Surah Ghafir in Dhivehi: translation and audio
Surah 40 · غافر · The Forgiver · 85 verses
Surah Ghafir verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Ghafir word by word in English.
Verse 1
حمٓ
Transliteration hha-meem
Dhivehi حم: މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. މިބާވަތުގެ އެންމެހައި އަކުރުތަކާމެދު مفسّر ން ދެއްކި ވާހަކައިގެ خلاصة އިން ފާހަގަކުރެވުނު ދެ ފައިދާއެއްގެ ވާހަކަ އަދި ފަހުން ދަންނަވާނަމެވެ.
Verse 2
تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْعَلِيمِ
Transliteration tanzīlu l-kitābi mina l-lahi l-ʿazīzi l-ʿalīmi
Dhivehi ފޮތް ބާވައިލެއްވީ / އެބަހީ ކީރިތި قرآن ބާވައިލެއްވީ عزّة ވަންތަ، އަދި ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ގެ حضرة ންނެވެ.
Verse 3
غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوْبِ شَدِيدِ ٱلْعِقَابِ ذِى ٱلطَّوْلِ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ إِلَيْهِ ٱلْمَصِيرُ
Transliteration ghāfiri l-dhanbi waqābili l-tawbi shadīdi l-ʿiqābi dhī l-ṭawli lā ilāha illā huwa ilayhi l-maṣīru
Dhivehi އެކަލާނގެއީ އަޅުތަކުންގެ ފާފަތައް ފުއްސަވާ، توبة ވާ އަޅުންގެ توبة قبول ކުރައްވާ ކަލާނގެއެވެ. އަދި އެޔާއެކު އެކަލާނގެއަށް ނުކިޔަމަންތެރިވާ އަޅުންނަށް عقوبة ދެއްވުން ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއީ فضل ވަންތަކަން ބޮޑުވެގެންވާ، އަދި ގިނަގިނަ إحسان ވަންތަކަން އެކަލާނގެ އަޅުތަކުންނަށް ދެއްވުމުގެ ވެރި ދީލަތިވަންތަ ކަލާނގެއެވެ. އެކަލާނގެ ފިޔަވައި (އަޅުކަންވެވުން حقّ ވެގެންވާ) އެހެން އެއްވެސް إلٰهއަކު ނުވެއެވެ. ހުރިހާ ކަމެއް އެންމެ ފަހުން އެނބުރިދިއުން ވަނީ އެކަލާނގެ حضرة އަށެވެ.
Verse 4
مَا يُجَـٰدِلُ فِىٓ ءَايَـٰتِ ٱللَّهِ إِلَّا ٱلَّذِينَ كَفَرُوا۟ فَلَا يَغْرُرْكَ تَقَلُّبُهُمْ فِى ٱلْبِلَـٰدِ
Transliteration mā yujādilu fī āyāti l-lahi illā alladhīna kafarū falā yaghrur'ka taqallubuhum fī l-bilādi
Dhivehi ކާފަރުވެއްޖެ ބަޔަކު މެނުވީ ﷲ ގެ އާޔަތްތަކަށް (ރައްދުކޮށް، ދޮގުކުރުމަށް) جدل ނުކުރާނެއެވެ. ފަހެ ކާފަރުވީ މީސްތަކުން ރަށްރަށުގައި އެ ފުރޮޅޭ ފުރޮޅުންތަކަށް ކަލޭގެފާނު ހެއްލުންތެރިވިޔަ ނުދެއްވާށެވެ!\nއެބަހީ އެމީހުން ވިޔަފާރިޔާއި، އަދި ترقّى ގެ ގޮތުންނޭ ކިޔައިގެން ކުރަމުން އެގެންދާ ޒާތްޒާތުގެ مشروع ތަކުގެ ސަބަބުން ކަލޭގެފާނު ހެއްލުންތެރިވިޔަ ނުދެއްވާށެވެ! ސީދާ މަގުގައި ކަލޭގެފާނު ހުންނަވައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ! ކާފަރުންގެ ކުރިއެރުމަށް ނުބައްލަވާށެވެ. އެހެނީ އެމީހުންގެ ނިމުމަކީ ހަލާކެވެ. ދެން آخرة ގައި عذاب އެވެ.
Verse 5
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَٱلْأَحْزَابُ مِنۢ بَعْدِهِمْ ۖ وَهَمَّتْ كُلُّ أُمَّةٍۭ بِرَسُولِهِمْ لِيَأْخُذُوهُ ۖ وَجَـٰدَلُوا۟ بِٱلْبَـٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ فَأَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ
Transliteration kadhabat qablahum qawmu nūḥin wal-aḥzābu min baʿdihim wahammat kullu ummatin birasūlihim liyakhudhūhu wajādalū bil-bāṭili liyud'ḥiḍū bihi l-ḥaqa fa-akhadhtuhum fakayfa kāna ʿiqābi
Dhivehi (مكّة ގެ قريش ންގެ) ކުރިން نوح ގެ قوم ގެ މީހުން އެމީހުންގެ رسول އާ ދޮގުކުރިއެވެ. އަދި އެމީހުންގެ ފަހުން ދެން އައި އެންމެހައި أمّة ތައްވެސް އެމީހުންގެ ގާތަށް ވަޑައިގެންނެވި رسول ބޭކަލުން ދޮގުކުރިއެވެ. ކޮންމެ أمّة އެއްވެސް މަސައްކަތްކުރީ އެބައިމީހުންގެ ގާތަށް ފޮނުއްވުނު رسول އާ ހިފައިގަތުމަށެވެ. އެ ބޭކަލަކަށް އަނިޔާކުރުމަށެވެ. އަދި باطل ގޮތްގޮތުން އެ ބޭކަލުންނާ جدل ތައް ކުރިއެވެ. އެއީ حقّ ފުހެލައި، ނެތިކޮށްލުމަށް ޓަކައެވެ. ދެން ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކު ކުރެއްވީމެވެ. އަދި އެމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ عذاب އާއި، عقوبة ވީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަން ވީ ވަރަށް ގަދަފަދަކޮށެވެ.)
Verse 6
وَكَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ أَصْحَـٰبُ ٱلنَّارِ
Transliteration wakadhālika ḥaqqat kalimatu rabbika ʿalā alladhīna kafarū annahum aṣḥābu l-nāri
Dhivehi (އޭ رسول الله އެވެ!) ކާފަރުވީ މީސްތަކުންގެ މައްޗަށް ކަލޭގެފާނުގެ ربّ ގެ وعيد ގެ ބަސްފުޅު حقّ ވީ އެފަދައިންނެވެ. عذاب ގެ كلمة ފުޅު واجب ވީ އެފަދައިންނެވެ. ހަމަކަށަވަރުން އެމީހުން ވީ ނަރަކައިގެ އެކުވެރީން ކަމުގައެވެ.
Verse 7
ٱلَّذِينَ يَحْمِلُونَ ٱلْعَرْشَ وَمَنْ حَوْلَهُۥ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِۦ وَيَسْتَغْفِرُونَ لِلَّذِينَ ءَامَنُوا۟ رَبَّنَا وَسِعْتَ كُلَّ شَىْءٍ رَّحْمَةً وَعِلْمًا فَٱغْفِرْ لِلَّذِينَ تَابُوا۟ وَٱتَّبَعُوا۟ سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ
Transliteration alladhīna yaḥmilūna l-ʿarsha waman ḥawlahu yusabbiḥūna biḥamdi rabbihim wayu'minūna bihi wayastaghfirūna lilladhīna āmanū rabbanā wasiʿ'ta kulla shayin raḥmatan waʿil'man fa-igh'fir lilladhīna tābū wa-ittabaʿū sabīlaka waqihim ʿadhāba l-jaḥīmi
Dhivehi عرش އުފުއްލަވާ މަލާއިކަތް ބޭކަލުންނާއި، އަދި عرش ވަށައިގެންވާ މަލާއިކަތް ބޭކަލުން އެބޭކަލުންގެ ربّ އަށް حمد ކުރައްވައި، تسبيح ވިދާޅުވެއެވެ. އަދި އެ ބޭކަލުން އެކަލާނގެއަށް އީމާންވެވަޑައިގަންނަވައެވެ. އަދި އީމާންވެގެންވާ މީސްތަކުން ގެ ފާފަ ފުއްސެވުމަށް (ﷲ ގެ حضرة ގައި ދަންނަވައި) އެދިވަޑައިގަންނަވައެވެ. (އަދި އެބޭކަލުން ވިދާޅުވެއެވެ.) [އޭ އަޅަމެންގެ ވެރި ربّ އެވެ! އިބަ ރަސްކަލާނގެ رحمة އާއި، ދެނެވޮޑިގަތުން އެންމެހައި خلق ތަކުންގެ މައްޗަށް ތަނަވަސްވެގެން ވެއެވެ. ފަހެ (މީސްތަކުން ކުރެ) އިބަރަސްކަލާނގެ حضرة އަށް توبة ވެ رجوع ވި އަދި އިބަރަސްކަލާނގެ މަގާ، (އެބަހީ އިސްލާމްދީނާ) تبع ވި އެންމެންގެ ފާފަ ފުއްސަވާނދޭވެ! އަދި ނަރަކައިގެ عذاب ން އެބައިމީހުން ސަލާމަތްކުރައްވާނދޭވެ!
Verse 8
رَبَّنَا وَأَدْخِلْهُمْ جَنَّـٰتِ عَدْنٍ ٱلَّتِى وَعَدتَّهُمْ وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّـٰتِهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ
Transliteration rabbanā wa-adkhil'hum jannāti ʿadnin allatī waʿadttahum waman ṣalaḥa min ābāihim wa-azwājihim wadhurriyyātihim innaka anta l-ʿazīzu l-ḥakīmu
Dhivehi [އަދި އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ އެބައިމީހުންނަށް وعد ކުރައްވާފައިވާ ސުވަރުގެއަށް އެބައިމީހުން ވައްދަވާދޭވެ! އަދި އެބައިމީހުންގެ ކާބަފައިންގެ ތެރެއިންނާއި، އެބައިމީހުންގެ އަނބީންގެ ތެރެއިންނާއި، އަދި އެބައިމީހުންގެ ދަރިފަސްކޮޅުންވެސް އެ ސުވަރުގެއަށް ވަނުމަށް صلح ވެގެންވާ އެންމެން އެ ސުވަރުގެއަށް ވައްދަވާދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ عزّة ވަންތަ، حكمة ވަންތަ ކަލާނގެއެވެ.
Verse 9
وَقِهِمُ ٱلسَّيِّـَٔاتِ ۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوْمَئِذٍ فَقَدْ رَحِمْتَهُۥ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
Transliteration waqihimu l-sayiāti waman taqi l-sayiāti yawma-idhin faqad raḥim'tahu wadhālika huwa l-fawzu l-ʿaẓīmu
Dhivehi އަދި ނުބައި ކަންތަކުން - އެބަހީ ނުބައި ކަންތަކުގެ عذاب ން - އެމީހުން ސަލާމަތްކުރައްވާދޭވެ! އަދި އެދުވަހުގެ عذاب ން ސަލާމަތްވެ، ރައްކާތެރިވެއްޖެ މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހަކަށް އިބަރަސްކަލާނގެ رحمة ލައްވައިފިއެވެ. އަދި ބޮޑުވެގެންވާ نصيب އަކީ އެއީއެވެ.]
Verse 10
إِنَّ ٱلَّذِينَ كَفَرُوا۟ يُنَادَوْنَ لَمَقْتُ ٱللَّهِ أَكْبَرُ مِن مَّقْتِكُمْ أَنفُسَكُمْ إِذْ تُدْعَوْنَ إِلَى ٱلْإِيمَـٰنِ فَتَكْفُرُونَ
Transliteration inna alladhīna kafarū yunādawna lamaqtu l-lahi akbaru min maqtikum anfusakum idh tud'ʿawna ilā l-īmāni fatakfurūna
Dhivehi ހަމަކަށަވަރުން ކާފަރުވީ މީސްތަކުންނަށް ގޮވޭނެއެވެ. އެބަހީ ނަރަކަވަންތަ ވެރީންނަށް މަލާއިކަތް ބޭކަލުން ގޮވައިލައްވާނެއެވެ. [ކަލޭމެން ކަލޭމެންގެ نفس ތަކަށް ރުޅިއަންނަ ވަރަށްވުރެ މާ ބޮޑަށް ﷲ ގެ ކޯފާ ކަލޭމެންގެ މައްޗަށް ބޮޑެވެގެންވެއެވެ. އެހެން އެވީ (ކަލޭމެން ދުނިޔޭގައި ތިބިހިނދު) ﷲ އަށް إيمان ވުމަށް ކަލޭމެންނަށް ގޮވުނު ހިނދުން ކަލޭމެން ކާފަރުވީ ކަމެވެ.]\n* ދަންނައެވެ. ނަރަކަވަންތަ ވެރީންކުރެ ކޮންމެ މީހަކުވެސް ނަރަކައިގައި ތިބެގެން ރުޅިއައިސްގެން ތިމާގެ نفس އަށް لعنة ދޭނެއެވެ. އޭގެ جواب ގައި މަލާއިކަތް ބޭކަލުން އެ ވިދާޅުވަނީ [ކަލޭމެން ކަލޭމެންގެ نفس ތަކަށް އަންނަ ރުޅިއަށްވުރެ ކަލޭމެންގެ މައްޗަށް ﷲ ގެ ކޯފާ މާ ބޮޑެވެ.]
