Surah Fussilat in Dhivehi: translation and audio
Surah 41 · فصلت · Explained in Detail · 54 verses
Surah Fussilat verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Fussilat word by word in English.
Verse 1
حمٓ
Transliteration hha-meem
Dhivehi حم މި އަކުރުތަކަކީ، އަދި މިފަދަ އެހެން އަކުރުތަކެކޭ އެއްފަދައިން އޭގެ ފުރިހަމަ مراد ހަމައެކަނި ﷲ ގެ ދެނެވޮޑިގަތުމުގެ ތެރޭގައިވާ އަކުރުތަކެކެވެ.
Verse 2
تَنزِيلٌ مِّنَ ٱلرَّحْمَـٰنِ ٱلرَّحِيمِ
Transliteration tanzīlun mina l-raḥmāni l-raḥīmi
Dhivehi މި قُرْآن އަކީ رحمن ވަންތަ رحيم ވަންތަ ﷲ ގެ حضرة ން ބާވައިލައްވާ ބާވައިލެއްވުމެކެވެ.
Verse 3
كِتَـٰبٌ فُصِّلَتْ ءَايَـٰتُهُۥ قُرْءَانًا عَرَبِيًّا لِّقَوْمٍ يَعْلَمُونَ
Transliteration kitābun fuṣṣilat āyātuhu qur'ānan ʿarabiyyan liqawmin yaʿlamūna
Dhivehi މިއީ އެ ފޮތުގެ آية ތައް تفصيل ވެގެންވާ އަދި حكم ތައް ބަޔާންވެގެންވާ ފޮތެކެވެ.\nއަދި މިއީ عرب ބަހުން ބާވައިލައްވާފައިވާ قرآن އެކެވެ. މިފޮތް އެގޮތަށް ބާވައިލައްވާފައި މިވަނީ ދަންނަ ބަޔަކަށެވެ. އެބަހީ މި ފޮތަކީ ﷲ ގެ حضرة ން ބާވައިލައްވާފައިވާ ފޮތެއްކަން ރަނގަޅަށް އެމީހުންނަށް އެނގޭނެއެވެ. އެމީހުން ދަންނާނެއެވެ.
Verse 4
بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ
Transliteration bashīran wanadhīran fa-aʿraḍa aktharuhum fahum lā yasmaʿūna
Dhivehi އެފޮތް ބާވައިލައްވާފައި ވަނީ ﷲ އަށް ކިޔަމަންތެރިވީ މީސްތަކުންނަށް އުފާވެރިކަމުގެ ދެއްވާ حال ގައެވެ. (އެއީ قيامة ދުވަހުން އެމީހުންނަށް ﷲ ގެ ރުއްސެވުމާއި، ސުވަރުގެ ލިބޭނޭ ކަމުގެ އުފާވެރި خبر އެވެ.) އަދި އެ ފޮތް ބާވައިލައްވާފައި ވަނީ ﷲ އަށް ނުކިޔަމަންތެރިވީ މީހުންނަށް إنذار ކުރައްވާ حال ގައެވެ. (އެބަހީ قيامة ދުވަހުން އެމީހުންނަށް ﷲ ގެ ކޯފާއާއި، ނަރަކައިގެ عذاب ހުރިކަމުގެ ބިރުވެރި خبر އެވެ.)
Verse 5
وَقَالُوا۟ قُلُوبُنَا فِىٓ أَكِنَّةٍ مِّمَّا تَدْعُونَآ إِلَيْهِ وَفِىٓ ءَاذَانِنَا وَقْرٌ وَمِنۢ بَيْنِنَا وَبَيْنِكَ حِجَابٌ فَٱعْمَلْ إِنَّنَا عَـٰمِلُونَ
Transliteration waqālū qulūbunā fī akinnatin mimmā tadʿūnā ilayhi wafī ādhāninā waqrun wamin bayninā wabaynika ḥijābun fa-iʿ'mal innanā ʿāmilūna
Dhivehi (އަދި އެ ކާފަރުން محمد ގެފާނަށް ދެންނެވިއެވެ.) އޭ محمد ގެފާނެވެ! އަހުރެމެންގެ ހިތްތައް މި ވަނީ ކަލޭގެފާނު ތިޔަ ވިދާޅުވާ އެއްޗެއް ނުވިސްނޭ ގޮތުން މަތިޖެހި ބަންދުވެފައެވެ. އަދި އަހުރެމެންގެ ކަންފަތްތަކުގައި މި ވަނީ (ތިޔަ އަޑު ނުއިވޭނޭ ގޮތުން) ބައްކަމެއް ޖެހިފައެވެ. އަދި އަހުރެމެންނާއި، ކަލޭގެފާނާ ދެމެދު މިވަނީ ފަރުދާއެކެވެ. ހުރަހެކެވެ. (އެއީ معنوى ހުރަހެކެވެ. ދެކޮޅުވެރި ކަމެކެވެ.) އެހެންވީމާ، ކަލޭގެފާނު دين ގައިވާ ގޮތަށް ކަލޭގެފާނު عمل ކުރައްވާށެވެ. އަހުރެމެންވެސް އަހުރެމެންގެ دين ގައިވާ ގޮތަށް عمل ކުރާނަމެވެ.
Verse 6
قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ فَٱسْتَقِيمُوٓا۟ إِلَيْهِ وَٱسْتَغْفِرُوهُ ۗ وَوَيْلٌ لِّلْمُشْرِكِينَ
Transliteration qul innamā anā basharun mith'lukum yūḥā ilayya annamā ilāhukum ilāhun wāḥidun fa-is'taqīmū ilayhi wa-is'taghfirūhu wawaylun lil'mush'rikīna
Dhivehi އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ތިޔަބައިމީހުން ކަހަލަ آدم ގެ ދަރިއެކެވެ. އެކަމަކު ތިމަން ކަލޭގެފާނަށް وحي އިއްވެވެއެވެ. - (ތިމަން ކަލޭގެފާނަށް ﷲ ގެ وحي ބާވައިލައްވައެވެ.) އަދި އެ وحي ގެ ތެރޭގައި ވެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ إله އަކީ ހަމަ އެންމެ إله އެކެވެ. އެހެންވެ ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަންކޮށް ސީދާ މަގުގައި ތިބޭށެވެ! އަދި ފާފަފުއްސެވުމަށް އެކަލާނގެ حضرة ގައި އެދޭށެވެ! އަދި ﷲ އަށް شريك ކުރާ މީސްތަކުންނަށް ހުރީ ويل އެވެ. އެއީ ނަރަކައިގެ ވަކި عذاب އެކެވެ. ނުވަތަ ނަރަކައިގެ ގަދަފަދަ عذاب އެވެ.
Verse 7
ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ كَـٰفِرُونَ
Transliteration alladhīna lā yu'tūna l-zakata wahum bil-ākhirati hum kāfirūna
Dhivehi އެ مشرك ންގެ މީހުން ޒަކާތް ނުނެރެއެވެ. އަދި ކަނޑައެޅިގެން އެމީހުން آخرة ދުވަހަށް ހަމަ يقين ންވެސް ކާފަރުވަނީއެވެ.
Verse 8
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ
Transliteration inna alladhīna āmanū waʿamilū l-ṣāliḥāti lahum ajrun ghayru mamnūnin
Dhivehi ހަމަކަށަވަރުން إيمان ވެގެން صالح عمل ކުރި މީހުން (ދަންނައެވެ.) އެމީހުންނަށް آخرة ދުވަހުން ހުރީ ކެނޑިދިއުމެއް ނުވާ ދަރުމަޔާއި، ثواب އެވެ.
Verse 9
۞ قُلْ أَئِنَّكُمْ لَتَكْفُرُونَ بِٱلَّذِى خَلَقَ ٱلْأَرْضَ فِى يَوْمَيْنِ وَتَجْعَلُونَ لَهُۥٓ أَندَادًا ۚ ذَٰلِكَ رَبُّ ٱلْعَـٰلَمِينَ
Transliteration qul a-innakum latakfurūna bi-alladhī khalaqa l-arḍa fī yawmayni watajʿalūna lahu andādan dhālika rabbu l-ʿālamīna
Dhivehi (އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ދެދުވަހުގެ ތެރޭގައި ބިން ހެއްދެވި ކަލާނގެއަށް ތިޔަބައިމީހުން ކާފަރުވަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން އެކަލާނގެއަށް شريك ންތަކެއް - ބައިވެރިންތަކެއް - ލައި ހަމަޖައްސަނީ ހެއްޔެވެ؟ އެކަލާނގެ އެއީ عالم ތައް ހައްދަވައި ބޮޑުކުރައްވާ، އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ. އެ ހުރިހައި ތަކެތީގެ ربّ އެވެ.
Verse 10
وَجَعَلَ فِيهَا رَوَٰسِىَ مِن فَوْقِهَا وَبَـٰرَكَ فِيهَا وَقَدَّرَ فِيهَآ أَقْوَٰتَهَا فِىٓ أَرْبَعَةِ أَيَّامٍ سَوَآءً لِّلسَّآئِلِينَ
Transliteration wajaʿala fīhā rawāsiya min fawqihā wabāraka fīhā waqaddara fīhā aqwātahā fī arbaʿati ayyāmin sawāan lilssāilīna
Dhivehi އަދި އުފުލިފައިވާ ވަރުގަދަ ފަރުބަދަތަކެއް އެކަލާނގެ އެ ބިމުގައި ހަރުކުރެއްވިއެވެ. އަދި އެ ބިމުގައި بركاة ލައްވައި ގިނަގުނަވެގެންވާ خيرات ތައް ލެއްވިއެވެ. އަދި އެ ބިމުގައި އަޅުތަކުންނަށް ޓަކައި މިންވަރުކުރައްވައި رزق ލައްވައި އުޅެވޭނޭ وسيلة ތައް ލެއްވިއެވެ. އެކަން އެގޮތަށް މިންވަރުކުރައްވައި ބަރާބަރު ކުރެއްވީ ކުރީގެ ދެދުވަހާއެކު މުޅިއެކު ހަތަރުދުވަހުގެ ތެރޭގައެވެ. ﷲ އެތަކެތި ހެއްދެވީ ކިތައް ދުވަހުގެ ތެރޭގައިތޯ މީހަކު ސުއާލުކޮށްފިނަމަ އޭގެ جواب އެއްގެ ގޮތުން އާޔަތުގެ ފަހު عبارة ވެއެވެ.
