MyDugsiStart learning

Surah Al-Haqqah in Dhivehi: translation and audio

Surah 69 · الحاقة · The Reality · 52 verses

Surah Al-Haqqah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Haqqah word by word in English.

Verse 1

ٱلْحَآقَّةُ

Transliteration al-ḥāqatu

Dhivehi الْحَاقَّةُ މި لَفْظُ ގެމާނަ އަކީ قِيَامَة ދުވަހެވެ. قِيَامَة ދުވަހަށް ގިނަމާނަވެއެވެ. އެއީ އެދުވަހުގެ އެކިއެކި وَاقِعَة ތަކާއި ގުޅިގެން ކިއިފައިވާ މާނަތަކެކެވެ. الْحَاقَّةُ ގެ އެއްމާނައަކީ އައުން حَقُّ ވެގެންވާ قِيَامَة ދުވަހެވެ. އަނެއްމާނައަކީ ﷲ ގެ ދީނާއި އިދިކޮޅަށް بَاطِلُ އަރައިރުންތައްވާމީހުންގެ މައްޗަށް ގަދަވެގަންނަދުވަހެވެ. އަދި މިނޫން މާނަތައްވެސް عِلْمُ ވެރިން ލިއުއްވާފައި ވެއެވެ.

Verse 2

مَا ٱلْحَآقَّةُ

Transliteration mā l-ḥāqatu

Dhivehi الْحَاقَّةُ އެއީ ކޮންއެއްޗެއްތޯއެވެ.

Verse 3

وَمَآ أَدْرَىٰكَ مَا ٱلْحَآقَّةُ

Transliteration wamā adrāka mā l-ḥāqatu

Dhivehi އަދި الْحَاقَّةُ އެވެ. ނަންކިއުނު قِيَامَة ދުވަސް އެއީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

Verse 4

كَذَّبَتْ ثَمُودُ وَعَادٌۢ بِٱلْقَارِعَةِ

Transliteration kadhabat thamūdu waʿādun bil-qāriʿati

Dhivehi ثَمُوْدُ ބާގައިގެމީހުންނާއި عَادُ ބާގައިގެމީހުން قَارِعَة އެވެ ކިއުނު قِيَامَة ދުވަސް ދޮގުކޮށްފިއެވެ. (قَارِعَة އަކީ ބިރުން ތުރުތުރު އަޅުވައިލާއެއްޗެވެ.) ثَمُوْدُ ބާގައިގެމީހުންނަކީ އެބައެއްގެ ގާތައް މާތް الله ސަލާމު ލެއްވި صَالِحُ ގެފާނު ރަސޫލުކަމާއިގެންފޮނުއްވުނުމިހުންނެވެ. އަދި عَادُ ބާގައިގެމީހުންނަކީ އެބައެއްގެ ގާތައް މާތް الله ސަލާމު ލެއްވި هُوْد ގެފާނު ރަސޫގުކަމާއިގެން ފޮނުއްވުނުމީހުންނެވެ. قَارِعَة އަކީ ފިއްކަޑައިގެންދާފަދަ ބިރުވެރި قِيَامَة ދުވަހެވެ. ކުރީ އެބުނެވުނު ދެޤައުމުގެ މީހުންވެސް އެދުވަސް ދޮގުކުރީއެވެ.

Verse 5

فَأَمَّا ثَمُودُ فَأُهْلِكُوا۟ بِٱلطَّاغِيَةِ

Transliteration fa-ammā thamūdu fa-uh'likū bil-ṭāghiyati

Dhivehi ފަހެ ثَمُوْدُ ބާގައިގެމީހުން އަޑުގަދަކަމުން ހައްދު ފަހަނަޅައިގެންދާ ގަދަ އަޑުފަށްގަޑަކުން ހަލާކުވެގެން ދިޔައީއެވެ.

Verse 6

وَأَمَّا عَادٌ فَأُهْلِكُوا۟ بِرِيحٍ صَرْصَرٍ عَاتِيَةٍ

Transliteration wa-ammā ʿādun fa-uh'likū birīḥin ṣarṣarin ʿātiyatin

Dhivehi އަދި عَادُ ބާގައިގެމީހުން ދަންނައެވެ. ފިނިކަންގަދަވަޔަކުން ނުވަތަ އަޑުކިޔާ ފައި އައި ވަޔަކުން އެމީހުން ހަލާކުވެވުނެވެ.

