MyDugsiStart learning

Surah Adh-Dhariyat in Dhivehi: translation and audio

Surah 51 · الذاريات · The Winnowing Winds · 60 verses

Surah Adh-Dhariyat verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Adh-Dhariyat word by word in English.

Verse 1

وَٱلذَّٰرِيَـٰتِ ذَرْوًا

Transliteration wal-dhāriyāti dharwan

Dhivehi ވެއްޔާއި، ހިރަފުހާއި، އެބާވަތުގެ ލުއި ތަކެތި ބުރުއްސައިލާ ވައި ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ.

Verse 2

فَٱلْحَـٰمِلَـٰتِ وِقْرًا

Transliteration fal-ḥāmilāti wiq'ran

Dhivehi އަދި ފެނުން ބަރުވެގެންވާ ވިލާތައް ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ.

Verse 3

فَٱلْجَـٰرِيَـٰتِ يُسْرًا

Transliteration fal-jāriyāti yus'ran

Dhivehi އަދި ކަނޑުމަތީގައި ފަސޭހަކަމާއެކު ދުވެފައިދާ ނައުދޯގު (އުޅަނދު) ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ.

Verse 4

فَٱلْمُقَسِّمَـٰتِ أَمْرًا

Transliteration fal-muqasimāti amran

Dhivehi އަދި އެބޭކަލުންގެ رَبّ ގެ أمر ފުޅަށް رزق އާއި، ވާރެޔާއި، އަދިވެސް ތަކެތި ކަނޑައެޅިފައިވާ ގޮތަކަށް ބައްސަވާ ملائكة ބޭކަލުން ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ.

Verse 5

إِنَّمَا تُوعَدُونَ لَصَادِقٌ

Transliteration innamā tūʿadūna laṣādiqun

Dhivehi އޭ މީސްތަކުންނޭވެ. ކަލޭމެންނަށް وعد ވެވިގެންވާ ކަންކަމަކީ ހަމަ ތެދު وعد ފުޅު ތަކެކެވެ އެކެވެ. އެބަހީ މަރުވުމަށްފަހު محشر ކުރެއްވުމާއި، عمل ތަކަށް ހިސާބު ބެއްލެވުމާއި، ސުވަރުގެޔާއި، އެތާނގެ نعمة ތަކާއި، ނަރަކައާއި، އެތާނގެ عذاب ތަކާއި، މި ހުރިހާ ކަންކަމަކީ ހަމަ ކަނޑައެޅިގެން ސީދާކޮށް އޭގެ ވަގުތުތަކުގައި ހުންނާނޭ ކަންކަމެވެ. އެއީ ހަމަ ކަނޑައެޅިގެން ތެދު ވާހަކަތަކެވެ.

Verse 6

وَإِنَّ ٱلدِّينَ لَوَٰقِعٌ

Transliteration wa-inna l-dīna lawāqiʿun

Dhivehi އަދި ހަމަ ކަށަވަރުން قيامة ދުވަހުން عدل ވެރި ޖަޒާ ދެއްވާނޭ ކަމީ އެއްވެސް ޝައްކެއްނެތި ކަނޑައެޅިގެން އޮންނާނޭ ކަމެކެވެ.

Verse 7

وَٱلسَّمَآءِ ذَاتِ ٱلْحُبُكِ

Transliteration wal-samāi dhāti l-ḥubuki

Dhivehi އަދި ދުނިޔޭގެ ބިންމަތީގައި މި ހުންނަ ކަހަލަ ވެލީގެ މަގުގެ ވެރި އުޑު ގަންދެއްވައި الله تعالى وحِى ކުރައްވައެވެ.

Verse 8

إِنَّكُمْ لَفِى قَوْلٍ مُّخْتَلِفٍ

Transliteration innakum lafī qawlin mukh'talifin

Dhivehi ހަމަ ކަށަވަރުން ކަލޭމެން ތިޔަ ވަނީ (محمد ގެފާނާ މެދު) ކަނޑައެޅިގެން ތަފާތު ވާހަކަތަކެއްގައެވެ. ކަލޭމެންގެ ތެރޭގައި محمد ގެފާނަކީ سحر ވެރިއެކޭ ބުނާ މީހުން ވެއެވެ. އަދި އެއީ ދޮގުވެރިޔެކޭ ބުނާ މީހުން އެބަ ތިއްބެވެ. އަދި އެއީ كاهن އެކޭ ބުނާ މީހުންވެސް އެބަ ތިއްބެވެ. އަދި قرآن އަކީ سحر އެކޭ ނުވަތަ ދޮގު باطل ވާހަކަތަކެކޭ ނުވަތަ އެއީ كَهانَة އެކޭ ބުނާ މީހުންވެސް އެބަ ތިއްބެވެ. މިހެންގޮސް ތަފާތު ވާހަކަތަކެއްގައެވެ.

Verse 9

يُؤْفَكُ عَنْهُ مَنْ أُفِكَ

Transliteration yu'faku ʿanhu man ufika

Dhivehi އެކަލޭގެފާނާމެދު ނުވަތަ قرآن އާމެދު ނުވަތަ އެ ދެފަރާތް ދޮގުކޮށް އެ ދެފަރާތުން މޫނު އަނބުރާލެވުނު ބަޔަކު މޫނު އަނބުރައިލެވުނެވެ.

Verse 10

قُتِلَ ٱلْخَرَّٰصُونَ

Transliteration qutila l-kharāṣūna

Dhivehi އެކި ބާވަތް ބާވަތުގެ ދޮގު ހީތައްކުރި ދޮގުވެރީންނަށް لعنة ލެވިއްޖެއެވެ. އެމީހުން ހަލާކުވެއްޖެއެވެ.

Verse 11

ٱلَّذِينَ هُمْ فِى غَمْرَةٍ سَاهُونَ

Transliteration alladhīna hum fī ghamratin sāhūna

Dhivehi އެމީހުންނަކީ ޖާހިލުކަމާއި، ނޭގުމުގެ ތެރެއަށް ވަދެ غافل ވެގެންވާ ބައެކެވެ.

Verse 12

يَسْـَٔلُونَ أَيَّانَ يَوْمُ ٱلدِّينِ

Transliteration yasalūna ayyāna yawmu l-dīni

Dhivehi އަދި މަލާމާތުގެ ގޮތުން، އެމީހުން ސުއާލުކޮށް ހަދައެވެ. "ތިޔަބުނާ قيامة ދުވަހެއް (ހިސާބު ބައްލަވާ ޖަޒާދެއްވާ ދުވަހެއް) ދެން އަންނާނީ ކޮން އިރަކުން ހެއްޔެވެ؟" (އޭގެ ޖަވާބުގައި الله وَحِي ކުރައްވަނީ)

Verse 13

يَوْمَ هُمْ عَلَى ٱلنَّارِ يُفْتَنُونَ

Transliteration yawma hum ʿalā l-nāri yuf'tanūna

Dhivehi އެ ދުވަހަކީ އެމީހުންނަށް ނަރަކައިގެ عذاب ދެއްވޭ ދުވަހެވެ.

