MyDugsiStart learning

Surah An-Nahl in Dhivehi: translation and audio

Surah 16 · النحل · The Bee · 128 verses

Surah An-Nahl verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah An-Nahl word by word in English.

Verse 1

أَتَىٰٓ أَمْرُ ٱللَّهِ فَلَا تَسْتَعْجِلُوهُ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ

Transliteration atā amru l-lahi falā tastaʿjilūhu sub'ḥānahu wataʿālā ʿammā yush'rikūna

Dhivehi ﷲ ގެ أمر ފުޅު އަތުވެއްޖެއެވެ. ފަހެ އެކަން އަވަސްވުމަށް ކަލޭމެން ނޭދޭށެވެ. مشرك ންގެމީހުން ﷲ އާއި ބައިވެރިކޮށް އެ شريك ކުރާ އެންމެހައި ތަކެތިން އެކަލާނގެ ހުސް طاهر ވަންތަވެ މަތިވެރިވެވޮޑިގެންވެއެވެ. • ދަންނައެވެ! މިއާޔަތުގައި މިވާ ﷲ ގެ أمر ފުޅާމެދު ބަސްތަފާތުވެގެންވެއެވެ. (1) ބައެއްބޭކަލުން ވިދާޅުވަނީ އެއީ رسول ﷲ ﷺ ފޮނުއްވުންކަމެވެ. (2) އަނެއްބައި ބޭކަލުން ވިދާޅުވީ އެއީ مشرك ންގެ މީހުންގެމައްޗަށް ﷲ ގެ عقوبة އައުމުގެ ވާހަކައެވެ. (3) އަދި އަނެއްބައިބޭކަލުން ވިދާޅުވީ އެއީ قيامة ދުވަސް އަންނާނެވާހަކައެވެ. والله أعلم.

Verse 2

يُنَزِّلُ ٱلْمَلَـٰٓئِكَةَ بِٱلرُّوحِ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦٓ أَنْ أَنذِرُوٓا۟ أَنَّهُۥ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱتَّقُونِ

Transliteration yunazzilu l-malāikata bil-rūḥi min amrihi ʿalā man yashāu min ʿibādihi an andhirū annahu lā ilāha illā anā fa-ittaqūni

Dhivehi އަދި އެކަލާނގެ أمر ފުޅަށް وحي އާއިގެން އެކަލާނގެ އަޅުތަކުންގެތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ އަޅެއްގެ އަރިހަށް އެކަލާނގެ ملائكة އާ ފޮނުއްވައެވެ. އެއީ އެ نبي ބޭކަލަކު ނުވަތަ رسول ބޭކަލަކު ތިމަންރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް إله އަކުނުވާކަން މީސްތަކުންނަށް އަންގަވައި އެކަމުގެ إنذار ކުރައްވައި ބިރުގެންނެވުމަށެވެ. ފަހެ ކަލޭމެން ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ! (ތިމަންރަސްކަލާނގެއާއި އެހެން ފަރާތަކާ شريك ކުރުމާ މެދު ބިރުވެތިވާށެވެ!)

Verse 3

خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ تَعَـٰلَىٰ عَمَّا يُشْرِكُونَ

Transliteration khalaqa l-samāwāti wal-arḍa bil-ḥaqi taʿālā ʿammā yush'rikūna

Dhivehi އެކަލާނގެ އުޑުތަކާއި ބިން ހެއްދެވީ ހަމަ عدل ވެރިގޮތުގައެވެ. حقّ ގޮތުގައެވެ. އެ مشرك ންގެ މީހުން އެކަލާނގެއާ އެ شريك ކުރާ ތަކެތި ފިޔަވައި އެކަލާނގެ މާމަތިވެރިވެވޮޑިގެންވެއެވެ.

Verse 4

خَلَقَ ٱلْإِنسَـٰنَ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ

Transliteration khalaqa l-insāna min nuṭ'fatin fa-idhā huwa khaṣīmun mubīnun

Dhivehi އަދި މަނިފޮދުވަރަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (އެކަލާނގެ އެއިންސާނާ ހެއްދެވުމުގައި އެތައް دَوْرُ ތަކެއްގައި ވޭތިކުރެއްވުމަށްފަހު ފުރިހަމަ އިންސާނަކަށް އޭނާ ދުނިޔެއަށް ފޮނުއްވައެވެ.) ދެން އެހައިރުން އެއިންސާނާ ވަނީ ދެކޮޅުވެރިއަކު ކަމުގައެވެ. (ﷲ ގެ قدرة ތެރިކަން قبول ނުކުރާ އެކަލާނގެއާ ދިމާ ދެކޮޅުވެރި އަކު ކަމުގަ އެވެ.)

Verse 5

وَٱلْأَنْعَـٰمَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌ وَمَنَـٰفِعُ وَمِنْهَا تَأْكُلُونَ

Transliteration wal-anʿāma khalaqahā lakum fīhā dif'on wamanāfiʿu wamin'hā takulūna

Dhivehi އަދި އެކަލާނގެ نَعَم ސޫފި ހެއްދެވިއެވެ. (އެއީ جمل އާއި، ގެރިއާއި، ބަކަރިއެވެ.) އޭގައި ކަލޭމެންގެ ހީފިލުވުންވެއެވެ. (އެބަހީ: އޭގެ ކެހެރިޔާ އިސްތަށިން ފިނިން ސަލާމަތްވާނޭ ފޭރާން ހެދޭނެގޮތް ލެއްވީމެވެ.) އަދި އެހެނިހެންވެސް ގިނަގުނަ منفع ތައް ތިމަންރަސްކަލާނގެ އޭގައި ލެއްވީމެވެ. (އޭގެ ކިރާއި - އޭގެމައްޗަށް ސަވާރުވުމާއި - ދަނޑުހެއްދުމުގައި ފަސްގަނޑުޖެހުމުގެ ކަންތަކާއި ފެންއުފުލައިދިނުމާއި އަދިވެސް އެތަކެއް ބައިވަރު މަންފާތަކެވެ.) އަދި އޭގެ މަހާއި ސަރުބީ ކަލޭމެން ކައި ހަދަމުއެވެ.

Verse 6

وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ

Transliteration walakum fīhā jamālun ḥīna turīḥūna waḥīna tasraḥūna

Dhivehi އަދި ހަވީރުގެ ވަގުތުގައި އެސޮރުމެނަށް ހުއިހައްޕާންދީގެން ގެންނަހިނދުގައްޔާއި އަދި ހެނދުނުގެ ވަގުތު އެސޮރުމެން ހުއިހެއްޕުމަށްޓަކައި ނެރެގެން ގެންދިއުމުގައި ކަލޭމެނަށް ނުހަނު ރިވެތިކަމާއި ފުރިހަމަކަންވެއެވެ.

Verse 7

وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍ لَّمْ تَكُونُوا۟ بَـٰلِغِيهِ إِلَّا بِشِقِّ ٱلْأَنفُسِ ۚ إِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ

Transliteration wataḥmilu athqālakum ilā baladin lam takūnū bālighīhi illā bishiqqi l-anfusi inna rabbakum laraūfun raḥīmun

Dhivehi އަދި އެއްރަށުން އަނެއްރަށަށް ކަލޭމެންގެ ބަރުތަކެތި އެސޮރުމެން އުފުލައިދެއެވެ. އެތައްބައިވަރު އުނދަގޫތަކާއި ބުރަމަސައްކަތުންމެނުވީ އެތަކެއްޗާއިގެން އެރަށްރަށަށް ފޯރޭނޭ ބަޔަކު ކަމުގައި ކަލޭމެން ނުވެއެވެ. (އެފަދަ ތަންތަނަށް އެސޮރުމެން އެތަކެތި އުފުލައިދެއެވެ.) ހަމަކަށަވަރުން ކަލޭމެންގެ ربّ އެއީ އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަން يقين އެވެ.

Verse 8

وَٱلْخَيْلَ وَٱلْبِغَالَ وَٱلْحَمِيرَ لِتَرْكَبُوهَا وَزِينَةً ۚ وَيَخْلُقُ مَا لَا تَعْلَمُونَ

Transliteration wal-khayla wal-bighāla wal-ḥamīra litarkabūhā wazīnatan wayakhluqu mā lā taʿlamūna

Dhivehi އަދި އަހާއި بَغَل އާއި حِمار އެކަލާނގެ ހެއްދެވިއެވެ. އެކަލާނގެ އެތަކެތި ހެއްދެވީ އެތަކެއްޗަށް ކަލޭމެން ދަތުރުފަތުރު ކުރުމަށާއި ޒީނަތްތެރިކަމެއްގެގޮތުން ސަވާރުވެ ހެދުމަށެވެ. އަދި ކަލޭމެންނަށް ނޭނގޭހާތަކެތި އެކަލާނގެ ހައްދަވައެވެ. (އޭގެތެރޭގައި ރޮކެޓާއި މިސައިލް އަދި މަތިންދާބޯޓުވެއެވެ. އަދި މުސްތަޤުބަލުގައި އެހެންތަކެތިވެދާނެއެވެ.)

Verse 9

وَعَلَى ٱللَّهِ قَصْدُ ٱلسَّبِيلِ وَمِنْهَا جَآئِرٌ ۚ وَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ

Transliteration waʿalā l-lahi qaṣdu l-sabīli wamin'hā jāirun walaw shāa lahadākum ajmaʿīna

Dhivehi އަދި حقّ ސީދާމަގު ބަޔާންކޮށްދެއްވުން އެއީ ﷲ تعالى އަށް خاصّ ވެގެންވާ ކަމެކެވެ. އަދި މަގުތަކުގެތެރޭގައި ގުދުމަގުވެއެވެ. އަނިޔާވެރިމަގު ވެއެވެ. (އެއީ شيطان އާގެ މަގެވެ.) އަދި ﷲ تعالى އިރާދަކުރައްވައިފިއްޔާ ތިޔަ އެންމެންނަށް އެކުގައި އެކަލާނގެ ތެދުމަގު ދައްކަވައިފީހެވެ.

Verse 10

هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً ۖ لَّكُم مِّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ

Transliteration huwa alladhī anzala mina l-samāi māan lakum min'hu sharābun wamin'hu shajarun fīhi tusīmūna

Dhivehi އަދި އުޑުން ފެންބާވައިލެއްވީ ހަމަ އެކަލާނގެއެވެ. ﷲ އެވެ. އެފެން ކަލޭމެން ބުއިމަށްވެއެވެ. އަދި އެފެނުން ގަސްހެދުންވެއެވެ. އެގަސްގަހާ ގެއްސަކީ އެއިން ކަލޭމެން ގެރިބަކަރިތަކަށާއި އެހެނިހެންވެސް ޖަނަވާރުތަކަށް ފަތްކާންދީ ހުއިހައްޕުވާ ހަދާ ގަހެވެ.

Verse 11

يُنۢبِتُ لَكُم بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلْأَعْنَـٰبَ وَمِن كُلِّ ٱلثَّمَرَٰتِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ

Transliteration yunbitu lakum bihi l-zarʿa wal-zaytūna wal-nakhīla wal-aʿnāba wamin kulli l-thamarāti inna fī dhālika laāyatan liqawmin yatafakkarūna

Dhivehi އަދި އެފެނުން އެކަލާނގެ ކަލޭމެންގެ ދަނޑުތައް ފަޅުއްވައި ހައްދަވައިދެއްވައެވެ. އަދި ޒައިތޫނިގަހާއި ކަދުރު ރުކާއި މޭބިސްކަދުރާއި އަދި ހުރިހާ ވައްތަރެއްގެ މޭވާ އެފެނުގެ ސަބަބުން އެކަލާނގެ ނެރުއްވައެވެ. ހަމަކަށަވަރުން އެހެރަ އެހެރަ ކަންކަމުގައި ކަންކަމަށް ބުއްދިކޮށް ފިކުރުކުރާބަޔަކަށް (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ) دليل ތަކާއި ހެކިތައްވާކަންކަށަވަރެވެ.

Verse 12

وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ وَٱلنُّجُومُ مُسَخَّرَٰتٌۢ بِأَمْرِهِۦٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَعْقِلُونَ

Transliteration wasakhara lakumu al-layla wal-nahāra wal-shamsa wal-qamara wal-nujūmu musakharātun bi-amrihi inna fī dhālika laāyātin liqawmin yaʿqilūna

Dhivehi އަދި ރޭގަނޑާއި ދުވާލާއި އަދި އިރާއި ހަނދާއި އެކަލާނގެ ކަލޭމެނަށް ކިޔަމަންކޮށްދެއްވިއެވެ. އަދި އެކަލާނގެ أمر ފުޅަށް ތަރިތައް ކިޔަމަންކުރެއްވިގެންވެއެވެ. މިތަކެތި މިގޮތަށް ކިޔަމަންތެރިކުރެއްވުމުގައި ހަމަކަށަވަރުންވެސް އެތަކެތި ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ ހެކިތަކާއި حجّة ވާކަން ކަށަވަރެވެ. ބުއްދީގެ ބޭނުންކޮށް ހެޔޮވިސްނާ ބަޔަކަށެވެ.

Verse 13

وَمَا ذَرَأَ لَكُمْ فِى ٱلْأَرْضِ مُخْتَلِفًا أَلْوَٰنُهُۥٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَذَّكَّرُونَ

Transliteration wamā dhara-a lakum fī l-arḍi mukh'talifan alwānuhu inna fī dhālika laāyatan liqawmin yadhakkarūna

Dhivehi އަދި އެކަލާނގެ ކަލޭމެނަށްޓަކައި ބިމުގައި ހައްދަވާފައިވާ އެކިއެކި ތަފާތު ކުލަކުލައިގެ ތަކެތީގައިވެސް (އެބަހީ: އެތަކެތި އެހާ ފުރިހަމަ نظام އަކުން ހައްދަވާ ތަރުތީބުކުރައްވާފައިވާކަމީ) އެތަކެތި ހެއްދެވި ފަރާތުގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ މައްޗަށް دليل ކުރާ ކަމެއްކަން ކަށަވަރެވެ. وعظ އާއި نصيحة ލިބިގަންނަ ބަޔަކަށެވެ.

Verse 14

وَهُوَ ٱلَّذِى سَخَّرَ ٱلْبَحْرَ لِتَأْكُلُوا۟ مِنْهُ لَحْمًا طَرِيًّا وَتَسْتَخْرِجُوا۟ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ

Transliteration wahuwa alladhī sakhara l-baḥra litakulū min'hu laḥman ṭariyyan watastakhrijū min'hu ḥil'yatan talbasūnahā watarā l-ful'ka mawākhira fīhi walitabtaghū min faḍlihi walaʿallakum tashkurūna

Dhivehi އަދި ކަނޑު ކިޔަމަންކުރެއްވީވެސް ހަމަ އެކަލާނގެއެވެ. އެއީ ކަލޭމެން އެކަނޑުގެ ތާޒާމަސް (ބާނައިގެން / ނުވަތަ ހިފައިގެން) ކެއުމަށްޓަކައެވެ. އަދި އެކަނޑުން ކަލޭމެން އަޅައިއުޅޭނޭ ގަހަނާ ނެރުމަށްޓަކައެވެ. (އެބަހީ: ގަހަނާގައި ބޭނުންކުރާ ރަންމުތާއި ތަކެތި ނެގުމަށެވެ.) އަދި ނައުފަހަރު އެކަނޑުގައި ހުންގާނު މޮއިކަފައިލާ ރާޅުތައް ފަޅަމުންދާތަން ކަލޭ ދެކޭނެއެވެ. އެއީ ﷲ ގެ فضل ވަންތަކަމުން ކަލޭމެން އެދިގަތުމަށެވެ. (އެބަހީ: ވިޔަފާރި ދަތުރު ފަދަ ދަތުރުކޮށް އޭގެ ފައިދާޔާ ލާބަ ލިބިގަތުމަށެވެ.) އަދި އެކަންކަމުން ކަލޭމެން ﷲ އަށް شكر ކުރުމުގެ مقصد ގައެވެ.

Verse 15

وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَأَنْهَـٰرًا وَسُبُلًا لَّعَلَّكُمْ تَهْتَدُونَ

Transliteration wa-alqā fī l-arḍi rawāsiya an tamīda bikum wa-anhāran wasubulan laʿallakum tahtadūna

Dhivehi އަދި ކަލޭމެންނާއިގެން ބިންގަނޑު حركاة ކޮށް އަދި ނުތެޅުމަށްޓަކައި އެކަލާނގެ އެބިމުގައި ވަރުގަދަ ފަރުބަދަތައް ޖައްސަވައި ހަރުކުރެއްވިއެވެ. އަދި ކަލޭމެން ބިމުގައި ހިނގާބިނގާވުމުގައި މަގުލިބިގަނެ ތަންދޮރު އެނގުމަށްޓަކައި އެކަލާނގެ އެބިމުގައި ކޯރުތަކާއި މަގުތައް ލެއްވިއެވެ.

Verse 16

وَعَلَـٰمَـٰتٍ ۚ وَبِٱلنَّجْمِ هُمْ يَهْتَدُونَ

Transliteration waʿalāmātin wabil-najmi hum yahtadūna

Dhivehi އަދި (އެކި ވަގުތުގައި) ތެދުމަގު ލިބިގަތުމަށް އެތައް ބައިވަރު علامة އެއް އެކަލާނގެ ލެއްވިއެވެ. އަދި ރޭގަނޑުގެ ވަގުތު ތަރިތަކުން އެމީހުން ތެދުމަގު ލިބިގަންނާނެގޮތް އެކަލާނގެ ލެއްވިއެވެ.

Verse 17

أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ ۗ أَفَلَا تَذَكَّرُونَ

Transliteration afaman yakhluqu kaman lā yakhluqu afalā tadhakkarūna

Dhivehi އަޅެފަހެ (މި عَجائب ވާފަދަ ފުރިހަމަކޮށް) ތަކެތި ހައްދަވާ ކަލާނގެއާއި އެއްވެސް އެއްޗެއް ނުހެއްދެވޭ ތަކެއްޗާ يعني: ބުދުތަކާ އެއްވަރުހެއްޔެވެ؟ އެއްގޮތްވާނެހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ. (އެހެންވުމާ އެކުވެސް އެބުދުތަކަށް އަޅުކަންކޮށް ﷲ އާ އެއްފަދަކޮށް އެކަލާނގެއާ شريك ކުރަން ހެޔޮވާނޭހެއްޔެވެ؟) ކަލޭމެން ފަހެ وعظ އާއި نصيحة އެއް ލިބިގަނެ އެއްޗެއް ވިސްނާކަށް ނުވޭހެއްޔެވެ؟

Verse 18

وَإِن تَعُدُّوا۟ نِعْمَةَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱللَّهَ لَغَفُورٌ رَّحِيمٌ

Transliteration wa-in taʿuddū niʿ'mata l-lahi lā tuḥ'ṣūhā inna l-laha laghafūrun raḥīmun

Dhivehi އަދި ކަލޭމެން ﷲ ގެ نعمة ތައް ގުނާ عدد ކުރަން އުޅުނަސް އެތަކެތި ހިމަނައި ނުގަނެވޭހާ ގިނައެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަން ކަށަވަރެވެ.

Verse 19

وَٱللَّهُ يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ

Transliteration wal-lahu yaʿlamu mā tusirrūna wamā tuʿ'linūna

Dhivehi އަދި ކަލޭމެން ސިއްރުގައިކުރާހާކަމަކާއި އަދި ފައުޅުގައި ކުރާހާކަމެއްވެސް ﷲ ދެނެވޮޑިގަންނަވައެވެ. (އެކަންކަމަށް އެކަލާނގެ ފުރިހަމަ جزاء ދެއްވާނެއެވެ.)

