Surah Al-Qalam in Dhivehi: translation and audio
Surah 68 · القلم · The Pen · 52 verses
Surah Al-Qalam verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Qalam word by word in English.
Verse 1
نٓ ۚ وَٱلْقَلَمِ وَمَا يَسْطُرُونَ
Transliteration noon wal-qalami wamā yasṭurūna
Dhivehi ن: މިއަކުރަކީ ޤުރްއާނުގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަފަދަ ވަކި އަކުރުތަކުގެތެރެއިންވާ އަކުރެކެވެ. އެ އަކުރުގެ ފުރިހަމަ މުރާދު ދެނެވޮޑިގެންވަނީ ހަމައެކަނި الله އެވެ. ޤަލަމް އާއި ޤަލަމުން ލިއުއްވާ ބޭކަލުން ލިއުއްވާ ތަކެތި ގަންދެއްވައި الله ހުވައި وحي ކުރައްވައެވެ.
Verse 2
مَآ أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ
Transliteration mā anta biniʿ'mati rabbika bimajnūnin
Dhivehi (އޭ ރަސޫލު ﷲ އެވެ!) ކަލޭގެފާނުންގެ رب ދެއްވި ނިޢްމަތުގެ ސަބަބުން ކަލޭގެފާނަކީ މޮޔައަކު ކަމުގައި ނުވެއެވެ. (އެބަހީ ނަބީކަމުގެ ނިޢްމަތާއި އަދި ރިޔާސަތު ކަލޭގެފާނަށް ދެއްވުމުގެ ސަބަބުން ކަލޭގެފާނު މޮޔަބޭކަލަކު ކަމުގައި ނުވެއެވެ. މިއީ މައްކާގެ ކާފަރުން އެކަލޭގެފާނު އެހުރީ وحي ގެ ސަބަބުން މޮޔަވެފައޭ ނުވަތަ ޖިންނި ބަލިޖެހިގެން މޮޔަވެފައޭ ކިޔަންފެށުމުން އޭގެ ރައްދުގައި ބާވައި ލެއްވި ބަސްފުޅެކެވެ. އެކަލޭގެފާނު އެހުންނެވީ މޮޔަވެފައިނޫންކަން އެންމެންނަށް އެންގެވީއެވެ.)
Verse 3
وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ
Transliteration wa-inna laka la-ajran ghayra mamnūnin
Dhivehi އަދި ހަމަކަށަވަރުން ކަލޭގެފާނަށް ކެނޑިގެން ނުދާފަދަ ބޮޑު ނިޢްމަތެއްވެއެވެ.
Verse 4
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
Transliteration wa-innaka laʿalā khuluqin ʿaẓīmin
Dhivehi އަދި ހަމަކަށަވަރުން ކަލޭގެފާނު ވަނީ ކަނޑައެޅިގެން ބޮޑުވެގެންވާ މާތް ޚުލްޤު ފުޅެއްގައެވެ.
Verse 5
فَسَتُبْصِرُ وَيُبْصِرُونَ
Transliteration fasatub'ṣiru wayub'ṣirūna
Dhivehi ،(6) (އޭ މުޙައްމަދުގެފާނެވެ!) ކަންތައްތައް ރަނގަޅަށް ސާފުކޮށް އެނގޭހިނދުން ދުނިޔޭން މޮޔަވެފައިވަނީ ކާކުކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ. މޮޔަވެފައި ވަނީ އެމީހުންތޯ ނުވަތަ ކަލޭގެފާނުތޯ އެނގިދާނެއެވެ. ނިކަންހުރެ ކަލޭގެފާނު އެތަން ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވެސް ނިކަންހުރެ އެތަން ދެކޭނެއެވެ.
Verse 6
بِأَييِّكُمُ ٱلْمَفْتُونُ
Transliteration bi-ayyikumu l-maftūnu
Dhivehi ،(6) (އޭ މުޙައްމަދުގެފާނެވެ!) ކަންތައްތައް ރަނގަޅަށް ސާފުކޮށް އެނގޭހިނދުން ދުނިޔޭން މޮޔަވެފައިވަނީ ކާކުކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ. މޮޔަވެފައި ވަނީ އެމީހުންތޯ ނުވަތަ ކަލޭގެފާނުތޯ އެނގިދާނެއެވެ. ނިކަންހުރެ ކަލޭގެފާނު އެތަން ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވެސް ނިކަންހުރެ އެތަން ދެކޭނެއެވެ.
