MyDugsiStart learning

Surah An-Najm in Dhivehi: translation and audio

Surah 53 · النجم · The Star · 62 verses

Surah An-Najm verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah An-Najm word by word in English.

Verse 1

وَٱلنَّجْمِ إِذَا هَوَىٰ

Transliteration wal-najmi idhā hawā

Dhivehi ތަރި އުދަރެހުގައި غائب ވެއްޖެއްޔާ އެ ތަރި ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ. (ދަންނައެވެ. النجم މި لفظ ގެ ތަރުޖަމާއަކާމެދު مفسّر ންގެ ބަސް ތަފާތެވެ. އަދި خاصّ ކޮށް قرآن ގައި މި لفظ ގެންނަވާފައިވާ مراد އަކާމެދު إختلاف ތައް އައިސްފައި އެބަ ހުއްޓެވެ. އެތަނުން ބައެއް މާނަ މިތާ ނަކަލުކޮށްލަމެވެ. النجم އަކީ ތަރިއެވެ. އެއިން މުރާދުކުރެވެނީ ކެތި، މި ނަކަތެވެ. ނުވަތަ އެއިން މުރާދުކުރެވެނީ زُهرة ކިޔާ ތަރިއެކެވެ. النجم ގެ އަނެއް މާނައަކީ ގަސްގަނޑު ނުހުންނަ ފަތްޕިލާވެއްޔެވެ. (ވެލުގެ މާނައިގައެވެ.) النجم ގެ މުރާދަކީ މި ސޫރަތުގައި قرآن އެވެ. النجم ގެ މުރާދަކީ މި ސޫރަތުގައި محمّد އެވެ. ދެންފަހެ هوٰى މި لفظ ގެ މާނައަކީ ވެއްޓުމެވެ. ނުވަތަ غائب ވުމެވެ. ނުވަތަ ނިވައިވުމެވެ. ނުވަތަ އޮއްސުމެވެ. މި ހުރިހާ މާނައެއްގައި މި لفظ ތައް ބޭނުންކުރެވިފައި އެބަ ހުއްޓެވެ. ވީމާ އަޅުގަނޑު މިތާ މި ލިޔަނީ އެންމެ ފުރަތަމަ މާނައެވެ. އެއީ: ތަރި ނުވަތަ ކެތި އޮއްސިއްޖެއްޔާ ނުވަތަ غائب ވެއްޖެއްޔާ އެ ކެތި ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ. މިއެވެ.

Verse 2

مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ

Transliteration mā ḍalla ṣāḥibukum wamā ghawā

Dhivehi (މި ހުވައިގެ جواب އަކީ) ކަލޭމެންގެ އެކުވެރިޔާ (އެބަހީ محمّد ﷺ) މަގުފުރެދިވަޑައިގެން ނުވެއެވެ. އަދި އެކަލޭގެފާނު ގެއްލި ހަލާކުވެގެން ނުދެއެވެ. ނޯޓު: މިތާ محمّد ﷺ އާމެދު قريش ންގެ އެކުވެރިޔާއެވެ. وحِى ކުރެއްވީ އެކަލޭގެފާނު އެންމެ ޅައިރުއްސުރެ ފަށައިގެން نبي ކަމާ ހަމައަށް ދާނދެންވެސް އެމީހުންގެ ތެރޭ މެދުނުކެނޑި އުޅުއްވި ކަމުގައި ވީތީއެވެ. އަދި އެކަލޭގެފާނު މަގުނުފުރެދޭ ކަމާއި، އެކަލޭގެފާނު ގެއްލި ހަލާކުވެގެން ނުވާކަން އެންމެ ބޮޑަށް ދަންނަން ވާނީ އެމީހުންނެވެ. އެއީ އެމީހުންގެ އެކުވެރިޔާއެވެ. އެމީހުންގެ އަމީނެވެ.

Verse 3

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ

Transliteration wamā yanṭiqu ʿani l-hawā

Dhivehi އަދި އެކަލޭގެފާނު هوٰى نفس އެދޭ ގޮތަށް ބޭނުންހާ ވާހަކައެއް ނުދައްކަވައެވެ.

Verse 4

إِنْ هُوَ إِلَّا وَحْىٌ يُوحَىٰ

Transliteration in huwa illā waḥyun yūḥā

Dhivehi އެކަލޭގެފާނުންގެ ބަސްފުޅު އެއީ ހަމަ ބާވައިލެއްވޭ وحِى ކަމުގައި މެނުވީ ނުވެއެވެ.

Verse 5

عَلَّمَهُۥ شَدِيدُ ٱلْقُوَىٰ

Transliteration ʿallamahu shadīdu l-quwā

Dhivehi އެކަލޭގެފާނަށް އެ وحِى އުނގަންނަވައިދެއްވީ ބާރުގަދަވެގެންވާ ކަލޭގެފާނެވެ. އެބަހީ جبريل الأمين އެވެ.

Verse 6

ذُو مِرَّةٍ فَٱسْتَوَىٰ

Transliteration dhū mirratin fa-is'tawā

Dhivehi އެކަލޭގެފާނަކީ ބާރުފުޅު ގަދަ ނުވަތަ ވިސްނުންފުޅާއި، ބުއްދިފުޅު ގަދަ އަދި ރިވެތިވެގެންވާ ކަލޭގެފާނެވެ. އުޑުގައި އެކަލޭގެފާނު إستوٰى ވެވަޑައިގެންނެވިއެވެ. އެބަހީ މަތިވެރި ވެވަޑައިގެންނެވިއެވެ.

Verse 7

وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ

Transliteration wahuwa bil-ufuqi l-aʿlā

Dhivehi އޭރު އެކަލޭގެފާނު (އެބަހީ جبريل عَلَيه السلام) ހުންނެވީ މަތިވެރިވެގެންވާ އުދަރެހުގައެވެ. (އެބަހީ އެކަލޭގެފާނުންގެ أصل صورة ފުޅުގައި އިރުމަތީ ފަރާތު އުދަރެހުގައި އެކަލޭގެފާނު ފައުޅުވެވަޑައިގެންނެވިއެވެ. رسول الله ﷺ އެކަލޭގެފާނުންގެ أصل ސޫރަފުޅުގައި ދެކެވަޑައިގެންނެވިއެވެ. އިރުމަތީ ފަރާތު އުދަރެހުން مغرب ފަރާތާ ހަމައަށް މުޅިން ބައްދާލާފައި ވެއެވެ. އެހާވެސް އެކަލޭގެފާނު ބޮޑެވެ.

