - نبي ބޭކަލަކު ވަޑައިގެންނެވި ކޮންމެ ހިނދެއްގައި އެ ބޭކަލަކަށް މަލާމާތްކޮށް، ފުރައްސާރަކޮށް، ގޮއްވާ ނުހަދާ އެއް ބޭކަލަކުވެސް އެއް أمّة އަކަށްވެސް رسول ކަމާއިގެން ވަޑައި ނުގަންނަވައެވެ. (ހުރިހާ ބޭކަލުންނަށްވެސް އެ أمّة އެއްގެ މީހުން ކަންތައްކުރީ އެފަދައިންނެވެ.)
Verse 8
فَأَهْلَكْنَآ أَشَدَّ مِنْهُم بَطْشًا وَمَضَىٰ مَثَلُ ٱلْأَوَّلِينَ
Transliteration fa-ahlaknā ashadda min'hum baṭshan wamaḍā mathalu l-awalīna
Dhivehi ފަހެ މިތިބަ قريش ންނަށްވުރެ ބާރުގެ ގޮތުން މާ ގަދަފަދަ (ފުދުންތެރިކަމުގެ ގޮތުން މާ ބޮޑަށް އަރައިތިބި) އެތައް އެތައް قوم އެއްގެ ވާހަކަ މި قرآن ގައިވެސް بيان ވެ ذكر ކުރެވިގެން ހިނގައްޖެއެވެ. އެ އެންމެންވެސް (ނުކިޔަމަންތެރި ވީހިނދުން) ތިމަން ރަސްކަލާނގެ ހަލާކު ކުރައްވައި ބަރުބާދުކުރެއްވީމެވެ. (ވީމާ قريش ންނަށްވެސް ބަސްނޭހީމާ ވާނީ ހަމަ އެގޮތެވެ. ނުވަތަ އެއަށްވުރެވެސް ދަށް، ނިކަމެތި ގޮތެކެވެ.)
Verse 9
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ
Transliteration wala-in sa-altahum man khalaqa l-samāwāti wal-arḍa layaqūlunna khalaqahunna l-ʿazīzu l-ʿalīmu
Dhivehi (އޭ رسول الله އެވެ!) އުޑުތަކާއި ބިން ހެއްދެވީ ކާކުތޯ ކަލޭގެފާނު އެމީހުން ކުރެން އައްސަވައިފިއްޔާއި ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެތަކެތި ހެއްދެވީ عزّة ވަންތަ، އަދި ހުރިހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 10
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًا وَجَعَلَ لَكُمْ فِيهَا سُبُلًا لَّعَلَّكُمْ تَهْتَدُونَ
Transliteration alladhī jaʿala lakumu l-arḍa mahdan wajaʿala lakum fīhā subulan laʿallakum tahtadūna
Dhivehi އެކަލާނގެއީ ތިޔަބައިމީހުންނަށް ޓަކައި ތަންމައްޗެއް ކަމުގައި ބިން ލެއްވި ކަލާނގެއެވެ. އަދި އެ ބިމުގައި މަގުތައް ލެއްވި ކަލާނގެއެވެ. އެއީ ތިޔަބައިމީހުން ދުނިޔޭގައި އުޅުމުގައި ހިނގާބިނގާވެ، ތަންތަނަށް ގޮސްއައިސްވުން ފަސޭހަވެ، ލުއިވުމަށް ޓަކައެވެ.
Verse 11
وَٱلَّذِى نَزَّلَ مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍ فَأَنشَرْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ تُخْرَجُونَ
Transliteration wa-alladhī nazzala mina l-samāi māan biqadarin fa-ansharnā bihi baldatan maytan kadhālika tukh'rajūna
Dhivehi އަދި އެކަލާނގެއީ ވަކި މިންވަރެއްގެ މަތީން، އުޑުން ވާރޭފެން ބާވައިލެއްވި ކަލާނގެއެވެ. އަދި މަރުވެފައިވާ ރަށް ތިމަން ރަސްކަލާނގެ އެ ފެނުން ދިރުއްވަމެވެ. (އެ ބިމުން ގަސްތައް ނެރުއްވައި، ފެހިކޮށްލައްވަމެވެ.) ތިޔަބައިމީހުން محشر ވުމަށް ޓަކައި ކަށްވަޅުތަކުން (قيامة ދުވަހުން) ނުކުންނާނީ އެފަދައިންނެވެ.
Verse 12
وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَـٰمِ مَا تَرْكَبُونَ
Transliteration wa-alladhī khalaqa l-azwāja kullahā wajaʿala lakum mina l-ful'ki wal-anʿāmi mā tarkabūna
Dhivehi އަދި އެކަލާނގެއީ ހުރިހައި ވައްތަރެއްގެ ތަކެތީގެ ޖޯޑުޖޯޑު ލެއްވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި ފުރާދުއްވާ އުޅަނދުފަހަރާއި، نعم ސޫފީގެ ތެރެއިން ތިޔަބައިމީހުން ސަވާރުވާނޭ ތަކެތި އެކަލާނގެ ލެއްވިއެވެ.
Verse 13
لِتَسْتَوُۥا۟ عَلَىٰ ظُهُورِهِۦ ثُمَّ تَذْكُرُوا۟ نِعْمَةَ رَبِّكُمْ إِذَا ٱسْتَوَيْتُمْ عَلَيْهِ وَتَقُولُوا۟ سُبْحَـٰنَ ٱلَّذِى سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُۥ مُقْرِنِينَ
Transliteration litastawū ʿalā ẓuhūrihi thumma tadhkurū niʿ'mata rabbikum idhā is'tawaytum ʿalayhi wataqūlū sub'ḥāna alladhī sakhara lanā hādhā wamā kunnā lahu muq'rinīna
Dhivehi އެއީ ތިޔަބައިމީހުން އެ ތަކެތީގެ ބުރިކަށިތަކުގެ މައްޗަށް ސަވާރުވުމަށް ޓަކައެވެ. އަދި އެތަކެތީގެ މައްޗަށް ތިޔަބައިމީހުން އަރައި، އިށީނދެއްޖެއްޔާ، ދެން ތިޔަބައިމީހުން ތިޔަބައިމީހުންގެ ربّ ގެ نعمة ހަނދާންކޮށް، އެކަލާނގެއަށް ذكر ކުރުމަށް ޓަކައެވެ. އަދި سُبْحَانَ الَّذِي سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُ مُقْرِنِينَ މާނައީ: މި ސަވާރީ އަޅަމެންނަށް ކިޔަމަން ކޮށްދެއްވި ކަލާނގެ ހުސް طاهر ވަންތައެވެ. އަޅަމެން އަމިއްލައަށް އެ ސަވާރީ ކިޔަމަން ކުރެވޭނޭ ބަޔަކު ކަމުގައި ނުވަމެވެ. (މިފަދައިންކިޔައި އެކަލާނގެ ހުސް طَاهِرُ ވަންތަކުރުމަށެވެ.)
Verse 14
وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ
Transliteration wa-innā ilā rabbinā lamunqalibūna
Dhivehi وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ އަދި އަޅަމެން އެނބުރިދިއުން ވަނީ ހަމަކަށަވަރުން އަޅަމެންގެ ربّ ގެ حضرة އަށެވެ. މިފަދައިން ކިޔުމަށް ޓަކައެވެ. (މިފަދައިންކިޔައި އެކަލާނގެ ހުސް طَاهِرُ ވަންތަކުރުމަށެވެ.)
Verse 15
وَجَعَلُوا۟ لَهُۥ مِنْ عِبَادِهِۦ جُزْءًا ۚ إِنَّ ٱلْإِنسَـٰنَ لَكَفُورٌ مُّبِينٌ
Transliteration wajaʿalū lahu min ʿibādihi juz'an inna l-insāna lakafūrun mubīnun
Dhivehi އަދި އެ مشرك ންގެ މީހުން ﷲ ގެ އަޅުތަކުންގެ ތެރެއިން ބައެއް އެކަލާނގެ ރަސްކަންފުޅަށް ލައި، ހަމަޖައްސައިފިއެވެ. (އެބަހީ އެކަލާނގެ އަޅުތަކުން ކުރެ ملائكة ބޭކަލުން އެއީ އެކަލާނގެ އަންހެން ދަރީން ކަމުގައި ހަމަޖައްސައި، އެބޭކަލުންނަށް އަޅުކަން ކުރަން ފަށައިފިއެވެ. ދަރީންނަކީ ބަފައިގެ ބައެކެވެ. މިފަދަ އެންމެހައި އުނި ސިފައިން ﷲ ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.) ހަމަކަށަވަރުން އިންސާނާ ވަނީ ކަނޑައެޅި ބަޔާންވެގެންވާ ކާފަރުކަން ބޮޑު މީހަކު ކަމުގައެވެ. (އެހެނީ ﷲ ގެ نعمة ތަކަށް ދެކޮޅުހަދައި، ކާފަރުވަނީއެވެ.)
Verse 16
أَمِ ٱتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَىٰكُم بِٱلْبَنِينَ
Transliteration ami ittakhadha mimmā yakhluqu banātin wa-aṣfākum bil-banīna
Dhivehi އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ބުނަނީއެވެ. ﷲ تعالى އެކަލާނގެ ހައްދަވާ ތަކެތީގެ ތެރެއިން އަންހެން ޖިންސު އެކަލާނގެ ރަސްކަންފުޅަށް خاصّ ކޮށް، ފިރިހެން ދަރީން ތިޔަބައިމީހުންނަށް خاصّ ކުރައްވަނީއެވެ. (މިއީ ވަރަށްވެސް އަދަބުކުޑަ، އަދި ނުބައި ބަހެކެވެ.)
Verse 17
وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَـٰنِ مَثَلًا ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ
Transliteration wa-idhā bushira aḥaduhum bimā ḍaraba lilrraḥmāni mathalan ẓalla wajhuhu mus'waddan wahuwa kaẓīmun
Dhivehi އަދި އެބައިމީހުން رَحْمن ވަންތަ، މާތް ﷲ އަށް އެ ވައްތަރުކުރާ / އެ خاصّ ކުރާ ތަކެތީން އެމީހުންކުރެ މީހަކަށް އުފާވެރިކަމުގެ خبر ދެވިއްޖެއްޔާއި، (އެބަހީ އެއިން މީހަކަށް އަންހެން ދަރިޔަކު ލިބުނުކަމުގެ خبر ދެވިއްޖެއްޔާއި) އެކަމާ ހިތާމަޔާއި، نفرة ން އޭނާގެ މޫނު ކަޅުވެ، މޫނުގެ منظر ހުތުރުވެދެއެވެ. އަދި އޭނާ ހުންނާނީ އެކަމާ ހިތާމައިންނާއި، ރުޅީން ފުރިގެންވާ حال ގައެވެ.
