Surah Ar-Rum in Dhivehi: translation and audio
Surah 30 · الروم · The Romans · 60 verses
Surah Ar-Rum verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Ar-Rum word by word in English.
Verse 1
الٓمٓ
Transliteration alif-lam-meem
Dhivehi الم މިއަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.
Verse 2
غُلِبَتِ ٱلرُّومُ
Transliteration ghulibati l-rūmu
Dhivehi رومى ންގެމީހުން ބަލިވެއްޖެއެވެ. (رومى ން ފާރިސީންގެ އަތުން ބަލިވެއްޖެއެވެ.
Verse 3
فِىٓ أَدْنَى ٱلْأَرْضِ وَهُم مِّنۢ بَعْدِ غَلَبِهِمْ سَيَغْلِبُونَ
Transliteration fī adnā l-arḍi wahum min baʿdi ghalabihim sayaghlibūna
Dhivehi އެއީ شام ކަރައިގެ ބިމުން فارسى ންގެ ބިމާއި އެންމެގާތުގައެވެ. އަދި އެމީހުން ބަލިވުމަށްފަހު ނިކަންހުރެ ގަދަވާހުއްޓެވެ.
Verse 4
فِى بِضْعِ سِنِينَ ۗ لِلَّهِ ٱلْأَمْرُ مِن قَبْلُ وَمِنۢ بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ ٱلْمُؤْمِنُونَ
Transliteration fī biḍ'ʿi sinīna lillahi l-amru min qablu wamin baʿdu wayawma-idhin yafraḥu l-mu'minūna
Dhivehi އެއީ ތިންއަހަރާއި ނުވައަހަރާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. فارسى ން ގަދަވުމުގެ ކުރިންވެސް އަދި އޭގެފަހުންވެސް ކަމުގެ މޫލަވެރިކަންވަނީ ހަމަ ﷲ އަށެވެ. (އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ކަންތައް ގެންދަވައެވެ.) އަދި އެދުވަހުން އެބަހީ: رومى ން ގަދަވާދުވަހުން - مؤمن ން އުފާކުރާނެއެވެ.
Verse 5
بِنَصْرِ ٱللَّهِ ۚ يَنصُرُ مَن يَشَآءُ ۖ وَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Transliteration binaṣri l-lahi yanṣuru man yashāu wahuwa l-ʿazīzu l-raḥīmu
Dhivehi އެމީހުން އުފާކުރާނީ ﷲ ގެ نصر ގެ ސަބަބުންނެވެ. (އެއީ سَمَاوى ފޮތެއްގެ أهل ވެރިބަޔަކަށް نصر ލިބުނީމައެވެ. مؤمن ންނަކީވެސް سَمَاوِي ފޮތުގެ أهل ވެރިންނެވެ. فارسى ންނަކީ އަލިފާނަށް އަޅުކަންކުރާ مشرك ންނެވެ.) ﷲ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް نصر ދެއްވައެވެ. އަދި އެކަލާނގެއީ ގަދަފަދަވަންތަ رحيم ވަންތަ ކަލާނގެއެވެ.
Verse 6
وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ وَعْدَهُۥ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
Transliteration waʿda l-lahi lā yukh'lifu l-lahu waʿdahu walākinna akthara l-nāsi lā yaʿlamūna
Dhivehi އެއީ ﷲ ގެ وعد ފުޅެވެ. (އެބަހީ: ފާރިސީންގެ މައްޗަށް رومى ން ގަދަވުމަކީ ﷲ ގެ وعد ފުޅެކެވެ.) ﷲ އެކަލާނގެ وعد އާއި خلاف ވެވޮޑި ނުގަންނަވާ ހުއްޓެވެ. އެހެނެއްކަމަކު ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.
Verse 7
يَعْلَمُونَ ظَـٰهِرًا مِّنَ ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ عَنِ ٱلْـَٔاخِرَةِ هُمْ غَـٰفِلُونَ
Transliteration yaʿlamūna ẓāhiran mina l-ḥayati l-dun'yā wahum ʿani l-ākhirati hum ghāfilūna
Dhivehi އެމީހުންނަށް އެނގެނީ - އެބަހީ: މިއުޅޭ مشرك ންނަށް އެނގެނީ - މިދުނިޔޭގެ حياة ގެ ބޭރުފުށުން ތަންކޮޅެކެވެ. އަދި އެމީހުން އެވަނީ آخرة އާއިމެދު މުޅިން غافل ވެގެންނެވެ. ތަނެއްދޮރެއް ނޭނގިއެވެ.
Verse 8
أَوَلَمْ يَتَفَكَّرُوا۟ فِىٓ أَنفُسِهِم ۗ مَّا خَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍ مُّسَمًّى ۗ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ بِلِقَآئِ رَبِّهِمْ لَكَـٰفِرُونَ
Transliteration awalam yatafakkarū fī anfusihim mā khalaqa l-lahu l-samāwāti wal-arḍa wamā baynahumā illā bil-ḥaqi wa-ajalin musamman wa-inna kathīran mina l-nāsi biliqāi rabbihim lakāfirūna
Dhivehi އެމީހުން ފަހެ އެމީހުންގެ نفس ތަކަށް ވިސްނާ فكر ކޮށް ނުހަދަނީބާވައެވެ؟ އެމީހުންގެ نفس ތަކުގައި ލައްވާފައިވާ عجائب ތަކާއި ސިއްރުތަކަށް ވިސްނާ فكر ކޮށް عبرة އެއް حاصل ކުރާނަމަ قيامة ދުވަހަށް إنكار އެއް ނުކުރީހެވެ. އެހެނީ އެހާ ފުރިހަމަކޮށް އިންސާނާ ހައްދަވައި އޭނާ ބަލަހައްޓަވާ ފަރާތަކަށް އޭނާ މަރުއްވައި ދެވަނަފަހަރަށް ދިރުއްވައި محشر އަށް ފޮނުއްވުން އެއްވެސްގޮތަކުން ދަތިނުވާނޭ ރަނގަޅަށް އެނގޭނެއެވެ. އަދި ހަމަ عدل ވެރި حقّ ގޮތުގައި މެނުވީ ﷲ تعالى އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާ ތަކެތި ހައްދަވާފައި ނުވެއެވެ. އަދި އެއީ ކަނޑައެޅި عيّن ވެގެންވާ ވަކި މުއްދަތަކަށެވެ. އެއީ قيامة ދުވަސް އަންނާންދެންނެވެ. އަދި ހަމަކަށަވަރުން މީސްތަކުން ތެރެއިން ގިނަބަޔަކުވަނީ އެބައިމީހުންގެ ربّ އާއި ބައްދަލުވުމާއިމެދު ދެކޮޅުހަދާ އިންކާރުކުރުމުގައެވެ. ކަނޑައެޅިގެން އެކަމަށް ކާފަރުވެގެންނެވެ.