Verse 7
إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
Transliteration inna rabbaka huwa aʿlamu biman ḍalla ʿan sabīlihi wahuwa aʿlamu bil-muh'tadīna
Dhivehi ތިމާ ސީދާ މަގުންނެއްޓި މަގުފުރެދިފަވަނީ ކާކުކަން ކަލޭގެފާނުންގެ رب މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ސީދާ ތެދުމަގުގައި ވަނީ ކާކުކަންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެން ވެއެވެ.
Verse 8
فَلَا تُطِعِ ٱلْمُكَذِّبِينَ
Transliteration falā tuṭiʿi l-mukadhibīna
Dhivehi ފަހެ ކަލޭގެފާނު ދޮގުހަދާމީހުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ.
Verse 9
وَدُّوا۟ لَوْ تُدْهِنُ فَيُدْهِنُونَ
Transliteration waddū law tud'hinu fayud'hinūna
Dhivehi އެމީހުން އެބަހީ މައްކާގެ މުޝްރިކުން އެދެނީ ކަލޭގެފާނު އެމީހުންނަށް ދޫދީ މަޑުމައިތިރިގޮތް ބެހެއްޓުމަށެވެ. އޭރުން އެމީހުންވެސް ކަލޭގެފާނަށް ދޫދީ މަޑުމައިތިރިވުމަށެވެ. - އެމީހުންގެ ބޭނުމަކީ ކަލޭގެފާނު އެމީހުންގެ ބުދުތަކަށް ހުތުރުބަސް ނުބުނެ އެމީހުން އަޅުކަންކުރާގޮތަކަށް ކުރުމަށްދޫކުރެއްވުމެވެ. އޭރުން އެމީހުންވެސް ކަލޭގެފާނު އަޅުކަންކުރާގޮތާއި ނުބެހުމެވެ. -
Verse 10
وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ
Transliteration walā tuṭiʿ kulla ḥallāfin mahīnin
Dhivehi އަދި އެމީހަކު ނިކަމެތި އަދި ދެރަ އަދި ގިނަގިނައިން ހުވައިކުރާ ކޮންމެ މީހަކަށް (އެއްވެސް މީހަކަށް) ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައިނުގަންނަވާށެވެ.
Verse 11
هَمَّازٍ مَّشَّآءٍۭ بِنَمِيمٍ
Transliteration hammāzin mashāin binamīmin
Dhivehi އަދި މީސްތަކުންނަށް ހުތުރު އެއްޗެތިކިޔާ އަދި غِيْبَ ބުނާ އަދި ދޭދޭ ދެމީހުންގެ ދޭތެރެ ފާސިދުކުރުމަށް ދެބައޮޑުވަމުން ހިނގާ (އެއްވެސްމީހަކަށް ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައިނުގަންނަވާށެވެ.
Verse 12
مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ
Transliteration mannāʿin lil'khayri muʿ'tadin athīmin
Dhivehi އަދި އެމީހަކު ހެޔޮކަންތައްތައްމަނާކުރާ އަދި އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅާފައިވާ އަދި ފާފަކުރުންގިނަ (އެއްވެސްމީހަކަށް ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައި ނުގަންނަވާށެވެ.)
Verse 13
عُتُلٍّۭ بَعْدَ ذَٰلِكَ زَنِيمٍ
Transliteration ʿutullin baʿda dhālika zanīmin
Dhivehi އަދި އެމީހާ އަޚްލާޤު ނުބައި ހަރުކަށި އަދި މިބަޔާންވެދިޔަ ހުތުރު ހުރިހާސިފަސިފަޔަކަށްފަހު އަދި އެމީހާ އެމީހާގެ ނަސަބާއިމެދު ތުހުމަތު ކުރެވޭ ނުވަތަ މީހުންގެތެރޭ ނުބައިކަމަށް މަޝްހޫރުވެގެންވާ މީހަކު ކަމުގައި އެމީހާވާނެއެވެ.
Verse 14
أَن كَانَ ذَا مَالٍ وَبَنِينَ
Transliteration an kāna dhā mālin wabanīna
Dhivehi އެމީހާ މުދާވެރިއަކަށްވީތީ ނުވަތަ ދަރިންގިނަމީހަކަށްވީތީ (އެމީހާއަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ.)
Verse 15
إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ
Transliteration idhā tut'lā ʿalayhi āyātunā qāla asāṭīru l-awalīna
Dhivehi ތިމަންރަސްކަލާނގެ އާޔަތްތައް އެމީހަގެ މައްޗަށް ކިޔެވިއްޖެއްޔާ ވެސް އޭނާބުނާނީ ތިޔައީ އިސްވެދިމީހުން ދައްކާފައިވާ ދޮގު ފުލޯކު ވާހަކަތަކެއް ކަމުގައެވެ.
