Surah Al-Hajj in Dhivehi: translation and audio
Surah 22 · الحج · The Pilgrimage · 78 verses
Surah Al-Hajj verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Hajj word by word in English.
Verse 1
يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ إِنَّ زَلْزَلَةَ ٱلسَّاعَةِ شَىْءٌ عَظِيمٌ
Transliteration yāayyuhā l-nāsu ittaqū rabbakum inna zalzalata l-sāʿati shayon ʿaẓīmun
Dhivehi އޭ މީސްތަކުންނޭވެ! ކަލޭމެން ކަލޭމެންގެ ربّ އަށް ބިރުވެތިވާށެވެ! (އެކަލާނގެއަށް تقوى ވެރިވާށެވެ! އެއީ އެކަލާނގެ އެންގެވި واجب ތައް އަދާކޮށްގެންނާއި حرام ކުރެއްވި ކަންތަކުން ދުރުވެގަނެގެންނެވެ.) ހަމަކަށަވަރުން قيامة ވުމުގެ زَلْزَلة އަކީ (ދުނިޔެ ތެޅިގަނެ ގުޑައިގެންދާ ދިއުމަކީ) ބިރުބޮޑުވެގެންވާ ކަމެކެވެ.
Verse 2
يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّآ أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى ٱلنَّاسَ سُكَـٰرَىٰ وَمَا هُم بِسُكَـٰرَىٰ وَلَـٰكِنَّ عَذَابَ ٱللَّهِ شَدِيدٌ
Transliteration yawma tarawnahā tadhhalu kullu mur'ḍiʿatin ʿammā arḍaʿat wataḍaʿu kullu dhāti ḥamlin ḥamlahā watarā l-nāsa sukārā wamā hum bisukārā walākinna ʿadhāba l-lahi shadīdun
Dhivehi އެދުވަހުގެ ބިރުވެރިކަން ބޮޑުކަމުން އެދުވަހުން ކޮންމެ ކިރުމަޔަކު ކަލޭގެފާނު ދެކެވަޑައިގަންނަވާނީ އޭނާ ކިރުދޭ ދަރިފުޅުގެ މަތީން ހަނދާންނެތި غافل ވެގެންވާތީއެވެ. (އެއީ އެދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަމުންނެވެ.) އަދި ބަލިވެއިން ކޮންމެ އަންހެނެއްގެ ބަނޑުގައި އޮތްދަރި (ދުވަސް ހަމަނުވަނިސް) ވެއްޓޭނެއެވެ. އަދި އެދުވަހުން ކަލޭގެފާނު މީސްތަކުން ދެކެވަޑައިގަންނަވާނީ މަސްތުވެގެންވާތީއެވެ. އެކަމަކު އެމީހުން އެވަނީ މަސްތުވެގެންނެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ ގެ عذاب ގެ ގަދަކަމުން އެމީހުންނަށް ވެފައިވާ ގޮތެވެ. (ބުއްދިތައް މުޅިން ހަމައިން ނެއްޓި ގޮތްހުސްވެފައިވާތީ ހީވާގޮތެވެ.)
Verse 3
وَمِنَ ٱلنَّاسِ مَن يُجَـٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَيَتَّبِعُ كُلَّ شَيْطَـٰنٍ مَّرِيدٍ
Transliteration wamina l-nāsi man yujādilu fī l-lahi bighayri ʿil'min wayattabiʿu kulla shayṭānin marīdin
Dhivehi އަދި އެބައިމީހުންނަށް އެއްވެސް އެނގުމެއް علمގެ އަލިކަމެއްނެތި ﷲ އާއިމެދު (އެބަހީ: ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމާއިމެދު) جَدَل ކުރާމީހުން މީސްތަކުންގެތެރޭގައިވެއެވެ. އަދި ނުކިޔަމަންތެރި ކޮންމެ شيطان އަކާއި އެފަދަމީހުން تَبَع ވެއެވެ. (އެބަހީ: ޖަދަލު ކުރުމުގައި شيطانއާގެ ވަސްވާސްތަކާއި އޭނާގެ ބުނުންތަކާއި تَبَع ވެއެވެ.)
Verse 4
كُتِبَ عَلَيْهِ أَنَّهُۥ مَن تَوَلَّاهُ فَأَنَّهُۥ يُضِلُّهُۥ وَيَهْدِيهِ إِلَىٰ عَذَابِ ٱلسَّعِيرِ
Transliteration kutiba ʿalayhi annahu man tawallāhu fa-annahu yuḍilluhu wayahdīhi ilā ʿadhābi l-saʿīri
Dhivehi ހަމަކަށަވަރުން އެ شيطان އާ އާއިމެދު ނިޔާކުރެވި ކަނޑައެޅެވިގެންވަނީ ހަމަކަށަވަރުން އެސޮރާ تبع ވެއްޖެ ކޮންމެ މީހަކުވެސް ކަނޑައެޅިގެން އެސޮރު އެމީހަކު މަގުފުރެއްދުމެވެ. އަދި އެސޮރު އެމީހަކަށް މަގުދައްކާނީ ސީދާ އަލިފާނުގެ عذاب އަށް ދިއުމަށެވެ.
Verse 5
يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَـٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا ۚ وَتَرَى ٱلْأَرْضَ هَامِدَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ وَأَنۢبَتَتْ مِن كُلِّ زَوْجٍۭ بَهِيجٍ
Transliteration yāayyuhā l-nāsu in kuntum fī raybin mina l-baʿthi fa-innā khalaqnākum min turābin thumma min nuṭ'fatin thumma min ʿalaqatin thumma min muḍ'ghatin mukhallaqatin waghayri mukhallaqatin linubayyina lakum wanuqirru fī l-arḥāmi mā nashāu ilā ajalin musamman thumma nukh'rijukum ṭif'lan thumma litablughū ashuddakum waminkum man yutawaffā waminkum man yuraddu ilā ardhali l-ʿumuri likaylā yaʿlama min baʿdi ʿil'min shayan watarā l-arḍa hāmidatan fa-idhā anzalnā ʿalayhā l-māa ih'tazzat warabat wa-anbatat min kulli zawjin bahījin
Dhivehi އޭ މީސްތަކުންނޭވެ! محشر އަށް ފޮނުވުމާއިމެދު ކަލޭމެންނަށް ޝައްކެއްވާނަމަ (ކަލޭމެން ނިކަން ކަލޭމެންގެ أصل ހެއްދެވުމަށް ވިސްނާ فكر ކޮށްބަލާށެވެ.) ފަހެ ހަމަކަށަވަރުން ފުރަތަމަ ކަލޭމެންގެ ބައްޕަކަމުގައިވާ آدم عليه السّلام ތިމަންރަސްކަލާނގެ ހެއްދެވީ ވެލީންނެވެ. ދެން ކަލޭމެން ހެއްދެވީ މަނިފޮދުވަރަކުންނެވެ. ދެން އެމަނިފޮދުވަރު (މަންމަގެ رَحِمُ ގައި) ގަނޑުލެއިކޮޅަކަށް ހެއްދެވީމެވެ. ދެން އެގަނޑުލެއިކޮޅު މަސްކޮޅަކަށް ހެއްދެވީމެވެ. އެއީ آدم ގެ ދަރިއެއްގެ صورة ރަނގަޅަށް ފައުޅުވާ ގޮތަށާއި އަދި صورة ފައުޅުނުވާ ގޮތަށެވެ. (އެބަހީ: ބައެއްފަހަރު ފުރިހަމަ އިންސާނަކަށް ނުވެ މައިމީހާގެ رَحِم ން ވެއްޓިދެއެވެ.) އެހުރިހާ ގޮތަކަށް ތިމަންރަސްކަލާނގެ ހައްދަވަނީ ތިމަންރަސްކަލާނގެ قدرة ވަންތަކަމާއި އެއްކައުވަންތަކަން ކަލޭމެންނަށް بيان ކޮށްދެއްވުމަށެވެ. ދެން އެ އިންސާނާ މައިމީހާގެ رَحِمُ ގައި ކަނޑައެޅިގެންވާ މުއްދަތަކަށް ތިމަންރަސްކަލާނގެ قرار ކުރައްވައި ބާއްވަމެވެ. އެއީ ބަލިވެއިނުމުގެ މުއްދަތު ހަމަވާންދެނެވެ. ދެން ކުޑަކުޑަކުއްޖެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭމެން ދުނިޔެއަށް ނެރެމެވެ. ދެން ކަލޭމެން ބޮޑުވަމުންގޮސް ކަލޭމެންގެ ގައިބާރުގަދަވެ ބުއްދި ފުރިހަމަވާ عُمر އަށް ތިމަންރަސްކަލާނގެ ކަލޭމެން ފޮނުއްވަމެވެ. އަދި އޭގެ ކުރިން މަރުވެގެންދާ ބަޔަކުވެސް ކަލޭމެންގެތެރެއިންވެއެވެ. އަދި މުސްކުޅިވެ ލޯބޯކޮށިވެ ވާނުވާ ނޭނގެ ވަރަށް - أَرْذَلُ العمر އެވެ ކިޔާހިސާބަށް ދާންދެން މަރުނުވެ ތިބޭމީހުންވެއެވެ. އެހިސާބަށްދާއިރު ރަނގަޅަށް ތަންދޮރު ނޭނގެއެވެ. އެއީ ކުރީގައި ރަނގަޅަށް ތަންދޮރު އެނގި އޮޅުންފިލައި އުޅުމަށްފަހުގައެވެ. އަދި ބިންގަނޑު ހިކިވެ ހަނަފަސްވެފައިވާތަން ކަލޭގެފާނު ދެކެވަޑައި ގަންނަވާނެއެވެ. ދެންފަހެ އެބިންގަނޑަށް ތިމަންރަސްކަލާނގެ ފެން ވެއްސެވުމުން އެބިންގަނޑު ޙަރަކާތްތެރިވެ ބޮޑުވެ އަދި ފަތްޕިލާވެލީގެ ރީތި އަދި ނަލަ ކޮންމެ ބާވަތެއްގެ ޖޯޑުޖޯޑު އެބިންގަނޑުން ފަޅައެވެ. މިއެވެ. (މިބަޔާންވެދިޔަފަދަ ކަންތައްތައް ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި محشر އަށް ފޮނުއްވުން ދަތިނުވާނޭކަން ކޮންމެ ސަލާމަތް ބުއްދިއަކަށް އެނގެންވާނެކަމަށް ފެނެއެވެ. މާތް ﷲ އަޅަމެން މަގުނުފުރައްދަވައި އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަ ކަމަށް ވިސްނާ فكر ކުރުމުގެ ހެޔޮ توفيق އަޅަމެނަށް ދެއްވާންދޭވެ. آمين)
Verse 6
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّهُۥ يُحْىِ ٱلْمَوْتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Transliteration dhālika bi-anna l-laha huwa l-ḥaqu wa-annahu yuḥ'yī l-mawtā wa-annahu ʿalā kulli shayin qadīrun
Dhivehi އެއީ (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ مثال ތައް ތިމަންރަސްކަލާނގެ ކަލޭމެނަށް ދައްކަވައި އެވާހަކަތައް ހަނދާންކޮށްދެއްވަނީ) ތިމަންރަސްކަލާނގެ އެއީ އަޅުކަން އެފަރާތަށް ވެވުން حقّ ވަންތަ ކަލާނގެކަން ކަލޭމެން ދެނެ އެގޮތުގެމަތީގައި إيمان ވެ ތެދުކުރުމަށެވެ. އަދި ހަމަކަށަވަރުން އެކަލާނގެއީ މަރުވެފައިވާ ތަކެތި ދިރުއްވާ ކަލާނގެކަމާއި އަދި ހަމަކަށަވަރުން ކޮންމެކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވާކަންއެންގެވުމަށެވެ.
Verse 7
وَأَنَّ ٱلسَّاعَةَ ءَاتِيَةٌ لَّا رَيْبَ فِيهَا وَأَنَّ ٱللَّهَ يَبْعَثُ مَن فِى ٱلْقُبُورِ
Transliteration wa-anna l-sāʿata ātiyatun lā rayba fīhā wa-anna l-laha yabʿathu man fī l-qubūri
Dhivehi އަދި ހަމަކަށަވަރުން قيامة ދުވަހަކީ އަންނާނޭ ދުވަހެއްކަން ކަށަވަރެވެ. އެޔާމެދު އެއްވެސް ޝައްކެއްނެތެވެ. އަދި ހަމަކަށަވަރުން قَبْر ތަކުގައިވާ މީސްތަކުން ﷲ تعالى އެމީހުން ދިރުއްވައި مَحْشر އަށް ފޮނުއްވާނެއެވެ. (އަދި عمل ތަކަށް ފުރިހަމަ ޖަޒާދެއްވާނެއެވެ.)
Verse 8
وَمِنَ ٱلنَّاسِ مَن يُجَـٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَـٰبٍ مُّنِيرٍ
Transliteration wamina l-nāsi man yujādilu fī l-lahi bighayri ʿil'min walā hudan walā kitābin munīrin
Dhivehi އަދި އެއްވެސް علم އެއް އެނގުމެއް، އަދި ތެދުމަގެއްވިޔަސް ނެތި އަދި އޭނާ އެބުނާ އެއްޗެއް ތެދުކަމަށް دليل ކުރާނޭ އެއްވެސް ފޮތެއްގެ އަލިކަމެއް ނެތި ﷲ ގެ ރަސްކަންފުޅާއިމެދު جَدَل ކޮށް ދެކޮޅުހަދާމީހުން މީސްތަކުންގެ ތެރޭގައިވެއެވެ.