Verse 11
قَالُوا۟ رَبَّنَآ أَمَتَّنَا ٱثْنَتَيْنِ وَأَحْيَيْتَنَا ٱثْنَتَيْنِ فَٱعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍ مِّن سَبِيلٍ
Transliteration qālū rabbanā amattanā ith'natayni wa-aḥyaytanā ith'natayni fa-iʿ'tarafnā bidhunūbinā fahal ilā khurūjin min sabīlin
Dhivehi (އެމީހުން ﷲ އަށް ދަންނަވާނެއެވެ.) [އަޅަމެންގެ ربّ އެވެ! އަޅަމެން ދެފަހަރަށް މަރުއްވަނީތޯއެވެ؟] (މިތާ، ދެމަރުގެ މުރާދަކީ ދުނިޔެއަށް އައުމުގެ ކުރީގެ މަރާއި، ދެން ދުނިޔޭގައި އުޅުމަށްފަހު ވާ މަރެވެ.) އަދި އެމީހުން ދަންނަވާނެއެވެ. [އަޅަމެން ދެފަހަރަށް ދިރުއްވަނީތޯއެވެ؟] (އެއީ ދުނިޔޭގެ حياة ގެ ދިރުމާއި، محشر އަށް ފޮނުއްވުމަށް ދިރޭ ދިރުމާއި، ދެ ދިރުމެވެ.) އެމީހުން ނަރަކައިގައި ތިބެގެން ދަންނަވާނެއެވެ. [އަޅަމެން، އަޅަމެންގެ ފާފަތަކަށް إعتراف ވެއްޖައީމެވެ. ފަހެ މި ނަރަކައިން ނުކުމެވޭނޭ އެއްވެސް މަގެއް އަޅަމެންނަށް ވޭތޯއެވެ؟] (މީގެ جواب އެއް ކަމުގައި ވާނީ [ނުވެއެވެ.] މިހެންނެވެ.)
Verse 12
ذَٰلِكُم بِأَنَّهُۥٓ إِذَا دُعِىَ ٱللَّهُ وَحْدَهُۥ كَفَرْتُمْ ۖ وَإِن يُشْرَكْ بِهِۦ تُؤْمِنُوا۟ ۚ فَٱلْحُكْمُ لِلَّهِ ٱلْعَلِىِّ ٱلْكَبِيرِ
Transliteration dhālikum bi-annahu idhā duʿiya l-lahu waḥdahu kafartum wa-in yush'rak bihi tu'minū fal-ḥuk'mu lillahi l-ʿaliyi l-kabīri
Dhivehi [ކަލޭމެން ތިޔަ عذاب ގައި ތިބޭން ޖެހުނީ ހަމަކަށަވަރުން އެއްކައުވަންތަ ﷲ އަށް إيمان ވުމަށް ކަލޭމެންނަށް ގޮވިއްޖެއްޔާ ކަލޭމެން (އެކަލާނގެއަށް) ކާފަރުވީ ކަމެވެ. އަދި އެކަލާނގެއަށް شريك ކުރަން ގޮވިއްޖެއްޔާ ކަލޭމެން އެކަމަށް އީމާންވީ ކަމެވެ. އެކަން ތެދުކުރި ކަމެވެ. ފަހެ އެންމެހައި حكم އެއް خاصّ ވެގެންވަނީ ﷲ އަށެވެ. (ކަލޭމެން ނަރަކައިން ނުނެރެ ތިބޭ ގޮތަށް حكم ކުރެއްވީވެސް ހަމަ އެކަލާނގެއެވެ. އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ كبرياء ވަންތަ ކަލާނގެއެވެ.]
Verse 13
هُوَ ٱلَّذِى يُرِيكُمْ ءَايَـٰتِهِۦ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزْقًا ۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ
Transliteration huwa alladhī yurīkum āyātihi wayunazzilu lakum mina l-samāi riz'qan wamā yatadhakkaru illā man yunību
Dhivehi އެކަލާނގެއީ އެކަލާނގެ އެއްކައުވަންތަކަމާއި، ކުޅަދުންވަންތަ ކަމުގެ ހެކިތަކާއި، دليل ތައް ކަލޭމެންނަށް ދެއްކެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ރިޒުގެއްގެ ގޮތުން އުޑުން ފެން ބާވައިލެއްވިއެވެ. މިފަދަ، މިފަދަ ކަންކަމަށް ވިސްނައި، އެއިން نصيحة އާއި، وعظ ލިބިގަންނަނީ ހަމައެކަނި އެކަލާނގެ ކިޔަމަންތެރިކަމަށް رجوع ވެ توبة ވާ މީހެކެވެ.
Verse 14
فَٱدْعُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ وَلَوْ كَرِهَ ٱلْكَـٰفِرُونَ
Transliteration fa-id'ʿū l-laha mukh'liṣīna lahu l-dīna walaw kariha l-kāfirūna
Dhivehi (އޭ މުއުމިނުންނޭވެ!) ފަހެ ކަލޭމެން ﷲ އަށް އަޅުކަން إخلاص ތެރި ކުރާ حال ކަލޭމެން ﷲ އަށް دعاء ކުރާށެވެ! އެކަމާ ކާފަރުން ނުރުހި ތިބިނަމަވެސް މެއެވެ.
Verse 15
رَفِيعُ ٱلدَّرَجَـٰتِ ذُو ٱلْعَرْشِ يُلْقِى ٱلرُّوحَ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ لِيُنذِرَ يَوْمَ ٱلتَّلَاقِ
Transliteration rafīʿu l-darajāti dhū l-ʿarshi yul'qī l-rūḥa min amrihi ʿalā man yashāu min ʿibādihi liyundhira yawma l-talāqi
Dhivehi އެކަލާނގެއީ (يعني އެކަލާނގެ ކުޅަދުންވަންތަކަމުގެ علامة ތަކާއި، ހެކިތައް ކަލޭމެންނަށް ދައްކަވާ ކަލާނގެއީ) ދަރަޖަފުޅުތައް އުފުލިގެންވާ ކަލާނގެއެވެ. ނުވަތަ އެކަލާނގެއީ ސިފަފުޅުތައް ރިވެތިވެގެންވާ ކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ އަޅުތަކުންކުރެ އެދިވޮޑިގަންނަވާ އަޅަކަށް روح ބާވައިލައްވާ ކަލާނގެއެވެ. وحي ބާވައިލައްވާ ކަލާނގެއެވެ. އެއީ އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވާ ދުވަހަށް އިންޒާރުކުރައްވައި، ބިރުގެންނެވުމަށް ޓަކައެވެ. އެއީ قيامة ދުވަހެވެ.\n• ދަންނައެވެ. وحي އަށް روح އެވެ. ކިޔުނީ ހަށިގަނޑުތައް ފުރާނައިން ދިރޭފަދައިން ކާފަރުކަމުން މަރުވެފައިވާ ހިތްތައް وحي އިން ދިރޭތީއެވެ.\n• قيامة ދުވަސް އެއީ އެއްބަޔަކު އަނެއް ބަޔަކަށް ބައްދަލުވާ ދުވަސް ކަމުގައި އެވަނީ އެދުވަހުން އުޑުތަކުގައި ވާހައި ބަޔަކާއި، ބިމުގައި ވާ މީހުން ބައްދަލުވެ، އަދި އިސްވެދިޔަ މީސްތަކުންނާއި، ފަހުން އައިހާ ބަޔަކުވެސް އެ ދުވަހުން ބައްދަލުވާތީއެވެ.
Verse 16
يَوْمَ هُم بَـٰرِزُونَ ۖ لَا يَخْفَىٰ عَلَى ٱللَّهِ مِنْهُمْ شَىْءٌ ۚ لِّمَنِ ٱلْمُلْكُ ٱلْيَوْمَ ۖ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ
Transliteration yawma hum bārizūna lā yakhfā ʿalā l-lahi min'hum shayon limani l-mul'ku l-yawma lillahi l-wāḥidi l-qahāri
Dhivehi އަދި މީސްތަކުން އެދުވަހުން (ކަށްވަޅުތަކުން ނުކުމެ) ފައުޅުވެގެންވާ ހުއްޓެވެ. އަދި އެމީހުން ކުރި عمل ތަކުގެ ތެރެއިން އެކައްޗެއްވެސް ﷲ އަށް ވަންހަނާވެގެން ނުވާނެއެވެ. (އެ އެންމެން حاضر ވެ ނިމުނީމާ) އެ ދުވަހުން އެކަލާނގެ وحي ކުރައްވާ ހުއްޓެވެ. [މިއަދު، ވެރިކަން ވަނީ ކާކަށް ހެއްޔެވެ؟] (އެ ސުއާލަށް އެއްވެސް مخلوق އަކު ޖަވާބު ނުދޭނެއެވެ.) އަލުންވެސް، ﷲ وحي ކުރައްވާ ހުއްޓެވެ. [ވެރިކަން މިއަދު خاصّ ވެގެންވަނީ އެއްކައުވަންތަ، ގަދަފަދަވަންތަ ﷲ އަށެވެ. (އެހެން އެއްވެސް މީހަކަށް މިއަދު ވެރިކަމެއް ނެތެވެ.)
Verse 17
ٱلْيَوْمَ تُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ ۚ لَا ظُلْمَ ٱلْيَوْمَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
Transliteration al-yawma tuj'zā kullu nafsin bimā kasabat lā ẓul'ma l-yawma inna l-laha sarīʿu l-ḥisābi
Dhivehi [މިއަދު ކޮންމެ نفس އަކަށްވެސް އެ نفس އެއް ދުނިޔޭގައި ކޮށްފައިވާ ކަންތަކަށް ޖަޒާދެވޭ ހުއްޓެވެ. އެއްވެސް އަނިޔާވެރިކަމެއް މިއަދަކު ނެތެވެ. ހަމަކަށަވަރުނން ﷲ އެއީ ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.
Verse 18
وَأَنذِرْهُمْ يَوْمَ ٱلْـَٔازِفَةِ إِذِ ٱلْقُلُوبُ لَدَى ٱلْحَنَاجِرِ كَـٰظِمِينَ ۚ مَا لِلظَّـٰلِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ
Transliteration wa-andhir'hum yawma l-āzifati idhi l-qulūbu ladā l-ḥanājiri kāẓimīna mā lilẓẓālimīna min ḥamīmin walā shafīʿin yuṭāʿu
Dhivehi (އޭ رسول الله އެވެ!) ގާތްވެގެން މި ވާ قيامة ދުވަހުގެ ހުރި ބިރުވެރިކަމުގެ خبر އެމީހުންނަށް ދެއްވައި، إنذار ކުރައްވާށެވެ! (އެދުވަހުން ބިރުވެރިކަމުންނާއި، ކަންބޮޑުވެގެން) ހިތްތައް ލަގޮނޑިވަޅާ ހަމައަށް ފޯރާނެއެވެ. އެއީ ހިތާމަޔާއި، މޮޅީން ފުރިގެންވާ حال ގައެވެ. އަނިޔާވެރީންނަށް، مشرك ންނަށް އެދުވަހުން އެމީހުން (عذاب ން دفاع ކޮށްދޭނޭ) އެއްވެސް ގާތް މީހަކު، رحمة ތެރިޔަކު ނުވާނެއެވެ. އަދި ކިޔަމަންތެރި ވެވޭނޭ شفاعة ތެރިޔަކުވެސް ނުވާނެއެވެ.
Verse 19
يَعْلَمُ خَآئِنَةَ ٱلْأَعْيُنِ وَمَا تُخْفِى ٱلصُّدُورُ
Transliteration yaʿlamu khāinata l-aʿyuni wamā tukh'fī l-ṣudūru
Dhivehi (ދުނިޔޭގައި ތިބިއިރު ނަހަމަ ތަންތަނަށް ބެލުމުގައި) ލޯތައް خيانة ކުރި އެންމެހައި ކަމެއްވެސް، އަދި ހިތްތަކުގައި ހިންގަމުން ދިޔަ އެންމެހައި خيال ތަކެއްވެސް އެކަލާނގެ ދެނެވޮޑިގެންނެވިއެވެ.
