MyDugsiStart learning

Surah Al-Anfal in Dhivehi: translation and audio

Surah 8 · الأنفال · The Spoils of War · 75 verses

Surah Al-Anfal verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Anfal word by word in English.

Verse 1

يَسْـَٔلُونَكَ عَنِ ٱلْأَنفَالِ ۖ قُلِ ٱلْأَنفَالُ لِلَّهِ وَٱلرَّسُولِ ۖ فَٱتَّقُوا۟ ٱللَّهَ وَأَصْلِحُوا۟ ذَاتَ بَيْنِكُمْ ۖ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥٓ إِن كُنتُم مُّؤْمِنِينَ

Transliteration yasalūnaka ʿani l-anfāli quli l-anfālu lillahi wal-rasūli fa-ittaqū l-laha wa-aṣliḥū dhāta baynikum wa-aṭīʿū l-laha warasūlahu in kuntum mu'minīna

Dhivehi (އޭ رسول ﷲ އެވެ!) أنْفَال އާއިމެދު އެބަހީ عنيمة މުދަލާއިމެދު އެމީހުން يعني: أَصْحَابُ ބޭކަލުން ކަލޭގެފާނާއި ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! أَنْفَال ހުންނާނީ ﷲ އާއި އެކަލާނގެ رسول އާ އަށެވެ. (އެބަހީ: އެދެފަރާތުން އެންގެވިފަދައަކުން عنيمة މުދަލާއިމެދު عمل ކުރެވޭނެއެވެ.) ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އެކަލާނގެއަށް ބިރުވެތިވާށެވެ! އަދި ކަލޭމެންގެ ދޭދޭ ދެމެދު إصلاح ކޮށް ރަނގަޅު ކުރާށެވެ! އަދި ﷲ އަށާއި އެކަލާނގެ رسول އާއަށް ކަލޭމެން ކިޔަމަންތެރިވާށެވެ! އެއީ ކަލޭމެންނީ مؤمن ންކަމުގައި ވަންޏާއެވެ. (އެބަހީ: ކަލޭމެންނީ مؤمن ންކަމުގައިވަންޏާ ކަލޭމެން ﷲ އަށާއި އެކަލާނގެ رسول އަށް ކިޔަމަންތެރިވާށެވެ.)\n• ދަންނައެވެ! أَنْفَال މި لفظ ގެ މުރާދަކާމެދު مفسّر ންގެބަސް ތަފާތުވެގެންވެއެވެ. އޭގެތެރެއިން އެންމެ ގިނަބޭކަލުން ބުރަވެލައްވާގޮތް މަތީގައި ލިޔެވިގެން މިވަނީއެވެ. والله أعلم.

Verse 2

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَـٰتُهُۥ زَادَتْهُمْ إِيمَـٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

Transliteration innamā l-mu'minūna alladhīna idhā dhukira l-lahu wajilat qulūbuhum wa-idhā tuliyat ʿalayhim āyātuhu zādathum īmānan waʿalā rabbihim yatawakkalūna

Dhivehi ކަނޑައެޅިގެންވާ (حقيقى) مؤمن ންނަކީ އެމީހުންނަށް ﷲ ހަނދާންކުރެވިއްޖެއްޔާ - ﷲ ގެ ذِكر ކުރެވިއްޖެއްޔާ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ މީހުންނެވެ. އަދި އެމީހުންގެ މައްޗަށް ﷲ ގެ އާޔަތްތައް ކިޔެވިއްޖެއްޔާ އެއާޔަތްތަކުން އެމީހުންގެ إيمان ކަން އިތުރުކޮށްދޭ މީހުންނެވެ. (އެބަހީ: އެއާޔަތްތަކުގެ މާނައިގެ ސަބަބުން އެމީހުންގެ އީމާންކަން އިތުރަށް ތާޒާކޮށްދީ ގިނަކޮށްދެއެވެ.) އަދި އެމީހުންނަކީ ހަމަކަނޑައެޅިގެން އެމީހުންގެ رَبّ އަށް وكيل ކުރާމީހުންނެވެ.

Verse 3

ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ

Transliteration alladhīna yuqīmūna l-ṣalata wamimmā razaqnāhum yunfiqūna

Dhivehi އަދި އެމީހުންނަކީ ނަމާދު قائم ކުރާ މީހުންނެވެ. އަދި އެއީ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ރިޒުޤުން ހޭދަކުރާމީހުންނެވެ. ޒަކާތްދޭ މީހުންނެވެ.

Verse 4

أُو۟لَـٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَـٰتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ

Transliteration ulāika humu l-mu'minūna ḥaqqan lahum darajātun ʿinda rabbihim wamaghfiratun wariz'qun karīmun

Dhivehi އެމީހުން ދަންނައެވެ! އެމީހުން އެއީ ކަނޑައެޅިގެން حقّ ގޮތުގައިވާ مؤمن ންނެވެ. އެމީހުންގެ رَبّ ގެ حضرة ގައި އެމީހުންނަށް (މަތިވެރި) ދަރަޖަތަކެއް ވެއެވެ. އަދި ފާފަފުއްސެވުމާއި މާތްވެގެންވާ ރިޒުޤުއެމީހުންނަށްވެއެވެ.

Verse 5

كَمَآ أَخْرَجَكَ رَبُّكَ مِنۢ بَيْتِكَ بِٱلْحَقِّ وَإِنَّ فَرِيقًا مِّنَ ٱلْمُؤْمِنِينَ لَكَـٰرِهُونَ

Transliteration kamā akhrajaka rabbuka min baytika bil-ḥaqi wa-inna farīqan mina l-mu'minīna lakārihūna

Dhivehi (އޭ رسول ﷲ އެވެ!) ހަމަ حقّ ގޮތުގައި ކަލޭގެފާނުންގެ رَبّ ކަލޭގެފާނުންގެ ގެއިން ނެރުއްވިފަދައިން مؤمن ންގެ ބައެއްމީހުން ހަނގުރާމައަށް ނުރުހުން ކަމުގައިވިއެވެ. މިއީ بَدْر ހަނގުރާމައެވެ.

Verse 6

يُجَـٰدِلُونَكَ فِى ٱلْحَقِّ بَعْدَ مَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى ٱلْمَوْتِ وَهُمْ يَنظُرُونَ

Transliteration yujādilūnaka fī l-ḥaqi baʿdamā tabayyana ka-annamā yusāqūna ilā l-mawti wahum yanẓurūna

Dhivehi حقّ އާއިމެދު (އެބަހީ بَدْرُ ހަނގުރާމަޔާމެދު) އެމީހުން ކަލޭގެފާނާ جَدَل ކުރައްވައެވެ. (އެމީހުން ކުރެއްވި جَدَل އެއްކަމުގައި تفسير علم ވެރިންނާއި سِيرَة عِلْمُ ވެރިންގެ މެދުގައި ބަޔާންވެގެންވަނީ އެކަލޭގެފާނު مَدينة އިން ނުކުމެވަޑައިގެންނެވިއިރު ހަނގުރާމައަށް ނުކުމެވަޑައިގަންނަވާ ވާހަކަ ވިދާޅު ނުވެގެންނެވެ. އޭގެ ސަބަބުން ހަނގުރާމައަކަށް ތައްޔާރުވާންވީ ވަރަށް ތައްޔާރު ނުވެވިގެންނެވެ. ހަތިޔާރާ ކާނާ އެދެވޭ ވަރަށް ނުގެނެވިގެންނެވެ. مدينة އިން ނުކުމެވަޑައިގެންނެވީ أبُوسُفِيَان ގެ ވިޔަފާރި قَافِلَة އަށް ދިމާކުރުމަށެވެ.) ނަމަވެސް އެކަލޭގެފާނު ﷲ أمر ކުރެއްވިކަމެއް މެނުވީ ނުކުރައްވާނެކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. (ހަނގުރާމައިގެ ވާހަކަ ވިދާޅުވީމާ) އެމީހުންނަށް ހީވީ އެމީހުން ބަލަބަލާ ތިއްބާ މަރާދިމާއަށް އެމީހުން ދަމާފައި ގެންދަނީހެންނެވެ.

Verse 7

وَإِذْ يَعِدُكُمُ ٱللَّهُ إِحْدَى ٱلطَّآئِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ ٱلشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ ٱللَّهُ أَن يُحِقَّ ٱلْحَقَّ بِكَلِمَـٰتِهِۦ وَيَقْطَعَ دَابِرَ ٱلْكَـٰفِرِينَ

Transliteration wa-idh yaʿidukumu l-lahu iḥ'dā l-ṭāifatayni annahā lakum watawaddūna anna ghayra dhāti l-shawkati takūnu lakum wayurīdu l-lahu an yuḥiqqa l-ḥaqa bikalimātihi wayaqṭaʿa dābira l-kāfirīna

Dhivehi ﷲ تعالى ކަލޭމެން (مؤمن ން) ނަށް ދެ جماعة ންކުރެ އެއް جماعة އެއް ދެއްވާނެކަމަށް وَعْدُ ކުރެއްވި ހިނދުން ކަލޭމެން ލޯބިކުރީ އެދެ جماعة ންކުރެ އެއްވެސް عزّة އެއް قدر އެއް ނެތް جماعة ކަލޭމެނަށް އޮތުމަށެވެ. އަދި އެކަމަކު ﷲ تعالى އެދިވޮޑިގަންނަވަނީ އެކަލާނގެ أمر ފުޅާއި ބަސްފުޅުންވެސް حقّ ފައުޅުކުރެއްވުމަށެވެ. إسلام ދީން ފައުޅުކުރެއްވުމަށެވެ. އަދި ކާފަރުންގެ ބުރިކަށިތައް ކަނޑައިލުމަށެވެ. توحيد އާއި އިދިކޮޅު މީހުންތައް ނެތިކުރެއްވުމަށެވެ. • ދަންނައެވެ. މިތާ މިސިފަވެވޭ ދެ جماعة އަކީ أَبُوسُفِيَان ގެ ވިޔަފާރި قافلة އާއި އެ قافلة ސަލާމަތް ކުރުމަށް مكّة އިން ނުކުތް ކާފަރުންގެ جماعة އެވެ. މި ދެ جماعة ންކުރެ އެއް جماعة مؤمن ންނަށް ދެއްވާނެކަމުގައި ﷲ وعد ކުރެއްވިހިނދުން مؤمن ންނަށް އެދެވުނީ ވިޔަފާރި قافلة ލިބުމަށެވެ. އެއީ އެއްވެސް عزّة އެއް ބާރެއްނެތް قافلة އެވެ. އެއީ ހަމަ އެކަނި ދުނިޔޭގެ މަޖާކޮޅެކެވެ. ނަމަވެސް ﷲ އެދިވޮޑިގެންނެވީ مؤمن ންގެ އަތްމަތިން إسلام دين عزّة ތެރިކުރެއްވުމަށެވެ. مكّة ގެ ކާފަރުންގެ ބޮޑެތި މީހުންނާ ހަނގުރާމަވެވި އެމީހުން ބަލިވެ ދިއުމަށެވެ. بَدْر ގައި އެހަނގުރާމަ ހިނގައި އެކަން އެކަލާނގެ އެދިވޮޑިގެންނެވިގޮތަށް ދިޔައީއެވެ. والله أعلم.

Verse 8

لِيُحِقَّ ٱلْحَقَّ وَيُبْطِلَ ٱلْبَـٰطِلَ وَلَوْ كَرِهَ ٱلْمُجْرِمُونَ

Transliteration liyuḥiqqa l-ḥaqa wayub'ṭila l-bāṭila walaw kariha l-muj'rimūna

Dhivehi (އަދި އެކަލާނގެ އެދިވޮޑިގަންނަވަނީ) حقّ ފައުޅުކުރައްވައި تحقيق ކުރެއްވުމަށެވެ. އަދި باطل، باطل ކުރެއްވުމަށެވެ. ކަނޑައެޅިގެން އަޅުކަން ﷲ އަށް އެކަނި خلاص ކުރެއްވުމަށާއި ބުދަށް އަޅުކަން ކުރުން باطل ކުރެއްވުމަށެވެ. ނުބައި ނުލަފާ مُجرم ން ނުރުހި ތިބިނަމަވެސްމެއެވެ.

Verse 9

إِذْ تَسْتَغِيثُونَ رَبَّكُمْ فَٱسْتَجَابَ لَكُمْ أَنِّى مُمِدُّكُم بِأَلْفٍ مِّنَ ٱلْمَلَـٰٓئِكَةِ مُرْدِفِينَ

Transliteration idh tastaghīthūna rabbakum fa-is'tajāba lakum annī mumiddukum bi-alfin mina l-malāikati mur'difīna

Dhivehi (އޭ مؤمن ންނޭވެ!) ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ގައި (عدواة ތެރިންމައްޗަށް) نصر އާއި ސަލާމަތަށް އެދި دعاء ދެންނެވިހިނދުން، އެކަލާނގެ ކަލޭމެނަށް دعاء އިޖާބަކުރެއްވިއެވެ. (އެކަލާނގެ وحي ކުރެއްވިއެވެ.) އެއްބޭކަލަކަށްފަހު އަނެއް ބޭކަލަކު ވިދިވިދިގެން ވަޑައިގަންނަވާނޭ އެއްހާސް މަލާއިކަތް ބޭކަލުން ކަލޭމެނަށް އެހީވުމަށް ފޮނުއްވައިގެން މަދަދު ކުރައްވާހުށީމެވެ.