Verse 9
ثَانِىَ عِطْفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِ ۖ لَهُۥ فِى ٱلدُّنْيَا خِزْىٌ ۖ وَنُذِيقُهُۥ يَوْمَ ٱلْقِيَـٰمَةِ عَذَابَ ٱلْحَرِيقِ
Transliteration thāniya ʿiṭ'fihi liyuḍilla ʿan sabīli l-lahi lahu fī l-dun'yā khiz'yun wanudhīquhu yawma l-qiyāmati ʿadhāba l-ḥarīqi
Dhivehi އަދި އެފަދަމީހުންނަށް ގޮވާލެވޭ ގޮވައިލުމަށް އެމީހުންގެ ބޮޑާކަމުން ފުރަގަސްދީ ހަދައެވެ. އެއީ ﷲ ގެމަގުން މީސްތަކުން މަގުފުރެއްދުމަށްޓަކައެވެ. އޭނާއަށް ދުނިޔޭގައި ހުރީ ދެރަކަމާއި ނިކަމެތިކަމެވެ. އަދި قيامة ދުވަހުން އަނދައަނދާހުރި އަލިފާނުގެ عذاب ގެ ރަހަ ތިމަންރަސްކަލާނގެ އޭނާއަށް ދައްކަވާހުށީމެވެ.
Verse 10
ذَٰلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ ٱللَّهَ لَيْسَ بِظَلَّـٰمٍ لِّلْعَبِيدِ
Transliteration dhālika bimā qaddamat yadāka wa-anna l-laha laysa biẓallāmin lil'ʿabīdi
Dhivehi (އަދި އޭނާއަށް އެންގެވޭނެއެވެ.) އެފަދަ عذاب ކަލެއަށް ލިބެނީ ކަލޭ އިސްކޮށްފައިވާ عمل ތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ.
Verse 11
وَمِنَ ٱلنَّاسِ مَن يَعْبُدُ ٱللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُۥ خَيْرٌ ٱطْمَأَنَّ بِهِۦ ۖ وَإِنْ أَصَابَتْهُ فِتْنَةٌ ٱنقَلَبَ عَلَىٰ وَجْهِهِۦ خَسِرَ ٱلدُّنْيَا وَٱلْـَٔاخِرَةَ ۚ ذَٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ
Transliteration wamina l-nāsi man yaʿbudu l-laha ʿalā ḥarfin fa-in aṣābahu khayrun iṭ'ma-anna bihi wa-in aṣābathu fit'natun inqalaba ʿalā wajhihi khasira l-dun'yā wal-ākhirata dhālika huwa l-khus'rānu l-mubīnu
Dhivehi އަދި ޝައްކެއްގައި ހުރެގެން ﷲ އަށް އަޅުކަންކުރާމީހުން މީސްތަކުންގެތެރޭގައި ވެއެވެ. ދެންފަހެ އެމީހުންނަށް ހެޔޮކަމެއް ދިމާވެއްޖެއްޔާ (އެބަހީ: ރިޒުގު ތަނަވަސްވުންފަދަ دنيوى ހަމަޖެހުމެއް ދިމާވެއްޖެއްޔާ) އެ دين މަތީ قائم ވެތިބެއެވެ. ހަމަޖެހިގެން ތިބެއެވެ. އަދި އެމީހުންނަށް فِتْنَة އެއް ދިމާވެއްޖެއްޔާ (އެބަހީ: ތަދުމަޑުވުންފަދަ ދަތި އުނދަގުލެއް ދިމާވެއްޖެއްޔާ އެމީހުން އެމީހުންގެ މޫނު މައްޗަށް ފުރޮޅިދެއެވެ. އެބަހީ: دين ދޫކޮށް މުރުތައްދުވެދެއެވެ. ދުނިޔެއާއި آخرة ނަގައިލައެވެ. بيان ވެގެންވާ ގެއްލުމާއި ހަލާކަކީ އެއީއެވެ.
Verse 12
يَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَضُرُّهُۥ وَمَا لَا يَنفَعُهُۥ ۚ ذَٰلِكَ هُوَ ٱلضَّلَـٰلُ ٱلْبَعِيدُ
Transliteration yadʿū min dūni l-lahi mā lā yaḍurruhu wamā lā yanfaʿuhu dhālika huwa l-ḍalālu l-baʿīdu
Dhivehi އެފަދަމީހާ ﷲ ފިޔަވައި އޭނާ دعاء ކޮށް އަޅުކަންކޮށް އެހަދަނީ އޭނާއަށް އެއްވެސް ގެއްލުމެއް އަދި އުނދަގުލެއް ނުދެވޭ އަދި އޭނާއަށް އެއްވެސް مَنْفَعَ އެއްވެސް ނުދޭ ތަކެއްޗަށެވެ. ބުދަށެވެ. ދުރުވެގެންވާ މަގުފުރެދުމަކީ އެއީއެވެ.
Verse 13
يَدْعُوا۟ لَمَن ضَرُّهُۥٓ أَقْرَبُ مِن نَّفْعِهِۦ ۚ لَبِئْسَ ٱلْمَوْلَىٰ وَلَبِئْسَ ٱلْعَشِيرُ
Transliteration yadʿū laman ḍarruhu aqrabu min nafʿihi labi'sa l-mawlā walabi'sa l-ʿashīru
Dhivehi އޭނާ دعاء ކޮށް އަޅުކަން އެކުރަނީ އެއެއްޗެއްގެ مَنْفَعَ އާއި ލާބައަށްވުރެ އެއެއްޗެއްގެ ގެއްލުމާއި ހަލާކު ގާތްވެގެންވާ އެއްޗަކަށް ކަން ކަށަވަރެވެ. ކަނޑައެޅިގެން نَصْر ވެރިޔާ ނުބައި ވެގެންވެއެވެ. އަދި ކަނޑައެޅިގެން އެކުވެރިޔާވެސް ނުބައިވެގެންވެއެވެ. އެބަހީ: ބުދަކީ نصر ވެރިއަކުކަމުގައި ބެލިއްޔާވެސް އެއީ ނުބައިވެގެންވާ نصر ވެރިއެކެވެ. އަދި ނުބައި އެކުވެރިއެކެވެ. (އެއީ އެއަށް އަޅުކަންކުރާމީހާއެވެ.)
Verse 14
إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ إِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ
Transliteration inna l-laha yud'khilu alladhīna āmanū waʿamilū l-ṣāliḥāti jannātin tajrī min taḥtihā l-anhāru inna l-laha yafʿalu mā yurīdu
Dhivehi إيمان ވެގެން صالح عمل ތައްކުރި މީސްތަކުން (ދަންނައެވެ.) ހަމަކަށަވަރުން ﷲ تعالى އެމީހުން ސުވަރުގެ ވައްދަވާހުއްޓެވެ. އެތަންތާނގެ ދަށުން އާރުތައް ދެމިދެމިއޮންނަ ބަގީޗާތަކަކަށް އެމީހުން ވައްދަވާހުއްޓެވެ. އަދި ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ ކަންތައް ކުރައްވައެވެ.
Verse 15
مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ فَلْيَمْدُدْ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لْيَقْطَعْ فَلْيَنظُرْ هَلْ يُذْهِبَنَّ كَيْدُهُۥ مَا يَغِيظُ
Transliteration man kāna yaẓunnu an lan yanṣurahu l-lahu fī l-dun'yā wal-ākhirati falyamdud bisababin ilā l-samāi thumma l'yaqṭaʿ falyanẓur hal yudh'hibanna kayduhu mā yaghīẓu
Dhivehi ﷲ تعالى - محمّد ﷺ އަށް ދުނިޔެއާއި آخرة ގައިވެސް نَصْرُ ނުދެއްވާނެކަމަށް ހީކުރާމީހާ، (އެކަލޭގެފާނު ދެކެ ރުޅިއައިސް حسد ވެރިވާމީހާ) ފަހެ އޭނާ ގޭގެ ފުރާޅުގައި ވާފަށެއް އައްސައި (ދެން އޭނާ އޭގައި ދަންޖެހުމަށްފަހު) އޭނާ އެވާފަށް ކަނޑައިލާށެވެ. (އެބަހީ: އޭނާ ރުޅިއައިސްގެން ހެދޭނެހާ އެއްޗެއް ހަދައިބަލާށެވެ.) ދެން އޭނާ އެރޭވި ރޭވުމަށް އަދި ހެދި حيلة އަށް ބަލައިބަލާށެވެ. ފަހެ އެކަންތަކުން އޭނާ އައިސްފައިވާ ރުޅިވެރިކަމާއި حسد ވެރިކަން އޭނާގެ ކިބައިން ދުރުވިބާވައެވެ؟ އެކަން އޭނާގެ ކިބައިން ފިލައިދިޔަ ބާވައެވެ؟ (މިއާޔަތުގެ تفسير އަދި މިނޫންގޮތްގޮތަށްވެސް ވެއެވެ.)
Verse 16
وَكَذَٰلِكَ أَنزَلْنَـٰهُ ءَايَـٰتٍۭ بَيِّنَـٰتٍ وَأَنَّ ٱللَّهَ يَهْدِى مَن يُرِيدُ
Transliteration wakadhālika anzalnāhu āyātin bayyinātin wa-anna l-laha yahdī man yurīdu
Dhivehi އަދި އެފަދައިން (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމާއިމެދު ދެކޮޅުހަދާ މީހުންނަށް ތިމަންރަސްކަލާނގެ حجّة ތަކާއި دليل ތައް بيان ކޮށްދެއްވިފަދައިން) ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެބަހީ: محمّد ﷺ އަށް) بيان ވެގެންވާ دليل ތަކާއި حجّة ތައް ބާވައިލެއްވީމެވެ. ފަހެ ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ތެދުމަގުދައްކަވައެވެ.
Verse 17
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـِٔينَ وَٱلنَّصَـٰرَىٰ وَٱلْمَجُوسَ وَٱلَّذِينَ أَشْرَكُوٓا۟ إِنَّ ٱللَّهَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ شَهِيدٌ
Transliteration inna alladhīna āmanū wa-alladhīna hādū wal-ṣābiīna wal-naṣārā wal-majūsa wa-alladhīna ashrakū inna l-laha yafṣilu baynahum yawma l-qiyāmati inna l-laha ʿalā kulli shayin shahīdun
Dhivehi ހަމަކަށަވަރުން إيمان ވީ މީސްތަކުންނާއި އަދި يَهُودي ންކަމުގައިވީ މީހުންނާއި އަދި صَابِى އިންނާއި އަދި نَصَارى އިންނާއި مَجُوسِى ންނާއި އަދި شَرِيكُ ކުރި މީހުންނާއި މި އެންމެންގެ މެދުގައި ﷲ تعال قيامة ދުވަހުން فيصلة ކުރައްވައި حكم ކުރައްވާނެއެވެ. ހަމަކަށަވަރުން ﷲ تعالىއީ ކޮންމެ ކަމަކަށްވެސް ހެކިވެވޮޑިގަންނަވާ ކަލާނގެއެވެ. • ދަންނައެވެ. صَابى ންނަކީ سَمَاوِي އެއްވެސް دين އެއް قبول ނުކުރާ ބައެއްކަމުގައި ބުނެވުނެވެ. ނުވަތަ އެއީ ތަރިޔަށް ނުވަތަ މަލާއިކަތުންނަށް އަޅުކަންކުރާ މީހުންކަމުގައިވެސް ބުނެވުނެވެ. والله أعلم.
Verse 18
أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُۥ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌ مِّنَ ٱلنَّاسِ ۖ وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ ۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكْرِمٍ ۚ إِنَّ ٱللَّهَ يَفْعَلُ مَا يَشَآءُ ۩
Transliteration alam tara anna l-laha yasjudu lahu man fī l-samāwāti waman fī l-arḍi wal-shamsu wal-qamaru wal-nujūmu wal-jibālu wal-shajaru wal-dawābu wakathīrun mina l-nāsi wakathīrun ḥaqqa ʿalayhi l-ʿadhābu waman yuhini l-lahu famā lahu min muk'rimin inna l-laha yafʿalu mā yashāu
Dhivehi (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާބަޔަކު ﷲ تعالى އަށް سجدة ކުރައްވާކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެނގިވަޑައިނުގަންނަވައިތޯއެވެ؟ (އުޑުތަކުގައިވާ މީހުންނަކީ ملائكة ބޭކަލުންނެވެ. ބިމުގައިވާ މީހުންނަކީ އިންސާނުންނާއި ޖިންނީންނެވެ. ދެންވެސް އެހެނިހެން خَلق ތަކެވެ.) އަދި އިރާއި ހަނދާއި ތަރިތަކާއި ފަރުބަދަތަކާއި ގަސްގަހާގެއްސާއި އަދި دَابَّة ތަކާއި އަދި މީސްތަކުންގެ ތެރެއިން ގިނަބަޔަކާއި (އެއީ މުއުމިނުންނެވެ.) މިހުރިހާތަކެތިވެސް ﷲ އަށް سجدة ކުރެއެވެ. (މީސްތަކުންގެތެރެއިން سَجِدَة ކުރާބަޔަކީ مؤمن ންނެވެ.) އަދި އެމީހުންގެމައްޗަށް عذاب حقّ ވެގެންވާ އެތައްބަޔަކުވެއެވެ. (އެއީ އެމީހުންގެ ކާފަރުކަމާއި ނުކިޔަމަންތެރިކަމުންނެވެ.) އެކަމަކު އެމީހުންގެ ހިޔަނިތައް ﷲ އަށް سجدة ކުރެއެވެ. އަދި ﷲ އެމީހަކު ދެރަކުރައްވާ إهانة ތެރި ކުރައްވައިފިމީހަކު ދަންނައެވެ. އެމީހަކު މާތްކޮށް ބާއްޖަވެރިކުރާނެ އެކަކުވެސް ނުވެއެވެ. ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ ކަމެއްކުރައްވައެވެ.