Verse 16
سَنَسِمُهُۥ عَلَى ٱلْخُرْطُومِ
Transliteration sanasimuhu ʿalā l-khur'ṭūmi
Dhivehi ނިކަން ހުރެ ތިމަންރަސްކަލާނގެ އޭނާގެމޫނުމަތީގައި ނުވަތަ ނޭފަތްމަތީގައި ޢަލާމާތެއް ލައްވާ ހުށީމެވެ.
Verse 17
إِنَّا بَلَوْنَـٰهُمْ كَمَا بَلَوْنَآ أَصْحَـٰبَ ٱلْجَنَّةِ إِذْ أَقْسَمُوا۟ لَيَصْرِمُنَّهَا مُصْبِحِينَ
Transliteration innā balawnāhum kamā balawnā aṣḥāba l-janati idh aqsamū layaṣrimunnahā muṣ'biḥīna
Dhivehi ހަމަކަށަވަރުން ބަގީޗާގެ އެކުވެރިންނަށް ބަލާޖައްސަވައި إمْتِحَانُ ކުރެއްވިފަދައިން އެމީހުންނަށްވެސް - އެބަހީ މައްކާގެ އަހުލުވެރިންނަށްވެސް- ބަލާޖައްސަވައި إمْتِحَانُ ކުރައްވާހުށީމެވެ. އެއީ އެބަގީޗާގެ އެކުވެރިން ފަތިސްފަތިހާގޮސް އެތާގެ މޭވަތައް ކަނޑާނެކަމުގައިބުނެ ހުވައިކުރިހިދުންނެވެ.
Verse 18
وَلَا يَسْتَثْنُونَ
Transliteration walā yastathnūna
Dhivehi އެމީން އެހެންބުނިއިރު އެމީހުން الله އިރާދަކުރެއްވިއްޔަކާއެކޭ - މިހެން ނުބުނެ އިސްތިސްނާއެއްނުކުރެއެވެ.
Verse 19
فَطَافَ عَلَيْهَا طَآئِفٌ مِّن رَّبِّكَ وَهُمْ نَآئِمُونَ
Transliteration faṭāfa ʿalayhā ṭāifun min rabbika wahum nāimūna
Dhivehi ދެންފަހެ އެމީހުން އެގޮތުގެ މައްޗަށް އެއްބަސްވެ ނިދާފައިތިއްބާ އެބަގީޗާއަށް الله ބަލާއެއް ފޮނުއްވައިފިއެވެ.
Verse 20
فَأَصْبَحَتْ كَٱلصَّرِيمِ
Transliteration fa-aṣbaḥat kal-ṣarīmi
Dhivehi ދެންފަހެ ކަޅު އަދިރި ރެއެއްފަދައިން ނުވަތަ ގޮވާންކަޑައިނިމި ހިކިގެން ގޮސްފައިވާ ދަޑެއްފަދައިން އެބަގީޗާ ވެއްޖެއެވެ.
Verse 21
فَتَنَادَوْا۟ مُصْبِحِينَ
Transliteration fatanādaw muṣ'biḥīna
Dhivehi ދެން އެމީހުން ފަތިހާ ތެދުވެ ކުރިންރާވައިފާވާގޮތަށް އެއްބަޔަކު އަނެއްބަޔަކަށްގޮވަފިއެވެ.
Verse 22
أَنِ ٱغْدُوا۟ عَلَىٰ حَرْثِكُمْ إِن كُنتُمْ صَـٰرِمِينَ
Transliteration ani igh'dū ʿalā ḥarthikum in kuntum ṣārimīna
Dhivehi އަދި އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ކަލޭމެން ދަނޑުކަޑައި މޭވާކަޑަން ގަސްދު ކުރަންޏާ އަވަސްއަވަހަށް ދަނޑަށްހިނގާށެވެ.
Verse 23
فَٱنطَلَقُوا۟ وَهُمْ يَتَخَـٰفَتُونَ
Transliteration fa-inṭalaqū wahum yatakhāfatūna
Dhivehi ދެން އެމީހުން ދަނޑަށް ދަމުން އެކަކު އަނެކަކަށް ސިއްރުން ބުންޏެވެ.
Verse 24
أَن لَّا يَدْخُلَنَّهَا ٱلْيَوْمَ عَلَيْكُم مِّسْكِينٌ
Transliteration an lā yadkhulannahā l-yawma ʿalaykum mis'kīnun
Dhivehi މިއަދު އެއްވެސް މިސްކީނަކު ކަލޭމެންގެ ދަނޑަށް ވަނަދީގެން ނުވާނެއެވެ.