Verse 20
وَٱللَّهُ يَقْضِى بِٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَقْضُونَ بِشَىْءٍ ۗ إِنَّ ٱللَّهَ هُوَ ٱلسَّمِيعُ ٱلْبَصِيرُ
Transliteration wal-lahu yaqḍī bil-ḥaqi wa-alladhīna yadʿūna min dūnihi lā yaqḍūna bishayin inna l-laha huwa l-samīʿu l-baṣīru
Dhivehi (އެ ކަންކަމަށް (ﷲ ނިޔާކުރައްވާނީ ހަމަ حقّ އަށެވެ. އަދި އެކަލާނގެ ފިޔަވައި އެ ފަރާތްތަކަށް ގޮވައި، دعاء ކޮށްހެދި ތަކެތި އެއްވެސް ކަމެއްގެ ނިޔާއެއް ނުކުރާނެއެވެ. (އެހެނީ އެ ތަކެއްޗަކަށް އެއްވެސް އެއްޗެއް ނޭނގެއެވެ.) ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
Verse 21
۞ أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ كَانُوا۟ مِن قَبْلِهِمْ ۚ كَانُوا۟ هُمْ أَشَدَّ مِنْهُمْ قُوَّةً وَءَاثَارًا فِى ٱلْأَرْضِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ ٱللَّهِ مِن وَاقٍ
Transliteration awalam yasīrū fī l-arḍi fayanẓurū kayfa kāna ʿāqibatu alladhīna kānū min qablihim kānū hum ashadda min'hum quwwatan waāthāran fī l-arḍi fa-akhadhahumu l-lahu bidhunūbihim wamā kāna lahum mina l-lahi min wāqin
Dhivehi އެމީހުން يعني مكّة ގެ أهل ވެރީން ފަހެ ބިމުގައި ދަތުރުފަތުރުކޮށް، އެމީހުންގެ ކުރީން އިސްވެދިޔަ އެބާވަތުގެ މީހުންގެ ނިމުން ހުރިގޮތް ބަލައި އެއިން عبرة حاصل ކޮށް ނަހަދާނޭ ބާވައެވެ؟ އިސްވެދިޔަ قوم ތަކުގެ މީހުން ވީ ބާރުގެ ގޮތުން މިމީހުންނަށްވުރެ މާ ގަދަފަދަ ކަމުގައެވެ. ބިމުގައި އެމީހުންގެ އަސަރުތައްވެސް މިމީހުންނަށްވުރެ މާ ގަދަވެފައި ހަރުދަނާއެވެ. (عاد ބާގައިގެ މީހުންނާއި، ثمود ބާގައިގެ މީހުންނާއި، އަދިކިތަންމެ ބައެއްގެ ގޮވަތިގެދޮރުގެވެސް އަސަރު އަދިއަދަށް ދާނދެން ފެންނަން އެ ހުރީ ވިއްޔާއެވެ. ހުނަރުވެރި ކަމާއި، ގަދަފަދަކަމުގައި މި މައްކާގެ މީހުންނަށްވުރެ އެމީހުން މާ މައްޗެވެ. (ނަމަވެސް އެމީހުން ނުކިޔަމަންތެރި ވުމުން) ދެންފަހެ ﷲ އެމީހުން ހިއްޕަވައި، ހަލާކު ކުރެއްވީއެވެ. އެއީ އެމީހުންގެ ފާފަތަކުގެ ސަބަބުންނެވެ. އަދި އެ މީސްމީހުންނަށް ﷲ ގެ عذاب އައި ހިނދުން އެއިން މީހަކު ސަލާމަތްކޮށްދީ ރައްކާތެރި ކޮށްދޭނޭ އެކަކުވެސް ނުވިއެވެ.
Verse 22
ذَٰلِكَ بِأَنَّهُمْ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَـٰتِ فَكَفَرُوا۟ فَأَخَذَهُمُ ٱللَّهُ ۚ إِنَّهُۥ قَوِىٌّ شَدِيدُ ٱلْعِقَابِ
Transliteration dhālika bi-annahum kānat tatīhim rusuluhum bil-bayināti fakafarū fa-akhadhahumu l-lahu innahu qawiyyun shadīdu l-ʿiqābi
Dhivehi އެމީހުންނަށް އެހެން ވާން ޖެހުނީ - އެ عذاب އެމީހުންނަށް އައީ ބަޔާންވެގެންވާ دليل ތަކާއިގެން އެމީހުންގެ ގާތަށް رسول ބޭކަލުން ވަޑައިގެންނެވުމުން އެމީހުން إيمان ނުވެ އެކަލޭގެފާނަށް كافر ވީ ކަމަށް ޓަކައެވެ. ދެންފަހެ ﷲ އެމީހުން ހިއްޕަވައި، ހަލާކު ކުރެއްވީއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ، އަދި عقوبة ދެއްވުންވެސް ނުހަނު ގަދަފަދަ ވެގެންވާ ކަލާނގެއެވެ. (މި ކަންކަމުން عبرة حاصل ކުރުން ހުއްޓެވެ.)
Verse 23
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَا وَسُلْطَـٰنٍ مُّبِينٍ
Transliteration walaqad arsalnā mūsā biāyātinā wasul'ṭānin mubīnin
Dhivehi އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާޔަތްތަކާއި، އަދި ބަޔާންވެގެންވާ حجّة އާއި، دليل އާއެކު ތިމަން ރަސްކަލާނގެ موسى عَليه السلام رسول ކަމާއިގެން ފޮނުއްވީމެވެ. (އެއީ ތިމަން ރަސްކަލާނގެ އެއްކައުވަންތަ ކަމާއި، ކުޅަދުންވަންތަ ކަމާއި، އަދި އެކަލޭގެފާނުގެ رسول ކަން ތެދުކަމުގެ މައްޗަށް دليل ކުރާ ހެކިތަކާއި، دليل ތަކާއިގެނނެވެ. އޭގެ ތެރޭގައި އެކަލޭގެފާނުގެ عصا ކޮޅާއި، އަތްޕުޅު، އަދިވެސް އެތަކެއް معجزة އެވެ. އެކަލޭގެފާނަށް ނުވަ معجزة ވެއެވެ.)
Verse 24
إِلَىٰ فِرْعَوْنَ وَهَـٰمَـٰنَ وَقَـٰرُونَ فَقَالُوا۟ سَـٰحِرٌ كَذَّابٌ
Transliteration ilā fir'ʿawna wahāmāna waqārūna faqālū sāḥirun kadhābun
Dhivehi އެކަލޭގެފާނު رسول ކަމާއިގެން ފޮނުއްވުނީ فرعون އާއި، އަދި އޭނާގެ وزير هامان އާއި، އަދި އެވަގުތު އެތާ ހުރި އެންމެ މުއްސަނދި މީހާ ކަމުގައި ހިމެނޭ قارون އާއި؛ މި މީސްމީހުންގެ ގާތަށެވެ. ފަހެ އެ މީހުންގެ ގާތަށް موسى عَليه السلام ވަޑައިގަތުމުން އެމީހުން ބުނީ އެއީ ދޮގުވެރި سحر ވެރިއެއް ކަމަށެވެ.
Verse 25
فَلَمَّا جَآءَهُم بِٱلْحَقِّ مِنْ عِندِنَا قَالُوا۟ ٱقْتُلُوٓا۟ أَبْنَآءَ ٱلَّذِينَ ءَامَنُوا۟ مَعَهُۥ وَٱسْتَحْيُوا۟ نِسَآءَهُمْ ۚ وَمَا كَيْدُ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍ
Transliteration falammā jāahum bil-ḥaqi min ʿindinā qālū uq'tulū abnāa alladhīna āmanū maʿahu wa-is'taḥyū nisāahum wamā kaydu l-kāfirīna illā fī ḍalālin
Dhivehi ފަހެ އެމީހުންގެ ގާތަށް موسى عَلَيهِ السلام حقّ އާއިގެން ވަޑައިގެންނެވުމުން (معجزة ތަކާއިގެން ވަޑައިގަތުމުން) އެމީހުން ބުނީ موسى ގެ އަރިހުގައި އީމާންވެގެންވާ މީސްތަކުންގެ ފިރިހެން ދަރީން މެރުމަށެވެ. އަދި އަންހެން ދަރީން ނުމަރައި ދޫކުރުމަށެވެ. އަދި فرعون ގެ ރޭވުން ހަމަ ގެއްލި ހަލާކުވެގެންވާ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ.
Verse 26
وَقَالَ فِرْعَوْنُ ذَرُونِىٓ أَقْتُلْ مُوسَىٰ وَلْيَدْعُ رَبَّهُۥٓ ۖ إِنِّىٓ أَخَافُ أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِى ٱلْأَرْضِ ٱلْفَسَادَ
Transliteration waqāla fir'ʿawnu dharūnī aqtul mūsā walyadʿu rabbahu innī akhāfu an yubaddila dīnakum aw an yuẓ'hira fī l-arḍi l-fasāda
Dhivehi އަދި فرعون ބުންޏެވެ. [موسى މެރުމަށް ޓަކައި ކަލޭމެން އަހުރެން ދޫކޮށްލާށެވެ! އޭނާ އެ ބުނާ އޭނާގެ ربّ އަށް އެކަން މަނާކުރުމަށް ގޮވައިފާނޭ ތާއެވެ! (އަހުރެންނަށް ހީވާ ގޮތުގައި އޭނާގެ ربّ އެއް ނުވެއެވެ. އެންމެންގެ ربّ އަކީ އަހުރެންނެވެ.) އަހުރެން ބިރުގަންނަނީ އޭނާ ކަލޭމެންގެ دين ބަދަލުކޮށްފާނޭތީ އެވެ. ނުވަތަ ބިންމަތީގައި ބޮޑު ފަސާދައެއް ކޮށްފާނޭތީއެވެ.
Verse 27
وَقَالَ مُوسَىٰٓ إِنِّى عُذْتُ بِرَبِّى وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ ٱلْحِسَابِ
Transliteration waqāla mūsā innī ʿudh'tu birabbī warabbikum min kulli mutakabbirin lā yu'minu biyawmi l-ḥisābi
Dhivehi އަދި موسى عَلَيهِ السلام ވިދާޅުވިއެވެ. [ (އޭ މީސްތަކުންނޭވެ!) އަހުރެންނާއި، ކަލޭމެންގެ ربّ ގެ حضرة ން ރައްކާތެރިކަމާއި، ސަލާމަތްކަން އަހުރެން މި އެދެނީ ހިސާބު ބައްލަވާ ދުވަހަށް އީމާން ނުވާ (މި فرعون ކަހަލަ) ބޮޑާ كبر ވެރި ކޮންމެ މީހަކުގެ ކިބައިން ސަލާމަތް ވުމަށެވެ.
Verse 28
وَقَالَ رَجُلٌ مُّؤْمِنٌ مِّنْ ءَالِ فِرْعَوْنَ يَكْتُمُ إِيمَـٰنَهُۥٓ أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّىَ ٱللَّهُ وَقَدْ جَآءَكُم بِٱلْبَيِّنَـٰتِ مِن رَّبِّكُمْ ۖ وَإِن يَكُ كَـٰذِبًا فَعَلَيْهِ كَذِبُهُۥ ۖ وَإِن يَكُ صَادِقًا يُصِبْكُم بَعْضُ ٱلَّذِى يَعِدُكُمْ ۖ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ مُسْرِفٌ كَذَّابٌ
Transliteration waqāla rajulun mu'minun min āli fir'ʿawna yaktumu īmānahu ataqtulūna rajulan an yaqūla rabbiya l-lahu waqad jāakum bil-bayināti min rabbikum wa-in yaku kādhiban faʿalayhi kadhibuhu wa-in yaku ṣādiqan yuṣib'kum baʿḍu alladhī yaʿidukum inna l-laha lā yahdī man huwa mus'rifun kadhābun
Dhivehi (موسى عَلَيهِ السلام މަރާން فرعون ނިންމީމާ) فرعون ގެ ގާތްތިމާގެ މީހުންގެ ތެރެއިން އީމާންވެގެން، އީމާންކަން ވަންހަނާކޮށްގެން ހުރި މީހަކު ބުންޏެވެ. ['ތިމަންނާގެ ربّ އަކީ ﷲ އޭ' ބުނާތީ ކަލޭމެން އެހެން ބުނާ މީހަކު މަރާންވީ ހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެންގެ ގާތަށް އޭނާ އެ އައީ بيان ވެގެންވާ حجّة އާއި، دليل އާއިގެންނެވެ. އަދި އޭނާއީ ދޮގުވެރިއެއް ކަމަށް ވަންޏާ، އޭނާ އެ ބުނާ ދޮގުގެ عقوبة އެއް އޮންނާނީ ހަމަ އޭނާއަށެވެ. އަދި އޭނާއީ ތެދުވެރިއެއް ކަމުގައި ވަންޏާ ކަލޭމެންނަށް އަތުވެދާނޭ ކަމަށް އޭނާ އެ وعد ކުރާ ބައެއް عذاب ކަލޭމެންނަށް (ދުނިޔޭގައިވެސް) އަތުވެދާނެއެވެ. ހަމަކަށަވަރުން ކާފަރުކަމާއި، އަނިޔާވެރި ކަމުގައި ހައްދުފަހަނަޅާފައިވާ މީހަކަށް ﷲ ތެދުމަގު ނުދައްކަވާނެއެވެ. (ކަލޭމެން ތިޔަ ބުނަނީ އޭނާ އެއީ ދޮގުވެރި، އަދި އަނިޔާވެރިއެއް ކަމަށެވެ. އެހެންކަމަށް ވެއްޖެއްޔާ އޭނާއަކަށް އެއްވެސް ތެދުމަގެއް ނުލިބޭނެއެވެ.)
Verse 29
يَـٰقَوْمِ لَكُمُ ٱلْمُلْكُ ٱلْيَوْمَ ظَـٰهِرِينَ فِى ٱلْأَرْضِ فَمَن يَنصُرُنَا مِنۢ بَأْسِ ٱللَّهِ إِن جَآءَنَا ۚ قَالَ فِرْعَوْنُ مَآ أُرِيكُمْ إِلَّا مَآ أَرَىٰ وَمَآ أَهْدِيكُمْ إِلَّا سَبِيلَ ٱلرَّشَادِ
Transliteration yāqawmi lakumu l-mul'ku l-yawma ẓāhirīna fī l-arḍi faman yanṣurunā min basi l-lahi in jāanā qāla fir'ʿawnu mā urīkum illā mā arā wamā ahdīkum illā sabīla l-rashādi
Dhivehi [އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެންނަށް މިއަދު މި (مصر ގެ) ބިމުގައި ވެރިކަން ލިބި، ކަލޭމެން ގަދަވެގެން ވެއެވެ. އެކަމަކު އަހުރެމެންނަށް ﷲ ގެ عذاب އާއި، ކޯފާ އަތުވެއްޖެއްޔާ ދެން އަހުރެމެންނަށް نصر ދީ، ވާގިވެރި ވެދޭނީ ކާކު ހެއްޔެވެ؟ (އެކަކުވެސް ނުހުންނާނެއެވެ.) ] فرعون ބުންޏެވެ. [އަހުރެން ކަލޭމެންނަށް މި އިޝާރަތްކުރަނީ އަހުރެންނަށް ފެންނަ ހަމަ އެންމެ ރަނގަޅު ގޮތެވެ. (އެއީ موسى މެރުމެވެ.) އަދި ހަމަ އެންމެ ސީދާ ތެދުމަގު މެނުވީ އަހުރެން ކަލޭމެންނަށް ނުދައްކަމެވެ.