Verse 19
۞ هَـٰذَانِ خَصْمَانِ ٱخْتَصَمُوا۟ فِى رَبِّهِمْ ۖ فَٱلَّذِينَ كَفَرُوا۟ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ
Transliteration hādhāni khaṣmāni ikh'taṣamū fī rabbihim fa-alladhīna kafarū quṭṭiʿat lahum thiyābun min nārin yuṣabbu min fawqi ruūsihimu l-ḥamīmu
Dhivehi މިއީ ދެ خَصْمُ ންނެވެ. (އެކަކު އަނެކަކުގެމައްޗަށް حُجّة قائم ކޮށް ދެކޮޅުހަދާ ދެމީހުންނެވެ. މި ދެ خَصْمُ ންނަކީ ކޮންބައެއްކަމާމެދު مفسّر ންގެމެދުގައި ވަރަށް خيال ތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ: بَدر ހަނގުރާމަދުވަހު ދެފަރާތުން مُبَارَزَة އަށް ނުކުތް مؤمن ންނާއި ކާފަރުންކަމުގައެވެ. އަނެއްބަޔަކު ވިދާޅުވަނީ އެއީ مؤمن ންނާއި أهل كتاب ންކަމުގައެވެ. އަދި މިނޫންގޮތްގޮތަށްވެސް ކިއިފައިވެއެވެ.) والله أعلم بالصّواب.
Verse 20
يُصْهَرُ بِهِۦ مَا فِى بُطُونِهِمْ وَٱلْجُلُودُ
Transliteration yuṣ'haru bihi mā fī buṭūnihim wal-julūdu
Dhivehi އޭގެ ސަބަބުން (އެފެން ބޮލުގެ ނާށިގަނޑު ފޫއަޅުވާލައިފައިގޮސް) ބަނޑުގެތެރޭގައިވާ އެންމެހައިތަކެތިކުދިކުދިކޮށްލައި ވިރުވައިލައެވެ. އަދި ވިރިގެން އޮހިދެއެވެ. އަދި އެމީހުންގެ ހަންތައްވެސް އޮހިދެއެވެ.
Verse 21
وَلَهُم مَّقَـٰمِعُ مِنْ حَدِيدٍ
Transliteration walahum maqāmiʿu min ḥadīdin
Dhivehi އަދި (އެމީހުންގެ ގައިގާތެޅުމަށް) އެމީހުންނަށް ދަގަނޑު ހަންމުށިތަކެއްވެއެވެ.
Verse 22
كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَا مِنْ غَمٍّ أُعِيدُوا۟ فِيهَا وَذُوقُوا۟ عَذَابَ ٱلْحَرِيقِ
Transliteration kullamā arādū an yakhrujū min'hā min ghammin uʿīdū fīhā wadhūqū ʿadhāba l-ḥarīqi
Dhivehi އަދި އެމީހުން އެނަރަކައިގެ ގަދަ عذاب ގެ ވޭނާ ހިތާމައިގެ ސަބަބުން އެތަނުން ނުކުންނަން ހީކުރާ ކޮންމެ ފަހަރަކު އެމީހުން އެތަނަށް ރައްދުކުރެވޭނެއެވެ. (ނަރަކައިގެ زبَانِىَّ މަލާއިކަތް ބޭކަލުން އެހަންމުށިތަކުން އެމީހުންގެ ބޮލުގައި ތަޅާ އެތަނަށް އަލުންވެސް ފޮނުއްވާނެއެވެ.) އަދި އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން އަލިފާނުގެ عذاب ގެ ރަހަލިބިގަންނާށެވެ!
Verse 23
إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ
Transliteration inna l-laha yud'khilu alladhīna āmanū waʿamilū l-ṣāliḥāti jannātin tajrī min taḥtihā l-anhāru yuḥallawna fīhā min asāwira min dhahabin walu'lu-an walibāsuhum fīhā ḥarīrun
Dhivehi إيمان ވެގެން صَالح عمل ތައް ކުރިމީހުން (قيامة ދުވަހުން) އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގާ އޮންނަ ބަގީޗާތަކަކަށް އެބަހީ: ސުވަރުގެތަކަށް ހަމަކަށަވަރުން ﷲ تعالى އެމީހުން ވައްދަވާހުއްޓެވެ. އަދި ރަނާއި ރަންމުތުގެ އުޅާތައް އެމީހުންނަށް އެސުވަރުގޭގައި އެޅުވޭނެއެވެ. އަދި އެސުވަރުގޭގައި އެމީހުންގެ ލިބާހަކީ ފަށުވި ފޭރާމެވެ.
Verse 24
وَهُدُوٓا۟ إِلَى ٱلطَّيِّبِ مِنَ ٱلْقَوْلِ وَهُدُوٓا۟ إِلَىٰ صِرَٰطِ ٱلْحَمِيدِ
Transliteration wahudū ilā l-ṭayibi mina l-qawli wahudū ilā ṣirāṭi l-ḥamīdi
Dhivehi އެމީހުންނަކީ (ދުނިޔޭގައި އުޅުނުއިރު) އެމީހުންނަށް ރަނގަޅުވެގެންވާ ބަހަށް އެބަހީ: لاَ اِلَهَ إِلاَّ ﷲُ ގެ ފަރާތަށް މަގުދެއްކެވުނު މީހުންނެވެ. (އެބަހީ: كلمة ފުޅު ނިޔާކުރާގޮތުގެމަތީން عمل ކުރުމުގެ توفيق ލިބެވުނު މީހުންނެވެ.) އަދި އެއީ حمد އާއި تعريف ލިބިވޮޑިގެންވާ ﷲ ގެމަގަށް (އިސްލާމު ދީނަށް). މަގުލިބެވުނު މީހުންނެވެ.
Verse 25
إِنَّ ٱلَّذِينَ كَفَرُوا۟ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلْمَسْجِدِ ٱلْحَرَامِ ٱلَّذِى جَعَلْنَـٰهُ لِلنَّاسِ سَوَآءً ٱلْعَـٰكِفُ فِيهِ وَٱلْبَادِ ۚ وَمَن يُرِدْ فِيهِ بِإِلْحَادٍۭ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ
Transliteration inna alladhīna kafarū wayaṣuddūna ʿan sabīli l-lahi wal-masjidi l-ḥarāmi alladhī jaʿalnāhu lilnnāsi sawāan l-ʿākifu fīhi wal-bādi waman yurid fīhi bi-il'ḥādin biẓul'min nudhiq'hu min ʿadhābin alīmin
Dhivehi ހަމަކަށަވަރުން ކާފަރުވީ މީސްތަކުން (އަދި އެމީހުން މީސްތަކުންނަށް ﷲ ގެ މަގު ބަންދުކުރި އަދި مَسْجِدُ الْحَرَام އަށް މީސްތަކުން އަޔަނުދީ ބަންދުކުރި މީހުން (ދަންނައެވެ. އެމީހުން އެގޮތުގައި މަރުވެގެން ހިނގައްޖެނަމަ ގެއްލި ހަލާކުވީއެވެ.) އެ مسحد الحرام އަކީ އެތާނގައި قائم ވެތިބޭ އެރަށުގެ މީހުންނާއި އަދި އެހެން ރަށްރަށުން އަންނަ މީހުންނާއި އެންމެން ހަމަހަމަވެގެންވާ ތަނެކެވެ. އެއީ އެންމެހައި مسلم ން ހަމަހަމަ ތަނެކެވެ. އަދި އެތާނގައި އަނިޔާވެރިވުމުގެ ގޮތުން حقّ އާއި ދުރަށް ލެނބުމަށް قصد ކޮށް ހީކޮށްފި މީހާއަށްވެސް ތިމަންރަސްކަލާނގެ ވޭންދެނިވި عذاب ގެ ރަހަ ދައްކަވާހުށީމެވެ. (އެބަހީ: އެތާނގައި އަނިޔާވެރިވުމަށް މީހަކު ހީކުރިނަމަވެސް އެމީހަކަށް ތިމަންރަސްކަލާނގެ ވޭންދެނިވި عذاب ގެ ރަހަދައްކަވާހުށީމެވެ. އަދި އެތާ އަނިޔާވެރިކަމެއް ހިންގައިފިނަމަ ކިހާވަރެއްވާނެއްހެއްޔެވެ؟)
Verse 26
وَإِذْ بَوَّأْنَا لِإِبْرَٰهِيمَ مَكَانَ ٱلْبَيْتِ أَن لَّا تُشْرِكْ بِى شَيْـًٔا وَطَهِّرْ بَيْتِىَ لِلطَّآئِفِينَ وَٱلْقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ
Transliteration wa-idh bawwanā li-ib'rāhīma makāna l-bayti an lā tush'rik bī shayan waṭahhir baytiya lilṭṭāifīna wal-qāimīna wal-rukaʿi l-sujūdi
Dhivehi އަދި إبراهيم عليه السّلام އަށް ތިމަންރަސްކަލާނގެ ގެފުޅު ހުރިތަން ދެއްކެވިހިނދު ހަނދުމަފުޅު ކުރައްވާށެވެ. (އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެއާއި އެކައްޗަކާވެސް شريك ނުކުރާށެވެ. ބައިވެރިނުކުރާށެވެ. އަދި طواف ކުރާމީހުންނަށާއި ނަމާދުގައި قائم ވެތިބޭ މީހުންނަށާއި رُكُوع ކޮށް سَجِدَة ކުރާ މީހުންނަށް އެބަހީ: އަޅުކަންކުރާ މީހުންނަށް ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ. (شرك އާއި بدعة އާއި އެންމެހައި ހަޑިހުތުރު ކަންކަމުން كَعْبَةُ ﷲ طاهر ކުރައްވާށެވެ.)
Verse 27
وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ
Transliteration wa-adhin fī l-nāsi bil-ḥaji yatūka rijālan waʿalā kulli ḍāmirin yatīna min kulli fajjin ʿamīqin
Dhivehi (އޭ إبراهيم عليه السّلام އެވެ.) حجّ އަށް އައުމަށް ކަލޭގެފާނު މީސްތަކުންނަށް ގޮވާލައްވާ إعلان ކުރައްވާށެވެ. (حجّ އަށް އައުމަކީ އަޅުކަންކުރުމަށްޓަކައި كَعْبَة ﷲ (ގެފުޅު) قصد ކޮށްގެން އައުމެވެ.) ދެން އޭރުން މީސްތަކުން އެމީހުންގެ ފައިމަގުގައްޔާއި އަނަރޫފަ ޖަމަލުމަތީގައި (އެބަހީ: ސަވާރުވެގެންނާއި) ކަލޭގެފާނުންގެ އަރިހަށް (ގެފުޅު قصد ކޮށްގެން ދުރު ހިސާބުން އަންނަ ހުއްޓެވެ.)
Verse 28
لِّيَشْهَدُوا۟ مَنَـٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَـٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَـٰمِ ۖ فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْبَآئِسَ ٱلْفَقِيرَ
Transliteration liyashhadū manāfiʿa lahum wayadhkurū is'ma l-lahi fī ayyāmin maʿlūmātin ʿalā mā razaqahum min bahīmati l-anʿāmi fakulū min'hā wa-aṭʿimū l-bāisa l-faqīra
Dhivehi އެއީ އެމީހުންނަށްވާ ދުނިޔެއާއި آخرة ގެ مَنفع ތައް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި عَيَّن ވެގެންވާ ދުވަސްތަކެއްގައި (يعني: أَيَّامُ التَّشْرِيق ގެ ދުވަސްތަކުގައި) އެމީހުން ﷲ އަށް ذِكر ކޮށް އެކަލާނގެ ހަނދުމަކުރުމަށްޓަކައެވެ. އެކަލާނގެ އެމީހުންނަށް ދެއްވި نَعَمْ ސޫފީގެ ރިޒުގުގެ ސަބަބުންނެވެ. (ފަހެ އެކަލާނގެ އެމީހުންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން އެތަކެތީން ކައިހަދާށެވެ. އަދި ގޮތްހުސްވެ ބޭނުންޖެހިފައިވާ فقير ންނަށް އެއިން ކާންދޭށެވެ.
Verse 29
ثُمَّ لْيَقْضُوا۟ تَفَثَهُمْ وَلْيُوفُوا۟ نُذُورَهُمْ وَلْيَطَّوَّفُوا۟ بِٱلْبَيْتِ ٱلْعَتِيقِ
Transliteration thumma l'yaqḍū tafathahum walyūfū nudhūrahum walyaṭṭawwafū bil-bayti l-ʿatīqi
Dhivehi ދެން އެމީހުން އެމީހުންގެ ހަޑިތައް ސާފުކުރާހުށިކަމެވެ! (އެއީ ބޯބޭލުމާއި މަތިމަސްކޮށުމާއި ކިހިލިފަތި އިސްތަށި ލުއްސުމާއި ފޫޅުން ތިރި އިސްތަށި ބޭލުމާއި ނިޔަފަތިކެނޑުމާއި މިބާވަތުގެ ކަންކަން ކުރާށެވެ.) އަދި އެމީހުން އެމީހުންގެ ނަދުރުތައް ފުއްދާށެވެ! އެބަހީ: ގެފުޅަށްޓަކައި ކަތިލަންޖެހޭ ކަތިލުންތައް ކަތިލާށެވެ! قربان ކުރާށެވެ. އަދި ބޮޑެތި ޖައްބާރު ނުލަފާމީހުންގެ ކިބައިން ﷲ ރައްކާތެރިކުރައްވާފައިވާ ދުވަސްވީ قَدِيْم ގެފުޅުގައި އެމީހުން طَوَافُ ކުރާހުށިކަމެވެ! އެއީ طَوَاف اْلإِفَاضَة އެވެ. މިއާޔަތްތަކުގައި މިވަނީ حجّ ގެ ބައެއް حكم ތަކުގެ އިޝާރާތްތަކެކެވެ. މިކަމުގެ تفصيل حديث ފޮތްތަކާއި فقه ފޮތްތަކުގައިވެއެވެ.
