Surah At-Tur in Dhivehi: translation and audio
Surah 52 · الطور · The Mount · 49 verses
Surah At-Tur verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah At-Tur word by word in English.
Verse 1
وَٱلطُّورِ
Transliteration wal-ṭūri
Dhivehi طور ފަރުބަދަ ގަންދެއްވައި ﷲ تعالى ހުވައި وحِى ކުރައްވައެވެ. (طور ފަރުބަދައަކީ سيناء އެވެ. ކިޔާ ތާނގައި އޮންނަ ފަރުބަދައެކެވެ. އެ ފަރުބަދަ مشهور ވެފައި ވަނީ موسى عليه السلام އެ ފަރުބަދަ މަތީގައި ނުވަތަ އެތާ ގާތުގައި ހުންނަވަނިކޮށް ﷲ تعالى އެކަލޭގެފާނަށް وحِى ބާވާތްލެއްވުމުންނެވެ. އަދި އެ ފަރުބަދައަށް ﷲ تجلى ވެވޮޑިގަތުމުންނެވެ.) والله أعلم\nދަންނައެވެ. ﷲ އެދިވޮޑިގެންނެވި ކޮންމެ އެއްޗެއް ގަންދެއްވައި ހުވައިކުރެއްވުމީ ﷲ تعالى ގެރަސްކަން ފުޅަށް جائز ކަމެކެވެ. އެކަމަކު އެކަލާނގެ مخلوق ންނަށް ﷲ ގަންދީ، ނުވަތަ އެކަލާނގެ إسم ފުޅެއް ނުވަތަ صفة އެއް ގަންދީނޫނީ ހުވައިކުރުން ހުއްދަވެގެން ނުވެއެވެ. جائز ވެގެން ނުވެއެވެ.
Verse 2
وَكِتَـٰبٍ مَّسْطُورٍ
Transliteration wakitābin masṭūrin
Dhivehi އަދި ލިޔެވިގެންވާ ފޮތް ގަންދެއްވައި ﷲ تعالى ހުވައި وحِى ކުރައްވައެވެ.
Verse 3
فِى رَقٍّ مَّنشُورٍ
Transliteration fī raqqin manshūrin
Dhivehi އެފޮތަކީ ތުނި، ރީތި ހަމުގައި ލިޔެވިފައިވާ ފޮތެކެވެ.\nދަންނައެވެ. މި ދެއާޔަތުގައި ސިފަކުރައްވާފައިވާ ފޮތަކާމެދު تفسير علم ވެރީންގެ ބަސް ތަފާތުވެގެން ވެއެވެ. އެއީ لوح المحفوظ ކަމުގައި— قرآن ކަމުގައި - ނުވަތަ ﷲ ބާވައިލެއްވި ހުރިހާ ފޮތެއް ކަމުގައި - ނުވަތަ موسى عَليه السلام އަށް ބާވައިލެއްވި لوح ތައް ކަމުގައި - ނުވަތަ ދެ މަލާއިކަތް ބޭކަލުން ލިޔުއްވާ ދެ ފަތް ކަމުގައި - ނުވަތަ ކަމުގައި ބުނެވެއެވެ. މި ހުރިހާ ގޮތްގޮތަށް ބުނެވިފައި އެބަ ހުއްޓެވެ. ގިނަ ބޭކަލުން ބުރަވެލައްވަނީ ކީރިތި — قرآن ކަމަށެވެ. والله أعلم.
Verse 4
وَٱلْبَيْتِ ٱلْمَعْمُورِ
Transliteration wal-bayti l-maʿmūri
Dhivehi بيت المعمور ގަންދެއްވައި ﷲ تعالى ހުވައި وحِى ކުރައްވައެވެ. (بيت المعمور އަކީ: ހަތްވަނައުޑުގައިވާ ގެފުޅެވެ. އެއީ ملائكة ބޭކަލުންގެ ގެފުޅެވެ. އެތަނަށް ކޮންމެ ދުވަހަކު ހަތްދިހަހާސް މަލާއިކަތް ބޭކަލުން ވެދެވަޑައިގަންނަވާ ކަމުގައި ވެއެވެ. އަދި އެއްދުވަހު ވެދެވަޑައިގަތް ބޭކަލަކު ދެން ވެދެވަޑައި ނުގަންނަވާ ކަމުގައި ވެއެވެ. އެތަން ހުންނަނީ ބިމުގައި ހުންނަ كعبة الله އާހަމަ ދިމާގައި ކަމުގައި ވެއެވެ. މި خبر ތައް صحّ މަގުން حديث ގައި ވާރިދުވެގެން އައިސްފައި ވެއެވެ.) والله أعلم.
Verse 5
وَٱلسَّقْفِ ٱلْمَرْفُوعِ
Transliteration wal-saqfi l-marfūʿi
Dhivehi އަދި އުފުލިގެންވާ ފުރާޅު يعني އުޑު ގަންދެއްވައި ﷲ تعالى ހުވައި وحِى ކުރައްވައެވެ.
Verse 6
وَٱلْبَحْرِ ٱلْمَسْجُورِ
Transliteration wal-baḥri l-masjūri
Dhivehi އަދި އަލިފާން ރޯވާ ކަނޑު ނުވަތަ ފުރިފައިވާ ކަނޑު ގަންދެއްވައި ﷲ ހުވައި وحِى ކުރައްވައެވެ.\nދަންނައެވެ. قيامة ދުވަހުން ކަނޑުގައި އަލިފާން ރޯވެ އަނދާނޭ ކަމުގައި قرآن ގެ އެހެން آية އަކުންވެސް دليل ކުރެއެވެ. އެއީ (وَإذَاالْبِحارُ سُجِّرَتْ) މިއެވެ.
