Surah Al-Anbya in Dhivehi: translation and audio
Surah 21 · الأنبياء · The Prophets · 112 verses
Surah Al-Anbya verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Anbya word by word in English.
Verse 1
ٱقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِى غَفْلَةٍ مُّعْرِضُونَ
Transliteration iq'taraba lilnnāsi ḥisābuhum wahum fī ghaflatin muʿ'riḍūna
Dhivehi މީސްތަކުންނަށް އެމީހުންގެ ހިސާބުބެއްލެވުން ގާތްވެއްޖެއެވެ. (އެބަހީ: ހިސާބުބައްލަވާ قيامة ދުވަސް ގާތްވެއްޖެއެވެ. އެއީ މީސްތަކުން (އެދުވަހާއިމެދު) غافل ވެގެންވާ حال ގައެވެ. އެމީހުންވަނީ ފުރަގަސްދީގެންނެވެ.
Verse 2
مَا يَأْتِيهِم مِّن ذِكْرٍ مِّن رَّبِّهِم مُّحْدَثٍ إِلَّا ٱسْتَمَعُوهُ وَهُمْ يَلْعَبُونَ
Transliteration mā yatīhim min dhik'rin min rabbihim muḥ'dathin illā is'tamaʿūhu wahum yalʿabūna
Dhivehi (އަދި މީސްތަކުންގެގާތަށް) އެމީހުންގެ ربّ ގެ حضرة ން އެއްވެސް ذِكر އެއް އައިސް (އެބަހީ: قرآن ގެ އެއްވެސް އާޔަތެއް އައިސް) އެމީހުން އެއަހައިފިއްޔާ އެޔާމެދު ކުޅޭކުޅޭ ގޮތެއްގައި މެނުވީ އެމީހުން عمل ނުކުރެއެވެ. (އެބަހީ: އާޔަތެއް ބާވައިލެއްވި ކޮންމެހިނދެއްގައި އެމީހުން އެއާޔަތަކާމެދު ކުޅިވަރުގޮތެއްގައި ހަދައިލައެވެ.)
Verse 3
لَاهِيَةً قُلُوبُهُمْ ۗ وَأَسَرُّوا۟ ٱلنَّجْوَى ٱلَّذِينَ ظَلَمُوا۟ هَلْ هَـٰذَآ إِلَّا بَشَرٌ مِّثْلُكُمْ ۖ أَفَتَأْتُونَ ٱلسِّحْرَ وَأَنتُمْ تُبْصِرُونَ
Transliteration lāhiyatan qulūbuhum wa-asarrū l-najwā alladhīna ẓalamū hal hādhā illā basharun mith'lukum afatatūna l-siḥ'ra wa-antum tub'ṣirūna
Dhivehi އެމީހުންގެ ހިތްތައްވަނީ މުޅިން غافل ވެގެންނެވެ. އަދި (އެއާޔަތެއް ދޮގުކުރުމަށް) އެމީހުން ސިއްރު ޖަލްސާކޮށްހަދައެވެ. އެބަހީ: އެ مشرك ން ނުބައިގޮތްތައް ރާވާ ސިއްރު ޖަލްސާ ކުރިއެވެ. އަދި އެމީހުން ބުނެއެވެ. މި رسول އަކީ މިއީ ހަމަ ކަލޭމެންފަދަ آدم ގެ ދަރިއެއްކަމުގައިމެނުވީ ނުވެއެވެ. އެހެންކަމަށްވާއިރު އެކަލޭގެފާނު ގެނަސްގެން އެއުޅޭ އެއްޗަކީ سحر އެކެވެ. ކަލޭމެން ތަންދޮރު އެނގޭ حال އެ سحر އާ ދިމާއަށް ދަނީހެއްޔެވެ؟ އެޔާ تبع ވަނީހެއްޔެވެ؟ (މިއީ މިމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުނާބުނުމެވެ. އެމީހުން އެބުނަނީ قرآن އަކީ سحر އެއްކަމުގައެވެ.)
Verse 4
قَالَ رَبِّى يَعْلَمُ ٱلْقَوْلَ فِى ٱلسَّمَآءِ وَٱلْأَرْضِ ۖ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
Transliteration qāla rabbī yaʿlamu l-qawla fī l-samāi wal-arḍi wahuwa l-samīʿu l-ʿalīmu
Dhivehi އެކަލޭގެފާނު يعني: محمّد ﷺ ވިދާޅުވިއެވެ. ތިމަންކަލޭގެފާނުންގެ ربّ އުޑާއި ބިމުގައިވެސް (ކޮންމެތާކު ކޮންމެބަހަކުން ކޮންމެމީހަކު) ބުނާ ކޮންމެބަހެއްވެސް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 5
بَلْ قَالُوٓا۟ أَضْغَـٰثُ أَحْلَـٰمٍۭ بَلِ ٱفْتَرَىٰهُ بَلْ هُوَ شَاعِرٌ فَلْيَأْتِنَا بِـَٔايَةٍ كَمَآ أُرْسِلَ ٱلْأَوَّلُونَ
Transliteration bal qālū aḍghāthu aḥlāmin bali if'tarāhu bal huwa shāʿirun falyatinā biāyatin kamā ur'sila l-awalūna
Dhivehi އަދި ކިޔެއްހެއްޔެވެ؟ އެ مشرك ންގެ މީހުން ބުންޏެވެ. محمّد ގެފާނު އެދައްކަވާ ވާހަކައަކީ އެބަހީ: ކީރިތި قرآن އަކީ - އެއްވެސް އަސްލެއްވަސްލެއްނެތް - تفسير ނުކުރެވޭޒާތުގެ ބޭކާރު ހުވަފެނުގެ ވާހަކަތަކެކެވެ. އަދި ކިއެއްހެއްޔެވެ؟ އޭގެތެރެއިން އަނެއްބަޔަކު ބުނީ އެ قرآن އަކީ އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން އުޅުއްވާ ދޮގުވާހަކަތަކެކެވެ. އަދި އަނެއްބަޔަކު ބުނީ އަދި ކިއެއްހެއްޔެވެ؟ އެއީ ޅެމެކެވެ. އެކަލޭގެފާނަކީ ޅެންވެރިއެކެވެ. (އަދި މިނޫންވެސް ގޮތްގޮތަށް އެމީހުން ކިޔެވެ....) އަދި އެމީހުން ބުންޏެވެ. އިހުޒަމާނުގެ رَسُول ން ގެންނެވިކަހަލަ معجزة އެއް އެކަލޭގެފާނު އަހުރެމެންނަށް ގެނަސްނުދެއްވީ ކީއްވެގެންބާވައެވެ؟ އެފަދަ معجزة އެއް ގެނެސްދެއްވި ނަމައެވެ. (އެއީ موسى ގެފާނުންގެ އަސާކޮޅު - صالح ގެފާނުންގެ جمل ކޮޅު - އަދި عيسى ގެފާނުން މަރުވިމީހުން ދިރުއްވުންކަހަލަ معجزة އެވެ. ދެންފަހެ މިބައިމީހުންގެ މިބަހުގެ جواب ގައި ﷲ އެ އަންގަވަނީ....)
Verse 6
مَآ ءَامَنَتْ قَبْلَهُم مِّن قَرْيَةٍ أَهْلَكْنَـٰهَآ ۖ أَفَهُمْ يُؤْمِنُونَ
Transliteration mā āmanat qablahum min qaryatin ahlaknāhā afahum yu'minūna
Dhivehi (އެފަދަ معجزة އަށް އެދި އެ معجزة ގެންނަވައި އީމާންނުވެގެން ތިމަންރަސްކަލާނގެ ހަލާކުކުރެއްވި އިހުގެ އެއްވެސް أمّة އެއްގެމީހުން އެ معجزة ގެންނެވުމަކުން ވަކި إيمان އެއްނުވިއެވެ. މި أمّة ގެ މީހުން ފަހެ إيمان ވާނޭހެއްޔެވެ؟
Verse 7
وَمَآ أَرْسَلْنَا قَبْلَكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ ۖ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
Transliteration wamā arsalnā qablaka illā rijālan nūḥī ilayhim fasalū ahla l-dhik'ri in kuntum lā taʿlamūna
Dhivehi (އަދި އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ކުރީގައިވެސް ހަމަ ފިރިހެނުން މެނުވީ ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވާފައި ނުވާނެއެވެ. ތިމަންރަސްކަލާނގެ އެބޭކަލުންނަށް ބަސްފުޅު وحي ކުރެއްވީއެވެ. އޭމިތިބަ مشرك ންނޭވެ. ތިޔަބައިމީހުންނަށް ނޭނގެންޏާ ذِكْرُ ގެ أهل ވެރިންކުރެން ނިކަން އަހައިބަލާށެވެ. (އެބަހީ: އިހުގެ ފޮތްފޮތްކަމުގައިވާ توراة އާއި إنْجِيل ގެ أهل ވެރިންކުރެން އަހައިބަލާށެވެ. އެމީހުންގެ ފޮތްތަކުގައިވެސް އެވާހަކަ ވާނެއެވެ.)
Verse 8
وَمَا جَعَلْنَـٰهُمْ جَسَدًا لَّا يَأْكُلُونَ ٱلطَّعَامَ وَمَا كَانُوا۟ خَـٰلِدِينَ
Transliteration wamā jaʿalnāhum jasadan lā yakulūna l-ṭaʿāma wamā kānū khālidīna
Dhivehi އަދި އެބޭބޭކަލުންނަކީ ކާއެއްޗެއް ފަރީނުކުޅުއްވާ ހަމަ ހުސްހަށިގަނޑުތަކެއްކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ. (އެބަހީ: އެބޭކަލުންނަކީ ހަމަ ކައިބޮއިހައްދަވާ ފިރިހެނުންނެވެ.) އަދި އެބޭކަލުންނަކީ އަވަހާރަނުވެ ދެމިތިއްބަވާ ބޭކަލުންކަމުގައިވެސް ތިމަންރަސްކަލާނގެ އެބޭކަލުން ނުލައްވަމެވެ. (އެބަހީ: އެބޭކަލުންނަކީ ހަމަ އަވަހާރަވެސްވާ ބޭކަލުންނެވެ.)
Verse 9
ثُمَّ صَدَقْنَـٰهُمُ ٱلْوَعْدَ فَأَنجَيْنَـٰهُمْ وَمَن نَّشَآءُ وَأَهْلَكْنَا ٱلْمُسْرِفِينَ
Transliteration thumma ṣadaqnāhumu l-waʿda fa-anjaynāhum waman nashāu wa-ahlaknā l-mus'rifīna
Dhivehi ދެން ތިމަންރަސްކަލާނގެ އެބޭކަލުންނަށް ކުރެއްވި وَعْدُ ފުޅު އެބޭކަލުންނަށް ތެދުކޮށް ދެއްވީމެވެ. (އެއީ إيمان ނުވި މީހުން ހަލާކުކުރައްވައި އެބޭކަލުންނަށް نصر ދެއްވުމުގެ وعد ފުޅެވެ.) ފަހެ ތިމަންރަސްކަލާނގެ އެބޭކަލުން ސަލާމަތްކުރެއްވީމެވެ. އަދިވެސް ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިބަޔަކު ސަލާމަތްކުރެއްވީމެވެ. އެއަށްފަހު (ކާފަރުކަމާ އުރެދުމުގައި) ހައްދުފަހަނައަޅާފައިވާ މީހުން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. (ކޮންމެ أمّة އަކަށްވެސް ވީ ހަމަ އެހެންނެވެ.)
Verse 10
لَقَدْ أَنزَلْنَآ إِلَيْكُمْ كِتَـٰبًا فِيهِ ذِكْرُكُمْ ۖ أَفَلَا تَعْقِلُونَ
Transliteration laqad anzalnā ilaykum kitāban fīhi dhik'rukum afalā taʿqilūna
Dhivehi އަދި ހަމަކަށަވަރުން (އޭ قريش ންނޭވެ.) ތިޔަބައިމީހުންގެ ذِكْرُ ބަޔާންވެގެންވާ ފޮތެއް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލެއްވީމެވެ. (މިއާޔަތުގައި މިވާ ذكر އަކީ މާތްކަމާއި شرف ވެރިކަމާއި أخلاق ގެ މާތްކަމާއި مَحَاسِنُ އެވެ. ބާވައިލެއްވިފޮތަކީ އެއީ ކީރިތި قرآن އެވެ.) މިކަންކަމާއިމެދު ތިޔަބައިމީހުން ފަހެ ވިސްނާ فكر ނުކުރާނޭހެއްޔެވެ؟ ވިސްނާ فكر ކުރަންވާނެއެވެ.
Verse 11
وَكَمْ قَصَمْنَا مِن قَرْيَةٍ كَانَتْ ظَالِمَةً وَأَنشَأْنَا بَعْدَهَا قَوْمًا ءَاخَرِينَ
Transliteration wakam qaṣamnā min qaryatin kānat ẓālimatan wa-anshanā baʿdahā qawman ākharīna
Dhivehi އަދި އަނިޔާވެރިންކަމުގައި އެރަށްރަށުގެ أَهْلُ ވެރިންވުމުން (އެބަހީ: ކާފަރުންކަމުގައިވުމުން) ތިމަންރަސްކަލާނގެ ވަރަށްގިނަ ރަށްރަށް ހަލާކު ކުރައްވައި ބަރުބާދުކުރެއްވީމެވެ. އަދި އެރަށްރަށް ހަލާކުކުރެއްވުމަށްފަހު ދެން ތިމަންރަސްކަލާނގެ އެހެން قوم އެއް އުފެއްދެވީމެވެ.
Verse 12
فَلَمَّآ أَحَسُّوا۟ بَأْسَنَآ إِذَا هُم مِّنْهَا يَرْكُضُونَ
Transliteration falammā aḥassū basanā idhā hum min'hā yarkuḍūna
Dhivehi ދެންފަހެ އެމީހުންނަށް (އެބަހީ: رَسُولُ ބޭކަލުން ދޮގުކޮށް ﷲ އަށް إيمان ނުވިމީހުންނަށް) ތިމަންރަސްކަލާނގެ عَذَاب ގެ إحْسَاس ވީހިނދުން / (އެނގުނުހިނދުން) އެމީހުން އެރަށުން ދުވެފިލަން ދާންފަށައިފިއެވެ.
