MyDugsiStart learning

Surah As-Saffat in Dhivehi: translation and audio

Surah 37 · الصافات · Those who set the Ranks · 182 verses

Surah As-Saffat verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah As-Saffat word by word in English.

Verse 1

وَٱلصَّـٰٓفَّـٰتِ صَفًّا

Transliteration wal-ṣāfāti ṣaffan

Dhivehi ދުނިޔޭގެ خلق ތަކުން ނަމާދަށް ސަފުހަދާލާފަދައަކުން އުޑުގައި ސަފުހައްދަވާ މަލާއިކަތްބޭކަލުން ނުވަތަ ﷲ ގެ أمر ފުޅުގެ إنتظار ގައި ފިޔަފުޅުތައް ފަތުރުއްވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وحي ކުރައްވައެވެ. (މި ދެތަރުޖަމާވެސްވެއެވެ.)

Verse 2

فَٱلزَّٰجِرَٰتِ زَجْرًا

Transliteration fal-zājirāti zajran

Dhivehi ފަހެ އެކިއެކި ފަރާތަފަރާތަށް ވިލާތައް ބަދަލުކުރައްވާ މަލާއިކަތް ބޭކަލުން ގަންދެއްވައި ކަނޑައެޅިގެން ﷲ ހުވައި وحي ކުރައްވައެވެ.

Verse 3

فَٱلتَّـٰلِيَـٰتِ ذِكْرًا

Transliteration fal-tāliyāti dhik'ran

Dhivehi ފަހެ قرآن ކިޔަވާ ވިދާޅުވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وحي ކުރައްވައެވެ.

Verse 4

إِنَّ إِلَـٰهَكُمْ لَوَٰحِدٌ

Transliteration inna ilāhakum lawāḥidun

Dhivehi ހަމަކަށަވަރުން ކަލޭމެންގެ إله އަކީ معبود އަކީ ހަމަ އެންމެ إله އެކެވެ. (އެކަލާނގެއަށް شريك އަކު ނުވެއެވެ.)

Verse 5

رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَرَبُّ ٱلْمَشَـٰرِقِ

Transliteration rabbu l-samāwāti wal-arḍi wamā baynahumā warabbu l-mashāriqi

Dhivehi އެއީ އުޑުތަކާއި ބިން ހައްދަވައި އެތަކެތިބަލަހައްޓަވާ އެތަކެތީގެ ވެރި رب އެވެ. (ޝައްކެއްވެސް ނެތްގޮތުގައި މިބޮޑެތި مخلوق ތައް މިހާ ފުރިހަމަ ގޮތަކަށް ފުރިހަމަ نظام އެއްގެ މަތީ ހައްދަވާފައިވާ ވުން دليل ކޮށްދެނީ އެތަކެއްޗަށް ކުޅާދުންވަންތަ އެއްކައުވަންތަ رب އެއްވާކަމެވެ. އެއީ ހުރިހާ ތަކެތީގެ خالق އެވެ. އެއީ ﷲ އެވެ.)

Verse 6

إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ

Transliteration innā zayyannā l-samāa l-dun'yā bizīnatin l-kawākibi

Dhivehi ހަމަކަށަވަރުން ތަރިތަކުގެ زينة ތެރިކަމުން ދުނިޔެއާއި އެންމެ ގާތުގައިވާ ދުނިޔޭގެއުޑު ތިމަންރަސްކަލާނގެ ޒީނަތްތެރިކުރެއްވީމެވެ.

Verse 7

وَحِفْظًا مِّن كُلِّ شَيْطَـٰنٍ مَّارِدٍ

Transliteration waḥif'ẓan min kulli shayṭānin māridin

Dhivehi އަދި އެތަރިތައް ލެއްވި (އަނެއްކަމަކަށް) އުޑު ރައްކާތެރިކުރެއްވުންވެއެވެ. ތިމަންރަސްކަލާނގެ އެއުޑު ރައްކާތެރިކުރެއްވީމެވެ. އެއީ ނުކިޔަމަންތެރި ކޮންމެ شيطان އަކާއި ދިމާލަށް އެތަރިއެއް އެއްލައި އެސޮރު ފަހައިލެއްވުމަށެވެ. ނުވަތަ އެއިން ޖެހި އެސޮރު މަރައިލެއްވުމަށެވެ.

Verse 8

لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ

Transliteration lā yassammaʿūna ilā l-mala-i l-aʿlā wayuq'dhafūna min kulli jānibin

Dhivehi އެ شيطان ތަކަކަށް އުޑުގެ أهل ވެރިންގެ އަޑު ނުއެހެއެވެ. އަޑުއެހުމަށްދާ ކޮންމެ شيطان އަކާ ދިމާލަށް ހުރިހާ ފަރާތަކުން ގިނިހިލަ އުކެއެވެ.

Verse 9

دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ

Transliteration duḥūran walahum ʿadhābun wāṣibun

Dhivehi އެއީ އެސޮރުމެން ބިރުގަންނަވައި އެސޮރުމެން ދުރުކުރުމަށެވެ. އަދި آخرة ގައި އެމީހުންނަށް ހުރީ ދާއިމީ عذاب އެކެވެ.

Verse 10

إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌ ثَاقِبٌ

Transliteration illā man khaṭifa l-khaṭfata fa-atbaʿahu shihābun thāqibun

Dhivehi (މަލާއިކަތްބޭކަލުންގެ އަޑު ދަށުން) ބަސްޖަހައިގަންނަ شيطان ބައެއްފަހަރަށް ބަސްޖަހައިގަނެއެވެ. އެޔާވިދިގެން އެސޮރާދިމާއަށް ލޯވަޅުތޮރުފައިލާ ކަހަލަ އަލިކުރާ ތަރިއެއް ފޮނުވައިލައެވެ. (ބައެއްފަހަރު އެތަރިންޖެހި އެސޮރު ހަލާކުވެއެވެ. އަނެއްބައިފަހަރު ހިލައައުމުގެ ކުރިން އެސޮރު ބަޗައިގަނެއެވެ.)

Verse 11

فَٱسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَآ ۚ إِنَّا خَلَقْنَـٰهُم مِّن طِينٍ لَّازِبٍۭ

Transliteration fa-is'taftihim ahum ashaddu khalqan am man khalaqnā innā khalaqnāhum min ṭīnin lāzibin

Dhivehi (އޭ رسول الله އެވެ!) ކަލޭގެފާނު ނިކަން އެބައިމީހުން ކުރެން فتوى އައްސަވައިބައްލަވާށެވެ! ތިމަންރަސްކަލާނގެ ހެއްދެވި އުޑުތަކާއި ބިމާއި މަލާއިކަތްބޭކަލުންނާއި މިފަދަ މިފަދަ خلق ތަކުންތޯ ހެއްދެވުން އުދަގޫ ވެފައިގަދައީ ނުވަތަ އެމީހުންގެ نفس ތައްތޯ ނިކަން އެމީހުންކުރެން އައްސަވައި ބައްލަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން ހައްދަވާފައިވާނީ އަތްލީމާ އަތުގައި ތަތްލާކަހަލަ ތަތްމަށިންނެވެ.

Verse 12

بَلْ عَجِبْتَ وَيَسْخَرُونَ

Transliteration bal ʿajib'ta wayaskharūna

Dhivehi (އޭ ﷲ ގެ رسول އާއެވެ!) ކަލޭގެފާނު ﷲ ގެ قدرة ތެރިކަމާއިމެދު عجائب ވެވަޑައިގަންނަވަނީއެވެ. އަދި قيامة އަށް އިންކާރުކުރާ މީހުން ހީހީފައި މަލާމަތް ކުރަނީއެވެ. (މިހުރީ ދެފަރާތުގެ ތަފާތެވެ.)

Verse 13

وَإِذَا ذُكِّرُوا۟ لَا يَذْكُرُونَ

Transliteration wa-idhā dhukkirū lā yadhkurūna

Dhivehi އަދި އެމީހުންނަށް وعظ އާއި نصيحة ދެވިއްޖެއްޔާވެސް އެމީހުން وعظ އާއި نصيحة ލިބި ނުގަނެއެވެ.

Verse 14

وَإِذَا رَأَوْا۟ ءَايَةً يَسْتَسْخِرُونَ

Transliteration wa-idhā ra-aw āyatan yastaskhirūna

Dhivehi އަދި رسول الله ﷺ ގެ معجزة ތަކުގެ ތެރެއިން معجزة އެއް އެމީހުންނަށް ފެނިއްޖެއްޔާވެސް އެމީހުން މަލާމަތްކޮށް ފުރައްސާރަކުރަނީއެވެ.

Verse 15

وَقَالُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ

Transliteration waqālū in hādhā illā siḥ'run mubīnun

Dhivehi އަދި އެމީހުން ބުނެއެވެ. މިއީ ރަނގަޅަށް بيان ވެފައުޅުވެގެންވާ سحر އެއްކަމުގައި މެނުވީ ނުވެއެވެ.

Verse 16

أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ

Transliteration a-idhā mit'nā wakunnā turāban waʿiẓāman a-innā lamabʿūthūna

Dhivehi އަދި އެމީހުން- يعني قيامة قبول ނުކުރާ މީހުން- ބުނެއެވެ. "އަހުރެމެން މަރުވެ ވެއްޔައްވެ ކަށިތައްވެސް ފީވެ ދިއުމަށްފަހު އަލުން ދިރިގެން އަހުރެމެން ފޮނުވޭނެ ހެއްޔެވެ؟

Verse 17

أَوَءَابَآؤُنَا ٱلْأَوَّلُونَ

Transliteration awaābāunā l-awalūna

Dhivehi "އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންވެސް ހަމަފޮނުވޭނެހެއްޔެވެ؟ (ތިޔައީ ވާނޭ ކަމެއްނޫނެވެ.) "

Verse 18

قُلْ نَعَمْ وَأَنتُمْ دَٰخِرُونَ

Transliteration qul naʿam wa-antum dākhirūna

Dhivehi ކަލޭގެފާނު ވިދާޅުވާށެވެ. އާއެކެވެ. ފޮނުވޭނެއެވެ. އަދި ކަލޭމެން ފޮނުވޭނީ ދެރަކުރެވި ނިކަމެތި ކުރެވިގެންވާ حال ގައެވެ.

Verse 19

فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ فَإِذَا هُمْ يَنظُرُونَ

Transliteration fa-innamā hiya zajratun wāḥidatun fa-idhā hum yanẓurūna

Dhivehi އެކަން ވާކަންކަށަވަރީ- އެބަހީ ދިރިގެން محشر އަށް ފޮނުއްވޭނެކަން ކަށަވަރީ- ހަމަ އެންމެ އަޑު ފަށަކުންނެވެ. (އެއީ إسرافيل ގެފާނު ތާޅަފިލި ފުންމަވައި ލެއްވުމުންނެވެ.) އެހައިރުން އެންމެން ކަށްވަޅުތަކުން ތެދުވެބަލަބަލާ ތިބޭނެއެވެ.

Verse 20

وَقَالُوا۟ يَـٰوَيْلَنَا هَـٰذَا يَوْمُ ٱلدِّينِ

Transliteration waqālū yāwaylanā hādhā yawmu l-dīni

Dhivehi އަދި އެމީހުން يعني قيامة قبول ނުކުރާ މީހުން- ބުނާނެއެވެ. އޭއަހުރެމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިއީ عمل ތަކަށް ޖަޒާ ދެއްވާނޭ ދުވަހެވެ. (މަލާއިކަތް ބޭކަލުން ވިދާޅުވާނެއެވެ.)

Verse 21

هَـٰذَا يَوْمُ ٱلْفَصْلِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ

Transliteration hādhā yawmu l-faṣli alladhī kuntum bihi tukadhibūna

Dhivehi "އާއެކެވެ. މިއީ ޙުކުމްކުރެވި ނިޔާ ކުރެވޭނެ ދުވަހެވެ. މިއީ عمل ތަކަށް ޖަޒާ ދެއްވާ ދުވަހެވެ. އަދި މިއަދަކީ (ދުނިޔޭގައި ކަލޭމެން ތިބިއިރު) އެދުވަސް ދޮގުކުރާ ކަމުގައި ވީދުވަހެވެ."

