MyDugsiStart learning

Surah Luqman in Dhivehi: translation and audio

Surah 31 · لقمان · Luqman · 34 verses

Surah Luqman verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Luqman word by word in English.

Verse 1

الٓمٓ

Transliteration alif-lam-meem

Dhivehi الم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.

Verse 2

تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْحَكِيمِ

Transliteration til'ka āyātu l-kitābi l-ḥakīmi

Dhivehi މިއީ (بَيَان އާއި تَفْصِيل ގެގޮތުން) ނުހަނު حكمގަދަ ވެގެންވާ ފޮތުގެ يعني: ކީރިތި قرآن ގެ އާޔަތްތަކެވެ.

Verse 3

هُدًى وَرَحْمَةً لِّلْمُحْسِنِينَ

Transliteration hudan waraḥmatan lil'muḥ'sinīna

Dhivehi (އަދި އެއާޔަތްތައް ބާވައިލެއްވިގެންވަނީ) إحسان ތެރިންނަށްވާ ތެދުމަގާއި رحمة އެއްގެ ގޮތުންނެވެ.

Verse 4

ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ

Transliteration alladhīna yuqīmūna l-ṣalata wayu'tūna l-zakata wahum bil-ākhirati hum yūqinūna

Dhivehi އެމީހުންނަކީ - يعني: މިބުނި إحسان ތެރިންނަކީ - ނަމާދު قائم ކުރާމީހުންނެވެ. އަދި ޒަކާތްދޭ މީހުންނެވެ. އަދި އެމީހުންނަކީ ކަނޑައެޅިގެން آخرة ދުވަސް އަންނާނެކަމާމެދު يقين ކުރާ މީހުންނެވެ.

Verse 5

أُو۟لَـٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

Transliteration ulāika ʿalā hudan min rabbihim wa-ulāika humu l-muf'liḥūna

Dhivehi އެމީހުން އެވަނީ އެމީހުންގެ ربّ ގެ حضرة ންވާ ތެދުމަގެއްގެމަތީގައެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން كامياب ވާނެ މީހުންނެވެ.

Verse 6

وَمِنَ ٱلنَّاسِ مَن يَشْتَرِى لَهْوَ ٱلْحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ مُّهِينٌ

Transliteration wamina l-nāsi man yashtarī lahwa l-ḥadīthi liyuḍilla ʿan sabīli l-lahi bighayri ʿil'min wayattakhidhahā huzuwan ulāika lahum ʿadhābun muhīnun

Dhivehi އަދި މީސްތަކުންގެތެރޭގައި - لَهْوَ الحَدِيْثِ (ލަވަ އަދި ލަވަޔާއި މިއުޒިކު) ގަންނަމީހުން (ނުވަތަ ގަނެވިއްކާމީހުން) ވެއެވެ. އެމީހުން އެގަނެވިއްކާހަދަނީ އެއްވެސް އެނގުމެއްނެތި ﷲ ގެމަގު މީސްމީސްތަކުންނަށް އޮޅުވާ އެމީހުން މަގުފުރެއްދުމަށްޓަކައެވެ. އަދި ﷲ ގެ އާޔަތްތަކާއި ذِكْرُ ނުވަތަ إسلام دين ތާކުންތާކުނުޖެހޭ ބޭކާރު އެއްޗަކަށް ހެދުމަށްޓަކައެވެ. އެމީހުންނަށް (قيامة ދުވަހުން) ހުންނަހުރީ ހަމަ އިހާނާތްތެރިވެގެންވާ عذاب އެވެ.

Verse 7

وَإِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا وَلَّىٰ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا كَأَنَّ فِىٓ أُذُنَيْهِ وَقْرًا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ

Transliteration wa-idhā tut'lā ʿalayhi āyātunā wallā mus'takbiran ka-an lam yasmaʿhā ka-anna fī udhunayhi waqran fabashir'hu biʿadhābin alīmin

Dhivehi އަދި އެފަދަމީހާގެ މައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ ބޮޑާވެ ކިބުރުވެރިވެގެންވާ حال ފުރަގަސްދެއެވެ. އޭނާ އެއާޔަތްތައް ނުއަހާކަހަލައެވެ. އޭނާގެ ދެކަންފަތުގައި ބައްކަމެއް (ބީރުކަމެއް) ވާކަހަލައެވެ. (އޭ رسول ﷲ އެވެ!) އެފަދަ މީހުންނަށް ވޭންދެނިވި عذاب އެއް ހުރިކަމުގެ ވާހަކައިން ކަލޭގެފާނު (އުފާވެރިކަމުގެ) خبر ދެއްވާށެވެ!

Verse 8

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ جَنَّـٰتُ ٱلنَّعِيمِ

Transliteration inna alladhīna āmanū waʿamilū l-ṣāliḥāti lahum jannātu l-naʿīmi

Dhivehi ހަމަކަށަވަރުން إيمان ވެގެން صَالح عمل ތައްކުރިމީހުން (ދަންނައެވެ.) އެމީހުންނަށް قيامة ދުވަހުން ހުންނަހުރީ نعمة ގެވެރި ބަގީޗާތަކެވެ. ސުވަރުގެއެވެ.