Verse 11
ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ وَهِىَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ٱئْتِيَا طَوْعًا أَوْ كَرْهًا قَالَتَآ أَتَيْنَا طَآئِعِينَ
Transliteration thumma is'tawā ilā l-samāi wahiya dukhānun faqāla lahā walil'arḍi i'tiyā ṭawʿan aw karhan qālatā ataynā ṭāiʿīna
Dhivehi ދެން އެކަލާނގެ އިރާދަކުރެއްވީ އުޑަށެވެ. އޭރު އެ އުޑު އޮތީ ދުންގަނޑަކަށެވެ. ދެންފަހެ އެ އުޑަށާއި، އަދި ބިމަށް އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަ ދެއެތި ރުހި ކިޔަމަންވެގެން ނުވަތަ ނުރުހި ނަމަވެސް ތިމަން ރަސްކަލާނގެ حضرة އަށް އަންނާށެވެ. އެ ދޭތި ދެންނެވިއެވެ. ކިޔަމަންތެރިވެގެންވާ حال އަޅަމެން މި އައީއެވެ.
Verse 12
فَقَضَىٰهُنَّ سَبْعَ سَمَـٰوَاتٍ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا ۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَـٰبِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
Transliteration faqaḍāhunna sabʿa samāwātin fī yawmayni wa-awḥā fī kulli samāin amrahā wazayyannā l-samāa l-dun'yā bimaṣābīḥa waḥif'ẓan dhālika taqdīru l-ʿazīzi l-ʿalīmi
Dhivehi ފަހެ އެކަލާނގެ އެ އުޑުތައް ހަތް އުޑަކަށް ނިޔަކުރެއްވިއެވެ. އެއީ ދެދުވަހުގެ ތެރޭގައެވެ. އަދި ކޮންމެ އުޑަކަށް އެ އުޑަކަށް ކަނޑައެޅިފައިވާ ކަންތައްތައް އެންގެވީމެވެ. އަދި ދުނިޔެއާ އެންމެ ގާތް އުޑު ބައްތިތަކަކުން ޒީނަތްތެރި ކުރެއްވީމެވެ. އެބަހީ ތަރިތަކުން ޒީނަތްތެރި ކުރެއްވީމެވެ. އަދި އެ ތަރިތައް އެއީ ރައްކާތެރިކުރައްވާ ތަކެތި ކަމުގައި ލެއްވިއެވެ. (އެއީ އުޑުން ވައްކަންކުރަން ދާ ޖިންނި شيطان ންނާ ދިމާއަށް އުކުމަށެވެ.) އަދި އިސްވެދިޔަ އެންމެހައި ކަންކަމަކީ ގަދަ ކީރިތިވަންތަ، އަދި އެންމެހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެ މިންވަރުކުރައްވާ، ހަމަޖައްސަވާފައިވާ ކަންކަމެވެ.
Verse 13
فَإِنْ أَعْرَضُوا۟ فَقُلْ أَنذَرْتُكُمْ صَـٰعِقَةً مِّثْلَ صَـٰعِقَةِ عَادٍ وَثَمُودَ
Transliteration fa-in aʿraḍū faqul andhartukum ṣāʿiqatan mith'la ṣāʿiqati ʿādin wathamūda
Dhivehi (އޭ رسول الله އެވެ!) ފަހެ އެމީހުން އެބަހީ مشرك ންގެ މީހުން ﷲ އަށް إيمان ނުވެ ﷲ ހެއްދެވި ތަކެއްޗަށް ވިސްނައި فكر ނުކޮށް އެނބުރި ފުރަގަސްދީފިއްޔާ ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ. عاد ބާގައިގެ މީހުންނަށާއި، ثَمُود ބާގައިގެ މީހުންގެ މައްޗަށް އައި ކަހަލަ صاعقة އެއް - އެބަހީ ކުއްލިއަކަށް މަރުވެ ތަންޑާ ވާފަދަ އެތިފަހަރެއް - ތިޔަބައިމީހުންގެ މައްޗަށް އަތުވެދާނޭ ކަމުގެ ބިރުވެރި إنذارތިމަންކަލޭގެފާނު ކުރައްވަމެވެ. އެކަމުގެ خبر ދެއްވަމެވެ.
Verse 14
إِذْ جَآءَتْهُمُ ٱلرُّسُلُ مِنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۖ قَالُوا۟ لَوْ شَآءَ رَبُّنَا لَأَنزَلَ مَلَـٰٓئِكَةً فَإِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ
Transliteration idh jāathumu l-rusulu min bayni aydīhim wamin khalfihim allā taʿbudū illā l-laha qālū law shāa rabbunā la-anzala malāikatan fa-innā bimā ur'sil'tum bihi kāfirūna
Dhivehi އެއީ އެބައިމީހުންގެ ގާތަށް އެމީހުންގެ ކުރީންނާއި، އެމީހުންގެ ފަހަތުން رسول ބޭކަލުން ވަޑައިގެންނެވި ހިނދުގައެވެ. (އެމީހުންގެ ކުރީ ބޭކަލުންގެ مراد އަކީ ކޮންމެ أمّة އެއްގެ ކުރީގައި ވަޑައިގެންނެވި ބޭކަލުންނެވެ. ފަހުގެ ބޭކަލުން ކަމުގައި ބެލެވޭ ބޭކަލުންނަކީ ކޮންމެ أمّة އަކަށާއި، ދެންވެސް އެއަށް ފަހު ވަޑައިގެންނެވި ބޭކަލުންނެވެ.) މި ހުރިހައި ބޭކަލުން ވެސް އެ ބޭކަލެއްގެ أمّة އަށް ގޮވާލައްވާފައި ވަނީ "ތިޔަބައިމީހުން ﷲ އަށް މެނުވީ އަޅުކަން ނުކުރާށެވެ." މިފަދައިންނެވެ. އޭގެ جواب ގައި އެ أمّة ގެ މީހުން ދަންނަވައެވެ. الله އެދިވޮޑިގެންނެވި ނަމަ رسول ބޭކަލަކު ކަމުގައި ملائكة ބޭކަލަކު ފޮނުއްވައިފީހެވެ. ފަހެ އަހުރެމެން މިވަނީ ތިޔަ ބޭކަލުން އެ އެއްޗަކާއިގެން ފޮނުއްވުނު ތަކެއްޗަށް ކާފަރުވެގެންނެވެ.' މިއެވެ.
Verse 15
فَأَمَّا عَادٌ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَقَالُوا۟ مَنْ أَشَدُّ مِنَّا قُوَّةً ۖ أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً ۖ وَكَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ
Transliteration fa-ammā ʿādun fa-is'takbarū fī l-arḍi bighayri l-ḥaqi waqālū man ashaddu minnā quwwatan awalam yaraw anna l-laha alladhī khalaqahum huwa ashaddu min'hum quwwatan wakānū biāyātinā yajḥadūna
Dhivehi ފަހެ عاد ބާގައިގެ މީހުން ދަންނައެވެ. (އެމީހުން އެއީ هود ގެފާނުންގެ قوم ގެ މީހުންނެވެ.) އެމީހުން އެއްވެސް حقّ އެއް ނެތި ބިންމަތީގައި ކިބުރުވެރިވެ ބޮޑާވެގަތީއެވެ. އަދި އެމިހުން ބުނީ އަހުރެމެންނަށް ވުރެން ބާރުގަދައީ ފަހެ ކޮންބައެއް ހެއްޔެވެ؟ ކާކު ހެއްޔެވެ؟ (އެބަހީ އަހުރެމެންނަށް ވުރެ ބާރުގަދަ އެކަކުވެސް ނުހުންނާނެއެވެ. އޭގެ جواب ގައި ﷲ އަންގަވަނީ) އެމީހުން ހެއްދެވީ ހަމަކަށަވަރުން ﷲ އެވެ. އެމީހުންނަށްވުރެ އެކަލާނގެ ބާރުގެ ގޮތުން މާ ގަދަފަދަވަންތަވެ ވޮޑިގެން ވެއެވެ. އަދި އެމީހުން ވީ ތިމަން ރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ، އަދި އިންކާރުކުރާ ބަޔަކު ކަމުގައެވެ.
Verse 16
فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِىٓ أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَخْزَىٰ ۖ وَهُمْ لَا يُنصَرُونَ
Transliteration fa-arsalnā ʿalayhim rīḥan ṣarṣaran fī ayyāmin naḥisātin linudhīqahum ʿadhāba l-khiz'yi fī l-ḥayati l-dun'yā walaʿadhābu l-ākhirati akhzā wahum lā yunṣarūna
Dhivehi ދެންފަހެ ތިމަން ރަސްކަލާނގެ (އެމީހުން ހަލާކުކުރެއްވުމަށް) އެމީހުންގެ މައްޗަށް ވަރަށް ފިނިގަދަ، އަޑުފަށްހުރި ވަޔެއް ފޮނުއްވީމެވެ. އެއީ އެމީހުންނަށް ސުންޕާ ދުވަސްތަކެކެވެ. (އެއީ ހަތް ރެޔާއި، އަށް ދުވަހެވެ.) އެގޮތަށް އެކަން ހިންގެވީ އެމީހުންނަށް މި ދުނިޔޭގެ حياة ގައިވެސް ދެރަކަމާއި، ނިކަމެތިކަމުގެ عذاب ގެ ރަހަ ދެއްކެވުމަށެވެ. އަދި آخرة ގެ عذاب އެއަށްވުރެ މާ ދެރަވެފައި ނިކަމެތިކަން ބޮޑެވެ. އެމީހުންނަށް އެއްވެސް نصر އެއް އެދުވަހުން ނުލިބޭ ހުއްޓެވެ.