Verse 8

ثُمَّ دَنَا فَتَدَلَّىٰ

Transliteration thumma danā fatadallā

Dhivehi ދެން އެކަލޭގެފާނު (އެބަހީ جبريل عَلَيه السلام) محمّد ﷺ އާ ވަރަށް ބޮޑަށް ގާތްވެވަޑައިގެންނެވިއެވެ.

Verse 9

فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ

Transliteration fakāna qāba qawsayni aw adnā

Dhivehi އެ ދެބޭކަލުންގެ ދެމެދު ދުންޏެއްގެ މިންވަރަށް ނުވަތަ ދެމުށުގެ މިންވަރަށް ގާތްވެވަޑައިގެންނެވި ކަމުގައި ވެއެވެ. (ނުވަތަ معراج ގެ ރޭގައި محمّد ﷺ އާއި އެކަލޭގެފާނުންގެ ربّ އާ ދެމެދު އެވަރަށް ގާތްވިއެވެ.) ނުވަތަ އެއަށްވުރެވެސް ބޮޑަށް ގާތްވި ކަމުގައި ވިއެވެ. والله أعلم.

Verse 10

فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ

Transliteration fa-awḥā ilā ʿabdihi mā awḥā

Dhivehi ދެންފަހެ الله تعالى އެކަލާނގެ އަޅާ محمّد ﷺ އަށް އެ وحِى ކުރެއްވި އެއްޗެއް جبريل عَلَيه السلام މެދުވެރި ކުރައްވައި وحِى ކުރެއްވިއެވެ. (ނުވަތަ މާތް الله އެކަލާނގެ އަޅާ محمّد ﷺ އަށް އެ وحِى ކުރެއްވި އެއްޗެއް وحِى ކުރައްވައިފިއެވެ. (މިމައްސަލައިގާ ވަރަށް إخْتِلآفُ ވެއެވެ.)

Verse 11

مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ

Transliteration mā kadhaba l-fuādu mā raā

Dhivehi އަދި އެކަލޭގެފާނުންގެ (އެބަހީ محمّد ﷺ ގެ) ހިތްޕުޅު އެކަލޭގެފާނަށް އެ ފެނިވަޑައިގެންނެވިއެއްޗެއް ދޮގެއް ނުކުރައްވައެވެ. (އެބަހީ معراج ގެ ރޭގައި އެކަލޭގެފާނު އެ ދެކެވަޑައިގަތް އެއްވެސް އެއްޗެއް އެކަލޭގެފާނުންގެ ހިތްޕުޅު ދޮގު ނުކުރައްވައެވެ.

Verse 12

أَفَتُمَـٰرُونَهُۥ عَلَىٰ مَا يَرَىٰ

Transliteration afatumārūnahu ʿalā mā yarā

Dhivehi ކަލޭމެން ފަހެ އެކަލޭގެފާނުން އެ ދެކެވަޑައިގެންނެވި އެއްޗަކާމެދު އެކަލޭގެފާނާ جدل ކުރަނީ ހެއްޔެވެ؟

Verse 13

وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ

Transliteration walaqad raāhu nazlatan ukh'rā

Dhivehi އަދި ހަމަކަށަވަރުން رسول الله ﷺ އަދިއެހެންފަހަރަކުވެސް جِبْرِيْلُ عَلَيه السلام ދެކެވަޑައިގެންނެވިއެވެ. (އެބަހީ އެކަލޭގެފާނު ހެއްދެވުނު أصل صورة ފުޅުގައި އެހެން ފަހަރަކުވެސް ދެކެވަޑައިގަތެވެ.)

Verse 14

عِندَ سِدْرَةِ ٱلْمُنتَهَىٰ

Transliteration ʿinda sid'rati l-muntahā

Dhivehi އެއީ سدرةالمنتهى ގެ ކައިރިން معراج ގެ ރޭގައެވެ.

Verse 15

عِندَهَا جَنَّةُ ٱلْمَأْوَىٰٓ

Transliteration ʿindahā jannatu l-mawā

Dhivehi جنّة المأوٰى އެވެ ކިއުނު ސުވަރުގެ ވަނީ އެތާނގައެވެ. (އެބަހީ އެ ސުވަރުގެ ވަނީ سدرةالمنتهى ގެ ކައިރީގައި عرشى ގެ ކަނާތް ފަރާތުގައެވެ. والله أعلم)

