MyDugsiStart learning

Surah Ash-Shuraa in Dhivehi: translation and audio

Surah 42 · الشورى · The Consultation · 53 verses

Surah Ash-Shuraa verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Ash-Shuraa word by word in English.

Verse 1

حمٓ

Transliteration hha-meem

Dhivehi މި އަކުރުތަކުގެ مراد އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ހަމަ ﷲ އެވެ.

Verse 2

عٓسٓقٓ

Transliteration ain-seen-qaf

Dhivehi މި އަކުރުތަކުގެ مراد އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ހަމަ ﷲ އެވެ.

Verse 3

كَذَٰلِكَ يُوحِىٓ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ

Transliteration kadhālika yūḥī ilayka wa-ilā alladhīna min qablika l-lahu l-ʿazīzu l-ḥakīmu

Dhivehi އޭ رسول الله! ކަލޭގެފާނަށް ﷲ وحي ބާވައިލައްވަނީ ކަލޭގެފާނުންގެ ކުރީގެ نبي ބޭކަލުންނަށްވެސް وحي ބާވައިލެއްވި ފަދައިންނެވެ. (އެއީ توحيد އަށް ގޮވާލެއްވުމާއި، قيامة ދުވަސް އޮތްކަމަށާއި، نبوّة ސާބިތުކޮށްދެއްވުމަށެވެ...) އެ وحي ބާވައިލައްވަނީ عزّة ވަންތަ حكمة ވަންތަ ﷲ ގެ حضرة ންނެވެ.

Verse 4

لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ

Transliteration lahu mā fī l-samāwāti wamā fī l-arḍi wahuwa l-ʿaliyu l-ʿaẓīmu

Dhivehi އުޑުތަކާއި، ބިމުގައި ވާހައި ތަކެތި خاصّ ވެ ملك ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ މަތިވެރިވެ ވޮޑިގެންވާ، މާތްވެގެންވާ، ހައިބަ ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 5

تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِن فَوْقِهِنَّ ۚ وَٱلْمَلَـٰٓئِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِى ٱلْأَرْضِ ۗ أَلَآ إِنَّ ٱللَّهَ هُوَ ٱلْغَفُورُ ٱلرَّحِيمُ

Transliteration takādu l-samāwātu yatafaṭṭarna min fawqihinna wal-malāikatu yusabbiḥūna biḥamdi rabbihim wayastaghfirūna liman fī l-arḍi alā inna l-laha huwa l-ghafūru l-raḥīmu

Dhivehi ﷲ ގެ ކީރިތިވަންތަ ކަމާއި، މާތްކަމުން އުޑުތައް ކުދިކުދިވެ ފަޅަފަޅައިގެންދިއުން ގާތްވެގެން ވެއެވެ. (ނުވަތަ ملائكة ބޭކަލުންގެ ގިނަކަމުން އުޑު ފަޅައިގެންދިއުން ގާތްވެގެން ވެއެވެ. ނުވަތަ ﷲ އަށް ދަރިކަލަކު ވާ ކަމުގައި مشرك ން ބުނާ ނުބައި ބަހުގެ ސަބަބުން އުޑު ފަޅައިގެންދިއުން ގާތްވެގެން ވެއެވެ. މި ތިންގޮތަށް މި އާޔަތް تأويل ކުރައްވައެވެ. والله أعلم)\nއަދި ملائكة ބޭކަލުން އެ ބޭކަލުން ހައްދަވައި ބޮޑުކުރެއްވި ربّ އަށް حمد ކުރުމާއެކު، تسبيح ވިދާޅުވެއެވެ. އަދި ބިންމަތީގައިވާ މީސްތަކުންނަށް ފާފަ ފުއްސެވުމަށް އެ ބޭކަލުން ﷲ ގެ حضرة ގައި ދަންނަވައެވެ. ދަންނާށެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 6

وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ٱللَّهُ حَفِيظٌ عَلَيْهِمْ وَمَآ أَنتَ عَلَيْهِم بِوَكِيلٍ

Transliteration wa-alladhīna ittakhadhū min dūnihi awliyāa l-lahu ḥafīẓun ʿalayhim wamā anta ʿalayhim biwakīlin

Dhivehi އަދި އެކަލާނގެ ފިޔަވައި وليّ ން ތަކެއް (އަޅުކަން ކުރާނޭ ބުދުތަކެއް) ނުވަތަ އެނޫންވެސް އެއްޗެތިތަކެއް إختيار ކުރާ މީހުން ދަންނައެވެ. ﷲ އެމީހުން އެ ކުރާހައި عمل ތަކެއް ބައްލަވައި، ރައްކާތެރިކުރައްވާ ހުއްޓެވެ. (ދެން قيامة ދުވަހުން އެއަށް ފުރިހަމަ ޖަޒާ ދެއްވާ ހުއްޓެވެ.) އަދި އެމީހުންގެ ކަންތައް ބެއްލެވުމަށް حوال ކުރައްވާފައިވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.

Verse 7

وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ قُرْءَانًا عَرَبِيًّا لِّتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ ٱلْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِى ٱلْجَنَّةِ وَفَرِيقٌ فِى ٱلسَّعِيرِ

Transliteration wakadhālika awḥaynā ilayka qur'ānan ʿarabiyyan litundhira umma l-qurā waman ḥawlahā watundhira yawma l-jamʿi lā rayba fīhi farīqun fī l-janati wafarīqun fī l-saʿīri

Dhivehi އަދި ކޮންމެ رسول ބޭކަލަކަށްވެސް އެ ބޭކަލެއްގެ قوم ގެ ބަހުން ތިމަން ރަސްކަލާނގެ وحي ބާވައިލެއްވި ފަދައިން ކަލޭގެފާނަށްވެސް ތިމަން ރަސްކަލާނގެ وحي ބާވައި މި ލެއްވީ ކަލޭގެފާނުންގެ قوم ގެ މީހުންގެ ބަހުންނެވެ. އެއީ عرب ބަހުން ވާ قرآن އެއްގެ ގޮތުންނެވެ. އެއީ مكّة ގެ މީހުންނަށާއި، ދެންވެސް އެރަށް ވަށައިގެން ވާހައި ބަޔަކަށް (އެންމެހައި މީސްތަކުންނަށް) عذاب އަތުވެދާނޭ ކަމުގެ ވާހަކައިން ކަލޭގެފާނު إنذار ކުރައްވައި، ބިރުވެރިކަމުގެ خبر ދެއްވުމަށެވެ. އަދި އެ ދުވަހާމެދު އެއްވެސް ޝައްކެއް ނުވާ قيامة ދުވަހާމެދުވެސް ކަލޭގެފާނު إنذار ކުރެއްވުމަށް ޓަކައެވެ. ފަހެ އެ ދުވަހުން އެއްބަޔަކު ވާނީ (حساب ބެއްލެވުމަށްފަހު) ސުވަރުގޭގައެވެ. އަދި އަނެއް ބަޔަކު ވާނީ ނަރަކައިގައެވެ. އަލިފާނުގައެވެ. (ތިންވަނަ ތަނެއް ނުވެއެވެ.)

Verse 8

وَلَوْ شَآءَ ٱللَّهُ لَجَعَلَهُمْ أُمَّةً وَٰحِدَةً وَلَـٰكِن يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّـٰلِمُونَ مَا لَهُم مِّن وَلِىٍّ وَلَا نَصِيرٍ

Transliteration walaw shāa l-lahu lajaʿalahum ummatan wāḥidatan walākin yud'khilu man yashāu fī raḥmatihi wal-ẓālimūna mā lahum min waliyyin walā naṣīrin

Dhivehi އަދި ﷲ އިރާދަކުރެއްވިނަމަ އެ އެންމެން އެއް أمّة އަކަށް (އެއް دين އަކަށް) ލައްވައިފީހެވެ. އަދި އެހެންނަމަވެސް އެކަލާނގެ އިރާދަކުރެއްވި އަޅަކު އެކަލާނގެ رحمة އަށް ވައްދަވައެވެ. (އެއީ أزل ގައި ދެނެވޮޑިގެންވާ ރަނގަޅު، މާތް މީހުންނެވެ.) އަދި އަނިޔާވެރީން، يعني مشرك ން ދަންނައެވެ. އެމީހުންނަށް އެ ދުވަހުން އެއްވެސް ސަހަރޯވެރިއެއް، އެހީތެރިއެއް، އަދި نصر ވެރިޔަކު ވިޔަސް ނުވެއެވެ.

Verse 9

أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۖ فَٱللَّهُ هُوَ ٱلْوَلِىُّ وَهُوَ يُحْىِ ٱلْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration ami ittakhadhū min dūnihi awliyāa fal-lahu huwa l-waliyu wahuwa yuḥ'yī l-mawtā wahuwa ʿalā kulli shayin qadīrun

Dhivehi އަދި ކިޔެއްހެއްޔެވެ؟ އެ ކާފަރުންގެ މީހުން ﷲ ފިޔަވައި ބުދުތަކެއް إله ން ކަމުގައި ބަލައި إختيار ކޮށް ހެދީއެވެ. حقيقة ގައި ވެރިޔަކީ / إله އަކީ ހަމަ ﷲ އެވެ. (ތަކެތި ދިރުއްވައި، ރިޒުގު ދެއްވައި، ފައިދާވާ ކަންތަކާއި، ގެއްލުންވާ ކަންތައްވެސް ޖައްސަވަނީ ހަމަ އެކަލާނގެއެވެ.) އަދި މަރުވެފައިވާ ތަކެތި ދިރުއްވަނީވެސް ހަމަ އެކަލާނގެއެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.