Verse 20

وَٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ لَا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ

Transliteration wa-alladhīna yadʿūna min dūni l-lahi lā yakhluqūna shayan wahum yukh'laqūna

Dhivehi އަދި އެމީހުން يعني: مشرك ންގެމީހުން ﷲ ފިޔަވައި އެތަކެއްޗަށްގޮވާ دعاء ކޮށް އެހަދާ ތަކެތި އެބަހީ: ބުދުތައް އެއްވެސް އެއްޗެއް ނުހަދަ އެވެ. އަދި އެތަކެތި އެއީ ހެއްދެވިގެންވާ ތަކެއްޗެވެ.

Verse 21

أَمْوَٰتٌ غَيْرُ أَحْيَآءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ

Transliteration amwātun ghayru aḥyāin wamā yashʿurūna ayyāna yub'ʿathūna

Dhivehi އެތަކެތި އެއީ މަރުވެފައިވާ ތަކެއްޗެވެ. (އެބަހީ: أصل އަށް އެތަކެތީގައި ފުރާނަ ނުވެއެވެ.) އެއީ ދިރިހުރިތަކެއްޗެއްނޫނެވެ. އެތަކެތި محشر އަށް ފޮނުއްވޭނީ ކޮންއިރަކުންކަންވެސް އެތަކެއްޗަށް ނޭނގޭނެއެވެ. ނުވަތަ އެތަކެއްޗަށް އަޅުކަންކުރި މީސްތަކުން محشر އަށް ފޮނުވޭނީ ކޮންއިރަކުންކަން އެއްވެސް ގޮތަކުން އެތަކެއްޗަށް ނޭނގޭނެއެވެ.

Verse 22

إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۚ فَٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ قُلُوبُهُم مُّنكِرَةٌ وَهُم مُّسْتَكْبِرُونَ

Transliteration ilāhukum ilāhun wāḥidun fa-alladhīna lā yu'minūna bil-ākhirati qulūbuhum munkiratun wahum mus'takbirūna

Dhivehi ކަލޭމެންގެ إله އަކީ ހަމަ އެއްކައުވަންތަ އެންމެ إله އެކެވެ. ފަހެ آخرة ދުވަހަށް إيمان ނުވާމީހުންގެ ހިތްތައްވަނީ މުޅިން إنكار ވެގެންނެވެ. ﷲ ގެ އެއްކައުވަންތަކަން قبول ނުކޮށެވެ. وعظ އެއް نصيحة އެއް އެއަކަށް ނުވަންނާނެއެވެ. އަދި އެމީހުން އެވަނީ ބޮޑާވެގެންނެވެ. كِبْر ވެރިވެގެންނެވެ.

Verse 23

لَا جَرَمَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْتَكْبِرِينَ

Transliteration lā jarama anna l-laha yaʿlamu mā yusirrūna wamā yuʿ'linūna innahu lā yuḥibbu l-mus'takbirīna

Dhivehi حقّ ތެދެކެވެ. ހަމަކަށަވަރުން އެމީހުން ސިއްރުންކުރާހާކަމަކާއި އަދި އެމީހުން ފައުޅުކުރާހާ ކަމެއްވެސް ﷲ ދެނެވޮޑިގަންނަވައެވެ. ހަމަކަށަވަރުން ބޮޑާވެ كبر ވެރިވާމީހުންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.

Verse 24

وَإِذَا قِيلَ لَهُم مَّاذَآ أَنزَلَ رَبُّكُمْ ۙ قَالُوٓا۟ أَسَـٰطِيرُ ٱلْأَوَّلِينَ

Transliteration wa-idhā qīla lahum mādhā anzala rabbukum qālū asāṭīru l-awalīna

Dhivehi އަދި آخرة قبول ނުކުރާމީހުންނަށް ކަލޭމެންގެ ربّ ބާވައިލެއްވީ ކޮންއެއްޗެއްތޯ އެމީހުންކުރެ އަހައިފިއްޔާ އެމީހުން ބުނާނެއެވެ. "އެކަލާނގެ ބާވައިލެއްވީ އިސްވެދިޔަމީހުން ދައްކާފައިވާ ތާކުންތާކު ނުޖެހޭ باطل ވާހަކަތަކެވެ."

Verse 25

لِيَحْمِلُوٓا۟ أَوْزَارَهُمْ كَامِلَةً يَوْمَ ٱلْقِيَـٰمَةِ ۙ وَمِنْ أَوْزَارِ ٱلَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَآءَ مَا يَزِرُونَ

Transliteration liyaḥmilū awzārahum kāmilatan yawma l-qiyāmati wamin awzāri alladhīna yuḍillūnahum bighayri ʿil'min alā sāa mā yazirūna

Dhivehi އެމީހުން އެހެން އެބުނީ قيامة ދުވަހުން ހަމަ ބަރާބަރަށް ފުރިހަމައަށް އެމީހުންގެ ފާފަތައް އުފުލުމަށެވެ. އަދި އެއްވެސް އެނގުމެއްނެތި އެމީހުން މަގުފުރެއްދިމީހުންގެ ފާފައިގެތެރެއިންވެސް އުފުލުމަށެވެ. ދަންނާށެވެ! އެމީހުން އެހޯދި ފާފަޔާ ބަރުކަމުގެ ނުބައިކަމާއެވެ!

Verse 26

قَدْ مَكَرَ ٱلَّذِينَ مِن قَبْلِهِمْ فَأَتَى ٱللَّهُ بُنْيَـٰنَهُم مِّنَ ٱلْقَوَاعِدِ فَخَرَّ عَلَيْهِمُ ٱلسَّقْفُ مِن فَوْقِهِمْ وَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ

Transliteration qad makara alladhīna min qablihim fa-atā l-lahu bun'yānahum mina l-qawāʿidi fakharra ʿalayhimu l-saqfu min fawqihim wa-atāhumu l-ʿadhābu min ḥaythu lā yashʿurūna

Dhivehi އަދި ހަމަކަށަވަރުން މި مكَة ގެ مشرك ންގެ ކުރީގެމީހުން ނުބައި ރޭވުންތައްރާވާ رسول ންނާ އިދިކޮޅަށް مَكَرُ ތައްކުރިއެވެ. ދެންފަހެ ﷲ ގެ ކޯފާގެ أمر ފުޅު އެމީހުންގެ بِنَاء ތަކަށް އައިސް ބިންގަލުން ފެށިގެން އެތަން ހަލާކުވީއެވެ. އަދި ފުރާޅުވެސް އެމީހުންގެމައްޗަށް ވެއްޓި އެމީހުން ހަލާކު ކުރެއްވީއެވެ. އެމީހުންނަށް އެއްވެސް އެނގުމެއް إحساس އެއްވެސްނެތި އެމީހުންގެމައްޗަށް عذاب އައީއެވެ. • ދަންނައެވެ! މިއާޔަތުން މިއިޝާރަތްކުރައްވާ މީހުންނަކީ نَمْرُودُ بنُ كَنْعَان އާއި އޭނާގެ މީހުންކަމުގައިވިއެވެ. އޭނާ إبراهيم عليه السّلام ގެ إله ހޯދާ އެ إله قتل ކުރުމަށް މައްޗަށް އެރުމަށް ބޮޑުގަނޑުވަރެއް އަރުވައި އުސްކުރިއެވެ. އަދި އެ ގަނޑުވަރުގެމައްޗަށް އަރައި މަތިބަލައިވެސް إله ނުފެނުނެވެ. އަދި ﷲ تعالى އެބޮޑު ބިނާ ބިންގަލުން ފެށިގެން ހަލާކުކުރައްވައި އެތާނގެ ފުރާޅުވެސް އެމީހުންގެމައްޗަށް ވައްޓައިލެއްވިއެވެ. އަދި އެސޮރު ހަތަރުސަތޭކަ އަހަރު ދުނިޔޭގައިއުޅެ ދުނިޔެ ފާސިދުކުރިއެވެ. ދެންފަހެ ﷲ تعالى އެސޮރުގެ ނޭފަތަށް މަދިރިއެއް ވައްދަވައި އެމަދިރި ސިކުނޑީގައި ދައިގަނެ ދައިގަނެ އިންނަކަމުގައިވިއެވެ. އަދި އެ نَمْرُود އަށް ލުއިވެލާކަމުގައިވަނީ މަރުތޭލަކުން އޭނާގެ ބޮޑުގައި ތެޅީމައެވެ. އޭނާ މަރުވިކަމުގައިވަނީ އެތެޅުމުގެ ތެރޭގައިކަމުގައިވިއެވެ. والله أعلم = تفسير الطّبرى =

Verse 27

ثُمَّ يَوْمَ ٱلْقِيَـٰمَةِ يُخْزِيهِمْ وَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تُشَـٰٓقُّونَ فِيهِمْ ۚ قَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ إِنَّ ٱلْخِزْىَ ٱلْيَوْمَ وَٱلسُّوٓءَ عَلَى ٱلْكَـٰفِرِينَ

Transliteration thumma yawma l-qiyāmati yukh'zīhim wayaqūlu ayna shurakāiya alladhīna kuntum tushāqqūna fīhim qāla alladhīna ūtū l-ʿil'ma inna l-khiz'ya l-yawma wal-sūa ʿalā l-kāfirīna

Dhivehi ދެން قيامة ދުވަހުން ﷲ تعالى އެމީހުން ދެރަކުރައްވައި ނިކަމެތިކުރައްވާހުއްޓެވެ. އަދި އެމީހުނަށް އެކަލާނގެ وحي ކުރައްވާހުއްޓެވެ. ކަލޭމެން ތިމަންރަސްކަލާނގެއާ އިދިކޮޅަށް خلاف އަށް ގެންގުޅުނު شريك ންތައް ކޮބައިހެއްޔެވެ؟ ދެންފަހެ علم ވެރިން ބުނާނެއެވެ. ހަމަކަށަވަރުން މިއަދުގެ ދެރަކަމާއި ނުބައިކަން ކާފަރުންގެމައްޗަށް ހުންނަހުއްޓެވެ.

Verse 28

ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ ۖ فَأَلْقَوُا۟ ٱلسَّلَمَ مَا كُنَّا نَعْمَلُ مِن سُوٓءٍۭ ۚ بَلَىٰٓ إِنَّ ٱللَّهَ عَلِيمٌۢ بِمَا كُنتُمْ تَعْمَلُونَ

Transliteration alladhīna tatawaffāhumu l-malāikatu ẓālimī anfusihim fa-alqawū l-salama mā kunnā naʿmalu min sūin balā inna l-laha ʿalīmun bimā kuntum taʿmalūna

Dhivehi މިބުނާ ކާފަރުންނަކީ އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވެގެންވާ حال މަލާއިކަތްބޭކަލުން އެމީހުންގެ ފުރާނަތައް ހިއްޕަވާނެ މީހުންނެވެ. އަދި އެމީހުން އެދުވަހުން ﷲ ގެ أمر ފުޅަށް ކިޔަމަންތެރިވެ ބޯލަނބާހުއްޓެވެ. (އަދި އެމީހުން އެދުވަހުން ދަންނަވާނެއެވެ.) އަޅަމެން އެއްވެސް ނުބައިކަމެއް ނުކުރަމެވެ. (އޭގެ ޖަވާބުގައި ﷲ تعالى وحي ކުރައްވާނެތެވެ.) އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންކުރާ ކަމުގައިވި ކަންތައްތައް ﷲ تعالى ހަމަކަށަވަރުން ދެނެވޮޑިގަންނަވައެވެ.

Verse 29

فَٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَلَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ

Transliteration fa-ud'khulū abwāba jahannama khālidīna fīhā falabi'sa mathwā l-mutakabirīna

Dhivehi (އަދި އެމީހުންނަށް އެންގޭނެއެވެ.) ކަލޭމެން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތާ ދެމިތިބޭގޮތަށެވެ. ހަމަކަށަވަރުން ބޮޑާވެ كِبْرُ ވެރިވީމީހުންގޮސް ތިބޭތަން ވަރަށްވެސް ނުބައިވެގެންވެއެވެ.

Verse 30

۞ وَقِيلَ لِلَّذِينَ ٱتَّقَوْا۟ مَاذَآ أَنزَلَ رَبُّكُمْ ۚ قَالُوا۟ خَيْرًا ۗ لِّلَّذِينَ أَحْسَنُوا۟ فِى هَـٰذِهِ ٱلدُّنْيَا حَسَنَةٌ ۚ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌ ۚ وَلَنِعْمَ دَارُ ٱلْمُتَّقِينَ

Transliteration waqīla lilladhīna ittaqaw mādhā anzala rabbukum qālū khayran lilladhīna aḥsanū fī hādhihi l-dun'yā ḥasanatun waladāru l-ākhirati khayrun walaniʿ'ma dāru l-mutaqīna

Dhivehi އަދި تقوى ވެރިވާ މީހުންނަށް ބުނެވޭނެއެވެ. އެމީހުންކުރެން އެހެވޭނެއެވެ. ކަލޭމެންގެ ربّ ބާވައިލެއްވީ ކޮންއެއްޗެއްތޯއެވެ؟ އެމީހުން ދަންނަވާނެއެވެ. "އެކަލާނގެ ބާވައިލެއްވީ ހެވެވެ." އަދި މިދުނިޔޭގައި إحسان ތެރިވީ މީސްތަކުންނަށް (އެބަހީ: ﷲ އާއި رسول އާއަށް إيمان ވެ ހެޔޮ عمل ކުރިމީހުންނަށް) ހެޔޮކަން ހުއްޓެވެ. އެބަހީ: ދުނިޔޭގެ حياة ގައި ﷲ ގެ كرامة އާއި މާތްކަން ހުއްޓެވެ. އަދި آخرة ގެ ގޮވަތި މާހެޔޮވެގެންވެއެވެ. އަދި تقوى ވެރިވީ މީސްތަކުންގެ ގޮވައްޗަކީ ކަނޑައެޅިގެން نعمة ގެ ގޮވައްޗެވެ.

Verse 31

جَنَّـٰتُ عَدْنٍ يَدْخُلُونَهَا تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ لَهُمْ فِيهَا مَا يَشَآءُونَ ۚ كَذَٰلِكَ يَجْزِى ٱللَّهُ ٱلْمُتَّقِينَ

Transliteration jannātu ʿadnin yadkhulūnahā tajrī min taḥtihā l-anhāru lahum fīhā mā yashāūna kadhālika yajzī l-lahu l-mutaqīna

Dhivehi އެއީ قائم ވެތިބޭ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. (އެއީ تقوى ވެރިންގެ آخرة ގެގޮވައްޗެވެ.) އެތަންތާނގެ ދަށުން އާރުތައް ހިނގާނެއެވެ. (އާރުތައް ދެމޭނެއެވެ.) އެމީހުންނަށް އެތާނގައި އެމީހުން އެދޭހާ އެއްޗެއްވެއެވެ. ﷲ تعالى تقوى ވެރިންނަށް جزاء ދެއްވަނީ އެފަދައިންނެވެ.

Verse 32

ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَـٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ

Transliteration alladhīna tatawaffāhumu l-malāikatu ṭayyibīna yaqūlūna salāmun ʿalaykumu ud'khulū l-janata bimā kuntum taʿmalūna

Dhivehi އެމީހުންނަކީ އެބަހީ: އެ تقوى ވެރިންނަކީ - އެމީހުން طاهر ވެ މާތްވެގެންވާ حال އެމީހުންގެ ފުރާނަތައް ملائكة ބޭކަލުން ހިއްޕަވާ މީހުންނެވެ. މަރުގަންނަވާ ބޭކަލުންނެވެ. އަދި އެ ملائكة ބޭކަލުން ވިދާޅުވާނެއެވެ. "ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. (އަމާންކަންހުއްޓެވެ.) ކަލޭމެން (ދުނިޔޭގައި ތިބިއިރު) ކުރަމުންގެންދިޔަ (ރަނގަޅު) ކަންތަކުގެ ސަބަބުން ކަލޭމެން ސުވަރުގެ ވަންނާށެވެ!"

Verse 33

هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَـٰٓئِكَةُ أَوْ يَأْتِىَ أَمْرُ رَبِّكَ ۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ

Transliteration hal yanẓurūna illā an tatiyahumu l-malāikatu aw yatiya amru rabbika kadhālika faʿala alladhīna min qablihim wamā ẓalamahumu l-lahu walākin kānū anfusahum yaẓlimūna

Dhivehi އެމީހުންގެގާތަށް - އެބަހީ: އެ مكّة ގެ مشرك ންގެ ގާތަށް - އެމީހުންގެ ފުރާނަތައް ހިއްޕެވުމަށް ملائكة ބޭކަލުން ވަޑައިގެންނެވުމަށްމެނުވީ އެމީހުން އެބަ إنتطار ކުރޭހެއްޔެވެ؟ ނުވަތަ ކަލޭގެފާނުންގެ ربّ ގެ أمر ފުޅު އައުމަށްމެނުވީ އެމީހުން އެބަ إنتطار ކުރޭހެއްޔެވެ؟ (އެމީހުން އެ إنتطار ކުރަނީ އެކަމަށެވެ.) (އެކަލާނގެ أمر ފުޅޭ ބުނެވުނު ބަހުގެ مراد އަކީ ދުނިޔޭގައި އެމީހުންނަށް عذاب އައުމެވެ. ނުވަތަ محشر އަށް ފޮނުއްވުމެވެ.) مكّة ގެ مشرك ންގެ ކުރީގެ مشرك ންވެސް ކަންތައްކުރީ ހަމައެފަދައިންނެވެ. އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑި ނުގަންނަވައެވެ. އަދި އެކަމަކު އެމީހުންވީ އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާކުރާ ބަޔަކުކަމުގައެވެ.

Verse 34

فَأَصَابَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

Transliteration fa-aṣābahum sayyiātu mā ʿamilū waḥāqa bihim mā kānū bihi yastahziūna

Dhivehi ދެންފަހެ އެމީހުން ކުރިކަންތަކުގެ ނުބައިކަން އެބަހީ: ފާފައިގެ عقوبة އެމީހުންނަށް ޖެހިއްޖެއެވެ. އަދި އެކަމަކާއިމެދު އެމީހުން މަލާމާތްކޮށް ފުރައްސާރަކުރި ކަންތައް އެބަހީ: (ﷲ ގެ ކޯފާއާއި عذاب) އެމީހުން ލާވަށައިލައިފިއެވެ.

Verse 35

وَقَالَ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَا عَبَدْنَا مِن دُونِهِۦ مِن شَىْءٍ نَّحْنُ وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن دُونِهِۦ مِن شَىْءٍ ۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ ۚ فَهَلْ عَلَى ٱلرُّسُلِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ

Transliteration waqāla alladhīna ashrakū law shāa l-lahu mā ʿabadnā min dūnihi min shayin naḥnu walā ābāunā walā ḥarramnā min dūnihi min shayin kadhālika faʿala alladhīna min qablihim fahal ʿalā l-rusuli illā l-balāghu l-mubīnu

Dhivehi އަދި ﷲ އާއި އެހެނިހެން ފަރާތްތަކާއި شريك ކުރި މީހުން ބުންޏެވެ. ﷲ އިރާދަކުރެއްވިނަމަ އަހުރެމެންވެސް އަދި އަހުރެމެންގެ ކާބަފައިންވެސް އެކަލާނގެ ފިޔަވައި އެހެން އެއްވެސް އެއްޗަކަށް އަޅުކަން ނުކުރީމުހެވެ. އަދި އެކަލާނގެ حرام ކުރެއްވި އެއްޗެއް މެނުވީ حرام ވެސް ނުކުރީހެވެ. އަދި އެމީހުންގެ ކުރީގެ މީހުންވެސް ހަމަ ކަންތައްކުރީ ހަމައެފަދައިންނެވެ. ފަހެ بيان ވެގެންވާފަދައިން އިއްވައިދެއްވުންމެނުވީ رسول ބޭކަލުންގެމައްޗަށް އެބަ واجب ވެގެންވޭހެއްޔެވެ؟ އެބަހީ: އެބޭކަލުންގެ މައްޗަށް އޮތްކަމަކީ رسول ކަން ﷲ އެންގެވިފަދައަކުން އެންގެވި ބަޔަކަށް އިއްވައިދެއްވުމެވެ. މީސްތަކުންގެ عمل ތައް حساب ކުރައްވައި އެއަށް جزاء ދެއްވުމަކީ ﷲ އަށް خاصّ ވެގެންވާކަމެކެވެ.

