MyDugsiStart learning

Surah Al-Ahqaf in Dhivehi: translation and audio

Surah 46 · الأحقاف · The Wind-Curved Sandhills · 35 verses

Surah Al-Ahqaf verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Ahqaf word by word in English.

Verse 1

حمٓ

Transliteration hha-meem

Dhivehi حم މިއަކުރުތަކުގެމުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.

Verse 2

تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ

Transliteration tanzīlu l-kitābi mina l-lahi l-ʿazīzi l-ḥakīmi

Dhivehi މިފޮތްބާވާތްލެއްވުން ވަނީ އެބަހީ މި ކީރިތި قُرْآن ބާވާތްލެއްވުންވަނީ عِزَّة ވަންތަ حِكْمَة ވަންތަ ﷲ ގެ حَضْرَة ންނެވެ.

Verse 3

مَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍ مُّسَمًّى ۚ وَٱلَّذِينَ كَفَرُوا۟ عَمَّآ أُنذِرُوا۟ مُعْرِضُونَ

Transliteration mā khalaqnā l-samāwāti wal-arḍa wamā baynahumā illā bil-ḥaqi wa-ajalin musamman wa-alladhīna kafarū ʿammā undhirū muʿ'riḍūna

Dhivehi އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެއްޗާއި ހަމަ ޙައްޤު ގޮތުގައި މެނުވީ އަދި ކަޑައެޅިގެންވާ މުއްދަތަކަށް މެނުވީ ތިމަން ރަސްކަލާނގެ ނުހައްދަވަމެވެ. އަދި ކާފަރުވީ މީސްތަކުންވަނީ އެމީހުންނަށް ބިރުގެންނެވުނު ކަންތަކަށް ފުރަގަސްދީގެންނެވެ. (އެމީހުންނަށް ބިރުގެންނެވުނު ކަންތަކަކީ އީމާން ނުވިނަމަ ބޮޑުވެގެންވާ ޢަޒާބެއް އަތުވެދާނޭ ކަމުގެ ވާހަކައެވެ.)

Verse 4

قُلْ أَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَـٰوَٰتِ ۖ ٱئْتُونِى بِكِتَـٰبٍ مِّن قَبْلِ هَـٰذَآ أَوْ أَثَـٰرَةٍ مِّنْ عِلْمٍ إِن كُنتُمْ صَـٰدِقِينَ

Transliteration qul ara-aytum mā tadʿūna min dūni l-lahi arūnī mādhā khalaqū mina l-arḍi am lahum shir'kun fī l-samāwāti i'tūnī bikitābin min qabli hādhā aw athāratin min ʿil'min in kuntum ṣādiqīna

Dhivehi (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! الله ފިޔަވައި ކަލޭމެން ތިޔަ دُعَاء ކޮށް ގޮވާތަކެއްޗާއިމެދު (ބުދުތަކާއިމެދު) ކަލޭމެން ނިކަން ދެކިބަލާށެވެ. (ޙަބަރުދީބަލާށެވެ!) ބިމުން އެތަކެތި ހެއްދެވި އެއްޗެއް ކަލޭމެން ނިކަން އަހުރެންނަށް ދައްކައިބަލާށެވެ. ނުވަތަ އުޑުތަކުގައި (އުޑުތައް ހެއްދެވުމުގައި) އެތަކެއްޗަށް ބައިވެރިކަމެއްވަނީ ހެއްޔެވެ؟ ކަލޭމެންނަކީ ތެދުވެރިން ކަމުގައި ވަންޏާއި އެކަމުގެމައްޗަށް ދަލީލުކުރާ ފޮތެއް (މި قُرْآن ގެ ކުރީގެ ފޮތްތަކުގެތެރެއިން ނަމަވެސް) ކަލޭމެން އަހުރެންނަށް އެފޮތެއް ގެނެސްދީބަލާށެވެ. ނުވަތަ عِلَمُ ގެތެރެއިން އެއްވެސް އަސަރެއް (ޚަބަރެއް) ގެނެސްދީބަލާށެވެ! (މި قُرْآن ގައި އެވަނީ އެކަލާނގެއަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވާކަމަށެވެ.)

Verse 5

وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَـٰمَةِ وَهُمْ عَن دُعَآئِهِمْ غَـٰفِلُونَ

Transliteration waman aḍallu mimman yadʿū min dūni l-lahi man lā yastajību lahu ilā yawmi l-qiyāmati wahum ʿan duʿāihim ghāfilūna

Dhivehi ޤިޔާމަތް ދުވަހަށް ދާންދެން ވެސް އޭނާއަށް (އޭނާގެ دُعَاء އަށް) އިޖާބަ ނުދޭމީހަކަށް ނުވަތަ އެއްޗަކަށް ﷲ ފިޔަވައި ގޮވާ دُعَاء ކޮށް ހަދާމީހަކަށްވުރެ އަނިޔާވެރިން ބޮޑީ ފަހެ ކާކުހެއްޔެވެ؟ (އެއަށްވުރެބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އަދި އެތަކެތި ވަނީ އެމީހުން އެގޮވާ ގޮވުމަށް (އޭނާގެ دُعَاء އަށް) غَافِلُ ވެގެން ނެވެ.

Verse 6

وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَـٰفِرِينَ

Transliteration wa-idhā ḥushira l-nāsu kānū lahum aʿdāan wakānū biʿibādatihim kāfirīna

Dhivehi އަދި މިސްތަކުން مَحْشَرُ ކުރެވޭދުވަހު އެތަކެތި (އެބުދުތައް) އެމީހުންގެ އެބަހީ (ބުދަށް އަޅުކަން ކުރިމީހުންގެ) ޢަދާވާތްތެރިން ކަމުގައި ވާނެއެވެ. އަދި އެތަކެތި އެތަކެއްޗަށް ކުރެވުނު އަޅުކަމާއިމެދު ދެކޮޅުހަދާނެއެވެ. އިންކާރު ކުރާނެއެވެ.

