MyDugsiStart learning

Surah Al-Ghashiyah in Dhivehi: translation and audio

Surah 88 · الغاشية · The Overwhelming · 26 verses

Surah Al-Ghashiyah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Ghashiyah word by word in English.

Verse 1

هَلْ أَتَىٰكَ حَدِيثُ ٱلْغَـٰشِيَةِ

Transliteration hal atāka ḥadīthu l-ghāshiyati

Dhivehi (އޭ رَسُول الله އެވެ!) غَشِيَة އެވެ ކިޔުނު ޤިޔާމަތްދުވަހުގެ ވާހަކަ ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހައް އަތުވެއްޖެއެވެ. (ނުވަތަ އެވާހަކަ އަތުވެއްޖެ ތޯއެވެ؟)

Verse 2

وُجُوهٌ يَوْمَئِذٍ خَـٰشِعَةٌ

Transliteration wujūhun yawma-idhin khāshiʿatun

Dhivehi އެދުވަހުން ބައެއް މޫނުތަކުގެ ވެރިންވާނީ ދެރަވެ ފެންކަޅިވެގެންނެވެ. ހިތާމައިގައެވެ.

Verse 3

عَامِلَةٌ نَّاصِبَةٌ

Transliteration ʿāmilatun nāṣibatun

Dhivehi އޭނާ އުފުލަމުންދާ ގިނަ ޗޭނުތަކާއި ކަސްތަޅުތަކުގެ މަސައްކަތުގައި ވަރުބަލިވެފައެވެ. (ނުވަތަ އޭނާ ދުނިޔޭގައި ވަރުބަލި ވާންދެން ކުރި މަސައްކަތުގެ އެއްވެސް ހެޔޮކަމެއް ނެތި ފެންކަޅިވެފައެވެ.) އެއީ ނުބައި ނުލަފާ މީހުންނެވެ.

Verse 4

تَصْلَىٰ نَارًا حَامِيَةً

Transliteration taṣlā nāran ḥāmiyatan

Dhivehi އޭނާ ހޫނުވެގެންވާ އަލިފާނަކަށް ލެވޭނެއެވެ. އަދި އެޔާއެކު

Verse 5

تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ

Transliteration tus'qā min ʿaynin āniyatin

Dhivehi ހޫނުކަން ނިހާޔަތަށް ގޮސްފައިވާ އެންމެ ހޫނު ފެނުގެ ކޯރަކުން އޭނާއަށް ބޯންދެވޭނެއްވެ.

Verse 6

لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ

Transliteration laysa lahum ṭaʿāmun illā min ḍarīʿin

Dhivehi އެމީހުންނަށް ޤިޔާމަތް ދުވަހުން ضَرِيْع ކިޔާ ކަށި މެނުވީ އެހެންކާއެއްޗެއް ނުވެއެވެ. (އެއީ شبرق ކިޔާ ރޯކަށި ހިކުނީމާކިޔާ ނަމެކެވެ.)

Verse 7

لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ

Transliteration lā yus'minu walā yugh'nī min jūʿin

Dhivehi (އެކަށި އެމީހުންކާނެއެވެ.) އަދިއެކެއުމަކުން އެމީހުންގެ ހަށިތަކަށްއެއްވެސް ފައިދާއެއްނުކުރާނެއެވެ. އަދި ބަޑުނހައިހޫނުކަމުގެ އެއްވެސްކަމެއް އެއިން ފުއްދައި ނުދެނެއެވެ.

Verse 8

وُجُوهٌ يَوْمَئِذٍ نَّاعِمَةٌ

Transliteration wujūhun yawma-idhin nāʿimatun

Dhivehi އަދި ޤިޔާމަތްދުވަހުން އަނެއްބައިމޫނުތަކުގެވެރިން ތިބޭނީ ނިޢްމަތުގެ ގިނަކަމާއި ބޮޑުކަމުން އުފާވެރިވެ މޫނުތައްތާޒާވެފައެވެ.

Verse 9

لِّسَعْيِهَا رَاضِيَةٌ

Transliteration lisaʿyihā rāḍiyatun

Dhivehi އެމީހުން ދުނިޔޭގައި ކުރި ހެޔޮ ޢަމަލުތަކަށް ރުހެވިގެންނެވެ. އެބަހީ الله އެމީހުންނަށް ރުހިވޮޑިގަތުމުގެސަބަބުން މޫނުތައް އަލިވެ އުޖާލާވެގެންނެވެ.

Verse 10

فِى جَنَّةٍ عَالِيَةٍ

Transliteration fī jannatin ʿāliyatin

Dhivehi އެމީހުން ތިބޭނީ މަތިވެރިވެގެންވާ ސުވަރުގެތަކުގައެވެ.

Verse 11

لَّا تَسْمَعُ فِيهَا لَـٰغِيَةً

Transliteration lā tasmaʿu fīhā lāghiyatan

Dhivehi އެތާގައި އެމީހުން އެއްވެސް بَاطِلُ އަދި ބޭކަރުވާހަކައެއްނުއަހާނެއެވެ.

Verse 12

فِيهَا عَيْنٌ جَارِيَةٌ

Transliteration fīhā ʿaynun jāriyatun

Dhivehi އެސުވަރުގޭގައި ދެމިދެމި އޮންނަ އާރުތަކެއްވެއެވެ.

Verse 13

فِيهَا سُرُرٌ مَّرْفُوعَةٌ

Transliteration fīhā sururun marfūʿatun

Dhivehi އަދި އެތާ އުސްވެގެންވާ އެދުދާންކޮޅުތައްވެއެވެ. (މާތްވެގެންވާފަށުވީގެ ތަންމަތި ތަކުގައި މާތްވެގެންވާ حُوْرَ العِين އަންހެންކުދިންނާއި އެކުގައެވެ.)