Verse 10

وَمَا ٱخْتَلَفْتُمْ فِيهِ مِن شَىْءٍ فَحُكْمُهُۥٓ إِلَى ٱللَّهِ ۚ ذَٰلِكُمُ ٱللَّهُ رَبِّى عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

Transliteration wamā ikh'talaftum fīhi min shayin faḥuk'muhu ilā l-lahi dhālikumu l-lahu rabbī ʿalayhi tawakkaltu wa-ilayhi unību

Dhivehi އަދި އެ ކަންކަމުގައި ދެބަސްވެ، إختلاف ވެ، ތިޔަބައިމީހުން އަރައިރުންވާ ކޮންމެ ކަމެއްގެ حكم، އެކަމުގެ حقّ ގޮތް، ﷲ ގެ حضرة ގައި ވެއެވެ. އެކަލާނގެ ފޮތުގައި ވެއެވެ. إسلام دين ގައި ވެއެވެ. އޭ މީސްތަކުންނޭވެ! އެއީ ﷲ އެވެ. އެއީ އަހުރެންގެ ربّ އެވެ. އަހުރެން ބަރޯސާކޮށް، އިތުބާރުކޮށް، وكيل ކޮށް ހަދަނީ ހަމައެކަނި އެކަލާނގެއަށެވެ. އަދި އަހުރެން توبة ވެ رجوع ވަނީވެސް ހަމައެކަނި އެފަރާތަށެވެ.

Verse 11

فَاطِرُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَمِنَ ٱلْأَنْعَـٰمِ أَزْوَٰجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ

Transliteration fāṭiru l-samāwāti wal-arḍi jaʿala lakum min anfusikum azwājan wamina l-anʿāmi azwājan yadhra-ukum fīhi laysa kamith'lihi shayon wahuwa l-samīʿu l-baṣīru

Dhivehi އެކަލާނގެއީ ނެތުމުގެ ތެރެއިން އުޑުތަކާއި، ބިން ހެއްދެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި ތިޔަބައިމީހުންގެ ނަފުސުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް އަނބީންތަކެއް ލެއްވިއެވެ. އަދި نعم ސޫފީގެ ތެރެއިންވެސް އަންހެން / ފިރިހެން ޖޯޑުޖޯޑު ވާގޮތަށް ލެއްވިއެވެ. އަދި އެ نظام ގެ މަތީން، އެކަލާނގެ ތިޔަބައިމީހުން ހައްދަވަމުން ގެންދަވައެވެ. އަދި އެކަލާނގެއާ އެއްފަދަ، އެއް މިސާލުވެވޭ ހަމަ އެކެއްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވާ ވޮޑިގެންވާ، އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެއެވެ.

Verse 12

لَهُۥ مَقَالِيدُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ بِكُلِّ شَىْءٍ عَلِيمٌ

Transliteration lahu maqālīdu l-samāwāti wal-arḍi yabsuṭu l-riz'qa liman yashāu wayaqdiru innahu bikulli shayin ʿalīmun

Dhivehi އުޑުތަކާއި، ބިމުގެ خزانة ތައް، އަދި އެ ތަންތާނގެ ތަޅުދަނޑިތައް ނުވަތަ އެތަންތާނގެ އެންމެހައި ވެރިކަމެއް خاصّ ވެ މިލްކުވެގެން ވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެ ހުރިހާ އެއްޗެއް، އަދި ހުރިހާކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ.

Verse 13

۞ شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًا وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِۦٓ إِبْرَٰهِيمَ وَمُوسَىٰ وَعِيسَىٰٓ ۖ أَنْ أَقِيمُوا۟ ٱلدِّينَ وَلَا تَتَفَرَّقُوا۟ فِيهِ ۚ كَبُرَ عَلَى ٱلْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ ٱللَّهُ يَجْتَبِىٓ إِلَيْهِ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَن يُنِيبُ

Transliteration sharaʿa lakum mina l-dīni mā waṣṣā bihi nūḥan wa-alladhī awḥaynā ilayka wamā waṣṣaynā bihi ib'rāhīma wamūsā waʿīsā an aqīmū l-dīna walā tatafarraqū fīhi kabura ʿalā l-mush'rikīna mā tadʿūhum ilayhi l-lahu yajtabī ilayhi man yashāu wayahdī ilayhi man yunību

Dhivehi އޭ رسول الله އެވެ! ތިޔަބައިމީހުންނަށް، އެބަހީ محمّد ﷺ ގެ أمّة އަށް ތިމަން ރަސްކަލާނގެ شرع ކުރައްވައި ކަނޑައެޅުއްވީ (دين ގެ أصول ތަކުގެ ތެރެއިން) نوح عليه السلام އަށްވެސް ހަމަ وصيّة ކުރައްވައި، أمر ކުރެއްވި ކަންކަމެވެ. (އެއީ ﷲ އެއްކައުވަންތަކުރުމާއި، إيمان ކަމާއި، رسول ންނަށް ކިޔަމަންތެރިވުމާއި، ދީނުގެ ގައި ދެންހުރި ކަންކަން قائم ކުރުމަށެވެ.) އަދި ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާއި، އަދި އެ ކަންކަމުން ތިމަން ރަސްކަލާނގެ إبراهيم ގެފާނަށާއި، موسى ގެފާނަށައި، އަދި عيسى ގެފާނަށް (عليهم السّلام) وصيّة ކުރައްވައި أمر ކުރެއްވި ކަންކަމަކީ ހުރިހާ ބޭކަލުންވެސް دين قائم ކުރެއްވުމެވެ. (އެއީ توحيد އާއި، إيمان ކަމާއި، رسول ބޭކަލުންނަށް ކިޔަމަން ވުމާއި، ނަމާދު قائم ކޮށް زكاة ދީހެދުމާއި، شريعة ގައި ދެންވެސް ހުރި مقصد ތައް قائم ކުރުމެވެ.) އަދި އެ ކަންކަމުގައި ތިޔަބޭކަލުން (މައިގަނޑު اصل ގައި) ތަފާތުވެ خلافވެވަޑައިނުގަންނަވާށެވެ! ބައިބައިވެވަޑައިނުގަންނަވާހުށިކަމެވެ! އަދި އެ مشرك ންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތައް އެމީހުންނަށް ވަރަށް ބޮޑު ކަމަކަށް ވެއްޖެއެވެ. (ބުދަށް އަޅުކަން ކުރުން ދޫކޮށް، لا إله إلاّ الله محمّد رسول الله މި كلمة ފުޅަށް ސީދާވުމަށެވެ. ހަމައެކަނި ﷲ އަށް އަޅުކަން إخلاص ތެރިކުރުމަށެވެ. ކަލޭގެފާނު ދައްކަވާ ފަދައަކުން އަޅުކަން ކުރުމަށެވެ.) އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ دين އަށް ވަނުމަށް خاصّ ކުރައްވައި، އެކަމަށް توفيق ދެއްވައެވެ. އަދި އެކަލާނގެ حضرة އަށް رجوع ވެ، توبة ވެއްޖެ އަޅަކަށް އެކަލާނގެ މަގަށް، إسلام دين ގެ މަގަށް، ތެދުމަގު ދައްކަވައި هداية ދައްކަވައެވެ.

Verse 14

وَمَا تَفَرَّقُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ إِلَىٰٓ أَجَلٍ مُّسَمًّى لَّقُضِىَ بَيْنَهُمْ ۚ وَإِنَّ ٱلَّذِينَ أُورِثُوا۟ ٱلْكِتَـٰبَ مِنۢ بَعْدِهِمْ لَفِى شَكٍّ مِّنْهُ مُرِيبٍ

Transliteration wamā tafarraqū illā min baʿdi mā jāahumu l-ʿil'mu baghyan baynahum walawlā kalimatun sabaqat min rabbika ilā ajalin musamman laquḍiya baynahum wa-inna alladhīna ūrithū l-kitāba min baʿdihim lafī shakkin min'hu murībin

Dhivehi އެމީހުންގެ ގާތަށް (އެބަހީ އިސްވެދިޔަ أمّة ތަކުގެ މީހުން ނުވަތަ يهودي ންނާއި، نصارى އިންނާއި، އަދި قريش ންގެގާތަށް) ބަޔާންވެގެންވާ علم އައުމަށްފަހުގައި މެނުވީ އެމީހުން ވަކިވަކިވީ ކަމުގައި ނުވެއެވެ. އެއީ އެމީހުންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، حسد ވެރިކަމުންނެވެ. އަދި ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ން كلمة އެއް އިސްވެ ގޮސްފައި ނުވާނަމަ (އެބަހީ عذاب ދެއްވައި، عقوبة ދެއްވުން ވަކި މުއްދަތަކަށް ފަސްކުރެއްވުމުގެ ބަސްފުޅު ނުވާނަމަ) ހަމަކަށަވަރުން އެމީހުންގެ މެދުގައި ދުނިޔޭގައިވެސް ނިޔާކުރައްވައި ނިންމަވައިފީހެވެ. އަދި ހަމަކަށަވަރުން އެމީހުންގެ ފަހުން (އެބަހީ އިސްވެދިޔަ أمّة ތަކުގެ ފަހުން، ނުވަތަ نصارى އިންނާއި، يهودي ންގެ ފަހުން) ފޮތް ވާރުތަކުރި މީހުން އެ ވަނީ އެ قرآن އާމެދު ނުވަތަ محمّد ﷺ އާމެދު ކަށަވަރުންވެސް ޝައްކެއްގައެވެ.