Verse 13
لَا تَرْكُضُوا۟ وَٱرْجِعُوٓا۟ إِلَىٰ مَآ أُتْرِفْتُمْ فِيهِ وَمَسَـٰكِنِكُمْ لَعَلَّكُمْ تُسْـَٔلُونَ
Transliteration lā tarkuḍū wa-ir'jiʿū ilā mā ut'rif'tum fīhi wamasākinikum laʿallakum tus'alūna
Dhivehi (އެހިނދު އެމީހުންނަށް އެންގެވުނެވެ.) ކަލޭމެން ފިލަން ނުދުވާށެވެ. އަދި އެ އެއްޗެއްގައި ކަލޭމެން ބޮޑާވެ ކާފަރުވީ އެއްޗަށް އެބަހީ: އެ نعمة ތަކަށް ކަލޭމެން رجوع ވާށެވެ. (އޭގައި މަޖާނަގާށެވެ.) އަދި ކަލޭމެންގެ ގޯތިގެދޮރުތަކަށްދާށެވެ. ކަލޭމެންނަށް ސުވާލުކުރެވުމުގެ مقصد ގައެވެ.
Verse 14
قَالُوا۟ يَـٰوَيْلَنَآ إِنَّا كُنَّا ظَـٰلِمِينَ
Transliteration qālū yāwaylanā innā kunnā ẓālimīna
Dhivehi އެމީހުން ދަންނަވައެވެ. އޭ އަހުރެމެންގެ މައްޗަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ހަމަކަށަވަރުން އަހުރެމެން ވީ އަނިޔާވެރިންކަމުގައެވެ. مشرك ންކަމުގައެވެ.
Verse 15
فَمَا زَالَت تِّلْكَ دَعْوَىٰهُمْ حَتَّىٰ جَعَلْنَـٰهُمْ حَصِيدًا خَـٰمِدِينَ
Transliteration famā zālat til'ka daʿwāhum ḥattā jaʿalnāhum ḥaṣīdan khāmidīna
Dhivehi ފަހެ އެމީހުންގެ އެގޮވުން يعني: " އޭ އަހުރެމެންގެ މައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ." މިހެން ގޮވާގޮވުން ތިމަންރަސްކަލާނގެ އެމީހުން މަރުވެ ތަންޑާވެގެންވާ ބަޔަކުކަމުގައި ލައްވައިފުމަށް ދާނދެން ފިލައިނުދާނެއެވެ. އެބަހީ: އެމީހުން އެ عَذَاب ގައި މަރުވެއްޖައުމަށް ދާންދެން އެހެން ގޮވަގޮވަތިބޭނެއެވެ.
Verse 16
وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ
Transliteration wamā khalaqnā l-samāa wal-arḍa wamā baynahumā lāʿibīna
Dhivehi އަދި އުޑާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތި ބޭކާރު އަދި ކުޅިވަރުގޮތެއްގައި ނުވަތަ باطل ގޮތެއްގައި ތިމަންރަސްކަލާނގެ ނުހައްދަވަމެވެ. (އެބަހީ: އެތަކެތި ހެއްދެވުމުގައި ވަރަށްބޮޑެތި حكمة ތަކެއް އެކަލާނގެ ލައްވާފައިވެއެވެ.)
Verse 17
لَوْ أَرَدْنَآ أَن نَّتَّخِذَ لَهْوًا لَّٱتَّخَذْنَـٰهُ مِن لَّدُنَّآ إِن كُنَّا فَـٰعِلِينَ
Transliteration law aradnā an nattakhidha lahwan la-ittakhadhnāhu min ladunnā in kunnā fāʿilīna
Dhivehi ތިމަންރަސްކަލާނގެ އަނބިކަނބަލަކު ނުވަތަ ދަރިކަލަކު إختيار ކުރެއްވުމަށް އިރާދަކުރައްވަނީނަމަ ތިމަންރަސްކަލާނގެ حضرة ން އަނބިކަނބަލަކު އަދި ދަރިކަލަކު إختيار ކުރައްވައިފީހެވެ. ތިމަންރަސްކަލާނގެއީ އެފަދަކަމެއް ކުރައްވާނޭ ކަލަކުކަމުގައި ނުވެއެވެ.
Verse 18
بَلْ نَقْذِفُ بِٱلْحَقِّ عَلَى ٱلْبَـٰطِلِ فَيَدْمَغُهُۥ فَإِذَا هُوَ زَاهِقٌ ۚ وَلَكُمُ ٱلْوَيْلُ مِمَّا تَصِفُونَ
Transliteration bal naqdhifu bil-ḥaqi ʿalā l-bāṭili fayadmaghuhu fa-idhā huwa zāhiqun walakumu l-waylu mimmā taṣifūna
Dhivehi އަދި ކިއެއްހެއްޔެވެ؟ ތިމަންރަސްކަލާނގެ بَاطل ގެމައްޗަށް حقّ އެއްލަމެވެ. (އެބަހީ: ތިމަންރަސްކަލާނގެ حقّ ފޮތް ކީރިތި قرآن كافر ކަމާއި އެކަމުގެ أهل ވެރިންގެމައްޗަށް ބާވައިލައްވަމެވެ.) ދެންފަހެ އެ باطل ކަން މުޅިން އެކަށް ހަލާކުވެގެންދެއެވެ. (އެއީ ކަނޑިއެތިފަހަރަކުން ބޮލުގައިޖެހީމާ ބޯފަޅައިގެންގޮސް ސިކުނޑިޔާއެކު ކެފިގެންދާފަދަ ގޮތަށެވެ.) އެހައިރުން ދެން އެ باطل މުޅިން ފިލައިގެން ނެތިވެދެއެވެ. އަދިކަލޭމެން ﷲ އަށް ތިޔަ ސިފަކުރާ ކަންތައްތަކުން ކަލޭމެންނަށް ނަރަކައިގެ ގަދަ عذاب ހުއްޓެވެ. މިއާޔަތުން މިރައްދުކުރައްވަނީ ބުދުތަކަކީ ނުވަތަ މަލާއިކަތް ބޭކަލުންނަކީ ﷲ ގެ ދަރިންކަމުގައި ބުނާބައެއްގެމައްޗަށެވެ. تَعالَ ﷲُ عَنْ ذالِكَ علوًا كَبِيْرًا.
Verse 19
وَلَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَمَنْ عِندَهُۥ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَلَا يَسْتَحْسِرُونَ
Transliteration walahu man fī l-samāwāti wal-arḍi waman ʿindahu lā yastakbirūna ʿan ʿibādatihi walā yastaḥsirūna
Dhivehi އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު مِلْكُ ވެ خاصّ ވެގެންވަނީ ހަމައެކަލާނގެއަށެވެ. އަދި އެކަލާނގެ حضرة ގައިވާ ބޭކަލުން - އެބަހީ: مَلَكُوتِيَّ عَالَمْ ގައިވާ ބޭކަލުން - يعني: ملائكة ބޭކަލުން އެކަލާނގެއަށް އަޅުކަންކުރެއްވުމުން ބޮޑާވެ كبر ވެރިވެވަޑައި ނުގަންނަވައެވެ. އަދި އެބޭކަލުން ވަރުބަލިފުޅުވެވަޑައި ނުގަންނަވައެވެ.
Verse 20
يُسَبِّحُونَ ٱلَّيْلَ وَٱلنَّهَارَ لَا يَفْتُرُونَ
Transliteration yusabbiḥūna al-layla wal-nahāra lā yafturūna
Dhivehi ރޭގަނޑާއި ދުވާލު އެބޭކަލުން (ﷲ އަށް) تَسْبِيْحَ ވިދާޅުވެ އެކަލާނގެ ހުސް طاهر ވަންތަ ކުރައްވައެވެ. އަދި އެބޭކަލުން އެކަމުގައި ބަލިކަށިވެ ފޫހިފުޅު ނުވެއެވެ.
Verse 21
أَمِ ٱتَّخَذُوٓا۟ ءَالِهَةً مِّنَ ٱلْأَرْضِ هُمْ يُنشِرُونَ
Transliteration ami ittakhadhū ālihatan mina l-arḍi hum yunshirūna
Dhivehi އަދި ކިއެއްހެއްޔެވެ؟ އެ مشرك ންގެމީހުން މީސްތަކުން މަރުވުމަށްފަހު އަލުން ދިރުވައިގެން محشر އަށް ފޮނުވާނޭ إله ންތަކެއް ބިމުން ހިފާ إختيار ކުރީހެއްޔެވެ؟ (އެހުރީއަކީ ވާނޭ ކަންތަކެއްނޫނެވެ.)
Verse 22
لَوْ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَا ۚ فَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ
Transliteration law kāna fīhimā ālihatun illā l-lahu lafasadatā fasub'ḥāna l-lahi rabbi l-ʿarshi ʿammā yaṣifūna
Dhivehi އުޑުތަކާއި ބިމުގައި ﷲ ފިޔަވައި އެހެން إله އެއްވާނަމަ ހަމަކަށަވަރުން އެދެތަން ފާސިދުވެއްޖައީހެވެ. (އެގޮތަކީ އެއް إله އަކު އުޑާއި ބިމުގައި ކަންތައް ހިންގަވަން އެދޭގޮތަށް އަނެއް إله އަކު ނޭދޭނެއެވެ. އެއް إله އަކު އިރުމަތިފަރާތުން އިރުއަރުވާއިރަށް އަނެއް إله އަކަށް އެގޮތް ކަމުނުގޮސްގެން ހުޅަނގު ފަރާތުން އިރުއަރުވައިފާނެއެވެ. ދެން އޭގެ نظام ން ނެއްޓި ފާސިދުވެދާނެއެވެ. މިވެސް މިސާލެކެވެ.) އަދި އެމީހުން يعني: އެ مشرك ން އެސިފަކުރާ ކަންތައްތައް ފިޔަވައި ﷲ ހުސް طاهر ވެގެންވެއެވެ. އެއީ عرشى ގެ ވެރި ربّ އެވެ.
Verse 23
لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُونَ
Transliteration lā yus'alu ʿammā yafʿalu wahum yus'alūna
Dhivehi އެކަލާނގެ ހިންގަވާ އެއްވެސްކަމަކާމެދު އެކަލާނގެއާއި ސުވާލު ނުވެވޭނެއެވެ. (ސުވާލުކުރާނީ ކާކުހެއްޔެވެ؟ އެއީ خود مختار رَبّ العالمين އެވެ.) އެކަމަކު އެމީހުން އެބަހީ: އަޅުތަކުން - ކުރާކަންތަކާއިމެދު ސުވާލުވެވޭނެއެވެ. (ﷲ ސުވާލުކުރައްވާނެއެވެ.)
Verse 24
أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً ۖ قُلْ هَاتُوا۟ بُرْهَـٰنَكُمْ ۖ هَـٰذَا ذِكْرُ مَن مَّعِىَ وَذِكْرُ مَن قَبْلِى ۗ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ٱلْحَقَّ ۖ فَهُم مُّعْرِضُونَ
Transliteration ami ittakhadhū min dūnihi ālihatan qul hātū bur'hānakum hādhā dhik'ru man maʿiya wadhik'ru man qablī bal aktharuhum lā yaʿlamūna l-ḥaqa fahum muʿ'riḍūna
Dhivehi ނުވަތަ އެކަލާނގެ ފިޔަވައި އެމީހުން އެބަހީ: مشرك ން - إله ންތަކެއް ހިފާ إختيار ކުރީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ނިކަން އެކަމުގެމައްޗަށް - އެބަހީ: ﷲ ފިޔަވައި إله އަކު إختيار ކުރުން ހުއްދަވާނެކަމުގެމައްޗަށް - حجّة އާއި دليل ގެނަސްބަލާށެވެ. މި ކީރިތި قرآن އަކީ ތިމަންކަލޭގެފާނާއިއެކުގައިވާ މީހުންގެ ذكر ތަކަކާއި (يعني: خبر ތަކާއި) އަދި ތިމަންކަލޭގެފާނުންގެ ކުރީގެ މީހުންގެ خبر ތަކެވެ. (އެއިން އެއްވެސް أمّة އަކަށް ﷲ ފިޔަވައި އެހެން إله އަކު إختيار ކުރުމަށް ﷲ އެންގެވިތޯ ނިކަން އަހައިބަލާށެވެ. އެކަހަލަ އެންގެވުމެއް ނޯންނާނެއެވެ.) އަދި ކިއެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުންނަށް حقّ އެއް ނޭނގެއެވެ. ފަހެ އެމީހުން އެތިބެނީ (حقّ قبول ކުރުމަށް) ފުރަގަސްދީގެނެވެ.
Verse 25
وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيْهِ أَنَّهُۥ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱعْبُدُونِ
Transliteration wamā arsalnā min qablika min rasūlin illā nūḥī ilayhi annahu lā ilāha illā anā fa-uʿ'budūni
Dhivehi އަދި "ތިމަންރަސްކަލާނގެ ފިޔަވައި އަޅުކަންވެވުން حقّ إله އަކު ނުވެއޭ އެހެންވެ ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރާށޭ" މިހެން ނާންގަވާ އެއްވެސް رسول ބޭކަލެއް ކަލޭގެފާނުންގެ ކުރީގައިވެސް رسول ކަމާއިގެން ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ.
Verse 26
وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًا ۗ سُبْحَـٰنَهُۥ ۚ بَلْ عِبَادٌ مُّكْرَمُونَ
Transliteration waqālū ittakhadha l-raḥmānu waladan sub'ḥānahu bal ʿibādun muk'ramūna
Dhivehi އަދި އެމީހުން ބުންޏެވެ. رحمن ވަންތަ ﷲ ދަރިކަލަކު ހިތްޕަވައިފިއެވެ. إختيار ކުރައްވައިފިއެވެ. (އެމީހުން ބުނީ އެއީ ملائكة ބޭކަލުން ކަމަށެވެ. އޭގެ جواب ގައި ﷲ އެ އަންގަވަނީ) އެކަލާނގެ ހުސް طاهر ވަންތައެވެ. އަދި ކިއެއްހެއްޔެވެ؟ އެބޭކަލުންނަކީ މާތްކުރެވިގެންވާ ﷲ ގެ އަޅުންތަކެކެވެ. (ﷲ ގެ ދަރިންނެއް ނޫނެވެ.)
Verse 27
لَا يَسْبِقُونَهُۥ بِٱلْقَوْلِ وَهُم بِأَمْرِهِۦ يَعْمَلُونَ
Transliteration lā yasbiqūnahu bil-qawli wahum bi-amrihi yaʿmalūna
Dhivehi އެބޭކަލުން (އެބަހީ: ملائكة ބޭކަލުން) އެކަލާނގެއަށްވުރެ ކުރިން ބަސްފުޅު އިސްނުކުރައްވައެވެ. (އެބަހީ: ބަސްފުޅެއް وحي ކުރެއްވުމުގެ ކުރިން އިސްވެ ބަސްފުޅެއް ނުދަންނަވައެވެ.) އަދި އެބޭކަލުން ކަންތައްކުރައްވަނީ އެކަލާނގެ أمر ފުޅަށެވެ.