Verse 9

خَـٰلِدِينَ فِيهَا ۖ وَعْدَ ٱللَّهِ حَقًّا ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

Transliteration khālidīna fīhā waʿda l-lahi ḥaqqan wahuwa l-ʿazīzu l-ḥakīmu

Dhivehi އެމީހުން އެތާ ދެމިތިބޭހުއްޓެވެ. އެއީ ﷲ ގެ حقّ وَعْدُ ފުޅެވެ. އަދި އެކަލާނގެއީ عِزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ.

Verse 10

خَلَقَ ٱلسَّمَـٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَآبَّةٍ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً فَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ

Transliteration khalaqa l-samāwāti bighayri ʿamadin tarawnahā wa-alqā fī l-arḍi rawāsiya an tamīda bikum wabatha fīhā min kulli dābbatin wa-anzalnā mina l-samāi māan fa-anbatnā fīhā min kulli zawjin karīmin

Dhivehi ކަލޭގެފާނަށް ފެނިވަޑައިގަންނަވާނޭ އެއްވެސް ތަނބަކާއި ނުލައި އެކަލާނގެ އުޑުތައް ހެއްދެވިއެވެ. އަދި ކަލޭމެންނާއިގެން ބިންގަނޑު حركاة ކޮށް ތެޅިގަނެދާނެކަމަށްޓަކައި ނުތެޅޭނެގޮތުން އެކަލާނގެ އެބިމުގައި ފަރުބަދަތައް ޖައްސަވައި ހަރުކުރެއްވިއެވެ. އަދި އެބިމުގައި އެކަލާނގެ ހުރިހާ ވައްތަރެއްގެ ދިރޭތަކެތި ލެއްވިއެވެ. (އެކަލާނގެ وحي ކުރެއްވިއެވެ.) އަދި އުޑުން ތިމަންރަސްކަލާނގެ ފެންވެއްސެވީމެވެ. ދެން އެފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ރަނގަޅު ކޮންމެ ބާވަތެއްގެ ފަތްޕިލާވެލި ފަޅުއްވަމެވެ.

Verse 11

هَـٰذَا خَلْقُ ٱللَّهِ فَأَرُونِى مَاذَا خَلَقَ ٱلَّذِينَ مِن دُونِهِۦ ۚ بَلِ ٱلظَّـٰلِمُونَ فِى ضَلَـٰلٍ مُّبِينٍ

Transliteration hādhā khalqu l-lahi fa-arūnī mādhā khalaqa alladhīna min dūnihi bali l-ẓālimūna fī ḍalālin mubīnin

Dhivehi މިބަޔާންވެދިޔަ ތަކެއްޗަކީ ﷲ ގެ ހެއްދެވުމެވެ. ﷲ ހެއްދެވިތަކެއްޗެވެ. (އޭ مشرك ންނޭވެ!) ﷲ ފިޔަވައި ތިޔަބައިމީހުން ތިޔައަޅުކަންކުރާ ތަކެތި (ބުދުތަކާއި އަދި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ އެންމެހައިތަކެތި) ހެއްދެވީ ކޮންއެއްޗެއްހެއްޔެވެ؟ އެތަކެތި އެހެއްދެވި އެއްޗެއް އަހުރެންނަށް ނިކަން ދައްކައިބަލާށެވެ. އަދި ކިއެއްހެއްޔެވެ؟ އަނިޔާވެރިން އެވަނީ بَيَان ވެގެންވާ މަގުފުރެދުމެއްގައެވެ.

Verse 12

وَلَقَدْ ءَاتَيْنَا لُقْمَـٰنَ ٱلْحِكْمَةَ أَنِ ٱشْكُرْ لِلَّهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ حَمِيدٌ

Transliteration walaqad ātaynā luq'māna l-ḥik'mata ani ush'kur lillahi waman yashkur fa-innamā yashkuru linafsihi waman kafara fa-inna l-laha ghaniyyun ḥamīdun

Dhivehi އަދި ހަމަކަށަވަރުން لُقْمَان ގެފާނަށް ތިމަންރަސްކަލާނގެ حكمة ދެއްވީމެވެ. (އެއީ فِقه ވެރިކަމާއި ބުއްދި ހަރުދަނާކަމާއި ބަސްބުނުމުގެ ސީދާކަމެވެ. އަދި އެހެންގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. والله أعلم) އެއީ އެކަލޭގެފާނު ﷲ އަށް شكر ކުރެއްވުމަށެވެ. އަދި شكر ކުރާމީހަކު އެކުރާ شكر އެއީ އެމީހެއްގެ އަމިއްލަ نفس އަށެވެ. އެކަމުގެ ދަރުމަޔާއި ثواب ހުރީ ހަމަ އެމީހަކަށެވެ. އަދި ކާފަރުވެއްޖެ މީހާ ދަންނައެވެ. (އޭނާގެ އެކާފަރުކަމުގެ ނުބައިކަން ހުންނާނީ ހަމައޭނާއަށެވެ. އެކަމުން ﷲ އަށް ވާނެ ގެއްލުމެއްނެތެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އަމިއްލަ ޒާތުފުޅަށްވެސް ފުދިވޮޑިގެންވާ އަދި حمد ލިބިވޮޑިގެންވާ ކަލާނގެއެވެ. ދަންނައެވެ. لُقْمَان ގެފާނަކީ عامّ ކޮށް ގިނަ ރިވާޔަތުގައިވާގޮތުން حَبْش ކަރައިގެ ކަޅުމީހެކެވެ. އަޅެކެވެ. صالح މާތް ބޭކަލެކެވެ. نبي ބޭކަލެއްނޫނެވެ. އަދި نبي އެކޭ ބުނިބޭކަލުންވެސް ވެއެވެ. އެކަމަކު صحّ ކަންބޮޑީ އެއީ صالح އަޅެކޭ ބުނުމެވެ. حديث ސާބިތުވަނީ އެގޮތެވެ. والله أعلم.