Verse 7
إِنَّ عَذَابَ رَبِّكَ لَوَٰقِعٌ
Transliteration inna ʿadhāba rabbika lawāqiʿun
Dhivehi (އިސްވެދިޔަ ހުރިހާ ހުވައިގެ ޖަވާބަކީ ނުވަތަ އެ ހުވައިން މުރާދުކުރެވެނީ) ހަމަކަށަވަރުން (އޭ رسول الله އެވެ.) ކަލޭގެފާނުންގެ رب ގެ عذاب އަކީ ކަނޑައެޅިގެން ހަމަ يقين ންވެސް އޮންނާނޭ އެއްޗެކެވެ. (قيامة ދުވަހުން އެ عذاب حق ވެއްޖެ ބަޔަކަށް އެ عذاب ނުޖެހި ނުދާނޭ ކަމީ ކަށަވަރު ކަމެކެވެ. އެ ހުރިހާ އެއްޗެއް ގަންދެއްވައި ﷲ تعالى އެ ހުވައި وحي ކުރައްވާ ކަމަކީ يقين ކަމެކެވެ. އެންމެހާ އަޅުތަކުން އެކަމަށް ބިރުވެތިވެ އެ عذاب ން ސަލާމަތް ވޭތޯ މަސައްކަތްކުރުން ކޮންމެހެން وَاجِبُ ވެގެން ވެއެވެ. އެ عذاب دفاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ.
Verse 8
مَّا لَهُۥ مِن دَافِعٍ
Transliteration mā lahu min dāfiʿin
Dhivehi އެ عذاب دفاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ. (އެ عذاب އަކީ ﷲ ގެ حضرة ން އަންނަ عذاب އެއް ކަމުގައި ވީ ހިނދުން އެކަލާނގެ މެނުވީ އެ عذاب دفاع ކޮށްލެވޭނޭ ހަމަ އެކަކުވެސް ނުވެއެވެ.
Verse 9
يَوْمَ تَمُورُ ٱلسَّمَآءُ مَوْرًا
Transliteration yawma tamūru l-samāu mawran
Dhivehi އެދުވަހަކީ يعني އެ عذاب އަންނަ ދުވަހަކީ އުޑު ތެޅިގަނެ حركاة ކޮށް ކުދިކުދިވާ ދުވަހެވެ. އަދި އޭގެ މަގާމުން ނެއްޓިގެންދާ ދުވަހެވެ.
Verse 10
وَتَسِيرُ ٱلْجِبَالُ سَيْرًا
Transliteration watasīru l-jibālu sayran
Dhivehi އަދި ފަރުބަދަތައް ހުރި ތަންތަނުން ވަކިވެ ވަޔަށް ބުރައިގެންދާނޭ ދުވަހެވެ. އެއީ قيامة ދުވަހެވެ.
Verse 11
فَوَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Transliteration fawaylun yawma-idhin lil'mukadhibīna
Dhivehi ދޮގުވެރީންނަށް އެދުވަހުން ويل ހުއްޓެވެ. ނަރަކައިގެ ގަދަ عذاب ހުއްޓެވެ.
Verse 12
ٱلَّذِينَ هُمْ فِى خَوْضٍ يَلْعَبُونَ
Transliteration alladhīna hum fī khawḍin yalʿabūna
Dhivehi އެ ދޮގުވެރީންނަކީ ކަނޑައެޅިގެން باطل ގެ ތެރޭގައި ދެފުށުއެޅިއެޅި ތިބޭ މީހުންނެވެ. (محمّد ގެފާނާމެދު ދޮގުހަދާ، މަލާމާތްކޮށް، ءاخرة ހަނދާން ނައްތާލާ، ދުނިޔޭގެ މަޖަލުގެ ތެރެއަށް ފީނައިގަނެގެން ތިބި މީހުންނެވެ.)
Verse 13
يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا
Transliteration yawma yudaʿʿūna ilā nāri jahannama daʿʿan
Dhivehi އެދުވަހުން (އެ ދޮގުވެރީން) އެމީހުން ނަރަކައިގެ އަލިފާނުގެ ތެރެއަށް ކޮއްޕަމުން، ގަޅުވަމުން ގަދަފަދަކަމާއެކު ގެންދެވޭނެއެވެ.
Verse 14
هَـٰذِهِ ٱلنَّارُ ٱلَّتِى كُنتُم بِهَا تُكَذِّبُونَ
Transliteration hādhihi l-nāru allatī kuntum bihā tukadhibūna
Dhivehi (އަދި އެދުވަހުން އެމީހުންނަށް ގޮވޭނެއެވެ.) މި އަލިފާނަކީ، (ކަލޭމެން ވަދެ ތިޔަ ތިބި އަލިފާނަކީ، ދުނިޔޭގައި ކަލޭމެން އުޅުނުއިރު) އެ އަލިފާން ދޮގުކުރި ކަމުގައިވީ އަލިފާނެވެ.