Verse 28
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ٱرْتَضَىٰ وَهُم مِّنْ خَشْيَتِهِۦ مُشْفِقُونَ
Transliteration yaʿlamu mā bayna aydīhim wamā khalfahum walā yashfaʿūna illā limani ir'taḍā wahum min khashyatihi mush'fiqūna
Dhivehi އެބޭކަލުންގެ ކުރިމަތީގައިވާ ކަންތަކާއި އެބޭކަލުންގެ ފަހަތުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (އެބަހީ: އެބޭކަލުން ކުރައްވާ ފަހަތަށް ދޫކުރެއްވި ކަންތަކާއި އަދި ކުރައްވާނެ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.) އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ އެބޭކަލުން شَفَاعة ތެރިވެވަޑައި ނުގަންނަވާނެއެވެ. އަދި އެބޭކަލުން ތިއްބަވަނީ އެކަލާނގެއަށް ބިރުން މުޅިން ފެންކަޅިވެގެންނެވެ.
Verse 29
۞ وَمَن يَقُلْ مِنْهُمْ إِنِّىٓ إِلَـٰهٌ مِّن دُونِهِۦ فَذَٰلِكَ نَجْزِيهِ جَهَنَّمَ ۚ كَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ
Transliteration waman yaqul min'hum innī ilāhun min dūnihi fadhālika najzīhi jahannama kadhālika najzī l-ẓālimīna
Dhivehi އަދި ތިމަންނާއީ ﷲ ފިޔަވައި إله އެކޭ ވިދާޅުވީ އޭގެތެރެއިން ކޮންބޭކަލެއްހެއްޔެވެ؟ (އެއްބޭކަލަކުވެސް އެހެން ވިދާޅުނުވެއެވެ.) އަދި އެއްވެސް ބޭކަލަކު އެހެން ވިދާޅުވިނަމަ އެބޭކަލަކަށް ނަރަކައިގެ އަލިފާނުގެ ޖަޒާ ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
Verse 30
أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَـٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًا فَفَتَقْنَـٰهُمَا ۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ
Transliteration awalam yara alladhīna kafarū anna l-samāwāti wal-arḍa kānatā ratqan fafataqnāhumā wajaʿalnā mina l-māi kulla shayin ḥayyin afalā yu'minūna
Dhivehi އަދި އުޑުތަކާއި ބިން ވަކިނުވެ އެކަތިގަނޑަކަށް އޮތްކަން އެކާފަރުންގެ މީހުންނަކަށް ނޭނގޭބާވައެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެދެއެތި ވަކިކުރައްވާ ދުރުކުރެއްވީމެވެ. (އުޑުއުފުއްލަވާ ބިން ތިރިކުރެއްވީމެވެ.) އަދި ފުރާނަހުރި ކޮންމެއެއްޗެއް - ބިމުގައި ދިރިއުޅޭ ކޮންމެއެއްޗެއް - ފެނުން ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އެމީހުން ފަހެ ތެދުކޮށް إيمان ނުވާނޭ ބާވައެވެ. (އެބަހީ: ތިމަންރަސްކަލާނގެ إلهيّ ވަންތަކަން ތެދުކޮށް އެކަމަށް إيمان ނުވާނޭ ބާވައެވެ.
Verse 31
وَجَعَلْنَا فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَّعَلَّهُمْ يَهْتَدُونَ
Transliteration wajaʿalnā fī l-arḍi rawāsiya an tamīda bihim wajaʿalnā fīhā fijājan subulan laʿallahum yahtadūna
Dhivehi އަދި ބިމުގައި ތިމަންރަސްކަލާނގެ ފަރުބަދަތައް ލެއްވީމެވެ. އެއީ މީސްތަކުންނާއިގެން އެބިންގަނޑު حركاة ކޮށް ތެޅިގަނެފާނެތީއެވެ. (ނުތެޅުމަށްޓަކައެވެ.) އަދި އެބިމުގައި ތިމަންރަސްކަލާނގެ علامة ތަކާއި މަގުތައްލެއްވީމެވެ. އެއީ މަގުހިނގާ އުޅުމުގައި ތެދުމަގު ލިބުމުގެ أمّيد ގައެވެ.
Verse 32
وَجَعَلْنَا ٱلسَّمَآءَ سَقْفًا مَّحْفُوظًا ۖ وَهُمْ عَنْ ءَايَـٰتِهَا مُعْرِضُونَ
Transliteration wajaʿalnā l-samāa saqfan maḥfūẓan wahum ʿan āyātihā muʿ'riḍūna
Dhivehi އަދި އުޑު އެއީ (ބިންގަނޑަށްވާ) ރައްކާތެރި ފުރާޅެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެމީހުން އެވަނީ އުޑުގެ އެކިއެކި علامة ތަކާއިމެދު (يعني: އިރުހަނދާއި ތަރިތަކާއި މިބާވަތުގެ ތަކެއްޗާއިމެދު غافلވެ ފުރަގަސްދީގެންނެވެ.
Verse 33
وَهُوَ ٱلَّذِى خَلَقَ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ فِى فَلَكٍ يَسْبَحُونَ
Transliteration wahuwa alladhī khalaqa al-layla wal-nahāra wal-shamsa wal-qamara kullun fī falakin yasbaḥūna
Dhivehi އަދި ރޭގަނޑާއި ދުވާލު ހެއްދެވީވެސް ހަމަ އެކަލާނގެއެވެ. އަދި އިރާއި ހަނދާއި މިހުރިހާ އެއްޗެއް ހެއްދެވީ ހަމަ އެކަލާނގެއެވެ. އެ ކޮންމެ އެއްޗެއް فَلَك އެއްގައި ފަތައެވެ. އެބަހީ: مَنْزِل އެއްގައި ދަތުރުކުރެއެވެ. (މިހުރީ ހައްތާވެސް ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެ ދަލީލެވެ.)
Verse 34
وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ ٱلْخُلْدَ ۖ أَفَإِي۟ن مِّتَّ فَهُمُ ٱلْخَـٰلِدُونَ
Transliteration wamā jaʿalnā libasharin min qablika l-khul'da afa-in mitta fahumu l-khālidūna
Dhivehi އަދި އެއްވެސް އާދަމުގެދަރިއަކަށް ކަލޭގެފާނުންގެ ކުރީގައިވެސް (މިދުނިޔޭގައި މަރުނުވެ) ދެމިހުރުމެއް ތިމަންރަސްކަލާނގެ ނުލައްވަމެވެ. އަޅެފަހެ ކަލޭގެފާނު އަވަހާރަވެއްޖެއްޔާ އެމީހުން ފަހެ މަރުނުވެ ތިބޭނޭހެއްޔެވެ؟ (އެމީހުންވެސް މަރުވާނެއެވެ.)
Verse 35
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ
Transliteration kullu nafsin dhāiqatu l-mawti wanablūkum bil-shari wal-khayri fit'natan wa-ilaynā tur'jaʿūna
Dhivehi ކޮންމެ نفس އަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ހެޔޮކަންތަކުންނާއި އަދި ނުބައި ކަންތަކުން ތިމަންރަސްކަލާނގެ ކަލޭމެން إمتحان ކުރައްވާހުށީމެވެ. (އެބަހީ: ތަދުމަޑުކަން ޖައްސަވައިގެންނާއި އަދި ތިޔާގެކަން ޖައްސަވައިގެން إمتحان ކުރައްވާހުށީމެވެ.) އަދި ކަލޭމެން އެނބުރި رُجُوع ވާހުށީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.
Verse 36
وَإِذَا رَءَاكَ ٱلَّذِينَ كَفَرُوٓا۟ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَـٰذَا ٱلَّذِى يَذْكُرُ ءَالِهَتَكُمْ وَهُم بِذِكْرِ ٱلرَّحْمَـٰنِ هُمْ كَـٰفِرُونَ
Transliteration wa-idhā raāka alladhīna kafarū in yattakhidhūnaka illā huzuwan ahādhā alladhī yadhkuru ālihatakum wahum bidhik'ri l-raḥmāni hum kāfirūna
Dhivehi (އޭ رسول ﷲ އެވެ!) އެކާފަރުންގެ މީހުންނަށް ކަލޭގެފާނު ފެނިއްޖެއްޔާ އެމީހުން ކަލޭގެފާނަށް މަލާމާތް ނޫނީ ނުކުރެއެވެ. (އަދި އެމީހުން ބުނެއެވެ.) އަހުރެމެންގެ إله ންތަކަށް ހުތުރު އެއްޗެތި ކިޔާ މީހާއަކީ މިއީހެއްޔެވެ؟ އަދި އެމީހުން އެވަނީ رحمن ވަންތަ ﷲ ގެ ނަންފުޅު ގަނެވިއްޖެއްޔާ ކާފަރުވެގެންވާ حال ގައެވެ. އެކަލާނގެއަށް ކާފަރުވެގެންނެވެ.
Verse 37
خُلِقَ ٱلْإِنسَـٰنُ مِنْ عَجَلٍ ۚ سَأُو۟رِيكُمْ ءَايَـٰتِى فَلَا تَسْتَعْجِلُونِ
Transliteration khuliqa l-insānu min ʿajalin sa-urīkum āyātī falā tastaʿjilūni
Dhivehi އިންސާނާ ހެއްދެވިގެންވަނީ އަވަސްކަމުގެތެރެއިންނެވެ. (قُرِيْش ންވެސް އެމީހުންނަށް عذاب އަވަސްވުމަށް އެދުނީ ހަމަ އެބާބުގެތެރެއިންނެވެ.) ނިކަންހުރެ ތިމަންރަސްކަލާނގެ (عذاب އާއި ކޯފާ) ގެއާޔަތްތައް ކަލޭމެނަށް ދައްކަވާހުށީމެވެ. ފަހެ ކަލޭމެން އެކަން އަވަސްވުމަށް ނޭދޭ ހުށިކަމެވެ.
Verse 38
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ
Transliteration wayaqūlūna matā hādhā l-waʿdu in kuntum ṣādiqīna
Dhivehi އަދި އެމީހުން ބުނެއެވެ. ކަލޭމެން ތިޔަބުނާ ކަމެއް ތިޔަކުރާ وعد އެއްވާނީ ކޮންއިރަކުންހެއްޔެވެ. ކަލޭމެން (مؤمن ން) ތިޔަބުނަނީ ތެދެއްކަމުގައިވަންޏާ ނިކަން ބުނެބަލާށެވެ.
Verse 39
لَوْ يَعْلَمُ ٱلَّذِينَ كَفَرُوا۟ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمْ وَلَا هُمْ يُنصَرُونَ
Transliteration law yaʿlamu alladhīna kafarū ḥīna lā yakuffūna ʿan wujūhihimu l-nāra walā ʿan ẓuhūrihim walā hum yunṣarūna
Dhivehi ކާފަރުންގެމީހުންނަށް އެމީހުންގެ މޫނުންނާއި އެމީހުންގެ ބުރަކަށިތަކުން ނަރަކައިގެ އަލިފާން ވަކިނުވެ ހިފާފައިވާތަން އެމީހުންނަށް ފެންނާނެނަމަ އެކަން އެނގޭނެނަމަ (އެމީހުން توبة ވެ إيمان ވުމަށް އަވަސްވީހެވެ.) (ނަމަވެސް ދެން އެދުވަހުން) އެމީހުންނަކީ نصر ލިބޭނެ ބަޔަކުކަމުގައި ނުވެއެވެ. އެއަލިފާން އެދުވަހުން އެމީހުންގައި ހިފާނެއެވެ.
Verse 40
بَلْ تَأْتِيهِم بَغْتَةً فَتَبْهَتُهُمْ فَلَا يَسْتَطِيعُونَ رَدَّهَا وَلَا هُمْ يُنظَرُونَ
Transliteration bal tatīhim baghtatan fatabhatuhum falā yastaṭīʿūna raddahā walā hum yunẓarūna
Dhivehi އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް އެކަން އަންނާނީ (އެބަހީ: އެނަރަކައިގެ އަލިފާން / ނުވަތަ قيامة ވުން އަންނާނީ) ހަމަ ކުއްލިއަކަށެވެ. އެހައިރުން އެމީހުން އެއަލިފާނުން ނިވައިކޮށްލާހުއްޓެވެ. ނުވަތަ حيران ކޮށްލާހުއްޓެވެ. ފަހެ އެމީހުންނަށް އެއަލިފާން ދުރުކޮށް ރައްދުކޮށްލާކަށް ކުޅަދާނަވެގެން ނުވާނެއެވެ. އަދި އެމީހުންނަށް މުހުލަތު ނުދެވޭހުއްޓެވެ. ތަންވަޅު ނުލިބޭހުއްޓެވެ.
Verse 41
وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Transliteration walaqadi us'tuh'zi-a birusulin min qablika faḥāqa bi-alladhīna sakhirū min'hum mā kānū bihi yastahziūna
Dhivehi (އޭ رسول ﷲ އެވެ!) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގައި ފޮނުވުނު رَسُول ބޭކަލުންނާއި މެދުވެސް މަލާމާތްކުރެވި ފުރައްސާރަ ކުރެވުނެވެ. ދެންފަހެ އެމީހުންކުރެ އެބަހީ: އެ مشرك ންކުރެ އެ رسول ބޭކަލުންނަށް މަލާމާތްކޮށް ފުރައްސާރަކުރި މީހުންނަށް އެމީހުން އެމަލާމާތްކޮށް ފުރައްސާރަކުރި ކަންތައް ވަށައިލައިފިއެވެ. އެބަހީ: އެ عذاب އެމީހުން ވަށައިލައިފިއެވެ. ދުނިޔެމަތީގައިވެސް އެމީހުން އީމާން ނުވުމުގެ ސަބަބުން އެ أمّة ތަކުގެ ކާފަރުން ހަލާކުވެދިޔައީއެވެ. (މި أمّة ގެމީހުން އެކަންކަމުން عبرة حاصل ކުރާހުށިކަމެވެ.)
Verse 42
قُلْ مَن يَكْلَؤُكُم بِٱلَّيْلِ وَٱلنَّهَارِ مِنَ ٱلرَّحْمَـٰنِ ۗ بَلْ هُمْ عَن ذِكْرِ رَبِّهِم مُّعْرِضُونَ
Transliteration qul man yakla-ukum bi-al-layli wal-nahāri mina l-raḥmāni bal hum ʿan dhik'ri rabbihim muʿ'riḍūna
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. رحمن ވަންތަ ﷲ ގެ حضرة ން (عذاب އެއް އަތުވެއްޖެއްޔާ) ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި (އަދި ހުރިހާ ވަގުތެއްގައިވެސް) ކަލޭމެން ރައްކާތެރިކޮށް ބަލަހައްޓާނީ ކާކުހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ އެމީހުން އެވަނީ رحمن ވަންތަ ﷲ ގެوعظ އާއި نصيحة ން މޫނު އަނބުރާލައި ފުރަގަސްދީގެންނެވެ.
