Surah Al-Fajr in Dhivehi: translation and audio
Surah 89 · الفجر · The Dawn · 30 verses
Surah Al-Fajr verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Fajr word by word in English.
Verse 1
وَٱلْفَجْرِ
Transliteration wal-fajri
Dhivehi ފަތިސްވަގުތު ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.
Verse 2
وَلَيَالٍ عَشْرٍ
Transliteration walayālin ʿashrin
Dhivehi حَجُّ މަހުގެފުރަތަމަ ދިހަރޭ ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.
Verse 3
وَٱلشَّفْعِ وَٱلْوَتْرِ
Transliteration wal-shafʿi wal-watri
Dhivehi ޖޯޑުޖޯޑަށްވާ ކޮންމެއެއްޗަކާއި އަދި ބިޖޯޑަށްވާކޮންމެއެއްޗަކާއި ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ
Verse 4
وَٱلَّيْلِ إِذَا يَسْرِ
Transliteration wa-al-layli idhā yasri
Dhivehi އަދި ވޭތިވެގެންދާ ރޭގަނޑު ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.
Verse 5
هَلْ فِى ذَٰلِكَ قَسَمٌ لِّذِى حِجْرٍ
Transliteration hal fī dhālika qasamun lidhī ḥij'rin
Dhivehi ފަހެ މިކަންކަމުގައި ބުއްދީގެ ވެރިއަކަށް ބޮޑުވެގެންވާ ހުވައެއް ނުވޭބާވައެވެ. (ވާކަން ކަށަވަރެވެ.)\n• ދަންނައެވެ. މިސޫރަތުގެ ކުރީ ހަތަރު އާޔަތުގަގައި އެވާ ހަތަރު އެއްޗަކާއިމެދު مُفَسِّرُ ންގެ ބަސްތަފާތުވެގެންވެއެވެ. އަޅުގަޑުލިޔެފައި އެވަނީ އެންމެ މަސްހޫރު ހަތަރުމާނައެވެ. وَالله أعلم.
Verse 6
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ
Transliteration alam tara kayfa faʿala rabbuka biʿādin
Dhivehi ފަހެ عَادُ ބާގައިގެ މީހުންނާއިމެދު ކަލޭގެފާނުންގެ رَبُّ ކަންތައްކުރެއްވީ ކޮންފަދައަކުންކަން ކަލޭގެފާނު ވިސްނާ ފިކުރު ނުކުރައްވަންތޯއެވެ؟ (އެމީހުން ނުކިޔަމަންތެރިވީ ހިދުން އެކަލާނގެ އެމީހުން ހަލާކު ކުރެއްވީއެވެ.) عَادُ ބާގައިގެމީހުންނަކީ ސަލާމު ލެއްވި هُودُ ގެފާނުންގެ ޤައުމުގެމީހުންނެވެ.
Verse 7
إِرَمَ ذَاتِ ٱلْعِمَادِ
Transliteration irama dhāti l-ʿimādi
Dhivehi އެމީހުން އުޅުނުތަނަށް ކިޔަނީ إرَمُ އެވެ. އެއީ ބޮޑެތި ތަނބު ތަނބު ޖަހައިގެން ގެއެޅިބައެކެވެ. (ނުވަތަ އެއިން މީހެއްގެ އިސްކޮޅު ތަނބެއްފަދައެވެ. އެއިން މީހެއްގައި ބާރަމުށް ހުންނަކަމުގައި ވިއެވެ.
Verse 8
ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَـٰدِ
Transliteration allatī lam yukh'laq mith'luhā fī l-bilādi
Dhivehi އެފަދަވަރުގަދަ ރަށެއް އެޒަމާނުގައި އެހެންތާކު ނެތްކަމުގައި ވިއެވެ. އެފަދަމިސާލެއް އެހެން ރަށަކު ނެތްކަމުގައި ވިއެވެ. ދެންފަހެ އެމީހުންވެސް ނުކިޔަމަންތެރިވީހިދުން ﷲ އެމީހުންވެސް ހަލާކު ކުރެއްވީއެވެ. ގަދަވައެއްފޮނުއްވައި އެމީހުން ހަލާކު ކުރެއްވީއެވެ. މަރުވެދިޔައީއެވެ. އެވައި އައިސް ކޮންމެމީހަކު އެތައް އިސްކޮޅަކަށް އުފުލައި އުގުރުވަތަށް ބިމަށް ޖަހާކަމުގައި ވިއެވެ. ދެންއޮންނަނީ ކަނދުރާބިދި މަރުވެފައެވެ. والعياذ بالله.....