Verse 30
وَقَالَ ٱلَّذِىٓ ءَامَنَ يَـٰقَوْمِ إِنِّىٓ أَخَافُ عَلَيْكُم مِّثْلَ يَوْمِ ٱلْأَحْزَابِ
Transliteration waqāla alladhī āmana yāqawmi innī akhāfu ʿalaykum mith'la yawmi l-aḥzābi
Dhivehi އަދި إيمان ވީ އެ މީހާ ބުންޏެވެ. [އޭ އަހުރެންގެ قوم ގެ މީހުންނޭވެ. (ރަސޫލު ބޭކަލުން ދޮގުކުރި އިސްވެދިޔަ) أمّة ތަކުގެ މީހުންނަށް އައިފަދަ عذاب އެއް ކަލޭމެންގެ މައްޗަށް އަތުވެދާނޭ ކަމަށް ހަމަކަށަވަރުން އަހުރެން ބިރުގަންނަމެވެ.
Verse 31
مِثْلَ دَأْبِ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَٱلَّذِينَ مِنۢ بَعْدِهِمْ ۚ وَمَا ٱللَّهُ يُرِيدُ ظُلْمًا لِّلْعِبَادِ
Transliteration mith'la dabi qawmi nūḥin waʿādin wathamūda wa-alladhīna min baʿdihim wamā l-lahu yurīdu ẓul'man lil'ʿibādi
Dhivehi އެއީ نوح قوم، عاد قوم، ثمود قوم އަދި އޭގެ ފަހުންވެސް އައި އެބާވަތުގެ މީހުންގެ މައްޗަށް އައިފަދަ عذاب އަތުވެދާނޭތީ އެވެ. އަދި އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގަންނަވާކަށް ﷲ އެދިވޮޑި ނުގަންނަވައެވެ. (އެހެންވެ އޭގެ ކުރީން رسول ން ފޮނުއްވައިގެން إنذار ކުރައްވަނީއެވެ.
Verse 32
وَيَـٰقَوْمِ إِنِّىٓ أَخَافُ عَلَيْكُمْ يَوْمَ ٱلتَّنَادِ
Transliteration wayāqawmi innī akhāfu ʿalaykum yawma l-tanādi
Dhivehi [އޭ އަހުރެންގެ قوم އެވެ. އަހުރެން ތިޔަބައިމީހުންގެ މައްޗަށް ބިރުގަންނަނީ އެއް ބަޔަކު އަނެއް ބަޔަކަށް ގޮވާ، قيامة ދުވަހާމެދުގައެވެ. (ސުވަރުގެވަންތަ ވެރީންނަށް ނަރަކަވަންތަ ވެރީން އެދުވަހުން ގޮވާހުއްޓެވެ. ފެންފޮދެއް ދެއްވައިތޯ ގޮވާނެއެވެ.....)
Verse 33
يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُم مِّنَ ٱللَّهِ مِنْ عَاصِمٍ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ
Transliteration yawma tuwallūna mud'birīna mā lakum mina l-lahi min ʿāṣimin waman yuḍ'lili l-lahu famā lahu min hādin
Dhivehi އެދުވަހުން ތިޔަބައިމީހުން (محشر ގެ މައިދާނުން ނަރަކަޔާ ދިމާއަށް / ނުވަތަ ނަރަކައިން ސަލާމަތްވެ ފިލާން) ފުރަގަސްދީ ދުވާނެއެވެ. އެދުވަހުން ﷲ ގެ عذاب ން ކަލޭމެން ސަލާމަތްކުރާނޭ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އަދި ﷲ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގު ދައްކާނޭ ހަމަ އެކަކުވެސް ނުވާނެއެވެ.
Verse 34
وَلَقَدْ جَآءَكُمْ يُوسُفُ مِن قَبْلُ بِٱلْبَيِّنَـٰتِ فَمَا زِلْتُمْ فِى شَكٍّ مِّمَّا جَآءَكُم بِهِۦ ۖ حَتَّىٰٓ إِذَا هَلَكَ قُلْتُمْ لَن يَبْعَثَ ٱللَّهُ مِنۢ بَعْدِهِۦ رَسُولًا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَنْ هُوَ مُسْرِفٌ مُّرْتَابٌ
Transliteration walaqad jāakum yūsufu min qablu bil-bayināti famā zil'tum fī shakkin mimmā jāakum bihi ḥattā idhā halaka qul'tum lan yabʿatha l-lahu min baʿdihi rasūlan kadhālika yuḍillu l-lahu man huwa mus'rifun mur'tābun
Dhivehi އަދި ހަމަކަށަވަރުން ބަޔާންވެގެންވާ دليل ތަކާއިގެން މީގެ ކުރީން ކަލޭމެންގެ ގާތަށް يوسف عَلَيهِ السلام ވެސް ވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނު (ﷲ ގެ حضرة ން) ގެންނެވި ތަކެއްޗާމެދު ޝައްކު ކުރުމުން ކަލޭމެން ފިލައިނުގޮސް ތިބީއެވެ. ކަލޭމެން ޝައްކު ކުރީއެވެ. ދެން އެކަލޭގެފާނު އަވަހާރަވުމުން ކަލޭމެން ބުނީ ﷲ ދެން رسول ބޭކަލަކު ނުފޮނުއްވާނެއެވެ. އުރެދުމުގައި ހައްދު ފަހަނަޅައިފި ކޮންމެ މީހަކު، އަދި تَوحيد އާމެދު ޝައްކުވެގެންވާ ކޮންމެ މީހަކު ﷲ މަގުފުރައްދަވަނީ އެފަދައިންނެވެ.
Verse 35
ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ بِغَيْرِ سُلْطَـٰنٍ أَتَىٰهُمْ ۖ كَبُرَ مَقْتًا عِندَ ٱللَّهِ وَعِندَ ٱلَّذِينَ ءَامَنُوا۟ ۚ كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ
Transliteration alladhīna yujādilūna fī āyāti l-lahi bighayri sul'ṭānin atāhum kabura maqtan ʿinda l-lahi waʿinda alladhīna āmanū kadhālika yaṭbaʿu l-lahu ʿalā kulli qalbi mutakabbirin jabbārin
Dhivehi އެމީހުންނަކީ އެމީހުންނަށް އެއްވެސް دليل އެއް حجّة އެއް ނެތި ﷲ ގެ އާތަތްތަކާމެދު އިދިކޮޅަށް جدل ކުރާ މީހުންނެވެ. ﷲ ގެ حضرة ގައްޔާއި، އަދި مؤمن ންގެ ގާތުގައިވެސް އެކަމުގެ ކޯފާ ގަދަވެގެން ވެއެވެ. އަދި ކިބުރުވެރި جبّار، ގަދަފަދަ ކޮންމެ މީހެއްގެ ހިތުގައި ﷲ ސިއްކަ ޖައްސަވަނީ އެފަދައިންނެވެ.
Verse 36
وَقَالَ فِرْعَوْنُ يَـٰهَـٰمَـٰنُ ٱبْنِ لِى صَرْحًا لَّعَلِّىٓ أَبْلُغُ ٱلْأَسْبَـٰبَ
Transliteration waqāla fir'ʿawnu yāhāmānu ib'ni lī ṣarḥan laʿallī ablughu l-asbāba
Dhivehi އަދި فرعون އޭނާގެ وزير هامان އަށް ވިދާޅުވިއެވެ. އޭ ހާމާނު އެވެ. [އަހުރެންނަށް ގަނޑުވަރެއް ހަދައިދީބަލާށެވެ! އަހުރެން ސަބަބުތަކަށް ފޯރުމުގެ أمّيد ކުރެވެއެވެ.
Verse 37
أَسْبَـٰبَ ٱلسَّمَـٰوَٰتِ فَأَطَّلِعَ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ كَـٰذِبًا ۚ وَكَذَٰلِكَ زُيِّنَ لِفِرْعَوْنَ سُوٓءُ عَمَلِهِۦ وَصُدَّ عَنِ ٱلسَّبِيلِ ۚ وَمَا كَيْدُ فِرْعَوْنَ إِلَّا فِى تَبَابٍ
Transliteration asbāba l-samāwāti fa-aṭṭaliʿa ilā ilāhi mūsā wa-innī la-aẓunnuhu kādhiban wakadhālika zuyyina lifir'ʿawna sūu ʿamalihi waṣudda ʿani l-sabīli wamā kaydu fir'ʿawna illā fī tabābin
Dhivehi އެއީ އުޑުތަކުގެ ސަބަބުތަކެވެ. އެތާނގެ ދޮރުތަކެވެ. ނުވަތަ އެތާނގެ މަގުތަކެވެ. (އެ ތަންތަނަށް އަހުރެންނަށް ފޯރުމުގެ أمّيد ގައެވެ.) ދެން އޭރުން އަހުރެން موسى ގެ إلٰه އުޅޭތޯ ބަލާނަމެވެ. އަހުރެންނަށް ހީވާގޮތުގައި އޭނާ އެ ހަދަނީ ދޮގެވެ. (އުޑަކު އިލާހެއް ނެތެވެ.) ]\nفرعون އަށް އޭނާގެ ނުބައި عمل (عمل ގެ ނުބައިކަން) ޒީނަތްތެރި ކުރެވުނީ އެފަދައިންނެވެ. އަދި ސީދާ ތެދުމަގު އޭނާއަށް ބަންދުވީ އެފަދައިންނެވެ. އަދި فرعون ގެ ރޭވުމާއި، އޮޅުވައިލުންތައް ވީ ގެއްލި ހަލާކުވެގެންވާ ތަކެތި ކަމުގައެވެ.
Verse 38
وَقَالَ ٱلَّذِىٓ ءَامَنَ يَـٰقَوْمِ ٱتَّبِعُونِ أَهْدِكُمْ سَبِيلَ ٱلرَّشَادِ
Transliteration waqāla alladhī āmana yāqawmi ittabiʿūni ahdikum sabīla l-rashādi
Dhivehi އަދި إيمان ވީ އެ މީހާ ބުންޏެވެ. [އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން އަހުރެންނާ تبع ވާށެވެ! އޭރުން އަހުރެން ކަލޭމެންނަށް ސީދާ ތެދުމަގު ދައްކައިދޭހުށީމެވެ.
Verse 39
يَـٰقَوْمِ إِنَّمَا هَـٰذِهِ ٱلْحَيَوٰةُ ٱلدُّنْيَا مَتَـٰعٌ وَإِنَّ ٱلْـَٔاخِرَةَ هِىَ دَارُ ٱلْقَرَارِ
Transliteration yāqawmi innamā hādhihi l-ḥayatu l-dun'yā matāʿun wa-inna l-ākhirata hiya dāru l-qarāri
Dhivehi [އޭ އަހުރެންގެ قوم ގެ މީހުންނޭވެ. މި ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ދާދި ކުޑަ މުއްދަތަކު ބޭނުންކޮށްލެވޭ ކުޑަ އެތިކޮޅެއް ކަމުގައެވެ. އަދި قرار ވެ، ހަމަޖެހިގެން ތިބެވޭނޭ ތަނަކީ آخرة ގެ ގޮވައްޗެވެ.
Verse 40
مَنْ عَمِلَ سَيِّئَةً فَلَا يُجْزَىٰٓ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَـٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَـٰٓئِكَ يَدْخُلُونَ ٱلْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ
Transliteration man ʿamila sayyi-atan falā yuj'zā illā mith'lahā waman ʿamila ṣāliḥan min dhakarin aw unthā wahuwa mu'minun fa-ulāika yadkhulūna l-janata yur'zaqūna fīhā bighayri ḥisābin
Dhivehi ނުބައި عمل އެއް ކޮށްފައިވާ މީހާއަށްވެސް (އެ ދުވަހުން) އެޔާ ބަރާބަރު جزاء އެއް މެނުވީ ނުލިބޭނެއެވެ. އަދި ފިރިހެނުންގެ ތެރެއިން ނަމަވެސް، އަދި އަންހެނުންގެ ތެރެއިން ނަމަވެސް އެމީހަކު އީމާންވެގެންވާ حال صالح عمل ކޮށްފިއްޔާ، އެފަދަ މީހުން ސުވަރުގެ ވަންނަހުއްޓެވެ. އަދި އެމީހުންނަށް އެތާނގައި ހިސާބެއް ނެތި ރިޒުގު ލިބޭ ހުއްޓެވެ. މިންވަރެއް ނެތްހައި ގިނަ نعمة ވެއެވެ.\n* ދަންނައެވެ. ފިރިހެނުންނާ އަންހެނުން صَالِحُ عَمَلُ ކުރުމުގައިވެސް ތަފާތެވެ. ފިރިހެނުންނަށް صَالِحُ عَمَلُ އަކަށްވާކަންތައް އަންހެނުންނަށް صَالِحُ عَمَلُ ނުވެހިގައިދާނެއެވެ. އަންހެނުންނަށް صَالِحُ عَمَلُ އަކަށްވާ ކަންތައް ފިރިހެނުންނަށް صَالِحُ عَمَلُ އަކަށް ނުވެ ހިނގައިދާނެއެވެ. ވީމާ ކޮންމެބަޔަކަށްވެސް صَالِحُ عَمَلُ އަކަށްވާނީ އެބަޔަކަށް ކަނޑައެޅިފައިވާ އަމުރެއް އެއެންގެވިފަދައިން އެބަޔަކު ކުރުމުންނެވެ. شَرِيْعَةُ ގައި ދެފަރާތަށް ހުރި އަމުރުތަފާތެވެ.
