MyDugsiStart learning

Surah Al-'Ankabut in Dhivehi: translation and audio

Surah 29 · العنكبوت · The Spider · 69 verses

Surah Al-'Ankabut verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-'Ankabut word by word in English.

Verse 1

الٓمٓ

Transliteration alif-lam-meem

Dhivehi الم މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

Verse 2

أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ

Transliteration aḥasiba l-nāsu an yut'rakū an yaqūlū āmannā wahum lā yuf'tanūna

Dhivehi ތިމާމެން މިތިބީ إيمان ވެގެންނޭ ބުނީމާ އެމީހުން إمتحان ނުކުރެވި އެމީހުން ދޫކުރައްވާނޭކަމަށް މީސްތަކުން ހީކުރަނީހެއްޔެވެ؟ (އެހެން ނުވާނެއެވެ. إيمان ވެގެންނޭ ބުނި އެންމެންގެ إيمان ކަން ތިމަންރަސްކަލާނގެ ޗެކްކުރައްވާ إمتحان ކުރައްވާ ހުށީމެވެ. ބިރުވެރިކަމާއި ބަލިމަޑުކަންފަދަ ކަންކަން ޖައްސަވައިގެން މީސްތަކުން إمتحان ކުރައްވާހުށީމެވެ.)

Verse 3

وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَـٰذِبِينَ

Transliteration walaqad fatannā alladhīna min qablihim falayaʿlamanna l-lahu alladhīna ṣadaqū walayaʿlamanna l-kādhibīna

Dhivehi އަދި ހަމަކަށަވަރުން މިމީހުންގެކުރިން އިސްވެދިޔަ أمّة ތަކުގެ މީސްތަކުންވެސް ތިމަންރަސްކަލާނގެ إمتحان ކުރެއްވީމެވެ. އަދި އެމީހުންގެތެރެއިން އެމީހުންގެ އެބުނި ބަހުގައި (ތިމާމެން މިތިބީ إيمان ވެގެންނޭ ބުނި ބަހުގައި) ތެދިވެރިވީ ކޮންބައެއްކަމާއި ދޮގުހެދީ ކޮންބައެއްކަންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (އަދި ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ އެ ދެނެވޮޑިގަތުން ފައުޅުކުރައްވާހުށީމެވެ.)

Verse 4

أَمْ حَسِبَ ٱلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ أَن يَسْبِقُونَا ۚ سَآءَ مَا يَحْكُمُونَ

Transliteration am ḥasiba alladhīna yaʿmalūna l-sayiāti an yasbiqūnā sāa mā yaḥkumūna

Dhivehi އަދި ނުބައިކަންތައްތައް ކުރަމުންދާމީހުން ތިމަންރަސްކަލާނގެއަށް އަތުނުވެ ދެވިދާނެކަމަށް - ތިމަންރަސްކަލާނގެ ނުކުޅައްދައި ލެވިދާނެކަމަށް - އެމީހުން ހީކުރަނީހެއްޔެވެ؟ އެހެންކަމަށް އެމީހުން ނިންމައި حكم ކުރިކަމަށް ވަންޏާ އެމީހުންގެ حكم ގެ ނުބައިކަމާއެވެ!

Verse 5

مَن كَانَ يَرْجُوا۟ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَـَٔاتٍ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ

Transliteration man kāna yarjū liqāa l-lahi fa-inna ajala l-lahi laātin wahuwa l-samīʿu l-ʿalīmu

Dhivehi (قيامة ދުވަހުން) ﷲ އާއި ބައްދަލުވުމަށްއެދޭ މީހާ (ނުވަތަ ބިރުވެތިވާމީހާ) ދަންނައެވެ. ފަހެ ހަމަކަށަވަރުން ﷲ ކަނޑައަޅުއަވާފައިވާ އަޖަލު - (އެބަހީ: މީސްތަކުން މަރުވުމަށްފަހު محشر އަށް ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ މުއްދަތު) ކަނޑައެޅިގެން އަންނަހުއްޓެވެ. އެމީހަކު އެކަލާނގެއާއި ބައްދަލުވާހުއްޓެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 6

وَمَن جَـٰهَدَ فَإِنَّمَا يُجَـٰهِدُ لِنَفْسِهِۦٓ ۚ إِنَّ ٱللَّهَ لَغَنِىٌّ عَنِ ٱلْعَـٰلَمِينَ

Transliteration waman jāhada fa-innamā yujāhidu linafsihi inna l-laha laghaniyyun ʿani l-ʿālamīna

Dhivehi އަދި (ﷲ ގެ މަގުގައި) جِهَادُ ކޮށް ހަނގުރާމަކުރާ މީހާ އޭނާ އެ ހަނގުރާމަކުރަނީ އޭނާގެ نفس އަށެވެ. (އެބަހީ: އެކަމުގެ ދަރުމަޔާ ثواب ހުންނަހުރީ ހަމަ އޭނާއަށެވެ.) ހަމަކަށަވަރުން ﷲ އީ عالم ތައް ފިޔަވައި ދުރުވެ ފުދިވޮޑިގެންވާ ކަލާނގެއެވެ.

Verse 7

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ ٱلَّذِى كَانُوا۟ يَعْمَلُونَ

Transliteration wa-alladhīna āmanū waʿamilū l-ṣāliḥāti lanukaffiranna ʿanhum sayyiātihim walanajziyannahum aḥsana alladhī kānū yaʿmalūna

Dhivehi އަދި އީމާންވެގެން صالح عمل ކުރި މީސްތަކުން ދަންނައެވެ. ހަމަކަށަވަރުން އެމީހުންގެ ކުށްފާފަތައް ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި އެމީހުން ކުރާކަމުގައިވި ރަނގަޅު ހެޔޮކަންތައްތަކަށް އެއަށްވުރެ ހެޔޮދަރުމަ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވާހުށީމެވެ.

Verse 8

وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حُسْنًا ۖ وَإِن جَـٰهَدَاكَ لِتُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌ فَلَا تُطِعْهُمَآ ۚ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

Transliteration wawaṣṣaynā l-insāna biwālidayhi ḥus'nan wa-in jāhadāka litush'rika bī mā laysa laka bihi ʿil'mun falā tuṭiʿ'humā ilayya marjiʿukum fa-unabbi-ukum bimā kuntum taʿmalūna

Dhivehi އަދި އިންސާނާ އޭނާގެ މައިންބަފައިންނާއިމެދު إحْسَان ތެރިވެ ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ އިންސާނާއަށް أمر ކުރެއްވީމެވެ. (އޭ އިންސާނާއެވެ!) ކަލެއަށް އެކަމަކާއިމެދު އެއްވެސް އެނގުމެއްނެތް ކަމެއްގައި ތިމަންރަސްކަލާނގެއާއި އެހެން ފަރާތަކާއި شريك ކުރުމަށް އެދެމީހުން ކަލެއަށް أمر ކޮށް ގަދަހަދާނަމަ ފަހެ އެކަމުގައި ކަލޭ އެދެމީހުންނަށް ކިޔަމަން ނުވާށެވެ. (އެހެން ކަންކަމުގައި އެދެމީހުންނަށް ކިއަމަންވެ إحسان ތެރިވާށެވެ.) ތިޔަބައިމީހުން އެނބުރު އައުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ދުނިޔޭގައި) ކުރި ކަންތައްކުގެ خبر ތިޔަބައިމީހުންނަށް އަންގާހުށީމެވެ. އަދި އެކަމުގެ ފުރިހަމަ جزاء ދެއްވާހުށީމެވެ!

Verse 9

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُدْخِلَنَّهُمْ فِى ٱلصَّـٰلِحِينَ

Transliteration wa-alladhīna āmanū waʿamilū l-ṣāliḥāti lanud'khilannahum fī l-ṣāliḥīna

Dhivehi އަދި إيمان ވެގެން صالح عمل ތައްކުރި މީހުން ދަންނައެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން صالح އަޅުންގެތެރެއަށް ވައްދަވާހުށީމެވެ. ނުވަތަ صالح އަޅުން ވައްދަވާ ތަނަށް އެމީހުން ވައްދަވާހުށީމެވެ. އެއީ ސުވަރުގެއެވެ.

Verse 10

وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِىَ فِى ٱللَّهِ جَعَلَ فِتْنَةَ ٱلنَّاسِ كَعَذَابِ ٱللَّهِ وَلَئِن جَآءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ ٱللَّهُ بِأَعْلَمَ بِمَا فِى صُدُورِ ٱلْعَـٰلَمِينَ

Transliteration wamina l-nāsi man yaqūlu āmannā bil-lahi fa-idhā ūdhiya fī l-lahi jaʿala fit'nata l-nāsi kaʿadhābi l-lahi wala-in jāa naṣrun min rabbika layaqūlunna innā kunnā maʿakum awalaysa l-lahu bi-aʿlama bimā fī ṣudūri l-ʿālamīna