Verse 17
وَأَمَّا ثَمُودُ فَهَدَيْنَـٰهُمْ فَٱسْتَحَبُّوا۟ ٱلْعَمَىٰ عَلَى ٱلْهُدَىٰ فَأَخَذَتْهُمْ صَـٰعِقَةُ ٱلْعَذَابِ ٱلْهُونِ بِمَا كَانُوا۟ يَكْسِبُونَ
Transliteration wa-ammā thamūdu fahadaynāhum fa-is'taḥabbū l-ʿamā ʿalā l-hudā fa-akhadhathum ṣāʿiqatu l-ʿadhābi l-hūni bimā kānū yaksibūna
Dhivehi އަދި ثمود ބާގައިގެ މީހުން ދަންނައެވެ. (އެއީ صالح ގެފާނުންގެ قوم ގެ މީހުންނެވެ.) ފަހެ ތިމަން ރަސްކަލާނގެ އެމީހުންނަށް ތެދުމަގު ބަޔާންކޮށްދެއްވީމެވެ. ފަހެ އެމީހުން إيمان ކަމާއި، ތެދުމަގުގެ މައްޗަށް ކާފަރުކަމުގެ އަނދިރިކަމާއި، ކަނުކަން إختيار ކުރީއެވެ. އެކަމަށް ލޯބި ކުރީއެވެ. ދެންފަހެ ނިކަމެތިކަމާއި، ދެރަކަމުގެ عذاب ގެ އަޑުފަށްގަނޑު އެމީހުންނަށް އައިސް ޖެހުނެވެ. އެ އަޑުފަށުން އެމީހުން ހަލާކުވެގެން ދިޔައީއެވެ. އެއީ އެމީހުން ކުރަމުންދިޔަ ކަންތަކުގެ ސަބަބުންނެވެ.
Verse 18
وَنَجَّيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ
Transliteration wanajjaynā alladhīna āmanū wakānū yattaqūna
Dhivehi އަދި (شرك އާއި، އުރެދުމުން ރައްކާތެރިވެގެން ތިބި) تقوى ވެރި مؤمن ން ތިމަން ރަސްކަލާނގެ ރައްކާތެރިކުރައްވައި ސަލާމަތްކުރެއްވީމެވެ.
Verse 19
وَيَوْمَ يُحْشَرُ أَعْدَآءُ ٱللَّهِ إِلَى ٱلنَّارِ فَهُمْ يُوزَعُونَ
Transliteration wayawma yuḥ'sharu aʿdāu l-lahi ilā l-nāri fahum yūzaʿūna
Dhivehi އަދި ﷲ ގެ عداوة ތެރީން محشر ކުރެވޭ قيامة ދުވަސް - ނަރަކައަށް جمع ކުރެވޭ ދުވަސް - ހަނދުމަފުޅު ކުރައްވާށެވެ. އެދުވަހުން އެމީހުން ތިބޭނީ އެންމެ ފުރަތަމަ މީހާއިން ފެށިގެން އެންމެ ފަހުގެ މީހާއަށް ދާނދެން ބަނދެވިގެންނެވެ. މަލާއިކަތް ބޭކަލުންގެ ބެލުމުގެ ދަށުގައި جمع ވެގެންނެވެ.
Verse 20
حَتَّىٰٓ إِذَا مَا جَآءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَـٰرُهُمْ وَجُلُودُهُم بِمَا كَانُوا۟ يَعْمَلُونَ
Transliteration ḥattā idhā mā jāūhā shahida ʿalayhim samʿuhum wa-abṣāruhum wajulūduhum bimā kānū yaʿmalūna
Dhivehi އެބައިމީހުން އެ ނަރަކަޔާ ހަމައަށް ގެނެވުނީމާ އެމީހުންގެ ކަންފަތްތަކާއި (އިވުންތަކާއި)، ފެނުންތަކާއި (ލޯތަކާއި)، އަދި އެމީހުންގެ ހަންތައް އެމީހުންގެ މައްޗަށް އެމީހުންނާ އިދިކޮޅަށް ހެކިދޭނެއެވެ. އެއީ އެމީހުން ދުނިޔޭގައި ތިބެގެން ކުރަމުން ގެންދިޔަ ނުބައި ކަންކަމާމެދުގައެވެ.
Verse 21
وَقَالُوا۟ لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوٓا۟ أَنطَقَنَا ٱللَّهُ ٱلَّذِىٓ أَنطَقَ كُلَّ شَىْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ
Transliteration waqālū lijulūdihim lima shahidttum ʿalaynā qālū anṭaqanā l-lahu alladhī anṭaqa kulla shayin wahuwa khalaqakum awwala marratin wa-ilayhi tur'jaʿūna
Dhivehi އަދި އެމީހުން އެމީހުންގެ ގުނަވަންތަކާ ދިމާއަށް ބުނާނެއެވެ. އަހުރެމެންނާ އިދިކޮޅަށް ތިޔަބައިމީހުން ހެކިދެނީ ކީއްވެގެން ހެއްޔެވެ؟ އެހިނދު އެތަކެތި ޖަވާބުދޭނެއެވެ. ބުނާނެއެވެ. ހުރިހާ އެއްޗަކަށްވެސް ވާހަކަދައްކައި، ބަސްބުނުމުގެ ބާރު ދެއްވި ﷲ އަހުރެމެންނަށްވެސް ވާހަކަދެއްކުމުގެ ބާރު ދެއްވީއެވެ. (ތިޔަބައިމީހުން އެ ނުބައި ކަންތައްތައް ކުރިއިރު އަހުރެމެން حاضر ވެގެން ވީމުއެވެ.) އަދި އެކަލާނގެއީ ތިޔަބައިމީހުން އެންމެ ފުރަތަމަވެސް ހެއްދެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުން رجوع ވުން ވަނީވެސް ހަމަ އެކަލާނގެ حضرة އަށެވެ.
Verse 22
وَمَا كُنتُمْ تَسْتَتِرُونَ أَن يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَآ أَبْصَـٰرُكُمْ وَلَا جُلُودُكُمْ وَلَـٰكِن ظَنَنتُمْ أَنَّ ٱللَّهَ لَا يَعْلَمُ كَثِيرًا مِّمَّا تَعْمَلُونَ
Transliteration wamā kuntum tastatirūna an yashhada ʿalaykum samʿukum walā abṣārukum walā julūdukum walākin ẓanantum anna l-laha lā yaʿlamu kathīran mimmā taʿmalūna
Dhivehi އަދި ތިޔަބައިމީހުންގެ އިވުންތަކާއި، އެބަހީ ކަންފަތްތަކާއި، އަދި ތިޔަބައިމީހުންގެ ފެނުންތަކާއި، يعني ލޯތަކާއި، އަދި ތިޔަބައިމީހުންގެ ހަންތައް، އެބަހީ އެންމެހައި ގުނަވަންތައް ތިޔަބައިމީހުންގެ މައްޗަށް ހެކިނުދޭނޭ ގޮތުން ތިޔަބައިމީހުން އެ ނުބައިކަންތައް ކުރަމުން ދިޔައިރު ވަންހަނާކޮށް، ނިވައިކުރި ކަމުގައި ނުވެއެވެ. އަދި ކިޔެއް ހެއްޔެވެ؟ ތިޔަބައިމީހުން ހީކުރީ ތިޔަބައިމީހުން ކުރަމުންދާ ގިނަ ކަންތައްތައް ﷲ ދެނެވޮޑިނުގަންނަވާނޭ ކަމަށެވެ.
Verse 23
وَذَٰلِكُمْ ظَنُّكُمُ ٱلَّذِى ظَنَنتُم بِرَبِّكُمْ أَرْدَىٰكُمْ فَأَصْبَحْتُم مِّنَ ٱلْخَـٰسِرِينَ
Transliteration wadhālikum ẓannukumu alladhī ẓanantum birabbikum ardākum fa-aṣbaḥtum mina l-khāsirīna
Dhivehi ފަހެ ތިޔަބައިމީހުން ގެއްލި ހަލާކުވެގެންވާ މީސްތަކުން ކަމުގައި ތިޔަވީ ތިޔަބައިމީހުންގެ ربّ އާމެދު ތިޔަބައިމީހުން ތިޔަ ކުރި (ނުބައި) ހީއެވެ.
Verse 24
فَإِن يَصْبِرُوا۟ فَٱلنَّارُ مَثْوًى لَّهُمْ ۖ وَإِن يَسْتَعْتِبُوا۟ فَمَا هُم مِّنَ ٱلْمُعْتَبِينَ
Transliteration fa-in yaṣbirū fal-nāru mathwan lahum wa-in yastaʿtibū famā hum mina l-muʿ'tabīna
Dhivehi ދެންފަހެ އެމީހުން ކެތްކުރިޔަސް އަދި ކެތް ނުކުރިޔަސް އެމީހުން ގޮސް ތިބޭނޭ ތަނަކީ ހަމަ ނަރަކައެވެ. އެހެން ގޮތެއް ނެތެވެ. އެތަނުން ނުކުތުމެއް ނެތެވެ. އަދި އެމީހުން އަލުން ދުނިޔެއަށް އައިސް ﷲ ރުހިވޮޑިގަންނަވާ ގޮތަށް އުޅޭން އެދުނަސް عذر ދައްކަން އެދުނަސް އެމީހުންނަކީ އެފަދަ ހުއްދައެއް ލިބޭނޭ ބައެއް ނޫނެވެ.