Verse 14

ذُوقُوا۟ فِتْنَتَكُمْ هَـٰذَا ٱلَّذِى كُنتُم بِهِۦ تَسْتَعْجِلُونَ

Transliteration dhūqū fit'natakum hādhā alladhī kuntum bihi tastaʿjilūna

Dhivehi އެ ދުވަހުން އެމީހުންނަށް ބުނެވޭނެއެވެ. "ކަލޭމެން މި عذاب ގެ ރަހަ ލިބިގަންނާށެވެ. މި عذاب އަކީ ކަލޭމެން ދުނިޔޭގައި އެ عذاب އައުމަށް އަވަސް ވޭވޭ، އަވަހަށް އެދިއެދި ތިބި عذاب އެވެ." މިއެވެ.

Verse 15

إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَعُيُونٍ

Transliteration inna l-mutaqīna fī jannātin waʿuyūnin

Dhivehi ހަމަކަށަވަރުން تقوى ވެރީން ވަނީ ބަގީޗާތަކެއްގައެވެ. (ސުވަރުގެ ތަކުގައެވެ.) އެތާނގެ ދަށުގައި އެކި ޒާތްޒާތުގެ އާރުތައް ވެއެވެ.

Verse 16

ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ

Transliteration ākhidhīna mā ātāhum rabbuhum innahum kānū qabla dhālika muḥ'sinīna

Dhivehi އެމީހުން އެތަންތާ ތިބޭނީ އެމީހުން ހައްދަވާ ބޮޑުކުރެއްވި ربّ އެމީހުންނަށް ދެއްވި ތަކެތީގައި ހިފަހިފައެވެ. (އެބަހީ އެކަލާނގެ ދެއްވާ ގިނަގުނަ ثواب އާއި، ދަރުމަޔާއި، ސުވަރުގޭގެ عدد ނުކުރެވޭހާ ގިނަގުނަ نعمة ތައް އެމީހުން ލިބިގަންނަ حال ގައެވެ.) އޭގެ ކުރީގައި އެމީހުން ވީ إحسان ތެރީން ކަމުގައެވެ. (އެބަހީ އެމީހުން ދުނިޔޭގައި އުޅުނުއިރު އެމީހުން ވީ އެމީހުންގެ نية ތައް إخلاص ތެރި އަދި عمل ތައް صالح ބަޔަކު ކަމުގައެވެ. الله އަށާއި، އެކަލާނގެ އަޅުތަކުންނަށް إحسان ތެރި، މާތް ބަޔަކު ކަމުގައެވެ.)

Verse 17

كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ

Transliteration kānū qalīlan mina al-layli mā yahjaʿūna

Dhivehi އަދި އެމީހުން ވީ މަދުމަދުން ނޫނީ ރޭގަނޑު ނުނިދާ ކަމުގައެވެ. އަދި ރޭގަނޑު ދަންވަރު

Verse 18

وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ

Transliteration wabil-asḥāri hum yastaghfirūna

Dhivehi ހާރުދަމުގެ ވަގުތު އެމީހުން ނަމާދުކޮށް أستغفار ކުރާ ކަމުގައި ވިއެވެ. (އެބަހީ އެބައިމީހުން ރޭގަނޑުގެ ގިނަ ވަގުތު ﷲ އަށް އަޅުކަންކޮށް، أستغفار ކޮށްހަދާ ކަމުގައި ވެއެވެ. އެމީހުން އޮށޯވެ ނިދާހަދަނީ މަދުންނެވެ. (ރޭގަނޑު ދަންވަރު ޓީވީބަލާ، އޮރިޔާން ފިލްމުބަލާ، ވޮލްޑް ކަޕް ބަލަން، އަދި ނުވަތަ ކުޅިވަރު ކުޅޭން ހޭލައި ތިބީއެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ الله އަށް ذكر ކުރުމާއި، ނަމާދުކުރުމާއި، أستغفار ކުރުމުގައި ގިނަ ވަގުތުތައް ހޭދަކުރެއްވީއެވެ.)

Verse 19

وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ

Transliteration wafī amwālihim ḥaqqun lilssāili wal-maḥrūmi

Dhivehi އަދި އެމީހުންނަކީ އެމީހުންގެ މުދަލުގައި ސަލާމްޖަހާ މީހުންނަށާއި، محروم ވެފައި ތިބި މީހުންނަށް އޮތް حقّ އެއް ވާކަން ހަނދާންކޮށް އެ حقّ އަދާކުރި ބައެކެވެ.\nދަންނައެވެ. މިތާ މިވާ حقّ ގެ މާނައީ މުދަލުން އަދާކުރަންޖެހޭ فرض زكاة ފިޔަވައި ދެންހުރި އެކި ބާވަތުގެ سنّة ހޭދަކުރުންތަކުގެ މާނައެވެ. އެބަހީ އެބައިމީހުން އެބައިމީހުންނަށް فرض ވެގެންވާ ޒަކާތް قواعد ން އަދާކޮށް، އަދި އޭގެ އިތުރު صدقة ތައްވެސް ދެމުން ގެންދެއެވެ. محروم ވެފައި ތިބޭ މީހުންނަކީ ތިމާމެންގެ عِفّة ތެރިކަމުން ސަލާމްޖަހަން ނުކެރި، އެކަމަކު އަތުގައި އެއްވެސް ފަދައެއް ނެތް މީހުންނެވެ. އެހެން މީހުންނަށް ހީވާނީ އެއީ ހަމަ ފޯރާ ރަނގަޅު މީހުން ކަމަށެވެ. އެކަމަކު އެއީ ހަމަ ހުރިހާ ގޮތަކުންވެސް މުދަލުން محروم ވެގެންވާ ބައެކެވެ. والله أعلم.