Dhivehi އަދި މީސްތަކުންގެތެރޭގައި ތިމަންނާމެން މިތިބީ ﷲ އަށް إيمان ވެގެންނޭ ބުނާބަޔަކު ވެއެވެ. ދެންފަހެ ﷲ ގެ މަގުގައި އެމީހުންނަށް އުނދަގުލެއް ދިމާވެއްޖެއްޔާ މީސްތަކުންގެ ފަރާތުން ލިބޭ އުނދަގުލާއި فِتْنَة ވެރިކަން ﷲ ގެ عذاب ފަދައިން ހަދައިލަފާނެއެވެ. (އެބަހީ: މީސްތަކުން މަލާމާތްކޮށް ސަރުކާރުން ކުށްވެރިކޮށް ޖަލަށްލާ ހަދާފާނެކަމަށްލަފާކޮށް (ނުވަތަ އެފަދަ އަދަބު ލިބޭތީ ތިމާއަށް حقّ ވެގެންވާ عمل ނުކޮށް ދޫކޮށްލައެވެ.) މިޒަމާނަކަށް އައިސް ކިޔަވައިގެންތިބޭ ގިނަ عالم ންގެ حال ހުރީވެސް މިފަދައިންނެވެ. ތިމާގެކުރިމަތިން منكراة ތައް ހިނގަމުންދާއިރުވެސް އެއްބައިވަންތަކަން ގެއްލިދާނެކަމުގެ ބަހަނާގައި ނުވަތަ ތިމާއީ ހަރުކަށިމީހެކޭ ބުނެފާނެތީ، ސަރުކާރުގެ ޕޮލިސީއާއި ދިމާނުވާތީ، ނުވަތަ ޖަލަށްލައިފާނެތީ ހަމައަޅައިވެސް ނުލައި ހުރެދެއެވެ. އަދި ބައެއްފަހަރު ތިމާވެސް އެކަމުގައި ބައިވެރިވެއެވެ. ﷲ ގެ عذاب އާއި ކޯފާއަށްވުރެ މީސްތަކުންގެ ފަރާތުން ލިބޭ އުނދަގޫ ބޮޑުކަމަށް ހަދައެވެ. والعياذ ﷲ)\nއަދި ކަލޭގެފާނުންގެ ربّ ގެ حضرة ން ކޮންމެވެސް نصر ވެރިކަމެއް، އަދި ކާމިޔާބީއެއް (مؤمن ންނަށް) އަތުވެއްޖެއްޔާ އިސްވެދިޔަފަދަ މީހުން ބުނާނެހެވެ. އަހުރެމެންވެސް ހަމަކަށަވަރުން ވީ ކަލޭމެންނާއި އެކުގައެވެ. (އެބަހީ: އަހުރެމެންނަކީވެސް ހަމަ ކަލޭމެންކަހަލަ مؤمن ންނެވެ. ކަލޭމެނަށް އޮތް ހެވެއް އަހުރެމެންނަށްވެސް އޮންނާންވާނެއެވެ.) އޭގެ ޖަވާބުގައި ﷲ އެ އަންގަވާ އެންމެހައި މީސްތަކުންގެ ހިތްތަކުގައިވާ ކަންތައްތަކާއި ތަކެތި ﷲ ދެނެވޮޑިގެން ނުވޭހެއްޔެވެ؟ އެބަހީ: އެކަލާނގެ ދެނެވޮޑިގެންވެއެވެ.

Verse 11

وَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَلَيَعْلَمَنَّ ٱلْمُنَـٰفِقِينَ

Transliteration walayaʿlamanna l-lahu alladhīna āmanū walayaʿlamanna l-munāfiqīna

Dhivehi އަދި ހަމަކަށަވަރުން مؤمن ން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން منافق ން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ކުރިންވެސް بيان ކުރިފަދައިން ﷲ ގެ عذاب އާއި ކޯފާއަށްވުރެ މީސްތަކުންގެ އުނދަގުލަށް ޖެހިލުންވާމީހާ އެވަނީ منافق ންގެ ލިސްޓުގައި ކަމުގައި މިއާޔަތް ދަލީލު ކުރެއެވެ.

Verse 12

وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ ٱتَّبِعُوا۟ سَبِيلَنَا وَلْنَحْمِلْ خَطَـٰيَـٰكُمْ وَمَا هُم بِحَـٰمِلِينَ مِنْ خَطَـٰيَـٰهُم مِّن شَىْءٍ ۖ إِنَّهُمْ لَكَـٰذِبُونَ

Transliteration waqāla alladhīna kafarū lilladhīna āmanū ittabiʿū sabīlanā walnaḥmil khaṭāyākum wamā hum biḥāmilīna min khaṭāyāhum min shayin innahum lakādhibūna

Dhivehi (مكّة ގެ) ކާފަރުން مؤمن ންނާއި ދިމާއަށް ބުންޏެވެ. ތިޔަބައިމީހުން އަހުރެމެންގެ މަގާއި تَبع ވާށެވެ. (އަހުރެމެންގެ عقيدة ހިފާށެވެ.) އަދި ތިޔަބައިމީހުންގެ ކުށްފާފަތަކުގެ ބުރަ އަހުރެމެން (قِيَامة ދުވަހުން) އުފުލާހުށީމެވެ. (އޭގެ جواب ގައި ﷲ އަންގަވައެވެ.) އެ مؤمن ންގެ ފާފައިގެ ބުރަ އުފުލާނެ ބަޔަކުކަމުގައި އެކާފަރުން ނުވެއެވެ. އޭގެއެއްވެސް މިންވަރެއް އެމީހުން ނުއުފުލާނެއެވެ. ހަމަކަށަވަރުން އެމީހުން އެއީ ދޮގުހަދާ ބަޔެކެވެ.

Verse 13

وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْـَٔلُنَّ يَوْمَ ٱلْقِيَـٰمَةِ عَمَّا كَانُوا۟ يَفْتَرُونَ

Transliteration walayaḥmilunna athqālahum wa-athqālan maʿa athqālihim walayus'alunna yawma l-qiyāmati ʿammā kānū yaftarūna

Dhivehi ހަމަކަށަވަރުން (قيامة ދުވަހުން) އެމީހުން އެބަހީ: އެކާފަރުން އެމީހުންގެ ފާފައިގެ ބުރަކަމާއި އަދި އެހެން ބުރަތަކެއްވެސް އުފުލާނެއެވެ. (އެއީ އެމީހުން މަގުފުރެއްދި މީހުންގެ ފާފައިގެ ބުރައެވެ.) އަދި އެމީހުން ދުނިޔޭގައި އުޅުނުއިރު އެމީހުން ދޮގުކުރި ކަންތަކާއިމެދު އެމީހުންނާއި ސުވާލު ވެވޭނެއެވެ.

Verse 14

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ ٱلطُّوفَانُ وَهُمْ ظَـٰلِمُونَ

Transliteration walaqad arsalnā nūḥan ilā qawmihi falabitha fīhim alfa sanatin illā khamsīna ʿāman fa-akhadhahumu l-ṭūfānu wahum ẓālimūna

Dhivehi އަދި ހަމަކަށަވަރުން نوح عليه السّلام އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެމީހުންނަށް رسول ކަން އިއްވެވުމަށް އެމީހުންގެތެރޭގައި ނުވަސަތޭކަ ފަންސާސް އަހަރު ހުންނެވިއެވެ. (ދެން އެމީހުންމީހުން ނުކިޔަމަންތެރިވީހިނދުން) އެބައިމީހުންނަށް طُوفان އައިސް އެމީހުން މަރުވެދިޔައީއެވެ. އެއީ އެމީހުން ކާފަރުވުމުގެ ސަބަބުން އަނިޔާވެރިވެގެންވާ حال ގައެވެ.

Verse 15

فَأَنجَيْنَـٰهُ وَأَصْحَـٰبَ ٱلسَّفِينَةِ وَجَعَلْنَـٰهَآ ءَايَةً لِّلْعَـٰلَمِينَ

Transliteration fa-anjaynāhu wa-aṣḥāba l-safīnati wajaʿalnāhā āyatan lil'ʿālamīna

Dhivehi ފަހެ އެކަލޭގެފާނާއި - އެބަހީ: نوح عليه السّلام އާއި ނަވުގެ އެކުވެރިން އެބަހީ: ނަވުގައިތިބި މީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި އެންމެހައި عالم ތަކަށްވާ دليل އެއްކަމުގައި عبرة އެއް ކަމުގައި ތިމަންރަސްކަލާނގެ އެނާކޮޅު ލެއްވީމެވެ. ނުވަތަ އެ قوم ގެ ކާފަރުންނަށް އައި عقوبة އާއިއަދި އެ (وَاقِعَة) އެއީ އެންމެހައި عالم ތަކަށްވާ عبرة އެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.

Verse 16

وَإِبْرَٰهِيمَ إِذْ قَالَ لِقَوْمِهِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ ۖ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

Transliteration wa-ib'rāhīma idh qāla liqawmihi uʿ'budū l-laha wa-ittaqūhu dhālikum khayrun lakum in kuntum taʿlamūna

Dhivehi (އޭ رسول ﷲ އެވެ!) އަދި إبراهيم عليه السّلام ކަލޭގެފާނު ހަނދުމަފުޅުކުރައްވާ ބައްލަވާށެވެ! އެއީ އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް ބިރުވެތިވެ تقوى ވެރިވާށެވެ. ތިޔަބައިމީހުންނަށް އެނގޭނަމަ އެގޮތް ހެޔޮވެގެންވެއެވެ.

Verse 17

إِنَّمَا تَعْبُدُونَ مِن دُونِ ٱللَّهِ أَوْثَـٰنًا وَتَخْلُقُونَ إِفْكًا ۚ إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَٱبْتَغُوا۟ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُوا۟ لَهُۥٓ ۖ إِلَيْهِ تُرْجَعُونَ

Transliteration innamā taʿbudūna min dūni l-lahi awthānan watakhluqūna if'kan inna alladhīna taʿbudūna min dūni l-lahi lā yamlikūna lakum riz'qan fa-ib'taghū ʿinda l-lahi l-riz'qa wa-uʿ'budūhu wa-ush'kurū lahu ilayhi tur'jaʿūna

Dhivehi ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާތަކެއްޗަކީ ހަމަ ބުދެވެ. ނުވަތަ ބުދުގެމާނައިގާވާ ތަކެއްޗެވެ. އެއީ ތިޔަބައިމީހުން ހަދާ ދޮގުތަކެކެވެ. ހަމަކަށަވަރުން ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ ތިޔަބައިމީހުންނަށް އެއްވެސް ރިޒުގެއްވެސް މިލްކުވެގެންވާ ތަކެއްޗެއްނޫނެވެ. ފަހެ ތިޔަބައިމީހުން ﷲ ގެ حضرة ން ރިޒުގަށް އެދޭށެވެ! އަދި އެކަލާނގެއަށް شكر ކުރާށެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.

