MyDugsiStart learning

Surah At-Taghabun in Dhivehi: translation and audio

Surah 64 · التغابن · The Mutual Disillusion · 18 verses

Surah At-Taghabun verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah At-Taghabun word by word in English.

Verse 1

يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ لَهُ ٱلْمُلْكُ وَلَهُ ٱلْحَمْدُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration yusabbiḥu lillahi mā fī l-samāwāti wamā fī l-arḍi lahu l-mul'ku walahu l-ḥamdu wahuwa ʿalā kulli shayin qadīrun

Dhivehi އުޑުތަކާއި ބިމުގައިވާހާ ތަކެތި اللَّهُ އަށް تَسْبِيْح ކިޔައެވެ. އެކަލާ ނގެ ހުސް طَاهِر ވަންތަކުރެއެވެ. އެންމެހާ ތަކެތީގެ مِلْك ވެރިޔަކީ އެކަލާނގެއެވެ. އެކަލާނގެ އެދިވޮޑިގެންނެވި ގޮތަކަށް އެތަކެތީގެ تَصَرُّفُ ހިންގަވައެވެ. އަދި އެންމެހާ حَمْدُ އާއި تَعْرِيْف އެއްހުރީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެ ކޮންމެ ކަމަކަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

Verse 2

هُوَ ٱلَّذِى خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ

Transliteration huwa alladhī khalaqakum faminkum kāfirun waminkum mu'minun wal-lahu bimā taʿmalūna baṣīrun

Dhivehi (އޭ އެންމެހައި މީސްތަކުންނޭވެ!) ކަލޭމެން ހެއްދެވީ އެކަލާނގެއެވެ. ކަލޭމެންގެ ތެރެއިން ކާފަރުން ވެއެވެ. އަދި مُؤْمِن ންވެސް ކަލޭމެންގެ ތެރެއިން ވެއެވެ. އަދި ކަލޭމެން ކުރާހާ ކަމަކަށް اللَّهُ ބައްލަވާވޮޑިގެންވެއެވެ.

Verse 3

خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ وَإِلَيْهِ ٱلْمَصِيرُ

Transliteration khalaqa l-samāwāti wal-arḍa bil-ḥaqi waṣawwarakum fa-aḥsana ṣuwarakum wa-ilayhi l-maṣīru

Dhivehi އުޑުތަކާއި ބިން އެކަލާނގެ حَقّ ގޮތުގައި ހެއްދެވިއެވެ. އަދި އެކަލާނގެ ކަލޭމެން ސޫރަކުރެއްވިއެވެ. އަދި ކަލޭމެންގެ ސޫރަ ރިވެތި ކުރައްވައި ރަނގަޅު ކުރެއްވިއެވެ. އަދި އެނބުރި ދިޔުންވަނީ އެކަލާނގެ حَضْرَة އަށެވެ.

Verse 4

يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ۚ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ

Transliteration yaʿlamu mā fī l-samāwāti wal-arḍi wayaʿlamu mā tusirrūna wamā tuʿ'linūna wal-lahu ʿalīmun bidhāti l-ṣudūri

Dhivehi އުޑުތަކާއި ބިމުގައި ވާހާ ތަކެތި އެކަލާ ނގެ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެން ސިއްރުކުރާ ކަންތަކާއި އަދި ކަލޭމެން ފާޅުކުރާ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ހިތްތަކުގައި ފޮރުވިފައިވާ ތަކެތިވެސް اللَّهُ ދެނެވޮޑިގެންވެއެވެ.

Verse 5

أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَبْلُ فَذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ

Transliteration alam yatikum naba-u alladhīna kafarū min qablu fadhāqū wabāla amrihim walahum ʿadhābun alīmun

Dhivehi (އޭ މިތިބަ ކާފަރުވެއްޖެ މީސްތަކުންނޭވެ.) މީގެ ކުރިން އިސްވެ ދިޔަ ކާފަރުންގެ خَبَر ތައް ކަލޭމެންގެ ގާތަށް ނާދޭ ހެއްޔެވެ؟ (نُوْح قَوْم ފަދަ عَادُ قَوْم ފަދަ ثَمُوْد قَوْم ފަދަ ކާފަރުވީ قَوْم ތަކުގެ خَبَر ނާދޭ ހެއްޔެވެ؟ އިވިފައި ނުވޭ ހެއްޔެވެ؟) އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ސަބަބުން އައި عَذَاب ގެ ރަހަ ލިބި ގަތެވެ. އަދި آخِرَة ގައި އެމީހުންނަށް ހުރީ ވޭންދެނިވި عَذَاب އެވެ