Verse 10

وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ وَلِتَطْمَئِنَّ بِهِۦ قُلُوبُكُمْ ۚ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ

Transliteration wamā jaʿalahu l-lahu illā bush'rā walitaṭma-inna bihi qulūbukum wamā l-naṣru illā min ʿindi l-lahi inna l-laha ʿazīzun ḥakīmun

Dhivehi އަދި އެކަން އެއީ އެބަހީ މަލާއިކަތްބޭކަލުން ފޮނުއްވުން އެއީ - އުފާވެރިކަމެއް ކަމުގައި މެނުވީ ނުވެއެވެ. އަދި އެއީ ކަލޭމެންގެ ހިތްތަކަށްވާ ހަމަޖެހުމެކެވެ. ނަމަވެސް نصر ލިބުން ﷲ ގެ حضرة ން މެނުވީ ނުވެއެވެ. ހަމަކަށަވަރުން ﷲ އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

Verse 11

إِذْ يُغَشِّيكُمُ ٱلنُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم مِّنَ ٱلسَّمَآءِ مَآءً لِّيُطَهِّرَكُم بِهِۦ وَيُذْهِبَ عَنكُمْ رِجْزَ ٱلشَّيْطَـٰنِ وَلِيَرْبِطَ عَلَىٰ قُلُوبِكُمْ وَيُثَبِّتَ بِهِ ٱلْأَقْدَامَ

Transliteration idh yughashīkumu l-nuʿāsa amanatan min'hu wayunazzilu ʿalaykum mina l-samāi māan liyuṭahhirakum bihi wayudh'hiba ʿankum rij'za l-shayṭāni waliyarbiṭa ʿalā qulūbikum wayuthabbita bihi l-aqdāma

Dhivehi އަދި އެކަލާނގެ حضرة ންވާ އަމާންކަމެއްގެގޮތުން ނިދި އެކަލާނގެ ކަލޭމެން ނިވައިކުރެއްވިއެވެ. އެބަހީ: އެކަލާނގެ ކަލޭމެން ނިންދެވިއެވެ. އަދި އެއިން ކަލޭމެން طاهر ވެގަތުމަށްޓަކައި އުޑުން އެކަލާނގެ ކަލޭމެންގެ މައްޗަށް ފެންބާވައިލެއްވިއެވެ. އަދި އެއީ شيطان އާގެ ހަޑިމުޑުދާރު ވަސްވާސްތައް ކަލޭމެންގެ ކިބައިން ގެންދެވުމަށެވެ. އަދި އެއީ ކަލޭމެންގެ ހިތްތައް އެކުވެރިކުރައްވާ އެކަތިގަނޑަކަށް ހައްދަވާ ގަދަކުރެއްވުމަށެވެ. އަދި އޭގެ ސަބަބުން އެކަލާނގެ ކަލޭމެންގެ ފައިތިލަތައް ސާބިތުކުރެއްވުމަށެވެ.

Verse 12

إِذْ يُوحِى رَبُّكَ إِلَى ٱلْمَلَـٰٓئِكَةِ أَنِّى مَعَكُمْ فَثَبِّتُوا۟ ٱلَّذِينَ ءَامَنُوا۟ ۚ سَأُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ فَٱضْرِبُوا۟ فَوْقَ ٱلْأَعْنَاقِ وَٱضْرِبُوا۟ مِنْهُمْ كُلَّ بَنَانٍ

Transliteration idh yūḥī rabbuka ilā l-malāikati annī maʿakum fathabbitū alladhīna āmanū sa-ul'qī fī qulūbi alladhīna kafarū l-ruʿ'ba fa-iḍ'ribū fawqa l-aʿnāqi wa-iḍ'ribū min'hum kulla banānin

Dhivehi އަދި ކަލޭގެފާނުންގެ ربّ މަލާއިކަތްބޭކަލުންނަށް وحي ކުރެއްވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލާނގެ އެބޭކަލުންނަށް وحي ކުރެއްވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނާއިއެކު ވޮޑިގެންވަމެވެ. ފަހެ إيمان ވެގެންވާ މީސްތަކުން ސާބިތުކުރައްވާށެވެ! (އެމީހުންގެ عزم ތައް ގަދަކޮށްދެއްވައިއެމީހުންގެ ނިޔަތްތައް صحّ ކުރައްވާށެވެ! އަދި އެމީހުންނަށް نصر ދެއްވާށެވެ!) ކާފަރުވީ މީސްތަކުންގެ ހިތްތަކަށް ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާ ހުރީމެވެ. ފަހެ ތިޔަބޭކަލުން (ނުވަތަ مؤمن ން) އެކާފަރުންގެ ކަނދުރާތަކުގައި ތަޅާށެވެ! އަދި އެމީހުންގެ ކޮންމެ ހުޅެއްގައި ނުވަތަ އިނގިލިކޮޅެއްގައި ތަޅާށެވެ!

Verse 13

ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۚ وَمَن يُشَاقِقِ ٱللَّهَ وَرَسُولَهُۥ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

Transliteration dhālika bi-annahum shāqqū l-laha warasūlahu waman yushāqiqi l-laha warasūlahu fa-inna l-laha shadīdu l-ʿiqābi

Dhivehi އެއީ - އެބަހީ އެ عذاب އެމީހުންނަށް ދޭންޖެހުނީ ހަމަކަށަވަރުން އެމީހުން ﷲ އަށާއި އެކަލާނގެ رسول އާއަށް ނުކިޔަމަންތެރިވެ އިދިކޮޅު ހެދީމައެވެ. އަދި ﷲ އަށާއި އެކަލާނގެ رسول އާއަށް ނުކިޔަމަންތެރިވެ އިދިކޮޅު ހަދައިފި ކޮންމެ މީހަކު (ދަންނައެވެ!) ހަމަކަށަވަރުން ﷲ تعالى އީ عقوبة ގަދަވެގެންވާ ކަލާނގެއެވެ.

Verse 14

ذَٰلِكُمْ فَذُوقُوهُ وَأَنَّ لِلْكَـٰفِرِينَ عَذَابَ ٱلنَّارِ

Transliteration dhālikum fadhūqūhu wa-anna lil'kāfirīna ʿadhāba l-nāri

Dhivehi (އަދި އޭ ކާފަރުންނޭވެ!) ކަލޭމެން (ދުނިޔޭގައި) މި عذاب ގެ ރަހަ ލިބިގަންނާށެވެ! އަދި ހަމަކަށަވަރުން آخرة ގައި ކާފަރުންނަށް ހުރީ އަލިފާނުގެ عذاب އެވެ. ނަރަކައިގެ عذاب އެވެ. (މިއާޔަތްތަކުން މިއިޝާރަތްވެގެންވަނީ ބަދުރު ހަނގުރާމައެވެ.)

Verse 15

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ زَحْفًا فَلَا تُوَلُّوهُمُ ٱلْأَدْبَارَ

Transliteration yāayyuhā alladhīna āmanū idhā laqītumu alladhīna kafarū zaḥfan falā tuwallūhumu l-adbāra

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފަރުންގެ لشكر ގައިގޯޅިވެ ބޮނޑިވެގެންވާ حال ކަލޭމެންނާއި ބައްދަލުވެއްޖެއްޔާ ކަލޭމެން އެމީހުންނަށް ފުރަގަސް ނުދޭށެވެ! (އެބަހީ: އެމީހުންނާ ދިމާކޮށް ހަނގުރާމަކުރާށެވެ!)

Verse 16

وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُۥٓ إِلَّا مُتَحَرِّفًا لِّقِتَالٍ أَوْ مُتَحَيِّزًا إِلَىٰ فِئَةٍ فَقَدْ بَآءَ بِغَضَبٍ مِّنَ ٱللَّهِ وَمَأْوَىٰهُ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ

Transliteration waman yuwallihim yawma-idhin duburahu illā mutaḥarrifan liqitālin aw mutaḥayyizan ilā fi-atin faqad bāa bighaḍabin mina l-lahi wamawāhu jahannamu wabi'sa l-maṣīru

Dhivehi އަދި އެދުވަހުން ހަނގުރާމައިގެ އެހެން އުކުޅަކަށް ނުވަތަ މަކަރަކަށް (ފަހުން ކުރިޔަށް އަރާ ދިމާކުރުމުގެ ގަސްދުގައި) ފަހަތަށް ޖެހިލި މީހާ މެނުވީ، ނުވަތަ لشكر ގެ އެހެން جماعة އަކަށް ދިއުމަށް އަނބުރައިލި މީހަކު މެނުވީ (މިދެގޮތްނޫން ގޮތަކަށް) ފުރަގަސްދީފައި ދިޔަމީހާ ހަމަކަށަވަރުން އެމީހާ އެދިޔައީ ﷲ ގެ حضرة ން ކޯފާޔާއިގެންނެވެ. އަދި އޭނާގެ ޖާގައަކީ ނަރަކައެވެ. އޭނާގެ އެޖާގައަކީ ނުބައިވެގެންވާ ޖާގައެކެވެ.

Verse 17

فَلَمْ تَقْتُلُوهُمْ وَلَـٰكِنَّ ٱللَّهَ قَتَلَهُمْ ۚ وَمَا رَمَيْتَ إِذْ رَمَيْتَ وَلَـٰكِنَّ ٱللَّهَ رَمَىٰ ۚ وَلِيُبْلِىَ ٱلْمُؤْمِنِينَ مِنْهُ بَلَآءً حَسَنًا ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ

Transliteration falam taqtulūhum walākinna l-laha qatalahum wamā ramayta idh ramayta walākinna l-laha ramā waliyub'liya l-mu'minīna min'hu balāan ḥasanan inna l-laha samīʿun ʿalīmun

Dhivehi (بَدْرُ ހަނގުރާމައިގެ ދުވަހު) ކަލޭމެން مؤمن ންގެ އަތްތަކުން مشرك ން މެރީއަކީއެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ (ކަލޭމެންގެ އަތްތައް އެކަމުގައި حركاة ތެރިވިޔަސް) އެމީހުން މެރީ (حقيقة ގައި) ހަމަ ﷲ އެވެ. (އެހެނީ އެ އެންމެހައި ކަންތައް ހިންގުމުގެ مُسَبِّبُ އަކީ ﷲ އެވެ.) އަދި (އޭ رسول ﷲ އެވެ!) އެ مشرك ންނާ ދިމާއަށް ކަލޭގެފާނުން (އެހިލަމުއްވަރު) އުއްކަވައިލެއްވިއިރު އެއުއްކަވައިލެއްވީ (حقيقة ގައި) ކަލޭގެފާނެއްނޫނެވެ. އަދި އެހެނެއްކަމަކު އެ އުށްކަވައިލެއްވީ ހަމަ ﷲ އެވެ. އެއީ އެކަލާނގެ حضرة ން مؤمن ން ރަނގަޅުވެގެންވާ ރިވެތި نعمة އަކުން إمتحان ކުރެއްވުމަށްޓަކައެވެ. (އެއީ عَدُوّ ންގެ މައްޗަށް نصر ލިބުމާއި އެމީހުންގެ ތަކެތި غنيمة ކުރެވުމާއި އެ مؤمن ންގެ عمل ތަކުގެ ދަރުމަ ސާބިތުކުރެއްވުމާއި އަދި رسول ﷲ ﷺ ގެ އަރިހުގައި جهاد ކުރުމުގެ މާތްކަން އެމީހުންނަށް ދެއްވުމަށެވެ. بَلاَءً حَسَنًا މި لفظ ން މުރާދުކުރެވޭ މާނަތަކަކީ އެއީއެވެ. = تفسير الطّبرى = ) ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 18

ذَٰلِكُمْ وَأَنَّ ٱللَّهَ مُوهِنُ كَيْدِ ٱلْكَـٰفِرِينَ

Transliteration dhālikum wa-anna l-laha mūhinu kaydi l-kāfirīna

Dhivehi (އޭ ކަލޭމެންނޭވެ!) އެކަން އެގޮތަށް އެދިމާކުރެއްވީ (އެބަހީ: مؤمن ންނަށް نصر އާއި ކާމިޔާބުދެއްވައި مشرك ން ބަލިކުރައްވައި ދެރަކުރެއްވީ) ހަމަކަށަވަރުން ﷲ تعالى އީ مشرك ންގެ ރޭވުމާއި ބާރު ބަލިކުރައްވާ ضَعِيْفُ ކުރައްވާ ކަލަކު ކަމުގައިވާތީއެވެ.

Verse 19

إِن تَسْتَفْتِحُوا۟ فَقَدْ جَآءَكُمُ ٱلْفَتْحُ ۖ وَإِن تَنتَهُوا۟ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَعُودُوا۟ نَعُدْ وَلَن تُغْنِىَ عَنكُمْ فِئَتُكُمْ شَيْـًٔا وَلَوْ كَثُرَتْ وَأَنَّ ٱللَّهَ مَعَ ٱلْمُؤْمِنِينَ

Transliteration in tastaftiḥū faqad jāakumu l-fatḥu wa-in tantahū fahuwa khayrun lakum wa-in taʿūdū naʿud walan tugh'niya ʿankum fi-atukum shayan walaw kathurat wa-anna l-laha maʿa l-mu'minīna

Dhivehi (އޭ مشرك ންނޭވެ!) ކަލޭމެން فتح އާއި ނިޔާ (حقّ ބަޔަކަށް ދެއްވުމަށް ﷲ ގެ حضرة ން) އެދުނުހިނދުން ތިޔައޮތީ (حقّ ވީ މީހުންނަށް) فتح އާއި ނިޔާ އައިސްފައެވެ. (އެއީ مؤمن ންނަށެވެ.) އަދި ކަލޭމެން (ދެންވެސް) އެކަމަށް إعاد ވަންޏާ އެބަހީ އެކަލޭގެފާނާ އިދިކޮޅަށް ހަނގުރާމަކޮށް އިދިކޮޅުވަންޏާ ތިމަންރަސްކަލާނގެވެސް ހަމައެފަދައިން (ކަލޭމެން ހަލާކު ކުރެއްވުމަށް) إعادވެވޮޑިގަންނަ ވާހުށީމެވެ. އަދި ކަލޭމެންގެ لشكر ކިތަންމެ ގިނަޔަސް އެ لشكر ން ކަލޭމެނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެއެވެ. އަދި ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ مؤمن ންނާއި އެކުގައެވެ.

Verse 20

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوْا۟ عَنْهُ وَأَنتُمْ تَسْمَعُونَ

Transliteration yāayyuhā alladhīna āmanū aṭīʿū l-laha warasūlahu walā tawallaw ʿanhu wa-antum tasmaʿūna

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށާއި އެކަލާނގެ رسول އާއަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން އެކަލޭގެފާނުން ބަސްފުޅު އަހާކަމުގައިވާ حال ކަލޭމެން އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ!

Verse 21

وَلَا تَكُونُوا۟ كَٱلَّذِينَ قَالُوا۟ سَمِعْنَا وَهُمْ لَا يَسْمَعُونَ

Transliteration walā takūnū ka-alladhīna qālū samiʿ'nā wahum lā yasmaʿūna

Dhivehi (އޭ مؤمن ންނޭވެ!) ހަމައެކަނި ކަންފަތުން އަހައި އެ އެހުމުން އެއްވެސް مَنْفَعَ އެއް ނުކުރާ މީހުން ފަދައިން (مشرك ންނާއި منافق ންފަދައިން) ކަލޭމެން ނުވާށެވެ!

