Surah Muhammad in Dhivehi: translation and audio
Surah 47 · محمد · Muhammad · 38 verses
Surah Muhammad verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Muhammad word by word in English.
Verse 1
ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ أَضَلَّ أَعْمَـٰلَهُمْ
Transliteration alladhīna kafarū waṣaddū ʿan sabīli l-lahi aḍalla aʿmālahum
Dhivehi ތިމާމެން ކާފަރުވެ ﷲ ގެ މަގު ބަންދުކުރި މީސްތަކުން. (ދަންނައެވެ.) ﷲ އެމީހުންގެ ޢަމަލުތައް ބާޠިލު ކުރައްވައިފިއެވެ. (އެމީހުންކުރި ހެޔޮ ޢަމަލުތައް ގެއްލެނި ކުރައްވައިފިއެވެ.)
Verse 2
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَءَامَنُوا۟ بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ ٱلْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّـَٔاتِهِمْ وَأَصْلَحَ بَالَهُمْ
Transliteration wa-alladhīna āmanū waʿamilū l-ṣāliḥāti waāmanū bimā nuzzila ʿalā muḥammadin wahuwa l-ḥaqu min rabbihim kaffara ʿanhum sayyiātihim wa-aṣlaḥa bālahum
Dhivehi އަދި ﷲ އަށް އީމާންވެގެން ޞާލިޙު ޢަމަލުކޮށް އަދި މުޙަންމަދުގެ ފާނުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، އެތަކެއްޗަކީ އެއި އެމީހުންގެ رَبُّ ގެ ޙަޟްރަތުން ބާވައިލައްވައިފައިވާ ޙާއްޤުތަކެއްޗެވެ. އެއީ قُرُان އެވެ. ފަހެ އެތަކެއްޗަށް އީމާންވި މީސްތަކުން (ދަންނައެވެ.) ﷲ އެމީހުންގެ ކުށްފާފަތައް ފުއްސަވައި އަދި އެމީހުންގެ ޙާލުތަކާއި ކަންތައްތައް އިސްލާހުކޮށްދެއްވައި ސުލްހަކުރައްވައިފިއެވެ.
Verse 3
ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُوا۟ ٱتَّبَعُوا۟ ٱلْبَـٰطِلَ وَأَنَّ ٱلَّذِينَ ءَامَنُوا۟ ٱتَّبَعُوا۟ ٱلْحَقَّ مِن رَّبِّهِمْ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ لِلنَّاسِ أَمْثَـٰلَهُمْ
Transliteration dhālika bi-anna alladhīna kafarū ittabaʿū l-bāṭila wa-anna alladhīna āmanū ittabaʿū l-ḥaqa min rabbihim kadhālika yaḍribu l-lahu lilnnāsi amthālahum
Dhivehi އެހެންއެކަންއެވީ، ހަމަކަށަވަރުން ކާފަރުން ތަބަޢަވީ ބާޠިލާއެވެ. (އެއީ ﷲ އަށް ޝަރީކުކުރުމާއި އެކަލާނގެއަށް އުރެދުމެވެ.) އަދި ހަމަކަށަވަރުން އީމާންވީ މީސްތަކުން ތަބަޢަވީ ޙައްޤާއެވެ. (އެއީ تَوْحِيد އާއި އީމާންކަމާއި ކިޔަމަންތެރިކަމެވެ.) ދެބައިމީހުންގެ ޙާލު ބަޔާންކުރައްވަނީ މީސްތަކުންނަށް ﷲ ޖައްސަވާ މިސާލެއްގެގޮތުންނެވެ. (ޢިބްރަތެއްގެ ގޮތުންނެވެ.)
Verse 4
فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ فَضَرْبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثْخَنتُمُوهُمْ فَشُدُّوا۟ ٱلْوَثَاقَ فَإِمَّا مَنًّۢا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَآءُ ٱللَّهُ لَٱنتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَا۟ بَعْضَكُم بِبَعْضٍ ۗ وَٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَـٰلَهُمْ
Transliteration fa-idhā laqītumu alladhīna kafarū faḍarba l-riqābi ḥattā idhā athkhantumūhum fashuddū l-wathāqa fa-immā mannan baʿdu wa-immā fidāan ḥattā taḍaʿa l-ḥarbu awzārahā dhālika walaw yashāu l-lahu la-intaṣara min'hum walākin liyabluwā baʿḍakum bibaʿḍin wa-alladhīna qutilū fī sabīli l-lahi falan yuḍilla aʿmālahum
Dhivehi އޭ އީމާންވެއްގެ މީސްތަކުންނޭވެ. ތިޔަބައިމީހުންނާއި ކާފަރުންނާއި (مَيدان ގައި) ބައްދަލުވެއްޖެއްޔާ އެމީހުންގެ ކަންދުރާތައް ކަނޑާށެވެ. އެމީހުންމަރާށެވެ. އެއީ އޭގެ ގިނަ ބަޔަކު މަރުވެ އަވަދިވާންދެނެވެ. ދެން އަދި އެމީހުން ރަނގަޅަށް ބަނދެ ހައްޔަރުކުރާށެވެ. (އެއީ އެމީހުންނަށް ފިލައިގެން ނުދެވޭ ފަދައަކުންނެވެ.) ދެންހައްޔަރުވީ މީސްތަކުން އެހެންޏާ އެއްވެސް ފިދުޔައެއް ބަދަލެއްނެތި ދޫކޮށްލާށެވެ. ނުވަތަ ފިދުޔަ އަތުލާފައި ދޫކޮށްލާށެވެ. (މަޞްލަޙަތު ހުރިގޮތް ބަލާނީ ވެޔާއެވެ.) އެއީ ހަނގުރާމަ އޭގެ ހަތިޔާރު ބަހައްޓައިފުމައްދާންނެވެ. އެބަހީ ކާފަރުން ބަލިވެ ހަތިޔާރު ބަހައްޓައިފުމަށް ދާންދެނެވެ. އަދި އެ ޙުކުމް އަކީ ކާފަރުންނާމެދު އޮތްޙުކުމެވެ. (އަދި މިކަންމިގޮތަށް ނިންމެވުމަކާނުލައިވެސް الله އެދި ވޮޑިގެންނެވިނަމަ އެކާފަރުންގެ މައްޗަށް މުއުމިނުންނަށް ނަޞްރުދެއްވައިފީހެވެ. އެހެންނަމަވެސް އެކަލާނގެ އެހެން ނުހެއްދެވީ ތިޔަބައިމީހުން އެއްބަޔަކުގެ ފަރާތުން އަނެއްބަޔަކު އިމްތިޙާނުކުރެއްވުމަށެވެ. (ކެތްތެރި مُجَاهد ންނަށް ثَوَاب ގިނަކޮށްދެއްވައި ރަނގަޅު ޖަޒާދެއްވުމަށެވެ. އަދި އެމީހުން އަތްތަކުން ކާފަރުންނަށް ޢުޤޫބާތް ދެއްވުމަށެވެ.)\nއަދި ﷲ ގެ މަގުގައި މަރުވެ ޝަހީދުވެގެން ދިޔަ މީސްތަކުންގެ ދަރުމަޔާއި ثَوَاب ﷲ ގެއްލެނި ނުކުރައްވާނެއެވެ.