Verse 7

سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَـٰنِيَةَ أَيَّامٍ حُسُومًا فَتَرَى ٱلْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ

Transliteration sakharahā ʿalayhim sabʿa layālin wathamāniyata ayyāmin ḥusūman fatarā l-qawma fīhā ṣarʿā ka-annahum aʿjāzu nakhlin khāwiyatin

Dhivehi މެދުނުކެޑި ވިދިވިދިގެން ހަތްރެޔާ އަށްދުވަސްވާދެން އެމީހުންގެމައްޗަށް އެވައިދެމިހުއްޓެވެ. ކަލޭގެފާނު އެމީހުން ދެކެވަޑައި ގަންނަވާނީ މަރުވެ ތަންޑާވެގެންވަނިކޮށެވެ. އެމީހުން ކޮންފަދަހެއްޔެވެ؟ އެމީހުން ކަދުރު ރުކުގެ ފީވެފައިވާ ބުޑުތަކެއްފަދައެވެ.

Verse 8

فَهَلْ تَرَىٰ لَهُم مِّنۢ بَاقِيَةٍ

Transliteration fahal tarā lahum min bāqiyatin

Dhivehi ފަހެ (މަރުނުވެ) ބާކީހުރި އެކަކުވެސް އެމީހުންގެތެރެއިން ކަލޭގެފާނަށް ފެނިވަޑައިގަންނަވައިތޯއެވެ؟ އެބަހީ ފެނިވަޑައި ނުގަންނަވާނެއެވެ. އެންމެން މަރުވެތަންޑާވީއެވެ.

Verse 9

وَجَآءَ فِرْعَوْنُ وَمَن قَبْلَهُۥ وَٱلْمُؤْتَفِكَـٰتُ بِٱلْخَاطِئَةِ

Transliteration wajāa fir'ʿawnu waman qablahu wal-mu'tafikātu bil-khāṭi-ati

Dhivehi އަދި فِرْعَوْنُ އާއި އަދި އޭގެ ކުރީގެމީހުންނާއި އަދި لُوْطُ قَوْمُ ގެމީހުންނާއި މިމީސްމީހުން އުރެދުންތަކާއިގެންއައެވެ. އެބަހީ އެމީހުންވެސް الله އަށް އުރެދިގަތީއެވެ.

Verse 10

فَعَصَوْا۟ رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً

Transliteration faʿaṣaw rasūla rabbihim fa-akhadhahum akhdhatan rābiyatan

Dhivehi ފަހެ އެ އެންމެންވެސް އެމީހުންގެ رَبُّ ގެ ރަސޫލާއަށް އުރެދުނީއެވެ. ނުކިޔަމަންތެރިވެ ހަރުކަށިވީއެވެ. ދެންފަހެ ގަދަފަދަވެގެންވާ އިތުރު ހިތްޕެވުމަކުން އެކަލާނގެ އެމީހުން ހިތްޕަވައިފިއެވެ. ހަލާކު ކުރައްވައިފިއެވެ.

Verse 11

إِنَّا لَمَّا طَغَا ٱلْمَآءُ حَمَلْنَـٰكُمْ فِى ٱلْجَارِيَةِ

Transliteration innā lammā ṭaghā l-māu ḥamalnākum fī l-jāriyati

Dhivehi އަދި ފެންގަޑު ބޮޑުވެ އުފުލިގަތްހިދުން ފެންމަތީ ދުވާއެތީގައި (ނައުކޮޅުގައި) ހަމަކަށަވަރުންތިމަންރަސްކަލާނގެ ކަލޭމެން އުފުއްލެވީމެވެ. އެބަހީ ކަލޭމެންގެ ކާބަފައިން ކަމުގައިވި އެންމެން ތިމަންރަސްކަލާނގެ އެނައުކޮޅަށް ލައްވައި ސަލާމަތްކުރެއްވީމެވެ. އަދި ދެންތިބިކާފަރުން غَرَقُ ކުރައްވައި ހަލާކު ކުރެއްވީމެވެ.

