MyDugsiStart learning

Surah Saba in Dhivehi: translation and audio

Surah 34 · سبإ · Sheba · 54 verses

Surah Saba verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Saba word by word in English.

Verse 1

ٱلْحَمْدُ لِلَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَلَهُ ٱلْحَمْدُ فِى ٱلْـَٔاخِرَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ

Transliteration al-ḥamdu lillahi alladhī lahu mā fī l-samāwāti wamā fī l-arḍi walahu l-ḥamdu fī l-ākhirati wahuwa l-ḥakīmu l-khabīru

Dhivehi އެންމެހައި حَمْد އާއި تَعْرِيف އާއި ثَنَاء އެއް حَقّ ވެގެންވަނީ ހަމަ ﷲއަށެވެ. އެކަލާނގެއީ އުޑުތަކުގައްޔާއި އަދި ބިމުގައިވާހާ ތަކެތި އެކަލާނގެއަށް مِلْكވެ خَاصّ ވެގެންވާ ކަލާނގެއެވެ. އަދި آخِرَة ގައިވެސް حَمْدُ އާއި ثَنَاء ހުރީ ހަމައެކަލާނގެއަށެވެ. އަދި އެކަލާނގެއީ ދެދުނިޔޭގެ ކަންތައްތަށް ފުރިހަމަކުރެއްވީ حِكْمَة ވަންތަ އަދި އަޅުތަކުންގެ އެންމެހައި ކަންތައްތަށް ދެނެވޮޑިގެންވާ ޚަބަރުތަކުގެވެރި ކަލާނގެއެވެ.

Verse 2

يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۚ وَهُوَ ٱلرَّحِيمُ ٱلْغَفُورُ

Transliteration yaʿlamu mā yaliju fī l-arḍi wamā yakhruju min'hā wamā yanzilu mina l-samāi wamā yaʿruju fīhā wahuwa l-raḥīmu l-ghafūru

Dhivehi ބިމަށްވަދެގެންދާ އެންމެހައި ތަކެއްޗާއި އަދި އެތަނުން ނުކުންނަ އެންމެހައި ތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. (ބިމަށްވަންނަ ތަކެއްޗަކީ ވާރޭގެފެންތިކިތަކާއި خَزَانَة ތަކާއި މަރުވެގެން ވަޅުލެވޭ އެންމެހައި مَيِّتންނާއި ދެންވެސް އެންމެހައި ތަކެއްޗެވެ. އަދި އެތަނުން ނުކުންނަ ތަކެއްޗަކީ ގަސްގަހާގެއްސާއި ދަނޑުގޮވާމުގެ އޮށްޓަރުތަކާއި حَيَوَان އާއި ދެންވެސް އެންމެހައި ތަކެއްޗެވެ.) އަދި އުޑުންބާވައިލައްވާ ތަކެއްޗާއި އަދި އުޑަށް އަރައިގެންދާ އެންމެހައި ތަކެތިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (އުޑުން ފައިބާތަކެއްޗަކީ ވާރޭފެނާއި ގަޑުފެނާއި ބަރަކާތްތަކާއި عَذَاب އާއި ހޮނުގުގުރިއާއި مَلائِكَة ބޭކަލުންނާއި ދެންވެސް ބައެއްތަކެއްޗެވެ. އަދި އުޑަށްއަރައިގެންދާ ތަކެއްޗަކީ مَلائِكَة ބޭކަލުންނާއި އަޅުތަކުންގެ عَمَل ތަކާއި ދެންވެސް ބައެއްތަކެއްޗެވެ....) އަދި އެކަލާނގެއީ އަޅުތަކުންނަށް رَحْمَة ލެއްވުން ބޮޑުވެގެންވާ އަދިގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.

Verse 3

وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَأْتِينَا ٱلسَّاعَةُ ۖ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَـٰلِمِ ٱلْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ وَلَآ أَصْغَرُ مِن ذَٰلِكَ وَلَآ أَكْبَرُ إِلَّا فِى كِتَـٰبٍ مُّبِينٍ

Transliteration waqāla alladhīna kafarū lā tatīnā l-sāʿatu qul balā warabbī latatiyannakum ʿālimi l-ghaybi lā yaʿzubu ʿanhu mith'qālu dharratin fī l-samāwāti walā fī l-arḍi walā aṣgharu min dhālika walā akbaru illā fī kitābin mubīnin

Dhivehi އަދި ކާފަރުވީ މީސްތަކުންބުނެވެ. އަހުރެމެންނަކަށް قِيَامَة އެއްނާންނާނެއެވެ. ދެވަނަފަހަރަށް އަހުރެމެން ދެންނުދިރޭނެއެވެ. އޭ رَسُولُ الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އެއްގޮތަކަށްވެސް އެހެނެއްނުވާނެއެވެ. ތިމަންކަލޭގެފާނުންގެ رَبّ ގަންދީ ވިދާޅުވަމެވެ. ހަމަކަށަވަރުން ކަލޭމެންނަށް قِيَامَة ވާނެއެވެ. މަރުވުމަށްފަހު ދެވަނަ ފަހަރަށް ދިރިގެން عَمَل ތަކަށްޖަޒާ ދެއްވޭނެއެވެ. އަދި އެކަލާނގެއީ އެންމެހައި غَيْبُ ވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (ކަލޭމެންގެ عَمَل ތަކުގެ ތެރެއިން) އެންމެ އެއްޗެއްވެސް އެކަލާނގެއަށް ނިވައިވެ ވަންހަނާވެގެން ނުވެއެވެ. އުޑުތަކާއި ބިމުގައި އެކަލާނގެއަށް ވަންހަނާވެގެންވާ مِثْقَال އެއްގެ ވަރުވެސް ޒައްރެއްގެ ބޮޑުމިނުގެ އެއްޗެއްވެސް އަދިއެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް ނުވެއެވެ. އެ ކޮންމެ އެއްޗެއް بَيَان ވެގެންވާ ފޮތެއްގައި ލިޔެވި ފައިލްކުރެވިގެން މެނުވީނުވެއެވެ. އެއީ لَوحُ المَحْفُوظُ އެވެ.

Verse 4

لِّيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۚ أُو۟لَـٰٓئِكَ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ

Transliteration liyajziya alladhīna āmanū waʿamilū l-ṣāliḥāti ulāika lahum maghfiratun wariz'qun karīmun

Dhivehi އެކަންތައްތައް އެގޮތަށް ލައްވާފައިވަނީ އީމާންވެގެން صَالِحْ عَمَل ކުރި މީހުންނަށް ހެޔޮ جَزَاء ދެއްވުމަށެވެ. އެމީހުންނަށްހުރީ ފާފަފުއްސެވުމާއި މާތްވެގެންވާ ރިޒުގެވެ. ސުވަރުގެއާއި އެތާގެ نِعْمَة ތަކެވެ

Verse 5

وَٱلَّذِينَ سَعَوْ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ

Transliteration wa-alladhīna saʿaw fī āyātinā muʿājizīna ulāika lahum ʿadhābun min rij'zin alīmun

Dhivehi އަދި ތިމަންރަސްކަލާނގެ رَسُولٌ ނަށް ބާވައިލެއްވި އާޔަތްތައް بَاطِل ކުރުމަށް މަސައްކަތްކުރާ މީހުންނަށް ހުރީ ވޭންދެނިވި އެންމެނުބައި ގަދަ عَذَاب ގެ عَذَابއެވެ

Verse 6

وَيَرَى ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ وَيَهْدِىٓ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ

Transliteration wayarā alladhīna ūtū l-ʿil'ma alladhī unzila ilayka min rabbika huwa l-ḥaqa wayahdī ilā ṣirāṭi l-ʿazīzi l-ḥamīdi

Dhivehi އޭ رَسُولُ الله އެވެ. ކަލޭގެފާނުންގެ رَبّ ގެ حَضْرَة ން ކަލޭގެފާނަށް މިބާވައިލައްވާ ތަކެއްޗަކީ އެއީ ހަމަސީދާ حَقُّ ކަން عِلْمَ ގެ أَهْلُ ވެރިންނަށް ރަނގަޅަށް އެނގޭނެއެވެ. އަދި އެއިން ތެދުމަގުދައްކަނީ عِزَّة ވަންތަ އަދި حَمْدُ ލިބިވޮޑިގެންވާ ކަލާނގެމަގަށްކަންވެސް އެމީހުންނަށް ރަނގަޅަށް އެނގޭނެއެވެ.

Verse 7

وَقَالَ ٱلَّذِينَ كَفَرُوا۟ هَلْ نَدُلُّكُمْ عَلَىٰ رَجُلٍ يُنَبِّئُكُمْ إِذَا مُزِّقْتُمْ كُلَّ مُمَزَّقٍ إِنَّكُمْ لَفِى خَلْقٍ جَدِيدٍ

Transliteration waqāla alladhīna kafarū hal nadullukum ʿalā rajulin yunabbi-ukum idhā muzziq'tum kulla mumazzaqin innakum lafī khalqin jadīdin

Dhivehi އަދި ކާފަރުންގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކަށް (رَسُولُ އަށް މަލާމާތްކުރުމުގެގޮތުން) ބުނެއެވެ. ކަލޭމެން މަރުވެގެން ވަޅުލައި ކަލޭމެންގެ މަސްތަކާއި ކަށިތައް ކުދިކުދިވެ އެކަށް ހަލާކެވެދިއުމަށްފަހުވެސް ކަލޭމެން އަލުން ދިރިގެން مَحْشَرُ ފޮނުވޭނެކަމަށް ބުނާމީހަކު ކަލޭމެނަށް ދައްކަން ހެއްޔެވެ؟ (އެއީ مُحَمَّدُ ގެފާނެވެ.)