Verse 15
أَفَسِحْرٌ هَـٰذَآ أَمْ أَنتُمْ لَا تُبْصِرُونَ
Transliteration afasiḥ'run hādhā am antum lā tub'ṣirūna
Dhivehi އަޅެ ފަހެ ތިޔައީ سحر އެއް ހެއްޔެވެ؟ (رسول ބޭކަލުންނާއި، އެބޭކަލުންގެ ފޮތްތަކާމެދު ކަލޭމެން ބުނެއުޅުނީ سحر ކަމަށެވެ.) ނުވަތަ ކަލޭމެންނަށް ނުފެންނަނީ ހެއްޔެވެ؟ (ދުނިޔޭގައި ކަލޭމެން حقّ ން އަނދިރިވެގެންވީ ފަދައިން މިއަދުވެސް ވަނީ އަނދިރިވެގެން ހެއްޔެވެ؟ މިފާޑުގެ ހުރިހާ ބަސްތަކެއް އެމީހުންނަށް މަލާމާތުގެ ގޮތުންނާއި، عذاب އިތުރު ކުރެއްވުމުގެ ގޮތުން އެމީހުންނަށް އިއްވޭނެއެވެ.)
Verse 16
ٱصْلَوْهَا فَٱصْبِرُوٓا۟ أَوْ لَا تَصْبِرُوا۟ سَوَآءٌ عَلَيْكُمْ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
Transliteration iṣ'lawhā fa-iṣ'birū aw lā taṣbirū sawāon ʿalaykum innamā tuj'zawna mā kuntum taʿmalūna
Dhivehi ކަލޭމެން އެ ނަރަކައަށް ވަންނާށެވެ. އަދި އެތާނގެ ހޫނުކަމާއި، ގަދަ عذاب ގެ ރަހަ ލިބިގަންނާށެވެ. ފަހެ ކަލޭމެން ކެތްކުރިޔަސް ނުވަތަނުކުރިޔަސް ކަލޭމެން އެ عذاب تحمّل ކުރާށެވެ. އެ ދެގޮތްވެސް ކަލޭމެންގެ މައްޗަށް ހަމަހަމަވެގެން ވެއެވެ. ހަމަ ކަށަވަރުން ކަލޭމެންނަށް عذاب ލިބެމުން ތިޔަ ދަނީ ކަލޭމެން ދުނިޔޭގައި ތިބެގެން ކުރަމުންދިޔަ ކަންތަކުގެ ސަބަބުންނެވެ.
Verse 17
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَنَعِيمٍ
Transliteration inna l-mutaqīna fī jannātin wanaʿīmin
Dhivehi ހަމަކަށަވަރުން تقوى ވެރީން قيامة ދުވަހުން ވާނީ ބަގީޗާތަކާއި، އެބަހީ ސުވަރުގެތަކާއި، نعمة ތަކުގައެވެ. (މާތްވެގެންވާ ސުވަރުގޭގެ ކޮޓަރި ކޮޅުތަކުގައި ﷲ އެބައިމީހުންނަށް ދެއްވާ ދަރުމަކުރެއްވި عدد ނުވެވޭހައި ގިނަގުނަ نعمة ގައެވެ.)
Verse 18
فَـٰكِهِينَ بِمَآ ءَاتَىٰهُمْ رَبُّهُمْ وَوَقَىٰهُمْ رَبُّهُمْ عَذَابَ ٱلْجَحِيمِ
Transliteration fākihīna bimā ātāhum rabbuhum wawaqāhum rabbuhum ʿadhāba l-jaḥīmi
Dhivehi އަދި އެބައިމީހުންގެ ربّ އެބައިމީހުންނަށް ދެއްވި މާތްވެގެންވާ ބުއިންތަކާއި، ކެއުންތަކުން لذّة حاصل ކޮށްކޮށެވެ. އަދި ނަރަކައިގެ އެކި ވަންނިވަންނީގެ عذاب ން އެމީހުންގެ ربّއެމީހުން ސަލާމަތްކުރެއްވިއެވެ.
Verse 19
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ
Transliteration kulū wa-ish'rabū hanīan bimā kuntum taʿmalūna
Dhivehi (އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވޭނެއެވެ.) ކަލޭމެން ތަނަވަސްކަމާއި، ހިތްފަސޭހަކަމާއެކު ކައިބޮއި ހަދަމުން ގެންދާށެވެ. އެއީ ކަލޭމެން (ދުނިޔޭގައި ތިބެގެން) ކުރަމުން ގެންދިޔަ ހެޔޮ عمل ތަކުގެ ސަބަބުންނެވެ.
Verse 20
مُتَّكِـِٔينَ عَلَىٰ سُرُرٍ مَّصْفُوفَةٍ ۖ وَزَوَّجْنَـٰهُم بِحُورٍ عِينٍ
Transliteration muttakiīna ʿalā sururin maṣfūfatin wazawwajnāhum biḥūrin ʿīnin
Dhivehi އެމީހުން އެ ސުވަރުގޭގައި ތިބޭއިރު ތިބޭނީ ސަފުސަފަށް އެތުރިފައި ހުންނަ ރީތި ސޯފާ އެނދުތަކުގައި ލެނގިލައިގެން عزّة ތެރިކަމާއި އުފާވެރިކަމާ އެކުގައެވެ. އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ރިވެތިވެގެންވާ، މާތްވެގެންވާ حورالعين ން (ކާވެނިކޮށްދެއްވާ) ގުޅައިދެއްވާހުށީމެވެ.