Verse 7

وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ هَـٰذَا سِحْرٌ مُّبِينٌ

Transliteration wa-idhā tut'lā ʿalayhim āyātunā bayyinātin qāla alladhīna kafarū lil'ḥaqqi lammā jāahum hādhā siḥ'run mubīnun

Dhivehi އަދި އެމީހުންގެ މައްޗަށް ބަޔާންވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ حَقُّ އާއިމެދު (قُرْآن އާއިމެދު) ކާފަރުވީމީހުން ބުނާނެއެވެ. މިއީ ބަޔާންވެގެންވާ سِحْرއެކެވެ.

Verse 8

أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَلَا تَمْلِكُونَ لِى مِنَ ٱللَّهِ شَيْـًٔا ۖ هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ ۖ كَفَىٰ بِهِۦ شَهِيدًۢا بَيْنِى وَبَيْنَكُمْ ۖ وَهُوَ ٱلْغَفُورُ ٱلرَّحِيمُ

Transliteration am yaqūlūna if'tarāhu qul ini if'taraytuhu falā tamlikūna lī mina l-lahi shayan huwa aʿlamu bimā tufīḍūna fīhi kafā bihi shahīdan baynī wabaynakum wahuwa l-ghafūru l-raḥīmu

Dhivehi އަދި ނުވަތަ އެމީހުން ބުނަނީއެވެ. އެކަލޭގެފާނު އެކަލާނގެއަށް އެބަހީ (ﷲ އަށް) ދޮގުހެދީ އެވެ. އޭގެޖަވާބުގައި ﷲ އެއަންގަވަނީ (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އަހުރެން އެކަލާނގެއަށް ދޮގުހެދި ކަމުގައި ވަންޏާ އެކަލާނގެ އަހުރެންނަށް ޢަޒާބެއް ފޮނުއްވަންޏާވެސް އެކަން ދިފާޢު ކުރުމަށް ކަލޭމެންނަށް ކުޅަދާނަވެގެން ނުވެއެވެ. އަދި އެ (قُرْآن އާއިމެދު) ކަލޭމެން ދޮގުހެދުމަށް ވަދެގަންނަ މިންވަރު އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. އަހުރެންނާއި ކަލޭމެންނާއި ދެމެދު ހެކިވެރިއަކަށް އެކަލާނގެ ފުދިވޮޑިގެންވެއެވެ. އަދި އެކަލާނގެއީ ގިނަދިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 9

قُلْ مَا كُنتُ بِدْعًا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌ مُّبِينٌ

Transliteration qul mā kuntu bid'ʿan mina l-rusuli wamā adrī mā yuf'ʿalu bī walā bikum in attabiʿu illā mā yūḥā ilayya wamā anā illā nadhīrun mubīnun

Dhivehi (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ރަސޫލުބޭކަލުންކުރެން އެންމެ ފުރަތަމަ ރަސޫލާކަމުގައި އަހުރެންނުވެއެވެ. އަދި އަހުރެންނާއިމެދު ކަންތައްވާނީ ކިހިނަކުންކަމެއް އަދި ކަލޭމެންނާއިމެދުވެސް (ކަންތައްވާނީ ކިހިނަކުންކަމެއް) އަހުރެންނަކަށް ނޭގެއެވެ. އަހުރެންނަށް ބާވާތްލެއްވޭ وَحِي އަށް މެނުވީ އަހުރެން تَبَعِ ވާކަމުގައި ނުވެއެވެ. ހަމައެކަނި ބަޔާންވެގެންވާ نَذِيْرُ އަކު ކަމުގައި މެނުވީ (ބިރުގަންނަވަނިވިބޭކަލަކު ކަމުގައި މެނުވީ) އަހުރެން ނުވެއެވެ.

Verse 10

قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ وَكَفَرْتُم بِهِۦ وَشَهِدَ شَاهِدٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ مِثْلِهِۦ فَـَٔامَنَ وَٱسْتَكْبَرْتُمْ ۖ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ

Transliteration qul ara-aytum in kāna min ʿindi l-lahi wakafartum bihi washahida shāhidun min banī is'rāīla ʿalā mith'lihi faāmana wa-is'takbartum inna l-laha lā yahdī l-qawma l-ẓālimīna

Dhivehi (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެ قُرْآن އެއީ ﷲ ގެ حَضْرَة ންވާ އެއްޗެއްކަމުގައި ވެފައި އަދި ކަލޭމެން އެއަށް ކާފަރު ވެއްޖެއްޔާ އަދި ބަނީ އިސްރާއީލުންގެ މީހަކު ހަމަ އެޔާއެއްގޮތަށް އެބަހީ قُرْآن އެއީ ޙައްޤު ތެދުކަމަށް ހެކިދީފައި ދެންއަދި އެމީހާ قُرْآن އަށް އީމާންވެ އަދި ކަލޭމެން އެ قُرْآن އަށް ބޮޑާވެ كِبْرُ ވެރިވެ އީމާން ނުވިކަމުގައި ވަންޏާ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ (ކަލޭމެންގެ މައްޗަށް حُجَّة قَائِمُ ވާނީއެވެ.) ހަމަކަށަވަރުން އަނިޔާވެރިންނަށް. الله تعالَى ތެދުމަގު ނުދައްކަވައެވެ.