Verse 9
أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ كَانُوٓا۟ أَشَدَّ مِنْهُمْ قُوَّةً وَأَثَارُوا۟ ٱلْأَرْضَ وَعَمَرُوهَآ أَكْثَرَ مِمَّا عَمَرُوهَا وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ ۖ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ
Transliteration awalam yasīrū fī l-arḍi fayanẓurū kayfa kāna ʿāqibatu alladhīna min qablihim kānū ashadda min'hum quwwatan wa-athārū l-arḍa waʿamarūhā akthara mimmā ʿamarūhā wajāathum rusuluhum bil-bayināti famā kāna l-lahu liyaẓlimahum walākin kānū anfusahum yaẓlimūna
Dhivehi އެމީހުން ފަހެ ބިންމަތީ ދަތުރުފަތުރުކޮށް ހިނގާބިނގާވެ ނުހަދަނީބާވައެވެ؟ އަދި އެބައިމީހުންގެ ކުރީގައި އުޅުނު އެބާވަތުގެ މީހުންގެ ނިމުން ހުރީ ކޮންފަދައަކުންތޯ ނިކަން ބަލައިބަލާށެވެ! އެމީހުންވީ މިހާރު މިތިބަ މީހުންނަށްވުރެ ބާރުގެގޮތުން މާގަދަ އަދި ދުނިޔޭގައި އުޅުމުގެ އަސަރުތައް ބިންމަތީގައި މާވަރުގަދަ ބަޔަކުކަމުގައެވެ. އަދި މިމީހުން ބިމުގައި عمارة ކޮށް ގެދޮރު ހެދި ވަރަށްވުރެ އެމީހުން ކުރި عمارة ތައް މާހަރުދަނާވެފައި މޮޅެވެ. އަދި އެމީހުންގެ ގާތަށްވެސް އެމީހުންގެ رسول ބޭކަލުން بيان ވެގެންވާ دليل ތަކާއިގެން ވަޑައިގެންނެވިއެވެ. ދެންފަހެ ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިގަތީއެއްނޫނެވެ. އަދި އެހެނެއްކަމަކު އެމީހުންވީ އެމީހުންގެ އަމިއްލަ نفس އަށް އަނިޔާވެރިވީ ބަޔަކުކަމުގައެވެ. އެމީހުން ﷲ އާއި رسول އާ ދޮގުކުރުމުގެ ސަބަބުން ހަލާކުވެގެން ދިޔައީއެވެ. ﷲ އެމީހުނަށް އެކިބާވަތުގެ عذاب ފޮނުއްވައި ހަލާކު ކުރެއްވީއެވެ. ކަލޭމެން އެބާވަތުގެ ކަންކަމުން عبرة حاصل ކުރުމަށް އެފަދަ އެންމެހައި ވާހަކަތައް އެކަލާނގެ ކަލޭމެނަށް އަންގައެވެ.
Verse 10
ثُمَّ كَانَ عَـٰقِبَةَ ٱلَّذِينَ أَسَـٰٓـُٔوا۟ ٱلسُّوٓأَىٰٓ أَن كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ وَكَانُوا۟ بِهَا يَسْتَهْزِءُونَ
Transliteration thumma kāna ʿāqibata alladhīna asāū l-sūā an kadhabū biāyāti l-lahi wakānū bihā yastahziūna
Dhivehi ދެން އެނުބައި ކަންތައްކުރިމީހުންގެ ފަހުކޮޅުވީ ހަމަ އެންމެ ނުބަޔަށެވެ. (އެއީ ނަރަކައިގެ عذاب އެވެ.) އެއީ އެމީހުން ﷲ އާޔަތްތައް ދޮގުކުރިކަމުގެ ސަބަބުންނެވެ. އަދި އެމީހުންވީ އެއާޔަތްތަކަށް މަލާމާތްކޮށް ފުރައްސާރަ ކުރާމީހުންކަމުގައެވެ.
Verse 11
ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيْهِ تُرْجَعُونَ
Transliteration al-lahu yabda-u l-khalqa thumma yuʿīduhu thumma ilayhi tur'jaʿūna
Dhivehi خَلْقُ ތަކުން އަލަށް ފުރަތަމަވެސް ފަށައިގެން ހައްދަވަނީ ﷲ އެވެ. ދެން އެކަލާނގެ އެތަކެތި އަލުންވެސް إعَاد ކުރައްވައެވެ. (އެބަހީ: މަރުވުމަށްފަހު އަލުން ދިރުއްވައި ފޮނުއްވާނެއެވެ.) ދެން ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ އެކަލާނގެ حضرة އަށެވެ.
Verse 12
وَيَوْمَ تَقُومُ ٱلسَّاعَةُ يُبْلِسُ ٱلْمُجْرِمُونَ
Transliteration wayawma taqūmu l-sāʿatu yub'lisu l-muj'rimūna
Dhivehi އަދި قيامة ގާއިމުވާ ދުވަހުން مجرم ން - (ނުބައިނުލަފާމީހުން) - މުޅިން ނާ أمّيد ވާނެއެވެ.
Verse 13
وَلَمْ يَكُن لَّهُم مِّن شُرَكَآئِهِمْ شُفَعَـٰٓؤُا۟ وَكَانُوا۟ بِشُرَكَآئِهِمْ كَـٰفِرِينَ
Transliteration walam yakun lahum min shurakāihim shufaʿāu wakānū bishurakāihim kāfirīna
Dhivehi އަދި އެމީހުންނަށް އެމީހުންގެ شريك ންގެތެރެއިން އެއްވެސް شَفَاعَة ތެރިއަކު ނުވާނެއެވެ. އެމީހުންވީ (ދުނިޔޭގައި އުޅުނުއިރު) އެމީހުންގެ شَريك ންނާއިއެކު އެމީހުންގެ އެހީގައި (ﷲ ގެ وَلِيُّ ންނާއިމެދު) ދެކޮޅުވެރިވެ ކާފަރުވެގެންވާ ބަޔަކުކަމުގައެވެ.
Verse 14
وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَتَفَرَّقُونَ
Transliteration wayawma taqūmu l-sāʿatu yawma-idhin yatafarraqūna
Dhivehi އަދި قيامة قائم ވާދުވަހުން މީސްތަކުން ބައިވާނެއެވެ. ވަކިވަކިވާނެއެވެ. (مؤمن ންނާއި ކާފަރުންނެވެ.) އެދުވަސް ހަނދާންކުރާށެވެ!
Verse 15
فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَهُمْ فِى رَوْضَةٍ يُحْبَرُونَ
Transliteration fa-ammā alladhīna āmanū waʿamilū l-ṣāliḥāti fahum fī rawḍatin yuḥ'barūna
Dhivehi ފަހެ އީމާންވެގެން صالح عمل ތައްކުރި މީސްތަކުންވަނީ ކަނޑައެޅިގެން ބަގީޗާއެއްގައެވެ. (ގިނަގުނަ نعمة ގައި) އުފާކުރާ حال ގައެވެ.
Verse 16
وَأَمَّا ٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَا وَلِقَآئِ ٱلْـَٔاخِرَةِ فَأُو۟لَـٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ
Transliteration wa-ammā alladhīna kafarū wakadhabū biāyātinā waliqāi l-ākhirati fa-ulāika fī l-ʿadhābi muḥ'ḍarūna
Dhivehi އަދި ކާފަރުވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި آخرة އާއި ބައްދަލުވުން ދޮގުކުރި މީސްތަކުން ދަންނައެވެ. ފަހެ އެމީހުންވަނީ عذاب ގެތެރެއަށް حاضر ކުރެވޭނެމީހުންކަމުގައެވެ.
Verse 17
فَسُبْحَـٰنَ ٱللَّهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ
Transliteration fasub'ḥāna l-lahi ḥīna tum'sūna waḥīna tuṣ'biḥūna
Dhivehi ފަހެ ހަވީރު އިރުއޮއްސޭހިނދުގައްޔާއި އަދި ތިޔަބައިމީހުން ފަތިސްކުރާހިނދުގައި ﷲ އަށް تسبيح ކިޔާށެވެ. އެކަލާނގެ ހުސް طاهر ވަންތަކުރާށެވެ. (މިއީ مغرب ނަމާދަށާއި ފަތިސްނަމާދަށްވާ އިޝާރަތެއްކަމުގައި مفسّر ން ވިދާޅުވެއެވެ.)
Verse 18
وَلَهُ ٱلْحَمْدُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ
Transliteration walahu l-ḥamdu fī l-samāwāti wal-arḍi waʿashiyyan waḥīna tuẓ'hirūna
Dhivehi އަދި ހަވީރުކުރާހިނދުގައްޔާއި އަދި ތިޔަބައިމީހުން މެންދުރުކުރާހިނދުގައިވެސް އުޑުތަކާއި ބިމުގައިވެސް އެންމެހައި حمد އާއި تعريف އެއްހުރީ ހަމަ އެކަލާނގެއަށެވެ. ﷲ އަށެވެ.\r(ދަންނައެވެ. މިއީ عصر ނަމާދަށާއި މެންދުރުނަމާދަށްވާ އިޝާރާތެއްކަމުގައި مفسّر ން ވިދާޅުވެއެވެ. އަދި عشاء ނަމާދަށްވާ އިޝާރަތަކީ نور سورة ގައިވާ وَمِن بَعْدِ صَلَاةِ الْعِشَاءِ ۚ ثَلَاثُ عَوْرَاتٍ لَّكُمْ ۚ މިއާޔަތްކަމުގައިވެއެވެ. والله أعلم)
Verse 19
يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَيُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ وَكَذَٰلِكَ تُخْرَجُونَ
Transliteration yukh'riju l-ḥaya mina l-mayiti wayukh'riju l-mayita mina l-ḥayi wayuḥ'yī l-arḍa baʿda mawtihā wakadhālika tukh'rajūna
Dhivehi މަރުވެފައިވާ ތަކެތީގެތެރެއިން ދިރޭތަކެތި އެކަލާނގެ ނެރުއްވައެވެ. އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާ ތަކެތި އެކަލާނގެ ނެރުއްވައެވެ. އަދި ބިންގަނޑު މަރުވެފައިއޮތުމަށްފަހު އެކަލާނގެ އެބިން (ވާރޭ ވެއްސަވައިގެން) ދިރުއްވައެވެ. އަދި ތިޔަބައިމީހުން (ކަށްވަޅުތަކުން) ނުކުންނާނީ ހަމައެފަދައިންނެވެ. (ބިމުން ގަސްތައް ފަޅައިގަންނަފަދައިންނެވެ.)