Verse 15

فَلِذَٰلِكَ فَٱدْعُ ۖ وَٱسْتَقِمْ كَمَآ أُمِرْتَ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ ۖ وَقُلْ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَـٰبٍ ۖ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ ۖ ٱللَّهُ رَبُّنَا وَرَبُّكُمْ ۖ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ ۖ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ ۖ ٱللَّهُ يَجْمَعُ بَيْنَنَا ۖ وَإِلَيْهِ ٱلْمَصِيرُ

Transliteration falidhālika fa-ud'ʿu wa-is'taqim kamā umir'ta walā tattabiʿ ahwāahum waqul āmantu bimā anzala l-lahu min kitābin wa-umir'tu li-aʿdila baynakumu l-lahu rabbunā warabbukum lanā aʿmālunā walakum aʿmālukum lā ḥujjata baynanā wabaynakumu l-lahu yajmaʿu baynanā wa-ilayhi l-maṣīru

Dhivehi އޭ رسول الله އެވެ! އެކަމަށް ޓަކައި (އެބަހީ ބައިބައިވެ، ވަކިވީ ކަމަށް ޓަކައި ނުވަތަ قرآن އާމެދު ނުވަތަ رسول الله ﷺ އާމެދު ޝައްކު ކުރި ކަމަށް ޓަކައި) ކަލޭގެފާނު އެމީހުންނަށް (إسلام دين ގެ މަގަށް) ގޮވައިލައްވާށެވެ! އަދި އެ دين މަތީ ސާބިތުކަމާއެކު ސީދާކޮށް ހުންނަވާށެވެ! އެއީ ކަލޭގެފާނަށް ﷲ أمر ކުރެއްވި ފަދައިންނެވެ. އަދި އެމީހުންގެ އަމިއްލަ އެދުންތަކާ تبع ވެވަޑައިނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެން މިވަނީ ބާވައިލެއްވި އެންމެހައި ފޮތަކަށް إيمان ވެގެންނެވެ. (ނުވަތަ ފޮތުގައި ބާވައިލެއްވި އެންމެހައި ތަކެއްޗަށް إيمان ވެގެންނެވެ.) އަދި އަހުރެންނަށް أمر ވެވިގެން ވަނީ (ﷲ ގެ حكم ގައި) ތިޔަބައިމީހުންގެ މެދުގައި عدل ވެރިވުމަށެވެ. އަދި ﷲ އެއީ އަހުރެމެންނާއި، އަދި ތިޔަބައިމީހުންގެ ربّ އެވެ. އަހުރެމެން ކުރި عمل އެއްގެ ދަރުމަޔާއި، ثواب ނުވަތަ عذاب ހުންނަހުށީ ހަމަ އަހުރެމެންނަށެވެ. އަދި ތިޔަބައިމީހުން ކުރި عمل އެއްގެ ދަރުމަޔާއި، ثواب ނުވަތަ عذاب ހުންނަހުށީ ހަމަ ތިޔަބައިމީހުންނަށެވެ. އަހުރެމެންނާއި، ތިޔަބައިމީހުންނާ ދެމެދު حجّة قائم ކޮށް، އަރައިރުންވުމެއް ދެން ނެތެވެ. (ކަންތައްތައް މި ހުރީ އަލިވެ ސާފުވެފައެވެ.) އަދި قيامة ދުވަހުން އެއް ميدان އަކަށް ﷲ އަހުރެމެން އެންމެން جمع ކުރައްވާ ހުއްޓެވެ. އަދި އަހުރެމެން އެނބުރި ދިއުން ވަނީ ހަމަ އެކަލާނގެ حضرة އަށެވެ.

Verse 16

وَٱلَّذِينَ يُحَآجُّونَ فِى ٱللَّهِ مِنۢ بَعْدِ مَا ٱسْتُجِيبَ لَهُۥ حُجَّتُهُمْ دَاحِضَةٌ عِندَ رَبِّهِمْ وَعَلَيْهِمْ غَضَبٌ وَلَهُمْ عَذَابٌ شَدِيدٌ

Transliteration wa-alladhīna yuḥājjūna fī l-lahi min baʿdi mā us'tujība lahu ḥujjatuhum dāḥiḍatun ʿinda rabbihim waʿalayhim ghaḍabun walahum ʿadhābun shadīdun

Dhivehi ﷲ ގެ دين އަށް އިޖާބަދެވުމަށްފަހު، އެބަހީ އެދީނަށް މީސްތަކުން ވަދެ ހަމަޖެހުމަށްފަހު ދެން ﷲ ގެ دين އާމެދު ދެކޮޅުހަދައި، حجّة قائم ކުރާ މީހުން ދަންނައެވެ. އެމީހުންގެ އެ حجّة ތަކާއި، دليل ތައް އެމީހުންގެ ربّ ގެ حضرة ގައި އެ ވަނީ باطل ވެ، ބޭކާރުވެގެންނެވެ. އަދި އެމީހުންގެ މައްޗަށް އެވަނީ ﷲ ގެ ކޯފާއެވެ. އެއީ އަދި ދުނިޔޭގައެވެ. އަދި آخرة ގައި އޭގެ އިތުރަށް އެމީހުންނަށް ގަދަވެގެންވާ عذاب ހުއްޓެވެ.

Verse 17

ٱللَّهُ ٱلَّذِىٓ أَنزَلَ ٱلْكِتَـٰبَ بِٱلْحَقِّ وَٱلْمِيزَانَ ۗ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٌ

Transliteration al-lahu alladhī anzala l-kitāba bil-ḥaqi wal-mīzāna wamā yud'rīka laʿalla l-sāʿata qarībun

Dhivehi ﷲ އެއީ رسول ންނަށް حقّ ގޮތުގައި ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި حقّ ގޮތުގައި ميزان ބާވައިލެއްވި ކަލާނގެއެވެ. (އެބަހީ عدل ވެރިކަން، ނުވަތަ عدل އިންސާފުކުރެވޭނޭ ގޮތް ބާވައިލެއްވިއެވެ.) އަދި قيامة ގާއިމުވުން ދާދި ގާތްވެގެން ވުން أمّيد ކުރެވެއެވެ. އެކަން ކަލޭގެފާނަށް އަންގަވައިދެއްވީ ކޮން ކަމެއް ހެއްޔެވެ؟

Verse 18

يَسْتَعْجِلُ بِهَا ٱلَّذِينَ لَا يُؤْمِنُونَ بِهَا ۖ وَٱلَّذِينَ ءَامَنُوا۟ مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا ٱلْحَقُّ ۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِى ٱلسَّاعَةِ لَفِى ضَلَـٰلٍۭ بَعِيدٍ

Transliteration yastaʿjilu bihā alladhīna lā yu'minūna bihā wa-alladhīna āmanū mush'fiqūna min'hā wayaʿlamūna annahā l-ḥaqu alā inna alladhīna yumārūna fī l-sāʿati lafī ḍalālin baʿīdin

Dhivehi އަދި قيامة ދުވަހަށް އީމާން ނުވާ މީހުން (މަލާމާތް ކުރުމާއި، އިންކާރުކުރުމުގެ ގޮތުން) އެ ދުވަސް އަވަސްވުމަށް އެދެއެވެ. އަދި އެދުވަހަށް إيمان ވީ މީހުން އެ ދުވަހާމެދު ބިރުވެތިވެ، ފެންކަޅިވެގެން ވެއެވެ. އަދި އެ ދުވަސް އެއީ ކަށަވަރުން، حقّ ދުވަހެއްކަން (އެދުވަހުގެ ކަންކަމަކީ حقّ ކަންތައް ކަން) އެމީހުން ރަނގަޅަށް ދަނެއެވެ. قبول ކުރެއެވެ. އަދި ދަންނައެވެ. ހަމަކަށަވަރުން އެ ދުވަހާމެދު އިންކާރުކޮށް جدل ކުރާ މީހުން އެ ވަނީ ކަނޑައެޅިގެން ވަރަށް ދުރަށް މަގުފުރެދި، ވާވަދެފައެވެ.