Verse 36

وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ فَمِنْهُم مَّنْ هَدَى ٱللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ ٱلضَّلَـٰلَةُ ۚ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ

Transliteration walaqad baʿathnā fī kulli ummatin rasūlan ani uʿ'budū l-laha wa-ij'tanibū l-ṭāghūta famin'hum man hadā l-lahu wamin'hum man ḥaqqat ʿalayhi l-ḍalālatu fasīrū fī l-arḍi fa-unẓurū kayfa kāna ʿāqibatu l-mukadhibīna

Dhivehi އަދި ހަމަކަށަވަރުން ކޮންމެ أمّة އަކަށް ތިމަންރަސްކަލާނގެ رسول ބޭކަލަކު ފޮނުއްވީމެވެ. (އެއީ އެބޭކަލުން އެ أمّة ތަކަށް އަންގަވާ أمر ކުރެއްވުމަށެވެ. (ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އަދި ކަލޭމެން طاغوت އާ ދުރުވެ އެއްފަރާތްވާށެވެ! (طاغوت އަކީ ﷲ ފިޔަވައި އަޅުކަންވެވޭ ކޮންމެ އެއްޗަކަށް عامّ ކޮށް ކިޔާނަމެކެވެ. އެއަށް تفصيل ބޭނުންވެއެވެ. އެވާހަކަ އެހެން مقام އެއްގައި އަދި بيان ކުރާނީއެވެ. إن شاء ﷲ)\nދެންފަހެ އެމީހުންގެތެރޭގައި އެމީހުނަށް ﷲ ތެދުމަގު ދެއްކެވި މީހުންވެއެވެ. އަދި އެމީހުންގެ މައްޗަށް މަގުފުރެދުން حقّ ވީމީހުންވެއެވެ. ފަހެ ކަލޭމެން ބިމުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް ހަދައިބަލާށެވެ! އަދި ދޮގުވެރިންގެ ފަހުކޮޅު އެމީހުންގެ ނިމުންވީ ކޮންފަދައަކުންކަން ދެކިބަލާށެވެ!

Verse 37

إِن تَحْرِصْ عَلَىٰ هُدَىٰهُمْ فَإِنَّ ٱللَّهَ لَا يَهْدِى مَن يُضِلُّ ۖ وَمَا لَهُم مِّن نَّـٰصِرِينَ

Transliteration in taḥriṣ ʿalā hudāhum fa-inna l-laha lā yahdī man yuḍillu wamā lahum min nāṣirīna

Dhivehi (އޭ رسول ﷲ އެވެ!) އެމީހުންނަށް ތެދުމަގު ލިބުމުގެމައްޗަށް ކަލޭގެފާނު ދަހިވެތިވެ ވަޑައިގެންނެވިނަމަވެސް (އެއަކީ އެހެން އޮތްކަމެއްނޫނެވެ.) އެހެނީ ހަމަކަށަވަރުން އެކަލާނގެ މަގުފުރައްދަވާ އަޅަކަށް އެކަލާނގެ ތެދުމަގު ނުދައްކަވާހުއްޓެވެ. އެފަދަ މީހުންނަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.

Verse 38

وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ ۙ لَا يَبْعَثُ ٱللَّهُ مَن يَمُوتُ ۚ بَلَىٰ وَعْدًا عَلَيْهِ حَقًّا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

Transliteration wa-aqsamū bil-lahi jahda aymānihim lā yabʿathu l-lahu man yamūtu balā waʿdan ʿalayhi ḥaqqan walākinna akthara l-nāsi lā yaʿlamūna

Dhivehi އަދި އެމީހުން يعني: مكّة ގެ قريش ން ﷲ ގަންދީ ގަދަހުވައިކޮށްފާ ބުނެއެވެ. "މަރުވެއްޖެމީހަކު ދެން ﷲ تعالى محشر އަށް ނުފޮނުއްވާހުއްޓެވެ." (އޭގެ ޖަވާބުގައި ﷲ އެ وحي ކުރައްވަނީ) އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ. (އަޅުތަކުން މަރުވުމަށްފަހު محشر އަށް ފޮނުއްވާނެކަމަށް އެކަލާނގެ ކުރައްވާފައިވާ وعد ފުޅަކީ) ހަމައެކަލާނގެ حضرة އަށްވާ حقّ وعد ފުޅެކެވެ. އަދި އެހެންނަމަވެސް ގިނަމީސްތަކުންނަކަށް އެގޮތެއް ނޭނގެއެވެ.

Verse 39

لِيُبَيِّنَ لَهُمُ ٱلَّذِى يَخْتَلِفُونَ فِيهِ وَلِيَعْلَمَ ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ كَانُوا۟ كَـٰذِبِينَ

Transliteration liyubayyina lahumu alladhī yakhtalifūna fīhi waliyaʿlama alladhīna kafarū annahum kānū kādhibīna

Dhivehi (އެކަލާނގެ އަޅުތަކުން محشر އަށް ފޮނުއްވަނީ) އެކަމަކާ މެދު އެބައިމީހުން ދެބަސްވެ إختلاف ވާކަންތައް އެމީހުންނަށް ބަޔާންކޮށްދެއްވުމަށާއި އަދި ކާފަރުވީ މީސްތަކުންނަށް ތިމާމެންނީ ހަމަކަށަވަރުން ދޮގުވެރިންކަން އެންގެވުމަށެވެ.

Verse 40

إِنَّمَا قَوْلُنَا لِشَىْءٍ إِذَآ أَرَدْنَـٰهُ أَن نَّقُولَ لَهُۥ كُن فَيَكُونُ

Transliteration innamā qawlunā lishayin idhā aradnāhu an naqūla lahu kun fayakūnu

Dhivehi ތިމަންރަސްކަލާނގެ އެއްޗެއް (ހެއްދެވުމަށް) އިރާދަކުރައްވައިފިއްޔާ އެއެއްޗަކަށް ތިމަންރަސްކަލާނގެ وحي ކުރައްވާކަންކަށަވަރީ ވާށޭ މިފަދައިންނެވެ. އެހައިރުން އެއެއްޗެއް އެވަނީއެވެ. އެ އުފެދެނީއެވެ. (މީސްތަކުން މަރުވުމަށްފަހު އެމީހުން ދިރުވައި محشر ކުރެއްވުމަކީވެސް ހަމައެފަދަ ކަމެކެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ލުއިކަމެކެވެ.)

Verse 41

وَٱلَّذِينَ هَاجَرُوا۟ فِى ٱللَّهِ مِنۢ بَعْدِ مَا ظُلِمُوا۟ لَنُبَوِّئَنَّهُمْ فِى ٱلدُّنْيَا حَسَنَةً ۖ وَلَأَجْرُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ

Transliteration wa-alladhīna hājarū fī l-lahi min baʿdi mā ẓulimū lanubawwi-annahum fī l-dun'yā ḥasanatan wala-ajru l-ākhirati akbaru law kānū yaʿlamūna

Dhivehi އަދި އަނިޔާލިބެވުމަށްފަހު ﷲ ގެ މަގުގައި هجرة ކުރިމީހުން ދަންނައެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން ދުނިޔޭގައި ރަނގަޅުތަނެއްގައި ވަޒަންވެރިކުރުވާހުށީމެވެ. ހަމަޖައްސައިދެއްވާހުށީމެވެ. (އެރަނގަޅު ތަނަކީ مدينة ކަމުގައި ރިވާވެގެންވެއެވެ.) އަދި އެމީހުންނަށް އެނގޭނަމަ آخرة ގެ އުޖޫރަޔާއި ދަރުމަ މާބޮޑުވެގެންވެއެވެ.

Verse 42

ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

Transliteration alladhīna ṣabarū waʿalā rabbihim yatawakkalūna

Dhivehi އެމީހުންނަކީ ކެތްތެރިވީމީހުންނެވެ. އަދި ކަނޑައެޅިގެން އެމީހުންގެ ربّ އަށް އެކަނި وكيل ކުރާމީހުންނެވެ. އިތުބާރުކުރާ މީހުންނެވެ.

Verse 43

وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ ۚ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ

Transliteration wamā arsalnā min qablika illā rijālan nūḥī ilayhim fasalū ahla l-dhik'ri in kuntum lā taʿlamūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ކުރީގައިވެސް ހަމަ ފިރިހެނުންމެނުވީ ތިމަންރަސްކަލާނގެ رسول ކަމާއިގެން ނުފޮނުއްވަމެވެ. (އެބަހީ: رسول ކަމާއިގެން ފޮނުއްވީ ހަމަ آدم ގެދަރިންކުރެ ފިރިހެނުންނެވެ. ملائكة ންނެއްނޫނެވެ.) ތިމަންރަސްކަލާނގެ އެބޭކަލުންނަށް وحي ބާވައިލައްވަމެވެ. (އޭ رسول ﷲ ގެ رسول ކަން قبول ނުކުރާމީހުންނެވެ!) ކަލޭމެންނަށް ނޭނގެންޏާ ذِكْر ގެ أهل ވެރިންކުރެން ކަލޭމެން ނިކަންއަހައި ބަލާށެވެ! (ذِكر ގެ أهل ވެރިންނަކީ أهل كتاب ންކުރެ علم ވެރި مؤمن ންނެވެ. ނުވަތަ قرآن ގެ أهل ވެރިންނެވެ.)

Verse 44

بِٱلْبَيِّنَـٰتِ وَٱلزُّبُرِ ۗ وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ

Transliteration bil-bayināti wal-zuburi wa-anzalnā ilayka l-dhik'ra litubayyina lilnnāsi mā nuzzila ilayhim walaʿallahum yatafakkarūna

Dhivehi (އެރަސޫލުބޭކަލުން ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީ) بيان ވެގެންވާ حجّة އާއި دليل ތަކާއި ފޮތްތަކާއިގެންނެވެ. އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ذِكر އެބަހީ: ކީރިތި قرآن މިބާވައިލައްވަނީ މީސްތަކުންނަށް ބާވައިލެއްވުނުތަކެތި ކަލޭގެފާނު އެމީހުންނަށް ބަޔާންކޮށް ދެއްވުމަށެވެ. އަދި އެމީހުން ވިސްނާ فِكر ކުރުމަށްޓަކައެވެ. އެކަމުގެ مقصد ގައެވެ.

Verse 45

أَفَأَمِنَ ٱلَّذِينَ مَكَرُوا۟ ٱلسَّيِّـَٔاتِ أَن يَخْسِفَ ٱللَّهُ بِهِمُ ٱلْأَرْضَ أَوْ يَأْتِيَهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ

Transliteration afa-amina alladhīna makarū l-sayiāti an yakhsifa l-lahu bihimu l-arḍa aw yatiyahumu l-ʿadhābu min ḥaythu lā yashʿurūna

Dhivehi (مؤمن ންނަށް އަނިޔާކޮށް އަދި) އެމީހުނާމެދު ނުބައިގޮތްތައް ރޭވި އަދި ރާވާ މީހުން އެތިބީ ﷲ އެމީހުންނާއިގެން ބިންގަނޑު ގަންބަވައިގަތުމާ މެދު ނުވަތަ އެމީހުންނަށް إحساس ވެސް ނުވެތިއްބާ عذاب އެމީހުންނަށް އައުމާމެދު އަމާންވެގެންހެއްޔެވެ؟ (އެބަހީ: އެއިން ކަމެއްނުވާނެކަމާ މެދު ހިތްހަމަޖެހި އަމާންވެގެންހެއްޔެވެ؟)

Verse 46

أَوْ يَأْخُذَهُمْ فِى تَقَلُّبِهِمْ فَمَا هُم بِمُعْجِزِينَ

Transliteration aw yakhudhahum fī taqallubihim famā hum bimuʿ'jizīna

Dhivehi ނުވަތަ އެމީހުން އެކިއެކި ކަންކަމުގައި حركاة ތެރިވެ ދަތުރުފަތުރުކުރުމުގެ ތެރޭގައި އެކަލާނގެ އެމީހުން ހިއްޕަވައި ހަލާކުކުރެއްވުމާއިމެދު (އެމީހުން އެތިބީ އަމާންވެގެންހެއްޔެވެ؟) ފަހެ އެފަދަކަމެއް ﷲ ކުރެއްވިޔަސް އެކަލާނގެ ނުކުޅައްދައިލެވޭނެބަޔަކުކަމުގައި އެމީހުން ނުވެއެވެ.

Verse 47

أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍ فَإِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ

Transliteration aw yakhudhahum ʿalā takhawwufin fa-inna rabbakum laraūfun raḥīmun

Dhivehi ނުވަތަ ބިރުވެރިގޮތަކަށް އެކަލާނގެ އެމީހުން ހިއްޕެވުމާ މެދު އެމީހުން އެތިބީ އަމާންވެގެންހެއްޔެވެ؟ އެއީ މީހުން މަރުއްވައި މަދުކުރައްވައި ހަލާކުކުރެއްވުމުންނެވެ.) ފަހެ ހަމަކަށަވަރުން ކަލޭމެންގެ ކަލާނގެއީ ކަނޑައެޅިގެން އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަންކަށަވަރެވެ. (އެހެނީ އަޅުތަކުންގެ އުރެދުންތައް ގިނަވުމާ އެކުވެސް އެމީހުންގެމައްޗަށް ބޮޑު عقوبة އެއް އެކަލާނގެ ނުފޮނުއްވައި ލަސްކުރައްވާފައިވެއެވެ.)

Verse 48

أَوَلَمْ يَرَوْا۟ إِلَىٰ مَا خَلَقَ ٱللَّهُ مِن شَىْءٍ يَتَفَيَّؤُا۟ ظِلَـٰلُهُۥ عَنِ ٱلْيَمِينِ وَٱلشَّمَآئِلِ سُجَّدًا لِّلَّهِ وَهُمْ دَٰخِرُونَ

Transliteration awalam yaraw ilā mā khalaqa l-lahu min shayin yatafayya-u ẓilāluhu ʿani l-yamīni wal-shamāili sujjadan lillahi wahum dākhirūna

Dhivehi އެމީހުން يعني: مؤمن ންނާއިމެދު ނުބައިގޮތްތައް ރާވާ މީހުން ﷲ ހައްދަވާފައިވާ އެކިބާވަތުގެ ތަކެއްޗަށް ބަލާ ވިސްނާ فِكر ކޮށް ނުހަދަނީބާވައެވެ؟ (އެއީ ގަސްގަހާގެއްސާއި ފަރުބަދަޔާއި ކަނޑާއި ދެންވެސް ކޮންމެ އެއްޗެކެވެ.) ފަހެ އެތަކެތީގެ ހިޔަނި ކަނާތްފަރާތަށާއި ވައަތްފަރާތަށް ލެނބެއެވެ. ނުވަތަ ދުވާލުގެ ހެނދުނުކޮޅާއި ހަވީރުކޮޅު ދެއިރު ދެއަތަށް ލެނބެއެވެ. އެއީ އެތަކެތި ދެރަވެ ނިކަމެތިވެގެންވާ حال ﷲ އަށް سجدة ކުރުމަށެވެ.

Verse 49

وَلِلَّهِ يَسْجُدُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ مِن دَآبَّةٍ وَٱلْمَلَـٰٓئِكَةُ وَهُمْ لَا يَسْتَكْبِرُونَ

Transliteration walillahi yasjudu mā fī l-samāwāti wamā fī l-arḍi min dābbatin wal-malāikatu wahum lā yastakbirūna

Dhivehi އަދި އުޑުތަކާއި ބިމުގައިވާހާތަކެތި އޭގެތެރޭގައި ކޮންމެ دَابّة އެއްވިޔަސް އެބަހީ: ދިރޭ ކޮންމެއެއްޗެއްވިޔަސް އަދި ملائكة ބޭކަލުންވެސް ކަނޑައެޅިގެން ﷲ އަށް سجدة ކުރެއެވެ. އަދި އެބޭކަލުންނާއި އެތަކެތި އެކަލާނގެއަށް سجدة ކުރުމާމެދު ބޮޑާވެ كِبْرُ ވެރިނުވެއެވެ.

Verse 50

يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩

Transliteration yakhāfūna rabbahum min fawqihim wayafʿalūna mā yu'marūna

Dhivehi އަދި އެބޭކަލުންގެމަތީގައިވާ އެބޭކަލުންގެ ربّ އަށް އެބޭކަލުން ބިރުވެތިވެވަޑައިގަންނަވައެވެ. އަދި އެބޭކަލުންނަށް އަމުރުވެވުނު ކަންތައް އެބޭކަލުން ކުރައްވައެވެ.

Verse 51

۞ وَقَالَ ٱللَّهُ لَا تَتَّخِذُوٓا۟ إِلَـٰهَيْنِ ٱثْنَيْنِ ۖ إِنَّمَا هُوَ إِلَـٰهٌ وَٰحِدٌ ۖ فَإِيَّـٰىَ فَٱرْهَبُونِ

Transliteration waqāla l-lahu lā tattakhidhū ilāhayni ith'nayni innamā huwa ilāhun wāḥidun fa-iyyāya fa-ir'habūni

Dhivehi އަދި ﷲ تعالى وحي ކުރެއްވިއެވެ. (އޭ މީސްތަކުންނޭވެ!) ކަލޭމެން ދެ إله ން ހިފާ إختيار ނުކުރާށެވެ! (ﷲ އާއި އެހެން އެއްޗަކާއި ބައިވެރިކޮށް (شريك) ނުކުރާށެވެ! ހަމަކަށަވަރުން އެކަލާނގެ އެއީ އެއްކައުވަންތަ އެއް إله އެކެވެ. ފަހެ ކަލޭމެން ތިމަންރަސްކަލާނގެއަށް އެކަނި ބިރުވެތިވާހުށިކަމެވެ!

Verse 52

وَلَهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَهُ ٱلدِّينُ وَاصِبًا ۚ أَفَغَيْرَ ٱللَّهِ تَتَّقُونَ

Transliteration walahu mā fī l-samāwāti wal-arḍi walahu l-dīnu wāṣiban afaghayra l-lahi tattaqūna

Dhivehi އަދި އުޑުތަކާއި ބިމުގައިވާހާތަކެތި އެކަލާނގެއަށް خاصّ ވެ ملك ވެގެންވެއެވެ. އަދި އަޅުކަން އަބަދާއަބަދު ދާއިމީގޮތުގައި (ކިޔަމަންތެރިކަމާއި إخلاص ތެރިކަމާ އެކު) ވެވުން حقّ ވަނީ ހަމައެކަނި އެކަލާނގެއަށެވެ. އަޅެފަހެ ﷲ ނޫން ފަރާތަކަށް ކަލޭމެން ބިރުވެތިވަނީހެއްޔެވެ؟ (ނުވަތަ ބިރުވެތިވާންވީހެއްޔެވެ؟) އެއީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއްނޫނެވެ.

Verse 53

وَمَا بِكُم مِّن نِّعْمَةٍ فَمِنَ ٱللَّهِ ۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيْهِ تَجْـَٔرُونَ

Transliteration wamā bikum min niʿ'matin famina l-lahi thumma idhā massakumu l-ḍuru fa-ilayhi tajarūna

Dhivehi އަދި ކަލޭމެންނަށްވާނަމަ ވާހާ نعمة އަކީ ހަމަ ﷲ ގެ حضرة ންވާ نعمة އެވެ. ދެން އަދި ކަލޭމެންނަށް (ތަދުމަޑުކަމުގެގޮތުންވެސް އަދި ބަލިމަޑުކަމުގެގޮތުންވެސް އަދި ބިރުވެތިކަމުގެގޮތުންވިޔަސް) އުނދަގުލެއް ޖެހިއްޖެއްޔާ ކަލޭމެން އެކަލާނގެ حضرة އަށް ގޮވާ އާދޭސްކުރެއެވެ.