Verse 43
أَمْ لَهُمْ ءَالِهَةٌ تَمْنَعُهُم مِّن دُونِنَا ۚ لَا يَسْتَطِيعُونَ نَصْرَ أَنفُسِهِمْ وَلَا هُم مِّنَّا يُصْحَبُونَ
Transliteration am lahum ālihatun tamnaʿuhum min dūninā lā yastaṭīʿūna naṣra anfusihim walā hum minnā yuṣ'ḥabūna
Dhivehi ތިމަންރަސްކަލާނގެ ފިޔަވައި ތިމަންރަސްކަލާނގެ عذاب ން އެމީހުން މަނާކޮށް ސަލާމަތްކުރާނޭ إله ންތަކެއް އެމީހުންނަށް (އެ مشرك ންނަށް) ފަހެ ވަނީހެއްޔެވެ؟ (ނުވެއެވެ.) އަދި ކިއެއްހެއްޔެވެ؟ އެތަކެތީގެ އަމިއްލަ نفس ތަކަށް نصر އެއް ދިނުމަށް ވިޔަސް އެތަކެއްޗަށް ކުޅަދާނަ ނުވެއެވެ. އަދި ތިމަންރަސްކަލާނގެ ރަސްކަންފުޅުގެ ފަރާތުން نصر އެއް ލިބި ރައްކާތެރިކަމެއް ލިބޭނޭ ތަކެތިކަމުގައި އެތަކެތި ނުވެއެވެ.
Verse 44
بَلْ مَتَّعْنَا هَـٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ طَالَ عَلَيْهِمُ ٱلْعُمُرُ ۗ أَفَلَا يَرَوْنَ أَنَّا نَأْتِى ٱلْأَرْضَ نَنقُصُهَا مِنْ أَطْرَافِهَآ ۚ أَفَهُمُ ٱلْغَـٰلِبُونَ
Transliteration bal mattaʿnā hāulāi waābāahum ḥattā ṭāla ʿalayhimu l-ʿumuru afalā yarawna annā natī l-arḍa nanquṣuhā min aṭrāfihā afahumu l-ghālibūna
Dhivehi އަދި ކިޔެއްހެއްޔެވެ؟ މި مكّة ގެ أهلم ވެރިންނަށާއި އަދި އެމީހުންގެ އިސްވެދިޔަ ކާބަފައިންނަށް ތިމަންރަސްކަލާނގެ ތަންވަޅުދެއްވާ އަދި ދުނިޔޭގައި އުޅެވޭނެގޮތުގެ نعمة ދެއްވާހެއްދެވީމެވެ. އެއީ އެމީހުންގެ عمر ދިގުވެ مُدّة ދިގުވެއްޖައުމަށްދާންދެންނެވެ. ބިންގަނޑުގެ އެކިއެކި ފަރާތްފަރާތުން ތިމަންރަސްކަލާނގެ މަދުކުރައްވާ އުނިކުރައްވާކަން އެމީހުންނަށް ފަހެ ނޭނގޭބާވައެވެ؟ އެމީހުން ފަހެ (ތިމަންރަސްކަލާނގެއަށްވުރެ ނުވަތަ محمّد ﷺ އަށްވުރެ) ވަކިން ގަދަވާނޭ ބަޔަކުކަމުގައި ވާނޭހެއްޔެވެ؟ (ނުވާނެއެވެ.)
Verse 45
قُلْ إِنَّمَآ أُنذِرُكُم بِٱلْوَحْىِ ۚ وَلَا يَسْمَعُ ٱلصُّمُّ ٱلدُّعَآءَ إِذَا مَا يُنذَرُونَ
Transliteration qul innamā undhirukum bil-waḥyi walā yasmaʿu l-ṣumu l-duʿāa idhā mā yundharūna
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެނަށް މި إنذار ކުރައްވަނީ وحي އިންނެވެ. މި قرآن ންނެވެ. އަދި މިގޮވާލުމުގެ އަޑު ބީރުމީހުން ނުއަހައެވެ. އެމީހުންނަކަށް ނީވޭނެއެވެ. (އެބަހީ: ކާފަރުކަމުން ހިތުގެއިވުން ބީރުވެފައިވާ ބަޔަކަށް نصيحة އާއި وعظ ދިނަސް) އެމީހުންނަށް އިންޒާރުކުރެވުނަސް އޭގެ މަންފާ ނުކުރާނެއެވެ. އޭގެ އަޑުނުއަހާނެއެވެ.
Verse 46
وَلَئِن مَّسَّتْهُمْ نَفْحَةٌ مِّنْ عَذَابِ رَبِّكَ لَيَقُولُنَّ يَـٰوَيْلَنَآ إِنَّا كُنَّا ظَـٰلِمِينَ
Transliteration wala-in massathum nafḥatun min ʿadhābi rabbika layaqūlunna yāwaylanā innā kunnā ẓālimīna
Dhivehi (އޭ ر سول ﷲ އެވެ!) ކަލޭގެފާނުންގެ رَبُّ ގެ عذاب ގެ މިންވަރެއް އެމީހުންނަށް ދިމާވެއްޖެއްޔާ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އޭ އަހުރެމެންގެމައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން އަހުރެމެން މިވަނީ އަނިޔާވެރިންކަމުގައެވެ.
Verse 47
وَنَضَعُ ٱلْمَوَٰزِينَ ٱلْقِسْطَ لِيَوْمِ ٱلْقِيَـٰمَةِ فَلَا تُظْلَمُ نَفْسٌ شَيْـًٔا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَـٰسِبِينَ
Transliteration wanaḍaʿu l-mawāzīna l-qis'ṭa liyawmi l-qiyāmati falā tuẓ'lamu nafsun shayan wa-in kāna mith'qāla ḥabbatin min khardalin ataynā bihā wakafā binā ḥāsibīna
Dhivehi އަދި قيامة ދުވަހުން ތިމަންރަސްކަލާނގެ عدل ވެރިކަމުގެ مِيْزَان ބަހައްޓަވާ ހުށީމެވެ. ފަހެ އެއްވެސް نفس އަކަށް އެއްވެސް މިންވަރެއްގެ އަނިޔާއެއް ނުލިބޭނެއެވެ. (އަދި ކޮށްފައިވާ عمل އަކީ) ރެވިއޮއްޓަރެއްގެ ބަރުދަނުގެ މިންވަރެއްކަމުގައިވިޔަސް (ހެވަސް ނުބަޔަސް) ތިމަންރަސްކަލާނގެ އެއެއްޗެއް ގެންނަވާ ހިސާބުކުރައްވާހުށީމެވެ. އަދި ހިސާބުކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދިވޮޑިގެންވެއެވެ.
Verse 48
وَلَقَدْ ءَاتَيْنَا مُوسَىٰ وَهَـٰرُونَ ٱلْفُرْقَانَ وَضِيَآءً وَذِكْرًا لِّلْمُتَّقِينَ
Transliteration walaqad ātaynā mūsā wahārūna l-fur'qāna waḍiyāan wadhik'ran lil'muttaqīna
Dhivehi އަދި ހަމަކަށަވަރުން موسى އާއި هَارُون އާއި (عليهما السّلام) ދެކަލުންނަށް حَقُّ ވަކިކުރާނެ حجّة އާއި دليل ތިމަންރަސްކަލާނގެ ދެއްވީމެވެ. (އެއީ عَداوة ތެރިންގެމައްޗަށް ގަދަވެގަތުމުގެ حقّ ދަލީލެވެ.) އަދި ދީނުގެ حكم ތަކަށް އަލިކޮށްދޭ ފޮތް توراة އާއި އަދި تقوى ވެރިންނަށް وعظ އާއި نصيحة ވެސް ތިމަންރަސްކަލާނގެ އެދެކަލުންނަށް ދެއްވީމެވެ.
Verse 49
ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَهُم مِّنَ ٱلسَّاعَةِ مُشْفِقُونَ
Transliteration alladhīna yakhshawna rabbahum bil-ghaybi wahum mina l-sāʿati mush'fiqūna
Dhivehi އެމީހުންނަކީ - އެބަހީ: އެ تقوى ވެރިންނަކީ - غَيْبُ ގައިވާ އެބައިމީހުންގެ رَبّ އަށް ބިރުވެތިވާ މީހުންނެވެ. އަދި ކަނޑައެޅިގެން އެބައިމީހުންނަކީ آخرة ދުވަހަށް ބިރުވެތިވެ ފެންކަޅިވެގެންވާ މީހުންނެވެ.
Verse 50
وَهَـٰذَا ذِكْرٌ مُّبَارَكٌ أَنزَلْنَـٰهُ ۚ أَفَأَنتُمْ لَهُۥ مُنكِرُونَ
Transliteration wahādhā dhik'run mubārakun anzalnāhu afa-antum lahu munkirūna
Dhivehi އަދި މި قرآن އަކީ بَرَكاَة ތެރިވެގެންވާ ذِكْرُ އެކެވެ. وعظ އާއި نصيحة އެކެވެ. ހަނދާންކޮށްދިނުމެކެވެ. އެފޮތް (محمّد ﷺ ގެ މައްޗަށް) ބާވައިލެއްވީ ތިމަންރަސްކަލާނގެއެވެ. އަޅެފަހެ ކަލޭމެން ތިޔަވަނީ އެފޮތަށް ނުރުހިގެންހެއްޔެވެ؟ إنكار ކޮށްކޮށް ހެއްޔެވެ؟
Verse 51
۞ وَلَقَدْ ءَاتَيْنَآ إِبْرَٰهِيمَ رُشْدَهُۥ مِن قَبْلُ وَكُنَّا بِهِۦ عَـٰلِمِينَ
Transliteration walaqad ātaynā ib'rāhīma rush'dahu min qablu wakunnā bihi ʿālimīna
Dhivehi އަދި ހަމަކަށަވަރުން إبراهيم عليه السّلام އަށް نبي ކަމުގެކުރިން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ ދެނެގަތުން (ތެދުމަގުގެ توفيق) ދެއްވީމެވެ. އަދި އެކަލޭގެފާނަކީ إبمان ކަމާއި توحيد ގެ أهل ވެރިއެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވީމުއެވެ.
Verse 52
إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا هَـٰذِهِ ٱلتَّمَاثِيلُ ٱلَّتِىٓ أَنتُمْ لَهَا عَـٰكِفُونَ
Transliteration idh qāla li-abīhi waqawmihi mā hādhihi l-tamāthīlu allatī antum lahā ʿākifūna
Dhivehi އެއީ އެކަލޭގެފާނު ބައްޕައަށާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ قوم ގެމީހުންނޭވެ. ކަލޭމެން އެތަކެއްޗަށް އަޅުކަންކުރުން މަތީ قائم ވެ ތިޔަތިބޭ މިސޫރަތަކަކީ - މިބުދުތަކަކީ ކޮންއެއްޗެތިތަކެއްހެއްޔެވެ؟ ކީއްކުރާ އެއްޗެތިތަކެއް ހެއްޔެވެ؟
Verse 53
قَالُوا۟ وَجَدْنَآ ءَابَآءَنَا لَهَا عَـٰبِدِينَ
Transliteration qālū wajadnā ābāanā lahā ʿābidīna
Dhivehi އެމީހުން ދެންނެވިއެވެ. އަހުރެމެން ދުށީއަހުރެމެންގެ ކާބަފައިން ހަމަ އެއަށް - އެތަކެއްޗަށް އަޅުކަންކުރާތީއެވެ. (އެހެންވެ އަހުރެމެންވެސް އަޅުކަންކުރަނީއެވެ.)
Verse 54
قَالَ لَقَدْ كُنتُمْ أَنتُمْ وَءَابَآؤُكُمْ فِى ضَلَـٰلٍ مُّبِينٍ
Transliteration qāla laqad kuntum antum waābāukum fī ḍalālin mubīnin
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ކަލޭމެންނާއި ކަލޭމެންގެ ކާބަފައިންވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ.
Verse 55
قَالُوٓا۟ أَجِئْتَنَا بِٱلْحَقِّ أَمْ أَنتَ مِنَ ٱللَّـٰعِبِينَ
Transliteration qālū aji'tanā bil-ḥaqi am anta mina l-lāʿibīna
Dhivehi އެބައިމީހުން ދެންނެވިއެވެ. އަހުރެމެންގެ ގާތަށް ކަލޭގެފާނު ތިޔަވަޑައިގެންނެވީ حقّ އާއިގެންތޯއެވެ. ނުވަތަ ހަމަކުޅޭކުޅޭ މީހެއްގެގޮތުގައި (ސަމާސާކުރައްވަނީތޯއެވެ.)
Verse 56
قَالَ بَل رَّبُّكُمْ رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلَّذِى فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّـٰهِدِينَ
Transliteration qāla bal rabbukum rabbu l-samāwāti wal-arḍi alladhī faṭarahunna wa-anā ʿalā dhālikum mina l-shāhidīna
Dhivehi އެކަލޭގެފާނު يعني: إبراهيم ގެފާނު ވިދާޅުވިއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންގެ ربّ އަކީ އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ. އަދި އަހުރެން މިވަނީ އެގޮތުގެ މައްޗަށް ކަލޭމެނަށް ހެކިދޭމީހުންގެ ތެރެއިންނެވެ.
Verse 57
وَتَٱللَّهِ لَأَكِيدَنَّ أَصْنَـٰمَكُم بَعْدَ أَن تُوَلُّوا۟ مُدْبِرِينَ
Transliteration watal-lahi la-akīdanna aṣnāmakum baʿda an tuwallū mud'birīna
Dhivehi ﷲ ގަންދީ ބުނަމެވެ. ކަލޭމެން އެނބުރިދިއުމަށްފަހު (عيد ގެ حفلة އަށް ދިއުމަށްފަހު) އަހުރެން ކަލޭމެންގެ ބުދުތައް ހަލާކުކޮށް ކުދިކުދިކުރާނަމެވެ. ނޯޓް: މިބަސްފުޅު އެކަލޭގެފާނު ވިދާޅުވިކަމަށްވަނީ ގިނަމީހުންނަށް ނީވޭ ވަރަށެވެ. އިވުނުކަމަށްވަނީ އެންމެ މީހަކަށެވެ.
Verse 58
فَجَعَلَهُمْ جُذَٰذًا إِلَّا كَبِيرًا لَّهُمْ لَعَلَّهُمْ إِلَيْهِ يَرْجِعُونَ
Transliteration fajaʿalahum judhādhan illā kabīran lahum laʿallahum ilayhi yarjiʿūna
Dhivehi ދެންފަހެ (އެމީހުން عيد ގެ ކަންތަކަށް ނުކުމެގެންދިއުމުން) އެކަލޭގެފާނުން އެމީހުންގެ ބުދުތައް އެންމެބޮޑު ބުދުމެނުވީ ތަޅާ ކުދިކުދިކޮށްލައިފިއެވެ. (އަދިތަޅުއްވަން ގެންގުޅުއްވި ހަތިޔާރު އެބޮޑު ބުދުގެ ކަރުގައި އެލުވިކަމަށްވިއެވެ.) އެހެން އެހެއްދެވީ އެމީހުންނަށް ވިސްނިގެން އެކަލޭގެފާނުންގެމަގަށް رُجوعَ ވޭތޯއެވެ. (ނުވަތަ އެބޮޑު ބުދުކުރެން އަހައި އެސޮރަށް رجوع ވޭތޯއެވެ.)