Verse 22

۞ إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلصُّمُّ ٱلْبُكْمُ ٱلَّذِينَ لَا يَعْقِلُونَ

Transliteration inna sharra l-dawābi ʿinda l-lahi l-ṣumu l-buk'mu alladhīna lā yaʿqilūna

Dhivehi ހަމަކަށަވަރުން އެންމެނުބައިވެގެންވާ دَابَّة އަކީ (އެންމެނުބައި މީހުންނަކީ) ބީރު އަދި މަންމަން މީހުންނެވެ. އަދި އެމީހުންނަށް ނުވިސްނޭ މީހުންނެވެ. (އެއީ އިންސާނުންނަށް ވާނޭ އެންމެ ދެރަ ތިންސިފައެވެ. ކަންފަތަށް އަޑު ނުއިވޭ އަނގައިން ބަސްނުބުނެވޭ އަދި އެއްޗެއް ނުވިސްނޭ - މިތިން ކަންތައް ހުރި މީހަކީ ދެން އެއްވެސް ބޭނުމެއްނެތް މީހެކެވެ.) (އެއީ حقّ އަށް تبع ނުވާ މީހުންގެ މިސާލެވެ. އެމީހަކީ އެއްވެސް حسّ އަކުން ފައިދާއެއް ނުކުރާމީހެކެވެ.)

Verse 23

وَلَوْ عَلِمَ ٱللَّهُ فِيهِمْ خَيْرًا لَّأَسْمَعَهُمْ ۖ وَلَوْ أَسْمَعَهُمْ لَتَوَلَّوا۟ وَّهُم مُّعْرِضُونَ

Transliteration walaw ʿalima l-lahu fīhim khayran la-asmaʿahum walaw asmaʿahum latawallaw wahum muʿ'riḍūna

Dhivehi ﷲ تعالى އެމީހުންގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ވާކަމުގައި ދެކެވޮޑިގެންނެވިނަމަ ހަމަކަށަވަރުންވެސް އެކަލާނގެ އެމީހުންނަށް އިއްވެވީހެވެ. އަދި އެކަލާނގެ އެމީހުންނަށް އިއްވެވިނަމަވެސް ހަމަކަށަވަރުން އެމީހުން އެނބުރި ފުރަގަސްދިނީހެވެ. އެމީހުން އެނބުރި ނުކިޔަމަންތެރިވެ ގެންވާ حال ގައެވެ.

Verse 24

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ

Transliteration yāayyuhā alladhīna āmanū is'tajībū lillahi walilrrasūli idhā daʿākum limā yuḥ'yīkum wa-iʿ'lamū anna l-laha yaḥūlu bayna l-mari waqalbihi wa-annahu ilayhi tuḥ'sharūna

Dhivehi އޭ އީމާންވެގެންވާ މީސްތަކުންނޭވެ! ކަލޭމެންނަށް حياة އެއްވާ ކަމަކަށް (حقّ ކަމަކަށް / ނުވަތަ ކިޔަމަންތެރިކަމަށް) ﷲ އާއި رسول އާ ކަލޭމެނަށް އަމުރުކުރައްވައިފިއްޔާ ކަލޭމެން ﷲ އާއި رسول އާއަށް ޖަވާބުދޭށެވެ! (ބަސްއަހައި ކިޔަމަންތެރިވާށެވެ!) އަދި ހަމަކަށަވަރުން ﷲ تعالى މީހާޔާއި އޭނާގެ ހިތާއި ދެމެދު ހުރަސްކުރައްވައެވެ. ހިފަހައްޓަވައެވެ. އެބަހީ: ﷲ އިރާދަކުރައްވައިފިއްޔާ ހިތުގެތެރެއަށް އެއްވެސް އެއްޗެއް ވަނަނުދީ ހިފަހައްޓަވައެވެ.) އަދި ހަމަކަށަވަރުން ކަލޭމެން محشر ކުރެވޭހުށީ ހަމަ އެކަލާނގެ حضرة އަށެވެ.

Verse 25

وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

Transliteration wa-ittaqū fit'natan lā tuṣībanna alladhīna ẓalamū minkum khāṣṣatan wa-iʿ'lamū anna l-laha shadīdu l-ʿiqābi

Dhivehi ހަމައެކަނި خاصّ ކޮށް ކަލޭމެންކުރެ އަނިޔާވެރިންނަށް ނުޖެހޭނޭ فِتْنَة އަކާއިމެދު ކަލޭމެން ބިރުވެތިވާށެވެ. (އެބަހީ: އެ فتنة އެއް އަނިޔާވެރިންނަށާއި އަދި އެހެން މީހުންނަށްވެސް ޖެހިދާނެއެވެ. އެއީ ﷲ އާއި އެކަލާނގެ رسول އާގެ އަމުރުފުޅުތަކަށް އިޖާބަނުދީފިނަމަ مُنْكَرَات ނަހީނުކޮށްފިނަމަ ހެޔޮކަންތަކަށް އަމުރު ނުކޮށްފިނަމަ ޖެހިދާނޭ فتنة އެކެވެ. ހަލާކެކެވެ. އެކަމުގައި އެންމެންވެސް ހަލާކުވެދާނެއެވެ.) އަދި ﷲ އީ عقوبة ގަދަފަދަ ވަންތަވެ ވޮޑި ގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!

Verse 26

وَٱذْكُرُوٓا۟ إِذْ أَنتُمْ قَلِيلٌ مُّسْتَضْعَفُونَ فِى ٱلْأَرْضِ تَخَافُونَ أَن يَتَخَطَّفَكُمُ ٱلنَّاسُ فَـَٔاوَىٰكُمْ وَأَيَّدَكُم بِنَصْرِهِۦ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ لَعَلَّكُمْ تَشْكُرُونَ

Transliteration wa-udh'kurū idh antum qalīlun mus'taḍʿafūna fī l-arḍi takhāfūna an yatakhaṭṭafakumu l-nāsu faāwākum wa-ayyadakum binaṣrihi warazaqakum mina l-ṭayibāti laʿallakum tashkurūna

Dhivehi (އޭ مؤمن ންނޭވެ!) ކަލޭމެން (مكّة ގެ) ބިމުގައި ނުހަނު ނިކަމެތިކޮށް އަދި عدد މަދުބަޔަކުކަމުގައިވީކަން ހަނދާންކުރާށެވެ! އަދި އެހެނިހެން މީހުން އައިސް ކަލޭމެން ޖަހައިގަނެފާނެކަމާމެދު (މަރައިފާނެކަމާމެދު) ކަލޭމެން ބިރުވެތިވަމުއެވެ. - (އެ حال ގައި ވަނިކޮށް އެކަލާނގެ ކަލޭމެނަށް ސަލާމަތުން އަމާންކަމާއެކު ތިބެވޭނެ ވަޒަންދެއްވިއެވެ. (އެއީ حرم އެވެ. مكّة ގެ حرم އެވެ.) އަދި އެކަލާނގެ ކަލޭމެނަށް نصر ދެއްވައި ގަދަކަންދެއްވިއެވެ. އަދި ރަނގަޅު حلال ތަކެތީގެ ރިޒުޤު އެކަލާނގެ ކަލޭމެނަށް ދެއްވިއެވެ. މިހުރިހާކަމަކީވެސް ކަލޭމެން އެކަލާނގެއަށް شكر ކުރޭތޯއެވެ.

Verse 27

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَخُونُوا۟ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓا۟ أَمَـٰنَـٰتِكُمْ وَأَنتُمْ تَعْلَمُونَ

Transliteration yāayyuhā alladhīna āmanū lā takhūnū l-laha wal-rasūla watakhūnū amānātikum wa-antum taʿlamūna

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނަށް އެނގިތިބޭ حال ކަލޭމެން ﷲ އަށާއި رسول އާއަށް خيانة ތެރިނުވާށެވެ! އަދި ކަލޭމެން ކަލޭމެންގެ އަމާނާތްތަކަށް خيانة ތެރިނުވާށެވެ!

Verse 28

وَٱعْلَمُوٓا۟ أَنَّمَآ أَمْوَٰلُكُمْ وَأَوْلَـٰدُكُمْ فِتْنَةٌ وَأَنَّ ٱللَّهَ عِندَهُۥٓ أَجْرٌ عَظِيمٌ

Transliteration wa-iʿ'lamū annamā amwālukum wa-awlādukum fit'natun wa-anna l-laha ʿindahu ajrun ʿaẓīmun

Dhivehi އަދި ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ކަލޭމެންގެ މުދަލާއި ދަރީންނަކީ إمتحان އެކެވެ. އަދި ހަމަކަށަވަރުން ﷲ ދަންނައެވެ! ބޮޑުވެގެންވާ ދަރުމަވަނީ އެކަލާނގެ حضرة ގައެވެ.

Verse 29

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَتَّقُوا۟ ٱللَّهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّـَٔاتِكُمْ وَيَغْفِرْ لَكُمْ ۗ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ

Transliteration yāayyuhā alladhīna āmanū in tattaqū l-laha yajʿal lakum fur'qānan wayukaffir ʿankum sayyiātikum wayaghfir lakum wal-lahu dhū l-faḍli l-ʿaẓīmi

Dhivehi އޭ إيمان ވެއްޖެ މީހުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވެއްޖެއްޔާ حقّ އާއި باطل ވަކިކުރެވޭނެ އެއްޗެއް އެކަލާނގެ ކަލޭމެނަށް ލައްވާނެއެވެ. حقّ އާއި باطل ވަކިކުރެވޭނެގޮތެއް ލައްވާނެއެވެ. (އެއީ ކަލޭމެންގެ عدواة ތެރިންގެމައްޗަށް ކަލޭމެނަށް نصر ދެއްވައި އެމީހުން ބަލިކުރެއްވުމެވެ.) އަދި އެކަލާނގެ ކަލޭމެންގެ ކުށްތައް ފިއްލަވާހުއްޓެވެ. އަދި ކަލޭމެންނަށް (ކަލޭމެންގެ ފާފަތައް) އެކަލާނގެ ފުއްސަވާހުއްޓެވެ. އަދި ﷲ އީ ބޮޑުވެގެންވާ މާތްކަމުގެ ވެރި، فضل ވަންތަކަމުގެ ވެރި، ކަލާނގެއެވެ.

Verse 30

وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَـٰكِرِينَ

Transliteration wa-idh yamkuru bika alladhīna kafarū liyuth'bitūka aw yaqtulūka aw yukh'rijūka wayamkurūna wayamkuru l-lahu wal-lahu khayru l-mākirīna

Dhivehi އަދި ކާފަރުންގެމީހުން (އެބަހީ: مكّة ގެ ކާފަރުން) ކަލޭގެފާނު ހިފާ ހައްޔަރުކުރުމަށް ނުވަތަ ކަލޭގެފާނު قتل ކުރުމަށް ނުވަތަ ކަލޭގެފާނު ކަލޭގެފާނުންގެ ރަށުން ނެރުމަށް އެމީހުން ގޮތްތައް ރާވާ މަކަރުތައް ހެދިހިނދު ހަނދުމަފުޅުކުރައްވާށެވެ! އަދި ﷲ ވެސް މަކަރު ހައްދަވާ ގޮތްތައް ރާއްވަވައެވެ. (އެއީ އެމީހުން ނާކާމިޔާބު ކުރެއްވުމަށާއި ކަލޭގެފާނަށް ކާމިޔާބު ވުމަށެވެ.) އަދި ﷲ އީ އެންމެ ރަނގަޅަށް އެންމެ މޮޅަށް މަކަރު ހައްދަވާ ގޮތް ރާއްވަވާ ކަލާނގެއެވެ.\n* ދަންނައެވެ. ﷲ މަކަރުހައްދަވާނީ އެކަލާނގެ مُقَدَّسُ ޒާތުފުޅާއި އެކަށީގެންވާގޮތަށެވެ. އެއީ ކިހިނެއްކަމެއް خَلقُ ތަކުންނަކަށްނޭގޭނެއެވެ.

Verse 31

وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا قَالُوا۟ قَدْ سَمِعْنَا لَوْ نَشَآءُ لَقُلْنَا مِثْلَ هَـٰذَآ ۙ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ

Transliteration wa-idhā tut'lā ʿalayhim āyātunā qālū qad samiʿ'nā law nashāu laqul'nā mith'la hādhā in hādhā illā asāṭīru l-awalīna

Dhivehi އަދި ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެ މައްޗަށް ކިޔެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. އަހުރެމެން (ތިޔަބާވަތުގެ އެއްޗެތި) އަހައިފީމެވެ. އަދި އަހުރެމެން ބޭނުންނަމަ އެބާވަތުގެ އެއްޗެތި އަހުރެމެންވެސް ކިޔައިފާނަމެވެ. އަދި ތިޔަތަކެއްޗަކީ (އެބަހީ: قرآن އަކީ) ހަމަ އިސްވެދިޔަ މީސްތަކުންގެ أصل އެއް ވަސްލެއްނެތް ވާހަކަތަކެއްކަމުގައި މެނުވީ ނުވެއެވެ.

Verse 32

وَإِذْ قَالُوا۟ ٱللَّهُمَّ إِن كَانَ هَـٰذَا هُوَ ٱلْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ ٱلسَّمَآءِ أَوِ ٱئْتِنَا بِعَذَابٍ أَلِيمٍ

Transliteration wa-idh qālū l-lahuma in kāna hādhā huwa l-ḥaqa min ʿindika fa-amṭir ʿalaynā ḥijāratan mina l-samāi awi i'tinā biʿadhābin alīmin

Dhivehi އަދި އެމީހުން އެބަހީ: مكّة ގެ مشرك ން ދެންނެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެމީހުން ދެންނެވިއެވެ. އޭ މަތިވެރި ﷲ އެވެ! (محمّد ގެފާނުންގެމައްޗަށް ބާވައިލައްވާ) މިތަކެއްޗަކީ އިބަރަސްކަލާނގެ حضرة ން ކަނޑައެޅިގެން حقّ އެއްޗެއްކަމަށްވަންޏާ އަޅަމެންގެ މައްޗަށް އުޑުން ހިލަތަކެއް ވެއްސަވާނދޭވެ! ނުވަތަ އަޅަމެނަށް ވޭންދެނިވި عذاب ދެއްވާނދޭވެ!