Verse 25
وَغَدَوْا۟ عَلَىٰ حَرْدٍ قَـٰدِرِينَ
Transliteration waghadaw ʿalā ḥardin qādirīna
Dhivehi ދެންއެމީހުން އެގަސްދު ކުރިގޮތަށް ފިސާރި ކެރިގެންތިބެގެން ގަދަފަދަކަމާއި އެކު ދަނޑަށް ހިގައްޖެއެވެ.
Verse 26
فَلَمَّا رَأَوْهَا قَالُوٓا۟ إِنَّا لَضَآلُّونَ
Transliteration falammā ra-awhā qālū innā laḍāllūna
Dhivehi ދެންފަހެ އެމީހުން ގޮސް ބަގީޗާ ދުއްހިނދުން އެތަން އޮތް ވީރާނާ ގޮތް ފެނިފައި އެމީހުންބުނީ އަހުރެމެން މިތިބީ މަގުއޮޅިފައެވެ. މިއީ އެހެންތަނެކެވެ.
Verse 27
بَلْ نَحْنُ مَحْرُومُونَ
Transliteration bal naḥnu maḥrūmūna
Dhivehi އެހެންނަމަވެސް ރަނގަޅަށް حَقِيْقَة ސާފުވިހިނދުން އެމީހުންބުނީ ނޫނެކެވެ. އަހުރެމެން މިތިބީ ބަގީޗާއިން مَحْرُوْم ވެފައެވެ. (އެތާނގެ ހެޔޮކަން އަހުރެމެންނަށް ގެއްލުނީއެވެ. އަހުރެމެންނަށް ކުށް ކުރެވުނީއެވެ.)
Verse 28
قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ
Transliteration qāla awsaṭuhum alam aqul lakum lawlā tusabbiḥūna
Dhivehi އެމީހުންގެ ތެރޭގައި ހުރި އެންމެ عَدْلُ ވެރި ހެޔޮލަފާމީހާ ބުންޏެވެ. ކަލޭމެން الله އަށް تَسْبِيْح ނުކީ ކިއްވެގެން ހެއްޔެވެ؟ ނުވަތަ الله އިރާދަކުރެއްވިއްޔާއޭ ނުބުނީ ކީއްވެގެންހެއްޔެވެ؟ (ނުވަތަ الله އިރާދަކުރެއްވިއްޔާއޭ ބުނިނަމައެވެ.) މިހެންއަހުރެން ކަލޭމެންކައިރީ ނުބުނަން ހެއްޔެވެ؟ އެބަހީ ބުނީމެވެ.
Verse 29
قَالُوا۟ سُبْحَـٰنَ رَبِّنَآ إِنَّا كُنَّا ظَـٰلِمِينَ
Transliteration qālū sub'ḥāna rabbinā innā kunnā ẓālimīna
Dhivehi އެމީހުން ދެނެނެވިއެވެ. އަޅަމެން ހައްދަވާ ބޮޑުކުރައްވާ ކަލާނގެ ހުސްطَاهِرُ ވަންތައެވެ. (سُبْحَانَ الله އެވެ.) = ހަމަކަށަވަރުން އަނިޔާވެރިން ކަމުގައި އަހުރެމެން ވެއްޖައީމެވެ.
Verse 30
فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَـٰوَمُونَ
Transliteration fa-aqbala baʿḍuhum ʿalā baʿḍin yatalāwamūna
Dhivehi ދެންފަހެ އޭގެ އެއްބަޔަކު އަނެއްބަޔަކާއި އެމީހުން އެމީހުންނަށް މަލާމާތް ކުރާޙާލު ކުރިމަތިލައިފިއެވެ.
Verse 31
قَالُوا۟ يَـٰوَيْلَنَآ إِنَّا كُنَّا طَـٰغِينَ
Transliteration qālū yāwaylanā innā kunnā ṭāghīna
Dhivehi އެމީހުން ބުންޏެވެ. އަހުރެމެންނަށްވާ ހަލާކެއްގެ ބޮޑުކަމާއެ! ހަމަކަށަވަރުން އަހުރެމެންމިވީ ނުކިޔަމަންތެރިން ކަމުގައެވެ.
Verse 32
عَسَىٰ رَبُّنَآ أَن يُبْدِلَنَا خَيْرًا مِّنْهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ
Transliteration ʿasā rabbunā an yub'dilanā khayran min'hā innā ilā rabbinā rāghibūna
Dhivehi (އަދިއެމީހުން ބުންޏެވެ.) އަޅަމެންގެ رَبُّ އަޅަމެންނަށް އެއަށްވުރެންމާ ހެޔޮތަނެއް އޭގެބަދަލުގައި ދެއްވުން އުއްމީދު ކުރެވެއެވެ. (އެކަލާނގެ އަޅަމެނަށް ދެއްވާ ދަރުމަކުރައްވާށިއެވެ.) ހަމަކަށަވަރުން އަޅަމެންނީ އަޅަމެންގެ رَبُّ ގެحَضْرَةُ ގައި އެދިދަންނަވާ ބަޔަކީމެވެ.