Verse 41
۞ وَيَـٰقَوْمِ مَا لِىٓ أَدْعُوكُمْ إِلَى ٱلنَّجَوٰةِ وَتَدْعُونَنِىٓ إِلَى ٱلنَّارِ
Transliteration wayāqawmi mā lī adʿūkum ilā l-najati watadʿūnanī ilā l-nāri
Dhivehi [އަދި އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ނިކަން ބުނެބަލާށެވެ! ކަލޭމެން ސަލާމަތްވެ، ރައްކާތެރިވާނޭ މަގަށް އަހުރެން ކަލޭމެންނަށް މި ގޮވަނީ ކީއްވެގެން ހެއްޔެވެ؟ އަދި ކަލޭމެން އަހުރެންނަށް ތިޔަ ގޮވަނީ ނަރަކައަށެވެ. ނަރަކަވަންތަ ވެރީންގެ عمل ކުރުމަށެވެ. شرك ކޮށް، ﷲ އަށް އުރެދުމަށެވެ.
Verse 42
تَدْعُونَنِى لِأَكْفُرَ بِٱللَّهِ وَأُشْرِكَ بِهِۦ مَا لَيْسَ لِى بِهِۦ عِلْمٌ وَأَنَا۠ أَدْعُوكُمْ إِلَى ٱلْعَزِيزِ ٱلْغَفَّـٰرِ
Transliteration tadʿūnanī li-akfura bil-lahi wa-ush'rika bihi mā laysa lī bihi ʿil'mun wa-anā adʿūkum ilā l-ʿazīzi l-ghafāri
Dhivehi ކަލޭމެން އަހުރެންނަށް ތިޔަ ގޮވަނީ ﷲ އަށް ކާފަރުވެ، އަދި އެއްގޮތަކަށްވެސް އެޔާމެދު އަހުރެންނަށް އެއްވެސް އެއްޗެއް ނޭނގޭ ފަރާތަކާއި، އެކަލާނގެއާ شريك ކުރުމަށެވެ. އަދި އަހުރެން ކަލޭމެންނަށް މި ގޮވަނީ عزّة ވަންތަ އަދި ގިނައިން ފާފަ ފުއްސަވާ ﷲ އަށް إيمان ވުމަށެވެ.
Verse 43
لَا جَرَمَ أَنَّمَا تَدْعُونَنِىٓ إِلَيْهِ لَيْسَ لَهُۥ دَعْوَةٌ فِى ٱلدُّنْيَا وَلَا فِى ٱلْـَٔاخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلْمُسْرِفِينَ هُمْ أَصْحَـٰبُ ٱلنَّارِ
Transliteration lā jarama annamā tadʿūnanī ilayhi laysa lahu daʿwatun fī l-dun'yā walā fī l-ākhirati wa-anna maraddanā ilā l-lahi wa-anna l-mus'rifīna hum aṣḥābu l-nāri
Dhivehi [حقّ ތެދެކެވެ. އެ ފަރާތަކަށް އަޅުކަން ކުރުމަށް އަހުރެންނަށް ކަލޭމެން ތިޔަ ގޮވާ ފަރާތަށް އަޅުކަން ކުރުމަށް އެއްވެސް دعوة އެއް ނެތެވެ. އެފަރާތުން އެއްވެސް إجابة އެއް ނުދޭނެއެވެ. އަދި އެ ފަރާތަށް އަޅުކަން ކުރުން واجب ކަމަށް ދުނިޔޭގައިވެސް، އަދި آخرة ގައިވެސް އެއްވެސް دعوة އެއް ނެތެވެ. دليل އެއް ނެތެވެ. އަދި އަހުރެމެން رجوع ވުން ވަނީ ހަމަ ﷲ ގެ حضرة އަށެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅާ މީހުން ދަންނައެވެ. އެއީ ހަމަ ނަރަކައިގެ އެކުވެރީންނެވެ.
Verse 44
فَسَتَذْكُرُونَ مَآ أَقُولُ لَكُمْ ۚ وَأُفَوِّضُ أَمْرِىٓ إِلَى ٱللَّهِ ۚ إِنَّ ٱللَّهَ بَصِيرٌۢ بِٱلْعِبَادِ
Transliteration fasatadhkurūna mā aqūlu lakum wa-ufawwiḍu amrī ilā l-lahi inna l-laha baṣīrun bil-ʿibādi
Dhivehi އަދި (ﷲ ގެ عذاب އާއި، ކޯފާ އަންނަ ހިނދުން) ނިކަންހުރެ އަހުރެން ކަލޭމެންނަށް މި ބުނާ ތަކެތި ކަލޭމެން ހަނދާންކުރާނެއެވެ. އަދި އަހުރެންގެ ކަންތައް އަހުރެން ﷲ އާ حوال ކޮށް، وكيل ކޮށްފީމެވެ. ހަމަކަށަވަރުން އަޅުތަކުންނަށް ﷲ ބައްލަވާވޮޑިގެން ވެއެވެ.]
Verse 45
فَوَقَىٰهُ ٱللَّهُ سَيِّـَٔاتِ مَا مَكَرُوا۟ ۖ وَحَاقَ بِـَٔالِ فِرْعَوْنَ سُوٓءُ ٱلْعَذَابِ
Transliteration fawaqāhu l-lahu sayyiāti mā makarū waḥāqa biāli fir'ʿawna sūu l-ʿadhābi
Dhivehi ދެންފަހެ އެމީހާއާމެދު އެކާފަރުން ރޭވި ރޭވުމުގެ ނުބައިކަމުން ﷲ އެމީހާ ސަލާމަތްކުރައްވައިފިއެވެ. އަދި فرعون ގެ آل ން - (އޭނާގެ جماعة) - ޢަޒާބުގެ ނުބައިކަން ލާވަށައިލައިފިއެވެ. (އެންމެން ކަނޑުގައި غرق ވެ ނިމުނީއެވެ.)
Verse 46
ٱلنَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ ٱلسَّاعَةُ أَدْخِلُوٓا۟ ءَالَ فِرْعَوْنَ أَشَدَّ ٱلْعَذَابِ
Transliteration al-nāru yuʿ'raḍūna ʿalayhā ghuduwwan waʿashiyyan wayawma taqūmu l-sāʿatu adkhilū āla fir'ʿawna ashadda l-ʿadhābi
Dhivehi فرعون ގެ آل ން برزخ ގެ عالم ގައި - އެބަހީ މަރުވުމަށްފަހު قيامة قائم ވުމުގެ ކުރީ ކައްވަޅުގެ ދުވަސްތަކުގައި - ހެނދުނާއި، ހަވީރު އަލިފާނަށް ހުށައެޅޭނެއެވެ. އަދި قيامة ދުވަހުން (ނަރަކަ ބަލަހައްޓަވާ މަލާއިކަތް ބޭކަލުންނަށް އެންގެވޭނެއެވެ.) [ތިޔަ ބޭކަލުން فرعون ގެ އާލުން އެންމެ ގަދަ عذاب އަށް ވައްދާށެވެ.]\n• ދަންނައެވެ. ހެނދުނާއި، ހަވީރު އެމީހުން ނަރަކައަށް ހުށައެޅޭނޭ ވާހަކައާމެދު تفسير علم ވެރީން ދައްކަވާފައި ވާ ވާހަކަފުޅުތަކުގެ އެއް خلاصة އަކީ: އެމީހުންގެ ފުރާނަތައް ކަޅުކުލައިގެ ދޫނިތަކެއްގެ ކޭކުއްޔަށް ލެވެނީއެވެ. ދެން އެސޮރުމެން ހެނދުނާއި، ހަވީރު ނަރަކަޔަށް ގޮސްއައިސް ވަނީއެވެ. والله أعلم.
Verse 47
وَإِذْ يَتَحَآجُّونَ فِى ٱلنَّارِ فَيَقُولُ ٱلضُّعَفَـٰٓؤُا۟ لِلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ ٱلنَّارِ
Transliteration wa-idh yataḥājjūna fī l-nāri fayaqūlu l-ḍuʿafāu lilladhīna is'takbarū innā kunnā lakum tabaʿan fahal antum mugh'nūna ʿannā naṣīban mina l-nāri
Dhivehi އަދި ނަރަކަވަންތަ ވެރީން ނަރަކައިގައި ތިބެގެން އެއްބަޔަކު އަނެއް ބަޔަކާ ޒުވާބުކޮށް، حجّة قائم ކުރާ ވަގުތު (ދުނިޔޭގެ حياة ގައި) ދެރަކޮށް އުޅުނު ދެރަމީހުން، ބޮޑެތި ކިބުރުވެރި، ބޮޑާ މީހުންނަށް ބުނާނެއެވެ. [ (ދުނިޔޭގައި) އަހުރެމެން ވީ ހަމަކަށަވަރުން ކަލޭމެންނާ تبع ވެގެންނެވެ. ފަހެ ކަލޭމެން އަހުރެމެންގެ ކިބައިން އަލިފާނުގެ ކުޑަ މިންވަރެއް ނަމަވެސް تحمّل ކޮށް دفاع ކޮށްދީފާނު ހެއްޔެވެ؟]
Verse 48
قَالَ ٱلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُلٌّ فِيهَآ إِنَّ ٱللَّهَ قَدْ حَكَمَ بَيْنَ ٱلْعِبَادِ
Transliteration qāla alladhīna is'takbarū innā kullun fīhā inna l-laha qad ḥakama bayna l-ʿibādi
Dhivehi މަތިހަށި ނަގައިގެން އުޅުނު ބޮޑާ ކިބުރުވެރީން ބުނާނެއެވެ. ހަމަކަށަވަރުން އަހުރެމެން އެންމެން މިވަނީ އަލިފާނުގައެވެ. އަދި ހަމަކަށަވަރުން، އަޅުތަކުންގެ މެދުގައި الله މިވަނީ ނިޔާކުރައްވައި، ނިންމަވާފައެވެ.
Verse 49
وَقَالَ ٱلَّذِينَ فِى ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدْعُوا۟ رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ ٱلْعَذَابِ
Transliteration waqāla alladhīna fī l-nāri likhazanati jahannama id'ʿū rabbakum yukhaffif ʿannā yawman mina l-ʿadhābi
Dhivehi އަދި ނަރަކައިގައި ތިބި މީހުން، ނަރަކަ ބެލެހެއްޓެވުމާ حوال ކުރައްވާފައިވާ ملائكة ބޭކަލުންނަށް ދަންނަވާނެއެވެ. [އެންމެ ދުވަހަކު ނަމަވެސް އަހުރެމެންގެ ކިބައިން عذاب ލުއިކޮށްދެއްވުމަށް ތިޔަ ބޭކަލުންގެ ربّ އަށް دعاء ކޮށްދެއްވާ ބައްލަވާށެވެ.]
Verse 50
قَالُوٓا۟ أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِٱلْبَيِّنَـٰتِ ۖ قَالُوا۟ بَلَىٰ ۚ قَالُوا۟ فَٱدْعُوا۟ ۗ وَمَا دُعَـٰٓؤُا۟ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍ
Transliteration qālū awalam taku tatīkum rusulukum bil-bayināti qālū balā qālū fa-id'ʿū wamā duʿāu l-kāfirīna illā fī ḍalālin
Dhivehi އެބޭކަލުން ވިދާޅުވާނެއެވެ. [ (ދުނިޔޭގައި އުޅުނުއިރު) بيان ވެގެންވާ دليل ތަކާއިގެން ކަލޭމެންގެ رسول ބޭކަލުން ކަލޭމެންގެ ގާތަށް ވަޑައިގަންނަވާ ކަމުގައި ނުވޭ ހެއްޔެވެ؟ (މި خبر ތައް ދެއްވިނޫން ހެއްޔެވެ؟) ] އެމީހުން ދަންނަވާނެއެވެ. [އާއެކެވެ. ވަޑައިގެންނެވިއެވެ. (އެކަމަކު އަހުރެމެން އެއަށް ކާފަރުވީއެވެ.) ] އެބޭކަލުން ވިދާޅުވާނެއެވެ. [ކަލޭމެން ގޮވައި دعاء ކޮށް ހަދާށެވެ.] ކާފަރުން ކުރާ دعاء އެއީ ގެއްލިގެންވާ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ.
Verse 51
إِنَّا لَنَنصُرُ رُسُلَنَا وَٱلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيَوْمَ يَقُومُ ٱلْأَشْهَـٰدُ
Transliteration innā lananṣuru rusulanā wa-alladhīna āmanū fī l-ḥayati l-dun'yā wayawma yaqūmu l-ashhādu
Dhivehi ދުނިޔޭގެ حياة ގައިވެސް، އަދި ހެކިދެއްވާ ބޭކަލުން (މަލާއިކަތް ބޭކަލުން) قائم ވެވަޑައިގަންނަވާ قيامة ދުވަހުންވެސް، ތިމަން ރަސްކަލާނގެ نصر ދެއްވަނީ ތިމަން ރަސްކަލާނގެ رسول ންނަށާއި، އަދި إيمان ވީ މީހުންނަށެވެ.
Verse 52
يَوْمَ لَا يَنفَعُ ٱلظَّـٰلِمِينَ مَعْذِرَتُهُمْ ۖ وَلَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ
Transliteration yawma lā yanfaʿu l-ẓālimīna maʿdhiratuhum walahumu l-laʿnatu walahum sūu l-dāri
Dhivehi އެދުވަހަކީ - (قيامة ދުވަހަކީ) - އަނިޔާވެރީންނަށް އެބަހީ مشرك ންނަށް، އެމީހުން ދައްކާ عذر ތަކާއި، ބަހަނާތަކުން منفع އެއް ނުކުރާނޭ ދުވަހެވެ. އެމީހުންނަށް ހުންނަހުށީ ހަމަ لعنة އެވެ. ﷲ ގެ رحمة އާ ދުރުވުމެވެ. އަދި އެމީހުންނަށް ހުންނާނީ ހަމަ ނުބައިކަމުގެ ގޮވައްޗެވެ. ނަރަކައެވެ.