Verse 22

۞ ٱحْشُرُوا۟ ٱلَّذِينَ ظَلَمُوا۟ وَأَزْوَٰجَهُمْ وَمَا كَانُوا۟ يَعْبُدُونَ

Transliteration uḥ'shurū alladhīna ẓalamū wa-azwājahum wamā kānū yaʿbudūna

Dhivehi (ﷲ تَعَالى މަލާއިކަތް ބޭކަލުންނަށް އަންގަވާނެއެވެ.) ތިޔަބޭކަލުން އަނިޔާވެރިވި މީހުން ހިފަހައްޓަވައި އެއްކުރައްވާށެވެ. އަދި شَيْطَان ންގެ ތެރެއިންވެސް އެބާވަތުގެ މީހުން އެއްކުރައްވާށެވެ. އަދި އެޔާއެކު އެމީހުން އަޅުކަންކުރި ތަކެތިވެސް (އެމީހުންނާއެކު) އެއްކުރައްވާށެވެ.

Verse 23

مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَٰطِ ٱلْجَحِيمِ

Transliteration min dūni l-lahi fa-ih'dūhum ilā ṣirāṭi l-jaḥīmi

Dhivehi އެއީ ﷲ ފިޔަވައި އެމީހުން އަޅުކަންކުރި ތަކެއްޗެވެ. އަދި އެބައިމީހުންނަށް ނަރަކައިގެ މަގަށް މަގުދައްކާނެއެވެ.

Verse 24

وَقِفُوهُمْ ۖ إِنَّهُم مَّسْـُٔولُونَ

Transliteration waqifūhum innahum masūlūna

Dhivehi އަދި އެމީހުން ހުއްޓުވާށެވެ. އެމީހުންނަކީ ސުވާލު ވެވޭނެ ބަޔެކެވެ. އެމީހުން ނަރަކައަށް ގެންދާނީ ހިސާބު ބެއްލެވުމަށް ފަހުގައެވެ.

Verse 25

مَا لَكُمْ لَا تَنَاصَرُونَ

Transliteration mā lakum lā tanāṣarūna

Dhivehi (އަދި އެމީހުންނަށް ބުނެވޭނެއެވެ.) ކަލޭމެން ދުނިޔޭގައި އެކަކު އަނެކަކަށް ނަޞްރުދިން ފަދައިން މިއަދު އެކަކު އަނެކަކަށް ނަޞްރުނުދެނީ ކީއްވެގެންހެއްޔެވެ؟

Verse 26

بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ

Transliteration bal humu l-yawma mus'taslimūna

Dhivehi އަދި ކިޔެއް ހެއްޔެވެ؟ މިއަދު އެމީހުން އެވަނީ ދެރަވެ ކިޔަމަން ކުރެވިގެންނެވެ.

Verse 27

وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ

Transliteration wa-aqbala baʿḍuhum ʿalā baʿḍin yatasāalūna

Dhivehi އަދި އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތި ލައިގެން ތިބެ (ރުޅިއައިސްގެން އަރައިރުން ވުމުގެ) ސުވާލުތައްކުރާނެއެވެ.

Verse 28

قَالُوٓا۟ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ

Transliteration qālū innakum kuntum tatūnanā ʿani l-yamīni

Dhivehi އެމީހުން ބުނާނެއެވެ. އެބަހީ ތަބަޢަވީ މީހުން ތަބަޢަ ވެވުނު މީހުންނަށް ބުނާނެއެވެ. ހަމަކަށަވަރުން ކަލޭމެން އަހުރެމެންނަށް ޙައްޤު ފިޔަވައި ވަސްވާސްތައް ދިނީއެވެ.

Verse 29

قَالُوا۟ بَل لَّمْ تَكُونُوا۟ مُؤْمِنِينَ

Transliteration qālū bal lam takūnū mu'minīna

Dhivehi އަނެއްބައި މީހުން ބުންޏެވެ. (އެބަހީ ތަބަޢަވެވުނު ބޮޑެތި މީހުން ތަބަޢަވީ މީހުންނާ ދިމާއަށް ބުނާނެއެވެ.) އެހެން ވީއެއްނޫނެވެ. ކަލޭމެން ހަމަ މުއުމިނުން ކަމުގައި ނުވަނީ އެވެ. ކަލޭމެންގެ ހިތްތައްވީ ކާފަރުކަމަށް ލެނބިގެންނެވެ.

Verse 30

وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَـٰنٍۭ ۖ بَلْ كُنتُمْ قَوْمًا طَـٰغِينَ

Transliteration wamā kāna lanā ʿalaykum min sul'ṭānin bal kuntum qawman ṭāghīna

Dhivehi (އަދި مجرم ންގެ މީހުންގެ ތެރެއިން تبع ވެވުނު ބޮޑެތި މީހުން ދެރަމީހުންނާ ދިމާއަށް ބުނެއެވެ.) ކަލޭމެންގެ މައްޗަކަށް އަހުރެމެންނަކަށް އެއްވެސް ބާރެއްލިބިގެންނުވެއެވެ. އަދި ކިޔެއްހެއްޔެވެ؟ އެހެންނަކުން ނޫނެވެ. ކަލޭމެންނަކީ ހަމަ (ކާފަރުކަމާއި މަގުފުރެދުމުގައި) ހައްދުފަހަނަޅާފައިވާ ބައެކެވެ. ނުކިޔަމަންތެރި ބައެކެވެ.

Verse 31

فَحَقَّ عَلَيْنَا قَوْلُ رَبِّنَآ ۖ إِنَّا لَذَآئِقُونَ

Transliteration faḥaqqa ʿalaynā qawlu rabbinā innā ladhāiqūna

Dhivehi "އަހުރެމެން ދެބައި މީހުންގެ މައްޗަށްވެސް އަހުރެމެންގެ ربّ ގެ (عذاب ގެ) ބަސްފުޅު حق ވީއެވެ. ހަމަކަވަރުން އަހުރެމެންނަކީ އޭގެ ރަހަ ލިބޭނެ ބައެކެވެ."

Verse 32

فَأَغْوَيْنَـٰكُمْ إِنَّا كُنَّا غَـٰوِينَ

Transliteration fa-aghwaynākum innā kunnā ghāwīna

Dhivehi "ފަހެ އަހުރެމެން ކަލޭމެން މަގުފުރެއްދީމެވެ. (އެބަހީ އަހުރެމެން ތިބިގޮތަށް ކަލޭމެންނަށްވެސް ގޮވީމެވެ. ދެން ކަލޭމެންވެސް އަހުރެމެންނާ އެއްގޮތަށް ހެދީއެވެ.) އަހުރެމެންނީ މަގުފުރައްދާ މީހުންނެވެ."

Verse 33

فَإِنَّهُمْ يَوْمَئِذٍ فِى ٱلْعَذَابِ مُشْتَرِكُونَ

Transliteration fa-innahum yawma-idhin fī l-ʿadhābi mush'tarikūna

Dhivehi ފަހެ ހަމަކަށަވަރުން އެމީހުން އެދުވަހުން عذاب ގައި ބައިވެރިވާނެއެވެ. (އެބަހީ تبع ވީ މީހުންނާއި އަދި تبع ވެވުނު ބޮޑެތި މީހުންނާއި عذاب ގައި ބައިވެރިވާނެއެވެ.

Verse 34

إِنَّا كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ

Transliteration innā kadhālika nafʿalu bil-muj'rimīna

Dhivehi އަދި ހަމަކަށަވަރުން مجرم ންނާއިމެދު އެބަހީ ކުށްވެރިންނާއި މެދު ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ. (އެބަހީ ކޮންމެ ވައްތަރެއްގެ ކުށުގެ ވެރިން އެބާވަތުގެ ކުށުގެ ވެރިންނާއި އެކުގައެވެ. ޒިނޭކުރި މީހުން ޒިނޭކުރި މީހުންނާއި އެކުގައެވެ. މީހުންމެރި މީހުން އެފަދަ މީހުންނާއިއެކުގައެވެ. ދެން އެގޮތަށެވެ....

Verse 35

إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَـٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ

Transliteration innahum kānū idhā qīla lahum lā ilāha illā l-lahu yastakbirūna

Dhivehi ހަމަކަށަވަރުން އެމީހުންވީ لاَ إلَهَ إلاَّ الله ކިޔާށޭ އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބޮޑާވެ އެބަސްފުޅު ނުކިޔައި އެއިން މޫނު އަނބުރައިލާ މީހުންކަމުގައެވެ.

Verse 36

وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍ مَّجْنُونٍۭ

Transliteration wayaqūlūna a-innā latārikū ālihatinā lishāʿirin majnūnin

Dhivehi އަދި އެމީހުން ބުނެއެވެ. "މޮޔަވެފައިވާ ޅެންވެރިއެއްގެ ބަހަށް (رسول الله ﷺ ގެ ބަހަށް) އަހަރެމެންގެ إله ންތައް އަހަރެމެން ހަމަ ދޫކޮށްލަންވީ ހެއްޔެވެ؟ އެހެން ދޫނުކޮށްލެވޭނެއެވެ."

Verse 37

بَلْ جَآءَ بِٱلْحَقِّ وَصَدَّقَ ٱلْمُرْسَلِينَ

Transliteration bal jāa bil-ḥaqi waṣaddaqa l-mur'salīna

Dhivehi އަދި ކިޔެއް ހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އެކަލޭގެފާނު ވަޑައިގެންނެވީ حق ކަމުގައިވާ ކީރިތި قرآن އާއިގެންނެވެ. އަދި އެއީ އެކަލޭގެފާނުންގެ ކުރީގެ رسول ބޭކަލުންވެސް ވިދާޅުވި حق ތެދު ބަހެވެ. އެބަހީ އެބޭކަލުންވެސް ވިދާޅުވީ ﷲ ގެ އެއްކައުވަންތަކަމުގެ ވާހަކައާއި قيامة ވާނެކަމާއި ނުކިޔަމަންތެރިންނަށް عذاب ހުރި ވާހަކައާއި މިބާވަތުގެ ވާހަކައެވެ. އެކަލޭގެފާނުވެސް ހަމަ އެއްވާހަކައެވެ.

Verse 38

إِنَّكُمْ لَذَآئِقُوا۟ ٱلْعَذَابِ ٱلْأَلِيمِ

Transliteration innakum ladhāiqū l-ʿadhābi l-alīmi

Dhivehi އަދި ހަމަކަށަވަރުން ކަލޭމެންނަކީ ވޭންދެނިވި عذاب ގެ ރަހަ ލިބިގަންނާނޭ ބަޔެކެވެ. (މިއީ مجرم ން ނަރަކައަށް ވައްދަން ގެންދެވޭއިރު އެމީހުންނަށް އިއްވޭ އިއްވުމެކެވެ.)

Verse 39

وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ

Transliteration wamā tuj'zawna illā mā kuntum taʿmalūna

Dhivehi އަދި ކަލޭމެން ދުނިޔޭގައި ކުރި ކަމަކަށްމެނުވީ ކަލޭމެންނަށް جزاء ނުލިބޭނެއެވެ.

Verse 40

إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

Transliteration illā ʿibāda l-lahi l-mukh'laṣīna

Dhivehi އެކަމަކު ﷲ ގެ إخلاص ތެރި އަޅުން މެނުވީއެވެ. އެމީހުންނަކަށް عذاب ގެ ރަހައެއްނުލިބޭނެއެވެ.

Verse 41

أُو۟لَـٰٓئِكَ لَهُمْ رِزْقٌ مَّعْلُومٌ

Transliteration ulāika lahum riz'qun maʿlūmun

Dhivehi އެބައި މީހުންނަށް - އެބަހީ ﷲ ގެ އިޚްލާސްތެރި އަޅުންނަށް - ކަނޑައެޅިގެންވާ ރިޒުޤުވެއެވެ. ސުވަރުގޭގައެވެ. (ރަހައިގެ ރަނގަޅުކަމާއި ކެނޑިދިއުމެއް ނެތްކަމާއި ބޭނުން ވަގުތަކު ލިބޭ ކަމާއި މިހުރިހާ ކަމެއް އެނގި ބާޔާންވެގެންވާ ރިޒުޤެވެ.)