Verse 9
وَثَمُودَ ٱلَّذِينَ جَابُوا۟ ٱلصَّخْرَ بِٱلْوَادِ
Transliteration wathamūda alladhīna jābū l-ṣakhra bil-wādi
Dhivehi އަދި ثَمُودُ ބާގައިގެމީހުންނަށް ކަލޭގެފާނުންގެ رَبُّ ކަންތަށް ކުރެއްވި ގޮތާއިމެދު ވިސްނާ ފިކުރު ކޮށް ޢިބްރަތް ހާސިލު ނުކުރައްވާނޭ ތޯއެވެ؟ ثَمُودُ ބާގައިގެ މީހުންނަކީ سَلام ލެއްވި صَالح ގެ ފާނުންގެ ޤައުމުގެ މީހުންނެވެ. އެމީހުންނަކީ ފަރުބަދަ ކޮނެ ފޮފަ ނަގައިގެން ފަރުބަދައެއީ ގެދޮރު ކަމުގައި ހެދި މީހުންނެވެ. ހިލަ ކޮށައި ހެދިމީހުންނެވެ. އެއީ مَدَائن ކިޔާ ތަނެކެވެ. ގަދަފަދަ ބާރުގަދަ ބައެކެވެ. މިމީހުންވެސް ނުކިޔަމަންތެރި ވީހިދުން ﷲ ހަލާކު ކުރެއްވީއެވެ. އެމީހުންނަށް ފޮނުއްވީ ގަދަ އަޑުފަށެކެވެ. އެއަޑު ފަށްގަދަކަމުން ފިއްކެނޑިގެންގޮސް މަރުވެ ތަންޑާވީއެވެ.
Verse 10
وَفِرْعَوْنَ ذِى ٱلْأَوْتَادِ
Transliteration wafir'ʿawna dhī l-awtādi
Dhivehi އަދި ކަޑަތަކުގެ ވެރި فِرْعَون އާއި މެދު ﷲ ކަންތަށްކުރެއްވި ގޮތް ނުބަލަނީތޯއެވެ؟ އެޔާމެދު ފިކުރުކޮށް ޢިބުރަތް ޙާޞިލް ނުކުރަނީބާވައެވެ. فِرْعَون އަށް ކަޑަތަކުގެ ވެރި فِرْعَون އޭ ކިޔުނީ އޭނާ މީހުންމަރާއިރު ހަތަރު ކަޑަ ގެންގުޅޭކަމުގައި ވެއެވެ. ހަތަރު ކަޑަޖަހައި ހަތަރެސްފައި ހަތަރު ކަޑައަށް އައްސައި މޭމައްޗަށް ބަރު ހިލައަރުވައި މީހުންމަރާކަމުގައިވިއެވެ. އަދި އެހެން ގޮތްގޮތައްވެސް ކިޔޭކަމުގައި ވިއެވެ.
Verse 11
ٱلَّذِينَ طَغَوْا۟ فِى ٱلْبِلَـٰدِ
Transliteration alladhīna ṭaghaw fī l-bilādi
Dhivehi މިބަޔާންވެދިޔަ މީސްމީހުންނާއި ޤައުމު ތަކަކީ (عَادُ ބާގައިގެ މީހުންނާއި ثَمُودُ ބާގައިގެ މީހުންނާއި فِرْعَون އާއި އޭނާގެ ޤައުމު) މިމީހުންނަކީ އެމީހުންއުޅުނު ތަންތަން ފަސާދަކޮށް ނުކިޔަމަންތެރިކަމާއި ބޮޑާކަމުގައި ހައްދު ފަހަނަޅައިގެން ދިޔަބަޔެކެވެ.
Verse 12
فَأَكْثَرُوا۟ فِيهَا ٱلْفَسَادَ
Transliteration fa-aktharū fīhā l-fasāda
Dhivehi އެމީސްމީހުން އެރަށްރަށުގައި ނުލަފާކަންތަކާއި ފަސާދަކުރުންތައް ގިނަ ކުރީއެވެ.