Verse 33

وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ

Transliteration wamā kāna l-lahu liyuʿadhibahum wa-anta fīhim wamā kāna l-lahu muʿadhibahum wahum yastaghfirūna

Dhivehi (އޭގެ جواب އަކަށް ﷲ وحي ކުރައްވައެވެ. އޭ رسول ﷲ އެވެ!) ކަލޭގެފާނުން އެމީހުންގެ ތެރޭގައި ވަނިކޮށް އެމީހުންގެ މައްޗަށް عذاب އެއް ފޮނުއްވާނެކަލަކު ކަމުގައި ﷲ ވޮޑިގެން ނުވެއެވެ. އަދި އެމީހުން ފާފަފުއްސެވުމަށް އެދި دعاء ކުރާކަމުގައިވާހިނދު އެމީހުންނަށް عذاب ދެއްވުމަށް ﷲ ވޮޑިގެން ނުވެއެވެ. (ފަހެ مكّة ގެ مشرك ންނަށް بدر ހަނގުރާމައިގައި އެހާބޮޑު عذاب އެއް ލިބި މަރުވެގެންދިޔަ ބަޔަކު މަރުވެގެންދިޔައީ رسول ﷲ ﷺ އެރަށުން ނުކުމެވަޑައިގެން مدينة އަށް هجرة ކުރެއްވުމަށްފަހުގައެވެ.)

Verse 34

وَمَا لَهُمْ أَلَّا يُعَذِّبَهُمُ ٱللَّهُ وَهُمْ يَصُدُّونَ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَمَا كَانُوٓا۟ أَوْلِيَآءَهُۥٓ ۚ إِنْ أَوْلِيَآؤُهُۥٓ إِلَّا ٱلْمُتَّقُونَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

Transliteration wamā lahum allā yuʿadhibahumu l-lahu wahum yaṣuddūna ʿani l-masjidi l-ḥarāmi wamā kānū awliyāahu in awliyāuhu illā l-mutaqūna walākinna aktharahum lā yaʿlamūna

Dhivehi ފަހެ އެމީހުންނަށް ﷲ عذاب ނުދެއްވަންވީ ކީއްވެގެންހެއްޔެވެ؟ އެމީހުންނަކީ مَسْجِدُ اْلحَرَام އަށް އަޅުކަމަށް ދާމީހުން ދިޔަނުދީ ހިފަހައްޓާ ބައެކެވެ. އަދި އެމީހުންނަކީ އެކަލާނގެ ولِيُّ ން ކަމުގައި ނުވެއެވެ. އެކަލާނގެ وَلِيُّ ން ކަމުގައި تقوى ވެރިންމެނުވީ ނުވާނެއެވެ. އަދި އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.

Verse 35

وَمَا كَانَ صَلَاتُهُمْ عِندَ ٱلْبَيْتِ إِلَّا مُكَآءً وَتَصْدِيَةً ۚ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ

Transliteration wamā kāna ṣalātuhum ʿinda l-bayti illā mukāan wataṣdiyatan fadhūqū l-ʿadhāba bimā kuntum takfurūna

Dhivehi އަދި ގެފުޅުގެ ކައިރީގައި އެމީހުންކުރާ ނަމާދަކީ ތުނބުން ފުމުމާއި އަތްތިލަބަޑިޖެހުންކަމުގައި މެނުވީ ނުވެއެވެ. (އަދި ބަދުރު ހަނގުރާމައިގެ ދުވަހު އެމީހުންނަށް އެންގެވުނެވެ.) ކަލޭމެން ކާފަރުވީ ކަމަށްޓަކައި ކަލޭމެން عذاب ގެ ރަހަ ލިބިގަންނާށެވެ. (އެމީހުންވަނީ ބައްތިރީސްވަނަ އާޔަތުގައިވާ ފަދައިން عذاب އައުމަށް އެދިފައެވެ.)

Verse 36

إِنَّ ٱلَّذِينَ كَفَرُوا۟ يُنفِقُونَ أَمْوَٰلَهُمْ لِيَصُدُّوا۟ عَن سَبِيلِ ٱللَّهِ ۚ فَسَيُنفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُونَ ۗ وَٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ يُحْشَرُونَ

Transliteration inna alladhīna kafarū yunfiqūna amwālahum liyaṣuddū ʿan sabīli l-lahi fasayunfiqūnahā thumma takūnu ʿalayhim ḥasratan thumma yugh'labūna wa-alladhīna kafarū ilā jahannama yuḥ'sharūna

Dhivehi ހަމަކަށަވަރުން ކާފަރުވީ މީސްތަކުން ﷲ ގެ މަގުބަންދުކުރުމަށްޓަކައި މުދާތައް ހޭދަކުރެއެވެ. އަދި މުދާ ހޭދަކުރާނެއެވެ. ދެން އެކަންވާނީ އެމީހުންގެ މައްޗަށް ހިތާމައެއް ކަމުގައެވެ. ދެން އެމީހުން ދެރަވާނެއެވެ. އަދި ކާފަރުވީ މީސްތަކުން ނަރަކައަށް އެއްކުރެވޭނެއެވެ.

Verse 37

لِيَمِيزَ ٱللَّهُ ٱلْخَبِيثَ مِنَ ٱلطَّيِّبِ وَيَجْعَلَ ٱلْخَبِيثَ بَعْضَهُۥ عَلَىٰ بَعْضٍ فَيَرْكُمَهُۥ جَمِيعًا فَيَجْعَلَهُۥ فِى جَهَنَّمَ ۚ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ

Transliteration liyamīza l-lahu l-khabītha mina l-ṭayibi wayajʿala l-khabītha baʿḍahu ʿalā baʿḍin fayarkumahu jamīʿan fayajʿalahu fī jahannama ulāika humu l-khāsirūna

Dhivehi އެއީ (އެބަހީ: އެމީހުން ނަރަކައަށް އެލައްވަނީ) ރަނގަޅުގެތެރެއިން ނުބައި - ބާއްޖަވެރިންގެތެރެއިން އަބާއްޖަވެރިން ވަކިކުރެއްވުމަށެވެ. ދެން އެހުރިހާ ނުބައި އެކަލާނގެ އެއްތަނަކަށް ޖަމާކުރައްވައި އެކަތިމައްޗަށް އަނެކަތިލައްވާ ބޮޑުފުނިވަރަކަށް ހައްދަވައި ދެން އެކަލާނގެ އެފުނިވަރު ނަރަކައަށް ލައްވާނެތެވެ. އެމީހުން އެއީ ކަނޑައެޅިގެން ގެއްލި ހަލާކުވެގެންވާ މީހުންނެވެ. • (ދަންނައެވެ. ﷲ ގެ މަގުބަންދުކުރުމަށް إسلام دين އާއި مسلم ން ހަލާކުކުރުމަށް ކާފަރުން މުދާ ހޭދަކުރުމަކީ އެއީ އެމީހުންގެ ކަމެކެވެ. އަބަދުވެސް އެމީހުން އެކަން ކުރާނެއެވެ. އަދި ކުރިޔަށް އޮތްތާވެސް އެމީހުން އެކަންކުރާނެކަމަށް އާޔަތުން صريح ކޮށް އެބަ އެނގެއެވެ. އޭރު مكّة ގެ ކާފަރުންނެވެ. މިހާރު ترقّى ގެ މޮޅު ކާފަރުންނެވެ. ރީތި ނަންނަމުގައެވެ. ސޭވްދަ ޗިލްޑްރަން - ޔުނިސެފް - ކުނިސެފް - އަދި އެޑިޔުކޭޝަންގެ އެކިއެކި ނަންނަމުގައި އޭބީސީޑީގެ ހުރިހާ އަކުރެއްގެ ނަމުގައި ޒާތްޒާތުގެ جمعية ތަކާއި جماعة ތަކާއި ބޯޑުތަކާއި ހަދައި އެކިނަންނަމުގައި އެހީތައް މިއޮއް ފައިބަނީއެވެ. ކާފަރަކު إسلام އަކަށް އެހީއެއްވުމަކީ ބުޅާ މީދަލަށް އެހީވުން ނޫންބާވައެވެ. وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْۗ މިއީ وحي ގެ ކީރިތި ބަސްފުޅެވެ. - يهودي އަކުވިޔަސް އަދި نصارى އަކުވިޔަސް އެމީހުންގެ دين އާއި ކަލޭގެފާނު تبع ވެވަޑައިގެންފުމަށްދާނދެން އެމީހުން ކަލޭގެފާނަކަށް ނުރުހޭނެއެވެ. - ދުވަހަކު ނުރުހޭނެއެވެ. މިއެވެ. އެމީހުން ނުރުހޭ އެންމެންނަކީ މިހާރުގެ ޓެރަރިސްޓުންނެވެ. ތިންމައިގަނޑު ވިޔައިގެ ހިސާބުން ބަލާއިރު އެމީހުން ނުރުހޭ މީހުންނަކީ مسلم ންނެވެ. އެއީ އެމީހުންގެ ޓެރަރިސްޓުންނެވެ. ރުހޭމީހުންނަކީ އެމީހުންނަށް تبع ވީމީހުންކަމުގައި ﷲ އެ އަންގަވަނީއެވެ. ނުރުހޭ ބަޔަކަށް އެހީއެއް މަދަދެއްވުމަކީ مُستحيل ކަމެކެވެ. ނުވަތަ އުނދަގޫ ކަމެކެވެ. މިކަންކަމަށް ވިސްނެވުންހުއްޓެވެ.)

Verse 38

قُل لِّلَّذِينَ كَفَرُوٓا۟ إِن يَنتَهُوا۟ يُغْفَرْ لَهُم مَّا قَدْ سَلَفَ وَإِن يَعُودُوا۟ فَقَدْ مَضَتْ سُنَّتُ ٱلْأَوَّلِينَ

Transliteration qul lilladhīna kafarū in yantahū yugh'far lahum mā qad salafa wa-in yaʿūdū faqad maḍat sunnatu l-awalīna

Dhivehi ﷲ وحيކުރެއްވިއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ކާފަރުންނަށް ވިދާޅުވާށެވެ! އެމީހުން އެތިބިގޮތް ދޫކޮށް (ﷲ އަށާއި رسول އާއަށް إيمان ވެ ކާފަރުކަމުން) ހުއްޓައިލައިފީއްޔާ އެމީހުންގެ ފަރާތުން ކުރީ އިސްވެދިޔަ ފާފަ ފުއްސެވޭނެއެވެ. އަދި އެގޮތް ދޫނުކޮށް އެކާފަރުކަންމަތީ ދެމިތިބޭކަމަށްވަންޏާ އިސްވެދިޔަ أمّة ތަކުގައި ތިބި ކާފަރުންނަށްވީގޮތް (ނުވަތަ بَدْرُ ހަނގުރާމައިގައި މަރުވެދިޔަ ކާފަރުންނަށް ކަންވީގޮތަށް ކަލޭމެނަށްވެސް ވެދާނެއެވެ. (އެއީ ﷲ ކަންތައް ގެންދަވާގޮތެވެ.)

Verse 39

وَقَـٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ كُلُّهُۥ لِلَّهِ ۚ فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ بِمَا يَعْمَلُونَ بَصِيرٌ

Transliteration waqātilūhum ḥattā lā takūna fit'natun wayakūna l-dīnu kulluhu lillahi fa-ini intahaw fa-inna l-laha bimā yaʿmalūna baṣīrun

Dhivehi އަދި އެއްވެސް ފިތުނައެއް يعني: شرك އެއްނެތި އަޅުކަމާއި ކިޔަމަންތެރިކަން ހަމައެކަނި ﷲ އަށް خلاص ވެއްޖައުމަށްދާންދެން ކަލޭގެފާނު އެކާފަރުންނާއި ހަނގުރާމަކުރައްވާށެވެ. ފަހެ، އެމީހުން شرك ނުކޮށް / އަދި އެނުކިޔަމަންތެރިކަމުން ހުއްޓައިލައިފިއްޔާ (ﷲ އަށް އެކަން ވަންހަނާ ނުވާނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އެމީހުންކުރާ ކަންތައް ދެނެވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.

Verse 40

وَإِن تَوَلَّوْا۟ فَٱعْلَمُوٓا۟ أَنَّ ٱللَّهَ مَوْلَىٰكُمْ ۚ نِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ

Transliteration wa-in tawallaw fa-iʿ'lamū anna l-laha mawlākum niʿ'ma l-mawlā waniʿ'ma l-naṣīru

Dhivehi އަދި އެމީހުން އެކަމުން ފުރަގަސްދީފިއްޔާ (އެބަހި: رسول ﷲ ﷺ އެމީހުންނަށް ގޮވާލައްވާ ކަންތައްތަކުން އެމީހުން އެނބުރި ފުރަގަސްދީފިއްޔާ) ފަހެ ކަލޭމެން (مؤمن) ދަންނާށެވެ. ހަމަކަށަވަރުން ﷲ އެއީ ކަލޭމެންގެ ސަހަރޯވެރިޔާއެވެ. އެހީތެރިޔާއެވެ. އެއީ އެންމެރަނގަޅު ސަހަރޯވެރިޔާއެވެ. އަދި އެންމެރަނގަޅު نصر ވެރިޔާއެވެ.