Verse 54

ثُمَّ إِذَا كَشَفَ ٱلضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ

Transliteration thumma idhā kashafa l-ḍura ʿankum idhā farīqun minkum birabbihim yush'rikūna

Dhivehi ދެން ކަލޭމެންގެ ކިބައިން އެއުނދަގޫ އެކަލާނގެ ދުރުކޮށްދެއްވާ كشف ކުރައްވައިފިއްޔާ ކަލޭމެންގެތެރެއިން ބަޔަކު އެމީހުންގެ ربّ އަށް شريك ކުރެއެވެ.

Verse 55

لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ ۚ فَتَمَتَّعُوا۟ ۖ فَسَوْفَ تَعْلَمُونَ

Transliteration liyakfurū bimā ātaynāhum fatamattaʿū fasawfa taʿlamūna

Dhivehi އެއީ އެމީހުނަށް ތިމަންރަސްކަލާނގެ ދެއްވި نعمة އަށް ދެކޮޅުހަދާ ކާފަރުވުމަށްޓަކައެވެ. ފަހެ ކަލޭމެން (މިދުނިޔޭގައި) މަޖާނަގައި އަރާމުކޮށްބަލާށެވެ! ފަހެ ނިކަންހުރެ (ތިޔަކަމުގެ ނުބައި) ކަލޭމެން ދެކޭނެއެވެ. އެކަން އެނގިދާނެއެވެ.

Verse 56

وَيَجْعَلُونَ لِمَا لَا يَعْلَمُونَ نَصِيبًا مِّمَّا رَزَقْنَـٰهُمْ ۗ تَٱللَّهِ لَتُسْـَٔلُنَّ عَمَّا كُنتُمْ تَفْتَرُونَ

Transliteration wayajʿalūna limā lā yaʿlamūna naṣīban mimmā razaqnāhum tal-lahi latus'alunna ʿammā kuntum taftarūna

Dhivehi އަދި އެމީހުނަށް (އެއްވެސް حقيقة އެއް އަދި ގެއްލުމެއް منفع އެއް) ވާކަން ނޭނގޭތަކެއްޗަށް އެބަހީ: ބުދުތަކަށް ތިމަންރަސްކަލާނގެ އެމީހުނަށް ދެއްވި ރިޒުގުން ބައެއްދެނީއެވެ. ބައި އަޅަނީއެވެ. ﷲ ގަންދީ ހުވައިކުރަމެވެ. ހަމަކަށަވަރުން ކަލޭމެން ތިޔަދޮގުހަދާ ކަންތައްތަކާމެދު ކަލޭމެންނާ ސުވާލުވެވޭނެއެވެ. (މިއާޔަތުގައި މިވާ ބުދަށް ބައިއަޅާވާހަކަ أنعام ސޫރަތުގައި بيان ވެގެންވާނެއެވެ.)

Verse 57

وَيَجْعَلُونَ لِلَّهِ ٱلْبَنَـٰتِ سُبْحَـٰنَهُۥ ۙ وَلَهُم مَّا يَشْتَهُونَ

Transliteration wayajʿalūna lillahi l-banāti sub'ḥānahu walahum mā yashtahūna

Dhivehi އަދި އެމީހުން يعني: مشرك ންގެމީހުން ﷲ އަށް އަންހެންދަރިން نِسْبَة ކުރަނީއެވެ. (އެމީހުން ބުނަނީ ملائكة ބޭކަލުންނަކީ ﷲ ގެ އަންހެންދަރިންކަމުގައެވެ. މިގޮތުން އަންހެން ޖިންސު އެކީއެކަށް އެފަރާތަށް نِسْبَة ކުރަނީއެވެ. އަދި އެމީހުންނަށް نِسْبَة ކުރަނީ ފިރިހެން ޖިންސެވެ.) އެކަލާނގެއަށް ދަރިއަކުވުމުން އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އަދި އެމީހުންނަށް އެމީހުން نِسْبَة ކުރަނީ އެމީހުންއެދޭ ތަކެއްޗެވެ. އެއީ ފިރިހެންދަރިންނެވެ.

Verse 58

وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ

Transliteration wa-idhā bushira aḥaduhum bil-unthā ẓalla wajhuhu mus'waddan wahuwa kaẓīmun

Dhivehi އަދި އެއިން މީހަކަށް އަންހެންދަރިއަކު ލިބިއްޖެކަމުގެ خبر ދީފިއްޔާ އެމީހާގެ މޫނު (އެކަމާ ދެރަވެ ހިތާމައިން) މުޅިން ކަޅުވެދެއެވެ. ބަނަވެދެއެވެ. އަދި އޭނާ (އެކަމާމެދު ހިތާމަޔާ ރުޅިވެރިކަމުން ފުރިގެންވާ حال) އެކަން ފައުޅުނުކޮށް ވަންހަނާކުރެއެވެ.

Verse 59

يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ ۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ ۗ أَلَا سَآءَ مَا يَحْكُمُونَ

Transliteration yatawārā mina l-qawmi min sūi mā bushira bihi ayum'sikuhu ʿalā hūnin am yadussuhu fī l-turābi alā sāa mā yaḥkumūna

Dhivehi އަދި އޭނާއަށް އެ خبر ދެވުނުކަމުގެ ނުބައިކަމުން (އެބަހީ: އަންހެންދަރިއަކު ލިބުމުގެ ނުބައިކަމުން) އޭނާ މީސްތަކުންނާ ދުރުވެ ވަންހަނާވެދެއެވެ. ނިވައިވެދެއެވެ. އަދި އޭނާ ދެއަތަށް ޖެހިޖެހި ހުރެއެވެ. ނިކަމެތިކަމާއި ދެރަކަމާ އެކު އެކުއްޖާ ހިފައިގެން ގެންގުޅޭނީ ބާވައެވެ؟ ނުވަތަ އެކުއްޖާ (ދިރިއޮއްވާ) ވެލީގައި ވަޅުލާ ނިވައިކުރާނީބާވައެވެ؟ ދަންނާށެވެ! އެމީހުން އެކުރާ حكم ގެ ހުރި ނުބައިކަމާއެވެ! އެއީ ވަރަށްވެސް ނުބައި حكم އެކެވެ. (މިހެނީ އެމީހުންނަށް އެމީހުން نِسْبَة ކުރުމަށް ނުރުހޭ އަންހެންޖިންސު ﷲ އަށް نِسْبَة ކޮށް އެމީހުން އެދޭ ފިރިހެންޖިންސު އެމީހުންނަށް نِسْبَة ކުރުމީ ނުބައި حكم އެކެވެ. އަދިއެއްވެސް ބާވަތެއްގެ ދަރިއަކު އެކަލާނގެއަށް ނިސްބަތްކުރުމީ އެންމެބޮޑެތި ފާފައިގެތެރެއިންވާކަމެކެވެ.)

Verse 60

لِلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ مَثَلُ ٱلسَّوْءِ ۖ وَلِلَّهِ ٱلْمَثَلُ ٱلْأَعْلَىٰ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

Transliteration lilladhīna lā yu'minūna bil-ākhirati mathalu l-sawi walillahi l-mathalu l-aʿlā wahuwa l-ʿazīzu l-ḥakīmu

Dhivehi آخرة ދުވަހަށް إيمان ނުވާމީހުންނަށް ކަނޑައެޅިގެންހުރީ ނުބައިވެގެންވާ مثال އެވެ. (ޖާހިލުކަމާއި ﷲ އަށް ކާފަރުވުމާ މިފަދަ މިސާލެވެ.) އަދި ﷲ އަށް خاصّ ވެގެންވަނީ އެންމެ މަތިވެރިވެ މާތްވެގެންވާ مثال އެވެ. (ދީލަތިކަމާއި ފުރިހަމަކަމާއި މުއްސަނދިކަމާއި ތަނަވަސްކަމާއި ދެނެވޮޑިގަތުމާއި...... މިފަދަ މިފަދަ މިސާލެވެ.) އަދި އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

Verse 61

وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَآبَّةٍ وَلَـٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَـْٔخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ

Transliteration walaw yuākhidhu l-lahu l-nāsa biẓul'mihim mā taraka ʿalayhā min dābbatin walākin yu-akhiruhum ilā ajalin musamman fa-idhā jāa ajaluhum lā yastakhirūna sāʿatan walā yastaqdimūna

Dhivehi އަދި (آدم ގެދަރިންކުރެ އުރެދޭ) މީހުންގެ ނުބައިކަމާއި އަނިޔާގެ ސަބަބުން ﷲ تعالى މީސްތަކުން ހިތްޕަވާ ހަލާކުކުރައްވާނެނަމަ ބިންމަތީގައި އެއްވެސް ދިރޭއެއްޗެއް (ނުމަރުއްވާ) އެކަލާނގެ ދޫނުކުރެއްވީހެވެ. އެހެންނަމަވެސް ކަނޑައެޅި عيّن ވެގެންވާ ވަކިވަގުތަކަށް އެކަލާނގެ އެމީހުން ލަސްކުރައްވަނީއެވެ. ދެންފަހެ އެމީހުންގެ އެވަގުތު އައިސްޖެހުމުން ހިނދުކޮޅެއްވެސް ލަސްނުވާނެއެވެ. އަދި އެއަށްވުރެ ހިނދުކޮޅެއް އަވަސްވެސް ނުވާނެއެވެ.

Verse 62

وَيَجْعَلُونَ لِلَّهِ مَا يَكْرَهُونَ وَتَصِفُ أَلْسِنَتُهُمُ ٱلْكَذِبَ أَنَّ لَهُمُ ٱلْحُسْنَىٰ ۖ لَا جَرَمَ أَنَّ لَهُمُ ٱلنَّارَ وَأَنَّهُم مُّفْرَطُونَ

Transliteration wayajʿalūna lillahi mā yakrahūna wataṣifu alsinatuhumu l-kadhiba anna lahumu l-ḥus'nā lā jarama anna lahumu l-nāra wa-annahum muf'raṭūna

Dhivehi އަދި އެމީހުން - އެބަހީ: مشرك ންގެމީހުން - އެމީހުން ނުރުހޭ އެތި އެބަހީ: އަންހެންދަރިން - ﷲ އަށް نِسْبَة ކުރަނީއެވެ. އަދި ހަމަކަށަވަރުން އެމީހުންނަށް ރަނގަޅުއެތިވާކަމުގައި - އެބަހީ: ފިރިހެންދަރިން خاصّ ވެގެންވާކަމުގައި އެމީހުންގެ ދޫތަކުން އެދޮގު ސިފަކުރަނީއެވެ. ހަމަކަށަވަރުން އެމީހުންނަށް ނަރަކަ ކަނޑައެޅިގެންހުރުމީ حقّ އެވެ. އަދި ހަމަކަށަވަރުން އެމީހުންނަކީ ނަރަކައިގައި ފަސްކުރެވި ހަނދާންނެތިފައިވާގޮތަށް ތިބޭނޭބައެކެވެ. އެއީ عجائب އެއްނޫނެވެ.

Verse 63

تَٱللَّهِ لَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَهُوَ وَلِيُّهُمُ ٱلْيَوْمَ وَلَهُمْ عَذَابٌ أَلِيمٌ

Transliteration tal-lahi laqad arsalnā ilā umamin min qablika fazayyana lahumu l-shayṭānu aʿmālahum fahuwa waliyyuhumu l-yawma walahum ʿadhābun alīmun

Dhivehi (އޭ رسول ﷲ އެވެ!) ﷲ ގެ ذاتُ ފުޅު ގަންދެއްވައި އެކަލާނގެ ހުވައި وحي ކުރައްވައެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ ކުރީގެ أمّة ތަކަށް رسول ބޭކަލުން ފޮނުއްވީމެވެ. ދެންފަހެ شيطان އާ އެ أمّة ތަކުގެ މީހުންނަށް އެމީހުން ކުރަމުންއައި (ނުބައި) ކަންތައްތައް ޒީނަތްތެރިކޮށްދިނީއެވެ. އެމީހުން (رسول ބޭކަލުން ގެންނެވި توحيد އާއި އެބޭކަލުންގެ نصيحة ނުއަހައި شيطان އާގެ ފަހަތުން ދިޔައީއެވެ.) ފަހެ މިއަދު މިދުނިޔޭގައި އެމީހުންގެ ސަހަރޯވެރިއަކީ އެ شيطان އެވެ. (އެއީ ނުބައިގެންވާ ސަހަރޯވެރިޔާއެވެ.) އަދި އެމީހުނަށް آخرة ގައި ހުރީ ވޭންދެނިވި عذاب އެވެ.

Verse 64

وَمَآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ إِلَّا لِتُبَيِّنَ لَهُمُ ٱلَّذِى ٱخْتَلَفُوا۟ فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ

Transliteration wamā anzalnā ʿalayka l-kitāba illā litubayyina lahumu alladhī ikh'talafū fīhi wahudan waraḥmatan liqawmin yu'minūna

Dhivehi އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އެމީހުންގެމެދުގައި إختلاف ވެގެންވާ ކަންތައް އެމީހުންނަށް ބަޔާންކޮށްދެއްވުމަށާއި، އަދި އީމާންވެގެންވާ ބަޔަކަށްވާ ތެދުމަގާއި رحمة އެއްގެގޮތުންކަމުގައި މެނުވީ ނުވެއެވެ.

Verse 65

وَٱللَّهُ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَسْمَعُونَ

Transliteration wal-lahu anzala mina l-samāi māan fa-aḥyā bihi l-arḍa baʿda mawtihā inna fī dhālika laāyatan liqawmin yasmaʿūna

Dhivehi އަދި ﷲ تعالى އުޑުން ފެންބާވައިލެއްވިއެވެ. ދެން އެފެނުގެ ސަބަބުން ބިންގަނޑު މަރުވެ ހަނަފަސްވެފައި އޮތުމަށްފަހު އެކަލާނގެ އެބިން ދިރުއްވައެވެ. ހަމަކަށަވަރުން އެކަމުގައި ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމަށް އަދި މަރުވުމަށްފަހު ދިރުއްވާނެކަމުގެ މައްޗަށް دليل ކުރާ دليل ވާކަން ކަށަވަރެވެ. އެއީ މިކީރިތި قرآن ގެ ބަސްއަހައި އެއަށް ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.

Verse 66

وَإِنَّ لَكُمْ فِى ٱلْأَنْعَـٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهِۦ مِنۢ بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَآئِغًا لِّلشَّـٰرِبِينَ

Transliteration wa-inna lakum fī l-anʿāmi laʿib'ratan nus'qīkum mimmā fī buṭūnihi min bayni farthin wadamin labanan khāliṣan sāighan lilshāribīna

Dhivehi އަދި نعم ސޫފިތަކުގައިވެސް ކަލޭމެނަށް دليل އާއި حجّة ވެއެވެ. (وعظ نصيحة ވެއެވެ.) އެތަކެތީގެ ބަނޑުގައިވާ ގުޔާއި ލެއިގެތެރެއިން (އެޔާ ނުގުޅޭގޮތަށް) ހަމަ ސީދާ ސާފުކިރު ތިމަންރަސްކަލާނގެ ނެރެދެއްވައި ކަލޭމެނަށް ބޯންދެއްވަމެވެ. އެކިރު ބޮއިލާ މީހާއަށް ނުހަނު ފަސޭހަކަމާއި އޮމާންކަމާއިއެކު ދިރުވައިލަން ފަސޭހަވެގެންވެއެވެ.

Verse 67

وَمِن ثَمَرَٰتِ ٱلنَّخِيلِ وَٱلْأَعْنَـٰبِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَعْقِلُونَ

Transliteration wamin thamarāti l-nakhīli wal-aʿnābi tattakhidhūna min'hu sakaran wariz'qan ḥasanan inna fī dhālika laāyatan liqawmin yaʿqilūna

Dhivehi އަދި ކަދުރު ރުކާއި މޭބިސްކަދުރުގެ މޭވާގައިވެސް ކަލޭމެންނަށް (އެކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ) دليل އާއި عبرة ވެއެވެ. އެތަކެތީން މަސްތުވާ ތަކެއްޗާއި އަދި حلال ރަނގަޅު ރިޒުގު ކަލޭމެން ހިފަމުއެވެ. ނަގައިހަދަމުއެވެ. ހަމަކަށަވަރުން ކަންކަމަށް ވިސްނައި ބުއްދިކޮށް ހަދާބަޔަކަށް އެކަމުގައިވެސް دليل އާއި حجّة ވާކަން ކަށަވަރެވެ.

Verse 68

وَأَوْحَىٰ رَبُّكَ إِلَى ٱلنَّحْلِ أَنِ ٱتَّخِذِى مِنَ ٱلْجِبَالِ بُيُوتًا وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ

Transliteration wa-awḥā rabbuka ilā l-naḥli ani ittakhidhī mina l-jibāli buyūtan wamina l-shajari wamimmā yaʿrishūna

Dhivehi (އޭ رسول ﷲ އެވެ!) އަދި މާމުއިކުޅަނދުރަށް ކަލޭގެފާނުންގެ ربّ إلهام ކުރެއްވިއެވެ. (އެންގެވިއެވެ.) ފަރުބަދަތަކުގައްޔާއި ގަސްގަހުގައްޔާއި އަދި ގޯތިގެދޮރުގެ ބެލްކަނީފަދަ ތަންތާނގައި ނުވަތަ މޭބިސްކަދުރު ވެޔޮތަކުގައި ތިބާގެހަދާށެވެ! ހަތައިހަދާށެވެ!

Verse 69

ثُمَّ كُلِى مِن كُلِّ ٱلثَّمَرَٰتِ فَٱسْلُكِى سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِنۢ بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَٰنُهُۥ فِيهِ شِفَآءٌ لِّلنَّاسِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ

Transliteration thumma kulī min kulli l-thamarāti fa-us'lukī subula rabbiki dhululan yakhruju min buṭūnihā sharābun mukh'talifun alwānuhu fīhi shifāon lilnnāsi inna fī dhālika laāyatan liqawmin yatafakkarūna

Dhivehi ދެން ހުރިހާ ވައްތަރެއްގެ މޭވާއިން ކައިހަދާށެވެ! (އެއީ މާމެލާމެއްޔާއި މޭވާގެ ވައްތަރުތަކެވެ.) އަދި ތިބާގެ ربّ ގެ ކިޔަމަންތެރިކުރެވިފައިވާ މަގުތައް إختيار ކޮށް އެމަގުތަކުން ދަތުރުކުރާށެވެ! (ނުވަތަ ކިޔަމަންތެރިވެގެންވާ حال ތިބާގެ ربّ ގެމަގުތަކުން ދަތުރުކޮށްދާށެވެ!) އަދި އެމާމުއި ކުޅަނދުރުގެ ބަނޑުން ތަފާތު ކުލަކުލައިގެ ބުއިމެއް (މާމުއި) ނުކުންނާނެއެވެ. އެމާމުއިގައި މީސްތަކުންގެ ބަލީގެ شفاء އެއްވެއެވެ. ބަލީގެ ބޭހަކަށްވެއެވެ. ހަމަކަށަވަރުން ކަންކަމަށް ފިކުރުކޮށް ވިސްނާބަޔަކަށް އެކަމުގައި دليل ވާކަންކަށަވަރެވެ. (އެބަހީ: މާމުއިކުޅަނދުރުގެ ގެދޮރުހެދުމާއި އޭތި ދުރުހިސާބުހިސާބުގެ ގަސްގަހުގެ މޭވާޔާ މާމެލާމެލީގެ ކާނާހޯދައިގެން ކައި އެއިން އޭތީގެ ބަނޑުގައި އުފެދޭ މާމުއި އެހަތާގަނޑުގައި ޖަމާކުރުމާއި އެމާމުއިގައި ލައްވާފައިވާ ތާސީރާއި މިކަންކަމަށް ވިސްނާ މީހަކަށް އެކުޅަނދުރު ހައްދަވާ އެސޮރަށް އެކަމުގެ ފަންނު ދަސްކޮށްދެއްވާ إلهام ކޮށްދެއްވާ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެމައްޗަށް ގަދަވެގެންވާ دليل އާއި حجّة ވާކަން ކަށަވަރެވެ.)