Verse 20

وَفِى ٱلْأَرْضِ ءَايَـٰتٌ لِّلْمُوقِنِينَ

Transliteration wafī l-arḍi āyātun lil'mūqinīna

Dhivehi އަދި يقين ކުރާ ބަޔަކަށް ބިމުގައި ދަލީލުތަކާއި، حُجّة ތައް ވެއެވެ. (އެބަހީ ﷲ تعالى ބިންމަތީގައި ލައްވާފައިވާ އެކިއެކި حيوان ތަކާއި، ގަސްގަހާގެއްސާއި، ފަރުބަދަތަކާއި، ކަނޑުތަކާއި، އަދި މިނޫންވެސް އެންމެހާ ތަކެތީގައި ﷲ ގެ ކުޅަދުންވަންތަ ކަމާއި، އެކަލާނގެ އެއްކައުވަންތަ ކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل ތަކާއި حُجّة ތައް ވެއެވެ. ﷲ ގެ ކުޅަދުންވަންތަ ކަމާއި، އެއްކައުވަންތަ ކަމާއި، އެކަލާނގެ ދެނެވޮޑިގަތުމާއި، އެކަލާނގެ حكمة ވަންތަކަމާއި، އަޅުތަކުންނަށް الله ދެއްވާ ދަރުމަކުރައްވާފައިވާ ގިނަގުނަ رحمة، (يقين ކޮށް،) އަދި إيمان ވާ ބަޔަކަށް ފުދޭހައި ވެއެވެ.)

Verse 21

وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ

Transliteration wafī anfusikum afalā tub'ṣirūna

Dhivehi އަދި ކަލޭމެންގެ نفس ތަކުގައިވެސް ވެއެވެ. ފަހެ ކަލޭމެން ވިސްނާ ބަލާ ނުހަދާނޭ ހެއްޔެވެ؟ (އެބަހީ، ﷲ ގެ ކުޅަދުންވަންތަކަމާއި، އެއްކައުވަންތަކަމާއި، އެކަލާނގެ ދެނެވޮޑިގަތުމާއި، އެކަލާނގެ حكمة ވަންތަކަމާއި، އެކަލާނގެ ތަކެތި ހެއްދެވުމުގައި ހުރި ފަށުވިކަމާއި، ހިމުންކަން، ރީތިކަމާއި، ފުރިހަމަކަން، މި ކަންކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل ތަކާއި، علامة ތައް ކަލޭމެންގެ نفس ތަކުގައިވެސް އެކަލާނގެ ލައްވާފައި ވާނެއެވެ. ކަލޭމެން ފަހެ އެކަންކަމަށް ބަލައި، ވިސްނާ ނަހަދާ ހެއްޔެވެ؟\nފަހެ އިންސާނާގެ ހަށިގަނޑަކީ ﷲ ގެ قدرة ވަންތަ ކަމާއި، އެއްކައުވަންތަ ކަމާއި حكمة ވަންތަ ކަމާއި، ދެނެވޮޑިގަތުމާއި، މި ކަންކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ކޮންމެ ގުނަވަނެއް ހައްދަވާފައިވާ ރީތިކަމާއި، ކަމަށް މުނާސަބުކަމާއި، عمل ގެ މޮޅުކަމާއި، ހިމުންކަމާއި، ހަށިގަނޑުގެ އެކިއެކި ސިސްޓަމްތައް ހިންގުމުގައި ލައްވާފައިވާ ބަރާބަރުކަމާއި، وظيفة ތައް އަދާކުރުމުގައި ހުރި ކުޅަދާނަކަން މިޒަމާނުގެ އެންމެ ކުރިއަރާފައިވާ ސައިންސްވެސް އެވަނީ ނުކުޅައްދާފައެވެ. މިހާތަނަށް ދުނިޔެ ترقّى ވީއިރުވެސް އަދިވެސް تحقيق ނުކުރެވޭ ކިތަންމެ ސިއްރެއް ހަށިގަނޑުގައި ވާކަމަށް އެކަމުގެ އެންމެ މަތީ މާހިރުންވެސް ލަދުވެތިކަމާއި، ކިޔަމަންތެރިކަމާއެކު އެތިބަ أعتراف ވަނީއެވެ. فَسُبْحانَ مَنْ خَلَقَ الْخَلْقَ وَ أتْقَنَهَا.....

Verse 22

وَفِى ٱلسَّمَآءِ رِزْقُكُمْ وَمَا تُوعَدُونَ

Transliteration wafī l-samāi riz'qukum wamā tūʿadūna

Dhivehi އަދި ކަލޭމެންގެ ރިޒުގު ވަނީ ހަމަ އުޑުގައެވެ. އަދި ކަލޭމެންނަށް وعد ކުރެވިގެންވާ ތަކެތިވެސް ވަނީ އުޑުގައެވެ. (އެބަހީ ކަލޭމެންގެ ރިޒުގުގެ ސަބަބެއް ކަމުގައިވާ ފެން، ވާރޭފެން އެވަނީ މަތީގައެވެ. އެ ފެން ވެހެނީ މަތީންނެވެ. ނުވަތަ ކަލޭމެންގެ ރިޒުގު تقدير ކުރައްވާ، މިންވަރު ކުރެއްވުން ވަނީ މަތީގައެވެ. އަދި ކަލޭމެންނަށް وعد ކުރެވިގެންވާ ثواب އާއި، عذاب ވެސް ނުވަތަ އެތަކެތި މިންވަރުކުރައްވާ، ނިޔާކުރެއްވުމުގެ ހުރިހާ ކަމެއްވެސް ވަނީ މަތީގައެވެ. އުޑުގައެވެ.)

Verse 23

فَوَرَبِّ ٱلسَّمَآءِ وَٱلْأَرْضِ إِنَّهُۥ لَحَقٌّ مِّثْلَ مَآ أَنَّكُمْ تَنطِقُونَ

Transliteration fawarabbi l-samāi wal-arḍi innahu laḥaqqun mith'la mā annakum tanṭiqūna

Dhivehi ފަހެ އެ އުޑާއި، ބިމުގެ ވެރި ربّ ގަންދެއްވައި ހުވައި وحِى ކުރައްވައެވެ. އެކަންތައްތަކަކީ ހަމަ ކަނޑައެޅިގެން حقّ އެވެ. އެއްވެސް ޝައްކެއް ނެތެވެ. ކަލޭމެން އަނގައިން ބުނާ كلمة އާއި، لفظ ފަދައިން ފާޅުކޮށް އެނގޭ حقّ އެކެވެ.) (އެބަހީ އިސްވެދިޔަހާ އާޔަތްތަކުގައި އަންގަވާފައިވާ خبر ތަކާއި، ވާހަކަތަކަކީ އެއްވެސް އޮޅުމެއް، ދޮގެއްނެތް حقّ ވާހަކަތަކެކެވެ. އޭގެތެރޭގައި، މަރުވުމަށްފަހު محشر އަށް ފޮނުއްވޭނޭ ކަމާއި، ހިސާބު ބައްލަވާނޭ ކަމާއި، ސުވަރުގޭގެ نعمة ތަކާއި، ނަރަކައިގެ عذاب ތަކާއި، އެކަންކަމުގެ حقّ ވެރީންނަށް ބަރާބަރަށް އެކަންކަން ހުންނާނޭ ކަމީ ކަނޑައެޅިގެން ވާحقّ ވާހަކަ ތަކެކެވެ.