Verse 16

إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ

Transliteration idh yaghshā l-sid'rata mā yaghshā

Dhivehi އެ ގަސް (އެބަހީ سدرةالمنتهى އެވެ ކިޔުނު ގަސް) ނިވައިކޮށްލާ އެއްޗެއް ނިވައިކޮށްލައެވެ. (ރަނުގެ ގޮއްފުޅަނގިތައް އެ ގަސް ނިވައިކޮށްލައެވެ.)\n• ދަންނައެވެ. سدرة އަކީ ކުންނާރު ގަހަށް ކިޔާ ނަމެކެވެ. منتهى އަކީ ގޮސް ހަމަވާ ތަނެވެ. سدرةالمنتهى އަކީ ހަވަނަ އުޑުގައި ނުވަތަ ހަތްވަނަ އުޑުގައިވާ ގަހަކަށް (ކުންނާރު) ގަހަކަށް ކިޔާ ނަމެކެވެ. އެއީ ކުންނާރު ގަހެކޭ لُغَوِى ގޮތުން ކިޔާފައި އޮތަސް އޭގެ خاصّيّة އާއި، ތާސީރު ހަމައެކަނި الله އަށް މެނުވީ އެނގިގެން ނުވެއެވެ. جنّةالمأوٰى އެވެ ކިޔުނު ސުވަރުގެ ވަނީ އެތާނގައެވެ. އެ ގަހަށް އެކި އިރަށް އެކި ކުލަ އަރާ ކަމުގައި ވެއެވެ. ރީތިކަމުން بيان ކުރަން ނޭނގޭހާ ރީތި ގޮތްތައް އެ ގަހަށް ވާކަމުގައި ވެއެވެ. ރަނުގެ ގޮއްފުޅަނގިތަކުން އެ ގަސްނިވާކޮށްލާ ކަމުގައި ވެއެވެ. އެގަހުގެ ފަތް އެހާ ބޮޑެތިވެފައި، މޭވާވެސް އެހާ ބޮޑު ކަމުގައި ވެއެވެ. އެ ގަހަށް سدرةالمنتهى އެވެ ކިއުނީ އެންމެހައި خلق ތަކުންގެ علم އެ ހިސާބަށް ނިމޭތީ ކަމުގައި ބުނެވުނެވެ. އޭގެ އެކޮޅު އެއްވެސް مخلوق އަކަށް އެނގިގެން ނުވެއެވެ. އަދި ބުނެވުނެވެ. ބިމުގެ އެންމެހާ ކަމެއް އަރައިގެން ގޮސް ނިމެނީ އެ ހިސާބަށެވެ. އަދި ބުނެވުނެވެ. އެންމެހައި شهيد ންގެ ފުރާނަތައް ގޮސް ނިމެނީ އެ ހިސާބަށެވެ. ملائكة ބޭކަލަކުވެސް އޭގެ އެކޮޅަކަށް ވަޑައި ނުގަންނަވައެވެ. އަދި މިނޫން ގޮތްގޮތަށްވެސް ކިޔައިފައި ވެއެވެ. والله أعلم بالصّواب

Verse 17

مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ

Transliteration mā zāgha l-baṣaru wamā ṭaghā

Dhivehi އަދި އެކަލޭގެފާނުންގެ (އެބަހީ محمّد ގެފާނުންގެ) ލޯފުޅު އެހެން ފަރާތަކަށް ލެނބިނުލައެވެ. (އެބަހީ އެކަލޭގެފާނުންގެ ލޯފުޅު ކަނާތް ފަރާތަށް، އަދި ވާތް ފަރާތަށް، އަދި މައްޗަށް ތިރިއަށް އަނބުރުއްވައި، ފަރާތްފަރާތަށް ބައްލަވާ ނަހައްދަވައެވެ. ކަނޑައެޅުއްވިފައިވާ حدّ ފަހަނަޅައި ނުދެއެވެ.

Verse 18

لَقَدْ رَأَىٰ مِنْ ءَايَـٰتِ رَبِّهِ ٱلْكُبْرَىٰٓ

Transliteration laqad raā min āyāti rabbihi l-kub'rā

Dhivehi ހަމަކަށަވަރުން އެރޭ (އެބަހީ معراج ގެ ރޭގައި) އެކަލޭގެފާނުންގެ ربّ ގެ ބޮޑެތިބޮޑެތިވެގެންވާ عجائب ތަކާއި، އެކަލާނގެ قدرة ތެރިކަމާއި، އެއްކައުވަންތަކަމުގެ ގިނަގުނަ ވެގެންވާ دليل ތައް އެކަލޭގެފާނު އެތަނުން ދެކެވަޑައިގެންނެވިއެވެ.

Verse 19

أَفَرَءَيْتُمُ ٱللَّـٰتَ وَٱلْعُزَّىٰ

Transliteration afara-aytumu l-lāta wal-ʿuzā

Dhivehi (އޭ މިތިބަ مشرك ންނޭވެ.) لات އާއި، عُزَّى (މި ދެ ބުދާމެދު) ކަލޭމެން ނިކަން ތިމަން ކަލޭގެފާނަށް خبر ދީބަލާށެވެ.

Verse 20

وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ

Transliteration wamanata l-thālithata l-ukh'rā

Dhivehi އަދި ތިންވަނައަށް އެހެރަ ބުދު مناة އާމެދު ވެސް ކަލޭމެން خبر ދީބަލާށެވެ. ކަލޭމެން ނިކަން ބުނެބަލާށެވެ. އެތަކެތީންކަލޭމެނަށްވަނީ ކޮންފައިދާއެއްހެއްޔެވެ.

Verse 21

أَلَكُمُ ٱلذَّكَرُ وَلَهُ ٱلْأُنثَىٰ

Transliteration alakumu l-dhakaru walahu l-unthā

Dhivehi އަދި ކަލޭމެން ތިޔަ ބުނަނީ ކަލޭމެންނަށް ފިރިހެން ދަރީން، އެބަހީ ފިރިހެން جنس خاصّ ވެގެން ވާކަމަށެވެ. އަދި އެކަލާނގެއަށް خاصّ ވެގެން ވަނީ އަންހެން جنس ކަމަށެވެ.

Verse 22

تِلْكَ إِذًا قِسْمَةٌ ضِيزَىٰٓ

Transliteration til'ka idhan qis'matun ḍīzā

Dhivehi އެހެންކަމަށް ވަންޏާ އެއީ ވަރަށްވެސް އަނިޔާވެރި ބޭއިންސާފު ބެހުމެކެވެ.

Verse 23

إِنْ هِىَ إِلَّآ أَسْمَآءٌ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ ۖ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ

Transliteration in hiya illā asmāon sammaytumūhā antum waābāukum mā anzala l-lahu bihā min sul'ṭānin in yattabiʿūna illā l-ẓana wamā tahwā l-anfusu walaqad jāahum min rabbihimu l-hudā