Verse 8

أَفْتَرَىٰ عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةٌۢ ۗ بَلِ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ فِى ٱلْعَذَابِ وَٱلضَّلَـٰلِ ٱلْبَعِيدِ

Transliteration aftarā ʿalā l-lahi kadhiban am bihi jinnatun bali alladhīna lā yu'minūna bil-ākhirati fī l-ʿadhābi wal-ḍalāli l-baʿīdi

Dhivehi އޭނާ ފަހެ ﷲ އަށް ބޮޑުދޮގެއް ހަދަނީ ހެއްޔެވެ؟ ނުވަތަ އޭނާގެ ކިބައިގާ ޖިންނި ބަލިކަމެއް މޮޔަކަމެއްވަނީ ބާވައެވެ؟ މިއީ އެކާފަރުންގެބަހެވެ. އޭގެޖަވާބުގައި ﷲ އެއަންގަވަނީ އެހެންނަކުންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ إِيمَان ނުވާ މީސްތަކުން آخِرَة ދުވަހުން ވާނީ ގަދަ عَذَاب ގައެވެ. އަދި މިހާރު އެމީހުން އެވަނީ ވަރަށް ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.

Verse 9

أَفَلَمْ يَرَوْا۟ إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ إِن نَّشَأْ نَخْسِفْ بِهِمُ ٱلْأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفًا مِّنَ ٱلسَّمَآءِ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لِّكُلِّ عَبْدٍ مُّنِيبٍ

Transliteration afalam yaraw ilā mā bayna aydīhim wamā khalfahum mina l-samāi wal-arḍi in nasha nakhsif bihimu l-arḍa aw nus'qiṭ ʿalayhim kisafan mina l-samāi inna fī dhālika laāyatan likulli ʿabdin munībin

Dhivehi އެމީހުން ފަހެ އެމީހުންގެ ކުރިމަތީގައިވާ އުޑަށްނުބަލަނީ ބާވައެވެ. އަދި އެމީހުންގެ ފަހަތުގައިވާ ބިމަށްނުބަލަނީ ބާވައެވެ. (މިއިން ކޮންމެ އެއްޗަކީވެސް ބޮޑެތި عَجَائِب އެވެ. އެފަދަބޮޑެތި އެއްޗެހި ހެއްދެވި ފަރާތަކަށް މީސްތަކުން މަރުވުމައްފަހު مَحْشَرُ އަށް ފޮނުވުން ދަތިނުވާނެކަން ކޮންމެ ސަލާމަތް ބުއްދިއަކަށް އެގެންވާނެއެވެ.) ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ އެމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފީހެވެ. ނުވަތަ އެމީހުންގެ މައްޗަށް އުޑުން އެތިގަޑުތަކެއް ވަރައިލައިފީހެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި އެބަހީއުޑުތަކާއި ބިންހެއްދެވުމުގައި اއަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދަގަޑު މަޑުކޮށްދެއްވީމެވެ. (ދަގަޑުގައި އެކަލޭގެފާނުންގެފާނުން އަތްޕުޅުލެއްވީމާ އުއްގަޑެއްފަދައިން ނުވަތަ މޮޑެފައިވާ ފުއްގަޑެއްފަދައިން ދަގަޑު މަޑުވާކަމުގައިވެއެވެ.) އެކަމުގައިވެސް ﷲގެ حَضرَة އަށް تَوبَة ވެ رُجُوع ވާއަޅަކަށް عِبرَة ން ފުރިގެންވާ دَلِيل އާއި ހެކިވެއެވެ.

Verse 10

۞ وَلَقَدْ ءَاتَيْنَا دَاوُۥدَ مِنَّا فَضْلًا ۖ يَـٰجِبَالُ أَوِّبِى مَعَهُۥ وَٱلطَّيْرَ ۖ وَأَلَنَّا لَهُ ٱلْحَدِيدَ

Transliteration walaqad ātaynā dāwūda minnā faḍlan yājibālu awwibī maʿahu wal-ṭayra wa-alannā lahu l-ḥadīda

Dhivehi އަދިހަމަކަށަވަރުން دَاوُودُ عَلَيهِ السَّلاَم އަށް ތިމަންރަސްކަލާނގެ حَضرَة ން فَضْل ވަންތަކަން ދެއްވީމެވެ. (އެއީ نَبِي ކަމާއި زَبُور އެވެ. އަދިވެސް އެތައް نِعمَة އެކެވެ. އަދިއެކަލޭގެފާނާއި އެކު تَسبِيح ކިއުމަށް ފަރުބަދަތަކަށްވެސް ތިމަންރަސްކަލާނގެ އެންގެވީމެވެ. ފަހެ އެކަލޭގެފާނުންގެ ފަހަތުން ފަރުބަދަ ތައްވެސް تَسبِيح ކިއައެވެ. އަދި ދޫނިސޫފާސޫފިވެސް އެކަލޭގެފާނަށް ކިޔަމަންތެރި ކުރެއްވީމެވެ. އަދި އެސޮރުމެންވެސް އެކަލޭގެފާނާއިއެކު تَسبِيح ކިއުމަށް އެންގެވީމެވެ.) [އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ދަގަނޑު މަޑުކޮއްދެއްވީމެވެ.]

Verse 11

أَنِ ٱعْمَلْ سَـٰبِغَـٰتٍ وَقَدِّرْ فِى ٱلسَّرْدِ ۖ وَٱعْمَلُوا۟ صَـٰلِحًا ۖ إِنِّى بِمَا تَعْمَلُونَ بَصِيرٌ

Transliteration ani iʿ'mal sābighātin waqaddir fī l-sardi wa-iʿ'malū ṣāliḥan innī bimā taʿmalūna baṣīrun

Dhivehi އަދި (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) ކަލޭގެފާނު سَابِغَات ހައްދަވާށެވެ! އަދި އެވިއުމުގައި ބަދަހިކޮށް ހިމުންކޮށް ރަނގަޅަށް ހައްދަވާށެވެ! އަދި صَالِح عَمَل ކުރައްވާށެވެ! ހަމަކަށަވަރުން ކަލޭމެންކުރާ އެންމެހައި ކަންތައްތަކަށް ތިމަންރަސްކަލާނގެ ބައްލަވައިވޮޑިގެންވަމެވެ. سَابِغَة އަކީ މުޅިހަށިގަޑު ނިވައިވާގޮތަށް ހަދާފައިވާ ހަނގުރާމައިގެދަގަނޑު ލިބާހެކެވެ.

Verse 12

وَلِسُلَيْمَـٰنَ ٱلرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ ۖ وَأَسَلْنَا لَهُۥ عَيْنَ ٱلْقِطْرِ ۖ وَمِنَ ٱلْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِۦ ۖ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ ٱلسَّعِيرِ

Transliteration walisulaymāna l-rīḥa ghuduwwuhā shahrun warawāḥuhā shahrun wa-asalnā lahu ʿayna l-qiṭ'ri wamina l-jini man yaʿmalu bayna yadayhi bi-idh'ni rabbihi waman yazigh min'hum ʿan amrinā nudhiq'hu min ʿadhābi l-saʿīri

Dhivehi އަދިسُلَيْمَان عَلَيهِ السَّلاَم އަށް ތިމަންރަސްކަލާނގެ ވައިކިޔަމަންކޮށްދެއްވީމެވެ. ހެދުނު އެވައި سُلَيْمَان عَلَيهِ السَّلاَم އާއި ގެން ދަތުރުކޮށްފައި މެންދުރުވާއިރަށް އެއްމަސްދުވަހުގެ ރާސްތާއަށްދެއެވެ. އަދި ހަވީރުކޮޅުވެސް އެއްމަސްދުވަހުގެ ރާސްތާއަށް ދަތުރުކުރެއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ލޮއިގެ عَينُ (އާރު) ދިޔައިކޮއްދެއްވާ ހިންގައިދެއްވީމެވެ. އަދި އެކަލޭގެފާނުންގެ رَبّ ގެ إِذنَ ފުޅަށް އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި މަސައްކަތްކުރާނެ جِنّ ވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ކިޔަމަން ކޮށްދެއްވީމެވެ. އަދި އޭގެތެރެއިން އެއްވެސްއެއްޗެއް ތިމަންރަސްކަލާނގެ أَمرُ ފުޅާއި خِلاَف ވެ ނުކިޔަމަންތެރި ވެއްޖެއްޔާއި އަލިފާނުގެ عَذَاب ގެ ރަހަދައްކާހުށީމެވެ. ދަންނައެވެ! الحَسَنُ البَصَرِي އަށް حَوَالَه ދެއްވައި ابن كَثِير އެކަލޭގެފާނުންގެ تَفسِير ގައިލިއުއްވާފައިވެއެވެ. سُلَيْمَان عَلَيهِ السَّلاَم ދަތުރުފުޅު ކުރައްވަނީ ދޫލަކޮޅެއްގައެވެ. އެ ދޫލަކޮޅު އުފުލައިގެން ދަނީވައެވެ. دِمِشقُ ން ފުރުއްވައިގެން اصطَخر ކިޔާރަށަކަށް މެންދުރު ފަރިއްކޮޅަށް ފައިބާވަޑައިގަންނަވައެވެ. ދެންމެންދުރު އެތަނުން ފުރުއްވައިގެން ރޭގަނޑު އަވަހާރަފުޅުލައްޕަވަން كَابُل އަށް ވަޑައިގަންނަވައެވެ. މި دِمِشقُ އާއި اصطَخر އާއި ދެމެދު ހުންނަނީ ބާރަށް ދަތުރުކުރާމީހަކަށް އެއްމަސްދުވަހުގެ ރާސްތާއެވެ. އަދި اصطَخر އާއި كَابُل އާއި ދެމެދުވެސް ބާރަށްދަތުރުކުރާމީހަކަށް އެއްމަސްދުވަހުގެ ރާސްތާއެވެ. وَالله أَعْلَم. = تَفسِير ابن كَثِير = އަދިމިނޫން ގޮތްތަށްވެސް އެކަލޭގެފާނުންގެ ދަތުރުފުޅުގެ ވާހަކަވެއެވެ.