Verse 5
سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ
Transliteration sayahdīhim wayuṣ'liḥu bālahum
Dhivehi ނިކަންހުރެ الله تَعَالى އެމީހުން ސުވަރުގެ ދިއުމަށް މަގުދައްކަވާނެތެވެ. އަދި އެމީހުންގެ އެންމެހައި ކަންތައްތަކާއި ޙާލުތައް ރަނގަޅު ކުރައްވައި ބަރާބަރުކޮށްދެއްވާހުއްޓެވެ.
Verse 6
وَيُدْخِلُهُمُ ٱلْجَنَّةَ عَرَّفَهَا لَهُمْ
Transliteration wayud'khiluhumu l-janata ʿarrafahā lahum
Dhivehi އަދި އެކަލާނގެ އެމީހުންނަށް އެތަން ހުންނާނެކަން އަންގަވާފައިވާ ސުވަރުގެއަށް (ނުވަތަ އެމީހުންނަށްޓަކައި އެކަލާނގެ އެތާގައި މީރުވަސްދުއްވާފައިވާ ސުވަރުގެއަށް) އެމީހުން ވައްދަވާހުއްޓެވެ.
Verse 7
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
Transliteration yāayyuhā alladhīna āmanū in tanṣurū l-laha yanṣur'kum wayuthabbit aqdāmakum
Dhivehi އޭ އިމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެން الله އަށް ނަސްރު ދެންޏާ (އެބަހީ އެކަލާނގެ ދީނަށް ނަސްރުދެންޏާ) އެކަލާނގެ ކަލޭމެނަށް ނަސްރު ދެއްވާނެތެވެ. އަދި ކަލޭމެންގެ ފައިތިލަތައް ހަނގުރާމައިގެ މައިދާނުގައި ނުވަތަ صِرِاطُ މަގުހިގާއިރު ސާބިތު ކޮށްދެއްވާ ހުއްޓެވެ.
Verse 8
وَٱلَّذِينَ كَفَرُوا۟ فَتَعْسًا لَّهُمْ وَأَضَلَّ أَعْمَـٰلَهُمْ
Transliteration wa-alladhīna kafarū fataʿsan lahum wa-aḍalla aʿmālahum
Dhivehi އަދި ކާފަރުވީމީސްތަކުން ދަންނައެވެ. އެމީހުންނަށް ހަލާކު ހުއްޓެވެ. (އަބާއްޖަވެރިކަންހުއްޓެވެ.) އަދި އެމީހުންގެ ހެޔޮ ޢަމަލުތައް އެކަލާނގެ بَاطِلُ ކުރައްވާ ހުއްޓެވެ.
Verse 9
ذَٰلِكَ بِأَنَّهُمْ كَرِهُوا۟ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَـٰلَهُمْ
Transliteration dhālika bi-annahum karihū mā anzala l-lahu fa-aḥbaṭa aʿmālahum
Dhivehi އެކަން އެހެން އެހެއްދެވީ الله ބާވާތްލެއްވި ތަކެއްޗަށް ހަމަކަށަވަރުން އެމީހުން ނުރުހުނީ އެވެ. (އީމާން ނުވީއެވެ.) އެހެންވެ އެމީހުންގެ ހެޔޮ ޢަމަލުތައް އެކަލާނގެ ގެއްލެނި ކުރައްވައި بَاطِلُ ކުރެއްވީއެވެ.
Verse 10
۞ أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ دَمَّرَ ٱللَّهُ عَلَيْهِمْ ۖ وَلِلْكَـٰفِرِينَ أَمْثَـٰلُهَا
Transliteration afalam yasīrū fī l-arḍi fayanẓurū kayfa kāna ʿāqibatu alladhīna min qablihim dammara l-lahu ʿalayhim walil'kāfirīna amthāluhā
Dhivehi އެމީހުންގެ (އެބަހީ މައްކާގެ ކާފަރުންގެ) ކުރީގެ (އެބާވަތުގެ ކާފަރުންގެ) ނިމުން އަދި އެމީހުންގެ ފަހުކޮޅު ވީކޮންފަދައަކުންކަން މިމީހުންދެކޭން މިމީހުންފަހެ ބިމުގައި ހިގާބިގާ ދަތުރު ފަތުރުކޮށް ނުހަދަނީ ބާވައެވެ؟ الله تَعَالَى އެމީހުން (ބަސްނުއެހުމުގެ ސަބަބުން) ހަލާކު ކުރައްވައި ބަރުބާދު ކުރެއްވިއެވެ. الله އަދި (މިހާރުގެ) ކާފަރުންނަށްވެސް ހަމަ ކަންތައްކުރައްވާނީ ހަމައެފަދައިންކަމުގައިވެދާނެއެވެ. ބަސްނުއެހިއްޔާ ހަލާކު ކުރައްވާފާނެއެވެ.