Dhivehi (އެތަކެއްޗަކީ (އެބަހީ އެ ބުދުތަކަކީ) ކަލޭމެންނާއި، ކަލޭމެންގެ ކާބަފައިން ކިޔާފައިވާ ހުސް ނަންތަކެކެވެ. الله އެތަކެއްޗަށް އެއްވެސް ބާރެއް، އަދި އެއްވެސް دليل އެއް حجّة އެއް ބާވައި ނުލައްވައެވެ. (އެބަހީ އެ ތަކެއްޗަށް އަޅުކަން ކުރުން ހުއްދަވާނޭ އެއްވެސް دليل އެއް حجّة އެއް الله ބާވައިލައްވާފައި ނުވެއެވެ.) އެމީހުން، އެބަހީ އެ ބުދަށް އަޅުކަންކުރާ މީހުން، ހަމައެކަނި ހީއެއްގެ މައްޗަށް ނޫނީ تبع ވާކަމުގައި ނުވެއެވެ. އަދި އެމީހުންގެ هوٰى نفس އެމީހުންނަށް ދައްކައިދޭ އެއްޗަކަށް މެނުވީ އެމީހުން تبع ވާކަމުގައި ނުވެއެވެ. އަދި ހަމަކަށަވަރުން އެމީހުންނަށް އެމީހުންގެ ربّ ގެ حضرة ން ތެދުމަގު އަތުވެއްޖެއެވެ. (އެހެންވީއިރު އެމީހުން އެ ބުދުތަކަށް އަޅުކަން ކުރުން ދެން ހުއްދަވާނީ ކޮންފަދައަކުން ހެއްޔެވެ؟)

Verse 24

أَمْ لِلْإِنسَـٰنِ مَا تَمَنَّىٰ

Transliteration am lil'insāni mā tamannā

Dhivehi ނުވަތަ އަދި ކިޔެއް ހެއްޔެވެ؟ އިންސާނާއަށް އޭނާ އެދޭހައި ކަމެއް ލިބިގެންވޭ ހެއްޔެވެ؟

Verse 25

فَلِلَّهِ ٱلْـَٔاخِرَةُ وَٱلْأُولَىٰ

Transliteration falillahi l-ākhiratu wal-ūlā

Dhivehi ފަހެ آخرة ގެ އެންމެހައި ކަންތަކާއި، ދުނިޔޭގެ އެންމެހާ ކަންތަކެއްވެސް ملك ވެ خاصّ ވެގެން ވަނީ ހަމަ الله އަށެވެ. (އެމީހުންނަށް، އެބަހީ އިންސާނުންނަށް އެއިން އެއްވެސް ކަމެއްގެ حقّ އެއް ނެތެވެ.)

Verse 26

۞ وَكَم مِّن مَّلَكٍ فِى ٱلسَّمَـٰوَٰتِ لَا تُغْنِى شَفَـٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ

Transliteration wakam min malakin fī l-samāwāti lā tugh'nī shafāʿatuhum shayan illā min baʿdi an yadhana l-lahu liman yashāu wayarḍā

Dhivehi އުޑުގައިވާ ملائكة ބޭކަލުންނަށް ވެސް، الله އެ ފަރާތަކަށް شفاعة ތެރިވުމަށް إِذْنَ ދެއްވާ އަދި ރުހިވޮޑިގަތުމަށްފަހުގައި މެނުވީ އެއިން ބޭކަލެއްގެ شفاعة ން އެއްވެސް منفع އެއް ނުކުރާނޭ ކިތަންމެ ملائكة ބޭކަލުންނެއް އެ އުޑުތަކުގައި ވެއެވެ. (މި ވާހަކައިގެ خلاصة އަކީ ملائكة ބޭކަލުންގެ އެހާ ބޮޑު އަޅުވެތިކަމާއި، ﷲ ގެ حضرة އަށް އެ ބޭކަލުންގެ ހުންނަ ކިޔަމަންތެރިކަމާއި، އުރެދިވަޑައިގަތުމެއް ނެތުމާއެކުވެސް އެމީހަކަށް شفاعة ތެރިވުމަށް الله އިރާދަކުރައްވައި، އެބޭކަލުންނަށް އެ شفاعة ތެރިވުމުގެ إِذْنَ ދެއްވައި، އަދި އެމީހަކަށް الله ރުހިވޮޑިގަތުމަށް ފަހުގައި މެނުވީ ملائكة ބޭކަލުންނަށްވެސް އެއްވެސް މީހަކަށް شفاعة ތެރިވުމުގެ حقّ ލިބިވަޑައިގެން ނުވެއެވެ. (އެހެންވީއިރު އެއިން ބޭކަލަކަށްވެސް އަޅުކަންކުރުން ހުއްދަވާނެ ދަލީލެއްނެތެވެ.

Verse 27

إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ لَيُسَمُّونَ ٱلْمَلَـٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ

Transliteration inna alladhīna lā yu'minūna bil-ākhirati layusammūna l-malāikata tasmiyata l-unthā

Dhivehi آخرة އަށް އިންކާރުކުރާ މީހުން - އެމީހުން ކަނޑައެޅިގެން ملائكة ބޭކަލުންނަށް އަންހެނުންގެ ނަމުން ނަން ކިޔަނީއެވެ. (އެބަހީ މަލާއިކަތް ބޭކަލުންނަކީ ﷲ ގެ އަންހެން ދަރީން ކަމުގައި އެމީހުން ބުނަނީއެވެ. الله ހުސް طاهر ވަންތައެވެ. ދަރިކަލަކު ހިއްޕެވުމަކީ އެއްގޮތަކަށްވެސް އެކަލާނގެއަށް އެކަށީގެންވާ ކަމެއް ނޫނެވެ.

Verse 28

وَمَا لَهُم بِهِۦ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّ ۖ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا

Transliteration wamā lahum bihi min ʿil'min in yattabiʿūna illā l-ẓana wa-inna l-ẓana lā yugh'nī mina l-ḥaqi shayan

Dhivehi އެމީހުންނަށް އެކަމުގައި (އެބަހީ ملائكة ބޭކަލުންނީ ﷲ ގެ އަންހެން ދަރީން ކަމުގައި ބުނާކަށް) އެމީހުންނަށް އެއްވެސް علم އެއް ނުވެއެވެ. އެއީ އެކައްޗެއްވެސް އެނގިގެން ކިޔާ އެއްޗެއް ނޫނެވެ. އެއީ ހަމަ އެމީހުން ހީކުރާ ހުސް ހީއަކަށް تبع ވެގެން އެމީހުން ބުނާ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ. އަދި ކަނޑައެޅިގެން ހީއަކީ އެއްވެސް حال އެއްގައި حقّ މައްސަލައެއްގައި حقّ އާއި އިދިކޮޅަށް އެއްވެސް ކަމެއް ފުއްދައިދެވޭނޭ އެއްޗެއް ނޫނެވެ.