Verse 20
وَمِنْ ءَايَـٰتِهِۦٓ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَآ أَنتُم بَشَرٌ تَنتَشِرُونَ
Transliteration wamin āyātihi an khalaqakum min turābin thumma idhā antum basharun tantashirūna
Dhivehi އަދި ތިޔަބައިމީހުން ވެލީން ހެއްދެވިކަން އެއީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިން ވާކަމެކެވެ. (އެބަހީ: آدم ގެފާނު ވެލިން ހެއްދެވިކަން އެއީ އެކަލާނގެ قدرة ތެރިކަމުގެ دليل ތަކުގެތެރެއިންވާ ކަމެކެވެ.) ދެން ތިޔަބައިމީހުން آدم ގެދަރިންގެ ގޮތުގައި ބިމުގައި ފެތުރި ގޮތްގޮތަށް حركاة ކުރަމުއެވެ.
Verse 21
وَمِنْ ءَايَـٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ
Transliteration wamin āyātihi an khalaqa lakum min anfusikum azwājan litaskunū ilayhā wajaʿala baynakum mawaddatan waraḥmatan inna fī dhālika laāyātin liqawmin yatafakkarūna
Dhivehi އަދި ތިޔަބައިމީހުންގެ نفس ތަކުން ތިޔަބައިމީހުންނަށްޓަކައި އަނބީން ލެއްވިކަން އެއީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިންވާ ކަމެކެވެ. (ފުރަތަމަ އާދަމުގެފާނުންގެ نفس ފުޅުން حَوَّاى ގެފާނު ހެއްދެވުންވެއެވެ.) އެކަލާނގެ އެގޮތަށް ހަމަޖެއްސެވީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަޖެހުން ލިބިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ ދެމެދު - (އަންހެނުންނާއި ފިރިހެނުންނާއިދެމެދު) ލޯބިވެތިކަމާއި رحمة އެކަލާނގެ ލެއްވިއެވެ. ހަމަކަށަވަރުން ވިސްނާ فكر ކުރާ ބަޔަކަށް އެކަންކަމުގައިވެސް ﷲ ގެ قدرة ތެރިކަމުގެ މައްޗަށް دليل ކުރާ ދަލީލުތައް ވާކަން ކަށަވަރެވެ.
Verse 22
وَمِنْ ءَايَـٰتِهِۦ خَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفُ أَلْسِنَتِكُمْ وَأَلْوَٰنِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّلْعَـٰلِمِينَ
Transliteration wamin āyātihi khalqu l-samāwāti wal-arḍi wa-ikh'tilāfu alsinatikum wa-alwānikum inna fī dhālika laāyātin lil'ʿālimīna
Dhivehi އަދި އުޑުތަކާއި ބިންހެއްދެވުމާއި އަދި ތިޔަބައިމީހުންގެ ބަސްމޮށުންތެރިކަމާއި ގައިގެ ކުލަ ތަފާތުކޮށްލެއްވުމާއި މިކަންކަން މިގޮތަށް ހެއްދެވުމަކީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިން ވާކަމެކެވެ. ހަމަކަށަވަރުން ތަންދޮރު ދަންނަމީހުންނަށްޓަކައި އެކަންކަމުގައިވެސް އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ دليل ތައް ވާކަންކަށަވަރެވެ.
Verse 23
وَمِنْ ءَايَـٰتِهِۦ مَنَامُكُم بِٱلَّيْلِ وَٱلنَّهَارِ وَٱبْتِغَآؤُكُم مِّن فَضْلِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَسْمَعُونَ
Transliteration wamin āyātihi manāmukum bi-al-layli wal-nahāri wa-ib'tighāukum min faḍlihi inna fī dhālika laāyātin liqawmin yasmaʿūna
Dhivehi އަދި ރޭގަނޑާއި ދުވާލު ތިޔަބައިމީހުންނަށް ނިދިލެއްވުމާއި އަދި އެކަލާނގެ فَضْلَ ވަންތަކަމަށް ތިޔަބައިމީހުން އެދުމާއި މިކަންކަން މިވަނީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިންނެވެ. (ހެޔޮ) ބަސްއަހާ ބަޔަކަށް އެކަންކަމުގައިވެސް ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމަށް دليل ކުރާ دليل ތައްވާކަން ކަށަވަރެވެ.
Verse 24
وَمِنْ ءَايَـٰتِهِۦ يُرِيكُمُ ٱلْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءً فَيُحْىِۦ بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَعْقِلُونَ
Transliteration wamin āyātihi yurīkumu l-barqa khawfan waṭamaʿan wayunazzilu mina l-samāi māan fayuḥ'yī bihi l-arḍa baʿda mawtihā inna fī dhālika laāyātin liqawmin yaʿqilūna
Dhivehi ބިރުވެތިވެވޭ އެއްޗެއްގެގޮތުގައްޔާއި އަދި (ވާރޭފެނަށް) ދަހިވެތިވެވޭ އެއްޗެއްގެ ގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ވިދުވަރު ދެއްކެވުން ވަނީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ ދަލީލުތަކުގެ ތެރެއިންނެވެ. އަދި އުޑުން އެކަލާނގެ ފެންވެއްސަވައެވެ. އަދި ބިންގަނޑު މަރުވެ ހަނަފަސްވެފައި އޮތުމަށްފަހު އެފެނުން އެކަލާނގެ އެބިންގަނޑު ދިރުއްވައެވެ. ބުއްދިކޮށް ވިސްނާ فكر ކުރާ ބަޔަކަށް އެކަންކަމުގައިވެސް (ﷲ ގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ) ދަލީލުތައް ވާކަން ކަށަވަރެވެ.
Verse 25
وَمِنْ ءَايَـٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلْأَرْضُ بِأَمْرِهِۦ ۚ ثُمَّ إِذَا دَعَاكُمْ دَعْوَةً مِّنَ ٱلْأَرْضِ إِذَآ أَنتُمْ تَخْرُجُونَ
Transliteration wamin āyātihi an taqūma l-samāu wal-arḍu bi-amrihi thumma idhā daʿākum daʿwatan mina l-arḍi idhā antum takhrujūna
Dhivehi އަދި އުޑާއި ބިން (ﷲ އަށް ކިޔަމަނުގައި) އެކަލާނގެ أمر ފުޅަށް قائم ވެފައިއޮތުން އެއީވެސް އެކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކުގެތެރެއިން ވާކަމެކެވެ. ދެން އަދި އެކަލާނގެ ތިޔަބައިމީހުން (محشر ކުރެއްވުމަށް) ބިމުން ނުކުތުމަށް ހަމަގޮވާލައްވާއިރަށް އެހައިރުން ތިޔަބައިމީހުން (ބިމުން) ނުކުމެދެއެވެ. ނުކުންނާނެއެވެ.
