Surah Al-Infitar in Dhivehi: translation and audio
Surah 82 · الإنفطار · The Cleaving · 19 verses
Surah Al-Infitar verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Infitar word by word in English.
Verse 1
إِذَا ٱلسَّمَآءُ ٱنفَطَرَتْ
Transliteration idhā l-samāu infaṭarat
Dhivehi އުޑު ފަޅަފަޅައިގެން ހިނގައްޖެއްޔާއި (ދަންނައެވެ. މި ސޫރަތުގެ ފުރަތަމަ ހަތަރު އާޔަތުގައި އެ ވާ ހަތަރު ކަންތަކުގެ ޖަވާބު އެ ވަނީ ފަސްވަނަ އާޔަތުގައެވެ.)
Verse 2
وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ
Transliteration wa-idhā l-kawākibu intatharat
Dhivehi އަދި ތަރިތައް، އުޑުމަތީން ވަކިވަކިވެގެން ތިރިޔަށް ވެރިއްޖެއްޔާއި،
Verse 3
وَإِذَا ٱلْبِحَارُ فُجِّرَتْ
Transliteration wa-idhā l-biḥāru fujjirat
Dhivehi އަދި ކަނޑުތައް އެއްކަނޑު އަނެއް ކަނޑާ އެކުވެ، އެއްވެއްޖެއްޔާއި، (ލޮނުފެނާއި، މީރުފެންވެސް އެކުވެ، އެކައްޗަކަށް ވާނޭ ކަމުގައި ވެއެވެ.)
Verse 4
وَإِذَا ٱلْقُبُورُ بُعْثِرَتْ
Transliteration wa-idhā l-qubūru buʿ'thirat
Dhivehi އަދި ބިމުގެ އަޑީގައި ވަޅުލެވިފައި ވާހައި ބަޔަކު ކަށްވަޅުތަކުން ނެރެވިއްޖެއްޔާއި،\nދަންނައެވެ. މި ހަތަރު ކަމަކީ قيامة ވުމުގެ ކުރީގައި އެކަމާ ގުޅިފައިވާ ހަތަރު ކަމެވެ.
Verse 5
عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
Transliteration ʿalimat nafsun mā qaddamat wa-akharat
Dhivehi ދެން އެދުވަހުން ކޮންމެ نفس އަކަށްވެސް (ކޮންމެނަފުސަކަށްވެސް) އެ ނަފްސެއް ކޮށްފައިވާ ކަންތައް ރަނގަޅަށް އެނގޭނެއެވެ. (ފަތްތައް ހުންނާނީ ހާމައަށެވެ.)
Verse 6
يَـٰٓأَيُّهَا ٱلْإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ
Transliteration yāayyuhā l-insānu mā gharraka birabbika l-karīmi
Dhivehi އޭ އިންސާނާއެވެ! (އޭ ކާފަރު އިންސާނާއެވެ!) ކަލޭ ހައްދަވައި، ގިނަގުނަ نعمة ދެއްވި މާތްވެގެންވާ ربّ އާމެދު ހެއްލުންތެރިވީ ކޮން ކަމަކާ ހެދި ހެއްޔެވެ؟ (އެކަލާނގެ نعمة އާއި، عفوء ގިނަކަމުން ހެއްޔެވެ؟ އެކަލާނގެ عذاب ވެސް އެހައި ގަދަކަން ހަނދާންކުރާށެވެ!)
Verse 7
ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
Transliteration alladhī khalaqaka fasawwāka faʿadalaka
Dhivehi އެ ربّ އަކީ نطفة އަކުން ކަލޭ އުފައްދަވައި، ދެން ބަރާބަރު ފުރިހަމަ އިންސާނަކަށް ހެއްދެވި ކަލާނގެއެވެ. އަދި އެހެން ޖަނަވާރާ خلاف އަށް، ދެފައިމައްޗަށް ކޮޅަށް ހުރެވޭނޭ ގޮތަށްވެސް ހެއްދެވީ ހަމަ އެކަލާނގެއެވެ.
Verse 8
فِىٓ أَىِّ صُورَةٍ مَّا شَآءَ رَكَّبَكَ
Transliteration fī ayyi ṣūratin mā shāa rakkabaka
Dhivehi އަދި އެކަލާނގެ އެދިވޮޑިގެންނެވި ސިފައަކަށް އެކަލާނގެ ކަލޭ ސޫރަކުރައްވައި، تركيب ކުރައްވައި، ހައްދަވައި ފުރިހަމަކުރެއްވިއެވެ.
Verse 9
كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ
Transliteration kallā bal tukadhibūna bil-dīni
Dhivehi އެއްގޮތަކަށްވެސް އެކަލާނގެ نعمة އާއި، عفوء ގެ ބޮޑުކަމާމެދު ނުހެއްލޭށެވެ. (އެކަލާނގެ عذاب ވެސް އެހައި ގަދައެވެ. ދޮގުވެރި، ކާފަރުންނަށް ގަދަ عذاب ވެސް ދެއްވައެވެ.) އަދި ކިޔެއް ހެއްޔެވެ؟ ތިޔަބައިމީހުން قيامة ދުވަސް ދޮގުކުރަނީއެވެ. ނުވަތަ إسلام دين ދޮގުކުރަނީއެވެ.