Verse 11

وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ لَوْ كَانَ خَيْرًا مَّا سَبَقُونَآ إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا۟ بِهِۦ فَسَيَقُولُونَ هَـٰذَآ إِفْكٌ قَدِيمٌ

Transliteration waqāla alladhīna kafarū lilladhīna āmanū law kāna khayran mā sabaqūnā ilayhi wa-idh lam yahtadū bihi fasayaqūlūna hādhā if'kun qadīmun

Dhivehi އަދި ކާފަރުވީމީހުން އީމާންވީމީހުންނަށްބުނެއެވެ. އެކަން އެއީ (އެބަހީ مُحمد ގެފާނު ގެންނެވި ނަބީކަމާއި އަދި قُرْآن އެއީ) ހެޔޮކަމެއްނަމަ އެމީހުން އެބަހީ އެނިކަމެތި މުއުމިނުން އެކަމުގައި އަހުރެމެންނަށްވުރެ ކުރީ އިސްނުވީހެވެ. (އެކަމުގައިވެސް ކުރީތިބީހީ އަހުރެމެންނެވެ.) އަދި އެމީހުންނަށް އެކަމަށް ތެދުމަގު ނުލިބުނުހިނދުން ފަހެ ނިކަންހުރެ އެމީހުން ބުނާނެއެވެ. މިއީ އެބަހީ قُرْآن މިއީ އިހުގެ މުސްކުޅި ދޮގުވާހަކައެވެ.

Verse 12

وَمِن قَبْلِهِۦ كِتَـٰبُ مُوسَىٰٓ إِمَامًا وَرَحْمَةً ۚ وَهَـٰذَا كِتَـٰبٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنذِرَ ٱلَّذِينَ ظَلَمُوا۟ وَبُشْرَىٰ لِلْمُحْسِنِينَ

Transliteration wamin qablihi kitābu mūsā imāman waraḥmatan wahādhā kitābun muṣaddiqun lisānan ʿarabiyyan liyundhira alladhīna ẓalamū wabush'rā lil'muḥ'sinīna

Dhivehi އަދި އެފޮތުގެ ކުރީގައި. (އެބަހީ قُرْآن ގެކުރީގައި) مُوسَى عَلَيْهِ السلام ގެފޮތް(އެކަލޭގެފާނަށް ބާވާތްލެއްވި تَورَاة) ވެއެވެ. އެއީ ތަބާވެވޭ އިމާމެއް ކަމުގައްޔާއި އަދި رَحْمَة އެއްކަމުގައެވެ. އަދިމިއީ (މިقُرْآن މިއީ) (مُوسَى عَلَيْهِ السلام ގެފޮތް تَورَاة) ތެދުކުރާޙާލު ސީދާ عِرِب ބަހުން އައިސްފައިވާ ފޮތެކެވެ. އެއީ އަނިޔާވެރިވީ މީސްތަކުންނަށް (މުޝްރިކުންނަށް) ބިރުވެރިކަމުގެ ޚަބަރު ދެއްވުމަށާއި އަދި إحْسَان ތެރިންނަށް އުފާވެރިކަމެއްގެ ގޮތުންނެވެ.

Verse 13

إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَـٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

Transliteration inna alladhīna qālū rabbunā l-lahu thumma is'taqāmū falā khawfun ʿalayhim walā hum yaḥzanūna

Dhivehi ހަމަކަށަވަރުން އަހުރެމެންގެ رَبُّ އަކީ الله އޭ މިހެން ބުނެ ދެން އެބަސްމަތީ قَائِم ވެތިބި މީހުން ދަންނައެވެ. ޤިޔާމަތް ދުވަހުން އެމީހުންނަކަށް އެއްވެސް ބިރުވެރިމެއް ނުވެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.

Verse 14

أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ خَـٰلِدِينَ فِيهَا جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ

Transliteration ulāika aṣḥābu l-janati khālidīna fīhā jazāan bimā kānū yaʿmalūna

Dhivehi އެމީހުންނަކީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން އެތާ ދެމިތިބޭހުއްޓެވެ. އެއީ އެމީހުން (ދުނިޔޭގައި ތިބިއިރު) ކުރާކަމުގައިވީ ރަނގަޅު ޢަމަލުތަކުގެ ދަރުމައެއްގެ ގޮތުން އެމީހުންނަށް ކަނޑައެޅިގެންވާ نِعْمَة އެވެ.

Verse 15

وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ إِحْسَـٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُۥ وَفِصَـٰلُهُۥ ثَلَـٰثُونَ شَهْرًا ۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ

Transliteration wawaṣṣaynā l-insāna biwālidayhi iḥ'sānan ḥamalathu ummuhu kur'han wawaḍaʿathu kur'han waḥamluhu wafiṣāluhu thalāthūna shahran ḥattā idhā balagha ashuddahu wabalagha arbaʿīna sanatan qāla rabbi awziʿ'nī an ashkura niʿ'mataka allatī anʿamta ʿalayya waʿalā wālidayya wa-an aʿmala ṣāliḥan tarḍāhu wa-aṣliḥ lī fī dhurriyyatī innī tub'tu ilayka wa-innī mina l-mus'limīna

Dhivehi އަދި އިނަސާނާ އޭނާގެ މައިން ބަފައިންނާއިމެދު إحْسَان ތެރިވުމަށް / ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ އޭނާއަށް އަމުރު ކުރެއްވީމެވެ. މިހެނީ އޭނާގެމަންމަ އޭނާޔާއިގެން ބަލިވެއިނީ ބުރަކަމާއި އެކު / ނުރުހެވޭ ޙާލުގައެވެ. އަދި އޭނާ އެދަރިފުޅު ވިހެއީވެސް ބުރަކަމާއި އެކު / ނުރުހެވޭ ޙާލުގައެވެ. އަދި އެދަރިފުޅާއިގެން އޭނާބަލިވެ އިނުމާއި އަދި ކިރުދީ ނިންމުމާއި އެއީ މުޅިއެކު ތިރީސް މަސްދުވަހެވެ. އަދި އެދަރިފުގެ ބުއްދި ފުރިހަމަވެ ހަށިގަޑު ގަދައެއްޖައުމަށް ދާންދެން (ބަލަހައްޓައެވެ.) އަދި ސާޅީސް އަހަރުވުމުން އެއިންސާނާ އޭނާގެ رَبُّ އަށް ދަންނަވައެވެ. އޭ އަޅުގެ رَبُّ އެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި އަދި މިއަޅާގެ މައިން ބަފައިންގެ މައްޗަށް އެލެއްވި نِعْمَة އަށް މިއަޅާ ޝުކުރު ކުރާނެގޮތާއި އަދި އެ عَمَلُ އަށް އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صَالِح عَمَلُ ކުރާނެ ގޮތާއި މިއަޅާއަށް އަންގަވައި ދެއްވާދޭވެ. އަދިމިއަޅާގެ ދަރިފަސްކޮޅު މިއަޅާއަށް صُلْح ކޮށް ދެއްވާދޭވެ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެއަށް ތައުބާ ވެއްޖައީމެވެ. އަދި ހަމަކަށަވަރުން މިއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ. (ކިޔަމަންތެރިންގެ ތެރެއިންނެވެ.)