Verse 26
وَلَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ كُلٌّ لَّهُۥ قَـٰنِتُونَ
Transliteration walahu man fī l-samāwāti wal-arḍi kullun lahu qānitūna
Dhivehi އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ملك ވެ خاصّ ވެގެންވަނީ ހަމަ އެކަނި އެކަލާނގެއަށެވެ. އަދި އެހުރިހާމީހުން އެކަލާނގެއަށް ކިޔަމަންތެރިވެ އަޅުދާސްވެގެންވެއެވެ. (އެއީ حياة ގެ ކަންކަމުގައްޔާއި މަރުވުމާއި محشر ވުމުގައެވެ. މިއާޔަތުގެ މާނައިގައި مفسّر ންގެބަސް ތަފާތެވެ.)
Verse 27
وَهُوَ ٱلَّذِى يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ ٱلْمَثَلُ ٱلْأَعْلَىٰ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Transliteration wahuwa alladhī yabda-u l-khalqa thumma yuʿīduhu wahuwa ahwanu ʿalayhi walahu l-mathalu l-aʿlā fī l-samāwāti wal-arḍi wahuwa l-ʿazīzu l-ḥakīmu
Dhivehi އަދި خلق ތަކުން ހެއްދެވުމަށް ފައްޓަވައިގެން އަލަށް ހައްދަވަނީ ހަމަ އެކަލާނގެއެވެ. ދެން އެކަލާނގެ އެތަކެތި (މަރުވުމަށްފަހު) އަލުންވެސް إعاد ކުރައްވައެވެ. އަދި އެކަލާނގެއަށް އެކަން ދާދިފަސޭހަވެގެންވެއެވެ. ނުވަތަ ދެވަނަފަހަރަށް އެތަކެތި ހައްދަވައި إعاد ކުރެއްވުން ކުރިޔަށްވުރެ މާފަސޭހައެވެ. އަދި އުޑުތަކާއި ބިމުގައި އެންމެ މަތިވެރި مثال ވަނީ ހަމަ އެކަލާނގެއަށެވެ. އެއީ حقّ إله އެވެ. އެކަލާނގެ ފިޔަވައި އެހެން إله އަކު ނުވެއެވެ. އަދި އެކަލާނގެއީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެއެވެ.
Verse 28
ضَرَبَ لَكُم مَّثَلًا مِّنْ أَنفُسِكُمْ ۖ هَل لَّكُم مِّن مَّا مَلَكَتْ أَيْمَـٰنُكُم مِّن شُرَكَآءَ فِى مَا رَزَقْنَـٰكُمْ فَأَنتُمْ فِيهِ سَوَآءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْقِلُونَ
Transliteration ḍaraba lakum mathalan min anfusikum hal lakum min mā malakat aymānukum min shurakāa fī mā razaqnākum fa-antum fīhi sawāon takhāfūnahum kakhīfatikum anfusakum kadhālika nufaṣṣilu l-āyāti liqawmin yaʿqilūna
Dhivehi ތިޔަބައިމީހުންގެ نفس ތަކުން އެކަލާނގެ ތިޔަބައިމީހުންނަށް مثال އެއް ޖައްސަވައެވެ. ތިމަންރަސްކަލާނގެ ކަލޭމެންގެ އަތްމައްޗަށް ދޫކުރި ރިޒުގުގައި ކަލޭމެންނާއިއެކު ކަލޭމެންގެ އަޅުން ބައިވެރިވެ ހަމަހަމަކުރާނެހެއްޔެވެ؟ ކަލޭމެންގެ نفس ތަކަށް ކަލޭމެން ބިރުވެތިވާފަދައިން އެމީހުންގެ نفس ތަކުގެ މައްޗަށް ބިރުވެތިވަމުހެއްޔެވެ؟ (ނުވާނެއެވެ. ރިޒުގުގައިވެސް ހަމަހަމަވާކަށް ނޭދޭނެއެވެ. މިހެން މިކަންހުރިއިރު ﷲ ގެ އަޅުތަކުންނާއި ﷲ އާއި ހަމަހަމަކުރުމަށް ކަލޭމެން قبول ވާންވީ ކޮންފަދައަކުންހެއްޔެވެ؟ އެއީ ކިހާބޮޑު ބޭ إنصاف އެއްހެއްޔެވެ؟) އަދި ބުއްދިކޮށް ވިސްނާބަޔަކަށް ﷲ އެކަލާނގެ އާޔަތްތައް تفصيل ކޮށްދެއްވަނީ ހަމައެފަދައިންނެވެ.
Verse 29
بَلِ ٱتَّبَعَ ٱلَّذِينَ ظَلَمُوٓا۟ أَهْوَآءَهُم بِغَيْرِ عِلْمٍ ۖ فَمَن يَهْدِى مَنْ أَضَلَّ ٱللَّهُ ۖ وَمَا لَهُم مِّن نَّـٰصِرِينَ
Transliteration bali ittabaʿa alladhīna ẓalamū ahwāahum bighayri ʿil'min faman yahdī man aḍalla l-lahu wamā lahum min nāṣirīna
Dhivehi އެއްގޮތަކަށްވެސް ކަންހުރީ އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަނިޔާވެރިން ނުވަތަ مشرك ން އެމީހުން އެމީހުންގެ هواى نفس އާއި يعني: އަމިއްލަ އެދުމާއި تبع ވީއެވެ. އަދި ﷲ މަގުފުރައްދަވައިފި ބަޔަކަށް ތެދުމަގު ދައްކަވާނީ ކާކުހެއްޔެވެ؟ އަދި އެމީހުންނަކަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.
Verse 30
فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
Transliteration fa-aqim wajhaka lilddīni ḥanīfan fiṭ'rata l-lahi allatī faṭara l-nāsa ʿalayhā lā tabdīla likhalqi l-lahi dhālika l-dīnu l-qayimu walākinna akthara l-nāsi lā yaʿlamūna
Dhivehi އަދި توحيد ގެމަގަށް ސީދާވެގެންވާ حال ކިޔަމަންތެރިކަމާއިއެކު ސީދާވެގެންވާ دين އަށް ކަލޭގެފާނު މޫނުފުޅު ސީދާކުރައްވާށެވެ. އެއީ ﷲ ހެއްދެވި فِطرة އެވެ. إسلام دين އެވެ. އެއީ އެގޮތެއްގެ މަތީގައި މީސްތަކުން ހައްދަވާފައިވާގޮތެވެ. ﷲ ގެ ހެއްދެވުމަކަށް އެކަލާނގެ ދީނަކަށް ބަދަލުވުމެއް ނެތެވެ. ސީދާވެގެންވާ دين އަކީ އެއީއެވެ. އަދި އެހެނެއްކަމަކު ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.
Verse 31
۞ مُنِيبِينَ إِلَيْهِ وَٱتَّقُوهُ وَأَقِيمُوا۟ ٱلصَّلَوٰةَ وَلَا تَكُونُوا۟ مِنَ ٱلْمُشْرِكِينَ
Transliteration munībīna ilayhi wa-ittaqūhu wa-aqīmū l-ṣalata walā takūnū mina l-mush'rikīna
Dhivehi އެކަލާނގެ حضرة އަށް توبة ވެ رجوع ވެގެންވާ حال ގައެވެ. (އެބަހީ: دين އަށް ކުރިމަތިލައި މޫނު އެދިމާއަށް ސީދާކުރާނީ އެކަލާނގެ حضرة އަށް توبة ވެ رجوع ވެގެންވާ حال ގައެވެ. އަދި ތިޔަބައިމީހުން އެކަލާނގެއަށް ބިރުވެތިވާށެވެ. އަދި ނަމާދު قائم ކުރާށެވެ. އަދި مشرك ންގެތެރެއިން ތިޔަބައިމީހުން ނުވާށެވެ.
Verse 32
مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ
Transliteration mina alladhīna farraqū dīnahum wakānū shiyaʿan kullu ḥiz'bin bimā ladayhim fariḥūna
Dhivehi ބައިބައިކުރިމީހުންނަކީ އެމީހުން އެމީހުންގެ دين ބައިބައިކޮށް ވަކިވަކިކުރި މީހުންނެވެ. އަދި އެމީހުންވީ އެތައް جماعة އަކަށެވެ. އެތައް ޕާޓީއަކަށެވެ. އޭގެތެރެއިން ކޮންމެ جماعة އެއްވެސް ވަނީ އެމީހުންގެ ގާތުގައިވާ އެއްޗާއިގެން (مذهب އާއިގެން) އުފާކޮށްކޮށެވެ. އެމީހުން ހިފަހައްޓައިގެން ތިބި مذهب އަށް މަޖާވެފައެވެ.