Verse 18

وَإِن تُكَذِّبُوا۟ فَقَدْ كَذَّبَ أُمَمٌ مِّن قَبْلِكُمْ ۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ

Transliteration wa-in tukadhibū faqad kadhaba umamun min qablikum wamā ʿalā l-rasūli illā l-balāghu l-mubīnu

Dhivehi (އޭ قريش ވަންހައިގެ މީހުންނޭވެ!) ތިޔަބައިމީހުން محمّد ﷺ ދޮގުކުރިޔަސް (އެއީ އަދި އަލަކަށްނޫނެވެ.) ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ أمّة ތަކުގެ މީހުންވެސް (އެމީހުންގާތަށް ފޮނުވުނު رسول ބޭކަލުން) ދޮގުކޮށްފައިވެއެވެ. އަދި بيان ވެގެންވާގޮތުގައި رسول ކަން) އިއްވަ ވައިދެއްވުން މެނުވީ رسول އާގެ މައްޗަކަށް ނުވެއެވެ. (ކަލޭމެން އީމާން ނުވިނަމަ އެކަމުގެ ހަލާކުހުރީ ހަމަ ކަލޭމެނަށެވެ.)

Verse 19

أَوَلَمْ يَرَوْا۟ كَيْفَ يُبْدِئُ ٱللَّهُ ٱلْخَلْقَ ثُمَّ يُعِيدُهُۥٓ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ

Transliteration awalam yaraw kayfa yub'di-u l-lahu l-khalqa thumma yuʿīduhu inna dhālika ʿalā l-lahi yasīrun

Dhivehi ﷲ خَلق ތަކުން ހައްދަވާން ފައްޓަވާގޮތަށް އެމީހުން ނުބަލަނީބާވައެވެ؟ ހައްދަވާފައިވާގޮތް ނުދެކެނީ ބާވައެވެ؟ ދެން އެ خلق ތަކުން މަރުވުމަށްފަހު އަލުންވެސް އެކަލާނގެ އެ خلق ތަކުން إعاد ކުރައްވާހުއްޓެވެ. ދިރުއްވާ ހުއްޓެވެ. އެއީ އެކަލާނގެއަށް ދާދިފަސޭހަކަމެކެވެ.

Verse 20

قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْـَٔاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration qul sīrū fī l-arḍi fa-unẓurū kayfa bada-a l-khalqa thumma l-lahu yunshi-u l-nashata l-ākhirata inna l-laha ʿalā kulli shayin qadīrun

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިންމަތީގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދާބަލާށެވެ! ދެން އެކަލާނގެ خلق ތަކުން ހައްދަވާން ފައްޓަވާފައިވަނީ އަދި ހައްދަވާފައިވަނީ ކޮންފަދައަކުންތޯ ނިކަން ބަލާ ވިސްނާ ހަދާބަލާށެވެ. ދެން آخرة ގެ ހެއްދެވުން އެބަހީ: މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި محشر އަށް ފޮނުއްވާހުއްޓެވެ. ހަމަކަށަވަރުން ކޮންމެ ކަމެއްގެ މައްޗަށް ﷲ تعالى ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

Verse 21

يُعَذِّبُ مَن يَشَآءُ وَيَرْحَمُ مَن يَشَآءُ ۖ وَإِلَيْهِ تُقْلَبُونَ

Transliteration yuʿadhibu man yashāu wayarḥamu man yashāu wa-ilayhi tuq'labūna

Dhivehi އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ عذاب ދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ رحمة ލައްވައެވެ. އަދި ތިޔަބައިމީހުން އެނބުރި ދިއުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.

Verse 22

وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ

Transliteration wamā antum bimuʿ'jizīna fī l-arḍi walā fī l-samāi wamā lakum min dūni l-lahi min waliyyin walā naṣīrin

Dhivehi އަދި ތިޔަބައިމީހުންނަކީ ބިންމަތީގައިވިއަސް އަދި ނުވަތަ އުޑުގައިވިޔަސް އެކަލާނގެ ނުކުޅައްދައި ލެވޭނޭ ބަޔަކުނޫނެވެ. އަދި ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިއަސް އަދި ނަޞްރު ވެރިއަކުވިއަސް ތިޔަބައިމީހުންނަކަށް ނުވެއެވެ.

Verse 23

وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ وَلِقَآئِهِۦٓ أُو۟لَـٰٓئِكَ يَئِسُوا۟ مِن رَّحْمَتِى وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ

Transliteration wa-alladhīna kafarū biāyāti l-lahi waliqāihi ulāika ya-isū min raḥmatī wa-ulāika lahum ʿadhābun alīmun

Dhivehi އަދި ﷲ ގެ آية ތަކަށް كافر ވެ އަދި އެކަލާނގެއާ ބައްދަލުވުމަށް كافر ވި މީސްތަކުން އެބަހީ: آخرة ދުވަހަށް كافر ވި މީސްތަކުން ދަންނައެވެ. އެމީހުން އެވަނީ ތިމަންރަސްކަލާނގެ رحمة ން أمّيد ކަނޑައި مايوس ވެގެންނެވެ. އަދި އެމީހުންނަށް ހުރީ ހަމަ ވޭންދެނިވި عذاب އެވެ.

Verse 24

فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱقْتُلُوهُ أَوْ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ

Transliteration famā kāna jawāba qawmihi illā an qālū uq'tulūhu aw ḥarriqūhu fa-anjāhu l-lahu mina l-nāri inna fī dhālika laāyātin liqawmin yu'minūna

Dhivehi ފަހެ އެކަލޭގެފާނުންގެ قوم ގެ މީހުންގެ އެބަހީ: إبراهيم ގެފާނުންގެ قوم ގެ މީހުންގެ جواب އެއް ކަމުގައިވީ އޭގެ އެއްބަޔަކު އަނެއްބަޔަކާ ދިމާއަށް މިފަދައިން ބުނުމެވެ. ތިއަބައިމީހުން އެކަލޭގެފާނު (إبراهيم) قتل ކުރާށެވެ! ނުވަތަ އަލިފާނުން އެކަލޭގެފާނު އަންދާލާށެވެ! ދެންފަހެ ﷲ تعالى އަލިފާނުން އެކަލޭގެފާނު ސަލާމަތްކުރައްވައިފިއެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި إيمان ވާ ބަޔަކަށް ކަނޑައެޅި ބަޔާންވެގެންވާ دليل ތައްވެއެވެ. (މިބައިމީހުން އެކަލޭގެފާނު އަލިފާނަށް ލުމަށް ނުވަތަ قتل ކުރުމަށް ނިންމީ، އެމީހުންގެމައްޗަށް އެކަލޭގެފާނު ގެންނެވި حُجَّة ގަދަކަމުން އެމީހުންގެ އަނގަބެދިގެންނެވެ. ދެން ބުނާނެ އެއްޗެއް ނެތިގެންނެވެ. އެމީހުން އެކަލޭގެފާނު ބޮޑު އަލިފާންގަނޑަކަށްލީއެވެ. ނަމަވެސް ﷲ تعالى އެ އަލިފާންގަނޑުލެއްވީ ފިނި އަދި އެކަލޭގެފާނަށް ސަލާމަތްކަންދޭ އެއްޗަކަށެވެ.)

Verse 25

وَقَالَ إِنَّمَا ٱتَّخَذْتُم مِّن دُونِ ٱللَّهِ أَوْثَـٰنًا مَّوَدَّةَ بَيْنِكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ يَوْمَ ٱلْقِيَـٰمَةِ يَكْفُرُ بَعْضُكُم بِبَعْضٍ وَيَلْعَنُ بَعْضُكُم بَعْضًا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ

Transliteration waqāla innamā ittakhadhtum min dūni l-lahi awthānan mawaddata baynikum fī l-ḥayati l-dun'yā thumma yawma l-qiyāmati yakfuru baʿḍukum bibaʿḍin wayalʿanu baʿḍukum baʿḍan wamawākumu l-nāru wamā lakum min nāṣirīna

Dhivehi އަދި އެކަލޭގެފާނު - އެބަހީ: إبراهيم عليه السّلام އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިއެވެ. ތިޔަބައިމީހުން ﷲ ފިޔަވައި އަޅުކަންކުރުމަށް ތިޔަ إخْتِيَار ކުރާ ތަކެއްޗަކީ ބުދުތަކެކެވެ. އެއީ ދުނިޔޭގެ حياة ގައި އެތަކެއްޗަށް ތިޔަބައިމީހުން ލޯބިކުރާތަކެއްޗެވެ. ދެން قِيَامة ދުވަހުން ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ކާފަރުވާނެއެވެ. އިންކާރު ކުރާނެއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް لَعْنَة ދޭނެއެވެ. (ބުދަށް އަޅުކަންކުރި މީހުންނާ ބުދުތަކާއި ދެމެދު ގަދަޔަށް އެއަރައިރުން ހިނގާނެއެވެ.) އަދި ތިޔަބައިމީހުންގެ ތަނަކީ - قيامة ދުވަހުން ހަމަ ނަރަކައެވެ. އަދި ތިޔަބައިމީހުންނަކަށް قيامة ދުވަހުނ އެއްވެސް نصر ވެރިއަކު ނުވާނެއެވެ.

Verse 26

۞ فَـَٔامَنَ لَهُۥ لُوطٌ ۘ وَقَالَ إِنِّى مُهَاجِرٌ إِلَىٰ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْعَزِيزُ ٱلْحَكِيمُ

Transliteration faāmana lahu lūṭun waqāla innī muhājirun ilā rabbī innahu huwa l-ʿazīzu l-ḥakīmu

Dhivehi ފަހެ އެކަލޭގެފާނަށް - އެބަހީ: إبراهيم عليه السّلام އަށް - لُوط عليه السّلام އީމާންވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ތެދުކުރެއްވިއެވެ. އަދި އެކަލޭގެފާނު އެބަހީ: إبراهيم عليه السّلام ވިދާޅުވިއެވެ. އަހުރެން އަހުރެންގެ ربّ ގެ حضرة އަށް - އެކަލާނގެ އެންގެވުމަށް هِجْرَة ކުރައްވާހުށީމެވެ. ހަމަކަށަވަރުން އެކަލާނގެއީ عزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ. (إبراهيم ގެފާނު هجرة ކުރެއްވިކަމަށް ވަނީ شَام ކަރައަށެވެ.)