Verse 16

أُو۟لَـٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا۟ وَنَتَجَاوَزُ عَن سَيِّـَٔاتِهِمْ فِىٓ أَصْحَـٰبِ ٱلْجَنَّةِ ۖ وَعْدَ ٱلصِّدْقِ ٱلَّذِى كَانُوا۟ يُوعَدُونَ

Transliteration ulāika alladhīna nataqabbalu ʿanhum aḥsana mā ʿamilū wanatajāwazu ʿan sayyiātihim fī aṣḥābi l-janati waʿda l-ṣid'qi alladhī kānū yūʿadūna

Dhivehi ކަނޑައެޅިގެން އެމީހުން އެއީ އެމީހުންކުރި ރަނގަޅު އަމަލު އެމީހުންގެ ކިބައިން ތިމަންރަސްކަލާނގެ ޤަބޫލު ކުރައްވާނެ މީހުންނެވެ. އަދި އެމީހުންގެ ނުބައިކަންތައްތައް ތިމަން ރަސްކަލާނގެ ފުއްސަވައި عَفُوء ކުރައްވާ ހުރީ މެވެ. އަދި އެމީހުން ވާހުށީ ސުވަރުގޭގެ އެކުވެރިންގެ ތެރޭގައެވެ. އެމީހުންނަށް وَعْدُ ވެވިގެންވާކަމުގައިވި وَعْدُ އެއީ ތެދުވެރި وَعْدُ އެކެވެ. (އެބަހީ ރަސޫލު ބޭބޭކަލުންގެ ދޫފުޅުގެމަތީން އެމީހުންނަށް الله ކުރައްވާފައިވާ وَعْدُ ފުޅު އެއީ ހަމަ ތެދުވެރި وَعْدُ ފުޅެކެވެ.)

Verse 17

وَٱلَّذِى قَالَ لِوَٰلِدَيْهِ أُفٍّ لَّكُمَآ أَتَعِدَانِنِىٓ أَنْ أُخْرَجَ وَقَدْ خَلَتِ ٱلْقُرُونُ مِن قَبْلِى وَهُمَا يَسْتَغِيثَانِ ٱللَّهَ وَيْلَكَ ءَامِنْ إِنَّ وَعْدَ ٱللَّهِ حَقٌّ فَيَقُولُ مَا هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ

Transliteration wa-alladhī qāla liwālidayhi uffin lakumā ataʿidāninī an ukh'raja waqad khalati l-qurūnu min qablī wahumā yastaghīthāni l-laha waylaka āmin inna waʿda l-lahi ḥaqqun fayaqūlu mā hādhā illā asāṭīru l-awalīna

Dhivehi (آخِرَة ދުވަހަށް އީމާންނުވާ އަދި މައިން ބަފައިންނަށް ކިޔަމަންތެރިނުވާމީހާ) އޭނާގެ މައިންބަފައިންނަށް ބުނެއެވެ. ތިޔަދެމީހުންނަށް ހުތުރުކަން ހުއްޓެވެ. ތިޔަދެމީހުންގެ ވާހަކައިން އަހުރެންގެ ހިތް ދަތިވެއެވެ. އަހުރެން ކަށްވަޅުން ނެރެވޭނެކަމަށާއި مَحْشَرُ ކުރެވޭނެ ކަމަށް\nތިޔަ ދެމީހުން އަހުރެންނަށް ބިރުވެރި وَعْدُ ކުރަނީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން އަހުރެންގެކުރިން قَرْنُ ތައް ވޭތިވެގެން ހިގައްޖެއެވެ. (އޭގެތެރެއިން އެކަކުވެސް ނާދެއެވެ. އެމީހުންގެ ކަންތައް އެނިމުނީ އެވެ. އަހުރެންގެ ކަންތައްވެސްވާނީ ހަމައެހެންނެވެ.) އޭނާ އެހެންބުނިނަމަވެސް އެކުއްޖާގެ ބައްޕައާއި މަންމައާއިދެމީހުން އެކުއްޖާ ސަލާމަތްވޭތޯ الله އަށްދަންނަވައި دُعَاء ކުރައްވަނީއެވެ. (އަދި އެދެމީހުން އެކުއްޖާއަށް ބުނެއެވެ.) ކަލެއަށް ހަލާކު ހުއްޓެވެ. ކަލޭ އީމާންވާށެވެ! (الله އަށާއި آخِرَة ދުވަހަށް އީމާންވާށެވެ!) ހަމަކަށަވަރުންﷲ ގެ وَعْدُ ފުޅު އެއީ ހަމަحَقُّ وَعْدُ ފުޅެކެވެ. (މަރުވުމަށްފަހު ދިރުއްވައި مَحْشَرُ ކުރެއްވުމުގެ وَعْدُ ފުޅު އެއީ ހަމަحَقُّ وَعْدُ ފުޅެކެވެ.) ފަހެ އެކުއްޖާބުނެއެވެ. އިސްވެދިޔަމީހުން ދައްކާފައިވާ ތާކުންތާކު ނުޖެހޭ ދޮގުވާހަކަތަކެއްކަމުގައި މެނުވީ ތިޔަވާހަކަތައްނުވެއެވެ.

