Surah Ash-Sharh in Dhivehi: translation and audio
Surah 94 · الشرح · The Relief · 8 verses
Surah Ash-Sharh verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Ash-Sharh word by word in English.
Verse 1
أَلَمْ نَشْرَحْ لَكَ صَدْرَكَ
Transliteration alam nashraḥ laka ṣadraka
Dhivehi ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މޭމަތިފުޅު ތަނަވަސް ކޮށް ނުދެއްވަންތޯއެވެ؟ އެބަހީ ތަނަވަސްކޮށްދެއްވީމެވެ.
Verse 2
وَوَضَعْنَا عَنكَ وِزْرَكَ
Transliteration wawaḍaʿnā ʿanka wiz'raka
Dhivehi އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެކިބައިން ކަލޭގެފާނުގެ ކުށްފާފަތައް ދުރުކުރެއްވީމެވެ. (އެބަހީ ޖާހިލިއްޔަ ޒަމާނުގައި ފާފައެއްވެފައިވާނަމަވެސް އެފާފައެއްވެސް ނަންގަވާ ދުރުކުރެއްވީމެވެ.)
Verse 3
ٱلَّذِىٓ أَنقَضَ ظَهْرَكَ
Transliteration alladhī anqaḍa ẓahraka
Dhivehi އެފާފަތަކަކީ ކަލޭގެފާނުންގެ ބުރަކަށިފުޅަށް ބުރަވެފައިވާ ފާފަތަކެވެ.
Verse 4
وَرَفَعْنَا لَكَ ذِكْرَكَ
Transliteration warafaʿnā laka dhik'raka
Dhivehi އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ ނަންފުޅު އުފުއްލަވައި މަތިވެރި ކުރެއްވީމެވެ. (ފަހެ އެކަލާނގެ ނަންފުޅާއި ގުޅިގެން އަބަދާއި އަބަދު އިސްލާމުން ނަށް ކިޔޭނެގޮތަށް އެކަލޭގެފާނުންގެ ނަންފުޅު އެކަލާނގެ ލެއްވިއެވެ. ކޮންމެ ވަގުތަކު ބަންގި ގޮވާއިރުވެސް އެކަލޭގެފާނުންގެ ނަންފުޅު ކިޔޭގޮތަށް ލެއްވިއެވެ. އަދި މިނޫން ގޮތްގޮތަށްވެސް އުޑާއި ބިމުގައި އެކަލޭގެފާނުންގެ ނަންފުޅު މަތިވެރި ކުރެއްވިއެވެ.)
Verse 5
فَإِنَّ مَعَ ٱلْعُسْرِ يُسْرًا
Transliteration fa-inna maʿa l-ʿus'ri yus'ran
Dhivehi ހަމަކަށަވަރުން އުދަގުލާއި ދައްޗައްފަހު ފަސޭހައެކެވެ.
Verse 6
إِنَّ مَعَ ٱلْعُسْرِ يُسْرًا
Transliteration inna maʿa l-ʿus'ri yus'ran
Dhivehi އަދި ހަމަކަށަވަރުން އުދަގުލާއި ދައްޗައްފަހު ފަސޭހައެކެވެ. (އެބަހީ ބަލިމަޑުކަމަށްފަހު ބަލިން ފަސޭހަ ވުމެވެ. ތަދުމަޑުކަމަށްފަހު ތިޔާގެ ކަމެވެ. ބިރުވެރިކަމަކަށްފަހު އަމާންކަމެވެ. ދެން މިހެންނެވެ... ދެއުދަގޫ ވިދިވިގެން ނުވެއެވެ. އެކަމަކު ދެފަސޭހަ އެއްފަހަރާ ވެއެވެ.)
Verse 7
فَإِذَا فَرَغْتَ فَٱنصَبْ
Transliteration fa-idhā faraghta fa-inṣab
Dhivehi (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ދުންޔަވީ މަސައްކަތްޕުޅުން ނިމިވާޑައިގެންފިއްޔާ ނުވަތަ ހަނގުރާމައިން ނިމިވަޑައި ގެންފިއްޔާ ނުވަތަ تَبْلِيْغُ ކުރެއްވުމުން ނިމިވަޑައި ގެންފިއްޔާ ދެން ނަމާދުފުޅަށް ތެދުވެ ވަޑައިގަންނަވަށެވެ. ނުވަތަ އަޅުކަން ކުރެއްވުމަށް ތެދުވެ ވަޑައިގަންނަވާށެވެ.
Verse 8
وَإِلَىٰ رَبِّكَ فَٱرْغَب
Transliteration wa-ilā rabbika fa-ir'ghab
Dhivehi އަދި ހަމަސީދާ ކަލޭގެފާނުންގެ رَبُّ ގެ حَضْرَةُ ން އެދިވަޑައިގަންނަވަށެވެ. ނުވަތަ އަބަދުވެސް ކަލޭގެފާނުންގެ رَبُّ އެދިވަޑައިގަންނަވާށެވެ. އެފަރާތަށް އެދުންފުޅު ބަހައްޓަވާށެވެ.
Read Surah Ash-Sharh in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.