Verse 24

هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ

Transliteration hal atāka ḥadīthu ḍayfi ib'rāhīma l-muk'ramīna

Dhivehi އޭ (رسول الله އެވެ!) إبراهيم عَلَيْه السلام ގެ އަރިހަށް ވަޑައިގެންނެވި މާތްވެގެންވާ މެހުމާނުންގެ ވާހަކަ ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެތޯއެވެ. (ނުވަތަ އެ މެހުމާނުންގެ ވާހަކަ ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ. އެ މެހުމާނުންނަކީ މާތްވެގެންވާ ملائكة ބޭކަލުންގެ جماعة އެކެވެ. އެ جماعة އެކުލެވިގެންވަނީ جِبْريل - ميكائيل إسْرَافِيْل عَلَيْهم السلام މި ބޭކަލުންގެ މައްޗަށެވެ.) އެބޭކަލުން ވަޑައިގެންނެވީ ރީތި ފިރިހެނުންތަކެއްގެ ސިފައިގައެވެ.

Verse 25

إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَـٰمًا ۖ قَالَ سَلَـٰمٌ قَوْمٌ مُّنكَرُونَ

Transliteration idh dakhalū ʿalayhi faqālū salāman qāla salāmun qawmun munkarūna

Dhivehi إبراهيم عَلَيْه السلام ގެ އަރިހަށް އެބޭކަލުން ވެދެވަޑައިގެންނެވި ހިނދުން، ދެން ކަންތައް ވީގޮތް ހަނދުމަފުޅު ކުރައްވާށެވެ. އެބޭކަލުން ވެދެވަޑައިގެންފައި، އެކަލޭގެފާނަށް سلام ކުރެއްވިއެވެ. އަދި އެކަލޭގެފާނުންވެސް سلام ވިދާޅުވިއެވެ. އަދި އަމިއްލަފުޅަށް ވިދާޅުވިއެވެ. "މިއީ ނުދަންނަ ބައެކެވެ." ނުވަތަ އެބޭކަލުންނާ مخاطب ކުރައްވައި ވިދާޅުވިއެވެ. "ތިޔަ ބޭކަލުންނަކީ އަދި ތިމަން ކަލޭގެފާނަށް މިހާތަނަށް އެގިވަޑައި ނުގަންނަވާ ބޭކަލުން ތަކެކެވެ."

Verse 26

فَرَاغَ إِلَىٰٓ أَهْلِهِۦ فَجَآءَ بِعِجْلٍ سَمِينٍ

Transliteration farāgha ilā ahlihi fajāa biʿij'lin samīnin

Dhivehi ދެން އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން އަރިހަށް ވަޑައިގެން އެބޭކަލުން ފަރީއްކުޅުއްވުމަށް ޅަވަރެއްގެ ރޫފަ ރަނގަޅު ގެރިއެއް (ފިއްސަވައިގެން) ގެންނަވައިފިއެވެ.

Verse 27

فَقَرَّبَهُۥٓ إِلَيْهِمْ قَالَ أَلَا تَأْكُلُونَ

Transliteration faqarrabahu ilayhim qāla alā takulūna

Dhivehi އަދި އެ ގެރި ގެންނަވައި އެބޭކަލުންގެ އަރިހަށް އިސްކުރައްވައި، ފަރީއްކުޅުއްވުމަށް ވިދާޅުވިއެވެ. (ދެންފަހެ އެބޭކަލުން ފަރީއް ނުކުޅުއްވީމާ) ވިދާޅުވިއެވެ. "އަޅެ ފަހެ ތިޔަބޭކަލުން ފަރީއް ނުކުޅުއްވާނޭ ތޯއެވެ؟"

Verse 28

فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا۟ لَا تَخَفْ ۖ وَبَشَّرُوهُ بِغُلَـٰمٍ عَلِيمٍ

Transliteration fa-awjasa min'hum khīfatan qālū lā takhaf wabasharūhu bighulāmin ʿalīmin

Dhivehi (ދެންފަހެ އެބޭކަލުން ފަރީއް ނުކުޅުއްވުމުން) އެކަލޭގެފާނަށް ބިރުފުޅުގެންވަޑައިގަތުމެއް إحساس ކުރެވިއްޖެއެވެ. (އެގޮތަކީ އާދަމުގެ ދަރީންގެ މެދުގައި އާދަވެފައި ވަނީ ތިމާ ތައްޔާރުކުރި ކާނާ ނުކެއި ބަޔަކީ ހެވަކާއިގެން އައި ބައެއް ނޫންކަމާއި، އަދި ކޮންމެވެސް ބޮނޑިއެއް ދޭން އައި ބައެއް ކަމަށެވެ. އެހެންވެ، ބިރުފުޅުގެންވަޑައިގެންނެވީ އެވެ. ނުވަތަ އެއީ ملائكة ބޭކަލުން ކަމުގައި ހީފުޅުވެގެން ބިރުފުޅުގެންވަޑައިގެންނެވީ އެވެ.) އަދި އެބޭކަލުން ވިދާޅުވިއެވެ. "ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ." އަދި އެބޭކަލުން އެކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގެންފާނޭ ކަމުގެ އުފާވެރި خبر ދެއްވިއެވެ. އެހިނދު އެބޭކަލުންނީ ملائكة ބޭކަލުންކަން އެނގިވަޑައިގެންފިއެވެ.

Verse 29

فَأَقْبَلَتِ ٱمْرَأَتُهُۥ فِى صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ

Transliteration fa-aqbalati im'ra-atuhu fī ṣarratin faṣakkat wajhahā waqālat ʿajūzun ʿaqīmun

Dhivehi އަދި އެކަލޭގެފާނުންގެ އަނބިކަނބަލުން (ގޭތެރޭގައި) ބަޔަކު މީހުންގެ جماعة އެއްގައި އިންނެވިއެވެ. ނުވަތަ ހަޅޭފުޅުލައްވައި އެކަމަނާގެ މޫނުފުޅުގައި އަތްތިލަފުޅުން ޖައްސަވާލައްވާފައި ވިދާޅުވިއެވެ. " (އަހުރެން ވިހާނީ ކިހިނަކުންތޯއެވެ؟) އަހުރެންނަކީ ދުވަސްވެ، މުސްކުޅިވެފައިވާ އަންހެނެކެވެ. عجوز އެކެވެ. އަދި އަހުރެންނަކީ ދަރީން ނުލިބޭ މީހެކެވެ."