Verse 42

فَوَٰكِهُ ۖ وَهُم مُّكْرَمُونَ

Transliteration fawākihu wahum muk'ramūna

Dhivehi އެއީ މޭވާގެ ބާވަތްތަކެވެ. (ދުލުން ބުނަން ނޭނގޭ ހިތްތަކަށް ތަޞައްވަރު ނުކުރެވޭހާ މީރު މޭވާތަކެވެ.) އަދި އެމީހުން ސުވަރުގޭގައި ވަނީ މާތްކުރެވިގެންނެވެ. (ﷲ އާއި ބައްދަލުވުމުގެ މާތްކަމެވެ. އެކަލާނގެ ބަސްފުޅު އެހުމުގެ މާތްކަމެވެ. އެކަލާނގެ ރުއްސެވުމުގެ މާތްކަމުގައެވެ. ސުވަރުގޭގެ ގިނަ ނިޢުމަތުގެ މާތްކަމުގައެވެ.)

Verse 43

فِى جَنَّـٰتِ ٱلنَّعِيمِ

Transliteration fī jannāti l-naʿīmi

Dhivehi އެމީހުން ތިބޭނީނިޢުމަތްތަކުގެ ވެރި ސުވަރުގެ ތަކުގައެވެ.

Verse 44

عَلَىٰ سُرُرٍ مُّتَقَـٰبِلِينَ

Transliteration ʿalā sururin mutaqābilīna

Dhivehi އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިވާގޮތަށް އެނދުދާންކޮޅު ތަކުގައެވެ.

Verse 45

يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍۭ

Transliteration yuṭāfu ʿalayhim bikasin min maʿīnin

Dhivehi އެމީހުން އެނިޢުމަތުގައި ތިބޭއިރު ރަހަ މީރު ރާތަށިތަށް އެމީހުންގެ ކައިރީގައި ދައުރުކުރެވޭނެއެވެ.

Verse 46

بَيْضَآءَ لَذَّةٍ لِّلشَّـٰرِبِينَ

Transliteration bayḍāa ladhatin lilshāribīna

Dhivehi އެ ރާ ސާފުވެ ހުދުވެގެންވެއެވެ. (ސާފު ރިހި ފަދައެވެ.) ބޯމީހުންނަށް ރަހަމީރު ލައްޒަތު ހުރި ރަލެކެވެ.

Verse 47

لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ

Transliteration lā fīhā ghawlun walā hum ʿanhā yunzafūna

Dhivehi އޭގެ ސަބަބުން ބަނޑުގައި ރިހުމެއް ބޮލުގައި ރިހުމެއް ނުވެއެވެ. އަދި (ދުނިޔޭގެ ރާބުއިމާވާގޮތަށް) އެރާބުއިމުން އެމީހުން މަސްތުނުވާނެއެވެ.

Verse 48

وَعِندَهُمْ قَـٰصِرَٰتُ ٱلطَّرْفِ عِينٌ

Transliteration waʿindahum qāṣirātu l-ṭarfi ʿīnun

Dhivehi އަދި އެމީހުންނަށް މާތްވެގެންވާ حُوْرُ العِينُ އަންހެން ކުދިންވެއެވެ. އެކަނބަލުންގެ ލޯތަށް ހުއްޓިގެންވާނީ ހަމައެކަނި އެކަނބަލުންގެ ފިރިންނާ ދިމާއަށެވެ. އެކަނބަލުންގެ ލޯތައް ތަނަވަސްވެ ރީތި ވެގެންވެއެވެ.

Verse 49

كَأَنَّهُنَّ بَيْضٌ مَّكْنُونٌ

Transliteration ka-annahunna bayḍun maknūnun

Dhivehi އެކަނބަލުންގެ ރީތިކަން ކޮންފަދަ ހެއްޔެވެ؟ ރީތިކޮށް ރައްކާކުރެވިގެންވާ (نعام ދޫނީގެ) ބިހެއް ފަދައެވެ. (މިމިސާލަކީ އަންހެނުންގެ ދޮންކަމާއި ސާފުކަމާއި ލޫޅާފަތިކަމާއި ޗާލުކަމާއި އަދި ރީތިކަން ސިފަކުރުމަށް عرب ން ޖަހައި އުޅޭ މިސާލެކެވެ.)

Verse 50

فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ

Transliteration fa-aqbala baʿḍuhum ʿalā baʿḍin yatasāalūna

Dhivehi އަދި އޭގެ އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލައިގެން ތިބެ (ދުނިޔޭގެ އެކި އެކި حال ތަކާއި މެދު) ސުވާލުކުރާނެއެވެ. މަޖާ ނަގާ ހަދާނެއެވެ.

Verse 51

قَالَ قَآئِلٌ مِّنْهُمْ إِنِّى كَانَ لِى قَرِينٌ

Transliteration qāla qāilun min'hum innī kāna lī qarīnun

Dhivehi އަދި އޭގެތެރެއިން ބުނާ މީހަކު ބުނާނެއެވެ. ހަމަކަށަވަރުން (قيامة قبول ނުކުރާ ކާފަރު) رحمة ތެރިއަކު އަހުރެންނަށް ދުނިޔޭގައި ވިއެވެ.

Verse 52

يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ

Transliteration yaqūlu a-innaka lamina l-muṣadiqīna

Dhivehi މަލާމާތުގެ ގޮތުން އޭނާ އަހުރެންނަށް ބުނެއެވެ. ކަލޭވެސް ތިޔައީ (قيامة) ތެދުކޮށް قبول ކުރާ މީހުން ކުރެ މީހަކު ހެއްޔެވެ؟

Verse 53

أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَدِينُونَ

Transliteration a-idhā mit'nā wakunnā turāban waʿiẓāman a-innā lamadīnūna

Dhivehi "އަހުރެމެން މަރުވެ މަސްތައް ފީވެގޮސް ކަށްޓައްވެ ކަށި ފީވެ ވެއްޔަށްވުމަށް ފަހު (އަލުން ދިރުވިގެން) عمل ތަކަށް ހިސާބު ބައްލަވާ ޖަޒާދެއްވާނެހެއްޔެވެ؟" (އެއީ ވާނެ ކަމެއްނޫނެވެ.)

Verse 54

قَالَ هَلْ أَنتُم مُّطَّلِعُونَ

Transliteration qāla hal antum muṭṭaliʿūna

Dhivehi އަދި އޭނާގެ جليس ންނަށް އެ مؤمن މީހާ ބުނާނެއެވެ. "ކަލޭމެން އަހުރެންނާއެކު އޭނާ ކޮބައިތޯ ނަރަކަ ބަލައިލަން އައިސް ބަލާށެވެ. އައިސްފާނުހެއްޔެވެ؟"

Verse 55

فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلْجَحِيمِ

Transliteration fa-iṭṭalaʿa faraāhu fī sawāi l-jaḥīmi

Dhivehi ދެންފަހެ އެމީހުން ގޮސް ނަރަކަ ބަލާއިރު އޭނާ ފެންނާނީ ނަރަކައިގެ މެދުގައި ވަނިކޮށެވެ.

Verse 56

قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ

Transliteration qāla tal-lahi in kidtta latur'dīni

Dhivehi ދެން އެ مؤمن މީހާ ކާފަރުމީހާއާއި ދިމާލަށް ބުނާނެއެވެ. "ﷲ ގަންދީ ބުނަމެވެ. ކަލޭ އަހުރެންނަށް ވަސްވާސްދީ އަހަރެންވެސް ތިޔަ ނަރަކައަށް ވައްޓައިލުމަށް ގާތްވެގެންވިއެވެ.

Verse 57

وَلَوْلَا نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ

Transliteration walawlā niʿ'matu rabbī lakuntu mina l-muḥ'ḍarīna

Dhivehi އަހުރެންގެ رب ގެ نعمة އަހުރެންނަށް ނުވިނަމަ ހަމަކަށަވަރުން އަހުރެންވެސް ކަލޭއާއެކު ތިޔަ ނަރަކައަށް حاضر ވީ މީހުންގެ ތެރެއިން ވީހެވެ."

Verse 58

أَفَمَا نَحْنُ بِمَيِّتِينَ

Transliteration afamā naḥnu bimayyitīna

Dhivehi އެ مؤمن މީހާ (މަޖާވެގެން އޭނާގެ ސުވަރުގޭގެ އެކުވެރިންނަށް) ބުނާނެއެވެ. އަހުރެމެން ދެން ހަމަ މަރުނުވާނެހެއްޔެ؟

Verse 59

إِلَّا مَوْتَتَنَا ٱلْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ

Transliteration illā mawtatanā l-ūlā wamā naḥnu bimuʿadhabīna

Dhivehi އަހުރެމެން (ދުނިޔޭގެ حياة ގައި އުޅެނިކޮށް) އެވީ ފުރަތަމަ މަރު މެނުވީ ދެން މަރު ނުވާނެއެވެ. އަދި عذاب ދެއްވޭ މީހުންގެ ތެރެއިން އަހުރެމެން ނުވިއެވެ.

Verse 60

إِنَّ هَـٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ

Transliteration inna hādhā lahuwa l-fawzu l-ʿaẓīmu

Dhivehi ހަމަކަށަވަރުން މިއީ ބޮޑުވެގެންވާ ނަސީބެވެ.

Verse 61

لِمِثْلِ هَـٰذَا فَلْيَعْمَلِ ٱلْعَـٰمِلُونَ

Transliteration limith'li hādhā falyaʿmali l-ʿāmilūna

Dhivehi "މިފަދަ ނަސީބަށްޓަކައި عمل ކުރާ މީހުން عمل ކުރާ ހުށިކަމެވެ. ހެޔޮ عمل ކުރާ ހުށިކަމެވެ."

Verse 62

أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ ٱلزَّقُّومِ

Transliteration adhālika khayrun nuzulan am shajaratu l-zaqūmi

Dhivehi މެހުމާނުން ފައިބާތިބޭ ގޮތަށް ފައިބާތިބޭން ހެޔޮވެގެންވަނީ އިސްވެދިޔަފަދަ ސިފަހުރި ސުވަރުގެ ހެއްޔެވެ؟ ނުވަތަ ނުބައިވެގެންވާ زَقُّوم ގަސްހެއްޔެވެ؟

Verse 63

إِنَّا جَعَلْنَـٰهَا فِتْنَةً لِّلظَّـٰلِمِينَ

Transliteration innā jaʿalnāhā fit'natan lilẓẓālimīna

Dhivehi ތިމަންރަސްކަލާނގެ އެގަސް ލެއްވީ އަނިޔާވެރިންނަށްވާ ފިތުނައެއްގެ ގޮތުގައެވެ. (އެބަހީ ނަރަކައިގާ ގަހެއް ނުހުންނަ ވާހަކަ އެންގެވީމާ ކާފަރުންގެ މީހުން ޤަބޫލުނުކުރިއެވެ. އެހެނީ އަލިފާނަކީ ގަސްއަންދާ އެއްޗެކެވެ. އެމީހުންބުނީ އަލިފާނުގައި ގަސްހުންނާނީ ކޮންފަދައަކުން ހެއްޔެވެ؟

Verse 64

إِنَّهَا شَجَرَةٌ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ

Transliteration innahā shajaratun takhruju fī aṣli l-jaḥīmi

Dhivehi ހަމަކަށަވަރުން އެގަސްފަޅާފައިވަނީ ނަރަކައިގެ އެންމެ އަޑިންނެވެ. (އޭގެ ގޮފިތަށް ނަރަކައިގެ އެންމެހާ ތަނަކަށް ފެތިރުފައިވާނެއެވެ.)

Verse 65

طَلْعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَـٰطِينِ

Transliteration ṭalʿuhā ka-annahu ruūsu l-shayāṭīni

Dhivehi އަދި އެއިން ނުކުންނަ މޭވާ ނުވަތަ މޭވާގެ ނަމުގައި ނުކުންނަ އެތި ކޮންފަދަ ހެއްޔެވެ؟ އެތަކެތި ހީވަނީ ސައިތާނުންގެ ބޯތަކެއް ހެންނެވެ. (އެހާވަސްނުބައިވެފައި ހަޑިވެފައި ހިތިވާނެއެވެ.)