Verse 12

لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَآ أُذُنٌ وَٰعِيَةٌ

Transliteration linajʿalahā lakum tadhkiratan wataʿiyahā udhunun wāʿiyatun

Dhivehi އެކަންތައްތައް ތިމަންރަސްކަލާނގެ ލެއްވީ ކަލޭމެންނަށްވާ وَعْظُ نَصِيْحِة އަކަށާއި ހަދާންކޮށްދިނުމަކަށެވެ. އަދި ދަސްކޮށް ރައްކާތެރިކުރާ ކަންފަތްތަކަކުން އަހައި ދަސްކޮށް ރައްކާތެރި ކުރުމަށްޓަކައެވެ.

Verse 13

فَإِذَا نُفِخَ فِى ٱلصُّورِ نَفْخَةٌ وَٰحِدَةٌ

Transliteration fa-idhā nufikha fī l-ṣūri nafkhatun wāḥidatun

Dhivehi އަދި ތާޅަފިލި އެއްފަހަރު ފުމެލެވިއްޖެއްޔާ

Verse 14

وَحُمِلَتِ ٱلْأَرْضُ وَٱلْجِبَالُ فَدُكَّتَا دَكَّةً وَٰحِدَةً

Transliteration waḥumilati l-arḍu wal-jibālu fadukkatā dakkatan wāḥidatan

Dhivehi އަދި ބިންގަނޑާއި ފަރުބަދަތަށް އޭގެ ޖާގަ ތަކުން ލުހެވި އުފުލި އެދޭތި އެކަތި އަނެކެއްޗަށް ޖެހި ކުދިކުދިވެ ހަލާކުވެ ބުރަބުރައިގެން ދާދުވަހުން (ދަންނައެވެ.)

Verse 15

فَيَوْمَئِذٍ وَقَعَتِ ٱلْوَاقِعَةُ

Transliteration fayawma-idhin waqaʿati l-wāqiʿatu

Dhivehi އެދުވަހުން ދެން قِيَامَة ޤާއިމުވީއެވެ.

Verse 16

وَٱنشَقَّتِ ٱلسَّمَآءُ فَهِىَ يَوْمَئِذٍ وَاهِيَةٌ

Transliteration wa-inshaqqati l-samāu fahiya yawma-idhin wāhiyatun

Dhivehi އަދި އުޑު ފަޅަފަޅައިގެންގޮސް (މަލާއިކަތް ބޭކަލުން ފައިބާވަޑައިގަތުމައްޓަކައި) އުޑުގެ އެތަންމިތަން ހުޅުވިދާނެއެވެ. އަދި އެދުވަހުން އެއުޑުވާނީ ބަލިކަށި ދެރަ ضَعِيف އެއްޗަކަށެވެ.

Verse 17

وَٱلْمَلَكُ عَلَىٰٓ أَرْجَآئِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَـٰنِيَةٌ

Transliteration wal-malaku ʿalā arjāihā wayaḥmilu ʿarsha rabbika fawqahum yawma-idhin thamāniyatun

Dhivehi އަދި މަލާއިކަތް ބޭކަލުން އުޑުގެ އެކިއެކިފަރާތްފަރާތުގައި ތަންތަންކޮޅުގައި (ﷲ ގެ އަމުރު ފުޅުގެ އިންތިޒާރުގައި) ތިއްބަވާނެއެވެ. އަދި އެދުވަހުން ކަލޭގެފާނުންގެ رَبُّ ގެ عَرْشِ ފުޅު އުފުއްލަވާނީ މަލާއިކަތް ބޭކަލުން ކުރެ އަށް ބޭކަލެކެވެ. ނުވަތަ މަލާއިކަތްބޭކަލުންގެ އަށް ސަފެވެ.

