Surah Al-Ma'arij in Dhivehi: translation and audio
Surah 70 · المعارج · The Ascending Stairways · 44 verses
Surah Al-Ma'arij verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Ma'arij word by word in English.
Verse 1
سَأَلَ سَآئِلٌۢ بِعَذَابٍ وَاقِعٍ
Transliteration sa-ala sāilun biʿadhābin wāqiʿin
Dhivehi ހަމަކޮންމެހެން ނައިސްނުދާނޭ عَذَابُ އެއްގެ އައުން އެދި ސުވާލުކުރާމީހަކު ސުވާލުކޮށްފިއެވެ. ނުވަތަ އެދޭމީހަކު އެދެފިއެވެ. ދަންނައެވެ. އެމީހަކީ النَّضَرُ بْنُ الحَارِث ކަމުގައި ބުނެވުނެވެ. ނުވަތައެއީ أبُو جَهْل ކަމުގައިވެސް ބުނެވުނެވެ. އެމީހަކު އެދުނީ مُحَمَّد ﷺ އެގެންނެވި ދީނަކީ حَقُّ دِيْن އެއްކަމުގައިވާނަމަ އެމީހުންގެމައްޗަށް އުޑުން ހިލަތަކެއްފޭބުމަށެވެ. ނުވަތަ ވޭންދެނިވި عَذَابُ އެއް އައުމަށެވެ. (އެވާހަކައަށް އިޝާރާތްކުރައްވައި الأنْفَالُ ސޫރަތުގައި ބާވާތްލައްވާފައިވެއެވެ.
Verse 2
لِّلْكَـٰفِرِينَ لَيْسَ لَهُۥ دَافِعٌ
Transliteration lil'kāfirīna laysa lahu dāfiʿun
Dhivehi (އެމީހުން އެ އެދުނު عَذَابُ އެއީ) ކާފަރުންގެ މައްޗަށް ހަމަކޮންމެހެން އަންނާނެ عَذَابُ އެކެވެ. އަދި عَذَابُ دِفَاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ.
Verse 3
مِّنَ ٱللَّهِ ذِى ٱلْمَعَارِجِ
Transliteration mina l-lahi dhī l-maʿāriji
Dhivehi އެ عَذَابُ އަންނާނީ ހަރުފަތްތަކުގެވެރި ނުވަތަ ދަރަޖަތަކުގެވެރި ގެ ﷲގެ حَضْرَةُ ން ނެވެ.
Verse 4
تَعْرُجُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍ
Transliteration taʿruju l-malāikatu wal-rūḥu ilayhi fī yawmin kāna miq'dāruhu khamsīna alfa sanatin
Dhivehi މަލާއިކަތްބޭކަލުންނާއި އަދި جِبْرِيْل عَلَيْهِ السلام އެކަލާނގެ حَضْرَةُ އަށް އެދަރަޖަތަކުން ނުވަތަ އެހަރުފަތްތަކުން އަރާވަޑައިގަންނަވައެވެ. އެދުވަހަކީ އެދުވަހުގެ މިންވަރު ފަންސާސްހާސް އަހަރުގެ މުއްދަތުކަމުގައި ކަޑައެޅިގެންވާ ދުވަހެކެވެ. އެއީ ޤިޔާމަތް ދުވަހެވެ.
Verse 5
فَٱصْبِرْ صَبْرًا جَمِيلًا
Transliteration fa-iṣ'bir ṣabran jamīlan
Dhivehi ފަހެ (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ރިވެތިގޮތުގައި ކެތްތެރިވެވަޑައިގަންނަވާށެވެ.
Verse 6
إِنَّهُمْ يَرَوْنَهُۥ بَعِيدًا
Transliteration innahum yarawnahu baʿīdan
Dhivehi ހަމަކަށަވަރުން އެމީހުން އެބަހީ އެކާފަރުން އެދުވަސް ނުވަތަ އެ عَذَابُ ދެކެނީ ދުރުވެގެންވާ އެއްޗެއްކަމުގައެވެ.
Verse 7
وَنَرَىٰهُ قَرِيبًا
Transliteration wanarāhu qarīban
Dhivehi ނަމަވެސް ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ އައުންދާދި ގާތްއެއްޗެއްކަމުގައެވެ.