Verse 41

۞ وَٱعْلَمُوٓا۟ أَنَّمَا غَنِمْتُم مِّن شَىْءٍ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ إِن كُنتُمْ ءَامَنتُم بِٱللَّهِ وَمَآ أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ ٱلْفُرْقَانِ يَوْمَ ٱلْتَقَى ٱلْجَمْعَانِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration wa-iʿ'lamū annamā ghanim'tum min shayin fa-anna lillahi khumusahu walilrrasūli walidhī l-qur'bā wal-yatāmā wal-masākīni wa-ib'ni l-sabīli in kuntum āmantum bil-lahi wamā anzalnā ʿalā ʿabdinā yawma l-fur'qāni yawma l-taqā l-jamʿāni wal-lahu ʿalā kulli shayin qadīrun

Dhivehi (އޭ مؤمن ންނޭވެ!) ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ކަލޭމެން غنيمة މުދަލުގެ ގޮތުން حاصل ކުރި ކޮންމެ އެއްޗެއް އެއެއްޗެއްގެ ފަސްބައިކުޅަ އެއްބައިވަނީ ﷲ އަށާއި رسول އާއަށާއި (رسول އާގެ) ގާތްތިމާގެ މީހުންނަށާއި - يتيم ންނަށާއި - مِسْكِين ންނަށާއި އަދި ދަރުތުވެރިންނަށެވެ. އެއީ ކަލޭމެން ﷲ އަށް إيمان ވެގެންވާ ކަމުގައިވަންޏާއެވެ. އަދި فرقان ގެދުވަހު އެބަހީ: حقّ އާއި باطل ވަކިކުރާ ދުވަހު އެދުވަހަކީ ދެ لشكر ބައްދަލުވީ ދުވަހެވެ. (محمّد ﷺ އާއި އެކަލޭގެފާނުންގެ أصحاب ންގެ لشكر އާއި مكّة ގެ قريش ންގެ ކާފަރު لشكر އާއި ދެ لشكر އެވެ. އެދެ لشكر بَدْرُ އެވެ ކިޔޭ ميدان ގައި ބައްދަލުކޮށް حقّ އެއީ حقّ ކަމުގައި باطل އެއީ باطل ކަމުގައިވެ ފައުޅުވެގެން ދިޔައީއެވެ. ކާފަރުން ބަލިވެ مؤمن ންނަށް نصر ލިބުނީއެވެ.) އެދުވަހު ތިމަންރަސްކަލާނގެ އަޅާގެމައްޗަށް (محمّد ﷺ ގެމައްޗަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި ތަކެއްޗަށް إيمان ވެގެންވާކަމުގައި ވަންޏާ غنيمة މުދަލާމެދު މިއެންގެވިގޮތަށް ކަންތައް ކުރާށެވެ! އަދި ﷲ އީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ.

Verse 42

إِذْ أَنتُم بِٱلْعُدْوَةِ ٱلدُّنْيَا وَهُم بِٱلْعُدْوَةِ ٱلْقُصْوَىٰ وَٱلرَّكْبُ أَسْفَلَ مِنكُمْ ۚ وَلَوْ تَوَاعَدتُّمْ لَٱخْتَلَفْتُمْ فِى ٱلْمِيعَـٰدِ ۙ وَلَـٰكِن لِّيَقْضِىَ ٱللَّهُ أَمْرًا كَانَ مَفْعُولًا لِّيَهْلِكَ مَنْ هَلَكَ عَنۢ بَيِّنَةٍ وَيَحْيَىٰ مَنْ حَىَّ عَنۢ بَيِّنَةٍ ۗ وَإِنَّ ٱللَّهَ لَسَمِيعٌ عَلِيمٌ

Transliteration idh antum bil-ʿud'wati l-dun'yā wahum bil-ʿud'wati l-quṣ'wā wal-rakbu asfala minkum walaw tawāʿadttum la-ikh'talaftum fī l-mīʿādi walākin liyaqḍiya l-lahu amran kāna mafʿūlan liyahlika man halaka ʿan bayyinatin wayaḥyā man ḥayya ʿan bayyinatin wa-inna l-laha lasamīʿun ʿalīmun

Dhivehi އަދި ކަލޭމެން مؤمن ން مدينة އާއި ގާތްކޮޅުގައި (އެބަހީ: بَدْرُ ހަނގުރާމަ ހިނގިތާގެ مدينة އާއި ގާތްކޮޅުގެ) އުސްތާނގައިވީހިނދު އަދި އެމީހުން - އެބަހީ: مكّة ގެ قريش ންގެ لشكر އެތާނގެ مدينة އާއި ދުރުކޮޅުގައި އަދި (أبوسفيان ގެ) ގާފިލާ އަތިރިމަތީފަރާތު ތިރީމަގުގައިވީހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އަދި ކަލޭމެންގެ މެދުގައި (ދެ لشكر ބައްދަލުވުމަށް) ވަކިވަގުތެއް އަދި ވަކިތަނެއް ކަނޑައެޅި عيّن ވެގެން އޮތުމަށް ދެފަރާތް وَعْدُ ކުރިނަމަ ހަމަކަށަވަރުން އެވަގުތަކާއި އެތަނަކާއިމެދު ކަލޭމެންގެ މެދުގައި ދެބަސްވެ إختلاف ވީހެވެ. އަދި އެހެންނަމަވެސް (ދެ لشكر އެ ميدان ގައި ބައްދަލުވެ ހަނގުރާމަވެވުނީ) އެއީ ﷲ ގެ تقدير ގައި ކަނޑައެޅި ވާންއޮތްކަމެއް ނިންމަވާ ހިންގެވުމަށެވެ. އެއީ ހަލާކުވާ މީހަކުވެސް حجّة އާއި دليل އާއިއެކު ހަލާކުވުމަށެވެ. އަދި ދިރިހުންނާނެމީހަކުވެސް حجّة އާއި دليل އާއިއެކު ދިރިހުރުމަށެވެ. (އެބަހީ: ކޮންމެ މީހަކުވެސް އެމީހަކުގެ ކަންތައް ރަނގަޅަށް ސާބިތުވެ އެނގުމަށްފަހު عذر އެއް ނޯންނާނެގޮތުންނެވެ.) އަދި ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 43

إِذْ يُرِيكَهُمُ ٱللَّهُ فِى مَنَامِكَ قَلِيلًا ۖ وَلَوْ أَرَىٰكَهُمْ كَثِيرًا لَّفَشِلْتُمْ وَلَتَنَـٰزَعْتُمْ فِى ٱلْأَمْرِ وَلَـٰكِنَّ ٱللَّهَ سَلَّمَ ۗ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ

Transliteration idh yurīkahumu l-lahu fī manāmika qalīlan walaw arākahum kathīran lafashil'tum walatanāzaʿtum fī l-amri walākinna l-laha sallama innahu ʿalīmun bidhāti l-ṣudūri

Dhivehi އަދި ﷲ تعالى ކަލޭގެފާނަށް އެމީހުން - އެބަހީ - قريش ންގެ ކާފަރު لشكر - ކަލޭގެފާނުންގެ ހުވަފެންފުޅުގައި ދެއްކެވީ މަދުބަޔަކުކަމުގައެވެ. (އެއީ ކަލޭމެން مؤمن ންގެ ހިތްތައް ގަދަވެ ހަނގުރާމައަށް ހިތްވަރުގަދަވެ عدوُّ ންނާ ދިމާކުރުމުގެ ބާރެއްގެ ގޮތުންނެވެ.) އަދި އެމީހުން އެއީ ގިނަބައެއްގެ ގޮތުގައި ކަލޭގެފާނަށް (ހުވަފެންފުޅުގައި) އެކަލާނގެ ދެއްކެވިނަމަ ކަލޭމެން މުޅިން ބަލިކަށިވެ ހިތްވަރުދެރަވެ ފޭލިވެއްޖައީހެވެ. އަދި ހަނގުރާމައިގެ ކަންތަކުގައި މުޅިން ދެބަސްވެ ވާހަކަތައް ތަފާތުވެއްޖައީހެވެ. އެހެންނަމަވެސް އެހުރިހާ ކަމަކުން ﷲ ކަލޭމެން ސަލާމަތްކުރެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކު އަޑީގައިވާ ކަންތައްތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 44

وَإِذْ يُرِيكُمُوهُمْ إِذِ ٱلْتَقَيْتُمْ فِىٓ أَعْيُنِكُمْ قَلِيلًا وَيُقَلِّلُكُمْ فِىٓ أَعْيُنِهِمْ لِيَقْضِىَ ٱللَّهُ أَمْرًا كَانَ مَفْعُولًا ۗ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ

Transliteration wa-idh yurīkumūhum idhi l-taqaytum fī aʿyunikum qalīlan wayuqallilukum fī aʿyunihim liyaqḍiya l-lahu amran kāna mafʿūlan wa-ilā l-lahi tur'jaʿu l-umūru

Dhivehi އަދި ކަލޭމެން (مؤمن ން) އެ مشرك ންނާއި ބައްދަލުކުރިހިނދު ކަލޭމެންގެ ލޯތަކަށް އެ مشرك ން މަދުކަމުގައި އެކަލާނގެ ދައްކަވައި އަދި އެމީހުންގެ ލޯތަކަށް ކަލޭމެން މަދުކަމުގައި އެކަލާނގެ ދެއްކެވީ އެކަލާނގެ تقدير ގައި ވާނޭކަމަށް ނިމިފައިވާކަމެއް ނިންމަވާ ނިޔާކުރެއްވުމަށެވެ. ކަލޭމެންނަށް ދެއްކެވުމަށެވެ. (އެއީ مشرك ންގެ މައްޗަށް مؤمن ން ގަދަކުރައްވައި ﷲ ގެ كلمة ފުޅު މަތިވެރިކުރެއްވުމަށްޓަކައެވެ. އަދި އެންމެހައިކަމެއް رُجُوعَ ވުންވަނީ ﷲ ގެ حضرة އަށެވެ.

Verse 45

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمْ فِئَةً فَٱثْبُتُوا۟ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ

Transliteration yāayyuhā alladhīna āmanū idhā laqītum fi-atan fa-uth'butū wa-udh'kurū l-laha kathīran laʿallakum tuf'liḥūna

Dhivehi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނާއި (ހަނގުރާމަވެރި ކާފަރު) جماعة އެއް ބައްދަލުވެއްޖެއްޔާ (ميدان ގައި) ރަނގަޅަށް ސާބިތުވާށެވެ! އަދި ﷲ އަށް ގިނަގިނައިން ذِكر ކުރާށެވެ! (ﷲ ހަނދާންކުރުން ގިނަކުރާށެވެ!) އެއީ ކަލޭމެނަށް ކާމިޔާބުވެ ނަސީބު ލިބުމަށެވެ.

Verse 46

وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ

Transliteration wa-aṭīʿū l-laha warasūlahu walā tanāzaʿū fatafshalū watadhhaba rīḥukum wa-iṣ'birū inna l-laha maʿa l-ṣābirīna

Dhivehi އަދި ކަލޭމެން ﷲ އަށާއި އެކަލާނގެ رسول އާއަށް ކިޔަމަންތެރިވާށެވެ! - އަދި ކަލޭމެން (ކަންކަމުގައި) ދެބަސްނުވާށެވެ! އަރައިރުން ނުވާށެވެ! (އެހެން ހަދައިފިއްޔާ އެބަހީ: ދެބަސްވަންޏާ) ކަލޭމެން ބަލިކަށިވެ ދެރަވެދާނެއެވެ. ދެން އޭރުން ކަލޭމެންގެ ވަސްފިލައިދާނެއެވެ. އަދި ކަލޭމެން ކެތްތެރިވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާއެކުގައެވެ.

Verse 47

وَلَا تَكُونُوا۟ كَٱلَّذِينَ خَرَجُوا۟ مِن دِيَـٰرِهِم بَطَرًا وَرِئَآءَ ٱلنَّاسِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۚ وَٱللَّهُ بِمَا يَعْمَلُونَ مُحِيطٌ

Transliteration walā takūnū ka-alladhīna kharajū min diyārihim baṭaran wariāa l-nāsi wayaṣuddūna ʿan sabīli l-lahi wal-lahu bimā yaʿmalūna muḥīṭun

Dhivehi އަދި ބޮޑާވެގެންވާ حال މީސްތަކުންނަށް ދެއްކެވުމަށްޓަކައި ތިމާމެންގެ ގޮވަތި ގެދޮރުތަކުން ނުކުތް މީހުން ފަދައިން ކަލޭމެން (مؤمن ން) ނުވާށެވެ! އަދި އެމީހުންނަކީ ﷲ ގެ މަގުން މީސްތަކުން ބަންދުކޮށް ހިފަހައްޓާ މީހުންނެވެ. އަދި ﷲ އީ އެމީހުންކުރާ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 48

وَإِذْ زَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ وَقَالَ لَا غَالِبَ لَكُمُ ٱلْيَوْمَ مِنَ ٱلنَّاسِ وَإِنِّى جَارٌ لَّكُمْ ۖ فَلَمَّا تَرَآءَتِ ٱلْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّى بَرِىٓءٌ مِّنكُمْ إِنِّىٓ أَرَىٰ مَا لَا تَرَوْنَ إِنِّىٓ أَخَافُ ٱللَّهَ ۚ وَٱللَّهُ شَدِيدُ ٱلْعِقَابِ

Transliteration wa-idh zayyana lahumu l-shayṭānu aʿmālahum waqāla lā ghāliba lakumu l-yawma mina l-nāsi wa-innī jārun lakum falammā tarāati l-fi-atāni nakaṣa ʿalā ʿaqibayhi waqāla innī barīon minkum innī arā mā lā tarawna innī akhāfu l-laha wal-lahu shadīdu l-ʿiqābi