Verse 21
وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَـٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَـٰهُم مِّنْ عَمَلِهِم مِّن شَىْءٍ ۚ كُلُّ ٱمْرِئٍۭ بِمَا كَسَبَ رَهِينٌ
Transliteration wa-alladhīna āmanū wa-ittabaʿathum dhurriyyatuhum biīmānin alḥaqnā bihim dhurriyyatahum wamā alatnāhum min ʿamalihim min shayin kullu im'ri-in bimā kasaba rahīnun
Dhivehi އަދި إيمان ވެގެން ތިބި مؤمن ންނާ، އެބައިމީހުންގެ إيمان ވި ދަރިފަސްކޮޅު ތަބާވާ ހުއްޓެވެ. (އެބަހީ ދަރިފަސްކޮޅުގެ إيمان ކަން ދެރަވެފާ ضعيف ނަމަވެސް އެމީހުންގެ ސުވެރުގޭގައި ތިބި މައިންބަފައިންނާ ބައްދަލުވާ ހުއްޓެވެ. އެއީ އެމީހުންނަށް ދެއްވާ މާތްކަމެކެވެ. އުފާވެރިކަން ފުރިހަމަވުމަށް ޓަކައެވެ. އެހެންވެ ﷲ تعالى وحِى ކުރައްވައެވެ.) އެމީހުންނާއި، يعني ސުވަރުގޭގައި ތިބި مؤمن ންނާއި، އެމީހުންގެ ދަރިފަސްކޮޅު ތިމަން ރަސްކަލާނގެ ގުޅުވައިދެއްވައި، ބައްދަލުކޮށްދެއްވާ ހުށީމެވެ. އަދި އޭގެ ސަބަބުން އެ مؤمن މައިންބަފައިންގެ ثواب އާއި، ދަރުމައިގެ ތެރެއިން އެއްވެސް އެއްޗެއް މަދުނުވާ ހުއްޓެވެ. ކޮންމެ މީހަކުވެސް އެމީހަކު ކުރި عمل އަކާއެކު مسئول ވެގެން ވެއެވެ. ބަނދެވިގެން ވެއެވެ.
Verse 22
وَأَمْدَدْنَـٰهُم بِفَـٰكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ
Transliteration wa-amdadnāhum bifākihatin walaḥmin mimmā yashtahūna
Dhivehi އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ސުވަރުގޭގައި މޭވާގެ ބާވަތްތައް ދެއްވާހުށީމެވެ. އަދި އެމީހުން ކާހިތްވާ އަދި އެދޭ ޒާތުގެ މަސްވެސް އެތާނގައި އެމީހުންނަށް ދެއްވާހުށީމެވެ.
Verse 23
يَتَنَـٰزَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ
Transliteration yatanāzaʿūna fīhā kasan lā laghwun fīhā walā tathīmun
Dhivehi އެމީހުން އެތާ ރަލުގެ ތަށިތަށި ލިބިގަންނާނެއެވެ. ރާތަށި ބޯނެއެވެ. (އެކަމަކު އެ ރަލުގައި) އެއްވެސް ބާވަތެއްގެ މަސްތެއްވެ، އޭގެ ސަބަބުން ބޭކާރު ވާހަކަތަކާއި، ވިޔާނުދާ ބާވަތުގެ އެއްޗެތި ކިޔާ ނަހަދާނެއެވެ. އަދި އެ ރާ ބުޔަސް ފާފަވެރިއެއް ނުވާނެއެވެ. (އެއީ ސުވަރުގޭގެ އަހުލުވެރީންނަށް ﷲ تعالى خاصّ ކުރައްވާފައިވާ ރަލެކެވެ.)
Verse 24
۞ وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ
Transliteration wayaṭūfu ʿalayhim ghil'mānun lahum ka-annahum lu'lu-on maknūnun
Dhivehi އަދި އެމީހުން ސުވަރުގޭގައި މަޖާކޮށް ތިބޭއިރު އެމީހުންގެ خدمة ގައި އެމީހުންނަށް خاصّ ކުރައްވާފައިވާ خادم ން އަބަދާ އަބަދު ހިނގަހިނގާ ތިބޭނެއެވެ. އެ خادم ންގެ ރީތިކަން ކޮންފަދަ ހެއްޔެވެ؟ ރީތިކޮށް ފޮރުވައި ރައްކާކުރެވިފައިވާ ރަން މުތްތަކެއްފަދަ ވާނެއެވެ.
Verse 25
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
Transliteration wa-aqbala baʿḍuhum ʿalā baʿḍin yatasāalūna
Dhivehi އަދި ސުވަރުގޭގައި ތިބޭއިރު އެއްބަޔަކު އަނެއް ބަޔަކަށް ކުރިމަތިލައި، ސުއާލުކޮށް، މަޖާނަގާ ހަދާނެއެވެ.
Verse 26
قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ
Transliteration qālū innā kunnā qablu fī ahlinā mush'fiqīna
Dhivehi އެމީހުން (އެއްބަޔަކު އަނެއް ބަޔަކަށް ބުނާނެއެވެ.) "އަހުރެމެންގެ أهل ވެރީންނާއެކު ދުނިޔޭގައި އުޅުނުއިރު އަހުރެމެން ވީ ﷲ ގެ عذاب އަށް ބިރުވެތިވެގެންވާ حال ގައެވެ."