Verse 30
ذَٰلِكَ وَمَن يُعَظِّمْ حُرُمَـٰتِ ٱللَّهِ فَهُوَ خَيْرٌ لَّهُۥ عِندَ رَبِّهِۦ ۗ وَأُحِلَّتْ لَكُمُ ٱلْأَنْعَـٰمُ إِلَّا مَا يُتْلَىٰ عَلَيْكُمْ ۖ فَٱجْتَنِبُوا۟ ٱلرِّجْسَ مِنَ ٱلْأَوْثَـٰنِ وَٱجْتَنِبُوا۟ قَوْلَ ٱلزُّورِ
Transliteration dhālika waman yuʿaẓẓim ḥurumāti l-lahi fahuwa khayrun lahu ʿinda rabbihi wa-uḥillat lakumu l-anʿāmu illā mā yut'lā ʿalaykum fa-ij'tanibū l-rij'sa mina l-awthāni wa-ij'tanibū qawla l-zūri
Dhivehi އިސްވެދިޔަ ކަންތައްތަކަކީ، (އެބަހީ: ބޯބޭލުމާއި މަތިމަސްކޮށުމާއި - ކަތިލުމާއި - طواف ކުރުމާއި މިކަންކަމަކީ حجّ ގެ واجب ތަކުގެތެރެއިންވާ ކަންކަމެވެ. ގެފުޅަށް މާތްކޮށް ހިތުމާއި حُرمَة ތެރިވުމުގެ ގޮތުން ކުރާ ކަންކަމެވެ.) އަދި ﷲ ގެ حرمة ތަކަށް މާތްކޮށްހިތާ قَدَر ކޮށްފިމީހާ ދަންނައެވެ. ފަހެ އެއީ އޭނާއަށް އޭނާގެ ربّ ގެ حضرة ގައިވާ ހެވެވެ. (ﷲ ގެ حُرمَة އަކީ مكَة އާއި حجّ عمرَة ގެ ކަންކަމާއި އެކަލާނގެ ނަހީކުރައްވާފައިވާ އުރެދުންތަކާއި މިފަދަ މިފަދަ ކަންކަމެވެ.) އަދި ކަލޭމެންގެމައްޗަށް މަނާވެގެންވާ ތަކެތި ކަމުގައި ﷲ އަންގަވާފައިވާ ތަކެތި ފިޔަވައި نَعَم ސޫފީގެ ބާވަތްތައް ކަލޭމެންނަށް حلال ވެވިއްޖެއެވެ. އެބަހީ: އެކަލާނގެ حلال ކޮށްދެއްވައިފިއެވެ. (މަނާތަކެތި ކަމުގައި ބެލެވެނީ مائدة ސޫރަތުގައި بيان ކުރައްވާފައި އެވާ ތަކެއްޗެވެ.) ފަހެ ބުދަށް އަޅުކަންކުރުމުން ކަލޭމެން ދުރުވެގަންނާށެވެ. އަދި ދޮގު ބަސްތައް ބުނުމުން ދުރުވެގަންނާށެވެ. (އެބަހީ: ﷲ ގެ މައްޗަށް ދޮގުބަސްތައް ބުނުމުން ދުރުވެގަންނާށެވެ. އަދި އެހެނިހެން މީސްމީހުނަށްވެސް ދޮގު ނުހަދާށެވެ.)
Verse 31
حُنَفَآءَ لِلَّهِ غَيْرَ مُشْرِكِينَ بِهِۦ ۚ وَمَن يُشْرِكْ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخْطَفُهُ ٱلطَّيْرُ أَوْ تَهْوِى بِهِ ٱلرِّيحُ فِى مَكَانٍ سَحِيقٍ
Transliteration ḥunafāa lillahi ghayra mush'rikīna bihi waman yush'rik bil-lahi faka-annamā kharra mina l-samāi fatakhṭafuhu l-ṭayru aw tahwī bihi l-rīḥu fī makānin saḥīqin
Dhivehi އެއީ އެކަލާނގެއަށް شريك ކުރާމީހުންކަމުގައި ނުވެތިބެ ﷲ އަށް توحيد ސީދާކޮށްގެންވާ حال ގައެވެ. އަދި ﷲ އަށް شريك ކުރި މީހާ ކޮންފަދަހެއްޔެވެ؟ އޭނާ މަތިން ވެއްޓިވެއްޓިއޮއްވާ ދޫނިޖަހައިގަތް މީހާ ފަދައެވެ. ނުވަތަ ދުރުހިސާބަކަށް ވަޔާ ބުރުއްސައިގެންދިޔަ މީހަކު ފަދައެވެ. (ތެދުމަގާ އެހާވެސް ދުރެވެ.)
Verse 32
ذَٰلِكَ وَمَن يُعَظِّمْ شَعَـٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقْوَى ٱلْقُلُوبِ
Transliteration dhālika waman yuʿaẓẓim shaʿāira l-lahi fa-innahā min taqwā l-qulūbi
Dhivehi މިއާޔަތްތަކުގައި بيان ވެގެން އެވަނީ ﷲ ގެ أمر އާއި نهى އެވެ. އެއީ އެކަލާނގެ شَعِيرَة އެވެ. އަދި ﷲ ގެ شَعِيرَة ތަކަށް މާތްކޮށް ހިތާ قدر ކުރުން އެއީ ﷲ تعالى އަށް ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ތެރެއިންވާ ކަމެކެވެ. (މިދެންނެވި شَعِيرَة ތަކުގެތެރޭގައި ގެފުޅަށް ހަދިޔާކުރެވޭ جمل އާއި ގެރިބަކަރިވެއެވެ. އަދި އެތަކެތި ބަލަހައްޓާ ރަނގަޅަށް ކާންދީ ރަނގަޅުކުރުންވެސްވަނީ އެ شَعِيرَة ތަކަށް إحترام ކޮށް قدر ކުރުމުގެ ތެރެއިންނެވެ.)
Verse 33
لَكُمْ فِيهَا مَنَـٰفِعُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ مَحِلُّهَآ إِلَى ٱلْبَيْتِ ٱلْعَتِيقِ
Transliteration lakum fīhā manāfiʿu ilā ajalin musamman thumma maḥilluhā ilā l-bayti l-ʿatīqi
Dhivehi އަދި އެތަކެތީގައި ތިޔަބައިމީހުންނަށް مَنْفَعَ ތަކެއްވެއެވެ. ވަކި مدّة އަކަށެވެ. (އެވަގުތުތަކުގައި އޭގެ ކިރުގެ ބޭނުން ކުރުމާއި އޭގެ ބުރިކަށިމައްޗަށް ސަވާރުވުމާއި އޭގެ ޅަދަރީގެ ބޭނުންކުރުމާއި މިފަދަ މިފަދަ مَنْفع ތައްވެއެވެ.) ދެން އޭގެ مَحَلّ އަކީ ގެނެވޭނެ ތަނަކީ ގެފުޅެވެ. بَيْتُ العَتِيْق އެވެ.
Verse 34
وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا۟ ٱسْمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَـٰمِ ۗ فَإِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ فَلَهُۥٓ أَسْلِمُوا۟ ۗ وَبَشِّرِ ٱلْمُخْبِتِينَ
Transliteration walikulli ummatin jaʿalnā mansakan liyadhkurū is'ma l-lahi ʿalā mā razaqahum min bahīmati l-anʿāmi fa-ilāhukum ilāhun wāḥidun falahu aslimū wabashiri l-mukh'bitīna
Dhivehi އަދި ކޮންމެ أمّة އަކަށްވެސް قُرْبَان ކުރާނެ ތަނަކާއި ވަގުތެއް - دِيْنِى ކަތިލުމެއް ނުވަތަ عيد އެއް ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއީ އެބައިމީހުންނަށް ދެއްވި نَعَم ސޫފީގެ ރިޒުޤުގެ نعمة ގެ މައްޗަށް އެމީހުން ﷲ ހަނދުމަކޮށް އެކަލާނގެއަށް ذِكر ކުރުމަށްޓަކައެވެ. ފަހެ ކަލޭމެންގެ إله އަކީ ހަމަ އެއްކައުވަންތަ އެއްإله އެވެ. (އެއީ ﷲ އެވެ.) ފަހެ އެހެންވެ ކަލޭމެން އެކަލާނގެއަށް ކިޔަމަންވެ ބޯލަނބާށެވެ! އަދި ﷲ އަށް ކިޔަމަންތެރިވެ ބޯލަނބާ އަޅުންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ!
Verse 35
ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَٱلصَّـٰبِرِينَ عَلَىٰ مَآ أَصَابَهُمْ وَٱلْمُقِيمِى ٱلصَّلَوٰةِ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ
Transliteration alladhīna idhā dhukira l-lahu wajilat qulūbuhum wal-ṣābirīna ʿalā mā aṣābahum wal-muqīmī l-ṣalati wamimmā razaqnāhum yunfiqūna
Dhivehi އެމީހުންނަކީ (އެމީހުންގެ ގާތުގައި) ﷲ ހަނދާންކުރެވިއްޖެއްޔާ އެމީހުންގެ ހިތްތަކަށް ބިރުވެތިކަން ވަންނަ މީހުންނެވެ. އަދި އެމީހުންނަކީ އެމީހުންނަށް ދިމާވާ مصيبة ތަކަށް ކެތްތެރިވާ މީހުންނެވެ. އަދި އެމީހުންނަކީ ނަމާދު قائم ކުރާ މީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ރިޒުޤުން އެމީހުން ހޭދަކުރާމީހުންނެވެ. (ޒަކާތްދީ صدقاة ދީ ހަދާމީހުންނެވެ.)
Verse 36
وَٱلْبُدْنَ جَعَلْنَـٰهَا لَكُم مِّن شَعَـٰٓئِرِ ٱللَّهِ لَكُمْ فِيهَا خَيْرٌ ۖ فَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهَا صَوَآفَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْقَانِعَ وَٱلْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَـٰهَا لَكُمْ لَعَلَّكُمْ تَشْكُرُونَ
Transliteration wal-bud'na jaʿalnāhā lakum min shaʿāiri l-lahi lakum fīhā khayrun fa-udh'kurū is'ma l-lahi ʿalayhā ṣawāffa fa-idhā wajabat junūbuhā fakulū min'hā wa-aṭʿimū l-qāniʿa wal-muʿ'tara kadhālika sakharnāhā lakum laʿallakum tashkurūna
Dhivehi އަދި بَدَنَة (އެބަހީ: އަންހެންޖަމަލާއި އަންހެން ގެރި) ތިމަންރަސްކަލާނގެ ކަލޭމެނަށްޓަކައި ލައްވާފައިވަނީ ﷲ ގެ علامة ތަކުގެތެރެއިންނެވެ. އެތަކެތީގައި ކަލޭމެނަށްޓަކައި ހެޔޮވެއެވެ. އެތަކެއް ފައިދާވެއެވެ. (އަންހެންޖަމަލާއި އަންހެން ގެރީގެ ވާހަކަ ބުނެވިފައިއޮތަސް އެއިން އެމުރާދުކުރެވެނީ އޭގެ ޖިންސު އެކަށެވެ.)\nދެންފަހެ އެތަކެތި ކަތިލުމަށްޓަކައި އެއްފައި ބަނދެވި އަނެއްތިން މޮއްގަނޑުގެ މަތީގައި އޮވެ (އެތަކެތި ކަތިލާ ވަގުތު) އޭގެމައްޗަށް ﷲ ގެ ނަންފުޅު ކިޔާށެވެ. އެބަހީ: بسم ކިޔައި دعاء ކިޔާފައި ކަތިލާށެވެ! ދެން އޭގެ އަރިކަށި ބިމުގައި ޖެހިއްޖެއްޔާއި އެބަހީ: މަރުވެގެން ތިރިވެއްޖެއްޔާ ދެން ކަލޭމެން (ކައްކާ ރޯފިލުވައިގެން) އެއިން ކާށެވެ! އަދި ތިމާގެ އަތުގައިވާ އެއްޗަކުން ކިރިޔަކިރިޔާ ފުއްދައިލައިގެން ސަލާމްނުޖަހައި ހުންނަ فقير މީހާއަށްވެސް އެއިން ކާންދޭށެވެ! އަދި މަސްކޮޅެއް ލިބޭތޯ ތިމާގެ ގާތަށް އައިސްއުޅޭ މީހާއަށްވެސް އެއިން ކާންދޭށެވެ. ތިމަންރަސްކަލާނގެ އެތަކެތި އެބަހީ: نَعَم ސޫފި ކަލޭމެނަށް ކިޔަމަންކޮށްދެއްވީ އެފަދައިންނެވެ. އެކަމުން ކަލޭމެން شكر ވެރިވޭތޯއެވެ.