Verse 30

قَالُوا۟ كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُۥ هُوَ ٱلْحَكِيمُ ٱلْعَلِيمُ

Transliteration qālū kadhāliki qāla rabbuki innahu huwa l-ḥakīmu l-ʿalīmu

Dhivehi އެބޭކަލުން ވިދާޅުވިއެވެ. "ކަމަނާގެ ربّ وحِى ކުރެއްވީ އެފަދައިންނެވެ. ހަމަކަށަވަރުން އެކަލާނގެއީ حكمة ވަންތަ، ދެނެވޮޑިގެންވާ ކަލާނގެއެވެ."\nދަންނައެވެ. تفسير علم ވެރީން ވިދާޅުވެފައި ވެއެވެ. އޭރު އެކަމަނާގެ عمر ފުޅުން ނުވަދިހަ-ނުވަ އަހަރު ވެއްޖެއެވެ. އަދި إبراهيم عَلَيْه السلام ސަތޭކަ އަހަރުފުޅެވެ. والله أعلم.

Verse 31

۞ قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ

Transliteration qāla famā khaṭbukum ayyuhā l-mur'salūna

Dhivehi (إبراهيم عَلَيْه السلام ملائكة ބޭކަލުންނަށް ވިދާޅުވިއެވެ.) "ތިޔަ ބޭކަލުން ވަޑައިގެންނެވުމުގެ مقصد އަކީ ކޮބައިތޯއެވެ؟"

Verse 32

قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ

Transliteration qālū innā ur'sil'nā ilā qawmin muj'rimīna

Dhivehi އެބޭކަލުން ވިދާޅުވިއެވެ"ތިމަން ބޭކަލުން ފޮނުއްވިގެން މިވަނީ ނުބައިވެގެންވާ ކުށްވެރި قوم އަކަށެވެ. (އެއީ لوط قوم އެވެ.)

Verse 33

لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ

Transliteration linur'sila ʿalayhim ḥijāratan min ṭīnin

Dhivehi "އެއީ އެބައިމީހުންގެ މައްޗަށް އަލިފާނުން ކެކި ރަތްވެފައިވާ ހިލައިގެ عذاب ދެއްވުމަށެވެ.

Verse 34

مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ

Transliteration musawwamatan ʿinda rabbika lil'mus'rifīna

Dhivehi އެ ހިލަ ވަނީ ކަލޭގެފާނުންގެ ربّ ގެ حضرة ގައި ފާހަގަލެވިގެންނެވެ. އެބަހީ ކޮންމެ ހިލައެއްވެސް، އެ ހިލައަކުން ޖެހޭންވީ މީހާގެ ނަން ލިޔެވި، ފާހަގަލެވިގެންނެވެ. އެއީ ފާފަކުރުމާއި، فاحش ކަމުގައި ހައްދު ފަހަނަޅާ މީސްތަކުންނަށް ތައްޔާރުކުރެވިގެންވާ އެއްޗެކެވެ.

Verse 35

فَأَخْرَجْنَا مَن كَانَ فِيهَا مِنَ ٱلْمُؤْمِنِينَ

Transliteration fa-akhrajnā man kāna fīhā mina l-mu'minīna

Dhivehi އަދި އެރަށުގައިވާ އެންމެހާ مؤمن ން ތިމަން ބޭކަލުން ނެރުއްވާ ހުށީމެވެ.

Verse 36

فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ ٱلْمُسْلِمِينَ

Transliteration famā wajadnā fīhā ghayra baytin mina l-mus'limīna

Dhivehi އަދި ކިޔަމަންތެރި ވެގެންވާ مؤمن ން އެރަށުގެ އެންމެ ގެއަކުން މެނުވީ ތިމަން ބޭކަލުންނަކަށް ނުފެނުނެވެ." (އެއީ لوط عَلَيْه السلام ގެ ގެއެވެ.).

Verse 37

وَتَرَكْنَا فِيهَآ ءَايَةً لِّلَّذِينَ يَخَافُونَ ٱلْعَذَابَ ٱلْأَلِيمَ

Transliteration wataraknā fīhā āyatan lilladhīna yakhāfūna l-ʿadhāba l-alīma

Dhivehi "އަދި ވޭންދެނިވި عذاب އަށް ބިރުވެތިވާ ބަޔަކަށް (عبرة އެއްގެ ގޮތުން) އެރަށުގައި ތިމަން ރަސްކަލާނގެ علامة އެއް ދޫކުރައްވާފައި ވާނެއެވެ. އެއިން އެމީހުންނަށް ލިބުނު عذاب ގެ މައްޗަށް دليل ކުރާނެއެވެ." (އެ علامة ކަމުގައި ބައެއް مفسّر ން ލިޔުއްވާފައި ވަނީ: އެމީހުންނަށް އުކެވުނު ހިލަތައް އެތާ ވާ ކަމެވެ. ނުވަތަ އެރަށް ބަންޑުން ޖައްސަވައި، އެތަން ކަނޑަކަށް ހައްދަވައި އެތާނގެ ފެނުގެ ލޮނު ރަހަ ގަދަވެ، ނުބައިވަސް ދުވާ، އަދިއަދަށް ދާނދެންވެސް އެތާ ދިރޭ އެއްޗެއް ނޫޅޭކަމަށް ވެއެވެ. بحر الميّت ގެ ނަމުން އެތަނަށް ނަން ދެވިފައި ވެއެވެ. މިކަންކަން ވެއެވެ. والله أعلم بالصّواب)

Verse 38

وَفِى مُوسَىٰٓ إِذْ أَرْسَلْنَـٰهُ إِلَىٰ فِرْعَوْنَ بِسُلْطَـٰنٍ مُّبِينٍ

Transliteration wafī mūsā idh arsalnāhu ilā fir'ʿawna bisul'ṭānin mubīnin

Dhivehi އަދި موسى عَلَيْه السلام ގެ ވާހަކައިގައިވެސް ތިމަން ރަސްކަލާނގެ دليل އެއް ދޫކުރައްވާފައި ވާނެއެވެ. އެއީ ބަޔާންވެ ފައުޅުވެގެންވާ معجزة އަކާއިގެން فرعون ގެ ގާތަށް ތިމަން ރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވި ހިނދުގައެވެ.

Verse 39

فَتَوَلَّىٰ بِرُكْنِهِۦ وَقَالَ سَـٰحِرٌ أَوْ مَجْنُونٌ

Transliteration fatawallā biruk'nihi waqāla sāḥirun aw majnūnun

Dhivehi (ފަހެ موسى عَليه السلام) އޭނާއަށް دين އަށް ގޮވާލެއްވުމުން) އޭނާ އޭނާގެ ސިފައިންނާއިގެން އެނބުރި ފުރަގަސްދީފިއެވެ. (އޭނާ إيمان އެއް ނުވިއެވެ.) އަދި އޭނާ ބުނީ موسى (عَليه السلام) އަކީ سحر ވެރިއެކެވެ. ނުވަތަ ދުނިޔޭންމޮޔަވެފައިވާ މީހެކެވެ. مجنون އެކެވެ.