Verse 13

يَعْمَلُونَ لَهُۥ مَا يَشَآءُ مِن مَّحَـٰرِيبَ وَتَمَـٰثِيلَ وَجِفَانٍ كَٱلْجَوَابِ وَقُدُورٍ رَّاسِيَـٰتٍ ۚ ٱعْمَلُوٓا۟ ءَالَ دَاوُۥدَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ

Transliteration yaʿmalūna lahu mā yashāu min maḥārība watamāthīla wajifānin kal-jawābi waqudūrin rāsiyātin iʿ'malū āla dāwūda shuk'ran waqalīlun min ʿibādiya l-shakūru

Dhivehi އެސޮރުމެން އެބަހީ އެ جِنِّ ންގެ މީހުން سُلَيْمَان عَلَيهِ السَّلاَم އަށްޓަކައި އެކަލޭގެފާނު ވިދާޅުވިއެއްޗެއް އެކަލޭގެފާނު އެދިވަޑައިގެންނެވި ގޮތަކަށް ހައްދަވައިދެއްވައެވެ. އެސޮރުމެންހެދި ތަކެތީގެތެރޭގައި مِحرَاب ތަކާއި تِمثَال ތަކާއި އެތައްބަޔަކަށް އެއްފަހަރާކެވޭފަދަ ބޮޑެތި ތަށިވެއެވެ. އެތަކެތި ބޮޑެތި حَوض ފަދައެވެ. އަދި އުދުންމައްޗަށް އުދާފައިހުންނައިރު ވަޔާވެސް ހެލިނުލާފަދަ ސާބިތުކަމާއެކުހުންނަ ބޮޑެތި ތެލިވެސްވެއެވެ. (އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) އޭ دَاوُودُ ގެ آلٌ ންނޭވެ. ތިޔަބޭކަލުން ން صَالِح عَمَل ކުރައްވާށެވެ. އަދި ﷲ އަށް شُكُرُ ކުރާށެވެ. އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ތިމަންރަސްކަލާނގެއަށް شُكُرُ ކުރަނީ މަދުބައެކެވެ.\nދަންނައެވެ. مِحرَاب އަކީ: ރީތިބިނާތަކެވެ. އަދި އުސްގަނޑުވަރުތަކެވެ. އަދި ބުނެވެއެވެ. މިއާޔަތުގައި مِحرَاب ގެ މުރާދަކީ މިސްކިތެވެ. وَالله أَعْلَم.\nتِمثَال އަކީ ދިރޭއެއްޗެތީގެ صُورَة ގައި جِسمُ ހުންނަގޮތަށް ލޮއިން ނުވަތަ ބިއްލޫރިން ނުވަތަ މަރުމަރުހިލައިން ނުވަތަ އެނޫންވެސް އެއްޗަކުން ހަދާފައިވާ صُورَة އެވެ. އެ صُورَة ތައް އޭރުހަދާފައިހުރި ކަމަށްވަނީ نَبِي ބޭކަލުންގެ ސޫރައިގައްޔާއި مَلائِكَة ންގެ ސޫރަތަކާއި عَالِم ންނާއި صَالِحٌ ންގެ ސޫރައިގައެވެ. އަދި ބުނެވެނީ سُلَيْمَان عَلَيهِ السَّلاَم ގެ شَرِيعَة ގައި صُورَة ހުއްދަވެފައި مُحَمَّد ﷺ ގެ شَرِيعَة ގައި އެކަން މަނާވެގެންވާކަމުގައެވެ. وَالله أَعْلَم.

Verse 14

فَلَمَّا قَضَيْنَا عَلَيْهِ ٱلْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِۦٓ إِلَّا دَآبَّةُ ٱلْأَرْضِ تَأْكُلُ مِنسَأَتَهُۥ ۖ فَلَمَّا خَرَّ تَبَيَّنَتِ ٱلْجِنُّ أَن لَّوْ كَانُوا۟ يَعْلَمُونَ ٱلْغَيْبَ مَا لَبِثُوا۟ فِى ٱلْعَذَابِ ٱلْمُهِينِ

Transliteration falammā qaḍaynā ʿalayhi l-mawta mā dallahum ʿalā mawtihi illā dābbatu l-arḍi takulu minsa-atahu falammā kharra tabayyanati l-jinu an law kānū yaʿlamūna l-ghayba mā labithū fī l-ʿadhābi l-muhīni

Dhivehi ދެންފަހެ سُلَيْمَان عَلَيهِ السَّلاَم ގެ މައްޗަށް ތިމަންރަސްކަލާނގެ އަވަހާރަވުން ނިޔާކުރެއްވުމުން އެކަލޭގެފާނު އަވަހާރަވެގެން އަސާކޮޅު ބިންމަތީ ވިއްދައިގެން ގޮނޑިކޮޅުގައި އިންނެވިގޮތަށް އިންނެވީއެވެ. ކުރިފުޅުމަތީގައި ޖިންނީންތައް މަސައްކަތްކުރަނީއެވެ. އެކަލޭގެފާނު އަވަހާރަވެފައި އިންނެވިކަން ހަމައެކަކަށް ވެސްނޭގުނެވެ. އެނގުނީ ހަމައެކަނި އެކަލޭގެފާނުންގެ އަސާކޮޅު ކަތުރުފަނި ކައިގެން އަސާކޮޅު ބިދިގެން އެކަލޭގެފާނުއިންނެވި ގޮޑިކޮޅުން އަރިއަޅައިލައިގެން ވެއްޓިވަޑައިގަތީމައެވެ. އަކަލޭގެފާނު ވެއްޓިވަޑައިގަތުމުން ޖިންނިންވެސް އެމީހުންނަށް غَيْب ނޭނގޭ ކަމަށް އެއްބަސްވިއެވެ. އަދި غَيْب އެނގޭނަމަ އެފަދަބޮޑު އުނދަގުލުގައި ގަދަމަސައްކަތްކުރާކަށް އެއިހާނާތްތެރި عَذَاب ގައި ލަސްވެނުތިބީސްކަން ރަނގަޅަށް بَيَان ވެއެނގިއްޖެއެވެ.

Verse 15

لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ ۖ جَنَّتَانِ عَن يَمِينٍ وَشِمَالٍ ۖ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ ۚ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ

Transliteration laqad kāna lisaba-in fī maskanihim āyatun jannatāni ʿan yamīnin washimālin kulū min riz'qi rabbikum wa-ush'kurū lahu baldatun ṭayyibatun warabbun ghafūrun

Dhivehi ހަމަކަށަވަރުން سَبَأ قَبِيلَة ގެމީހުން ދިރިއުޅުނުތާގައި ﷲގެ قُدرَة ތެރިކަމުގެމައްޗަށް دَلِيل ކުރާ ވަރަށްބޮޑު دَلِيل އެއްވެއެވެ. ހެތްކެއްވެއެވެ. (سَبَأ އަކީ يَمَن ކަރައިގެ ތަނެކެވެ. އެމީހުންއުޅުނުތަނަށް ކިޔަނީ مَأرَب އެވެ. يَمَن ގެ ރަސްރަސްކަލުން އައިސްފައިވަނީ سَبَأ قَبِيلَة އިންނެވެ.) އެތާގައި ﷲލައްވާފައިވާ دَلِيل އަކީ އެމީހުންގެ ވާދީގެދެފަރާތުގައިވާ ދެބަގީޗާއެވެ. ކަނައަތްފަރާތުން ބަގީޗާއަކާއި ވައަތްފަރާތުން ބަގީޗާއެކެވެ. (އެމީހުން ދިރިއުޅުނު ގޮވަތިގެދޮރުތައް ހުރީ އެވާދީގައެވެ. އެބަގީޗާގައި ހުރީހާ ވައްތަރެއްގެ މޭވާވެއެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންނަށް އެންގެވީމެވެ.) ކަލޭމެން ކަލޭމެންގެ رَبُّ ގެ ރިޒުގުން ކައިބޮއި ހަދާށެވެ! އަދި އެކަލާނގެއަށް شُكُرُ ކުރާށެވެ! (ކަލޭމެންނަށް އެކަލާނގެ ދެއްވި ގިނަގުނަ نِعمَةَ ތަށްޓަކައި އެކަލާނގެ އަށް شُكُرُ ކޮށް އެކަލާނގެއަށް ކިޔަމަންތެރިވެ އުރެދުންތަކުން ދުރުވެގަންނާށެވެ.) ތިޔައީ ރަނގަޅު ރަށެކެވެ. ވައިފެން ރަނގަޅު މޭވާގިނަ ރަށެކެވެ. އަދި ތިޔަ نِعمَة ތައް ދެއްވި رَبُّ އަކީ އަޅުތަކުންގެ ފާފަފުއްސަވާ އޯގާވަންތަ رَبُّ އެކެވެ.

Verse 16

فَأَعْرَضُوا۟ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَـٰهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍ وَأَثْلٍ وَشَىْءٍ مِّن سِدْرٍ قَلِيلٍ

Transliteration fa-aʿraḍū fa-arsalnā ʿalayhim sayla l-ʿarimi wabaddalnāhum bijannatayhim jannatayni dhawātay ukulin khamṭin wa-athlin washayin min sid'rin qalīlin

Dhivehi ދެންފަހެ މިބައިމީހުން ﷲ އަށް شُكُرُ ކުރުމުން އެނބުރި ފުރަގަސްދީފިއެވެ. އަދި ﷲ އަށް ކާފަރުވެއްޖެއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ މައްޗަށް ގަދަފަދަ ސައިލެއް ފޮނުއްވީމެވެ. އެސައިލް އެމީހުންގެ ގެދޮރުތައްވަށައިލައި ބަގީޗާތައް ހަލާކުކޮށްފިއެވެ. އަދި އެމީހުންގެ އެމޮޅުދެބަގީޗާ އެހެން ދެބަގީޗާއަކަށް ތިމަންރަސްކަލާނގެ ބަދަލުކޮށްލައިފީމެވެ. ފަހުގެ ދެބަގީޗާގެ ގަސް ގަހާގެއްސައް ހުރީ އޭގެ މޭވާހިތި އަދި ގަހުގައި ކަށިހުންނަ ޒާތުގެގަހެވެ. އަދި أَثَل ކިޔާގަހެކެވެ. އެއީ މޭވާ ނުވެސް އަޅާގަހެކެވެ. އަދި ކުޑަކުޑަކޮށް ކުންނާރުގަހެވެ.