Verse 53
وَلَقَدْ ءَاتَيْنَا مُوسَى ٱلْهُدَىٰ وَأَوْرَثْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَـٰبَ
Transliteration walaqad ātaynā mūsā l-hudā wa-awrathnā banī is'rāīla l-kitāba
Dhivehi އަދި ހަމަކަށަވަރުން موسى عليه السلام އަށް ތިމަން ރަސްކަލާނގެ ތެދުމަގު ދެއްވީމެވެ. (އެއީ نبي ކަމާއި، توراة އެވެ.) އަދި بني إسرائيل ންނަށް ތިމަން ރަސްކަލާނގެ ފޮތް ވާރުތަކޮށްދެއްވީމެވެ. (موسى عليه السلام) އަވަހާރަވުމަށްފަހުވެސް بني إسرائيل ންގެ ތެރޭގައި توراة އަށް عمل ކުރެވެމުން ދިޔައެވެ.)
Verse 54
هُدًى وَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ
Transliteration hudan wadhik'rā li-ulī l-albābi
Dhivehi އެއީ ތެދުމަގެއްގެ ގޮތުންނާއި، އަދި ބުއްދިވެރީންނަށް ذكرٰىއެއްގެ ގޮތުންނެވެ. وعظ އާއި، نصيحة އެއްގެ ގޮތުންނެވެ.
Verse 55
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ وَٱسْتَغْفِرْ لِذَنۢبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِٱلْعَشِىِّ وَٱلْإِبْكَـٰرِ
Transliteration fa-iṣ'bir inna waʿda l-lahi ḥaqqun wa-is'taghfir lidhanbika wasabbiḥ biḥamdi rabbika bil-ʿashiyi wal-ib'kāri
Dhivehi (އޭ رسول الله އެވެ!) ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެއްޗެކެވެ. (އެކަލާނގެ رسول ންނަށް نصر ދެއްވުމުގެ وعد ފުޅު އެއީ حقّ وعد ފުޅެކެވެ.) އަދި ثواب ގިނަކުރެއްވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! އަދި ހެނދުނާއި، ހަވީރު ކަލޭގެފާނުގެ ربّ އަށް حمد ކުރުމާއެކު تسبيح ވިދާޅުވާށެވެ.
Verse 56
إِنَّ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ بِغَيْرِ سُلْطَـٰنٍ أَتَىٰهُمْ ۙ إِن فِى صُدُورِهِمْ إِلَّا كِبْرٌ مَّا هُم بِبَـٰلِغِيهِ ۚ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ
Transliteration inna alladhīna yujādilūna fī āyāti l-lahi bighayri sul'ṭānin atāhum in fī ṣudūrihim illā kib'run mā hum bibālighīhi fa-is'taʿidh bil-lahi innahu huwa l-samīʿu l-baṣīru
Dhivehi އަދި އެބައިމީހުންނަށް ﷲ ގެ حضرة ން އެއްވެސް دليل އެއް ނެތި ﷲ ގެ آية ތަކަށް جدل ކޮށް ދެކޮޅުހަދާ މީހުން ދަންނައެވެ. އެމީހުންގެ ހިތްތަކުގައި ބޮޑާކަމާއި، كبر ވެރިކަން މެނުވީ ނުވެއެވެ. (محمّد ގެފާނުންގެ މައްޗަށް އޮންނަ އެމީހުންގެ ބޮޑާކަމާއި، އެކަލޭގެފާނުގެ މައްޗަށް ގަދަވެގަތުމުގެ ގަދަ އެދުމެވެ.) އެއީ އެމީހުންނަށް ދުވަހަކުވެސް ވާނޭ ކަމެއް ނޫނެވެ. ފަހެ ކަލޭގެފާނު އެމީހުންގެ ނުބައިން ސަލާމަތްވެ، ރައްކާތެރި ވެވަޑައިގެންނެވުމަށް ﷲ ގެ حضرة ން ސަލާމަތްކަމާއި، ރައްކާތެރިކަން އެދިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ، އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
Verse 57
لَخَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ أَكْبَرُ مِنْ خَلْقِ ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
Transliteration lakhalqu l-samāwāti wal-arḍi akbaru min khalqi l-nāsi walākinna akthara l-nāsi lā yaʿlamūna
Dhivehi ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވުން، މީސްތަކުން ހެއްދެވުމަށްވުރެ މާ ބޮޑެވެ. އެކަމަކު ގިނަ މީހުންނަކަށް އެކަމެއް ނޭނގެއެވެ.\n* ދަންނައެވެ. (އެކަމަށް إيمان ވެ ތެދުކުރާނަމަ މަރުވުމަށްފަހު އަލުން ދިރުއްވައި حساب ބައްލަވައި، جزاء ދެއްވުމަށް އިންކާރު ނުކުރީހެވެ. އެހެނީ އުޑުތައް އެހާ ގަދަފަދަކޮށް، އެއްވެސް ތަނބަކާ ނުލައި ހައްދަވައި، ތަރިތަކުން ޒީނަތްތެރިކުރައްވައި، އިރު-ހަނދާއި، ތަރިތައް دور ކުރާނޭ فلك ތައް ލައްވައި، ބިންގަނޑު މިހާ ފުރިހަމަކޮށް ހައްދަވައި ގަސްގަހާގެހީން ޒީނަތްތެރިކުރައްވައި ފަރުބަދަތަކުން ގަދަކުރައްވައި، خلق ތަކުން ކައިބޮއިހެދުމަށް ފެނާއި، ކާނާ ލައްވައި، މިފަދަ ފުރިހަމަ نظام އަކުން ހެއްދެވި ކަލަކަށް މީސްތަކުން ދެވަނަ ފަހަރަށް ދިރުއްވައި محشر ކުރެއްވުން ދަތި ނުވާނޭކަން ސަލާމަތް ބުއްދިހުރި އެއްވެސް ސިކުނޑިއަކަށް ނުއޮޅޭނެއެވެ. رَبَّنا لا تُزِغْ قُلُوبَنا بَعْدَ إذْ هَدَيْتَنا وَهَبْ لَنا مِن لَدُنْكَ رَحْمَةً إنَّكَ أَنْتَ الْوَهَّاب - آمين)
Verse 58
وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَلَا ٱلْمُسِىٓءُ ۚ قَلِيلًا مَّا تَتَذَكَّرُونَ
Transliteration wamā yastawī l-aʿmā wal-baṣīru wa-alladhīna āmanū waʿamilū l-ṣāliḥāti walā l-musīu qalīlan mā tatadhakkarūna
Dhivehi އަދި ލޯއަނދިރި މީހަކާއި، ލޮލަށް ފެންނަ މީހަކާ އެއްވަރު ނުވާނެއެވެ. ހަމައެފަދައިން إيمان ވެގެން صالح عمل ކުރި މީހަކާއި، كافر ވެ އުރެދުނު މީހަކާވެސް އެއްވަރު ނުވާނެއެވެ. ކަލޭމެން نصيحة އާއި، وعظ އާއި، عبرة ލިބިގަންނަނީ ހާދަހާވެސް މަދުންނެވެ.
Verse 59
إِنَّ ٱلسَّاعَةَ لَـَٔاتِيَةٌ لَّا رَيْبَ فِيهَا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ
Transliteration inna l-sāʿata laātiyatun lā rayba fīhā walākinna akthara l-nāsi lā yu'minūna
Dhivehi قيامة ދުވަހަކީ ހަމަކަށަވަރުން ޝައްކެއް ނެތި އަންނާނޭ ދުވަހެކެވެ. އެހެންނަމަވެސް ގިނަ މީސްތަކުން އެކަން ތެދުކޮށް، އެކަމަށް إيمان ނުވެއެވެ.
Verse 60
وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
Transliteration waqāla rabbukumu id'ʿūnī astajib lakum inna alladhīna yastakbirūna ʿan ʿibādatī sayadkhulūna jahannama dākhirīna
Dhivehi (އޭ މީސްތަކުންނޭވެ!) ކަލޭމެންގެ ربّ وحي ކުރައްވައެވެ. ކަލޭމެން ތިމަން ރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަން ރަސްކަލާނގެ ކަލޭމެންނަށް دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއަށް دعاء ނުކޮށް، ބޮޑާވެގަންނަ މީހުން ދަންނައެވެ. ނިކަންހުރެ ނިކަމެތިވެގެންވާ حال އެމީހުން ނަރަކައަށް ވަންނަހުއްޓެވެ.
Verse 61
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ
Transliteration al-lahu alladhī jaʿala lakumu al-layla litaskunū fīhi wal-nahāra mub'ṣiran inna l-laha ladhū faḍlin ʿalā l-nāsi walākinna akthara l-nāsi lā yashkurūna
Dhivehi އަދި ﷲ އެއީ ކަލޭމެންނަށް ޓަކައި އަރާމުކޮށް، ހަނުހިމޭންވާ ތަނެއް ކަމުގައި ރޭގަނޑު ލެއްވި ކަލާނގެއެވެ. އަދި އަލިވާ ވަގުތެއް ކަމުގައި ދުވާލުވެސް ލެއްވީ ހަމަ އެކަލާނގެއެވެ. ހަމަކަށަވަރުން ﷲ އީ މިސްތަކުންގެ މައްޗަށް ނުހަނު އޯގާވަންތަކަމާއި، فضل ވަންތަކަމުގެ ވެރި ކަލާނގެއެވެ. އެކަމަކު މީސްތަކުން ކުރެ ގިނަ މީހުން އެކަލާނގެއަށް شكر ނުކުރެއެވެ.
Verse 62
ذَٰلِكُمُ ٱللَّهُ رَبُّكُمْ خَـٰلِقُ كُلِّ شَىْءٍ لَّآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ
Transliteration dhālikumu l-lahu rabbukum khāliqu kulli shayin lā ilāha illā huwa fa-annā tu'fakūna
Dhivehi އެކަލާނގެއީ ހުރިހާ ތަކެތި ހެއްދެވި، ކަލޭމެންގެ ربّ ކަމުގައިވާ ﷲ އެވެ. އެކަލާނގެ މެނުވީ حقّ إلٰهއަކު ނުވެއެވެ. ކަލޭމެން އެކަލާނގެ ދޮގުކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަލާނގެއަށް އަޅުކަން ނުކޮށް، އެކަލާނގެ އެއްކައުވަންތަ ނުކޮށް ވާނީ ކޮންފަދައަކުން ހެއްޔެވެ؟)
Verse 63
كَذَٰلِكَ يُؤْفَكُ ٱلَّذِينَ كَانُوا۟ بِـَٔايَـٰتِ ٱللَّهِ يَجْحَدُونَ
Transliteration kadhālika yu'faku alladhīna kānū biāyāti l-lahi yajḥadūna
Dhivehi ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދައި، إنكار ކުރާ މީހުން، ދޮގުހަދައި ދެކޮޅުހަދަނީ އެފަދައިންނެވެ. އެއްވެސް ދަލީލެއް ނެތިއެވެ.
Verse 64
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ قَرَارًا وَٱلسَّمَآءَ بِنَآءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ فَتَبَارَكَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ
Transliteration al-lahu alladhī jaʿala lakumu l-arḍa qarāran wal-samāa bināan waṣawwarakum fa-aḥsana ṣuwarakum warazaqakum mina l-ṭayibāti dhālikumu l-lahu rabbukum fatabāraka l-lahu rabbu l-ʿālamīna
Dhivehi ﷲ އެއީ ކަލޭމެންނަށް ޓަކައި قرار ވެ، ހަމަޖެހިގެން ތިބެވޭ ތަނެއް ކަމުގައި ބިންގަނޑު ލެއްވި ކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި - ހިޔާވާ ފުރާޅެއް ކަމުގައި - އުޑު ލެއްވި ކަލާނގެއެވެ. އަދި ކަލޭމެން صورة ކުރައްވައި، އެކަލާނގެ ކަލޭމެންގެ ސޫރަތައް ރީތިކުރެއްވިއެވެ. އަދި ރަނގަޅު حلال ކާނާ - ރިޒުގު - އެކަލާނގެ ކަލޭމެންނަށް ދެއްވިއެވެ. އެއީ ﷲ އެވެ. އަދި އެއީ ކަލޭމެންގެ ربّ އެވެ. ﷲ ބަރަކާތް ވަންތަވެ ވޮޑިގެން ވެއެވެ. އަޅުތަކުންގެ މައްޗަށް އެކަލާނގެ ހެޔޮތަކާއި، فضل ވަންތަކަން ގިނަވެގެން ވެއެވެ. އެކަލާނގެއީ عالم ތައް ހައްދަވައި، تربيّة ކުރައްވާ، އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ.
Verse 65
هُوَ ٱلْحَىُّ لَآ إِلَـٰهَ إِلَّا هُوَ فَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ ۗ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ
Transliteration huwa l-ḥayu lā ilāha illā huwa fa-id'ʿūhu mukh'liṣīna lahu l-dīna l-ḥamdu lillahi rabbi l-ʿālamīna
Dhivehi އެކަލާނގެއީ ދިރިދެމިވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ ފިޔަވައި حقّ އެއްވެސް އެހެން إلٰهއަކު ނުވެއެވެ. ފަހެ ކަލޭމެން إخلاص ތެރިވެގެންވާ حال އެކަލާނގެއަށް دعاء ކުރާށެވެ. އަޅުކަން ކުރާށެވެ.\nއެންމެހައި حمد އާއި، تعريف އާއި ثناء އެއް حقّ ވެގެންވަނީ ﷲ އަށެވެ. އެއީ عالم ތަކުގެ ވެރި ربّ އެވެ.