Verse 29

فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا ٱلْحَيَوٰةَ ٱلدُّنْيَا

Transliteration fa-aʿriḍ ʿan man tawallā ʿan dhik'rinā walam yurid illā l-ḥayata l-dun'yā

Dhivehi (އޭ رسول الله އެވެ!) ތިމަން ރަސްކަލާނގެ ذكر ން - އެބަހީ ކީރިތި قرآن ންނާއި، އޭގެ هداية ން - މޫނު އަނބުރައިލާ إيمان ނުވި މީސްތަކުންގެ ފަރާތުން ކަލޭގެފާނު ދުރުވެވަޑައިގަންނަވާށެވެ. އެމީހުންގެ ކައިރިން އެނބުރި ފުރަގަސް ދެއްވާށެވެ. އެމީހުން ހަމައެކަނި ދުނިޔޭގެ حياة މެނުވީ ނޭދެއެވެ. آخرة އަކަށް އެއްވެސް خيال އެއް އަދި އެނގުމެއް ނެތެވެ.

Verse 30

ذَٰلِكَ مَبْلَغُهُم مِّنَ ٱلْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ

Transliteration dhālika mablaghuhum mina l-ʿil'mi inna rabbaka huwa aʿlamu biman ḍalla ʿan sabīlihi wahuwa aʿlamu bimani ih'tadā

Dhivehi އެމީހުންގެ علم އާއި، އެނގުން ހުރި ވަރަކީ އެއީއެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ، އެކަލާނގެ ސީދާ ތެދުމަގުން ކަހައިލައި، މަގުފުރެދިގެންވާ މީހުން ދެނެވޮޑިގަތުން ބޮޑެވެ. އަދި ސީދާ ތެދުމަގު ލިބުނު މީހުންވެސް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. (أزل ގައި އެކަން އޮތް ގޮތް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ.)

Verse 31

وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَـٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى

Transliteration walillahi mā fī l-samāwāti wamā fī l-arḍi liyajziya alladhīna asāū bimā ʿamilū wayajziya alladhīna aḥsanū bil-ḥus'nā

Dhivehi އަދި އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ملك ވެ خاصّ ވެގެންވަނީ ހަމައެކަނި الله އަށެވެ. (އެއީ އެކަލާނގެ ތަކެއްޗެވެ. އެތާނގައިވާ މަގުފުރެދުނު މީހުންނާއި، ތެދުމަގުގައި ތިބި މީހުންވެސް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. އެފަދައިން އެކަލާނެ ކަންތައް ގެންދަވަނީ) ތިމާމެން ދުނިޔޭގައި ތިބެގެން ނުބައި عمل ތައް ކުރި މީހުންނަށް ނުބައި جزاء ދެއްވުމަށާއި، އަދި ރަނގަޅު ހެޔޮ عمل ކުރި މީސްތަކުންނަށް ރަނގަޅު ހެޔޮ جزاء ދެއްވުމަށެވެ. (ނުބައި ޖަޒާއަކީ قيامة ދުވަހުން ﷲ ގެ ކޯފާއާއި، ނަރަކައިގެ عذاب އެވެ. ހެޔޮ جزاء އަކީ قيامة ދުވަހުން ﷲ ގެ ރުއްސެވުމާއި، ސުވަރުގޭގެ ގިނަގުނަ نعمة އެވެ.)

Verse 32

ٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ ۚ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِى بُطُونِ أُمَّهَـٰتِكُمْ ۖ فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ

Transliteration alladhīna yajtanibūna kabāira l-ith'mi wal-fawāḥisha illā l-lamama inna rabbaka wāsiʿu l-maghfirati huwa aʿlamu bikum idh ansha-akum mina l-arḍi wa-idh antum ajinnatun fī buṭūni ummahātikum falā tuzakkū anfusakum huwa aʿlamu bimani ittaqā

Dhivehi އެމީހުންނަކީ އެބަހީ ރަނގަޅު ހެޔޮ عمل ކުރި ރަނގަޅު މީހުންނަކީ ތިމާމެންގެ ފަރާތުން ވެވޭ ކުދިކުދި ފާފަ (لَمَمُ) މެނުވީ ނުކުރާ މީހުންނެވެ. ބޮޑެތި ފާފަޔާއި، فاحش ކަންތަކަށް އަރައިނުގަންނަ މީހުންނެވެ. އެކަންކަމާ ދުރުވެގެންވާ މީހުންނެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ ފާފަ ފުއްސެވުން ތަނަވަސް ވެގެންވާ ކަލާނގެއެވެ. އެބަހީ އެންމެހައި ފާފަވެސް ފުއްސަވާ ކަލާނގެއެވެ. އަދި ކަލޭމެންގެ އެންމެހާ حال ތަކެއް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. އެކަލާނގެ ކަލޭމެން ބިމުން ހެއްދެވިހިނދުވެސް (އެބަހީ ކަލޭމެންގެ ބައްޕަ ءادم ގެފާނު ހެއްދެވިހިނދު ވެސް) އަދި ކަލޭމެން ކަލޭމެންގެ މައިންގެ ބަނޑުގައިވާ حال ވެސް ކަލޭމެންގެ ހުރިހާ حال ތަކެއް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. ފަހެ އެހެންވެ ކަލޭމެން އަމިއްލައަށް ކަލޭމެންގެ نفس ތައް طاهر ނުކުރާށެވެ. (އެބަހީ ކަލޭމެންނަކީ ފާފައެއް ނެތް ރަނގަޅު ބަޔަކު ކަމުގައި ކަލޭމެން އަމިއްލައަށް ބުނެ ނަހަދާށެވެ.) ހަމަކަށަވަރުން تقوٰى ވެރި މާތް طاهر ބަޔަކީ ކޮން ބަޔަކުކަން ވެސް އެކަލާނގެ މާ ރަނގަޅަށް ދެނެވޮޑިގެން ވެއެވެ.

