MyDugsiStart learning

Surah Al-Inshiqaq in Dhivehi: translation and audio

Surah 84 · الإنشقاق · The Sundering · 25 verses

Surah Al-Inshiqaq verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Inshiqaq word by word in English.

Verse 1

إِذَا ٱلسَّمَآءُ ٱنشَقَّتْ

Transliteration idhā l-samāu inshaqqat

Dhivehi އުޑު ފަޅަފަޅައިގެންގޮސް ކުދި ކުދި ވެއްޖެއްޔާ، (މިއީ ޤިޔާމަތް ވުމާއި ގުޅިގެންނެވެ. މިޝަރުތުގެ ޖަވާބު ވަނީ حَذف ވެގެންނެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އޭގެ ޖަވާބު އަކީ فَمُلاَقِيَة ކަމަށެވެ. އެބަހީ ޤިޔާމަތް ވެއްޖެއްޔާ އިންސާނާ އޭނާކުރި ޢަމަލު އޭނާޔާ ބައްދަލުވާނެ ކަމަށެވެ. އަދި އެހެން ގޮތްގޮތަށްވެސް ކިއިފައިވެއެވެ.) وَالله أَعْلَمُ

Verse 2

وَأَذِنَتْ لِرَبِّهَا وَحُقَّتْ

Transliteration wa-adhinat lirabbihā waḥuqqat

Dhivehi އަދި އެ އުޑު އެ އުޑުގެވެރި رَبُّ ގެ އަމުރުފުޅު އަހައި ކިޔަމަންތެރި ވެއްޖެއެވެ. އަދި ކިޔަމަންތެރިވުން އުޑަށް ޙައްޤުވެއްޖެއެވެ.

Verse 3

وَإِذَا ٱلْأَرْضُ مُدَّتْ

Transliteration wa-idhā l-arḍu muddat

Dhivehi އަދި ބިންގަނޑު ފެތުރި ދެމެވެއްޖެއްޔާ (މި ޝަރުތުގެ ޖަވާބަކީވެސް فَمُلاَقِيَة އެވެ. އެބަހީ ޤިޔާމަތް ވެއްޖެއްޔާ އިންސާނާ ކުރި ޢަމަލު އޭނާއި ބައްދަލުވާނެއެވެ.)

Verse 4

وَأَلْقَتْ مَا فِيهَا وَتَخَلَّتْ

Transliteration wa-alqat mā fīhā watakhallat

Dhivehi އަދި ބިމުގެ ތެރޭގައިވާހާ އެއްޗެއް ނެރެ އެބިން އުކައިލައިފިއްޔާ

Verse 5

وَأَذِنَتْ لِرَبِّهَا وَحُقَّتْ

Transliteration wa-adhinat lirabbihā waḥuqqat

Dhivehi އަދި އެބިން އެ ބިމުގެވެރި رَبُّ ގެ އަމުރުފުޅު އަހައި ކިޔަމަންތެރި ވެއްޖެއެވެ. އަދި އެކަލާނގެ ބަސްފުޅު އަހައި ކިޔަމަންތެރިވުން އެބިމަށް ޙައްޤު ވެގެންވެއެވެ.

Verse 6

يَـٰٓأَيُّهَا ٱلْإِنسَـٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَـٰقِيهِ

Transliteration yāayyuhā l-insānu innaka kādiḥun ilā rabbika kadḥan famulāqīhi

Dhivehi އޭ އިންސާނާއެވެ. ހަމަކަށަވަރުން ކަލޭ ކަލޭގެ رَبُّ ގެ ޙަޟްރަތަށް ދިއުމަށް މަސައްކަތްކޮށް ވަރުބަލިވަމުމުއެވެ. ދެންފަހެ ކަލޭ ދުނިޔޭގައި ކޮށްފައިވާހާ ޢަމަލެއް ކަލެޔާ ބައްދަލުވާހުއްޓެވެ.

Verse 7

فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ

Transliteration fa-ammā man ūtiya kitābahu biyamīnihi

Dhivehi ދެންފަހެ އެމީހާގެ ޢަމަލުގެ ފަތް އެމީހާގެ ކަނާތަށް ދެވިއްޖެ މީހާ ދަންނާށެވެ.

Verse 8

فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا

Transliteration fasawfa yuḥāsabu ḥisāban yasīran

Dhivehi ފަހެ އޭނާޔާމެދު ދާދި ފަސޭހަ ލުއި ގޮތަކަށް ހިސާބު ބެއްލެވޭނެވެ.

Verse 9

وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًا

Transliteration wayanqalibu ilā ahlihi masrūran

Dhivehi އަދި (ސުވަރުގޭގައި ތިބި) އޭނާގެ އަހުލުވެރިންގެ ގާތަށް އޭނާ އެނބުރި ދާނީ އުފާ ފާގަތިވެގެންނެވެ.

Verse 10

وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ وَرَآءَ ظَهْرِهِۦ

Transliteration wa-ammā man ūtiya kitābahu warāa ẓahrihi

Dhivehi އަދި އެމީހެއްގެ ފަތް އެމީހެއްގެ ބުރަކަށި ފަރާތުން ދެވިއްޖެމީހާ ދަންނައެވެ.

Verse 11

فَسَوْفَ يَدْعُوا۟ ثُبُورًا

Transliteration fasawfa yadʿū thubūran

Dhivehi ފަހެ ނިކަންހުރެ އޭނާގޮވާނެއެވެ. އޭހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

Verse 12

وَيَصْلَىٰ سَعِيرًا

Transliteration wayaṣlā saʿīran

Dhivehi އަދި އޭނާ ނަރަކަޔަށް ލެވޭނެއެވެ. އަދި އެތާގެ ގަދަ ޢަޒާބުގެ ރަހަ ލިބިގަންނާނެއެވެ.