Verse 13
فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ
Transliteration faṣabba ʿalayhim rabbuka sawṭa ʿadhābin
Dhivehi ދެންފަހެ ކަލޭގެފާނުންގެ رَبُّ އެމީހުންނަށް ގަދަވެގެންވާ عَذَابُ ދެއްކެވިއެވެ.
Verse 14
إِنَّ رَبَّكَ لَبِٱلْمِرْصَادِ
Transliteration inna rabbaka labil-mir'ṣādi
Dhivehi ދެންފަހެ ކަލޭގެފާނުންގެ رَبُّ ވަނީ ކޮންމެ މީހަކު ކުރާކަމަކަށް ރަނގަޅަށް ބައްލަވާ ވޮޑިގަތުން މަތީގައެވެ. (އޭ މިތިބަ ޤުރައިޝުންނޭވެ. (މިހާރުތިބި މީސްތަކުންނޭވެ!) ބަސްނޭހީވިއްޔާ ކަލޭމެނައްވެސް ހަމަ އެފަދަގޮތެއްވެދާނެއެވެ.)
Verse 15
فَأَمَّا ٱلْإِنسَـٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ
Transliteration fa-ammā l-insānu idhā mā ib'talāhu rabbuhu fa-akramahu wanaʿʿamahu fayaqūlu rabbī akramani
Dhivehi އިންސާނާގެ ޙާލުދަންނައެވެ. އޭނާގެ رب އޭނާ إمْتِحَانُ ކުރެއްވުމައްޓަކައި އޭނާއަށްމާތްކޮށް ހިއްތަވައި އަދި نِعْمَة ދެއްވައިފިއްޔާ އޭނާބުނާނެއެވެ. އަހުރެންގެ رب އަހުރެންނަށް މާތްކޮށް ހިއްތަވައިފިއެވެ. ދެންވަރަށް ގަޔާވާނެއެވެ. • އޭނާ ހީކުރާނީ އެނާގެ ރަނގަޅުކަމުން الله އޭނާއަށް كَرَامَة ދެއްވަނީ ކަމަށެވެ. މުދަލަށްވެސް އޭނާ ޙައްޤުވާތީ އޭނައަށް ގިނަމުދަލާއި نِعْمَة ދެއްވަނީ ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެހެންވާކަމެއްނޫނެވެ. އެއީ ހަމަ إمْتِحَانُ އެވެ. ދެންއެވަގުތު އޭނާ الله އަށް ޝުކުރު ކުރަން ހަދާންނެތިއްޖެނަމަ އޭނާފެއިލްވާނެއެވެ.
Verse 16
وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَـٰنَنِ
Transliteration wa-ammā idhā mā ib'talāhu faqadara ʿalayhi riz'qahu fayaqūlu rabbī ahānani
Dhivehi އަދި ދަންނައެވެ. އެއިންސާނާ إمْتِحَانُ ކުރެއްވުމަށްޓަކައި އޭނާގެ رب އޭނާގެ ރިޒުޤު މަދުކުރައްވައި ދަތިކުރައްވައި ދެރަކުރައްވައިފިއްޔާ އެނާބުނާނެއެވެ. އަހުރެންގެ رب އަހުރެންނަށް އިހާނެތިކޮށް ހިއްތަވައިފިއެވެ. މިއެވެ. • ދަންނައެވެ. މިފަދަމީހުންނަކީ ތިމާމެންގެ އީމާންކަން ފުރިހަމަނޫންމީހުންނެވެ. މިހެނީ ދުނިޔޭގައި އުޅުންފަސޭހަވެ އަތްމަތި ތަނަވަސްވުމަކީ ﷲ ގެ كَرَامَة ހުރިކަމުގެދަލީލެއްނޫނެވެ. އަދި އަތްމަތިދަތިވެ ފަގީރުވުމަކީ ﷲގެ ކޯފާޔާއި ޢަޒާބުގެ ދަލީލެއް ނޫނެވެ. އެއީ ހަމައެކަނި މުއްސަނދި މީހާ ޝުކުރު ކުރޭތޯ ބެއްލެވުމާއި ފަގީރުމީހާ ކެއްތެރިވޭތޯ ބެއްލެވުމެކެވެ. އަދިވެސް އެކަލާނގެ ދެނެވޮޑިގެންވާ ކަންތައްތަކެއްވެއެވެ.