Verse 33
وَإِذَا مَسَّ ٱلنَّاسَ ضُرٌّ دَعَوْا۟ رَبَّهُم مُّنِيبِينَ إِلَيْهِ ثُمَّ إِذَآ أَذَاقَهُم مِّنْهُ رَحْمَةً إِذَا فَرِيقٌ مِّنْهُم بِرَبِّهِمْ يُشْرِكُونَ
Transliteration wa-idhā massa l-nāsa ḍurrun daʿaw rabbahum munībīna ilayhi thumma idhā adhāqahum min'hu raḥmatan idhā farīqun min'hum birabbihim yush'rikūna
Dhivehi އަދި މި مشرك ންގެ މީހުންނަށް ކޮންމެވެސް އުނދަގުލެއް (فقير ކަމެއްނަމަވެސް) - ދަތިކަމެއް -ޖެހިއްޖެއްޔާ ﷲ އަށް توبة ވެ رجوع ވެގެންވާ حال އެކަލާނގެއަށް دعاء ކުރެއެވެ. ދެން އެކަލާނގެ حضرة ން އެމީހުންނަށް رحمة އެއްގެރަހަ - / ތިޔާގެކަމެއްގެ ރަހަ ދައްކަވައިފިއްޔާއި އެހައިރުން އަލުންވެސް އޭގެތެރެއިން ބަޔަކުމީހުން އެކަލާނގެއަށް شرك ކުރެއެވެ.
Verse 34
لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ ۚ فَتَمَتَّعُوا۟ فَسَوْفَ تَعْلَمُونَ
Transliteration liyakfurū bimā ātaynāhum fatamattaʿū fasawfa taʿlamūna
Dhivehi އެއީ އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة އާއި رحمة އަށް އެމީހުން ކާފަރުވާން ވެގެންނެވެ. (އެބަހީ: އެމީހުން ނުހަނު تَضَرّع ވެރިކަމާއިއެކު دعاء ކުރުމަށްފަހު ތިމަންރަސްކަލާނގެ حضرة ން އެމީހުންނަށް رحمة އެއްގެ ރަހަދެއްކެވީމާ އަލުންވެސް އެމީހުން ތިމަންރަސްކަލާނގެއާއި އެ شريك ކުރަނީ އެމީހުންނަށް ދެއްވި رحمة އަށް ކާފަރުވުމަށެވެ.)
Verse 35
أَمْ أَنزَلْنَا عَلَيْهِمْ سُلْطَـٰنًا فَهُوَ يَتَكَلَّمُ بِمَا كَانُوا۟ بِهِۦ يُشْرِكُونَ
Transliteration am anzalnā ʿalayhim sul'ṭānan fahuwa yatakallamu bimā kānū bihi yush'rikūna
Dhivehi ނުވަތަ އެމީހުން އެކުރާ شرك އެއީ صحّ އެއްޗެއްކަމުގެ މައްޗަށް ވާހަކަ ދައްކާނެ ފޮތެއް ތިމަންރަސްކަލާނގެ އެމީހުންނަށް ބާވައިލެއްވީހެއްޔެވެ؟ (އެއީވެސް ވީކަމެއްނޫނެވެ.)
Verse 36
وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةً فَرِحُوا۟ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ إِذَا هُمْ يَقْنَطُونَ
Transliteration wa-idhā adhaqnā l-nāsa raḥmatan fariḥū bihā wa-in tuṣib'hum sayyi-atun bimā qaddamat aydīhim idhā hum yaqnaṭūna
Dhivehi އަދި މީސްތަކުންނަށް ތިމަންރަސްކަލާނގެ رحمة އެއްގެ ރަހަ ދައްކަވައިފިއްޔާ (މުއްސަނދިކަމެއް ނުވަތަ ބަލިފަސޭހަވުމެއް ނުވަތަ އެބާވަތުގެ ކޮންމެވެސް ކަމެއްގެ ރަހަ ދައްކަވައިފިއްޔާއި) އެމީހުން އެކަމަށް ވަރަށް އުފާވެ މަޖާނަގައެވެ. އަދި އެމީހުންނަށް އެމީހުންކުރި ފާފައިގެ ސަބަބުން ކޮންމެވެސް ނުބައެއް (فقير ކަމެއް - ބަލިމަޑުކަމެއްފަދަކަމެއް) ދިމާވެއްޖެއްޔާއި އެހައިރުން އެމީހުން އެކީއެކައްޗަކަށް (ތިމަންރަސްކަލާނގެ رحمة ން) أمّيد ކަނޑައިލައެވެ.
Verse 37
أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ
Transliteration awalam yaraw anna l-laha yabsuṭu l-riz'qa liman yashāu wayaqdiru inna fī dhālika laāyātin liqawmin yu'minūna
Dhivehi އަދި ހަމަކަށަވަރުން ﷲ އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުގުތަނަވަސްކުރައްވައި އަދި އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުގު ދަތިކުރައްވައި މަދުކުރައްވާކަން އެމީހުން ފަހެ ނުދެކެނީބާވައެވެ؟ ނޭނގެނީބާވައެވެ؟ ހަމަކަށަވަރުން އެކަންކަމުގައިވެސް އީމާންވާ ބަޔަކަށް (ﷲ ގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ) ދަލީލުތައްވެއެވެ.
Verse 38
فَـَٔاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ ۚ ذَٰلِكَ خَيْرٌ لِّلَّذِينَ يُرِيدُونَ وَجْهَ ٱللَّهِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ
Transliteration faāti dhā l-qur'bā ḥaqqahu wal-mis'kīna wa-ib'na l-sabīli dhālika khayrun lilladhīna yurīdūna wajha l-lahi wa-ulāika humu l-muf'liḥūna
Dhivehi ފަހެ ގާތްތިމާގެ މީހުންނަށް އެމީހުންގެ حقّ އަދާކުރާށެވެ! އަދި މިސްކީނުންނާއި ދަތުރުވެރިންނަށްވެސް އެމީހުންނަށްވާ حقّ ދޭށެވެ! ﷲ ގެ وجه ފުޅު އެދޭބަޔަކަށް އެގޮތް ހެޔޮވެގެންވެއެވެ. އަދި ކާމިޔާބުވާނޭ މީހުންނަކީ ހަމަ އެއީއެވެ.
Verse 39
وَمَآ ءَاتَيْتُم مِّن رِّبًا لِّيَرْبُوَا۟ فِىٓ أَمْوَٰلِ ٱلنَّاسِ فَلَا يَرْبُوا۟ عِندَ ٱللَّهِ ۖ وَمَآ ءَاتَيْتُم مِّن زَكَوٰةٍ تُرِيدُونَ وَجْهَ ٱللَّهِ فَأُو۟لَـٰٓئِكَ هُمُ ٱلْمُضْعِفُونَ
Transliteration wamā ātaytum min riban liyarbuwā fī amwāli l-nāsi falā yarbū ʿinda l-lahi wamā ātaytum min zakatin turīdūna wajha l-lahi fa-ulāika humu l-muḍ'ʿifūna
Dhivehi މީސްތަކުންގެ މުދާގިނަވުމަށްޓަކައި - ނުވަތަ ތިމާއަށް އަނބުރައި ގިނަ ހަދިޔާއާއި ބަދަލު ލިބުމުގެ مقصد ގައި މީސްތަކުން އެކަކު އަނެކަކަށް ދީއުޅޭ ހަދިޔާއާއި ދިނުންތަކަކުން ﷲ ގެ حضرة ގައި އެއްވެސް އިތުރުވުމެއް ނުވެއެވެ. އަދި އެކަމަކު ﷲ ގެ وجه ފުޅު އެދިގެން ތިޔަބައިމީހުން ކުރި صدقة އަކުން ނުވަތަ ދިން ޒަކާތަކުންވިއްޔާ ﷲ ގެ حضرة ގައި އޭގެ ދަރުމަޔާއި ثواب އެތައްގުނައަކަށް ގިނަވެއެވެ. އަދި އެފަދައިން ޒަކާތްދީ صدقة ކުރާމީހުން އެއީ އެމީހުންގެ عمل ގެ ثواب އާއި ދަރުމަ ގިނަކުރާމީހުންނެވެ.