Verse 27

وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ وَجَعَلْنَا فِى ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلْكِتَـٰبَ وَءَاتَيْنَـٰهُ أَجْرَهُۥ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ

Transliteration wawahabnā lahu is'ḥāqa wayaʿqūba wajaʿalnā fī dhurriyyatihi l-nubuwata wal-kitāba waātaynāhu ajrahu fī l-dun'yā wa-innahu fī l-ākhirati lamina l-ṣāliḥīna

Dhivehi އަދި އެކަލޭގެފާނަށް - އެބަހީ: إبراهيم عليه السّلام އަށް - ތިމަންރަސްކަލާނގެ إسْحَاق ގެފާނު ދެއްވީމެވެ. އަދި إسحاق ގެފާނުންގެ ދަރިކަލުން يعقوب ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނުންގެ يعني: إبراهيم عليه السّلام ގެ ދަރިފަސްކޮޅުގައި نبي ކަމާއި އަދި ފޮތް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ދުނިޔޭގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދަރުމަ - އަދި أجور ދެއްވީމެވެ. (އެއީ އެކަލޭގެފާނުންގެ ثناء އާއި تعريف ދެމިހުންނާނޭގޮތަށް ދުނިޔޭގައި ލެއްވީމެވެ.) އަދި އެޔާއިއެކު އެކަލޭގެފާނީ آخرة ގައިވެސް ކަނޑައެޅިގެން صالح މާތްބޭކަލުންގެ ތެރެއިންވާ ބޭކަލެކެވެ.

Verse 28

وَلُوطًا إِذْ قَالَ لِقَوْمِهِۦٓ إِنَّكُمْ لَتَأْتُونَ ٱلْفَـٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ ٱلْعَـٰلَمِينَ

Transliteration walūṭan idh qāla liqawmihi innakum latatūna l-fāḥishata mā sabaqakum bihā min aḥadin mina l-ʿālamīna

Dhivehi (އޭ رسول ﷲ އެވެ!) އަދި لُوط عليه السّلام ހަނދުމަފުޅުކުރައްވާށެވެ! އެއީ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (އޭ قوم ގެ މީހުންނޭވެ!) ތިޔަބައިމީހުން ހަމަކަށަވަރުން فَاحِش ކަންތައް ކުރަނީއެވެ. މިހާތަނަށް ދުނިޔޭގައި އެފަދަ فاحش ކަންތައް ކަލޭމެންގެކުރިން އެއްވެސްބަޔަކު ކޮށްފައެއް ނުވެއެވެ. (އެމީހުންކުރި ނުބައި فاحش ކަންތަކަކީ ފިރިހެނުންނާއި އެޅުމެވެ.)

Verse 29

أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ وَتَقْطَعُونَ ٱلسَّبِيلَ وَتَأْتُونَ فِى نَادِيكُمُ ٱلْمُنكَرَ ۖ فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱئْتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّـٰدِقِينَ

Transliteration a-innakum latatūna l-rijāla wataqṭaʿūna l-sabīla watatūna fī nādīkumu l-munkara famā kāna jawāba qawmihi illā an qālū i'tinā biʿadhābi l-lahi in kunta mina l-ṣādiqīna

Dhivehi ތިޔަބައިމީހުން އަންހެނުންގެ ބަދަލުގައި ފިރިހެނުން ގެންނަނީއެވެ. އެބަހީ: ފިރިހެނުންނާ އެޅެނީއެވެ. އަދި ތިޔަބައިމީހުން މަގުފޭރެނީއެވެ. އަދި ތިޔަބައިމީހުންގެ މަޖްލިސްތަކުގައި އަދި ނާދީތަކުގައި މުންކަރާތްތައް ހިންގަނީއެވެ. فَاحِش ކަންތައްތައް ކުރަނީއެވެ. ފަހެ އެޤައުމުގެ މީހުންގެ ޖަވާބެއް ކަމުގައިވީ މިފަދައިން لُوط ގެފާނަށް ދެންނެވުމެވެ. އެމީހުން ދެންނެވިއެވެ. ކަލޭގެފާނަކީ ތެދުވެރީންގެތެރެއިންވާ ބޭކަލަކުކަމުގައި ވަންޏާ ތިޔަވިދާޅުވާ ﷲ ގެ عذاب އަހުރެމެންގެ މައްޗަށް ނިކަން ގެނަސްބަލާށެވެ!

Verse 30

قَالَ رَبِّ ٱنصُرْنِى عَلَى ٱلْقَوْمِ ٱلْمُفْسِدِينَ

Transliteration qāla rabbi unṣur'nī ʿalā l-qawmi l-muf'sidīna

Dhivehi އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅު ހައްދަވާބޮޑުކުރެއްވި ربّ އެވެ! فاسد ވީ މީސްތަކުންގެ މައްޗަށް މިއަޅާއަށް نصر ދެއްވާފާންދޭވެ.

Verse 31

وَلَمَّا جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوٓا۟ إِنَّا مُهْلِكُوٓا۟ أَهْلِ هَـٰذِهِ ٱلْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا۟ ظَـٰلِمِينَ

Transliteration walammā jāat rusulunā ib'rāhīma bil-bush'rā qālū innā muh'likū ahli hādhihi l-qaryati inna ahlahā kānū ẓālimīna

Dhivehi އަދި إبراهيم عليه السّلام ގެ އަރިހަށް (ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ) އުފާވެރި ޚަބަރާއިގެން ތިމަންރަސްކަލާނގެ ފޮނުއްވި މަލާއިކަތް ބޭކަލުން ވަޑައިގެންނެވި ހިނދުން އެބޭކަލުން އެކަލޭގެފާނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންބޭކަލުން މިރަށުގެ އަހުލުވެރީން ހަލާކު ކުރައްވާ ހުށީމެވެ. އެބަހީ: (لوط ގެފާނު އުޅުއްވި سَدُوْمُ އެވެ ކިއުނު ރަށް ހަލާކު ކުރައްވާ ހުށީމެވެ) އެހެނީ ހަމަކަށަވަރުން މިރަށުގެ އަހުލުވެރީންވީ އަނިޔާވެރީންކަމުގައެވެ.

Verse 32

قَالَ إِنَّ فِيهَا لُوطًا ۚ قَالُوا۟ نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُۥ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَـٰبِرِينَ

Transliteration qāla inna fīhā lūṭan qālū naḥnu aʿlamu biman fīhā lanunajjiyannahu wa-ahlahu illā im'ra-atahu kānat mina l-ghābirīna

Dhivehi އެކަލޭގެފާނު يعني: إبراهيم عليه السّلام އެބޭކަލުންނަށް ވިދާޅުވިއެވެ. އެރަށުގައި ހަމަކަށަވަރުން لوط ގެފާނުން ވެއެވެ. އެބޭކަލުން ވިދާޅުވިއެވެ. އެރަށުގައިވާ އެންމެން ތިމަންބޭކަލުން ދެނެވަޑައިގެންވަމެވެ. ހަމަކަށަވަރުން އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން ތިމަންބޭކަލުން ސަލާމަތްކުރައްވާހުށީމެވެ. އެކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. އެކަމަނާވާހުށީ ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.

Verse 33

وَلَمَّآ أَن جَآءَتْ رُسُلُنَا لُوطًا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالُوا۟ لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا ٱمْرَأَتَكَ كَانَتْ مِنَ ٱلْغَـٰبِرِينَ

Transliteration walammā an jāat rusulunā lūṭan sīa bihim waḍāqa bihim dharʿan waqālū lā takhaf walā taḥzan innā munajjūka wa-ahlaka illā im'ra-ataka kānat mina l-ghābirīna

Dhivehi އަދި ތިމަންރަސްކަލާނގެ ފޮނުއްވި ملائكة ބޭކަލުން لوط ގެފާނުންގެ އަރިހަށް ވަޑައިގެންނެވިހިނދުން އެބޭކަލުން ވަޑައިގެންނެވުން لوط ގެފާނުންގެ ހިތްޕުޅަށް ދަތިފުޅުވެ ވަރަށް ކަންބޮޑުވެ ވަޑައިގެންނެވިއެވެ. (އެއީ އެކަލޭގެފާނުންގެ قوم ގެމީހުންގެ ފަރާތުން ލިބިދާނޭ އުނދަގުލަކަށްޓަކައެވެ.) އަދި އެބޭކަލުން (دِفَاع ކުރެއްވުމަށް) އެކަލޭގެފާނުންގެ ބާރުފުޅު ދަތިވެއްޖެއެވެ. (އޭރުވެސް އެއީ ملائكة ބޭކަލުންކަމެއް لوط ގެފާނަކަށް އެނގިވަޑައި ނުގަންނަވައެވެ.) އެހިނދު އެބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! އަދި ހިތާމަފުޅު ނުކުރައްވާށެވެ! ހަމަކަށަވަރުން ތިމަންބޭކަލުން ކަލޭގެފާނު ސަލާމަތް ކުރައްވާހުށީމެވެ. އަދި ކަލޭގެފާނު أهل ވެރިން ސަލާމަތް ކުރައްވާހުށީމެވެ. ކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. އެކަމަނާ ވަނީ ހަލާކުވާނެ މީހުންގެތެރެއިންނެވެ.

Verse 34

إِنَّا مُنزِلُونَ عَلَىٰٓ أَهْلِ هَـٰذِهِ ٱلْقَرْيَةِ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ

Transliteration innā munzilūna ʿalā ahli hādhihi l-qaryati rij'zan mina l-samāi bimā kānū yafsuqūna

Dhivehi الله وَحِي ކުރެއްވިއެވެ. އަދި ހަމަކަށަވަރުން މިރަށުގެ أهل ވެރިންގެ މައްޗަށް އުޑުން عذاب އެއް ބާވައިލައްވާ ހުށީމެވެ. އެއީ އެމީހުން فاسق ވުމުގެ ސަބަބުންނެވެ.