Verse 25
۞ وَقَيَّضْنَا لَهُمْ قُرَنَآءَ فَزَيَّنُوا۟ لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَـٰسِرِينَ
Transliteration waqayyaḍnā lahum quranāa fazayyanū lahum mā bayna aydīhim wamā khalfahum waḥaqqa ʿalayhimu l-qawlu fī umamin qad khalat min qablihim mina l-jini wal-insi innahum kānū khāsirīna
Dhivehi އަދި ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް އެކުވެރީންތަކެއް ފާކުރެއްވީމެވެ. (އެބަހީ مكّة ގެ مشرك ންނާއި، ދެންވެސް އެބާވަތުގެ މީސް ތަކުންގެ މައްޗަށް އެކުވެރި رحمة ތެރީންތަކެއް ކަމުގައި ޝައިތާނުންތަކެއް ފާކުރެއްވީމެވެ.) ދެންފަހެ އެ ޝައިތާނުންތައް އެބައިމީހުންނަށް ދުނިޔެއާއި، آخرة ގެ ކަންތައް ޒީނަތްތެރި ކޮށްދެއެވެ. (އެއީ ދުނިޔޭގެ حياة ގައި ﷲ އަށް شرك ކުރުމާއި، އުރެދުންތަކަށް އަރައިގަތުމާއި، فاحش އެންމެހައި ކަމެއް ޒީނަތްތެރިކޮށްދިނުމެވެ. آخرة ޒީނަތްތެރި ކޮށްދިނުމަކީ آخرة ނާންނާނޭ ކަމަށާއި، މަރުވުމަށްފަހު ދެން ނިމުނީ ކަމަށާއި، عمل ތަކަށް ހިސާބުބެއްލެވުމެއް ނެތްކަމަށް وسواس ދީ ހައްލައި ހެދުމެވެ. އޭގެ ސަބަބުން فاحش އެންމެހައި ކަމެއްގައި ގެނބިތިބެ عمر ހުސްކޮށްލުމެވެ.) ޖިންނީންނާއި އިންސާނުންގެ ތެރެއިން އެމީހުންގެ ކުރިން އިސްވެދިޔަ އެބާވަތުގެ މީހުންނަށް ޢަޛާބު ޙައްޤުވީފަދައިން މި މީހުންގެ މައްޗަށްވެސް ޢަޛާބު ޙައްޤުވެއްޖެއެވެ. ހަމަކަށަވަރުން އެމީހުންވީ ގެއްލި ޙަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.
Verse 26
وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَسْمَعُوا۟ لِهَـٰذَا ٱلْقُرْءَانِ وَٱلْغَوْا۟ فِيهِ لَعَلَّكُمْ تَغْلِبُونَ
Transliteration waqāla alladhīna kafarū lā tasmaʿū lihādhā l-qur'āni wal-ghaw fīhi laʿallakum taghlibūna
Dhivehi އަދި ކާފަރުންގެ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުނެއެވެ. އޭ ކަލޭމެންނޭވެ! މި قُرآن ކިޔަވާ އަޑު ކަލޭމެން ނާހާށެވެ! އަދި އެ ކިޔަވާއިރު ހަޅޭލަވައި، އަޑުގަދަކޮށް، އަތްތިލަބަޑިޖަހައި، ހޯބޯލަވައިހަދާށެވެ! (އެއީ قُرآن ކިޔަވާ އަޑުއަހައިގެން އަސަރުކޮށް ތެދުމަގަށް އަތުވެދާނޭތީއެވެ.) އަދި އޭރުން إسلام دين އަށާއި، محمّد ގެފާނުގެ މައްޗަށް ކަލޭމެން ގަދަވެދާނޭ ކަންނޭނގެއެވެ. ކަލޭމެން ގަދަވުމުގެ أمّيد ގައެވެ.
Verse 27
فَلَنُذِيقَنَّ ٱلَّذِينَ كَفَرُوا۟ عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ ٱلَّذِى كَانُوا۟ يَعْمَلُونَ
Transliteration falanudhīqanna alladhīna kafarū ʿadhāban shadīdan walanajziyannahum aswa-a alladhī kānū yaʿmalūna
Dhivehi (ﷲ އެފަދަ މީހުންނާމެދު وحي ކުރައްވައެވެ.) ހަމަކަށަވަރުން ކާފަރުވީ މީސްތަކުންނަށް ތިމަން ރަސްކަލާނގެ ގަދަވެގެންވާ عذاب ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން އެމީހުން ދުނިޔޭގައި ތިބެގެން ކުރާ ނުބައި ނުލަފާ ކަންތަކަށް، ތިމަން ރަސްކަލާނގެ ހެޔޮވަރު ޖަޒާ ދެއްވާހުށީމެވެ.
Verse 28
ذَٰلِكَ جَزَآءُ أَعْدَآءِ ٱللَّهِ ٱلنَّارُ ۖ لَهُمْ فِيهَا دَارُ ٱلْخُلْدِ ۖ جَزَآءًۢ بِمَا كَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ
Transliteration dhālika jazāu aʿdāi l-lahi l-nāru lahum fīhā dāru l-khul'di jazāan bimā kānū biāyātinā yajḥadūna
Dhivehi ﷲ ގެ عدوّ ންގެ އެ ޖަޒާއަކީ ހަމަ ސީދާ ނަރަކައެވެ. އަލިފާނެވެ. އެމީހުން އެތާ އަބަދީ ގޮތެއްގައި ދެމިތިބޭ ހުއްޓެވެ. އެއީ އެމީހުން ދުނިޔޭގައި ތިބެގެން ﷲ ގެ އާޔަތްތަކަށް އިންކާރުކޮށް ދެކޮޅުހެދުމުގެ ޖަޒާއެއްގެ ގޮތުންނެވެ.\nދަންނައެވެ. ފަހުގެ މި ތިން އާޔަތުން ސިފަވެގެން މިދާ ކާފަރުންނާއި، އެމީހުންގެ عمل ތަކާއި، މިހާރު މިތިބި تهذيب ކާފަރުންނާއި، ޑުޕްލިކޭޓް إسلام ންނާއި، އަދި މި މީހުންގެ عمل އާ އެއްވެސް ތަފާތެއް އެބަހުރި ބާވައެވެ؟ ބުއްދިވެރީން ވިސްނައިލާން ރަނގަޅު ކަމެކެވެ. އެމީހުން އެ ޒަމާނުގައި އެ އުޅުނީ رسول الله ﷺ قُرآن ކިޔަވާ ވިދާޅުވާ އަޑު މީހަކަށް އިވުނަ ނުދޭން ވެގެންނެވެ. ކިޔަވާ ވިދާޅުވާން ފެށީމާ ހަޅޭލަވައި އަޑުގަދަކޮށް، އަތްތިލަބަޑިޖަހައި ހޯބޯލަވައި މިޒާތުގެ ކަންތައް ކޮށް قُرآن ގެ އަޑު ބަންދުކުރީއެވެ.\nމިޒަމާނުގައިވެސް قُرآن އާއި، އަދި إسلام دين ގެ تعليم އާ ދުރަށް ގެންދެވޭތޯ قُرآن ގެ އަޑު ނުއިއްވޭތޯ، އަދި ކުއްޖަކުވެސް އެ قُرآن ކިޔަވައިފާނެތީ ނުކިޔަވައި ވާނޭހައި ގޮތެއް ހަދަނީއެވެ. قُرآن އާ ނުބެހޭ تعليم އެއީ އެންމެ މަތީ تعليم ކަމުގައި ހަދައި، ރެޔާއި، ދުވާލު ރެޑިޔޯތަކާއި، ޓީވީތަކުން ޒާތްޒާތުގެ ނަންނަމުގައި ޕްރޮގްރާމްތައް ހިންގައި، ކުޅިވަރުގެ ތަފާތު ވާދަވެރި މުބާރާތްތައް رمضان މަހުގެ ރޭތަކުގައިވެސް ހިނގަމުން ދާއިރު އަދި އެހެން މަސްމަހު ހުންނާނީ ކިހާ ފެންވަރަކަށް ބާވައެވެ. رمضان މަހަކީ قُرآن ގެ މައްސަރުގެ ނަމުން مشهور ވެގެންވާ މައްސަރެވެ. وَالْغَوْ فِيْهِ ވާނޭ ވަރެއް އަދި މީގެ އިތުރަށްވެސް ވޭބާވައެވެ. ތަފާތުވަނީ ޒަމާނާއި މީހުންނެވެ. عمل ގައި ތަފާތު ވާކަމަކަށް ނުފެނުނެވެ. فاعتبروا ياأولى الأبصار.
Verse 29
وَقَالَ ٱلَّذِينَ كَفَرُوا۟ رَبَّنَآ أَرِنَا ٱلَّذَيْنِ أَضَلَّانَا مِنَ ٱلْجِنِّ وَٱلْإِنسِ نَجْعَلْهُمَا تَحْتَ أَقْدَامِنَا لِيَكُونَا مِنَ ٱلْأَسْفَلِينَ
Transliteration waqāla alladhīna kafarū rabbanā arinā alladhayni aḍallānā mina l-jini wal-insi najʿalhumā taḥta aqdāminā liyakūnā mina l-asfalīna
Dhivehi އަދި ކާފަރުވީ މީސްތަކުން (ނަރަކައިގެ عذاب ލިބެމުންދާ ވަގުތު) ﷲއަށްދަންނަވާނެއެވެ. އޭއަޅަމެންގެربّ އެވެ. ޖިންނީންނާއި، އިންސާނުންގެ ތެރެއިން އަޅަމެން މަގުފުރެއްދިދެމީހުން ނުވަތަ ދެޕާޓީ އަޅަމެންނަށް ދައްކަވާނދޭވެ! އެ ދެފަރާތް އަޅަމެންގެ ފައިތިލަތަކުގެދަށަށް ލާހުށީމެވެ. އެއީ އެ ދެފަރާތް އަޅަމެންގެ އެންމެ ދަށަށް ލުމަށެވެ. (އެއީ އެމީހުންނަށް عذاب ގަދަވުމަށް ޓަކައެވެ.)\nދަންނައެވެ. މިއާޔަތުގައި މިވާ މަގުފުރެއްދި ދެމީހުންނާމެދު ބަސް ތަފާތުވެގެން ވެއެވެ. އެއްބައި ބޭކަލުން ވިދާޅުވަނީ އެއީ شيطان ންގެ ތެރެއިން އިންސާނުންނަށް كافر ކަމާއި، شرك ކުރުމާއި، މި ކަންކަމަށް ވަސްވާސްދީ، މީސްތަކުން ލަންބައި، މަގުން ނެއްޓުވި شيطانން ކަމަށެވެ. އަދި އަނެއްބައިބޭކަލުންވިދާޅުވަނީ އެއީ އާދަމުގެ ދަރީންގެ ތެރެއިން އެފަދަ ކަންކަން ޒީނަތްތެރިކޮށްދިން ކާފަރުކަމުގެ ބޮޑެތި ވެރީންކަމަށެވެ.