Verse 59
قَالُوا۟ مَن فَعَلَ هَـٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّـٰلِمِينَ
Transliteration qālū man faʿala hādhā biālihatinā innahu lamina l-ẓālimīna
Dhivehi (އެމީހުންގެ عيد ނިންމާފައި ބުދުތަކުގެ ގާތަށް އައިއިރު އެތަކެއްޗަށްވެފައި ހުރި ގޮތް ދެކެފައި އެކަމާ عجائب ވެގެންނެވެ.) އެމީހުން ބުންޏެވެ. އަހުރެމެންގެ إله ންތަކަށް މިހެން ހެދީ ކާކުބާވައެވެ؟ ހަމަކަށަވަރުން އެމީހަކު އެއީ ކަނޑައެޅިގެން އަނިޔާވެރިންގެތެރެއިންވާ މީހެކެވެ.
Verse 60
قَالُوا۟ سَمِعْنَا فَتًى يَذْكُرُهُمْ يُقَالُ لَهُۥٓ إِبْرَٰهِيمُ
Transliteration qālū samiʿ'nā fatan yadhkuruhum yuqālu lahu ib'rāhīmu
Dhivehi އެމީހުން ބުންޏެވެ. އެތަކެއްޗަށް ހުތުރުބަސްބުނެ عَيْبُ ކިޔާ ޒުވާނަކުގެ ވާހަކަ އަހުރެމެން އެހީމެވެ. އޭނާއަށް ކިޔެނީ إبراهيم އެވެ. (މިހެން މިބުނިކަމުގައިވަނީ إبراهيم ގެފާނު އަހުރެން ކަލޭމެންގެ ބުދުތައް ހަލާކުކުރާނަމޭ ވިދާޅުވިހިނދު އެއަޑުފުޅު އެހިމީހާކަމުގައި ބުނެވުނެވެ.) والله أعلم.
Verse 61
قَالُوا۟ فَأْتُوا۟ بِهِۦ عَلَىٰٓ أَعْيُنِ ٱلنَّاسِ لَعَلَّهُمْ يَشْهَدُونَ
Transliteration qālū fatū bihi ʿalā aʿyuni l-nāsi laʿallahum yashhadūna
Dhivehi އެމީހުން އެމީހުނަށް ބުންޏެވެ. މީސްތަކުންގެ ލޯތަކަށް ފެންނަފަށަށް އޭނާ ކަލޭމެން ގެންނާށެވެ. އެއީ މީސްތަކުން حاضر ވޭތޯއެވެ؟ ނުވަތަ އެމީހުން ހެކިދިނުމަށްޓަކައެވެ.
Verse 62
قَالُوٓا۟ ءَأَنتَ فَعَلْتَ هَـٰذَا بِـَٔالِهَتِنَا يَـٰٓإِبْرَٰهِيمُ
Transliteration qālū a-anta faʿalta hādhā biālihatinā yāib'rāhīmu
Dhivehi (ދެންފަހެ އެމީހުން إبراهيم ގެފާނު ހޯދައިގެން ގެނެސް އެމީހުން އެކަލޭގެފާނުންކުރެން އަހައިފިއެވެ.) އޭ إبراهيم އެވެ. އަހުރެމެންގެ إله ންތަކަށް މިހެން ހެދީ ހަމަކަލޭހެއްޔެވެ؟
Verse 63
قَالَ بَلْ فَعَلَهُۥ كَبِيرُهُمْ هَـٰذَا فَسْـَٔلُوهُمْ إِن كَانُوا۟ يَنطِقُونَ
Transliteration qāla bal faʿalahu kabīruhum hādhā fasalūhum in kānū yanṭiqūna
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެކަންކުރީ އޭގެތެރެއިން މީނދަ ބޮޑުބުދެވެ. އެތަކެތި އެއީ ބަސްބުނެއުޅޭ ތަކެތިކަމުގައިވަންޏާ ކަލޭމެން ނިކަން އޭތިކުރެން އަހައި ސުވާލުކޮށްބަލާށެވެ!
Verse 64
فَرَجَعُوٓا۟ إِلَىٰٓ أَنفُسِهِمْ فَقَالُوٓا۟ إِنَّكُمْ أَنتُمُ ٱلظَّـٰلِمُونَ
Transliteration farajaʿū ilā anfusihim faqālū innakum antumu l-ẓālimūna
Dhivehi ދެންފަހެ އެމީހުން އެމީހުންގެ ބުއްދިތަކަށް رُجُوع ވެ އެކަކު އަނެކަކަށް ބަލަބަލާފައި ވިސްނަންފަށައިފިއެވެ. އަދި ބުނެފިއެވެ. ހަމަކަށަވަރުން ކަލޭމެންނީ ހަމަ ކަނޑައެޅިގެން އަނިޔާވެރިންނެވެ. އެހެން އެވީ އެއްވެސްކަހަލަ އާރެއްބާރެއްނެތް ތަކެއްޗަށް އަޅުކަންކުރުމުގެ ސަބަބުންނެވެ. / ނުވަތަ إبراهيم ގެފާނަށް ތުހުމަތުކުރުމުގެ ސަބަބުންނެވެ.)
Verse 65
ثُمَّ نُكِسُوا۟ عَلَىٰ رُءُوسِهِمْ لَقَدْ عَلِمْتَ مَا هَـٰٓؤُلَآءِ يَنطِقُونَ
Transliteration thumma nukisū ʿalā ruūsihim laqad ʿalim'ta mā hāulāi yanṭiqūna
Dhivehi ދެން އެމީހުން އަލުންވެސް އެމީހުންގެ ޖާހިލުކަމަށް رُجُوع ވެއްޖެއެވެ. (އެމީހުން إبراهيم ގެފާނަށް ބުނެފިއެވެ.) މިތަކެއްޗަކީ މިއީ ބަސްބުނެ ވާހަކަދައްކާ ތަކެތި ނޫންކަން ކަލެއަށް ރަނގަޅަށް އެނގޭނެއެވެ.
Verse 66
قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمْ شَيْـًٔا وَلَا يَضُرُّكُمْ
Transliteration qāla afataʿbudūna min dūni l-lahi mā lā yanfaʿukum shayan walā yaḍurrukum
Dhivehi إبراهيم ގެފާނުން ވިދާޅުވިއެވެ. ކަލޭމެނަށް އެއްވެސް مَنفع އެއް ނުދޭ އަދި ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް ﷲ ފިޔަވައި ކަލޭމެން އަޅުކަންކުރަނީހެއްޔެވެ؟
Verse 67
أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ ۖ أَفَلَا تَعْقِلُونَ
Transliteration uffin lakum walimā taʿbudūna min dūni l-lahi afalā taʿqilūna
Dhivehi ކަލޭމެންނާއި ކަލޭމެން ﷲ ފިޔަވައި އެތަކެއްޗަށް ތިޔަ އަޅުކަންކުރާ ތަކެތީގެ ދެރަކަމާއި ހުތުރުކަމާއެވެ! ކަލޭމެން ފަހެ އެއްޗެއް ނުވިސްނަމުހެއްޔެވެ؟ (ކަލޭމެންނަކީ ތަންދޮރު ނޭނގޭ ބީތާތަކެއްހެއްޔެވެ؟)
Verse 68
قَالُوا۟ حَرِّقُوهُ وَٱنصُرُوٓا۟ ءَالِهَتَكُمْ إِن كُنتُمْ فَـٰعِلِينَ
Transliteration qālū ḥarriqūhu wa-unṣurū ālihatakum in kuntum fāʿilīna
Dhivehi (ދެންފަހެ إبراهيم ގެފާނުންގެ حجّة ގަދަވެ އެމީހުންގެ އަނގަ ބެދުނީމާ ދެން އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުނީ) ކަލޭމެން އޭނާ އަންދައިލާށެވެ! އަދި ކަލޭމެންގެ إله ންތަކަށް نصر ދޭށެވެ! ކަލޭމެން ކަމެއްކުރަންޏާ އެހެން ހަދާށެވެ! (މިއީ عامّ ކޮށް ގިނަމީހުންގެ قواعد އެވެ. ތިމާގެ دليل އެއް ނެތުނީމާ ދެންފަށާނީ އަނިޔާކުރާށެވެ.)
Verse 69
قُلْنَا يَـٰنَارُ كُونِى بَرْدًا وَسَلَـٰمًا عَلَىٰٓ إِبْرَٰهِيمَ
Transliteration qul'nā yānāru kūnī bardan wasalāman ʿalā ib'rāhīma
Dhivehi (ދެން އެމީހުން ބޮޑު އަލިފާންގަނޑެއްޖަހައި އެކަލޭގެފާނު އެއަށް އެއްލައިލިވަގުތު އެއަލިފާންގަނޑަށް ﷲ އެންގެވީ إبراهيم ގެފާނުންގެމައްޗަށް ފިނި އަދި ސަލާމަތްކަންދޭ އެއްޗަކަށް ވުމަށެވެ. އެކަލާނގެ އެ އަންގަވަނީ) ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. އޭ އަލިފާނާއެވެ. إبراهيم ގެފާނުންގެ މައްޗަށް ފިނި އަދި ސަލާމަތްކަން ދޭ އެއްޗަކަށް ކަލޭވާށެވެ. (އެކަން އެގޮތަށްވެ ހަމަޖެހުނީއެވެ.)
Verse 70
وَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَـٰهُمُ ٱلْأَخْسَرِينَ
Transliteration wa-arādū bihi kaydan fajaʿalnāhumu l-akhsarīna
Dhivehi އެކާފަރުންގެ މީހުން އެކަލޭގެފާނަށް ނުބައިގޮތަށް ހެދުމަށް ހީކުރީއެވެ. ތިމަންރަސްކަލާނގެ އެމީހުންނާއި އެމީހުންގެ ކަންތައްލެއްވީ އެންމެދަށް އަދި އެންމެ ގެއްލުން ބޮޑުވެގެންވާ އެއްޗެއްކަމުގައެވެ.
Verse 71
وَنَجَّيْنَـٰهُ وَلُوطًا إِلَى ٱلْأَرْضِ ٱلَّتِى بَـٰرَكْنَا فِيهَا لِلْعَـٰلَمِينَ
Transliteration wanajjaynāhu walūṭan ilā l-arḍi allatī bāraknā fīhā lil'ʿālamīna
Dhivehi އަދި ތިމަންރަސްކަލާނގެ (عراق ކަރައިގެބިމުން - ނުވަތަ އެމީހުންގެ عذاب ން) އެކަލޭގެފާނާއި لوط ގެފާނު (عليهما السّلام) ސަލާމަތްކުރައްވައި އެންމެހައި عالم ތަކަށް ތިމަންރަސްކަލާނގެ އެތާނގައި بركاة ލައްވާފައިވާ ބިމަށް (شام ކަރައިގެބިމަށް) އެބޭކަލުން ފޮނުއްވީމެވެ.
Verse 72
وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ نَافِلَةً ۖ وَكُلًّا جَعَلْنَا صَـٰلِحِينَ
Transliteration wawahabnā lahu is'ḥāqa wayaʿqūba nāfilatan wakullan jaʿalnā ṣāliḥīna
Dhivehi އަދި އެކަލޭގެފާނަށް އެބަހީ: إبراهيم عليه السّلام އަށް ތިމަންރަސްކަލާނގެ إسحاق ގެފާނު ދެއްވީމެވެ. އަދި ކާފަދަރިކަލެއްގެގޮތުން يعقوب ގެފާނު ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކު ތިމަންރަސްކަލާނގެ صالح ންކަމުގައި ލެއްވީމެވެ. (ﷲ އަށް ކިޔަމަންތެރި އަޅުންކަމުގައި ލެއްވީމެވެ.)
Verse 73
وَجَعَلْنَـٰهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا وَأَوْحَيْنَآ إِلَيْهِمْ فِعْلَ ٱلْخَيْرَٰتِ وَإِقَامَ ٱلصَّلَوٰةِ وَإِيتَآءَ ٱلزَّكَوٰةِ ۖ وَكَانُوا۟ لَنَا عَـٰبِدِينَ
Transliteration wajaʿalnāhum a-immatan yahdūna bi-amrinā wa-awḥaynā ilayhim fiʿ'la l-khayrāti wa-iqāma l-ṣalati waītāa l-zakati wakānū lanā ʿābidīna
Dhivehi އަދި ތިމަންރަސްކަލާނގެ އަމުރުފުޅަށް (މީސްތަކުންނަށް) ތެދުމަގު ދައްކަވާ إمام ންކަމުގައި ތިމަންރަސްކަލާނގެ އެބޭކަލުން ލެއްވީމެވެ. އަދި ހެޔޮކަންތައްތައް ކުރުމަށާއި ނަމާދު قائم ކުރުމަށާއި ޒަކާތްދިނުމަށާއި މިކަންކަމަށް އެބޭކަލުންނަށް އަންގަވައި وحي ކުރެއްވީމެވެ. އަދި އެބޭކަލުންވީ ކަނޑައެޅިގެން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރައްވާ އަޅުންކަމުގައެވެ. (عليهم السّلام)
Verse 74
وَلُوطًا ءَاتَيْنَـٰهُ حُكْمًا وَعِلْمًا وَنَجَّيْنَـٰهُ مِنَ ٱلْقَرْيَةِ ٱلَّتِى كَانَت تَّعْمَلُ ٱلْخَبَـٰٓئِثَ ۗ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍ فَـٰسِقِينَ
Transliteration walūṭan ātaynāhu ḥuk'man waʿil'man wanajjaynāhu mina l-qaryati allatī kānat taʿmalu l-khabāitha innahum kānū qawma sawin fāsiqīna
Dhivehi އަދި لوط عليه السلام އަށް ތިމަންރަސްކަލާނގެ نبي ކަމާއި علم ވެރިކަން ދެއްވީމެވެ. (މި އާޔަތުގައިމިވާ حكم ގެ މާނައަކީ نبي ކަމުގައި ނުވަތަ ކަންކަން ނިމުމުގެ حكمކަމުގައިވި އެވެ.) އަދި ހަޑި ހުތުރު ކަންތައްތައް ކުރާމީހުން އުޅޭ ރަށުން (އެއީ ފިރިހެން ކުޅިކުޅުނު سَدُوْم އެވެކިޔުނު ރަށެވެ.) ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން އެރަށުގެ މީހުންވީ ނުބައިބަޔަކުކަމުގައެވެ.