Verse 33
كَذَٰلِكَ ٱلْعَذَابُ ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ
Transliteration kadhālika l-ʿadhābu walaʿadhābu l-ākhirati akbaru law kānū yaʿlamūna
Dhivehi (ދުނިޔޭގައިވެސް ތިމަން ރަސްކަލާނގެ) ޢަޒާބު އެފަދައެވެ. އަދި آخِرَةُ ގެ ޢަޒާބު މާބޮޑުވެގެންވެއެވެ. އެމީހުންނަށް އެގޮތް އެނގޭނޭ ނަމައެވެ.
Verse 34
إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّـٰتِ ٱلنَّعِيمِ
Transliteration inna lil'muttaqīna ʿinda rabbihim jannāti l-naʿīmi
Dhivehi ހަމަކަށަވަރުން تَقْوَى ވެރިންނަށް އެމީހުންގެ رَبُّ ގެحَضْرَةُ ގައި نِعْمَة ތަކުގެވެރި ސުވަރުގެ ވެއެވެ.
Verse 35
أَفَنَجْعَلُ ٱلْمُسْلِمِينَ كَٱلْمُجْرِمِينَ
Transliteration afanajʿalu l-mus'limīna kal-muj'rimīna
Dhivehi އަޅެފަހެ ނުބަ ނުލަފާމީހުން ފަދައިން ރަނގަޅު މުސްލިމުން ތިމަންރަސްކަލާނގެ ލައްވާނޭހެއްޔެވެ؟ (އެބަހީ އެފަދައިން ތިމަންރަސްކަލާނގެ ނުލައްވާނަމެވެ.)
Verse 36
مَا لَكُمْ كَيْفَ تَحْكُمُونَ
Transliteration mā lakum kayfa taḥkumūna
Dhivehi ކަލޭމެނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ކަލޭމެން ތިޔަ حُكُم ކުރަނީކޮންފަދައަކުން ހެއްޔެވެ؟ (ނުލަފާމީހުންނާއި تَقْوَى ވެރިމާތް މީހުންނާއި ތިމަންރަސްކަލާނގެ ހަމަހަމަ ނުކުރައްވާހުށީމެވެ.)\nދަންނައެވެ. މިތާގެ މިފަހުގެ ދެއާޔަތާއި ދެން އަންނަންއޮތް ދެތިން އާޔަތުގައި އެވަނީ މައްކާގެ ކާފަރުންނަށް އެމީހުންބުނި ބުނުމަކަށް ކުރައްވާފައިވާ ރައްދެކެވެ. އެމީހުން ބުނަނީ مُحَمَّد ގެފާނު އެހީފުޅުކުރައްވާގޮތް އެއީ ރަނގަޅު ގޮތެއްކަމުގައިވާނަމަވެސް، އެމުސްލިމުންގެ ޙާލާއި އަހުރެމެންގެ ޙާލު قِيَامَة ދުވަހުންވެސްވާނީ ހަމަދުނިޔޭގައިވެސް މިވާގޮތަށެވެ. އެއީ މުސްލިމުން ފަޤީރު ދެރަބަޔަކު ކަމުގައިވެފައި އަހުރެމެން މުއްސަދި އަދި މަތީ ބަޔަކު ކަމުގައިވާނެއެވެ. މިއެވެ. މިއީ މައްކާގެ ބޮޑެތި މުޝްރިކުން ލަފާކުރާގޮތެވެ. ފަހެ މިއާޔަތްތަކުގައި الله އެމީހުންނަށް ރައްދުކުރައްވައި އެމީހުން އެހީކުރާގޮތަށް ނުވާނެކަން އަންގަވަނީއެވެ. والله أعلم.