Verse 8
يَوْمَ تَكُونُ ٱلسَّمَآءُ كَٱلْمُهْلِ
Transliteration yawma takūnu l-samāu kal-muh'li
Dhivehi އެދުވަހަކީ ވިރިފައިވާ مَعْدَنُ ތަކެއްފަދައިން ނުވަތަ ތެލުގެ ގަރުގަޑެއްފަދައިން އުޑުވެގެންދާނޭދުވަހެވެ.
Verse 9
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ
Transliteration watakūnu l-jibālu kal-ʿih'ni
Dhivehi އަދި ފިނދާ ކުލަޖެއްސިފައިވާ ކެހެރިތަކެއްފަދައިން ނުވަތަ ކަފަތަކެއްފަދައިން ފަރުބަދަތައްވާނޭ ދުވަހެވެ.
Verse 10
وَلَا يَسْـَٔلُ حَمِيمٌ حَمِيمًا
Transliteration walā yasalu ḥamīmun ḥamīman
Dhivehi އަދިއެދުވަހުން (ބިރުވެރިކަން ބޮޑުވުމުގެސަބަބުން) ކިތައްމެ ގާތްމީހަކު ގާތްމީހަކާވިޔަސް ނުވަތަ ރައްޓެއްސަކު ރައްޓެއްސަކާއިވިޔަސް ސުވާލުވެސް ނުކޮށްލާނެއެވެ. ޙާލުވެސް އަހައިލާހާކަށް ނުކެރޭނެއެވެ.
Verse 11
يُبَصَّرُونَهُمْ ۚ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذٍۭ بِبَنِيهِ
Transliteration yubaṣṣarūnahum yawaddu l-muj'rimu law yaftadī min ʿadhābi yawmi-idhin bibanīhi
Dhivehi مَحْشَرُ މައިދާނުގައި ކާފަރުންގެމީހުންވެސް އަދި އެހެންމީހުންވެސް ތިމާމެންގެ ގާތްތިމާގެމީހުން ދެކޭނެއެވެ. ރައްޓެހި ރަޙުމަތްތެރިންވެސް ދެކޭނެއެވެ. ނަމަވެސް އެކަކުގެ ޙާލު އަނެކަކު އަހައިވެސްނުލާނެއެވެ! ކާފަރުންގެ މީހުންލޯބިކުރަނީ فِدْيَة އެއްދީގެންނަމަވެސް އެމީހުންނަށް ސަލާމަތްވެވޭނެނަމަ ތިމާގެ ދަރިންވެސް فِدْيَة އެއްގެގޮތުގައިދޭށެވެ.
Verse 12
وَصَـٰحِبَتِهِۦ وَأَخِيهِ
Transliteration waṣāḥibatihi wa-akhīhi
Dhivehi އަނބިމީހާއާއި އަދި ތިމާގެ أَخُ އާއި (މިއެންމެންދީގެންވެސް ތިމާ ނަރަކައިންސަލާމަތްވުމަށެވެ.)
Verse 13
وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ
Transliteration wafaṣīlatihi allatī tu'wīhi
Dhivehi އަދި އެމީހުންގެފަރާތުން ތިމާއަށް އެހީތެރިކަމާ ހިޔާވަހިކަން ލިބޭ ގާތްތިމާގެމީހުންނާއި
Verse 14
وَمَن فِى ٱلْأَرْضِ جَمِيعًا ثُمَّ يُنجِيهِ
Transliteration waman fī l-arḍi jamīʿan thumma yunjīhi
Dhivehi އަދި ބިންމަތީވާހާބަޔަކު ދީގެންނަމަވެސް އެދުވަހުގެ عَذَابُ ން ސަލާމަތްވުމަށެވެ.
Verse 15
كَلَّآ ۖ إِنَّهَا لَظَىٰ
Transliteration kallā innahā laẓā
Dhivehi ނަމަވެސް އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. ހަމަކަށަވަރުން އެމީހުންނަށް عَذَابُ ދެއްވުމަށް ކަޑައެޅިފައިވަނީ عَذَابُ ގަދަވެގެންވާ (ހުޅުގަޑު އަރައަރާހުންނަ) ނަރަކައިގައެވެ
Verse 16
نَزَّاعَةً لِّلشَّوَىٰ
Transliteration nazzāʿatan lilshawā
Dhivehi އެތަނަކީ ބޮލުގެ ހަންގަޑުބޮލުން ދަމައިގަނެވަކިކޮށްލާތަނެކެވެ. އަދި ހަމާއިމަސްކަށިން ވަކިކޮށްލާތަނެކެވެ. އަދި އަތްފައިފަދަ ގުނަވަންތައް ހަށިގަޑާއި ވަކިކޮށްލާތަނެކެވެ. (އެއީ އެތާގެހޫނުގަދަކަމާއި عَذَابُ ގަދަކަމުންނެވެ.)