Verse 17

ذَٰلِكَ جَزَيْنَـٰهُم بِمَا كَفَرُوا۟ ۖ وَهَلْ نُجَـٰزِىٓ إِلَّا ٱلْكَفُورَ

Transliteration dhālika jazaynāhum bimā kafarū wahal nujāzī illā l-kafūra

Dhivehi އެމީހުންނަށް އެޖަޒާދެއްވީ އެމީހުން نِعمَة އަށް شُكُرُ ނުކޮށް ﷲ އަށް ކާފަރުވުމުގެ ސަބަބުންނެވެ. ފަހެ ކާފަރުވެއްޖެ ބަޔަކަށް މެނުވީ ތިމަންރަސްކަލާނގެ އެފަދަޖަޒާ ދެއްވަން ހެއްޔެވެ؟ އެބަހީ ކާފަރުވެއްޖެ ބަޔަކަށް މެނުވީ އެފަދަޖަޒާ ނުދެއްވަމެވެ.

Verse 18

وَجَعَلْنَا بَيْنَهُمْ وَبَيْنَ ٱلْقُرَى ٱلَّتِى بَـٰرَكْنَا فِيهَا قُرًى ظَـٰهِرَةً وَقَدَّرْنَا فِيهَا ٱلسَّيْرَ ۖ سِيرُوا۟ فِيهَا لَيَالِىَ وَأَيَّامًا ءَامِنِينَ

Transliteration wajaʿalnā baynahum wabayna l-qurā allatī bāraknā fīhā quran ẓāhiratan waqaddarnā fīhā l-sayra sīrū fīhā layāliya wa-ayyāman āminīna

Dhivehi އަދި އެމީހުންގެ ރައްތަކާއި އަދި އެރަށްތަކުގައި ތިމަންރަސްކަލާންގެ ބަރަކާތް ލެއްވި (شَام ކަރައިގެ) ރައްތަކާއި ދެމެދު ގުޅިފައިވާ ރައްތަކެއް ލެއްވީމެވެ. އަދި އެތަންތާނގެ ދަތުރުފަތުރު ތިމަންރަސްކަލާންގެ މިންވަރުކުރެއްވީމެވެ. (މިދެމެދު ރަށްތަކަކީ ވިޔަފާރި ބަނދަރުތަކެކެވެ. އަދި އެރަށްތައް ލައްވާފައިވާނީ ހެނދުނު އެއްރަށުން ފުރައިގެން މެންދުރުވާއިރަށް އަނެއްރަށަށް އާދެވޭ ވަރަށެވެ. އަދި ހަވީރު ފުރައިގެން ރޭގަނޑު ނިދަން އަނެއްރަށަށް އާދެވޭ ވަރަށެވެ. (އަދި ތިމަން ރަސްކަލާނގެ އެމީހުނަށް އެންގެވީމެވެ.) ކަލޭމެން އަމާން ކަމާއިއެކު ރޭގަނޑުތަކާއި ދުވާލުތަކުގައި އެރަށްރަށަށް ދަތުރުކޮށް ހަދާށެވެ.

Verse 19

فَقَالُوا۟ رَبَّنَا بَـٰعِدْ بَيْنَ أَسْفَارِنَا وَظَلَمُوٓا۟ أَنفُسَهُمْ فَجَعَلْنَـٰهُمْ أَحَادِيثَ وَمَزَّقْنَـٰهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ

Transliteration faqālū rabbanā bāʿid bayna asfārinā waẓalamū anfusahum fajaʿalnāhum aḥādītha wamazzaqnāhum kulla mumazzaqin inna fī dhālika laāyātin likulli ṣabbārin shakūrin

Dhivehi ދެން ފަހެ އެމީހުން ދެންނެވިއެވެ. އޭ އަޅަމެންގެ رَبُّ އެވެ! އަޅަމެންނަށް އަޅަމެންގެ ދަތުރުތަށް ދުރުކޮށްދެއްވާނދޭވެ! އަދި އެމީހުން އެމީހުންގެ އަމިއްލަ نَفْسُ ތަކަށް އަނިޔާވެރިވެގެންފިއެވެ. ދެން ތިމަން ރަސްކަލާނގެ ހުރިހާގޮތަކުން އެމީހުން ހަލަކު ކުރައްވައި ފަހުން އަންނަ މީހުންގެ ދޫތަކުގެ މަތީގައި ދެކެވޭ ވާހަކައެއް ކަމުގައި އެމީހުންގެ ކަންތަށް ލައްވައިފީމެވެ. ފަހެ ގިނަގިނައިން ކެތްތެރިވާ އަދި ގިނައިން شُكُرُ ކުރާ ކޮންމެ އަޅަކަށް ކަނޑަ އެޅި بَيَان ވެގެންވާ دَلِيل އާއި ހެކި އަދި عِبرَة އާއި نَصِيحَة މިވާހަކަތަކުގައިވެއެވެ.

Verse 20

وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًا مِّنَ ٱلْمُؤْمِنِينَ

Transliteration walaqad ṣaddaqa ʿalayhim ib'līsu ẓannahu fa-ittabaʿūhu illā farīqan mina l-mu'minīna

Dhivehi އަދި އެބައިމީހުންގެ މައްޗަށް إِبْلِيسُ ކުރިހީ އޭނާ ތެދުކޮށް ދައްކައިފިއެވެ. (އިބިލީސް ކުރިހީއަކީ، އެމީހުންނަށް ވަސްވާސްދީ ދުނިޔޭގެ ޒީނަތްތެރިކަމުގެ ތެރެއަށް ވެއްދީމާ އެމީހުން އޭނާޔާ تَبَعُ ވާނޭ ކަމަށެވެ. އެގޮތަށް ކަންވެ ނިމުނީއެވެ.) مُؤمِنٌ ންގެ ތެރެއިން جَمَاعَةއްގެ ބަޔަކުމެނުވީ އެސޮރާ تَبَعُ ވިއެވެ

Verse 21

وَمَا كَانَ لَهُۥ عَلَيْهِم مِّن سُلْطَـٰنٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِٱلْـَٔاخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّ ۗ وَرَبُّكَ عَلَىٰ كُلِّ شَىْءٍ حَفِيظٌ

Transliteration wamā kāna lahu ʿalayhim min sul'ṭānin illā linaʿlama man yu'minu bil-ākhirati mimman huwa min'hā fī shakkin warabbuka ʿalā kulli shayin ḥafīẓun

Dhivehi އަދި އެ مُؤمِنٌ ންގެ މައްޗަށް އެއްވެސް ބާރެއް އެސޮރަށް ލިބިގެން ނުވެއެވެ. (އަދި އެސޮރާ تَبَعُ ވާ މީހުންނަށްވެސް އެސޮރު ވަސްވާސްދީ فَاحِش ކަން ޒީނަތްތެރިކޮށްދިނުން ނޫން އެހެންބާރެއް ނޯވެއެވެ.)\nއެކަންތަށް ތިމަން ރަސްކަލާނގެ އެގޮތަށްލެއްވީ އެމީހުންގެ ތެރެއިން آخِرَة ދުވަހަށް އީމާންވާމީހުންނާއި އަދި އެކަމާމެދު ޝައްކުގައިވާމިހުން ދެނެވޮޑިގެންވާކަން ފާޅުކުރުމަށެވެ. އަދި ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި رَبُّ ހުރިހާކަމެއް ހިމަނުއްވައި ބަލަހަށްޓަވައި ރައްކާތެރިކުރައްވައެވެ.

Verse 22

قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُۥ مِنْهُم مِّن ظَهِيرٍ

Transliteration quli id'ʿū alladhīna zaʿamtum min dūni l-lahi lā yamlikūna mith'qāla dharratin fī l-samāwāti walā fī l-arḍi wamā lahum fīhimā min shir'kin wamā lahu min'hum min ẓahīrin

Dhivehi (އޭ رَسُولُ ﷲ އެވެ!) ﷲ ފިޔަވައި ބުދުތައްއެއީ إِله ން ކަމުގައި ހަދައިގެން އެއިން شَفَاعَة އެއް ލިބޭނެކަމަށް ހީކޮށްގެން އުޅޭމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެންނަށް ޖެހުނުއުނދަގުލާއި مُصِيبَة ދުރުކުރުމަށް އެތަކެއްޗަށް ގޮވާށެވެ! މިއީ مَكَّة ގެ أَهلُ ވެރިންނަށް ޖެހުނު ތަދުމަޑު ދުވަސްވަރަށް إَشَارَة ކުރަށްވާ އާޔަތެކެވެ. އަލުންވެސް އެތަކެއްޗަށް އެއްވެސް އެހީއެއް ނުވެވޭނެކަން ﷲ އެއަންގަވަނީއެވެ.) އުޑުތަކާއި އަދި ބިމުގައިވެސް އެއްވެސް އެއްޗެއް ذَرَّة އެއްގެ ބުރަދަނުގެ މިންވަރުވެސް އެބުދުތަކަށް مِلك ވެގެން ނުވެއެވެ. އަދި އެދެތަނުން ކުރެތަނެއްގައި އެތަކެއްޗަށް އެއްވެސް ބައިވެރިވުމެއް حِصَّة އެއް ނުވެއެވެ. އަދި އެތަކެތީގެ ފަރާތުން އެކަލާނގެއަށް އެއްވެސް އެހީތެރިކަމެއް ވާގިވެރިކަމެއް ބޭނުންވެ ވޮޑިގެންނުވެއެވެ.

