Surah Ash-Shams in Dhivehi: translation and audio
Surah 91 · الشمس · The Sun · 15 verses
Surah Ash-Shams verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Ash-Shams word by word in English.
Verse 1
وَٱلشَّمْسِ وَضُحَىٰهَا
Transliteration wal-shamsi waḍuḥāhā
Dhivehi އިރާއި އަދި އޭގެ އަލިކަން ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
Verse 2
وَٱلْقَمَرِ إِذَا تَلَىٰهَا
Transliteration wal-qamari idhā talāhā
Dhivehi ހަނދު ބޮޑުވެ ވަށްވެ އިރުފަދައިން އަލިކަމުގައި ތަބާ ވެއްޖެއްޔާއި އެ ހަނދު ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
Verse 3
وَٱلنَّهَارِ إِذَا جَلَّىٰهَا
Transliteration wal-nahāri idhā jallāhā
Dhivehi އަދި ދުވާލު އަލިވެއްޖެއްޔާ އެދުވާލު ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
Verse 4
وَٱلَّيْلِ إِذَا يَغْشَىٰهَا
Transliteration wa-al-layli idhā yaghshāhā
Dhivehi އަދި ރޭގަނޑު އަނދިރި ވެއްޖެއްޔާ އެ ރޭގަނޑު ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
Verse 5
وَٱلسَّمَآءِ وَمَا بَنَىٰهَا
Transliteration wal-samāi wamā banāhā
Dhivehi އަދި އުޑާއި އެތާނގައި ﷲ ބިނާކުރައްވާފައިވާހާ ތަކެއްޗާއި ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
Verse 6
وَٱلْأَرْضِ وَمَا طَحَىٰهَا
Transliteration wal-arḍi wamā ṭaḥāhā
Dhivehi ބިމާއި އަދި ބިމުގައި ﷲ ފަތުރުއްވާފައިވާހާ ތަނަކާއި ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
Verse 7
وَنَفْسٍ وَمَا سَوَّىٰهَا
Transliteration wanafsin wamā sawwāhā
Dhivehi އަދި ނަފްސާއި ނަފްސުގައި ﷲ ލައްވައި ތަރުކީބު ކުރައްވާ ބަރާބަރު ކުރައްވާފައިވާހާ ގުނަވަނަކާއި ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
Verse 8
فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا
Transliteration fa-alhamahā fujūrahā wataqwāhā
Dhivehi ފަހެ އެކަލާނގެ އެ ނަފްސަށް އެނަފްސުގެ ނުބައިކަމާއި ރަނގަޅުކަން އަންގަވައިދެއްވިއެވެ. އެބަހީ އެ ނަފްސަށް ނުބައިމަގާއި ހެޔޮމަގު އަންގަވައި ދެއްވިއެވެ. ދަންނައެވެ. އިސްވެދިޔަ ހުރިހާތަކެއްޗެއް ގަންދެއްވައި ﷲ ކުރެއްވި ހުވައިގެ ޖަވާބަކާއި މެދު މުފައްސިރުން ބަސްތަފާތެވެ. ބައެއްބޭކަލުން ވިދާޅުވަނީ ޖަވާބު حَذْف ވެފައިވާ ކަމަށެވެ. (ވަންހަނާވެފައިވާކަމަށެވެ.) އޭގެ ޖަވާބަކީ ހަމަކަށަވަރުން ކަލޭމެން މަރުވުމަށްފަހު މަޙްޝަރަށް ފޮނުވޭނެއެވެ. މިއެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ އެ ހުވައިގެ ޖަވާބަކީ قَدْ أَفْلَحَ مَن زَكَّاهَا وَقَدْ خَابَ مَن دَسَّاهَا މި އާޔަތް ކަމަށެވެ. (މި ޖަވާބު އާޔަތުގެ سِيَاقُ އާއި ގާތްކަން ބޮޑެވެ. والله أعلم.
Verse 9
قَدْ أَفْلَحَ مَن زَكَّىٰهَا
Transliteration qad aflaḥa man zakkāhā
Dhivehi ހަމަކަށަވަރުން ނަފުސު طَاهِرُކޮށް ޝިރުކާއި ފާފައިން ދުރުކޮށްފިމީހާ ކާމިޔާބުވެ ސަލާމަތް ވެއްޖެއެވެ.