Verse 11
ذَٰلِكَ بِأَنَّ ٱللَّهَ مَوْلَى ٱلَّذِينَ ءَامَنُوا۟ وَأَنَّ ٱلْكَـٰفِرِينَ لَا مَوْلَىٰ لَهُمْ
Transliteration dhālika bi-anna l-laha mawlā alladhīna āmanū wa-anna l-kāfirīna lā mawlā lahum
Dhivehi އެކަން އެހެން އެވީ ހަމަކަށަވަރުން الله تَعَالَى އީ އީމާންވީ މީސްތަކުންގެ ސަހަރޯ ވެރިޔާއެވެ. އަދި ކާފަރުން (ދަންނައެވެ.) އެމީހުންނަކަށް އެއްވަސް ސަހަރޯވެރިއަކު ނުވެއެވެ.
Verse 12
إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَٱلَّذِينَ كَفَرُوا۟ يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ ٱلْأَنْعَـٰمُ وَٱلنَّارُ مَثْوًى لَّهُمْ
Transliteration inna l-laha yud'khilu alladhīna āmanū waʿamilū l-ṣāliḥāti jannātin tajrī min taḥtihā l-anhāru wa-alladhīna kafarū yatamattaʿūna wayakulūna kamā takulu l-anʿāmu wal-nāru mathwan lahum
Dhivehi ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރި މީސްތަކުން އެތަންތާގެދަށުން އާރުތައް ދެމޭ ބަގީޗާ ތަކަކަށް الله تَعَالَى ވައްދަވައެވެ. އަދިކާފަރުވީ މީސްތަކުން އެމީހުން (ދުނިޔޭގައި) އަރާމުކުރެއެވެ. އަދި نَعَم ސޫފި ކައިބޮއި ހަދާފަދައިން ކައިބޮއި ހަދަ އެވެ. އަދި (قِيَامَة ދުވަހުން) އެމީހުން ގޮސްތިބޭނެތަނަކީ ނަރަކައެވެ. އަލިފާނެވެ.
Verse 13
وَكَأَيِّن مِّن قَرْيَةٍ هِىَ أَشَدُّ قُوَّةً مِّن قَرْيَتِكَ ٱلَّتِىٓ أَخْرَجَتْكَ أَهْلَكْنَـٰهُمْ فَلَا نَاصِرَ لَهُمْ
Transliteration waka-ayyin min qaryatin hiya ashaddu quwwatan min qaryatika allatī akhrajatka ahlaknāhum falā nāṣira lahum
Dhivehi އަދި ކަލޭގެފާނުން އެރަށުން ނެރެލެއްވި ރަށުގެ މީހުންނަށްވުރެ ބާރުމާގަދަ ކިތައްކިތައްރަށް (ރަށްރަށުގެމީހުން) ތިމަންރަސްކަލާނގެ އެމީހުންވެސް (ބަސްނުއެހުމުގެ ސަބަބުން) ހަލާކު ކުރެއްވީން ހެއްޔެވެ؟ އެބަހީ އެބާވަތުގެ ވަރަށް ގިނަ ރަށްރަށް ހަލާކު ކުރެއްވީމެވެ. އެމީހުންނަކަށް ދެން އެއްވެސް ނަސްރުވެރިއަކު ނުވެއެވެ.
Verse 14
أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓا۟ أَهْوَآءَهُم
Transliteration afaman kāna ʿalā bayyinatin min rabbihi kaman zuyyina lahu sūu ʿamalihi wa-ittabaʿū ahwāahum
Dhivehi އެމީހާގެ رَبُّ ގެ حَضْرَةُ ންވާ ދަލީލެއްގެ މަތީގައިވާ މީހާޔާއި އެމީހާގެ ނުބައި عَمَلُ ތައް އެމީހާއަށް ޒީނަތްތެރިވެވުނުމީހާ އެދެމީހުން އެއް ފަދަވާނޭހެއްޔެވެ؟ އަދި ތިމާގެހަވާނަފުސާއި ނުވަތަ އަމިއްލަ އެދުމާއި تَبَعَ ވެގެންވާމީހާފަދަހެއްޔެވެ؟ (އެދެމީހުން އެއްވަރުނުވާނެއެވެ.)
Verse 15
مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ فِيهَآ أَنْهَـٰرٌ مِّن مَّآءٍ غَيْرِ ءَاسِنٍ وَأَنْهَـٰرٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُۥ وَأَنْهَـٰرٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّـٰرِبِينَ وَأَنْهَـٰرٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَـٰلِدٌ فِى ٱلنَّارِ وَسُقُوا۟ مَآءً حَمِيمًا فَقَطَّعَ أَمْعَآءَهُمْ
Transliteration mathalu l-janati allatī wuʿida l-mutaqūna fīhā anhārun min māin ghayri āsinin wa-anhārun min labanin lam yataghayyar ṭaʿmuhu wa-anhārun min khamrin ladhatin lilshāribīna wa-anhārun min ʿasalin muṣaffan walahum fīhā min kulli l-thamarāti wamaghfiratun min rabbihim kaman huwa khālidun fī l-nāri wasuqū māan ḥamīman faqaṭṭaʿa amʿāahum
Dhivehi تَقْوَى ވެރިންނަށް وَعْدُ ވެވިފައިވާ ސުވަރުގޭގައިވާ އާރުތަކުގެ މިސާލަކީ އެތާގައި ނުބައިނުވާ ކުނިނުވާ މީރު ފެނުންވާ އާރުތަކެއްވެއެވެ. އަދި އޭގެރަހަ ބަދަލުނުވާ ކިރުގެ އާރުތައްވެއެވެ. އަދި ބޯމީހުންނަށް ރަހަމީރު لَذَّةُ ހުރި ރަލުގެ އާރުތައް ވެއެވެ. އަދިސާފު މާމުއިގެ އާރުތައްވެއެވެ. އަދި އެމީހުންނަށް އެތާގައި ހުރިހާވައްތަރެއްގެ މޭވާޔާއި އަދި އެމީހުންގެ رَبُّ ގެ حَضْرَةُ ންވާ ފާފަ ފުއްސެވުމާއި މިހުރިހާ نِعْمَة އެއް އެމީހުންނަށް އެތާވެއެވެ. މިފަދަމީހާއާއި އަދި އެމީހުންނަށް އެންމެ ހޫނުކަން ގަދަފެން ބޯންދެވޭ ދެންއޭގެސަބަބުން އެމީހުންގެ ގޮހޮރުތައް ބުރިބުރިވާ ޙާލު ނަރަކައިގާދެމިހުންނަމީހާއާއި އެއްފަދަވާނޭހެއްޔެވެ؟ (އެކަކު ކޮޅުނެތްކޮޅުގެ އަރާމާ نِعْمَة ގައި ދެމިހުންނަނީއެވެ. އަނެކަކު ކޮޅުނެތްކޮޅުގެ ވޭނާއި عَذَابُގައި ދެމިހުންނަނީއެވެ.)