Verse 13

وَإِذْ قَالَ لُقْمَـٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَـٰبُنَىَّ لَا تُشْرِكْ بِٱللَّهِ ۖ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ

Transliteration wa-idh qāla luq'mānu li-ib'nihi wahuwa yaʿiẓuhu yābunayya lā tush'rik bil-lahi inna l-shir'ka laẓul'mun ʿaẓīmun

Dhivehi އަދި لُقْمَان ގެފާނު އެކަލޭގެފާނުންގެ ދަރިކަލުންނަށް وَعْظُ އާއި نصيحة ދެއްވިހިނދު ވިދާޅުވި ވިދާޅުވުން ހަނދުމަފުޅުކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) އޭ ދަރިފުޅާއެވެ. ކަލޭ ﷲ އާއި شريك ނުކުރާށެވެ! (އެކަލާނގެއާއި އެހެން އެއްވެސް ފަރާތަކާއި ބައިވެރި ނުކުރާށެވެ!) އެހެނީ ހަމަކަށަވަރުން شرك އަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.

Verse 14

وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حَمَلَتْهُ أُمُّهُۥ وَهْنًا عَلَىٰ وَهْنٍ وَفِصَـٰلُهُۥ فِى عَامَيْنِ أَنِ ٱشْكُرْ لِى وَلِوَٰلِدَيْكَ إِلَىَّ ٱلْمَصِيرُ

Transliteration wawaṣṣaynā l-insāna biwālidayhi ḥamalathu ummuhu wahnan ʿalā wahnin wafiṣāluhu fī ʿāmayni ani ush'kur lī waliwālidayka ilayya l-maṣīru

Dhivehi އަދި އިންސާނާ އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ އޭނާއަށް وَصِيَّة ކުރެއްވީމެވެ. أمر ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާޔާއިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަން އުފުލާ حال ގައެވެ. އަދި ދެއަހަރު ހަމަވަންދެން އޭނާއަށް ކިރުދިނުމުގައިވެސް ބަލިކަށިކަން ޖެހުނެވެ. (އަދި އޭނާއަށް ތިމަންރަސްކަލާނގެ އެންގެވީމެވެ.) ތިމަންރަސްކަލާނގެއަށާއި އަދި ކަލޭގެ މައިންބަފައިންނަށް شكر ކުރާށެވެ! އަދި ކަލޭ އެނބުރިއައުން ވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.

Verse 15

وَإِن جَـٰهَدَاكَ عَلَىٰٓ أَن تُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِى ٱلدُّنْيَا مَعْرُوفًا ۖ وَٱتَّبِعْ سَبِيلَ مَنْ أَنَابَ إِلَىَّ ۚ ثُمَّ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

Transliteration wa-in jāhadāka ʿalā an tush'rika bī mā laysa laka bihi ʿil'mun falā tuṭiʿ'humā waṣāḥib'humā fī l-dun'yā maʿrūfan wa-ittabiʿ sabīla man anāba ilayya thumma ilayya marjiʿukum fa-unabbi-ukum bimā kuntum taʿmalūna

Dhivehi އަދި އެކަމަކާއިމެދު ކަލެއަށް އެއްވެސް އެނގުމެއްނެތް ކަމަކާއިމެދު ތިމަންރަސްކަލާނގެއަށް شريك ކުރުމަށް އެދެމީހުން ކަލެއަށް ގަދަހަދައި ބާރުއެޅިޔަސް ފަހެ ކަލޭ އެކަމުގައި އެދެމީހުންނަށް ކިޔަމަން ނުވާށެވެ! އަދި އެކަލާނގެއަށް ނުއުރެދެވޭ ކަންކަމުގައި ކަލޭ ދުނިޔޭގައި އުޅޭއިރު އެދެމީހުންނާއިއެކު ހެޔޮކޮށް ކަންތައްކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް رجوع ވެ توبة ވި މީސްތަކުންގެމަގާއި ކަލޭ تبع ވާށެވެ! ދެން ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން ތިޔަބައިމީހުން ކުރާކަމުގައިވީ ކަންތަކުގެ خبر ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވާހުށީމެވެ.