Verse 40

فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ وَهُوَ مُلِيمٌ

Transliteration fa-akhadhnāhu wajunūdahu fanabadhnāhum fī l-yami wahuwa mulīmun

Dhivehi ދެންފަހެ ތިމަން ރަސްކަލާނގެ އޭނާޔާއި، އޭނާގެ ސިފައިންތައް ކަނޑަށް އުކައިލެއްވީމެވެ. އެމީހުންނާއި އެންމެ އެކަށީގެންވާ މުނާސަބު ގޮތަކީ އެއީއެވެ. (އެއީ އެމީހުން ނުކިޔަމަންތެރި ކަމާއި، ކާފަރުކަމާއި، ބޮޑާކަމުގައި ހައްދުފަހަނަޅައިގެން ދިއުމުގެ ނަތީޖާއެވެ. އަދި فِرْعونُ އަކީ ކަލާނގެ ކަމަށް دعوى ކުރި މީހެކެވެ. އަދި الله އަށް كافر ވީ މީހެކެވެ. އަދި އުރެދުމާއި، ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅައިގަތް މީހެކެވެ. އެހެންވެ، އޭނާޔާ މުނާސަބު، އަދި އެންމެ لائق ވެގެންވާ ގޮތަކި އޭނާޔާއި، އޭނާގެ ސިފައިން ކަނޑުގައި غرق ކުރެއްވުން ކަމުގައި އަންގަވައި، وحِى ކުރެއްވީއެވެ. މިހާރު ދެން އޭނާޔަކީ ربّ ނޫންކަން އެންމެންނަށް އެނގެން ވާނެއެވެ.)

Verse 41

وَفِى عَادٍ إِذْ أَرْسَلْنَا عَلَيْهِمُ ٱلرِّيحَ ٱلْعَقِيمَ

Transliteration wafī ʿādin idh arsalnā ʿalayhimu l-rīḥa l-ʿaqīma

Dhivehi އަދި عاد ބާގައިގެ މީހުންގެ ވާހަކައިގައިވެސް (ތިމަން ރަސްކަލާނގެ دليل އެއް ލައްވާފައި ވާނެއެވެ.) އެއީ އެބައިމީހުންގެ މައްޗަށް އެއްވެސް ހެޔޮކަމެއް، އަދި بركاة އެއް ނެތް ގަދަ ވަޔެއް ތިމަން ރަސްކަލާނގެ ފޮނުއްވި ހިނދުންނެވެ. (އެ ވައިގައި ވާރޭފެންފޮދެއްވެސް ނުވެއެވެ. އަދި ގަހެއް تلقيح ކޮއްދިނުމެއްވެސް ނުވެއެވެ.)

Verse 42

مَا تَذَرُ مِن شَىْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَٱلرَّمِيمِ

Transliteration mā tadharu min shayin atat ʿalayhi illā jaʿalathu kal-ramīmi

Dhivehi އެވައި ޖެހުނު ކޮންމެ އެއްޗެއް ފީވެ، އަޅިޔަށް ވެފައިވާ ކަށި ފަދައިން ކުދިކުދިވެ، ވަޔަށް ބުރައިގެންދާ ފަދައިން ހަދައިލައިފައި ނޫނީ ނުދޫކުރެއެވެ. (މީސްތަކުންގެ ހަށިތަކާއި، ސޫފިތަކާއި، އެންމެހައި މުދާތަކާއި، އަދި އެންމެހާ ތަކެތި ފީވެ، ކުދިކުދިވެގެން ދިޔައީއެވެ.)

Verse 43

وَفِى ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا۟ حَتَّىٰ حِينٍ

Transliteration wafī thamūda idh qīla lahum tamattaʿū ḥattā ḥīnin

Dhivehi އަދި ثمود ބާގައިގެ މީހުންގެ ވާހަކައިގައިވެސް ތިމަން ރަސްކަލާނގެ ބަޔާންވެގެންވާ حُجّة އެއް ދޫކުރައްވާފައި ވާނެއެވެ. ކަނޑައެޅިގެންވާ مدة އަށް ކަލޭމެންގެ ގެތަކުގައި އަރާމުކުރާށޭ އެބައިމީހުންނަށް އެންގެވި ހިނދު ކަންވީގޮތް ބަލާށެވެ.

Verse 44

فَعَتَوْا۟ عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ ٱلصَّـٰعِقَةُ وَهُمْ يَنظُرُونَ

Transliteration faʿataw ʿan amri rabbihim fa-akhadhathumu l-ṣāʿiqatu wahum yanẓurūna

Dhivehi އެމީހުން އެމީހުން ހައްދަވާ ބޮޑުކުރެއްވި ربّ އަށް އުރެދި ނުކިޔަމަންތެރިވެ ބޮޑާވެގެންފިއެވެ. ފަހެ އެމީހުންނަށް ގަދަވެގެންވާ عذاب އައިސް ޖެހުނީއެވެ. އެމީހުން ބަލަބަލާ ތިއްބައި އެމީހުން ހަލާކުވެގެން ދިޔައީއެވެ.

Verse 45

فَمَا ٱسْتَطَـٰعُوا۟ مِن قِيَامٍ وَمَا كَانُوا۟ مُنتَصِرِينَ

Transliteration famā is'taṭāʿū min qiyāmin wamā kānū muntaṣirīna

Dhivehi އަދި އެމީހުން ތިބި ތަނުން ތެދުވުމަކަށްވެސް އެމީހުންނަށް ކުޅަދާނަވެގެން ނުވިއެވެ. އަދި އެމީހުންނަކީ نصر ލިބުނު ބަޔަކު ކަމުގައިވެސް ނުވިއެވެ.

Verse 46

وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ

Transliteration waqawma nūḥin min qablu innahum kānū qawman fāsiqīna

Dhivehi އަދި އޭގެ ކުރީން نوح عَليه السلام ގެ قوم ހަލާކު ކުރެއްވީމެވެ. އަދި އެ ވާހަކައިގައިވެސް الله އަށް ބިރުވެތިވާ ބަޔަކަށް عبرة އަކަށް ވާވަރުގެ ދަލީލު ލައްވާފައި ވާނެއެވެ. އަދި ހަމަކަށަވަރުން އެމީހުން ވީ فاسق ވެގެންވާ ބަޔަކު ކަމުގައެވެ. އެބަހީ ސީދާވެގެންވާ حقّ މަގުން ނުކުމެގެންވާ ބަޔަކު ކަމުގައެވެ.