Verse 18

يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ

Transliteration yawma-idhin tuʿ'raḍūna lā takhfā minkum khāfiyatun

Dhivehi އަދި އެދުވަހުން ތިޔަބައިމީހުންގެ ހިސާބުބެއްލެވުމައްޓަކައި ﷲ ގެ ޙަޟްރަތަށް ތިޔަބައިމީހުން ހުށަހެޅޭނެއެވެ. ތިޔަބައިމީހުންގެ އެއްވެސް ނަފްސެއް އެނަފްސެއްއެކުރި ޢަމަލެއްގެ އެއްވެސް މިންވަރެއް އެކަލާނގެއަށް ވަންހަނާވެގެންނުވެއެވެ.

Verse 19

فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقْرَءُوا۟ كِتَـٰبِيَهْ

Transliteration fa-ammā man ūtiya kitābahu biyamīnihi fayaqūlu hāumu iq'raū kitābiyah

Dhivehi ފަހެ އެމީހެއްގެ ޢަމަލުގެފަތް އެމީހެއްގެ ކަނާތްފަރާތަށް ދެވިއްޖެމީހާ ދަންނައެވެ. އޭނާ އެނާ ދަންނަހާ ބަޔަކަށް ގޮވާހަދާނެއެވެ. އޭނާ ބުނާނެއެވެ. ކަލޭމެން މިފަތް ހިފައި ކިޔައިލަބަލާށެވެ. (އަދި އެނާ ބުނާނެއެވެ.)

Verse 20

إِنِّى ظَنَنتُ أَنِّى مُلَـٰقٍ حِسَابِيَهْ

Transliteration innī ẓanantu annī mulāqin ḥisābiyah

Dhivehi (ދުނިޔޭގައި އަހުރެން އުޅުނުއިރު) އަހުރެންގެ ޢަމަލުތަކުގެ ހިސާބާއި قِيَامَة ދުވަހުން އަހުރެންނާ ބައްދަލުވާނެކަމުގައި އަހުރެން ޔަޤީން ކުރީމެވެ.

Verse 21

فَهُوَ فِى عِيشَةٍ رَّاضِيَةٍ

Transliteration fahuwa fī ʿīshatin rāḍiyatin

Dhivehi ފަހެ އެދުވަހުން އޭނާވާނި އުފާވެ އަދި ރުހެވިގެންވާ ދިރިއުޅުމެއްގައެވެ. މަޖަލުގައެވެ.

Verse 22

فِى جَنَّةٍ عَالِيَةٍ

Transliteration fī jannatin ʿāliyatin

Dhivehi އޭނާވާނީ މަތިވެރިވެގެންވާ ސުވަރުގޭގައެވެ.

Verse 23

قُطُوفُهَا دَانِيَةٌ

Transliteration quṭūfuhā dāniyatun

Dhivehi އެތާގެ މޭވަތައް ލިބިގަންނަން ފަސޭހަވަނޭގޮތުން ގާތްވެގެންވެއެވެ.

Verse 24

كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَآ أَسْلَفْتُمْ فِى ٱلْأَيَّامِ ٱلْخَالِيَةِ

Transliteration kulū wa-ish'rabū hanīan bimā aslaftum fī l-ayāmi l-khāliyati

Dhivehi (އަދި އެމީހުންނަށް ނިދާއިއްވެވޭނެއެވެ.) ކަލޭމެން ދުނިޔޭގައި ކުރިހެޔޮ عَمَلُ ތަކުގެބަދަލުގައި ގިނަގިނައިން ކައިބޮއި ހަދާށެވެ.

Verse 25

وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِشِمَالِهِۦ فَيَقُولُ يَـٰلَيْتَنِى لَمْ أُوتَ كِتَـٰبِيَهْ

Transliteration wa-ammā man ūtiya kitābahu bishimālihi fayaqūlu yālaytanī lam ūta kitābiyah

Dhivehi އަދިއެމީހެއްގެ عَمَلُ ގެފަތް އެމީހެއްގެ ވައަތްފަރާތުން ލިބިއްޖެމީހާ ދަންނައެވެ. ފަހެ އޭނާ ހަޅޭލަވަމުން ގޮވާނެއެވެ. އަހުރެންގެފަތް އަހުރެންނަށް ނުލިބުނުނަމަ ކިހާރަނގަޅުވީސްހެއްޔެވެ.