Verse 33

أَفَرَءَيْتَ ٱلَّذِى تَوَلَّىٰ

Transliteration afara-ayta alladhī tawallā

Dhivehi ،(34) (އޭ رسول الله އާއެވެ!) إسلام دين ން މޫނު އަނބުރާލައިފުރަގަސްދިންމީހާއަށްކަލޭގެފާނުނުބައްލަވަމުތޯއެވެ؟\nދަންނައެވެ. މި އާޔަތާއި، އަދި މީގެ ފަހަތަށް މިވާ ދެތިން އާޔަތުން މި ސިފަވެގެން ދަނީ قريش ވަންހައިގެ الوليد بن المغيرة ގެ ވާހަކައެވެ. ފަހެ އޭނާ قرآن އަހައި إسلام ވާން ކައިރި ވިއެވެ. ނުވަތަ إسلام ވިއެވެ. އެ ވާހަކަ قريش ގެ مشرك ންކުރެ މީހަކަށް އިވިގެން އައިސް އޭނާއަށް ވަރަށް عيب ކިޔައި މަލާމާތް ކުރީމާ وليد ބުނިކަމަށް ވަނީ ﷲ ގެ عذاب އަށް ބިރުގަންނަ ކަމުގައެވެ. ދެންފަހެ އެމީހާ ބުންޏެވެ. ކަލޭ ތިޔަ ބިރުގަންނަ عذاب އަހުރެން އުފުލައިފާނަމެވެ. އަހުރެންނަށް ކޮންމެ މަހަކު ކަލޭގެ މުދަލުން ކޮންމެވެސް ވަރެއް ދޭށެވެ. އަދި ކަލޭގެ ތިޔަ ދީން ދޫކޮށް ކާބަފައިންގެ دين އަށް އަލުންވެސް رجوع ވާށެވެ. ދެން މި وليد އޭނާއަށް އެބުނި ގޮތުގެ މަތިން ކޮންމެ މަހަކު ނުވަތަ ކޮންމެ ހަފުތާއަކު ނުވަތަ ކޮންމެ އަހަރަކު ކުޑަކޮށް ދީދީފައި ދެން ނުދީ އެކަން ހުއްޓައިލިއެވެ.

Verse 34

وَأَعْطَىٰ قَلِيلًا وَأَكْدَىٰٓ

Transliteration wa-aʿṭā qalīlan wa-akdā

Dhivehi ،(34) (އޭ رسول الله އާއެވެ!) إسلام دين ން މޫނު އަނބުރާލައިފުރަގަސްދިންމީހާއަށްކަލޭގެފާނުނުބައްލަވަމުތޯއެވެ؟\nދަންނައެވެ. މި އާޔަތާއި، އަދި މީގެ ފަހަތަށް މިވާ ދެތިން އާޔަތުން މި ސިފަވެގެން ދަނީ قريش ވަންހައިގެ الوليد بن المغيرة ގެ ވާހަކައެވެ. ފަހެ އޭނާ قرآن އަހައި إسلام ވާން ކައިރި ވިއެވެ. ނުވަތަ إسلام ވިއެވެ. އެ ވާހަކަ قريش ގެ مشرك ންކުރެ މީހަކަށް އިވިގެން އައިސް އޭނާއަށް ވަރަށް عيب ކިޔައި މަލާމާތް ކުރީމާ وليد ބުނިކަމަށް ވަނީ ﷲ ގެ عذاب އަށް ބިރުގަންނަ ކަމުގައެވެ. ދެންފަހެ އެމީހާ ބުންޏެވެ. ކަލޭ ތިޔަ ބިރުގަންނަ عذاب އަހުރެން އުފުލައިފާނަމެވެ. އަހުރެންނަށް ކޮންމެ މަހަކު ކަލޭގެ މުދަލުން ކޮންމެވެސް ވަރެއް ދޭށެވެ. އަދި ކަލޭގެ ތިޔަ ދީން ދޫކޮށް ކާބަފައިންގެ دين އަށް އަލުންވެސް رجوع ވާށެވެ. ދެން މި وليد އޭނާއަށް އެބުނި ގޮތުގެ މަތިން ކޮންމެ މަހަކު ނުވަތަ ކޮންމެ ހަފުތާއަކު ނުވަތަ ކޮންމެ އަހަރަކު ކުޑަކޮށް ދީދީފައި ދެން ނުދީ އެކަން ހުއްޓައިލިއެވެ.

Verse 35

أَعِندَهُۥ عِلْمُ ٱلْغَيْبِ فَهُوَ يَرَىٰٓ

Transliteration aʿindahu ʿil'mu l-ghaybi fahuwa yarā

Dhivehi ނުވަތަ އޭނާގެ އަތުގައި غيب ގެ علم ވަނީ ހެއްޔެވެ؟ އޭނާ އޭގައިވާ ގޮތެއް ބަލާ ހަދާނީ އެހެންނަމަ ތާއެވެ. (އެކަހަލަ އެއްވެސް ކަމެއްވެސް އޮތީއެއް ނޫނެވެ.)

Verse 36

أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ

Transliteration am lam yunabba bimā fī ṣuḥufi mūsā

Dhivehi ނުވަތަ އޭނާއަށް ފަހެ موسٰى عَلَيْه السلام ނަށް ބާވައިލެއްވި صحف ތަކުގައިވާ خبر ތަކާއި، معلومات ތަކުގެ خبر ނެތީ ބާވައެވެ؟

Verse 37

وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ

Transliteration wa-ib'rāhīma alladhī waffā

Dhivehi އަދި އެކަލޭގެފާނަށް އެންގެވުނު އެންމެހައި ކަންތައްތައް ބަރާބަރުކުރެއްވި إبراهيم عَلَيْه السلام ގެ صحف ގައިވާ ތަކެތީގެ خبر ވެސް އޭނާއަށް ނޭނގެނީ ބާވައެވެ؟

Verse 38

أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ

Transliteration allā taziru wāziratun wiz'ra ukh'rā

Dhivehi (އެ صحف ތަކުގައި އަންނަނިވި خبر ތައް ވެއެވެ.) ފާފަވެރި އެއްވެސް نفس އެއްގެ ފާފަޔާއި، ބުރަކަން (قيامة ދުވަހުން) އަނެއް نفس އެއް ނުއުފުލާނެއެވެ. އެބަހީ އެމީހަކު ކުރި ފާފައެއްގެ جزاءއަކާއި، ބުރަކަމެއްއުފުލަން ޖެހޭނީ ހަމަ އެ نفس އެކެވެ.