Verse 14

وَأَكْوَابٌ مَّوْضُوعَةٌ

Transliteration wa-akwābun mawḍūʿatun

Dhivehi އަދި އެތާގައި ބޭނުންމީހަކު ބުއިމަށް ބެހެއްޓިގެންވާ ތަށިތައްވެއެވެ.

Verse 15

وَنَمَارِقُ مَصْفُوفَةٌ

Transliteration wanamāriqu maṣfūfatun

Dhivehi އަދި އެސުވަރުގޭގައި ސަފުސަފަށްއެތުރިފައިވާ ބާލީސްތަކާއި ކަންނެއުތައްވެއެވެ

Verse 16

وَزَرَابِىُّ مَبْثُوثَةٌ

Transliteration wazarābiyyu mabthūthatun

Dhivehi އަދި މަޚުމާޖެހިދޫލަތައް އެތާ ފެތުރިގެންވެއެވެ.

Verse 17

أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ

Transliteration afalā yanẓurūna ilā l-ibili kayfa khuliqat

Dhivehi އެކާފަރުންގެމީހުން ޖަމަލުހެއްދެވިފައިވަނީ ކޮންފަދައަކުންތޯބަލައި ފިކުރުކޮށް ނުހަދަނީބާވައެވެ؟ އެޖަމަލު ހެއްދެވި މަތިވެރި މާތްﷲ ގެ ޤުދްރަތްތެރިކަމާއިމެދު ފިކުރުކޮށް އިބްރަތް ޙާސިލު ނުކުރާނެ ބާވައެވެ؟

Verse 18

وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ

Transliteration wa-ilā l-samāi kayfa rufiʿat

Dhivehi އަދި އުޑަށް އެމީހުން ނުބަލަނީ ކީއްވެގެންބާވައެވެ؟އެއްވެސް ތަބަކާއި ނުލައި އެއުޑު އުފުލިފައި ވާގޮތާއިމެދު ވިސްނާ ފިކުރުނުކުރަނީ ކީއްވެގެންބާވައެވެ؟

Verse 19

وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ

Transliteration wa-ilā l-jibāli kayfa nuṣibat

Dhivehi އަދި ފަރުބަދަތަކަށް އެމީހުން ނުބަލަނީ ކީއްވެގެންބާވައެވެ؟ އެތަކެތި ބިމުގައި ހަރުކުރެވިފައިވާ ގޮތާއިމެދު އެމީހުން ވިސްނާފިކުރު ނުކުރަނީބާވައެވެ؟

Verse 20

وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ

Transliteration wa-ilā l-arḍi kayfa suṭiḥat

Dhivehi އަދި ބިމަށް އެމީހުންނުބަލާނެބާވައެވެ؟ އެބިން ފެތުރިފައިވާގޮތާއިމެދު އެމީހުން ވިސްނާ ފިކުރުނުކުރާނެބާވައެވެ؟ ފަހެމިތަކެއްޗަށް އެމީހުން ވިސްނާހަދާނަމަ އެތަކެތި އެހާފުރިހަމަކޮށް ބަރާބަރުކޮށް ހެއްދެވި الله އަށް އެމީހުން މަރުވުމަށްފަހު ދެވަނަފަހަރަށް ދިރުއްވައި مَحْشَرُ އަށްފޮނުއްވަން އުދަގޫނުވާނެކަން ރަނގަޅަށް އެގެންވާނެއެވެ.

Verse 21

فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ

Transliteration fadhakkir innamā anta mudhakkirun

Dhivehi (އޭ رَسُولُ الله!) ފަހެ ކަލޭގެފާނު އެމީހުންނަށް އާއި وَعْظُ نَصِيْحِة ދެއްވާ ހަދާންކޮށްދެއް ވާށެވެ. ހަމަކަށަވަރުން ކަލެގެފާނީ وَعْظُ نَصِيْحِة ދެއްވާ ހަދާންކޮށްދެއްވާ ހައްދަވާނެ ބޭކަލެކެވެ.

Verse 22

لَّسْتَ عَلَيْهِم بِمُصَيْطِرٍ

Transliteration lasta ʿalayhim bimuṣayṭirin

Dhivehi އަދިއެމީހުން އީމާންކުރުވުމުގެ މައްޗަށް މަޖްބޫރު ކުރައްވާނޭބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.

Verse 23

إِلَّا مَن تَوَلَّىٰ وَكَفَرَ

Transliteration illā man tawallā wakafara

Dhivehi އެކަމަކު وَعْظُ نَصِيْحِة އަށް ފުރަގަސްދީ ޙައްޤުއަށް ކާފަރުވީމީހަކު މެނުވީއެވެ.

Verse 24

فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ

Transliteration fayuʿadhibuhu l-lahu l-ʿadhāba l-akbara

Dhivehi ފަހެ އެފަދަމީހުންނަށް ބޮޑުވެގެންވާ އަޒާބު الله ދެއްވާނެއެވެ. އެއީ قِيَامَة ދުވަހުންނެވެ.

Verse 25

إِنَّ إِلَيْنَآ إِيَابَهُمْ

Transliteration inna ilaynā iyābahum

Dhivehi ހަމަކަށަވަރުން އެމީހުން އެބުރިއައުންވަނީ ތިމަންރަސްކަލާނގެ حَضْرَةُ އަށެވެ.

Verse 26

ثُمَّ إِنَّ عَلَيْنَا حِسَابَهُم

Transliteration thumma inna ʿalaynā ḥisābahum

Dhivehi ދެން އަދިއެމީހުންގެ ހިސާބު ބެއްލެވުންވެސް އޮންނާނީ ހަމަތިމަން ރަސްކަލާނގެއަށެވެ.

Read Surah Al-Ghashiyah in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.