Verse 23

وَلَا تَنفَعُ ٱلشَّفَـٰعَةُ عِندَهُۥٓ إِلَّا لِمَنْ أَذِنَ لَهُۥ ۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا۟ مَاذَا قَالَ رَبُّكُمْ ۖ قَالُوا۟ ٱلْحَقَّ ۖ وَهُوَ ٱلْعَلِىُّ ٱلْكَبِيرُ

Transliteration walā tanfaʿu l-shafāʿatu ʿindahu illā liman adhina lahu ḥattā idhā fuzziʿa ʿan qulūbihim qālū mādhā qāla rabbukum qālū l-ḥaqa wahuwa l-ʿaliyu l-kabīru

Dhivehi އަދި އެމީހަކަށް އެކަލާނގެ إِذنَ ދެއްވި އަޅަކަށްމެނުވީ އެކަލާނގެ حَضْرَة ގައި شَفَاعَة ގެ އެއްވެސް مَنفَع އެއްނުވާނެއެވެ. (މަލާއިކަތްބޭކަލުންގެ حَال ކޮޅު އެކަލާންގެ وَحِي ބާވައިލައްވާ ވަގުތު ހުންނަގޮތް އަންނަނިވި އާޔަތުން ބަޔާންވެއެވެ. އެކަލާންގެ ބަސްފުޅުގެ مُقَابِل ގައި އެބޭކަލުންވެސް ހޭފުޅުނެތެވެ. އެހެންވީއިރު އެއިންފަރާތަކަށްވެސް އަޅުކަންކުރުން حَقّ އެއް ނޫނެވެ. އެބޭފުޅުން ހޭފުޅުނެތި ތިއްބެވުމައްފަހު) ހިތްޕުޅުތަކުން ބިރުފުޅުފިލައި ހޭފުޅުއެރީމާ އެއިން އެއްބޭކަލަކު އަނެއްބޭކަލަކަށް ވިދާޅުވާނެއެވެ އަޅަމެންގެ رَبُّ وَحِى ކުރެއްވީ ކޮން އެއްޗެއްތޯއެވެ؟ އަދި އެބޭކަލުން ވިދާޅުވާނެއެވެ. އެއީ ހަމަ حَقّ އެވެ. އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ ހައިބަބޮޑު ކަލާނގެއެވެ.

Verse 24

۞ قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قُلِ ٱللَّهُ ۖ وَإِنَّآ أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِى ضَلَـٰلٍ مُّبِينٍ

Transliteration qul man yarzuqukum mina l-samāwāti wal-arḍi quli l-lahu wa-innā aw iyyākum laʿalā hudan aw fī ḍalālin mubīnin

Dhivehi (އޭ رَسُولُ ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުންނާބިމުން ކަލޭމެންނަށް ރިޒުޤު ދެއްވާނީ ކާކުހެއްޔެވެ؟ (ކަލޭމެންގެ إِلهން ތަކަށް އެއިން އެއްވެސް ކަމެއްނުވާނެކަން މިހާރު ސާބިތުވެއްޖެއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ހަމަ ﷲ އެވެ. ހަމަކަށަވަރުން އަހަރެމެން مُؤمِنٌ ންނާއި ކަލޭމެން ކާފަރުންނާއި ދެބައިމީހުންކުރެ އެއްބަޔަކު ކަނޑައެޅިގެން ތެދުމަގުގައިވެއެވެ. އަނެއްބަޔަކު ބަޔާންވެގެންވާ މަގުފުރެދުމެއްގައިވެއެވެ.

Verse 25

قُل لَّا تُسْـَٔلُونَ عَمَّآ أَجْرَمْنَا وَلَا نُسْـَٔلُ عَمَّا تَعْمَلُونَ

Transliteration qul lā tus'alūna ʿammā ajramnā walā nus'alu ʿammā taʿmalūna

Dhivehi އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެމެން ކުރާކުށަކާއިމެދު ކަލޭމެނާ ސުވާލު ނުވެވޭނެއެވެ. އަދި ކަލޭމެން ކުރަމުންދާ ކަންތަކާއިމެދު އަހުރެމެންނާއި ސުވާލު ނުވެވޭނެއެވެ.

Verse 26

قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِٱلْحَقِّ وَهُوَ ٱلْفَتَّاحُ ٱلْعَلِيمُ

Transliteration qul yajmaʿu baynanā rabbunā thumma yaftaḥu baynanā bil-ḥaqi wahuwa l-fatāḥu l-ʿalīmu

Dhivehi އޭ رَسُولُ ﷲއެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އަހަރުމެންގެ رَبُّ (قِيَامَة ދުވަހުން) އަހަރެމެން ޖަމާކޮށްދެއްވާނެއެވެ. އަދި އަހުރެމެން އެންމެންގެ މެދުގައި އެކަލާނގެ حُكُم ކޮށްދެއްވާނެއެވެ. (ކިޔަމަންތެރިންނަށް ثوَاب ދެއްވައި ނުކިޔަމަންތެރިންނަށް عَذَاب ދެއްވާނެއެވެ.) އަދިއެކަލާނގެއީ حَقُّ ގޮތުގައި ނިޔާކުރައްވާ އަދިއެންމެހައިކަންތައް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 27

قُلْ أَرُونِىَ ٱلَّذِينَ أَلْحَقْتُم بِهِۦ شُرَكَآءَ ۖ كَلَّا ۚ بَلْ هُوَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ

Transliteration qul arūniya alladhīna alḥaqtum bihi shurakāa kallā bal huwa l-lahu l-ʿazīzu l-ḥakīmu

Dhivehi (އޭ رَسُولُ ﷲއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އެކަލާނގެއާއި شَرِيكُ ކޮށް ގުޅައިގެން އުޅުނު إِله ންތައް އަހުރެމެންނަށް ނިކަންދައްކައިބަލާށެވެ! (އެތަކެތި އަހުރެމެންދެކިލާށެވެ. އަދި އެތަކެއްޗަށް ކުޅަދާނަވެގެންވަނީ ކޮންކަމެއްތޯދެކިލާށެވެ.)\nއެއްގޮތަކަށްވެސް އެބުދުތަކަކީ إِله ން ތަކެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ إِله އަކީ ހަމައެކަނި ގަދަކީރިތިވަންތަ حِكمَة ވަންތަކަލާނގެއެވެ. ﷲއެވެ.

Verse 28

وَمَآ أَرْسَلْنَـٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

Transliteration wamā arsalnāka illā kāffatan lilnnāsi bashīran wanadhīran walākinna akthara l-nāsi lā yaʿlamūna

Dhivehi އޭ رَسُولُ ﷲ އެވެ! އެންމެހައިމީސްތަކުންގެ ގާތަށް މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رَسُولُ ކަމާއިގެން ފޮނުއްވާފައިނުވާނެވެ. (އެބަހީ ކަލޭގެފާނު رَسُولُ ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީއެންމެހައިމީސްތަކުންގެ ގާތަށެވެ. (ކަޅެއްދޮނެއް عَرَبى އެއް عَجَمِى އެއް ވަކިތަފާތެއް ނޯންނާނެއެވެ.) އެއީ ސުވަރުގޭގެ ވާހަކައިން މީސްތަކުންނަށް އުފާވެރިކަމުގެ خَبَرُ ދެއްވުމަށާއި ނަރަކައިގެ ވާހަކައިން މީސްތަކުންނަށް ބިރުގަންނަވާ حَالُ ގައެވެ. އަދި އެކަމަކު މީސްތަކުންކުރެ ގިނަމީހުންނަކަށް އެގޮތެއްނޭގެއެވެ.

Verse 29

وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ

Transliteration wayaqūlūna matā hādhā l-waʿdu in kuntum ṣādiqīna

Dhivehi އަދި އެކާފަރުންގެ މީހުން މަލާމާތަށް ބުނެއެވެ. ކަލޭމެންތިޔަ ބުނަނީ ތެދެއްކަމުގައިވަންޏާ ތިޔަ وَعدُ ކުރާ قِيَامَة ދުވަސް ދެންއަންނާނީ ކޮންއިރަކުން ހެއްޔެވެ؟

Verse 30

قُل لَّكُم مِّيعَادُ يَوْمٍ لَّا تَسْتَـْٔخِرُونَ عَنْهُ سَاعَةً وَلَا تَسْتَقْدِمُونَ

Transliteration qul lakum mīʿādu yawmin lā tastakhirūna ʿanhu sāʿatan walā tastaqdimūna

Dhivehi ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! އެކަމަށް ކަލޭމެންނަށް ކަނޑައެޅި عَيَّن ވެގެންވާ ދުވަސްވެއެވެ. އެދުވަސް ހަމަޖެހުމުން އެންމެތަންކޮޅެއްލަހެއްވެސް ނުވާނެއެވެ، އަދި އަވަހެއްވެސް ނުވާނެއެވެ. ހަމަ ގަޑިއަށް އެކަން ހަމަޖެހޭނެއެވެ.

Verse 31

وَقَالَ ٱلَّذِينَ كَفَرُوا۟ لَن نُّؤْمِنَ بِهَـٰذَا ٱلْقُرْءَانِ وَلَا بِٱلَّذِى بَيْنَ يَدَيْهِ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّـٰلِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ ٱلْقَوْلَ يَقُولُ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ لَوْلَآ أَنتُمْ لَكُنَّا مُؤْمِنِينَ

Transliteration waqāla alladhīna kafarū lan nu'mina bihādhā l-qur'āni walā bi-alladhī bayna yadayhi walaw tarā idhi l-ẓālimūna mawqūfūna ʿinda rabbihim yarjiʿu baʿḍuhum ilā baʿḍin l-qawla yaqūlu alladhīna us'tuḍ'ʿifū lilladhīna is'takbarū lawlā antum lakunnā mu'minīna

Dhivehi އަދި ކާފަރުންގެ މީހުންބުނެއެވެ. އަހުރެމެން މި قُرُآن އަކަށްވެސް އަދި އޭގެ ކުރީގެ ފޮތަކަށްވެސް (ބާވައިލެއްވި އެއްވެސް ފޮތަކަށް) إِيمَان އެއް ނުވާނަމެވެ. އަދި އަނިޔާވެރިންތައް يَعنِي مُشرِكٌ ން ތައް (ހިސާބު ބެއްލެވުމަށް އެބައިމީހުންގެ رَبُّ ގެ حَضْرَة އަށް) ގެނެވި ބަންދުވެ ހިފެހެއްޓިގެންވަނިކޮށްކަލޭގެފާނު ދެކެވަޑައި ގަންނަވާނެނަމައެވެ. އެވަގުތު އޭގެ އެއްބަޔަކު އަނެއްބަޔަކަށް ރުޅިއައިސްގެންނާއި އަދި ހިތާމައިގެގޮތުން ބަސްތައްބުނަމުން ދެފަރާތުން ވާހަކަތައް ބަދަލުކުރެވޭނެއެވެ. އަދި އޭގެ ތެރޭގައި ތިބި ދެރަވަރު ނިކަމެތި ضَعِيفٌ މީހުން ބޮޑާ كِبْرُ ވެރި މީހުންނާއި ދިމާއަށް ބުނާނެއެވެ. ކަލޭމެން އަހުރެމެންނާއި އެކުނުވިނަމަ ހަމަކަށަވަރުން އަހުރެމެން مُؤمِنٌ ން ކަމުގައިވީމުހެވެ.