Verse 19

ٱللَّهُ لَطِيفٌۢ بِعِبَادِهِۦ يَرْزُقُ مَن يَشَآءُ ۖ وَهُوَ ٱلْقَوِىُّ ٱلْعَزِيزُ

Transliteration al-lahu laṭīfun biʿibādihi yarzuqu man yashāu wahuwa l-qawiyu l-ʿazīzu

Dhivehi ﷲ އެއީ އެކަލާނގެ އަޅުތަކުންނަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ރިޒުގު ތަނަވަސް ކޮށްދެއްވައެވެ. (އަދި އިރާދަކުރެއްވި އަޅަކަށް މަދުކުރައްވައެވެ.) އަދި އެކަލާނގެއީ ނުހަނު ގަދަފަދަ ވަންތަ، عزّة ވަންތަ ކަލާނގެއެވެ.

Verse 20

مَن كَانَ يُرِيدُ حَرْثَ ٱلْـَٔاخِرَةِ نَزِدْ لَهُۥ فِى حَرْثِهِۦ ۖ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِن نَّصِيبٍ

Transliteration man kāna yurīdu ḥartha l-ākhirati nazid lahu fī ḥarthihi waman kāna yurīdu ḥartha l-dun'yā nu'tihi min'hā wamā lahu fī l-ākhirati min naṣībin

Dhivehi آخرة ދުވަހުގެ ދަރުމަޔާއި، ثواب އެދިގެން މަސައްކަތްކުރާ މީހާއަށް ތިމަން ރަސްކަލާނގެ އޭނާއަށް ދަރުމަޔާއި، ثواب އިތުރުކޮށްދެއްވާ ހުށީމެވެ. އަދި ދުނިޔޭގެ حياة ގެ އަރާމާއި، މަޖާ އެދިގެން މަސައްކަތްކުރާ މީހާ ދަންނައެވެ. ތިމަން ރަސްކަލާނގެ އޭނާއަށް އެ ދުނިޔެއިން (ދެއްވަން ނިންމަވާފައިވާ ވަރަކަށް) ދެއްވާހުށީމެވެ. އަދި آخرة ދުވަހުން އޭނާއަކަށް އެއްވެސް ނަސީބެއް، އެއްވެސް އެއްޗެއް ނުވެއެވެ. ހެޔޮކަމެއް ނުވެއެވެ.

Verse 21

أَمْ لَهُمْ شُرَكَـٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ وَلَوْلَا كَلِمَةُ ٱلْفَصْلِ لَقُضِىَ بَيْنَهُمْ ۗ وَإِنَّ ٱلظَّـٰلِمِينَ لَهُمْ عَذَابٌ أَلِيمٌ

Transliteration am lahum shurakāu sharaʿū lahum mina l-dīni mā lam yadhan bihi l-lahu walawlā kalimatu l-faṣli laquḍiya baynahum wa-inna l-ẓālimīna lahum ʿadhābun alīmun

Dhivehi އެކަންކަމަށް ﷲ އިޒުނަ ދެއްވާފައި ނުވާ ކަންކަން ދީނުގައި شرع ކޮށް (ދީނަށް އުނިއިތުރުކޮށް) ހަދާނޭ ބައިވެރީންތަކެއް (شرك ތަކާއި، بدعة ތައް އުފައްދާނޭ ބައިވެރީންތަކެއް) އެބައިމީހުންނަށް ފަހެ ވަނީ ހެއްޔެވެ؟ އަދި فيصلة ކުރެއްވުމާއި، ނިޔާކުރެއްވުން ލަސްކުރެއްވުމުގެ ބަސްފުޅު ނުވާނަމަ (ދުނިޔޭގައިވެސް) އެމީހުންގެ މެދުގައި فيصلة ކުރެވި، ނިޔާކުރެވި ނިމިއްޖައީހެވެ. އަދި ހަމަކަށަވަރުން އަނިޔާވެރީންނަށް ހުރީ ކަނޑައެޅިގެން ވޭންދެނިވި عذاب އެވެ.

Verse 22

تَرَى ٱلظَّـٰلِمِينَ مُشْفِقِينَ مِمَّا كَسَبُوا۟ وَهُوَ وَاقِعٌۢ بِهِمْ ۗ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فِى رَوْضَاتِ ٱلْجَنَّاتِ ۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ

Transliteration tarā l-ẓālimīna mush'fiqīna mimmā kasabū wahuwa wāqiʿun bihim wa-alladhīna āmanū waʿamilū l-ṣāliḥāti fī rawḍāti l-janāti lahum mā yashāūna ʿinda rabbihim dhālika huwa l-faḍlu l-kabīru

Dhivehi قيامة ދުވަހުން ކަލޭގެފާނު، އަނިޔާވެރީންތައް ދެކެވަޑައިގަންނަވާނީ ބިރުން ސިހި، ފެންކަޅިވެގެން ވާތީއެވެ. އެއީ އެމީހުން ދުނިޔޭގައި އުޅުނުއިރު ކުރި ކަންތައްތަކުގެ ސަބަބުންނެވެ. އެ عمل ތަކުގެ ނަތީޖާ އެމީހުންނަށް މިހާރު އެވަނީ ދިމާވެފައެވެ. އޭގެ ފުރިހަމަ ޖަޒާގެ ތެރެއަށް ވަދެވިފައެވެ. އެއީ عذاب އެވެ. އަދި ﷲ އަށް إيمان ވެ، ހެޔޮލަފާކޮށް އުޅުނު މީހުން - صالح عمل ކުރި މީހުން - قيامة ދުވަހުން ވާހުށީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރޭގައެވެ. ހިތަށް ގެންނަންވެސް ނޭނގޭހައި ތަނަވަސް نعمة ގައެވެ. އެމީހުން އެދޭހައި ކަމެއް އެމީހުންގެ ربّ ގެ حضرة ން އެމީހުންނަށް ހުންނަ ހުއްޓެވެ. އަދި ބޮޑުވެގެންވާ މާތްކަމާއި، كرامة އަކީ އެއީއެވެ.

Verse 23

ذَٰلِكَ ٱلَّذِى يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا إِلَّا ٱلْمَوَدَّةَ فِى ٱلْقُرْبَىٰ ۗ وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُۥ فِيهَا حُسْنًا ۚ إِنَّ ٱللَّهَ غَفُورٌ شَكُورٌ

Transliteration dhālika alladhī yubashiru l-lahu ʿibādahu alladhīna āmanū waʿamilū l-ṣāliḥāti qul lā asalukum ʿalayhi ajran illā l-mawadata fī l-qur'bā waman yaqtarif ḥasanatan nazid lahu fīhā ḥus'nan inna l-laha ghafūrun shakūrun

Dhivehi އެ މާތްކަމާއި، كرامة އަކީ إيمان ވެގެން صالح عمل ތައް ކުރި، ﷲ ގެ މާތް އަޅުތަކުންނަށް ލިބޭނޭ ކަމަށް ﷲ بشارة ދެއްވާފައިވާ ތަކެއްޗެވެ. (އޭ رسول الله އެވެ!) ކަލޭގެފާނު (قريش ންނަށް) ވިދާޅުވާށެވެ! އަހުރެންގެ މި رسالة ތިޔަބައިމީހުންނަށް އިއްވައިދިނުމަކަށް ތިޔަބައިމީހުންގެ އަތުން އެއްވެސް أجور އަކަށް، ޓެކުހަކަށް ނޭދެމެވެ. ހަމައެކަނި އެދޭހާވެސް ކަމަކީ ތިމާގެކަމާއި، ގާތްކަމުގެ ލޯތްބެވެ. (އެއީ މި رسالة މީސްތަކުންނަށް އިއްވައިދެވޭންދެން ތިޔަބައިމީހުންގެ ގާތްކަމުގެ حماية އެވެ. عربى ންގެ އެހެން މީހުންނަށްވުރެ އަހުރެން ރައްކާތެރިކޮށް، ބެލެހެއްޓުމަށް أولى ވެގެންވަނި ހަމަ ތިޔަބައިމީހުންނެވެ. ފަހެ قريش ވަންހައިގެ ކޮންމެ ދަރިކޮޅަކާވެސް رسول الله ﷺ ގެ ތިމާގެކަމުގެ ގުޅުން އޮވެއެވެ.) ދެންފަހެ ހެޔޮކަމުގެ ތެރެއިން ކަމެއް ކޮށްފި މީހަކަށް ތިމަން ރަސްކަލާނގެ އެކަމުގެ ދަރުމަޔާއި، ثواب އެތައް ގުނަޔަކަށް އިތުރުކޮށްދެއްވާ ހުށީމެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، އަދި އަޅުތަކުންގެ ހެޔޮ عمل ތަކަށް شكر ކުރައްވާ ކަލާނގެއެވެ.