Verse 75
وَأَدْخَلْنَـٰهُ فِى رَحْمَتِنَآ ۖ إِنَّهُۥ مِنَ ٱلصَّـٰلِحِينَ
Transliteration wa-adkhalnāhu fī raḥmatinā innahu mina l-ṣāliḥīna
Dhivehi އަދި ތިމަންރަސްކަލާނގެ رحمة ގެ ތެރެއަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު ލެއްވީމެވެ. ހަމަކަށަވަރުން އެކަލޭގެފާނުވަނީ صالح ންގެ ތެރެއިންނެވެ.
Verse 76
وَنُوحًا إِذْ نَادَىٰ مِن قَبْلُ فَٱسْتَجَبْنَا لَهُۥ فَنَجَّيْنَـٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ
Transliteration wanūḥan idh nādā min qablu fa-is'tajabnā lahu fanajjaynāhu wa-ahlahu mina l-karbi l-ʿaẓīmi
Dhivehi އަދި نوح عليه السلام ހަނދުމަފުޅުކުރައްވާށެވެ! (އެއީ إبراهيم عليه السلام އާއި އަދި لوط عليه السلام ގެ ވާހަކައިގެ) ކުރިންނެވެ. އެކަލޭގެފާނު ﷲ އަށް ދަންނަވާ دعاء ކުރެއްވި ހިނދުގައެވެ. ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إجابة ކުރައްވައި އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން (ކިޔަމަންތެރި مؤمن ން) ބޮޑުވެގެންވާ ހިތާމަޔާއި ނުރައްކަލުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެއީ ބޮޑުވެގެންވާ طوفان އެވެ.
Verse 77
وَنَصَرْنَـٰهُ مِنَ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَآ ۚ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍ فَأَغْرَقْنَـٰهُمْ أَجْمَعِينَ
Transliteration wanaṣarnāhu mina l-qawmi alladhīna kadhabū biāyātinā innahum kānū qawma sawin fa-aghraqnāhum ajmaʿīna
Dhivehi އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުންގެ މައްޗަށް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް نصر ދެއްވީމެވެ. ހަމަކަށަވަރުން އެމީހުންވީ ނުބައި ބަޔަކު ކަމުގައެވެ. އަދި ތިމަންރަސްކަލާނގެ އެހުރިހާ މީހުން غرق ކުރެއްވީމެވެ. (طوفان ގައި غرق ކުރައްވައި މެރުއްވީމެވެ.)
Verse 78
وَدَاوُۥدَ وَسُلَيْمَـٰنَ إِذْ يَحْكُمَانِ فِى ٱلْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ ٱلْقَوْمِ وَكُنَّا لِحُكْمِهِمْ شَـٰهِدِينَ
Transliteration wadāwūda wasulaymāna idh yaḥkumāni fī l-ḥarthi idh nafashat fīhi ghanamu l-qawmi wakunnā liḥuk'mihim shāhidīna
Dhivehi (އޭ رسول الله އެވެ. އަދި داوُد އާއި سليمان (عليه السلام) ހަނދުމަފުޅުކުރައްވާށެވެ! އެއީ އޭގެ ދެބޭކަލުން ދަނޑާއިމެދު حكم ކުރައްވަމުން ދިޔަވަގުތެވެ. އެދަނޑަށް އެދަނޑުގެ މީހުން ނޫންއެހެން ބައެއްގެ ބަކަރި ތަކެއް ރޭގަޑުގެ ވަގުތެއްގައި ވަދެ ދަނޑު ހަލާކު ކޮށްލުމާއި ގުޅިގެންނެވެ. އަދި އެދެބޭކަލުންގެ حكم އަށް ތިމަންރަސްކަލާނގެ حاضر ވެވޮޑިގެންވީމުއެވެ. ނުވަތަ ހެކިވެ ވޮޑިގެންވީމެވެ.
Verse 79
فَفَهَّمْنَـٰهَا سُلَيْمَـٰنَ ۚ وَكُلًّا ءَاتَيْنَا حُكْمًا وَعِلْمًا ۚ وَسَخَّرْنَا مَعَ دَاوُۥدَ ٱلْجِبَالَ يُسَبِّحْنَ وَٱلطَّيْرَ ۚ وَكُنَّا فَـٰعِلِينَ
Transliteration fafahhamnāhā sulaymāna wakullan ātaynā ḥuk'man waʿil'man wasakharnā maʿa dāwūda l-jibāla yusabbiḥ'na wal-ṭayra wakunnā fāʿilīna
Dhivehi ފަހެ އެقَضِيَّة ތިމަންރަސްކަލާނގެ سليمان ގެފާނަށް ވިސްނައި ދެއްވީމެވެ. (އެބަހީ އޭގެ މޮޅު حكم އާއި علم ދެއްވީމެވެ.) އަދި داوُد (عليه السلام) އަށް ފަރުބަދަތައް ކިޔަމަންކުރެއްވީމެވެ. އެއީ އެކަލޭގެފާނު تسبيح ވިދާޅުވާއިރު ފަރުބަދަތައް تسبيح ކިޔުމާއި އަދި ދޫނިތައްވެސް އެކަލޭގެފާނުން تسبيح ވިދާޅުވާއިރު تسبيح ކިޔާ ގޮތަށް ތިމަންރަސްކަލާނގެ ކިޔަމަންކުރެއްވީމެވެ. މިއެންމެހައި ކަންކަން މިހިންގަވަނީ ހަމަ ތިމަންރަސްކަލާނގެއެވެ.\n• ދަންނައެވެ. داودُ ގެފާނާއި سليمان ގެފާނާއި عَلَيْهمَا السّلام ދެބޭކަލުންގެ މެދުގައި حكم ކުރަން ދިމާވި قَضِيَّة އަކީ، ބަޔަކުމީހުންގެ މޭބިސްކަދުރު ދަނޑަކަށް އެހެންބައެއްގެ ބަކަރިތަކެއް ރޭގަނޑުގެ ވަގުތުގައި ވަދެ ދަނޑު މުޅިން ހަލާކުކޮށްލައިގެން އެކަމުގެ قَضِيَّة އެވެ. داوُد عليه السّلام ނިޔާކުރެއްވީ އެބަކަރިތައް ދަނޑުވެރިޔާއަށް ދިނުމަށެވެ. ބަކަރިތަކުގެ ވެރިޔާއަށް އެއްޗެއްނެތެވެ. އެ މަޖްލީހުގައި سليمان ގެފާނު އިންނެވި އެވެ. سليمان ގެފާނު ވިދާޅުވިއެވެ. އޭ نَبِى ﷲ އެވެ. އެހެންގޮތެކެވެ. އެގޮތަކީ:-\nދަނޑުގެ ވެރިޔާ ބަކަރިތައް ގެންގޮސް އެއިން ފައިދާނަގާނީއެވެ. އަދި ބަކަރިތަކުގެވެރިޔާ ދަނޑު إصلاح ކޮށް ބަކަރިތައް ވަންއިރު ހުރިވަރުވީމާ ބަކަރީގެ ވެރިޔާއަށް ބަކަރިއެވެ. ދަނޑުވެރިޔަށް ދަނޑެވެ. ކުރީހުރިގޮތަށް ބަދަލުކޮށްލާނީއެވެ. މިއީ سليمان عليه السَّلام ގެ ނިޔާއެވެ. داود عليه السَّلام ވިދާޅުވިއެވެ. ނިޔާއަކީ ކަލޭގެފާނު ތިޔަކުރެއްވި ނިޔާއެވެ. އެގޮތް ރަނގަޅެވެ. سليمان عليه السَّلام އަށް ﷲ تعالى އެގޮތް ވިސްނަވައިދެއްވީއެވެ. ދެންފަހެ މި أمّة ގައި އެ قضيّة ގެ حكم އޮންނަގޮތަކީ، ދުވާލު ވަގުތު ދަނޑުވެރިޔާ ރަނގަޅަށް ދަނޑު ބެލެހެއްޓުމެވެ. ރޭގަނޑުގެ ވަގުތު ބަކަރި ދަނޑަށް ވަދެ ގެއްލުމެއްދީފިނަމަ އޭގެ އަގުކޮށް ބަކަރީގެ ވެރިޔާ ޖޫރިމަނާކުރުމެވެ. ރޭގަނޑުގައި ބަކަރީގެ ވެރިޔާ ބަކަރިތަކަށް مسؤل ވާންޖެހޭނެއެވެ. ދުވާލު ވަގުތު ދަނޑުވެރިޔާ ދަނޑަށް مسئول ވުމެވެ. وﷲ اعلم. މިއީ ތިން نبي ންގެ ތިން ނިޔާއެވެ. ކޮންމެ ބޭކަލަކަށްވެސް ﷲ حكم އާއި علم ދެއްވިއެވެ. މިހުރިހާ ކަމެއް ބައްލަވާވޮޑިގެންވާ ﷲ ގެ حِكْمَة ވަންތަކަމުގެ ބޮޑުކަމާއެވެ!
Verse 80
وَعَلَّمْنَـٰهُ صَنْعَةَ لَبُوسٍ لَّكُمْ لِتُحْصِنَكُم مِّنۢ بَأْسِكُمْ ۖ فَهَلْ أَنتُمْ شَـٰكِرُونَ
Transliteration waʿallamnāhu ṣanʿata labūsin lakum lituḥ'ṣinakum min basikum fahal antum shākirūna
Dhivehi އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް - އެބަހީ: داود عليه السَّلام އަށް ކަލޭމެން ހަނގުރާމައިގައި ބޭނުންކުރާނޭ (ދަގަނޑުދަހަނާ) ލިބާސް ހައްދަވާނޭގޮތް ދަސްކޮށްދެއްވީމެވެ. (ނުވަތަ ހަނގުރާމައިގެ ހަތިޔާރު ހައްދަވާނެގޮތް ދަސްކޮށްދެއްވީމެވެ.) އެއީ ކަލޭމެން ކަލޭމެންގެ ހަނގުރާމައިގައި ރައްކާތެރިވެ ސަލާމަތްވުމަށެވެ. ފަހެ ކަލޭމެންނަކީ شكر ކުރާނެ ބަޔަކީމުހެއްޔެވެ؟
Verse 81
وَلِسُلَيْمَـٰنَ ٱلرِّيحَ عَاصِفَةً تَجْرِى بِأَمْرِهِۦٓ إِلَى ٱلْأَرْضِ ٱلَّتِى بَـٰرَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَىْءٍ عَـٰلِمِينَ
Transliteration walisulaymāna l-rīḥa ʿāṣifatan tajrī bi-amrihi ilā l-arḍi allatī bāraknā fīhā wakunnā bikulli shayin ʿālimīna
Dhivehi އަދި سليمان عليه السَّلام އަށް ގަދަޔަށްޖެހޭ ވައި ތިމަންރަސްކަލާނގެ ކިޔަމަންކޮށްދެއްވީމެވެ. އެކަލޭގެފާނުންގެ އަމުރުފުޅަށް އެވައި އެތާނގައި ތިމަންރަސްކަލާނގެ ބަރަކާތްލައްވާފައިވާ ބިމަށް (شام ކަރައިގެބިމަށް) ދަތުރުކޮށްދެއެވެ. (ހެނދުނުން ފަށައިގެން މެންދުރަށް މަސްދުވަހުގެ ރާސްތާއަށް އަދި މެންދުރުފަހުން އިރުއޮއްސޭއިރަށް މަސްދުވަހުގެ ރާސްތާއަށް ދަތުރުކޮށްލައެވެ.) އަދި މިހުރިހާ ކަމަކާއި މިހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވީމެވެ.
Verse 82
وَمِنَ ٱلشَّيَـٰطِينِ مَن يَغُوصُونَ لَهُۥ وَيَعْمَلُونَ عَمَلًا دُونَ ذَٰلِكَ ۖ وَكُنَّا لَهُمْ حَـٰفِظِينَ
Transliteration wamina l-shayāṭīni man yaghūṣūna lahu wayaʿmalūna ʿamalan dūna dhālika wakunnā lahum ḥāfiẓīna
Dhivehi އަދި شيطان ންގެތެރޭގައި سليمان عليه السَّلام އަށް ކަނޑުގެއަޑިޔަށް ފީނައިދޭ شيطان ވެއެވެ. (އެބައިމީހުން ރަންމުތާއި އެހެނިހެންވެސް ބޭނުންފުޅުވާ ތަކެތި ނަގައިދެއެވެ.) އަދި ބިނާކުރުމާއި صُورة ތައް ހެދުމާއި އަދި އެހެނިހެން ކަންތައްވެސް އެސޮރުމެން ކޮށްދެއެވެ. އަދި އެބައިމީހުންނާއި އެބައިމީހުން ކުރާހާ ކަމެއް ރައްކާތެރިކޮށްދެއްވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވީމުއެވެ.
Verse 83
۞ وَأَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ
Transliteration wa-ayyūba idh nādā rabbahu annī massaniya l-ḍuru wa-anta arḥamu l-rāḥimīna
Dhivehi (އޭ رسول ﷲ އެވެ!) އަދި أيُّوبُ عليه السَّلام ގެ ވާހަކަ ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާއަށް އުނދަގޫޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ رحمة އެންމެބޮޑުވެގެންވާ ކަލާނގެއެވެ.
Verse 84
فَٱسْتَجَبْنَا لَهُۥ فَكَشَفْنَا مَا بِهِۦ مِن ضُرٍّ ۖ وَءَاتَيْنَـٰهُ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَـٰبِدِينَ
Transliteration fa-is'tajabnā lahu fakashafnā mā bihi min ḍurrin waātaynāhu ahlahu wamith'lahum maʿahum raḥmatan min ʿindinā wadhik'rā lil'ʿābidīna
Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރައްވައި އެކަލޭގެފާނަށް ޖެހިވަޑައިގެންފައިވާހާ އުނދަގުލަކާއި ބަލިކަމެއް ދުރުކުރައްވައި كشف ކުރެއްވީމެވެ. އަދި އެކަލޭގެފާނުންގެ (ކުރީގެ) އެންމެހައި أهل ވެރިންނާއި އަދި އެޔާއެކު އޭގެއިތުރަށް އެހާވަރު ދެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި تقوى ވެރި މާތް އަޅުވެރިންނަށްވާ عبرة އަކާއި وعظ އެއްގެގޮތުންނެވެ.