Verse 16

يَـٰبُنَىَّ إِنَّهَآ إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِى صَخْرَةٍ أَوْ فِى ٱلسَّمَـٰوَٰتِ أَوْ فِى ٱلْأَرْضِ يَأْتِ بِهَا ٱللَّهُ ۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٌ

Transliteration yābunayya innahā in taku mith'qāla ḥabbatin min khardalin fatakun fī ṣakhratin aw fī l-samāwāti aw fī l-arḍi yati bihā l-lahu inna l-laha laṭīfun khabīrun

Dhivehi އަދި لقمان ގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިފުޅާއެވެ! އެޢަމަލެއްވީނަމަވެސް (އެބަހީ: ހެޔޮކަން ނުވަތަ ނުބައިކަންވީނަމަވެސް) ރެވިއޮށްޓަރެއްގެ ބަރުމިނުގެ މިންވަރުކަމުގައި ދެން އެއެތި އުޑުތަކުގައި ނުވަތަ ބިމުގައިވާ ހިލައެއްގެތެރޭގައި ވީނަމަވެސް ﷲ އެކަމެއް (قيامة ދުވަހުން ގެންނަވާނެއެވެ. ހަމަކަށަވަރުން ﷲ އީ ނުހަނު އޯގާވަންތަ އަދި خبر ތައް މޮޅަށް ދެނެވޮޑިގެންވާ އަދި އެ خبر ތައް އަންގަވާ ރަސްކަލާނގެއެވެ.

Verse 17

يَـٰبُنَىَّ أَقِمِ ٱلصَّلَوٰةَ وَأْمُرْ بِٱلْمَعْرُوفِ وَٱنْهَ عَنِ ٱلْمُنكَرِ وَٱصْبِرْ عَلَىٰ مَآ أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ

Transliteration yābunayya aqimi l-ṣalata wamur bil-maʿrūfi wa-in'ha ʿani l-munkari wa-iṣ'bir ʿalā mā aṣābaka inna dhālika min ʿazmi l-umūri

Dhivehi އޭ އަހުރެންގެ ދަރިފުޅާއެވެ! ކަލޭ ނަމާދު قائم ކުރާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރާށެވެ! އަދި منكراة ތައް ނަހީކުރާށެވެ! މަނާކުރާށެވެ! އަދި (އެކަންކުރުމުގައި) ދިމާވާ ދަތިއުނދަގޫތަކަށް ކަލޭ ކެތްތެރިވާށެވެ! ހަމަކަށަވަރުން އެކަންތަކަކީ يعني: مصيبة އަށް ކެތްކުރުމީ ﷲ އަންގަވާފައިވާ عَزِيْمَة ގެތެރެއިންވާ ކަމެކެވެ. ކޮންމެހެން ކުރަންޖެހޭ ކަންކަމުގެތެރެއިން ކަމެކެވެ.

Verse 18

وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ

Transliteration walā tuṣaʿʿir khaddaka lilnnāsi walā tamshi fī l-arḍi maraḥan inna l-laha lā yuḥibbu kulla mukh'tālin fakhūrin

Dhivehi (އޭއަހުރެންގެ ދަރިފުޅާއެވެ!) ބޮޑާވެ ކިބުރުވެރިވެގެން ކަލޭގެ ބޯ މީސްތަކުންނާއި ދުރަށް އަނބުރައި ނުލާށެވެ! (މީހުން ދައްކާވާހަކަ އެހުމަށް މީސްތަކުންނާއި ކުރިމަތިލާށެވެ!) އަދި ބިމުގައި ހިނގާއިރު ބޮޑާވެ كبر ވެރިނުވާށެވެ! ހަމަކަށަވަރުން ބޮޑާވެ فخر ވެރިވާ އެއްވެސްމީހަކަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.

Verse 19

وَٱقْصِدْ فِى مَشْيِكَ وَٱغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ ٱلْأَصْوَٰتِ لَصَوْتُ ٱلْحَمِيرِ

Transliteration wa-iq'ṣid fī mashyika wa-ugh'ḍuḍ min ṣawtika inna ankara l-aṣwāti laṣawtu l-ḥamīri

Dhivehi އަދި ކަލޭގެ ހިނގުމުގައި ކަލޭ މެދުމިން ކުރާށެވެ! (މާބާރަށްވެސް އަދި މާމަޑުންވެސް ނުހިނގާށެވެ!) މެދުމިނަށް ހިނގާށެވެ. އަދި ވާހަކަދެއްކުމުގައި އަޑުމަޑުކުރާށެވެ! ހަމަކަށަވަރުން އެންމެ ހުތުރުއަޑަކީ ކަނޑައެޅިގެން އެއީحِمَار ގެއަޑެވެ.