Verse 39

وَأَن لَّيْسَ لِلْإِنسَـٰنِ إِلَّا مَا سَعَىٰ

Transliteration wa-an laysa lil'insāni illā mā saʿā

Dhivehi އަދި ހަމަކަށަވަރުން، އިންސާނާއަށް އޭނާ ކުރި عمل އެއްގެ جزاء މެނުވީ ނުވެއެވެ.

Verse 40

وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ

Transliteration wa-anna saʿyahu sawfa yurā

Dhivehi އަދި ހަމަކަށަވަރުން އޭނާ ކުރި ކަމެއް އޭނާ (قيامة ދުވަހުން) ދެކޭނެއެވެ.

Verse 41

ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ

Transliteration thumma yuj'zāhu l-jazāa l-awfā

Dhivehi ދެން އެ عمل އަށް އޭނާއަށް ހަމަ ބަރާބަރު ފުރިހަމަ ޖަޒާ ދެއްވޭނެއެވެ. (ހެޔޮ عمل އަކަށް ވިއްޔާ ހެޔޮ جزاء އެވެ. ނުބައި عمل އަކަށް ވިއްޔާ ނުބައި ޖަޒާއެވެ. އަދި ﷲ އޭނާއަށް عفوء ކުރައްވަން އެދިވޮޑިގަތް އެއްޗެއް عفوء ވެސް ކުރައްވާނެއެވެ.)

Verse 42

وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ

Transliteration wa-anna ilā rabbika l-muntahā

Dhivehi (އަދި އޭ رسول الله އެވެ!) މަރުވުމަށްފަހު ވެސް ﷲ ގެ އަޅުތަކުންގެ އެންމެހައި ކަމެއް رجوع ވާނީ ﷲ ގެ حضرة އަށެވެ. ކަލޭގެފާނުންގެ ربّ ގެ حضرة އަށެވެ.

Verse 43

وَأَنَّهُۥ هُوَ أَضْحَكَ وَأَبْكَىٰ

Transliteration wa-annahu huwa aḍḥaka wa-abkā

Dhivehi (އަދި ހަމަކަށަވަރުން އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު އުފާވާނޭ ގޮތް މެދުވެރި ކުރައްވައި ހައްދަވައެވެ.) އަދި އެކަލާނގެ އެދިވޮޑިގަތް އަޅަކު ރޮއްވައެވެ. ދެރަވެ ހިތާމަވާނޭ ގޮތް ހައްދަވައެވެ. ނުވަތަ قيامة ދުވަހުން ސުވަރުގޭގެ އަހުލުވެރީން އުފާކުރައްވާ ހެއްވައެވެ. އަދި ނަރަކައިގެ أهل ވެރީން ހިތާމަވެރިކުރައްވާ ރޮއްވައެވެ.

Verse 44

وَأَنَّهُۥ هُوَ أَمَاتَ وَأَحْيَا

Transliteration wa-annahu huwa amāta wa-aḥyā

Dhivehi އަދި ތަކެތި މަރުއްވާ އަދި ދިރުއްވަނީވެސް ހަމަ އެކަލާނގެއެވެ.

Verse 45

وَأَنَّهُۥ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰ

Transliteration wa-annahu khalaqa l-zawjayni l-dhakara wal-unthā

Dhivehi އަދި ހަމަކަށަވަރުން ކޮންމެ އެއްޗެއްވެސް ކޮންމެ ބާވަތެއްވެސް އަންހެން ފިރިހެން ޖޯޑު ހަމަވާ ގޮތަށް ހެއްދެވީވެސް ހަމަ އެކަލާނގެއެވެ.

Verse 46

مِن نُّطْفَةٍ إِذَا تُمْنَىٰ

Transliteration min nuṭ'fatin idhā tum'nā

Dhivehi އެކަލާނގެ އެތަކެތި ހައްދަވަނީ އަންހެން އެތީގެ رحِم ގެ ތެރެއަށް އޮހިގެންދާ މަނި ފޮދުވަރަކުންނެވެ. (އެއީ عامّ ކޮށް ހައްދަވާ ގޮތެވެ. އަދި އެނޫން ގޮތްގޮތަށް ހެއްދެވި ބައެއް ތަކެތިވެސް ވެއެވެ. والله أعلم)

Verse 47

وَأَنَّ عَلَيْهِ ٱلنَّشْأَةَ ٱلْأُخْرَىٰ

Transliteration wa-anna ʿalayhi l-nashata l-ukh'rā

Dhivehi އަދި ހަމަކަށަވަރުން (قيامة ދުވަހަށް) އަނެއްފަހަރުވެސް އެންމެހާ ތަކެތި އުފައްދަވާނީ ހަމަ އެކަލާނގެއެވެ.

Verse 48

وَأَنَّهُۥ هُوَ أَغْنَىٰ وَأَقْنَىٰ

Transliteration wa-annahu huwa aghnā wa-aqnā

Dhivehi އަދި ހަމަކަށަވަރުން މުއްސަނދި ކުރައްވާ، އަދި فقير ކުރައްވަނީވެސް ހަމަ އެކަލާނގެއެވެ.

Verse 49

وَأَنَّهُۥ هُوَ رَبُّ ٱلشِّعْرَىٰ

Transliteration wa-annahu huwa rabbu l-shiʿ'rā

Dhivehi އަދި ހަމަކަށާވަރުން شِعْرٰى އެވެ ކިޔޭ ތަރީގެ ربّ އަކީވެސް ހަމަ އެކަލާނގެއެވެ. (އެއީ خُزَاعَةُ ވަހައިގެމީހުން އަޅުކަންކުރާ ތަރިއެކެވެ.)

Verse 50

وَأَنَّهُۥٓ أَهْلَكَ عَادًا ٱلْأُولَىٰ

Transliteration wa-annahu ahlaka ʿādan l-ūlā

Dhivehi އަދި ހަމަކަށަވަރުން ފުރަތަމަ عاد (އެބަހީ عاد ބާގައިގެ މީހުން) ހަލާކު ކުރެއްވީވެސް ހަމަ އެކަލާނގެއެވެ.