Verse 18

أُو۟لَـٰٓئِكَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَـٰسِرِينَ

Transliteration ulāika alladhīna ḥaqqa ʿalayhimu l-qawlu fī umamin qad khalat min qablihim mina l-jini wal-insi innahum kānū khāsirīna

Dhivehi އެފަދަ އެފަދަ މީހުންއެއީ އެމީހުންގެ މައްޗަށް ކޯފާގެ ބަސްފުޅު حَقُّ ވެއްޖެމީހުންނެވެ. އަދި އެމީހުންވަނީ ޖިންނީންނާއި އިންސާނުންގެތެރެއިން އިސްވެދިޔަ (ކާފަރު) އުއްމަތްތަކުގެތެރޭގައި އެމީހުންނާއިގުނިފައެވެ. ހަމަކަށަވަރުން އެމީހުންވީ ގެއްލިހަލާކުވީމީހުންގެތެރެއިން ނެވެ.

Verse 19

وَلِكُلٍّ دَرَجَـٰتٌ مِّمَّا عَمِلُوا۟ ۖ وَلِيُوَفِّيَهُمْ أَعْمَـٰلَهُمْ وَهُمْ لَا يُظْلَمُونَ

Transliteration walikullin darajātun mimmā ʿamilū waliyuwaffiyahum aʿmālahum wahum lā yuẓ'lamūna

Dhivehi އަދި ކޮންމެބަޔަކަށްވެސް އެބަޔަކު ކުރި عَمَلُ ގެ ދަރަޖަތަކެއްވެއެވެ. އަދި އެމީހުންނަށް އެމީހުންގެ ޢަމަލުގެ ޖަޒާ قِيَامَة ދުވަހުން ބަރާބަރަށް ދެއްވޭހުއްޓެވެ. އަދި އެމީހުންނަށް އަނިޔާ ނުވެވޭހުއްޓެވެ.

Verse 20

وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَـٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُم بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَفْسُقُونَ

Transliteration wayawma yuʿ'raḍu alladhīna kafarū ʿalā l-nāri adhhabtum ṭayyibātikum fī ḥayātikumu l-dun'yā wa-is'tamtaʿtum bihā fal-yawma tuj'zawna ʿadhāba l-hūni bimā kuntum tastakbirūna fī l-arḍi bighayri l-ḥaqi wabimā kuntum tafsuqūna

Dhivehi އަދި ކާފަރުވީމީސްތަކުން ނަރަކައަށް ހުށައަޅައިލެވޭދުވަސް (ހަދުމަފުޅު ކުރައްވާށެވެ.) (އެދުވަހުން އެމީހުންނަށް އެންގޭނެއެވެ.) ކަލޭމެން ކަލޭމެންގެ ދުނިޔޭގެ ޙަޔާތުގެ ރަނގަޅު ބައި ކަލޭމެން ގެއްލުވައިލައިފީމުއެވެ. އަދި ކަލޭމެން އެދުނިޔޭގައި މަޖާކޮށް އަރާމު ލިބިގެންފީމުއެވެ. ފަހެ މިއަދު މި ކަލޭމެންނަށް ޖަޒާދެވޭނެއެވެ. އެޖަޒާއަކީ އެއްވެސް حَقُّ އެއްނެތި ކަލޭމެން ބިމުގައި ބޮޑާވެ ކިބުރުވެރިވީކަމުގެ ސަބަބުން ނާއި އަދި ކަލޭމެން ފާސިޤުވުމުގެ ސަބަބުންނެވެ. އެބަހީ ﷲ ގެ ކިޔަމަނުން ނުކުތުމުގެ ސަބަބުން އިހާނާތްތެރިވެގެންވާ عَذَابُ ގެ ޖަޒާއެވެ.

Verse 21

۞ وَٱذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُۥ بِٱلْأَحْقَافِ وَقَدْ خَلَتِ ٱلنُّذُرُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦٓ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ

Transliteration wa-udh'kur akhā ʿādin idh andhara qawmahu bil-aḥqāfi waqad khalati l-nudhuru min bayni yadayhi wamin khalfihi allā taʿbudū illā l-laha innī akhāfu ʿalaykum ʿadhāba yawmin ʿaẓīmin

Dhivehi (އޭ رَسُولُ الله އެވެ!) އަދިކަލޭގެފާނުން ކަލޭގެފާނުންގެ ޤައުމުގެ މީހުންނަށް عَاد ބާގައިގެމީހުންގެ أخُ (هُودُ عَلَيْه السَّلآم) ގެ ވާހަކަ ހަދާންކޮށްދެއްވާށެވެ! އެއީ أَحْقَافُ އެވެކިއުނު ތާގައި އެކަލޭގެފާނުން އެކަލޭގެފާނުންގެ قَوم އަށް އިންޒާރު ކުރެއްވި ހިނދު އެވެ. أَحْقَافُ އެއީ އެ قَوم ގެ މީހުން އުޅުނުތަނެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިން ނާއި އަދި އެކަލޭގެފާނުން ފަހުންވެސް نَذِيْرُ ންތައް އެބަހީ (رَسُولُ ބޭކަލުންތައް) އިސްގޮސްފައިވެއެވެ. ވަޑައިގެންފާވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ (هُودُ عَلَيْه السَّلآم ވިދާޅުވިއެވެ.) ކަލޭމެން الله އަށްމެނުވީ އަޅުކަން ނުކުރާށެވެ. ހަމަކަށަވަރުން ކަލޭމެންގެ މައްޗަށް ބޮޑުވެގެންވާ ދުވަހެއްގެ عَذَاب އަތުވެދާނޭކަމަށް އަހުރެން ބިރުގަންނަމެވެ.