Verse 6

ذَٰلِكَ بِأَنَّهُۥ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَـٰتِ فَقَالُوٓا۟ أَبَشَرٌ يَهْدُونَنَا فَكَفَرُوا۟ وَتَوَلَّوا۟ ۚ وَّٱسْتَغْنَى ٱللَّهُ ۚ وَٱللَّهُ غَنِىٌّ حَمِيدٌ

Transliteration dhālika bi-annahu kānat tatīhim rusuluhum bil-bayināti faqālū abasharun yahdūnanā fakafarū watawallaw wa-is'taghnā l-lahu wal-lahu ghaniyyun ḥamīdun

Dhivehi އެހެން އެވީ، އެބަހީ އެ عَذَاب އެމީހުންނަށް حَقّ ވީ އެމީހުންގެ ގާތަށް އެމީހުންގެ رَسُوْل ބޭކަލުން ބަޔާންވެގެންވާ دَلِيْل ތަކާއި مُعْجِزة އާއިގެން ވަޑައިގެންނެވުމުން އެކާފަރުންގެ މީހުން އެ رَسُوْل ބޭކަލުންނާ ދިމާއަށް (މަލާމަތްކޮށްފައި ބުނީ) އަހުރެމެންނަށް ތެދުމަގު ދައްކާނީ آدَم ގެ ދަރިއެއް ހެއްޔެވެ؟ ދެންފަހެ އެބައި މީހުން އެކަލާނގެ رَسُوْل ބޭކަލުން ދޮގުކޮށް ކާފަރުވީއެވެ. އަދި ފުރަގަސް ދިނީއެވެ. އަދި اللَّهُ އެމީހުންގެ إِيْمَان ކަމާއި އަޅުކަމާއި ނުލައި ފުދިވޮޑިގެންފިއެވެ. އަދި اللَّهُ އީ (އަމިއްލަ ذَات ފުޅާއިގެން) ފުދިވޮޑިގެންވާ حَمْدُ ލިބިވޮޑިގެންވާ ކަލާނގެއެވެ.

Verse 7

زَعَمَ ٱلَّذِينَ كَفَرُوٓا۟ أَن لَّن يُبْعَثُوا۟ ۚ قُلْ بَلَىٰ وَرَبِّى لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٌ

Transliteration zaʿama alladhīna kafarū an lan yub'ʿathū qul balā warabbī latub'ʿathunna thumma latunabba-unna bimā ʿamil'tum wadhālika ʿalā l-lahi yasīrun

Dhivehi ކާފަރުވީ މީސްތަކުން ހީކޮށްފައި ބުނެއެވެ. އެމީހުން މަރުވުމަށްފަހު އަލުން ދިރިގެން مَحْشَر އަށް ނުފޮނުވޭނެއެވެ. އެމީހުން އެހެން ހީކުރެއެވެ. އޭ رَسُوْل ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ތިމަންކަލޭގެފާނުގެ رَبّ ގަންދީ ހުވައިކޮށްފައި ބުނަމެވެ. ހަމަކަށަވަރުން يَقِيْن ންވެސް ކަލޭމެން މަރުވުމަށްފަހު مَحْشَر އަށް ފޮނުއްވޭނެއެވެ. ދެން ތިޔަބައިމީހުން ދުނިޔޭގައި ކޮށްފައިވާ ކަންތަކުގެ خَبَر ކަލޭމެންނަށް ދެވޭނެއެވެ. (އަދި އޭގެ ފުރިހަމަ جَزَاء ވެސް ދެއްވާނެއެވެ.) އެއީ އެކަލާނގެ އަށް ދާދި ފަސޭހަކަމެކެވެ.