Verse 24

أَمْ يَقُولُونَ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا ۖ فَإِن يَشَإِ ٱللَّهُ يَخْتِمْ عَلَىٰ قَلْبِكَ ۗ وَيَمْحُ ٱللَّهُ ٱلْبَـٰطِلَ وَيُحِقُّ ٱلْحَقَّ بِكَلِمَـٰتِهِۦٓ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ

Transliteration am yaqūlūna if'tarā ʿalā l-lahi kadhiban fa-in yasha-i l-lahu yakhtim ʿalā qalbika wayamḥu l-lahu l-bāṭila wayuḥiqqu l-ḥaqa bikalimātihi innahu ʿalīmun bidhāti l-ṣudūri

Dhivehi އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ބުނަނީ ހެއްޔެވެ؟ އެބަހީ ކާފިރުންގެ މީހުންގަނޑު ބުނަނީ ހެއްޔެވެ؟ ﷲ ގެ މައްޗަށް محمّد ﷺ ދޮގު ހެދީއެވެ. (އެބަހީ އެކަލޭގެފާނު ނަބީކަމުގެ دعوى އެ ކުރައްވަނީ އެއީ ދޮގެކެވެ.) އެބައިމީހުންގެ އެ ބަހަށް ﷲ جواب ދެއްވަނީ މިފަދައިންނެވެ. ފަހެ ﷲ އިރާދަކުރައްވައިފިއްޔާ ކަލޭގެފާނުގެ ހިތްޕުޅު މަތީގައި ސިއްކަ ޖައްސަވައިފީހެވެ. (އޭރުން އެއްވެސް އެއްޗެއް އެ ހިތުގެ ތެރެއަށް ވަދެ-ނިކުމެ ނުވާނެއެވެ.) އަދި އެކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅުގައިވާ باطل އެއްޗެހި ފޮހެލައްވައިފީހެވެ. އަދި حقّ ސާބިތުކުރައްވާ ބަޔާންކުރައްވައިފީހެވެ. އެއީ އެކަލާނގެ ކީރިތި قرآن ގައި ބާވައިލައްވާފައިވަ ކަލިމަފުޅުތަކުންނެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގެ އަޑީގައިވާ ތަކެތިވެސް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

Verse 25

وَهُوَ ٱلَّذِى يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَعْفُوا۟ عَنِ ٱلسَّيِّـَٔاتِ وَيَعْلَمُ مَا تَفْعَلُونَ

Transliteration wahuwa alladhī yaqbalu l-tawbata ʿan ʿibādihi wayaʿfū ʿani l-sayiāti wayaʿlamu mā tafʿalūna

Dhivehi އަދި އެކަލާނގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވާ، އަދި ކުށްފާފަތައް عفوء ކުރައްވަނީ ހަމަ އެކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރާހައި ކަމެއް އެކަލާނގެ ދެނެވޮޑިގެން ވެއެވެ.

Verse 26

وَيَسْتَجِيبُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَيَزِيدُهُم مِّن فَضْلِهِۦ ۚ وَٱلْكَـٰفِرُونَ لَهُمْ عَذَابٌ شَدِيدٌ

Transliteration wayastajību alladhīna āmanū waʿamilū l-ṣāliḥāti wayazīduhum min faḍlihi wal-kāfirūna lahum ʿadhābun shadīdun

Dhivehi އަދި އީމާންވެ، صالح ޢަމަލުކުރި މީސްތަކުންނަށް އެމީހުންގެ دعاء އިޖާބަކުރައްވަނީވެސް ހަމަ އެކަލާނގެއެވެ. އަދި އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެމީހުންނަށް ދަރުމަޔާއި، ސަވާބު އިތުރުކޮށްދެއްވައެވެ. އަދި ކާފިރުންގެ މީހުން ދަންނައެވެ. އެމީހުންނަށް ޤިޔާމަތް ދުވަހުން ހުރީ ގަދަވެގެންވާ ޢަޒާބެވެ.

Verse 27

۞ وَلَوْ بَسَطَ ٱللَّهُ ٱلرِّزْقَ لِعِبَادِهِۦ لَبَغَوْا۟ فِى ٱلْأَرْضِ وَلَـٰكِن يُنَزِّلُ بِقَدَرٍ مَّا يَشَآءُ ۚ إِنَّهُۥ بِعِبَادِهِۦ خَبِيرٌۢ بَصِيرٌ

Transliteration walaw basaṭa l-lahu l-riz'qa liʿibādihi labaghaw fī l-arḍi walākin yunazzilu biqadarin mā yashāu innahu biʿibādihi khabīrun baṣīrun

Dhivehi އަދި ﷲ އެކަލާނގެ އަޅުތަކުންނަށް ރިޒުގު ތަނަވަސްކޮށްލައި، ގިނަކޮށްލެއްވި ނަމަ، ހަމަކަށަވަރުން އެބައިމީހުން ބިމުގައި ބޮޑާވެ، އުރެދިގެންފީހެވެ. އަދި އެހެންނަމަވެސް، ﷲ އެކަލާނގެ އެދިވޮޑިގެންނެވި މިންވަރަކަށް ވަކި ހިސާބެއްގެ މަތީން އެކަލާނގެ އެ ރިޒުގު ބާވައިލައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ އެންމެހައި حال ތަކެއްގެ خبر ދެނެވޮޑިގެންވާ، އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެއެވެ.

Verse 28

وَهُوَ ٱلَّذِى يُنَزِّلُ ٱلْغَيْثَ مِنۢ بَعْدِ مَا قَنَطُوا۟ وَيَنشُرُ رَحْمَتَهُۥ ۚ وَهُوَ ٱلْوَلِىُّ ٱلْحَمِيدُ

Transliteration wahuwa alladhī yunazzilu l-ghaytha min baʿdi mā qanaṭū wayanshuru raḥmatahu wahuwa l-waliyu l-ḥamīdu

Dhivehi އަދި އެކަލާނގެއީ ވާރޭފެން މަދުވެގެން خلق ތަކުން ނާއުއްމީދު ވުމަށްފަހު ވާރޭފެން ވެއްސަވާ ކަލާނގެއެވެ. އަދި އެކަލާނގެ ވާރޭފެނުގެ ރަޙުމަތް އެކަލާނގެ އެދިވޮޑިގެންނެވި ހުރިހާ ތަނަކަށް ފަތުރުއްވައެވެ. އަދި އެކަލާނގެއީ މުއުމިނު އަޅުތަކުންނަށް ސަހަރޯވެރިވެ ވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއީ އެކަލާނގެ ދެއްވި އެންމެހައި ނިޢުމަތްތަކަށް حمد ލިބިވޮޑިގެންވާ ކަލާނގެއެވެ.

Verse 29

وَمِنْ ءَايَـٰتِهِۦ خَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَثَّ فِيهِمَا مِن دَآبَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَآءُ قَدِيرٌ

Transliteration wamin āyātihi khalqu l-samāwāti wal-arḍi wamā batha fīhimā min dābbatin wahuwa ʿalā jamʿihim idhā yashāu qadīrun

Dhivehi އަދި އުޑުތަކާއި، ބިން ހައްދަވައި، އެ ތަންތަނަށް ދިރޭ އެންމެހައި ތަކެތި ހައްދަވައި، ފެތުރުއްވުން ވަނީ އެކަލާނގެ قدرة ތެރި ކަމުގެ އަލާމާތްތަކުގެ ތެރެއިންނެވެ. އަދި އެ ތަކެތި އެކަލާނގެ އިރާދަކުރައްވައިފީ ވިއްޔާ އިރާދަކުރައްވާ ވަގުތަކުން محشر ކުރައްވައި، ޖަމާކުރެއްވުމަށްވެސް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.

Verse 30

وَمَآ أَصَـٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ

Transliteration wamā aṣābakum min muṣībatin fabimā kasabat aydīkum wayaʿfū ʿan kathīrin

Dhivehi އަދި ތިޔަބައިމީހުންނަށް ދިމާވާ ކޮންމެ مصيبة އަކީ ތިޔަބައިމީހުން އަތްތަކުން (އެބަހީ ތިޔަބައިމީހުންގެ ގުނަވަންތަކުން) ކުރި ކަންތަކުގެ ސަބަބުން ދިމާވާ مصيبة އެވެ. އެ ކަންކަމުގެ ޢުޤޫބާތުގެ ގޮތުންނެވެ. އަދި މީސްތަކުން ކުރާ ނުބައި ކަންތަކުގެ ގިނަ ފާފަ އެކަލާނގެ ފުއްސަވައި، ޢަފޫކުރައްވައެވެ.\nނޯޓު: މުއުމިނު އަޅާ ކުރި ފާފައެއްގެ ސަބަބުން ނޫނަސް، ބައެއް ފަހަރު އޭނާއަށް مصيبة ޖެހެއެވެ. ފަހެ އެއީ އޭނާއަށް ދިމާކުރައްވާ އިމްތިޙާނެކެވެ. އަދި އެފަދަ ކަންތަކަށް އެކަލާނގެ ތަޤުދީރުގައިވާ ފަދައަކުން އޭނާއަށް ދަރުމަޔާއި، ސަވާބު ދެއްވައެވެ. والله أعلم.