Verse 22

قَالُوٓا۟ أَجِئْتَنَا لِتَأْفِكَنَا عَنْ ءَالِهَتِنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ

Transliteration qālū aji'tanā litafikanā ʿan ālihatinā fatinā bimā taʿidunā in kunta mina l-ṣādiqīna

Dhivehi އެމީހުން ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގެންނެވީ އަހުރެމެން އަހުރެމެންގެ إله ން ތަކުގެ ކިބައިން އަނބުރައިލެއްވުމަށްތޯއެވެ؟ (ނުވަތަ މަނާކުރެއްވުމަށްތޯއެވެ؟) ކަލޭގެފާނަކީ ތެދުވެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައި ވަންޏާ ކަލޭގެފާނު އަހުރެމެންނަށް ތިޔަ وَعد ކުރައްވާ އެތި (އެ عَذَاب) އަހުރެމެންގެމައްޗަށް ގެނެސްދެއްވާށެވެ!

Verse 23

قَالَ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرْسِلْتُ بِهِۦ وَلَـٰكِنِّىٓ أَرَىٰكُمْ قَوْمًا تَجْهَلُونَ

Transliteration qāla innamā l-ʿil'mu ʿinda l-lahi wa-uballighukum mā ur'sil'tu bihi walākinnī arākum qawman tajhalūna

Dhivehi އެކަލޭގެފާނު ވިދާވިއެވެ. އެކަމުގެ އެނގުންވަނީ (އެ عَذَاب) އަންނަނާނެވަގުތެއްގެ އެނގުންވަނީ ﷲ ގެ حَضْرَة ގައެވެ. އަދި ތިމަން ކަލޭގެފާނު އެކަމަކާއިގެން ކަލޭމެންގެގާތަށް ފޮނުއްވުނު ކަންތައް ކަލޭމެނަށް އިއްވައި ދެނީއެވެ. އަދި އެހެނެއްކަމަކު އަހުރެން ކަލޭމެންނާމެދު ދެކެނީ ކަލޭމެންނަކީ ޖާހިލުވާ ބަޔަކު ކަމުގައެވެ.

Verse 24

فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا۟ هَـٰذَا عَارِضٌ مُّمْطِرُنَا ۚ بَلْ هُوَ مَا ٱسْتَعْجَلْتُم بِهِۦ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ

Transliteration falammā ra-awhu ʿāriḍan mus'taqbila awdiyatihim qālū hādhā ʿāriḍun mum'ṭirunā bal huwa mā is'taʿjaltum bihi rīḥun fīhā ʿadhābun alīmun

Dhivehi ދެން ފަހެ އެމީހުން (އެ عذاب) ދުއްހިދުން އެއީ އެމީހުންގެ ވާދީތަކާއި ދިމާލަށް ކުރިމަތިލައި އަންނަ ވިލާގަޑެކެވެ. (އެމީހުންނަށް عذاب އައީ ވިލާގަޑެއްގެ ސިފައިގައެވެ.) އެމީހުން ބުންޏެވެ. މިއީ އަހުރެމެންނަށް ވާރޭފެން ވެއްސާނެ ވިލާގަޑެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަމަވެސް ކަންނިމިފައިވަނީ އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ. އެއީ ކަލޭމެން އެއެއްޗެއް އަވަސްކުރުމަށް އެދުނު އެއްޗެވެ. عذاب އެވެ. އެއީ އޭގައި ވޭންދެނި عذاب އެކުލެވިގެންވާވަޔެކެވެ.

Verse 25

تُدَمِّرُ كُلَّ شَىْءٍۭ بِأَمْرِ رَبِّهَا فَأَصْبَحُوا۟ لَا يُرَىٰٓ إِلَّا مَسَـٰكِنُهُمْ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ

Transliteration tudammiru kulla shayin bi-amri rabbihā fa-aṣbaḥū lā yurā illā masākinuhum kadhālika najzī l-qawma l-muj'rimīna

Dhivehi (އެވައި) އެބަހީ ޢާދު ބާގައިގެމީހުނގެ މައްޗަށް ޖެހުނުވައި އެވައިގެ ވެރި رَبُّ ގެ އަމުރުފުޅަށް ކޮންމެއެއްޗެއް ހަލާކުކޮށް ބަރުބާދު ކޮށްލައެވެ. = ފަހެ އެމީހުން އުޅުނު ގޯތި ގެދޮރުނޫނީ ނުފެނެވޭ ބަޔަކު ކަމުގައި އެމީހުން ވެއްޖެއެވެ. (އެބަހީ ގޯތިގެދޮރުތައް ބަހައްޓާފައި އެމީހުން މަރުވެ ދިޔައީއެވެ.) ނުބައި ނުލަފާމީހުންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. (މިވާހަކަ ބައެއްސޫރަތުގައި ވަރަށްتَفْصِيْلُ ކޮށްބަޔާންވެގެންވެއެވެ.)

Verse 26

وَلَقَدْ مَكَّنَّـٰهُمْ فِيمَآ إِن مَّكَّنَّـٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَـٰرًا وَأَفْـِٔدَةً فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَـٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَـٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

Transliteration walaqad makkannāhum fīmā in makkannākum fīhi wajaʿalnā lahum samʿan wa-abṣāran wa-afidatan famā aghnā ʿanhum samʿuhum walā abṣāruhum walā afidatuhum min shayin idh kānū yajḥadūna biāyāti l-lahi waḥāqa bihim mā kānū bihi yastahziūna

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް އެބަހީ عَادُ ބާގައިގެމީހުންނަށް އެކަންކަމުގައި ކަލޭމެން قُرَيْش ންނަށްވެސް ހަމަޖައްސަވައި ދެއްވި ކަންކަމުގައި ހަމަޖައްސަވައި تَمْكِيْنُ ކޮށް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުނަށް އިވުމާއި ފެނުމާއި އަދި ހިތް ލެއްވީމެވެ. ދެން ފަހެ އެމީހުން ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދައި ޤަބޫލު ނުކުރި ހިދުން އެމީހުންނަކަށް އެމީހުންގެ އިވުމަކުން އަދި އެމީހުންގެ ފެނުމަކުންވިޔަސް އަދި އެމީހުންގެ ހިތަކުން ވިޔަސް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އެމީހުން އެކަންކަމާއިމެދު މަލާމާތްކޮށް ފުރައްސާރަ ކުރިކަންތައް އެމީހުން ވަށާލައިފިއެވެ. އެބަހީ އެމީހުންނަށް عذاب އައިސް އެމީހުން ހަލާކުވެދިޔައީއެވެ.