Verse 26

وَلَمْ أَدْرِ مَا حِسَابِيَهْ

Transliteration walam adri mā ḥisābiyah

Dhivehi އަދި އަހުރެންނަށް އަހުރެންގެ ހިސާބު ނޭގުނުނަމަ ކޮންފަދަރަނގަޅުހެއްޔެވެ؟

Verse 27

يَـٰلَيْتَهَا كَانَتِ ٱلْقَاضِيَةَ

Transliteration yālaytahā kānati l-qāḍiyata

Dhivehi އަދި ދުނިޔޭގައި އެވީ މަރުއެއީ އަހުރެންގެ އެންމެފަހުގެ ނިމުމެއްކަމުގައި ވެގެންދިޔަނަމައެވެ. (ދެންހަމަ ހުސްނަމައެވެ.)

Verse 28

مَآ أَغْنَىٰ عَنِّى مَالِيَهْ ۜ

Transliteration mā aghnā ʿannī māliyah

Dhivehi އަދި އަހުރެންގެމުދާ އަހުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.

Verse 29

هَلَكَ عَنِّى سُلْطَـٰنِيَهْ

Transliteration halaka ʿannī sul'ṭāniyah

Dhivehi އަހުރެންގެ ކިބައިން އެންމެހައި ދަލީލާއި حُجَّة ކެޑިގެން ހިގައްޖެއެވެ. (އަދި އެންމެހައި ގުނަވަންތަކެއްވެސް އަހުރެންނާއި އިދިކޮޅަށް ހެކިދީފިއެވެ.)

Verse 30

خُذُوهُ فَغُلُّوهُ

Transliteration khudhūhu faghullūhu

Dhivehi (އަދިނަރަކައިގެ ޒަބާނިއްޔަ މަލާއިކަތްބޭކަލުންނަށް އެންގޭނެއެވެ.) ތިޔަބޭކަލުން އޭނާ ހިފައިގަންނާށެވެ. އަދި އޭނާކަސްތޮޅު އަޅާށެވެ.

Verse 31

ثُمَّ ٱلْجَحِيمَ صَلُّوهُ

Transliteration thumma l-jaḥīma ṣallūhu

Dhivehi ދެންސީދާ جَحِيْمُ (ގަދަޔަށް އަދާ އަލިފާނަށް އޭނާވައްދާށެވެ.) އޭނާވައްދައި އަންދާށެވެ.

Verse 32

ثُمَّ فِى سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَٱسْلُكُوهُ

Transliteration thumma fī sil'silatin dharʿuhā sabʿūna dhirāʿan fa-us'lukūhu

Dhivehi ދެން އަދި އޭގެދިގުމިން ހަތްދިހަމުށްހުރި ހިލިހިލާގަޑެއްގައި އޭނާ ބަންނާށެވެ.

Verse 33

إِنَّهُۥ كَانَ لَا يُؤْمِنُ بِٱللَّهِ ٱلْعَظِيمِ

Transliteration innahu kāna lā yu'minu bil-lahi l-ʿaẓīmi

Dhivehi ހަމަކަށަވަރުން އޭނާވީ ހައިބަވަންތަ މަތިވެރިމާތް الله އަށް އީމާން ނުވާމީހަކު ކަމުގައެވެ.

Verse 34

وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ

Transliteration walā yaḥuḍḍu ʿalā ṭaʿāmi l-mis'kīni

Dhivehi އަދި އޭނާވީ މިސްކީނުންނަށް ކާއެތިކޮޅު ނުދޭ އަދި އެކަމަށް އެއްވެސް ހިތްވަރެއްނުދޭމީހަކު ކަމުގައެވެ.

Verse 35

فَلَيْسَ لَهُ ٱلْيَوْمَ هَـٰهُنَا حَمِيمٌ

Transliteration falaysa lahu l-yawma hāhunā ḥamīmun

Dhivehi ފަހެ އެނާއަކަށް މިއަދު އެއްވެސް ރައްޓެހި އެހީތެރިއަކު ނުވެއެވެ.