Verse 16
وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰٓ إِذَا خَرَجُوا۟ مِنْ عِندِكَ قَالُوا۟ لِلَّذِينَ أُوتُوا۟ ٱلْعِلْمَ مَاذَا قَالَ ءَانِفًا ۚ أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَٱتَّبَعُوٓا۟ أَهْوَآءَهُمْ
Transliteration wamin'hum man yastamiʿu ilayka ḥattā idhā kharajū min ʿindika qālū lilladhīna ūtū l-ʿil'ma mādhā qāla ānifan ulāika alladhīna ṭabaʿa l-lahu ʿalā qulūbihim wa-ittabaʿū ahwāahum
Dhivehi އަދި އެމީހުންގެތެރޭގައި އެމުނާފިޤުންގެތެރޭގައި އެކަލޭގެފާނުންގެވާހަކަފުޅު އަހަންތިބޭމީހުން ވެއެވެ. އެމީހުން ކަލޭގެފާނުންގެ އަރިހުން ނުކުމެއްޖައުމަށްދާންދެން ނެވެ. ދެންހަމަ ނުކުމެފެއި ޢިލްމުދެއްވުނު މީހުންނަށް (އެބަހީ މުއުމިނުންގެތެރޭގައި ތިއްބެވި ޢާލިމުންނަށް އެމީހުންބުނެއެވެ. (ސުވާލުކުރެއެވެ.) ދެންމެ އެކަލޭގެފާނު ވިދާޅުވީ ކީކޭތޯއެވެ؟ އެމީހުންގެ އެވާހަކައަށް އިޝާރާތް ކުރައްވައި الله تَعَالَى އެއަންގަވަނީ ކަނޑައެޅިގެން އެމީހުން އެއީ (ހެޔޮއެއްޗެއް ނުވަންނާނޭގޮތުން) الله تَعَالَى އެމީހުންގެ ހިތްތަކުގައި ސިއްކަ ޖެއްސެވިމީހުންނެވެ. އަދި އެމީހުން އެމީހުންގެ ހަވާނަފުސާއި تَبَعَ ވެގެންވާމީހުންނެވެ.
Verse 17
وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًى وَءَاتَىٰهُمْ تَقْوَىٰهُمْ
Transliteration wa-alladhīna ih'tadaw zādahum hudan waātāhum taqwāhum
Dhivehi އަދި ތެދުމަގުލިބެވުނުމީހުން ދަންނައެވެ. އެކަލާނގެ އެމީހުންނަށް ތެދުމަގު އިތުރު ކޮށްދެއްވައެވެ. އަދި އެކަލާނގެ އެމީހުން تَقْوَى ވެރިކަންމަތީ ދަމަހައްޓަވައެވެ.
Verse 18
فَهَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَآءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَىٰهُمْ
Transliteration fahal yanẓurūna illā l-sāʿata an tatiyahum baghtatan faqad jāa ashrāṭuhā fa-annā lahum idhā jāathum dhik'rāhum
Dhivehi ހަމަކުއްލިއަކަށް އެމީހުންގެ ގާތަށް އެބަހީ (އެމުނާފިޤުންގެގާތަށް) قِيَامة އައުމަށްމެނުވީ އެމީހުން ފަހެ އިންތިޒާރު އެބަކުރޭހެއްޔެވެ؟ ހަމަކަށަވަރުން އޭގެ ޢަލާމާތްތައް އަތުވެއްޖެއެވެ. ފަހެ އެމީހުންގެ ގާތައް قِيَامة ދުވަސް އަތުވެއްޖެއްޔާ ވެސް ދެން އެމީހުން وَعْظُ نَصِيْحَة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އޭގެ ފައިދާއެއް ނުކުރާނެއެވެ.
Verse 19
فَٱعْلَمْ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱللَّهُ وَٱسْتَغْفِرْ لِذَنۢبِكَ وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَٱللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَىٰكُمْ
Transliteration fa-iʿ'lam annahu lā ilāha illā l-lahu wa-is'taghfir lidhanbika walil'mu'minīna wal-mu'mināti wal-lahu yaʿlamu mutaqallabakum wamathwākum
Dhivehi ފަހެ ހަމަކަށަވަރުން الله މެނުވީ حَقُّ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު ކަލޭގެފާނުންގެ ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ! އަދި މުއުމިނު ފިރިހެނުންގެއާއި އަދި މުއުމިނު އަންހެނުންގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން ދަންނަވާށެވެ! ދުވާލު ވަގުތު މަސައްކަތުގައި ކަލޭމެން އެފުއްމިފުށަށް ފުރޮޅޭތަން الله تَعَالَى ދެނެވޮޑިގެންވެއެވެ. އަދި ރޭގަޑުވަގުތު ކަލޭމެން އަރާމުކުރުމަށް ގޮސްތިބޭތަންވެސް الله تَعَالَى ދެނެވޮޑިގެންވެއެވެ.