Verse 35

وَلَقَد تَّرَكْنَا مِنْهَآ ءَايَةًۢ بَيِّنَةً لِّقَوْمٍ يَعْقِلُونَ

Transliteration walaqad taraknā min'hā āyatan bayyinatan liqawmin yaʿqilūna

Dhivehi އަދި އެކަލާނގެوحيކުރެއްވިއެވެ. ހަމަކަށަވަރުން ބުއްދިކޮށް فكر ކުރާބަޔަކު ވިސްނާ فكر ކޮށް عبرة حاصل ކުރުމަށް بَيَان ވެގެންވާ دليل އެއް ތިމަންބޭކަލުން އެތަނަށް ދޫކުރީމެވެ. • ދަންނައެވެ. އެ علامة އެއްކަމުގައިވަނީ އެމީހުންގެ މައްޗަށް ވެރުނު ހިލަތައް އަދިވެސް ފެންނާން ހުރިކަމެވެ. ނުވަތަ އެތަން ކަނޑަކަށް ހައްދަވައި އެތާނގެ ފެން ލޮނުގަދަވެފައި ވަސްނުބައިވެފައި އޮތުން ކަމުގައި ބުނެވެއެވެ. والله أعلم بالصّواب.

Verse 36

وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ وَٱرْجُوا۟ ٱلْيَوْمَ ٱلْـَٔاخِرَ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ

Transliteration wa-ilā madyana akhāhum shuʿayban faqāla yāqawmi uʿ'budū l-laha wa-ir'jū l-yawma l-ākhira walā taʿthaw fī l-arḍi muf'sidīna

Dhivehi އަދި مَدْيَنُ އަށް އެބައިމީހުންގެ أخ شُعَيْبُ عليه السّلام ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އަދި آخرة ދުވަސް އެދޭށެވެ. (އަޅުކަންކޮށްގެން آخرة ދުވަހުގެ ثواب އަށް އެދޭށެވެ.) އަދި ބިންމަތީގައި ﷲ އަށް އުރެދި ފާސިދުކޮށް ނުހަދާށެވެ.

Verse 37

فَكَذَّبُوهُ فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ

Transliteration fakadhabūhu fa-akhadhathumu l-rajfatu fa-aṣbaḥū fī dārihim jāthimīna

Dhivehi ފަހެ އެބައިމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން އެބައިމީހުންނަށް ގަދަ ބިންހެލުމަކާއި އަޑުފަށްގަނޑެއް އައިސް ޖެހިއްޖެއެވެ. ދެން އެބައިމީހުން އެބައިމީހުންގެގޯތި ގެދޮރުތަކުގައި މަރުވެ ތަންޑާވެގެންވާ ބަޔަކުކަމުގައި ވެއްޖެއެވެ.

Verse 38

وَعَادًا وَثَمُودَا۟ وَقَد تَّبَيَّنَ لَكُم مِّن مَّسَـٰكِنِهِمْ ۖ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ وَكَانُوا۟ مُسْتَبْصِرِينَ

Transliteration waʿādan wathamūdā waqad tabayyana lakum min masākinihim wazayyana lahumu l-shayṭānu aʿmālahum faṣaddahum ʿani l-sabīli wakānū mus'tabṣirīna

Dhivehi އަދި عَاد ބާގައިގެ މީހުންނާއި ثَمُود ބާގައިގެމީހުންގެ މަތިން ހަނދުމަފުޅުކުރައްވާށެވެ! ހަމަކަށަވަރުން އެބައިމީހުންގެ ގޯތިގެދޮރުތަކާއި އެމީހުން ދިރިއުޅުން ތަންތަން ތިޔަބައިމީހުންނަށް (މައްކާގެ މީހުންނަށް) ރަނގަޅަށް ބަޔާންވެގެންވާނެއެވެ. ހަމަކަށަވަރުން އެމީހުންގެ ކާފަރު عمل ތައް شيطان އާ އެމީހުންނަށް ޒީނަތްތެރި ކޮށްދިނީއެވެ. އަދި އެސޮރު އެމީހުންނަށް ﷲ ގެ މަގުބަންދުކޮށް ހުރަސްކުރީއެވެ. (އެއީ ﷲ އަށާއި އެކަލާނގެ رسول ންނަށް إيمان ވުމެވެ.) އަދި އެމީހުންވީ އެމީހުންގެ މަގުފުރެދުމާއި ކާފަރުކަމުގައި عجائب ވެގެންވާ ބަޔަކުކަމުގައެވެ. ލޯހުޅުވިގެންވާ ބަޔަކުކަމުގައެވެ.

Verse 39

وَقَـٰرُونَ وَفِرْعَوْنَ وَهَـٰمَـٰنَ ۖ وَلَقَدْ جَآءَهُم مُّوسَىٰ بِٱلْبَيِّنَـٰتِ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ وَمَا كَانُوا۟ سَـٰبِقِينَ

Transliteration waqārūna wafir'ʿawna wahāmāna walaqad jāahum mūsā bil-bayināti fa-is'takbarū fī l-arḍi wamā kānū sābiqīna

Dhivehi އަދި قَارُون އާއި فرعون އާއި އަދި هَامَان ހަނދުމަފުޅު ކުރައްވާށެވެ! ހަމަކަށަވަރުން موسى عليه السّلام އެމީހުންގެގާތަށް بَيَان ވެގެންވާ معجزاة އާއި دليل ގެންނެވިއެވެ. ދެންފަހެ އެމީހުން ބިމުގައި ބޮޑާވެ كِبر ވެރިވެގެންފިއެވެ. އަދި ތިމަންރަސްކަލާނގެއަށް އަތުނުވެ ބަޗައިގަނެވޭނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ. (އެމީހުން ނުކިޔަމަންތެރިވީހިނދުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. ކަނޑުގައި غرق ކުރެއްވީމެވެ. މިމިކަންކަމުން ކަލޭމެން عبرة ލިބިގަތުން ހުއްޓެވެ.)

Verse 40

فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ

Transliteration fakullan akhadhnā bidhanbihi famin'hum man arsalnā ʿalayhi ḥāṣiban wamin'hum man akhadhathu l-ṣayḥatu wamin'hum man khasafnā bihi l-arḍa wamin'hum man aghraqnā wamā kāna l-lahu liyaẓlimahum walākin kānū anfusahum yaẓlimūna

Dhivehi އަދި އެއިން ކޮންމެ މީހަކުވެސް އެމީހާގެ ފާފައިގެ ސަބަބުން ތިމަންރަސްކަލާނގެ ހިތްޕެވީމެވެ. ހަލާކު ކުރެއްވީމެވެ. ފަހެ އެމީހުންގެތެރޭގައި އެމީހާގެ މައްޗަށް ތިމަންރަސްކަލާނގެ ކުދި ހިލަ ފޮނުވި މީހުންވެއެވެ. އެއީ لوط قوم ގެ މީހުންނެވެ. އަދި އެމީހުންގެތެރޭގައި އެމީހާއަށް ގަދަފަދަ އަޑުފަށާއިއެކު زَلْزَلَة އައި މީހުންވެއެވެ. އެއީ ثمود ބާގައިގެ މީހުންނާއި شعيب ގެފާނުންގެ قوم ގެމީހުންނެވެ. އަދި އެމީހުންގެތެރޭގައި އެމީހުންނާއިއެކު ބިންގަނޑު ގަނބައިގެންދިޔަ މީހުންވެއެވެ. އެއީ قَارون އާއި އެފަދަ މީހުންނެވެ. އަދި އެމީހުންގެ ތެރޭގައި ތިމަންރަސްކަލާނގެ އެމީހުން ކަނޑުގައި غَرَق ކުރި މީހުންވެއެވެ. އެއީ فرعون އާއި ދެންވެސް އެފަދަ މީހުންނެވެ. އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިގެންނެވި ކަމުގައި ނުވެއެވެ. އަދި އެހެންނަމަވެސް އެމީހުންވީ އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީ ބަޔަކުކަމުގައެވެ.

Verse 41

مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ

Transliteration mathalu alladhīna ittakhadhū min dūni l-lahi awliyāa kamathali l-ʿankabūti ittakhadhat baytan wa-inna awhana l-buyūti labaytu l-ʿankabūti law kānū yaʿlamūna

Dhivehi ﷲ ފިޔަވައި އެހެނިހެން ފަރާތްތަކެއް އެއީ ތިމާމެންގެ وَلِيُّ ންކަމުގައި - ސަހަރޯވެރިން ކަމުގައި ބަލައި إختيار ކުރިމީހުންގެ مثال އަކީ (ވާމަކުނު ވަލުން ހަދާފައިވާ) ގެއަކަށް ވަދެއިން ވާމަކުނެއްގެ މިސާލެވެ. ހަމަކަށަވަރުން އެންމެ ބަލިކަށި ދެރަގެޔަކީ ކަނޑައެޅިގެން ވާމަކުނުގެ ގެއެވެ. އެމީހުންނަށް އެކަން އެނގޭނޭ ނަމައެވެ.

Verse 42

إِنَّ ٱللَّهَ يَعْلَمُ مَا يَدْعُونَ مِن دُونِهِۦ مِن شَىْءٍ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

Transliteration inna l-laha yaʿlamu mā yadʿūna min dūnihi min shayin wahuwa l-ʿazīzu l-ḥakīmu

Dhivehi ހަމަކަށަވަރުން ﷲ ފިޔަވައި އެފަރާތްތަކަށް އެމީހުން ގޮވާ އެންމެހާ ފަރާތްތަކެއް ﷲ ދެނެވޮޑިގެންވެއެވެ. (އެއިން އެއްވެސް ފަރާތެއްގައި ބާރެއް އަދި ފުއްދުންތެރިކަމެއްނެތްކަން ﷲ ދެނެވޮޑިގެންވެއެވެ.) އަދި އެކަލާނގެއީ عزّة ތެރިވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ.