Verse 27
فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ
Transliteration famanna l-lahu ʿalaynā wawaqānā ʿadhāba l-samūmi
Dhivehi ފަހެ ﷲ تعالى އަހުރެމެންގެ ފާފަ ފުއްސަވާ رحمة ލައްވައި، އެކަލާނގެއަށް ކިޔަމަންވުމުގެ ހެޔޮ توفيق ދެއްވައި ދަރުމަކުރެއްވީއެވެ. އަދި ނަރަކައިގެ އެކި ބާވަތުގެ عذاب ން އެކަލާނގެ އަހުރެމެން ސަލާމަތް ކުރައްވައި، ދަރުމަކުރެއްވީއެވެ. (އެއީ ކިހާބޮޑު نعمة އެއް ހެއްޔެވެ؟)
Verse 28
إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُۥ هُوَ ٱلْبَرُّ ٱلرَّحِيمُ
Transliteration innā kunnā min qablu nadʿūhu innahu huwa l-baru l-raḥīmu
Dhivehi "ހަމަކަށަވަރުން މީގެ ކުރީން އަހުރެމެން ދުނިޔޭގައި ތިބިއިރު އަހުރެމެން އެކަލާނގެއަށް دعاء ކޮށް ހެދީމެވެ. (އެއީ ނަރަކައިން ސަލާމަތްކުރައްވައި، ސުވަރުގެ ވައްދަވާތޯއެވެ.) އެކަލާނގެ އެކަން އަހުރެމެންނަށް ހިންމަވާދެއްވީއެވެ.) ހަމަކަށަވަރުން އެކަލާނގެއީ إحسان ވަންތަކަން ނުހަނު ބޮޑުވެގެންވާ رحمة ލެއްވުން ބޮޑުވެގެންވާ އޯގާވަންތަ ކަލާނގެއެވެ."
Verse 29
فَذَكِّرْ فَمَآ أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ
Transliteration fadhakkir famā anta biniʿ'mati rabbika bikāhinin walā majnūnin
Dhivehi (އޭ رسول الله އެވެ.) ކަލޭގެފާނު މީސްތަކުންނަށް نصيحة ދެއްވާ وعظ ދެއްވާ ހައްދަވާށެވެ. މީސްތަކުންނަށް ﷲ ހަނދާންކޮށްދެއްވުން މަތީ قائم ވެ ހުންނަވާށެވެ. (ކަލޭގެފާނަށް ﷲ ދެއްވާފައިވާ ބޮޑު نعمة އެބަހީ نبي ކަމާއި، އަދި ބުއްދީގެ ބުރަކަމާއި، ވިސްނުމުގެ ތަނަވަސްކަމާއި، މި ކަންކަމަކީ އެއްގޮތަކަށްވެސް ކަލޭގެފާނަކީ ކަހީނަކު ކަމުގައި ނުވަތަ ދުނިޔޭން މޮޔަވެފައިވާ މީހަކު ކަމުގައި ވުމަށް އެކަށީގެންވާ ކަންކަމެއް ނޫނެވެ.)
Verse 30
أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِۦ رَيْبَ ٱلْمَنُونِ
Transliteration am yaqūlūna shāʿirun natarabbaṣu bihi rayba l-manūni
Dhivehi ނުވަތަ ކަލޭގެފާނަކީ شاعر އެކޭ، ޅެންވެރިޔެކޭ އެމީހުން ބުނަނީ ހެއްޔެވެ؟ يعني އެމީހުން އެ ބުނަނީ ކަލޭގެފާނަކީ ކަނޑައެޅިގެން ޅެންވެރިއެއްކަމަށެވެ. ވީމާ އެހެނިހެން ބޮޑެތި ޅެންވެރީންވެސް މަރުވެ ހަލާކުވެގެން ދިޔަ ގޮތަށް ޒަމާން އެނބުރެމުން ގޮސް ކަލޭގެފާނުވެސް ހަލާކުވެގެން ދިއުމަށް އެމީހުން إنتظار ކުރަނީއެވެ.
Verse 31
قُلْ تَرَبَّصُوا۟ فَإِنِّى مَعَكُم مِّنَ ٱلْمُتَرَبِّصِينَ
Transliteration qul tarabbaṣū fa-innī maʿakum mina l-mutarabiṣīna
Dhivehi (އޭ رسول الله އެވެ! އޭގެ ޖަވާބުގައި) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން إنتظار ކުރާށެވެ. އަހުރެންވެސް ކަލޭމެންނާއެކު إنتظار ކުރާ މީހުންގެ ތެރެއިން ވަމެވެ.
Verse 32
أَمْ تَأْمُرُهُمْ أَحْلَـٰمُهُم بِهَـٰذَآ ۚ أَمْ هُمْ قَوْمٌ طَاغُونَ
Transliteration am tamuruhum aḥlāmuhum bihādhā am hum qawmun ṭāghūna
Dhivehi ނުވަތަ އެމީހުންގެ ބުއްދިތައް (އެ ތާކުން-ތާކު ނުޖެހޭ ވާހަކަތައް ދެއްކުމަށް) އެމީހުންނަށް އަންގައި أمر ކުރަނީ ހެއްޔެވެ؟ އެހެން ވީއެއްވެސް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުންނަކީ ދެކޮޅުވެރިކަމާއި، ނުކިޔަމަންތެރިކަމުގައި ހައްދު ފަހަނަޅާފައިވާ ބަޔަކީއެވެ.