Verse 18
أَوَمَن يُنَشَّؤُا۟ فِى ٱلْحِلْيَةِ وَهُوَ فِى ٱلْخِصَامِ غَيْرُ مُبِينٍ
Transliteration awaman yunasha-u fī l-ḥil'yati wahuwa fī l-khiṣāmi ghayru mubīnin
Dhivehi (އެމީހުން އެކަލާނގެއަށް خاصّ ކުރަނީ) ގަހަނާޔާއި، ޒީނަތްތެރިކަން (ބޭރުން ގެނަސްގެން) އުފެދި ބޮޑުވާ މީހަކު ހެއްޔެވެ؟ އަދި އޭނާ ޖަދަލުކުރުމާއި، حجّة قائم ކުރުމުގައިވެސް دليل بيان ނުކޮށްދެވޭ މީހަކު ހެއްޔެވެ؟ (އަންހެނުންނަކީ ގިނަ ގަހަނާއާއި، ޒީނަތްތެރިކަން ބޭރުން އިތުރުކުރާ މީހެކެވެ. حقيقة ގައިވެސް އެއީ އުފެދުމުގައި ހުރި އުނިކަމެކެވެ. عامّ ކޮށް حجّة قائم ކުރުމުގައިވެސް އުނިވާނެއެވެ.) އެފަދަ އުނި ފަރާތެއް ﷲ އަށް نسبة ކޮށް، އެކަލާނގެ وحدانيّة އާ خلاف ވާ އަދަބުކުޑަ، ނުބައި ވާހަކަތައް ﷲ އަށް نسبة ކުރާކަށް ކުޑަވެސް ލަދުވެތިކަމެއް، ޖެހިލުމެއް ނުވެއެވެ. تعالى الله عن كلّ ذالك علوّا كبيرا
Verse 19
وَجَعَلُوا۟ ٱلْمَلَـٰٓئِكَةَ ٱلَّذِينَ هُمْ عِبَـٰدُ ٱلرَّحْمَـٰنِ إِنَـٰثًا ۚ أَشَهِدُوا۟ خَلْقَهُمْ ۚ سَتُكْتَبُ شَهَـٰدَتُهُمْ وَيُسْـَٔلُونَ
Transliteration wajaʿalū l-malāikata alladhīna hum ʿibādu l-raḥmāni ināthan ashahidū khalqahum satuk'tabu shahādatuhum wayus'alūna
Dhivehi (އަދި އެ مشرك ންގެ މީހުން) رَحْمن ވަންތަ މާތް ﷲ ގެ އަޅުންތަކެއް ކަމުގައިވާ ملائكة ބޭކަލުންނީ އަންހެނުންތަކެއް ކަމުގައި ހަދައިފިއެވެ. އެމީހުން ފަހެ ﷲ تعالى އެމަލާއިކަތް ބޭކަލުން ހެއްދެވިއިރު އެތަނަށް ގޮސް، އެތާ حاضر ވެ ތިބީ ހެއްޔެވެ؟ (މަލާއިކަތް ބޭކަލުންނީ އަންހެން ބައެއްކަން ނުވަތަ ފިރިހެން ބައެއްކަން އެނގޭނީ އެހެންނަމަ ތާއެވެ؟) ނިކަންހުރެ އެމީހުން އެ ބުނާ ބަސް އެމީހުންގެ عمل ގެ ފަތުގައި ލިޔުއްވާހުށީމެވެ. ދެން އެމީހުންނަށް އެ ނުބައި ބަހާމެދު ސުއާލުވެވޭ ހުއްޓެވެ. އަދި އެކަމުގެ ޖަޒާ ދެވޭހުއްޓެވެ.
Verse 20
وَقَالُوا۟ لَوْ شَآءَ ٱلرَّحْمَـٰنُ مَا عَبَدْنَـٰهُم ۗ مَّا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَخْرُصُونَ
Transliteration waqālū law shāa l-raḥmānu mā ʿabadnāhum mā lahum bidhālika min ʿil'min in hum illā yakhruṣūna
Dhivehi (ކާފަރުންގެމީހުންބުނެއެވެ.) رَحْمن ވަންތަ ކަލާނގެ އެދިވޮޑިގެންނެވި ނަމަ އަހުރެމެން ملائكة ބޭކަލުންނަށް އަޅުކަން ނުކުރީހެވެ. (ނުކުރެވުނީހެވެ.) އަހުރެމެންނަށް އަޅުކަން ކުރެވޭކަން އެއީ އެކަލާނގެ އެގޮތަށް އެދިވޮޑިގަންނަވާ ކަމުގެ ދަލީލެކެވެ. ދަންނައެވެ. މިއީ ބޮޑު بهتان ދޮގު عقيدة އެކެވެ. އެހެނީ إيمان ކަމާއި، ކާފަރުކަންވެސް ހެއްދެވީ ހަމަ ﷲ އެވެ. އެކަމަކު އެކަލާނގެ އެކަލާނގެ އަޅުތަކުންނަކަށް ކާފަރުކަމަށް ރުހިވޮޑި ނުގަންނަވައެވެ. އަދި އެމީހުންގެ އެ ވާހަކައިން އެމީހުން އެ އެދެނީ ބުދަށް އަޅުކަންކުރުން ހުއްދަކަން ދައްކާށެވެ. (تعالى الله عن كلّ ذالك علوّا كبيرا) އަދި އެމީހުން އެފަދަ ބަސް ބުނުމުގައި އެމީހުންނަށް އެއްވެސް އެނގުމެއް ނުވެއެވެ. އެމީހުން ހަމައެކަނި ދޮގުހަދާ ކަމުގައި މެނުވީ ނުވެއެވެ.
Verse 21
أَمْ ءَاتَيْنَـٰهُمْ كِتَـٰبًا مِّن قَبْلِهِۦ فَهُم بِهِۦ مُسْتَمْسِكُونَ
Transliteration am ātaynāhum kitāban min qablihi fahum bihi mus'tamsikūna
Dhivehi ނުވަތަ އެ قرآن އެމީހުންގެ ގާތަށް އައުމުގެ ކުރީން އެމީހުން އެ ފޮތެއްގައި ހިފަހައްޓައި، އެ ފޮތުގައި ވާ ގޮތަށް حجّة قائم ކުރާނޭ ފޮތެއް އެމީހުންނަށް ތިމަން ރަސްކަލާނގެ ދެއްވީ ހެއްޔެވެ؟ (އެހެންވެސް ނޫނެވެ.)
Verse 22
بَلْ قَالُوٓا۟ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّهْتَدُونَ
Transliteration bal qālū innā wajadnā ābāanā ʿalā ummatin wa-innā ʿalā āthārihim muh'tadūna
Dhivehi އަދި ކިޔެއް ހެއްޔެވެ؟ އެހެންނަކުން ނޫނެވެ. އެމީހުން ބުނީ - އެބަހީ مشرك ން ބުނީ - އަހުރެމެން ދުށީ އަހުރެމެންގެ ކާބަފައިން ގޮތެއްގެ މަތީގައި ވަނިކޮށެވެ. (ﷲ ފިޔަވައި އެހެން ތަކެއްޗަށް އަޅުކަން ކުރާތީއެވެ.) އަހުރެމެންވެސް، އެމީހުންގެ އެގޮތް މަތީގައި އެމަގުން ހިނގަނީއެވެ.
Verse 23
وَكَذَٰلِكَ مَآ أَرْسَلْنَا مِن قَبْلِكَ فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّقْتَدُونَ
Transliteration wakadhālika mā arsalnā min qablika fī qaryatin min nadhīrin illā qāla mut'rafūhā innā wajadnā ābāanā ʿalā ummatin wa-innā ʿalā āthārihim muq'tadūna
Dhivehi (އޭ رسول الله އެވެ!) ކަންތައް ހުރީ އެފަދައިންނެވެ. ކަލޭގެފާނުންގެ ކުރީ އެއްވެސް ރަށަކަށް އެއްވެސް رسول ބޭކަލަކު ފޮނުއްވައިފިއްޔާ އެ ރަށެއްގައި ތިބޭ مُتْرَفُ ން (نِعْمَة ލިބިގެންވާ މަތީމީހުން) އެފަދައިން އެބޭކަލަކާ ދިމާއަށް ނުބުނާ އެއްވެސް ބޭކަލަކު އެއްވެސް ރަށަކަށް ފޮނުވިފައެއް ނުވެއެވެ. ކޮންމެ ބަޔަކުވެސް ބުނަނީ އަހުރެމެން ދުށީ އަހުރެމެންގެ ކާބަފައިން ގޮތެއްގެ މަތީގައި ވަނިކޮށެވެ. އަހުރެމެންވެސް އެމީހުންގެ އެ ގޮތުގައި ހިފައި، އެމީހުންނަށް تبع ވަނީއެވެ.
Verse 24
۞ قَـٰلَ أَوَلَوْ جِئْتُكُم بِأَهْدَىٰ مِمَّا وَجَدتُّمْ عَلَيْهِ ءَابَآءَكُمْ ۖ قَالُوٓا۟ إِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ
Transliteration qāla awalaw ji'tukum bi-ahdā mimmā wajadttum ʿalayhi ābāakum qālū innā bimā ur'sil'tum bihi kāfirūna
Dhivehi އެކަލޭގެފާނު އެބަހީ އޭރު ހުންނެވި رسول އާ ވިދާޅުވެއެވެ. ތިޔަބައިމީހުންގެ ކާބަފައިން އެ ގޮތެއްގެ މަތީގައި ވަނިކޮށް ކަލޭމެން ދުށް ގޮތަށްވުރެ މާ ރަނގަޅު، ސީދާ ތެދުމަގާއިގެން އަހުރެން އަތުވެއްޖެއްޔާއިވެސް (ތިޔަބައިމީހުން ތިޔަގޮތް ދޫނުކުރާނޭ ހެއްޔެވެ؟) އެމީހުން ދެންނެވިއެވެ. އަހުރެމެން މި ވަނީ އެ އެއްޗަކާއިގެން ތިޔަބައިމީހުން ފޮނުވި ތަކެއްޗަށް ކާފަރުވެގެންނެވެ.
Verse 25
فَٱنتَقَمْنَا مِنْهُمْ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ
Transliteration fa-intaqamnā min'hum fa-unẓur kayfa kāna ʿāqibatu l-mukadhibīna
Dhivehi ފަހެ ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. އެމީހުން ހަލާކު ކުރެއްވީމެވެ. (އެކި قوم ހަލާކު ކުރެއްވީ އެކި ގޮތަށެވެ.) އޭ رسول الله އެވެ! ދޮގުކުރި މީހުންގެ ފަހުކޮޅު ކަންތައް ވެގެން ދިޔައީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ބައްލަވާށެވެ!