Verse 37
لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَـٰكِن يَنَالُهُ ٱلتَّقْوَىٰ مِنكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ ۗ وَبَشِّرِ ٱلْمُحْسِنِينَ
Transliteration lan yanāla l-laha luḥūmuhā walā dimāuhā walākin yanāluhu l-taqwā minkum kadhālika sakharahā lakum litukabbirū l-laha ʿalā mā hadākum wabashiri l-muḥ'sinīna
Dhivehi އެތަކެތީގެ މަހެއްވެސް އަދި އެތަކެތީގެ ލެއިވިޔަސް ﷲ ގެ حضرة އަށް واصل ނުވާނެއެވެ. (އެބަހީ: އެތަކެއްޗަށް އެކަލާނގެ ބޭނުންވެވޮޑި ނުގަންނަވައެވެ.) އަދި އެހެންނަމަވެސް އެކަލާނގެ حضرة އަށް واصل ވާނީ އަދި އެކަލާނގެ އެދިވޮޑިގަންނަވަނީ ކަލޭމެންގެ ކިބައިން تقوى އެވެ. އެތަކެތި ކަތިލުމުގައި ކަލޭމެންގެ ހުރި إخلاص ތެރިކަމެކެވެ. އަދި އެކަލާނގެ ކަލޭމެނަށްޓަކައި އެތަކެތި ކިޔަމަންތެރިކޮށްދެއްވީ އެފަދައިންނެވެ. (އެބަހީ: ކޮންމެ ކަމެއްގެ ބާރުވަނީ ﷲ ގެ حضرة ގައިކަން އެކަލާނގެ އަޅާ ދެނެގަތުމަށެވެ.) އަދި ކަލޭމެން ﷲ އަށް تَكْبِيْر ކިއުމަށްޓަކައެވެ. އެބަހީ: ކަތިލާ ވަގުތު ﷲ أكْبَرُ ކިއުމަށެވެ. ﷲ އަށް މާތްކޮށް ހިތައި އެކަލާނގެއަށް قدر ކުރުމަށްޓަކައެވެ. އެއީ އެކަލާނގެ ކަލޭމެނަށް ތެދުމަގުދެއްކެވިކަމަށްޓަކައެވެ. އަދި إحسان ތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!
Verse 38
۞ إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓا۟ ۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ
Transliteration inna l-laha yudāfiʿu ʿani alladhīna āmanū inna l-laha lā yuḥibbu kulla khawwānin kafūrin
Dhivehi ހަމަކަށަވަރުން ﷲ تعالى (އެކަލާނގެއަށް) إيمان ވީމީހުންގެ ފަރާތުން دِفَاع ކުރައްވައެވެ. އަދި ގިނަގިނައިން خيانة ތެރިވާ ކާފަރުކަންބޮޑު އެކަކަށްވެސް ހަމަކަށަވަރުން ﷲ ލޯބިވެވޮޑި ނުގަންނަވައެވެ.
Verse 39
أُذِنَ لِلَّذِينَ يُقَـٰتَلُونَ بِأَنَّهُمْ ظُلِمُوا۟ ۚ وَإِنَّ ٱللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ
Transliteration udhina lilladhīna yuqātalūna bi-annahum ẓulimū wa-inna l-laha ʿalā naṣrihim laqadīrun
Dhivehi ހަނގުރާމަވެވޭ މީހުންނަށް (ހަނގުރާމަކުރުމުގެ) އިޒުނަދެވިއްޖެއެވެ. އެހެނީ ހަމަކަށަވަރުން އެމީހުންނަކީ އަނިޔާލިބެވުނު މީހުންނެވެ. (މިއީ مشرك ންގެ އުނދަގޫތައް دفاع ކުރުމަށްޓަކައި مؤمن ން އެ مشرك ންނާއި ހަނގުރާމަކުރުމަށް ދެވުނު ފުރަތަމަ ހުއްދައެވެ. އެއީ رسول ﷲ ﷺ هجرة އަށް ވަޑައިގަތުމުގެ ފަހުގައެވެ.) އަދި ހަމަކަށަވަރުން އެމީހުންނަށް نصر ދެއްވުމަށް ﷲ تعالى ކުޅަދުންވަންތަވެވޮޑިގެންވާކަން ކަށަވަރެވެ.
Verse 40
ٱلَّذِينَ أُخْرِجُوا۟ مِن دِيَـٰرِهِم بِغَيْرِ حَقٍّ إِلَّآ أَن يَقُولُوا۟ رَبُّنَا ٱللَّهُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَٰمِعُ وَبِيَعٌ وَصَلَوَٰتٌ وَمَسَـٰجِدُ يُذْكَرُ فِيهَا ٱسْمُ ٱللَّهِ كَثِيرًا ۗ وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ
Transliteration alladhīna ukh'rijū min diyārihim bighayri ḥaqqin illā an yaqūlū rabbunā l-lahu walawlā dafʿu l-lahi l-nāsa baʿḍahum bibaʿḍin lahuddimat ṣawāmiʿu wabiyaʿun waṣalawātun wamasājidu yudh'karu fīhā us'mu l-lahi kathīran walayanṣuranna l-lahu man yanṣuruhu inna l-laha laqawiyyun ʿazīzun
Dhivehi އެމީހުންނަކީ އެބަހީ: އަނިޔާ ލިބެވުނު މީހުންނަކީ، ތިމަންމެންގެ ربّ އަކީ ހަމައެކަނި ﷲ އޭ ބުނުން ނޫން އެހެންއެއްވެސް ސަބަބެއްނެތި އެއްވެސް حقّ އަކާއި ނުލައި އެމީހުންގެ ގޮވަތިގެދޮރުން ނެރެވުނު މީހުންނެވެ. (މިއީ رسول ﷲ ﷺ دين އަށް ގޮވައިލެއްވުމުން ﷲ އަށް إيمان ވެ އެކަލޭގެފާނާ تبع ވި مكّة ގެ أهل ވެރިންނެވެ. مشرك ންގެފަރާތުން އެމީހުންނަށް އަނިޔާތައް ލިބެވުނު މީހުންނެވެ.) އަދި މީސްތަކުން އެއްބަޔަކުގެ ކިބައިން އަނެއްބަޔަކު دِفَاع ވެވޭނެގޮތް ﷲ ލައްވާފައި ނުވާނަމަ رَاهِب ން އަޅުކަންކުރާ އެންމެހައި ފައްޅިތަކާއި نَصَارى އިން އަޅުކަންކުރާ ތަންތަނާއި يهودي ންގެ ފައްޅިތަކާއި އަދި އެތަންތާނގައި ގިނަގިނައިން ﷲ ހަނދާންކުރެވޭ އެކަލާނގެއަށް ذِكر ކުރެވޭ مسلم ންގެ މިސްކިތްތަކާއި މިއެންމެހައި ތަންތަން ހަލާކުވެ ނެތިވެ ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން ﷲ ގެ دين އަށް نصر ދިން މީހަކަށް ﷲ އެމީހަކަށް نصر ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ عزّة ވަންތަ ކަލާނގެއެވެ.
Verse 41
ٱلَّذِينَ إِن مَّكَّنَّـٰهُمْ فِى ٱلْأَرْضِ أَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ وَأَمَرُوا۟ بِٱلْمَعْرُوفِ وَنَهَوْا۟ عَنِ ٱلْمُنكَرِ ۗ وَلِلَّهِ عَـٰقِبَةُ ٱلْأُمُورِ
Transliteration alladhīna in makkannāhum fī l-arḍi aqāmū l-ṣalata waātawū l-zakata wa-amarū bil-maʿrūfi wanahaw ʿani l-munkari walillahi ʿāqibatu l-umūri
Dhivehi އެމީހުންނަށް އެބަހީ: އީމާންވީމީހުންނަށް ތިމަންރަސްކަލާނގެ ބިމުގައި ބާރުދެއްވައި تَمْكِين ކޮށްދެއްވައި ހަމަޖައްސަވައިދެއްވައިފިއްޔާ އެމީހުން ނަމާދު قائم ކުރާނެއެވެ. އަދި ޒަކާތްދޭނެއެވެ. އަދި އެމީހުން ހެޔޮކަންތަކަށް އަމުރުކުރާނެއެވެ. އަދި منكراة ނަހީކުރާނެއެވެ. (މީގެމާނައީ އެފަދަމީހުންގައި މިސިފަތައް ހުންނަންވާނެއެވެ.) އަދި ހުރިހާކަމެއްގެ ފަހުކޮޅު خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. (ކަންކަމަށް جزاء ދެއްވުން އޮންނާނީ ހަމަ ﷲ އަށެވެ.)
Verse 42
وَإِن يُكَذِّبُوكَ فَقَدْ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَثَمُودُ
Transliteration wa-in yukadhibūka faqad kadhabat qablahum qawmu nūḥin waʿādun wathamūdu
Dhivehi (އޭ رسول ﷲ އެވެ!) އަދި އެމީހުން - يعني: مكّة ގެ مشرك ން - ކަލޭގެފާނު ދޮގުކުރިޔަސް (އެޔަކީ އަދި އާކަމެއްނޫނެވެ.) ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރިން نوح عليه السّلام ގެ قوم ގެ މީހުންނާއި އަދި عَاد ބާގައިގެމީހުންނާއި ثَمُود ބާގައިގެ މީހުންވެސް (އެމީހުންގެ ގާތަށް ވަޑައިގެންނެވި رَسُول ބޭކަލުން) ދޮގުކުރިއެވެ.
Verse 43
وَقَوْمُ إِبْرَٰهِيمَ وَقَوْمُ لُوطٍ
Transliteration waqawmu ib'rāhīma waqawmu lūṭin
Dhivehi އަދި إبراهيم عليه السّلام ގެ قوم ގެ މީހުންނާއި لوط عليه السّلام ގެ قوم ގެ މީހުންވެސް (އެމީހުންގެ ގާތަށް ވަޑައިގެންނެވި رسول ން) ދޮގުކުރިއެވެ.
Verse 44
وَأَصْحَـٰبُ مَدْيَنَ ۖ وَكُذِّبَ مُوسَىٰ فَأَمْلَيْتُ لِلْكَـٰفِرِينَ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ نَكِيرِ
Transliteration wa-aṣḥābu madyana wakudhiba mūsā fa-amlaytu lil'kāfirīna thumma akhadhtuhum fakayfa kāna nakīri
Dhivehi އަދި مَدْيَنُ ގެ أهل ވެރިންވެސް (އެމީހުންގެ رسول ން ދޮގުކުރިއެވެ.) އަދި موسى عليه السّلام ދޮގުކުރެވުނެވެ. އެބަހީ: އެކަލޭގެފާނުންގެ قوم ގެ މީހުންވެސް އެކަލޭގެފާނު ދޮގުކުރިއެވެ.)\nދެންފަހެ މިއެންމެހައި أمّة ތަކުގެ ކާފަރުންނަށް ތިމަންރަސްކަލާނގެ އެމީހުންނަށް މުހުލަތު ދެއްވާފައި ދެން ހިތްޕެވީމެވެ. އެމީހުން ހަލާކުކުރެއްވީމެވެ. ފަހެ އެމީހުންގެ މައްޗަށް އޮތް ތިމަންރަސްކަލާނގެ إنكار އާއި ކޯފާވީ ކޮންފަދައަކުންކަން ނިކަން ބައްލަވާށެވެ! (ކަލޭގެފާނުންގެ أمّة ގެ މީހުންނަށްވެސް ވާނީ ހަމަ އެފަދައިންނެވެ. އެބަހީ: އެ أمّة ތަކުގެ ކާފަރުން ކަންތައް ކުރިގޮތަށް رسول އާއިމެދު ކަންތައް ކޮށް رسول ދޮގުކޮށްފިނަމަ ވާނީ ހަމަ އެ أمّة ތަކުގެ މީހުންނަށްވެސް ހަމަ ވީގޮތަށެވެ.)
Verse 45
فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَـٰهَا وَهِىَ ظَالِمَةٌ فَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُّعَطَّلَةٍ وَقَصْرٍ مَّشِيدٍ
Transliteration faka-ayyin min qaryatin ahlaknāhā wahiya ẓālimatun fahiya khāwiyatun ʿalā ʿurūshihā wabi'rin muʿaṭṭalatin waqaṣrin mashīdin
Dhivehi އަދި އެރަށްރަށް އަނިޔާވެރިވެގެންވާ حال (އެބަހީ: އެރަށްރަށުގެ أهل ވެރިން އަނިޔާވެރިވެގެންވާ حال) ކިތައްކިތައް ރަށް ތިމަންރަސްކަލާނގެ ހަލާކުކުރެއްވިންހެއްޔެވެ؟ (އެބަހީ: ވަރަށްގިނަ ރަށްރަށް ހަލާކު ކުރެއްވީމެވެ.) އެރަށްރަށްވަނީ އެރަށްރަށުގެ ބިނާތަކުގެ މައްޗަށް ފާރުތައްވެރި ހަލާކުވެ މުޅިން ބަރުބާދުވެފައެވެ. އަދި أهل ވެރިޔަކު ނެތި ބަންދުވެ ދޫކޮށްލެވިގެންވާ ކިތައްކިތައް ވަޅާއި ގަދަކޮށް ވަރުގަދަކޮށް ހެދިފައިވާ ކިތައްކިތައް ގަނޑުވަރު (މީހަކުނެތި) ދޫކޮށްލެވިފައިވޭހެއްޔެވެ؟ (އެބަހީ: އެފަދަ ވަރަށްގިނަ ތަންތަން ވެއެވެ. މިކަންކަމުން ދެންތިބިމީހުން عبرة حاصل ކުރާހުށިކަމެވެ.)