Verse 17
تَدْعُوا۟ مَنْ أَدْبَرَ وَتَوَلَّىٰ
Transliteration tadʿū man adbara watawallā
Dhivehi އަދި حَقُّ އަށް ފުރަގަސްދީ حَقُّ ދީނުން މޫނުއަބުނރައިލާ މީހުންނަށް އެނަރަކަގޮވާނެއެވެ. އެމީހުން ނަރަކައަށް ޖަމާވުމަށް އޭތިގޮވާނެއެވެ.
Verse 18
وَجَمَعَ فَأَوْعَىٰٓ
Transliteration wajamaʿa fa-awʿā
Dhivehi އަދި މުދާތައްޖަމާކޮށް ޚަޒާނާކޮށް އޭގެ حَقُّ އަދާނުކޮށް ހެދިއެންމެންނަށް އެސޮރުގޮވާނެއެވެ.
Verse 19
۞ إِنَّ ٱلْإِنسَـٰنَ خُلِقَ هَلُوعًا
Transliteration inna l-insāna khuliqa halūʿan
Dhivehi ހަމަކަށަވަރުން އިންސާނާ ހެއްދެވިފައިވަނީ ދަހިވެތިކަންބޮޑު އަދި ކެތްތެރިކަން ކުޑަމީހަކު ކަމުގައެވެ.
Verse 20
إِذَا مَسَّهُ ٱلشَّرُّ جَزُوعًا
Transliteration idhā massahu l-sharu jazūʿan
Dhivehi އަދި އޭނާއަށް ފަޤީރުކަންފަދަނުވަތަ ބަލިމަޑުކަމެއްފަދަ ދަތިކަމެއް ދިމާވެއްޖެއްޔާ ކެތްތެރިކަން ކެޑި ބޭޤަރާރުވެއެވެ.
Verse 21
وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا
Transliteration wa-idhā massahu l-khayru manūʿan
Dhivehi އަދިއޭނާއަށް މުއްސަދިކަންފަދަ ތަނަވަސްކަމަކާއި ދިމާވެއްޖެއްޔާ އޭނާއަތުން އެއްޗެއް ބޭރުވިޔަނުދީ ހިފެހެއްޓުން ބޮޑުމީހަކު ކަމުގައި ވެދެއެވެ.
Verse 22
إِلَّا ٱلْمُصَلِّينَ
Transliteration illā l-muṣalīna
Dhivehi ނަމާދުކުރާމީހުން މެނުވީއެވެ. އެބަހީ އިސްވެދިޔަފަދަ ވިޔާނުދާ ނުބައިސިފަތަކުން ސަލާމަތް ވެގެންވާނެމީހުންނަކީ ނަމާދުކުރާމީހުންނެވެ.
Verse 23
ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ
Transliteration alladhīna hum ʿalā ṣalātihim dāimūna
Dhivehi އަދި އެމީހުންނަކީ އެމީހުންގެ ނަމާދުތަކުގެމަތީ ދެމިތިބޭމީހުންނެވެ. އެބަހީ ނަމާދުތައް ވަޤުތުން ވަޤުތަށް އެންގެވިގޮތަށް އަދާކުރުންމަތީ ދެމިތިބޭމީހުންނެވެ.
Verse 24
وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ
Transliteration wa-alladhīna fī amwālihim ḥaqqun maʿlūmun
Dhivehi ،(25) އަދިއެމީހުންނަކީ އެމީހުންގެމުދަލުގައި ސަލާންޖަހާމީހުންނަށާއި އަދި ލަދުވެތިކަމުން ސަލާންޖަހަން ނުކެރުމުގެ ސަބަބުން އެހީތަކުން مَحْرُوْم ވެގެންވާ މީހުނަށްވާ ޙައްޤުއެއްވާކަން ދަނެ އެކަމަށް إعْتِرَافُ ވާމީހުންނެވެ. އަދި އެފަދަމީހުންނަށް އެތިކޮޅުދޭމީހުންނެވެ.