Verse 43

وَتِلْكَ ٱلْأَمْثَـٰلُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَآ إِلَّا ٱلْعَـٰلِمُونَ

Transliteration watil'ka l-amthālu naḍribuhā lilnnāsi wamā yaʿqiluhā illā l-ʿālimūna

Dhivehi އަދި އެފަދަ މިސާލުތައް ތިމަންރަސްކަލާނގެ މީސްތަކުންނަށް ޖައްސަވަމެވެ. އަދި (ﷲ އާއި އެކަލާނގެ آية ތައް) ރަނގަޅަށް ދަންނަބަޔަކު މެނުވީ އެފަދަ މިސާލުތަކަށް ވިސްނާ އަދި ދަންނަކަމުގައި ނުވެއެވެ.

Verse 44

خَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لِّلْمُؤْمِنِينَ

Transliteration khalaqa l-lahu l-samāwāti wal-arḍa bil-ḥaqi inna fī dhālika laāyatan lil'mu'minīna

Dhivehi އުޑުތަކާއި ބިން ﷲ ހެއްދެވީ ހަމަ حقّ ގޮތުގައެވެ. ހަމަކަށަވަރުން އެކަންކަމުއި ކަނޑައެޅި ބަޔާންވެގެންވާ دليل އާއި حجّة مؤمن ތަކުންނަށްވެއެވެ.

Verse 45

ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَـٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ

Transliteration ut'lu mā ūḥiya ilayka mina l-kitābi wa-aqimi l-ṣalata inna l-ṣalata tanhā ʿani l-faḥshāi wal-munkari waladhik'ru l-lahi akbaru wal-lahu yaʿlamu mā taṣnaʿūna

Dhivehi (އޭ رسول ﷲ އެވެ.) މި قرآن ން ކަލޭގެފާނަށް ބާވައިލެއްވޭ އެއްޗެއް ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! އަދިނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން ނަމާދަކީ فَاحِش ކަންތަކާއި منكراة ތައް ނަހީކޮށް ދުރުކުރާ އެއްޗެކެވެ. އަދި ﷲ އަށް ذِكر ކުރުން - ﷲ ހަނދާންކުރުން - ހުރިހާ ކަމަކަށްވުރެ ބޮޑެވެ. - ނުވަތަ ތިޔަބައިމީހުން ﷲ ހަނދާންކުރާ ވަރަށްވުރެ ﷲ ތިޔަބައިމީހުން ހަނދާންކުރެއްވުން މާބޮޑެވެ. އަދި ތިޔަބައިމީހުން (ނަމާދުގައިވެސް) ކުރާ އެންމެހައި ކަންތައް ﷲ ދެނެވޮޑިގެންވެއެވެ.

Verse 46

۞ وَلَا تُجَـٰدِلُوٓا۟ أَهْلَ ٱلْكِتَـٰبِ إِلَّا بِٱلَّتِى هِىَ أَحْسَنُ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ ۖ وَقُولُوٓا۟ ءَامَنَّا بِٱلَّذِىٓ أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَـٰهُنَا وَإِلَـٰهُكُمْ وَٰحِدٌ وَنَحْنُ لَهُۥ مُسْلِمُونَ

Transliteration walā tujādilū ahla l-kitābi illā bi-allatī hiya aḥsanu illā alladhīna ẓalamū min'hum waqūlū āmannā bi-alladhī unzila ilaynā wa-unzila ilaykum wa-ilāhunā wa-ilāhukum wāḥidun wanaḥnu lahu mus'limūna

Dhivehi (އޭ رسول ﷲ އެވެ!) أَهْلُ كِتَابُ ންނާއި. އެބަހީ: يهودي ންނާއި نَصَارى އިންނާއި ކަލޭގެފާނު ހެޔޮ ރަނގަޅުގޮތުގައި މެނުވީ ޖަދަލު ނުކުރައްވާށެވެ! އެމީހުންގެ ތެރެއިން އަނިޔާވެރިވީމީހުންނާއި މެދުގައި މެނުވީއެވެ. (ފަހެ އަނިޔާވެރިވީ މީހުންނަށް އާދައިގެ ގޮތަށްވެސް جدل ކުރެވިދާނެއެވެ.) އަދި ތިޔަބައިމީހުން އެމީހުންނަށް ބުނާށެވެ. އަހުރެމެންނަށް ބާވައިލެއްވުނު ތަކެއްޗަށާއި އަދި ތިޔަބައިމީހުންނަށް ބާވައިލެއްވުނު ތަކެއްޗަށްވެސް އަހުރެމެން إيمان ވެއްޖައީމެވެ. އަދި އަހުރެމެންގެ إله އާއި އަދި ތިޔަބައިމީހުންގެ إله އަކީ ހަމަ އެއް إله އެކެވެ. އެއީ ﷲ އެވެ. އަދި އަހުރެމެން ކިޔަމަންތެރިވެގެން މިވަނީ ހަމަ އެކަލާނގެއަށެވެ.

Verse 47

وَكَذَٰلِكَ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ ۚ فَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يُؤْمِنُونَ بِهِۦ ۖ وَمِنْ هَـٰٓؤُلَآءِ مَن يُؤْمِنُ بِهِۦ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا ٱلْكَـٰفِرُونَ

Transliteration wakadhālika anzalnā ilayka l-kitāba fa-alladhīna ātaynāhumu l-kitāba yu'minūna bihi wamin hāulāi man yu'minu bihi wamā yajḥadu biāyātinā illā l-kāfirūna

Dhivehi ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އެފަދައިންނެވެ. - އެބަހީ: ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އިސްވެދިޔަ رسول ބޭބޭކަލުންނަށްވެސް ފޮތް ބާވައިލެއްވި ފަދައިންނެވެ. - ފަހެ އެބައިމީހުންނަށް ފޮތްދެވުނުމީހުން - އެބަހީ: އިސްވެދިޔަ أمّة ތަކުގެތެރެއިން إيمان ވީ މީހުން - އެފޮތަށް يعني: ކީރިތި قرآن އަށް إيمان ވެއެވެ. އަދި މިމީހުންގެތެރޭގައިވެސް - އެބަހީ: މިހާރުތިބި يهودي ންނާއި نصارى އިންގެތެރޭގައިވެސް އެފޮތަށް يعني: قرآن އަށް އީމާންވާ މީހުންވެއެވެ. އެއީ عبد ﷲ بن سلام ކަހަލަބޭކަލުންނެވެ. އަދި ކާފަރުންމެނުވީ ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދައި إنكار ނުކުރާނެއެވެ. (މީގެ مَفْهُوْم އަކީ ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދާ އިންކާރު ކުރާމީހުން ވާނީ ކާފަރުންކަމުގައެވެ.)

Verse 48

وَمَا كُنتَ تَتْلُوا۟ مِن قَبْلِهِۦ مِن كِتَـٰبٍ وَلَا تَخُطُّهُۥ بِيَمِينِكَ ۖ إِذًا لَّٱرْتَابَ ٱلْمُبْطِلُونَ

Transliteration wamā kunta tatlū min qablihi min kitābin walā takhuṭṭuhu biyamīnika idhan la-ir'tāba l-mub'ṭilūna

Dhivehi އަދި މި قرآن ކަލޭގެފާނަށް ބާވައިލެއްވުމުގެ ކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވާވިދާޅުވާ ބޭކަލަކު ކަމުގައި ނުވެއެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅުން އެއްވެސް އެއްޗެއް ލިއުއްވާ ބޭކަލަކު ކަމުގައިވެސް ނުވެއެވެ. މި باطل ދޮގުވާހަކަތައް ދައްކާ މީހުންނަށް ޝައްކެއްވާންޖެހޭނީ އެހެންނަމަތާއެވެ.

Verse 49

بَلْ هُوَ ءَايَـٰتٌۢ بَيِّنَـٰتٌ فِى صُدُورِ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا ٱلظَّـٰلِمُونَ

Transliteration bal huwa āyātun bayyinātun fī ṣudūri alladhīna ūtū l-ʿil'ma wamā yajḥadu biāyātinā illā l-ẓālimūna

Dhivehi އަދި ކިޔެއްހެއްޔެވެ. އެއީ ފޮތްދެވުނު މީހުންގެ ހިތްތަކުގައި ކަނޑައެޅި بيان ވެގެންވާ آية ތަކެކެވެ. އަދި އަނިޔާވެރިން މެނުވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް إنكار ކޮށް ދެކޮޅު ނުހަދައެވެ. • ދަންނައެވެ. توراة އާއި إنجيل އާއި ދެފޮތުގައިވެސް رسول ﷲ ﷺ ގެ ކިތަންމެ خبر ތަކެއް ބާވައިލައްވާފައިވެއެވެ. އެފޮތްތައް حقّ ގޮތުގައި ކިޔައި ބަލައި ހެދިމީހުންނަށް އެ خبر ތައް ރަނގަޅަށް އެނގެއެވެ. އެމީހުންގެ ހިތްތަކުގައި އެވާހަކަތައް بيان ވެގެންވެއެވެ. ދެން رسول ﷲ ﷺ ދުނިޔެއަށް ވަޑައިގަނެ رسول ކަމާއިގެން ފޮނުއްވެވުމުން އެ خبر ތައް ދަންނަ ގިނަމީހުން އެކަމަށް އިންކާރުކޮށް ދެކޮޅުހެދީއެވެ. ބައެއް މަދުމީހުން إيمان ވެސްވިއެވެ. މިދެތިން އާޔަތެއްގައި އިޝާރާތްވެގެން އެވަނީ އެވާހަކަތަކަށެވެ. والله أعلم.