Verse 26
وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ وَقَوْمِهِۦٓ إِنَّنِى بَرَآءٌ مِّمَّا تَعْبُدُونَ
Transliteration wa-idh qāla ib'rāhīmu li-abīhi waqawmihi innanī barāon mimmā taʿbudūna
Dhivehi އަދި إبراهيم عَلَيْه السَّلآم އެކަލޭގެފާނުންގެ ބައްޕައަށާއި، އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިއެވެ. (އެކަން ހަނދުމަފުޅު ކުރައްވާށެވެ.) އަހަރެން މި ވަނީ ތިޔަބައިމީހުން ތިޔަ އަޅުކަންކުރާ އެންމެހައި ތަކެތީން ބަރީއަ ވެގެންނެވެ. ދުރުވެ، ވަކިވެގެންނެވެ.
Verse 27
إِلَّا ٱلَّذِى فَطَرَنِى فَإِنَّهُۥ سَيَهْدِينِ
Transliteration illā alladhī faṭaranī fa-innahu sayahdīni
Dhivehi ހަމައެކަނި ނެތުމުގެ ތެރެއިން އަހުރެން ހެއްދެވި ފަރާތަށް މެނުވީއެވެ. (އެއީ ﷲ އެވެ. އަހުރެން އަޅުކަން ކުރާނީ އެ ފަރާތަށެވެ.) އެހެނީ ހަމަކަށަވަރުން އެކަލާނގެ އަހުރެންނަށް ތެދުމަގު ދައްކަވާނެއެވެ.
Verse 28
وَجَعَلَهَا كَلِمَةًۢ بَاقِيَةً فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ
Transliteration wajaʿalahā kalimatan bāqiyatan fī ʿaqibihi laʿallahum yarjiʿūna
Dhivehi އަދި އެކަލޭގެފާނު އެ ވިދާޅުވި އެكلمة ފުޅު (توحيد ގެ كلمة ފުޅު) އެކަލޭގެފާނުންގެ ދަރިފަސްކޮޅަށް އެކަލާނގެ ލައްވައިފިއެވެ. (ފަހެ قيامة އާ ޖެހޭންދެންވެސް توحيد ގެ كلمة ފުޅު ކިޔާނޭ ބަޔަކު، لاإله إلاّالله ކިޔާނޭ ބަޔަކު އެކަލޭގެފާނުންގެ ދަރިކޮޅުން އަންނާނޭ ކަމުގައި ވެއެވެ. والله أعلم) އެއީ އެބައިމީހުން ﷲ ގެ މަގަށް رجوع ވޭތޯއެވެ.
Verse 29
بَلْ مَتَّعْتُ هَـٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ جَآءَهُمُ ٱلْحَقُّ وَرَسُولٌ مُّبِينٌ
Transliteration bal mattaʿtu hāulāi waābāahum ḥattā jāahumu l-ḥaqu warasūlun mubīnun
Dhivehi އަދި ކިޔެއް ހެއްޔެވެ؟ މި މީހުންނަށާއި - (އެބަހީ މި قريش ންނަށާއި،) އަދި އެމީހުންގެ ކާބަފައިންނަށް ތިމަން ރަސްކަލާނގެ مهلة ދެއްވައި، އަރާމުކޮޅެއް ދެއްވީމެވެ. އެއީ އެމީހުން ގާތަށް حقّ ވެގެންވާ މި قرآن އާއި، އަދި ބަޔާންވެގެންވާ رسول: (محمّد ﷺ) ވަޑައިގެންފުމަށް ދާނދެންނެވެ.
Verse 30
وَلَمَّا جَآءَهُمُ ٱلْحَقُّ قَالُوا۟ هَـٰذَا سِحْرٌ وَإِنَّا بِهِۦ كَـٰفِرُونَ
Transliteration walammā jāahumu l-ḥaqu qālū hādhā siḥ'run wa-innā bihi kāfirūna
Dhivehi އަދި އެމީހުން ގާތަށް قرآنއައިހިނދުން އެމީހުން ބުނީ މިއީ سحر އެއް ކަމުގައެވެ. އަދި ހަމަކަށަވަރުން އަހުރެމެން މި ވަނީ އެއަށް كافر ވެގެންނެވެ.
Verse 31
وَقَالُوا۟ لَوْلَا نُزِّلَ هَـٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ
Transliteration waqālū lawlā nuzzila hādhā l-qur'ānu ʿalā rajulin mina l-qaryatayni ʿaẓīmin
Dhivehi (އަދިވެސް އެމީހުން ބުނީ) މި ކީރިތި قرآن ދެރަށުގައި ތިބި ބޮޑު ދެމީހުންކުރެ މީހެއްގެ މައްޗަށް ބާވައިލެއްވިނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ؟ (އެއީ مكّة އިން الوليد بن المغيرة އެވެ. ނުވަތަ طائف ން عروة بن مسعودالثقفى އާ ދެމީހުންކުރެ މީހެކެވެ.)
Verse 32
أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَـٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ
Transliteration ahum yaqsimūna raḥmata rabbika naḥnu qasamnā baynahum maʿīshatahum fī l-ḥayati l-dun'yā warafaʿnā baʿḍahum fawqa baʿḍin darajātin liyattakhidha baʿḍuhum baʿḍan sukh'riyyan waraḥmatu rabbika khayrun mimmā yajmaʿūna
Dhivehi (އޭ رسول الله އެވެ.) އެމީހުން ފަހެ ކަލޭގެފާނުންގެ ربّ ގެ رحمة (يعني نبي ކަން) ބޭނުން މީހަކަށް ބަހަނީ ހެއްޔެވެ؟ އެމީހުންގެ މެދުގައި އެމީހުންގެ ދުނިޔޭގެ حياة ގެ ދިރިއުޅުމުގެ ކަންތައްވެސް ބެއްސެވީ ހަމަ ތިމަން ރަސްކަލާނގެއެވެ. (އެޔާމެދު ހިތްހަމަ ނުޖެހުމެއް ނެތިފައި، ތިމަން ރަސްކަލާނގެ نبي ކަން ދެއްވި ގޮތާމެދު إعتراض ކުރެވެނީ ކީއްވެގެން ބާވައެވެ؟) އަދި އެމީހުންގެ ދުނިޔޭގެ حياة ގައި ތިމަން ރަސްކަލާނގެ އެމީހުންގެ އެއްބަޔަކުގެ މައްޗަށް އަނެއް ބަޔަކު އުފުލައިހެދީމެވެ. އެއީ އެއްބަޔަކުގެ ފަރާތުން އަނެއް ބަޔަކުގެ ދިރިއުޅުމަށް ވާގިލިބި، އަނެއް ބަޔަކަށް خدمة ލިބިގަތުމަށެވެ. (އަދި آخرة ދުވަހުން ﷲ ގެ އަޅުތަކުންނަށް ތައްޔާރުކުރައްވާފައިވާ) ކަލޭގެފާނުންގެ ربّ ގެ رحمة އެމީހުން ދުނިޔޭގައި އެ جمع ކުރާ ތަކެއްޗަށްވުރެ މާ ހެޔޮވެގެން ވެއެވެ.
Verse 33
وَلَوْلَآ أَن يَكُونَ ٱلنَّاسُ أُمَّةً وَٰحِدَةً لَّجَعَلْنَا لِمَن يَكْفُرُ بِٱلرَّحْمَـٰنِ لِبُيُوتِهِمْ سُقُفًا مِّن فِضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ
Transliteration walawlā an yakūna l-nāsu ummatan wāḥidatan lajaʿalnā liman yakfuru bil-raḥmāni libuyūtihim suqufan min fiḍḍatin wamaʿārija ʿalayhā yaẓharūna
Dhivehi އެންމެހައި މީސްތަކުން އެކީ އެކައްޗަކަށް ކާފަރުވެ، ކާފަރުކަމުގައި އެއް أمّة އަކަށް ނުވާނޭ ނަމަ، رحمٰن ވަންތަ ﷲ އަށް ކާފަރުވާ މީހުންގެ ގެތަކުގެ ފުރާޅުތަކާއި، ފަންގެފިލާތަކާއި، އަދި މަތީބުރިއަށް އަރަން ހުންނަ ސިޑިތައްވެސް ތިމަންރަސްކަލާނގެ ރިހީން، ލެއްވީމުހެވެ.
Verse 34
وَلِبُيُوتِهِمْ أَبْوَٰبًا وَسُرُرًا عَلَيْهَا يَتَّكِـُٔونَ
Transliteration walibuyūtihim abwāban wasururan ʿalayhā yattakiūna
Dhivehi އަދި އެމީހުންގެ ގޯތި ގެދޮރުތަކަށް ރިހީންވާ ދޮރުތަކާއި، އަދި އޭގައި އެމީހުން ލެނގިލައިގެން ތިބޭނޭ ސޯފާތަކާއި، އެނދުތައްވެސް ތިމަން ރަސްކަލާނގެ ރިހީންނާއި، ރަނުން ލައްވައި ކުރެހުން އަޅައި، ޒީނަތްތެރި ކޮށްލާފައި ބެހެއްޓީމުހެވެ.
Verse 35
وَزُخْرُفًا ۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۚ وَٱلْـَٔاخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ
Transliteration wazukh'rufan wa-in kullu dhālika lammā matāʿu l-ḥayati l-dun'yā wal-ākhiratu ʿinda rabbika lil'muttaqīna
Dhivehi އަދި އެ ހުރިހައި އެއްޗަކީ ހަމަ ދުނިޔޭގައި ކުޑަ މުއްދަތަކަށް ބޭނުންކޮށްލެވޭ، އަދި އަވަހަށް ނެތިވެ ހިނގައިދާނޭ ތަކެތި ކަމުގައި މެނުވީ ނުވެއެވެ. (އޭ رسول الله އެވެ.) تقوٰى ވެރި މާތް މީހުންނަށް آخرة ދުވަހުން ކަލޭގެފާނުންގެ ربّ ގެ حضرة ގައި ތައްޔާރުކުރައްވާފައިވާ ތަކެތި މާ ހެޔޮވެގެން ވެއެވެ. آخرة ދުވަހުގެ އެންމެހައި އަރާމާއި، މަޖާ ވަނީ ހަމަ އެމީހުންނަށެވެ.