Verse 20

أَلَمْ تَرَوْا۟ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَأَسْبَغَ عَلَيْكُمْ نِعَمَهُۥ ظَـٰهِرَةً وَبَاطِنَةً ۗ وَمِنَ ٱلنَّاسِ مَن يُجَـٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَـٰبٍ مُّنِيرٍ

Transliteration alam taraw anna l-laha sakhara lakum mā fī l-samāwāti wamā fī l-arḍi wa-asbagha ʿalaykum niʿamahu ẓāhiratan wabāṭinatan wamina l-nāsi man yujādilu fī l-lahi bighayri ʿil'min walā hudan walā kitābin munīrin

Dhivehi (އޭ މީސްތަކުންނޭވެ!) އުޑުތަކާއި ބިމުގައިވާހާތަކެތި ތިޔަބައިމީހުންނަށްޓަކައި ހަމަކަށަވަރުން ﷲ ކިޔަމަންކުރައްވާފައިވާކަން ތިޔަބައިމީހުންނަށް ނޭނގޭބާވައެވެ؟ އެކަން ތިޔަބައިމީހުން ނުދެކެނީބާވައެވެ؟ ﷲ ގެ نعمة ތަކުގެތެރެއިން ބޭރަށް ފާޅުވާ نعمة އާއި އެތެރެފުށުގައި ވަންހަނާވެގެންވާ نعمة ތައްވެސް އެކަލާނގެ ކަލޭމެނަށް ދެއްވާ ދަރުމަކުރެއްވިއެވެ. އެތެރެފުށުގެ نعمة އަކީ (لا إله إلاّ ﷲ މި كلمة ފުޅާއި ހިތުގެ معرفة ވެރިކަމާއި إعتقاد ކަމުގައި ބުނެވުނެވެ. އަދި އެހެންގޮތްގޮތަށްވެސް ބުނެވުނެވެ. والله أعلم) އަދި އެއްވެސް علم އެއް ތެދުމަގެއްނެތި އަދި ފޮތެއްގެ އެއްވެސް އަލިކަމެއް دليل އެއްނެތި ﷲ އާއިމެދު جَدَلُ ކުރާމީހުން (ﷲ ގެ އެއްކައުވަންތަކަމާއި އަޅުކަމާއި ކިޔަމަންތެރިކަން އެކަލާނގެއަށް إخلاص ތެރިކުރުމާއިމެދު جدل ކުރާމީހުން މީސްތަކުންގެ ތެރޭގައިވެއެވެ.)

Verse 21

وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ٱلشَّيْطَـٰنُ يَدْعُوهُمْ إِلَىٰ عَذَابِ ٱلسَّعِيرِ

Transliteration wa-idhā qīla lahumu ittabiʿū mā anzala l-lahu qālū bal nattabiʿu mā wajadnā ʿalayhi ābāanā awalaw kāna l-shayṭānu yadʿūhum ilā ʿadhābi l-saʿīri

Dhivehi އަދި ﷲ ބާވައިލެއްވި ތަކެއްޗާއި ކަލޭމެން تبع ވާށޭ! އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. އެހެންނަކުން ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެން تبع ވާނީ އެގޮތެއްގެމަތީގައި އަހުރެމެންގެ ކާބަފައިން އުޅެނިކޮށް އަހުރެމެން ދުއްގޮތާއިއެވެ. އަޅެފަހެ شيطان އާ އެމީހުންނަށް އަނދައަނދާހުރި އަލިފާނުގެ عذاب އަށް ވަނުމަށް ގޮވިޔަސް ހެޔޮހެއްޔެވެ؟ ކާބަފައިންނާ تبع ވާންވީހެއްޔެވެ؟

Verse 22

۞ وَمَن يُسْلِمْ وَجْهَهُۥٓ إِلَى ٱللَّهِ وَهُوَ مُحْسِنٌ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ ۗ وَإِلَى ٱللَّهِ عَـٰقِبَةُ ٱلْأُمُورِ

Transliteration waman yus'lim wajhahu ilā l-lahi wahuwa muḥ'sinun faqadi is'tamsaka bil-ʿur'wati l-wuth'qā wa-ilā l-lahi ʿāqibatu l-umūri

Dhivehi އަދި އެމީހަކު إحسان ތެރިވެގެންވާ حال އަޅުކަމުގެގޮތުން އެމީހެއްގެމޫނު ﷲ ގެ حضرة އަށް ކިޔަމަންތެރިކޮށްފި މީހާ ދަންނައެވެ. ހަމަކަށަވަރުން ގަދަވެގެންވާ އުޅަށްގަނޑެއްގައި އެމީހުން ހިފަހައްޓައިފިއެވެ. މިބަހުގެ މުރާދަކީ إخْلآص ތެރިކަމާއި އެކު ﷲ އަށްކިޔަމަންތެރިވެ އެކަލާނގެއަށް އަޅުކަންކުރުމުގެ ވާހަކައެވެ. ﷲ ގެ ރުހިވޮޑިގަތުމުގައި އޭނާ ހިފައިފިއެވެ. އެއީ ގަދަ ގުޅުމެކެވެ. އަދި އެންމެހައި ކަމެއްގެ ފަހުކޮޅު (ހެވަސް ނުބަޔަސް) ވަނީ ﷲ ގެ حضرة އަށެވެ.