Verse 17
كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ
Transliteration kallā bal lā tuk'rimūna l-yatīma
Dhivehi އިންސާނާ އެ ދެ ހާލުގައިވެސް (އެބަހީ ފަސޭހަކަމާއި އަތްމަތި ދަތިކަމުގައިވެސް) އެފަދައިން ނުބުނާ ހުށި ކަމެވެ. ކޮންމެ ޙާލަތަކީވެސް ﷲ އޭނާ ކުރަށްވާ އިމްތިޙާން އެކެވެ. އަދި ކިއެއްހެއްޔެވެ. މުދާ ގިނައިން ދެވުނު މީހުންވެސް އޭގެ ޙައްޤު ފުރިހަމައަށް އަދާ ނުކުރާ ކިތައްމެ ބައެކެވެ. މުދާދެވުނުމީހުން ޔަތިމުންނަށް ކާއެތިކޮޅު ނުދިނީމުއެވެ.
Verse 18
وَلَا تَحَـٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ
Transliteration walā taḥāḍḍūna ʿalā ṭaʿāmi l-mis'kīni
Dhivehi އަދި ކާއެތިކޮޅު ދިނުމަށް މީސްތަކުންނަށް ހިއްވަރު ނުދެމުއެވެ. ތިމާމެން އަމިއްލައައްވެސް އެކަމަށް އެދުންވެރިކަމެއް ނެތީމުއެވެ.
Verse 19
وَتَأْكُلُونَ ٱلتُّرَاثَ أَكْلًا لَّمًّا
Transliteration watakulūna l-turātha aklan lamman
Dhivehi ތިޔަބައި މީހުން ވާރުތަމުދާތައް އަތުވިގޮތަކުން ކަނީއެވެ. ކުޑަކުދިންނާ އަންހެނުންގެ މުދާވެސް އެމީހުންނަށް ނުދީ ކަނީއެވެ. ޔަތީމުންނާއި ނިކަމެތިންގެ މުދާވެސް ކަނީއެވެ. މިއީ އިސްލާމްދީން އައުމުގެ ކުރިން ކަންތައް ކުރަމުން އައި ގޮތެވެ. ކުޑަކުދިންނަށް ޔަތީމުންނަށް އަންހެނުންނަށް ވާރުތަވުމެއް ނޯވެއެވެ. އެހުރިހާ މުދާކައިހަދިނީ ބޮޑެތި ފިރިހެނުންނެވެ.
Verse 20
وَتُحِبُّونَ ٱلْمَالَ حُبًّا جَمًّا
Transliteration watuḥibbūna l-māla ḥubban jamman
Dhivehi އަދި ތިޔަބައިމީހުން މުދަލަށް ލޯބިކުރަނީ މާ ބޮޑަށެވެ.
Verse 21
كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا
Transliteration kallā idhā dukkati l-arḍu dakkan dakkan
Dhivehi އެއްގޮތަކަށްވެސް އެފަދައިން ލޯބިކުރުން އެކަށީގެން ނުވެއެވެ. (ޤިޔާމަތްވުމަށް) ބިންގަނޑު ތެޅިގަނެ ޒަލްޒަލާ އައިސް ގަދަވެގެންވާ ޙަރަކާތަކުން ބިންގަނޑު ޙަރަކާތްކޮށް
Verse 22
وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا
Transliteration wajāa rabbuka wal-malaku ṣaffan ṣaffan
Dhivehi އަދި ކަލޭފާނު ހައްދަވާ ބޮޑުކުރެއްވި رب (އަޅުތަކުންގެ މެދުގައި ފައިސަލާ ކުރެއްވުމަށް ވޮޑިގަންނަވައި އަދި މަލާއިކަތްބޭކަލުން ސަފުސަފަށް (ސަފަކަށްފަހު ސަފެއް) ވަޑައިގެން މިކަންކަން ޤިޔާމަތް ދުވަހުންވާނެއެވެ. (އެދުވަހަށް ވިސްނާށެވެ.)