Verse 36
وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَـٰنِ نُقَيِّضْ لَهُۥ شَيْطَـٰنًا فَهُوَ لَهُۥ قَرِينٌ
Transliteration waman yaʿshu ʿan dhik'ri l-raḥmāni nuqayyiḍ lahu shayṭānan fahuwa lahu qarīnun
Dhivehi (ދުނިޔޭގައި އުޅޭއިރު) ﷲ އަށް ذكر ނުކޮށް ﷲ މަތިން غافل ވެ ހިތުގެ ލޯ އަނދިރިވެއްޖެ މީހާ ދަންނައެވެ. ތިމަން ރަސްކަލާނގެ އޭނާއަށް شيطان ންގެ ތެރެއިން އެކުވެރިއެއް ތައްޔާރުކޮށް، ފާކުރައްވާ ހުށީމެވެ. ދެން އެ شيطان ވާނީ އެ އިންސާނާގެ ކައިރިން ފިލައިގެން ނުގޮސް، އަބަދު އެކުއުޅޭ އެކުވެރިއަކަށެވެ.
Verse 37
وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ
Transliteration wa-innahum layaṣuddūnahum ʿani l-sabīli wayaḥsabūna annahum muh'tadūna
Dhivehi ދެން އެފަދަ شيطان ންތައް އެފަދަ އިންސާނުންނަށް ވަސްވާސްދީ، މަގުފުރައްދައި، ސީދާ حقّ މަގު منع ކޮށް ބަންދުކުރާނެއެވެ. އަދި އެ އިންސާނުން ހީކުރާނީ ހަމަކަށަވަރުން އެމީހުން އެވަނީ ތެދުމަގު ލިބިގެންވާ މީހުން ކަމުގައެވެ.
Verse 38
حَتَّىٰٓ إِذَا جَآءَنَا قَالَ يَـٰلَيْتَ بَيْنِى وَبَيْنَكَ بُعْدَ ٱلْمَشْرِقَيْنِ فَبِئْسَ ٱلْقَرِينُ
Transliteration ḥattā idhā jāanā qāla yālayta baynī wabaynaka buʿ'da l-mashriqayni fabi'sa l-qarīnu
Dhivehi ދެންފަހެ قيامة ދުވަހުން އެ ދެމީހުން (އެ شيطان އާ އާއި، އެ إنسان އާ) ދެމީހުން ތިމަން ރަސްކަލާނގެ حضرة އަށް އަތުވެއްޖެއްޔާއި، شيطان އާ އާ ދިމާއަށް އެ އިންސާނާ ބުނާނެއެވެ. ކަލެޔާއި، އަހުރެންނާ ދެމެދު مشرق އާއި، مغرب އާ ދެމެދުގެ ދުރުމިން ވާނޭ ނަމައެވެ. ކަލެއަކީ ނުބައިވެގެންވާ އެކުވެރިއެކެވެ. (شيطان އާ އީ އިންސާނާގެ އެންމެ ނުބައި އެކުވެރިޔާއެވެ.)
Verse 39
وَلَن يَنفَعَكُمُ ٱلْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِى ٱلْعَذَابِ مُشْتَرِكُونَ
Transliteration walan yanfaʿakumu l-yawma idh ẓalamtum annakum fī l-ʿadhābi mush'tarikūna
Dhivehi (ﷲ އެމީހުންނަށް އަންގަވާނެއެވެ.) ދެމީހުން މިއަދު ކިތަންމެ ދުރެއް ވިޔަސް ކަލޭމެންނަކަށް އޭގެ ފައިދާއެއް މިއަދަކު ނެތެވެ. އެއީ ދުނިޔޭގައި ތިބެގެން ކަލޭމެން ވަނީ ކަލޭމެންގެ نفس ތަކަށް އަނިޔާވެރި ވެފައެވެ. ހަމަކަށަވަރުން، މިއަދު ކަލޭމެން ވާނީ عذاب ގައި ބައިވެރިވެ، މައްސުނި ވެފައެވެ.
Verse 40
أَفَأَنتَ تُسْمِعُ ٱلصُّمَّ أَوْ تَهْدِى ٱلْعُمْىَ وَمَن كَانَ فِى ضَلَـٰلٍ مُّبِينٍ
Transliteration afa-anta tus'miʿu l-ṣuma aw tahdī l-ʿum'ya waman kāna fī ḍalālin mubīnin
Dhivehi (އޭ رسول الله އެވެ!) ފަހެ ކަލޭގެފާނު، ބީރު މީހަކަށް ﷲ ގެ އިރާދަޔާ ނުލައި އިއްވައިދެއްވާފާނުތޯއެވެ؟ ނުވަތަ ލޯ އަނދިރި މީހަކަށް ވިޔަސް (އެކަލާނގެ އިރާދަފުޅާ ނުލައި) ކަލޭގެފާނު ތެދުމަގު ދައްކަވައިފާނުތޯއެވެ؟ އަދި ބަޔާންވެގެންވާ މަގުފުރެދުމެއްގައިވާ މީހާއަށް هداية ދައްކަވައިފާނުތޯއެވެ؟ (މިއިން އެއްވެސް ކަމެއް ﷲ ގެ އިރާދަފުޅާ ލައިގެން މެނުވީ ނުވާނެއެވެ. ކަލޭގެފާނަށް އޮތީ ހަމަ رسول ކަން އިއްވައިދެއްވުމެވެ.)
Verse 41
فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُم مُّنتَقِمُونَ
Transliteration fa-immā nadhhabanna bika fa-innā min'hum muntaqimūna
Dhivehi ފަހެ ތިމަން ރަސްކަލަނގެ އެމީހުންގެ ތެރެއިން ކަލޭގެފާނު ނެރުއްވައި، ގެންނެވިޔަސް - އަދި ނުވަތަ ކެލޭގެފާނު މަރުގެންނެވި ނަމަވެސް - ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕަވައި، އެމީހުން ހަލާކު ކުރައްވާ ހުށީމެވެ.
Verse 42
أَوْ نُرِيَنَّكَ ٱلَّذِى وَعَدْنَـٰهُمْ فَإِنَّا عَلَيْهِم مُّقْتَدِرُونَ
Transliteration aw nuriyannaka alladhī waʿadnāhum fa-innā ʿalayhim muq'tadirūna
Dhivehi ނުވަތަ އެމީހުންނަށް وعد ކުރެވުނު ކަންތައް، އެބަހީ، عذاب ކަލޭގެފާނަށް ތިމަން ރަސްކަލާނގެ ދައްކަވާފައި ހުށީމެވެ. ނުވަތަ އެމީހުންގެ މައްޗަށް ކަލޭގެފާނަށް نصر ލިބި، އެމީހުންގެ މައްޗަށް ގަދަވެވަޑައިގަންނަވާ ތަންވެސް ދައްކަވާފައި ހުށީމެވެ. ހަމަކަށަވަރުން، އެކަމަށްވެސް ތިމަން ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.
Verse 43
فَٱسْتَمْسِكْ بِٱلَّذِىٓ أُوحِىَ إِلَيْكَ ۖ إِنَّكَ عَلَىٰ صِرَٰطٍ مُّسْتَقِيمٍ
Transliteration fa-is'tamsik bi-alladhī ūḥiya ilayka innaka ʿalā ṣirāṭin mus'taqīmin
Dhivehi ފަހެ ކަލޭގެފާނަށް އިއްވެވޭ وحي ގައި ވާ އެއްޗެއްގައި ހިފަހައްޓަވާށެވެ. އެއަށް عمل ފުޅު ކުރައްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނު ވަނީ ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ.
Verse 44
وَإِنَّهُۥ لَذِكْرٌ لَّكَ وَلِقَوْمِكَ ۖ وَسَوْفَ تُسْـَٔلُونَ
Transliteration wa-innahu ladhik'run laka waliqawmika wasawfa tus'alūna
Dhivehi އަދި ހަމަކަށަވަރުން، އެއީ، އެބަހީ އެ قرآن އަކީ ކަލޭގެފާނަށާއި، ކަލޭގެފާނުގެ قوم އަށް ވާ شرف އެކެވެ. އަދި ތިޔަބައިމީހުން އެ قرآن ގައި ވާގޮތަށް عمل ކުރީމުތޯ ނުވަތަ ނުކުރަމުތޯ، މި ކަންކަމާމެދު قيامة ދުވަހުން ތިޔަބައިމީހުންނާ ސުއާލު ކުރެވޭނެއެވެ.
Verse 45
وَسْـَٔلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَآ أَجَعَلْنَا مِن دُونِ ٱلرَّحْمَـٰنِ ءَالِهَةً يُعْبَدُونَ
Transliteration wasal man arsalnā min qablika min rusulinā ajaʿalnā min dūni l-raḥmāni ālihatan yuʿ'badūna
Dhivehi އަދި رحمٰن ވަންތަ ކަލާނގެ މެނުވީ އަޅުކަން ވެވޭނޭ إلٰه އަކު ތިމަން ރަސްކަލާނގެ ލެއްވީންތޯ ކަލޭގެފާނުންގެ ކުރީން، އިސްވެދިޔަ رسول ބޭކަލުން ކުރެންވެސް ނިކަން އައްސަވައިބައްލަވާށެވެ. ނުވަތަ أهل كتاب ންގެ مؤمن ން ކުރެން އައްސަވައިބައްލަވާށެވެ. ﷲ تعالى އެކަލާނގެ ފިޔަވައި އަޅުކަން ވެވޭނޭ އެހެން إلٰه އަކު އެކަލާނގެ ލެއްވިތޯ؟ މީގެ جواب އަކަށް ވާނީ އެއީ އެއްގޮތަކަށްވެސް إذن އޮތްކަމެއް ނޫނެވެ. މިއެވެ. މި ދެގޮތަށް މިއާޔަތުގެ މާނަ ލިޔެވިގެން ވެއެވެ. والله أعلم.
Verse 46
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَقَالَ إِنِّى رَسُولُ رَبِّ ٱلْعَـٰلَمِينَ
Transliteration walaqad arsalnā mūsā biāyātinā ilā fir'ʿawna wamala-ihi faqāla innī rasūlu rabbi l-ʿālamīna
Dhivehi فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށް ހަމަކަށަވަރުން ތިމަން ރަސްކަލާނގެ رسول ކަމާއިގެން موسى عَلَيْه السَّلآم ފޮނުއްވީމެވެ. ފަހެ موسى عَلَيْه السَّلآم އެމީހުންގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ عالم ތަކުގެ ވެރި ربّ ގެ رسول އަކީމެވެ.\nދަންނައެވެ. موسى عَلَيْه السَّلآم އެމީހުންނަށް دين އަށް ގޮވައިލައްވައި، ﷲ އަށް އެކަނި އަޅުކަން ކުރުމަށާއި، އެކަލާނގެ ނޫން ފަރާތަކަށް އަޅުކަން ނުކުޅައުމަށާއި، بني إسرائيل ގެ މީހުން އެކަލޭގެފާނުގެ އަރިހުގައި ފޮނުވުމަށާއި، މި ކަންކަމަށް ގޮވައިލެއްވުމުން އެމީހުން އެކަލޭގެފާނުގެ އަރިހުން އެދުނީ އެކަލޭގެފާނުގެ رسول ކަން ތެދުކަމުގެ މައްޗަށް معجزة އާއި، دليل ގެނައުމަށެވެ.