Verse 20
وَيَقُولُ ٱلَّذِينَ ءَامَنُوا۟ لَوْلَا نُزِّلَتْ سُورَةٌ ۖ فَإِذَآ أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا ٱلْقِتَالُ ۙ رَأَيْتَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ ٱلْمَغْشِىِّ عَلَيْهِ مِنَ ٱلْمَوْتِ ۖ فَأَوْلَىٰ لَهُمْ
Transliteration wayaqūlu alladhīna āmanū lawlā nuzzilat sūratun fa-idhā unzilat sūratun muḥ'kamatun wadhukira fīhā l-qitālu ra-ayta alladhīna fī qulūbihim maraḍun yanẓurūna ilayka naẓara l-maghshiyi ʿalayhi mina l-mawti fa-awlā lahum
Dhivehi އަދި އީމާންވީމީސްތަކުން ބުނެއެވެ. (ހަނގުރާމައިގެ ވާހަކަ ބަޔާންވެގެންވާ) ސޫރަތެއް ބަވާތްލައްވާނޭނަމައެވެ. ދެންފަހެ އެސޫރަތުގައި حُكُم ތައް ރަނގަޅަށް ސާފުކޮށް އޮޅުމެއްނެތި ބަޔާންވެގެންވާ ފަދައިން ހަނގުރާމައިގެވާހަކަ ބަޔާންވެގެންވާ ސޫރަތެއްބާވާތް ލައްވައިފިއްޔާ އެބައިމީހުންގެ ހިތްތަކުގައި (نِفَاقُ ކަމުގެ) ބަލިކަމެއްވާމީހުން ކަލޭގެފާނު ދެކެވަޑައިގަންނަވާނީ މަރުވާންވެގެން ހޭބަލިވެ ދެކަޅި ވިދިފައިވާމީހަކު ބަލާގޮތަށް ކަލޭގެފާނާއި ދިމާލަށް ބަލާތީއެވެ. އެމީހުންނަށް ހަލާކު ހުއްޓެވެ. (ނުވަތަ އެމީހުން ނޭދޭގޮތް ދިމާވުން) އެމީހުންނަށް އައުލާވެގެންވެއެވެ.
Verse 21
طَاعَةٌ وَقَوْلٌ مَّعْرُوفٌ ۚ فَإِذَا عَزَمَ ٱلْأَمْرُ فَلَوْ صَدَقُوا۟ ٱللَّهَ لَكَانَ خَيْرًا لَّهُمْ
Transliteration ṭāʿatun waqawlun maʿrūfun fa-idhā ʿazama l-amru falaw ṣadaqū l-laha lakāna khayran lahum
Dhivehi ކިޔަމަންތެރިކަން އަދާކުރުމާއި އަދި ހެޔޮބަސް ބުނުން ހުއްޓެވެ. ދެންފަހެ ހަނގުރާމަ فَرْضُ ވެ ކަނޑައެޅިއްޖެއްޔާ އެމީހުން ދެބަސްވެ ފަހަތަށް ޖެހެއެވެ. އަދި އެމީހުން ކިޔަމަންތެރިވެ الله تَعَالَى އަށް ތެދުވެރިވިނަމަ އެގޮތް އެމީހުންނަށް މާހެޔޮވީހެވެ.
Verse 22
فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا۟ فِى ٱلْأَرْضِ وَتُقَطِّعُوٓا۟ أَرْحَامَكُمْ
Transliteration fahal ʿasaytum in tawallaytum an tuf'sidū fī l-arḍi watuqaṭṭiʿū arḥāmakum
Dhivehi (އޭ މިތިބަ މުނާފިޤުންނޭވެ! ނުވަތަ މުރުތައްދުމީހުންނޭވެ!) ކަލޭމެން އުއްމަތުގެ ކަންކަމަށް ވެރިކުރެވިއްޖެއްޔާ (ނުވަތަ ކަލޭމެން އިސްލާމުދީނުން މޫނު އަނބުރައިލައިފިއްޔާ) ކަލޭމެން ބިމުގައި ޝިރުކުކޮށް ފަސާދަކޮށް އަދި ކަލޭމެން ކަލޭމެންގެ رَحِم ކަޑައި ހަދާބަޔަކު ކަމުގައި ވެދާނެކަންނޭގެއެވެ. އެހެންވުން އެކަށީގެންވެއެވެ.
Verse 23
أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمْ وَأَعْمَىٰٓ أَبْصَـٰرَهُمْ
Transliteration ulāika alladhīna laʿanahumu l-lahu fa-aṣammahum wa-aʿmā abṣārahum
Dhivehi ކަނޑައެޅިގެން އެފަދަމީހުން އެއީ الله لَعْنَة ލެއްވި މީހުންނެވެ. ފަހެ އެކަލާނގެ އެމީހުންނަށް (ހެޔޮއެއްޗެއް ނުވިސްނޭމެގޮތުން) ބީރުކުރެއްވިއެވެ. އަދި އެކަލާނގެ އެމީހުންގެ ލޯތައްއަދިރި ކުރެއްވިއެވެ. (އެއީ مَعْنَوِى ގޮތުން حَقُّ ތެދު އެއްޗެއް ނުފެންނާނެގޮތުންނެވެ.)