Verse 70

وَٱللَّهُ خَلَقَكُمْ ثُمَّ يَتَوَفَّىٰكُمْ ۚ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَىْ لَا يَعْلَمَ بَعْدَ عِلْمٍ شَيْـًٔا ۚ إِنَّ ٱللَّهَ عَلِيمٌ قَدِيرٌ

Transliteration wal-lahu khalaqakum thumma yatawaffākum waminkum man yuraddu ilā ardhali l-ʿumuri likay lā yaʿlama baʿda ʿil'min shayan inna l-laha ʿalīmun qadīrun

Dhivehi އަދި ކަލޭމެން ހެއްދެވީ ﷲ އެވެ. އަދި ދެން ކަލޭމެން މަރުގަންނަވާނީ ހަމަ އެކަލާނގެއެވެ. (އަދި މަރުގެންނެވުމުގެކުރިން) ކަލޭމެންކުރެ ބައެއްމީހުން މުސްކުޅިކުރައްވައި އެންމެ ނުބައި عُمُر ކަމުގައިވާ أَرْذَلِ اْلعُمُر އަށް ފޯރުކުރައްވައެވެ. އެއީ ތަންދޮރުދަންނަ ރަނގަޅުމީހަކުކަމުގައި އުޅުމަށްފަހު ތަންދޮރު ނޭނގޭ ހިސާބަށް ފޮނުއްވުމަށެވެ. ބުއްދިނެތް ޅަކުދިންފަދައިންވުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ އީ ދެނެވޮޑިގެންވާ ކުޅަދުންވަންތަ ކަލާނގެއެވެ.

Verse 71

وَٱللَّهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍ فِى ٱلرِّزْقِ ۚ فَمَا ٱلَّذِينَ فُضِّلُوا۟ بِرَآدِّى رِزْقِهِمْ عَلَىٰ مَا مَلَكَتْ أَيْمَـٰنُهُمْ فَهُمْ فِيهِ سَوَآءٌ ۚ أَفَبِنِعْمَةِ ٱللَّهِ يَجْحَدُونَ

Transliteration wal-lahu faḍḍala baʿḍakum ʿalā baʿḍin fī l-riz'qi famā alladhīna fuḍḍilū birāddī riz'qihim ʿalā mā malakat aymānuhum fahum fīhi sawāon afabiniʿ'mati l-lahi yajḥadūna

Dhivehi އަދި ﷲ تعالى ކަލޭމެންކުރެ އެއްބަޔަކު އަނެއްބަޔަކުގެމައްޗަށް ރިޒުގުގެގޮތުން މާތްކުރެއްވިއެވެ. (އެއްބަޔަކަށް ތަނަވަސްކަން އިތުރުކޮށްދެއްވިއެވެ.) އަދި އެތަނަވަސްކަމާއި ރިޒުގު އިތުރުވެވުނުމީހުން އެމީހުންގެދަށުގައިވާ އަޅުންނަށް ތިމާމެންގެ އެމުދަލުން ބައެއްދީ ސާހިބުމީހާއާއި އަޅުމީހާއާއި ދެމީހުން އެމުދަލުގައި ހަމަހަމަވެ އެއްވަރުވާނޭގޮތުން އަޅުމީހާއަށް ބައެއްދޭނޭ މީހަކުކަމުގައި ނުވެއެވެ. (ދެއަނބިން ނުވަތަ ހަތަރު އަނބިން ތިބިނަމަ އަޅުމީހާއާއި ދެމީހުންނަށް ހަމަހަމައަށް އެއަނބީން ބައިކުރާނޭ މީހަކުކަމުގައި ނުވެއެވެ.) (މިހެން މިކަންހުރިއިރު ﷲ އާއި އެކަލާނގެ އަޅުންނާ ހަމަހަމަކޮށް ﷲ އަށް އަދާކުރަންޖެހުނު އަޅުކަމުން ބައެއް އަޅުންނަށްދީ ﷲ އާއި އެކަލާނގެ އަޅާ އެއްވަރުކުރަން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟ ބުއްދީގެ ހަމަތަކުން ބެލީމާވެސް شريك ކުރުން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟) އެއްވަރުނުވާނެކަން ކަށަވަރެވެ. އެމީހުން ފަހެ ﷲ ގެ نعمة އަށް ދެކޮޅުހަދާ إنكار ކުރަނީހެއްޔެވެ؟

Verse 72

وَٱللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَجَعَلَ لَكُم مِّنْ أَزْوَٰجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ ۚ أَفَبِٱلْبَـٰطِلِ يُؤْمِنُونَ وَبِنِعْمَتِ ٱللَّهِ هُمْ يَكْفُرُونَ

Transliteration wal-lahu jaʿala lakum min anfusikum azwājan wajaʿala lakum min azwājikum banīna waḥafadatan warazaqakum mina l-ṭayibāti afabil-bāṭili yu'minūna wabiniʿ'mati l-lahi hum yakfurūna

Dhivehi އަދި ﷲ تعالى ކަލޭމެންގެ އެއްޖިންސުން ކަލޭމެނަށް އަނބީންލެއްވިއެވެ. (ނުވަތަ آدم عليه السّلام ގެ ކިބައިން އެކަލޭގެފާނުންގެ އަނބިކަނބަލުން حوّاء ގެފާނު ހެއްދެވިއެވެ. مفسّر ން މިދެތަރުޖަމާއަށް އިޝާރަތްކުރައްވާފައިވެއެވެ.) އަދި ކަލޭމެންނަށް ކަލޭމެންގެ އަނބީންގެ ކިބައިން ދަރިންނާއި ކާފަދަރިން އެކަލާނގެ ލެއްވިއެވެ. އަދި ރަނގަޅު حلال ތަކެތީގެ ރިޒުގުން އެކަލާނގެ ކަލޭމެންނަށް ރިޒުގުދެއްވިއެވެ. އަޅެފަހެ އެމީހުން އެ إيمان ވަނީ باطل އަށްހެއްޔެވެ؟ باطل عقيدة ތަކަށްހެއްޔެވެ؟ (ބުދުތަކުން منفع ކޮށް ގެއްލުންވާނެކަމަށް ހީކުރަނީހެއްޔެވެ؟ އަދި ﷲ ގެ نعمة އަށް އެމީހުން ކާފަރުވަނީއެވެ. ﷲ حلال ކުރެއްވިތަކެތި އެމީހުން حرام ކޮށް ދެކޮޅުހަދަނީއެވެ.)

Verse 73

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِّنَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ شَيْـًٔا وَلَا يَسْتَطِيعُونَ

Transliteration wayaʿbudūna min dūni l-lahi mā lā yamliku lahum riz'qan mina l-samāwāti wal-arḍi shayan walā yastaṭīʿūna

Dhivehi އަދި އުޑުތަކާއި ބިމުގައި އެއްވެސް އެއްޗެއް އެއްވެސްކަމެއް މިލްކުވެގެންނުވާ ތަކެއްޗަށް (އެބަހީ: ބުދުތަކަށް) ﷲ ފިޔަވައި އެ مشرك ން އަޅުކަންކުރަނީއެވެ. އަދި އެއްވެސް ކަމަކަށްވެސް އެތަކެއްޗަށް ކުޅަދާނަވެގެން ނުވެއެވެ. (އެހުރިހާ ތަކެއްޗަކީ ﷲ ގެ މިލްކެވެ. ބުދުތައްކުރާނީ ކީއްހެއްޔެވެ؟)

Verse 74

فَلَا تَضْرِبُوا۟ لِلَّهِ ٱلْأَمْثَالَ ۚ إِنَّ ٱللَّهَ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

Transliteration falā taḍribū lillahi l-amthāla inna l-laha yaʿlamu wa-antum lā taʿlamūna

Dhivehi (އޭ مشرك ންނޭވެ!) ކަލޭމެން ﷲ އަށް އެކިއެކި މިސާލުތައް ނުޖަހާށެވެ! (ﷲ އާއި އެހެންތަކެއްޗާއި އެއްފަދަ ނުކުރާށެވެ! އެކަލާނގެއަށް شريك ނުކުރާށެވެ!) ހަމަކަށަވަރުން ﷲ تعالى ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންނަކަށް ނޭނގެއެވެ.

Verse 75

۞ ضَرَبَ ٱللَّهُ مَثَلًا عَبْدًا مَّمْلُوكًا لَّا يَقْدِرُ عَلَىٰ شَىْءٍ وَمَن رَّزَقْنَـٰهُ مِنَّا رِزْقًا حَسَنًا فَهُوَ يُنفِقُ مِنْهُ سِرًّا وَجَهْرًا ۖ هَلْ يَسْتَوُۥنَ ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

Transliteration ḍaraba l-lahu mathalan ʿabdan mamlūkan lā yaqdiru ʿalā shayin waman razaqnāhu minnā riz'qan ḥasanan fahuwa yunfiqu min'hu sirran wajahran hal yastawūna l-ḥamdu lillahi bal aktharuhum lā yaʿlamūna

Dhivehi އަދި ﷲ تعالى މިސާލެއް ޖައްސަވައިފިއެވެ. އެއީ މީހަކަށް މިލްކުވެގެންވާ އަޅެއްގެ މިސާލެވެ. އޭނާ އެއްވެސް ހެޔޮކަމެއް ނުކުރެއެވެ. އަދި ﷲ ގެމަގުގައި އޭނާ އެއްވެސް އެއްޗެއް ހޭދަނުކުރެއެވެ. އޭނާއަށް އެއްވެސްކަމެއް ކުރުމަށް ކުޅަދާނަ ނުވެއެވެ. (އެހެނީ އޭނާއަކީ މީހެއްގެ އަޅެކެވެ.) މިއީ ކާފަރުމީހެއްގެ މިސާލެވެ. އެކާފަރުމީހާވެސް އެއްވެސް ހެޔޮކަމެއް ނެތެވެ. މިފަދަމީހާއާއި ތިމަންރަސްކަލާނގެ حضرة ން ރަނގަޅު حلال ރިޒުގުދެއްވާފައިވާ މިނިވަން مؤمن އަކާއިދެމީހުން އެއްވަރުވާނޭހެއްޔެވެ؟ ދެން އަދި އޭނާ ސިއްރާއި ފައުޅުގައި އެރިޒުގުން ހޭދަކުރެއެވެ. ﷲ ގެމަގުގައި ހޭދަކުރެއެވެ. މިފަދަ މީހާއާއި ކުރިން ބަޔާންކުރިފަދަ އަޅަކާއި ދެމީހުން ފަހެ އެއްވަރުވާނޭހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ. (ބައެއް ބޭކަލުން ވިދާޅުވަނީ މިމިސާލަކީ ހަމަ ސީދާ ﷲ އާއި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ އެހެނިހެން ފަރާތްފަރާތާ މިދެފަރާތުގެ މިސާލެވެ.) އެހެނީ ބުދަކީ އެއްވެސް އެއްޗެއް މިލްކުވެގެންނުވާ ހެއްދެވިގެންވާ مخلوق އެކެވެ. އެއްވެސް ހެޔޮކަމެއްނެތެވެ. ﷲ އެއީ ހުރިހާ ތަކެތީގެ ވެރިފަރާތެވެ. މިދެފަރާތް ދެން މިސާލުޖަހަންވެސް ހެޔޮވާނީ ކޮންފަދައަކުންބާވައެވެ. ހެޔޮނުވާނެކަން ކަށަވަރެވެ.

Verse 76

وَضَرَبَ ٱللَّهُ مَثَلًا رَّجُلَيْنِ أَحَدُهُمَآ أَبْكَمُ لَا يَقْدِرُ عَلَىٰ شَىْءٍ وَهُوَ كَلٌّ عَلَىٰ مَوْلَىٰهُ أَيْنَمَا يُوَجِّههُّ لَا يَأْتِ بِخَيْرٍ ۖ هَلْ يَسْتَوِى هُوَ وَمَن يَأْمُرُ بِٱلْعَدْلِ ۙ وَهُوَ عَلَىٰ صِرَٰطٍ مُّسْتَقِيمٍ

Transliteration waḍaraba l-lahu mathalan rajulayni aḥaduhumā abkamu lā yaqdiru ʿalā shayin wahuwa kallun ʿalā mawlāhu aynamā yuwajjihhu lā yati bikhayrin hal yastawī huwa waman yamuru bil-ʿadli wahuwa ʿalā ṣirāṭin mus'taqīmin

Dhivehi އަދި ދެފިރިހެނެއްގެ މިސާލު ﷲ ޖައްސަވައިފިއެވެ. އެތަނުން އެކަކީ މަންމަން އަދި ބީރުމީހެކެވެ. އެއްވެސްކަމަކަށް އޭނާއަކަށް ކުޅަދާނައެއްނޫނެވެ. (އެހެނީ އަޑެއްނީވޭ ވާހަކައެއް ނުދެއްކެއެވެ.) އަދި އޭނާއަކީ އޭނާގެ ސާހިބުމީހާގެ މައްޗަށް ބޮޑުބަރެކެވެ. އުނދަގުލެކެވެ. (ބަލަހައްޓަންޖެހެއެވެ. ކާންދޭން ޖެހެއެވެ.) ކޮންމެތާކަށްދިޔަޔަސް އަދި ކޮންމެ ހިނދަކުވެސް ހެޔޮކަމެއްނެތެވެ. މިފަދަ މީހާއާއި ސީދާ ތެދުމަގުގައިވާ حال حقّ ބަސްބުނެ عدل އިންސާފަށް أمر ކުރާމީހަކާއި އެއްވަރުވާނޭ ހެއްޔެވެ؟ مُجَاهِدُ ވިދާޅުވާކަމުގައިވިއެވެ. މިމިސާލަކީ ﷲ سبحانه وتعالى އާއި އަދި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ إله ންތަކާއި ދެފަރާތުގެ މިސާލެވެ. والله أعلم.

Verse 77

وَلِلَّهِ غَيْبُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَمَآ أَمْرُ ٱلسَّاعَةِ إِلَّا كَلَمْحِ ٱلْبَصَرِ أَوْ هُوَ أَقْرَبُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration walillahi ghaybu l-samāwāti wal-arḍi wamā amru l-sāʿati illā kalamḥi l-baṣari aw huwa aqrabu inna l-laha ʿalā kulli shayin qadīrun

Dhivehi އަދި އުޑުތަކާއި ބިމުގައިވާ އެންމެހައި غَيْبُ (އެބަހީ: ލޯތަކަށް ނުފެންނަ އެންމެހައިކަމެއް) ދެނެވޮޑިގަތުން خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. (قيامة ގެ ކަންތަކަކީވެސް އޭގެތެރެއިންވާ ކަމެކެވެ.) އަދި قيامة ވުމުގެ ކަންތައް އެބަހީ: قيامة ވުން ހަމައެކަނި އެސްފިޔަޖަހައިލުންފަދަ އަވަސްކަމެއްކަމުގައި މެނުވީ ނުވެއެވެ. ނުވަތަ އެއަށްވުރެވެސްގާތެވެ. ހަމަކަށަވަރުން ކޮންމެކަމެއްގެމައްޗަށް ﷲ تعالى ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

Verse 78

وَٱللَّهُ أَخْرَجَكُم مِّنۢ بُطُونِ أُمَّهَـٰتِكُمْ لَا تَعْلَمُونَ شَيْـًٔا وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۙ لَعَلَّكُمْ تَشْكُرُونَ

Transliteration wal-lahu akhrajakum min buṭūni ummahātikum lā taʿlamūna shayan wajaʿala lakumu l-samʿa wal-abṣāra wal-afidata laʿallakum tashkurūna

Dhivehi އަދި ކަލޭމެން ކަލޭމެންގެ މައިންގެ ބަނޑުތަކުން ނެރުއްވީ ﷲ تعالى އެވެ. އެއްވެސް އެއްޗެއް ކަލޭމެންނަށް ނޭނގޭ حال ގައެވެ. ދެން އެކަލާނގެ ކަލޭމެނަށް އިވުމާއި ފެނުމާއި (ކަންފަތާއި ލޮލާއި) އަދި ހިތްލެއްވިއެވެ. އެއީ ކަލޭމެން شكر ވެރިވޭތޯއެވެ.

Verse 79

أَلَمْ يَرَوْا۟ إِلَى ٱلطَّيْرِ مُسَخَّرَٰتٍ فِى جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلَّا ٱللَّهُ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ

Transliteration alam yaraw ilā l-ṭayri musakharātin fī jawwi l-samāi mā yum'sikuhunna illā l-lahu inna fī dhālika laāyātin liqawmin yu'minūna

Dhivehi އަދި އުޑާއި ބިމާ ދެމެދުވާ ހުސްތާނގައި ނުވަތަ ވައިގައި - جوّ ގައި - ހިފެހެއްޓި ކިޔަމަންކުރެވިގެންވާ ދޫނިތަކަށް އެމީހުން يعني: مشرك ންގެމީހުން ނުބަލަނީބާވައެވެ؟ އެތަކެތި ނުދެކެނީބާވައެވެ. ﷲ މެނުވީ އެތަކެތި (ވެއްޓުނަނުދީ) ހިފަހައްޓަވާކަމުގައި ނުވެއެވެ. އެބަހީ: އެތަކެތި ވެއްޓުނަނުދީ ހިފަހައްޓަވަނީ ހަމަ ﷲ އެވެ. ހަމަކަށަވަރުން އެކަމުގައި (އެބަހީ: އެދޫނިތައް ތިރިޔަށް ވެއްޓުނަނުދީ ހިފަހައްޓަވާ އެސޮރުމެނަށް ފަސޭހަކޮށް އުޅެވޭނެގޮތްލެއްވުމުގައި) އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ތައްވާކަންކަށަވަރެވެ. ﷲ ތެދުކޮށް إيمان ވާ ބަޔަކަށެވެ.

Verse 80

وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمْ سَكَنًا وَجَعَلَ لَكُم مِّن جُلُودِ ٱلْأَنْعَـٰمِ بُيُوتًا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ ۙ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَآ أَثَـٰثًا وَمَتَـٰعًا إِلَىٰ حِينٍ

Transliteration wal-lahu jaʿala lakum min buyūtikum sakanan wajaʿala lakum min julūdi l-anʿāmi buyūtan tastakhiffūnahā yawma ẓaʿnikum wayawma iqāmatikum wamin aṣwāfihā wa-awbārihā wa-ashʿārihā athāthan wamatāʿan ilā ḥīnin

Dhivehi އަދި ﷲ تعالى ކަލޭމެންގެ ގެތަކުގައި ވަޒަންވެރިވުން (ހަމަޖެހިގެން ތިބެވޭނެގޮތް) ލެއްވިއެވެ. އަދި ކަލޭމެނަށްޓަކައި نَعَم ސޫފީގެ ހަމުގައިވެސް އެކަލާނގެ ގެތައް ލެއްވިއެވެ. އެއީ ފޭލިގެފަދަ ލުއިލުއި އުފުލަން ފަސޭހަ ގޭގެއެވެ. އެއީ ދަތުރުދާއިރު އަދި އެއްތަނުން އަނެއްތަނަށް نقل ވާއިރު އުފުލާހެދުން ފަސޭހަވެ ލުއިވުމަށްޓަކައެވެ. އަދި قائم ވެތިބޭހިނދުވެސް އޭގެ ފަސޭހަވާނޭގޮތުންނެވެ. އަދި އެތަކެތީގެ އިސްތައްޓާއި ފަލަކެހެރިޔާއި އާދައިގެ ހިމަކެހެރީގައި ކަލޭމެނަށް ގެވެހި ކަންވާރާއި އަދި ވަކިމުއްދަތަކަށް ޒީނަތުގެގޮތުގައި ބޭނުންކުރެވޭނެތަކެތިވެއެވެ. • ދަންނައެވެ. އިސްވެދިޔަ ޒަމާނުގައި އެފަދަކެހެރިން ބައެއް ގެވެހި ކަންވާރުހަދާ އުޅުނުކަމުގައި ވިއެވެ. • أصْوَاف އަކީ صُوف މި لفظ ގެ ޖަމާއެވެ. އެއީ غَنَمُ ކިޔާ ބަކަރީގެ ކެހެރިއެވެ. • أَوْبَار އަކީ وَبَرُ މި لفظ ގެ ޖަމާއެވެ. އެއީ ޖަމަލުގެ އިސްތަށްޓެވެ. ކެހެރިއެވެ. • أَشْعَار އަކީ شَعْر މި لفظ ގެ ޖަމާއެވެ. އެއީ مَعْزُ ބަކަރީގެ ކެހެރިއެވެ. والله أعلم.