Verse 33
أَمْ يَقُولُونَ تَقَوَّلَهُۥ ۚ بَل لَّا يُؤْمِنُونَ
Transliteration am yaqūlūna taqawwalahu bal lā yu'minūna
Dhivehi ނުވަތަ އެކަލޭގެފާނު އަމިއްލައަށް ދޮގު ވާހަކަތަކެއް އުފައްދައިގަނެގެން قرآن އޭ ކިޔައިގެން ބޮޑު ދޮގު ވާހަކައެއް ހެދީ ހެއްޔެވެ؟ މިހެންވެސް އެމީހުން ބުނީ ހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުން إيمان ނުވަނީއެވެ.
Verse 34
فَلْيَأْتُوا۟ بِحَدِيثٍ مِّثْلِهِۦٓ إِن كَانُوا۟ صَـٰدِقِينَ
Transliteration falyatū biḥadīthin mith'lihi in kānū ṣādiqīna
Dhivehi (ފަހެ ކަލޭމެން ތިޔަ ބުނަނީ ތެދެއް ކަމުގައި ވަންޏާ محمّد ގެފާނު ހެދި ގޮތަށް) ކަލޭމެން ނިކަން އެފަދަ ވާހަކައެއް އެފަދަ قرآن އެއް ނިކަން ގެނަސްބަލާށެވެ. ކަލޭމެން ތިޔައީ ބަހުގެ ބޮޑެތި ماهر ން ވިއްޔާއެވެ. (ދެންފަހެ ކަލޭމެންނަށް އެފަދަ آية އެއް ނުވަތަ ސޫރަތެއްވެސް ނުހެދުނު ހިނދުން محمّد ގެފާނު އަމިއްލަފުޅަށް قرآن ހެއްދެވި ކަމަށް ތިޔަ ބުނަނީ ބުއްދީގެ ކޮން ދަލީލަކުން ބާވައެވެ؟ ތިޔައީ ބޭކާރު باطل ވާހަކައެކެވެ.)
Verse 35
أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَـٰلِقُونَ
Transliteration am khuliqū min ghayri shayin am humu l-khāliqūna
Dhivehi ނުވަތަ އެމީހުން ހެއްދެވިފައި ވަނީ ހެއްދެވި އެއްވެސް ފަރާތެއް خالق އެއް ނެތި ހަމަ އަމިއްލަޔަށް ހެއްޔެވެ؟ ނުވަތަ އެމީހުން އެއީ ތަކެތި ހައްދަވާ މީހުން ހެއްޔެވެ؟ ދުނިޔޭގައި މިވާހައި ތަކެތި ހައްދަވަނީ ހަމަ އެމީހުން ހެއްޔެވެ؟
Verse 36
أَمْ خَلَقُوا۟ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ
Transliteration am khalaqū l-samāwāti wal-arḍa bal lā yūqinūna
Dhivehi ނުވަތަ އުޑުތަކާއި، ބިންތައް ހެއްދެވީ އެމީހުން ހެއްޔެވެ؟ އެހެން ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ހަމަ يقين ނުކުރަނީއެވެ. އެބަހީ އުޑުތަކާއި، ބިން ހެއްދެވީ ﷲ ކަމުގައި އެމީހުން قبول ނުކުރަނީއެވެ.
Verse 37
أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ
Transliteration am ʿindahum khazāinu rabbika am humu l-muṣayṭirūna
Dhivehi ނުވަތަ ކަލޭގެފާނުންގެ ربّ ގެ خزانة ތައް އެމީހުންގެ އަތުގައި ވަނީ ހެއްޔެވެ؟ (ވާރެޔާއި، ރިޒުގުގެ އެންމެހާ خزانة ތައް އެމީހުން އަތުގައި ވަނީ ހެއްޔެވެ؟ އަދި އެއިން އެމީހުން ބޭނުން މީހަކަށް، ބޭނުން ވަރަކަށް ދެވިދާނޭ ހެއްޔެވެ؟) ނުވަތަ އެމީހުން އެއީ އެމީހުން ބޭނުންހާ ގޮތަކަށް އުޅޭހާ ބާރުހުރި ވަރުގަދަ جبّار ބަޔަކީ ހެއްޔެވެ؟ އެމީހުންގެ މައްޗަށް ބާރު ހިންގޭނޭ އެކަކުވެސް ނެތީ ބާވައެވެ؟ އެއްގޮތަކަށްވެސް އެހެން ނޫނެވެ.