Verse 85
وَإِسْمَـٰعِيلَ وَإِدْرِيسَ وَذَا ٱلْكِفْلِ ۖ كُلٌّ مِّنَ ٱلصَّـٰبِرِينَ
Transliteration wa-is'māʿīla wa-id'rīsa wadhā l-kif'li kullun mina l-ṣābirīna
Dhivehi އަދި إسْمَاعِيْل ގެފާނާއި إدْرِيْسُ ގެފާނާއި އަދި ذُوالْكِفْلِ (عليهم السَّلام) މިބޭބޭކަލުންގެ ވާހަކަ ހަނދުމަފުޅުކުރައްވާށެވެ! މިހުރިހާ ބޭކަލުންވެސް ވެވަޑައިގެންނެވީ ކެތްތެރި މާތްބޭކަލުންކަމުގައެވެ.
Verse 86
وَأَدْخَلْنَـٰهُمْ فِى رَحْمَتِنَآ ۖ إِنَّهُم مِّنَ ٱلصَّـٰلِحِينَ
Transliteration wa-adkhalnāhum fī raḥmatinā innahum mina l-ṣāliḥīna
Dhivehi އަދި އެހުރިހާ ބޭކަލުން ތިމަންރަސްކަލާނގެ رحمة ގެތެރެއަށް ތިމަންރަސްކަލާނގެ ވެއްދެވީމެވެ. ހަމަކަށަވަރުން އެބޭކަލުން ވެވަޑައިގެންނެވީ صالح ންގެތެރެއިންނެވެ. رَسُول ބޭކަލުންގެ ތެރެއިނެވެ.
Verse 87
وَذَا ٱلنُّونِ إِذ ذَّهَبَ مُغَـٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَـٰتِ أَن لَّآ إِلَـٰهَ إِلَّآ أَنتَ سُبْحَـٰنَكَ إِنِّى كُنتُ مِنَ ٱلظَّـٰلِمِينَ
Transliteration wadhā l-nūni idh dhahaba mughāḍiban faẓanna an lan naqdira ʿalayhi fanādā fī l-ẓulumāti an lā ilāha illā anta sub'ḥānaka innī kuntu mina l-ẓālimīna
Dhivehi އަދި މަހުގެވެރި ކަލޭގެފާނު يعني: يُونُسُ عليه السَّلام ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ކޯފާވެވަޑައިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ހީފުޅުކުރެއްވީ ތިމަންރަސްކަލާނގެއަށް އެކަލޭގެފާނުންގެ މައްޗަށް ކުޅަދުންވަންތަވެވޮޑި ނުގަންނަވާނެކަމަށެވެ. ދެންފަހެ އަނދިރިތަކުގެ ތެރޭގައި (މަހުބަނޑުގެ އަނދިރިޔާ ރޭގަނޑުގެ އަނދިރިޔާ ކަނޑުގެ އަނދިރިޔާމިހުރިހާއަދިރީ ގައި އޮންނަވައިގެން) އެކަލޭގެފާނު އެކަލޭގެފާނުންގެ ربّ އަށް دعاء ދަންނަވައި توبة ވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ މެނުވީ އަޅުކަންވެވުން حقّ އެހެން އެއްވެސް إله އަކުނުވެއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. ހަމަކަށަވަރުން މިއަޅާމިވަނީ އަނިޔާވެރިންގެތެރެއިންނެވެ.
Verse 88
فَٱسْتَجَبْنَا لَهُۥ وَنَجَّيْنَـٰهُ مِنَ ٱلْغَمِّ ۚ وَكَذَٰلِكَ نُـۨجِى ٱلْمُؤْمِنِينَ
Transliteration fa-is'tajabnā lahu wanajjaynāhu mina l-ghami wakadhālika nunjī l-mu'minīna
Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރައްވައި އަދި ހިތާމަޔާއި މޮޅިން ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. مؤمن ން ތިމަންރަސްކަލާނގެ ސަލާމަތް ކުރައްވަނީ އެފަދައިންނެވެ. • ދަންނައެވެ. يُونُسُ عليه السَّلام ގެ ވާހަކައިގައި ވަރަށްގިނަ إختلاف ވެއެވެ. އެހެންވެ އެވާހަކަ ހަނދާންކޮށްދެމެވެ. އަދި އެ إختلاف ގެތެރެއަށް ވަންނާކަށް މިފޮތުގައި ތަނެއްނެތެވެ.
Verse 89
وَزَكَرِيَّآ إِذْ نَادَىٰ رَبَّهُۥ رَبِّ لَا تَذَرْنِى فَرْدًا وَأَنتَ خَيْرُ ٱلْوَٰرِثِينَ
Transliteration wazakariyyā idh nādā rabbahu rabbi lā tadharnī fardan wa-anta khayru l-wārithīna
Dhivehi އަދި زَكَرِيَّا عليه السَّلام ހަނދުމަފުޅުކުރައްވާށެވެ. އެއީ އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިހިނދުގައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ދަރިއަކުނެތް ހަމައެކަނި فَرْد އަކު ކަމުގައި މިއަޅާނުލައްވާންދޭވެ. (މިއަޅާއަށް ދަރިއަކުލައްވާންދޭވެ.) އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި ވާރުތަކުރައްވާ ކަލާނގެއެވެ.
Verse 90
فَٱسْتَجَبْنَا لَهُۥ وَوَهَبْنَا لَهُۥ يَحْيَىٰ وَأَصْلَحْنَا لَهُۥ زَوْجَهُۥٓ ۚ إِنَّهُمْ كَانُوا۟ يُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا۟ لَنَا خَـٰشِعِينَ
Transliteration fa-is'tajabnā lahu wawahabnā lahu yaḥyā wa-aṣlaḥnā lahu zawjahu innahum kānū yusāriʿūna fī l-khayrāti wayadʿūnanā raghaban warahaban wakānū lanā khāshiʿīna
Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް يَحْيَى (عليه السَّلام) ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުންގެ އަނބިކަނބަލުން صلح ކޮށްދެއްވައި ރަނގަޅުކޮށްދެއްވީމެވެ. (ދަރިންނުލިބޭ މީހަކުކަމުގައި އިންނެވުމަށްފަހު ދަރިންލިބޭ މީހަކުކަމުގައި ހެއްދެވީމެވެ.) ހަމަކަށަވަރުން އިސްވެދިޔަ ބޭބޭކަލުންވީ ހެޔޮކަންތަކުގައި އަވަސްވެވަޑައިގަންނަވާ ބޭކަލުންކަމުގައެވެ. އަދި ތިމަންރަސްކަލާނގެ رحمة އަށް އެދިވަޑައިގަންނަވައިގެންނާއި އަދި ތިމަންރަސްކަލާނގެ عذاب އާއި ކޯފާއަށް ބިރުން އެބޭކަލުން ތިމަންރަސްކަލާނގެއަށް دعاء ކުރައްވައެވެ. އަދި އެބޭކަލުންވީ ތިމަންރަސްކަލާނގެއަށް ބިރުވެތިވެ މަޑުމޮޅިވެވަޑައިގަންނަވާ ބޭކަލުންކަމުގައެވެ.
Verse 91
وَٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَـٰهَا وَٱبْنَهَآ ءَايَةً لِّلْعَـٰلَمِينَ
Transliteration wa-allatī aḥṣanat farjahā fanafakhnā fīhā min rūḥinā wajaʿalnāhā wa-ib'nahā āyatan lil'ʿālamīna
Dhivehi އަދި އެކަމަނާގެ ލަދުގުނަވަން އެކަމަނާ ރައްކާތެރިކުރެއްވި ކަމަނާގެ ވާހަކަ ކަލޭގެފާނު ހަނދުމަފުޅުކުރައްވާށެވެ! (އެއީ عِمْرَان ގެ ދަރިކަނބަލުން مَرْيَم ގެފާނެވެ.) ފަހެ އެކަމަނާގެ ލިބާހުގެ ޖީބަށް (ނުވަތަ ކަރުވަޅުތެރެއަށް) ތިމަންރަސްކަލާނގެ ފުމެލެއްވީމެވެ. (އެއީ جبريل عليه السَّلام އަށް އަމުރުކުރައްވައި އެކަލޭގެފާނުންގެ އަނގަފުޅުންނެވެ.) އަދި އެކަމަނާއާއި އަދި އެކަމަނާގެ ދަރިކަލުން (عيسى عليه السّلام) ތިމަންރަސްކަލާނގެ ލެއްވީ އެންމެހައި عالم ތަކަށްވާ دليل އެއްކަމުގައެވެ. (އެއީ ބަފަޔަކާއި ނުލައި عيسى عليه السّلام ދުނިޔެއަށް ފޮނުއްވުމަކީ يقين ންވެސް ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ގެތެރެއިންވާ ކަމެކެވެ.)
Verse 92
إِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱعْبُدُونِ
Transliteration inna hādhihi ummatukum ummatan wāḥidatan wa-anā rabbukum fa-uʿ'budūni
Dhivehi ހަމަކަށަވަރުން ކަލޭމެންމުއުމިންގެ أُمَّة އަކީ ހަމަ އެއް أُمَّة އެކެވެ. އަދި ތިމަންރަސްކަލާނގެއީ ކަލޭމެންގެ ربّ އެވެ. ފަހެ އެހެންވެ ކަލޭމެން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރާށެވެ. (ބުދުތަކާއި ޒާތްޒާތުގެ إله ންތަކަށް އަޅުކަން ނުކުރާށެވެ!)
Verse 93
وَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ ۖ كُلٌّ إِلَيْنَا رَٰجِعُونَ
Transliteration wataqaṭṭaʿū amrahum baynahum kullun ilaynā rājiʿūna
Dhivehi އަދި މީސްތަކުން އެމީހުންގެ دين ގެ ކަންތައްތައް އެމީހުންގެމެދުގައި ކުދިކުދިކޮށް ބައިބައިކޮށް إختلاف ތައް އުފައްދައިފިއެވެ. (ކޮންމެބަޔަކު އެބައެއްގެ ގޮތުގައި ހިފަހައްޓައިގެން ތިބެނީއެވެ.) އަދި އެހުރިހާ މީހުން އެންމެފަހުން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. (ދެން އެމީހަކަށް حقّ ޖަޒާއެއް ދެއްވާހުށީމެވެ.)
Verse 94
فَمَن يَعْمَلْ مِنَ ٱلصَّـٰلِحَـٰتِ وَهُوَ مُؤْمِنٌ فَلَا كُفْرَانَ لِسَعْيِهِۦ وَإِنَّا لَهُۥ كَـٰتِبُونَ
Transliteration faman yaʿmal mina l-ṣāliḥāti wahuwa mu'minun falā kuf'rāna lisaʿyihi wa-innā lahu kātibūna
Dhivehi ފަހެ إيمان ވެގެންވާحال صالح عمل ކޮށްފިމީހާ (ދަންނައެވެ.) ފަހެ އޭނާގެ ހެޔޮ عمل ގެ ދަރުމަޔާއި ثواب އަށް ގެއްލުމެއްނެތެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ އޭނާގެ عمل ތައް ލިއުއްވައި ބަލަހައްޓަވާ ކަލަކީމެވެ.
Verse 95
وَحَرَٰمٌ عَلَىٰ قَرْيَةٍ أَهْلَكْنَـٰهَآ أَنَّهُمْ لَا يَرْجِعُونَ
Transliteration waḥarāmun ʿalā qaryatin ahlaknāhā annahum lā yarjiʿūna
Dhivehi އަދި ތިމަންރަސްކަލާނގެ އެރަށެއްގެ أهل ވެރިން މަރުއްވައި ހަލާކުކުރެއްވި އެއްވެސް ރަށެއްގެ أهل ވެރިއަކު ދުނިޔެއަށް އަލުން އަނބުރާ رجوع ވުމަކީ حَرَام ކަމެކެވެ. އެބަހީ ވާނޭކަމެއްނޫނެވެ.
Verse 96
حَتَّىٰٓ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ
Transliteration ḥattā idhā futiḥat yajūju wamajūju wahum min kulli ḥadabin yansilūna
Dhivehi يَأْجُوْجُ وَمَأْجُوْجُ ގެ މީހުންގެ ހުރަސް ހުޅުވިއްޖައުމަށްދާންދެނެވެ. ދެން އެހައިރުން އެމީހުންގަނޑު ކޮންމެ އުސްތާކުން އަވަސްއަވަހަށް އޮހިގަންނާނެއެވެ. (ބާރުބާރުކޮށް ދުނިޔޭގެ ތެރެއަށް ދެމިގަންނާނެއެވެ. - އެބައިމީހުންނަކީ قيامة ވުމާއި ގާތުގައި ދުނިޔެއަށް ﷲ ފޮނުއްވާނޭ ބައެކެވެ. عُمر ދިގު ދަރިންގިނަ ބައެކެވެ. އެމީހުންނާބެހޭ تفصيل صَحَّ حَدِيث ތަކުން ސާބިތުވެ އެނގެން އެބައޮތެވެ. އެވާހަކަ އަދި އެހެން فرصة އަކުން ބަޔާންކުރުމުގެ أمّيد ގައި ކުރުކޮށްލަމެވެ.)
Verse 97
وَٱقْتَرَبَ ٱلْوَعْدُ ٱلْحَقُّ فَإِذَا هِىَ شَـٰخِصَةٌ أَبْصَـٰرُ ٱلَّذِينَ كَفَرُوا۟ يَـٰوَيْلَنَا قَدْ كُنَّا فِى غَفْلَةٍ مِّنْ هَـٰذَا بَلْ كُنَّا ظَـٰلِمِينَ
Transliteration wa-iq'taraba l-waʿdu l-ḥaqu fa-idhā hiya shākhiṣatun abṣāru alladhīna kafarū yāwaylanā qad kunnā fī ghaflatin min hādhā bal kunnā ẓālimīna
Dhivehi އަދި حَقُّ وَعُدْ ފުޅު ގާތްވެއްޖެއެވެ. އެބަހީ: قيامة ވުމަށް ގާތްވެގެންވެއެވެ. (ފަހެ قيامة ވެއްޖެއްޔާ) ކާފަރުވީ މީސްތަކުންގެ ލޯތައް ހުޅުވި ފެންކަޅިވެގެން ބޮޑުވެގެންވާހުއްޓެވެ. (އަދި އެމީހުން ބުނާނެއެވެ.) އޭ އަހުރެމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ހަމަކަށަވަރުން އަހުރެމެން މިވަނީ މިކަމުން - އެބަހީ: محشر އަށް ފޮނުއްވައި حِسَاب ބައްލަވައި ޖަޒާދެއްވުމާއިމެދު - غَافِل ވެގެންނެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެން މިވަނީ އަނިޔާވެރިންކަމުގައެވެ.
Verse 98
إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ
Transliteration innakum wamā taʿbudūna min dūni l-lahi ḥaṣabu jahannama antum lahā wāridūna
Dhivehi (އޭ مُشْرِك ންނޭވެ!) ކަލޭމެންނާއި އަދި ﷲ ފިޔަވައި ކަލޭމެން އެތަކެއްޗަށް ތިޔައަޅުކަންކުރާ ތަކެއްޗަކީ ނަރަކައިގެ ދަރެވެ. (އެތާ އަނދާނެ ތަކެއްޗެވެ.) ކަނޑައެޅިގެން ކަލޭމެން އެތަނަށް ވަންނާނެއެވެ.