Verse 66

فَإِنَّهُمْ لَـَٔاكِلُونَ مِنْهَا فَمَالِـُٔونَ مِنْهَا ٱلْبُطُونَ

Transliteration fa-innahum laākilūna min'hā famāliūna min'hā l-buṭūna

Dhivehi ފަހެ ހަމަކަށަވަރުން ނަރަކައިގެ އަހުލު ވެރިން އެގަހުން ނުވަތަ އެގަހުގެ މޭވާއިން ކާނެއެވެ. އެމީހުންގެ ބަނޑުތައް އެއިން ފުރާނެއެވެ.

Verse 67

ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ

Transliteration thumma inna lahum ʿalayhā lashawban min ḥamīmin

Dhivehi ފަހެ ހަމަކަށަވަރުން އެމީހުން އޭގެ މައްޗަށް ބުއިމެއް ބޯނެއެވެ. އެއީ ހޫނުކަން ގަދަވެގެންގޮސް ދެން އެހެން ދަރަޖައެއްނުވާ حَمِيم އެވެ ކިޔާ ފެނެކެވެ.

Verse 68

ثُمَّ إِنَّ مَرْجِعَهُمْ لَإِلَى ٱلْجَحِيمِ

Transliteration thumma inna marjiʿahum la-ilā l-jaḥīmi

Dhivehi ދެން އަލުންވެސް އެމީހުންގެ ތަނަކީ ހަމަ ނަރަކައެވެ.

Verse 69

إِنَّهُمْ أَلْفَوْا۟ ءَابَآءَهُمْ ضَآلِّينَ

Transliteration innahum alfaw ābāahum ḍāllīna

Dhivehi ހަމަކަށަވަރުން އެމީހުން (ދުނިޔޭގައި އުޅުނު އިރު) އެމީހުން ދުށީ އެމީހުންގެ މަގުފުރެދުނު އިސްވެ ދިޔަ ކާބަފައިންނެވެ.

Verse 70

فَهُمْ عَلَىٰٓ ءَاثَـٰرِهِمْ يُهْرَعُونَ

Transliteration fahum ʿalā āthārihim yuh'raʿūna

Dhivehi ދެން މި މީހުންވެސް އެކާބަފައިންގެ އަސަރުގެ މަތީގައި އަވަސްވެ ގަތީއެވެ. ކާބަފައިން ހެދިގޮތަށް ހެދީއެވެ.

Verse 71

وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ ٱلْأَوَّلِينَ

Transliteration walaqad ḍalla qablahum aktharu l-awalīna

Dhivehi އަދި ހަމަކަށަވަރުން މި މީހުންގެ ކުރިން (މައްކާގެ މުޝްރިކުންގެ ކުރިން) އެތަށްގިނަ ބަޔަކު މަގުފުރެދިގެންގޮސްފައި ވެއެވެ. (އެއީ އިސްވެދިޔަ އުއްމަތްތަކެވެ.)

Verse 72

وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ

Transliteration walaqad arsalnā fīhim mundhirīna

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ތެރެއަށް އިންޒާރު ދެއްވާނޭ ރަސޫލު ބޭކަލަކު ފޮނުއްވީމެވެ.

Verse 73

فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُنذَرِينَ

Transliteration fa-unẓur kayfa kāna ʿāqibatu l-mundharīna

Dhivehi ދެންފަހެ އިންޒާރު ކުރެވުނު ޤައުމުތަކުގެ ފަހުކޮޅު އެމީހުންގެ ނިމުން ދިޔައީ ކިހިނަކުންތޯ ނިކަންބަލައިބަލާށެވެ. (ހަލާކުވެ ބަރުބާދު ވެގެން ދިޔައީއެވެ.)

Verse 74

إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

Transliteration illā ʿibāda l-lahi l-mukh'laṣīna

Dhivehi ހަމައެކަނި ސަލާމަތްވަނީ (އީމާންކަމާއި تَوْحِيد ގެ މަގަށް تَوْفِيق ދެއްވުނު) ﷲ ގެ އިޚްލާސްތެރި އަޅުންނެވެ. މާތް މުއުމިނުންނެވެ.

Verse 75

وَلَقَدْ نَادَىٰنَا نُوحٌ فَلَنِعْمَ ٱلْمُجِيبُونَ

Transliteration walaqad nādānā nūḥun falaniʿ'ma l-mujībūna

Dhivehi އަދި ހަމަކަށަވަރުން نوح عليه السلام ތިމަންރަސްކަލާނގެއަށް ދުޢާކުރައްވައި މުނާޖާ ދެންނެވިއެވެ. ފަހެ ތިމަންރަސްކަލާނގެއީ ޖަވާބު ދެއްވުމުގައި ހެޔޮވެގެންވާ ފަރާތެވެ.

Verse 76

وَنَجَّيْنَـٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ

Transliteration wanajjaynāhu wa-ahlahu mina l-karbi l-ʿaẓīmi

Dhivehi އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ (ދީނީގޮތުން) އަހުލުވެރިން ބޮޑުވެގެންވާ ހިތާމައިން ސަލާމަތްކުރެއްވީމެވެ. އެއީ طُوْفَانُ ންނެވެ.

Verse 77

وَجَعَلْنَا ذُرِّيَّتَهُۥ هُمُ ٱلْبَاقِينَ

Transliteration wajaʿalnā dhurriyyatahu humu l-bāqīna

Dhivehi އަދި އެކަލޭގެފާނުންގެ ދަރިފަސްކޮޅު ޒަމާނަށް ދެމިއޮންނަ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. * ދަންނައެވެ. نوح عليه السلام ގެ ތޫފާނުގައި އެންމެހައި ކާފަރުން ދުނިޔެއިން މަރުވެގެންދިޔައީއެވެ. ނާކޮޅުގައި ހަމައެކަނި ތިބީ މުއުމިނުންނެވެ. އެމީހުން ފަހުން ދަރިފަސްކޮޅުނެތި މަރުވެދިޔައީއެވެ. ހަމައެކަނި ދެމިއޮތީ نوح عليه السلام ގެ ދަރިކޮޅެވެ. وَالله أَعْلَم. = زبدة التفثير =

Verse 78

وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ

Transliteration wataraknā ʿalayhi fī l-ākhirīna

Dhivehi އަދި އެކަލޭގެފާނަށްޓަކައި ފަހުން އަންނަ މީހުން ކިޔޭ ގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.

Verse 79

سَلَـٰمٌ عَلَىٰ نُوحٍ فِى ٱلْعَـٰلَمِينَ

Transliteration salāmun ʿalā nūḥin fī l-ʿālamīna

Dhivehi سَلاَمٌ عَلَى نُوحٍ (يعني نوح عليه السلام ގެ މައްޗަށް سلام ހުއްޓޭ) އެންމެންގެ ތެރޭގައި އަބަދުގެ އަބަދަށް އެހެން ކިޔޭ ގޮތް ލެއްވީމެވެ.

Verse 80

إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Transliteration innā kadhālika najzī l-muḥ'sinīna

Dhivehi ހަމަކަށަވަރުން إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

Verse 81

إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ

Transliteration innahu min ʿibādinā l-mu'minīna

Dhivehi ހަމަކަށަވަރުން އެކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ مؤمن އަޅުތަކުންގެ ތެރެއިންނެވެ.

Verse 82

ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ

Transliteration thumma aghraqnā l-ākharīna

Dhivehi ދެން (ނާކޮޅުގައި ތިބިމީހުން ފިޔަވައި) ބާކީ ތިބިއެންމެން ތިމަންރަސްކަލާނގެ غرق ކުރެއްވީމެވެ.

Verse 83

۞ وَإِنَّ مِن شِيعَتِهِۦ لَإِبْرَٰهِيمَ

Transliteration wa-inna min shīʿatihi la-ib'rāhīma

Dhivehi އަދި ހަމަކަށަވަރުން إبراهيم عليه السلام ވަނީ އެކަލޭގެފާނުގެ- އެބަހީ نوح عليه السلام ގެ جماعة ގެ ތެރެއިންނެވެ.

Verse 84

إِذْ جَآءَ رَبَّهُۥ بِقَلْبٍ سَلِيمٍ

Transliteration idh jāa rabbahu biqalbin salīmin

Dhivehi އެއީ އެކަލޭގެފާނުގެ އެބަހީ إبراهيم عليه السلام އެކަލޭގެފާނުންގެ رب ގެ حضرة އަށް إخلاص ތެރިވެގެންވާ- އަދި شرك ން ސަލާމަތްވެގެންވާ ސާފު ހިތްޕުޅަކާއިގެން ވަޑައިގެންނެވި ހިނދުންނެވެ. (އެބަހީ އެކަލޭގެފާނު ﷲ އަށް إخلاص ތެރިވެވަޑައިގެން إيمان ވެވެޑައިގެންނެވިއެވެ.)

Verse 85

إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَاذَا تَعْبُدُونَ

Transliteration idh qāla li-abīhi waqawmihi mādhā taʿbudūna

Dhivehi ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ ބައްޕައަށާއި އަދި قوم އަށް ވިދާޅުވިއެވެ. ކަލޭމެން ތިޔަ އަޅުކަން ކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟

Verse 86

أَئِفْكًا ءَالِهَةً دُونَ ٱللَّهِ تُرِيدُونَ

Transliteration a-if'kan ālihatan dūna l-lahi turīdūna

Dhivehi ﷲ ފިޔަވައި މުޅިން ދޮގު إله ންތަކަކަށް އަޅުކަން ކުރަނީ ހެއްޔެވެ؟ (إله އެއްކަމުގައި ނުވާ ފަރާތްތަކަށް إله ންކަމުގައި ހަދައި އަޅުކަން ކުރުމީ އެންމެ ބޮޑު ދޮގެވެ.)

Verse 87

فَمَا ظَنُّكُم بِرَبِّ ٱلْعَـٰلَمِينَ

Transliteration famā ẓannukum birabbi l-ʿālamīna

Dhivehi "ފަހެ عالم ތައް ހައްދަވާ ބޮޑުކުރައްވާ رب އާއި މެދު ކަލޭމެން ހީކުރަނީ ކީކޭހެއްޔެވެ؟ (އެހެން ފަރާތްތަކަކަށް އަޅުކަން ކޮށްފައި ދެން އެކަލާނގެއާއި ބައްދަލުވީމާ ދެންވާނޭކަމަށް ލަފާ ކުރަނީ ކިހިނެއްހެއްޔެވެ؟) "

Verse 88

فَنَظَرَ نَظْرَةً فِى ٱلنُّجُومِ

Transliteration fanaẓara naẓratan fī l-nujūmi

Dhivehi ދެންފަހެ އެކަލޭގެފާނު ތަރިތަކަށް ބެއްލެވިއެވެ.

Verse 89

فَقَالَ إِنِّى سَقِيمٌ

Transliteration faqāla innī saqīmun

Dhivehi އަދި ވިދާޅުވިއެވެ. އަހުރެން ބައްޔެވެ. * ދަންނައެވެ. އެރަށުގެ މީހުންނަކީ ތަރިތަކަށްވެސް އަޅުކަން ކުރާބައެކެވެ. نجومى علم އަށް މާބޮޑަށް އިތުބާރުކުރާ ބައެކެވެ. إبراهيم عليه السلام ތަރިތަކަށް ބައްލަވާފައި ތިމަންނާ ބައްޔޭ ވިދާޅުވީމާ އެމީހުން އެކަން قبول ކުރިއެވެ. އެމީހުންނާއިއެކު عيد ކުޅިވަރަށް ނުނުކުތުމުގެ عذر އެއްކަމުގައި އެމީހުން قبول ކުރިއެވެ. އެމީހުން އެކަލޭގެފާނުގެ ކިބައިން އެދުނީ އެމީހުންނާއިއެކު عيد ގެ ކުޅިވަރަށް ނުކުތުމަށެވެ. އެހިނދު އެކަލޭގެފާނު ތަރިތަކަށް ބައްލަވާފައި ބައްޔޭ ވިދާޅުވީމާ އެމީހުންނަށް ހީވީ އެކަލޭގެފާނަށް نجومى ގޮތުން ފެނިވަޑައިގެންނެވި އެއްޗެއްކަމަށެވެ. އެހެންވެ އެކަލޭގެފާނުންގެ އެ عذر އެމީހުން قبول ކުރީއެވެ.