Verse 38
أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُم بِسُلْطَـٰنٍ مُّبِينٍ
Transliteration am lahum sullamun yastamiʿūna fīhi falyati mus'tamiʿuhum bisul'ṭānin mubīnin
Dhivehi ނުވަތަ އެމީހުން އުޑަށް އަރައިގެން ގޮސް އުޑުގެ خبر ތައް އެހުމަށް ޓަކައި އަރާނޭ ހަރުގަނޑެއް ނުވަތަ ސިޑިއެއް އެމީހުންނަށް ވަނީ ހެއްޔެވެ؟ (محمّد ގެފާނާ جدل ކޮށް، އިދިކޮޅު ހެދޭނީ އެހެންނަމަ ތާއެވެ؟) ދެންފަހެ (އުޑުން އަޑުއެހި ކަމަށް ވަންޏާ) އެ އަޑު އެހި ބަޔަކު އެމީހުން ދައްކާ ވާހަކައާއި، ކުރާ دعوى ތެދުކަމުގެ މައްޗަށް دليل ކުރާނޭ حُجّة އެއް ނިކަން ގެނަސްބަލާށެވެ. (އެމީހުން އެ خبر މިހާރު ގެންނާނީ ކޮންފަދައަކުން ހެއްޔެވެ؟ جنّ ންނާއި، ސައިތާނުންނަށް ވެސް މިހާރު ވަނީ އެކަން ބަންދު ވެފައެވެ. މި މީހުންނަށް އަދި އެރޭނީ ކޮންފަދައަކުން ހެއްޔެވެ؟
Verse 39
أَمْ لَهُ ٱلْبَنَـٰتُ وَلَكُمُ ٱلْبَنُونَ
Transliteration am lahu l-banātu walakumu l-banūna
Dhivehi ނުވަތަ (އޭ މިތިބަ مشرك ންނޭވެ.) الله އަށް އަންހެން ދަރީން ނިސްބަތްކޮށްފައި، ކަލޭމެންނަށް ފިރިހެން ދަރީން ނިސްބަތް ކުރަނީ ހެއްޔެވެ؟ (ތިޔައީ ދެން جاهل ކަމުގެވެސް ކޮޅުނެތް ކޮޅެވެ. ކަލޭމެން ހިތްހަމަނުޖެހޭ އަންހެން ދަރީން الله އަށް ނިސްބަތް ކޮށްފައި، ކަލޭމެން ހިތްހަމަޖެހޭ ފިރިހެން ދަރީން ކަލޭމެންނަށް ތިޔަ ނިސްބަތް ކުރަނީ ކޮން عدل ވެރިކަމެއް ހެއްޔެވެ؟ ތިޔަ ހުރިހާ ކަމަކުން الله ހުސް طاهر ވެވޮޑިގެން ވެއެވެ.)
Verse 40
أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ
Transliteration am tasaluhum ajran fahum min maghramin muth'qalūna
Dhivehi ނުވަތަ (އޭ محمّد ގެފާނެވެ.) ކަލޭގެފާނު رسول ކަން އެމީހުންނަށް އިއްވަވާ މަތީން) އެމީހުން އަތުން އުޖޫރައެއް ހިއްޕަވަނީ ތޯއެވެ؟ ޓެކްހެއް ނަންގަވަނީ ތޯއެވެ؟ އެމީހުން އުޖޫރަ ނުވަތަ ޓެކްސް ބަރުވެގެން، ބޮޑުވެގެން އޭގެ ސަބަބުން އެމީހުން ދަރަނިވެރިވީ ހެއްޔެވެ؟ (ކަލޭގެފާނަށް إيمان ނުވާނީ، ނުވަތަ ކެލޭގެފާނުންގެ رسول ކަން ނާހާނީވެސް އެހެންނަމަ ތާއެވެ.) މީގެ އެއްވެސް ކަމެއް ވީއެއް ނޫނެވެ.
Verse 41
أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ
Transliteration am ʿindahumu l-ghaybu fahum yaktubūna
Dhivehi ނުވަތަ މީސްތަކުންނަށް އެމީހުން ލިޔެދީ بيان ކޮށްދިނުމަށް (لوح المحفوظ ގައިވާ) غيب ގެ علم އެމީހުންނަށް ވަނީ ހެއްޔެވެ؟ (محمّد ގެފާނާމެދު އެމީހުން ކިޔާނެހާ އެއްޗެއް ކިޔާނީ އެހެންނަމަ ތާއެވެ.)
Verse 42
أَمْ يُرِيدُونَ كَيْدًا ۖ فَٱلَّذِينَ كَفَرُوا۟ هُمُ ٱلْمَكِيدُونَ
Transliteration am yurīdūna kaydan fa-alladhīna kafarū humu l-makīdūna
Dhivehi ނުވަތަ އެމީހުން محمّد ގެފާނާމެދު مكر އެއް ހަދައި ނުބައި ރޭވުމެއް ރާވާން އެދެނީ ހެއްޔެވެ؟ ފަހެ މަކަރު ހެދެވި، އަދި مكر ދަށުވެގެންވާނޭ ބަޔަކީ ހަމަ ކާފަރުންނެވެ. (އެގޮތްވެސް އެމީހުންނަށް ނޭނގެއެވެ.)
Verse 43
أَمْ لَهُمْ إِلَـٰهٌ غَيْرُ ٱللَّهِ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ
Transliteration am lahum ilāhun ghayru l-lahi sub'ḥāna l-lahi ʿammā yush'rikūna
Dhivehi ނުވަތަ އެމީހުން އަޅުކަން ކުރުމަށް الله ފިޔަވައި އެހެން އެއްވެސް إلٰه އެއް ވަނީ ހެއްޔެވެ؟ އެމީހުންނަށް ރިޒުގު ދެއްވާ ކާންދެއްވާ، ބޭނުންތައް ފުއްދަވާދެއްވުމަށް الله ފިޔަވައި އެހެން إلٰه އެއް އެމީހުންނަށް ވަނީ ހެއްޔެވެ؟ (ނުވެއެވެ. ނުވެސް ވާނެއެވެ.) އެމީހުން އެ شرك ކުރާ ކަންތަކުން الله ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.