Dhivehi އަދި شيطان އެމީހުންނަށް އެބަހީ: مشرك ންނަށް - އެމީހުންގެ ނުބައި عمل ތައް ޒީނަތްތެރިކޮށްދިންހިނދު އޭނާ އެމީހުންނަށް ބުންޏެވެ. މިއަދު މީސްތަކުންކުރެ އެކަކުވެސް ކަލޭމެންގެ މައްޗަށް ގަދަނުވާނެއެވެ. އަހުރެން މިހުރީ ކަލޭމެންގެ އަވައްޓެރި އެހީތެރިއަކަށެވެ. ދެންފަހެ ދެ لشكر އޭނާ ދުއްހިނދު އެބަހީ: مؤمن ންގެ لشكر އާއި مشرك ންގެ لشكر އޭނާ ދުއްހިނދު އޭނާ ފަހަތަށް ފަހަތަށްހުރެ ދާންފަށައިފިއެވެ. އަދި ބުންޏެވެ. ހަމަކަށަވަރުން އަހުރެން މިވަނީ ކަލޭމެންގެ ކިބައިން ބަރީއަވެގެންނެވެ. ކަލޭމެނަށް ނުފެންނަތަކެތި އަހުރެންނަށް އެބަފެނެއެވެ. ހަމަކަށަވަރުން އަހުރެން ﷲ އަށް ބިރުވެތިވަމެވެ. އަދި ﷲ އީ عقوبة ދެއްވުން ގަދަފަދަވަންތަވެވޮޑިގެންވާ ކަލާނގެއެވެ. شيطان ފަހަތަށް ފަހަތަށްޖެހުނީ مؤمن ންގެ لشكر ގައިވާ މަލާއިކަތްބޭކަލުން ފެނިގެންނެވެ. • ދަންނައެވެ! بَدْرُ ހަނގުރާމަ ހިނގިދުވަހު އެ ميدان އަށް شيطان ދިޔައީ مكّة ގެ ކާފަރު لشكر އަށް އެހީވާގޮތް ދައްކައިގެން بَنِي مُدْلَجُ ވަންހައިގެ سُرَاقَةُ بنُ مَالِك بنُ جَعْشَم ގެ ސިފައިގާ ސިފައިންނާވެސް އެކުގައެވެ. ދެންފަހެ އެސޮރު قريش ންގެ ކާފަރު لشكر އަށް يقين ކޮށްދީ ބުނެހެދީ، މިއަދު ކަލޭމެންގެ މައްޗަށް އެކަކުވެސް ގަދަނުވާނެކަމުގައެވެ. އެހެނީ މަވެސް މިހުރީ ހަމަ ކަލޭމެންގެ جَارُ އަކަށެވެ. އެހީތެރިއަކަށެވެ. މިގޮތުން ވަރަށް ސަޅިކަނޑާފައި އުޅެނިކޮށް مؤمن ންގެ لشكر ން ملائكة ބޭކަލުން ފެނި އަދި جبريل ވަޑައިގެން އޭނާ ހިފަހައްޓަވަން އުޅުއްވަނިކޮށް އަވަހަށް ދުވެ ރައްކާވާން އުޅެނިކޮށް مشرك ންގެމީހަކު އޭނާއަށް ގޮވާލާފައި ބުންޏެވެ. ބަލަގަ سُرَاقَة އެވެ. ކަލޭ ތިޔައީ އަހުރެމެންނަށް އެހީވާން އައިމީހަކުކަމުގައި ބުނެފައި ތިޔަދަނީ ކީއްވެގެންހެއްޔެވެ؟ އެހިނދު އެސޮރު ބުންޏެވެ. އަހުރެން މިވަނީ ކަލޭމެންގެ ކިބައިން ބަރީއަވެގެންނެވެ. ކަލޭމެންނަށް ނުފެންނަތަކެތި މަށަށް އެބަފެނެއެވެ. އަދި ﷲ އަށް އަހުރެން ބިރުވެތިވަމެވެ. ﷲ އީ ނުހަނު عقوبة ގަދަވެގެންވާ ކަލާނގެއެވެ. = تفسيرالطبري އިން =

Verse 49

إِذْ يَقُولُ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ غَرَّ هَـٰٓؤُلَآءِ دِينُهُمْ ۗ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَإِنَّ ٱللَّهَ عَزِيزٌ حَكِيمٌ

Transliteration idh yaqūlu l-munāfiqūna wa-alladhīna fī qulūbihim maraḍun gharra hāulāi dīnuhum waman yatawakkal ʿalā l-lahi fa-inna l-laha ʿazīzun ḥakīmun

Dhivehi އަދި منافق ންނާއި އަދި އެ އެބައެއްގެ ހިތްތަކުގައި (إيمان ކަމާއިމެދު ޝައްކުވުމުގެ) ބަލިކަށިކަންވާ މީހުން ބުނިހިނދު (ހަނދުމަފުޅުކުރައްވާށެވެ! އެމީހުން ބުންޏެވެ.) މިމީހުން يعني (محمّد ގެފާނާއި އެކަލޭގެފާނަށް تبع ވެގެންވާމީހުން) އެމީހުންގެ دين އެމީހުން ހެއްލުންތެރިކުރުވައިފިއެވެ. (އޭގެ مناسبة ގައި ﷲ އެންގެވިއެވެ.) އެމީހަކު ﷲ އަށް وكيل ކޮށް އިތުބާރުކޮށްފިމީހާ (ދަންނައެވެ! އެމީހަކަށް އެކަލާނގެ ފުދޭނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ. • ދަންނައެވެ! މިމީހުންނަކީ بَدْر ހަނގުރާމައަށް ނުކުތްބަޔަކުކަމުގައި ވިއެވެ. ނަމަވެސް ހަނގުރާމައިގައި ބައިވެރި ނުވެއެވެ. ކާފަރުންގެ ނިސްބަތުގައި مؤمن ންގެ لشكر ގެ މީހުން މަދުކަމުން އެމީހުން ބުނީ މި مؤمن ން މިހާގިނަ مشرك ންނާއި ހަނގުރާމަކުރަން އެނުކުތީ އެމީހުންގެ دين ގެ ސަބަބުން ހެއްލިގެންނެވެ. އެމީހުން އެހެންބުނީ مؤمن ން ދެރަވާނެކަމަށް ހީކޮށްގެނެވެ. والله أعلم)

Verse 50

وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ

Transliteration walaw tarā idh yatawaffā alladhīna kafarū l-malāikatu yaḍribūna wujūhahum wa-adbārahum wadhūqū ʿadhāba l-ḥarīqi

Dhivehi (އޭ رسول ﷲ އެވެ!) ކާފަރުންގެ މީހުންގެ ފުރާނަތައް ملائكة ބޭކަލުން ހިއްޕަވާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނަމައެވެ. އަދި އެބޭކަލުން އެ مشرك ންގެ މޫނުތަކުގައްޔާއި ފޫކޮޅުގައި ތަޅުއްވަމުން ވިދާޅުވެއެވެ. ކަލޭމެން އަލިފާނުގެ عذاب ގެ ރަހަ ލިބިގަންނާށެވެ. (އެއީ قيامة ދުވަހުން ދެއްވާނެ عذاب އެއްކަމުގައި ވެއެވެ.)

Verse 51

ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّـٰمٍ لِّلْعَبِيدِ

Transliteration dhālika bimā qaddamat aydīkum wa-anna l-laha laysa biẓallāmin lil'ʿabīdi

Dhivehi މި عذاب ކަލޭމެންނަށް ދެއްވަނީ ކަލޭމެން އަތްތަކުން އިސްކޮށްފައިވާ ނުބައި ކަންތައްތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން ﷲ تعالى އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގަންނަވާ ކަލަކުކަމުގައި ނުވެއެވެ.

Verse 52

كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ إِنَّ ٱللَّهَ قَوِىٌّ شَدِيدُ ٱلْعِقَابِ

Transliteration kadabi āli fir'ʿawna wa-alladhīna min qablihim kafarū biāyāti l-lahi fa-akhadhahumu l-lahu bidhunūbihim inna l-laha qawiyyun shadīdu l-ʿiqābi

Dhivehi فرعون އާއި އަދި އޭގެކުރީގެ މީހުންގެ އާދަފަދައިންނެވެ. (އެބަހީ: بَدْر ހަނގުރާމައިގައި މަރުވެދިޔަ ކާފަރުންނަށްވެސް އެދިމާވީ فرعون އާއި ދެންވެސް އެބާވަތުގެ ނުބައި ނުލަފާ މީހުންނަށް ދިމާވިފަދައިންނެވެ.) އެމީހުންވެސް ﷲ ގެ އާޔަތްތަކަށް ކާފަރުވީއެވެ. ދެން ﷲ تعالى އެމީހުން ހިއްޕަވައި ހަލާކުކުރެއްވީއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ އަދި عقوبة ދެއްވުން ގަދަފަދަވަންތަ ކަލާނގެއެވެ.

Verse 53

ذَٰلِكَ بِأَنَّ ٱللَّهَ لَمْ يَكُ مُغَيِّرًا نِّعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۙ وَأَنَّ ٱللَّهَ سَمِيعٌ عَلِيمٌ

Transliteration dhālika bi-anna l-laha lam yaku mughayyiran niʿ'matan anʿamahā ʿalā qawmin ḥattā yughayyirū mā bi-anfusihim wa-anna l-laha samīʿun ʿalīmun

Dhivehi އެހެންއެވީ، (އެބަހީ: بدر ހަނގުރާމައިގެ ދުވަހު ކާފަރުންނަށް އެހާބޮޑު عذاب އެއް ދެއްވައި ހަލާކުކުރެއްވީ އެމީހުންގެ ނުކިޔަމަންތެރިކަމުގެ ސަބަބުންނެވެ. އެހެނީ ހަމަކަށަވަރުން އެއްވެސް ބައެއްގެ މައްޗަށް ﷲ تعالى ދެއްވާފައިވާ نعمة، އެބައެއްގެ نفس ގައިވާ ކަންތައް އެބަޔަކު އަމިއްލައަށް ބަދަލުކޮށް تغيّر ކޮށްފުމަށްދާންދެން ﷲ تعالى އެބަޔަކަށް އެދެއްވި نعمة ބަދަލު ނުކުރައްވައެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ. • ދަންނައެވެ! قريش ންގެމައްޗަށް ﷲ ދެއްވި نعمة އަކީ ﷲ تعالى އެކަލާނގެ މާތް رسول އާ އެމީހުންގެތެރެއަށް ފޮނުއްވުމެވެ. ދެންފަހެ އެމީހުން އަމިއްލައަށް އެ نعمة ބަދަލުކުރީއެވެ. އެމާތް رسول އާއަށް إيمان ނުވެ، އަދި އެކަލޭގެފާނު ދޮގުކޮށް، އެރަށުން ނެރެ އަދި އެކަލޭގެފާނާ ހަނގުރާމަކުރުމެވެ. ދެންފަހެ ﷲ تعالى ދެއްވި އެބޮޑު نعمة ބަދަލުކުރައްވައި އެމީހުން ހަލާކު ކުރެއްވީއެވެ. އެއީ އިސްވެދިޔަ އެފަދަމީހުންނަށް އެކަލާނގެ ހެއްދެވިގޮތެވެ. (سُنَّةُ ﷲ وَلَن تَجِدَ لِسُنَّةِ اللَّهِ تَبْدِيِلاً)

Verse 54

كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَـٰتِ رَبِّهِمْ فَأَهْلَكْنَـٰهُم بِذُنُوبِهِمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ ۚ وَكُلٌّ كَانُوا۟ ظَـٰلِمِينَ

Transliteration kadabi āli fir'ʿawna wa-alladhīna min qablihim kadhabū biāyāti rabbihim fa-ahlaknāhum bidhunūbihim wa-aghraqnā āla fir'ʿawna wakullun kānū ẓālimīna

Dhivehi فرعون އާއި އޭނާގެ آلُ ންނާއި އަދި އެމީހުންގެ ކުރީގެ މީހުން ފަދައެވެ. (އެބަހީ: مكّة ގެ قريش ންގެ مشرك ންވެސް فرعون ގެ آلُ ންނާއި އަދި އެމީހުންގެ ކުރިން ވޭތިވެދިޔަ އެބާވަތުގެ ކާފަރުންނެކޭ ހަމައެއްގޮތެވެ.) އެމީހުން އެމީހުންގެ رَبّ ގެ އާޔަތްތައް ދޮގުކުރީއެވެ. (މިމީހުންވެސް މިމީހުންގެ رَبّ ގެ އާޔަތްތައް ދޮގުކުރަނީއެވެ.) ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ފާފަތަކުގެ ސަބަބުން އެމީހުން ހިއްޕަވާ ހަލާކުކުރެއްވީމެވެ. (މިމީހުންވެސް އީމާންނުވިއްޔާ އެންމެފަހުން ވާނީ އެހެންނެވެ.) އަދި فرعون އާއި އޭނާގެ މީހުން ކަނޑުގައި ތިމަންރަސްކަލާނގެ غرق ކުރެއްވީމެވެ. އެއެންމެންވީ އަނިޔާވެރިންކަމުގައެވެ.

Verse 55

إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُوا۟ فَهُمْ لَا يُؤْمِنُونَ

Transliteration inna sharra l-dawābi ʿinda l-lahi alladhīna kafarū fahum lā yu'minūna

Dhivehi ﷲ ގެ حضرة ގައި އެންމެނުބައި دابّة އަކީ ދިރޭ އެއްޗަކީ ކާފަރުންނެވެ. ފަހެ އެމީހުން إيمان ނުވެއެވެ. (ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން ތެދު ނުކުރެއެވެ.)

Verse 56

ٱلَّذِينَ عَـٰهَدتَّ مِنْهُمْ ثُمَّ يَنقُضُونَ عَهْدَهُمْ فِى كُلِّ مَرَّةٍ وَهُمْ لَا يَتَّقُونَ

Transliteration alladhīna ʿāhadtta min'hum thumma yanquḍūna ʿahdahum fī kulli marratin wahum lā yattaqūna

Dhivehi އެމީހުންނަކީ ކަލޭގެފާނު އެމީހުންނާ عهد ކޮށް އެގްރީމެންޓުކުރި މީހުންނެވެ. (އެއީ ދެފަރާތުގައި صُلْحَ ވެރިކަން ބާއްވައި އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ނުކުރުމަށާއި ހަނގުރާމަކުރާބަޔަކާ އެހީނުވުމަށާ ދެންވެސް އެބާވަތުގެ ކަންކަމުގައެވެ. އެއީ بَنِي قُرَيْظَة އާއި އެފަދަ މީހުންނެވެ.) ދެން އެމީހުން عهد ކުރި ކޮންމެފަހަރަކު عهد އުވާލައެވެ. އަދި އެމީހުން (ﷲ އަށް) ބިރުނުގަނެއެވެ. / ނުވަތަ އެ عهد އަށް ރައްކާތެރި ނުވެއެވެ.

Verse 57

فَإِمَّا تَثْقَفَنَّهُمْ فِى ٱلْحَرْبِ فَشَرِّدْ بِهِم مَّنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُونَ

Transliteration fa-immā tathqafannahum fī l-ḥarbi fasharrid bihim man khalfahum laʿallahum yadhakkarūna

Dhivehi ފަހެ ކަލޭގެފާނަށް ހަނގުރާމައިގައި އެމީހުންނާއި ބައްދަލުވެ އެމީހުންގެ މައްޗަށް ކުޅަދާނަވެއްޖެއްޔާ އެމީހުންގެ ފަހަތުގައިތިބި އެބާވަތުގެ މީހުން މިމީހުންގެ ސަބަބުން ބައިބައިވެ ވަކިވަކިވެގެންދާވަރުގެ އަދަބެއްދީ عقوبة ދެއްވާށެވެ. އެއީ އެބާވަތުގެ ކަމެއް ދެން ކުރަން ނުކެރޭވަރުކޮށްލުމަށެވެ. އެމީހުންނަށް عبرة އަކަށްވެ نصيحة ލިބިގަނޭތޯއެވެ.