Verse 31

وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ

Transliteration wamā antum bimuʿ'jizīna fī l-arḍi wamā lakum min dūni l-lahi min waliyyin walā naṣīrin

Dhivehi އަދި ތިޔަބައިމީހުންނަކީ ބިމުގައި ނުކުޅައްދާލެވޭނޭ ބަޔަކު ކަމުގައި ނުވެއެވެ. (އެބަހީ ﷲ ގެ ޢަޒާބާއި، ކޯފާއިން، އަދި އެކަލާނގެ ޖައްސަވާ مصيبة އަކުން ދުރަށް ފިލައިގެން ދެވޭނޭ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެއެވެ. އަދި ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިޔަކުވެސް، އަދި ނަސްރުދޭނޭ މީހަކު ވިޔަސް ތިޔަބައިމީހުންނަކަށް ނުވެއެވެ.

Verse 32

وَمِنْ ءَايَـٰتِهِ ٱلْجَوَارِ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ

Transliteration wamin āyātihi l-jawāri fī l-baḥri kal-aʿlāmi

Dhivehi އަދި ކަނޑުގައި ބޮޑެތި ފަރުބަދަ ގޮތަށް ނުވަތަ ބޮޑެތި ޢިމާރާތް ފަދައިން ފެންނަ (ދުވެފައިދާ) ނައު / އުޅަނދުފަހަރު ކަނޑުގައި ދުވަމުން ދިއުމަކީ އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ޢަލާމާތްތަކާއި، ހެކިތަކުގެ ތެރެއިން ވާ ކަމެކެވެ.

Verse 33

إِن يَشَأْ يُسْكِنِ ٱلرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَىٰ ظَهْرِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ

Transliteration in yasha yus'kini l-rīḥa fayaẓlalna rawākida ʿalā ẓahrihi inna fī dhālika laāyātin likulli ṣabbārin shakūrin

Dhivehi އަދި އެކަލާނގެ އެދިވޮޑިގެންފީ ވިއްޔާ އެ ނައުފަހަރު ދުވުމުގެ ސަބަބެއް ކަމުގައިވާ ވައި ހުއްޓުވައި، ވައި އެއްގޮތަކަށް ނުޖެހޭ ގޮތް ހައްދަވައިފާނެއެވެ. ދެން އޭރުން ކަނޑުމަތީގައި އެތަކެތި އެއްވެސް ޙަރަކާތެއް ނެތި (އެފަހަރަކު ޖެހޭ އޮޔަކަށް ގޮސްގޮސް) ހުރެދެއެވެ. ހަމަކަށަވަރުން އެ ކަންތަކުގައިވެސް ބަލާތަކާއި، މުސީބާތްތަކަށް ގިނަގިނައިން ކެތްކޮށް ﷲ ގެ نعمة ތަކަށް ގިނަގިނައިން ޝުކުރުކުރާ ކޮންމެ މީހަކަށް ކަނޑައެޅި ބަޔާންވެގެން ދަލީލު ވެއެވެ. (އެބަހީ ﷲ ވޮޑިގެން ވާކަމާއި، ކުޅަދުންވަންތަ ކަމުގެ ގަދަވެގެންވާ ދަލީލާއި، حجّة ވެއެވެ.)

Verse 34

أَوْ يُوبِقْهُنَّ بِمَا كَسَبُوا۟ وَيَعْفُ عَن كَثِيرٍ

Transliteration aw yūbiq'hunna bimā kasabū wayaʿfu ʿan kathīrin

Dhivehi ނުވަތަ އެބައިމީހުން ކުރި ފާފަތަކުގެ ސަބަބުން ވައި ބާރުވެ، ކަނޑު ގަދަވެ، އެ އުޅަނދުފަހަރު ހަލާކު ކުރައްވައި، غرق ކުރެއްވުމަށް އެކަލާނގެ އެދިވޮޑިގެންފީ ވިއްޔާ އެހެންވެސް ހައްދަވައެވެ. އަދި އެބައިމީހުންގެ ފާފައިގެ ތެރެއިން ވަރަށް ގިނަ ފާފަ އެކަލާނގެ ނުހިއްޕަވައި عفوء ކުރައްވައެވެ.

Verse 35

وَيَعْلَمَ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِنَا مَا لَهُم مِّن مَّحِيصٍ

Transliteration wayaʿlama alladhīna yujādilūna fī āyātinā mā lahum min maḥīṣin

Dhivehi އަދި ތިމަން ރަސްކަލާނގެ އާޔަތްތަކާމެދު ދެކޮޅުހަދައި، جدل ކޮށްއުޅޭ މީސްތަކުންނަށް އެފަދަ ވަޤުތުގައި އެބައިމީހުން ފިލައިގެން، ސަލާމަތްވާން ދާނޭ ތަނެއް ދެން ނެތްކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ.

Verse 36

فَمَآ أُوتِيتُم مِّن شَىْءٍ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

Transliteration famā ūtītum min shayin famatāʿu l-ḥayati l-dun'yā wamā ʿinda l-lahi khayrun wa-abqā lilladhīna āmanū waʿalā rabbihim yatawakkalūna

Dhivehi ރިޒުގުގެ ތަނަވަސްކަމާއި، މުއްސަނދިކަމުގެ ތެރެއިން ތިޔަބައިމީހުންނަށް ދެވުނުކޮންމެ އެއްޗަކީ، ކޮންމެ نعمة އަކީ، އެއީ ދުނިޔޭގެ حياة ގައި ބޭނުންކޮށްލެވޭ ދާދި ކުޑަ އެއްޗެކެވެ. ދާދި އަވަހަށް ފިލައިދަނިވި އެއްޗެކެވެ. އަދި (ﷲ އަށް ކިޔަމަންތެރިވި އަޅުންނަށް) ﷲ ގެ حضرة ގައި ވާ ثواب އާއި، ދަރުމަ މާ ހެޔޮވެގެން ވެއެވެ. އަދި ދެމިހުރުން މާ ބޮޑުވެގެން ވެއެވެ. އެއީ ފިލައިދާނޭ ތަކެއްޗެއް ނޫނެވެ. އެ ތަކެއްޗަކީ ތިމާމެންގެ ربّ އަށް إيمان ވެ، ހަމައެކަނި އެކަލާނގެއަށް وكيل ކޮށް، ބަރޯސާކުރި މީހުންނަށް خاصّ ވެގެންވާ ތަކެއްޗެވެ.

Verse 37

وَٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ

Transliteration wa-alladhīna yajtanibūna kabāira l-ith'mi wal-fawāḥisha wa-idhā mā ghaḍibū hum yaghfirūna

Dhivehi އަދި އެމީހުންނަކީ ފާފައިގެ ތެރެއިން ބޮޑެތި ފާފަޔާއި، فاحش ކަންތައްތަކުން ދުރުވެގަންނަ މީހުންނެވެ. އަދި އެމީހުންނަކީ ރުޅިއަތުވެއްޖެއްޔާއި، (ރުޅި ކައިލައި) ރުޅީގެ އަސަރު ނުދައްކާ މީހުންނެވެ.

Verse 38

وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ

Transliteration wa-alladhīna is'tajābū lirabbihim wa-aqāmū l-ṣalata wa-amruhum shūrā baynahum wamimmā razaqnāhum yunfiqūna

Dhivehi އަދި އެމީހުންނަކީ ތިމާމެންގެ ربّ އަށް އިޖާބަދީ، އަދި ނަމާދު قائم ކޮށް، އަދި ތިމާގެ ކަންކަމުގައި އެކަކު އަނެކަކާ مشورة ކޮށް، އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވި ތަކެތީން (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ.

Verse 39

وَٱلَّذِينَ إِذَآ أَصَابَهُمُ ٱلْبَغْىُ هُمْ يَنتَصِرُونَ

Transliteration wa-alladhīna idhā aṣābahumu l-baghyu hum yantaṣirūna

Dhivehi އަދި އެމީހުންނަކީ އެމީހުންނަށް بغاوة އެއް ދިމާވެއްޖެއްޔާ (އެބަހި، އެމީހުންނަށް ބަޔަކު އަނިޔާއެއް ކޮށް އުނދަގުލެއް ކޮށްފިއްޔާ) ނަޞްރުހޯދާ މީހުންނެވެ.

Verse 40

وَجَزَٰٓؤُا۟ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّـٰلِمِينَ

Transliteration wajazāu sayyi-atin sayyi-atun mith'luhā faman ʿafā wa-aṣlaḥa fa-ajruhu ʿalā l-lahi innahu lā yuḥibbu l-ẓālimīna

Dhivehi އަދި ނުބައިކަމުގެ ޖަޒާއަކީ އެފަދަ ނުބައެކެވެ. ﷲ تعالى އަންގަވާފައިވާ ފަދައިންނެވެ. އެބަހީ، މީހަކު މީހަކާ ދިމާއަށް ހުތުރު އެއްޗެއް ބުނެފިއްޔާ، ހަމަ އެފަދަ ހުތުރު އެއްޗެއް އޭނާޔާ ދިމާއަށް ބުނެ ރައްދު ކުރުމެވެ. ޖެހީމައި ޖެހުމެވެ. ނަމަވެސް عدل ވެރި ގޮތުގައެވެ. ދެންފަހެ، ބަދަލަށް ބަދަލު ނުހިފައި عفوء ކޮށް إصلاح ކޮށްފި މީހާ ދަންނައެވެ. އެމީހާގެ ދަރުމަޔާއި ثواب، ﷲ ގެ حضرة ގައި ވެއެވެ. ހަމަކަށަވަރުން އަނިޔާވެރީންނަށް އެކަލާނގެ ލޯބިވެ ވޮޑިގެން ނުވެއެވެ.