Verse 32

قَالَ ٱلَّذِينَ ٱسْتَكْبَرُوا۟ لِلَّذِينَ ٱسْتُضْعِفُوٓا۟ أَنَحْنُ صَدَدْنَـٰكُمْ عَنِ ٱلْهُدَىٰ بَعْدَ إِذْ جَآءَكُم ۖ بَلْ كُنتُم مُّجْرِمِينَ

Transliteration qāla alladhīna is'takbarū lilladhīna us'tuḍ'ʿifū anaḥnu ṣadadnākum ʿani l-hudā baʿda idh jāakum bal kuntum muj'rimīna

Dhivehi އަދި ނިކަމެތި ضَعِيفٌ މީހުންނަށް ކިބުރުވެރި ބޮޑާމީހުން ބުނެއެވެ. ކަލޭމެން ގާތަށް ތެދުމަގު އައިހިނދުން ކަލޭމެންތެދުމަގުން މަނާކޮށް ދުރުކުރީ އަހުރެމެން ހެއްޔެވެ؟ އެހެންނަކުން ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ވީހަމަ مُجْرِمٌ ން ކަމުގައެވެ.

Verse 33

وَقَالَ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ بَلْ مَكْرُ ٱلَّيْلِ وَٱلنَّهَارِ إِذْ تَأْمُرُونَنَآ أَن نَّكْفُرَ بِٱللَّهِ وَنَجْعَلَ لَهُۥٓ أَندَادًا ۚ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ وَجَعَلْنَا ٱلْأَغْلَـٰلَ فِىٓ أَعْنَاقِ ٱلَّذِينَ كَفَرُوا۟ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ

Transliteration waqāla alladhīna us'tuḍ'ʿifū lilladhīna is'takbarū bal makru al-layli wal-nahāri idh tamurūnanā an nakfura bil-lahi wanajʿala lahu andādan wa-asarrū l-nadāmata lammā ra-awū l-ʿadhāba wajaʿalnā l-aghlāla fī aʿnāqi alladhīna kafarū hal yuj'zawna illā mā kānū yaʿmalūna

Dhivehi އަދި ނިކަމެތި ضَعِيفٌ މީހުން ކިބުރުވެރިބޮޑާ މީހުންނާ ދިމާއަށް ބުނާނެއެވެ. އެއްގޮތަކަށްވެސް އެހެނެއްނޫނެވެ. ކަލޭމެން ރޭގަނޑާއި ދުވާލު ޒާތްޒާތުގެ مَكْرُ ތައް ހަދައި ރޭވުންތައް ރާވައި ﷲ އަށް ކާފަރުވުމަށް އަހުރެމެންނަށް أَمْرُ ކުރީއެވެ. އަދި އެކަލާނގެއަށް شَرِيكُ ން ތަކާ އެއްފަދަ مِثَال ތައް ލުމަށް އަހުރެމެންނަށް أَمْرُ ކުރީއެވެ. (ދެން އެމީހުން އެއްބަޔަކު އަނެއްބަޔަކަށް) ހިތާމަތައް ވަންހަނާ ކުރާނެއެވެ. އެއީ އެމީހުން ކުރި كُفْرُ ގެ عَمَل ތަކުގެ މައްޗަށެވެ. އެކަން އެހެން ހިނގާނީ އެމީހުންނަށް عَذَاب ފެންނަ ހިނދުންނެވެ. އަދި ކާފަރުވި މީސްތަކުންގެ ކަނދުރާތަކުގައި (އެމީހުން ނަރަކައިގާ ތިބޭހިނދު) ދަގަނޑުގެ ކަސްތަޅުތައް ތިމަންރަސްކަލާނގެ އަޅުވާހުށީމެވެ. އެމީހުންނަށް ފަހެ އެމީހުންކުރިކަންތަކުން މެނުވީ جَزَآءُ ލިބޭނެ ހެއްޔެވެ؟ އެބަހީ އެމީހުންނަށް އެ جَزَآءُ އެލިބެނީ އެމީހުން ކުރިކަންތަކުންނެވެ.

Verse 34

وَمَآ أَرْسَلْنَا فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ

Transliteration wamā arsalnā fī qaryatin min nadhīrin illā qāla mut'rafūhā innā bimā ur'sil'tum bihi kāfirūna

Dhivehi އެއްވެސް ރަށަކަށް ތިމަންރަސްކަލާނގެ نَذِير އަކު ފޮނުވައިފިއްޔާ އެރަށެއްގައި ތިބޭ މުއްސަނދި ނުބައި އަދި މަތީފަންތީގެ މީހުން އެބޭކަލަކާ ދިމާއަށް "އަހުރެމެން މިތިބީ ތިޔަބޭކަލުން އެއެއްޗަކާއިގެން ފޮނުވުނު އެއްޗަށް ކާފަރުވެގެންނެވެ". މިހެން ނުބުނާ އެއްވެސް ބޭކަލަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ.

Verse 35

وَقَالُوا۟ نَحْنُ أَكْثَرُ أَمْوَٰلًا وَأَوْلَـٰدًا وَمَا نَحْنُ بِمُعَذَّبِينَ

Transliteration waqālū naḥnu aktharu amwālan wa-awlādan wamā naḥnu bimuʿadhabīna

Dhivehi އަދި އެމީހުން ބުނެއެވެ. މުދަލުގެ ގޮތުންނާއި ދަރީންގެ ގޮތުން އަހުރެމެން މާތަނަވަސްވެފައި ފޯރުންތެރިކަން ބޮޑެވެ. އަދި އަހުރެމެންނަކީ آخِرَة ދުވަހުން عَذَاب ލިބޭނޭ ބަޔަކުކަމުގައި ނުވެއެވެ.

Verse 36

قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

Transliteration qul inna rabbī yabsuṭu l-riz'qa liman yashāu wayaqdiru walākinna akthara l-nāsi lā yaʿlamūna

Dhivehi އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި رَبُّ އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުޤު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުޤު މަދުކުރަށްވައި ދަތިކުރައްވައެވެ. (އެއީ އެކަލާނގެ ފުރިހަމަ حِكْمَة ފުޅެކެވެ.) އެކަމަކު ގިނަމީހުންނަކަށް ނޭނގެއެވެ.

Verse 37

وَمَآ أَمْوَٰلُكُمْ وَلَآ أَوْلَـٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَـٰلِحًا فَأُو۟لَـٰٓئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُوا۟ وَهُمْ فِى ٱلْغُرُفَـٰتِ ءَامِنُونَ

Transliteration wamā amwālukum walā awlādukum bi-allatī tuqarribukum ʿindanā zul'fā illā man āmana waʿamila ṣāliḥan fa-ulāika lahum jazāu l-ḍiʿ'fi bimā ʿamilū wahum fī l-ghurufāti āminūna

Dhivehi ތިޔަބައިމީހުންގެ މުދަލާއި ދަރީންނަކީ ތިމަންރަސްކަލާނގެ رَحْمَة އާއި ރުހިވޮޑިގަތުމަށް ގާތްވުމަށް ކުއްތަންވެ ގާތްކަން ހޯދޭނެއެއްޗެއްކަމުގައި ނުވެއެވެ. ހަމައެކަނި ގާތްކަމާއި ކުއްތަންވުން ހޯދޭނީ އީމާންވެގެން صَالِحُ عَمَل ކުރިބަޔަކަށެވެ. ފަހެ އެމީހުންނަށް އެމީހުންކުރި ހެޔޮ عَمَل ގެ جَزَآءُ އެތައްގުނައަކަށް ގިނަވެގެން ލިބޭހުއްޓެވެ. އެމީހުން آخِرَة ދުވަހުން ވާހުށީ ސުވަރުގޭގައި އަމާންވެގެންވާ حَالُ އެތާގެ ކޮޓަރިކޮޅުތަކުގައެވެ.

Verse 38

وَٱلَّذِينَ يَسْعَوْنَ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ

Transliteration wa-alladhīna yasʿawna fī āyātinā muʿājizīna ulāika fī l-ʿadhābi muḥ'ḍarūna

Dhivehi އަދި ތިމަންރަސްކަލާނގެ އާޔަތްތައް بَاطِل ކޮށް ނުކުޅައްދައިލުމަށް މަސައްކަތަކުރާމީހުން ދަންނައެވެ. ފަހެ އެމީހުން آخِرَة ދުވަހުން عَذَاب ގެތެރެއަށް حَاضِرُ ކުރެވޭނެއެވެ. ނުވަތަ زَبَانِيَّة މަލާއިކަތްބޭކަލުން އެމީހުން ނަރަކައިގެ عَذَاب އަށް حَاضِرُ ކުރައްވާނެއެވެ.

Verse 39

قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥ ۚ وَمَآ أَنفَقْتُم مِّن شَىْءٍ فَهُوَ يُخْلِفُهُۥ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ

Transliteration qul inna rabbī yabsuṭu l-riz'qa liman yashāu min ʿibādihi wayaqdiru lahu wamā anfaqtum min shayin fahuwa yukh'lifuhu wahuwa khayru l-rāziqīna

Dhivehi އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ رَبُّ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް رِزْقُ ތަނަވަސްކުރައްވައި ގިނަކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުޤު މަދުކުރައްވައި ދަތިކުރައްވައެވެ. ފަހެ ކަލޭމެން ހެޔޮކަމުގެ މަގުގައި ހޭދަކުރި ކޮންމެ އެއްޗެއް އެއެއްޗެއްގެ ބަދަލު އެކަލާނގެ ފަހުން ކަލޭމެންނަށް ދެއްވާނެއެވެ. އޭގެ ދަރުމަ ކަލޭމެންނަށް ލިބޭހުއްޓެވެ. އަދި އެކަލާނގެއީ رِزْقُ ދެއްވާ އެންމެ ހެޔޮފަރާތެވެ.