Verse 10
وَقَدْ خَابَ مَن دَسَّىٰهَا
Transliteration waqad khāba man dassāhā
Dhivehi އަދި އެނަފުސު މަގުފުރައްދައި ހަލާކުކޮށް ވާވެއްދިމީހާ ހަމަކަށަވަރުން ގެއްލި ހަލާކުވެއްޖެއެވެ.
Verse 11
كَذَّبَتْ ثَمُودُ بِطَغْوَىٰهَآ
Transliteration kadhabat thamūdu biṭaghwāhā
Dhivehi ثَمُودُ ބާގައިގެމީހުން އެމީހުން ނުކިޔަމަންތެރިކަމުގައި ހައްދުފަހަނައަޅައި ގަތުމުގެސަބަބުން އެމީހުންގެ ރަސޫލު (صَالِحُ عَلَيْهِ السلام) ގެ ރަސޫލުކަން އެމީހުން ދޮގުކޮށްފިއެވެ. ނުވަތަ އެމީހުން އީމާން ނުވިނަމަ އެމީހުންނަށް އަތުވެދާނޭކަމަށް ވިދާޅުވި ޢަޒާބު އެމީހުންދޮގު ކޮށްފިއެވެ.
Verse 12
إِذِ ٱنۢبَعَثَ أَشْقَىٰهَا
Transliteration idhi inbaʿatha ashqāhā
Dhivehi އެއީ އެމީހުންގެ އެންމެނުބައި އަދިއެންމެ އަބާއްޖަވެރިޔާ (قَدَارُ بْنُ سَالِفُ) ﷲ ގެ ޖަމަލުކޮޅު މެރުމަށް ތެދުވެ ޤާއިމުވީހިދުންނެވެ. ނުވަތަ އެމީހުން އެނާފޮނުވި ހިދުންނެވެ.
Verse 13
فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَـٰهَا
Transliteration faqāla lahum rasūlu l-lahi nāqata l-lahi wasuq'yāhā
Dhivehi އަދި އެމީހުންނަށް އެމީހުންގެ ރަސޫލު (صَالِحُ عَلَيْهِ السلام) ވިދާޚުވިއެވެ. ކަލޭމެން ﷲ ގެ ޖަމަލުފުޅަށް ގޯނާއެއްނުކޮށް އޭތިއުޅެން އެތިދޫކޮށްލާށެވެ. އަދި އެތިބޯނެވަރަކަށް ފެންބޯން އޭތިދޫކޮށްލާށެވެ.
Verse 14
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا
Transliteration fakadhabūhu faʿaqarūhā fadamdama ʿalayhim rabbuhum bidhanbihim fasawwāhā
Dhivehi ދެންފަހެ އެމީހުން އެކަލޭގެފާނުންގެ ބަސްފުޅު ދޮގުކޮށްފިއެވެ. އަދިއެޖަމަލުކޮޅުގެ މޮއްގަޑުތައް ކަޑައި އެތި މަރައިފިއެވެ. އެކަންކުރީ އެނމެންމެބައިވެގެންވާމީހާ قَدَّارُ بْنُ سَالِف ކިޔާ އަބާއްޖަވެރިޔާއެވެ. ދެންފަހެ އެމީހުންގެމައްޗަށް ﷲ ގެ ޢަޒާބު އަތުވެއްޖެއެވެ. އެއީ އެމީހުންގެ ނުކިޔަމަންތެރިކަމާއި ފާފައިގެ ސަބަބުންނެވެ. އަދި އެޢަޒާބު އެމީހުންގެ މައްޗަށް ޢާއްމުކުރައްވައިފިއެވެ. އެއީގަދަވެގެންވާ އަޑުފަށްގަޑެކެވެ. އެއަޑަށް އެންމެން ބިރުންފިއްކެޑި މަރުވެ ތަންޑާވީއެވެ.
Verse 15
وَلَا يَخَافُ عُقْبَـٰهَا
Transliteration walā yakhāfu ʿuq'bāhā
Dhivehi އަދި الله އެކަންކުރެއްވީ ފަހަތުންބަޔަކު އައިސް އެކަމުގެބަދަލު ހިފައިފާނެކަމުގެ އެއްވެސްގޮތަކުން ބިރުވެތިވެ ވެވޮޑިގަތުމަކާއި ނުލައެވެ. (ބަދަލުހިފޭނީކާކަށްހެއްޔެވެ؟)
Read Surah Ash-Shams in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.