Verse 41

وَلَمَنِ ٱنتَصَرَ بَعْدَ ظُلْمِهِۦ فَأُو۟لَـٰٓئِكَ مَا عَلَيْهِم مِّن سَبِيلٍ

Transliteration walamani intaṣara baʿda ẓul'mihi fa-ulāika mā ʿalayhim min sabīlin

Dhivehi އަދި ތިމާއަށް އަނިޔާއެއް ލިބި، އެ އަނިޔާގެ ބަދަލު އަތުލައިގަތުމަށްފަހު ދެން އަލުން އެ އަނިޔާކުރި މީހާއަށް އަނިޔާކޮށް، ދިމާކުރެވޭނޭ އެއްވެސް މަގެއް ނެތެވެ.

Verse 42

إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظْلِمُونَ ٱلنَّاسَ وَيَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ

Transliteration innamā l-sabīlu ʿalā alladhīna yaẓlimūna l-nāsa wayabghūna fī l-arḍi bighayri l-ḥaqi ulāika lahum ʿadhābun alīmun

Dhivehi ނަމަވެސް عقوبة އެއް ދީ ދިމާކުރެވޭނޭކަން ކަށަވަރީ (އަލުންބަލުން ފަށައިގެން) މީސްތަކުންނަށް އަނިޔާކޮށް، އަދި އެއްވެސް حقّ އެއް ނެތި ބިން ފަސާދަކުރާ މީހުންނާއެވެ. އެފަދަ މީހުންނަށް ހުރީ ވޭންދެނިވި عذاب އެވެ.

Verse 43

وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ ٱلْأُمُورِ

Transliteration walaman ṣabara waghafara inna dhālika lamin ʿazmi l-umūri

Dhivehi އަދި ހަމަކަށަވަރުން (ބަދަލުހިފުމަށް ކުލަދާނަވެގެން ވުމާއެކު، އަނިޔާކުރި މީހާއަށް) عفوء ކޮށް، ކެތްތެރިވުން ދަންނައެވެ. އެއީ شريعة އެކަންކަމަށް ترحيب ދީ، ހިތްވަރުދޭ އަގުހުރި ކަންކަމުގެ ތެރެއިން ވާ ކަންކަމެވެ. އެފަދަ ކަންކަމުގެ ދަރުމަ ބޮޑުވެގެން ވެއެވެ.

Verse 44

وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن وَلِىٍّ مِّنۢ بَعْدِهِۦ ۗ وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُا۟ ٱلْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّ مِّن سَبِيلٍ

Transliteration waman yuḍ'lili l-lahu famā lahu min waliyyin min baʿdihi watarā l-ẓālimīna lammā ra-awū l-ʿadhāba yaqūlūna hal ilā maraddin min sabīlin

Dhivehi އަދި ﷲ އެމީހަކު މަގުފުރައްދަވައިފި އެއްވެސް މީހަކަށް އެކަލާނގެއަށްފަހު (ދެން އޭނާއަށް ތެދުމަގު ދައްކައި އެހީވާނޭ) އެއްވެސް ސަހަރޯވެރިޔަކު ނުވެއެވެ. އަދި އަނިޔާވެރީންތައް އެބަހީ- (مشرك ންތައް) - قيامة ދުވަހުން عذاب ފެންނަ ހިނދުން ބުނާނެއެވެ. ބުނާތަން ކަލޭ ދެކޭނެއެވެ. (ދުނިޔެއަށް އަލުން) ދެވޭނޭ އެއްވެސް މަގެއް ވޭހެއްޔެވެ؟

Verse 45

وَتَرَىٰهُمْ يُعْرَضُونَ عَلَيْهَا خَـٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرْفٍ خَفِىٍّ ۗ وَقَالَ ٱلَّذِينَ ءَامَنُوٓا۟ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِى عَذَابٍ مُّقِيمٍ

Transliteration watarāhum yuʿ'raḍūna ʿalayhā khāshiʿīna mina l-dhuli yanẓurūna min ṭarfin khafiyyin waqāla alladhīna āmanū inna l-khāsirīna alladhīna khasirū anfusahum wa-ahlīhim yawma l-qiyāmati alā inna l-ẓālimīna fī ʿadhābin muqīmin

Dhivehi އެ عذاب އަށް - ނަރަކައިގެ عذاب އަށް - އެމީހުން ހުށަހެޅޭ ތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ނިކަމެތިކަމާއި، ދެރަކަމުގެ ނިހާޔަތަށް ގޮސް، ބިރުން ފެންކަޅިވެގެންވާ حال ގައެވެ. (އަޅައިލާނޭ އެއްވެސް އެހީތެރިޔަކު ނުވާނެއެވެ.) އަދި ލޮލުގެ ކޮޅުން ފަނޑު ބެލުމަކުން ހިތާމަވެރި، ދެރަ ބެލުމަކުން ބަލައިލާނެއެވެ. އެހިނދުގައި إيمان ވީ މީސްތަކުން ބުނާނެއެވެ. ހަމަކަށަވަރުން ގެއްލި ހަލާކުވެގެންވާ މީހުންނަކީ އެމީހުންގެ نفس ތަކާއި، އަދި أهل ވެރީންވެސް قيامة ދުވަހުން ގެއްލުވައިލި މީހުންނެވެ. ދަންނާށެވެ. ހަމަކަށަވަރުން އަނިޔާވެރީން އެބަހީ مشرك ން ވަނީ އަބަދީ عذاب ގައި قائم ވެގެންނެވެ.

Verse 46

وَمَا كَانَ لَهُم مِّنْ أَوْلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ

Transliteration wamā kāna lahum min awliyāa yanṣurūnahum min dūni l-lahi waman yuḍ'lili l-lahu famā lahu min sabīlin

Dhivehi އަދި ﷲ ފިޔަވައި އެމީހުންނަށް نصر ދޭނޭ އެއްވެސް ولى އަކު، ސަހަރޯވެރިޔަކު އެމީހުންނަކަށް ނުވެއެވެ. އަދި ﷲ މަގުފުރައްދަވައިފި އަޅަކަށް ދެން ތެދުމަގު ލިބޭނޭ އެއްވެސް ގޮތެއް ނުވެއެވެ. އެއްވެސް މަގެއް ނެތެވެ.

Verse 47

ٱسْتَجِيبُوا۟ لِرَبِّكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۚ مَا لَكُم مِّن مَّلْجَإٍ يَوْمَئِذٍ وَمَا لَكُم مِّن نَّكِيرٍ

Transliteration is'tajībū lirabbikum min qabli an yatiya yawmun lā maradda lahu mina l-lahi mā lakum min malja-in yawma-idhin wamā lakum min nakīrin

Dhivehi (އޭ މީސްތަކުންނޭވެ.) އެދުވަހެއް އަނބުރާ ރައްދު ނުކުރެވޭނޭ ގޮތުން ﷲ ގެ حضرة ން އަންނަ قيامة ދުވަސް އައުމުގެ ކުރީން ތިޔަބައިމީހުން ތިޔަބައިމީހުންގެ ربّ އަށް އިޖާބަ ދޭށެވެ. (އެކަލާނގެއަށާއި، ފޮތަތަކަށާއި، رسول ންނަށާއި، ދެންވެސް އެފަރާތްތަކަށް އީމާންވުމަށް ގޮވޭ دعوت އަށް ތިޔަބައިމީހުން ޖަވާބުދޭށެވެ. އެ ބަސް އަހައި ކިޔަމަން ވާށެވެ.) އެ ދުވަހުން عذاب ލިބުމަށް ކަނޑައެޅިފައިވާ ބަޔަކު އެ عذاب ން ފިލައިގެން ރައްކާތެރިވެ، ސަލާމަތްވާން ދާނޭ އެއްވެސް ތަނެއް ނޯންނާނެއެވެ. އަދި ދެން އެ ދުވަހުން، އެދުވަހާމެދު، އަދި އެ ދުވަހު ހުރި ކަންކަމާމެދު إنكار ކޮށް ދެކޮޅުހަދާނޭ ހަމަ އެކަކުވެސް ނުހުންނާނެއެވެ. (އެހެނީ އެ ހުރިހާ ކަމެއް ލޯތަކަށް تمثيل ވާނެއެވެ.)