Verse 40
ٱللَّهُ ٱلَّذِى خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِن شُرَكَآئِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَىْءٍ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ
Transliteration al-lahu alladhī khalaqakum thumma razaqakum thumma yumītukum thumma yuḥ'yīkum hal min shurakāikum man yafʿalu min dhālikum min shayin sub'ḥānahu wataʿālā ʿammā yush'rikūna
Dhivehi (އޭ مشرك ތަކުންނޭވެ!) ކަލޭމެން ހެއްދެވީ ހަމަ ﷲ އެވެ. ދެން އެކަލާނގެ ކަލޭމެނަށް ރިޒުގުދެއްވައެވެ. ދެން އެކަލާނގެ ކަލޭމެން މަރުއްވައެވެ. ދެން އަލުންވެސް (محشر އަށް ފޮނުވުމަށްޓަކައި) އެކަލާނގެ ކަލޭމެން ދިރުއްވާނެއެވެ. އަޅެފަހެ ކަލޭމެން ﷲ ފިޔަވައި ތިއަ އަޅުކަންކުރާ إله ންކުރެ އެއްވެސް إله އަކަށް މި بيان ކުރި ކަންތަކުގެތެރެއިން އެއްވެސްކަމެއް ކުރެވޭނެހެއްޔެވެ؟ (ނުކުރެވޭނެކަން ކަށަވަރެވެ.) ފަހެ އެމީހުން އެ شريك ކުރާ ތަކެތި ފިޔަވައި އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ.
Verse 41
ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ
Transliteration ẓahara l-fasādu fī l-bari wal-baḥri bimā kasabat aydī l-nāsi liyudhīqahum baʿḍa alladhī ʿamilū laʿallahum yarjiʿūna
Dhivehi މީސްތަކުންގެ އަތްތަކުން ކުރިކަންތަކުގެ ސަބަބުން (އުރެދުންތަކުގެ ސަބަބުން) އެއްގަމާއި ކަނޑުގައި ފަސާދަ އުފެދިއްޖެއެވެ. އެބަހީ: މީސްތަކުން ކުރި އުރެދުމާއި ފާފައިގެ ސަބަބުން އެއްގަމާއި ކަނޑުގައި އަނިޔާތައް އުފެދި ފެތުރިއްޖެއެވެ. އެއީ އެމީހުންކުރެ ބައެއްމީހުން ކުރި ކަންތަކުގެ ނުބައިކަމުގެ ރަހަ އެމީހުންނަށް ދެއްކެވުމަށްޓަކައެވެ. އެއީ އެމީހުން ތިބި ނުބައިގޮތް ދޫކޮށް ﷲ އަށް رجوع ވުމުގެ أمّيد ގައެވެ.
Verse 42
قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلُ ۚ كَانَ أَكْثَرُهُم مُّشْرِكِينَ
Transliteration qul sīrū fī l-arḍi fa-unẓurū kayfa kāna ʿāqibatu alladhīna min qablu kāna aktharuhum mush'rikīna
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ހިނގަބިނގާވެ ދަތުރުފަތުރުކޮށް ހަދާބަލާށެވެ! އަދި މީގެކުރީގެ އެބާވަތުގެ ނުކިޔަމަންތެރިމީހުންގެ ނިމުމާއި ފަހުކޮޅުވެގެން ދިޔައީ ކޮންގޮތަކުންތޯ ނިކަން ދެކެބަލާށެވެ! އެމީހުންކުރެ ގިނަމީހުންވީ مشرك ންކަމުގައެވެ. (ކަލޭމެން މިކަންކަމުން عبرة ލިބިގަންނާށެވެ!)
Verse 43
فَأَقِمْ وَجْهَكَ لِلدِّينِ ٱلْقَيِّمِ مِن قَبْلِ أَن يَأْتِىَ يَوْمٌ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۖ يَوْمَئِذٍ يَصَّدَّعُونَ
Transliteration fa-aqim wajhaka lilddīni l-qayimi min qabli an yatiya yawmun lā maradda lahu mina l-lahi yawma-idhin yaṣṣaddaʿūna
Dhivehi (އޭ رسول ﷲ އެވެ!) ﷲ އަށް ކިޔަމަންތެރިވެވޭ ތެދު ސީދާ دين އަށް ކަލޭގެފާނުންގެ މޫނުފުޅު ސީދާކުރައްވާށެވެ! އެއީ ﷲ ގެ حضرة ން ކަނޑައެޅިގެން އަންނަ އަދި އެދުވަހެއް އަޔަނުދީ އަނބުރާ ފޮނުވައި ނުލެވޭނެ ދުވަހެއް އައުމުގެ ކުރިންނެވެ. (އެބަހީ: ކަނޑައެޅިގެން އަންނަ قيامة ދުވަސް އައުމުގެ ކުރިންނެވެ.) އެދުވަހުން މީސްތަކުން ބައިވާނެއެވެ. (އެއްބަޔަކު ސުވަރުގެއަށް އަނެއްބަޔަކު ނަރަކައަށެވެ.)
Verse 44
مَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَمَنْ عَمِلَ صَـٰلِحًا فَلِأَنفُسِهِمْ يَمْهَدُونَ
Transliteration man kafara faʿalayhi kuf'ruhu waman ʿamila ṣāliḥan fali-anfusihim yamhadūna
Dhivehi ފަހެ ކާފަރުވެއްޖެމީހާ ދަންނައެވެ. ފަހެ އެމީހާގެ ކާފަރުކަމުގެ ނުބައި ހުންނާނީ ހަމަ އެމީހެއްގެ މައްޗަށެވެ. އަދި صالح عمل ކުރި މީހުން ދަންނައެވެ. ފަހެ އެމީހުން އެމީހުންގެ نفس ތަކަށްޓަކައި (ސުވަރުގޭގައި) ތަންމަތިއަޅަނީއެވެ.
Verse 45
لِيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِن فَضْلِهِۦٓ ۚ إِنَّهُۥ لَا يُحِبُّ ٱلْكَـٰفِرِينَ
Transliteration liyajziya alladhīna āmanū waʿamilū l-ṣāliḥāti min faḍlihi innahu lā yuḥibbu l-kāfirīna
Dhivehi އެއީ إيمان ވެގެން صالح عمل ކުރިމީހުންނަށް އެކަލާނގެ فضل ވަންތަކަމުން ހެޔޮދަރުމަޔާ ثواب ދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން ކާފަރުންނަށް އެކަލާނގެ ލޯބިވެވޮޑި ނުގަންނަވައެވެ.
Verse 46
وَمِنْ ءَايَـٰتِهِۦٓ أَن يُرْسِلَ ٱلرِّيَاحَ مُبَشِّرَٰتٍ وَلِيُذِيقَكُم مِّن رَّحْمَتِهِۦ وَلِتَجْرِىَ ٱلْفُلْكُ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ
Transliteration wamin āyātihi an yur'sila l-riyāḥa mubashirātin waliyudhīqakum min raḥmatihi walitajriya l-ful'ku bi-amrihi walitabtaghū min faḍlihi walaʿallakum tashkurūna
Dhivehi އަދި އެކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ دليل ތަކުގެތެރެއިން އެކަލާނގެ ވައިފޮނުއްވުންވެއެވެ. / ވައިޖެއްސެވުންވެއެވެ. އެއީ ވާރޭފެން އައުމުގެ އުފާވެރި ކަމެއްގެ ގޮތުންނެވެ. އަދި އެއީ އެކަލާނގެ رحمة ގެރަހަ (ވާރޭފެން) ކަލޭމެންނަށް ދެއްކެވުމަށާއި އަދި އެކަލާނގެ أمر ފުޅަށް ނައުދޯނގުފަހަރު (މޫދުގައި ދުވާ އުޅަނދު) ދުވުމަށްޓަކައްޔާއި އަދި އެކަލާނގެ فَضل ވަންތަކަމުން ދިރިއުޅުމަށްޓަކައި އެކިއެކި ބޭނުންތައް ތިޔަބައިމީހުން އެދިގަތުމަށްޓަކައިދަތުރުފަތުރު ކުރުމަށެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ.