Verse 66
۞ قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِىَ ٱلْبَيِّنَـٰتُ مِن رَّبِّى وَأُمِرْتُ أَنْ أُسْلِمَ لِرَبِّ ٱلْعَـٰلَمِينَ
Transliteration qul innī nuhītu an aʿbuda alladhīna tadʿūna min dūni l-lahi lammā jāaniya l-bayinātu min rabbī wa-umir'tu an us'lima lirabbi l-ʿālamīna
Dhivehi (އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. [ﷲ ފިޔަވައި އެ ތަކެއްޗަށް ކަލޭމެން ގޮވައި، دعاء ކުރާ ތަކެއްޗަށް އަޅުކަން ކުރުން އަހުރެންނަށް މަނާކުރެވިގެން ވެއެވެ. އެއީ އަހުރެންގެ ربّ ގެ حضرة ން بيان ވެގެން دليل އައުމަށް ފަހުގައެވެ. (އެކަލާނގެއީ حقّ معبود ކަމާއި، އެއްކައުވަންތަ إلٰه ކަމުގެ ފުރިހަމަ دليل ބަޔާންވެ، އެނގުމަށްފަހުގައެވެ.) އަދި އަހުރެންނަށް އަމުރުވެވިގެން ވަނީ عالم ތަކުގެ ވެރި ربّ އަށް ކިޔަމަންތެރިވެ، ބޯލެނބުމަށެވެ. (އެފަރާތަށް އެކަނި އަޅުކަން ކުރުމަށެވެ.) ]
Verse 67
هُوَ ٱلَّذِى خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ثُمَّ لِتَكُونُوا۟ شُيُوخًا ۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبْلُ ۖ وَلِتَبْلُغُوٓا۟ أَجَلًا مُّسَمًّى وَلَعَلَّكُمْ تَعْقِلُونَ
Transliteration huwa alladhī khalaqakum min turābin thumma min nuṭ'fatin thumma min ʿalaqatin thumma yukh'rijukum ṭif'lan thumma litablughū ashuddakum thumma litakūnū shuyūkhan waminkum man yutawaffā min qablu walitablughū ajalan musamman walaʿallakum taʿqilūna
Dhivehi އެކަލާނގެއީ ކަލޭމެންގެ ބައްޕަ آدم ގެފާނު ވެލީންހެއްދެވި ކަލާނގެއެވެ. ދެން ކަލޭމެން މަނިފޮދުވަރަކުން، ދެން ގަނޑުލެއިކޮޅަކުން ހައްދަވައި، ދެން މައިންގެ ބަނޑުން ކުޑަކުޑަ ކުއްޖެއްގެ ސިފައިގައި ނެރުއްވާ ކަލާނގެއެވެ. ދެން ކަލޭމެންގެ ހަށިގަނޑު ގަދަވެއްޖައުމަށް ދާނދެންނެވެ. ދެން މުސްކުޅިވެއްޖައުމަށް ދާނދެން - އެއީ ސާޅީސް އަހަރުގެ މައްޗަށް - ކަލޭމެން ފޯރުކުރައްވައެވެ. އަދި ކަލޭމެންގެ ތެރޭގައި އޭގެ ކުރީން މަރުވާ މީހުން ވެއެވެ. އަދި އެއަށްވުރެމައްޗަށް عمر ގައި ކަނޑައެޅިފައިވާމީހުންވެއެވެ. މި ހުރިހާ ވަރުވަރަކަށް މީސްތަކުންގެ عمر ތައް ލައްވާފައި މިވަނީ މިކަންކަމާމެދު ވެސް ކަލޭމެން ވިސްނައި، ބުއްދިކޮށް އެއިން عبرة އެއް حاصل ކުރުމުގެ مقصد ގައެވެ.
Verse 68
هُوَ ٱلَّذِى يُحْىِۦ وَيُمِيتُ ۖ فَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
Transliteration huwa alladhī yuḥ'yī wayumītu fa-idhā qaḍā amran fa-innamā yaqūlu lahu kun fayakūnu
Dhivehi އެކަލާނގެއީ ތަކެތި ދިރުއްވާ އަދި މަރުއްވާ ކަލާނގެއެވެ. އަދި އެކަލާނގެ ކަމެއް އިރާދަކުރައްވައި، ނިންމެވުމަށް މިންވަރުކުރައްވައިފިއްޔާ، އެކަމަކަށް [ވާށޭ] މިހެން وحي ކުރައްވައެވެ. އެހިނދުން އެކަމެއް ވެ ނިމުނީއެވެ. (ލަހެއް ފަހެއް ނުވެއެވެ. އެންގެވި ގޮތާ ތަފާތެއް ނުވެއެވެ.)
Verse 69
أَلَمْ تَرَ إِلَى ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ أَنَّىٰ يُصْرَفُونَ
Transliteration alam tara ilā alladhīna yujādilūna fī āyāti l-lahi annā yuṣ'rafūna
Dhivehi (އެއްވެސް حجّة އެއް دليل އެއް ނެތި) ﷲ ގެ އާޔަތްތަކާމެދު އިދިކޮޅަށް ޖަދަލުކުރާ މީސްތަކުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެއީ مشرك ންނެވެ. އެފަދަ މީހުންނަށް ރަނގަޅަށް بيان ވެ އެނގުމަށްފަހުވެސް އެ އާޔަތްތަކަށް إيمان ނުވެ، އެމީހުން އެނބުރިގެން އެ ދަނީ ކޮންފަދައަކުން ހެއްޔެވެ؟
Verse 70
ٱلَّذِينَ كَذَّبُوا۟ بِٱلْكِتَـٰبِ وَبِمَآ أَرْسَلْنَا بِهِۦ رُسُلَنَا ۖ فَسَوْفَ يَعْلَمُونَ
Transliteration alladhīna kadhabū bil-kitābi wabimā arsalnā bihi rusulanā fasawfa yaʿlamūna
Dhivehi ކީރިތި قُرْآن - ނުވަތަ އެންމެހައި سماوى ފޮތްތައް - ދޮގުކޮށް، އަދި އެ އެއްޗަކާއިގެން ތިމަން ރަސްކަލާނގެ رسول ން ފޮނުވި ތަކެތި ދޮގުކުރާ މީސްތަކުން ދަންނައެވެ. އެމީހުންގެ އެ عمل ގެ ނުބައިކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ. (އެއީ قيامة ދުވަހުންނެވެ.)
Verse 71
إِذِ ٱلْأَغْلَـٰلُ فِىٓ أَعْنَـٰقِهِمْ وَٱلسَّلَـٰسِلُ يُسْحَبُونَ
Transliteration idhi l-aghlālu fī aʿnāqihim wal-salāsilu yus'ḥabūna
Dhivehi އެމީހުންގެ ކަނދުރާތަކާއި، ކަރުތަކުގައި ކަސްތަޅުތަކާއި، ޗޭނުތައް އެޅެވި، ނަރަކައަށް ދަމާފައި ގެނެވޭހިނދުއެވެ.
Verse 72
فِى ٱلْحَمِيمِ ثُمَّ فِى ٱلنَّارِ يُسْجَرُونَ
Transliteration fī l-ḥamīmi thumma fī l-nāri yus'jarūna
Dhivehi ދެން، ހޫނުކަން ނިހާޔަތަށް ގޮސްފައިވާ [حميم] އެވެ. ކިޔާ ހޫނު ފެނުގައި ދެމެވޭ ދުވަހުންނެވެ. ދެން ނަރަކައިގެ ގަދަ އަލިފާނުގައި އެންދޭ ދުވަހުންނެވެ. (އެދުވަހުން އެމީހުންނަށް އެ ހަދާ ދޮގު ނުބައިކަން އެނގޭނެއެވެ.)\n(އަދި އެ ވަގުތު އެމީހުން ދެރަކޮށް، ނިކަމެތިކޮށްލުމުގެ ގޮތުން ملائكة ބޭކަލުން ވިދާޅުވާނެއެވެ.) [ކަލޭމެން ދުނިޔޭގައި شريك ކުރި ތަކެތި ކޮބައިހެއްޔެވެ؟
Verse 73
ثُمَّ قِيلَ لَهُمْ أَيْنَ مَا كُنتُمْ تُشْرِكُونَ
Transliteration thumma qīla lahum ayna mā kuntum tush'rikūna
Dhivehi ،(74) [ﷲ ފިޔަވައި (އެ ތަކެއްޗަށް އަޅުކަންކުރި ބުދުތައް ފަހެ މިހާރު ކޮބައިހެއްޔެވެ؟) ] އެވަގުތު އެމީހުން ދަންނަވާނެއެވެ. [އެތަކެތި އަހުރެމެންގެ ކިބައިން ގެއްލިގެން ހިނގައްޖެއެވެ. އަހުރެމެންނަށް އެތަކެތި ނުފެނެއެވެ. އަދި ކިޔެއް ހެއްޔެވެ؟ މީގެ ކުރީގައި އަހުރެމެން އެއްވެސް އެއްޗަކަށް دعاء ކޮށް، އަޅުކަންކޮށް އުޅުނު ކަމުގައި ނުވެއެވެ.] (އެހިސާބަށް ދިޔައީމާ އެމީހުން އެ އަޅުކަން ކުރި ބުދުތަކަކީ އަދި ﷲ ފިޔަވައި އަޅުކަންކުރި އެންމެހައި ތަކެއްޗަކީ باطل އެއްޗެތިކަން އެގިދާނެއެވެ. އެކަމަކު ދެން ކުރާނީ ކިޔެއް ހެއްޔެވެ؟) ފަހެ ﷲ އަށްكافر ވެއްޖެ މީސްތަކުން އެކަލާނގެ މަގުފުރައްދަވަނީ އެފަދައިންނެވެ.
Verse 74
مِن دُونِ ٱللَّهِ ۖ قَالُوا۟ ضَلُّوا۟ عَنَّا بَل لَّمْ نَكُن نَّدْعُوا۟ مِن قَبْلُ شَيْـًٔا ۚ كَذَٰلِكَ يُضِلُّ ٱللَّهُ ٱلْكَـٰفِرِينَ
Transliteration min dūni l-lahi qālū ḍallū ʿannā bal lam nakun nadʿū min qablu shayan kadhālika yuḍillu l-lahu l-kāfirīna
Dhivehi ،(74) [ﷲ ފިޔަވައި (އެ ތަކެއްޗަށް އަޅުކަންކުރި ބުދުތައް ފަހެ މިހާރު ކޮބައިހެއްޔެވެ؟) ] އެވަގުތު އެމީހުން ދަންނަވާނެއެވެ. [އެތަކެތި އަހުރެމެންގެ ކިބައިން ގެއްލިގެން ހިނގައްޖެއެވެ. އަހުރެމެންނަށް އެތަކެތި ނުފެނެއެވެ. އަދި ކިޔެއް ހެއްޔެވެ؟ މީގެ ކުރީގައި އަހުރެމެން އެއްވެސް އެއްޗަކަށް دعاء ކޮށް، އަޅުކަންކޮށް އުޅުނު ކަމުގައި ނުވެއެވެ.] (އެހިސާބަށް ދިޔައީމާ އެމީހުން އެ އަޅުކަން ކުރި ބުދުތަކަކީ އަދި ﷲ ފިޔަވައި އަޅުކަންކުރި އެންމެހައި ތަކެއްޗަކީ باطل އެއްޗެތިކަން އެގިދާނެއެވެ. އެކަމަކު ދެން ކުރާނީ ކިޔެއް ހެއްޔެވެ؟) ފަހެ ﷲ އަށްكافر ވެއްޖެ މީސްތަކުން އެކަލާނގެ މަގުފުރައްދަވަނީ އެފަދައިންނެވެ.
Verse 75
ذَٰلِكُم بِمَا كُنتُمْ تَفْرَحُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَمْرَحُونَ
Transliteration dhālikum bimā kuntum tafraḥūna fī l-arḍi bighayri l-ḥaqi wabimā kuntum tamraḥūna
Dhivehi (އެމީހުންނަށް އެންގެވޭނެއެވެ.) [ކަލޭމެންނަށް ތިޔަ عذاب حقّ ވީ ކަލޭމެން ދުނިޔޭގައި އުޅުނުއިރު (ﷲ އަށް) އުރެދި އެކަމުގައި އުފާކޮށް، އަދި ބިމުގައި ބޮޑާވެ، ކިބުރުވެރިވެ އުޅުމުގެ ސަބަބުންނެވެ.
Verse 76
ٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ
Transliteration ud'khulū abwāba jahannama khālidīna fīhā fabi'sa mathwā l-mutakabirīna
Dhivehi (އެމީހުން ދެރަކޮށްލުމުގެ ގޮތުން - އަދި عذاب ން ސަލާމަތްވުމަށް ދޭނޭ فِدْية އެއް ނެތްކަން އެނގި މާޔޫސް ވުމުން - އެމީހުންނަށް އެންގޭނެއެވެ.) [ކަލޭމެން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ. އެތާ ދެމިތިބޭނޭ ބަޔަކުގެ ގޮތުގައެވެ. حقّ ބަސް قبول ނުކުރި، ބޮޑާ، ކިބުރުވެރީން ގޮސް ތިބޭ ތަނަކީވާ ނުބައި ތަނެކެވެ.