Verse 27

وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ ٱلْقُرَىٰ وَصَرَّفْنَا ٱلْـَٔايَـٰتِ لَعَلَّهُمْ يَرْجِعُونَ

Transliteration walaqad ahlaknā mā ḥawlakum mina l-qurā waṣarrafnā l-āyāti laʿallahum yarjiʿūna

Dhivehi އަދި ހަމަކަށަވަރުން ރަށްތަކުގެތެރެއިން ކަލޭމެންގެ ވަށައިގެންވާ ތަންތަން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. އަދި އާޔަތްތައް އެބަހީ (ދަލީލުތައް) ތަފާތު ކުރައްވައި ތިމަންރަސްކަލާނގެ އެގޮތްމިގޮތަށް ބަދަލުކުރެއްވީމެވެ. އެއީ އެމީހުން (ކާފަރުކަން ދޫކޮށް ހެޔޮމަގަށް) އެނބުރި އާދޭތޯއެވެ.

Verse 28

فَلَوْلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ قُرْبَانًا ءَالِهَةًۢ ۖ بَلْ ضَلُّوا۟ عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا۟ يَفْتَرُونَ

Transliteration falawlā naṣarahumu alladhīna ittakhadhū min dūni l-lahi qur'bānan ālihatan bal ḍallū ʿanhum wadhālika if'kuhum wamā kānū yaftarūna

Dhivehi الله އާއި ގާތްކޮށްދީ ކުއްތަން ކޮށްދޭ إله ން ތަކެއްކަމުގައި الله ފިޔަވައި އެމީހުން ހިފާ إخْتِيَارُ ކުރި ތަކެތި (އެބުދުތައް) އެމީހުންނަށް نصر ދިންނަމައެވެ. އަދި ކިޔެއްހެއްޔެވެ، އެމީހުންގެ ކިބައިން އެތަކެތި ގެއްލުނީއެވެ. އެބަހީ ޤިޔާމަތްދުވަހުން އެމީހުންނަށް އެތަކެތި ގެއްލޭނެއެވެ. އެއީ އެމީހުން ހެދި ދޮގެވެ. އަދި އެއީ އެމީހުން ދޮގުހަދާކަމުގައިވީތަކެއްޗެވެ.

Verse 29

وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ

Transliteration wa-idh ṣarafnā ilayka nafaran mina l-jini yastamiʿūna l-qur'āna falammā ḥaḍarūhu qālū anṣitū falammā quḍiya wallaw ilā qawmihim mundhirīna

Dhivehi އަދި ތިމަން ރަސްކަލާނގެ ކަލޭގެފާނާއި ދިމާލަށް ޖިންނީންގެ ބައިގަޑެއް އަނބުރުއްވައި ލެއްވީމެވެ. ފޮނުއްވީމެވެ. އެއީ އެބައިމީހުން قُرْآن އަޑުއެހުމަށެވެ. ދެންފަހެ އެމީހުން އެކަލޭގެފާނުންގެ އަރިހަށް އާދެވުނުހިނދުން (އެމީހުން އެމީހުންނަށް) އެމީހުން ބުންޏެވެ. ކަލޭމެންނޭވެ. ހަނުހިމޭނުން އަހަންތިބޭށެވެ. (ދެން އެމީހުން އެކަލޭގެފާނު ކިޔަވާވިދާޅުވާއަޑުފުޅު އެހުމަށް ތިބެއްޖައޫއެވެ.) ދެންފަހެ އެކަލޭގެފާނުން ކިޔަވާ ވިދާޅުވުން ނިމުނުހިނދުން (قَومُ ގެމީހުންނަށް) އިންޒާރު ކުރާޙާލު އެމީހުން އެމީހުންގެ قَومُ އަށް އެނބުރި ހިގައްޖެއެވެ.

Verse 30

قَالُوا۟ يَـٰقَوْمَنَآ إِنَّا سَمِعْنَا كِتَـٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ

Transliteration qālū yāqawmanā innā samiʿ'nā kitāban unzila min baʿdi mūsā muṣaddiqan limā bayna yadayhi yahdī ilā l-ḥaqi wa-ilā ṭarīqin mus'taqīmin

Dhivehi އެމީހުން ބުންޏެވެ. އޭ އަހުރެމެންގެ قَومُ ގެމީހުންނޭވެ. ހަމަކަށަވަރުން އަހުރެމެން ފޮތެއްގެވާހަކަ އަހައިފީމެވެ. އެފޮތަކީ مُوسى عَليه السلام އަށްފަހު ބާވާތްލެއްވުނު ފޮތެކެވެ. އެފޮތުގެ ކުރީގެފޮތް ތައްވެސް ތެދުކުރާޙާލު ބާވާތްލެއްވުނު ފޮތެކެވެ. އެފޮތް މަގުދައްކަނީ ހަމަ ސީދާ حًقُّ އަށެވެ. އަދި ސީދާ ތެދުމަގަށެވެ.