Verse 81

وَٱللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَـٰلًا وَجَعَلَ لَكُم مِّنَ ٱلْجِبَالِ أَكْنَـٰنًا وَجَعَلَ لَكُمْ سَرَٰبِيلَ تَقِيكُمُ ٱلْحَرَّ وَسَرَٰبِيلَ تَقِيكُم بَأْسَكُمْ ۚ كَذَٰلِكَ يُتِمُّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ

Transliteration wal-lahu jaʿala lakum mimmā khalaqa ẓilālan wajaʿala lakum mina l-jibāli aknānan wajaʿala lakum sarābīla taqīkumu l-ḥara wasarābīla taqīkum basakum kadhālika yutimmu niʿ'matahu ʿalaykum laʿallakum tus'limūna

Dhivehi އަދި ﷲ تعالى ކަލޭމެނަށްޓަކައި އެކަލާނގެ ހެއްދެވިތަކެތީގައި ހިޔާލެއްވިއެވެ. (އެއީ ގަސްގަހާގެހިފަދަ ފަރުބަދަފަދަ ދެންވެސް ކޮންމެ އެއްޗެކެވެ.) އަދި ފަރުބަދަތަކުގައި ކަލޭމެނަށްޓަކައި އެކަލާނގެ كُنُّ ލެއްވިއެވެ. (كُنُّ އަކީ މީހުންނަށް ދިރިއުޅެވޭފަދަ ގޮތަކަށް ހުންނަ ތަންތަނެވެ.) އަދި ކަލޭމެން ހޫނުން ސަލާމަތްވެގަތުމަށްޓަކައި (ކަފަޔާ ކެހެރިޔާ ކިއްތާނީގެ ފޭރާންފަދަ) ފޭރާމާއި އަދި ހަނގުރާމައިގެ ވަގުތު ބޭނުންކުރާނޭ ދަގަނޑުގެ ފޭރާންވެސް ކަލޭމެނަށްޓަކައި އެކަލާނގެ ހެއްދެވިއެވެ. ކަލޭމެންގެމައްޗަށް އެކަލާނގެ نعمة ތައް އެފަދައިން އެކަލާނގެ ފުރިހަމަކުރެއްވީ ކަލޭމެން އެކަލާނގެއަށް ކިޔަމަންވެ އެކަލާނގެއަށް އަޅުކަން إخلاص ތެރިކުރުމަށްޓަކައެވެ.

Verse 82

فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ ٱلْمُبِينُ

Transliteration fa-in tawallaw fa-innamā ʿalayka l-balāghu l-mubīnu

Dhivehi (އަދި އޭ رسول ﷲ އެވެ!) އެމީހުން އީމާންނުވެ އެކަމަށް ފުރަގަސްދީފިއްޔާވެސް (އެޔަކީ ކަލޭގެފާނަށް ގެއްލުމެއް އަދި ހުތުރެއް އޮތްކަމެއްނޫނެވެ.) ފަހެ ހަމަކަށަވަރުން ކަލޭގެފާނަށް އޮތްކަމަކީ އެމީހުނަށް بيان ކޮށްދެއްވައި رسول ކަން އިއްވައިދެއްވުމެވެ.

Verse 83

يَعْرِفُونَ نِعْمَتَ ٱللَّهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ ٱلْكَـٰفِرُونَ

Transliteration yaʿrifūna niʿ'mata l-lahi thumma yunkirūnahā wa-aktharuhumu l-kāfirūna

Dhivehi އެމީހުން - އެބަހީ: އެ مشرك ން - ﷲ ގެ نعمة ރަނގަޅަށް ދަނެއެވެ. ދެން އެމީހުން އެ نعمة އަށް ފުރަގަސްދެނީއެވެ. އަދި އެމީހުންކުރެ ގިނަމީހުންނަކީ އިދިކޮޅުހަދާ ކާފަރުންނެވެ. • ދަންނައެވެ! މިއާޔަތުގައި މިވާ نعمة ގެ މުރާދަކީ رسول ﷲ ﷺ ގެ رسول ކަމެވެ. ނުވަތަ މިސޫރަތުގައި ﷲ އިޝާރަތްކުރައްވާފައިވާ އެކަލާނގެ ގިނަގުނަ نعمة ތަކެވެ. މިހުރިހާކަމެއް حقيقة ގައި އެމީހުން ރަނގަޅަށް ދަނެއެވެ. ދެން ދެކޮޅުހަދަނީއެވެ.

Verse 84

وَيَوْمَ نَبْعَثُ مِن كُلِّ أُمَّةٍ شَهِيدًا ثُمَّ لَا يُؤْذَنُ لِلَّذِينَ كَفَرُوا۟ وَلَا هُمْ يُسْتَعْتَبُونَ

Transliteration wayawma nabʿathu min kulli ummatin shahīdan thumma lā yu'dhanu lilladhīna kafarū walā hum yus'taʿtabūna

Dhivehi އަދި ކޮންމެ أمّة އަކުންވެސް ހެކިވެރިޔަކު ތިމަންރަސްކަލާނގެ ފޮނުއްވާދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!) އެހެކިވެރިއަކީ ކޮންމެ أمّة އެއްގެވެސް ނަބިއްޔާއެވެ. ދެން އެދުވަހުން ކާފަރުންނަށް عُذْر ދެއްކުމުގެ އިޒުނަ ނުދެއްވޭނެއެވެ. އަދި އެމީހުން ރަނގަޅުވުމަށް فرصة ވެސް ނުދެއްވޭނެއެވެ. ނުވަތަ އަލުން ދުނިޔެއަށް އައިސް ހެޔޮ عمل ކުރުމުގެ ވަގުތު ނުދެއްވޭނެއެވެ.

Verse 85

وَإِذَا رَءَا ٱلَّذِينَ ظَلَمُوا۟ ٱلْعَذَابَ فَلَا يُخَفَّفُ عَنْهُمْ وَلَا هُمْ يُنظَرُونَ

Transliteration wa-idhā raā alladhīna ẓalamū l-ʿadhāba falā yukhaffafu ʿanhum walā hum yunẓarūna

Dhivehi އަދި އަނިޔާވެރިވީ މީހުންނަށް عذاب ފެންނަހިނދު އެމީހުންގެ ކިބައިން عذاب ލުއިނުވެވޭނެއެވެ. އެކަން ރަނގަޅަށް އެމީހުންނަށް އެނގޭނެއެވެ. އަދި އެއްވެސް ތަންވަޅެއް ދެވޭނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.

Verse 86

وَإِذَا رَءَا ٱلَّذِينَ أَشْرَكُوا۟ شُرَكَآءَهُمْ قَالُوا۟ رَبَّنَا هَـٰٓؤُلَآءِ شُرَكَآؤُنَا ٱلَّذِينَ كُنَّا نَدْعُوا۟ مِن دُونِكَ ۖ فَأَلْقَوْا۟ إِلَيْهِمُ ٱلْقَوْلَ إِنَّكُمْ لَكَـٰذِبُونَ

Transliteration wa-idhā raā alladhīna ashrakū shurakāahum qālū rabbanā hāulāi shurakāunā alladhīna kunnā nadʿū min dūnika fa-alqaw ilayhimu l-qawla innakum lakādhibūna

Dhivehi އަދި ﷲ އާއި އެހެނިހެން ތަކެތި شريك ކުރިމީހުންނަށް އެމީހުން އެ شريك ކުރިތަކެތި ފެންނަހިނދުން قيامة ދުވަހުން އެމީހުން ﷲ އަށް ދަންނަވާނެއެވެ. "އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ ފިޔަވައި އެތަކެއްޗަށް އަޅަމެން އަޅުކަންކޮށް شريك ކުރިތަކެތި މިތިބީއެވެ. އެ إله ންތައް މިތިބީއެވެ." ދެންފަހެ އެ إله ންކަމުގައި ވެވުނު شريك ންތައް އެތަކެއްޗަށް އަޅުކަންކުރި މީހުނަށް ބުނާނެއެވެ. "ހަމަކަށަވަރުން ކަލޭމެންވީ ދޮގުވެރިންކަމުގައެވެ." (އަހުރެމެންނަށް އަޅުކަންކުރާކަށް ކަލޭމެންނަކަށް އަހުރެމެން ނާންގަމެވެ.)

Verse 87

وَأَلْقَوْا۟ إِلَى ٱللَّهِ يَوْمَئِذٍ ٱلسَّلَمَ ۖ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ

Transliteration wa-alqaw ilā l-lahi yawma-idhin l-salama waḍalla ʿanhum mā kānū yaftarūna

Dhivehi އަދި އެދުވަހުން އެބަހީ قيامة ދުވަހުން އެ مشرك ން އެކަލާނގެއަށް ކިޔަމަންތެރިވެ ބޯލަނބާނެއެވެ. އަދި އެމީހުން ދުނިޔޭގައި އުޅުނުއިރު އަޅުކަންކުރެވުނު ދޮގު إله ންތައް އެމީހުންގެ ކިބައިން ގެއްލިދާނެއެވެ.

Verse 88

ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ زِدْنَـٰهُمْ عَذَابًا فَوْقَ ٱلْعَذَابِ بِمَا كَانُوا۟ يُفْسِدُونَ

Transliteration alladhīna kafarū waṣaddū ʿan sabīli l-lahi zid'nāhum ʿadhāban fawqa l-ʿadhābi bimā kānū yuf'sidūna

Dhivehi ކާފަރުވީ މިސްތަކުން އަދި އެމީހުން ﷲ ގެމަގުބަންދުކުރާމީހުން (ދަންނައެވެ!) އެމީހުން فَسَاد ކުރިކަމުގައިވީ ކަންތަކުގެ ސަބަބުން ތިމަންރަސްކަލާނގެ عذاب ގެ މައްޗަށް އެމީހުންނަށް عذاب އިތުރުކުރައްވާހުށީމެވެ.

Verse 89

وَيَوْمَ نَبْعَثُ فِى كُلِّ أُمَّةٍ شَهِيدًا عَلَيْهِم مِّنْ أَنفُسِهِمْ ۖ وَجِئْنَا بِكَ شَهِيدًا عَلَىٰ هَـٰٓؤُلَآءِ ۚ وَنَزَّلْنَا عَلَيْكَ ٱلْكِتَـٰبَ تِبْيَـٰنًا لِّكُلِّ شَىْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ

Transliteration wayawma nabʿathu fī kulli ummatin shahīdan ʿalayhim min anfusihim waji'nā bika shahīdan ʿalā hāulāi wanazzalnā ʿalayka l-kitāba tib'yānan likulli shayin wahudan waraḥmatan wabush'rā lil'mus'limīna

Dhivehi އަދި ކޮންމެ أمّة އަކުންވެސް އެ أمّة އަކަށް ހެކިދެއްވުމަށްޓަކައި ހެކިދެއްވާނޭ ބޭކަލަކު ތިމަންރަސްކަލާނގެ ފޮނުއްވާދުވަސް ހަނދުމަފުޅުކުރައްވާށެވެ! (އެއީ قيامة ދުވަހެވެ. އަދި ކޮންމެ أمّة އެއްގެވެސް އެފޮނުއްވޭ ހެކިވެރިޔަކީ އެ أمّة އެއްގެ نبي އާއެވެ.) އަދި ކަލޭގެފާނުގެ މި أمّة ގެ މީހުންގެމައްޗަށް ހެކިދެއްވާ ބޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންނަވާހުށީމެވެ. އަދި مسلم ންނަށް ހުރިހާ އެއްޗެއްގެ بيان އެއްގެގޮތުން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. قرآن ބާވައިލެއްވީމެވެ. އަދި ތެދުމަގާއި رحمة އާއި އަދި އުފާވެރިކަމެއްގެ ގޮތުންނެވެ.

Verse 90

۞ إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلْإِحْسَـٰنِ وَإِيتَآئِ ذِى ٱلْقُرْبَىٰ وَيَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ وَٱلْبَغْىِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ

Transliteration inna l-laha yamuru bil-ʿadli wal-iḥ'sāni waītāi dhī l-qur'bā wayanhā ʿani l-faḥshāi wal-munkari wal-baghyi yaʿiẓukum laʿallakum tadhakkarūna

Dhivehi ހަމަކަށަވަރުން عدل ވެރިވުމަށާއި إحسان ތެރިވުމަށާއި އަދި ގާތްތިމާގެމީހުންނަށް އެމީހުންގެ حقّ ތައް ދިނުމަށާއި އެތިކޮޅުދިނުމަށް ﷲ أمر ކުރައްވައެވެ. އަދި فَاحِش ކަންތައް ކުރުމާއި مُنْكَرَاة ންނާއި ބޮޑާވެ އަނިޔާވެރިވުމާއި މިކަންކަމުން އެކަލާނގެ މަނާކުރައްވައި نهى ކުރައްވައެވެ. އެކަލާނގެ ކަލޭމެނަށް وعظ އާއި نصيحة ދެއްވަނީ ކަލޭމެން ހަނދާންކޮށް نصيحة ލިބިގަނޭތޯއެވެ. • ދަންނައެވެ! فَاحِش ކަންތަކަކީ ޒިނޭކުރުންފަދަ ހަޑިހުތުރު ކަންކަމެވެ. مُنْكَرَاة އަކީ شريعة ނުރުހޭ ކޮންމެ ކަމެކެވެ. އެއީ އެންމެހައި އުރެދުމެކެވެ. بَعْيُ އަކީ ބޮޑާކަމާއި އަނިޔާވެރިކަމެވެ. = زُبْدَةُ التّفسير =

Verse 91

وَأَوْفُوا۟ بِعَهْدِ ٱللَّهِ إِذَا عَـٰهَدتُّمْ وَلَا تَنقُضُوا۟ ٱلْأَيْمَـٰنَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ ٱللَّهَ عَلَيْكُمْ كَفِيلًا ۚ إِنَّ ٱللَّهَ يَعْلَمُ مَا تَفْعَلُونَ

Transliteration wa-awfū biʿahdi l-lahi idhā ʿāhadttum walā tanquḍū l-aymāna baʿda tawkīdihā waqad jaʿaltumu l-laha ʿalaykum kafīlan inna l-laha yaʿlamu mā tafʿalūna

Dhivehi އަދި ކަލޭމެން ﷲ އަށް عَهد އެއްކޮށްފިއްޔާ ކަލޭމެން ﷲ ގެ عهد ފުއްދާށެވެ! ފުރިހަމަކުރާށެވެ! އަދި عهد ތަކާއި (އެގްރީމެންޓުތައް) ރަނގަޅަށް ކަނޑައަޅައި ގަދަކޮށްފިއްޔާ ދެން އެ عهد އެއް އެ އެގްރީމެންޓެއް ކަލޭމެން އުވައިނުލާށެވެ. ހަމަކަށަވަރުން ކަލޭމެންގެމައްޗަށް ޖާމިނުވާ ފަރާތެއް ކަމުގައި އަދި ހެކިވެރިއަކުކަމުގައި ކަލޭމެން ﷲ ލައިފީމުއެވެ. އެކަލާނގެ މެދުވެރިކޮށްފީމުއެވެ. ހަމަކަށަވަރުން ކަލޭމެންކުރާހާކަމެއް ﷲ ދެނެވޮޑިގެންވެއެވެ.

Verse 92

وَلَا تَكُونُوا۟ كَٱلَّتِى نَقَضَتْ غَزْلَهَا مِنۢ بَعْدِ قُوَّةٍ أَنكَـٰثًا تَتَّخِذُونَ أَيْمَـٰنَكُمْ دَخَلًۢا بَيْنَكُمْ أَن تَكُونَ أُمَّةٌ هِىَ أَرْبَىٰ مِنْ أُمَّةٍ ۚ إِنَّمَا يَبْلُوكُمُ ٱللَّهُ بِهِۦ ۚ وَلَيُبَيِّنَنَّ لَكُمْ يَوْمَ ٱلْقِيَـٰمَةِ مَا كُنتُمْ فِيهِ تَخْتَلِفُونَ

Transliteration walā takūnū ka-allatī naqaḍat ghazlahā min baʿdi quwwatin ankāthan tattakhidhūna aymānakum dakhalan baynakum an takūna ummatun hiya arbā min ummatin innamā yablūkumu l-lahu bihi walayubayyinanna lakum yawma l-qiyāmati mā kuntum fīhi takhtalifūna

Dhivehi އަދި އެއަންހެންމީހާ އޭނާގެ ކެހެރިތައް އަނބުރާ ހަރުކޮށް ގަދަކުރުމަށްފަހު ނިއުޅާލާ ކުދިކުދިކޮށް ވިއްސިވިހާލިކޮށްލި އަންހެންމީހާފަދައިން ކަލޭމެން ނުވާށެވެ! (عهد ކަށަވަރުކޮށް އެގްރީމެންޓް تَصْديق ކޮށް ނިންމުމަށްފަހު އެ عهد އާއި ހުވާލައި އަދި އެ އެއްބަސްވުން އުވައިލިބަޔަކުކަމުގައި ކަލޭމެން ނުވާށެވެ!) އަދި އެއްބަޔަކަށްވުރެ އަނެއްބައެއްގެ عدد ގިނަވެ ބާރުގަދަކަމުގައިވީތީ ކަލޭމެން ކަލޭމެންގެމެދުގައި ކުރާ ހުވަޔާއި عهد މަކަރަކަށް ނުވަތަ خيانة އަކަށް ނުވަތަ އޮޅުވައިލުމަކަށް ހަދަނީއެވެ. (އެހެން ނުހަދާށެވެ! ކުރީ އެގްރީމެންޓްކޮށްފައިވާ މީހުންނަކީ ދެރަ އަދި عدد ގެގޮތުން މަދުބަޔަކުކަމުގައިވެފައި ފަހުން ދިމާވާމީހުންގެ ބާރުގަދަވެފައި عدد ގިނަކަމުގައިވިޔަސް ކުރީމީހުންނާ ވެފައިވާ ހުވަޔާ عهد އުވައިނުލާށެވެ!) ހަމަކަށަވަރުން އެފަދަ ކަންތައް އެއީ (އެބަހީ: عهد ކަށަވަރުތައް އެގޮތަށް ލައްވާފައި އެވަނީ) ﷲ تعالى ކަލޭމެން إمتحان ކުރެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުންވެސް قيامة ދުވަހުން އެކަމަކާއިމެދު ކަލޭމެންގެމެދުގައި ދެބަސްވެ إختلاف ވެފައިވާކަންތައް އެކަލާނގެ ކަލޭމެނަށް بيان ކޮށްދެއްވާނެއެވެ.

Verse 93

وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةً وَٰحِدَةً وَلَـٰكِن يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَلَتُسْـَٔلُنَّ عَمَّا كُنتُمْ تَعْمَلُونَ

Transliteration walaw shāa l-lahu lajaʿalakum ummatan wāḥidatan walākin yuḍillu man yashāu wayahdī man yashāu walatus'alunna ʿammā kuntum taʿmalūna

Dhivehi އަދި ﷲ تعالى އެދިވޮޑިގެންނެވިނަމަ ކަލޭމެން އެންމެންނަކީ (حقّ ގެމަތީގައިވާ) އެއް أمّة އަކަށް އެކަލާނގެ ކަލޭމެން ލައްވައިފީހެވެ. އަދި އެހެންނަމަވެސް އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކު އެކަލާނގެ މަގުފުރައްދަވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ތެދުމަގުދައްކަވައެވެ. (އެއީ އެކަލާނގެ އަޒަލީ ދެނެވޮޑިގަތުމުގައިވާ عدل އާއި حكمة އެވެ.) އަދި ހަމަކަށަވަރުން ކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީ ކަންތަކާއިމެދު ކަލޭމެނާ (قيامة ދުވަހުން) ސުވާލުވެވޭނެއެވެ.