Verse 50

وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَـٰتٌ مِّن رَّبِّهِۦ ۖ قُلْ إِنَّمَا ٱلْـَٔايَـٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌ مُّبِينٌ

Transliteration waqālū lawlā unzila ʿalayhi āyātun min rabbihi qul innamā l-āyātu ʿinda l-lahi wa-innamā anā nadhīrun mubīnun

Dhivehi އަދި އެމީހުން - يعني: مكّة ގެ مشرك ން - ބުންޏެވެ. އެކަލޭގެފާނުންގެ މައްޗަށް އެކަލޭގެފާނުންގެ ربّ ގެ حضرة ން معجزة ތަކެއް ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ (އެބަހީ: صالح ގެފާނުންގެ جمل ފުޅުފަދަ - عيسى ގެފާނުންގެ ދޮލަނގުފަދަ - معجزة އެކަލޭގެފާނަށް ބާވައިނުލެއްވީ ކީއްވެގެންބާވައެވެ؟ އޭގެ جواب ގައި ﷲ އެކަލޭގެފާނަށް އަންގަވަނީ) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެފަދަ معجزة ތައް ވާކަން ކަށަވަރީ ﷲ ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ ހަމަ نَذِيرُ އަކު ކަމުގައެވެ.

Verse 51

أَوَلَمْ يَكْفِهِمْ أَنَّآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِى ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ

Transliteration awalam yakfihim annā anzalnā ʿalayka l-kitāba yut'lā ʿalayhim inna fī dhālika laraḥmatan wadhik'rā liqawmin yu'minūna

Dhivehi އެމީހުންގެމައްޗަށް ކިޔެވޭނެފޮތެއް ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ބާވައިލެއްވުމުން އެމީހުންނަށް ފަހެ ނުފުދެނީބާވައެވެ؟ ހަމަކަށަވަރުން އީމާންވާ ބަޔަކަށް އެފޮތުގައި رحمة އާއި وعظ އާއި نصيحة ވެއެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވުނު ސަބަބެއްކަމުގައި ބައެއް تفسير ފޮތްތަކުގައި بيان ވެގެންވަނީ رسول ﷲ ﷺ ގެ أصحاب ންކުރެ ބައެއް ބޭކަލުން يهودي ންގެ އަތުން އެމީހުންގެ ފޮތްތަކުގައިވާ ބައެއް ތަކެތިކަމަށް ބުނާތަކެތި ލިޔެގެން رسول ﷲ ﷺ ގެ އަރިހަށް އައިސް ދެއްކުމުން އެތަކެތި ބައްލަވާ އެތަކެތި އެއްލަވާ ލައްވާފައި حديث ކުރެއްވިއެވެ. ބަޔަކު މީހުންގެ މޮޔަކަމަށް ނުވަތަ މަގުފުރެދިފައިވާކަމަށް އެބައިމީހުންގެ نبي އާގެ މައްޗަށް ބާވައިލެއްވި ތަކެތި ދޫކޮށް އެހެން ބައެއްގެ މައްޗަށް އެހެން نبي އަކަށް ބާވައިލެއްވި ތަކެތީގައި ހިފައި إختيار ކުރުމުން ފުދޭހާވެއެވެ. މިކަމާއި ގުޅިގެން މިއާޔަތް ބާވައިލެއްވިކަމުގައިވެއެވެ. = تفسير طبري =

Verse 52

قُلْ كَفَىٰ بِٱللَّهِ بَيْنِى وَبَيْنَكُمْ شَهِيدًا ۖ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ ءَامَنُوا۟ بِٱلْبَـٰطِلِ وَكَفَرُوا۟ بِٱللَّهِ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ

Transliteration qul kafā bil-lahi baynī wabaynakum shahīdan yaʿlamu mā fī l-samāwāti wal-arḍi wa-alladhīna āmanū bil-bāṭili wakafarū bil-lahi ulāika humu l-khāsirūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އަހުރެންނާއި ތިޔަބައިމީހުންނާއި ދެމެދު ހެކިވެރިއަކު ކަމުގައި ﷲ ފުދިއްޖެއެވެ. (އެހެން معجزة އެއް ބާވައިނުލެއްވިޔަސް އެވަރުން ފުދެއެވެ.) އުޑުތަކާއި ބިމުގައި ވާހާތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި باطِل އަށް إيمان ވެ (شرك قَرَارُ ކޮށް ތެދުކޮށް) އަދި ﷲ އަށް ކާފަރުވީ މީސްތަކުން ދަންނައެވެ. އެމީހުން އެއީ ގެއްލިހަލާކުވެގެންވާ މީސްތަކުންނެވެ.

Verse 53

وَيَسْتَعْجِلُونَكَ بِٱلْعَذَابِ ۚ وَلَوْلَآ أَجَلٌ مُّسَمًّى لَّجَآءَهُمُ ٱلْعَذَابُ وَلَيَأْتِيَنَّهُم بَغْتَةً وَهُمْ لَا يَشْعُرُونَ

Transliteration wayastaʿjilūnaka bil-ʿadhābi walawlā ajalun musamman lajāahumu l-ʿadhābu walayatiyannahum baghtatan wahum lā yashʿurūna

Dhivehi އަދި (އޭ رسول ﷲ އެވެ!) عذاب އަވަސްވުމަށް އެމީހުން ކަލޭގެފާނުންގެ ކިބައިން އެދެއެވެ. ކަނޑައެޅި عيّن ވެގެންވާ ވަކި مُدّت އެއްނުވާނަމަ އެމީހުންނަށް إحساس ވެސް ނުވާޙާލު ހަމަކުއްލިއަކަށް އެމީހުންގެ މައްޗަށް عذاب އަތުވެއްޖައީސްކަން ކަށަވަރެވެ.

Verse 54

يَسْتَعْجِلُونَكَ بِٱلْعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةٌۢ بِٱلْكَـٰفِرِينَ

Transliteration yastaʿjilūnaka bil-ʿadhābi wa-inna jahannama lamuḥīṭatun bil-kāfirīna

Dhivehi عذاب އަވަސްވުމަށް އެމީހުން ކަލޭގެފާނުންގެ އަރިހުން އެދެއެވެ. ހަމަކަށަވަރުން ނަރަކަވަނީ ކާފަރުން ވަށައިލާފައެވެ. އެމީހުނަށް عذاب ކަނޑައެޅިފައިވާ ވަގުތު އެމީހުނަށް އެ عذاب ލިބޭހުއްޓެވެ.

Verse 55

يَوْمَ يَغْشَىٰهُمُ ٱلْعَذَابُ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِمْ وَيَقُولُ ذُوقُوا۟ مَا كُنتُمْ تَعْمَلُونَ

Transliteration yawma yaghshāhumu l-ʿadhābu min fawqihim wamin taḥti arjulihim wayaqūlu dhūqū mā kuntum taʿmalūna

Dhivehi (ކާފަރުން ވަށައިގެން ނަރަކަވެއެވެ.) އެދުވަހަކީ އެމީހުންގެ މަތީ عذاب އެޅި ނިވައިވެގެންވާ ދުވަހެވެ. އަދި އެމީހުން ފައިތަކުގެ ދަށުންވެސް عذاب ވާދުވަހެވެ. އަދި އެދުވަހުން އެކަލާނގެ އެމީހުންނަށް وحي ކުރައްވާނެއެވެ. ކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީ ކަންތަކުގެ ރަހަ ލިބިގަންނާށެވެ.

Verse 56

يَـٰعِبَادِىَ ٱلَّذِينَ ءَامَنُوٓا۟ إِنَّ أَرْضِى وَٰسِعَةٌ فَإِيَّـٰىَ فَٱعْبُدُونِ

Transliteration yāʿibādiya alladhīna āmanū inna arḍī wāsiʿatun fa-iyyāya fa-uʿ'budūni

Dhivehi އޭ ތިމަންރަސްކަލާނގެ إيمان ވީ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިންތަނަވަސްވެގެންވެއެވެ. އަދި ހަމަކަނޑައެޅިގެން ތިމަންރަސްކަލާނގެއަށް އެކަނި ތިޔަބައިމީހުން އަޅުކަންކުރާ ހުށިކަމެވެ!

Verse 57

كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۖ ثُمَّ إِلَيْنَا تُرْجَعُونَ

Transliteration kullu nafsin dhāiqatu l-mawti thumma ilaynā tur'jaʿūna

Dhivehi ކޮންމެ ނަފުސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ. މަރުވާނެއެވެ. ދެން ތިޔަބައިމީހުން އެނބުރި رجوع ވާހުށީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. އެއީ محشر ދުވަހުންނެވެ.

Verse 58

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُبَوِّئَنَّهُم مِّنَ ٱلْجَنَّةِ غُرَفًا تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ نِعْمَ أَجْرُ ٱلْعَـٰمِلِينَ

Transliteration wa-alladhīna āmanū waʿamilū l-ṣāliḥāti lanubawwi-annahum mina l-janati ghurafan tajrī min taḥtihā l-anhāru khālidīna fīhā niʿ'ma ajru l-ʿāmilīna

Dhivehi އަދި އީމާންވެގެން صالخ عمل ތައްކުރި މީސްތަކުން ދަންނައެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން ބައިލުއްވާ ސުވަރުގޭގެ ކޮޓަރިކޮޅުތަކުގައި قائم ކުރައްވާހުށީމެވެ. އެސުވަރުގެއަކީ އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގާހުންނަ ތަންތަނެވެ. އެމީހުން އެތަންތާނގައި ދެމިތިބޭހުއްޓެވެ. ހެޔޮ عمل ކުރި މީހުންގެ ދަރުމައެއްގެ ގޮތުން ސުވަރުގެ ހެޔޮވެގެންވެއެވެ.

Verse 59

ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

Transliteration alladhīna ṣabarū waʿalā rabbihim yatawakkalūna

Dhivehi އެމީހުންނަކީ (ދީނުގެ އުނދަގޫތަކަށް - އަދި عداوة ތެރިންގެ އަނިޔާތަކަށް) ކެތްތެރިވީ މީހުންނެވެ. އަދި ހަމައެކަނި އެމީހުންގެ ربّ އަށް وكيل ކުރާ މީހުންނެވެ.