Verse 31

يَـٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ

Transliteration yāqawmanā ajībū dāʿiya l-lahi waāminū bihi yaghfir lakum min dhunūbikum wayujir'kum min ʿadhābin alīmin

Dhivehi އޭއަހުރެމެންގެ قَومُ ގެމީހުންނޭވެ. ﷲ ގެފަރާތަށް އެގޮވައިލައްވާ ކަލޭގެފާނަށް ކަލޭ މެން އިޖާބަ ދޭށެވެ. އަދި އެކަލޭގެފާނަށް އީމާންވާށެވެ. އޭރުން ކަލޭމެންގެ ފާފައިތެރެއި އެކަލާނގެ ފުއްސަވާ ހުއްޓެވެ. އަދި ވޭންދެނިވި عَذَاب ން އެކަލާނގެ ކަލޭމެން ސަލާމަތްކުރައްވާނެއެވެ.

Verse 32

وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍ مُّبِينٍ

Transliteration waman lā yujib dāʿiya l-lahi falaysa bimuʿ'jizin fī l-arḍi walaysa lahu min dūnihi awliyāu ulāika fī ḍalālin mubīnin

Dhivehi އަދި ﷲ ގެފަރާތަށް އެގޮވައިލައްވާ ކަލޭގެފާނަށް އިޖާބަނުދިންމީހާ (ދަންނައެވެ.) ފަހެ ބިމުގައި ނުކުޅައްދައިލެވޭނެ މީހަކުކަމުގައި އޭނާނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހެން އެއްވެސް ސަހަރޯވެރިއަކު އޭނާއަކަށްނުވެއެވެ. އެފަދަމީހުން އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ.

Verse 33

أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ ۚ بَلَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration awalam yaraw anna l-laha alladhī khalaqa l-samāwāti wal-arḍa walam yaʿya bikhalqihinna biqādirin ʿalā an yuḥ'yiya l-mawtā balā innahu ʿalā kulli shayin qadīrun

Dhivehi ހަމަކަށަވަރުން އުޑުތަކާއި ބިންހެއްދެވީ الله تَعَالى ކަން އެމީހުންނަށްފަހެ ނޭގެނީބާވައެވެ. އަދި އެތަކެތި ހެއްދެވުމުގައި އެއްވެސް ނުކުޅެދުންތެރިކަމެއްއަދި ނުވަތަ ވަރުބަލިފުޅު ވުމެއް އެކަލާނގެއަށްނުވެއެވެ. މިހެން މިކަން ކަން ހުރިއިރު މަރުވެފައިވާތަކެތި ދިރުއްވުމުގެމައްޗަށް ވެސް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އަދިކިއެއްހެއްޔެވެ؟ އެކަލާނގެއީ ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާކަލާނގެއެވެ.

Verse 34

وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَلَيْسَ هَـٰذَا بِٱلْحَقِّ ۖ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ

Transliteration wayawma yuʿ'raḍu alladhīna kafarū ʿalā l-nāri alaysa hādhā bil-ḥaqi qālū balā warabbinā qāla fadhūqū l-ʿadhāba bimā kuntum takfurūna

Dhivehi އަދި ކާފަރުވީ މީސްތަކުން ނަރަކައަށް ހުށައެޅޭދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!) (އެމީހުންނަށް އެންގެވޭނެއެވެ.) އަޅެފަހެ މިއީ ހަމަ حَقُّ ކަމުގައި ނުވޭހެއްޔެވެ؟ އެކާފަރުން ދަންނަވާނެއެވެ. އާދޭހެވެ. އަޅަމެންގެ رَبُّ ގަންދީ ދަންނަވަމެވެ. ތިޔައީ ހަމަ حَقُّ އެވެ. އެކަލާނގެ وَحِي ކުރައްވާނެއެވެ. ފަހެ ކަލޭމެން ކާފަރުވާކަމުގެ ސަބަބުން އެހެންވެ ކަލޭމެން عَذَابُ ގެ ރަހަލިބިގަންނާށެވެ.

Verse 35

فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّن نَّهَارٍۭ ۚ بَلَـٰغٌ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَـٰسِقُونَ

Transliteration fa-iṣ'bir kamā ṣabara ulū l-ʿazmi mina l-rusuli walā tastaʿjil lahum ka-annahum yawma yarawna mā yūʿadūna lam yalbathū illā sāʿatan min nahārin balāghun fahal yuh'laku illā l-qawmu l-fāsiqūna

Dhivehi (އޭ رَسُولُ الله އެވެ!) ރަސޫލުބޭކަލުންކުރެ ހިތްވަރުފުޅުގަދަ عَزْمُ ވަރުގަދަބޭކަލުން ކެތްތެރިވެވަޑައިގެންނެވިފަދައިން ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި އެމީހުންގެ މައްޗަށް އަވަސްވެވަޑައި ނުގަންނަވާށެވެ. (އެބަހީ އެކާފަރުންނަށް ޢަޒާބު އައުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ!) އެމީހުންނަށް وَعْدُ ވެވުނުކަންތައް (އެ عَذَابُ) އެމީހުން ދެކޭ ދުވަހުން އެމީހުން ކޮންފަދަ ހެއްޔެވެ؟ އެމީހުން ނަށް ހީވާނީދުވާލެއްގެ ހިނދުކޮޅެއްގައިމެނުވީ އެމީހުން (ދުނިޔޭގައި) ލަސްވެނުތިބޭކަމުގައެވެ. ދެންފަހެ އިސްދިޔަ މިވާކަތަކަކީ އިއްވައިދިނުމެކެވެ. މީސްތަކުންނަށް وَعْظُ نَصِيْحَة އިއްވައިދިނުމެކެވެ. ފަހެ ފާސިޤު ބަޔަކުމެނުވީ. (ﷲ ގެކިޔަމަނުން ނުކުތްބަޔަކުމެނުވީ) ހަލާކުވާނޭ ހެއްޔެވެ؟ އެބަހީ. ﷲ ގެކިޔަމަނުން ނުކުތްބަޔަކުމެނުވީ ހަލާކު ނުވާނެއެވެ.

Read Surah Al-Ahqaf in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.