Verse 44
وَإِن يَرَوْا۟ كِسْفًا مِّنَ ٱلسَّمَآءِ سَاقِطًا يَقُولُوا۟ سَحَابٌ مَّرْكُومٌ
Transliteration wa-in yaraw kis'fan mina l-samāi sāqiṭan yaqūlū saḥābun markūmun
Dhivehi އަދި އުޑުން ތަންގަނޑެއް ވެއްޓުނަސް އެމީހުން ބުނާނީ އެއީ ބޯ ވިލާގަނޑެއް ކަމުގައެވެ. (އެބަހީ އެ ކާފަރުވީ މީސްތަކުންނަށް عذاب އެއްގެ ގޮތުން އުޑުން ތަންތަންގަނޑުގަނޑު ކުދިކުދިވެގެން ފައިބާތަން ފެނުނަސް (އެމީހުން ގައިމައްޗަށް އެޅިނުގަންނަންޏާ) އެމީހުން ބުނާނީ އެއީ މަތިމައްޗަށް އެޅި ފުނިޖެހިފައިވާ ވިލާގަނޑެއް ކަމުގައެވެ. އެއީ އާދައިގެ ކަމެއް ކަމަށެވެ.
Verse 45
فَذَرْهُمْ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى فِيهِ يُصْعَقُونَ
Transliteration fadharhum ḥattā yulāqū yawmahumu alladhī fīhi yuṣ'ʿaqūna
Dhivehi (އޭ މާތްވެގެންވާ رسول އާއެވެ!) އެމީހުންގެ ދުވަހާ ހަމައަށް ދާނދެން ކަލޭގެފާނުން އެމީހުން ދޫކޮށްލައްވާށެވެ. އެ ދުވަހަކީ އެ ދުވަހުން އެމީހުން މަރުވެ، ހަލާކުވެގެން ދާނޭ ދުވަހެވެ. (އެ ދުވަސްއެއީ بدر ހަނގުރާމަ ދުވަސް ކަމުގައި، ނުވަތަ قيامة ދުވަސް ކަމުގައި ބުނެވުނެވެ.)
Verse 46
يَوْمَ لَا يُغْنِى عَنْهُمْ كَيْدُهُمْ شَيْـًٔا وَلَا هُمْ يُنصَرُونَ
Transliteration yawma lā yugh'nī ʿanhum kayduhum shayan walā hum yunṣarūna
Dhivehi އަދި (رسول އާ އާ އިދިކޮޅަށް އެކަލޭގެފާނުންގެ ހަލާކުގައި) އެމީހުން ރޭވި އެއްވެސް ރޭވުމަކުން އެއްވެސް ކަމެއް އެމީހުންނަށް ފުއްދައި ނުދޭނެއެވެ. އަދި އެމީހުންނަކީ نصر ލިބޭނޭ ބަޔަކު ކަމުގައި ނުވެއެވެ.
Verse 47
وَإِنَّ لِلَّذِينَ ظَلَمُوا۟ عَذَابًا دُونَ ذَٰلِكَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
Transliteration wa-inna lilladhīna ẓalamū ʿadhāban dūna dhālika walākinna aktharahum lā yaʿlamūna
Dhivehi އަދި އަނިޔާވެރިވީ މީސްތަކުންނަށް އެ ނޫން عذاب އެއް ވެއެވެ. އެބަހީ قيامة ދުވަހުގެ عذاب ނުލައި، ދުނިޔޭގައިވެސް އެމީހުންނަށް عذاب އެއް ވެއެވެ. (އެއީ ބަދުރު ހަނގުރާމައިގައި މަރުވެގެން ދިއުމެވެ. ނުވަތަ ދުނިޔޭގެ އެކިއެކި مصيبة ތަކެވެ.) އެކަމަކު އޭގެ ގިނަ މީހުންނަކަށް އެކަންކަމެއް ނޭނގެއެވެ.
Verse 48
وَٱصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ
Transliteration wa-iṣ'bir liḥuk'mi rabbika fa-innaka bi-aʿyuninā wasabbiḥ biḥamdi rabbika ḥīna taqūmu
Dhivehi (އޭ މާތްވެގެންވާ رسول އާއެވެ.) ކަލޭގެފާނުންގެ ربّ ގެ حكم ފުޅަށްކެތްތެރިވެވަޑައިގެން ހުންނަވާށެވެ. (އެއީ އެމީހުންނަށް وعد ވެގެންވާ ވަގުތު އަންނާނދެނެވެ.) ހަމަކަށަވަރުން ކަލޭގެފާނު ވަނީ ތިމަން ރަސްކަލާނގެ ބެއްލެވުމާއި، އަދި ތިމަން ރަސްކަލާނގެ حماية ގައެވެ. އަދި ކަލޭގެފާނު ތެދުވެވަޑައިގަންނަވާ ހިނދު (ކޮންމެ مجلس އެއްގައި އިންނަވާފައި ތެދުވެވަޑައިގަންނަވާ ހިނދު، ނުވަތަ ނަމާދަށް ތެދުވެވަޑައިގަންނަވާ ހިނދު) ކަލޭގެފާނުންގެ ربّ އަށް تسبيح ވިދާޅުވެ حمد ކުރައްވާށެވެ.
Verse 49
وَمِنَ ٱلَّيْلِ فَسَبِّحْهُ وَإِدْبَـٰرَ ٱلنُّجُومِ
Transliteration wamina al-layli fasabbiḥ'hu wa-id'bāra l-nujūmi
Dhivehi އަދި ރޭގަނޑުގެ ވަގުތުގައިވެސް އެކަލާނގެއަށް تسبيح ވިދާޅުވާށެވެ. އަދި ތަރިތައް ފުރަގަސްދީފައި ދާވަގުތުގައިވެސް އެބަހީ ފަތިހުގައިވެސް އެކަލާނގެއަށް تسبيح ވިދާޅުވާށެވެ.
Read Surah At-Tur in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.