Verse 40

وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَـٰٓئِكَةِ أَهَـٰٓؤُلَآءِ إِيَّاكُمْ كَانُوا۟ يَعْبُدُونَ

Transliteration wayawma yaḥshuruhum jamīʿan thumma yaqūlu lil'malāikati ahāulāi iyyākum kānū yaʿbudūna

Dhivehi އަދި އެއެންމެން އެކަލާނގެ އެއްކުރައްވައި مَحْشَر ކުރައްވާ ދުވަހުން (އެއެންމެން އެއްކުރައްވާފައި) ދެން އެކަލާނގެ މަލާއިކަތްބޭކަލުން ކުރެން އައްސަވާ ސުވާލުކުރައްވާނެއެވެ. މި މީހުން މިއީ ކަޑައެޅިގެން ކަލޭމެނަށް އަޅުކަންކުރި މީހުންހެއްޔެވެ؟

Verse 41

قَالُوا۟ سُبْحَـٰنَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا۟ يَعْبُدُونَ ٱلْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ

Transliteration qālū sub'ḥānaka anta waliyyunā min dūnihim bal kānū yaʿbudūna l-jina aktharuhum bihim mu'minūna

Dhivehi އެބޭކަލުން ދަންނަވާނެއެވެ. އިބަރަސްކަލާނގެ ހުސް طَاهِرُ ވަންތައެވެ. އިބަރަސްކަލާނގެއީ އެމީހުން ފިޔަވައި އަޅަމެންގެ ސަހަރޯވެރި ކަލާނގެއެވެ. އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްތޯއެވެ؟ އެމީހުންވީ ޖިންނިންނަށް އަޅުކަންކުރާ ބަޔަކު ކަމުގައެވެ. އެމީހުންކުރެ ގިނަމީހުން إِيمَان ވެގެންވަނީ އެޖިންނީންނަށެވެ.

Verse 42

فَٱلْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍ نَّفْعًا وَلَا ضَرًّا وَنَقُولُ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّتِى كُنتُم بِهَا تُكَذِّبُونَ

Transliteration fal-yawma lā yamliku baʿḍukum libaʿḍin nafʿan walā ḍarran wanaqūlu lilladhīna ẓalamū dhūqū ʿadhāba l-nāri allatī kuntum bihā tukadhibūna

Dhivehi (الله تَعَالى وَحِي ކުރައްވާނެތެވެ.) މިއަދު ކަލޭމެން ދެބައިމީހުންކުރެ އެއްބަޔަކުވެސް (އެއީ އަޅުކަންކުރި މީހުންނާއި އަޅުކަން ވެވުނުމީހުންނެވެ.) އަނެއްބަޔަކަށް مَنْفَع އެއް ދިނުމެއް ނުވަތަ ގެއްލުމެއް ދިނުމެއްވިޔަސް مِلْكُ ވެގެންނުވެއެވެ. އަދި އަނިޔާވެރިންނަށް يَعْنِي مُشرِكٌ ންނަށް ތިމަންރަސްކަލާނގެ އަންގާ ހުށީމެވެ. ކަލޭމެން ނަރަކައިގެ عَذَاب ގެ ރަހަލިބިގަންނާށެވެ. އެ ނަރަކައަކީ ކަލޭމެން އެނަރަކަ ދޮގުކުރާ ކަމުގައިވި ނަރަކައެވެ.

Verse 43

وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالُوا۟ مَا هَـٰذَآ إِلَّا رَجُلٌ يُرِيدُ أَن يَصُدَّكُمْ عَمَّا كَانَ يَعْبُدُ ءَابَآؤُكُمْ وَقَالُوا۟ مَا هَـٰذَآ إِلَّآ إِفْكٌ مُّفْتَرًى ۚ وَقَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ

Transliteration wa-idhā tut'lā ʿalayhim āyātunā bayyinātin qālū mā hādhā illā rajulun yurīdu an yaṣuddakum ʿammā kāna yaʿbudu ābāukum waqālū mā hādhā illā if'kun muf'taran waqāla alladhīna kafarū lil'ḥaqqi lammā jāahum in hādhā illā siḥ'run mubīnun

Dhivehi އަދި އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ بَيَان ވެގެންވާ އާޔަތްތައް (قُرُآن ގެ އާޔަތްތައް) ކިޔެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. މި قُرُآن މިކިޔަވާމީހާ (ދަންނައެވެ!) ކަލޭމެން ކާބަފައިން އެތަކެއްޗަށް އަޅުކަންކުރި ތަކެތީން ކަލޭމެންނަށް މަނާކޮށް ދުރުކުރުވުމަށް މެނުވީ އޭނާނެއެދެއެވެ. އަދި އެމީހުން ބުނެއެވެ. މި قُرُآن އަކީ ހަމަހަދައިގެން އުޅޭ ދޮގެއްކަމުގައި މެނުވީ ނުވެއެވެ. އަދި ކާފަރުވީ މީސްތަކުން އެބައިމީހުންގެ ގާތަށް حَقُّ އައި ހިދުން (إِسلاَم دِين އައި ހިދުން) އެ حَقُّ އާއި ދިމާލަށް އެމީހުން ބުނީ މިއީ بَيَان ވެގެންވާ سِحْرُ އެއްކަމުގައި މެނުވީ ނުވެއެވެ.

Verse 44

وَمَآ ءَاتَيْنَـٰهُم مِّن كُتُبٍ يَدْرُسُونَهَا ۖ وَمَآ أَرْسَلْنَآ إِلَيْهِمْ قَبْلَكَ مِن نَّذِيرٍ

Transliteration wamā ātaynāhum min kutubin yadrusūnahā wamā arsalnā ilayhim qablaka min nadhīrin

Dhivehi އަދި މީގެކުރިން އެމީހުން يَعنِي عَرَبِي ން ކިޔަވައި ދިރާސާކުރާނެ ފޮތެއް ތިމަންރަސްކަލާނގެ އެމީހުންނަކަށް ނުދެމެވެ. އަދި ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެމީހުންގެ ގާތަށް އެއްވެސް رَسُولُ ބޭކަލަކުވެސް ނުފޮނުއްވަމެވެ.

Verse 45

وَكَذَّبَ ٱلَّذِينَ مِن قَبْلِهِمْ وَمَا بَلَغُوا۟ مِعْشَارَ مَآ ءَاتَيْنَـٰهُمْ فَكَذَّبُوا۟ رُسُلِى ۖ فَكَيْفَ كَانَ نَكِيرِ

Transliteration wakadhaba alladhīna min qablihim wamā balaghū miʿ'shāra mā ātaynāhum fakadhabū rusulī fakayfa kāna nakīri

Dhivehi އަދި މިމީހުންގެ (އެބަހީ مَكَّة ގެ مُشرِكُ ންގެ) ކުރިންވެސް އެކިއެކި أُمَّة ތަކަށް ވަޑައިގެންނެވި رَسُولُ ބޭކަލުން އެ أُمَّة ތަކުގެ މީސްތަކުން ދޮގުކުރިއެވެ. އެމީސްމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި نِعمَة އާއި އާރާއި ބާރުގެ ދިހަބައިކުޅަ އެއްބައިވެސް މިމީހުންނަށް يَعنِي مَكَّة ގެ أَهلُ ވެރިންނަށް ލިބިގެންނުވެއެވެ. ފަހެ އެމީހުންވެސް يَعنِي އިސްވެދިޔަ أُمَّة ތަކުގެ މީސްތަކުންވެސް ތިމަންރަސްކަލާނގެ ފޮނުއްވި رَسُولُ ބޭކަލުން ދޮގުކުރިއެވެ. އޭގެ ސަބަބުން އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ إِنكَار އާއި ކޯފާ ވެގެންދިޔައީ ކޮންފަދައަކުން ހެއްޔެވެ؟ (مَكَّة ގެ أَهلُ ވެރިންވެސް إِيمَان ނުވިނަމަ ދެންވާނެގޮތް ވިސްނާށެވެ. އިސްވެދިޔަތަނުން عِبرَة حَاصِل ކުރާށެވެ.)

Verse 46

۞ قُلْ إِنَّمَآ أَعِظُكُم بِوَٰحِدَةٍ ۖ أَن تَقُومُوا۟ لِلَّهِ مَثْنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُوا۟ ۚ مَا بِصَاحِبِكُم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌ لَّكُم بَيْنَ يَدَىْ عَذَابٍ شَدِيدٍ

Transliteration qul innamā aʿiẓukum biwāḥidatin an taqūmū lillahi mathnā wafurādā thumma tatafakkarū mā biṣāḥibikum min jinnatin in huwa illā nadhīrun lakum bayna yaday ʿadhābin shadīdin

Dhivehi އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ކަލޭމެނަށް إِنذَار ކޮށް އަދި نَصِيحَة ދީ وَعظُ ދީ މިހަދަނީ އެންމެކަމަކަށްޓަކައެވެ. އެއީ ﷲގެ ރަސްކަނަފުޅައްޓަކައި ކަލޭމެން (حَقُّ ހޯދުމަށްޓަކައި ތެދުވެރި ވިސްނުމާއި فِكرُ ބޭނުންކޮއްގެން.) ދެމީހުން ދެމީހުންނާއި އަދި އެކަނި އެކަނިންވެސް ތެދުވެ ރަނގަޅަށް ހޯދައި ބަލާށެވެ. އެއީ نَبِى އާއަށާއި އެކަލޭގެފާނު ގެންނެވި إِسلاَم دِين އަށާއި އެކަލޭގެފާނު ގެންނެވި ފޮތަށާއި މިތަކެއްޗަށް ރަނގަޅަށް ވިސްނައި فِكرُ ކޮށް ތެދުވެރި نَظَر އަކުން ބެލީމާ ކަލޭމެންގެ އެކުވެރިޔާގެ ކިބައިގައި (يَعنِي مُحَمَّدُ ގެ ފާނުންގެ ކިބައިގައި) އެއްވެސް ބާވަތެއްގެ ޖިންނިބަލީގެ މޮޔަކަމުގެ އަސަރެއް ނެތްކަން ރަނގަޅަށް ކަލޭމެންނަށް އެނގޭނެއެވެ. އެއީ ހަމައެކަނި ގަދަވެގެންވާ عَذَاب އެއްގެ (قِيَامَة ދުވަހުގެ عَذَاب ގެ خَبَر ދެއްވުމަށް) ވަޑައިގެންނެވި رَسُولُ ބޭކަލަކު ކަމުގައި ނޫނީނުވެއެވެ.