Verse 30
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَـٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَـٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ
Transliteration inna alladhīna qālū rabbunā l-lahu thumma is'taqāmū tatanazzalu ʿalayhimu l-malāikatu allā takhāfū walā taḥzanū wa-abshirū bil-janati allatī kuntum tūʿadūna
Dhivehi ތިމާމެންގެ ربّ އެއީ ﷲ އޭ ބުނެ ދެން އެގޮތުގެ މަތީގައި (شريك އެއް ނުކޮށް توحيد ގެ މަތީ، ކިޔަމަންތެރިކަމާއެކު) قائم ވެ ތިބި މީހުން (މަރަށް حاضر ވާ ވަގުތު، ނުވަތަ ކަށްވަޅުން محشر ގެ ميدان އަށް ނުކުންނަ ވަގުތު) ދަންނައެވެ. އެމިހުންގެ ގާތަށް رحمة ގެ ملائكة ބޭކަލުން ވަޑައިގަންނަވާނެއެވެ. (އަދި އެ ބޭކަލުން ވިދާޅުވާނެއެވެ.) ތިޔަބައިމީހުން ބިރު ނުގަންނާށެވެ. އަދި ހިތާމަވެސް ނުކުރާށެވެ. އަދި ތިޔަބައިމީހުންނަށް ސުވަރުގެ ހުރިކަމުގެ އުފާ ކުރާށެވެ. އެއީ ތިޔަބައިމީހުންނަށް ދެއްވުމަށް وعد ވެވިގެންވާ ތަނެވެ. ﷲ وعد ކުރައްވާފައިވާ ތަނެވެ.
Verse 31
نَحْنُ أَوْلِيَآؤُكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِىٓ أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ
Transliteration naḥnu awliyāukum fī l-ḥayati l-dun'yā wafī l-ākhirati walakum fīhā mā tashtahī anfusukum walakum fīhā mā taddaʿūna
Dhivehi ތިމަންބޭކަލުންނީ ދުނިޔޭގެ حياة ގައިވެސް، އަދި آخرة ގެ حياة ގައިވެސް ތިޔަބައިމީހުން ރައްކާތެރި ކުރައްވާ، އަދި އެހީތެރިކަން ބަހައްޓަވާ ބޭކަލުންނެވެ. އަދި ސުވަރުގޭގައި ތިޔަބައިމީހުން ހިތްއެދޭހައި ކަމެއް نفس ތައް އެކަންކަމަށް ދަހިވެތިވާ އެންމެހައި ކަމެއް ވެއެވެ.
Verse 32
نُزُلًا مِّنْ غَفُورٍ رَّحِيمٍ
Transliteration nuzulan min ghafūrin raḥīmin
Dhivehi ތިމާ ހެޔޮ عمل ކޮށް (صالح عمل ކޮށް) އަދި މީސްތަކުންނަށް ﷲ ގެ މަގަށް ގޮވައި، އަދި އަހުރެން މިވަނީ مسلم ންގެ ތެރެއިންނޭ ބުނެހެދި މީހަކަށްވުރެ ބަސްބުނުމުގެ ގޮތުން ހެޔޮވެގެންވަނީ ދެން ކާކު ހެއްޔެވެ؟ އެބަހީ އެއަށްވުރެ ހެޔޮ މީހަކު ނުވެއެވެ.
Verse 33
وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَـٰلِحًا وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ
Transliteration waman aḥsanu qawlan mimman daʿā ilā l-lahi waʿamila ṣāliḥan waqāla innanī mina l-mus'limīna
Dhivehi ތިމާ ހެޔޮ عمل ކޮށް (صالح عمل ކޮށް) އަދި މީސްތަކުންނަށް ﷲ ގެ މަގަށް ގޮވައި، އަދި އަހުރެން މިވަނީ مسلم ންގެ ތެރެއިންނޭ ބުނެހެދި މީހަކަށްވުރެ ބަސްބުނުމުގެ ގޮތުން ހެޔޮވެގެންވަނީ ދެން ކާކު ހެއްޔެވެ؟ އެބަހީ އެއަށްވުރެ ހެޔޮ މީހަކު ނުވެއެވެ.\nފަހެ ތިމާ مسلم އަކަށްވެ ހުރެ صالح عمل ކޮށް، ދެން ﷲ ގެ މަގަށް އެހެން މީހުންނަށް ގޮވައިލި މީހަކު އެއީ އެންމެހައި ހެވެއް ޖަމާކުރި މީހެކެވެ. އެއަށްވުރެ ހެޔޮ މީހަކު ނުހުންނާނެއެވެ.
Verse 34
وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ
Transliteration walā tastawī l-ḥasanatu walā l-sayi-atu id'faʿ bi-allatī hiya aḥsanu fa-idhā alladhī baynaka wabaynahu ʿadāwatun ka-annahu waliyyun ḥamīmun
Dhivehi އަދި ހެޔޮކަންތަކާއި، ނުބައި ކަންތަކާ ހަމަހަމަވެގެން ނުވެއެވެ. (އެ ދެކަންތަކުގައި بيان ވެ ފައުޅުވެގެންވާ ތަފާތު ވެއެވެ.) ހެޔޮ ކަންތަކުން ނުބައި ކަންތައް ދުރުކުރާށެވެ! (އެބަހީ ކަލެއަށް ނުބައި ކަމެއް ކުރި މީހަކަށް ކަލޭ إحسان ތެރިވެ، ހެޔޮކަން ކޮށްދޭށެވެ!) އޭރުން ކަލެޔާއި، އެމީހަކާ ދެމެދު عداوة ތެރިކަމެއް ވާ މީހާ ކަލެއަށް ޓަކައި ގާތް رحمة ތެރި، ވަފާތެރި އެކުވެރިޔަކަށް ވެދާނެއެވެ.
Verse 35
وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ
Transliteration wamā yulaqqāhā illā alladhīna ṣabarū wamā yulaqqāhā illā dhū ḥaẓẓin ʿaẓīmin
Dhivehi އަދި ކެތްތެރިވެއްޖެ ބަޔަކަށް މެނުވީ އެފަދަ ކަންތައް حاصل ނުވާނެއެވެ. (އެބަހީ މީހަކު ތިމާއަށް ނުބައިކަމެއް ކުރީމައި، އޭގެ ބަދަލުގައި އެމީހަކަށް إحسان ތެރިވެ، ހެޔޮކޮށް ހިތޭނީ ވަރަށް ބޮޑެތި ކެތްތެރި، މާތް މީހުންނަށެވެ.) ވަރަށް ބޮޑު ނަސީބުގެ ވެރިއަކަށް މެނުވީ އެފަދަ ބޮޑު ثواب އާއި، މާތްކަން حاصل ނުކުރެވޭނެއެވެ.
Verse 36
وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَـٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ
Transliteration wa-immā yanzaghannaka mina l-shayṭāni nazghun fa-is'taʿidh bil-lahi innahu huwa l-samīʿu l-ʿalīmu
Dhivehi އަދި شيطان އާގެ ފަރާތުން (އެފަދަ ކަންތައް - އެބަހީ ނުބައި ކަންތައް ކުރި މީހަކަށް إحسان ތެރިވުމަށް ހުރަސްއަޅާ ފަދަ) ވަސްވާސްތެރިކަމެއް އަތުވެއްޖެއްޔާ، އައްސަވާ ވޮޑިގެންވާ، އަދި ދެނެވޮޑިގެންވާ ކަލާނގެ حضرة ން ރައްކާތެރިކަމާއި، ސަލާމަތްކަން އެދޭށެވެ!
Verse 37
وَمِنْ ءَايَـٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ ۚ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ
Transliteration wamin āyātihi al-laylu wal-nahāru wal-shamsu wal-qamaru lā tasjudū lilshamsi walā lil'qamari wa-us'judū lillahi alladhī khalaqahunna in kuntum iyyāhu taʿbudūna
Dhivehi އަދި ރޭގަނޑާއި، ދުވާލާއި، އިރާއި، ހަނދަކީ ﷲ ގެ ކުޅަދުންވަންތަ ކަމާއި، ހައިބަ ބޮޑުކަމުގެ މައްޗަށް ދަލީލުކުރާ ދަލީލުތަކުގެ ތެރެއިން ވާ ދަލީލެވެ. (ފަހެ އެފަދަ ބޮޑެތި مخلوق ން އެހާ ފުރިހަމަކޮށް ހެއްދެވި ކަލަކު ކިހާ ބޮޑުވެފައި ކުޅަދުންވަންތަވެރި ވާނޭ ހެއްޔެވެ؟) ފަހެ ތިޔަބައިމީހުން އިރަށް ވިޔަސް، އަދި ހަނދަށް ވިޔަސް سجدة ނުކުރާށެވެ. އަދި އެތަކެތި ހެއްދެވި ކަލާނގެއަށް سجدة ކުރާށެވެ. (ﷲ އަށް سجدة ކުރާށެވެ.) ތިޔަބައިމީހުން އެކަލާނގެއާ شريك ނުކޮށް އެކަލާނގެއަށް އެކަނި އަޅުކަންކުރާ ކަމުގައި ވަންޏާ ﷲ އަށް އެކަނި سجدة ކުރާށެވެ. އަޅުކަން ކުރާށެވެ.