Verse 8

فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِىٓ أَنزَلْنَا ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

Transliteration faāminū bil-lahi warasūlihi wal-nūri alladhī anzalnā wal-lahu bimā taʿmalūna khabīrun

Dhivehi ފަހެ އެހެންވެ ކަލޭމެން اللَّهُ އަށާއި އެކަލާނގެ رَسُوْل އާ އަށާ އަދި ތިމަންރަސްކަލާނގެ ބާވައިލެއްވި نُوْر ކަމުގައިވާ ކީރިތި قُرْآن އަށް إِيْمَان ވާށެވެ. އަދި اللَّهُ ކަލޭމެން ކުރާހާ ކަމެއްގެ خَبَر މޮޅަށް ދެނެވޮޑިގެންވެއެވެ. (އޭގެ جَزَاء ދެއްވާނެއެވެ.)

Verse 9

يَوْمَ يَجْمَعُكُمْ لِيَوْمِ ٱلْجَمْعِ ۖ ذَٰلِكَ يَوْمُ ٱلتَّغَابُنِ ۗ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَـٰلِحًا يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

Transliteration yawma yajmaʿukum liyawmi l-jamʿi dhālika yawmu l-taghābuni waman yu'min bil-lahi wayaʿmal ṣāliḥan yukaffir ʿanhu sayyiātihi wayud'khil'hu jannātin tajrī min taḥtihā l-anhāru khālidīna fīhā abadan dhālika l-fawzu l-ʿaẓīmu

Dhivehi އެންމެހާ މީސްތަކުން އެއްކުރައްވާ ދުވަހު ކަލޭމެންވެސް އެއްކުރައްވާ جَمَع ކުރައްވާނެކަން ހަނދާން ކުރާށެވެ. އެއީ تَغَابُن އެވެ ކިޔުނު قِيَامَة ދުވަހެވެ. (އެއީ ނުކިޔަމަންތެރިވި މީސްތަކުންނަށް ގެއްލުމާއި ހަލާކު - އަދި ކިޔަމަންތެރިވީ މީސްތަކުންނަށް ފައިދާ އާއި كَامِيَاب ހުރި ދުވަހެވެ.) އަދި اللَّهُ އަށް އީމާންވެ صَالِح عَمَل ކުރި މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހާގެ ކުށްފާފަތައް ތިމަންރަސްކަލާގެ ފުއްސަވައި - އަދި އެތަންތާގެ ދަށުން އާރުތައް ދެމިދެމި އޮންނަ ސުވަރުގެ ތަކަކަށް ތިމަންރަސްކަލާނގެ އެމީހާ ވައްދަވާ ހުށީމެވެ. އެފަދަ މީހުން އެތާ އަބަދު ދެމިތިބޭނެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

Verse 10

وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ خَـٰلِدِينَ فِيهَا ۖ وَبِئْسَ ٱلْمَصِيرُ

Transliteration wa-alladhīna kafarū wakadhabū biāyātinā ulāika aṣḥābu l-nāri khālidīna fīhā wabi'sa l-maṣīru

Dhivehi އަދި ކާފަރުވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ދަންނައެވެ. އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން އެތާ ދެމިތިބޭނެއެވެ. އެއީ އެނބުރި ދިޔުން ނުބައިވެގެންވާ ތަނެކެވެ.

Verse 11

مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ ٱللَّهِ ۗ وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُۥ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ

Transliteration mā aṣāba min muṣībatin illā bi-idh'ni l-lahi waman yu'min bil-lahi yahdi qalbahu wal-lahu bikulli shayin ʿalīmun

Dhivehi އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އުދަގުލެއް مُصِيْبَة އެއް اللَّهُ ގެ إِذْن ފުޅާއި ލައިގެން މެނުވީ ނުޖެހެއެވެ. (އެއީ اللَّهُ ގެ قَضَا قَدَرُ ގައި ނިމިފައިވާ ކަންކަމެވެ.) އަދި އެކަންކަމަކީ އެފަދައިން ހިނގާ ކަންތައްކަން ދަނެ اللَّهُ އަށް إِيْمَان ވެ ތެދުކޮށްފި މީހާދަންނައެވެ. އެކަލާނގެ އެމީހާގެ ހިތަށް ކެތްތެރިވެ قَضَا قَدَرُ އަށް ރުހުމުގެ މަގުދައްކަވާ އެކަމަށް تَوْفِيْق ދެއްވައެވެ. އަދި اللَّهُ އީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 12

وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۚ فَإِن تَوَلَّيْتُمْ فَإِنَّمَا عَلَىٰ رَسُولِنَا ٱلْبَلَـٰغُ ٱلْمُبِينُ

Transliteration wa-aṭīʿū l-laha wa-aṭīʿū l-rasūla fa-in tawallaytum fa-innamā ʿalā rasūlinā l-balāghu l-mubīnu

Dhivehi އަދި ކަލޭމެން اللَّهُ އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން رَسُوْل އާ އަށް ކިޔަމަންވާށެވެ! އަދި ކަލޭމެން ކިޔަމަންތެރިނުވެ އެބުރި ފުރަގަސް ދިނަސް (رَسُوْل އާގެ މައްޗަށް އެއްވެސް ކުށެއް ނެތެވެ. ފަރުވާލެއްނެތެވެ.) އެހެނީ ހަމަކަށަވަރުން رَسُوْل އާގެ މައްޗަށް އޮތީ بَيَان ވެގެންވާފަދައިން އިއްވައިދިނުމެވެ.

Verse 13

ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

Transliteration al-lahu lā ilāha illā huwa waʿalā l-lahi falyatawakkali l-mu'minūna

Dhivehi اللَّهُ އެއީ އެކަލާނގެ ފިޔަވައި حَقّ އެހެން އެއްވެސް إِلٰه އަކު ނުވާ އެއްކައުވަންތަ ކަލާނގެއެވެ. އަދި مُؤْمِن ންގެ މައްޗަށް وَاجِب ވެގެންވަނީ ހަމައެކަނި اللَّهُ އަށް وَكِيْل ކޮށް އިތުބާރު ކުރުމެވެ. ބަރޯސާ ކުރުމެވެ.

Verse 14

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ مِنْ أَزْوَٰجِكُمْ وَأَوْلَـٰدِكُمْ عَدُوًّا لَّكُمْ فَٱحْذَرُوهُمْ ۚ وَإِن تَعْفُوا۟ وَتَصْفَحُوا۟ وَتَغْفِرُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

Transliteration yāayyuhā alladhīna āmanū inna min azwājikum wa-awlādikum ʿaduwwan lakum fa-iḥ'dharūhum wa-in taʿfū wataṣfaḥū wataghfirū fa-inna l-laha ghafūrun raḥīmun

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ އަނބީންނާއި ކަލޭމެންގެ ދަރީންގެ ތެރޭގައި ކަލޭމެންނަށްވާ عَدُوّ ން ވެއެވެ. ފަހެ އެބައިމީހުންނާ މެދު ރައްކާތެރިވާށެވެ!ހުޝިޔާރު ވާށެވެ! އަދި ކަލޭމެން އެމީހުންނަށް مَعَاف ކޮށް އެމީހުންގެ ކުށާއިމެދު އަޅައި ނުލައި ދޫކޮށްލައިފިއްޔާ (އެފަދަ ހެޔޮބަދަލު اللَّهُ ވެސް ކަލޭމެންނަށް ދެއްވާނެއެވެ.) ފަހެ ހަމަކަށަވަރުން اللَّهُ އީ ގިނަގިނައިން ފާފަ ފުއްސަވާ، رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 15

إِنَّمَآ أَمْوَٰلُكُمْ وَأَوْلَـٰدُكُمْ فِتْنَةٌ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌ

Transliteration innamā amwālukum wa-awlādukum fit'natun wal-lahu ʿindahu ajrun ʿaẓīmun

Dhivehi ހަމަކަށަވަރުން ކަލޭމެންގެ މުދަލާއި ދަރީންނަކީ فِتْنَة އެކެވެ. إِمْتِحَان އެކެވެ. ކަލޭމެންގެ ގޮތް ބެއްލެވުމެކެވެ. އަދި اللَّهُ ގެ حَضْرَة ގައިވާ ثَوَاب އާއި ދަރުމަ މާ ހެޔޮވެގެންވެއެވެ. ބޮޑުވެގެންވާ ދަރުމަ އޮތީ އެކަލާނގެ حَضْرَة ގައެވެ. (އެއީ މުދަލާއި ދަރީންގެ ސަބަބުން اللَّهُ އަށް ނުއުރެދި ކިޔަމަންތެރިވީ މީހުންނަށެވެ.)