Verse 48

فَإِنْ أَعْرَضُوا۟ فَمَآ أَرْسَلْنَـٰكَ عَلَيْهِمْ حَفِيظًا ۖ إِنْ عَلَيْكَ إِلَّا ٱلْبَلَـٰغُ ۗ وَإِنَّآ إِذَآ أَذَقْنَا ٱلْإِنسَـٰنَ مِنَّا رَحْمَةً فَرِحَ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ ٱلْإِنسَـٰنَ كَفُورٌ

Transliteration fa-in aʿraḍū famā arsalnāka ʿalayhim ḥafīẓan in ʿalayka illā l-balāghu wa-innā idhā adhaqnā l-insāna minnā raḥmatan fariḥa bihā wa-in tuṣib'hum sayyi-atun bimā qaddamat aydīhim fa-inna l-insāna kafūrun

Dhivehi (އޭ رسول الله އެވެ.) އެމީހުން ކަލޭގެފާނަށް އީމާން ނުވެ، އަދި ދަޢުވަތަށް އިޖާބަ ނުދީ، އެނބުރި ފުރަގަސްދިނަސް (ކަލޭގެފާނަކަށް ލިބޭނޭ އެއްވެސް ގެއްލުމެއް ނެތެވެ.) އެހެނީ އެމީހުންގެ عمل ތަކަށް ބަލައި، ޗެކުކޮށް، އެއަށް ރައްކާތެރިވާ ބޭކަލަކު ކަމުގައި ތިމަން ރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ. رسول ކަން އިއްވަވައި، تبليغ ކުރެއްވުން ނޫނީ ކަލޭގެފާނަކަށް ނުވެއެވެ.\nއަދި (އިންސާނާގެ قواعد އަކީ) ތިމަން ރަސްކަލާނގެ އެ އިންސާނާއަށް ތިމަން ރަސްކަލާނގެ حضرة ން رحمة ގެ ރަހައެއް ދައްކަވައިފިއްޔާ، (نعمة އެއް ދެއްވައި، ތަނަވަސްކަމެއް ދެއްވައި ފިއްޔާ) އެކަމަށް ވަރަށް އުފާކޮށް، މަޖާ ނަގައި (ސަޅިކަނޑައި) ހަދާނެއެވެ. އަދި އެމިހުންގެ އަތްތައް އިސްކޮށްފައިވާ ކަންކަމުން (އެބަހީ އެމީހުން ކުރި ނުބައި ކަންކަމުން) ކޮންމެވެސް ނުބައެއް ދިމާވެއްޖެއްޔާ (ތަދުމަޑުކަމެއް / ބަލާއެއް / އުނދަގުލެއް ޖެހިއްޖެއްޔާ) ގިނަގިނައިން ކާފަރުވާ މީހަކު ކަމުގައި އިންސާނާ ވެދެއެވެ. (އިސްވެދިޔަ އެންމެހައި نعمة އަކާއި، ތަނަވަސްކަމެއް ހަނދާން ނެތިދެއެވެ.)

Verse 49

لِّلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَـٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ

Transliteration lillahi mul'ku l-samāwāti wal-arḍi yakhluqu mā yashāu yahabu liman yashāu ināthan wayahabu liman yashāu l-dhukūra

Dhivehi އުޑުތަކާއި، ބިމުގައި ވާހައި ތަކެތި މިލްކުވެ خاصّ ވެގެން ވަނީ ހަމައެކަނި ﷲ އަށެވެ. އެކަލާނގެ އެދިވޮޑިގަތް އެއްޗެއް، އެދިވޮޑިގަތް ގޮތަކަށް ހައްދަވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އަންހެން ދަރީން ދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ފިރިހެން ދަރީން ދެއްވައެވެ.

Verse 50

أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَـٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ

Transliteration aw yuzawwijuhum dhuk'rānan wa-ināthan wayajʿalu man yashāu ʿaqīman innahu ʿalīmun qadīrun

Dhivehi ނުވަތަ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ފިރިހެން ކުދީންނާއި، އަންހެން ކުދީން ދެއްވައެވެ. ދެވައްތަރު ޖަމަޢަކޮށްދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކު، ދަރީން ނުލިބޭ މީހަކު ކަމުގައި ލައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ކަލާނގެއެވެ.

Verse 51

۞ وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحْيًا أَوْ مِن وَرَآئِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِىَ بِإِذْنِهِۦ مَا يَشَآءُ ۚ إِنَّهُۥ عَلِىٌّ حَكِيمٌ

Transliteration wamā kāna libasharin an yukallimahu l-lahu illā waḥyan aw min warāi ḥijābin aw yur'sila rasūlan fayūḥiya bi-idh'nihi mā yashāu innahu ʿaliyyun ḥakīmun

Dhivehi وحي ގެ ގޮތުން ނުވަތަ حجاب އެއްގެ (ފަރުދާއެއްގެ) އަނެއް ފަރާތުން ނުވަތަ ملائكة ންގެ ތެރެއިން رسول އަކު ފޮނުއްވައިގެން މި ތިން ގޮތުން ކުރެ ގޮތަކުން މެނުވީ އެއްވެސް މީހަކަށް ﷲ ބަސްފުޅު وحي ކުރެއްވުމަކީވެސް އާދަމުގެ ދަރިޔަކަށް އޮތްކަމެއް ނޫނެވެ. ވާނޭ ކަމެއް ނޫނެވެ. [މިތަނުން ފުރަތަމަ ގޮތަކީ\n• وحي އެވެ. އެއީ ވަރަށް އަވަސްގޮތަކަށް ވަންހަނާކޮށް ހިތަށް އެއްޗެއް ވިސްނައިދެއްވުމެވެ. موسى ގެފާނުންގެ މަންމައަށް وحي އައީ އެގޮތަށެވެ. އެބާވަތުގެ وحي އަށް އިލްހާމުވެސް ކިޔައެވެ.\n• ދެވަނަ ގޮތަކީ ފަރުދާއެއްގެ އަނެއް ފަރާތުން ﷲ ނުފެންނަ ގޮތަށް އަޑު އެކަނި އަންނަގޮތަށް وحي ގެ ކަންތައް ހަމަޖެހުމެވެ. موسى عَلَيْهِ السلام އަށް وحيބާވައިލެއްވީ އެގޮތަށެވެ.\n• ތިންވަނަ ގޮތަކީ ملائكة އާ، يعني جبريل عَلَيْهِ السلام ވަޑައިގެން ﷲ ގެ ބަސްފުޅު. އެކަލާނގެ إذن ފުޅަށް ملائكة އާ ބަސްފުޅު އިއްވަވައެވެ.]\nހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ އަދި حكمة ވަންތަ ކަލާނގެއެވެ.

Verse 52

وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَـٰبُ وَلَا ٱلْإِيمَـٰنُ وَلَـٰكِن جَعَلْنَـٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

Transliteration wakadhālika awḥaynā ilayka rūḥan min amrinā mā kunta tadrī mā l-kitābu walā l-īmānu walākin jaʿalnāhu nūran nahdī bihi man nashāu min ʿibādinā wa-innaka latahdī ilā ṣirāṭin mus'taqīmin

Dhivehi (އޭ رسول الله އެވެ!) ތިމަން ރަސްކަލާނގެ ކަލޭގެފާނަށް روح އެއް (އެބަހީ قرآن) ބާވައިލެއްވީ އެފަދައިންނެވެ. (قرآن އަކީ روح އެކެވެ. އެހެނީ ކާފަރު ކަމުގެ މަރުން ހިތްތައް ދިރުވުން އެ قرآن ގައި ވެއެވެ. މީސްތަކުންނަށް އެ قرآن ން ތެދުމަގު ލިބޭނެއެވެ.\nއަދި ކަލޭގެފާނަށް (އެ قرآن ބާވައިލެއްވުމުގެ ކުރީން) ފޮތަކީ ކޮން އެއްޗެއް ކަމެއް އަދި إيمان ކަމަކީ ކޮން އެއްޗެއް ކަމެއް އެނގިވަޑައިގަންނަވާ ކަމުގައި ނުވެއެވެ. އަދި އެހެންނަމަވެސް ތިމަން ރަސްކަލާނގެ އެ قرآن ލެއްވީ ތިމަން ރަސްކަލާނގެ އަޅުތަކުންކުރެ ތިމަން ރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް هداية يعني ތެދުމަގު ލިބޭނޭ އެއްޗެއް ކަމުގައެވެ. ހަމަކަށަވަރުން ކަލޭގެފާނު ތެދުމަގު ދައްކަވަނީ ސީދާވެގެންވާ މަގަށެވެ. އެއީ

Verse 53

صِرَٰطِ ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلْأُمُورُ

Transliteration ṣirāṭi l-lahi alladhī lahu mā fī l-samāwāti wamā fī l-arḍi alā ilā l-lahi taṣīru l-umūru

Dhivehi ﷲ ގެ މަގެވެ. ﷲ އެއީ އުޑުތަކާއި، ބިމުގައި ވާހައި ތަކެތި އެކަލާނގެއަށް ملك ވެ، خاصّ ވެގެންވާ ކަލާނގެއެވެ. އެއީ ހައްތާވެސް އެކަލާނގެ ތަކެއްޗެވެ. އެކަލާނގެ ބޭނުންފުޅު ގޮތަކަށް އެތަކެއްޗާމެދު ކަން ހިންގަވައެވެ. ދަންނާށެވެ. (قيامة ދުވަހުން) އެންމެހައި ތަކެތި އަދި އެންމެހައި ކަމެއް رجوع ވެ واصل ވުން ވަނީ ހަމަ ﷲ ގެ حضرة އަށެވެ.

Read Surah Ash-Shuraa in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.