Verse 47

وَٱلسَّمَآءَ بَنَيْنَـٰهَا بِأَيْي۟دٍ وَإِنَّا لَمُوسِعُونَ

Transliteration wal-samāa banaynāhā bi-aydin wa-innā lamūsiʿūna

Dhivehi ތިމަން ރަސްކަލާނގެ އުޑު ހެއްދެވީ ތިމަން ރަސްކަލާނގެ قدرة ވަންތަކަމުންނެވެ. ކުޅަދުންވަންތަކަމުންނެވެ. އަދި ހެއްދެވުމުގައި ތަނަވަސް ކުރައްވާ ކަލަކު ކަމުގައި ތިމަން ރަސްކަލާނގެ ވޮޑިގެން ވެއެވެ. އެކަމަށް ނުކުޅެދި ވޮޑިގެން ނުވެއެވެ.

Verse 48

وَٱلْأَرْضَ فَرَشْنَـٰهَا فَنِعْمَ ٱلْمَـٰهِدُونَ

Transliteration wal-arḍa farashnāhā faniʿ'ma l-māhidūna

Dhivehi އަދި ތިމަން ރަސްކަލާނގެ ބިންގަނޑު ފެތުރުއްވީމެވެ. އަދި އެހާ ފުރިހަމަކޮށް އެހާ މޮޅުކޮށް ހެއްދެވީ ހަމަ ތިމަން ރަސްކަލާނގެއެވެ.

Verse 49

وَمِن كُلِّ شَىْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ

Transliteration wamin kulli shayin khalaqnā zawjayni laʿallakum tadhakkarūna

Dhivehi އަދި ތިމަން ރަސްކަލާނގެ ކޮންމެ ބާވަތެއްގެ އެއްޗެއްވެސް ހެއްދެވީ ޖޯޑުޖޯޑަށެވެ. އަންހެން ފިރިހެން ކޮށެވެ. ކޮންމެ ބާވަތެއްވެސް ހުރީ އެހެންނެވެ. ޖޯޑު ހަމަކޮށެވެ. އެގޮތަށް އެތަކެތި ހައްދަވާފައި ވަނީ ތިޔަބައިމީހުން نصيحة ލިބިގަނޭތޯއެވެ. وعظ ލިބިގަނޭތޯއެވެ. އެތަކެތި ހެއްދެވި ފަރާތުގެ ކުޅަދުންވަންތަ ކަމާއި، އެއްކައުވަންތަކަން ދެނެގަނެ އެފަރާތަށް ކުރިމަތިލުމަށެވެ. އެފަރާތް ދެނެގަތުމަށެވެ. އެފަރާތުގެ އަމުރުތަކަށް ކިޔަމަން ވުމަށެވެ.

Verse 50

فَفِرُّوٓا۟ إِلَى ٱللَّهِ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ

Transliteration fafirrū ilā l-lahi innī lakum min'hu nadhīrun mubīnun

Dhivehi (އޭ رسول الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ.) ކަލޭމެން ސަލާމަތްވުމަށް الله އަށް ފިލާން ދާށެވެ. އެބަހީ އެކަލާނގެ އަށް ކާފަރުކަމާއި، އުރެދުންތައް ދޫކޮށް އެކަލާނގެ حضرة އަށް رجوع ވާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ އެކަލާނގެ حضرة ން ކަލޭމެން ކައިރިއަށް އައިސް ހުރި منذر އެކެވެ. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންނުވާ މީހުންނަށް އެކަލާނގެ ކޯފާއާއި، ނަރަކައިގެ عذاب ހުރިކަމުގެ إنذار ކުރުމަށް އައި މީހަކީމެވެ.

Verse 51

وَلَا تَجْعَلُوا۟ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ

Transliteration walā tajʿalū maʿa l-lahi ilāhan ākhara innī lakum min'hu nadhīrun mubīnun

Dhivehi އަދި ކަލޭމެން الله އާއެކު އެހެން إلٰه އެއް إختيار ނުކުރާށެވެ. އެކަލާނގެއަށް شريك ނުކުރާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ކަލޭމެންގެ ގާތަށް އައިސް ހުރި نذير އަކީމެވެ. އެބަހީ ކަލޭމެން الله އާއެކު އެހެން ފަރާތެއް ބައިވެރިކޮށް شريك ކޮށްފިނަމަ އެކަމާމެދު ހުރި عذاب އާއި، އެކަލާނގެ ކޯފާގެ ވާހަކައިން ބިރުގެންނެވުމަށް އައިސްހުރި މީހަކީމެވެ. بيان ވެގެންވާ دليل އާއި، حُجّة އާއިގެންނެވެ.

Verse 52

كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا۟ سَاحِرٌ أَوْ مَجْنُونٌ

Transliteration kadhālika mā atā alladhīna min qablihim min rasūlin illā qālū sāḥirun aw majnūnun

Dhivehi ކަންތައް މިހުރީ ހަމަ އެފަދައިންނެވެ. އެބަހީ މިބައިމީހުންގެ ތެރޭގައިވެސް ކަންތައް މިހުރީ މީގެ ކުރީގެ قوم ތަކުގައިވެސް ކަންތައް ހުރި ގޮތަށެވެ. އެހެނީ މި މީހުންގެ ކުރީގެ ކޮންމެ قوم އަކަށް رسول ބޭކަލުން ވަޑައިގަތީމާވެސް އެ قوم އެއްގެ ބަޔަކު އެ رسول ބޭކަލަކު ދޮގުކޮށް އެ ބޭކަލަކީ سحر ވެރިޔެކޭ ނުވަތަ މޮޔަވެފައިވާ މީހެކޭ ބުނެއެވެ. އެފަދައިން ކަންތައް ނުކުރާ އެއްވެސް قوم އެއް ނާދެއެވެ.

Verse 53

أَتَوَاصَوْا۟ بِهِۦ ۚ بَلْ هُمْ قَوْمٌ طَاغُونَ

Transliteration atawāṣaw bihi bal hum qawmun ṭāghūna

Dhivehi އަޅެ ފަހެ އެބައިމީހުން އެތިބީ އެގޮތަށް ހަދަން އެއްބަޔަކު އަނެއް ބަޔަކަށް وصيّة ކޮށްގެން ހެއްޔެވެ؟ (އެބަހީ އެންމެ ފުރަތަމަ نوح ގެފާނުންގެ قوم ން ފެށިގެން محمد ގެފާނާ ދެމެދު ވޭތިވެގެން ދިޔަ ހުރިހާ قوم އެއް އެވަނީ رسول ބޭކަލަކު ވަޑައިގެންފިއްޔާ އެ ބޭކަލަކު ދޮގުކޮށް، އެއީ سحر ވެރިޔެކޭ ނުވަތަ މޮޔައެކޭ ނުވަތަ ދެންވެސް އެ ބަޔަކަށް ފެނުނު އެއްޗެއް ކިޔައި އެ ބޭކަލަކު ދޮގުކޮށް އެ ބޭކަލަކަށް إيمان ނުވުމަށް އެއްބަޔަކު އަނެއް ބަޔަކަށް وصيّة ކޮށްގެން އެގޮތަށް ނިންމައިގެން ހެއްޔެވެ؟) އެހެންނަކުން ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުންނަކީ ހަމަ ކާފަރުކަމާއި، ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅާފައި ތިބި ބަޔެކެވެ.