Verse 99
لَوْ كَانَ هَـٰٓؤُلَآءِ ءَالِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَـٰلِدُونَ
Transliteration law kāna hāulāi ālihatan mā waradūhā wakullun fīhā khālidūna
Dhivehi އެބުދުތަކަކީ إله ންތަކެއް ކަމުގައިވީނަމަ އެތަކެތިނަރަކައަށް ނުލެވުނީހެވެ. (އެތާ އަނދާކަށް ނުޖެހުނީއެވެ.) އެތަކެއްޗަށް އަޅުކަންކުރި އެންމެންނާއި އަދި އެތަކެއްޗާއި އެންމެން އެނަރަކައިގައި ދެމިތިބޭހުއްޓެވެ.
Verse 100
لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لَا يَسْمَعُونَ
Transliteration lahum fīhā zafīrun wahum fīhā lā yasmaʿūna
Dhivehi އެމީހުންނަށް އެތާވަނީ ހިތާމައިގެ ނޭވައިގެ އަޑެވެ. (ނުވަތަ ނަރަކައިގެ ނޭވައިގެ އަޑެވެ.) އެތާނގައި ތިބޭއިރު އެމީހުންނަށް އެހެން އެއްވެސް އަޑެއް ނުއިވޭނެއެވެ. (تفسير الطَّبَرى އާއި އަދި އެހެނިހެން ބައެއް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. ނަރަކައިގައި ދެމިތިބޭ މީހުންކުރެ މީހަކު ނަރަކައަށް ލެވިއްޖެއްޔާ ނަރަކައިގެ ބޮޑުފޮށްޓަކަށް ލެވޭނެއެވެ. ދެން އެފޮށި އެހެން ފޮށްޓަކަށް ލެވޭނެއެވެ. ދެން އެފޮށި އެހެން ފޮށްޓަކަށް ލެވޭނެއެވެ. އޭނާ އޮންނާނީ އެކަންޏެވެ. އެއްވެސްއަޑެއް ނުއިވޭނެއެވެ. އޭނާއަށް ހީވާނީ عَذَاب ލިބެނީ އޭނާއަށް އެކަނިހެންނެވެ.)
Verse 101
إِنَّ ٱلَّذِينَ سَبَقَتْ لَهُم مِّنَّا ٱلْحُسْنَىٰٓ أُو۟لَـٰٓئِكَ عَنْهَا مُبْعَدُونَ
Transliteration inna alladhīna sabaqat lahum minnā l-ḥus'nā ulāika ʿanhā mub'ʿadūna
Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ން އެބަޔަކަށް ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން (ސުވަރުގެވަންތަވެރިން) އެނަރަކައާއި ދުރުކުރެވިގެންވެއެވެ. އެމީހުން އެތަނަށް ނުވަންނާނެއެވެ.
Verse 102
لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِى مَا ٱشْتَهَتْ أَنفُسُهُمْ خَـٰلِدُونَ
Transliteration lā yasmaʿūna ḥasīsahā wahum fī mā ish'tahat anfusuhum khālidūna
Dhivehi އެމީހުން އެރަނަކައިގެ އެއްވެސް حركاة އެއްގެ އެއްވެސް ހިރުމެއް إحساس އެއްގެ އަޑެއް ނުއަހާނެއެވެ. އަދި އެމީހުން ތިބޭނީ އެމީހުންގެ نفس ތައް އެދޭހާ نعمة އާއި މަޖަލުގައި ދެމިތިބޭގޮތުގައެވެ. ކޮޅުނެތްކޮޅަށް އަރާމުގައެވެ.
Verse 103
لَا يَحْزُنُهُمُ ٱلْفَزَعُ ٱلْأَكْبَرُ وَتَتَلَقَّىٰهُمُ ٱلْمَلَـٰٓئِكَةُ هَـٰذَا يَوْمُكُمُ ٱلَّذِى كُنتُمْ تُوعَدُونَ
Transliteration lā yaḥzunuhumu l-fazaʿu l-akbaru watatalaqqāhumu l-malāikatu hādhā yawmukumu alladhī kuntum tūʿadūna
Dhivehi قيامة ދުވަހުގެ ބޮޑުވެގެންވާ ސިހުމާއި ބިރުވެރިކަން އަދި އެދުވަހުގެ ހިތާމަ އެމީހުންނަކަށް ނުޖެހޭނެއެވެ. (ނުވަތަ ނަރަކައިގެ ނުރައްކައު އެމީހުންނަށް ނުޖެހޭނެއެވެ.) އަދި ملائكة ބޭކަލުން އެމީހުންނާއި ބައްދަލުކުރައްވައި އުފާވެރި ބަސްފުޅުތައް ވިދާޅުވާނެއެވެ. އެބޭކަލުން ވިދާޅުވާނެއެވެ. ކަލޭމެނަށް وعد ވެވުނު ދުވަހަކީ މިއީއެވެ.
Verse 104
يَوْمَ نَطْوِى ٱلسَّمَآءَ كَطَىِّ ٱلسِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُۥ ۚ وَعْدًا عَلَيْنَآ ۚ إِنَّا كُنَّا فَـٰعِلِينَ
Transliteration yawma naṭwī l-samāa kaṭayyi l-sijili lil'kutubi kamā badanā awwala khalqin nuʿīduhu waʿdan ʿalaynā innā kunnā fāʿilīna
Dhivehi ފޮތަށް ކަރުދާސްގަނޑު ފަތްޖަހާލާފަދައިން ތިމަންރަސްކަލާނގެ އުޑު ފަށްފަށްޖައްސަވާލާދުވަސް ހަނދާންކުރާށެވެ! (އެއީ قيامة ދުވަހެވެ.) އެދުވަހުން خَلْقُ ތަކުން އެމީހުން ފުރަތަމަ ދުނިޔެއަށް އައިއިރު ތިބިގޮތަށް (އޮރިޔާމުން އަދި ފައިވާނެއްވެސްނެތި) ހަމައެގޮތަށް އެމީހުން ހައްދަވައި إعَاد ކުރައްވާހުށީމެވެ.
Verse 105
وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّـٰلِحُونَ
Transliteration walaqad katabnā fī l-zabūri min baʿdi l-dhik'ri anna l-arḍa yarithuhā ʿibādiya l-ṣāliḥūna
Dhivehi އަދި ހަމަކަށަވަރުން تَورَاة އަށްފަހު ބާވައިލެއްވި ފޮތްތަކުގައިވާ (زَبُور ގައި) ނުވަތަ لَوحُ المَحْفُوظ ތިމަންރަސްކަލާނގެ ލިއުއްވާފައިވާނެއެވެ. ހަމަކަށަވަރުން ސުވަރުގޭގެ ބިން ވާރުތަކުރައްވާނީ ތިމަންރަސްކަލާނގެ صالح އަޅުތަކުންނެވެ. • ދަންނައެވެ. މިއާޔަތުގައި މިވާ زَبُور އާއިމެދު مُفَسِّر ންގެ ބަސްތަފާތެވެ. އަޅުގަނޑު ލިޔެފައި އެވަނީ އޭގެ އެއްގޮތެވެ. އެއީ ابن جَرِيرُ الطَّبرى ވެސް ބުރަވެވަޑައިގަންނަވާގޮތެވެ. والله أعلم.
Verse 106
إِنَّ فِى هَـٰذَا لَبَلَـٰغًا لِّقَوْمٍ عَـٰبِدِينَ
Transliteration inna fī hādhā labalāghan liqawmin ʿābidīna
Dhivehi ހަމަކަށަވަރުން މި قرآن ގައި ނުވަތަ މިސޫރަތުގައި، ﷲ ގެ އަޅުކަމާއިގެން مَشْغُولُ ވެ އުޅޭ އަޅުވެރިންނަށް ކަނޑައެޅި بيان ވެގެންވާ وعظ އާއި نصيحة އަދި فَرَائِض ތައް އަދި އެދެވޭ އެދުންތައްވެއެވެ.
Verse 107
وَمَآ أَرْسَلْنَـٰكَ إِلَّا رَحْمَةً لِّلْعَـٰلَمِينَ
Transliteration wamā arsalnāka illā raḥmatan lil'ʿālamīna
Dhivehi (އޭ رسول ﷲ އެވެ!) عَالَمُ ތަކަށްވާ رحمة އެއްކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رَسول ކަމާއިގެން ނުފޮނުއްވަމުއެވެ. އެބަހީ: ކަލޭގެފާނު ފޮނުއްވުމަކީ عالم ތަކަށްވާ رحمة އެކެވެ.
Verse 108
قُلْ إِنَّمَا يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ فَهَلْ أَنتُم مُّسْلِمُونَ
Transliteration qul innamā yūḥā ilayya annamā ilāhukum ilāhun wāḥidun fahal antum mus'limūna
Dhivehi ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް وحي އިއްވެވިގެންވަނީ ކަލޭމެންގެ إله ވާކަން ކަށަވަރީ ހަމައެންމެ إله އަކުކަމުގައެވެ. (އެއީ އެންމެހައި ތަކެތީގެ ربّ ކަމުގައިވާ ﷲ تعالى އެވެ.) ކަލޭމެން ފަހެ (އެކަލާނގެ އެއްކައުވަންތަ ކުރުމާއި އެކަލާނގެއަށް އަޅުކަން إخلاص ތެރިކުރުމުގައި) އެކަލާނގެއަށް ކިޔަމަންވެ ބޯލަނބާނޫހެއްޔެވެ؟ އެބަހީ: ބޯލަނބައި ކިޔަމަންވާށެވެ.
Verse 109
فَإِن تَوَلَّوْا۟ فَقُلْ ءَاذَنتُكُمْ عَلَىٰ سَوَآءٍ ۖ وَإِنْ أَدْرِىٓ أَقَرِيبٌ أَم بَعِيدٌ مَّا تُوعَدُونَ
Transliteration fa-in tawallaw faqul ādhantukum ʿalā sawāin wa-in adrī aqarībun am baʿīdun mā tūʿadūna
Dhivehi ދެންފަހެ އެމީހުން - އެބަހީ: އެ مشرك ން - إسلام دين ން އެނބުރި ފުރަގަސްދީފިނަމަ ދެން ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނާއި ކަލޭމެންނާ ދެފަރާތް ހަމަހަމަ ވާގޮތަށް ތިމަންކަލޭގެފާނު (ހަނގުރާމަ) މި إعلان ކުރީއެވެ. އަދި ކަލޭމެންނަށް وعد ވެވިގެންވާ ކަންތައް - (އެބަހީ: ކޯފާޔާއި عذاب - ނުވަތަ ކާފަރުވީ މީސްތަކުން ދެރަވުމާއި ތިމަންކަލޭގެފާނާއި إسلام دين ގަދަވެގަތުން - ނުވަތަ قيامة ގެ عذاب) ގާތްވެގެންވާ ކަމެއް ނުވަތަ ދުރުގައިވާ ކަމެއް ތިމަންކަލޭގެފާނަކަށް އެގިވަޑައި ނުގަންނަވައެވެ.
Verse 110
إِنَّهُۥ يَعْلَمُ ٱلْجَهْرَ مِنَ ٱلْقَوْلِ وَيَعْلَمُ مَا تَكْتُمُونَ
Transliteration innahu yaʿlamu l-jahra mina l-qawli wayaʿlamu mā taktumūna
Dhivehi (އިސްލާމްދީނާ އިދިކޮޅަށް) ކަލޭމެން ބުނާހާ ބަސްތައް އަޑުހަރުކޮށް ބުންޏަސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެން ވަންހަނާކުރާ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.
Verse 111
وَإِنْ أَدْرِى لَعَلَّهُۥ فِتْنَةٌ لَّكُمْ وَمَتَـٰعٌ إِلَىٰ حِينٍ
Transliteration wa-in adrī laʿallahu fit'natun lakum wamatāʿun ilā ḥīnin
Dhivehi (111-112) އަދި ކަލޭމެންނަށް މުހުލަތުދެއްވާފައިވަނީ ކަލޭމެންނަށްވާ إمتحان އެއްކަމުގައިވެސް ވެދާނެއެވެ. އެއީ ދުވަސްކޮޅަކު ކަލޭމެން ދުނިޔޭގައި އަރާމުކޮށްލުމަށްކަމުގައިވެސް ވެދާނެއެވެ. އެއިން އެއްވެސްކަމެއް ތިމަންކަލޭގެފާނަކަށް އެގިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. (މިއަޅާއާއި މިބައިމީހުންނާއި ދެމެދު) حقّ ގޮތުގައި حكم ކުރައްވާނދޭވެ! އަދި އޭ އެންމެހައި مشرك ންނޭވެ. ކަލޭމެން ތިޔަބުނާ ދޮގުތަކާއި ތިޔަ ސިފަކުރާ ސިފަކުރުންތަކާއިމެދު ވާގިއެދެވޭ ފަރާތަކީ އަޅަމެންގެ ربّ ކަމުގައިވާ رحمن ވަންތަ ﷲ އެވެ.
Verse 112
قَـٰلَ رَبِّ ٱحْكُم بِٱلْحَقِّ ۗ وَرَبُّنَا ٱلرَّحْمَـٰنُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ
Transliteration qāla rabbi uḥ'kum bil-ḥaqi warabbunā l-raḥmānu l-mus'taʿānu ʿalā mā taṣifūna
Dhivehi (111-112) އަދި ކަލޭމެންނަށް މުހުލަތުދެއްވާފައިވަނީ ކަލޭމެންނަށްވާ إمتحان އެއްކަމުގައިވެސް ވެދާނެއެވެ. އެއީ ދުވަސްކޮޅަކު ކަލޭމެން ދުނިޔޭގައި އަރާމުކޮށްލުމަށްކަމުގައިވެސް ވެދާނެއެވެ. އެއިން އެއްވެސްކަމެއް ތިމަންކަލޭގެފާނަކަށް އެގިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. (މިއަޅާއާއި މިބައިމީހުންނާއި ދެމެދު) حقّ ގޮތުގައި حكم ކުރައްވާނދޭވެ! އަދި އޭ އެންމެހައި مشرك ންނޭވެ. ކަލޭމެން ތިޔަބުނާ ދޮގުތަކާއި ތިޔަ ސިފަކުރާ ސިފަކުރުންތަކާއިމެދު ވާގިއެދެވޭ ފަރާތަކީ އަޅަމެންގެ ربّ ކަމުގައިވާ رحمن ވަންތަ ﷲ އެވެ.
Read Surah Al-Anbya in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.