Verse 24
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ
Transliteration afalā yatadabbarūna l-qur'āna am ʿalā qulūbin aqfāluhā
Dhivehi އެމީހުންފަހެ قُرْآن އާއި މެދު ވިސްނާފިކުރުކޮށް ތަދުބީރުކޮށް ނުހަދަނީ ބާވައެވެ. ނުވަތަ އެމީހުންގެ ހިތްތައްއެވަނީ ތަޅު އަޅުވާ ބަންދުކޮށްފައިހެއްޔެވެ؟
Verse 25
إِنَّ ٱلَّذِينَ ٱرْتَدُّوا۟ عَلَىٰٓ أَدْبَـٰرِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَى ۙ ٱلشَّيْطَـٰنُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ
Transliteration inna alladhīna ir'taddū ʿalā adbārihim min baʿdi mā tabayyana lahumu l-hudā l-shayṭānu sawwala lahum wa-amlā lahum
Dhivehi ހަމަކަށަވަރުން އެމީހުންނަށް ތެދުމަގު ރަނގަޅަށް ބަޔާންވެ އެގުމަށްފަހު އެމީހުން އެމީހުންގެ ފުރަގަހަށް ރައްދު ވީމީހުން އެބަހީ މުރުތައްދުވީމީހުން (ދަންނައެވެ.) شَيْطَانُ އެމީހުންނަށް (ނުބައިކަންތައްތައް) ޒީނަތްތެރި ކޮށްދިނީއެވެ. އަދި އެމީހުންނަށް އެސޮރު ބޭކާރު އުއްމީދުތައް ކޮށްދީ ހެދީއެވެ. ވާވެއްދީއެވެ.
Verse 26
ذَٰلِكَ بِأَنَّهُمْ قَالُوا۟ لِلَّذِينَ كَرِهُوا۟ مَا نَزَّلَ ٱللَّهُ سَنُطِيعُكُمْ فِى بَعْضِ ٱلْأَمْرِ ۖ وَٱللَّهُ يَعْلَمُ إِسْرَارَهُمْ
Transliteration dhālika bi-annahum qālū lilladhīna karihū mā nazzala l-lahu sanuṭīʿukum fī baʿḍi l-amri wal-lahu yaʿlamu is'rārahum
Dhivehi އެކަން އެހެން އެވީ ހަމަކަށަވަރުން الله ބާވައިލެއްވި ތަކެއްޗާއިމެދު ނުރުހުނުމީހުންނަށް (އެއީ މައްކާގެ މުޝްރިކުން ނުވަތަ ޔަހޫދީންނެވެ.) އެމުނާފިޤުން ބުނީ ބައެއްކަންކަމުގައި ނިކަންހުރެ އަހުރެމެން ކަލޭމެންނަށް ކިޔަމަންވާހުށީމެވެ. އަދި އެހެންނަމަވެސް الله އެއަންގަވަނީ އެމީހުންގެ ސިއްރުތައް الله ދެނެވޮޑި ގަންނަވާކަމުގައެވެ.
Verse 27
فَكَيْفَ إِذَا تَوَفَّتْهُمُ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ
Transliteration fakayfa idhā tawaffathumu l-malāikatu yaḍribūna wujūhahum wa-adbārahum
Dhivehi އަދި މަލާއިކަތްބޭކަލުން އެމީހުންގެ މަރުހިތްޕަވައިފިއްޔާ ދެންވާނީ ކިހިނެއްހެއްޔެވެ؟ (އެމީހުންގެ މަރުހިތްޕަވާހިނިދު) އެބޭކަލުން އެމީހުންގެ މޫނުތަކުގައްޔާއި އެމީހުނގެ ފޫކޮޅުތަކުގައި ތަޅުއްވާހުއްޓެވެ.
Verse 28
ذَٰلِكَ بِأَنَّهُمُ ٱتَّبَعُوا۟ مَآ أَسْخَطَ ٱللَّهَ وَكَرِهُوا۟ رِضْوَٰنَهُۥ فَأَحْبَطَ أَعْمَـٰلَهُمْ
Transliteration dhālika bi-annahumu ittabaʿū mā askhaṭa l-laha wakarihū riḍ'wānahu fa-aḥbaṭa aʿmālahum
Dhivehi އެހެން އެވީ ހަމަކަށަވަރުން الله ކޯފާވެވޮޑި ގަންނަވާ ކަންތަކާއި އެމީހުން تَبَعَ ވީކަމެވެ. އަދި އެކަލާނގެ ރުހިވޮޑިގަތުމާއި އެމީހުން ނުރުހުނީއެވެ. ދެން ފަހެ އެކަލާނގެ އެމީހުންގެ (ހެޔޮ ޢަމަލުތައް) بَاطِلُ ކުރެއްވިއެވެ.
Verse 29
أَمْ حَسِبَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ ٱللَّهُ أَضْغَـٰنَهُمْ
Transliteration am ḥasiba alladhīna fī qulūbihim maraḍun an lan yukh'rija l-lahu aḍghānahum
Dhivehi އަދި ނުވަތަ އެމީހުންގެ ހިތްތަކުގައި (نِفَاقُ ކަމުގެ) ބައްޔެއްވާ އެމީހުން އެމީހުންގެ ޙަސަދައިގެ ރުޅިވެރިކަން الله ނުނެރުއްވާނެކަމަށް އެމީހުން ހީކުރަނީ ހެއްޔެވެ؟ (އެހެން ނުވާނެއެވެ. އެމީހުންގެ ހިތްތަކުގައި މުއުމިނުންގެ މައްޗައް އެވާ ރުޅިވެރިކަމާއި ހަސަދަވެރިކަމާއި ޢަދާވާތްތެރިކަން الله ނެރުއްވާނެއެވެ. ފާޅު ކުރައްވާނެއެވެ.