Verse 47
وَلَقَدْ أَرْسَلْنَا مِن قَبْلِكَ رُسُلًا إِلَىٰ قَوْمِهِمْ فَجَآءُوهُم بِٱلْبَيِّنَـٰتِ فَٱنتَقَمْنَا مِنَ ٱلَّذِينَ أَجْرَمُوا۟ ۖ وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ
Transliteration walaqad arsalnā min qablika rusulan ilā qawmihim fajāūhum bil-bayināti fa-intaqamnā mina alladhīna ajramū wakāna ḥaqqan ʿalaynā naṣru l-mu'minīna
Dhivehi (އޭ رسول ﷲ އެވެ!) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގައި އެކިއެކި رسول ބޭކަލުން އެބޭބޭކަލުންގެ قوم އަށް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ފަހެ އެބޭކަލުން އެބޭކަލުންގެ قوم ގެ މީހުންގެ ގާތަށް ބަޔާންވެގެންވާ حجّة އާއި دليل އާއިގެން ވަޑައިގެންނެވިއެވެ. (އެކަމަކު އޭގެ ގިނަމީހުން إيمان އެއް ނުވިއެވެ.) ދެންފަހެ ފާފަތައްކޮށް އުރެދުނު މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ބަދަލު ހިއްޕެވީމެވެ. (އެމީހުން ހަލާކުކުރެއްވީމެވެ. އަދި مؤمن ންނަށް نصر ދެއްވީމެވެ.) އެހެނީ مؤمن ންނަށް نصر ދެއްވުން އެއީ ތިމަންކަލާނގެމައްޗަށް ކަނޑައެޅިގެންވާ حقّ ކަމެކެވެ.
Verse 48
ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَـٰحَ فَتُثِيرُ سَحَابًا فَيَبْسُطُهُۥ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُۥ كِسَفًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَـٰلِهِۦ ۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
Transliteration al-lahu alladhī yur'silu l-riyāḥa fatuthīru saḥāban fayabsuṭuhu fī l-samāi kayfa yashāu wayajʿaluhu kisafan fatarā l-wadqa yakhruju min khilālihi fa-idhā aṣāba bihi man yashāu min ʿibādihi idhā hum yastabshirūna
Dhivehi ދުނިޔެމައްޗަށް ވައިފޮނުއްވައި ވައިޖައްސަވަނީ ހަމަ ﷲ އެވެ. ދެން އެވައި ވިލާތައް އުފައްދައި ވިލާތަށް ހަލުވާ حركاة ކުރުވައެވެ. ދެން އެވިލާތައް އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން އުޑުގައި (އުޑުމަތީގައި) ފަތުރުއްވައެވެ. އަދި އެކަލާނގެ އެވިލާތައް އެތިއެތިގަނޑަށް ލައްވައެވެ. އަދި އެވިލާގެ އެތިއެތިގަނޑުގެ ދެމެދުން ވާރޭފެން ނިކުންނާތީ ކަލޭ ގެފާނު ދެކެވަޑައިގަންނަވާނެއެވެ. ދެންފަހެ އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ ބަޔަކަށް އެފެން ދިމާކުރައްވައިފިއްޔާ (ވާރޭވެއްސަވައިފިއްޔާ) ދެން އެހައިރުން އެމީހުން އުފާކުރެއެވެ. މަޖާކުރެއެވެ.
Verse 49
وَإِن كَانُوا۟ مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِۦ لَمُبْلِسِينَ
Transliteration wa-in kānū min qabli an yunazzala ʿalayhim min qablihi lamub'lisīna
Dhivehi އަދި އެމީހުންގެމައްޗަށް އެފެން ވެއްސެވުމުގެކުރިން ކަނޑައެޅިގެން އެމީހުން ނާއުއްމީދުވެ މުޅިން مَايُوس ވެފައިވިޔަސްމެއެވެ.
Verse 50
فَٱنظُرْ إِلَىٰٓ ءَاثَـٰرِ رَحْمَتِ ٱللَّهِ كَيْفَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ ذَٰلِكَ لَمُحْىِ ٱلْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Transliteration fa-unẓur ilā āthāri raḥmati l-lahi kayfa yuḥ'yī l-arḍa baʿda mawtihā inna dhālika lamuḥ'yī l-mawtā wahuwa ʿalā kulli shayin qadīrun
Dhivehi ފަހެ ﷲ ގެ رحمة ގެ އަސަރުތައް ނިކަން ދެކެބަލާށެވެ! ބިންގަނޑު މަރުވެފައި އޮތުމަށްފަހު އެބިންގަނޑު އެކަލާނގެ ދިރުއްވަނީ ކޮންފަދައަކުންކަން ނިކަން ދެކެވަޑައިގެން ބައްލަވާށެވެ. (ނުވަތަ އެބިންގަނޑު އެކަލާނގެ ދިރުއްވާގޮތް ނިކަން ދެކެވަޑައިގެން ބައްލަވާށެވެ. ހަމަކަށަވަރުން (محشر ކުރައްވާ حساب ބައްލަވައި جزاء ދެއްވުމަށްޓަކައި) މަރުވެފައިވާ މީސްތަކުން ދިރުއްވުމަށް އެކަލާނގެއަށް ކުޅަދުންވަންތަވެވޮޑިގެންވާކަމުގެ ފުރިހަމަ ހެއްކާއި دليل އެކަމުގައިވެއެވެ. (ވާރޭވެއްސަވައި ބިންދިރުއްވައި ގަސްތައް ހެއްދެވުމުގައިވެއެވެ.) އަދި އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާކަލާނގެއެވެ.
Verse 51
وَلَئِنْ أَرْسَلْنَا رِيحًا فَرَأَوْهُ مُصْفَرًّا لَّظَلُّوا۟ مِنۢ بَعْدِهِۦ يَكْفُرُونَ
Transliteration wala-in arsalnā rīḥan fara-awhu muṣ'farran laẓallū min baʿdihi yakfurūna
Dhivehi އަދި (ވާރޭވެއްސެވުމުގެ ސަބަބުން ތަރޯތާޒާވި) އެގަސްތަކަށް ތިމަންރަސްކަލާނގެ ނުބައި فاسد ވަޔެއް ފޮނުއްވައި އެގަސްތައް ހަލާކުވެ ދޮންވެ ބަރުބާދުވެގެންވަނިކޮށް ދެން އެމީހުންނަށް ފެނިއްޖެއްޔާ ދެން އަލުން އެއަށްފަހު އެމީހުން ﷲ އަށް ކާފަރުވެއެވެ.
Verse 52
فَإِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ
Transliteration fa-innaka lā tus'miʿu l-mawtā walā tus'miʿu l-ṣuma l-duʿāa idhā wallaw mud'birīna
Dhivehi ފަހެ ހަމަކަށަވަރުން މަރުވެފައިވާ ބަޔަކަށް ކަލޭގެފާނަކަށް ނުއިއްވޭނެއެވެ. އަދި ބީރުބަޔަކަށްވެސް އެމީހުން ފުރަގަސްދީފާ ހިނގައްޖެއްޔާ ކަލޭގެފާނަކަށް دعاء ގެއަޑު (ގޮވާލެއްވުމުގެއަޑު) ނުއިއްވޭނެއެވެ.
Verse 53
وَمَآ أَنتَ بِهَـٰدِ ٱلْعُمْىِ عَن ضَلَـٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَـٰتِنَا فَهُم مُّسْلِمُونَ
Transliteration wamā anta bihādi l-ʿum'yi ʿan ḍalālatihim in tus'miʿu illā man yu'minu biāyātinā fahum mus'limūna
Dhivehi އަދި މަގުފުރެދުމުގެތެރޭގައި އަނދިރިވެ ކަނުވެގެންވާ ބަޔަކުވެސް ސީދާ حقّ ތެދުމަގުގެ މަތީގައި ސާބިތުކޮށްލުމަކީ ކަލޭގެފާނަކަށް ވާނޭކަމެއްނޫނެވެ. (ފަހެ ކާފަރުންނާއި މަގުފުރެދިގެންވާ މީހުންގެ ހިތްތަކަށް ތެދުމަގު واصل ކުރެއްވުމަކީ ހަމައެކަނި ﷲ އަށް خاصّ ވެގެންވާ ކަމެކެވެ. ތިމަންރަސްކަލާނގެ އާޔަތްތަކަށް إيمان ވެ ތެދުކުރާ ބަޔަކަށް މެނުވީ ކަލޭގެފާނަކަށް ނުއިއްވެވޭނެއެވެ. (ކަލޭގެފާނު އިއްވިޔަސް އެފަދަމީހުން މެނުވީ ނުއަހާނެއެވެ.) އަދި އެފަދަމީހުންނީ ﷲ އަށް ކިޔަމަންތެރިވެގެންވާ مسلم ންކަމުގައިވާ މީހުންނެވެ.