Verse 90

فَتَوَلَّوْا۟ عَنْهُ مُدْبِرِينَ

Transliteration fatawallaw ʿanhu mud'birīna

Dhivehi ދެން އެކަލޭގެފާނު ދޫކޮށްލާފައި އެމީހުން ދިޔައީއެވެ.

Verse 91

فَرَاغَ إِلَىٰٓ ءَالِهَتِهِمْ فَقَالَ أَلَا تَأْكُلُونَ

Transliteration farāgha ilā ālihatihim faqāla alā takulūna

Dhivehi (ދެން އެކަލޭގެފާނު އެކަނިވުމުން) އެމީހުންގެ ބުދުތަކާވީ ފަރާތަށް އެނބުރިވަޑައިގެންފިއެވެ. (އަދި އެތަކެއްޗާ مخاطب ކުރައްވައި ވިދާޅުވިއެވެ.) "ކަލޭމެން ނުކާނޭ ހެއްޔެވެ؟ (އޭރު އެމީހުން ބުދަށް އެޅިކާނާވެސް އެތާ ހުއްޓެވެ.) "

Verse 92

مَا لَكُمْ لَا تَنطِقُونَ

Transliteration mā lakum lā tanṭiqūna

Dhivehi އަދި ވިދާޅުވިއެވެ. "ކަލޭމެން ވާހަކަ ނުދައްކައި ބަހެއްނުބުނެ ތިޔަތިބީކީއްވެފައި ހެއްޔެވެ؟ކަލޭމެންނަށްވީ ކީއްހެއްޔެވެ؟" (އެއީ ހިލަތަކެއްކަމާއި އެތަކެތި ވާހަކަ ނުދައްކާނެކަންވެސް އެގިވަޑައިގަންނަވައެވެ.)

Verse 93

فَرَاغَ عَلَيْهِمْ ضَرْبًۢا بِٱلْيَمِينِ

Transliteration farāgha ʿalayhim ḍarban bil-yamīni

Dhivehi އަދި އެތަކެއްޗާއި ދިމާއަށް ލެބިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ތަޅާންފަށައިފިއެވެ. ތަޅާ ކުދިކުދި ކުރައްވައިފިއެވެ.

Verse 94

فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ

Transliteration fa-aqbalū ilayhi yaziffūna

Dhivehi ދެން އެމީހުން (އެބަހީ އެއަށް އަޅުކަން ކުރާމީހުން އެތަނަށް ވަންއިރު އެތަކެއްޗަށްވެފައި ހުރިގޮތް ދެކެފައި އެއީ إبراهيم ގެ ކަމެއްކަން އެނގިގެން) އެކަލޭގެފާނާއި ދިމާއަށް އަވަސްވެގެންފިއެވެ.

Verse 95

قَالَ أَتَعْبُدُونَ مَا تَنْحِتُونَ

Transliteration qāla ataʿbudūna mā tanḥitūna

Dhivehi އެކަލޭގެފާނު އެމީހުންނާއި ދިމާއަށް ވިދާޅުވިއެވެ. "ކަލޭމެން އަތުން ކޮށައިގެން ހަދާ ބުދުތަކަށް ކަލޭމެން އަޅުކަން ކުރަނީހެއްޔެވެ؟ (ތިޔައީ ކިހާ ދެއުޅިއެއްނުވާ ކަމެއްހެއްޔެވެ.) "

Verse 96

وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ

Transliteration wal-lahu khalaqakum wamā taʿmalūna

Dhivehi ކަލޭމެންނާއި އަދި ކަލޭމެން ކުރާކަންތައްތައްވެސް ހެއްދެވީ ﷲ އެވެ. (އެބަހީ ކަލޭމެންނާއި ކަލޭމެން އަތުން ތިޔަ ހަދާ ބުދުތައްވެސް ހެއްދެވީ ހަމަ ﷲ އެވެ.

Verse 97

قَالُوا۟ ٱبْنُوا۟ لَهُۥ بُنْيَـٰنًا فَأَلْقُوهُ فِى ٱلْجَحِيمِ

Transliteration qālū ib'nū lahu bun'yānan fa-alqūhu fī l-jaḥīmi

Dhivehi ދެން އެމީހުން (އެއްބަޔަކު އަނެއްބަކަށް ބުންޏެވެ. "ކަލޭމެން އޭނާ ލާނެ ބިނާއެއްހަދާށެވެ. (ތަނެއްހަދައި އެތަނަށް ދަރު އަޅައި އެތަން ރޯކޮށް އެތަނަށް) އޭނާ އެއްލައިލާށެވެ."

Verse 98

فَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَـٰهُمُ ٱلْأَسْفَلِينَ

Transliteration fa-arādū bihi kaydan fajaʿalnāhumu l-asfalīna

Dhivehi ފަހެ އެމީހުން އެކަލޭގެފާނާއިމެދު ނުބައި ގޮތްތަކެއް ރޭވީއެވެ. ދެން ފަހެ ތިމަންރަސްކަލާނގެ އެމީހުން ލެއްވީ ނިކަމެތި ދަށްބަޔަކުކަމުގައެވެ.\nފަހެ އެމީހުން އެކަލޭގެފާނު އަލިފާންގަޑައްލައި ހެދިއެވެ. އެކަމަކު އޭގެ ތެރެއިން ﷲ އެކަލޭގެފާނު ސަލާމަތް ކުރެއްވީއެވެ. އެވާހަކަ ބައެއް ސޫރަތް ސޫރަތުގައި ދިގުކޮށް ހުންނާނެއެވެ. މިތާމިވަނީ ހަމައެކަނި އިޝާރާތެވެ.

Verse 99

وَقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَهْدِينِ

Transliteration waqāla innī dhāhibun ilā rabbī sayahdīni

Dhivehi އަދި إبراهيم ގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެން އަހުރެންގެ رب ގެ އެންގެވުމަށް (هجرة އަށް) ދަނީއެވެ. އެކަލާނގެ ނިކަންހުރެ އަހުރެންނަށް މަގު ދައްކަވާނެއެވެ.

Verse 100

رَبِّ هَبْ لِى مِنَ ٱلصَّـٰلِحِينَ

Transliteration rabbi hab lī mina l-ṣāliḥīna

Dhivehi (އަދި އެކަލޭގެފާނު ﷲ އަށް دعاء ދެންނެވިއެވެ.) "އޭ އަޅުގެ رب އެވެ! މިއަޅާއަށް صالح ންގެތެރެއިން ދަރިން ދެއްވާދޭވެ!"

Verse 101

فَبَشَّرْنَـٰهُ بِغُلَـٰمٍ حَلِيمٍ

Transliteration fabasharnāhu bighulāmin ḥalīmin

Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حلم ވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރިކަމުގެ خبر ދެއްވީމެވެ.

Verse 102

فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَـٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَـٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ

Transliteration falammā balagha maʿahu l-saʿya qāla yābunayya innī arā fī l-manāmi annī adhbaḥuka fa-unẓur mādhā tarā qāla yāabati if'ʿal mā tu'maru satajidunī in shāa l-lahu mina l-ṣābirīna

Dhivehi (ދެން ފަހެ އެކަލޭގެފާނަށް އެދަރިކަލުން ލިބިވަޑައިގެން ބޮޑުފުޅުވަމުން ގޮސް) إبراهيم عليه السلام ގެ އަރިހުގައި ހިންގަވާ ކުޑަކޮށް މަސައްކަތްކުރެއްވޭވަރަށް ބޮޑުފުޅުވުމުން - އެކަލޭގެފާނު އެދަރިކަލުންނަށް - ޔަޢުނީ، إِسْمَاعِيل (عليه السلام،) އަށް ވިދާޅުވިއެވެ. (އޭރު އެދަރިކަލުންގެ އުމުރުފުޅުން ތޭރަ އަހަރު ކަމުގައި ބައެއް މުފައްސިރުން ލިޔުއްވިއެވެ.) إبراهيم عليه السلام، إِسْمَاعِيل عليه السلام، އަށް ވިދާޅުވިއެވެ. "އޭ އަހުރެންގެ ދަރިފުޅާއެވެ. ހަމަކަށަވަރުން ކަލޭ ކަތިލާތީ (އެބަހީ ذبح ކުރާތީ) އަހުރެންނަށް ހުވަފެނުން ފެނިއްޖެއެވެ. ނަބީބޭކަލުންގެ ހުވަފެނަކީ ހަމަ ޙަޤީޤަތެކެވެ. އެވެވުނު އަމުރުފުޅަކީ ހަމަ ޙަޤީޤީ ޢަމުރުފުޅެކެވެ. ދަރިފުޅަށް މިކަމާމެދު ފެންނަނީ ކިހިނަކުން ހެއްޔެވެ؟ ފެންނަ އެއްޗެއް ބުނެބަލާށެވެ." ދަރިކަލުން ދެންނެވިއެވެ." އޭ ބައްޕާއެވެ. ބައްޕައަށް އަމުރުވެވުނު ގޮތަކަށް ކަންތައް ކުރައްވާށާވެ. ﷲ އިރާދަ ކުރެއްވިއްޔާ އަހުރެންނަކީ ކެތްތެރިއެއްކަމުގައި ބައްޕަ ދެކެވަޑައިގަންނަވާނެއެވެ."

Verse 103

فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ

Transliteration falammā aslamā watallahu lil'jabīni

Dhivehi ދެންފަހެ ދެބަފައިކަލުން ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވެވަޑައިގެން އެކަން ތަންފީޒުކުރުމަށް ކުރިމަތި ލެއްވިހިނދުން އެކުޑަކުޑަދަރިކަލުންގެ ނިތްކުރިފުޅު ބަންޑުންވާ ގޮތަށް ބާއްވައި އެދަރިކަލުން ذبح ކުރެއްވުމަށް إبراهيم عليه السلام ޤަޞްދުކުރައްވައިފިއެވެ.

Verse 104

وَنَـٰدَيْنَـٰهُ أَن يَـٰٓإِبْرَٰهِيمُ

Transliteration wanādaynāhu an yāib'rāhīmu

Dhivehi އަދި އެވަގުތު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. ގޮވާލެއްވީމެވެ. "އޭ إبراهيم އެވެ.

Verse 105

قَدْ صَدَّقْتَ ٱلرُّءْيَآ ۚ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Transliteration qad ṣaddaqta l-ru'yā innā kadhālika najzī l-muḥ'sinīna

Dhivehi ހަމަކަށަވަރުން ކަލޭގެފާނު ކަލޭގެފާނުންގެ ހުވަފެން ތެދުކުރައްވައިފީމުއެވެ." (އެކުޑަ ކުޑަ ދަރިކަލުން ذبح ނުވެވުނަސް އެކަމަށް ޢަޒުމްކުރައްވައި ހުރިހާގޮތަކުން ތައްޔާރުވެވަޑައިގަތުމުން އެކަން ކުރެއްވީކަމުގައި ނިންމެވީއެވެ. ހަމަކަށަވަރުން އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

Verse 106

إِنَّ هَـٰذَا لَهُوَ ٱلْبَلَـٰٓؤُا۟ ٱلْمُبِينُ

Transliteration inna hādhā lahuwa l-balāu l-mubīnu

Dhivehi ހަމަކަށަވަރުން ތިޔައީ ބޮޑުވެގެންވާ އަދި ބަޔާންވެގެންވާ އިމްތިހާނެއްކަން ޔަޤީނެވެ.

Verse 107

وَفَدَيْنَـٰهُ بِذِبْحٍ عَظِيمٍ

Transliteration wafadaynāhu bidhib'ḥin ʿaẓīmin

Dhivehi އަދި ހަމަކަށަވަރުން ބޮޑުވެގެންވާ ذبح އަކުން އެބަހީ ބޮޑުވެގެންވާ كَبش ބަކަށްޓަކުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފިދުޔައެއްދެއްވީމެވެ.