Verse 47
فَلَمَّا جَآءَهُم بِـَٔايَـٰتِنَآ إِذَا هُم مِّنْهَا يَضْحَكُونَ
Transliteration falammā jāahum biāyātinā idhā hum min'hā yaḍḥakūna
Dhivehi ފަހެ އެކަލޭގެފާނު ތިމަން ރަސްކަލާނގެ އާޔަތްތަކާއިގެން، (معجزة ތަކާއިގެން) އެމީހުންގެ ގާތަށް ވަޑައިގެންނެވި ހިނދުން، އެހިނދުން އެމީހުން ފެށީ އެއަށް މަލާމާތްކޮށް، ހޭށެވެ.
Verse 48
وَمَا نُرِيهِم مِّنْ ءَايَةٍ إِلَّا هِىَ أَكْبَرُ مِنْ أُخْتِهَا ۖ وَأَخَذْنَـٰهُم بِٱلْعَذَابِ لَعَلَّهُمْ يَرْجِعُونَ
Transliteration wamā nurīhim min āyatin illā hiya akbaru min ukh'tihā wa-akhadhnāhum bil-ʿadhābi laʿallahum yarjiʿūna
Dhivehi އެއް معجزة އަކަށްފަހު އެއަށްވުރެ ބޮޑު އަނެއް معجزة އެއް މެނުވީ އެމީހުންނަށް ނުދެއްކެއެވެ. (އެބަހީ ކޮންމެ معجزة އެއް، ކުރީން ފެނުނު معجزة އަށްވުރެ ބޮޑުވެފައި އަސަރުގަދައެވެ. އެމީހުންނަށް ﷲ ފޮނުއްވި معجزة ތަކުގެ ތެރޭގައި طوفان އާއި، ގޮއްފުޅަނތްގާއި، އުކުނާއި، ބޮކާއި، އަދި ލެޔާއި، މިތަކެތި ވެއެވެ. މިއިން ކޮންމެ ކަމެއްވެސް ވީ އެމީހުންގެ މައްޗަށް ބޮޑު عذاب އަކަށެވެ.) ދެންފަހެ عذاب ދައްކަވައި ހެއްދެވީމެވެ. އެއީ ހެޔޮމަގަށް އެމީހުން رجوع ވޭތޯއެވެ.
Verse 49
وَقَالُوا۟ يَـٰٓأَيُّهَ ٱلسَّاحِرُ ٱدْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ
Transliteration waqālū yāayyuha l-sāḥiru ud'ʿu lanā rabbaka bimā ʿahida ʿindaka innanā lamuh'tadūna
Dhivehi އަދި موسى عَلَيْه السَّلآم އަށް ދަންނަވައެވެ. އޭ علم ވެރިޔާއެވެ. (އެޒަމާނުގައި سحر ވެރީން ވަނީ علم ވެރީންނަށެވެ.) يعني އެމީހުންނަށް އޭގެ ތެރެއިން ކޮންމެވެސް މުސީބަތެއް ޖެހުނީމާވެސް އެމީހުން موسى عَلَيْه السَّلآم އަށް ދަންނަވައެވެ. ކަލޭގެފާނަށް ވާ عهد ގެ މަތީން އަޅަމެންނަށް ޓަކައި މިކަން ފިއްލަވައިދެއްވާތޯ ކަލޭގެފާނުންގެ ربّ އަށް دعاء ކޮށްދެއްވާބައްލަވާށެވެ. (އެ عهد އަކީ އެކަން ފިއްލަވައިފިއްޔާ އެމީހުން إيمان ވުމާއި، بني إسرائيل ން އެކަލޭގެފާނާއެކު ފޮނުއްވުމެވެ.) އަދި އެމީހުން ބުނެއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި ވާހުށީމެވެ.
Verse 50
فَلَمَّا كَشَفْنَا عَنْهُمُ ٱلْعَذَابَ إِذَا هُمْ يَنكُثُونَ
Transliteration falammā kashafnā ʿanhumu l-ʿadhāba idhā hum yankuthūna
Dhivehi ދެންފަހެ އެމީހުންގެ ކިބައިން ތިމަން ރަސްކަލާނގެ އެ عذاب އެ އުނދަގޫ - ފިއްލަވައި كشف ކުރައްވައިފިއްޔާ ދެން އަދި އަލުންވެސް އެމީހުން އެމީހުންގެ عهد އުވައިލައެވެ. އީމާނެއް ނުވެއެވެ.
Verse 51
وَنَادَىٰ فِرْعَوْنُ فِى قَوْمِهِۦ قَالَ يَـٰقَوْمِ أَلَيْسَ لِى مُلْكُ مِصْرَ وَهَـٰذِهِ ٱلْأَنْهَـٰرُ تَجْرِى مِن تَحْتِىٓ ۖ أَفَلَا تُبْصِرُونَ
Transliteration wanādā fir'ʿawnu fī qawmihi qāla yāqawmi alaysa lī mul'ku miṣ'ra wahādhihi l-anhāru tajrī min taḥtī afalā tub'ṣirūna
Dhivehi އަދި فرعون އޭނާގެ قوم ގައި ގޮވައިލިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. އަޅެފަހެ މި مصر ގެ ވެރިކަން އަހުރެންނަކަށް ނުވޭ ހެއްޔެވެ؟ މި ކޯރުތައް يعني نيل ކޯރާއި އެކޯރުން ކަފިވެގެން މި ދެމޭ ކޯރުތައް މި ދެމެނީ އަހުރެންގެ ދަށުންނެވެ. އަހުރެންގެ ބާރުގެ ދަށުންނެވެ. (ނުވަތަ އަހުރެންގެ ގަނޑުވަރުގެ ދަށުންނެވެ.) ތިޔަބައިމީހުންނަށް ފަހެ މިތަން ނުފެނޭ ހެއްޔެވެ؟
Verse 52
أَمْ أَنَا۠ خَيْرٌ مِّنْ هَـٰذَا ٱلَّذِى هُوَ مَهِينٌ وَلَا يَكَادُ يُبِينُ
Transliteration am anā khayrun min hādhā alladhī huwa mahīnun walā yakādu yubīnu
Dhivehi މިހިރަ ނިކަމެތި، އަދި ވާހަކަދެއްކުމުގައި بيان ކޮށް ނުދެވޭ ދެރަ މީހާޔާއި، (موسى ގެފާނާއި) އަހުރެންނާ ދެމީހުންކުރެ ހެޔޮވެގެންވަނީ އޭނާ ހެއްޔެވެ؟ ނުވަތަ އަހުރެން ހެއްޔެވެ؟
Verse 53
فَلَوْلَآ أُلْقِىَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَآءَ مَعَهُ ٱلْمَلَـٰٓئِكَةُ مُقْتَرِنِينَ
Transliteration falawlā ul'qiya ʿalayhi aswiratun min dhahabin aw jāa maʿahu l-malāikatu muq'tarinīna
Dhivehi އޭނާޔަކީ ބޮޑު، އަދި މޮޅު މީހެއް ނަމަ ރަނުގެ އުޅާތަކެއް އަޅާނޭ ނަމަވެސް ރަނގަޅު ނޫންހެއްޔެވެ؟ ނުވަތަ އޭނާއަކީ نبي ބޭކަލަކު ކަމުގައި ވާނަމަ އޭނާގެ نبي ކަން ތެދުކުރެއްވުމަށް ملائكة ބޭކަލަކު އޭނާޔާ އެކީ އަބަދުވެސް ހުންނެވިނަމައެވެ. ނުހުންނެވީ ކީއްވެގެން ހެއްޔެވެ؟
Verse 54
فَٱسْتَخَفَّ قَوْمَهُۥ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ
Transliteration fa-is'takhaffa qawmahu fa-aṭāʿūhu innahum kānū qawman fāsiqīna
Dhivehi ފަހެ فرعون އޭނާގެ قوم ގެ މީހުންނަކީ ދެރަ، ނިކަމެތި ބަޔަކަށް ހަދާލައި، އެމީހުން މުޅީން ދަށްކޮށްލައިފިއެވެ. (އެއީ އޭނާގެ ވާހަކަޔާއި، ރޭވުމުންނެވެ.) ދެން އެމީހުން އޭނާޔަށް ކިޔަމަންތެރި ވެއްޖެއެވެ. ހަމަކަށަވަރުން އެމީހުން ވީ فاسق ބަޔަކު ކަމުގައެވެ. ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބަޔަކު ކަމުގައެވެ.
Verse 55
فَلَمَّآ ءَاسَفُونَا ٱنتَقَمْنَا مِنْهُمْ فَأَغْرَقْنَـٰهُمْ أَجْمَعِينَ
Transliteration falammā āsafūnā intaqamnā min'hum fa-aghraqnāhum ajmaʿīna
Dhivehi ދެންފަހެ އެމީހުން ތިމަން ރަސްކަލާނގެއަށް ނުކިޔަމަންތެރިވެ، ބޮޑާވެ، ތިމަން ރަސްކަލާނގެ ކޯފާގެ ނަތީޖާއެއްގެ ގޮތުން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. ދެން ތިމަން ރަސްކަލާނގެ އެމީހުން އެންމެން غرق ކުރެއްވީމެވެ.
Verse 56
فَجَعَلْنَـٰهُمْ سَلَفًا وَمَثَلًا لِّلْـَٔاخِرِينَ
Transliteration fajaʿalnāhum salafan wamathalan lil'ākhirīna
Dhivehi އަދި ތިމަން ރަސްކަލާނގެ އެމީހުން ލެއްވީ - އެބަހީ އެމީހުންގެ خبر ތަކާއި، واقعة ލެއްވީ - އެފަދަ ނުބައި عمل ކުރާ މީހުންނަށް ނަމޫނާއެއް ކަމަށެވެ. އަދި ފަހުން އަންނަ މީސްތަކުންނަށް ރަނގަޅު މިސާލެއް ކަމުގައެވެ. عبرة ތެރި ފިލާވަޅެއް ކަމުގައެވެ.