Verse 54

فَتَوَلَّ عَنْهُمْ فَمَآ أَنتَ بِمَلُومٍ

Transliteration fatawalla ʿanhum famā anta bimalūmin

Dhivehi (އޭ رسول الله އެވެ!) ކަލޭގެފާނުން އެމީހުންނާ ދުރަށް އެނބުރިވަޑައިގަންނަވާށެވެ! ކަލޭގެފާނަކީ އެއްގޮތަކަށްވެސް އޭގެ މަލާމާތް ލިބިވަޑައިގަންނަވާނޭ ބޭކަލެއް ނޫނެވެ. އެމީހުން إيمان ނުވިޔަސް އޭގެ އެއްވެސް ހުތުރެއް ﷲ ގެ حضرة ގައި ކަލޭގެފާނަކަށް ނެތެވެ.

Verse 55

وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ

Transliteration wadhakkir fa-inna l-dhik'rā tanfaʿu l-mu'minīna

Dhivehi ނަސޭހަތް ދެއްވާ، ހަނދާންކޮށްދެއްވާ وعظ ދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށް، وعظ نصيحة ދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ.

Verse 56

وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ

Transliteration wamā khalaqtu l-jina wal-insa illā liyaʿbudūni

Dhivehi އަދި ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސާނުން ހެއްދެވީ އެމީހުން ތިމަން ރަސްކަލާނގެއަށް އެކަނި އަޅުކަން ކުރުމަށެވެ. (އެހެންވެ އަޅުކަމުގެ ވައްތަރުތަކުގެ ތެރެއިން އެއްވެސް ވައްތަރެއްގެ އަޅުކަމެއް الله ނޫން ފަރާތަކަށް ކޮށްފި މީހާއީ ކަނޑައެޅިގެން مشرك އެކެވެ.)

Verse 57

مَآ أُرِيدُ مِنْهُم مِّن رِّزْقٍ وَمَآ أُرِيدُ أَن يُطْعِمُونِ

Transliteration mā urīdu min'hum min riz'qin wamā urīdu an yuṭ'ʿimūni

Dhivehi އެބައިމީހުންގެ ކިބައިން އެއްވެސް رزق އަކަށް - އެއްވެސް منفع އަކަށް - ތިމަން ރަސްކަލާނގެ ނޭދެމެވެ. އަދި ތިމަން ރަސްކަލާނގެއަށް ކާންދޭކަށްވެސް އެމީހުންގެ ކިބައިން ތިމަން ރަސްކަލާނގެ ނޭދެމެވެ. (މިއާޔަތުގެ އެއް މުރާދަކީ ދުނިޔޭގައި އަޅުން ގެންގުޅޭ ސާހިބުން އެމީހުންގެ އަޅުންގެ ކިބައިން منفع ތައް އެދޭ ފަދައިން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން އެއްވެސް منفع އަކަށް ނޭދެމެވެ. މިއެވެ.)

Verse 58

إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلْقُوَّةِ ٱلْمَتِينُ

Transliteration inna l-laha huwa l-razāqu dhū l-quwati l-matīnu

Dhivehi ހަމަކަށަވަރުން الله އީ ގިނަގިނައިން ރިޒުގުދެއްވާ ގަދަފަދަވަންތަ އަދި ބާރުގެ ވެރި ކަލާނގެއެވެ. (އެއްވެސް ކަމަކަށް ނުކުޅެދިވޮޑިގެން ނުވެއެވެ.)

Verse 59

فَإِنَّ لِلَّذِينَ ظَلَمُوا۟ ذَنُوبًا مِّثْلَ ذَنُوبِ أَصْحَـٰبِهِمْ فَلَا يَسْتَعْجِلُونِ

Transliteration fa-inna lilladhīna ẓalamū dhanūban mith'la dhanūbi aṣḥābihim falā yastaʿjilūni

Dhivehi ފަހެ އަނިޔާވެރިވީ މީސްތަކުންނަށް عذاب އާއި عقوبات ގެ ގޮތުން އިސްވެދިޔަ އެބާވަތުގެ މީހުންނަށް ހުރިވަރު عذاب އާއި عقوبات ހުއްޓެވެ. އެމީހުންނަށް އޮތް ބާލިދީއަކަށް މިމީހުންނަށްވެސް ހަމަ ބާލިދީއެއް ވެއެވެ. (އިސްވެދިޔަ ކާފަރުންނަށް ހުރި ވަރުގެ ބައެއް މި މީހުންނަށްވެސް ހަމަ ހުންނަ ހުއްޓެވެ.) އެމީހުން ފަހެ އެ عذاب އައުމަށް ތިމަން ރަސްކަލާނގެ حضرة ގައި އަވަސްވެ ނުގަންނަހުރިކަމެވެ. އޭގެ ވަގުތުގައި އެ عذاب އަންނާނެއެވެ. އިސްފަސް ނުވާނެއެވެ.

Verse 60

فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِن يَوْمِهِمُ ٱلَّذِى يُوعَدُونَ

Transliteration fawaylun lilladhīna kafarū min yawmihimu alladhī yūʿadūna

Dhivehi ފަހެ ކާފަރުވީ މީސްތަކުންނަށް އެމީހުންގެ ދުވަހުން، (قيامة ދުވަހުން) އެމީހުންނަށް وعد ވެވިގެންވާ وَيْلُ ހުންނަ ހުއްޓެވެ. ނަރަކައިގެ عذاب ހުންނަ ހުއްޓެވެ. ދަންނައެވެ. وَيْلُ އަކީ ނަރަކައިގެ ހޫނުކަން ގަދަވެގެންވާ ވާދީއެއް ކަމަށް ރިވާވެގެން ވެއެވެ. އެތާ ވަނީ ނަރަކަވަންތަ ވެރީން ގައިން ފައިބާ ދޮހާއި، ލެޔާއި، ފާދިޔަޔާއި، އަދިވެސް.......

Read Surah Adh-Dhariyat in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.