Verse 38
فَإِنِ ٱسْتَكْبَرُوا۟ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيْلِ وَٱلنَّهَارِ وَهُمْ لَا يَسْـَٔمُونَ ۩
Transliteration fa-ini is'takbarū fa-alladhīna ʿinda rabbika yusabbiḥūna lahu bi-al-layli wal-nahāri wahum lā yasamūna
Dhivehi އޭ رسول الله އެވެ! ފަހެ އެބައިމީހުން شريك ނުކޮށް ﷲ އަށް އަޅުކަންކުރުމަށް ބޮޑާވެގެންފިއްޔާ ދަންނައެވެ. ކަލޭގެފާނުންގެ ربّ ގެ حضرة ގައިވާ ملائكة ބޭކަލުން ރޭގަނޑާއި، ދުވާލު އެކަލާނގެއަށް تسبيح ވިދާޅުވެއެވެ. އެކަލާނގެ ހުސް طاهر ވަންތަކުރެއެވެ. އަދި އެބޭކަލުން ފޫހިވެވަޑައި ނުގަންނަވައެވެ.
Verse 39
وَمِنْ ءَايَـٰتِهِۦٓ أَنَّكَ تَرَى ٱلْأَرْضَ خَـٰشِعَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ ۚ إِنَّ ٱلَّذِىٓ أَحْيَاهَا لَمُحْىِ ٱلْمَوْتَىٰٓ ۚ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Transliteration wamin āyātihi annaka tarā l-arḍa khāshiʿatan fa-idhā anzalnā ʿalayhā l-māa ih'tazzat warabat inna alladhī aḥyāhā lamuḥ'yī l-mawtā innahu ʿalā kulli shayin qadīrun
Dhivehi (ވާރޭ ނުވެހި ގިނަދުވަސް ވުމުގެ ސަބަބުން) މަރުވެ ހަނަފަސްވެފައިވާ ބިންގަނޑު ކަލޭ ދެކޭނެއެވެ. ދެންފަހެ އެ ބިންގަނޑުގެ މައްޗަށް ތިމަން ރަސްކަލާނގެ ވާރޭ ވެއްސެވުމުން ބިންގަނޑު حركاة ތެރިވެ ބޮޑުވެ، ފުފިލައި ދެން ގަސްތައް ފަޅާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެއީ އެކަލާނގެ قدرة ތެރިކަމުގެ علامة ތަކުގެ ތެރެއިން ވާ ކަމެކެވެ. ފަހެ އެ ބިންގަނޑު އެގޮތަށް ދިރުއްވި ކަލާނގެ އެކަލާނގެ އަޅުތަކުން محشر ކުރެއްވުމަށް ޓަކައި މަރުވެފައިވާ މީސްތަކުން ދިރުއްވާ ހުއްޓެވެ. ހަމަކަށަވަރުން ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.
Verse 40
إِنَّ ٱلَّذِينَ يُلْحِدُونَ فِىٓ ءَايَـٰتِنَا لَا يَخْفَوْنَ عَلَيْنَآ ۗ أَفَمَن يُلْقَىٰ فِى ٱلنَّارِ خَيْرٌ أَم مَّن يَأْتِىٓ ءَامِنًا يَوْمَ ٱلْقِيَـٰمَةِ ۚ ٱعْمَلُوا۟ مَا شِئْتُمْ ۖ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ
Transliteration inna alladhīna yul'ḥidūna fī āyātinā lā yakhfawna ʿalaynā afaman yul'qā fī l-nāri khayrun am man yatī āminan yawma l-qiyāmati iʿ'malū mā shi'tum innahu bimā taʿmalūna baṣīrun
Dhivehi ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާޔަތްތަކަށް ކާފަރުވާ މީހުން ނުވަތަ އެ އާޔަތްތައް تأويل ކޮށް އެއިން އެދެވޭ މާނަ ފިޔަވައި އެހެނިހެން މާނަތަކަށް ބަދަލުކޮށް އަނބުރަމުންދާ މީސްތަކުން ތިމަން ރަސްކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ. (އެމީހުންނަށް ނިކަންހުރެ އެމީހުން އެ ކުރާ ނުބައިކަމުގެ ޖަޒާ ދެއްވޭ ހުއްޓެވެ.)\nއަޅެފަހެ (قيامة ދުވަހުން) ހެޔޮވެގެންވަނީ ނަރަކައަށް އެއްލެވޭ މީހާ ހެއްޔެވެ؟ ނުވަތަ އެދުވަހުން އެއްވެސް ބިރުވެރިކަމެއް ނެތި އަމާންކަމާއެކު އަންނަ މީހާ ހެއްޔެވެ؟ ތިޔަބައިމީހުން އެދޭ ގޮތަކަށް عمل ކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރާހައި ކަމެއް އެކަލާނގެ ދެނެވޮޑިގެން ވެއެވެ. އެކަންކަމަށް ބައްލަވާ ވޮޑިގެން ވެއެވެ.
Verse 41
إِنَّ ٱلَّذِينَ كَفَرُوا۟ بِٱلذِّكْرِ لَمَّا جَآءَهُمْ ۖ وَإِنَّهُۥ لَكِتَـٰبٌ عَزِيزٌ
Transliteration inna alladhīna kafarū bil-dhik'ri lammā jāahum wa-innahu lakitābun ʿazīzun
Dhivehi ހަމަކަށަވަރުން އެބައިމީހުންގެ ގާތަށް ذكر އައިހިނދު - އެބަހީ ކީރިތި قرآن އައިހިނދު - އެއަށް ކާފަރުވީ މީސްތަކުން ދަންނައެވެ. (އެކަމަށް ފުރިހަމަ ޖަޒާ އެމީހުންނަށް ދެއްވޭނެއެވެ.) ހަމަކަށަވަރުން އެފޮތަކީ އެފަދަ ދެވަނައެއް ނެތް عزّة ތެރި ފޮތެކެވެ. (حكم ތައް ގަދަވެގެންވާ ފޮތެކެވެ.)
Verse 42
لَّا يَأْتِيهِ ٱلْبَـٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ
Transliteration lā yatīhi l-bāṭilu min bayni yadayhi walā min khalfihi tanzīlun min ḥakīmin ḥamīdin
Dhivehi އެފޮތްވަނީ އެފޮތުގެ ކުރިމަތީންވެސް އަދި އެފޮތުގެ ފަހަތުން ވިޔަސް އެފޮތަށް باطل ކަމެއް ނާންނާނޭ ފޮތެވެ. އެބަހީ އެ ފޮތުގެ ކުރީ ބާވައިލެއްވުނު ފޮތްތަކުގައިވެސް އެ ފޮތް ދޮގުކުރެވޭނޭ ގޮތެއް ނެތެވެ. އަދި އެފޮތް باطل ކުރާނޭ ފޮތެއް ދެން ނާންނަ ހުއްޓެވެ. އެއީ حكمة ވަންތަ، އަދި އެކަލާނގެ އެންމެހައި ކަންކަމަށް حمد ލިބިވޮޑިގެންވާ ކަލާނގެ حضرة ން ބާވައިލައްވާފައިވާ ބާވައިލެއްވުމެކެވެ.
Verse 43
مَّا يُقَالُ لَكَ إِلَّا مَا قَدْ قِيلَ لِلرُّسُلِ مِن قَبْلِكَ ۚ إِنَّ رَبَّكَ لَذُو مَغْفِرَةٍ وَذُو عِقَابٍ أَلِيمٍ
Transliteration mā yuqālu laka illā mā qad qīla lilrrusuli min qablika inna rabbaka ladhū maghfiratin wadhū ʿiqābin alīmin
Dhivehi އޭ رسول الله އެވެ! އިސްވެދިޔަ أمّة ތަކުގައި އުޅުނު ކާފަރުންވެސް އެމީހުންގެ ގާތަށް ފޮނުއްވުނު رسول ބޭކަލުންނާ ދިމާއަށްވެސް ބުނަމުން ގެންދިޔަ ފަދައިން މެނުވީ ކަލޭގެފާނުންގެ قوم ގެ ކާފަރުންވެސް ކަލޭގެފާނާ ދިމާއަށް ބުނާކަމުގައި ނުވެއެވެ. ބުނަނީ ދާދި އެއްކަހަލަ ގޮތަކަށެވެ. (އެމީހުންވެސް އެމީހުންގެ رسول ބޭބޭކަލުންނަށް ބުނަނީ މޮޔައެއް ކަމަށެވެ. ނުވަތަ سحر ޖެހިފައިވާ މީހަކު ކަމަށެވެ. ނުވަތަ އެނޫންވެސް އެބާވަތުގެ ކޮންމެވެސް ނުބައި އެއްޗެކެވެ. ކަލޭގެފާނާ ދިމާއަށްވެސް ކަލޭގެފާނުންގެ قوم ގެ މީހުން އެ ބުނަނީ ދޮގުވެރިއެކޭ، މޮޔައެކޭ، ނުވަތަ ޅެންވެރިއެކޭ ނުވަތަ سحر ޖެހިފައެވެ. ދެންވެސް މިބާވަތުގެ ނުބައި لفظ އެކެވެ. ވާހަކަ ހަމަ އެއް ވާހަކައެކެވެ. ތަނާއި، މީހުންނާ ތަފާތީއެވެ. އެހެން ވީއިރު އެއީ އާކަމެއް ނޫނެވެ. އެކަމާ ދެރަފުޅުވާނޭ ކަމެއް ނެތެވެ.)\nހަމަކަށަވަރުން توبة ވެ، ﷲ އަށް رجوع ވެއްޖެ މީހަކަށް އެކަލާނގެއީ ފާފަ ފުއްސެވުމުގެ ވެރި ކަލާނގެއެވެ. އަދި ނުކިޔަމަންތެރިވެއްޖެ މީހަކަށް ވޭން ގަދަވެގެންވާ عذاب ދެއްވުމުގެ ވެރި ކަލާނގެއެވެ.