Verse 37
أَمْ لَكُمْ كِتَـٰبٌ فِيهِ تَدْرُسُونَ
Transliteration am lakum kitābun fīhi tadrusūna
Dhivehi ނުވަތަ (މުސްލިމުންނާއި މުޖުރިމުން ހަމަހަމަވެ އެއްވަރުވާނެ ކަމުގައި ބަޔާންވެގެންވާ) ފޮތެއް ފަހެ ކަލޭމެންނަށްވަނީ ހެއްޔެވެ؟
Verse 38
إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ
Transliteration inna lakum fīhi lamā takhayyarūna
Dhivehi އެފޮތުން (އެފަދަބަޔާނެއް) ކަލޭމެނަށް ފެނުނިހެއްޔެވެ؟ ކަލޭމެން ތިޔަ إخْتِيَار ކުރާން ގަސްދުކުރާގޮތަށް ފޮޅުވަތް އެޅިގެންވަނީހެއްޔެ؟
Verse 39
أَمْ لَكُمْ أَيْمَـٰنٌ عَلَيْنَا بَـٰلِغَةٌ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۙ إِنَّ لَكُمْ لَمَا تَحْكُمُونَ
Transliteration am lakum aymānun ʿalaynā bālighatun ilā yawmi l-qiyāmati inna lakum lamā taḥkumūna
Dhivehi ނުވަތަ ކަލޭމެން ތިޔަ حُكُم ކުރާގޮތަށް ކަންތައްތައްވާނެ ކަމުގައި ތިމަންރަސްކަލާނގެحَضْرَةُ ގައި قِيَامَة ދުވަހާއި ހަމައަށްދާންދެން ގަދަ عَهْدُ ކަށަވަރެއް ކަލޭމެން ހިފައިފާވަނީ ހެއްޔެވެ؟
Verse 40
سَلْهُمْ أَيُّهُم بِذَٰلِكَ زَعِيمٌ
Transliteration salhum ayyuhum bidhālika zaʿīmun
Dhivehi (އޭ رَسول الله އެވެ!) އެފަދަކަންތައްތަކާއި ކަލޭމެންގެ ތެރެއިން ޙަވާލުވެ ޖާމިނުވަނީ ކާކުތޯ އެމީހުން ކުރެން ކަލޭގެފާނު އައްސަވައި ބައްލަވާށެވެ!
Verse 41
أَمْ لَهُمْ شُرَكَآءُ فَلْيَأْتُوا۟ بِشُرَكَآئِهِمْ إِن كَانُوا۟ صَـٰدِقِينَ
Transliteration am lahum shurakāu falyatū bishurakāihim in kānū ṣādiqīna
Dhivehi ނުވަތަ އެބައިމީހުންނަށް އެކަމުގައި އެހީވާނޭ ބައިވެރިންތަކެއް ވަނީހެއްޔެވެ؟ އަދިއެމީހުން އެބުނަނީ ތެދެއްކަމުގައި ވަންޏާ އެމީހުންގެ އެ އެހީތެރިންތަކަށް ގޮވާގެނަ ސްބަލާށެވެ. އެބަހީ މުސްލިމުންނާއި މުޖްރިމުނުބައިމީހުން آخِرَة ދުވަހުން އެއްހަމައެއްގައި ބެއިތިއްބުމަށް ކުޅަދާނަވެގެންވާވަރުގެ އެހީތެރިންތަކެއް އެކާފަރުންނަށް ވާނަމަ އެބަޔަކު ނިކަން ގެނެސްބަލާށެވެ. ނުގެނެވޭނެއެވެ.
Verse 42
يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى ٱلسُّجُودِ فَلَا يَسْتَطِيعُونَ
Transliteration yawma yuk'shafu ʿan sāqin wayud'ʿawna ilā l-sujūdi falā yastaṭīʿūna
Dhivehi އަދި ކަށިމަތި ކަޝްފުވާދުވަހުން (ކަންތައް ބޮޑުވާދުވަހުން) ސަޖިދަކުރުމަށް އެމީހުންނަށް ގޮވޭނެއެވެ. ދެން އެބައި މީހުންނަށް އެކަމަށް ކުޅަދާނަ ނުވާނެއެވެ.