Verse 30
وَلَوْ نَشَآءُ لَأَرَيْنَـٰكَهُمْ فَلَعَرَفْتَهُم بِسِيمَـٰهُمْ ۚ وَلَتَعْرِفَنَّهُمْ فِى لَحْنِ ٱلْقَوْلِ ۚ وَٱللَّهُ يَعْلَمُ أَعْمَـٰلَكُمْ
Transliteration walaw nashāu la-araynākahum falaʿaraftahum bisīmāhum walataʿrifannahum fī laḥni l-qawli wal-lahu yaʿlamu aʿmālakum
Dhivehi އަދި ތިމަންރަސްކަލާނގެ އެދިވޮޑި ގަންނަވާނަމަ ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭގެފާނަށް އެމީހުން ދައްކަވައިފީހެވެ. (އެއީކޮންބައެއްކަން އަންގަވަފާހުށީމެވެ.) ދެން ހަމަކަށަވަރުން އެމީހުންގެ ޢަލާމާތުން ކަލޭގެފާނަށް އެމީހުން އެގިވަޑައިގެންފާނެއެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނަށް އެމީހުންގެ ބަސްބުނުމުގެ ރާގުންނާއި އަދި مِقْصَد ން އެމީހުން އެގިވަޑައިގެންފާނެއެވެ. އަދި (އޭމިތިބަ މުނާފިޤުންނޭވެ!) ކަލޭމެންގެ ޢަމަލުތައް الله ދެނެވޮޑިގެންވެއެވެ.
Verse 31
وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ ٱلْمُجَـٰهِدِينَ مِنكُمْ وَٱلصَّـٰبِرِينَ وَنَبْلُوَا۟ أَخْبَارَكُمْ
Transliteration walanabluwannakum ḥattā naʿlama l-mujāhidīna minkum wal-ṣābirīna wanabluwā akhbārakum
Dhivehi އަދި ހަމަކަށަވަރުން ކަލޭމެންގެތެރެއިން މުޖާހިދުންނަކީ ކޮންބައެއްކަމާއި އަދި ކެތްތެރިންނަކީ ކޮންބައެއްކަން ތިމަން ރަސްކަލާނގެ ދެނެވޮޑިގެންވާކަން ފާޅުކުރައްވައިފުމަށްދާންދެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން إِمْتِحَانُ ކުރައްވާހުށީމެވެ. (އެއީ ހަނގުރާމަ فَرْضُ ކުރައްވައިގެން ކިޔަމަންތެރިންނާއި ނުކިޔަމަންތެރިން ހާމަކުރައްވައިގެންނެވެ.)
Verse 32
إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ وَشَآقُّوا۟ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَىٰ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَسَيُحْبِطُ أَعْمَـٰلَهُمْ
Transliteration inna alladhīna kafarū waṣaddū ʿan sabīli l-lahi washāqqū l-rasūla min baʿdi mā tabayyana lahumu l-hudā lan yaḍurrū l-laha shayan wasayuḥ'biṭu aʿmālahum
Dhivehi ހަމަކަށަވަރުން ކާފަރުވީމީސްތަކުން އަދި އެމީހުން ﷲ ގެމަގު ބަންދުކޮށް އެމީހުންނަށް ތެދުމަގު ރަނގަޅަށް ބަޔާންވެ އެގުމަށްފަހު ދެންއެމީހުން ރަސޫލާއާއި އިދިކޮޅު ހެދިމީހުން (ދަންނައެވެ.) އެމީހުންނަކަށް އެއްވެސްގޮތަކުން އަދިއެއްވެސްކަމަކުންވިޔަސް الله އަށް އުދަގުލެއްކޮށް ގެއްލުމެއްކޮށްހެދޭނެ ބައެއްކަމުގައި އެމީހުންނުވެއެވެ. އަދި ނިކަންހުރެ އެމީހުންގެ ޢަމަލުތައް بَاطِلُ ވެދާނެއެވެ.
Verse 33
۞ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَـٰلَكُمْ
Transliteration yāayyuhā alladhīna āmanū aṭīʿū l-laha wa-aṭīʿū l-rasūla walā tub'ṭilū aʿmālakum
Dhivehi އޭއީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން الله އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން ރަސޫލާއަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން ކަލޭމެންގެ (ހެޔޮ) ޢަމަލުތައް\nبَاطِلُ ނުކުރާށެވެ! (މިއާޔަތުގެ مَفْهُوْمُ އަށްބަލާއިރު الله އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަން ނުވާ ކޮންމެމީހެއްގެ (ހެޔޮ) ޢަމަލުތައް بَاطِلُ ވާނެއެވެ. އެދެފަރާތުގެ އަމުރާ ދިމާނުވާގޮތަށް ހުންނައެއްވެސް ހެޔޮޢަމަލެއް ޤަބޫލެއްނުވެވޭނެއެވެ. މިގޮތުން ބަލާއިރު މަޒުހަބެއްގެ ނަމުގައިކުރެވޭ ޢަމަލުތައް ރަސްމީ އޮފީހުން ބައްލަވައި ގަންނަވާނެކަމުގެ އެއްވެސް ދަލީލެއްނެތެވެ.
Verse 34
إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ ثُمَّ مَاتُوا۟ وَهُمْ كُفَّارٌ فَلَن يَغْفِرَ ٱللَّهُ لَهُمْ
Transliteration inna alladhīna kafarū waṣaddū ʿan sabīli l-lahi thumma mātū wahum kuffārun falan yaghfira l-lahu lahum
Dhivehi ހަމަކަށަވަރުން ކާފަރުވީމީސްތަކުން އަދި އެމީހުން ﷲ ގެ މަގު އެބަހީ އިސްލާމުދީން ބަންދުކޮށް ދީނަށް މީހުން ވަނަނުދީ ހުރަސްކޮށް / ބަންދުކޮށްހަދައި ދެންއެމީހުން ކާފަރުކަންމަތީވާ ޙާލު މަރުވެދިޔަ ކަމުގައިވަންޏާ ފަހެ الله تَعَالَى އެމީހުންނަށް ނުފުއްސަވާހުއްޓެވެ.