Verse 51

وَثَمُودَا۟ فَمَآ أَبْقَىٰ

Transliteration wathamūdā famā abqā

Dhivehi އަދި ثمود ބާގައިގެ މީހުން ހަލާކު ކުރެއްވީވެސް ހަމަ އެކަލާނގެއެވެ. އޭގެ އެކަކުވެސް ބާކީވެ ނުހުރެ ހަމަ އެންމެން މަރުވެ ދިޔައީއެވެ.

Verse 52

وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ هُمْ أَظْلَمَ وَأَطْغَىٰ

Transliteration waqawma nūḥin min qablu innahum kānū hum aẓlama wa-aṭghā

Dhivehi އަދި އޭގެ ކުރީން نوح قوم ވެސް ހަލާކު ކުރެއްވީ ހަމަ އެކަލާނގެއެވެ. އެމީހުން ވީ އަނިޔާވެރިކަން މާބޮޑު އަދި މާ ނުކިޔަމަންތެރި ބަޔަކު ކަމުގައެވެ.

Verse 53

وَٱلْمُؤْتَفِكَةَ أَهْوَىٰ

Transliteration wal-mu'tafikata ahwā

Dhivehi އަދި مؤتفكة މީހުން - އެބަހީ لوط قوم ގެ މީހުން ވެސް ހަމަ ހަލާކު ކުރެއްވީ އެކަލާނގެ އެވެ. އެ قوم މަތީން ތިރިޔަށް ވައްޓަވާލެއްވީއެވެ.

Verse 54

فَغَشَّىٰهَا مَا غَشَّىٰ

Transliteration faghashāhā mā ghashā

Dhivehi ދެން އެ قوم އެ ނިވައިކުރި އެއްޗެއް ނިވައިކުރީއެވެ. (އެބަހީ އެ قوم ގެ މައްޗަށް އައި عذاب އާއި، ހަލާކުގެ ހިލަ ވާރޭއިން އެތަން ވަނީ މުޅީން ނިވައިވެގެންނެވެ.)

Verse 55

فَبِأَىِّ ءَالَآءِ رَبِّكَ تَتَمَارَىٰ

Transliteration fabi-ayyi ālāi rabbika tatamārā

Dhivehi ފަހެ ކަލޭގެފާނުގެ ربّ ގެ نعمة އާއި، عذاب ގެ ތެރެއިންކަލޭގެފާނު ޝައްކުކުރައްވައި ދޮގުކުރަނީ އަދި ދޮގުކުރެވޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ޝައްކުކޮށް ދޮގުކުރެވޭނޭ އެއްވެސްކަމެއް ނެތެވެ.)

Verse 56

هَـٰذَا نَذِيرٌ مِّنَ ٱلنُّذُرِ ٱلْأُولَىٰٓ

Transliteration hādhā nadhīrun mina l-nudhuri l-ūlā

Dhivehi މި محمّد ގެފާނަކީ الله ފޮނުއްވި رسول އާއެވެ. އެއީ ހަމަ އިސްވެދިޔަ رسول ބޭކަލުންފަދަ رسول ބޭކަލެކެވެ. އިސްވެދިޔަ ބޭކަލުންވެސް އެބޭކަލުންގެ قوم އަށް إنذار ކުރެއްވިއެވެ. މިކަލޭގެފާނުވެސް މިއީ ހަމަ إنذار ކުރައްވާ نذير އެކެވެ. އެރޮނގުން ތަފާތެއް ނެތެވެ.

Verse 57

أَزِفَتِ ٱلْـَٔازِفَةُ

Transliteration azifati l-āzifatu

Dhivehi قيامة ވުން ގާތް ވެއްޖެއެވެ.

Verse 58

لَيْسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ

Transliteration laysa lahā min dūni l-lahi kāshifatun

Dhivehi އަދި الله سبحانه وتعالى މެނުވީ އެ قيامة ވާނޭ وقت އެއް އެނގޭނޭ ހަމަ އެކަކުވެސް ނުވެއެވެ. އެދުވަހާ ބެހޭ އެއްވެސް ކަމެއް ހާމަކޮށްލެވޭނޭ އަދި كشف ކޮށްލެވޭނޭ އެކަކުވެސް ނުވެއެވެ.

Verse 59

أَفَمِنْ هَـٰذَا ٱلْحَدِيثِ تَعْجَبُونَ

Transliteration afamin hādhā l-ḥadīthi taʿjabūna

Dhivehi އަދި (އޭ مشرك ންނޭވެ!) ކަލޭމެން عجائب ވޭވެފައި މަލާމާތުގެ ގޮތުން ހީހީފައި ތިޔަ އުޅެނީ މި قر آن އާ މެދުގައި ހެއްޔެވެ؟

Verse 60

وَتَضْحَكُونَ وَلَا تَبْكُونَ

Transliteration wataḍḥakūna walā tabkūna

Dhivehi އަދި އެ ފޮތުގައި ހުރި ބިރުވެރި خبر ތަކަށް އެއްވެސް ބިރެއްނެތި ރުއިމެއް ނެތި ތިޔަ އުޅެނީ ހެއްޔެވެ؟ އެއީ އެއްގޮތަކަށްވެސް މަލާމާތްކޮށް ހަދާ عجائب ވާންވީ ވާހަކައެއް ނޫނެވެ.

Verse 61

وَأَنتُمْ سَـٰمِدُونَ

Transliteration wa-antum sāmidūna

Dhivehi އެއީ ހަމަ ތެދު حقيقى ވާހަކަތަކެވެ. އަދި ކަލޭމެން ތިޔަ ތިބީ އެ ފޮތާމެދު غافل ވެގެންނެވެ. ނުވަތަ ކަލޭމެންގެ ބޮޑާކަމާއި، كبر ވެރިކަމުން ނުބަލާށެވެ.

Verse 62

فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟ ۩

Transliteration fa-us'judū lillahi wa-uʿ'budū

Dhivehi (އޭ مؤمن ންނޭވެ! ކާފަރުންނާއި، مشرك ން އެހެން އުޅުނަސް) ކަލޭމެން ﷲ އަށް سجدة ކުރާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރާށެވެ!

Read Surah An-Najm in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.