Verse 57
۞ وَلَمَّا ضُرِبَ ٱبْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ
Transliteration walammā ḍuriba ub'nu maryama mathalan idhā qawmuka min'hu yaṣiddūna
Dhivehi އަދި مريم ގެފާނުންގެ ދަރިކަލުން عيسى ގެފާނުގެ މިސާލު ޖެހެވުނު ހިނދުން ކަލޭގެފާނުންގެ قوم ގެ މީހުން އެކަމާމެދު ހަޅޭލަވައި، އަޑުގަދަކޮށް، ހީހެދީއެވެ.\nދަންނައެވެ. މި އާޔަތުން މި އިޝާރާތްވަނީ رسول الله ﷺ އާއި، إبن ازبعرى ކިޔާ މީހަކާމެދު ހިނގި ޖަދަލުވެރި ދިމާކުރުމަކާއެވެ. ]އެކަން ވީގޮތަކީ (إنَّكُمْ وَمَا تَعْبُدُونَ مِنْ دُونِ اللهِ حَصَبُ جَهَنَّمَ...) މާނައީ (އޭ مشرك ންނޭވެ.) ތިޔަބައިމީހުންނާއި، ތިޔަބައިމީހުން އެ ތަކެއްޗަށް އަޅުކަންކުރި އެންމެހައި ތަކެއްޗަކީ ނަރަކައިގެ ދަރެވެ...) މި އާޔަތް ބާވައިލެއްވުމުން إبن ازبعرى ދެންނެވިއެވެ. نصارى އިން عيسى عَلَيْه السَّلآم އަށް އަޅުކަން ނުކުރޭތޯއެވެ. އަދި يهودي ން عزير ގެފާނަށް އަޅުކަން ނުކުރޭތޯއެވެ؟ އަދި بنو مليح ގެ މީހުން ملائكة ބޭކަލުންނަށް އަޅުކަން ނުކުރޭތޯއެވެ؟ މި ބޭބޭކަލުން އަހުރެމެންނާއެކު ނަރަކައިގާ ތިބޭކަމަށް ވަންޏާ އަހުރެމެން ރުހިއްޖައީމެވެ. އެކަމާ އެމީހުން ވަރަށް އުފާކޮށް، މަޖާނެގިއެވެ. ހަޅޭލަވައިވެސް ހެދިއެވެ. މިވާހަކަޔާ ގުޅިގެން (إنَّ الَّذِينَ سَبَقَتْ لَهُمْ مِّنَّاالْحُسْنٰى أُولٰئِكَ عَنْهَا مُبْعَدُونَ) އެބަހީ: ހަމަކަށަވަރުން އެބައިމީހުންނަށް ތިމަން ރަސްކަލާނގެ حضرة ން ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން އެ ނަރަކަޔާ ދުރުކުރެވޭނެއެވެ. (އެބަހީ އެ نبي ބޭކަލުންނާއި، މަލާއިކަތް ބޭކަލުންނަކީ ބާއްޖަވެރީންނެވެ. އެބޭކަލުން ނަރަކައަށް ނުވަންނަ ހުއްޓެވެ.)
Verse 58
وَقَالُوٓا۟ ءَأَـٰلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلًۢا ۚ بَلْ هُمْ قَوْمٌ خَصِمُونَ
Transliteration waqālū aālihatunā khayrun am huwa mā ḍarabūhu laka illā jadalan bal hum qawmun khaṣimūna
Dhivehi އަދި އެމީހުން ބުންޏެވެ. ހެޔޮވެގެންވަނީ އަހުރެމެންގެ إلٰه ންތައް ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ހެއްޔެވެ؟ يعني عيسى عَلَيْه السَّلآم ހެއްޔެވެ؟ (އޭ رسول الله އެވެ.) އެމީހުން ކަލޭގެފާނަށް އެކަލޭގެފާނުންގެ މިސާލު، يعني عيسى عَلَيْه السَّلآم ގެ މިސާލު ހަމަ ޖަދަލުކޮށް، ކަލޭގެފާނާ ދެކޮޅުހެދުމަށް މެނުވީ ނުޖަހައެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުންނަކީ ހަމަ ދެކޮޅުވެރި، އަދި ޖަދަލުކުރުންބޮޑު ބައެކެވެ.
Verse 59
إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَـٰهُ مَثَلًا لِّبَنِىٓ إِسْرَٰٓءِيلَ
Transliteration in huwa illā ʿabdun anʿamnā ʿalayhi wajaʿalnāhu mathalan libanī is'rāīla
Dhivehi އަދި އެކަލޭގެފާނަކީ، އެބަހީ عيسى عَلَيْه السَّلآم އަކީ، ތިމަން ރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް نعمة ލައްވައި، رحمة ލައްވާފައިވާ އަޅަކު ކަމުގައި މެނުވީ ނުވެއެވެ. (އެއީ ހަމަ އަޅެކެވެ. إلٰه އެއް ނޫނެވެ.) އަދި އެކަލޭގެފާނު ތިމަން ރަސްކަލާނގެ ލެއްވި بني إسرائيل ންނަށް ވާ مثال އެއް ކަމުގައެވެ. އެބަހީ ތިމަން ރަސްކަލާނގެ قدرة ތެރިކަމުގެ މިސާލެއް ކަމުގައެވެ. (ބަފަޔަކާ ނުލައިވެސް ތިމަން ރަސްކަލާނގެ އެދިވޮޑިގެންފިއްޔާ އިންސާނުން އުފައްދަވާނޭ ކަމުގެ دليل އެއްގެ ގޮތުންނެވެ.) އެގޮތުން ءادم ގެފާނަކީ ބަފަޔަކު، އަދި މަޔަކުނެތި އުފެއްދެވި އަޅެކެވެ. حوّٰى ގެފާނަކީ މަޔަކުނެތި ހެއްދެވި އަޅެކެވެ. عيسى ގެފާނަކީ ބަފަޔަކުނެތި ހެއްދެވި އަޅެކެވެ. މި ހުރިހާ ގޮތަކަށްވެސް ތިމަން ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.
Verse 60
وَلَوْ نَشَآءُ لَجَعَلْنَا مِنكُم مَّلَـٰٓئِكَةً فِى ٱلْأَرْضِ يَخْلُفُونَ
Transliteration walaw nashāu lajaʿalnā minkum malāikatan fī l-arḍi yakhlufūna
Dhivehi އަދި ތިމަން ރަސްކަލާނގެ އެދިވޮޑިގެންފިއްޔާ ކަލޭމެން އިންސާނުންގެ ބަދަލުގައި ބިންމަތީގައި ދިރިއުޅޭ ބަޔަކު ކަމުގައި މަލާއިކަތް ބޭކަލުން ލައްވައިފީހެވެ.
Verse 61
وَإِنَّهُۥ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَٱتَّبِعُونِ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ
Transliteration wa-innahu laʿil'mun lilssāʿati falā tamtarunna bihā wa-ittabiʿūni hādhā ṣirāṭun mus'taqīmun
Dhivehi އަދި ހަމަކަށަވަރުން އެކަލޭގެފާނަކީ قيامة އަށް ވާ علامة އެކެވެ. (އެބަހީ عيسى ގެފާނު ފަހުޒަމާނުގައި ދުނިޔެއަށް ދެވަނަ ފަހަރަށް ވަޑައިގަތުމަކީ (قيامة ވުން ތައްޔާރުވީ ކަމުގެ علامة އެކެވެ. އެކަމަށް ކަލޭގެފާނު އެއްގޮތަކަށްވެސް ޝައްކު ނުކުރާށެވެ. އަދި ތިމަން ރަސްކަލާނގެ وحي ގެ ذريعة އިން ކަލޭގެފާނަށް މި އަންގަވާ އެއްޗާ تبع ވެވަޑައިގަންނަވާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ.
Verse 62
وَلَا يَصُدَّنَّكُمُ ٱلشَّيْطَـٰنُ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
Transliteration walā yaṣuddannakumu l-shayṭānu innahu lakum ʿaduwwun mubīnun
Dhivehi އަދި شيطان އާ، ތިޔަބައިމީހުން ތެދުމަގާ ދުރުކޮށް، ހުއްޓުވިޔަ ނުދޭށެވެ. ހަމަކަށަވަރުން އެ ސައިތާނާއަކީ ކަލޭމެންނަށް ޓަކައި بيان ވެގެންވާ عداوة ތެރިއެކެވެ.
Verse 63
وَلَمَّا جَآءَ عِيسَىٰ بِٱلْبَيِّنَـٰتِ قَالَ قَدْ جِئْتُكُم بِٱلْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ ٱلَّذِى تَخْتَلِفُونَ فِيهِ ۖ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Transliteration walammā jāa ʿīsā bil-bayināti qāla qad ji'tukum bil-ḥik'mati wali-ubayyina lakum baʿḍa alladhī takhtalifūna fīhi fa-ittaqū l-laha wa-aṭīʿūni
Dhivehi އަދި ބަޔާންވެގެންވާ ދަލީލުތަކާއިގެން عيسى عَلَيْه السَّلآم ވަޑައިގެންނެވި ހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން ކަލޭމެންގެ ގާތަށް މިއައީ حكمة އާއިގެންނެވެ. ނަބީކަމާއިގެންނެވެ. އަދި އެކަންކަމާމެދު ކަލޭމެން إختلاف ވެ، ދެބަސްވާ ބައެއް ކަންތައް ކަލޭމެންނަށް އަންގައިދޭށެވެ. ބަޔާންކޮށްދޭށެވެ. ފަހެ ކަލޭމެން ﷲ އަށް تقوٰى ވެރިވާށެވެ. އެކަލާނގެއަށް ބިރުވެތި ވާށެވެ. އަދި ތިމަން ކަލޭގެފާނަށް ކިޔަމަންތެރި ވާށެވެ.
Verse 64
إِنَّ ٱللَّهَ هُوَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ
Transliteration inna l-laha huwa rabbī warabbukum fa-uʿ'budūhu hādhā ṣirāṭun mus'taqīmun
Dhivehi ހަމަކަށަވަރުން ﷲ އެއީ އަހުރެންނާއި، އަދި ކަލޭމެންގެވެސް ربّ އެވެ. ފަހެ އެހެންވެ، ކަލޭމެން އެކަލާނގެއަށް އަޅުކަން ކުރާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ.
Verse 65
فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌ لِّلَّذِينَ ظَلَمُوا۟ مِنْ عَذَابِ يَوْمٍ أَلِيمٍ
Transliteration fa-ikh'talafa l-aḥzābu min baynihim fawaylun lilladhīna ẓalamū min ʿadhābi yawmin alīmin
Dhivehi ފަހެ އެމީހުންގެ މެދުގައި - އެބަހީ يهودي ންނާއި، نصارى އިންގެ މެދުގައި - جماعة ތައް، يعني އެކިއެކި فرقة ތައް (عيسى عَلَيْه السَّلآم އާމެދު) ބަސް ތަފާތުވެ إختلاف ވެއްޖެއެވެ. ދެންފަހެ އަނިޔާވެރީންނަށް ހުރީ - (مشرك ންނަށް ހުރީ) - ދުވަހެއްގެ، ވޭންދެނިވި عذاب އެވެ. އެއީ قيامة ދުވަހެވެ. ދަންނައެވެ. عيسى عَلَيْه السَّلآم އާމެދު يهودي ންނާއި، نصارى އިން ތަފާތު ބަސްތައް ކިޔައެވެ. ބައެއް يهودي ން ބުނަނީ އެއީ ޒިނޭގެ ދަރިއެއް ކަމަށެވެ. - نعوذ بالله - އަދި ساحر އެކޭވެސް އެމީހުން ބުންޏެވެ. އަދި نصارى ންގެ ބައެއް މީހުން ބުންޏެވެ. އެއީ ﷲ އެވެ. އަދި نصارى އިންގެ އަނެއް ބަޔަކު ބުނީ އެއީ ﷲ ގެ ދަރިކަލުންނެވެ. އަދި މިނޫން ގޮތަގޮތަށްވެސް ބުންޏެވެ. އެ ހުރިހައި ބަސްތަކުން ﷲ تعالى ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.