Verse 54
۞ ٱللَّهُ ٱلَّذِى خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِنۢ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنۢ بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَآءُ ۖ وَهُوَ ٱلْعَلِيمُ ٱلْقَدِيرُ
Transliteration al-lahu alladhī khalaqakum min ḍaʿfin thumma jaʿala min baʿdi ḍaʿfin quwwatan thumma jaʿala min baʿdi quwwatin ḍaʿfan washaybatan yakhluqu mā yashāu wahuwa l-ʿalīmu l-qadīru
Dhivehi (އޭ އިންސާނުންނޭވެ!) ނުހަނު ނިކަމެތި ضَعِيْف އެއްޗަކުން (ނިކަމެތި نُطْفَة އަކުން) ނުހަނު ނިކަމެތިކޮށް ކަލޭމެން ހެއްދެވީ ހަމަ ﷲ އެވެ. ދެން އެނިކަމެތިކަމާއި ضعيف ކަމަށްފަހު ނުހަނު ގަދަބާރު އެކަލާނގެ ކަލޭމެނަށް ލެއްވިއެވެ. ދެން އަލުންވެސް އެބާރާއި ވަރުގަދަކަމަށްފަހު މުސްކުޅިކަމުގެ ضعيف ކަމާއި ނުރަވަންތަކަން އެކަލާނގެ ކަލޭމެނަށް ލެއްވިއެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން އެކަލާނގެ ތަކެތި ހައްދަވައެވެ. އަދި އެކަލާނގެއީ ދެނެވޮޑިގެންވާ ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ.
Verse 55
وَيَوْمَ تَقُومُ ٱلسَّاعَةُ يُقْسِمُ ٱلْمُجْرِمُونَ مَا لَبِثُوا۟ غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا۟ يُؤْفَكُونَ
Transliteration wayawma taqūmu l-sāʿatu yuq'simu l-muj'rimūna mā labithū ghayra sāʿatin kadhālika kānū yu'fakūna
Dhivehi އަދި قيامة قائم ވާދުވަހުން مجرم ންގެމީހުން يعني: ނުބައި ކަންތައްތައްކުރި މީހުން (ﷲ ގަންދީ) ހުވާކޮށްފައި ބުނާނީ އެމީހުން އެމީހުންގެ ކަށްވަޅުގައި ނުވަތަ ދުނިޔޭގައި އެންމެ ގަޑިއެއްހާއިރު (ނުވަތަ ހިނދުކޮޅަކު) މެނުވީ ނުތިބޭކަމަށެވެ. އޭގެ جواب ގައި ﷲ އެ އަންގަވަނީ އެމީހުން (ދުނިޔޭގައި ތިބިއިރުވެސް) ދޮގުކުރާ ކަމުގައިވީ އެފަދައިންނެވެ.
Verse 56
وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَٱلْإِيمَـٰنَ لَقَدْ لَبِثْتُمْ فِى كِتَـٰبِ ٱللَّهِ إِلَىٰ يَوْمِ ٱلْبَعْثِ ۖ فَهَـٰذَا يَوْمُ ٱلْبَعْثِ وَلَـٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ
Transliteration waqāla alladhīna ūtū l-ʿil'ma wal-īmāna laqad labith'tum fī kitābi l-lahi ilā yawmi l-baʿthi fahādhā yawmu l-baʿthi walākinnakum kuntum lā taʿlamūna
Dhivehi އަދި ފޮތުގެ علم ލިބި ﷲ އަށާއި ފޮތަށް إيمان ވީ މީހުން ބުނާނެއެވެ. ﷲ ގެ އިސްވެދިޔަ أَزَلُ ގެ ފޮތުގައި ބަޔާންވެގެންވާ ފަދައިން ކަލޭމެން محشر އަށް ފޮނުއްވެވޭ ދުވަހާއި ހަމައަށް ލަސްވެ ތިބެއްޖައީމުއެވެ. ފަހެ މިއަދުމިއީ (محشر އަށް) ފޮނުވޭ ދުވަހެވެ. އަދި އެހެނެއްކަމަކު އެކަމެއް ކަލޭމެނަކަށް ނޭނގެއެވެ.
Verse 57
فَيَوْمَئِذٍ لَّا يَنفَعُ ٱلَّذِينَ ظَلَمُوا۟ مَعْذِرَتُهُمْ وَلَا هُمْ يُسْتَعْتَبُونَ
Transliteration fayawma-idhin lā yanfaʿu alladhīna ẓalamū maʿdhiratuhum walā hum yus'taʿtabūna
Dhivehi ފަހެ އެދުވަހުން އަނިޔާވެރިވީ މީސްތަކުން ދައްކާ عُذُر ތަކުން (އެމީހުނަށް) އެއްވެސް مَنْفَع އެއް ނުކުރާނެއެވެ. އަދި އެމީހުންނަކީ އަނބުރާ ދުނިޔެއަށް ފޮނުވޭނެ ބަޔަކުކަމުގައިވެސް ނުވެއެވެ. (އަދި ނުވަތަ ﷲ ރުހިވޮޑިގަންނަފަދަ عمل އެއްކުރުމަށް އެދެވޭނެ ބަޔަކު ކަމުގައިވެސް ނުވެއެވެ.)
Verse 58
وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ ۚ وَلَئِن جِئْتَهُم بِـَٔايَةٍ لَّيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ أَنتُمْ إِلَّا مُبْطِلُونَ
Transliteration walaqad ḍarabnā lilnnāsi fī hādhā l-qur'āni min kulli mathalin wala-in ji'tahum biāyatin layaqūlanna alladhīna kafarū in antum illā mub'ṭilūna
Dhivehi އަދި ހަމަކަށަވަރުން މި قرآن ގައި ތިމަންރަސްކަލާނގެ ހުރިހާ ވައްތަރެއްގެ މިސާލު މީސްތަކުންނަށް ޖައްސަވައިފީމެވެ. އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންގެގާތަށް - (އެ مشرك ންގެގާތަށް) ކޮންމެފަދަ معجزة އެއް ނުވަތަ دليل އެއް ގެންނެވިނަމަވެސް އެ كافر ންގެމީހުން ބުނާނީ ތިޔަބައިމީހުން يعني: ތިޔަ مؤمن ންނަކީ ހަމަ بَاطل ކަންތައްކުރާ ބަޔަކުކަމުގައިމެނުވީ ނުވެއެވެ. މިފަދައިންނެވެ.
Verse 59
كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لَا يَعْلَمُونَ
Transliteration kadhālika yaṭbaʿu l-lahu ʿalā qulūbi alladhīna lā yaʿlamūna
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ﷲ ގެ حضرة ން ގެންނެވި ތަކެތީގެ حقيقة ނުދަންނަ މީހުންގެ ހިތްތަކުގައި ﷲ ސިއްކަ ޖައްސަވަނީ އެފަދައިންނެވެ.
Verse 60
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ وَلَا يَسْتَخِفَّنَّكَ ٱلَّذِينَ لَا يُوقِنُونَ
Transliteration fa-iṣ'bir inna waʿda l-lahi ḥaqqun walā yastakhiffannaka alladhīna lā yūqinūna
Dhivehi ފަހެ ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ ތެދު އެއްޗެކެވެ. އަދި قيامة ދުވަސް އަންނާނެކަމާމެދު يقين ނުކުރާ މީހުން ކަލޭގެފާނު ޖާހިލުކުރުވިޔަ ނުދޭހުށިކަމެވެ!
Read Surah Ar-Rum in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.