Verse 44
وَلَوْ جَعَلْنَـٰهُ قُرْءَانًا أَعْجَمِيًّا لَّقَالُوا۟ لَوْلَا فُصِّلَتْ ءَايَـٰتُهُۥٓ ۖ ءَا۬عْجَمِىٌّ وَعَرَبِىٌّ ۗ قُلْ هُوَ لِلَّذِينَ ءَامَنُوا۟ هُدًى وَشِفَآءٌ ۖ وَٱلَّذِينَ لَا يُؤْمِنُونَ فِىٓ ءَاذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُو۟لَـٰٓئِكَ يُنَادَوْنَ مِن مَّكَانٍۭ بَعِيدٍ
Transliteration walaw jaʿalnāhu qur'ānan aʿjamiyyan laqālū lawlā fuṣṣilat āyātuhu āʿ'jamiyyun waʿarabiyyun qul huwa lilladhīna āmanū hudan washifāon wa-alladhīna lā yu'minūna fī ādhānihim waqrun wahuwa ʿalayhim ʿaman ulāika yunādawna min makānin baʿīdin
Dhivehi އަދި عرب ބަސް ނޫން އެހެން ބަހަކުން ތިމަން ރަސްކަލާނގެ އެ قرآن ބާވައިލެއްވިނަމަ ހަމަކަށަވަރުން އެ ކާފަރުން ބުނީހެވެ. މި ފޮތުގެ އާޔަތްތައް تفصيل ކޮށް އޮޅުންފިލާ ގޮތަށް (عرب ބަހުން) ވާނޭނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ މިހާރު މި ހުރީ عرب ބަހުން ވާހަކަދައްކާ رسول ބޭކަލަކާއި، عجمى ބަހުން (عرب ބަސް ނޫން ބަހަކުން) ވާ ފޮތެކެވެ. (މިއީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫނެވެ. އަހުރެމެން ވެސް މި ވާހަކަދައްކަނީ عرب ބަހުންނެވެ. ފޮތް ތިޔަ ވަނީ އެހެން ބަހަކުންނެވެ. މި ބާވަތުގެ ބަހަނާތަކެއް ދެއްކީހެވެ.) އޭ رسول الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ. އެއީ މީސްތަކުންނަށް ވާ ތެދުމަގެކެވެ. އަދި އެކިއެކި ބަލިތަކަށް ވާ شفاء އެކެވެ. ބަލި ފަސޭހަކޮށްދޭ ފަރުވާއެކެވެ. އެހެންނަމަވެސް އީމާންނުވާ މިސްތަކުންގެ ކަންފަތްތަކުގައި އެވަނީ (حقّ ބަހެއް ނުވަންނާނޭ ގޮތުން) ހުރަހެއް އެޅި ބަންދުވެފައެވެ. އަދި އެމީހުންގެ ލޯތައް އެ ވަނީ (ހުޅުވިފައި ހުރުމާއެކުވެސް) އެ قرآن ގެ حقّ އާއި، އަލިކަން ނުފެންނާނޭ ގޮތުން އަނދިރިވެފައެވެ. ބަޔަކަށް ދުރުން ގޮވާ މީހަކު ފަދައިން އަޑު އިވުނަސް ގޮވާ އެއްޗެއް އޮޅުން ނުފިލާ ބަޔަކަށް ވެފައެވެ. އެގޮތަށް އެމީހުންނަށްވެސް ދުރުން ގޮވެނީއެވެ. ގޮވޭ އެއްޗެއް ނޭނގެއެވެ
Verse 45
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَٱخْتُلِفَ فِيهِ ۗ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ ۚ وَإِنَّهُمْ لَفِى شَكٍّ مِّنْهُ مُرِيبٍ
Transliteration walaqad ātaynā mūsā l-kitāba fa-ukh'tulifa fīhi walawlā kalimatun sabaqat min rabbika laquḍiya baynahum wa-innahum lafī shakkin min'hu murībin
Dhivehi އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. توراة ދެއްވީމެވެ. ފަހެ އެ ފޮތާމެދުވެސް إختلاف ވެވުނެވެ. (އެމީހުންގެ ތެރޭގައިވެސް ތިބީ އެ ފޮތް ތެދުކުރި މީހުންނާއި، އެ ފޮތް ދޮގުކުރި މީހުންނެވެ. އެ ފޮތަށް عمل ކުރި މީހުންނާއި، ނުކުރާ މީހުންނެވެ.) ފަހެ ކަލޭގެފާނުންގެ ربّ ގެ حضرة ން ބަސްފުޅެއް އިސްވެ ގޮސްފައި ނުވާނަމަ އެބަހީ އެބައިމީހުންނަށް ނިޔާކޮށް جزاء ދެއްވުން ފަސްކުރެއްވުމަށް ބަސްފުޅު ނުވާނަމަ) މި ދުނިޔޭގައި އެމީހުންގެ މެދުގައި ނިޔާކުރެވި فيصلة ކުރެވި ނިމިއްޖައީހެވެ. އަދި އެމީހުން އެ ވަނީ މި قرآن އާމެދު شكّ އެއްގައެވެ.
Verse 46
مَّنْ عَمِلَ صَـٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّـٰمٍ لِّلْعَبِيدِ
Transliteration man ʿamila ṣāliḥan falinafsihi waman asāa faʿalayhā wamā rabbuka biẓallāmin lil'ʿabīdi
Dhivehi އަދި إيمان ވެ صَالِحُ عَمَلُ ކޮށްފި މީހާ ދަންނައެވެ. އެމީހާ އެ ކުރި ހެޔޮކަމެއްގެ ދަރުމަ އޮންނާނީ ހަމަ އެމީހަކަށެވެ. އޭގެ ފައިދާ އޭނާއަށް ކުރާނެއެވެ. އަދި ނަފުސަށް ނުބައިކުރި މީހާގެ ނުބައިކަން ހުންނާނީވެސް ހަމަ އޭނާއަށެވެ. އޭގެ ބުރަ އޭނާ އުފުލާނެއެވެ. އަދި އަޅުތަކުންނަށް އަނިޔާވެރިވެ ވޮޑިގެންވާ (އަނިޔާ ކުރައްވާ) ކަލަކު ކަމުގައި ކަލޭގެފާނުންގެ رَبُّ ނުވެއެވެ.
Verse 47
۞ إِلَيْهِ يُرَدُّ عِلْمُ ٱلسَّاعَةِ ۚ وَمَا تَخْرُجُ مِن ثَمَرَٰتٍ مِّنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَآءِى قَالُوٓا۟ ءَاذَنَّـٰكَ مَا مِنَّا مِن شَهِيدٍ
Transliteration ilayhi yuraddu ʿil'mu l-sāʿati wamā takhruju min thamarātin min akmāmihā wamā taḥmilu min unthā walā taḍaʿu illā biʿil'mihi wayawma yunādīhim ayna shurakāī qālū ādhannāka mā minnā min shahīdin
Dhivehi قيامة ދުވަހާ ބެހޭ އެންމެހައި އެނގުމެއް ރައްދުވެގެން ވަނީ ހަމައެކަނި އެކަލާނގެ حضرة އަށެވެ. އެކަމާ ބެހޭ އެއްވެސް އެނގުމެއް އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެއީ علم الغيب ގެ ތެރޭ ހިމެނޭ ކަންކަމުގެ ތެރެއިން އެއް ކަމެވެ. އަދި ގަސްގަހުގެ މޭވާ ގޮފިގަނޑުގެ ތެރެއިން / ފުޅަފީގެ ނުވަތަ އެތުގެ ތެރެއިން މޭވާއެއް ވިޔަސް އަދި މާބަނޑު ތަކެތީގެ ބަނޑުގައިވާ ދަރިއެއް ވިޔަސް އަދި ދަރިޔަކު ވިހެޔަސް މިއިން އެއްވެސް ކަމެއް ﷲ ގެ ދެނެވޮޑިގަތުމާއެކު މެނުވީ ނުހިނގައެވެ.\nފަހެ މި ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ މަތިވެރި ކަލާނގެއާއި، އެހެން ތަކެއްޗާ ޝަރީކު ކުރާ މީހުންނަށް ގޮވޭނޭ ދުވަސް ހަނދާންކުރާށެވެ. އެމީހުންނާ مخاطب ކުރައްވައި ﷲ އަންގަވާނެއެވެ. ދުނިޔޭގައި ތިޔަބައިމީހުން ތިމަން ރަސްކަލާނގެއާ شريك ކޮށް އުޅުނު شريك ންތައް ފަހެ ކޮބައިހެއްޔެވެ؟ އޭގެ جواب ގައި އެމީހުން ދަންނަވާނެއެވެ. އިބަރަސްކަލާނގެއަށް شريك އަކު ވާކަމުގައި ހެކިދޭނޭ އެކަކުވެސް ނުވާ ކަމަށް އަޅަމެން އިބަރަސްކަލާނގެއަށް إعلان ކޮށް ދަންނަވަމެވެ.
Verse 48
وَضَلَّ عَنْهُم مَّا كَانُوا۟ يَدْعُونَ مِن قَبْلُ ۖ وَظَنُّوا۟ مَا لَهُم مِّن مَّحِيصٍ
Transliteration waḍalla ʿanhum mā kānū yadʿūna min qablu waẓannū mā lahum min maḥīṣin
Dhivehi އަދި މީގެ ކުރީ، އެބަހީ އެބައިމީހުން ދުނިޔޭގައި އުޅުނުއިރު (ﷲ ފިޔަވައި) ގޮވައި، دعاء ކޮށް އުޅުނު އެންމެހައި ތަކެތި އެމީހުންގެ ކިބައިން ގެއްލިގެން ދިޔައީއެވެ. (އެދުވަހުން އެތަކެތި ނުފެންނާނެއެވެ.) އަދި އެހިނދުން ﷲ ގެ عذاب އާއި، ކޯފާއިން ފިލައިގެން ސަލާމަތްވާން ދާނޭ އެއްވެސް ތަނެއް ނެތްކަން އެމީހުންނަށް ރަނގަޅަށް يقين ވެދާނެއެވެ.