Verse 66
هَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ
Transliteration hal yanẓurūna illā l-sāʿata an tatiyahum baghtatan wahum lā yashʿurūna
Dhivehi އެކާފަރުންނާއި، مشرك ންގެ މީހުން އެމީހުންނަށް إحساس ވެސް ނުވެ ތިއްބައި އެމިހުންނަށް قيامة قائم ވުމަށް މެނުވީ އެމީހުން إنْتِظَارُ އެބަ ކުރޭހެއްޔެވެ؟ އެބަހީ އެމީހުން އެ إنتظار ކުރަނީ އެކަމަށެވެ.
Verse 67
ٱلْأَخِلَّآءُ يَوْمَئِذٍۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ
Transliteration al-akhilāu yawma-idhin baʿḍuhum libaʿḍin ʿaduwwun illā l-mutaqīna
Dhivehi ދުނިޔޭގައި رحمة ތެރިކަމާއި، ލޯބިވެތިކަމާއިގެން އުޅުނު އެންމެންނީވެސް قيامة ދުވަހުން تقوى ވެރި، މާތް މީހުން މެނުވީ އެއްބަޔަކު އަނެއް ބަޔަކަށް އެއީ عدوّ ންނެވެ.
Verse 68
يَـٰعِبَادِ لَا خَوْفٌ عَلَيْكُمُ ٱلْيَوْمَ وَلَآ أَنتُمْ تَحْزَنُونَ
Transliteration yāʿibādi lā khawfun ʿalaykumu l-yawma walā antum taḥzanūna
Dhivehi (تقوى ވެރި މާތް މީހުންނަށް قيامة ދުވަހުން ﷲ އަންގަވާނެއެވެ.) އޭ ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ މައްޗަށް މިއަދު އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި ތިޔަބައިމީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވެއެވެ.
Verse 69
ٱلَّذِينَ ءَامَنُوا۟ بِـَٔايَـٰتِنَا وَكَانُوا۟ مُسْلِمِينَ
Transliteration alladhīna āmanū biāyātinā wakānū mus'limīna
Dhivehi އެމީހުންނީ ތިމަން ރަސްކަލާނގެ އާޔަތްތަކަށް إيمان ވެގެންވާ މީހުންނެވެ. އަދި އެއީ ތިމަން ރަސްކަލާނގެއަށް ކިޔަމަންތެރިވެގެންވާ މީހުންނެވެ.
Verse 70
ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ
Transliteration ud'khulū l-janata antum wa-azwājukum tuḥ'barūna
Dhivehi އަދި قيامة ދުވަހުން އެމީހުންނަށް وحي އިއްވޭނެއެވެ. ތިޔަބައިމީހުންނާއި، އަދި ތިޔަބައިމީހުންގެ ކިޔަމަންތެރި އަނބީންތަކާ ސުވަރުގެއަށް ވަންނާށެވެ. ތިޔަބައިމީހުންނަށް މާތްކޮށް ހިތެވޭނެއެވެ. نعمة އާއި، كرامة ލިބޭ ހުއްޓެވެ.
Verse 71
يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ ٱلْأَنفُسُ وَتَلَذُّ ٱلْأَعْيُنُ ۖ وَأَنتُمْ فِيهَا خَـٰلِدُونَ
Transliteration yuṭāfu ʿalayhim biṣiḥāfin min dhahabin wa-akwābin wafīhā mā tashtahīhi l-anfusu wataladhu l-aʿyunu wa-antum fīhā khālidūna
Dhivehi އަދި ސުވަރުގޭގައި ރަނުން ވާ ބޮޑެތި ތަށިތަކާއި، ރަނުން ވާ ބިއްލޫރި ތަށިތައް، ކާބޯތަކެތި އެޅެވިގެންވާ حال، އެމީހުންގެ މެދުގައި ދައުރުކުރެވޭނެއެވެ. އިންސާނާގެ نفس، އެ އެއްޗަކަށް އެދޭ، ކާހިތްވާ، އަދި ލޯތަކަށް ފިނިކަމާއި، އަރާމު ލިއްބައިދޭ ކޮންމެ ކާބޯ އެއްޗެއް އެ ތަށިތަކުގައި ވާ ހުއްޓެވެ. އަދި އެމީހުންނަށް ނިދާ އިއްވޭނެއެވެ. ތިޔަބައިމީހުން ތިޔަ ސުވަރުގޭގައި ދެމިތިބޭ ހުއްޓެވެ.
Verse 72
وَتِلْكَ ٱلْجَنَّةُ ٱلَّتِىٓ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ
Transliteration watil'ka l-janatu allatī ūrith'tumūhā bimā kuntum taʿmalūna
Dhivehi އަދި ތިޔަ ސުވަރުގެއަކީ ދުނިޔޭގައި ތިޔަބައިމީހުން ކުރި މަސައްކަތުގެ ސަބަބުން (ކިޔަމަންތެރިކަމާއި، تقوى ގެ ސަބަބުން) ތިޔަބައިމީހުން ވާރުތަކުރި ސުވަރުގެއެވެ.
Verse 73
لَكُمْ فِيهَا فَـٰكِهَةٌ كَثِيرَةٌ مِّنْهَا تَأْكُلُونَ
Transliteration lakum fīhā fākihatun kathīratun min'hā takulūna
Dhivehi އެ ސުވަރުގޭގައި ތިޔަބައިމީހުންނަށް ޓަކައި ގިނަވެގެންވާ މޭވާތައް ވެއެވެ. އެއިން ތިޔަބައިމީހުން ކާށެވެ.
Verse 74
إِنَّ ٱلْمُجْرِمِينَ فِى عَذَابِ جَهَنَّمَ خَـٰلِدُونَ
Transliteration inna l-muj'rimīna fī ʿadhābi jahannama khālidūna
Dhivehi (شرك ކުރުން / ކާފަރުވުން ފަދަ) ބޮޑެތި ކުށްކުށުގެ ވެރީން ހަމަކަށަވަރުން ނަރަކައިގެ عذاب ގައި قيامة ދުވަހުން ދެމިތިބޭ ހުއްޓެވެ.
Verse 75
لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ
Transliteration lā yufattaru ʿanhum wahum fīhi mub'lisūna
Dhivehi ކުޑަކުޑަ ހިނދުކޮޅަކަށްވެސް އެމީހުންގެ ކިބައިން އެ عذاب ލުއި ނުވާހުއްޓެވެ. (ސަލާމަތްވުމުގެ އެއްވެސް أمّيد އެއް ނެތި) އެމީހުން عذاب ގައި ދެމިތިބޭ ހުއްޓެވެ.
Verse 76
وَمَا ظَلَمْنَـٰهُمْ وَلَـٰكِن كَانُوا۟ هُمُ ٱلظَّـٰلِمِينَ
Transliteration wamā ẓalamnāhum walākin kānū humu l-ẓālimīna
Dhivehi އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް އަނިޔާވެރި ވީއެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ؟ އެމީހުން ވީ އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާކުރި ބަޔަކު ކަމުގައެވެ.
Verse 77
وَنَادَوْا۟ يَـٰمَـٰلِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّـٰكِثُونَ
Transliteration wanādaw yāmāliku liyaqḍi ʿalaynā rabbuka qāla innakum mākithūna
Dhivehi (ނަރަކަ ބެލެހެއްޓުމާ حوال ކުރައްވާފައިވާ ملائكة އާ ކަމުގައި ވާ مالك އަށް) އެމީހުން ނަރަކައިގައި ތިބެގެން ގޮވާ ނަގާނެއެވެ. އެމީހުން ދަންނަވާނެއެވެ. އޭ مالك އެވެ. އަހަރެމެންނަށް މަރުވުމުގެ ނިޔާ ކޮށްދެއްވައިތޯ ކަލޭގެފާނުންގެ ربّ އަށް ދަންނަވައިދެއްވާށެވެ. އޭގެ جواب ގައި (އެހެން ގޮވާތާ އެއްހާސް އަހަރު ފަހުން) އެކަލޭގެފާނު ވިދާޅުވާނެއެވެ. ހަމަކަށަވަރުން ކަލޭމެންނަކީ ތިޔަ عذاب ގައި (ތިޔަ ވޭނުގައި / ތިޔަ ނަރަކައިގައި) ދެމިތިބޭނޭ ބައެކެވެ.
Verse 78
لَقَدْ جِئْنَـٰكُم بِٱلْحَقِّ وَلَـٰكِنَّ أَكْثَرَكُمْ لِلْحَقِّ كَـٰرِهُونَ
Transliteration laqad ji'nākum bil-ḥaqi walākinna aktharakum lil'ḥaqqi kārihūna
Dhivehi (ﷲ އެމީހުންނަށް އަންގަވާނެއެވެ.) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭމެންގެ ގާތަށް حقّ ފޮނުވީމެވެ. (އެބަހީ رسول ބޭކަލަކު ފޮނުވައި، ފޮތް ބާވައިލައްވައި، توحيد ގެ حقّ މަގަށް އެބޭކަލުން ގޮވައިލެއްވިއެވެ.) އެހެނެއް ކަމަކު ކަލޭމެން ކުރެ ގިނަ މީހުން އެ حقّ އަށް تبع ވެ إيمان އެއް ނުވިއެވެ. އެ حقّ އަށް ނުރުހި، ފުރަގަސްދިނީއެވެ.
Verse 79
أَمْ أَبْرَمُوٓا۟ أَمْرًا فَإِنَّا مُبْرِمُونَ
Transliteration am abramū amran fa-innā mub'rimūna
Dhivehi އަދި ކިޔެއް ހެއްޔެވެ؟ (رسول އާ އިދިކޮޅަށް) އެމީހުން މަކަރުތަކާއި، ގޮތްތައް ރާވައި، ވަރުގަދަކުރީއެވެ. ތިމަން ރަސްކަލާނގެވެސް އެމީހުންނާ އިދިކޮޅަށް (އެމީހުންގެ ހަލާކުގައި) ގޮތްތައް ރާވައި ވަރުގަދަކުރީއެވެ.