Verse 25
لِّلسَّآئِلِ وَٱلْمَحْرُومِ
Transliteration lilssāili wal-maḥrūmi
Dhivehi ،(25) އަދިއެމީހުންނަކީ އެމީހުންގެމުދަލުގައި ސަލާންޖަހާމީހުންނަށާއި އަދި ލަދުވެތިކަމުން ސަލާންޖަހަން ނުކެރުމުގެ ސަބަބުން އެހީތަކުން مَحْرُوْم ވެގެންވާ މީހުނަށްވާ ޙައްޤުއެއްވާކަން ދަނެ އެކަމަށް إعْتِرَافُ ވާމީހުންނެވެ. އަދި އެފަދަމީހުންނަށް އެތިކޮޅުދޭމީހުންނެވެ.
Verse 26
وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ
Transliteration wa-alladhīna yuṣaddiqūna biyawmi l-dīni
Dhivehi އަދިއެމީހުންނަކީ قِيَامَة ދުވަސް އަންނާނެކަމާއިމެދު އެއްވެސް ޝައްކެއްނުކޮށް ތެދުކުރާމީހުންނެވެ.
Verse 27
وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ
Transliteration wa-alladhīna hum min ʿadhābi rabbihim mush'fiqūna
Dhivehi އަދިއެމީހުންނަކީ އެމީހުން ހައްދަވާ ބޮޑުކުރެއްވި رَبُّ ގެ عذَابُ އަށް ބިރުން ފެންކަޅިވާމީހުންނެވެ.
Verse 28
إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ
Transliteration inna ʿadhāba rabbihim ghayru mamūnin
Dhivehi ހަމަކަށަވަރުން އެމީހުން ހައްދަވާބޮޑުކުރެއްވި رَبُّ ގެ عذَابُ އަކީ އަމާންވެގެން ނުވާ عذَابُ އެކެވެ. ހަމަކޮންމެމީހަކުވެސް ބިރުވެތިވުން حَقُّ عَذَابُ އެކެވެ.
Verse 29
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَـٰفِظُونَ
Transliteration wa-alladhīna hum lifurūjihim ḥāfiẓūna
Dhivehi އަދި އެމީހުންނަކީ އެމީހުންގެ ލަދުގުނަވަންތަކަށް ރައްކާތެރިވާމީހުންނެވެ.
Verse 30
إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَـٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
Transliteration illā ʿalā azwājihim aw mā malakat aymānuhum fa-innahum ghayru malūmīna
Dhivehi އެމީހުންގެ އަނބީންނަށް ނުވަތަ އެމީހުންގެ އަޅުއަންހެނުންނަށް މެނުވީ ހާމަނުކުރާމީހުންނެވެ. އެފަދަމީހުންނީ މަލާމާތް ލިބޭނެމީހުންނެއް ނޫނެވެ.
Verse 31
فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْعَادُونَ
Transliteration famani ib'taghā warāa dhālika fa-ulāika humu l-ʿādūna
Dhivehi ފަހެ އެއަށްވުރެން އިތުރަށް އެދިގެންފިމީހުންނީ ހައްދުފަހަނަޅައިގެންފިމީހުންނެވެ. އެބަހީ ތިމާމެންގެ އަނބީންނާއި ތިމާމެންގެ އަޅުއަންހެނުންފިޔަވައި އެހެންބަޔަކަށް ތިމާމެންގެ ލަދުގުނަވަން ހާމަކޮށް އެމީހުންގެކިބައިން އަރާމެއް ހޯދައިގަންނަން އެދިގެންފިމީހުންނީ ހަމަކަށަވަރުން ހައަދުފަހަނަޅައިގެންފިބައެކެވެ. ސީދާމަގުން ނެއްޓި ގެންފިބައެކެވެ.
Verse 32
وَٱلَّذِينَ هُمْ لِأَمَـٰنَـٰتِهِمْ وَعَهْدِهِمْ رَٰعُونَ
Transliteration wa-alladhīna hum li-amānātihim waʿahdihim rāʿūna
Dhivehi އަދިއެމީހުންނީ އެމީހުންނާއި ޙަވާލު ކުރެވިފައިވާ އަމާނާތްތަކަށާއި އެމީހުން ކޮށްފައިވާ وَعْدُ ތަކަށާއި عَهْدُ ތަކަށްވެސް ރައްކާތެރިވާމީހުންނެވެ.