Verse 16

فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ وَٱسْمَعُوا۟ وَأَطِيعُوا۟ وَأَنفِقُوا۟ خَيْرًا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

Transliteration fa-ittaqū l-laha mā is'taṭaʿtum wa-is'maʿū wa-aṭīʿū wa-anfiqū khayran li-anfusikum waman yūqa shuḥḥa nafsihi fa-ulāika humu l-muf'liḥūna

Dhivehi ކަލޭމެން اللَّهُ އަށް تَقْوَى ވެރިވާށެވެ. އެކަލާނގެ حَضْرَة އަށް ބިރުވެތިވާށެވެ! އެއީ ކަލޭމެންނަށް ކުޅަދާނަވީވަރަކަށެވެ. އަދި ކަލޭމެންނަށް ކުރެވޭ أَمْر ތައް އަހާށެވެ! އަދި أَمْر ތަކަށް ކިޔަމަންތެރިވާށެވެ! އަދި އެކަލާނގެ ދެއްވާފައިވާ މުދަލުން ހެޔޮކަންތައްތަކަށް ހޭދަކުރާށެވެ! އެއީ ހައްތާވެސް ކަލޭމެންގެ نَفْس ތަކަށްވާ ހެވެވެ. އެބަހީ ހެޔޮކަންތަކަށް ހޭދަކުރުމީ ކަލޭމެންނަށްވާ ހެވެވެ. އަދި ތިމާގެ نَفْس ގެ ދަހިވެތިކަމުން ސަލާމަތްވެވިއްޖެ މީހުން ދަންނައެވެ! ފަހެ كَامِيَاب ވެ ނަސީބުވެރިވާނޭ މީހުންނަކީ އެއީއެވެ.

Verse 17

إِن تُقْرِضُوا۟ ٱللَّهَ قَرْضًا حَسَنًا يُضَـٰعِفْهُ لَكُمْ وَيَغْفِرْ لَكُمْ ۚ وَٱللَّهُ شَكُورٌ حَلِيمٌ

Transliteration in tuq'riḍū l-laha qarḍan ḥasanan yuḍāʿif'hu lakum wayaghfir lakum wal-lahu shakūrun ḥalīmun

Dhivehi ހެޔޮ ރަނގަޅުގޮތުގައި اللَّهُ އަށް ދަރަނި ދެންޏާ އެކަލާނގެ ކަލޭމެންނަށް އޭގެ ބަދަލު ގިނަކޮށްދެއްވާ ހުއްޓެވެ. އަދި އެކަލާނގެ ކަލޭމެންގެ ފާފަ ފުއްސަވާ ހުއްޓެވެ. އަދި اللَّهُ އީ ކިޔަމަންތެރިވާ އަޅުންނަށް ثَوَاب އާއި ދަރުމަ އިތުރުކޮށްދެއްވާ ކަލާނގެއެވެ. އަދި އުރެދޭ އަޅުންނަށް عُقُوْبَة އަވަސް ނުކުރައްވާ ރަސްކަލާނގެއެވެ.

Verse 18

عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْعَزِيزُ ٱلْحَكِيمُ

Transliteration ʿālimu l-ghaybi wal-shahādati l-ʿazīzu l-ḥakīmu

Dhivehi އަދި އެކަލާނގެއީ غَيْبُ ގައި ވާ ކަންތަކާއި ފައުޅުގައިވާ ކަންތައް ދެނެވޮޑިގެންވާ ގަދަފަދަވަންތަ އަދި حِكْمَة ވަންތަ ކަލާނގެއެވެ.\nދަންނައެވެ. ހެޔޮގޮތުގައި ދަރަނި ދިނުމަކީ إِخْلَاص ތެރިކަމާއެކު ހެޔޮހިތުން ތިމާގެ މުދާ اللَّهُ ގެ މަގުގައި ހޭދަކުރުމެވެ. وَاللَّهُ أَعْلَمُ

Read Surah At-Taghabun in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.