Verse 49
لَّا يَسْـَٔمُ ٱلْإِنسَـٰنُ مِن دُعَآءِ ٱلْخَيْرِ وَإِن مَّسَّهُ ٱلشَّرُّ فَيَـُٔوسٌ قَنُوطٌ
Transliteration lā yasamu l-insānu min duʿāi l-khayri wa-in massahu l-sharu fayaūsun qanūṭun
Dhivehi ހެޔޮ ކަންތަކަށް އެދި دعاء ކުރުމުގައި އިންސާނާ ފޫހި ނުވެއެވެ. (އެބަހީ މުދަލާއި، صحّة އާއި، ވެރިކަމާއި، އަދި މަތިވެރި ދަރަޖަދެއްވުން އެދި دعاء ކުރުމުގައި ފޫހި ނުވެއެވެ. ފޫހި ނުވެސްވާނެއެވެ.) އަދި އޭނާއަށް އުނދަގުލެއް / ނުވަތަ ނުބައިކަމެއް ދިމާވެއްޖެއްޔާއި، އޭނާ ނާއުއްމީދުވެ ﷲ ގެ رحمة ން މުޅީން މާޔޫސް ވެދެއެވެ. (އެބަހީ އޭނާއަށް فقير ކަމެއް / ބަލިމަޑުކަމެއް / އަދި ދެރަކަމެއް ދިމާވެއްޖެއްޔާއި، އޭނާ މުޅީން މާޔޫސްވެ ނާއުއްމީދު ވެދެއެވެ.) މިއީ عامّ ކޮށް އިންސާނުންގެ حال ހުންނަ ގޮތެވެ.
Verse 50
وَلَئِنْ أَذَقْنَـٰهُ رَحْمَةً مِّنَّا مِنۢ بَعْدِ ضَرَّآءَ مَسَّتْهُ لَيَقُولَنَّ هَـٰذَا لِى وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّجِعْتُ إِلَىٰ رَبِّىٓ إِنَّ لِى عِندَهُۥ لَلْحُسْنَىٰ ۚ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُوا۟ بِمَا عَمِلُوا۟ وَلَنُذِيقَنَّهُم مِّنْ عَذَابٍ غَلِيظٍ
Transliteration wala-in adhaqnāhu raḥmatan minnā min baʿdi ḍarrāa massathu layaqūlanna hādhā lī wamā aẓunnu l-sāʿata qāimatan wala-in rujiʿ'tu ilā rabbī inna lī ʿindahu lalḥus'nā falanunabbi-anna alladhīna kafarū bimā ʿamilū walanudhīqannahum min ʿadhābin ghalīẓin
Dhivehi އަދި އެ އިންސަނާއަށް ޖެހުނު ކޮންމެވެސް مصيبة އަކާއި، ދެރައަކަށްފަހު ތިމަން ރަސްކަލާނގެ حضرة ން رحمة އެއްގެ ރަހަ އޭނާއަށް ދައްކަވައިފިއްޔާ އޭނާ ބުނާނެއެވެ. މިއީ އަހުރެން ކުރި عمل ގެ ސަބަބުން އަހުރެންނަށް މި ލިބެން حقّ ކަމުގައި ވާތީ އަހުރެންނަށް ލިބުނު އެއްޗެކެވެ. އަހުރެން ހީކުރާ ގޮތުގައި / يقين ކުރާ ގޮތުގައި ތިޔަބުނާ قيامة އެއް ނާންނާނެއެވެ. އަދި ތިޔަ ބުނާގޮތަށް ދެން قيامة ދުވަސް އަޔަސް، އެތާނގައިވެސް އަހުރެންގެ ربّ ގެ حضرة ން އަހުރެންނަށް މާތްކަމާއި، كرامة އާއި، އަދި ސުވަރުގެ ހުންނާނެއެވެ.\nފަހެ ކާފަރުވީ މީސްތަކުންނަށް އެބައިމީހުން ކުރި ކަންތަކުގެ خبر އެމީހުންނަށް ތިމަން ރަސްކަލާނގެ އަންގަވާ ހުށީމެވެ. އަދި އެމީހުންނަށް ވަރަށް ގަދަވެގެންވާ عذاب ތިމަން ރަސްކަލާނގެ ދެއްވާ ހުށީމެވެ.
Verse 51
وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَـٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٍ
Transliteration wa-idhā anʿamnā ʿalā l-insāni aʿraḍa wanaā bijānibihi wa-idhā massahu l-sharu fadhū duʿāin ʿarīḍin
Dhivehi އަދި عامّ ކޮށް އިންސާނާގެ قواعد އަކީ ތިމަން ރަސްކަލާނގެ އޭނާއަށް نعمة އެއް ދެއްވައި، ތަނަވަސްކަމެއް ދެއްވައިފިއްޔާ އެނބުރި ފުރަގަސް ދިނުމެވެ. އެބަހީ ތިމަން ރަސްކަލާނގެއަށް شكر ކުރުން ފިޔަވައި އެނބުރި ނުކިޔަމަންތެރިވެގަނެއެވެ. އަދި ތިމާ އަމިއްލައަށް ބޮޑާވެ كبر ވެރިވެ މަތިހަށިނަގައެވެ. އެހެން އުޅެނިކޮށްވެސް އޭނާއަށް ނުބައެއް އަދި ދެރަކަމެއް ދިމާވެއްޖެއްޔާ ދެން އޭނާ ވަރަށް ފުޅާކޮށް، ދިގުކޮށް، ތަނަވަސްކޮށް دعاء ކޮށް ހަދައެވެ.
Verse 52
قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ ثُمَّ كَفَرْتُم بِهِۦ مَنْ أَضَلُّ مِمَّنْ هُوَ فِى شِقَاقٍۭ بَعِيدٍ
Transliteration qul ara-aytum in kāna min ʿindi l-lahi thumma kafartum bihi man aḍallu mimman huwa fī shiqāqin baʿīdin
Dhivehi އޭ رسول الله އެވެ! ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ. ތިމަން ކަލޭގެފާނަށް خبر ދީބަލާށެވެ! އެ قرآن ބާވައިލައްވާފައި ވަނީ ﷲ ގެ حضرة ން ކަމުގައި ވެފައި ދެން ތިޔަބައިމީހުން އެ ފޮތަށް ކާފަރުވެއްޖެއްޔާއި، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ (އެފަދަމީހާ ވާނީ އެންމެ ބޮޑަށް މަގުފުރެދިގެންވާ މީހަކު ކަމުގައެވެ.) ނުހަނު ބޮޑަށް ދެކޮޅުވެރިވެ عداوة ތެރި ވެގެންވާ މީހަކަށްވުރެ ބޮޑަށް މަގުފުރެދިގެން ވަނީ ކާކު ހެއްޔެވެ؟ އެބަހީ އޭނާއަކީ އެވަރަށް މަގުފުރެދިގެންވާ މީހެކެވެ.
Verse 53
سَنُرِيهِمْ ءَايَـٰتِنَا فِى ٱلْـَٔافَاقِ وَفِىٓ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَىْءٍ شَهِيدٌ
Transliteration sanurīhim āyātinā fī l-āfāqi wafī anfusihim ḥattā yatabayyana lahum annahu l-ḥaqu awalam yakfi birabbika annahu ʿalā kulli shayin shahīdun
Dhivehi قرآن އަކީ حقّ ތެދު ކަމާއި، އެފޮތް ބާވައިލައްވާފައިވަނީ ﷲ ކަމާއި، އަދި އެ ފޮތާއިގެން ވަޑައިގެންނެވީ محمّد ﷺ ކަން ރަނގަޅަށް އެނގި، ބަޔާން ވާނދެން މުޅި أفق ތަކުގައި، އެބަހީ އުޑާއި، ބިމުގެ ކަންކޮޅުތަކުގައި ތިމަން ރަސްކަލާނގެ އެކިއެކި ދަލީލު، މީސްތަކުންނަށް ދައްކަވާ ހުށީމެވެ. އަދި ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ އެއީ ހެކި ދެއްވާ ފަރާތެއް ކަމުގައި ފަހެ ނުފުދޭ ހެއްޔެވެ؟ (އެބަހީ ކާފަރުން ކުރަމުން ގެންދާ ނުބައި عمل ތަކަށާއި، އަދި قرآن ބާވައިލައްވާފައި ވަނީ ﷲ ގެ حضرة ން ކަމުގެ މައްޗަށާއި މިކަންކަމަށް ހެކި ދެއްވާ ފަރާތެއް ކަމުގައި ﷲ ނުފުދޭ ހެއްޔެވެ؟
Verse 54
أَلَآ إِنَّهُمْ فِى مِرْيَةٍ مِّن لِّقَآءِ رَبِّهِمْ ۗ أَلَآ إِنَّهُۥ بِكُلِّ شَىْءٍ مُّحِيطٌۢ
Transliteration alā innahum fī mir'yatin min liqāi rabbihim alā innahu bikulli shayin muḥīṭun
Dhivehi ދަންނައެވެ. އެމީހުން އެވަނީ ހަމަކަށަވަރުންވެސް އެމީހުންގެ ربّ އާ ބައްދަލުވުމާމެދު ޝައްކެއްގައެވެ. (محشر އަށް ފޮނުއްވުމާއި، حساب ބެއްލެވުމާއި، ثواب އާއި، عذاب ދެއްވުމާމެދު ޝައްކެއްގައެވެ.) ދަންނާށެވެ. ހަމަކަށަވަރުން އެކަލާނގެ ދެނެވޮޑިގަތުމާއި، ކުޅަދުންވަންތަކަން އެންމެހައި ތަކެތީގެ ވަށައިގެން ވެއެވެ.
Read Surah Fussilat in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.