MyDugsiStart learning

Surah At-Takathur in Dhivehi: translation and audio

Surah 102 · التكاثر · The Rivalry in world increase · 8 verses

Surah At-Takathur verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah At-Takathur word by word in English.

Verse 1

أَلْهَىٰكُمُ ٱلتَّكَاثُرُ

Transliteration alhākumu l-takāthuru

Dhivehi ،(2) ތިޔަބައިމީހުން (ދުނިޔޭގައި މުދާ ގިނަކުރުމާއި ދަރިންގިނަކުރުމާއި އެކަކު އަނެކަގެ މައްޗަށް ފަޚްރުވެރި ވުމާއި) މިބާވަތުގެ ކަންކަމުގައި މަޝްޣޫލް ވެގެން ތިޔަ ތިބެނީ ތިޔަބައިމީހުން މަޤްބަރާ ތަކަށް ޒިޔާރަތް ކޮށްފުމަށް ދާންދެނެވެ. އެބަހީ މަރު އަތުޖެވެއްޖައުމަށް ދާންދެނެވެ.

Verse 2

حَتَّىٰ زُرْتُمُ ٱلْمَقَابِرَ

Transliteration ḥattā zur'tumu l-maqābira

Dhivehi ،(2) ތިޔަބައިމީހުން (ދުނިޔޭގައި މުދާ ގިނަކުރުމާއި ދަރިންގިނަކުރުމާއި އެކަކު އަނެކަގެ މައްޗަށް ފަޚްރުވެރި ވުމާއި) މިބާވަތުގެ ކަންކަމުގައި މަޝްޣޫލް ވެގެން ތިޔަ ތިބެނީ ތިޔަބައިމީހުން މަޤްބަރާ ތަކަށް ޒިޔާރަތް ކޮށްފުމަށް ދާންދެނެވެ. އެބަހީ މަރު އަތުޖެވެއްޖައުމަށް ދާންދެނެވެ.

Verse 3

كَلَّا سَوْفَ تَعْلَمُونَ

Transliteration kallā sawfa taʿlamūna

Dhivehi ދެން ހަމައެއްގޮތަކަށްވެސް އެހެނެއްނުވާނެއެވެ. ނިކަންހުރެ އޭގެ (ނުބައިކަން) ތިޔަބައިމީހުންނަށް އެނގިދާނެއެވެ. އެއީ ޤިޔާމަތް ދުވަހުންނެވެ.

Verse 4

ثُمَّ كَلَّا سَوْفَ تَعْلَمُونَ

Transliteration thumma kallā sawfa taʿlamūna

Dhivehi ދެން ހަމައެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. (އެކަންކަން ނޭގި ނުދާނެއެވެ.) ނިކަންހުރެ ތިޔަބައި މީހުންނަށް އެކަންކަން (އެކަމުގެ ނުބައިކަން އެނގިދާނެއެވެ.)

Verse 5

كَلَّا لَوْ تَعْلَمُونَ عِلْمَ ٱلْيَقِينِ

Transliteration kallā law taʿlamūna ʿil'ma l-yaqīni

Dhivehi އެއްގޮތަކަށްވެސް އެހެން ނޫނެވެ. ތިޔަބައިމީހުންނަށް ޝައްކެއްނެތި ޔަޤީނަށް އެކަމުގެ ނުބައިކަން އެނގޭނަމަ އެހެން ނުހެދީހެވެ. (މުދަލާއި ދަރިން ގިނަކުރުމުގައި ﷲގެ ކިޔަމަންތެރިކަން ދޫކޮށް ޣާފިލު ނުވީހެވެ. މަޝްޣޫލު ނުވީހެވެ.)

Verse 6

لَتَرَوُنَّ ٱلْجَحِيمَ

Transliteration latarawunna l-jaḥīma

Dhivehi ހަމަކަށަވަރުން ޤިޔާމަތް ދުވަހުން ތިޔަބައިމީހިން ނަރަކަ ދެކޭނެކަން ކަށަވަރެވެ.

Verse 7

ثُمَّ لَتَرَوُنَّهَا عَيْنَ ٱلْيَقِينِ

Transliteration thumma latarawunnahā ʿayna l-yaqīni

Dhivehi ދެން އެދުވަހުން އެއްވެސް ޝައްކެއްނެތި ޔަޤީންގެ ލޮލަކުން ތިޔަބައިމީހުން އެނަރަކަ ދެކޭނެއެވެ.

Verse 8

ثُمَّ لَتُسْـَٔلُنَّ يَوْمَئِذٍ عَنِ ٱلنَّعِيمِ

Transliteration thumma latus'alunna yawma-idhin ʿani l-naʿīmi

Dhivehi ދެން އަދި އެދުވަހުން ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނުހައި ނިޢްމަތަކާއި މެދު ކަނޑައެޅިގެން ތިޔަބައި މީހުން ނާއި ސުވާލު ވެވޭނެއެވެ.

Read Surah At-Takathur in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.