Verse 58

وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَٱنۢبِذْ إِلَيْهِمْ عَلَىٰ سَوَآءٍ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْخَآئِنِينَ

Transliteration wa-immā takhāfanna min qawmin khiyānatan fa-inbidh ilayhim ʿalā sawāin inna l-laha lā yuḥibbu l-khāinīna

Dhivehi އަދި ބަޔަކުމީހުންގެ ފަރާތުން خيانة އެއްވުމުގެ ބިރުވެރިކަމެއް ކަލޭގެފާނަށް ވެއްޖެއްޔާ (އެބަހީ: عهد އުވާލުންފަދަ خيانة އެއްގެ ބިރުވެރިކަންވެއްޖެއްޔާ) ކަލޭގެފާނުވެސް އެމީހުންނަށް ހަމައެގޮތަށް އެކަން އެއްލައި ދެފަރާތް ހަމަހަމަކުރާށެވެ. (އެބަހީ: ކަލޭގެފާނުވެސް عهد އުވާލައި ހަނގުރާމައަށް ހުޅުވިގެންވާކަން އަންގާށެވެ. މިނުނު ނާޅިން މިނާގޮތަށެވެ.) އެހެނީ ހަމަކަށަވަރުން خيانة ތެރިންނަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.

Verse 59

وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوا۟ سَبَقُوٓا۟ ۚ إِنَّهُمْ لَا يُعْجِزُونَ

Transliteration walā yaḥsabanna alladhīna kafarū sabaqū innahum lā yuʿ'jizūna

Dhivehi ކާފަރުންގެމީހުން (އަތުނުވެ) ދުވެކުރިއަރާ ދެވޭނެކަމަށް އެމީހުން ހީނުކުރާހުށިކަމެވެ. ހަމަކަށަވަރުން އެމީހުންނަށް ތިމަންރަސްކަލާނގެ ނުކުޅައްދައެއް ނުލެވޭނެއެވެ.

Verse 60

وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِۦ عَدُوَّ ٱللَّهِ وَعَدُوَّكُمْ وَءَاخَرِينَ مِن دُونِهِمْ لَا تَعْلَمُونَهُمُ ٱللَّهُ يَعْلَمُهُمْ ۚ وَمَا تُنفِقُوا۟ مِن شَىْءٍ فِى سَبِيلِ ٱللَّهِ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ

Transliteration wa-aʿiddū lahum mā is'taṭaʿtum min quwwatin wamin ribāṭi l-khayli tur'hibūna bihi ʿaduwwa l-lahi waʿaduwwakum waākharīna min dūnihim lā taʿlamūnahumu l-lahu yaʿlamuhum wamā tunfiqū min shayin fī sabīli l-lahi yuwaffa ilaykum wa-antum lā tuẓ'lamūna

Dhivehi އަދި އެމީހުންނާ ހަނގުރާމަކުރުމަށް ބާރާއި ހަތިޔާރުގެތެރެއިންނާއި އަދި (ހަނގުރާމަމަތީ) އަސްބަނދެގެންނާއި މިހުރިހާ ގޮތަކުން ކުޅަދާނަވީހާ ވަރަކަށް ކަލޭމެން (مؤمن ން) ތައްޔާރުކުރާށެވެ! އެކަމުގެ ސަބަބުން ﷲ ގެ عدوّ ންނާއި ކަލޭމެންގެ عدوّ ން ބިރުގެންނެވުމަށެވެ. އަދި މިމީހުން ފިޔަވައި އެހެންބަޔަކުވެސް ބިރުގެންނެވުމަށެވެ. އެބަޔަކު ކަލޭމެންނަކަށް ނޭނގެއެވެ. އެބަޔަކު ﷲ ދެނެވޮޑިގެންވެއެވެ. އަދި ﷲ ގެ މަގުގައި ކަލޭމެން އެހޭދަކުރި ކޮންމެއެއްޗެއް އެއެއްޗަކަށް ބަރާބަރު ފުރިހަމަ ޖަޒާއެއް ދެއްވާހުއްޓެވެ. އަދި ކަލޭމެނަށް އަނިޔާނުވެވޭހުއްޓެވެ. (މިއާޔަތުގައި މިނަންގަނެވިގެންވާ މީސްތަކުންނަށް ނޭނގޭ އަދި ﷲ އެބަޔަކު ދެނެވޮޑިގެންވާ ބަޔަކީ ކޮންބައެއްކަމާމެދު ބަސްތަފާތު ވެގެންވެއެވެ. އެއީ بَنُوْ قُرَيْظَة ކަމުގައި ބުނެވުނެވެ. އެއީ فارس ކަރައިގެ މީހުންކަމުގައި ބުނެވުނެވެ. އަދި އެއީ منافق ންކަމުގައި ބުނެވުނެވެ. އަދި އެއީ جنّ ންކަމުގައި ބުނެވުނެވެ. والله أعلم)

Verse 61

۞ وَإِن جَنَحُوا۟ لِلسَّلْمِ فَٱجْنَحْ لَهَا وَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ

Transliteration wa-in janaḥū lilssalmi fa-ij'naḥ lahā watawakkal ʿalā l-lahi innahu huwa l-samīʿu l-ʿalīmu

Dhivehi އަދި އެމީހުން އެބަހީ އެކާފަރުން ހަނގުރާމަނުކޮށް صُلْحَ ވުމަށް ލެނބި އެކަމަށް އެދޭނަމަ ކަލޭގެފާނުވެސް އެމީހުންނާއި صُلْحَ ވުމަށް ލެނބި (صُلح ވުމުގެ قواعد ގެމަތީން) صلح ވާށެވެ. އަދި ﷲ އަށް وكيل ކޮށް އެކަލާނގެއަށް އިތުބާރުކުރާށެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 62

وَإِن يُرِيدُوٓا۟ أَن يَخْدَعُوكَ فَإِنَّ حَسْبَكَ ٱللَّهُ ۚ هُوَ ٱلَّذِىٓ أَيَّدَكَ بِنَصْرِهِۦ وَبِٱلْمُؤْمِنِينَ

Transliteration wa-in yurīdū an yakhdaʿūka fa-inna ḥasbaka l-lahu huwa alladhī ayyadaka binaṣrihi wabil-mu'minīna

Dhivehi އަދި އެމީހުން ކަލޭގެފާނަށް މަކަރުހަދާ ކެހިދޭން قصد ކުރަންޏާވެސް ﷲ تعالى ކަލޭގެފާނަށް ފުދިވޮޑިގެންވެއެވެ. ނުވަތަ އެކަލާނގެ ކަލޭގެފާނަށް ފުއްދަވައިދެއްވާނެއެވެ. އެކަލާނގެ نصر ން نصر ދެއްވައިގެންނާ އަދި مؤمن ންގެ ފަރާތުން (أنصاريّ ބޭކަލުންގެ ފަރާތުން) ކަލޭގެފާނަށް نصر ދެއްވައި ކަލޭގެފާނުންގެ ކަންތައް ގަދަކޮށްދެއްވީ ހަމަ އެކަލާނގެއެވެ.

Verse 63

وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنفَقْتَ مَا فِى ٱلْأَرْضِ جَمِيعًا مَّآ أَلَّفْتَ بَيْنَ قُلُوبِهِمْ وَلَـٰكِنَّ ٱللَّهَ أَلَّفَ بَيْنَهُمْ ۚ إِنَّهُۥ عَزِيزٌ حَكِيمٌ

Transliteration wa-allafa bayna qulūbihim law anfaqta mā fī l-arḍi jamīʿan mā allafta bayna qulūbihim walākinna l-laha allafa baynahum innahu ʿazīzun ḥakīmun

Dhivehi އަދި އެކަލާނގެ އެބައިމީހުންގެ (އެބަހީ: أنصارىّ ބޭކަލުންކުރެ أَوْسُ ވަންހަޔާއި خَزْرَجُ ވަންހަޔާއި ދެބައިމީހުންގެ) ހިތްތައް އެކުވެރިކުރައްވައި އެއްކުރެއްވިއެވެ. ބިންމަތީގައިވާހާ ތަކެތި ހޭދަކޮށްގެން ކަލޭގެފާނު އެމީހުން އެކުވެރިކުރައްވަން މަސައްކަތް ކުރެއްވިނަމަވެސް) ކަލޭގެފާނަށް އެމީހުން އެކުވެރި ނުކުރެއްވުނީހެވެ. އަދި އެހެނެއްކަމަކު ﷲ އެމީހުންގެ ދެމެދު އެކުވެރިކުރެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

Verse 64

يَـٰٓأَيُّهَا ٱلنَّبِىُّ حَسْبُكَ ٱللَّهُ وَمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ

Transliteration yāayyuhā l-nabiyu ḥasbuka l-lahu wamani ittabaʿaka mina l-mu'minīna

Dhivehi އޭ نبيّ އާއެވެ! ކަލޭގެފާނަށާއި مؤمن ންގެތެރެއިން ކަލޭގެފާނަށް تبع ވެގެންވާ މީހުންނަށް ﷲ ފުދެއެވެ. (އެބަހީ: މީސްތަކުންގެ ނުބައިކަމުން دفاع ކޮށްދެއްވުމަށް ﷲ ފުދެއެވެ.)

Verse 65

يَـٰٓأَيُّهَا ٱلنَّبِىُّ حَرِّضِ ٱلْمُؤْمِنِينَ عَلَى ٱلْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَـٰبِرُونَ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُم مِّا۟ئَةٌ يَغْلِبُوٓا۟ أَلْفًا مِّنَ ٱلَّذِينَ كَفَرُوا۟ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ

Transliteration yāayyuhā l-nabiyu ḥarriḍi l-mu'minīna ʿalā l-qitāli in yakun minkum ʿish'rūna ṣābirūna yaghlibū mi-atayni wa-in yakun minkum mi-atun yaghlibū alfan mina alladhīna kafarū bi-annahum qawmun lā yafqahūna

Dhivehi އޭ نبيّ އާއެވެ! ހަނގުރާމަ ކުރުމުގެ މައްޗަށް مؤمن ތަކުންނަށް ކަލޭގެފާނު ހިތްވަރުދެއްވާ އެދުންވެރިކުރައްވާވާށެވެ. ކަލޭމެންގެ (مؤمن ންގެ) ތެރޭގައި ކެތްތެރި ވިހިމީހުން ތިބިއްޔާ (ކާފަރުންގެ) ދުއިސައްތަ މީހުންގެމައްޗަށް ގަދަވާނެއެވެ. އަދި ކަލޭމެންގެތެރޭގައި (ކެތްތެރި) ސަތޭކަމީހުން ތިބިއްޔާ ކާފަރުންގެ އެއްހާސް މީހުންގެމައްޗަށް ގަދަވާނެއެވެ. އެހެނީ ހަމަކަށަވަރުން އެމީހުންނަކީ ނުވިސްނޭ ބައެކެވެ. (މިއީ އިސްލާމްދީން ފެށިގަތްތާ ކުރީކޮޅުގެ قواعد އެވެ.)

Verse 66

ٱلْـَٔـٰنَ خَفَّفَ ٱللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ۚ فَإِن يَكُن مِّنكُم مِّا۟ئَةٌ صَابِرَةٌ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوٓا۟ أَلْفَيْنِ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ

Transliteration al-āna khaffafa l-lahu ʿankum waʿalima anna fīkum ḍaʿfan fa-in yakun minkum mi-atun ṣābiratun yaghlibū mi-atayni wa-in yakun minkum alfun yaghlibū alfayni bi-idh'ni l-lahi wal-lahu maʿa l-ṣābirīna

Dhivehi މިހާރު ﷲ تعالى ކަލޭމެންނަށް ލުއިކޮށްދެއްވައިފިއެވެ. އަދި ކަލޭމެންގައި ضَعِيْفُ ކަން އެބަހީ ބަލިކަށިކަން ހުރިކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ އެހެންވެ، ކަލޭމެންގެތެރޭގައި ކެތްތެރި ސަތޭކަމީހުންވަންޏާ (ކާފަރުންގެ) ދުއިސައްތަމީހުންގެމައްޗަށް ގަދަވާނެއެވެ. އަދި ކަލޭމެންގެތެރޭގައި އެއްހާސްމީހުން ވަންޏާ އެމީހުންގެ ދެހާސްމީހުންގެ މައްޗަށް ގަދަވާނެއެވެ. އެއީ ﷲ ގެ އިޒުނަފުޅުންނެވެ. އަދި ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައެވެ. މިއީ މިހާރުގެ قواعد އެވެ.