Verse 80
أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَىٰهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ
Transliteration am yaḥsabūna annā lā nasmaʿu sirrahum wanajwāhum balā warusulunā ladayhim yaktubūna
Dhivehi އަދި ނުވަތަ އެމީހުން ހީކުރީ (އެ ގޮތްތައް ރާވާހެދިއިރު) އެމީހުންގެ ސިއްރު ވާހަކަތަކާއި، ސިއްރު ޖަލްސާތައް ތިމަން ރަސްކަލާނގެ ނުއައްސަވާ ކަމަށެވެ. އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އެމީހުން ގާތު (އެ ސިއްރު ޖަލްސާތަކުގައިވެސް) ތިމަން ރަސްކަލާނގެ ފޮނުއްވި رسول ބޭކަލުން، يعني މަލާއިކަތް ބޭކަލުން ތިއްބަވައިގެން (އެމީހުން ދައްކާހައި ވާހަކައަކާއި، ރޭވުމެއް) ލިޔުއްވަނީއެވެ.
Verse 81
قُلْ إِن كَانَ لِلرَّحْمَـٰنِ وَلَدٌ فَأَنَا۠ أَوَّلُ ٱلْعَـٰبِدِينَ
Transliteration qul in kāna lilrraḥmāni waladun fa-anā awwalu l-ʿābidīna
Dhivehi (އޭ رسول الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. رحمن ވަންތަ ﷲ އަށް ދަރިކަލަކު ވާނަމަ އެ ދަރިކަލުންނަށް އަޅުކަންކުރާ މީހުންގެ ތެރެއިން އެންމެ ފުރަތަމަ މީހާ ކަމުގައި ތިމަންކަލޭގެފާނު ވީމުހެވެ. (އެހެން ނަމަވެސް ދަރިކަލަކު إختيار ކުރެއްވުންފަދަ އުނި ސިފަތަކުން އެކަލާނގެ ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.)
Verse 82
سُبْحَـٰنَ رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ
Transliteration sub'ḥāna rabbi l-samāwāti wal-arḍi rabbi l-ʿarshi ʿammā yaṣifūna
Dhivehi އުޑުތަކާއި، ބިންތައް ހެއްދެވި ކަލާނގެ އެއީ عرش ގެ ވެރި ربّ އެވެ. އެ ކާފަރުންނާއި، مشرك ން އެ ސިފަކުރާ އެންމެހައި އުނިކަމަކުން އެކަލާނގެ ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.
Verse 83
فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ
Transliteration fadharhum yakhūḍū wayalʿabū ḥattā yulāqū yawmahumu alladhī yūʿadūna
Dhivehi އޭ رسول الله އެވެ. އެމިހުންނަށް وعد ވެވިގެންވާ ދުވަސް - قيامة ދުވަސް - އަތުވެއްޖައުމަށް ދާނދެން އެމީހުންގެ باطل عقيدة އާއި، ބޭކާރު ވާހަކައިގެ ތެރޭގައި ފީނައި، ކުޅެހެދުމަށް އެމީހުން ދޫކޮށްލައްވާށެވެ. (އަދި އެ قيامة ދުވަހަކީ އެމީހުންނަށް ކަނޑައެޅިގެންވާ عذاب އެމީހުންނާ ބައްދަލުވާ ދުވަހެވެ.)
Verse 84
وَهُوَ ٱلَّذِى فِى ٱلسَّمَآءِ إِلَـٰهٌ وَفِى ٱلْأَرْضِ إِلَـٰهٌ ۚ وَهُوَ ٱلْحَكِيمُ ٱلْعَلِيمُ
Transliteration wahuwa alladhī fī l-samāi ilāhun wafī l-arḍi ilāhun wahuwa l-ḥakīmu l-ʿalīmu
Dhivehi އަދި އެކަލާނގެއީ އެބަހީ ﷲ އީ އުޑުގައިވެސް އަޅުކަންވެވޭ ފަރާތެވެ. އުޑުގެވެސް معبود އެވެ. އަދި ބިމުގައިވެސް އަޅުކަންވެވޭ ފަރާތެވެ. ބިމުގެވެސް معبود އެވެ. (އެބަހީ އެ ދެތާވެސް އަޅުކަންވެވުން حقّ إله އަކީ، حقّ معبود އަކީ ﷲ އެވެ. އެހެން އެއްވެސް إله އަކަށް އަޅުކަންވެވުން ހުއްދަވެގެން ނުވެއެވެ.) އަދި އެކަލާނގެއީ حكمة ގަދަވެގެންވާ، އަދި ދެނެވޮޑިގަތުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 85
وَتَبَارَكَ ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَعِندَهُۥ عِلْمُ ٱلسَّاعَةِ وَإِلَيْهِ تُرْجَعُونَ
Transliteration watabāraka alladhī lahu mul'ku l-samāwāti wal-arḍi wamā baynahumā waʿindahu ʿil'mu l-sāʿati wa-ilayhi tur'jaʿūna
Dhivehi އަދި އުޑުތަކާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެތީގެ ވެރިކަން އެފަރާތަކަށް ملك ވެ، خالص ވެގެންވާ ފަރާތުގެ بركاة ވަންތަ ކަމާއެވެ. އެކަލާނގެ ހެޔޮތައް ގިނަވެގެން ވެއެވެ. އަދި قيامة ދުވަހާބެހޭ އެންމެހައި علم އެއް - އެންމެހައި އެނގުމެއް - ވަނީ ހަމަ އެކަލާނގެއަށެވެ. (އެހެން އެއްވެސް މީހަކަށް އެކަމާބެހޭ އެއްވެސް އެއްޗެއް އެކަލާނގެ އެންގެވި މިންވަރަކަށް މެނުވީ ނުވެއެވެ.) އަދި ތިޔަބައިމީހުން އެނބުރި ދިއުން ވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
Verse 86
وَلَا يَمْلِكُ ٱلَّذِينَ يَدْعُونَ مِن دُونِهِ ٱلشَّفَـٰعَةَ إِلَّا مَن شَهِدَ بِٱلْحَقِّ وَهُمْ يَعْلَمُونَ
Transliteration walā yamliku alladhīna yadʿūna min dūnihi l-shafāʿata illā man shahida bil-ḥaqi wahum yaʿlamūna
Dhivehi އަދި ﷲ ފިޔަވައި ބައެއް މީހުން އަޅުކަން ކުރަމުން އެދާ އެއްވެސް ފަރާތަކަށް قيامة ދުވަހުން شفاعة އެއް ملك ވެގެން ނުވެއެވެ. ލިބިގެނެއް ނުވެއެވެ. ملائكة ބޭކަލުންނާއި، نبي ބޭކަލުންނަށް އަޅުކަންކުރި މީހުންނަކަށްވެސް އެ ބޭބޭކަލުން شفاعة ތެރި ނުވާނެއެވެ. شفاعة ގެ އެއްވެސް ފައިދާއެއް ކުރާނީ ހަމައެކަނި حقّ އަށް ހެކިވީ ބަޔަކަށެވެ. توحيد އަށް ހެކިވީ ބަޔަކަށެވެ. ﷲ އެއީ އެއްކައުވަންތަ إله ކަން ދެނެތިބެ، އެކަމަށް ހެކިވީ ބަޔަކަށެވެ. (އެހެންވީއިރު، ﷲ ފިޔަވައި އެކި ފަރާތްތަކަށް އަޅުކަންކުރި މީހުންނަށް شفاعة ގެ އެއްވެސް منفع އެއް ނެތެވެ. އެއީ توحيد އަށް ހެކިވީ ބައެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެއީ އެޔާ އިދިކޮޅު ބައެކެވެ. مشرك ންނެވެ.
Verse 87
وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ
Transliteration wala-in sa-altahum man khalaqahum layaqūlunna l-lahu fa-annā yu'fakūna
Dhivehi އޭ رسول الله އެވެ. ކަލޭގެފާނު އެމީހުން ކުރެން يعني އެ مشرك ން ކުރެން އެމީހުން ހެއްދެވީ ކާކުތޯ އަހައިފިއްޔާ، ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. އެހެންވީއިރު އެމީހުން ﷲ އަށް އަޅުކަން خلاص ނުކޮށް، އެހެން ފަރާތްފަރާތަށް އަޅުކަން ކުރުން އެމީހުންނަށް حقّ ވާނީ ކޮންފަދައަކުން ހެއްޔެވެ؟ އެއީ އެމީހުން ހަދާ ބޮޑު ދޮގެކެވެ.
Verse 88
وَقِيلِهِۦ يَـٰرَبِّ إِنَّ هَـٰٓؤُلَآءِ قَوْمٌ لَّا يُؤْمِنُونَ
Transliteration waqīlihi yārabbi inna hāulāi qawmun lā yu'minūna
Dhivehi އަދި ކަލޭގެފާނުންގެ ބަސްފުޅު - يعني رسول الله ﷺ ގެ ބަސްފުޅު "އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މި މީހުން إيمان އެއް ނުވެއެވެ." އެ ބަސްފުޅު ﷲ تعالى ދެނެވޮޑިގެން ވެއެވެ. އެ شكوى ގެ އަޑުފުޅު އެކަލާނގެ އައްސަވާ ވޮޑިގެން ވެއެވެ. (އޭގެ جواب ގައި އެކަލާނގެ وحي ކުރެއްވިއެވެ.)
Verse 89
فَٱصْفَحْ عَنْهُمْ وَقُلْ سَلَـٰمٌ ۚ فَسَوْفَ يَعْلَمُونَ
Transliteration fa-iṣ'faḥ ʿanhum waqul salāmun fasawfa yaʿlamūna
Dhivehi އޭ رسول الله އެވެ. އެމީހުންގެ ފަރާތުން އެނބުރި ހުށަހޮޅިވަޑައިގަންނަވާށެވެ. އަޅައިނުލައްވާށެވެ. އަދި އެމީހުންނަށް ވިދާޅުވާށެވެ. سلام އެވެ. (އެއީ سلام ކުރުމުގެ މާނައިގައި ވާ سلام އެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ؟ އެއީ އެމީހުންގެ ފަރާތުން އަތްދޫކޮށްލުމޭ ބުނާ މާނައިގައި ވާ سلام އެކެވެ.) قيامة ދުވަހުން ނިކަންހުރެ (އެއީ އިދިކޮޅު ކަމުގެ ނަތީޖާ / ވޭންދެނިވި عذاب) އެމީހުންނަށް އެނގިދާނެއެވެ. އެކަމުގެ ރަހަ ދެކޭނެއެވެ.
Read Surah Az-Zukhruf in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.