Verse 23
وَجِا۟ىٓءَ يَوْمَئِذٍۭ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ ٱلْإِنسَـٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ
Transliteration wajīa yawma-idhin bijahannama yawma-idhin yatadhakkaru l-insānu wa-annā lahu l-dhik'rā
Dhivehi ނަރަކަ އެދުވަހުން ގެނެވޭނެއެވެ. ދެން އެދުވަހުން އިންސާނާ- އެބަހީ ކާފަރު އިންސާނާ ހަނދާން ކުރާނެއެވެ. އޭނާ ދުނިޔޭގައި ކުރި ނުލަފާކަންތައްތައް ހަނދާންވާނެއެވެ. އެކަމަކު ދެން މިއަދު އެކަންކަން ހަނދާންވުމުން އޮތީ ކޮން ފައިދާއެއްހެއްޔެވެ؟ ކުރިމަތީގައި އޮތީ ގަދަ ޢަޒާބެވެ.
Verse 24
يَقُولُ يَـٰلَيْتَنِى قَدَّمْتُ لِحَيَاتِى
Transliteration yaqūlu yālaytanī qaddamtu liḥayātī
Dhivehi އަދި އެހިނދު އޭނާ ބުނާނެއެވެ. އަހުރެންގެ މިޙަޔާތަށް ހެޔޮ ޢަމަލު އިސްކުރެވުނުނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ. (އެކަމަކު ދެން ހަމަ ހުސް ނަމަ އެވެ.)
Verse 25
فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌ
Transliteration fayawma-idhin lā yuʿadhibu ʿadhābahu aḥadun
Dhivehi ފަހެއެދުވަހުން އެކަލާނގެ ޢަޒާބު ދެއްވާވަރަށް ހަމައެކަކަށްވެސް ޢަޒާބު ނުދެއްވޭނެއެވެ. ޢަޒާބު އެހާ ގަދަވާނެއެވެ
Verse 26
وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌ
Transliteration walā yūthiqu wathāqahu aḥadun
Dhivehi (އަދި ޗޭނުންނާއި ހިލިހިލާއިން ކާފަރުންތައް) އެކަލާނގެ ބަންނަވާ ވަރަކަށް ހަމައެކަކަށްވެސް ނުބަނދެވޭނެއެވެ. (އެވަރަށް ބަންނަވާނެއެވެ.)
Verse 27
يَـٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ
Transliteration yāayyatuhā l-nafsu l-muṭ'ma-inatu
Dhivehi ،(28) މާތްވެގެންވާމުއުމިނުންނަށް قِيَامَة ދުވަހުން ނިދާއިއްވޭނެއެވެ. އީމާންކަމާއި تَوْحِيْد ގެނޫރުން އަލިވެ އުޖާލާވެގެންވާ ނަފުސުގެ ވެރިޔާއެވެ. ﷲ ދެއްވި ގިނަގުނަ ސަވާބާއި ދަރުމަ އަށް ރުހިގެންވާ ޙާލު އަދި އެކަލާނގެ ތިބާއަށް ރުހިވޮޑިގެންވާ ޙާލު ތިބާގެ رب ގެ حَضرَة އަށް އެނބުރި އަންނާށެވެ.
Verse 28
ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً
Transliteration ir'jiʿī ilā rabbiki rāḍiyatan marḍiyyatan
Dhivehi ،(28) މާތްވެގެންވާމުއުމިނުންނަށް قِيَامَة ދުވަހުން ނިދާއިއްވޭނެއެވެ. އީމާންކަމާއި تَوْحِيْد ގެނޫރުން އަލިވެ އުޖާލާވެގެންވާ ނަފުސުގެ ވެރިޔާއެވެ. ﷲ ދެއްވި ގިނަގުނަ ސަވާބާއި ދަރުމަ އަށް ރުހިގެންވާ ޙާލު އަދި އެކަލާނގެ ތިބާއަށް ރުހިވޮޑިގެންވާ ޙާލު ތިބާގެ رب ގެ حَضرَة އަށް އެނބުރި އަންނާށެވެ.
Verse 29
فَٱدْخُلِى فِى عِبَـٰدِى
Transliteration fa-ud'khulī fī ʿibādī
Dhivehi (އަދިވެސް އެކަލާނގެ އަންގަވާނެއެވެ.) ތިމަންރަސްކަލާނގެ صَالِحُ تَقْوَى ވެރި އަޅުންގެތެރެއަށް ވަންނާށެވެ.
Verse 30
وَٱدْخُلِى جَنَّتِى
Transliteration wa-ud'khulī jannatī
Dhivehi އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ.
Read Surah Al-Fajr in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.