Verse 10
وَإِنَّ عَلَيْكُمْ لَحَـٰفِظِينَ
Transliteration wa-inna ʿalaykum laḥāfiẓīna
Dhivehi އަދި ހަމަކަށަވަރުން އެކަލާނގެ ކަލޭމެންގެ މައްޗަށް ކަލޭމެން ބަލަހައްޓަވާ، ކަލޭމެންގެ عمل ތައް ލިޔުއްވާ ބޭކަލުން ލައްވާފައި ވެއެވެ.
Verse 11
كِرَامًا كَـٰتِبِينَ
Transliteration kirāman kātibīna
Dhivehi އެއީ މާތްވެގެންވާ ملائكة ބޭކަލުންނެވެ. އެއީ عمل ތައް ލިޔުއްވާ ބޭކަލުންނެވެ. އެއީ (كِرَامًا كَاتِبِينَ ދެބޭކަލުންނެވެ.)
Verse 12
يَعْلَمُونَ مَا تَفْعَلُونَ
Transliteration yaʿlamūna mā tafʿalūna
Dhivehi ތިޔަބައިމީހުން ކުރާހައި ކަމެއް (ހެވަސް، ނުބަޔަސް) އެ ބޭކަލުން ރަނގަޅަށް ދެނެވަޑައިގެން ވެއެވެ. (އަދި ލިޔުއްވާ ހުއްޓެވެ.)
Verse 13
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ
Transliteration inna l-abrāra lafī naʿīmin
Dhivehi ހަމަކަށަވަރުން މާތްވެގެންވާ ރަނގަޅު تقوى ވެރީން އެދުވަހުން ތިބޭނީ ސުވަރުގޭގައެވެ. އެތާނގެ نعمة ގައެވެ.
Verse 14
وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍ
Transliteration wa-inna l-fujāra lafī jaḥīmin
Dhivehi އަދި ހަމަކަށަވަރުން ނުބައި، ނުލަފާ فاجر ން އެދުވަހުން ތިބޭނީ ނަރަކައިގައެވެ. އެތާނގެ ހޫނާއި عذاب ގައެވެ.
Verse 15
يَصْلَوْنَهَا يَوْمَ ٱلدِّينِ
Transliteration yaṣlawnahā yawma l-dīni
Dhivehi އެދުވަހުން އެމީހުން ނަރަކައަށް ވަދެ، އެތާނގެ ގަދަ عذاب ގެ ރަހަ ލިބިގަންނާނެއެވެ.
Verse 16
وَمَا هُمْ عَنْهَا بِغَآئِبِينَ
Transliteration wamā hum ʿanhā bighāibīna
Dhivehi އެމީހުން އެ ނަރަކައިން غائب ނުވާނެއެވެ. އެބަހީ އަބަދުވެސް އެތާ ތިބޭނެއެވެ.
Verse 17
وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
Transliteration wamā adrāka mā yawmu l-dīni
Dhivehi يوم الدّين އަކީ (ހިސާބު ބައްލަވައި، އަދި جزاء ދެއްވާ ދުވަހަކީ) ކޮން ދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއް ތޯއެވެ؟ ކޮން ކަމެއް ހެއްޔެވެ؟
Verse 18
ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
Transliteration thumma mā adrāka mā yawmu l-dīni
Dhivehi ދެން ކަލޭގެފާނަށް يوم الدّين އެވެ ކިޔާ ދުވަހަކީ ކޮން ދުވަހެއްކަން އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ ކޮން ކަމެއް ހެއްޔެވެ؟ (ފަހެ މި آية تكرار ކުރައްވާފައި ވަނީ އެ ދުވަހުގެ مهمّ ކަމާއި، ބިރުވެރިކަމަށް ހުޝިޔާރު ކުރެއްވުމުގެ ގޮތުންނެވެ. والله أعلم)
Verse 19
يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا ۖ وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ
Transliteration yawma lā tamliku nafsun linafsin shayan wal-amru yawma-idhin lillahi
Dhivehi އެދުވަހަކީ އެއްވެސް މީހަކަށް އަނެއް މީހަކަށްޓަކައި އެއްވެސް ކަމެއް މިލްކުވެގެންވާ ދުވަހެއް ނޫނެވެ. ފުއްދައިދެވޭނޭ ދުވަހެއް ނޫނެވެ. އެދުވަހުގެ ހުރިހައި ކަމެއް خاصّ ވެ، މިލްކުވެގެން ވަނީ ހަމައެކަނި ﷲ އަށެވެ.
Read Surah Al-Infitar in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.