Verse 36

وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ

Transliteration walā ṭaʿāmun illā min ghis'līnin

Dhivehi އަދި غِسَلِيْنُ ނޫން އެހެން އެއްވެސް ކާބޯއެއްޗެއް އޭނާއަކަށް ނުވެއެވެ. (غِسَلِيْنُ އަކީ ނަރަކަވަންތަވެރިންގެ ގައިން އޮހިގެންދާ ނުބައި ދިޔަވަރުބޮޑިއެވެ.)

Verse 37

لَّا يَأْكُلُهُۥٓ إِلَّا ٱلْخَـٰطِـُٔونَ

Transliteration lā yakuluhu illā l-khāṭiūna

Dhivehi ސީދާ ފާފަވެރި ކުށްވެރިންމެނުވީ އެތަކެތިނުބޯނެއެވެ.

Verse 38

فَلَآ أُقْسِمُ بِمَا تُبْصِرُونَ

Transliteration falā uq'simu bimā tub'ṣirūna

Dhivehi ،(39) (ކަންތައްތައްހުރީ ކަލޭމެން ތިޔަބުނާގޮތަކަށް ނޫނެވެ.) ކަލޭމެންގެ ލޮލަށް ފެންނަތަކެއްޗާއި އަދި ކަލޭމެންގެ ލޮލަށް ނުފެންނަތަކެތި ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

Verse 39

وَمَا لَا تُبْصِرُونَ

Transliteration wamā lā tub'ṣirūna

Dhivehi ،(39) (ކަންތައްތައްހުރީ ކަލޭމެން ތިޔަބުނާގޮތަކަށް ނޫނެވެ.) ކަލޭމެންގެ ލޮލަށް ފެންނަތަކެއްޗާއި އަދި ކަލޭމެންގެ ލޮލަށް ނުފެންނަތަކެތި ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

Verse 40

إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ

Transliteration innahu laqawlu rasūlin karīmin

Dhivehi ހަމަކަށަވަރުން އެ قُرْآن އެއީ މާތްވެގެންވާ ރަސޫލެއްގެ ކިޔަވާ ވިދާޅު ވުމުގެ ބަސްފުޅެވެ. (އެއީ مُحَمَّد ﷺ ގެ ކިޔަވާ ވިދާޅުވުމެވެ. ނުވަތަ އެކަލޭގެފާނުންގެ تَبْلِيْغُ އެވެ. ނުވަތަ އެއީ جِبْرِيْل عَلَيْهِ السلام ގެ ކިޔަވާ ވިދާޅުވުމެކެވެ.

Verse 41

وَمَا هُوَ بِقَوْلِ شَاعِرٍ ۚ قَلِيلًا مَّا تُؤْمِنُونَ

Transliteration wamā huwa biqawli shāʿirin qalīlan mā tu'minūna

Dhivehi އަދި އެ قُرْآنއެއީ ޅެންވެރިއެއްގެ ބަސްކަމުގައި ނުވެއެވެ. ކަލޭމެން ތެދުކޮށް އީމާންވަނީ ދާދިމަދުންނެވެ.

Verse 42

وَلَا بِقَوْلِ كَاهِنٍ ۚ قَلِيلًا مَّا تَذَكَّرُونَ

Transliteration walā biqawli kāhinin qalīlan mā tadhakkarūna

Dhivehi އަދި އެ قُرْآنއެއީ ކަހީނެއްގެ ބަސްކަމުގައިވެސް ނުވެއެވެ. ކަލޭމެން ހަދާންކޮށް ނަސޭހަތާއި وَعْظُ ލިބިގަންނަނީ ހާދަހާވެސް މަދުންނެވެ.

Verse 43

تَنزِيلٌ مِّن رَّبِّ ٱلْعَـٰلَمِينَ

Transliteration tanzīlun min rabbi l-ʿālamīna

Dhivehi އެ قُرْآنއެއީ عَالَمُ ތަކުގެވެރި رَبُّ ގެ حَضْرَةُ ންވާ ބާވާތްލެއްވުމެކެވެ. (އެހެން އެއްވެސްމީހެއްގެ ބަހެއްނޫނެވެ. ހަމައެކަނި އެކަލާނގެ ބަސްފުވެ.)