Verse 33
وَٱلَّذِينَ هُم بِشَهَـٰدَٰتِهِمْ قَآئِمُونَ
Transliteration wa-alladhīna hum bishahādātihim qāimūna
Dhivehi އަދި އެމީހުންނަކީ އެމީހުން އަދާކުރަންޖެހިފައިވާ ހެކިބަސްތައް އަދާކުރުންމަތީ قَائِم ވެތިބޭމީހުންނެވެ.
Verse 34
وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ
Transliteration wa-alladhīna hum ʿalā ṣalātihim yuḥāfiẓūna
Dhivehi އަދިއެމީހުންނަކީ އެމީހުންގެ ނަމާދުތަކަށް ރައްކާތެރިވާމީހުންނެވެ. (އެބަހީ وُضُوء ފުރިހަމަކޮ ރުކުންތަކާއި شَرْطُ ތަކާއި ސުންނަތްތަކާއި އަދި ޒިކުރުތަކާއި އެކު ވަޤުތުން ވަޤުތަށް ނަމާދު އަދާކުރަމުން ގެންދާމީހުންނެވެ.)
Verse 35
أُو۟لَـٰٓئِكَ فِى جَنَّـٰتٍ مُّكْرَمُونَ
Transliteration ulāika fī jannātin muk'ramūna
Dhivehi އިސްވެދިޔަ ސިފަތަކުގެ އަހުލުވެރިންޤިޔާމަތްދުވަހުން ވާނީ މާތްވެގެންވާ ސުވަރުގެތަކުގައެވެ.
Verse 36
فَمَالِ ٱلَّذِينَ كَفَرُوا۟ قِبَلَكَ مُهْطِعِينَ
Transliteration famāli alladhīna kafarū qibalaka muh'ṭiʿīna
Dhivehi ،(37) (އޭ ރަސޫލުއް الله އެވެ.) ކާފަރުންގެ މީހުންގަނޑު ކަލޭގެފާނާއި ދިމާލަށް ކަލޭގެފާނުންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (އެކި ދިމަދިމާއިން) ޖަމާޢަތް ޖަމާޢަތަށް ޕާޓީ ޕާޓީ އަށް އަވަސް އަވަހަށް އެދަނީ އެމީހުންގެ ކޮން މަޤްޞަދެއްގައިބާވައެވެ. ކޮންކަމަކާ ހެދި ބާވައެވެ.
Verse 37
عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ عِزِينَ
Transliteration ʿani l-yamīni waʿani l-shimāli ʿizīna
Dhivehi ،(37) (އޭ ރަސޫލުއް الله އެވެ.) ކާފަރުންގެ މީހުންގަނޑު ކަލޭގެފާނާއި ދިމާލަށް ކަލޭގެފާނުންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (އެކި ދިމަދިމާއިން) ޖަމާޢަތް ޖަމާޢަތަށް ޕާޓީ ޕާޓީ އަށް އަވަސް އަވަހަށް އެދަނީ އެމީހުންގެ ކޮން މަޤްޞަދެއްގައިބާވައެވެ. ކޮންކަމަކާ ހެދި ބާވައެވެ.