Verse 23

وَمَن كَفَرَ فَلَا يَحْزُنكَ كُفْرُهُۥٓ ۚ إِلَيْنَا مَرْجِعُهُمْ فَنُنَبِّئُهُم بِمَا عَمِلُوٓا۟ ۚ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ

Transliteration waman kafara falā yaḥzunka kuf'ruhu ilaynā marjiʿuhum fanunabbi-uhum bimā ʿamilū inna l-laha ʿalīmun bidhāti l-ṣudūri

Dhivehi (އޭ رسول ﷲ އެވެ!) އަދި ކާފަރުވެއްޖެމީހާ ދަންނައެވެ. އެމީހާގެ رجوع ވުން قيامة ދުވަހުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ. އަދި އޭނާގެ ކާފަރުކަމުގެ ސަބަބުން ކަލޭގެފާނު ހިތާމަފުޅުވިޔަ ނުދެއްވާށެވެ. އެމީހުން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން އެމީހުން ދުނިޔޭގައި ކުރި عمل ގެ خبر ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވާހުށީމެވެ. ހަމަކަށަވަރުން ﷲ އީ ހިތްތަކުގައި ވަންހަނާވެ ފޮރުވިފައިވާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 24

نُمَتِّعُهُمْ قَلِيلًا ثُمَّ نَضْطَرُّهُمْ إِلَىٰ عَذَابٍ غَلِيظٍ

Transliteration numattiʿuhum qalīlan thumma naḍṭarruhum ilā ʿadhābin ghalīẓin

Dhivehi އެމީހުންނަށް ތިމަންރަސްކަލާނގެ ކުޑަތަންކޮޅެއް ދޭހުށީމެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންނަށް މަޖްބޫރުކުރުވާނީ ވަރަށް ގަދަވެގެންވާ عذاب އަކަށް ވަނުމަށެވެ. އެއީ قيامة ދުވަހުންނެވެ.

Verse 25

وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ قُلِ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

Transliteration wala-in sa-altahum man khalaqa l-samāwāti wal-arḍa layaqūlunna l-lahu quli l-ḥamdu lillahi bal aktharuhum lā yaʿlamūna

Dhivehi (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު އެމީހުންކުރެން يعني: އެ مشرك ންކުރެން އުޑުތަކާއި ބިން ހެއްދެވީ ކާކުތޯ އަހައިފިއްޔާ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ކިޔެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުންނަކަށް (حمد އާއި تعريف حقّ ވެގެންވަނީ ކާކަށްކަމެއް) ނޭނގެއެވެ.

Verse 26

لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ

Transliteration lillahi mā fī l-samāwāti wal-arḍi inna l-laha huwa l-ghaniyu l-ḥamīdu

Dhivehi އުޑުތަކާއި ބިމުގައިވާހާތަކެތި خاصّ ވެ مِلْكُ ވެގެންވަނީ ހަމަ ﷲ އަށެވެ. ހަމަކަށަވަރުން ﷲ އީ (މީސްތަކުންކުރާ އަޅުކަންފިޔަވައި) އަމިއްލަ ذَاتُ ފުޅަށްވެސް ފުދިވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެ (خلق ތަކުންނަށްދެއްވާ نعمة ތަކަށް) حمد ލިބިވޮޑިގެންވާ ކަލާނގެއެވެ.

Verse 27

وَلَوْ أَنَّمَا فِى ٱلْأَرْضِ مِن شَجَرَةٍ أَقْلَـٰمٌ وَٱلْبَحْرُ يَمُدُّهُۥ مِنۢ بَعْدِهِۦ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَـٰتُ ٱللَّهِ ۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ

Transliteration walaw annamā fī l-arḍi min shajaratin aqlāmun wal-baḥru yamudduhu min baʿdihi sabʿatu abḥurin mā nafidat kalimātu l-lahi inna l-laha ʿazīzun ḥakīmun

Dhivehi އަދި ބިމުގައިވާ އެންމެހައި ގަހަކީ ގަލަންކަމުގައި ވެފައި ކަނޑު އެއީ ދެލިކަމުގައިވެފައި އަދި އޭގެ އިތުރަށް ހަތްކަނޑު އިތުރުކުރެވުނުކަމުގައިވެފައި އެގަލަންތަކުން ލިޔެވި ދެލިކަމުގައިވާ އެކަނޑުތައް ހުސްވިނަމަވެސް ﷲ ގެ كلمة ފުޅުތައް ހުސްނުވާނެއެވެ. ހަމަކަށަވަރުން ﷲ އީ عزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ.

Verse 28

مَّا خَلْقُكُمْ وَلَا بَعْثُكُمْ إِلَّا كَنَفْسٍ وَٰحِدَةٍ ۗ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ

Transliteration mā khalqukum walā baʿthukum illā kanafsin wāḥidatin inna l-laha samīʿun baṣīrun

Dhivehi ތިޔަބައިމީހުން (އެންމެން) ހެއްދެވުމާއި އަދި ތިޔަބައިމީހުން محشر އަށް ފޮނުއްވުމާއި މިކަންކަން (ﷲ ގެ نِسبة ގައި) ހަމައެންމެ نفس އެއްފަދައެވެ. އެބަހީ: އެންމެ نفس އެއް ހައްދަވައި محشر އަށް ފޮނުއްވުންފަދައެވެ. އެހާވެސް ފަސޭހައެވެ. ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.