Verse 46
أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَآ أَوْ ءَاذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى ٱلْأَبْصَـٰرُ وَلَـٰكِن تَعْمَى ٱلْقُلُوبُ ٱلَّتِى فِى ٱلصُّدُورِ
Transliteration afalam yasīrū fī l-arḍi fatakūna lahum qulūbun yaʿqilūna bihā aw ādhānun yasmaʿūna bihā fa-innahā lā taʿmā l-abṣāru walākin taʿmā l-qulūbu allatī fī l-ṣudūri
Dhivehi އެމީހުން ފަހެ ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ނުހަދަނީބާވައެވެ. (އެބަހީ: رسول ބޭކަލުން ދޮގުކުރި އިސްވެދިޔަ أمّة ތަކަށްވީގޮތް ދެކެ عِبْرة حَاصِل ކުރުމަށްޓަކައި ބިމުގައި ހިނގާ ދަތުރުފަތުރުކޮށް ނަހަދަނީބާވައެވެ.) އަދި ހިނގާބިނގާ ދަތުރުފަތުރުކޮށް ހަދަންވީ އެކަންކަމަށް ވިސްނާ فكر ކުރާނެ ހިތްތަކެއް އެމީހުންނަށް ވުމަށްޓަކައެވެ. ނުވަތަ ހެޔޮބަސް އަހާނެ ކަންފަތްތަކެއް ވުމަށްޓަކައެވެ. ފަހެ ހަމަކަށަވަރުން ލޯތައް ކަނުވެ އަނދިރިވީއެއްނޫނެވެ. އަދި އެހެންނަމަވެސް މޭމަތީގެ ދަށުގައިވާ ހިތްތައް ކަނުވެ އަނދިރިވެގެންވަނީއެވެ.
Verse 47
وَيَسْتَعْجِلُونَكَ بِٱلْعَذَابِ وَلَن يُخْلِفَ ٱللَّهُ وَعْدَهُۥ ۚ وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ
Transliteration wayastaʿjilūnaka bil-ʿadhābi walan yukh'lifa l-lahu waʿdahu wa-inna yawman ʿinda rabbika ka-alfi sanatin mimmā taʿuddūna
Dhivehi އަދި (އޭ رسول ﷲ އެވެ.) އެ مشرك ން عذاب އަވަސްވުމަށް ކަލޭގެފާނުންގެ އަރިހުން އެދެއެވެ. (ނަމަވެސް ﷲ އެކަމަށްوعد ކުރައްވާފައިވާ ވަގުތެއްވެއެވެ.) ﷲ تعالى އެކަލާނގެ وعد ފުޅާއި خلاف ވެވޮޑިނުގަންނަވާނެއެވެ. (އެކަލާނގެ އެ وعد ފުޅުކުރެއްވިގޮތަކަށް އެވަގުތަކުން އެކަމެއް ހިންގަވާނެއެވެ.) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ ގެ حضرة ގައި އެންމެ ދުވަހަކީ ކަލޭމެން ދުނިޔޭގައި عَدَد ކުރާ އަހަރުގެ އެއްހާސް އަހަރެވެ.
Verse 48
وَكَأَيِّن مِّن قَرْيَةٍ أَمْلَيْتُ لَهَا وَهِىَ ظَالِمَةٌ ثُمَّ أَخَذْتُهَا وَإِلَىَّ ٱلْمَصِيرُ
Transliteration waka-ayyin min qaryatin amlaytu lahā wahiya ẓālimatun thumma akhadhtuhā wa-ilayya l-maṣīru
Dhivehi އަދި އަނިޔާވެރިވެގެންވާ حال ތިމަންރަސްކަލާނގެ مُهْلَة ދީ ވަގުތުދިނީ ކިތައްކިތައް ރަށަށްހެއްޔެވެ؟ (އެބަހީ: އެރަށްރަށުގެ أهل ވެރިން އަނިޔާވެރިވެގެންވުމާއިއެކުވެސް އެމީހުންނަށް عذاب އަވަސް ނުކުރައްވައި ވަރަށްގިނަ ރަށްރަށް ވެއެވެ.) ދެން مُهْلَة ދެއްވުމަށްފަހު ތިމަންރަސްކަލާނގެ އެމީހުން ހިތްޕަވައި ހަލާކު ކުރެއްވީމެވެ. އަދި އެމީހުން އެނބުރި އައުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ.
Verse 49
قُلْ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمْ نَذِيرٌ مُّبِينٌ
Transliteration qul yāayyuhā l-nāsu innamā anā lakum nadhīrun mubīnun
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ކަލޭމެންގެ ނިސްބަތުގައި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ نَذِير އަކު ކަމުގައެވެ. (شرك ން ދުރުނުވެ ނުކިޔަމަންކަންމަތީ ދެމިތިބޭނަމަ عذاب އަތުވެދާނެކަމުގެ ބިރުވެރި خبر ދެއްވާ ބޭކަލަކު ކަމުގައެވެ.)
Verse 50
فَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ
Transliteration fa-alladhīna āmanū waʿamilū l-ṣāliḥāti lahum maghfiratun wariz'qun karīmun
Dhivehi ފަހެ إيمان ވެގެން صالح عمل ކުރި މީސްތަކުން ދަންނައެވެ. އެމީހުންނަށް ފާފަފުއްސެވުމާއި އަދި މާތްވެގެންވާ ރިޒުގު (قيامة ދުވަހުން) ހުންނަހުއްޓެވެ.
Verse 51
وَٱلَّذِينَ سَعَوْا۟ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ
Transliteration wa-alladhīna saʿaw fī āyātinā muʿājizīna ulāika aṣḥābu l-jaḥīmi
Dhivehi އަދި ތިމަންރަސްކަލާނގެ އާޔަތްތައް باطل ކޮށް ނުކުޅައްދައިލުމަށް މަސައްކަތްކުރާ މީހުން ދަންނައެވެ. އެމީހުން އެއީ ކަނޑައެޅިގެން ނަރަކައިގެ އެކުވެރިންނެވެ.
Verse 52
وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلَا نَبِىٍّ إِلَّآ إِذَا تَمَنَّىٰٓ أَلْقَى ٱلشَّيْطَـٰنُ فِىٓ أُمْنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلْقِى ٱلشَّيْطَـٰنُ ثُمَّ يُحْكِمُ ٱللَّهُ ءَايَـٰتِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
Transliteration wamā arsalnā min qablika min rasūlin walā nabiyyin illā idhā tamannā alqā l-shayṭānu fī um'niyyatihi fayansakhu l-lahu mā yul'qī l-shayṭānu thumma yuḥ'kimu l-lahu āyātihi wal-lahu ʿalīmun ḥakīmun
Dhivehi (އޭ رسول ﷲ އެވެ.) އެބޭކަލަކު ކިޔަވާ ވިދާޅުވާއިރު އެކިޔަވާ ވިދާޅުވުމުގެ ތެރެއަށް شيطان އޭނާގެ باطل ވާހަކަތައް ނުވައްދާ އެއްވެސް رَسول ބޭކަލަކުވިޔަސް އަދި نبي ބޭކަލަކުވިޔަސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. (އެބަހީ: ކޮންމެ ބޭކަލެއްގެ ކިޔަވާވިދާޅުވުމުގެ ތެރެއަށްވެސް شيطان އޭނާގެ باطل ވާހަކަތައް ވައްދަވައެވެ.) ދެންފަހެ - ﷲ تعالى އެ شيطان އެ އިތުރުކުރި އެއްޗެއް - ނެތިކުރައްވައި باطل ކުރައްވައެވެ. އަދި އޭގެފަހުގައި ﷲ تعالى އެކަލާނގެ آية ތައް خلاص ކުރައްވައި ރަނގަޅަށް ސާބިތުކުރައްވައެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.
Verse 53
لِّيَجْعَلَ مَا يُلْقِى ٱلشَّيْطَـٰنُ فِتْنَةً لِّلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْقَاسِيَةِ قُلُوبُهُمْ ۗ وَإِنَّ ٱلظَّـٰلِمِينَ لَفِى شِقَاقٍۭ بَعِيدٍ
Transliteration liyajʿala mā yul'qī l-shayṭānu fit'natan lilladhīna fī qulūbihim maraḍun wal-qāsiyati qulūbuhum wa-inna l-ẓālimīna lafī shiqāqin baʿīdin
Dhivehi އެއީ شيطان އާ އެބޭކަލުންގެ ކިޔަވާ ވިދާޅުވުމުގެ ތެރެއަށް އެވެއްދެވި އެއްޗެއް އެބައިމީހުންގެ ހިތްތަކުގައި ޝައްކާއި نِفَاقُ ގެ ބަލިކަންވާ މީހުންގެ ހިތްތަކަށާއި އަދި އެމީހުންގެ ހިތްތައް ހަރުވެ ގަދަވެފައިވާ މީހުންގެ ހިތްތަކަށްވާ فِتْنَة އެއްކަމުގައި އެބަހީ މަގުފުރެދުމެއްކަމުގައި އެކަލާނގެ ލެއްވުމަށެވެ. އަދި ހަމަކަށަވަރުން އަނިޔާވެރިން (مشرك ން) ވަނީ ހަމަކަށަވަރުންވެސް ދުރުވެގެންވާ ދެކޮޅުވެރިކަމެއްގައެވެ. (ﷲ ގެ أمر ފުޅާއި خلاف ވެ حقّ އާއި ވަރަށް ދުރުގައެވެ.)
Verse 54
وَلِيَعْلَمَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ أَنَّهُ ٱلْحَقُّ مِن رَّبِّكَ فَيُؤْمِنُوا۟ بِهِۦ فَتُخْبِتَ لَهُۥ قُلُوبُهُمْ ۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓا۟ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
Transliteration waliyaʿlama alladhīna ūtū l-ʿil'ma annahu l-ḥaqu min rabbika fayu'minū bihi fatukh'bita lahu qulūbuhum wa-inna l-laha lahādi alladhīna āmanū ilā ṣirāṭin mus'taqīmin
Dhivehi އަދި އެކަލާނގެ އެކަން ލެއްވީ - (އެބަހީ: شيطان އެވެއްދެވި އެއްޗެއް ނެތިކުރައްވައި باطل ކުރައްވައި އެކަލާނގެ އާޔަތްތައް خلاص ކުރައްވައި ސާބިތުކުރެއްވީ) علم ގެ أهل ވެރިންނަށް އެ قرآن ގައިވާ آية ތައް އެއީ ހަމަ حقّ ކަން ދެނެގަނެ ދެން އެއާޔަތްތަކަށް إيمان ވެ ތެދުކޮށް އަދި އެމީހުންގެ ހިތްތައް އެ قرآن އަށް މަޑުމޮޅިވެ ކިޔަމަންވެ ބިރުވެތިވުމަށެވެ. ހަމަކަށަވަރުން ﷲ تعالى އީ އީމާންވީ މީސްތަކުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާ އަދި ދައްކަވާނެ ކަލާނގެކަން ކަށަވަރެވެ.
Verse 55
وَلَا يَزَالُ ٱلَّذِينَ كَفَرُوا۟ فِى مِرْيَةٍ مِّنْهُ حَتَّىٰ تَأْتِيَهُمُ ٱلسَّاعَةُ بَغْتَةً أَوْ يَأْتِيَهُمْ عَذَابُ يَوْمٍ عَقِيمٍ
Transliteration walā yazālu alladhīna kafarū fī mir'yatin min'hu ḥattā tatiyahumu l-sāʿatu baghtatan aw yatiyahum ʿadhābu yawmin ʿaqīmin
Dhivehi އަދި كَافرވީ މީސްތަކުން އެ قرآن އާއިމެދު ޝައްކެއްގައި ވުމުން ފިލައިނުދެއެވެ. އެއީ ހަމަކަށަވަރުން އެމީހުންނަށް قيامة قائم ވެއްޖައުމަށް ދާންދެންނެވެ. ނުވަތަ (އެކާފަރުންނަށް) އެއްވެސް رحمة އެއްނެތް ދުވަހެއްގެ عذاب އަތުވެއްޖައުމަށްދާންދެނެވެ. (އެދުވަހަކީ قيامة ދުވަހެވެ. / ނުވަތަ بَدر ގެ ދުވަހެވެ.) والله أعلم.
Verse 56
ٱلْمُلْكُ يَوْمَئِذٍ لِّلَّهِ يَحْكُمُ بَيْنَهُمْ ۚ فَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فِى جَنَّـٰتِ ٱلنَّعِيمِ
Transliteration al-mul'ku yawma-idhin lillahi yaḥkumu baynahum fa-alladhīna āmanū waʿamilū l-ṣāliḥāti fī jannāti l-naʿīmi
Dhivehi އަދި އެދުވަހުން އެންމެހައި ވެރިކަމަކާއި ބާރެއްވަނީ ހަމަ ﷲ އަށްخاصّ ވެގެންނެވެ. ފަހެ އެކަލާނގެ އެމީހުންގެ މެދުގައި حكم ކުރައްވާހުއްޓެވެ. ފަހެ إيمان ވެގެން صالح عمل ތައް ކުރި މީހުންވާނީ نعمة ތަކުގެވެރި ސުވަރުގެތަކުގައެވެ.