Verse 38
أَيَطْمَعُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ
Transliteration ayaṭmaʿu kullu im'ri-in min'hum an yud'khala jannata naʿīmin
Dhivehi އަޅެފަހެ އެއިން ކޮންމެ މީހަކުވެސް ނިޢްމަތްތަކުގެ ވެރި ސުވަރުގެއަށް ވަންނާ އެދެނީ ހެއްޔެވެ؟ (އެއީ އެހެން އެދުނީމާ ވާނެ ކަމެއްބާވައެވެ؟)
Verse 39
كَلَّآ ۖ إِنَّا خَلَقْنَـٰهُم مِّمَّا يَعْلَمُونَ
Transliteration kallā innā khalaqnāhum mimmā yaʿlamūna
Dhivehi އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. (ބޭނުންހާ މީހަކަށް ބޭނުންހާ ގޮތަކަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން ހެއްދެވީ އެމީހުންވެސް ދަންނަ އެއްޗަކުންނެވެ. (އެއީ ކުނިވަސް ނުވަތަ ނުބައިވަސްދޮވާ މަނި ފޮދަކުންނެވެ. އެވަރު އެއްޗަކުން ހައްދަވައިފާވާ މީހަކު ދެންއެހާ ބޮޑާވެ ގޮތެއްފޮތެއް ނެތިގެން އެއުޅެނީ ކީއްވެގެންބާވައެވެ؟؟؟)
Verse 40
فَلَآ أُقْسِمُ بِرَبِّ ٱلْمَشَـٰرِقِ وَٱلْمَغَـٰرِبِ إِنَّا لَقَـٰدِرُونَ
Transliteration falā uq'simu birabbi l-mashāriqi wal-maghāribi innā laqādirūna
Dhivehi ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވާކަމުގައި މަޝްރިޤްތަކާއި مَغْرِبُ ތަކުގެވެރި رب ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި ވަޙީ ކުރައްވަމެވެ.
Verse 41
عَلَىٰٓ أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ
Transliteration ʿalā an nubaddila khayran min'hum wamā naḥnu bimasbūqīna
Dhivehi އެއީ އެމީހުންނަށްވުރެހެޔޮބަޔަކު އެމީހުންގެބަދަލުގައި ގެންނެވުމުގެ މައްޗަށެވެ. އަދި އެކަމަށް ނުކުޅެދިވޮޑިގެންވާކަލަކު ކަމުގައި ތިމަންރަސްކަލާނގެނުވެއެވެ. (އެބަހީ ތިމަންރަސްކަލާނގެ އެކަމަށް އެދިވޮޑިގެންފިނަމަ އެކަން އެގޮތަށްކުރަށްވާފައި ހުށީމެވެ. އެކަންމަނާ ކުރެވޭނެމީހަކު ނުވެސްހުންނާނެއެވެ.)
Verse 42
فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ
Transliteration fadharhum yakhūḍū wayalʿabū ḥattā yulāqū yawmahumu alladhī yūʿadūna
Dhivehi (އޭ رَسُوللُ الله އެވެ!) އެކާފަރުންގެމީހުންގެމީހުން އެމީހުންގެ އެ بَاطِلُ ވާހަކަތަކުގެރެއަށްވަދެފީނައި ދުނިޔޭގެ މަޖަލުގައި ކުޅެން ދޫކޮށްލައްވާށެވެ! އެއީ އެމީހުންނަށް ޙައްޤު ޖަޒާ ދެއްވުމަށް وَعْدُ ވެވިފަވާ ދުވަސް އަތުވެއްޖައުމަށް ދާންދެންނެވެ.
Verse 43
يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ
Transliteration yawma yakhrujūna mina l-ajdāthi sirāʿan ka-annahum ilā nuṣubin yūfiḍūna
Dhivehi އެދުވަހަކީ ކައްވަޅުތަކުން އަވަސްއަވަހަށް އެމީހުންނުކުމެގަންނަ ދުވަހެވެ. އެދުވަހުން އެމީހުން ހީވާނީ އެތަނަކަށް ދިއުމަށް ފާހަގަކުރަން ބަހައްޓާފައިވާ ބުދަކަށް ނުވަތަ ދިދައެއް ނުވަތަކޮންމެވެސް ފާހަގައަކާއިދިމާލަށް އަވަސްއަވަހަށް ދުވެފައިދާހެނެވެ. އެމީހުން މިސްރާބުޖަހައިފާދާނީ އެދިމާއަށެވެ.
Verse 44
خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ ٱلْيَوْمُ ٱلَّذِى كَانُوا۟ يُوعَدُونَ
Transliteration khāshiʿatan abṣāruhum tarhaquhum dhillatun dhālika l-yawmu alladhī kānū yūʿadūna
Dhivehi އެމީހުންގެ ލޯތައްހުންނާނީ ބިރުވެރިކަމާއި ހިތާމަޔައި މޮޅިން ފެންކަޅިވެފައެވެ. އަދި އެމީހުންނަށް ވެރިވެފައިވާނީ ދެރަކަމާއި ނިކަމެތިކަމެވެ. އެދުވަސްއެއީ އެމީހުންނަށް وَعْدُ ވެވިފަވާ ދުވަހެވެ.
Read Surah Al-Ma'arij in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.