Verse 43
خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا۟ يُدْعَوْنَ إِلَى ٱلسُّجُودِ وَهُمْ سَـٰلِمُونَ
Transliteration khāshiʿatan abṣāruhum tarhaquhum dhillatun waqad kānū yud'ʿawna ilā l-sujūdi wahum sālimūna
Dhivehi އެމީހުންގެ ލޯތައް ބިރުން ފެންކަޅިވެގެންވާ ޙާލު އެމީހުންގެ މައްޗަށް ވެރިވެގެންވާނީ ހިތާމަޔާއި ނުހަނު ނިކަމެތި ދެރަކަމެވެ. އަދި ހަމަކަށަވަރުން އެމީހުން (ދުނިޔޭގައި) ސަލާމަތުންތިބި ޙާލު ސަޖިދަ ކުރުމަށް އެމީހުންނަށް ގޮވުނެވެ. (އެއިރު އެކަމަށް އިޖާބަނުދިނީއެވެ. ދެން މިއަދު އެމީހުންނަށް އެކަމަށް ކުޅަދާނަ ވެގެން ނުވާނެއެވެ.) * تفسير علم ވެރިންގެ ބައެއް ބޭކަލުން ވިދާޅުވެފައިވަނީ: މި އާޔަތުން އެ އިޝާރަތް ވަނީ ދުނިޔޭގައި އުޅުނުއިރު ބަންގި އަޑުއަހާފައި ނަމާދަށް ޙާޟިރު ނުވި މީހުންނާއި މެދު އޮތް ބަސްފުޅެއްކަމަށެވެ. ޤިޔާމަތް ދުވަހުން ﷲ ގެ ކަށިމަތިފުޅު ކަޝްފުކުރަށްވައި އެންމެހާމީހުންނަށް ސަޖިދަކުރަން އަންގަވާނެއެވެ. ދެން އެންމެހާ މުއުމިނުން ސަޖިދަ ކުރާނެއެވެ. އަދި ދުނިޔޭގައި އުޅުނުއިރު ސަޖިދަނުކުރާމީހުންނާއި އަދި ދެއްކުމަށާއި އިއްވުމަށް ސަޖިދަކުރި މީހުން (މުނާފިޤުން) ނަށް އެދުވަހުން ސަޖިދަނުކުރެވޭނެއެވެ. އެމީހުންގެ ބުރަކަށިތައް ހުންނާނީ އެކީ އެކައްޗަކަށް ފިލައިގަޑެއްހެން ހަރުވެ ފަންވަރުވެފައެވެ. އެމީހުންނަކަށް ސަޖިދައެއްނުކުރެވޭނެއެވެ. = زُبْدَةُ التَّفْسِيْر =
Verse 44
فَذَرْنِى وَمَن يُكَذِّبُ بِهَـٰذَا ٱلْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ
Transliteration fadharnī waman yukadhibu bihādhā l-ḥadīthi sanastadrijuhum min ḥaythu lā yaʿlamūna
Dhivehi (އޭ ރަސޫލު ﷲ އެވެ!) ފަހެ މިވާހަކަ: އެބަހީ މި قُرآن ދޮގުކުރާ މީހާ ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! (ތިމަންރަސްކަލާނގެ އޭނާއަށް ފުދޭނެއެވެ.) ނިކަންހުރެ ތިމަނަރަސްކަލާނގެ އެމީހުންނަށް ނުވެސް އެނގޭފަދައަކުންއެމީހުން ހިއްޕަވަމުން ހިއްޕަވާހުށީމެވެ.
Verse 45
وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ
Transliteration wa-um'lī lahum inna kaydī matīnun
Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންނަށް މުއްދަތު ދެއްވާހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ރޭވުން ގަދަފަދަވެގެންވެއެވެ.
Verse 46
أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ
Transliteration am tasaluhum ajran fahum min maghramin muth'qalūna
Dhivehi (އޭ ރަސޫލު ﷲ އެވެ!) ނުވަތަ ކަލޭގެފާނު އެމީހުން ނަށް ބަރުވެގެން ނުދެއްކިގެން ދަރަނިވެރިވާވަރުގެ أجُور އަކަށް އެމީހުންގެ ކިބައިން އެދިވަޑައިގަންނަވަނީތޯއެވެ؟
Verse 47
أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ
Transliteration am ʿindahumu l-ghaybu fahum yaktubūna
Dhivehi ނުވަތަ އެމީހުންގެ އަތުގައި އެމީހުން އެއިން ލިޔެނޯޓުކުރާނެ ޣައިބު ގެ مَعْلُومَاة ވަނީހެއްޔެވެ؟
Verse 48
فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌ
Transliteration fa-iṣ'bir liḥuk'mi rabbika walā takun kaṣāḥibi l-ḥūti idh nādā wahuwa makẓūmun
Dhivehi (އޭ ރަސޫލު ﷲ އެވެ!) ކަލޭގެފާނު ކަލޭގެފާނުންގެ رب ގެ ޙުކުމްފުޅަށް އަދި އެކަލާނގެ އަމުރު ފުޅަށް ކެއްތެރިވެ ވަޑައިގަންނަވާށެވެ. އަދި މަހުގެ އެކުވެރިޔާފަދައިން ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ. (މަހުގެ އެކުވެރިޔާގެ މުރާދަކީ މިތާގައި ސަލާމްލެއްވި ޔޫނުސްގެފާނެވެ.) ފަހެ އެކަލޭގެފާނު ހިތާމަފުޅާއި މޮޅިވެރިކަމުން ފުރިގެންވާ ޙާލު އެކަލޭގެފާނުންގެ رب އަށް ނިދާ ދެންނެވިހިނދު (ދުޢާ ދެންނެވިހިނދު) ހަނދުމަފުޅު ކުރަށްވާށެވެ.