Verse 44

وَلَوْ تَقَوَّلَ عَلَيْنَا بَعْضَ ٱلْأَقَاوِيلِ

Transliteration walaw taqawwala ʿalaynā baʿḍa l-aqāwīli

Dhivehi އަދިތިމަން ރަސްކަލާނގެ ރަސްކަންފުޅުގެމައްޗަށް އެކަލޭގެފާނު އަމިއްލަފުޅަށް (قُرْآن ގެތެރެއަށް ބައެއްބަސް) ބަސްފުޅެއް ގެނެސްގެންފިނަމަ

Verse 45

لَأَخَذْنَا مِنْهُ بِٱلْيَمِينِ

Transliteration la-akhadhnā min'hu bil-yamīni

Dhivehi ކަނައަތްޕުޅުން އެކެލޭގެފާނުންގެ ގައިކޮޅުގައި ހިތްޕަވާހުށީމެވެ.

Verse 46

ثُمَّ لَقَطَعْنَا مِنْهُ ٱلْوَتِينَ

Transliteration thumma laqaṭaʿnā min'hu l-watīna

Dhivehi އަދި ބުރަކަށީންފެށިގެން ހިތާއިގުޅިފައިވާ އެންމެފަލަ ނާރު ކަޑުއްވަލައްވާ ހުށީމެވެ. އޭގެމުރާދަކީ އެކަލޭގެފާނުން ހަލާކު ކޮށްލައްވާ ހުށީމެވެ.

Verse 47

فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَـٰجِزِينَ

Transliteration famā minkum min aḥadin ʿanhu ḥājizīna

Dhivehi އަދި ކަލޭމެންކުރެ އެކަކުވެސް އެކަންމަނާކޮށް ހިފެހެއްޓޭނެ ކަމުގައި ނުވެއެވެ.

Verse 48

وَإِنَّهُۥ لَتَذْكِرَةٌ لِّلْمُتَّقِينَ

Transliteration wa-innahu latadhkiratun lil'muttaqīna

Dhivehi އަދި އެ قُرْآن އެއީ تَقْوَى ވެރިނނަށްވާ وَعْظُ نَصِيْحَة އެކެކެވެ. އަދި ހަދާންކޮށް ދިނުމެކެވެ.

Verse 49

وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ

Transliteration wa-innā lanaʿlamu anna minkum mukadhibīna

Dhivehi އަދި ހަމަކަށަވަރުން ކަލޭމެންގެތެރޭގައި قُرْآن ދޮގުކުރާ މީހުންވާކަން ތިމަންރަސްކަލާނގެ ރަނގަޅަށް ދެނެވޮޑިގެންވަމެވެ. (އެމީހުންނަށްއެކަމުގެ ފުރިހަމަ ޖަޒާދެއްވާ ހުށީމެވެ.)

Verse 50

وَإِنَّهُۥ لَحَسْرَةٌ عَلَى ٱلْكَـٰفِرِينَ

Transliteration wa-innahu laḥasratun ʿalā l-kāfirīna

Dhivehi އަދި އެ قُرْآن އެއީ ކަނޑައެޅިގެން ކާފަރުންގެމައްޗަށްވާ ބޮޑު ހިތާމައެކެވެ.

Verse 51

وَإِنَّهُۥ لَحَقُّ ٱلْيَقِينِ

Transliteration wa-innahu laḥaqqu l-yaqīni

Dhivehi އަދި ހަމަކަ ށަވަރުން އެ قُرْآن އެއީ ކަޑައެޅިގެން ޔަޤީނުންވެސް ޙައްޤު ތެދުފޮތެވެ.

Verse 52

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ

Transliteration fasabbiḥ bi-is'mi rabbika l-ʿaẓīmi

Dhivehi ފަހެ ކަލޭގެފާނުންގެ ހައިބަވަންތަ رَبُّ އަށް اللهއަށް تَسْبِيْح ވިދާޅުވާށެވެ. އެކަލާނގެ ހުސް طَاهِرُ ވަންތަ ކުރައްވާށެވެ.

Read Surah Al-Haqqah in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.