Verse 108

وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ

Transliteration wataraknā ʿalayhi fī l-ākhirīna

Dhivehi އަދި އެކަލޭގެފާނަށްޓަކައި ފަހުން އަންނަމީހުން ކިޔާގޮތަށް ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ.

Verse 109

سَلَـٰمٌ عَلَىٰٓ إِبْرَٰهِيمَ

Transliteration salāmun ʿalā ib'rāhīma

Dhivehi إبراهيم ގެ މައްޗަށް السلام ހުއްޓެވެ. (އެބަހީ ފަހުން އަންނަމީހުން إبراهيم عليه السلام ކިޔޭ ގޮތަށް އެކަލޭގެފާނަށް ޘަނާ އާއި ތަޢްރީފު ލެއްވީމެވެ.)

Verse 110

كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Transliteration kadhālika najzī l-muḥ'sinīna

Dhivehi އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވަނީ އެފަދައިންނެވެ.

Verse 111

إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ

Transliteration innahu min ʿibādinā l-mu'minīna

Dhivehi ހަމަކަށަވަރުން އެކަލޭގެފާނު ވަނީ ތިމަންރަސްކަލާނގެ މުއުމިނު އަޅުންގެ ތެރެއިންނެވެ.

Verse 112

وَبَشَّرْنَـٰهُ بِإِسْحَـٰقَ نَبِيًّا مِّنَ ٱلصَّـٰلِحِينَ

Transliteration wabasharnāhu bi-is'ḥāqa nabiyyan mina l-ṣāliḥīna

Dhivehi إبراهيم عليه السلام އަށް إسحاق ގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.

Verse 113

وَبَـٰرَكْنَا عَلَيْهِ وَعَلَىٰٓ إِسْحَـٰقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِۦ مُبِينٌ

Transliteration wabāraknā ʿalayhi waʿalā is'ḥāqa wamin dhurriyyatihimā muḥ'sinun waẓālimun linafsihi mubīnun

Dhivehi އަދި އެކަލޭގެފާނަށާއި يعني إبراهيم عليه السلام އަށާއި އަދި إسحاق عليه السلام އަށްތިމަންރަސްކަލާނގެ ބަރަކާތްލެއްވީމެވެ. އަދި އެދެބޭކަލުންގެ ދަރިފަސްކޮޅުގައި إحسان ތެރި ރަނގަޅު މީހުންނާއި، އަދި އެމީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ މީހުން - يعني مشركން ތިމަންރަސްކަލާނގެ ލެއްވީމެވެ.

Verse 114

وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَـٰرُونَ

Transliteration walaqad manannā ʿalā mūsā wahārūna

Dhivehi އަދި ހަމަކަށަވަރުން سلام ލެއްވި موسى ގެފާނަށާއި سلام ލެއްވި هارون އާއި ދެބޭކަލުންނަށް ތިމަންރަސްކަލާނގެ نبي ކަން ދެއްވައި ދަރުމަކުރެއްވީމެވެ.

Verse 115

وَنَجَّيْنَـٰهُمَا وَقَوْمَهُمَا مِنَ ٱلْكَرْبِ ٱلْعَظِيمِ

Transliteration wanajjaynāhumā waqawmahumā mina l-karbi l-ʿaẓīmi

Dhivehi އަދި އެދެބޭކަލުންނާއި އެދެބޭކަލުންގެ ޤައުމުގެ މީހުން (ފިރުޢައުނުގެ ކިބައިން ނުވަތަ ޣަރަޤުވުމުން) ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. ޔަޢުނީ ބޮޑުވެގެންވާ ހިތާމައިން ސަލާމަތްކޮށްދެއްވީމެވެ.

Verse 116

وَنَصَرْنَـٰهُمْ فَكَانُوا۟ هُمُ ٱلْغَـٰلِبِينَ

Transliteration wanaṣarnāhum fakānū humu l-ghālibīna

Dhivehi އަދި ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ނަޞްރުދެއްވީމެވެ. އެބޭކަލުންވީ ގަދަވީ މީހުންގެ ތެރެއިންނެވެ.

Verse 117

وَءَاتَيْنَـٰهُمَا ٱلْكِتَـٰبَ ٱلْمُسْتَبِينَ

Transliteration waātaynāhumā l-kitāba l-mus'tabīna

Dhivehi އަދި ބަޔާންވެ ފައުޅުވެގެންވާ ފޮތް (تَوْرَات) ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ދެއްވީމެވެ.

Verse 118

وَهَدَيْنَـٰهُمَا ٱلصِّرَٰطَ ٱلْمُسْتَقِيمَ

Transliteration wahadaynāhumā l-ṣirāṭa l-mus'taqīma

Dhivehi އަދި ސީދާވެގެންވާ ތެދުމަގު ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ދެއްކެވީމެވެ.

Verse 119

وَتَرَكْنَا عَلَيْهِمَا فِى ٱلْـَٔاخِرِينَ

Transliteration wataraknā ʿalayhimā fī l-ākhirīna

Dhivehi އަދި ފަހުން އަންނަ މީހުން ކިޔާގޮތަށް އެދެބޭކަލުންނަށްޓަކައި ތިމަންރަސްކަލާނގެ ދޫކުރެއްވީމުއެވެ.

Verse 120

سَلَـٰمٌ عَلَىٰ مُوسَىٰ وَهَـٰرُونَ

Transliteration salāmun ʿalā mūsā wahārūna

Dhivehi موسى ގެފާނާއި هارون ގެފާނާއި ދެބޭކަލުންގެ މައްޗަށް سلام ހުއްޓެވެ. (އެބަހީ އެބޭކަލުންނަށް موسى عليه السلام ކިޔާގޮތަށާއި هارون عليه السلام ކިޔާގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.)

Verse 121

إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Transliteration innā kadhālika najzī l-muḥ'sinīna

Dhivehi އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

Verse 122

إِنَّهُمَا مِنْ عِبَادِنَا ٱلْمُؤْمِنِينَ

Transliteration innahumā min ʿibādinā l-mu'minīna

Dhivehi އަދި ހަމަކަށަވަރުން އެދެބޭކަލުން ވަނީ ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ.

Verse 123

وَإِنَّ إِلْيَاسَ لَمِنَ ٱلْمُرْسَلِينَ

Transliteration wa-inna il'yāsa lamina l-mur'salīna

Dhivehi އަދި ހަމަކަށަވަރުން إلياس عليه السلام ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.

Verse 124

إِذْ قَالَ لِقَوْمِهِۦٓ أَلَا تَتَّقُونَ

Transliteration idh qāla liqawmihi alā tattaqūna

Dhivehi އެކަލޭގެފާނު އެކަލޭގެފާނުންގެ قوم ގެ މީހުންނަށް ވިދާޅުވި ހިނދު ހަދުމަފުޅުކުރައްވާށެވެ. އެކަލޭގެފާނު قوم ގެ މީހުންނަށް ވިދާޅުވިއެވެ. ކަލޭމެން ފަހެ تقوى ވެރި ނުވާނެހެއްޔެވެ؟ (ﷲ އަށް ބިރުވެތި ނުވާނެހެއްޔެވެ؟)

Verse 125

أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ ٱلْخَـٰلِقِينَ

Transliteration atadʿūna baʿlan watadharūna aḥsana l-khāliqīna

Dhivehi "ކަލޭމެން ހައްދަވާ ސޫރަ ރީތި ކުރެއްވި ކަލާނގެ ދޫކޮށް ކަލޭމެން بعل އެވެ ކިޔާ ބުދަށް އަޅުކަން ކޮށް ގޮވާ ހަދަނީ ހެއްޔެވެ؟

Verse 126

ٱللَّهَ رَبَّكُمْ وَرَبَّ ءَابَآئِكُمُ ٱلْأَوَّلِينَ

Transliteration al-laha rabbakum warabba ābāikumu l-awalīna

Dhivehi ﷲ އެއީ ކަލޭމެންނާއި އަދި ކަލޭމެންގެ އިސްވެދިޔަ ކާބަފައިންގެވެސް رب އެވެ."

Verse 127

فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ

Transliteration fakadhabūhu fa-innahum lamuḥ'ḍarūna

Dhivehi ފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެންފަހެ އެމީހުންވީ عذاب އަށް حاضر ވެވިގެންވާ ބަޔަކުކަމުގައެވެ.

Verse 128

إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

Transliteration illā ʿibāda l-lahi l-mukh'laṣīna

Dhivehi އޭގެތެރެއިން ﷲ ގެ إخلاصތެރި އަޅުން މެނުވީއެވެ.

Verse 129

وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ

Transliteration wataraknā ʿalayhi fī l-ākhirīna

Dhivehi އަދި ފަހުން އަންނަ މީހުން ކިޔާގޮތަށް އެކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ.

Verse 130

سَلَـٰمٌ عَلَىٰٓ إِلْ يَاسِينَ

Transliteration salāmun ʿalā il yāsīna

Dhivehi إلياس ގެ ފާނުންގެ މައްޗަށް سلام ހުއްޓެވެ. (އެބަހީ ފަހުން އަންނަ މީހުން إلياس عليه السلام ކިޔާ ގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.)

Verse 131

إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Transliteration innā kadhālika najzī l-muḥ'sinīna

Dhivehi ހަމަކަށަވަރުން إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

Verse 132

إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ

Transliteration innahu min ʿibādinā l-mu'minīna

Dhivehi އަދި ހަމަކަށަވަރުން އެކަލޭގެފާނު ވަނީ ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ.

Verse 133

وَإِنَّ لُوطًا لَّمِنَ ٱلْمُرْسَلِينَ

Transliteration wa-inna lūṭan lamina l-mur'salīna

Dhivehi އަދި لُوْط عَلَيْهِ السَّلاَم ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.

Verse 134

إِذْ نَجَّيْنَـٰهُ وَأَهْلَهُۥٓ أَجْمَعِينَ

Transliteration idh najjaynāhu wa-ahlahu ajmaʿīna

Dhivehi އެއީ އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން عذاب ން ސަލާމަތް ކުރެއްވިހިނދުންނެވެ.

Verse 135

إِلَّا عَجُوزًا فِى ٱلْغَـٰبِرِينَ

Transliteration illā ʿajūzan fī l-ghābirīna

Dhivehi އެންމެ عجوز އެއް މެނުވީއެވެ. އެބަހީ އެންމެ އަންހެނެއް މެނުވީއެވެ. އެއީ لوط ގެފާނުގެ އަނބިކަނބަލުންނެވެ. ފަހެ އެކަމަނާވީ عذاب ގައި ހަލާކުވި މީހުންގެ ތެރެއިންނެވެ.

Verse 136

ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ

Transliteration thumma dammarnā l-ākharīna

Dhivehi ދެން އީމާންނުވާ އެންމެން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ބަރުބާދު ކުރެއްވީމެވެ.

Verse 137

وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ

Transliteration wa-innakum latamurrūna ʿalayhim muṣ'biḥīna

Dhivehi (އޭ عربى ންގެ قريش ންނޭވެ. ކަލޭމެން شام ކަރައަށް ގޮސް އައިސްވާ މަގުމަތީގައި) ކަލޭމެން އެމީހުންގެ ގޯތިގެދޮރުތަކުން ލައިފާ (އެމީހުން އުޅުނު ތަނުން ލައިފައި) ފަތިސްވަގުތުގައްޔާއި.

Verse 138

وَبِٱلَّيْلِ ۗ أَفَلَا تَعْقِلُونَ

Transliteration wabi-al-layli afalā taʿqilūna

Dhivehi އަދި ރޭގަނޑު ވަގުތު ގޮސް އައިސްވަމުއެވެ. ކަލޭމެންފަހެ އެއްޗެއްވިސްނާ ބުއްދިކޮށް عبرة حاصل ނުކުރަމުހެއްޔެވެ؟

Verse 139

وَإِنَّ يُونُسَ لَمِنَ ٱلْمُرْسَلِينَ

Transliteration wa-inna yūnusa lamina l-mur'salīna

Dhivehi އަދި ހަމަކަށަވަރުން يونس عليه السلام ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.