Verse 29

أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِىٓ إِلَىٰٓ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ

Transliteration alam tara anna l-laha yūliju al-layla fī l-nahāri wayūliju l-nahāra fī al-layli wasakhara l-shamsa wal-qamara kullun yajrī ilā ajalin musamman wa-anna l-laha bimā taʿmalūna khabīrun

Dhivehi ހަމަކަށަވަރުން ﷲ تعالى ދުވާލުގެތެރެއަށް ރޭގަނޑު ވައްދަވާކަން (އެބަހީ: ދުވާލު ދިގުކުރައްވައި ރޭގަނޑު މަދުކުރައްވާކަން އަދި ރޭގަނޑުގެތެރެއަށް ދުވާލު ވައްދަވާކަން (އެބަހީ: ރޭގަނޑު ދިގުކުރައްވައި ދުވާލު މަދުކުރައްވާކަން ކަލޭގެފާނު ދެނެވަޑައިގެން ނުވަމުތޯއެވެ. އަދި އިރާއި ހަނދު ކިޔަމަންކުރައްވާފައިވާކަންވެސް ދެނެވަޑައިގެން ނުވަމުތޯއެވެ. އަދި އެއިން ކޮންމެއެއްޗެއް ކަނޑައެޅި عيّن ވެގެންވާ ވަގުތަކާއި ހަމައަށް ދުވެއެވެ. އަރާއޮއްސެއެވެ. އަދި ހަމަކަށަވަރުން ﷲ އީ ކަލޭމެން ކުރާހާ ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 30

ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ ٱلْبَـٰطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ

Transliteration dhālika bi-anna l-laha huwa l-ḥaqu wa-anna mā yadʿūna min dūnihi l-bāṭilu wa-anna l-laha huwa l-ʿaliyu l-kabīru

Dhivehi އެކަންކަން އެހެން އެހިންގަވަނީ ހަމަކަށަވަރުން ﷲ އެއީ ހަމަ حقّ ކަމުގައިވާކަމެވެ. (حقّ إله ކަމުގައި ވާތީއެވެ.) އަދި مشرك ން إله ންކަމުގައި ހަދައިގެން އެއުޅޭ ބުދުތަކަކީ باطل ކަމުގައިވާކަމެވެ. އަދި ހަމަކަށަވަރުން ﷲ އީ މަތިވެރިވެވޮޑިގެންވާ ހައިބަބޮޑުވެގެންވާ ކަލާނގެއެވެ.

Verse 31

أَلَمْ تَرَ أَنَّ ٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِنِعْمَتِ ٱللَّهِ لِيُرِيَكُم مِّنْ ءَايَـٰتِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ

Transliteration alam tara anna l-ful'ka tajrī fī l-baḥri biniʿ'mati l-lahi liyuriyakum min āyātihi inna fī dhālika laāyātin likulli ṣabbārin shakūrin

Dhivehi (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަނޑުގައި އަދި މޫދުގައި ނައުފަހަރު (މޫދުގައިދުވާ އުޅަނދުފަހަރު) ދުވާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެކަން އެނގިވަޑައި ނުގަންނަވައިތޯއެވެ؟ އެއީ ﷲ ގެ نعمة ންނެވެ. (އެކަން އެހެން އެހިންގަވަނީ) އެކަލާނގެ قدرة ތެރިކަމުގެ علامة ތަކުގެތެރެއިން ބައެއް علامة ކަލޭމެނަށް ދެއްކެވުމަށެވެ. ހަމަކަށަވަރުން ގިނަގިނައިން شكر ކުރާ އަދި ގިނަގިނައިން ކެތްތެރިވާ އަޅަކަށް އެކަމުގައި ކަނޑައެޅި بيان ވެގެންވާ دليل ވެއެވެ.

Verse 32

وَإِذَا غَشِيَهُم مَّوْجٌ كَٱلظُّلَلِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ فَمِنْهُم مُّقْتَصِدٌ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا كُلُّ خَتَّارٍ كَفُورٍ

Transliteration wa-idhā ghashiyahum mawjun kal-ẓulali daʿawū l-laha mukh'liṣīna lahu l-dīna falammā najjāhum ilā l-bari famin'hum muq'taṣidun wamā yajḥadu biāyātinā illā kullu khattārin kafūrin

Dhivehi އަދި ހިޔާގަނޑުފަދަ (ނުވަތަ ވިލާގަނޑުފަދަ) ބޮޑުރާޅު އެމީހުން ނިވައިކޮށްލައި (غرق ވެދާނެކަމަށް ހީވަންޏާ) އަޅުކަމާއި ކިޔަމަންތެރިކަން އެކަލާނގެއަށް إخلاص ތެރިކުރާ حال އެމީހުން ﷲ އަށް دعاء ކޮށް ގޮވާހަދައެވެ. ދެން އެމީހުން ހިކިފަސްތާކަށް ތިމަންރަސްކަލާނގެ ލައްވައި އެމީހުން ސަލާމަތް ހަމަކުރައްވައިފިއްޔާ ފަހެ އެމީހުންގެތެރޭގައި عدل ވެރި ބަސްބުނިމީހުންވެސް ތިބެއެވެ. (ތިމާމެންނަށް ކަންބޮޑުވީމާ ﷲ އަށް دعاء ކޮށްހެދިފަދައިންއެބަސްމަތީސީދާކޮށް ތިބިމީހުންވެއެވެ. ނަމަވެސް ގިނަމީހުންމަކަރުހަދައި އެކަލާނގެއަށް ކާފަރުވެއެވެ.) ފަހެ ކޮންމެ މަކަރުވެރި އަދި ގިނަގިނައިން ކާފަރުވާބަޔަކުމެނުވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދައި އިންކާރު ނުކުރެއެވެ.