Verse 94

وَلَا تَتَّخِذُوٓا۟ أَيْمَـٰنَكُمْ دَخَلًۢا بَيْنَكُمْ فَتَزِلَّ قَدَمٌۢ بَعْدَ ثُبُوتِهَا وَتَذُوقُوا۟ ٱلسُّوٓءَ بِمَا صَدَدتُّمْ عَن سَبِيلِ ٱللَّهِ ۖ وَلَكُمْ عَذَابٌ عَظِيمٌ

Transliteration walā tattakhidhū aymānakum dakhalan baynakum fatazilla qadamun baʿda thubūtihā watadhūqū l-sūa bimā ṣadadttum ʿan sabīli l-lahi walakum ʿadhābun ʿaẓīmun

Dhivehi އަދި ކަލޭމެންގެމެދުގައި ކުރެވޭ ހުވައިކަށަވަރު އެއީ ކަލޭމެންގެމެދުގައި މަކަރާއި خيانة އަކަށް ކަލޭމެން ނުހަދާށެވެ. އެހެން ހަދައިފިނަމަ ކަލޭމެންގެ ފައިތިލަ (ސަލާމަތުގެ މައިދާނުގައި) ސާބިތުވެ ހުރުމަށްފަހު ހަލާކުގެތެރެއަށް ކަހާލައިގެން ހިނގައިދާނެއެވެ. ދެން ކަލޭމެން ﷲ ގެމަގު ބަންދުކޮށް ފިތުނަވެރިކުރުމުގެ ސަބަބުން ނުބައި عذاب ގެރަހަ ކަލޭމެނަށް ލިބިދާނެއެވެ. އަދި قيامة ދުވަހުން ކަލޭމެނަށް ހުންނަހުށީ ބޮޑުވެގެންވާ عذاب އެވެ.

Verse 95

وَلَا تَشْتَرُوا۟ بِعَهْدِ ٱللَّهِ ثَمَنًا قَلِيلًا ۚ إِنَّمَا عِندَ ٱللَّهِ هُوَ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

Transliteration walā tashtarū biʿahdi l-lahi thamanan qalīlan innamā ʿinda l-lahi huwa khayrun lakum in kuntum taʿlamūna

Dhivehi އަދި ދާދިކުޑަ ނިކަމެތިއެއްޗަކަށް ﷲ ގެ عهد ކަލޭމެން ބަދަލުކޮށް ވިއްކައި ނުހަދާށެވެ! (އެބަހީ: ﷲ މެދުވެރިކޮށް ނިންމާފައިވާކަމެއް ނުވަތަ ﷲ ގަންދީ ކުރި ހުވައެއް ދުނިޔޭގެ حياة ގެ ދާދިކުޑަކުޑަ ފައިދާއަކަށް ކަލޭމެން އުވައިނުލާށެވެ!) (އެހެނީ ހަމަކަށަވަރުން ދުނިޔޭގައި ކަލޭމެންގެ އަތްމަތީގައިވާ ތަކެތި ދާދިއަވަހަށް ހުސްވެ ނެތިހިނގައިދާނެއެވެ.) ހަމަކަށަވަރުން ﷲ ގެ حضرة ގައިވާތަކެތި (ثواب އާއި ދަރުމަ) ކަލޭމެނަށް އެނގޭނަމަ މާހެޔޮވެގެންވެއެވެ.

Verse 96

مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ ٱللَّهِ بَاقٍ ۗ وَلَنَجْزِيَنَّ ٱلَّذِينَ صَبَرُوٓا۟ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ

Transliteration mā ʿindakum yanfadu wamā ʿinda l-lahi bāqin walanajziyanna alladhīna ṣabarū ajrahum bi-aḥsani mā kānū yaʿmalūna

Dhivehi ކަލޭމެންގެ އަތުގައިވާތަކެތި ހުސްވެނެތިވެދެއެވެ. އަދި ﷲ ގެ حضرة ގައިވާތަކެތި ހުސްނުވެ ދެމިހުރެއެވެ. އަދި ކެތްތެރިވީ މީސްތަކުންނަށް އެމީހުން އެކުރި عمل އަށްވުރެ މާރަނގަޅު މާހެޔޮ ދަރުމަ ތިމަންރަސްކަލާނގެ ހަމަކަށަވަރުންވެސް ދެއްވާހުށީމެވެ.

Verse 97

مَنْ عَمِلَ صَـٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ

Transliteration man ʿamila ṣāliḥan min dhakarin aw unthā wahuwa mu'minun falanuḥ'yiyannahu ḥayatan ṭayyibatan walanajziyannahum ajrahum bi-aḥsani mā kānū yaʿmalūna

Dhivehi ފިރިހެނަކުނަމަވެސް އަދި އަންހެނަކު ނަމަވެސް އެމީހަކު އީމާންވެގެންވާ حال صالح عمل ކޮށްފިމީހާ (ދަންނައެވެ!) ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހަކަށް ރަނގަޅުވެގެން ވާ حياة އެއް ދެއްވާހުށީމެވެ. (އެއީ حلال ރަނގަޅު ރިޒުގުދެއްވުމާއި ކިޔަމަންތެރިކަމުގެމަގަށް توفيق ދެއްވުމެވެ. ނުވަތަ ސުވަރުގޭގެ ދިރިއުޅުން ދެއްވުމެވެ.) އަދި ހަމަކަށަވަރުން އެމީހުން ދުނިޔޭގައި ކުރި عمل އަށްވުރެ މާރަނގަޅު ދަރުމަޔާ ثواب އެމީހުނަށް ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. • ހަނދުމަފުޅުކުރެއްވުންހުއްޓެވެ. ފިރިހެނުންނަށް صالح عمل ކުރެވެން އޮތްގޮތާއި އަންހެނުންނަށް صالح عمل ކުރެވެން އޮތްގޮތާއި ތަފާތުވާނެއެވެ. ކޮންމެބަޔަކަށްވެސް އެބައެއްގެ ނިސްބަތުގައި صالح عمل އެވެ. ދެބައިމީހުންގެ ޢަމަލީމައިދާން ތަފާތެވެ. މިކަމަށްވިސްނެވުންހުއްޓެވެ.

Verse 98

فَإِذَا قَرَأْتَ ٱلْقُرْءَانَ فَٱسْتَعِذْ بِٱللَّهِ مِنَ ٱلشَّيْطَـٰنِ ٱلرَّجِيمِ

Transliteration fa-idhā qarata l-qur'āna fa-is'taʿidh bil-lahi mina l-shayṭāni l-rajīmi

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވަންޏާ رحمة ން ބޭރުވެވިގެންވާ ނުބައި شيطان އާގެ ނުބައިކަމުން ސަލާމަތްވުމަށް ﷲ ގެ حضرة ން ސަލާމަތާއި ރައްކާތެރިކަން އެދިވަޑައިގަންނަވާށެވެ! އެބަހީ: أَعُوذُ ވިދާޅުވާށެވެ!

Verse 99

إِنَّهُۥ لَيْسَ لَهُۥ سُلْطَـٰنٌ عَلَى ٱلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

Transliteration innahu laysa lahu sul'ṭānun ʿalā alladhīna āmanū waʿalā rabbihim yatawakkalūna

Dhivehi ހަމަކަށަވަރުން إيمان ވެގެން އަދި އެމީހުންގެ ربّ އަށް وكيل ކުރާމީހުންގެމައްޗަށް އެ شيطان އާ އަކަށް އެއްވެސް ބާރެއްނުވެއެވެ.

Verse 100

إِنَّمَا سُلْطَـٰنُهُۥ عَلَى ٱلَّذِينَ يَتَوَلَّوْنَهُۥ وَٱلَّذِينَ هُم بِهِۦ مُشْرِكُونَ

Transliteration innamā sul'ṭānuhu ʿalā alladhīna yatawallawnahu wa-alladhīna hum bihi mush'rikūna

Dhivehi އޭނާއަށް ބާރުލިބިގެންވާކަންކަށަވަރީ އޭނާއަކީ އެމީހުންގެ ވެރިޔާކަމުގައި ބަލާމީހުންގެމައްޗަށެވެ. އަދި އެމީހުން އެކަލާނގެއާއި އެހެނިހެން ފަރާތްތަކާ شريك ކުރާމީހުންގެމައްޗަށެވެ.

Verse 101

وَإِذَا بَدَّلْنَآ ءَايَةً مَّكَانَ ءَايَةٍ ۙ وَٱللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوٓا۟ إِنَّمَآ أَنتَ مُفْتَرٍۭ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

Transliteration wa-idhā baddalnā āyatan makāna āyatin wal-lahu aʿlamu bimā yunazzilu qālū innamā anta muf'tarin bal aktharuhum lā yaʿlamūna

Dhivehi އަދި ތިމަންރަސްކަލާނގެ قرآن ގެ އާޔަތެއްގެ ބަދަލުގައި آية އެއް އޮތްތަނަށް އެހެން آية އެއް - ނުވަތަ ކުރީއޮތް حكم އެއްގެ ބަދަލުގައި އެހެން حكم އެއް ބަދަލުކުރަންޏާވެސް (އެހެނީ ﷲ ބާވައިލައްވާނެ حكم އެއް ނުވަތަ آية އެއް ދެނެވޮޑިގަތުންބޮޑީ ހަމަ ﷲ އެވެ.) އޭރުންވެސް އެމީހުށް يعني: مشرك ން ބުނާނީ ކަލޭގެފާނަކީ ހަމަދޮގުވެރިއެކެވެ. އަދި ކިއެއްހެއްޔެވެ. އެހެންނަކުންނޫނެވެ. އެމީހުންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ.

Verse 102

قُلْ نَزَّلَهُۥ رُوحُ ٱلْقُدُسِ مِن رَّبِّكَ بِٱلْحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُوا۟ وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ

Transliteration qul nazzalahu rūḥu l-qudusi min rabbika bil-ḥaqi liyuthabbita alladhīna āmanū wahudan wabush'rā lil'mus'limīna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ބާވައިލެއްވީ ކަލޭގެފާނުންގެ رَبُّ ގެ حضرة ން حقّ ގޮތުގައި طاهر ވެގެންވާ روح يعني: جبريل عليه السّلام އެވެ. އެއީ إيمان ވެގެންވާ މީހުން ސާބިތުކުރެއްވުމަށްޓަކައެވެ. (އެ قرآن ގެ نَاسِخُ مَنْسُوخُ އަށް އެމީހުން إيمان ވުމުން އެމީހުންގެ إيمان ކަން ގަދަވެ ހަރުދަނާވާނެއެވެ.) އަދި އެއީ ﷲ ގެ أمر ފުޅުތަކަށް ކިޔަމަންވެ ބޯލަނބާމީހުންނަށްވާ ތެދުމަގާއި އުފާވެރިކަމެކެވެ.

Verse 103

وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُۥ بَشَرٌ ۗ لِّسَانُ ٱلَّذِى يُلْحِدُونَ إِلَيْهِ أَعْجَمِىٌّ وَهَـٰذَا لِسَانٌ عَرَبِىٌّ مُّبِينٌ

Transliteration walaqad naʿlamu annahum yaqūlūna innamā yuʿallimuhu basharun lisānu alladhī yul'ḥidūna ilayhi aʿjamiyyun wahādhā lisānun ʿarabiyyun mubīnun

Dhivehi އަދި ހަމަކަށަވަރުން އެ مشرك ންގެމީހުން ބުނާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. (އެމީހުން ބުނެއެވެ.) ހަމަކަށަވަރުން އެކަލޭގެފާނަށް يعني: محمّد ގެފާނަށް އެ قرآن އުގަންނަވައިދެއްވަނީ آدم ގެ ދަރިއެކެވެ. އެމީހުން އެފަރާތަކަށް އެލެނބޭ ބަހަކީ عَجَمِى ބަހެކެވެ. އެބަހީ: އެކަލޭގެފާނަށް އެ قرآن އެ އުގަންނައިދޭ މީހަކީ عَجَمِى އެކެވެ. عرب ނޫން މީހެކެވެ. (އެމީހަކީ بَلْعَام ކިޔާމީހެކެވެ. ނުވަތަ رُومى ންގެ خبر ކިޔާ މީހެކެވެ. ނުވަތަ يَعِيش ކިޔާ މީހެކެވެ. މިއީ ހައްތާވެސް عرب ނޫން މީހުންނެވެ.) = تفسير الطبري = އަދި މި قرآن އަކީ ބަޔާންވެގެން عرب ބަހުންވާ ފޮތެކެވެ. (އެހެންވީއިރު އެވާހަކައަކީވެސް ތާކުންތާކުޖެހޭ ވާހަކައެއްނޫނެވެ.)

Verse 104

إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَـٰتِ ٱللَّهِ لَا يَهْدِيهِمُ ٱللَّهُ وَلَهُمْ عَذَابٌ أَلِيمٌ

Transliteration inna alladhīna lā yu'minūna biāyāti l-lahi lā yahdīhimu l-lahu walahum ʿadhābun alīmun

Dhivehi ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހާއަށް ﷲ ތެދުމަގު ނުދައްކަވައެވެ. ނުވަތަ އެކަލާނގެ ތެދުމަގު ނުދައްކަވާނެއެވެ. އަދި އެމީހުންނަށް (آخرة ގައި) ހުރީ ވޭންދެނިވި عذاب އެވެ.

Verse 105

إِنَّمَا يَفْتَرِى ٱلْكَذِبَ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَـٰتِ ٱللَّهِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْكَـٰذِبُونَ

Transliteration innamā yaftarī l-kadhiba alladhīna lā yu'minūna biāyāti l-lahi wa-ulāika humu l-kādhibūna

Dhivehi ދޮގުއުފައްދައި ދޮގުހަދާކަންކަށަވަރީ ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން ދޮގުވެރިންނެވެ.

Verse 106

مَن كَفَرَ بِٱللَّهِ مِنۢ بَعْدِ إِيمَـٰنِهِۦٓ إِلَّا مَنْ أُكْرِهَ وَقَلْبُهُۥ مُطْمَئِنٌّۢ بِٱلْإِيمَـٰنِ وَلَـٰكِن مَّن شَرَحَ بِٱلْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌ

Transliteration man kafara bil-lahi min baʿdi īmānihi illā man uk'riha waqalbuhu muṭ'ma-innun bil-īmāni walākin man sharaḥa bil-kuf'ri ṣadran faʿalayhim ghaḍabun mina l-lahi walahum ʿadhābun ʿaẓīmun

Dhivehi އެމީހަކު އީމާންވުމަށްފަހު އަދި އެމީހާގެ ހިތް އީމާންކަމަށް ހަމަޖެހި މައިތިރިވެގެންވާ حال مجبور ކުރެވިގެން ﷲ އަށް ކާފަރުވާފަދަކަމެއް ކުރެވިއްޖެމީހާ (ދަންނައެވެ!) ފަހެ އެމީހާ ބުނާބަހަކުން އަދި ކަމަކުން އެމީހާގެ މައްޗަށް ފާފައެއްނެތެވެ. އަދި އެހެންނަމަވެސް އެމީހެއްގެ ހިތް ކާފަރުކަމަށް ތަނަވަސްވެ ގަސްދުގައި ކުފުރުގެ ބަސްބުނުމުން ނުވަތަ ކާފަރުވާފަދަ ކަންތައް ކުރުމުން އެމީހުންގެ މައްޗަށް ﷲ ގެ ކޯފާ ވެއެވެ. އަދި އެމީހުންނަށް (آخرة ދުވަހުން) ހުރީ ބޮޑުވެގެންވާ عذب އެވެ.

Verse 107

ذَٰلِكَ بِأَنَّهُمُ ٱسْتَحَبُّوا۟ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْـَٔاخِرَةِ وَأَنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ

Transliteration dhālika bi-annahumu is'taḥabbū l-ḥayata l-dun'yā ʿalā l-ākhirati wa-anna l-laha lā yahdī l-qawma l-kāfirīna

Dhivehi އެ عذاب އެމީހުންނަށް حقّ ވީ ހަމަކަށަވަރުން އެމީހުން آخرة ގެ މައްޗަށް ދުނިޔޭގެ حياة އަށް ލޯބިކުރުމުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން ކާފަރުވެއްޖެ ބަޔަކަށް ﷲ تعالى ތެދުމަގު ނުދައްކަވައެވެ.

Verse 108

أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَـٰرِهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْغَـٰفِلُونَ

Transliteration ulāika alladhīna ṭabaʿa l-lahu ʿalā qulūbihim wasamʿihim wa-abṣārihim wa-ulāika humu l-ghāfilūna

Dhivehi އެމީހުންނަކީ ﷲ تعالى އެމީހުންގެ ހިތްތަކުގައި އަދި އެމީހުންގެ އިވުންތަކުގައްޔާއި އަދި ލޯތަކުގައި ސިއްކަޖައްސަވާފައިވާ މީހުންނެވެ. އަދި ކަނޑައެޅިގެން غافل ންނަކީ އެމީހުންނެވެ.

Verse 109

لَا جَرَمَ أَنَّهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْخَـٰسِرُونَ

Transliteration lā jarama annahum fī l-ākhirati humu l-khāsirūna

Dhivehi عجائب އެއްނޫނެވެ. حَقُّ ކަމެކެވެ. އެމީހުންނަކީ آخرة ގައި ހަމަކަށަވަރުން ގެއްލި ހަލާކުވެގެންވާ މީހުންނެވެ.

Verse 110

ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُوا۟ مِنۢ بَعْدِ مَا فُتِنُوا۟ ثُمَّ جَـٰهَدُوا۟ وَصَبَرُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌ رَّحِيمٌ

Transliteration thumma inna rabbaka lilladhīna hājarū min baʿdi mā futinū thumma jāhadū waṣabarū inna rabbaka min baʿdihā laghafūrun raḥīmun

Dhivehi ދެންފަހެ އެބައިމީހުންނަށް އުނދަގޫތަކާއި إمتحان ތައް ޖެހުމަށްފަހު (ﷲ ގެމަގުގައި) هجرة ކޮށް ދެން جهاد ކޮށް އަދި ކެތްތެރިވީމީހުން (ދަންނައެވެ!) ހަމަކަށަވަރުން ކަލޭގެފާނުގެ ربّ އެއީ އެކަންކަމަށްފަހު ގިނަގިނައިން އެމީހުންނަށް ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 111

۞ يَوْمَ تَأْتِى كُلُّ نَفْسٍ تُجَـٰدِلُ عَن نَّفْسِهَا وَتُوَفَّىٰ كُلُّ نَفْسٍ مَّا عَمِلَتْ وَهُمْ لَا يُظْلَمُونَ

Transliteration yawma tatī kullu nafsin tujādilu ʿan nafsihā watuwaffā kullu nafsin mā ʿamilat wahum lā yuẓ'lamūna

Dhivehi ކޮންމެ نفس އެއް އެ نفس އެއްގެ ފަރާތުން جدل ކޮށް حجّة قائم ކުރުމަށް މަސައްކަތްކޮށް އަދި ކޮންމެ نفس އަކަށް އެ نفس އެއް (ދުނިޔޭގައި ކޮށްފައިވާ) عمل ތަކަށް ފުރިހަމަ جزاء ދެއްވޭ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!) އެދުވަހުން އެމީހުންނަށް އެއްވެސް އަނިޔާއެއް ނުލިބޭނެއެވެ. އެއީ قيامة ދުވަހެވެ.