Verse 67

مَا كَانَ لِنَبِىٍّ أَن يَكُونَ لَهُۥٓ أَسْرَىٰ حَتَّىٰ يُثْخِنَ فِى ٱلْأَرْضِ ۚ تُرِيدُونَ عَرَضَ ٱلدُّنْيَا وَٱللَّهُ يُرِيدُ ٱلْـَٔاخِرَةَ ۗ وَٱللَّهُ عَزِيزٌ حَكِيمٌ

Transliteration mā kāna linabiyyin an yakūna lahu asrā ḥattā yuth'khina fī l-arḍi turīdūna ʿaraḍa l-dun'yā wal-lahu yurīdu l-ākhirata wal-lahu ʿazīzun ḥakīmun

Dhivehi ހަނގުރާމައިގައި ހިފި ހައްޔަރުވާ ކާފަރުން (فِدْيَة ދީފާ ދޫކޮށްލުމަށް) އަސީރުންގެ ގޮތުގައި ބެއިތިއްބުމީ އެއްވެސް ނަބީއަކަށް އޮތްކަމެއްނޫނެވެ. ބިމުގައި އެކާފަރުން މަރައި ގިނަވެއްޖައުމަށްދާންދެނެވެ. (އެބަހީ: އެކާފަރުން މަރައި ބިމުގައި ގިނަލެއިތައް އޮހޮރުވައިލުން ހުއްޓެވެ.) އަދި ކަލޭމެން (އެމީހުން ހައްޔަރުކޮށް އަސީރުކުރުމުގައި) ތިޔަ އެދެނީ ދުނިޔޭގެ ތަކެއްޗާއި ދުނިޔޭގެ ބޭނުމެވެ. އަދި ﷲ އެދިވޮޑިގަންނަވަނީ آخرة އެވެ. އެތާނގެ ދަރުމަޔާ ثواب އެވެ. އަދި ﷲ އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

Verse 68

لَّوْلَا كِتَـٰبٌ مِّنَ ٱللَّهِ سَبَقَ لَمَسَّكُمْ فِيمَآ أَخَذْتُمْ عَذَابٌ عَظِيمٌ

Transliteration lawlā kitābun mina l-lahi sabaqa lamassakum fīmā akhadhtum ʿadhābun ʿaẓīmun

Dhivehi ﷲ ގެ حضرة ން ފޮތެއް އިސްވެގޮސްފައިނުވާނަމަ ކަލޭމެން ތިޔަ ހިފިތަކެތީގެ ސަބަބުން ކަލޭމެންނަށް ބޮޑުވެގެންވާ عذاب އެއް އަތުވެއްޖައީހެވެ. (އެބަހީ: ﷲ ގެ ނިޔާގައި بَدْر ހަނގުރާމައިގެ أهل ވެރީންނަށް ފާފަފުއްސެވުން އިސްވެގޮސްފައިނުވާނަމަ ހައްޔަރުވި ކާފަރުން އަތުން فدية ނަންގަވާފައި އެމީހުން ދޫކޮށްލުމުގެ ސަބަބުން ބޮޑުވެގެންވާ عذاب އަތުވެއްޖައީހެވެ.)\n• މިދެތިން އާޔަތުގައި މިވަނީ بدر ހަނގުރާމައިގައި ހައްޔަރުވި ކާފަރުންގެ އަތުން فدية ނަންގަވާ ދޫކޮށްލުމާމެދު އައިސްފައިވާ ބައެއް خبر އެވެ. ކޮންމެއަކަސް فدية ނަގައި އެމީހުން ދޫކޮށްލުމަކީ ﷲ އެދިވޮޑިގެންނެވިގޮތެއް ކަމުގައި ނުވިއެވެ. އެވާހަކައިގެ تفصيل ތައް حديث ފޮތްތަކާއި سيرة ފޮތްތަކުގައި ރަނގަޅަށް ބަޔާންވެގެންވެއެވެ.)

Verse 69

فَكُلُوا۟ مِمَّا غَنِمْتُمْ حَلَـٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

Transliteration fakulū mimmā ghanim'tum ḥalālan ṭayyiban wa-ittaqū l-laha inna l-laha ghafūrun raḥīmun

Dhivehi ފަހެ ކަލޭމެން غنيمة ކުރި ތަކެތީގެތެރެއިން ރަނގަޅު حلال ތަކެތި ކަލޭމެން ކާށެވެ! (އެބަހީ: ﷲ ކަލޭމެނަށް حلال ކަމުގައި ދެއްކެވި އެއްޗެއްގެ ބޭނުންކުރާށެވެ!) އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 70

يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّمَن فِىٓ أَيْدِيكُم مِّنَ ٱلْأَسْرَىٰٓ إِن يَعْلَمِ ٱللَّهُ فِى قُلُوبِكُمْ خَيْرًا يُؤْتِكُمْ خَيْرًا مِّمَّآ أُخِذَ مِنكُمْ وَيَغْفِرْ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ

Transliteration yāayyuhā l-nabiyu qul liman fī aydīkum mina l-asrā in yaʿlami l-lahu fī qulūbikum khayran yu'tikum khayran mimmā ukhidha minkum wayaghfir lakum wal-lahu ghafūrun raḥīmun

Dhivehi އޭ نبي ކަލޭގެފާނެވެ! ކަލޭގެފާނުންގެ އަތްޕުޅުގައި ހަނގުރާމައިގެ އަސީރުންގެގޮތުގައި ހައްޔަރުވެފައިތިބިމީހުނަށް ވިދާޅުވާށެވެ! ކަލޭމެންގެ ހިތްތަކުގައި އެއްވެސް ހެޔޮކަމެއްވާކަމުގައި (އެބަހީ: إسلام ކަމާއި إيمان ކަމުގެ އެއްވެސް މިންވަރެއް ވާކަމުގައި) ﷲ ދެނެވޮޑިގެންވަންޏާ (އެކަލާނގެ ހުރިހާކަމެއްވެސް ދެނެވޮޑިގެންވެއެވެ.) ކަލޭމެންގެއަތުން فدية ގެގޮތުގައި ނެގެވުނުތަކެއްޗަށްވުރެ މާހެޔޮތަކެތި އެކަލާނގެ ކަލޭމެނަށް ދެއްވާނެއެވެ. އަދި އެކަލާނގެ ކަލޭމެނަށް ފުއްސަވާނެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 71

وَإِن يُرِيدُوا۟ خِيَانَتَكَ فَقَدْ خَانُوا۟ ٱللَّهَ مِن قَبْلُ فَأَمْكَنَ مِنْهُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

Transliteration wa-in yurīdū khiyānataka faqad khānū l-laha min qablu fa-amkana min'hum wal-lahu ʿalīmun ḥakīmun

Dhivehi އަދި އެމީހުން ކަލޭގެފާނަށް خيانة ތެރިވުމަށް قصد ކުރަންޏާވެސް (އެބަހީ: إيمان ނުވެ ތިބެ إيمان ވީކަމުގައި ފައުޅުކުރިޔަސް އެއީ عجائب ކަމެއްނޫނެވެ.) އެމީހުން އެތިބީ އޭގެކުރިން ﷲ އަށް خيانة ތެރިވެފައެވެ. (އެމީހުން އެކަލާނގެއަށް ކާފަރުވެ އަދި ކަލޭގެފާނާއި ހަނގުރާމަ ކުރީއެވެ.) ދެންފަހެ ބަދުރު ހަނގުރާމައިގައި އެމީހުން އަތުލައިގަނެވޭނެގޮތް އެކަލާނގެ ހަމަޖެއްސެވިއެވެ. ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.

Verse 72

إِنَّ ٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ وَٱلَّذِينَ ءَامَنُوا۟ وَلَمْ يُهَاجِرُوا۟ مَا لَكُم مِّن وَلَـٰيَتِهِم مِّن شَىْءٍ حَتَّىٰ يُهَاجِرُوا۟ ۚ وَإِنِ ٱسْتَنصَرُوكُمْ فِى ٱلدِّينِ فَعَلَيْكُمُ ٱلنَّصْرُ إِلَّا عَلَىٰ قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ

Transliteration inna alladhīna āmanū wahājarū wajāhadū bi-amwālihim wa-anfusihim fī sabīli l-lahi wa-alladhīna āwaw wanaṣarū ulāika baʿḍuhum awliyāu baʿḍin wa-alladhīna āmanū walam yuhājirū mā lakum min walāyatihim min shayin ḥattā yuhājirū wa-ini is'tanṣarūkum fī l-dīni faʿalaykumu l-naṣru illā ʿalā qawmin baynakum wabaynahum mīthāqun wal-lahu bimā taʿmalūna baṣīrun

Dhivehi ހަމަކަށަވަރުން إيمان ވެގެން އަދި هجرة އަށް ދިޔަ މީސްތަކުން (މިއީ مُهاجر ންގެ ވާހަކައެވެ.) އަދި އެމީހުންގެ ޖާނާމާލުން ﷲ ގެ މަގުގައި جهاد ކުރިމީހުންނާއި - އަދި (هجرة އަށް ދިޔަމީހުންނަށް ގޯތިގެދޮރު ހަމަޖައްސައިދީ އަދި އެމީހުންނަށް نصر ދިންމީހުން (ދަންނައެވެ!) (މިމީހުންނަކީ مدينة ގެ أنصارىّ ބޭކަލުންނެވެ.) މިދެބައިމީހުން އެއީ އޭގެ އެއްބަޔަކު އަނެއްބައެއްގެ ސަހަރޯވެރިންނެވެ. = (عَداَوة ތެރިންގެމައްޗަށް އެއްއަތެކެވެ. އެއްބަޔަކީ އަނެއްބައެއްގެ أخ ންނެވެ. (وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِي كِتَابِ اللَّهِ ۗ) މިއާޔަތް ބާވައިލައްވަންދެން ދެބައިމީހުންގެ ދެމެދުގައި ވާރުތަވުންވެސް އޮތްކަމުގައިވިއެވެ.) އަދި إيمان ވެގެން مدينة އަށް هجرة އަށް ނުގޮސްތިބިމީހުން (ދަންނައެވެ!) އެމީހުންގެ ސަހަރޯވެރިކަމުގެ އެއްވެސްކަމެއް ކަލޭމެންނަކަށް ނުވެއެވެ. (އެބަހީ: އެމީހުންނަށް އެހީވެ ވާރުތަކުރުމުގެ އެއްވެސްކަމެއް ކަލޭމެންނަށް واجب އެއްނޫނެވެ. އެއީ އެމީހުން هجرة އަށް ދާންދެނެވެ. އެކަމަކު އެމީހުން ދީނުގެގޮތުން ކަލޭމެންގެކިބައިން نصر އާއި ވާގިވެރިކަން އެދެފިއްޔާ (އެބަހީ: مشرك ންނާއި އިދިކޮޅަށް ހަނގުރާމަކުރުމަށް نصر އެދެފިއްޔާ) އެމީހުންނަށް نصر ދިނުން ކަލޭމެނަށް واجب އެވެ. ނަމަވެސް އެބަޔަކާއި ކަލޭމެނާއި ދެމެދު (ހަނގުރާމަކުރުމުގެ) عهد އެއްވާ ބަޔަކާ އިދިކޮޅަށް نصر ދީ އެހީވުމެއްނެތެވެ. އަދި ﷲ އީ ކަލޭމެންކުރާ ކަންތައްތައް ދެކެވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.

Verse 73

وَٱلَّذِينَ كَفَرُوا۟ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ إِلَّا تَفْعَلُوهُ تَكُن فِتْنَةٌ فِى ٱلْأَرْضِ وَفَسَادٌ كَبِيرٌ

Transliteration wa-alladhīna kafarū baʿḍuhum awliyāu baʿḍin illā tafʿalūhu takun fit'natun fī l-arḍi wafasādun kabīrun

Dhivehi އަދި ކާފަރުވީ މީސްތަކުން އޭގެ އެއްބަޔަކު އެއީ އަނެއްބައެއްގެ ސަހަރޯވެރިންނެވެ. (އެއްބަޔަކު އެއީ އަނެއްބައެއްގެ نصر ވެރިންނެވެ. ވާގިވެރިންނެވެ. އަދި ކަލޭމެން (مؤمن ން) އެކަން ނުކުރިއްޔާ - އެބަހީ ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް ދީނުގެ ގޮތުން نصر ނުދީފިއްޔާ ނުވަތަ ވާރުތަނުކުރިއްޔާ ބިންމަތީގައި فتنة އަކަށް ވާނެއެވެ. އަދި ބޮޑު ފަސާދައަކަށް ވާނެއެވެ.

Verse 74

وَٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّا ۚ لَّهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ

Transliteration wa-alladhīna āmanū wahājarū wajāhadū fī sabīli l-lahi wa-alladhīna āwaw wanaṣarū ulāika humu l-mu'minūna ḥaqqan lahum maghfiratun wariz'qun karīmun

Dhivehi އަދި އީމާންވެގެން مدينة އަށް هجرة އަށްގޮސް އަދި ﷲ ގެ މަގުގައި جهاد ކުރި މީހުންނާއި (އެބަހި: مُهَاجِرِىَّ ބޭކަލުންނާއި) އަދި އެމީހުންނަށް ގޮވަތިގެދޮރުދީ نصر ދިން މީހުންނާއި (އެބަހީ: مدينة ގެ أنصارىّ ބޭކަލުންނާއި) އެދެބައިމީހުންނަކީ ކަނޑައެޅިގެން حقّ مؤمن ންނެވެ. އެމީހުންނަށް ހުރީ ފާފަފުއްސެވުމާއި މާތްވެގެންވާ ރިޒުޤެވެ.

Verse 75

وَٱلَّذِينَ ءَامَنُوا۟ مِنۢ بَعْدُ وَهَاجَرُوا۟ وَجَـٰهَدُوا۟ مَعَكُمْ فَأُو۟لَـٰٓئِكَ مِنكُمْ ۚ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَـٰبِ ٱللَّهِ ۗ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌۢ

Transliteration wa-alladhīna āmanū min baʿdu wahājarū wajāhadū maʿakum fa-ulāika minkum wa-ulū l-arḥāmi baʿḍuhum awlā bibaʿḍin fī kitābi l-lahi inna l-laha bikulli shayin ʿalīmun

Dhivehi އަދި އޭގެފަހުގައި އެބަހީ މިއާޔަތް ބާވައިލެއްވުމަށްފަހު ނުވަތަ مهاجرىّ ބޭކަލުންނާއި أنْصَارىّ ބޭކަލުންގެ وِلاَيَة އަށްފަހު އެދެބައިމީހުންގެ حكم ބަޔާންކުރުމަށްފަހު ދެން އީމާންވެގެން هجرة އަށްގޮސް ކަލޭމެން مؤمن ންނާއިއެކު جهاد ކޮށްހެދި މީހުންވަނީ ހަމަ ކަލޭމެންގެ ތެރެއިންނެވެ. نصر ދިނުމާ އެހީވުމާއި ވާރުތަވުމުގެގޮތުން ކުރިން އެދިޔަ މީހުންނަށްވެސް އޮތް حكم އަދި އެ حقّ މިމީހުންގެމައްޗަށްވެސް ހަމަ އޮންނާނެއެވެ. އަދި ގާތްތިމާގެމީހުން އޭގެ އެއްބައެއްގެ މައްޗަށް އަނެއްބަޔަކު حقّ ކަންބޮޑެވެ. އައުލާވެގެންވެއެވެ. އެއީ ﷲ ގެ ފޮތުގެ حكم އެވެ. ހަމަކަށަވަރުން ﷲ تعالى އީ ހުރިހާކަމެއް - އަދި ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Read Surah Al-Anfal in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.