Verse 140

إِذْ أَبَقَ إِلَى ٱلْفُلْكِ ٱلْمَشْحُونِ

Transliteration idh abaqa ilā l-ful'ki l-mashḥūni

Dhivehi އެކަލޭގެފާނު (އެކަލޭގެފާނުންގެ قوم ގެ މީހުންގެ ކިބައިން) ފިއްލަވައިގެން ވަޑައިގެންނެވި ހިނދުން ބަރާވެފައިވާ ނަވަކަށް އަރާ ވަޑައިގެންނެވިއެވެ.

Verse 141

فَسَاهَمَ فَكَانَ مِنَ ٱلْمُدْحَضِينَ

Transliteration fasāhama fakāna mina l-mud'ḥaḍīna

Dhivehi ދެން ފަހެ (ނަވުގައި މީހުން ގިނަވެ ނައު ލުއިކުރަން މީހުން މަދުކުރުމަށް) އެމީހުން ޤުރުއަތު ލިއެވެ. ފަހެ އެކަލޭގެފާނުވީ އެޤުރުއަތުން ދިމާވެގެން މޫދަށް ފުންމައިލި މީހުންގެ ތެރެއިންނެވެ.

Verse 142

فَٱلْتَقَمَهُ ٱلْحُوتُ وَهُوَ مُلِيمٌ

Transliteration fal-taqamahu l-ḥūtu wahuwa mulīmun

Dhivehi ފަހެ (އެކަލޭގެފާނު ފުންމައިލެއްވުމުން) މަސް އައިސް އެކަލޭގެފާނު ދިރުވައިލައިފިއެވެ. އެއީ އެކަލޭގެފާނަށް މަލާމަތްލިބިވަޑައިގަންނަވާ ޙާލުކޮޅުގައެވެ. (ދެން އެކަލޭގެފާނު އެމަހުގެ ބަނޑުގައި އޮންނަވައިގެން تَسْبِيح ވިދާޅުވިއެވެ. ދުޢާކުރެއްވިއެވެ.)

Verse 143

فَلَوْلَآ أَنَّهُۥ كَانَ مِنَ ٱلْمُسَبِّحِينَ

Transliteration falawlā annahu kāna mina l-musabiḥīna

Dhivehi ،(144) ފަހެ އެކަލޭގެފާނު تَسْبِيح ކީ މީހުންގެ ތެރެއިން / ނުވަތަ ذِكْر ކޮށް ދުޢާ ކުރެއްވި ބޭކަލުންގެ ތެރެއިން ނުވިނަމަ ޤިޔާމަތްދުވަހަށް ދާންދެން އެމަހުގެ ބަނޑުގައި އޮންނަވައިފީހެވެ.

Verse 144

لَلَبِثَ فِى بَطْنِهِۦٓ إِلَىٰ يَوْمِ يُبْعَثُونَ

Transliteration lalabitha fī baṭnihi ilā yawmi yub'ʿathūna

Dhivehi ،(144) ފަހެ އެކަލޭގެފާނު تَسْبِيح ކީ މީހުންގެ ތެރެއިން / ނުވަތަ ذِكْر ކޮށް ދުޢާ ކުރެއްވި ބޭކަލުންގެ ތެރެއިން ނުވިނަމަ ޤިޔާމަތްދުވަހަށް ދާންދެން އެމަހުގެ ބަނޑުގައި އޮންނަވައިފީހެވެ.

Verse 145

۞ فَنَبَذْنَـٰهُ بِٱلْعَرَآءِ وَهُوَ سَقِيمٌ

Transliteration fanabadhnāhu bil-ʿarāi wahuwa saqīmun

Dhivehi ދެން ތިމަންރަސްކަލާނގެ (މަހު ބަނޑުން ނެރުއްވައި) ހުސްބިމަކަށް އެކަލޭގެފާނު ލެއްވީމެވެ. އޭރު އެކަލޭގެފާނު ވަނީ އާލާސްކަންފުޅާއެވެ. (މަސްގަނޑާ ހަންގަނޑަށް ގެއްލުންވެވަޑައިގެންފައެވެ.)

Verse 146

وَأَنۢبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ

Transliteration wa-anbatnā ʿalayhi shajaratan min yaqṭīnin

Dhivehi އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ يَقْطِيْن ގަހެއް ފަޅުއްވައި ދެއްވީމެވެ. (އެއީ ބަރަބޮލެވެ. ނުވަތަ ފުފުލެވެ. ނުވަތަ އެބާވަތުގެ ކޮންމެވެސް އެއްޗެކެވެ. އެއީ އެގަހުގެ ހިޔަލުގައި އޮންނެވުމަށާއި ފަރީއްކުޅުވުމަށެވެ.)

Verse 147

وَأَرْسَلْنَـٰهُ إِلَىٰ مِا۟ئَةِ أَلْفٍ أَوْ يَزِيدُونَ

Transliteration wa-arsalnāhu ilā mi-ati alfin aw yazīdūna

Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނު، ސަތޭކަހާހަށް ވުރެ ކުޑަކޮށް ގިނަ ޢަދަދަކަށް މީހުން ތިބިރަށަކަށް رَسُول ކަމާއިގެން ފޮނުއްވީމެވެ. (އެރަށަކީ އެކަލޭގެފާނު ކުރިންވެސް ދީނަށް ގޮވައިލެއްވެވި نَيْنَوَى ކަމުގައި ބުނެވުނެވެ. ނުވަތަ އެހެންރަށެއް ކަމުގައިވެސް ބުނެވުނެވެ. وَالله أَعْلَم.)

Verse 148

فَـَٔامَنُوا۟ فَمَتَّعْنَـٰهُمْ إِلَىٰ حِينٍ

Transliteration faāmanū famattaʿnāhum ilā ḥīnin

Dhivehi ދެންފަހެ އެބައިމިހުން އީމާންވިއެވެ. އަދި އެމީހުންގެ މަރުގެ އަޖަލު ހަމަވަންދެން ތިމަންރަސްކަލާނގެ އެމީހުންނަށް مُهلة. ދެއްވީމެވެ. ދުނިޔޭގައި މަޖާކޮށް އަރާމުކޮށް އުޅުމުގެ ފުރުސަތު ދެއްވީމެވެ.

Verse 149

فَٱسْتَفْتِهِمْ أَلِرَبِّكَ ٱلْبَنَاتُ وَلَهُمُ ٱلْبَنُونَ

Transliteration fa-is'taftihim alirabbika l-banātu walahumu l-banūna

Dhivehi (އޭ رَسُوْلُ الله އެވެ!) އެމީހުންކުރެ - އެބަހީ ކާފިރުންކުރެން ނިކަން ފަތުވާ އައްސަވައިބަލާށެވެ! ކަލޭގެފާނުންގެ رَبُّ އަށް (ދެރަ އަދި ނިކަމެތި ޖިންސުކަމުގައިވާ) އަންހެން ދަރިންހެއްޔެވެ؟ އަދި އެމީހުންނަށް (ރަނގަޅު އަދި މަތިވެރި ޖިންސުކަމުގައިވާ) ފިރިހެން ޖިންސުހެއްޔެވެ؟ (އެއީ ކިހާ ނުބައި ބެހުމެއްހެއްޔެވެ؟ އަދި މިއީ ހައްތަހާވެސް ބޭކާރު ވާހަކަތަކެކެވެ. ﷲ އަށް ދަރިން ނިސްބަތްކުރުމަކީ ހެޔޮނުވާނެކަމެކެވެ. އެފަދަކަންކަމުން އެކަލާނގެ ހުސް طَاهِر ވަންތަވެވޮޑިގެންވިއެވެ.)

Verse 150

أَمْ خَلَقْنَا ٱلْمَلَـٰٓئِكَةَ إِنَـٰثًا وَهُمْ شَـٰهِدُونَ

Transliteration am khalaqnā l-malāikata ināthan wahum shāhidūna

Dhivehi ނުވަތަ ތިމަންރަސްކަލާނގެ މަލާއިކަތްބޭކަލުން ހެއްދެވީ އަންހެން ޖިންސުންކަމުގައި ބުނަނީ ފަހެ މަލާއިކަތް ބޭކަލުން ހެއްދެވިތާ އެމީހުންއެތާ ތިބީހެއްޔެވެ؟ (އެހެންވެސް ވީއެއްނޫނެވެ.)

Verse 151

أَلَآ إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ

Transliteration alā innahum min if'kihim layaqūlūna

Dhivehi ދަންނާށެވެ. އެމީހުން ބޮޑުދޮގުހަދައިގެން ހަމަކަށަވަރުން އެމީހުން އެބުނަނީ.

Verse 152

وَلَدَ ٱللَّهُ وَإِنَّهُمْ لَكَـٰذِبُونَ

Transliteration walada l-lahu wa-innahum lakādhibūna

Dhivehi ﷲ ދަރިކަލަކު އިޚްތިޔާރުކުރެއްވިކަމުގައެވެ. އަދި ހަމަކަށަވަރުން އެމީހުންއެއީ ދޮގުވެރިންނެވެ.

Verse 153

أَصْطَفَى ٱلْبَنَاتِ عَلَى ٱلْبَنِينَ

Transliteration aṣṭafā l-banāti ʿalā l-banīna

Dhivehi އެކަލާނގެ ފަހެ ފިރިހެން ދަރިންގެ މައްޗަށް އަންހެން ދަރިން މާތްކުރައްވައި ޚާއްޞަކުރެއްވީހެއްޔެވެ؟

Verse 154

مَا لَكُمْ كَيْفَ تَحْكُمُونَ

Transliteration mā lakum kayfa taḥkumūna

Dhivehi ކަލޭމެނަށް ފަހެ ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ކަލޭމެން ތިޔަކުރަނީ ކޮންކަހަލަ ޙުކުމެއްހެއްޔެވެ؟

Verse 155

أَفَلَا تَذَكَّرُونَ

Transliteration afalā tadhakkarūna

Dhivehi ކަލޭމެން ފަހެ އެއްވެސް އެއްޗެއް ވިސްނައި ނަޞީޙަތެއް ޢިބްރަތެއް ލިބިނުގަންނާނެހެއްޔެވެ؟

Verse 156

أَمْ لَكُمْ سُلْطَـٰنٌ مُّبِينٌ

Transliteration am lakum sul'ṭānun mubīnun

Dhivehi ނުވަތަކަލޭމެނަށް (އެހެންބުނަން ޙައްޤު ވާފަދަ) ސާފުސާފު އަދި ބަޔާން ވެގެންވާ ދަލީލާއި ޙުއްޖަތްވަނީ ހެއްޔެވެ؟

Verse 157

فَأْتُوا۟ بِكِتَـٰبِكُمْ إِن كُنتُمْ صَـٰدِقِينَ

Transliteration fatū bikitābikum in kuntum ṣādiqīna

Dhivehi އަދި ކަލޭމެންގެ ބަހުގައި ކަލޭމެނަކީ ތެދުވެރިންކަމުގައި ވަންޏާ އެފަދަ ވާހަކައެއްއޮތް ފޮތެއްއޮތިއްޔާ ނިކަން ގެނެސްދީބަލާށެވެ.

Verse 158

وَجَعَلُوا۟ بَيْنَهُۥ وَبَيْنَ ٱلْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ ٱلْجِنَّةُ إِنَّهُمْ لَمُحْضَرُونَ

Transliteration wajaʿalū baynahu wabayna l-jinati nasaban walaqad ʿalimati l-jinatu innahum lamuḥ'ḍarūna

Dhivehi އަދި އެމީހުން (އެބަހީ އެނުބައި ޔަހޫދީން ނުވަތަ މައްކާގެ ކާފިރުން) ﷲ އާއި ޖިންނީންނާދެމެދު ނަސަބުގެ ގުޅުންވާކަމުގައި ބުނެހަދައިލިއެވެ. އެފަދަ ހުރިހާ ކަމަކުން ﷲ ހުސް طَاهِر ވަންތަވެވޮޑިގެންވެއެވެ.) އަދި ޖިންނީންނަކީވެސް ޤިޔާމަތްދުވަހުން ޢަޛާބަށް ޙާޟިރު ކުރެވޭނެ ބައެއްކަން ހަމަކަށަވަރުން ޖިންނީން ދަނެއެވެ. އަދި ދަންނައެވެ. މިއާޔަތުގެ ތަރުޖަމާ އަދި އެހެންގޮތްގޮތަށް ވެސްވެއެވެ. އެހެންވެ އެވާހަކަ ހަނދާންކޮށްލަމެވެ.