Verse 57
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَا فَأُو۟لَـٰٓئِكَ لَهُمْ عَذَابٌ مُّهِينٌ
Transliteration wa-alladhīna kafarū wakadhabū biāyātinā fa-ulāika lahum ʿadhābun muhīnun
Dhivehi އަދި كافر ވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީސްތަކުން (ދަންނައެވެ.) އެމީހުންނަށް ހުރީ ހަމަ އިހާނާތްތެރިވެގެންވާ عذاب އެވެ.
Verse 58
وَٱلَّذِينَ هَاجَرُوا۟ فِى سَبِيلِ ٱللَّهِ ثُمَّ قُتِلُوٓا۟ أَوْ مَاتُوا۟ لَيَرْزُقَنَّهُمُ ٱللَّهُ رِزْقًا حَسَنًا ۚ وَإِنَّ ٱللَّهَ لَهُوَ خَيْرُ ٱلرَّٰزِقِينَ
Transliteration wa-alladhīna hājarū fī sabīli l-lahi thumma qutilū aw mātū layarzuqannahumu l-lahu riz'qan ḥasanan wa-inna l-laha lahuwa khayru l-rāziqīna
Dhivehi އަދި ﷲ ގެ މަގުގައި هجرة އަށްދިޔަ މީސްތަކުން ދެން އެމީހުން (އެކަމުގައި) قَتل ވެދިޔަ ނުވަތަ މަރުވެދިޔަ މީސްމީހުން (ދަންނައެވެ.) ހަމަކަށަވަރުން ﷲ تعالى އެމީހުންނަށް ރަނގަޅުވެގެންވާ ރިޒުގެއް ދެއްވާހުއްޓެވެ. (އެއީ ގިނަވެގެންވާ ثواب އާއި ދަރުމައެވެ.) އަދި ހަމަކަށަވަރުން ﷲ تعالى އީ އެންމެ ހެޔޮކޮށް ރިޒުގުދެއްވާ ކަލާނގެއެވެ.
Verse 59
لَيُدْخِلَنَّهُم مُّدْخَلًا يَرْضَوْنَهُۥ ۗ وَإِنَّ ٱللَّهَ لَعَلِيمٌ حَلِيمٌ
Transliteration layud'khilannahum mud'khalan yarḍawnahu wa-inna l-laha laʿalīmun ḥalīmun
Dhivehi ހަމަކަށަވަރުން އެމީހުން (އެބަހީ: هجرة ކުރުމުގައި قتل ވެ މަރުވެގެންދިޔަމީހުން) ރުހޭނެތާކަށް އެކަލާނގެ އެމީހުން ވައްދަވާހުއްޓެވެ. (އެއީ މާތްވެގެންވާ ސުވަރުގެއެވެ.) އަދި ހަމަކަށަވަރުން ﷲ تعالى އީ ދެނެވޮޑިގެންވާ އަދި ކުއްލިއަކަށް عقوبة ނުދެއްވާ ކޯފާމަޑު ކަލާނގެއެވެ.
Verse 60
۞ ذَٰلِكَ وَمَنْ عَاقَبَ بِمِثْلِ مَا عُوقِبَ بِهِۦ ثُمَّ بُغِىَ عَلَيْهِ لَيَنصُرَنَّهُ ٱللَّهُ ۗ إِنَّ ٱللَّهَ لَعَفُوٌّ غَفُورٌ
Transliteration dhālika waman ʿāqaba bimith'li mā ʿūqiba bihi thumma bughiya ʿalayhi layanṣurannahu l-lahu inna l-laha laʿafuwwun ghafūrun
Dhivehi އެހެނީ މިކަމަށްޓަކައި މީހަކަށް ނުވަތަ ބަޔަކަށް އަނިޔާއެއްކޮށް بغاوة ކުރި މީހާއަށް އޭނާ އެކުރި ކަންތަކާއެއްވަރުގެ އަނިޔާއާއި عقوبة ދެވުމަށްފަހު ދެން އަލުން އޭނާއަށް އަދަބުދެވި އަނިޔާވެރިވެވި عقوبة ދެވިއްޖެއްޔާ ހަމަކަށަވަރުން (އޭނާއަށް އެއަނިޔާކުރި މީހާގެމައްޗަށް) ﷲ تعالى އޭނާއަށް نَصْرُ ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ تعالى އީ عفوء ކުރެއްވުން ބޮޑު އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.
Verse 61
ذَٰلِكَ بِأَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَأَنَّ ٱللَّهَ سَمِيعٌۢ بَصِيرٌ
Transliteration dhālika bi-anna l-laha yūliju al-layla fī l-nahāri wayūliju l-nahāra fī al-layli wa-anna l-laha samīʿun baṣīrun
Dhivehi އެއީ - (އެބަހީ: އެދެއްވާ نصر އަކީ އެކަލާނގެ ކުޅަދުންވަންތަ ކަމުން ދެއްވާ نصر އެވެ.) އެހެނީ ﷲ تعالى ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވައެވެ. އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައެވެ. އެބަހީ: އެކަލާނގެ ރޭދުވާ ތަކުރާރުކުރައްވައެވެ. އެއީވެސް އެކަލާނގެ ކުޅަދުން ވަންތަކަމުގެތެރެއިންވާކަމެކެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ ބައްލަވާ ކަލާނގެއެވެ.
Verse 62
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِۦ هُوَ ٱلْبَـٰطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ
Transliteration dhālika bi-anna l-laha huwa l-ḥaqu wa-anna mā yadʿūna min dūnihi huwa l-bāṭilu wa-anna l-laha huwa l-ʿaliyu l-kabīru
Dhivehi އެއީ - އެބަހީ: ރޭދުވާ އެކަލާނގެ ތަކުރާރުކުރައްވަނީ ހަމަކަށަވަރުން ﷲ تعالى އެއީ حقُّ ވަންތަ إله ކަމުގައި ވީކަމެވެ. އަދި އެ مشرك ންގެމީހުން އެކަލާނގެ ފިޔަވައި އެތަކެއްޗަށް (އެބުދުތަކަށް) ގޮވާ دعاء ކުރާ އެންމެހައިތަކެއްޗަކީ ހަމަ ސީދާ باطل ތަކެއްޗެވެ. އެއްވެސް މާނައެއްގައި إله އެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ މަތިވެރިވެވޮޑިގެންވާ ހައިބަބޮޑުވެގެންވާ ކަލާނގެއެވެ.
Verse 63
أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَتُصْبِحُ ٱلْأَرْضُ مُخْضَرَّةً ۗ إِنَّ ٱللَّهَ لَطِيفٌ خَبِيرٌ
Transliteration alam tara anna l-laha anzala mina l-samāi māan fatuṣ'biḥu l-arḍu mukh'ḍarratan inna l-laha laṭīfun khabīrun
Dhivehi (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ﷲ تعالى އުޑުން ފެންބާވައިލައްވާކަން ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ އެބަހީ އެނގިވަޑައިގަންނަވާނެއެވެ. ދެން ބިންގަނޑު ފެހިއެއްޗަކަށް ވެދެއެވެ. އެބަހީ: ގަސްތައްފަޅައި ފެހިވެދެއެވެ. ހަމަކަށަވަރުން ﷲ تعالى އީ އެންމެހައި ކުދިކުދި އެއްޗެއްސަށްދާންދެން ދެނެވޮޑިގެންވާ އަދި خبر ކުރައްވާ ކަލާނގެއެވެ.
Verse 64
لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِنَّ ٱللَّهَ لَهُوَ ٱلْغَنِىُّ ٱلْحَمِيدُ
Transliteration lahu mā fī l-samāwāti wamā fī l-arḍi wa-inna l-laha lahuwa l-ghaniyu l-ḥamīdu
Dhivehi އުޑުތަކާއި އަދި ބިމުގައިވާހާތަކެތި މިލްކުވެ خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެކަން يقين އެވެ.
Verse 65
أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِى ٱلْأَرْضِ وَٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِأَمْرِهِۦ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلْأَرْضِ إِلَّا بِإِذْنِهِۦٓ ۗ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ
Transliteration alam tara anna l-laha sakhara lakum mā fī l-arḍi wal-ful'ka tajrī fī l-baḥri bi-amrihi wayum'siku l-samāa an taqaʿa ʿalā l-arḍi illā bi-idh'nihi inna l-laha bil-nāsi laraūfun raḥīmun
Dhivehi (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ބިމުގައިވާހާ އެއްޗެއް ކަލޭމެނަށް (އިންސާނުންނަށް) ޓަކައި ﷲ تعالى ކިޔަމަންކޮށްދެއްވިއެވެ. އަދި ނައުދޯގުފަހަރު އެކަލާނގެ أمر ފުޅަށް ކަނޑުގައި ދުވެއެވެ. މިކަންކަން ދެނެވަޑައިނުގަންނަވައިތޯއެވެ؟ އެބަހީ: ދެނެވަޑައިގަންނަވާނެއެވެ. އަދި އެކަލާނގެ އިޒުނަފުޅަށް މެނުވީ ބިމުގެ މައްޗަށް އުޑުވެއްޓުނަ ނުދެއްވައި އެކަލާނގެ ހިފަހައްޓަވައެވެ. ހަމަކަށަވަރުން ﷲ تعالى އީ މީސްތަކުންނަށް ނުހަނު އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 66
وَهُوَ ٱلَّذِىٓ أَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۗ إِنَّ ٱلْإِنسَـٰنَ لَكَفُورٌ
Transliteration wahuwa alladhī aḥyākum thumma yumītukum thumma yuḥ'yīkum inna l-insāna lakafūrun
Dhivehi (އޭ މީސްތަކުންނޭވެ.) ކަލޭމެން ހެއްދެވީ ހަމަ އެކަލާނގެއެވެ. ދެން އެކަލާނގެ ކަލޭމެން މަރުއްވައެވެ. ދެން (އަލުން محشر ކުރެއްވުމަށް) ކަލޭމެން ދިރުއްވާނީވެސް ހަމަ އެކަލާނގެއެވެ. ހަމަކަށަވަރުން އިންސާނާއީ (ﷲ ގެ نعمة އަށް) ކާފަރުވުން ބޮޑުމީހެއްކަން ކަށަވަރެވެ.
Verse 67
لِّكُلِّ أُمَّةٍ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ ۖ فَلَا يُنَـٰزِعُنَّكَ فِى ٱلْأَمْرِ ۚ وَٱدْعُ إِلَىٰ رَبِّكَ ۖ إِنَّكَ لَعَلَىٰ هُدًى مُّسْتَقِيمٍ
Transliteration likulli ummatin jaʿalnā mansakan hum nāsikūhu falā yunāziʿunnaka fī l-amri wa-ud'ʿu ilā rabbika innaka laʿalā hudan mus'taqīmin
Dhivehi ކޮންމެ أمّة އަކަށްވެސް ތިމަންރަސްކަލާނގެ مَنْسَكُ އެއް ލެއްވީމެވެ. (އެއީ قُرْبَان ކޮށް ލެއިއޮހޮރުވާ عيد ކޮށް ހަދާނެތަނަކާއި ވަގުތެކެވެ.) އެތަންތާނގައި އެބަޔަކު قربان ކޮށް عيد ކޮށް ހަދައެވެ. އެއީ އެމީހުންގެ ތަނެވެ. ފަހެ ކަލޭގެފާނުންގެ قربان ކުރުމާ عيد ކުރުމުގެ ކަންތަކުގައި އެމީހުން ދެބަސްވެ جَدَلُ ނުކުރާހުށިކަމެވެ. އަދި ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް دعاء ކުރައްވައި ހައްދަވާ ށެވެ. ހަމަކަށަވަރުން ކަލޭގެފާނު ވަނީ ހަމަ ސީދާވެގެންވާ ތެދުމަގެއްގައެވެ.
Verse 68
وَإِن جَـٰدَلُوكَ فَقُلِ ٱللَّهُ أَعْلَمُ بِمَا تَعْمَلُونَ
Transliteration wa-in jādalūka faquli l-lahu aʿlamu bimā taʿmalūna
Dhivehi އަދި އެ مشرك ންގެމީހުން ކަލޭގެފާނާ جَدَل ކޮށްހަދަންޏާ ފަހެ ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކުރާ ކަންތައްތައް ﷲ ދެނެވޮޑިގަތުންބޮޑެވެ.
Verse 69
ٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ
Transliteration al-lahu yaḥkumu baynakum yawma l-qiyāmati fīmā kuntum fīhi takhtalifūna
Dhivehi އަދި އެކަމަކާމެދު ކަލޭމެން ދެބަސްވެ إختلاف ވާކަމުގައިވީ ކަންތަކާމެދު ކަލޭމެންގެ މެދުގައި ﷲ حكم ކުރައްވާހުއްޓެވެ. އެއީ قيامة ދުވަހުންނެވެ.
Verse 70
أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَـٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
Transliteration alam taʿlam anna l-laha yaʿlamu mā fī l-samāi wal-arḍi inna dhālika fī kitābin inna dhālika ʿalā l-lahi yasīrun
Dhivehi އަދި (އޭ رسول ﷲ އެވެ.) އުޑާއި ބިމުގައިވާހާ އެއްޗެއް (އަދި ވާހާކަމެއް) ﷲ ދެނެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ (އެކަން އެނގިވަޑައިގަންނަވާނެއެވެ.) ހަމަކަށަވަރުން އެދެނެވޮޑިގަތުމަކީ އެއީ ފޮތެއްގައި ލިޔެވިގެންވާ އެއްޗެކެވެ. (އެއީ قيامة އާއި ޖެހެންދެން ވާނެ ހުރިހާކަމެއް ﷲ ލިއުއްވާފައިވާ ފޮތެވެ. أمّ الكتَاب އެވެ.) އަދި ހަމަކަށަވަރުން އެލިއުއްވުން ނުވަތަ خَلْقُ ތަކުންގެ މެދުގައި حكم ކުރެއްވުން އެއީ ﷲ تعالى ގެ حضرة އަށް ދާދި ލުއިފަސޭހަކަމެކެވެ.