Verse 33

يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ وَٱخْشَوْا۟ يَوْمًا لَّا يَجْزِى وَالِدٌ عَن وَلَدِهِۦ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيْـًٔا ۚ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ

Transliteration yāayyuhā l-nāsu ittaqū rabbakum wa-ikh'shaw yawman lā yajzī wālidun ʿan waladihi walā mawlūdun huwa jāzin ʿan wālidihi shayan inna waʿda l-lahi ḥaqqun falā taghurrannakumu l-ḥayatu l-dun'yā walā yaghurrannakum bil-lahi l-gharūru

Dhivehi އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިޔަބައިމީހުންގެ ربّ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި އެއްވެސް ބަފަޔަކުގެފަރާތުން އޭނާގެ ދަރިއަކަށް ކަމެއް ފުއްދައިނުދެވޭ އަދި އެއްވެސް ދަރިއަކު އޭނާގެ ބައްޕައަށް އެއްވެސްކަމެއް ފުއްދައިނުދޭ ދުވަހަކަށް (قيامة ދުވަހަށް) ތިޔަބައިމީހުން ބިރުވެތިވާށެވެ! އެއީ ނައިސްނުދާނޭ ދުވަހެކެވެ. އެއީ ﷲ ގެ وعد ފުޅެވެ. ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ ތެދެވެ. އަދި ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރުވިޔަ ނުދޭށެވެ! އަދި ﷲ ގެ ރަސްކަންފުޅުގެ ފަރާތުން شيطان ތިޔަބައިމީހުން ހެއްލުންތެރިކުރުވިޔަ ނުދޭށެވެ.

Verse 34

إِنَّ ٱللَّهَ عِندَهُۥ عِلْمُ ٱلسَّاعَةِ وَيُنَزِّلُ ٱلْغَيْثَ وَيَعْلَمُ مَا فِى ٱلْأَرْحَامِ ۖ وَمَا تَدْرِى نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِى نَفْسٌۢ بِأَىِّ أَرْضٍ تَمُوتُ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۢ

Transliteration inna l-laha ʿindahu ʿil'mu l-sāʿati wayunazzilu l-ghaytha wayaʿlamu mā fī l-arḥāmi wamā tadrī nafsun mādhā taksibu ghadan wamā tadrī nafsun bi-ayyi arḍin tamūtu inna l-laha ʿalīmun khabīrun

Dhivehi ހަމަކަށަވަރުން اقيامة ވާނެވަގުތެއް އަދި އޭގެ އެނގުން އަދި އެކަމުގެ علم ވަނީ ހަމައެކަނި އެކަލާނގެ حضرة ގައެވެ. އަދި ވާރޭވެހުމާއި އަދި އެކަމާއިބެހޭ އެންމެހައި އެނގުމާއި އަދި އަންހެނުންގެ رَحِم ގެ ތެރޭގައިވާ އެންމެހައި ކަންކަމުގެ علم އާއި މިއެންމެހައިކަމެއްގެ އެނގުންވަނީ ހަމައެކަނި ﷲ އަށް خاصّ ވެގެންނެވެ. އަދި މާދަމާ ކުރާނީ ކޮންކަމެއްކަންވެސް ހަމައެއްވެސް نفس އަކަށް ނޭނގޭނެއެވެ. (އެކަމުގެ علم ވެސް خاصّ ވެގެންވަނީ ހަމައެކަނި ﷲ އަށެވެ.) އަދި ތިމާ މަރުވާނީ ކޮން ބިމެއްގައިކަންވެސް ހަމައެއްވެސް نفس އަކަށް ނޭނގެއެވެ. (އެކަމުގެ علم ވެސް خاصّ ވެގެންވަނީ ހަމައެކަނި ﷲ އަށެވެ. ހަމަކަށަވަރުން ﷲ އީ ދެނެވޮޑިގެންވާ އަދި خبر ތައް އަންގަވާނެ ކަލާނގެއެވެ. • ދަންނައެވެ. މިއާޔަތުގައި بيان ވެގެންވާ މިވާ ފަސްކަމަކީ އެކަންކަމުގެ އެނގުން ހަމައެކަނި ﷲ ނޫންފަރާތަކަށް އެނގިގެންނުވާ ފަސްކަމެވެ. އެކަންކަމަށް مَفَاتِيحُ الغَيْب يعني: (غَيْبُ ގެ ތަޅުދަނޑިތައް) މިނަމުން ކިއިގެންވެއެވެ. والله أعلم.

Read Surah Luqman in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.