Verse 47

قُلْ مَا سَأَلْتُكُم مِّنْ أَجْرٍ فَهُوَ لَكُمْ ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ شَهِيدٌ

Transliteration qul mā sa-altukum min ajrin fahuwa lakum in ajriya illā ʿalā l-lahi wahuwa ʿalā kulli shayin shahīdun

Dhivehi އޭ رَسُولُ ﷲ އެވެ! ކަލޭގެފާނުވިދާޅުވާށެވެ! ތިމަންކަލޭގެފާނު ކަލޭމެނަށް މި ރަސޫލުކަން އިއްވަވާތީ އޭގެ ބަދަލުގައި ކަލޭމެންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. އެއްޗަކަށް އެދުނުނަމަ އެއެއްޗެއްވެސް އެއީ ކަލޭމެންނަށެވެ. އަދި ތިމަންކަލޭގެފާނަށް އޮތް ދަރުމައެއް އަދި އުޖޫރައެއް ﷲގެ حَضرَة އަށް މެނުވީ ނުވެއެވެ. އަދި އެކަލާނގެ ހުރިހާއެއްޗެއްގެ މައްޗަށް ހެކިވެވޮޑިގެންވެއެވެ.

Verse 48

قُلْ إِنَّ رَبِّى يَقْذِفُ بِٱلْحَقِّ عَلَّـٰمُ ٱلْغُيُوبِ

Transliteration qul inna rabbī yaqdhifu bil-ḥaqi ʿallāmu l-ghuyūbi

Dhivehi އޭ رَسُولُ ﷲ އެވެ! ކަލޭގެފާނުވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ رَبُّ حَقُّ ގޮތުގައި وَحِي ބާވައިލައްވައެވެ. ނުވަތަ بَاطِل ގެ މައްޗަށް حَقُّ ފޮނުއްވައި بَاطِل ނެތިކުރަށްވައެވެ. އެކަލާނގެއީ غَيبُ ތަށް މޮޅަށްދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 49

قُلْ جَآءَ ٱلْحَقُّ وَمَا يُبْدِئُ ٱلْبَـٰطِلُ وَمَا يُعِيدُ

Transliteration qul jāa l-ḥaqu wamā yub'di-u l-bāṭilu wamā yuʿīdu

Dhivehi އޭ رَسُولُ ﷲ އެވެ! ކަލޭގެފާނުވިދާޅުވާށެވެ! حَقُّ އަތުވެއްޖެއެވެ. (قُرُآن އާއި تَوحِيد އާއި إِسلاَم دِين އައީއެވެ.) އަދި بَاطِل ފައުޅުނުވާނެއެވެ. (شِرك ފައުޅުނުވާނެއެވެ.) ދެން އެ بَاطِل އަބުރާއައުމެއްނެތެވެ. (ނުވަތަ އިބިލީސް އެއްވެސް އެއްޗެށް ނުއުފައްދާނެއެވެ. އަދި އެސޮރަށް އެއްވެސްމީހަކު مَحشَر ނުކުރެވޭނެއެވެ.) މި ގޮތްގޮތަށް آيَة ގެ تَرجَمَة ލިޔެވިފައިވެއެވެ.

Verse 50

قُلْ إِن ضَلَلْتُ فَإِنَّمَآ أَضِلُّ عَلَىٰ نَفْسِى ۖ وَإِنِ ٱهْتَدَيْتُ فَبِمَا يُوحِىٓ إِلَىَّ رَبِّىٓ ۚ إِنَّهُۥ سَمِيعٌ قَرِيبٌ

Transliteration qul in ḍalaltu fa-innamā aḍillu ʿalā nafsī wa-ini ih'tadaytu fabimā yūḥī ilayya rabbī innahu samīʿun qarībun

Dhivehi އޭ رَسُولُ ﷲ އެވެ! ކަލޭގެފާނުވިދާޅުވާށެވެ! ތިމަންކަލޭގެފާނު މަގުފުރެދުނުނަމަ އެއީ ތިމަންކަލޭގެފާނުންގެ އަމިއްލަ نَفسُ ގެ ކަމެކެވެ. އެކަމުގެ ފާފަ އޮންނާނީ ތިމަންކަލޭގެފާނުންގެ އަމިއްލަ نَفسُ އަށެވެ. އަދި ތިމަންކަލޭގެފާނު ތެދުމަގުގައި ވަންޏާ އެއީ ތިމަންކަލޭގެފާނުންގެ رَبُّ ތިމަންކަލޭގެފާނަށް އިއްވަވާ وَحِي ގެސަބަބުނެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ އަދި ދާދިގާތުގައި ވޮޑިގެންވާކަލާނގެއެވެ.

Verse 51

وَلَوْ تَرَىٰٓ إِذْ فَزِعُوا۟ فَلَا فَوْتَ وَأُخِذُوا۟ مِن مَّكَانٍ قَرِيبٍ

Transliteration walaw tarā idh faziʿū falā fawta wa-ukhidhū min makānin qarībin

Dhivehi އަދި އެމީހުން ބިރުން ސިހޭހިނދުން ހަމަކަށަވަރުން ކަލޭގެފާނު ވަރަށްބޮޑު ބިރުހުރިގޮތަކަށް އެމީހުން ދެކެވަޑައިގަންނަވާނެއެވެ. (އެވަގުތަކީ އެމީހުން މަރަށް حَاضِر ވާވަގުތެވެ. ނުވަތަ مَحشَر ވުމަށްޓަކައި ވަޅުތަކުންނުކުންނަ ވަގުތެވެ.) އެވަގުތު އެމީހުން ފާއިތުވުމެއްނުވެއެވެ. އެބަހީ ފިލައިގެންދިއުމެއް ނުވަތަ ސަލާމަތްވުމެއް ނުވެއެވެ. ގާތްހިސާބަކުން އެމީހުން ހިފެވިގެން مَحشَر ގެ مَيدَان އަށް ގެނެވޭނެއެވެ.

Verse 52

وَقَالُوٓا۟ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانٍۭ بَعِيدٍ

Transliteration waqālū āmannā bihi wa-annā lahumu l-tanāwushu min makānin baʿīdin

Dhivehi އެހިނދު (އެބަހީ مَحشَر ގެ مَيدَان ގެ ކަންތައްގަޑުފެންނަ ހިނދު) އެމީހުން ބުނާނެއެވެ. އަހުރެމެން އެކަލޭގެފާނަށް (ނުވަތަ إِسلاَم دِين އަށް) އީމާންވެއްޖައީމެވެ. އެކަމަކު އެހާދުރުހިސާބުން އެމީހުންނަށް إِيمَان ވުމުގެ فُرُصَة ލިބޭނީ ކޮންފަދައަކުން ހެއްޔެވެ؟ (އެއީ އެމީހުން ދުނިޔޭގައި ވާންވީ إِيمَان ކަމެއް މިހާރުދެން آخِرَة ގައި އެކަން قَبُول ވެވޭނީ ކޮންފަދައަކުން ހެއްޔެވެ؟)

Verse 53

وَقَدْ كَفَرُوا۟ بِهِۦ مِن قَبْلُ ۖ وَيَقْذِفُونَ بِٱلْغَيْبِ مِن مَّكَانٍۭ بَعِيدٍ

Transliteration waqad kafarū bihi min qablu wayaqdhifūna bil-ghaybi min makānin baʿīdin

Dhivehi އެމީހުންވަނީ މީގެކުރީގައި އެކަމަށް ކާފަރުވެފައެވެ. (އެބަހީ ދުނިޔޭގައި ތިބިއިރު އެކަމަށް ކާފަރުވެފައެވެ.) އެމީހުންއައީ އެކަމާއިމެދު ދުރުދުރުން ރޭދަލަށް އުކަމުންނެވެ. އެބަހީ ޒާތްޒާތުގެ ހީތައްކުރަމުންނެވެ. (قِيَامَة އެއްނުވާނެއެވެ. ސުވަރުގެއެއް ނަރަކައެއްނުވާނެކަމަށް އެކިޒާތުގެ ހީކުރަމުންނެވެ.) ކުރަންނުވާ ޒާތުގެ ދުރުހީތަށް ކުރިއެވެ.

Verse 54

وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ كَمَا فُعِلَ بِأَشْيَاعِهِم مِّن قَبْلُ ۚ إِنَّهُمْ كَانُوا۟ فِى شَكٍّ مُّرِيبٍۭ

Transliteration waḥīla baynahum wabayna mā yashtahūna kamā fuʿila bi-ashyāʿihim min qablu innahum kānū fī shakkin murībin

Dhivehi އަދި އިސްވެދިޔަ أُمَّة ތަކުގައި ތިބި ކާފަރުންނެކޭ އެއްގޮތަށް މިމީހުންނަށްވެސް މިމީހުން އެދޭކަންތަކާއި މިމީހުންނާއި ދެމެދު ހުރަސްއެޅެވުނީއެވެ. އެމީހުން މިހާރު އެދޭކަމަކަށްވީ އީމާންވުމެވެ. އެކަމަކު އެކަމާއި އެމީހުންނާއި ދެމެދު މިހާރުއެވަނީ ހުރަސްވެގެންނެވެ. އެމީހުން ދުނިޔޭގައި އުޅުނުއިރު ތިބީ އެކަންކަމާއިމެދު (އެބަހީ رَسُول ބޭކަލުން ގެންނެވި ކަންކަމާއިމެދު) ބޮޑުވެގެންވާ ޝައްކެއްގެމަތީގައެވެ.

Read Surah Saba in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.