Verse 71
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًا وَمَا لَيْسَ لَهُم بِهِۦ عِلْمٌ ۗ وَمَا لِلظَّـٰلِمِينَ مِن نَّصِيرٍ
Transliteration wayaʿbudūna min dūni l-lahi mā lam yunazzil bihi sul'ṭānan wamā laysa lahum bihi ʿil'mun wamā lilẓẓālimīna min naṣīrin
Dhivehi އަދި އެ مشرك ންގެމީހުން ﷲ ފިޔަވައި އެއަޅުކަންކުރަނީ އެތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ މައްޗަށް އެއްވެސް دليل އެއް حجّة އެއް ބާވައިލައްވާފައިނުވާ އެއްޗެހި ތަކަކަށެވެ. (އެއީ ބުދުތަކާއި އެމާނާގައިވާ ކޮންމެ އެއްޗެކެވެ.) އަދި އެތަކެތި އެއީ إله ންކަމުގެ އެއްވެސް އެނގުމެއް އެމީހުންނަށްވެސް ނުވާ ތަކެއްޗަށެވެ. އަދި އެއަނިޔާވެރިންނަށް - مشرك ންނަށް نصر ދޭނޭ އެކަކުވެސް قيامة ދުވަހުން ނުވާނެއެވެ.
Verse 72
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ تَعْرِفُ فِى وُجُوهِ ٱلَّذِينَ كَفَرُوا۟ ٱلْمُنكَرَ ۖ يَكَادُونَ يَسْطُونَ بِٱلَّذِينَ يَتْلُونَ عَلَيْهِمْ ءَايَـٰتِنَا ۗ قُلْ أَفَأُنَبِّئُكُم بِشَرٍّ مِّن ذَٰلِكُمُ ۗ ٱلنَّارُ وَعَدَهَا ٱللَّهُ ٱلَّذِينَ كَفَرُوا۟ ۖ وَبِئْسَ ٱلْمَصِيرُ
Transliteration wa-idhā tut'lā ʿalayhim āyātunā bayyinātin taʿrifu fī wujūhi alladhīna kafarū l-munkara yakādūna yasṭūna bi-alladhīna yatlūna ʿalayhim āyātinā qul afa-unabbi-ukum bisharrin min dhālikumu l-nāru waʿadahā l-lahu alladhīna kafarū wabi'sa l-maṣīru
Dhivehi އަދި بيان ވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެ މައްޗަށް ކިޔެވިއްޖެއްޔާ (އެމީހުންނަށް ކިޔަވައިދެވިއްޖެއްޔާ ކާފަރުންގެ މޫނުތަކުގެ މަތީ ނުރުހުމާ ރުޅިވެރިކަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެކަން އެނގިވަޑައިގަންނަވާނެއެވެ. އަދި ތިމަންރަސްކަލާނގެ أية ތައް އެމީހުންނަށް ކިޔަވައިދޭ މީހުންގެ ގަޔަށް އެމީހުން އަރައިގަނެ ތަޅާފޮޅައިގަތުން ގާތްވެގެންވެއެވެ. (އޭ رسول ﷲ އެވެ.) ކަލޭގެފާނު (އެ مشرك ންނަށް) ވިދާޅުވާށެވެ! ކަލޭމެނަށް އެއަށްވުރެ މާނުބައިކަމެއްގެ خبر އަހުރެން ކަލޭމެނަށް ދެންހެއްޔެވެ؟ އެއީ ކާފަރުންނަށް ﷲ وعد ކުރައްވާފައިވާ ނަރަކައެވެ. އަލިފާނެއެވެ. އެއީ އެނބުރިގޮސް ހުރުން ނުބައިވެގެންވާ ތަނެކެވެ.
Verse 73
يَـٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌ فَٱسْتَمِعُوا۟ لَهُۥٓ ۚ إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَن يَخْلُقُوا۟ ذُبَابًا وَلَوِ ٱجْتَمَعُوا۟ لَهُۥ ۖ وَإِن يَسْلُبْهُمُ ٱلذُّبَابُ شَيْـًٔا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ ٱلطَّالِبُ وَٱلْمَطْلُوبُ
Transliteration yāayyuhā l-nāsu ḍuriba mathalun fa-is'tamiʿū lahu inna alladhīna tadʿūna min dūni l-lahi lan yakhluqū dhubāban walawi ij'tamaʿū lahu wa-in yaslub'humu l-dhubābu shayan lā yastanqidhūhu min'hu ḍaʿufa l-ṭālibu wal-maṭlūbu
Dhivehi އޭ މީސްތަކުންނޭވެ. (ކަލޭމެންނަށް) مِثَال އެއް ޖެހެވިއްޖެއެވެ. ކަލޭމެން އެޔަށް ކަނުލައި އަހާށެވެ. ހަމަކަށަވަރުން ﷲ ފިޔަވައި އެތަކެއްޗަށް ކަލޭމެން ތިޔަ ގޮވާތަކެއްޗަށް (ބުދުތަކާއި އެމާނާގައިވާ ތަކެއްޗަށް) އެންމެ މެއްސެއްވެސް ނުހެއްދެވޭނެއެވެ. އެކަމާމެދު އެހުރިހާތަކެތި ޖަމާވިޔަސް ނުވާނެއެވެ. އަދި ބުދުތަކަށް ބަހައްޓާފައިވާ ތަކެތީގެ ތެރެއިން (ކާނާޔާ އެބާވަތުގެ ތަކެތީގެތެރެއިން) އެއްޗެއް މެހި ޖަހައިގަނެ އަތުލައިގަނެގެން ދިޔަޔަސް އެމެހީގެއަތުން އެއެތިކޮޅު އަތުލައިގަނެ ސަލާމަތް ކުރުމަކަށްވެސް އެބުދުތަކަށް ކުޅަދާނަވެގެން ނުވެއެވެ. އެދޭއެތި يعني: ބުދު ނިކަމެތިވެގެންވެއެވެ. އަދި އެދެވޭ އެތި يعني: މެހި ނިކަމެތިވެގެންވެއެވެ. (ނުވަތަ އެބުދުގެ ކިބައިން ކަންކަމަށް އެދޭ آدم ގެ ދަރިޔާ ނިކަމެތިވެގެންވެއެވެ. އަދި އޭގެ ކިބައިން ކަންކަމަށް އެދެވޭ ބުދު ނިކަމެތިވެގެންވެއެވެ. މިދެގޮތަށްވެސް ތަރުޖަމާކުރެވެއެވެ. والله أعلم)
Verse 74
مَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ
Transliteration mā qadarū l-laha ḥaqqa qadrihi inna l-laha laqawiyyun ʿazīzun
Dhivehi އެމީހުން އެބަހީ: مشرك ން ﷲ އަށް قدر ކޮށް إحترام ކުރުން حقّ ވެގެންވާ ވަރަށް قدر ކޮށް إحترام ނުކުރެއެވެ. ހަމަކަށަވަރުން ﷲ تعالى އީ ކަށަވަރުންވެސް ގަދަފަދަވަންތަ عزّة ވަންތަ ކަލާނގެއެވެ.
Verse 75
ٱللَّهُ يَصْطَفِى مِنَ ٱلْمَلَـٰٓئِكَةِ رُسُلًا وَمِنَ ٱلنَّاسِ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ
Transliteration al-lahu yaṣṭafī mina l-malāikati rusulan wamina l-nāsi inna l-laha samīʿun baṣīrun
Dhivehi ﷲ تعالى މަލާއިކަތްބޭކަލުންގެ ތެރެއިން رسول ން إختيار ކުރައްވައި خاصّ ކުރައްވައެވެ. (އެއީ جبريل ފަދަ مِيكائيل ފަދަ........ ބޭބޭކަލުންނެވެ.) އަދި މީސްތަކުންގެތެރެއިންވެސް އެކަލާނގެ رسول ން إختيار ކުރައްވައި خاصّ ކުރައްވައެވެ. ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
Verse 76
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۗ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ
Transliteration yaʿlamu mā bayna aydīhim wamā khalfahum wa-ilā l-lahi tur'jaʿu l-umūru
Dhivehi އެބޭކަލުންގެ ކުރިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (އެބަހީ: އެބޭކަލުން ހެއްދެވުމުގެ ކުރިންވެސް އެބޭކަލުންގެ ކަންތައް ދެނެވޮޑިގެންވެއެވެ.) އަދި އެބޭކަލުންގެ ފަސްވެސް ދެނެވޮޑިގެންވެއެވެ. (އެބަހީ: އެބޭކަލުން ފަނާވެދިއުމަށްފަހު ދެންވާނެގޮތްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ކަންތައްތައް ގޮސް ނިމުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.
Verse 77
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟ وَٱعْبُدُوا۟ رَبَّكُمْ وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ ۩
Transliteration yāayyuhā alladhīna āmanū ir'kaʿū wa-us'judū wa-uʿ'budū rabbakum wa-if'ʿalū l-khayra laʿallakum tuf'liḥūna
Dhivehi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކަލޭމެންގެ رَبّ އަށް رُكُوع ކުރާށެވެ! އަދި ކަލޭމެން އެކަލާނގެއަށް سَجِدَة ކުރާށެވެ! އަދި އެކަލާނގެއަށް އަޅުކަންކުރާށެވެ! އަދި ކަލޭމެން ހެޔޮކަންތައްތައް ކުރާށެވެ. އެއީ ކަލޭމެން ކާމިޔާބުވުމުގެ أمّيد ގައެވެ. ނަސީބުލިބޭތޯއެވެ.
Verse 78
وَجَـٰهِدُوا۟ فِى ٱللَّهِ حَقَّ جِهَادِهِۦ ۚ هُوَ ٱجْتَبَىٰكُمْ وَمَا جَعَلَ عَلَيْكُمْ فِى ٱلدِّينِ مِنْ حَرَجٍ ۚ مِّلَّةَ أَبِيكُمْ إِبْرَٰهِيمَ ۚ هُوَ سَمَّىٰكُمُ ٱلْمُسْلِمِينَ مِن قَبْلُ وَفِى هَـٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ ۚ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱعْتَصِمُوا۟ بِٱللَّهِ هُوَ مَوْلَىٰكُمْ ۖ فَنِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ
Transliteration wajāhidū fī l-lahi ḥaqqa jihādihi huwa ij'tabākum wamā jaʿala ʿalaykum fī l-dīni min ḥarajin millata abīkum ib'rāhīma huwa sammākumu l-mus'limīna min qablu wafī hādhā liyakūna l-rasūlu shahīdan ʿalaykum watakūnū shuhadāa ʿalā l-nāsi fa-aqīmū l-ṣalata waātū l-zakata wa-iʿ'taṣimū bil-lahi huwa mawlākum faniʿ'ma l-mawlā waniʿ'ma l-naṣīru
Dhivehi އަދި ކަލޭމެން ﷲ ގެމަގުގައި جِهاد ކޮށް ގަދައަޅާ މަސައްކަތްކުރުން حقّ ވާ ވަރަށް އެކަލާނގެ މަގުގައި جِهاد ކޮށް ގަދައަޅާށެވެ. އަދި ކަލޭމެންގެމައްޗަށް دين ގައި އެކަލާނގެ އެއްވެސް ބުރައެއް އުނދަގުލެއް (ނުއުފުލޭވަރަކަށް) ނުލައްވައެވެ. އަދި ކަލޭމެންގެ ބަފައިކަލުން ކަމުގައިވާ إبراهيم عليه السّلام ގެ دين ގައި ކަލޭމެން ހިފަހައްޓާށެވެ! އިސްވެދިޔަ ފޮތްތަކާއި شريعة ތަކުގައިވެސް ކަލޭމެންނަށް مسلم ންގެ ނަމުން ނަންދެއްވީ ހަމަ އެކަލާނގެއެވެ. އަދި މިކީރިތި قرآن ގައިވެސް އެނަން ކަލޭމެނަށް ދެއްވީ ހަމަ އެކަލާނގެއެވެ. އެކަން އެހެން އެހެއްދެވީ رسول (ﷺ) ކަލޭމެންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ހައްދަވައި އަދި ކަލޭމެންނީ އެންމެހައި މީސްތަކުންގެމައްޗަށް (قيامة ދުވަހުން) ހެކިވެރިންކަމުގައި ވުމަށްޓަކައެވެ. ފަހެ އެހެންވެ ކަލޭމެން ނަމާދު قائم ކުރާށެވެ! އަދި ކަލޭމެން ޒަކާތްދޭށެވެ! އަދި ﷲ ގެ حضرة ން ކަލޭމެން ރައްކާތެރިކަން ލިބިގަންނާށެވެ! އެކަލާނގެއަށް އިތުބާރުކޮށް وكيل ކުރާށެވެ! ކަލޭމެންގެ ސަހަރޯވެރި ވެރިޔަކީ ހަމަ އެކަލާނގެއެވެ. އެކަލާނގެ އެއީ (އެފަދަ އެހެން ސަހަރޯވެރިއަކު ނުވާފަދަ) ރަނގަޅު ސަހަރޯވެރިޔާއެވެ. އަދި (އެފަދަ އެހެން نصر ވެރިޔަކު ނުވާ) ރަނގަޅު نصر ވެރިޔާށެވެ.
Read Surah Al-Hajj in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.