Verse 112

وَضَرَبَ ٱللَّهُ مَثَلًا قَرْيَةً كَانَتْ ءَامِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ ٱللَّهِ فَأَذَٰقَهَا ٱللَّهُ لِبَاسَ ٱلْجُوعِ وَٱلْخَوْفِ بِمَا كَانُوا۟ يَصْنَعُونَ

Transliteration waḍaraba l-lahu mathalan qaryatan kānat āminatan muṭ'ma-innatan yatīhā riz'quhā raghadan min kulli makānin fakafarat bi-anʿumi l-lahi fa-adhāqahā l-lahu libāsa l-jūʿi wal-khawfi bimā kānū yaṣnaʿūna

Dhivehi އަދި ﷲ تعالى ރަށެއްގެ މިސާލުޖެއްސެވިއެވެ. އެރަށްވީ އަމާން އަދި ހިތްހަމަޖެހޭ ރަށެއްކަމުގައެވެ. (تفسير علم ގެ أهل ވެރިންގެ ގިނަބޭކަލުން ވިދާޅުވަނީ އެއީ مكّة ކަމުގައެވެ.) އަދި ހުރިހާ ފަރާތްތަކަކުން އެރަށުގެ أهل ވެރިންނަށް ތަނަވަސްކަމާއި ފަސޭހަކަމާ އެކު ރިޒުގު އާދެއެވެ. ދެން އެރަށުގެ أهل ވެރިން ﷲ ގެ نعمة އަށް ކާފަރުވިއެވެ. ދެންފަހެ އޭގެސަބަބުން ބަނޑުހައިހޫނުކަމާއި ބިރުވެރިކަމުގެ ލިބާސް އެމީގައިގާ ﷲ تعالى ލެއްވިއެވެ. އެއީ އެމީހުންކުރާ ކަމުގައިވީކަންތަކުންނެވެ. • ދަންނައެވެ! އެމީހުންނަށްޖެހުނު ބަނޑުހައިހޫނުކަމަކީ رسول ﷲ ﷺ ގެ دعاء ފުޅަށް އެމީހުންނަށް ޖެހުނު ބަނޑުހައިހޫނުކަމެވެ. ބުނެވެނީ ބަނޑުހައިހޫނުކަން ގަދަވެގެންގޮސް ވާނުވާ ނޭނގޭ ހިސާބަށް މީސްތަކުން ދިޔަކަމަށެވެ. އެމީހުނަށްޖެހުނު ބިރުވެރިކަމަކީ رسول ﷲ ﷺ އެމީހުން أسير ކުރެއްވުމެވެ. والله أعلم - އެވާހަކަ دُخَان ސޫރަތުގައި ކޮންމެވެސް ވަރަކަށް ވެއެވެ.

Verse 113

وَلَقَدْ جَآءَهُمْ رَسُولٌ مِّنْهُمْ فَكَذَّبُوهُ فَأَخَذَهُمُ ٱلْعَذَابُ وَهُمْ ظَـٰلِمُونَ

Transliteration walaqad jāahum rasūlun min'hum fakadhabūhu fa-akhadhahumu l-ʿadhābu wahum ẓālimūna

Dhivehi އަދި ހަމަކަށަވަރުން އެމީހުންގެގާތަށް އެމީހުންގެތެރެއިން رسول ބޭކަލަކު ވަޑައިގެންނެވިއެވެ. (އެއީ رسول ﷲ ﷺ އެވެ.) ފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. އެހެންވުމުގެ ސަބަބުން އެމީހުން އަނިޔާވެރިވެގެންވާ حال އެމީހުންނަށް عذاب އައިސްޖެހުނީއެވެ. (އެއީ ބަނޑުހައިހޫނުކަމާއި ބިރުވެރިކަމާއި بدر ހަނގުރާމައިގައި މަރުވެދިއުމެވެ.)

Verse 114

فَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَـٰلًا طَيِّبًا وَٱشْكُرُوا۟ نِعْمَتَ ٱللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

Transliteration fakulū mimmā razaqakumu l-lahu ḥalālan ṭayyiban wa-ush'kurū niʿ'mata l-lahi in kuntum iyyāhu taʿbudūna

Dhivehi (އޭ މީސްތަކުންނޭވެ!) ފަހެ ކަލޭމެން ﷲ ގެ ރިޒުގު ރަނގަޅު حلال ގޮތުގައި ކައިހަދާށެވެ! އަދި ކަލޭމެންނީ އެކަލާނގެއަށް އަޅުކަންކުރާ ބަޔަކުކަމުގައިވަންޏާ ކަލޭމެން އެކަލާނގެ نعمة ތަކަށް (ﷲ ގެ نعمة ތަކަށް) شكر ކުރާށެވެ!

Verse 115

إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

Transliteration innamā ḥarrama ʿalaykumu l-maytata wal-dama walaḥma l-khinzīri wamā uhilla lighayri l-lahi bihi famani uḍ'ṭurra ghayra bāghin walā ʿādin fa-inna l-laha ghafūrun raḥīmun

Dhivehi އެކަލާނގެ ކަލޭމެންގެމައްޗަށް حرام ކުރެއްވިކަންކަށަވަރީ މުޅަތަކެއްޗާއި ލެޔާއި އޫރުމަހާއި އަދި އެއެއްޗެއް ﷲ ގެ ނަންފުޅުގެ މަތީގައި ނޫންގޮތަކަށް ކަތިލެވުނު ކޮންމެއެއްޗެކެވެ. ފަހެ ކާނެއެއްޗެއް ނެތި ގޮތްހުސްވެ ކަންބޮޑުވެއްޖެމީހާ ހަމަކިރިޔާ ފުދޭވަރަށް އަދި އެއީ أصل ގައި حرام ތަކެތިކަމުގައި قبول ކުރުމާއިއެކު އެމީހާ އަނިޔާވެރިއަކުކަމުގައި ނުވާޙާލު އެއިން އެތިކޮޅެއް ބޭނުންކުރުމަކުން (އެމީހެއްގެމައްޗަށް ފާފައެއްނެތެވެ.) ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުކަލާނގެއެވެ.

Verse 116

وَلَا تَقُولُوا۟ لِمَا تَصِفُ أَلْسِنَتُكُمُ ٱلْكَذِبَ هَـٰذَا حَلَـٰلٌ وَهَـٰذَا حَرَامٌ لِّتَفْتَرُوا۟ عَلَى ٱللَّهِ ٱلْكَذِبَ ۚ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ

Transliteration walā taqūlū limā taṣifu alsinatukumu l-kadhiba hādhā ḥalālun wahādhā ḥarāmun litaftarū ʿalā l-lahi l-kadhiba inna alladhīna yaftarūna ʿalā l-lahi l-kadhiba lā yuf'liḥūna

Dhivehi (އޭ މީސްތަކުންނޭވެ!) ﷲ ގެމައްޗަށް ދޮގުތައްހަދައިގަތުމަށްޓަކައި ކަލޭމެންގެ ދޫތައް އެސިފަކުރާ ދޮގުތަކުން "މީތި حلال އޭ، އަދި، މީތި حرام އޭ" މިހެން ކަލޭމެން ނުބުނާށެވެ! ހަމަކަށަވަރުން ﷲ ގެމައްޗަށް ދޮގުހަދާމީހުން ކާމިޔާބު ނުވާނެކަން ކަށަވަރެވެ.

Verse 117

مَتَـٰعٌ قَلِيلٌ وَلَهُمْ عَذَابٌ أَلِيمٌ

Transliteration matāʿun qalīlun walahum ʿadhābun alīmun

Dhivehi އެމީހުންގެ (ދުނިޔޭގެ حياة ގައި އެތިބޭ ވަގުތުކޮޅު އެއީ) ދާދިކުޑަކުޑަ އަރާމުކޮޅެކެވެ. އަދި (آخرة ދުވަހުން) އެމީހުންނަށް ހުރީ ވޭންދެނިވި عذاب އެވެ.

Verse 118

وَعَلَى ٱلَّذِينَ هَادُوا۟ حَرَّمْنَا مَا قَصَصْنَا عَلَيْكَ مِن قَبْلُ ۖ وَمَا ظَلَمْنَـٰهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ

Transliteration waʿalā alladhīna hādū ḥarramnā mā qaṣaṣnā ʿalayka min qablu wamā ẓalamnāhum walākin kānū anfusahum yaẓlimūna

Dhivehi އަދި މީގެކުރީން ކަލޭގެފާނަށް ތިމަންރަސްކަލާނގެ އަންގަވާ بيان ކުރެއްވި ތަކެތި يهودي ވީ މީސްތަކުންގެމައްޗަށް حرام ކުރެއްވީމެވެ. (އެއީ أَنْعَام ސޫރަތުގައި ބަޔާންކުރައްވާފައިވާ ފަދައިންނެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އަނިޔާވެރިވެވޮޑި ނުގަންނަވަމެވެ. އަދި އެކަމަކު އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވާކަމުގައިވިއެވެ.

Verse 119

ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُوا۟ ٱلسُّوٓءَ بِجَهَـٰلَةٍ ثُمَّ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌ رَّحِيمٌ

Transliteration thumma inna rabbaka lilladhīna ʿamilū l-sūa bijahālatin thumma tābū min baʿdi dhālika wa-aṣlaḥū inna rabbaka min baʿdihā laghafūrun raḥīmun

Dhivehi ދެން ކަލޭގެފާނުންގެ ربّ (ދަންނައެވެ!) ނޭނގިގެން ނުބައިކަންތައްތައް ކުރިމީހުން އެމީހުންނަށް އެކަން ކުރެވުމަށްފަހު توبة ވެ އަދި އެމީހުންގެ حال ތައް إصلاح ކޮށްފިއްޔާ އޭގެފަހުގައި ހަމަކަށަވަރުން ކަލޭގެފާނުގެ ربّ (އެމީހުންނަށް ފުއްސަވާ رحمة ލައްވާހުއްޓެވެ.) ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 120

إِنَّ إِبْرَٰهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ ٱلْمُشْرِكِينَ

Transliteration inna ib'rāhīma kāna ummatan qānitan lillahi ḥanīfan walam yaku mina l-mush'rikīna

Dhivehi ހަމަކަށަވަރުން إبراهيم عليه السّلام ވެވަޑައިގެންނެވީ ﷲ އަށް ކިޔަމަންތެރިވެވަޑައިގެންވާ أمّة އެއްކަމުގައެވެ. شرك ން ދުރުވެވަޑައިގެން توحيد އަށް ސީދާވެގެންވާ ހެޔޮކަން އުގަންނަވައިދެއްވާ مُعَلِّم އެއްކަމުގައެވެ. އެކަލޭގެފާނުން مشرك ންގެތެރެއިން ނުވެއެވެ.

Verse 121

شَاكِرًا لِّأَنْعُمِهِ ۚ ٱجْتَبَىٰهُ وَهَدَىٰهُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

Transliteration shākiran li-anʿumihi ij'tabāhu wahadāhu ilā ṣirāṭin mus'taqīmin

Dhivehi ﷲ ގެ نعمة ތަކަށް شكر ކުރައްވާ ބޭކަލަކުކަމުގައެވެ. އެކަލާނގެ އެކަލޭގެފާނު إختيار ކުރައްވައި خاصّ ކުރެއްވިއެވެ. އަދި އެކަލާނގެ އެކަލޭގެފާނަށް ސީދާވެގެންވާ ތެދުމަގު ދެއްކެވިއެވެ.

Verse 122

وَءَاتَيْنَـٰهُ فِى ٱلدُّنْيَا حَسَنَةً ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ

Transliteration waātaynāhu fī l-dun'yā ḥasanatan wa-innahu fī l-ākhirati lamina l-ṣāliḥīna

Dhivehi އަދި ތިމަންރަސްކަލާނގެ ދުނިޔޭގައި އެކަލޭގެފާނަށް ހެޔޮކަމެއް (ރަނގަޅުކަމެއް) ދެއްވީމެވެ. (އެއީ ދުނިޔެ ދެމިއޮތްހާހިނދަކު މީސްތަކުންގެ ދޫތަކުން އެކަލޭގެފާނަށް ރިވެތި ثناء ކިއުމާއި تعريف ކުރުން ލެއްވުމެވެ.) އަދި ހަމަކަށަވަރުން آخرة ގައި އެކަލޭގެފާނުވާހުށީ ކަނޑައެޅިގެން صالح މާތް ބޭކަލުންގެތެރެއިންނެވެ.

Verse 123

ثُمَّ أَوْحَيْنَآ إِلَيْكَ أَنِ ٱتَّبِعْ مِلَّةَ إِبْرَٰهِيمَ حَنِيفًا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ

Transliteration thumma awḥaynā ilayka ani ittabiʿ millata ib'rāhīma ḥanīfan wamā kāna mina l-mush'rikīna

Dhivehi (އޭ رسول ﷲ އެވެ!) ދެން شرك ން ފޭވެ توحيد އާ ސީދާވެގެންވާ إبراهيم عليه السّلام ގެ دين އާ تبع ވެވަޑައިގެންނެވުމަށް ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحي ކުރެއްވީމެވެ. އަދި އެކަލޭގެފާނު يعني: إبراهيم عليه السّلام مشرك ންގެތެރެއިން ވެވަޑައި ނުގަންނަވައެވެ.

Verse 124

إِنَّمَا جُعِلَ ٱلسَّبْتُ عَلَى ٱلَّذِينَ ٱخْتَلَفُوا۟ فِيهِ ۚ وَإِنَّ رَبَّكَ لَيَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ

Transliteration innamā juʿila l-sabtu ʿalā alladhīna ikh'talafū fīhi wa-inna rabbaka layaḥkumu baynahum yawma l-qiyāmati fīmā kānū fīhi yakhtalifūna

Dhivehi ހޮނިހިރުދުވަސް ލައްވާފައިވަނީ އެދުވަހާ މެދު ދެބަސްވެ إختلاف ވީމީހުންގެމައްޗަށެވެ. އަދި (އޭ رسول އެވެ!) قيامة ދުވަހުން ކަލޭގެފާނު ގެ ربّ އެމީހުންގެ މެދު ގައި إختلاف ވެ ދެބަސްވާ ކަންތަކާ މެދު حكم ކުރައްވާނެކަން ކަށަވަރެވެ. • ދަންނައެވެ! ހޮނިހިރުދުވަހާ މެދު إختلاف ވީ ހަފްތާގެ ދުވަސްތަކުގެތެރެއިން يهودي ން إختيار ކުރާނެ ދުވަހެއް إختيار ކުރަން އެންގެވީމާ އެއްބަޔަކު ބުނީ ހުކުރުދުވަސް ކަމަށެވެ. އަނެއްބަޔަކަށް ފެނުނީ ހޮނިހިރުދުވަސްކަމަށެވެ. އަދި އަނެއްބަޔަކަށް ފެނުނީ އާދީއްތަދުވަސްކަމަށެވެ. އެންމެފަހުން އެމީހުން إختيار ކުރީ ހޮނިހިރުދުވަހެވެ. ހުކުރުދުވަސް ނަގާކަށް ނޭނގުނެވެ. އެމީހުންގެގާތުގައި ހަފްތާގެ މާތްދުވަހަކީ ހޮނިހިރުދުވަހެވެ. والله أعلم.

Verse 125

ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ ۖ وَجَـٰدِلْهُم بِٱلَّتِى هِىَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ

Transliteration ud'ʿu ilā sabīli rabbika bil-ḥik'mati wal-mawʿiẓati l-ḥasanati wajādil'hum bi-allatī hiya aḥsanu inna rabbaka huwa aʿlamu biman ḍalla ʿan sabīlihi wahuwa aʿlamu bil-muh'tadīna

Dhivehi ކަލޭގެފާނުގެ ربّ ގެ މަގަށް އެބަހީ: إسلام دين އަށް ކަލޭގެފާނު ގޮވައިލައްވާށެވެ! އެއީ حكمة އާއި قرآن ގެ وعظ އާއި نصيحة އާއި إرشاد ންނެވެ. އަދި ރަނގަޅުގޮތުގައި އެމީހުންނާ جدل ކުރައްވާށެވެ! ދަންނައެވެ! މިއާޔަތުން މި އިޝާރާތްކުރައްވަނީ ދީނަށް ގޮވާލުމުގެ ތިންދަރަޖައަށެވެ. ފުރަތަމަ حكمة ންނެވެ. އެއީ جاهل ންނާމެދުގައެވެ. ދެވަނައަށް وعظ އާއި نصيحة ންނެވެ. އެއީ ކޮންމެވެސް ވަރަކަށް ދަންނަ އެކަމަކު ރަނގަޅަށް ނުފިލާ މީހުންނަށެވެ. ތިންވަނައަށް جدل ކުރެއްވުމާއެކުގައެވެ. އެއީ ތަންދޮރުދަންނަ އެކަމަކު ދެކޮޅުހަދާމީހުންނަށެވެ. މިތިންބައިމީހުންނާމެދު އޮތް ތިން ދަރަޖައަށް ނުވިސްނައި ދީނަށްގޮވާލެވިއްޖެއްޔާ دعوة ނާކާމިޔާބުވުން އެކަށީގެންވެއެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެކަލާނގެމަގުން ފޭވެ ފުރެދިފައިވާމީހާ ދެނެވޮޑިގެންވެއެވެ. އަދި ތެދުމަގުގައިވާ މީހުންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.

Verse 126

وَإِنْ عَاقَبْتُمْ فَعَاقِبُوا۟ بِمِثْلِ مَا عُوقِبْتُم بِهِۦ ۖ وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّـٰبِرِينَ

Transliteration wa-in ʿāqabtum faʿāqibū bimith'li mā ʿūqib'tum bihi wala-in ṣabartum lahuwa khayrun lilṣṣābirīna

Dhivehi އަދި އެ مشرك ންގެމީހުން ކަލޭމެން مؤمن ންނަށް عقوبة ދީ އަނިޔާކޮށްފިއްޔާ އެމީހުން ކަލޭމެނަށް އަނިޔާކޮށް عقوبة ދިންފަދައަކުން ކަލޭމެންވެސް އެމީހުންނަށް އަނިޔާކޮށް عقوبة ދޭށެވެ! (އެއަށްވުރެ މައްޗަށް ނުގެންދާށެވެ!) އަދި ކަލޭމެން އެމީހުންނަށް عقوبة ނުދީ ކެތްތެރިވެއްޖެއްޔާ يقين ންވެސް އެގޮތް މާހެޔޮވެގެންވެއެވެ.

Verse 127

وَٱصْبِرْ وَمَا صَبْرُكَ إِلَّا بِٱللَّهِ ۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِى ضَيْقٍ مِّمَّا يَمْكُرُونَ

Transliteration wa-iṣ'bir wamā ṣabruka illā bil-lahi walā taḥzan ʿalayhim walā taku fī ḍayqin mimmā yamkurūna

Dhivehi އަދި ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު ގެ ކެތްތެރިވެވަޑައިގަތުންވަނީ ﷲ ގެ حضرة ގައެވެ. އެބަހީ: އެއީ ﷲ ގެ توفيق އާއި އެކަލާނގެ فضل ވަންތަކަމާއި އެހީތެރިވެވޮޑިގަތުމެވެ. އަދި އެމީހުންގެމައްޗަށް (އެބަހީ: އެ مشرك ން އީމާންނުވެގެން) ހިތާމަފުޅު ނުކުރައްވާށެވެ! އަދި އެމީހުން إسلام دين އާ އިދިކޮޅަށް ރާވާރޭވުމާއި ހަދާ މަކަރުގެ ސަބަބުން ހިތްޕުޅު ދަތިނުކުރައްވާށެވެ!

Verse 128

إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَوا۟ وَّٱلَّذِينَ هُم مُّحْسِنُونَ

Transliteration inna l-laha maʿa alladhīna ittaqaw wa-alladhīna hum muḥ'sinūna

Dhivehi ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ تقوى ވެރިވީމީހުންނާއި އަދި އެމީހުންނީ إحسان ތެރިންކަމުގައިވީ މީހުންނާ އެކުގައެވެ.

Read Surah An-Nahl in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.