Verse 77
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ ۚ فَإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا يُرْجَعُونَ
Transliteration fa-iṣ'bir inna waʿda l-lahi ḥaqqun fa-immā nuriyannaka baʿḍa alladhī naʿiduhum aw natawaffayannaka fa-ilaynā yur'jaʿūna
Dhivehi (އޭ رسول الله އެވެ!) ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެއްޗެކެވެ. (رسول ންނަށް އެކަލާނގެ نصر ދެއްވާނެއެވެ. ނުކިޔަމަންތެރީން ހަލާކު ކުރައްވާނެއެވެ.) އެހެންޏާ ތިމަން ރަސްކަލާނގެ އެ ކާފަރުންނަށް وعد ކުރައްވާފައިވާ ބައެއް ކަންތައް ދުނިޔޭގައި ކަލޭގެފާނަށް ދައްކަވާހުށީމެވެ. (އެއީ އެމީހުން قتل ވުމާއި، ހައްޔަރުވުމާއި، އެމީހުން ދެރަވުމާއި، މި ކަންކަމެވެ.) ނުވަތަ އެމީހުންނަށް عذاب އައުމުގެ ކުރީން ތިމަން ރަސްކަލާނގެ ކަލޭގެފާނު މަރުގަންނަވާހުށީމެވެ. ދެން قيامة ދުވަހުން އެމީހުން އެނބުރި رجوع ވުން ހުރީ ހަމަ ތިމަން ރަސްކަލާނގެ حضرة އަށެވެ. ދެން އޭރުން އެމީހުންނަށް عذاب ދެއްވާހުށީމެވެ.
Verse 78
وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ ۗ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۚ فَإِذَا جَآءَ أَمْرُ ٱللَّهِ قُضِىَ بِٱلْحَقِّ وَخَسِرَ هُنَالِكَ ٱلْمُبْطِلُونَ
Transliteration walaqad arsalnā rusulan min qablika min'hum man qaṣaṣnā ʿalayka wamin'hum man lam naqṣuṣ ʿalayka wamā kāna lirasūlin an yatiya biāyatin illā bi-idh'ni l-lahi fa-idhā jāa amru l-lahi quḍiya bil-ḥaqi wakhasira hunālika l-mub'ṭilūna
Dhivehi އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭގެފާނުގެ ކުރީންވެސް رسول ބޭބޭކަލުން ފޮނުއްވީމެވެ. އޭގެތެރޭގައި އެބޭކަލުންގެ خبر ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވި ބޭކަލުން ވެއެވެ. އަދި އޭގެތެރޭގައި އެބޭކަލުންގެ خبر ކަލޭގެފާނަށް ކިޔައިނުދެއްވާ ބޭކަލުން ވެއެވެ. އަދި އެއިން އެއްވެސް ބޭކަލަކަށް ﷲ ގެ إذن ފުޅަށް މެނުވީ އެއްވެސް معجزة އެއް ގެންނެވުމަކީ ވާނޭކަމެއް ނޫނެވެ. ދެންފަހެ އެބައެއްގެ މައްޗަށް عذاب އައުމުގެ وقت އައިސް ޖެހި، ﷲ ގެ أمر ފުޅު އައުމުން حقّ ގޮތުގައި ނިޔާކުރެވި ނިމިދެއެވެ. (حقّ އަށް نصر ލިބި، باطل ހަލާކުވެ ދެއެވެ.) އެހިނދުން، باطل ގެ أهل ވެރީން ގެއްލި ހަލާކުވެދެއެވެ. (އެހިސާބަށް ދާނދެން ކަލޭގެފާނުވެސް ކެތްތެރިވެވަޑައިގަންނަވާށެވެ! އިސްވެދިޔަ رسول ބޭކަލުންނާ إقتداء ވެވަޑައިގަންނަވާށެވެ!)
Verse 79
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَنْعَـٰمَ لِتَرْكَبُوا۟ مِنْهَا وَمِنْهَا تَأْكُلُونَ
Transliteration al-lahu alladhī jaʿala lakumu l-anʿāma litarkabū min'hā wamin'hā takulūna
Dhivehi ﷲ އީ ކަލޭމެންނަށް ޓަކައި نعم ސޫފީގެ ވައްތަރުތައް ލެއްވި ކަލާނގެއެވެ. އެއީ އޭގެ ބައެއް ތަކެއްޗަށް ކަލޭމެން ސަވާރުވުމަށާއި، އަދި އޭގެ ބައެއް ތަކެތީން ކަލޭމެން ކެއުމަށް ޓަކައެވެ.
Verse 80
وَلَكُمْ فِيهَا مَنَـٰفِعُ وَلِتَبْلُغُوا۟ عَلَيْهَا حَاجَةً فِى صُدُورِكُمْ وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ
Transliteration walakum fīhā manāfiʿu walitablughū ʿalayhā ḥājatan fī ṣudūrikum waʿalayhā waʿalā l-ful'ki tuḥ'malūna
Dhivehi އެ ތަކެތީގައި ކަލޭމެންނަށް ޓަކައި ގިނަގުނަ منفع ތައް ވެއެވެ. އަދި އެ ތަކެތީގެ މަތީގައްޔާއި، އަދި މޫދުގައި ދުވާ އުޅަނދުތަކުގައި ކަލޭމެން އެދޭ ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލައި، ބޭނުންތައް ފުއްދައި ހަދަމުއެވެ. އަދި ކަލޭމެންވެސް އޭގެ ބައެއް نعم ސޫފީގެ މައްޗަށް ސަވާރުވެ، ދަތުރުކުރަމުއެވެ.
Verse 81
وَيُرِيكُمْ ءَايَـٰتِهِۦ فَأَىَّ ءَايَـٰتِ ٱللَّهِ تُنكِرُونَ
Transliteration wayurīkum āyātihi fa-ayya āyāti l-lahi tunkirūna
Dhivehi އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެކަލާނގެ قدرة ތެރިކަމުގެ دليل ތައް އެކި ގޮތްގޮތުން ދައްކަވައެވެ. ފަހެ ﷲ تَعَالى ގެ دليل ތަކުގެ ތެރެއިން ކަލޭމެންނަށް އިންކާރުކޮށް، ދެކޮޅުހެދޭނީ ކޮން دليل އަކަށް ހެއްޔެވެ؟
Verse 82
أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ كَانُوٓا۟ أَكْثَرَ مِنْهُمْ وَأَشَدَّ قُوَّةً وَءَاثَارًا فِى ٱلْأَرْضِ فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ
Transliteration afalam yasīrū fī l-arḍi fayanẓurū kayfa kāna ʿāqibatu alladhīna min qablihim kānū akthara min'hum wa-ashadda quwwatan waāthāran fī l-arḍi famā aghnā ʿanhum mā kānū yaksibūna
Dhivehi އެމީހުން - يعني مكّة ގެ قريش ން - جزيرةالعرب ގެ ބިމުގެ އެތަންމިތާ ހިނގާބިނގާވެ، ދަތުރުފަތުރުކޮށް ނަހަދަނީ ބާވައެވެ؟! (އެތާނގެ އުތުރުން صالح ގެފާނުންގެ قوم، ثمود ބާގައިގެ މީހުންގެ އަސަރުތައް އެ ހުރީއެވެ. ދެކުނުގައި عاد ބާގައިގެ މީހުންގެ އަސަރުތައް ވެއެވެ. ހުޅަނގު ފަރާތުގައި شعيب ގެފާނުގެ قوم ގެ އަސަރުތަކެވެ. އަދި لوط قوم ގެ އަސަރެވެ.) އެމީހުން އެތަންތަން ބަލައި عبرة حاصل ނުކުރަނީ ބާވައެވެ؟! އިސްވެދިޔަ قوم ތަކުގެ ތެރެއިން رسول ބޭކަލުން ދޮގުކުރި قوم ތަކުގެ ފަހުކޮޅު އެމީހުންގެ ނިމުން ވީ ކޮން ފަދައަކުންކަން އެނގޭވަރު ވާނެއެވެ. އެ أمّة ތަކުގެ މީހުން عدد ގެ ގޮތުން މި މީހުންނަށްވުރެ މާ ގިނައެވެ. ބާރުގެ ގޮތުން މާ ވަރުގަދައެވެ. عمارة ކުރުމާއި، فنّانى ގޮތުން ބިމުގައި އެމީހުންގެ އަސަރު މާ ގަދައެވެ. ނަމަވެސް ﷲ ގެ ކޯފާ އައިހިނދުން - ނުކިޔަމަންތެރީންގެ މައްޗަށް عذاب އައިހިނދުން - އެމީހުން ކުރި ކަމަކުން، އަދި އެމީހުން ހޯދި އެއްޗަކުން އެމީހުންނަކަށް އެއްވެސް ފައިދާއެއް ނުކުރިއެވެ. ބަރުބާދުވެގެން ދިޔައީއެވެ.
Verse 83
فَلَمَّا جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَرِحُوا۟ بِمَا عِندَهُم مِّنَ ٱلْعِلْمِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Transliteration falammā jāathum rusuluhum bil-bayināti fariḥū bimā ʿindahum mina l-ʿil'mi waḥāqa bihim mā kānū bihi yastahziūna
Dhivehi ފަހެ އެމީހުންގެ ގާތަށް بيان ވެގެންވާ دليل އާއި، معجزة އާއިގެން އެމީހުންގެ رسول ބޭކަލުން ވަޑައިގަތީމައި، އެމީހުން އުފާކުރީ އެމީހުންގެ އަތުގައިވާ އެމީހުން علم އެވެ ކިޔާ ތަކެއްޗަށެވެ. (އެއީ ދުނިޔޭގެ حياة ގެ ބޭރުފުށާބެހޭ ކުޑަ އެނގުންކޮޅެކެވެ. / ނުވަތަ ޝައްކާއި، وهم އާއި، خيال ތަކެކެވެ. އެއަށް جاهل ން ކިޔަނީ علم އެވެ. މިހާރަކަށް އައިސް މިއުޅޭ މީސްތަކުންވެސް إسلام دين އާ ނުބެހޭ ކުޑަ معلومات ކޮޅެއް ކުޑަކުދީންގެ ޅަފަތުގައި ދަސްކޮށްދީ، تعليم، تعليم ކިޔަމުން މިދާ ދިއުމާ އެއްވެސް ތަފާތެއް ވޭބާވައެވެ؟!) ދެންފަހެ އެކަމަށް އެމީހުން މަލާމާތްކުރި ކަންތައް - އެބަހީ ﷲ ގެ عذاب - އެމީހުން ވަށައިލީއެވެ.
Verse 84
فَلَمَّا رَأَوْا۟ بَأْسَنَا قَالُوٓا۟ ءَامَنَّا بِٱللَّهِ وَحْدَهُۥ وَكَفَرْنَا بِمَا كُنَّا بِهِۦ مُشْرِكِينَ
Transliteration falammā ra-aw basanā qālū āmannā bil-lahi waḥdahu wakafarnā bimā kunnā bihi mush'rikīna
Dhivehi ފަހެ ތިމަން ރަސްކަލާނގެ عذاب ފެނުނުހިނދުން އެކާފަރުން ބުނެއެވެ. [އެއްކައުވަންތަ ﷲ އަށް އަހުރެމެން އީމާންވެއްޖައީމެވެ. އަދި މީގެ ކުރީން އަހުރެމެން އެ ތަކެއްޗަށް އަޅުކަންކޮށް ﷲ އާއި އެތަކެއްޗާ شريك ކުރި އެންމެހައި ތަކެއްޗަށް އަހުރެމެން ކާފަރުވެއްޖައީމެވެ. އެތަކެތި ދޫކޮށްލައިފީމެވެ.] މިބާވަތުގެ އީމާންކަމަކީ އެއީ صلاح الدّين ވިދާޅުވިގޮތަށް ([ވަޅިނެރޭތަން ދެކެފާ ހާކުޅައޭ أستغفار - މަޅިފަތީގާ ޖެހުމުން ކުކުޅު ޙަރާމްކުޅައެ ބާޒު]) މިކަހަލަ އީމާންކަމެކެވެ. މައްސަލަޖެހިތާށިވީމާ ދެންވާތައުބާގެ ފައިދާނުކުރާގޮތަށެވެ.
Verse 85
فَلَمْ يَكُ يَنفَعُهُمْ إِيمَـٰنُهُمْ لَمَّا رَأَوْا۟ بَأْسَنَا ۖ سُنَّتَ ٱللَّهِ ٱلَّتِى قَدْ خَلَتْ فِى عِبَادِهِۦ ۖ وَخَسِرَ هُنَالِكَ ٱلْكَـٰفِرُونَ
Transliteration falam yaku yanfaʿuhum īmānuhum lammā ra-aw basanā sunnata l-lahi allatī qad khalat fī ʿibādihi wakhasira hunālika l-kāfirūna
Dhivehi ފަހެ ތިމަން ރަސްކަލާނގެ عذاب އެމީހުންނަށް ފެނުނުހިނދުން ދެން އެމީހުން އެ ވީ އީމާންކަމަކުން އެމީހުންނަކަށް އެއްވެސް منفع އެއް ނުކުރިއެވެ. ނުވެސް ކުރާނެއެވެ. އެއީ އިސްވެދިޔަ އެކަލާނގެ އަޅުތަކުންނާމެދު ވެސް އެކަލާނގެ ކަންތައް ގެންދަވާ ގޮތެވެ. އެކަލާނގެ سنّة އެވެ. ދެން އަދި عذاب އައިސް ޖެހުމުން ދެން އެހިނދުން އެންމެހައި ކާފަރުން ގެއްލި ހަލާކުވީއެވެ. والله أعلم.
Read Surah Ghafir in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.