Verse 60

وَكَأَيِّن مِّن دَآبَّةٍ لَّا تَحْمِلُ رِزْقَهَا ٱللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ

Transliteration waka-ayyin min dābbatin lā taḥmilu riz'qahā l-lahu yarzuquhā wa-iyyākum wahuwa l-samīʿu l-ʿalīmu

Dhivehi އަދި ކިތައްކިތައް ދިރޭތަކެތި އެތަކެތީގެ ރިޒުގު އެތަކެއްޗަށް އުފުލައި ނުގަނެވި ވޭހެއްޔެވެ؟ އެހުރިހާ ތަކެއްޗަކަށް ރިޒުގުދެއްވަނީ ހަމަ ﷲ އެވެ. އަދި ކަލޭމެންނަށްވެސް ރިޒުގުދެއްވަނީ ހަމަ ﷲ އެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 61

وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

Transliteration wala-in sa-altahum man khalaqa l-samāwāti wal-arḍa wasakhara l-shamsa wal-qamara layaqūlunna l-lahu fa-annā yu'fakūna

Dhivehi އަދި އުޑުތަކާއި ބިންހެއްދެވީ އަދި އިރާއި ހަނދު ކިޔަމަންކުރެއްވީ ކާކުތޯ އެމީހުންކުރެން - (އެ مشرك ންކުރެން) - ކަލޭގެފާނު އައްސަވައިފިއްޔާ ހަމަކަށަވަރުން އެތަކެތި ހައްދަވައި އަދި އެކަންކަން ކުރައްވަނީ يقين ންވެސް ﷲ ކަމުގައި އެމީހުން ބުނާނެއެވެ. ފަހެ އެހެންވީއިރު އެމީހުން (އެކަލާނގެ ފިޔަވައި) އެހެން ފަރާތަކަށް ދާނީ ކޮންފަދައަކުން ހެއްޔެވެ؟ އެހެންފަރާތަކަށް އަޅުކަން ކުރަން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟

Verse 62

ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥٓ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ

Transliteration al-lahu yabsuṭu l-riz'qa liman yashāu min ʿibādihi wayaqdiru lahu inna l-laha bikulli shayin ʿalīmun

Dhivehi އަދި ﷲ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު ތަނަވަސްކުރައްވައި ގިނަކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް މަދުކުރައްވާ ދަތިކުރައްވައެވެ. އަދި ﷲ އީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެކަންކަމުގައި އެކަލާނގެ ދެނެވޮޑިގެންވާ خاصّ حكمة ފުޅުވާނެއެވެ.

Verse 63

وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ ٱلسَّمَآءِ مَآءً فَأَحْيَا بِهِ ٱلْأَرْضَ مِنۢ بَعْدِ مَوْتِهَا لَيَقُولُنَّ ٱللَّهُ ۚ قُلِ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ

Transliteration wala-in sa-altahum man nazzala mina l-samāi māan fa-aḥyā bihi l-arḍa min baʿdi mawtihā layaqūlunna l-lahu quli l-ḥamdu lillahi bal aktharuhum lā yaʿqilūna

Dhivehi އަދި އުޑުން ފެންވެއްސަވަނީ ކާކުތޯ އެމީހުންކުރެން ކަލޭގެފާނުއައްސަވައިފިއްޔާ؟ އަދި އެފެނުގެ ސަބަބުން ބިންގަނޑު މަރުވެފައި އޮތުމަށްފަހު ދިރުއްވައި މިކަންކަންކުރަނީ ކާކުތޯ އައްސަވައިފި އްޔާ ނިކަންހުރެ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެންމެހައި حمد އާއި تعريف އެއް ހުރީ ހަމަ ﷲ އަށެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުން ބުއްދިކޮށް فكر ނުކުރެއެވެ.

Verse 64

وَمَا هَـٰذِهِ ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَهْوٌ وَلَعِبٌ ۚ وَإِنَّ ٱلدَّارَ ٱلْـَٔاخِرَةَ لَهِىَ ٱلْحَيَوَانُ ۚ لَوْ كَانُوا۟ يَعْلَمُونَ

Transliteration wamā hādhihi l-ḥayatu l-dun'yā illā lahwun walaʿibun wa-inna l-dāra l-ākhirata lahiya l-ḥayawānu law kānū yaʿlamūna

Dhivehi މިދުނިޔޭގެ حياة މިއީ ހަމަ ކުޅިވަރަކާއި ހެއްލުމެއްކަމުގައި މެނުވީ ނުވެއެވެ. އަދި ހަމަކަށަވަރުން ދެމިހުންނަނިވި ރަނގަޅު حياة އެއްވަނީ ކަނޑައެޅިގެން آخرة ގެ ގޮވަތީގައެވެ. އެކަން އެމީހުންނަށް އެނގޭނޭ ނަމައެވެ.

Verse 65

فَإِذَا رَكِبُوا۟ فِى ٱلْفُلْكِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ

Transliteration fa-idhā rakibū fī l-ful'ki daʿawū l-laha mukh'liṣīna lahu l-dīna falammā najjāhum ilā l-bari idhā hum yush'rikūna

Dhivehi ފަހެ އެބައިމީހުން (އެބަހީ މުޝްރިކުން) ނަވަކަށް (މޫދުގައި ދުވާ އުޅަނދަކަށް) އަރައިފީވިއްޔާ (އެ އުޅަނދަށް ކަނޑު ގަދަވެ ކަންބޮޑުވެއްޖެއްޔާއި) ވަރަށް إخلاص ތެރިކަމާއިއެކު ﷲ އަށް دعاء ކުރެއެވެ. (الله وَحِي ކުރެއްވިއެވެ.) ދެންފަހެ ތިމަންރަސްކަލާނގެ އެމީހުން ހިކިފަސްތާކަށް ލައްވައި ސަލާމަތް ހަމަކުރާއިރަށް ދެން އަލުންވެސް އެމީހުން شرك ކުރެއެވެ. އެހެނިހެން ފަރާތްތަކުން ވާގިއެދިހަދައެވެ.

Verse 66

لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ وَلِيَتَمَتَّعُوا۟ ۖ فَسَوْفَ يَعْلَمُونَ

Transliteration liyakfurū bimā ātaynāhum waliyatamattaʿū fasawfa yaʿlamūna

Dhivehi އެއީ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ތަކެއްޗަށް ކާފަރުވުމަށެވެ. އަދި އެމީހުން އަރާމުލިބިގަތުމަށެވެ. ފަހެ އެމީހުން އަރާމު ލިބިގަންނާށެވެ! ފަހެ. އެމީހުން އެކުރާ ނުބައިކަންތަކުގެ ނަތީޖާ ނިކަންހުރެ. އެމީހުނަށް އެނގިދާނެއެވެ.

Verse 67

أَوَلَمْ يَرَوْا۟ أَنَّا جَعَلْنَا حَرَمًا ءَامِنًا وَيُتَخَطَّفُ ٱلنَّاسُ مِنْ حَوْلِهِمْ ۚ أَفَبِٱلْبَـٰطِلِ يُؤْمِنُونَ وَبِنِعْمَةِ ٱللَّهِ يَكْفُرُونَ

Transliteration awalam yaraw annā jaʿalnā ḥaraman āminan wayutakhaṭṭafu l-nāsu min ḥawlihim afabil-bāṭili yu'minūna wabiniʿ'mati l-lahi yakfurūna

Dhivehi އަޅެފަހެ ތިމަންރަސްކަލާނގެ (مكّة ގެ حرم) އަމާންވެގެންވާ حرم އެއްކަމުގައި ލައްވާފައިވާކަން އެމީހުންނަށް ނޭނގެނީބާވައެވެ؟ އަދި އެމީހުންގެ ވަށަވަށައިގެންވާ އެހެން ރަށްރަށުގެ މީހުން އެކިގޮތްގޮތަށް މީސްތަކުން ޖަހައިގަނެގެން ގެންދަނީއެވެ. (އެއީވެސް مكّة ގެ أهل ވެރިންނަށް ދެއްވާފައިވާ ބޮޑު نعمة އެއްކަމުގައި އެމީހުން قبول ކޮށް شكر ނުކުރާނޭބާވައެވެ؟) އެމީހުން ފަހެ إيمان ވާންވީ باطل އަށްހެއްޔެވެ؟ (ﷲ އަށް شريك ކޮށް ބުދުތަކަށް އީމާންވާންވީހެއްޔެވެ؟) އަދި ﷲ ގެ نعمة އަށް ކާފަރުވަނީހެއްޔެވެ؟

Verse 68

وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِٱلْحَقِّ لَمَّا جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْكَـٰفِرِينَ

Transliteration waman aẓlamu mimmani if'tarā ʿalā l-lahi kadhiban aw kadhaba bil-ḥaqi lammā jāahu alaysa fī jahannama mathwan lil'kāfirīna

Dhivehi އަދި ﷲ ގެ މައްޗަށް ދޮގެއް އުފައްދައިގަތްމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ ނުވަތަ حقّ އައިހިނދުން حقّ ދޮގުކުރި މީހަކަށްވުރެ ބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވާނެއެވެ.) ފަހެ ކާފަރުން (قيامة ދުވަހުންގޮސް ތިބޭތަނެއް ކަމުގައި ނަރަކަ ނުފުދޭހެއްޔެވެ؟) (އެބަހީ: ނަރަކަ އެކަމަށް ފުދޭނެއެވެ.)

Verse 69

وَٱلَّذِينَ جَـٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ

Transliteration wa-alladhīna jāhadū fīnā lanahdiyannahum subulanā wa-inna l-laha lamaʿa l-muḥ'sinīna

Dhivehi އަދި ތިމަންރަސްކަލާނގެ كلمة ފުޅު މަތިވެރިކުރުމަށްޓަކައި جهاد ކުރާ މީހުން ދަންނައެވެ. ހަމަކަށަވަރުން އެމީހުންނަށް ތިމަންރަސްކަލާނގެ މަގުދައްކަވާހުށީމެވެ. ސީދާގަމަށް توفيق ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ إحسان ތެރިންނާއި އެކުގައެވެ.

Read Surah Al-'Ankabut in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.