Verse 13

إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا

Transliteration innahu kāna fī ahlihi masrūran

Dhivehi ހަމަކަށަވަރުން ދުނިޔޭގައި އުޅުނުއިރު އޭނާގެ އަހުލުވެރިންނާއިއެކު އޭނާ އުޅުނީ ވަރަށް އުފާވެރިކަމާއި މަޖާނެގުމުގައެވެ. (އާޚިރަތްދުވަސް އައުމުގެ އެއްވެސް ޚިޔާލެއްނުކުރެއެވެ.)

Verse 14

إِنَّهُۥ ظَنَّ أَن لَّن يَحُورَ

Transliteration innahu ẓanna an lan yaḥūra

Dhivehi ހަމަކަށަވަރުން އޭނާހީކުރީ (ﷲ ގެ حَضْرَةُއަށް) އޭނާ އެނބުރި ނުދާނޭކަމަށެވެ. އޭނާ مَحْشَرُ އަށް ނުފޮނުއްވާނޭކަމަށެވެ.

Verse 15

بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًا

Transliteration balā inna rabbahu kāna bihi baṣīran

Dhivehi އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އޭނާވެސް مَحْشَرُ ކުރެވޭނެއެވެ. ހަމަކަށަވަރުން އޭނާހައްދަވާ ބޮޑުކުރެއްވި رَبُّ އޭނާގެއެންމެހައި ޢަމަލުތަކާއި ޙާލުތައް ދެނެވޮޑިގެންވާކަމުގައި ވިއެވެ.

Verse 16

فَلَآ أُقْسِمُ بِٱلشَّفَقِ

Transliteration falā uq'simu bil-shafaqi

Dhivehi ރަތްވިލާ ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

Verse 17

وَٱلَّيْلِ وَمَا وَسَقَ

Transliteration wa-al-layli wamā wasaqa

Dhivehi އަދި ރޭގަޑާއި ރޭގަދު ޖަމާކުރިހާއެއްޗަކާއި (ދުވާލު ނުކުމެއުޅުނު ހުރިހާދިރޭތަކެތި ރޭގަޑުވުމުން އެސޮރުމެން އެސޮރުމެންގެ ޖަގަހައަށް ޖަމާވާނެއެވެ.)

Verse 18

وَٱلْقَمَرِ إِذَا ٱتَّسَقَ

Transliteration wal-qamari idhā ittasaqa

Dhivehi އަދި ހަދުފުރިހަމަވެއްޖެއްޔާ (ވަށްވެއްޖެއްޔާ) މިތިންއެތި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

Verse 19

لَتَرْكَبُنَّ طَبَقًا عَن طَبَقٍ

Transliteration latarkabunna ṭabaqan ʿan ṭabaqin

Dhivehi ހަމަކަށަވަރުން ކަލޭމެން އެއްޙާލަތަކުން އަނެއްޙާލަތަކަށް ބަދަލުވާނެއެވެ. (ދިރިއުޅުމަށްފަހު މަރުވުމަށް ދެން ކަށްވަޅަށް ދެން مَحْشَرُ އަށް ދެންސުވަރުގެއަށް ނުވަތަ ނަރަކައަށް ދެންމިހެން......) އަދިމިނޫން ގޮތްގޮތަށްވެސް مُفِسِّرُ ން ވިދާޅުވެއެވެ.

Verse 20

فَمَا لَهُمْ لَا يُؤْمِنُونَ

Transliteration famā lahum lā yu'minūna

Dhivehi މިހެންވީއިރު އެމީހުން އީމާން ނުވަނީ އަދިނުވާންވީ ކީއްބާވައެވެ؟

Verse 21

وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩

Transliteration wa-idhā quri-a ʿalayhimu l-qur'ānu lā yasjudūna

Dhivehi އަދިއެމީހުންގެމައްޗަށް قُرْآن ކިޔެވިއްޖެއްޔާ އެމީހުން ސަޖިދަނުކުރެއެވެ. ބިރުވެތިނުވެއެވެ.

Verse 22

بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ

Transliteration bali alladhīna kafarū yukadhibūna

Dhivehi އަދި ކިއެއްހެއްޔެވެ. ކާފަރުންގެމީހުން (قُرْآن އާއި ރަސޫލު) ދޮގުކުރަނީއެވެ.

Verse 23

وَٱللَّهُ أَعْلَمُ بِمَا يُوعُونَ

Transliteration wal-lahu aʿlamu bimā yūʿūna

Dhivehi އަދިއެމީހުންގެ ހިތުގެތެރޭގައި ވަންހަނާކޮށްފައިވާތަކެއްޗާއި ކަންތައްތައް الله ދެނެވޮޑިގަތުންބޮޑެވެ

Verse 24

فَبَشِّرْهُم بِعَذَابٍ أَلِيمٍ

Transliteration fabashir'hum biʿadhābin alīmin

Dhivehi ފަހެއެމީހުންނަށް ވޭންދެނިވި عَذَابُ އެއްހުރިކަމުގެ خَبَرُ ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!

Verse 25

إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ

Transliteration illā alladhīna āmanū waʿamilū l-ṣāliḥāti lahum ajrun ghayru mamnūnin

Dhivehi އެމީހުންގެތެރެއިން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުނަށްމެނުވީ އެވެ. ފަހެ އެފެދަ صَالِحُ عَمَلُ ކުރިމީހުނަށްހުރީ މަދުވުމެއް ނެތް ކެޑިދިއުމެއްނެތް ދަރުމައާއި ثَوَابُ އެވެ.

Read Surah Al-Inshiqaq in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.