Verse 49
لَّوْلَآ أَن تَدَٰرَكَهُۥ نِعْمَةٌ مِّن رَّبِّهِۦ لَنُبِذَ بِٱلْعَرَآءِ وَهُوَ مَذْمُومٌ
Transliteration lawlā an tadārakahu niʿ'matun min rabbihi lanubidha bil-ʿarāi wahuwa madhmūmun
Dhivehi އެކަލޭގެ ފާނުންގެ رب ގެ حضرة ން އެކަލޭގެފާނަށް ނިޢްމަތެއްލިބި ވަޑައި ނުގެންނެވި ނަމަ އެކަލޭގެފާނު އެއްވެސް ގަހެއް ނެތް ޞަޙަރާ ބިމަކަށް ނިކަމެތިކަމާއެކު މަލާމާތް ލިބިގެންވާ ޙާލު އެއްލައިލެވިއްޖައީހެވެ. * ފަހެ އެކަލޭގެފާނުންގެ رب ގެ حضرة ން އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ނިޢްމަތަކީ އެކަލޭގެފާނު ތައުބާވެ ވަޑައިގަތުމުގެ ތައުފީޤު އެކަލޭގެފާނަށް ދެއްވުމެވެ. އެއީ އަސްލު ނިޢްމަތެވެ.
Verse 50
فَٱجْتَبَـٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّـٰلِحِينَ
Transliteration fa-ij'tabāhu rabbuhu fajaʿalahu mina l-ṣāliḥīna
Dhivehi ދެންފަހެ އެކަލޭގެފާނުންގެ رَبُّ އެކަލޭގެފާނު އިޚްތިޔާރު ކުރަށްވައި ޚާއްޞަ ކުރަށްވައިފިއެވެ. އަދި އެކަލޭގެފާނު ޞާލިޙް މާތްބޭކަލުންގެ ތެރެއިން ލައްވައިފިއެވެ. ރަސޫލުބޭކަލުންގެ ލިސްޓުގައި ހިމަނުއްވައިފިއެވެ. (މިވާހަކަ ބައެއްސޫރަތުގައި ތަންކޮޅެއްދިގުކޮއްވެއެވެ.)
Verse 51
وَإِن يَكَادُ ٱلَّذِينَ كَفَرُوا۟ لَيُزْلِقُونَكَ بِأَبْصَـٰرِهِمْ لَمَّا سَمِعُوا۟ ٱلذِّكْرَ وَيَقُولُونَ إِنَّهُۥ لَمَجْنُونٌ
Transliteration wa-in yakādu alladhīna kafarū layuz'liqūnaka bi-abṣārihim lammā samiʿū l-dhik'ra wayaqūlūna innahu lamajnūnun
Dhivehi (އަދި އޭރަސޫލު ﷲ އެވެ!) ކަލޭގެފާނު ޤުރްއާން ވިދާޅުވާ އަޑު ކާފަރުންނަށް އިވުމުން އެމީހުންގެ ރުޅިވެރިކަމާއި ޢަދާވާތްތެރިކަމުން ކަލޭގެފާނަށް އެމީހުން އެބަލާބެލުމުން ކަލޭގެފާނު ކައްސުވައިލަން ގާތްވެގެންވެއެވެ. ކަލޭގެފާނުން ހަލާކުކޮއްލަން ގާތްވެގެން ވެއެވެ. އެބަހީއެމީހުން އެހާވެސްރުޅިއާދެއެވެ. އަދި އެމީހުން ބުނެއެވެ. އެކަލޭގެފާނަކީ ދުނިޔޭން މޮޔަވެފައިވާމީހެކެވެ. ހަމަކަށަވަރުން އެއީ މަޖުނޫންއެކެވެ.
Verse 52
وَمَا هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ
Transliteration wamā huwa illā dhik'run lil'ʿālamīna
Dhivehi އެކަމަކު އެކަލޭގެފާނު އެކިޔަވާ ވިދާޅުވާ ޤުރުއާން އެއީ ކަޑައެޅިގެން އެންމެހާ އާލަމުތަކަށްވާ ޒިކުރެއް ކަމުގައި މެނުވީ ނުވެއެވެ. މީސްތަކުންނަށް ބޭނުންވާ ހުރިހާކަމެއްގެ ބަޔާނެއް ކަމުގައި މެނުވީނުވެއެވެ. والله أعلم.
Read Surah Al-Qalam in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.