Verse 159

سُبْحَـٰنَ ٱللَّهِ عَمَّا يَصِفُونَ

Transliteration sub'ḥāna l-lahi ʿammā yaṣifūna

Dhivehi އެމީހުން އެސިފަކުރާ ކަންކަމުން އެކަލާނގެ ހުސް طَاهِر ވަންތަވެވޮޑިގެންވެއެވެ.

Verse 160

إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

Transliteration illā ʿibāda l-lahi l-mukh'laṣīna

Dhivehi އެމީހުން އެ ސިފަކުރާ ސިފަކުރުންތަކުން އަދި އެކަންކަމުން ﷲ ގެ އިޚްލާޞްތެރި އަޅުން ބަރީއަވެގެންވެއެވެ.

Verse 161

فَإِنَّكُمْ وَمَا تَعْبُدُونَ

Transliteration fa-innakum wamā taʿbudūna

Dhivehi ،(162) އަދި ހަމަކަށަވަރުން ކަލޭމެންނާއި އަދި ކަލޭމެން އަޅުކަންކުރާ ތަކެއްޗަށްވެސް، އެމީހަކު ނަރަކައަށް ވަނުމަށް ﷲ ނިޔާ ކުރައްވާމިންވަރު ކުރައްވާފައިވާ އަޅަކުމެނުވީ މަގުފުރައްދައި ނުލެވޭނެއެވެ.

Verse 162

مَآ أَنتُمْ عَلَيْهِ بِفَـٰتِنِينَ

Transliteration mā antum ʿalayhi bifātinīna

Dhivehi ،(162) އަދި ހަމަކަށަވަރުން ކަލޭމެންނާއި އަދި ކަލޭމެން އަޅުކަންކުރާ ތަކެއްޗަށްވެސް، އެމީހަކު ނަރަކައަށް ވަނުމަށް ﷲ ނިޔާ ކުރައްވާމިންވަރު ކުރައްވާފައިވާ އަޅަކުމެނުވީ މަގުފުރައްދައި ނުލެވޭނެއެވެ.

Verse 163

إِلَّا مَنْ هُوَ صَالِ ٱلْجَحِيمِ

Transliteration illā man huwa ṣāli l-jaḥīmi

Dhivehi [ ނަރަކައަށް ވަނުމަށް (ﷲ ގެ ނިޔާގައި) ނިމިފައިވާ މީހަކު މެނުވީ.]

Verse 164

وَمَا مِنَّآ إِلَّا لَهُۥ مَقَامٌ مَّعْلُومٌ

Transliteration wamā minnā illā lahu maqāmun maʿlūmun

Dhivehi (މަލާއިކަތްބޭކަލުން ވިދާޅުވާކަމަށް ﷲ އަންގަވައެވެ.) އެބޭކަލުން އަޅުކަން ކުރެއްވުމަށް އުޑުން ވަކިތަނެއް ކަނޑައެޅި عين ވެގެންނުވާ އެއްވެސް ބޭކަލެއް ތިމަންބޭކަލުން ތެރޭ ނުވެއެވެ. (އެބަހީ ކޮންމެ ބޭކަލަކަށްވެސް ތަނެއްކަނޑައެޅިގެންވެއެވެ.)

Verse 165

وَإِنَّا لَنَحْنُ ٱلصَّآفُّونَ

Transliteration wa-innā lanaḥnu l-ṣāfūna

Dhivehi އަދި ހަމަކަށަވަރުން ތިމަން ބޭކަލުންނީ (ކިޔަމަންތެރިކަމާއި އަޅުވެތިކަމުގައި) ސަފުތައް ހައްދަވައިގެންވާ ބޭކަލުންނެވެ.

Verse 166

وَإِنَّا لَنَحْنُ ٱلْمُسَبِّحُونَ

Transliteration wa-innā lanaḥnu l-musabiḥūna

Dhivehi "އަދި ހަމަކަށަވަރުން ތިމަން ބޭކަލުންނީ (ﷲ އާއި އެކަށީގެންނުވާ ކޮންމެ އުނިސިފައަކުން) އެކަލާނގެ ހުސް طاهر ވަންތަ ކޮށް تقديس ކުރާ ބޭކަލުންނީމުއެވެ. تسبيح ކިޔާ ބޭކަލުންނީމުއެވެ."

Verse 167

وَإِن كَانُوا۟ لَيَقُولُونَ

Transliteration wa-in kānū layaqūlūna

Dhivehi އަދި އެމީހުން- އެބަހީ مكة ގެ ކާފަރުން ބުނާކަމުގައި ވިޔަސްމެއެވެ. (އެމީހުން ބުނެއެވެ.)

Verse 168

لَوْ أَنَّ عِندَنَا ذِكْرًا مِّنَ ٱلْأَوَّلِينَ

Transliteration law anna ʿindanā dhik'ran mina l-awalīna

Dhivehi އިސްވެދިޔަ ފޮތްތައްފަދަ ފޮތެއް (توراة ފަދަ إنجيل ފަދަ ފޮތެއް) އަހުރެމެންގެ އަތުގައިވީނަމަ

Verse 169

لَكُنَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

Transliteration lakunnā ʿibāda l-lahi l-mukh'laṣīna

Dhivehi "ހަމަކަށަވަރުން އަހަރެމެންވެސް ﷲ އަށް إخلاص ތެރި އަޅުންކަމުގައިވީހެވެ." (ނަމަވެސް އެމީހުންގާތަށް ﷲ ފޮތް ކީރިތި قرآن އައި ހިނދު އެއަށް އެމީހުންވީ ކާފަރެވެ. އެހެންވެ ﷲ އެއަންގަވަނީ މިފަދައިންނެވެ.

Verse 170

فَكَفَرُوا۟ بِهِۦ ۖ فَسَوْفَ يَعْلَمُونَ

Transliteration fakafarū bihi fasawfa yaʿlamūna

Dhivehi ފަހެ އެމީހުން އެފޮތަށް ކާފަރުވީއެވެ. އަދި ނިކަންހުރެ (އެމީހުންގެ އެކާފަރުކަމުގެ ފަހުކޮޅު އެކަމުގެ ނަތީޖާ) އެމީހުން ދެކޭނެއެވެ.

Verse 171

وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ٱلْمُرْسَلِينَ

Transliteration walaqad sabaqat kalimatunā liʿibādinā l-mur'salīna

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލިމަ ފުޅު ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިންވާ ރަސޫލު ބޭކަލުންނަށް އިސްވެގޮސްފައިވެއެވެ. (އެކަލިމަ ފުޅަކީ لأغْلِبَنَّ أَنَ وَرُسُلِى، މި ކަލިމަފުޅެވެ. އޭގެ މާނައަކީ ހަމަކަށަވަރުން ގަދަވެގަތުންވަނީ ތިމަންރަސްކަލާނގެއަށާއި އަދި ތިމަންރަސްކަލާނގެ ރަސޫލުންނަށެވެ. މިއެވެ.)

Verse 172

إِنَّهُمْ لَهُمُ ٱلْمَنصُورُونَ

Transliteration innahum lahumu l-manṣūrūna

Dhivehi ހަމަކަށަވަރުން އެބޭކަލުންއެއީ ކަނޑައެޅިގެން ނަޞްރު ލިބިގެންވާނޭ ބޭކަލުންނެވެ.

Verse 173

وَإِنَّ جُندَنَا لَهُمُ ٱلْغَـٰلِبُونَ

Transliteration wa-inna jundanā lahumu l-ghālibūna

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ލަޝްކަރު (އެއީ رَسُوْلُ ބޭކަލުންނާއި އެބޭކަލުންނާއި ތަބަޢަވީމީހުންނެވެ.) އެއީ ގަދަވާނޭ މީހުންނެވެ.

Verse 174

فَتَوَلَّ عَنْهُمْ حَتَّىٰ حِينٍ

Transliteration fatawalla ʿanhum ḥattā ḥīnin

Dhivehi (އޭ ރަސޫލު ﷲ އެވެ!) އެމީހުން ފިޔަވައި ކަލޭގެފާނު އެނބުރިވަޑައިގަންނަވާށެވެ. އެމީހުންނާ ދިމާނުކުރައްވާށެވެ. ވަކިމުއްދަތެއް އަތުވެއްޖެއުމަށް ދާންދެނެވެ. (އެއީ ހަނގުރާމަ ކުރެއްވުމުގެ އަމުރުފުޅު އަންނަންދެނެވެ.)

Verse 175

وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ

Transliteration wa-abṣir'hum fasawfa yub'ṣirūna

Dhivehi އަދި (އެމީހުންނަށް عذاب އައިމާ) ކަލޭގެފާނު އެމީހުންނަށް ބައްލަވާށެވެ. ފަހެ ނިކަންހުރެ އެމީހުން ދެކޭނެއެވެ.

Verse 176

أَفَبِعَذَابِنَا يَسْتَعْجِلُونَ

Transliteration afabiʿadhābinā yastaʿjilūna

Dhivehi އެމީހުން ފަހެ އެއެދެނީ ތިމަންރަސްކަލާނގެ عذاب އަވަސް ވުމަށް ހެއްޔެވެ؟

Verse 177

فَإِذَا نَزَلَ بِسَاحَتِهِمْ فَسَآءَ صَبَاحُ ٱلْمُنذَرِينَ

Transliteration fa-idhā nazala bisāḥatihim fasāa ṣabāḥu l-mundharīna

Dhivehi ފަހެ އެމީހުންގެ ގޯތިގެދޮރަށް عذاب އަތުވެއްޖެއްޔާ ނުވަތަ رسول الله ﷺ، مكة فتح ކުރެއްވުމަށް ވަޑައިގަތީމާ ދެން އޭރުން إنذار ކުރެވުނު މީހުންގެ ފަތިސް ނުބައިވެގެންވެއެވެ.

Verse 178

وَتَوَلَّ عَنْهُمْ حَتَّىٰ حِينٍ

Transliteration watawalla ʿanhum ḥattā ḥīnin

Dhivehi ފަހެ ކަލޭގެފާނު އެމީހުން ފިޔަވައި މުއްދަތަކަށް އެނބުރިވަޑައިގަންނަވާށެވެ.

Verse 179

وَأَبْصِرْ فَسَوْفَ يُبْصِرُونَ

Transliteration wa-abṣir fasawfa yub'ṣirūna

Dhivehi އަދި ކަލޭގެފާނު އެމީހުންނަށް ބައްލަވާށެވެ. ނިކަންހުރެ އެމީހުންވެސް ދެކޭނެއެވެ.

Verse 180

سُبْحَـٰنَ رَبِّكَ رَبِّ ٱلْعِزَّةِ عَمَّا يَصِفُونَ

Transliteration sub'ḥāna rabbika rabbi l-ʿizati ʿammā yaṣifūna

Dhivehi ކަލޭގެފާނުގެ رَب އެއީ عزة ވަންތަ رَب އެވެ. އެމީހުން އެސިފަކުރާ ސިފަކުރުން ތަކުން އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ.

Verse 181

وَسَلَـٰمٌ عَلَى ٱلْمُرْسَلِينَ

Transliteration wasalāmun ʿalā l-mur'salīna

Dhivehi އަދި ސަލާމާއި އަމާންކަން ހުރީ رسول ބޭކަލުންނަށެވެ.

Verse 182

وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ

Transliteration wal-ḥamdu lillahi rabbi l-ʿālamīna

Dhivehi އަދި އެންމެހައި حمد އާއި تعريف އެއްހުރީ عالم ތަކުގެވެރި رب، ﷲ އަށެވެ.

Read Surah As-Saffat in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.