Verse 35
فَلَا تَهِنُوا۟ وَتَدْعُوٓا۟ إِلَى ٱلسَّلْمِ وَأَنتُمُ ٱلْأَعْلَوْنَ وَٱللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَـٰلَكُمْ
Transliteration falā tahinū watadʿū ilā l-salmi wa-antumu l-aʿlawna wal-lahu maʿakum walan yatirakum aʿmālakum
Dhivehi ފަހެ ކަލޭމެން މުއުމިނުން ބަލިކަށި ނުވާހުށިކަމެވެ! ފިނޑި ނުވާށެވެ! އަދި ކަލޭމެން (ކުރީފަށައިގެން) صُلْحَ ޔަށްނުގޮވާށެވެ! ކާފަރުން صُلْحَ އަށްގޮވަންދެން ކަލޭމެން ހަނގުރާމަ ކުރިޔަށް ގެންދާށެވެ! ކަލޭމެންނަކީ މަތިވާނެމީހުންނެވެ. الله ވޮޑިގެންވަނީ ކަލޭމެންނާއި އެކުގައެވެ. އަދި ކަލޭމެންގެ ޢަމަލުތައް އެބަހީ ޢަމަލުގެ ދަރުމަޔާއި ސަވާބު އެކަލާނގެ މަދު ނުކުރައްވާނެއެވެ.
Verse 36
إِنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ يُؤْتِكُمْ أُجُورَكُمْ وَلَا يَسْـَٔلْكُمْ أَمْوَٰلَكُمْ
Transliteration innamā l-ḥayatu l-dun'yā laʿibun walahwun wa-in tu'minū watattaqū yu'tikum ujūrakum walā yasalkum amwālakum
Dhivehi ދުނިޔޭ ގެ މިދިރިއުޅުންވާކަން ކަށަވަރީ ކުޅިވަރާއި އަދި الله تَعَالَى ގެމަތިން غَافِل ކޮށްލާ އެއްޗެއް ކަމުގައެވެ. އަދިކަލޭމެން އީމާންވެ އަދި ކަލޭމެން ثقوى ވެރި ވެއްޖެއްޔާ ކަލޭމެންގެ އުޖޫރަ ކަލޭމެނަށް އެކަލާނގެ ދެއްވާނެއެވެ. އަދި އެކަލާނގެ ކަލޭމެންގެ މުދަލަކަށް އެބަހީ ކަލޭމެންގެ މުޅިމުދާ (އެކަށް) ކަލޭމެންދޭކަށެއް އެދިވޮޑި] ނުގަންނަވާނެއެވެ. (އެދިވޮޑިގަންނަވަނީ އޭގެޙައްޤުއަދާކުރުމަށެވެ. ޒަކާތްދޭށެވެ. ދެންވެސް ސުންނަތްصَدَقَة ދޭށެވެ.)
Verse 37
إِن يَسْـَٔلْكُمُوهَا فَيُحْفِكُمْ تَبْخَلُوا۟ وَيُخْرِجْ أَضْغَـٰنَكُمْ
Transliteration in yasalkumūhā fayuḥ'fikum tabkhalū wayukh'rij aḍghānakum
Dhivehi އެކަލާނގެ ކަލޭމެންގެކިބައިން (އެކަށް) އެމުދާ ހޭދަކުރުމަށް އެދިވޮޑިގެންނެވި ނަމަ ފަހެ އެހައިރުން ކަލޭމެންނަށް ދަތިވެދާނެއެވެ. ދެންކަލޭމެން ދަހިވެތި ވެދާނެއެވެ. بَخِيْلُ ވެދާނެއެވެ. އަދިކަލޭމެންގެ ހިތްޔަކުގައިވާ ރުޅިވެރިކަމާއި ޙަސަދަވެރިކަން އެކަލާނގެ ނެރުއްވާނެއެވެ.
Verse 38
هَـٰٓأَنتُمْ هَـٰٓؤُلَآءِ تُدْعَوْنَ لِتُنفِقُوا۟ فِى سَبِيلِ ٱللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِۦ ۚ وَٱللَّهُ ٱلْغَنِىُّ وَأَنتُمُ ٱلْفُقَرَآءُ ۚ وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَـٰلَكُم
Transliteration hāantum hāulāi tud'ʿawna litunfiqū fī sabīli l-lahi faminkum man yabkhalu waman yabkhal fa-innamā yabkhalu ʿan nafsihi wal-lahu l-ghaniyu wa-antumu l-fuqarāu wa-in tatawallaw yastabdil qawman ghayrakum thumma lā yakūnū amthālakum
Dhivehi އޭމިތިބަމީހުންނޭވެ! ކަލޭމެން ﷲ ގެމަގުގައި ހޭދަކުރުމަށް ކަލޭމެންނަށް ގޮވޭނެއެވެ. ފަހެ ކަލޭމެންގެތެރޭގައި بَخِيْلُ ވާނޭމީހުން - ދަހިވެތިވާނޭމީހުން- ވާނެއެވެ. އަދި بَخِيْلُ ވާމީހުން - ދަހިވެތިވާމީހުން ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހަކު އެ بَخِيْلُ ވާކަން ކަށަވަރީ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. އެބަހީ އެކަމުގެ ގެއްލުމާއި ދެރަކަންއޮންނާނީ ހަމަ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. الله އެއީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ. އަދި ކަލޭމެނަނަކީ ފަޤީރުންނެވެ. އެކަލާނގެއަށް ބޭނުންވެގެންވާމީހުންނެވެ. އަދި ކަލޭމެން ﷲ ގެމަގުގައި ހޭދަނުކޮށް އެކަލާނގެ އަމުރުފުޅުތަކަށް އެނބުރި ފުރަގަސްދީފިއްޔާވެސް އެކަލާނގެ އެހެންޤައުމަކަށް ބަދަލު ކުރައްވައިފާނެއެވެ. އެބަހީ ކަލޭމެންގެ ބަދަލުގައި އެހެންބަޔަކު ގެންނަވައިފާނެއެވެ. އަދި އެގެންނަވާމީހުން ކަލޭމެންފަދައިން ނުވާނެއެވެ. ބަސް އަހާނެއެވެ.
Read Surah Muhammad in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.